Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބުނާށެ ލޯބި ނުވަނީހޭ…13

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
March 20, 2019 4 Mins Read
19 Comments

“ނީޑް ޓު ޓާކް” ދަނޑިވަޅު ބަލާފައި ރީހާންއާ ޒާން ދުރަށް ދިޔަ ވަގުތު ރައިހާނާ ގޮސް ހަމްޒާ ގާތު ބުންޏެވެ. ހަމްޒާ އެވަގުތު ހުރީ ޕާޓީއަށް އަންނަ މީހުންނަށް ޖޫސް އަޅާދޭށެވެ. ރައިހާނާވެސް ތަށިތައް ނަގައި ޖޫސް އަޅަން ފެށިއެވެ. “މިރޭވީ އެއްވެސް ކަމެއް އެކަކު ގާތުވެސް ނުކިޔައްޗޭ!” އެހެން މީހުންނަަށް ނޭންގޭނެހެން މަސައްކަތުގައި މަޝްޣޫލްވެ އިނދެ ރައިހާނާ ބުންޏެވެ. “މިރޭ ވީ ކޮންކަމެއް؟” ހަމްޒާ ގަސްތުގައި ނޭންގޭ ކަމަަށް ހެދެމުން ދެކޮނޑު އަރުވާލިއެވެ. އޭރު އޭނާގެ މޫނު މަތީގައި ލާނެއް ހިނިތުންވުމެއް ހުއްޓެވެ. އެހެންވެއްޖެޔާ އަޅާ ނުލާ” ރައިހާނާވެސް ބުންޏެވެ. އަންޖަލްގެ ކަންފަތާ ހަމައަށް އެވާހަކަ ފޯރާކަށް ރައިހާނާ ބޭނުމެއް ނޫނެވެ.

ޕާޓީއަށް އައި މެހެމާނުން ދިއުމާއެކު އާއިލީ ފޮޓޯ ނަގަން ފެށުނެވެ. ކެމެރާ ކަރުގައި އަޅުވައިގެން އާއިލީ ފޮޓޯ ނަގައި ދެމުން ދިޔައީ ހަމްޒާއެވެ. ފޮޓޯ ނެގުމަކީވެސް ހަމްޒާ ނުހަނު ކުރާހިއްވާ ކަމަކެވެ. ހަމްޒާއާ އެކީ ޝިމާންމެން ދެމަފިރިންގެ ފޮޓޯ ނަގައި ދިނީ ރީހާންއެވެ. އާއިލީ ފޮޓޯ ނިމުމާއެކު ސަރްވާއާ ޝިމާންގެ ފޮޓޯ ނެގުނެވެ. ފޮޓޯ ނަގަންވެގެން ޝިމާން ސަރްވާ އުނަގަނޑުގައި ހިފައި މައްޗަށް އުފުއްލާލުމާއެކު އާއިލާގައި ތިބި ޒުވާން ކުދިންގެ ހޯބޯ އަޑު އިވެން ފެށިއެވެ. ލަދުން ގޮސް ސަރްވާގެ މުޅި މޫނު ރަތްވިއެވެ.
“އަންކޮ ލެޓްސް ގޯ އެންޑް އީޓް އައި އޭމް ސޯ ހަންގަރީ” ގިނައިރު ކޮޅަށް ހުންނަން ޖެހުމުގެ ސަބަބުން ރައިހާނާ ހުރީ ވަރުބަލިވެ ބަނޑުހައިވެފައެވެ. އަންޖަލްއާ ދެކުދިން ގޮސް ފްރައިޑް ރައިސްއާ ނޫޑުލްސް ތަށްޓަކަށް އަޅައިގެން ތަންކޮޅެއް އަނދިރިކޮށް ހުރި ހިސާބެއްގައި ޖަހާފައި އިން މޭޒުގައި އިށީނެވެ. މޭޒު މަތީ ތަށި ބެހެއްޓުމަށްފަހު އަންޖަލް ދިޔައީ އޭނާއަށާ ރައިހާނާއަށް ޖޫހާ ފެން ގެންނާށެވެ.
“މައިންޑް އިފް އައި ސިޓް؟” އައި ނައިތަނެއް ނޭންގި ހަމްޒާ އައިސް އަންޖަލް އިށީންނަން އިން ގޮނޑީ އިށީނެވެ. ރައިހާނާ އަނގަ ފުރާ ބަތް އަޅައިގެން އެތާ ނީއްށީނާށޭ ކިޔަމުން ދިޔައެވެ. ރައިހާނާ ވާހަކަ ދައްކާ ގޮތް މަޖާވެގެން ހަމްޒާ ހޭންފެށިއެވެ. ރައިހާނާ ރުޅުއަރުވާލަން ވެގެން ރައިހާނާ ވާހަކަ ދެއްކި އަޑު ނެރިގެން އެރާގަށް ވާހަކަދެއްކިއެވެ.
ނުހަނު އުނދަގުލުން ކާއެއްޗިހި ދިރުވާލުމަށްފަހު ރައިހާނާ ހިންދިރުވާލިއެވެ. “ތީ އަންކޮ އިންނަތަން. އަންކޮ ދިޔައީ ޖޫސް އަޅަން” ހަމްޒާގެ ފުން ކަނޑެއް ފަދަ ތޫނު ކަޅި ރައިހާނާގެ ލޮލަށް އަމާޒުވެފައި ހުރުމާއެކު ރައިހާނާ ލަދުގަތެވެ. އެލޯ ތެރެއަށް ފީނާ ގަންނަަން ރައިހާނާ ބޭނުންވިއެވެ. ދެހިތްވެސް އަދަޔާ ޚިލާފަށް ތެޅެމުން ދިޔައެވެ. ދެމީހުންގެ ލޮލުން އެތަަށް ވާހަކައެެއް ދައްކަމުން ދިޔައެވެ.
ޖޫހާ ފެނާ ހިފައިގެން އައި އަންޖަލްއަށް ރައިހާނާއާ ހަމްޒާ ތިބި ގޮތް ފެނުނެވެ. އެހެނަސް އަނދިރިކަމުން ދެމިހުންގެ މޫނުގައިވި ޝުޢޫރުތައް ދެނެގަންނާކަށް އަންޖަލްއަކަށް ނޭންގުނެވެ. ރައިހާނާއަށް ގޮވާލުމަށްފަހު އަންޖަލް ޖޫސްތަށްޓައި ދެފެންފުޅި މޭޒު މަތީގައި ބެހެއްޓިއެވެ.
އަންޖަލް ގޮވާލުމާއެކު ރައިހާނާ އަވަހަށް ހަމްޒާގެ ލޮލުން ނަޒަރު ވަކިކޮށްލުމަށްފަހު ކާންފެށިއެވެ. ހަމްޒާވެސް އޯއޭ ކިޔާ ގޮނޑިން ތެދުވެ އަންޖަލްއަށް އިށީންނަން ތަންދެއްކިއެވެ.
ސަރްވާއާ ޝިމާން އެރޭ ހޭދަކުރަން ހަމަޖެހިފައި އޮތީ ރަށުގެ އަތިރިމަތީގައި ހުންނަ ގެސްޓް ހައުސްއެއް ގައެވެ. ސަރްވާއާ ޝިމާން ދިއުމުގެ ކުރިން އެމީހުން ކުއްޔަށް ނަގާފައި އިން ކޮޓަރި ކުޑަ ގޮތަކަށް ޒީނަތްތެރި ކުރުމަށް ނަދާއާ ހަމްޒާ ދާން އުޅުނެވެ. ދާން ނުކުތް ތަނުން ޒޯޔާ ރޯންފަށައިގެން ނަދާއަށް ދެވޭގޮތް ނުވުމުން ނަދާ އެދުނީ ރައިހާނާ ގާތުން ހަމްޒާއާ އެކީ ދިއުމަށެވެ. ނަދާ ބުނުމުން ދެކޮޅު ހަދަން ނުކެރިގެން ރައިހާނާ އެއްބަސްވިއެވެ. އެވަގުތު އަންޖަލް ފެންނަން ނެތުމުން އޭނަ ޖެހުނީ ހަމްޒާއާއެކީ އެކަނި ދާށެވެ. ދެފައި ތުރުތުރުލާ ވަރުން ރައިހާނާއަށް ހިނގަން ދަތިވިއެވެ. ކުއްލިއަކަށް އޭނާއަށް އެވާ ގޮތްތަކުން ރައިހާނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އަނެއްކާ އޭނާއަށް ހަމްޒާދެކެ ލޯބިވެވުނީ ބާއޭ ހިތަށް އެރުމާއެކު ދެފަރާތަށް ބޯހޫރުވާލެވުނެވެ. އެހެން ވެގެން ނުވާނެއެވެ.
ރައިހާނާ ބަލާލިއިރު ހަމްޒާ ހުރީ މާކުރީގައެވެ. ހެދުމުގެ ފަސްބައި އަތަަށް ނަގައިގެން ދެފައި ހުރި ބާރެއް ލާފައި ރައިހާނާ ހިނގައިގަތެވެ. ހަމްޒާއާ އެއްވަރު ކުރެވުނުއިރު އޭނާއަށް ދިޔައީ މައިނޭވާ ލެވެމުންނެވެ. އިސްވެ އަނގައިން ބުނާކަށް ރައިހާނާއަކަށް ނުކެރުނެވެ.
ވަކި ހިސާބަކަށް ގޮއްސައި ހަމްޒާ ހުއްޓުނީ ދާންވީ ދިމާއެއް ނޭންގިގެންނެވެ. އޭނާ ފަހަތުން އައި ރައިހާނާ ކަމެއް ހަމްޒާއަކަށް ނޭންގެއެވެ. “އޭ ނަދާ ދެން ކިހިނެއް ދާން..” ރައިހާނާ ފެނުނާއެކު ހަމްޒާއަށް ހުއްޓެވުނެވެ. އޭނާ ހީކުރީ އެއީ އޭނާއަށް ހީވި ހީވުމެއް ކަމަށެވެ. ދެލޯ މަރާލާފަ ހުޅުވާލިއެވެ. ދެންވެސް ފެނުނީ ރައިހާނާއެވެ. “ކޮބާ ނަދާ؟” ދެފަރާތް ހޯދަމުން ހަމްޒާ އެހިއެވެ. “ޒޯޔާ ރޯތީވެ ތުތީއަށް ނާދެވުނީ” ރައިހާނާ ދާންވީ މަގު ހަމްޒާއަށް ދައްކަ ދިނެވެ. ހަމްޒާގެ ނަޒަރު އެންމެ ފަހަރަކުވެސް ރައިހާނާއިން ވަކިނުވެއެވެ. ރައިހާނާއަށް އެކަން އެނގޭތީ އެންމެ ފަހަރަކުވެސް އިސްއުފުލާ ބަލާލާކަށް ނުކެރުނެވެ.

ލުއި މިއުޒިކެއް ފަދައިން ރާޅު ބީއްސާ އަޑު އިވެމުން ދިޔައެވެ. ވައިރޯޅި ބާރުކަމުން ހީވަނީ ވަޔާ ގޮސް ދާނެހެންނެވެ. ބުރުގާ މަތިން އަޅާފައިން ބޭންޑު ނެއްޓިދާނެތީ ރައިހާނާ އެ ބޭންޑް އަތަަށް ނެގިއެވެ. އެވަރުންވެސް ވައިޖެހޭލެއް ބާރުކަމުން އޭގައި ހުރި މާތަށް ނެއްޓެން އުޅޭހެން ހީވެއެވެ. ތިން ބުރިއަށް ނަގާފައި ހުރި ގެސްޓް ހައުސް ބޭރުގައި ހުރީ ހުދު ކުލަ ލާފައެވެ. ބޮޑު ގޭޓަކުން ވަދެގެން ދާއިރު ކަށިވެލީގެ މަގެއް އޮވެއެވެ. އެމަގުގެ ދެފަރާތުގައި މީހުންނަށް އިށީންދެވޭނެހެން ހަޓުޖަހާފައި ހުއްޓެވެ. އަދި ހިތްގައިމު ގޮތަކަށް ގަސް އިންދާފައި ހުއްޓެވެ. ރޭގަނޑުގެ ވަގުތުކަމުން ހަޓު ތަކުގައި ހުރީ ލެޑް ލައިޓް ހަރުކޮށްފައެވެ.
ރިސެޕްޝަނުން ތަޅުދަނޑި ނަގައިގެން ހަމްޒާ ހިފާފައި ހުރި ކޮޓަރިއަށް ދިއައެވެ.
އުއްބައްތި ދިއްލާފައި ހުރުމުން މުޅި ކޮޓަރިއަށް ވަނީ އޮރެންޖްކުލަ ފެތުރިފައެވެ. ކިންގް ސައިޒްގެ ބޮޑު އެނދުގައި ހުދު ބެޑްޝީޓް އަޅާފައި އޮތެވެ. މުޅި އެނދު ވަށައިގެން މާފަތި ދަމާފަ ހުއްޓެވެ. ބިންމަތީގައިވެސް ހުރީ ފިނިފެންމާ ފިޔައެވެ. އޭސީ ޖައްސާފައި ހުރުމުން ހެޔޮވަރު ވަރަކަށް ފިނި ހިފާފައި ހުއްޓެވެ. “ހަލޯ ނަދާ. ރޫމް ޑެކަރޭޓްކޮށްފަ ހުރީ. ކިހިނެއް ހަދަންވީ؟” ކުރަންވީ ކީއްކަން ނޭންގުމުން ހަމްޒާ ނަދާއަށް ގުޅިއެވެ. “ޗެކްކޮަށްލަންވީ. ހުރިހާ ކަމެއް އޯކޭއިއްޔާ ސަރޫއާ ޝިމާން ދަންދެން ތިތާ މަޑު ކުރަންވީ. ރީއްކޮއާ ޖައިލަމްއާވެސް އެބަދޭ” ނަދާ ފޯނު ކަނޑާލުމާއެކު ހަމްޒާ ކޮޓަރި ތެރެއަށް ބަލާލިއެވެ. ރައިހާނާ ގާތު ނަދާ ބުނިހެން ބުނުމަށްފަހު އެއް ފަރާތެއްގައި ހުރި ސޯފާގައި ހަމްޒާ އިށީނެވެ. މާފަތިތައް އެއް ފަރާތް ކުރުމަށްފަހު ރައިހާނާ އިށީނީ އެނދުގައެވެ. އެތަނުން ފްރީވައިފައި ލިބެން ފެށުމާއެކު ވަގުތުން ޕާޓީގެ ފޮޓޯތައް އިންސްޓަ ކުރިއެވެ.
ހަމްޒާއާ ރައިހާނާ ދެމެދުގައި ވި ހިމޭންކަމުން ދެމީހުންނަަށްވެސް އުނދަގޫވިއެވެ. އެކަކަށްވެސް ފަށާކަށް ނުކެރުނެވެ. އެންމެ ފަހުން ބޮލަށް އުނދަގޫ ވެގެން ހަމްޒާ ވާހަކަ ދެއްކިއެވެ. ” ހިސްޓްރީ ވޯކް ހަދާފިންތަ؟” އެންމެ ފުރަތަމަ ބޮލަށް އައި ސުވާލު ކޮށްލިއެވެ. އެ ސުވާލުތައް މަތިން ރައިހާނާ ހަނދާނެއްވެސް ނެތެވެ. ތުން ފަތުގައި ދަތް އަޅާލެވުނީ އެހެންވެއެވެ. ހަމްޒާ މަޑު މަޑުން ބޯ ޖަހާލަމުން ހިނިތުންވިއެވެ. ރައިހާނާ ފިލާވަޅު ނުހަދާކަން އެނގުމުންނެވެ. އިތުރު ސުވާލެއް ކުރަން އުޅެނިކޮށް ރީހާން އައިސް ގުޅިއެވެ. އަންނަންވީ ކޮޓަރި ކިޔާ ދިނުމުން ރީހާން ޖައިލަމް ނިކަން އަވަހަށް އައެވެ.
“ތީ ކޯއްޗެއް؟” ރީހާން އަތުގައި އޮތް ކޮތަޅު ފެނުމުން ރައިހާނާ އެހިއެވެ. “މީ ތުތީ ދިން އެއްޗެއް. ބުނީ ބާލިސް ދަށަށް ލާށޯ!” އެކޮތަޅު ތެރޭގައި އޮތް ޕްލާސްޓިކް ކުރަފި ނަގަމުން ނިކަން ހެވިފައި އިނދެ ރީހާން ބުންޏެވެ. “ސީރިއަސްލީ؟” ރާގަކަށް ފައްތާފައި ރައިހާނާ ބުންޏެވެ. “ދޯ. ތުތީވެސް ނިކަން ބޭޑޭ. ރީއްކޮ ހިއެއް ނުކުރަން ތުތީ މި ކަހަލަ ކަމެއްކޮށްފާނެ ކަމަަށް!” ރައިހާނާ ބުނި ރާގަށް ރީހާން ވެސް ބުންޏެވެ. ރީހާންއާ ޖައިލަމް ވެގެން ޕްލާސްޓިކް ފަސްވަރަކަށް ކުރަފި އެކި ތަންތަނަށް އެޅިއެވެ.
ސަރްވާއް ޝިމާން ކާރެއްގައި ގެސްޓް ހައުސަށް އައެވެ. ހަމްޒާ ގަދައަށް ޝިމާންއާ ދިމާކުރިއެވެ. ރައްދުގައި ޝިމާން އެކައްޗެއްވެސް ނުބުނެއެވެ.

ރައިހާނާ ގެއަށް ދިޔައިރު އަންޖަލް އޮތީ ނިދާފައެވެ. ރައިހާނާ އެއްޗިހި ބަދަލުކޮށްގެން އެނދުގައި އޮށޯތެވެ. ވަރުބަލިވެފައި ހުރުމުން ދެލޯ މަރާލީ ނިދޭތޯއެވެ. ލޯމަރާލުމާއެކު ފެނިގެން ދިޔައީ ހަމްޒާއާ އޭނާއާ ދެމެދު ހިނގާ ދިޔަ އެކްސިޑެންޓެވެ. ރައިހާނާއަށް ހިނިތުންވެވުނެވެ. އެއްފަރާތަކަށް އެނބުރިފައި ހެވިފައި އޮވެ ލޯ ހުޅުވާލިއެވެ. ކުރިމަތީގައި މައުސޫމްކޮށް ނިދާފައި އޮތް އަންޖަލް ފެނުމާއެކު ރައިހާނާގެ ހިނިތުންވުން ފަނޑުވިއެވެ. އަންޖަލް ހަމްޒާއާ ގަޔާވާކަން އެނގިހުރެ އެފަދަ ނަޒަރަކުން ހަމްޒާއާ މެދު ދެކެން ނުވާނެކަން ރައިހާނާ އެނގެއެވެ. އޮޅިގެން ނަމަވެސް އަންޖަލް ދެރަވާފަދަ ކަމެއް އޭނާ ފަހަރެއްގައިވެސް ނުކުރާނެއެވެ. ދެންވެސް ހަމްޒާ މަތިން ހަނދާން ނުކޮށް އަވަހަށް ނިދޭތޯ ރައިހާނާ ބެލިއެވެ.

ރައިހާނާގެ ޚިޔާލުތައް ހިތަށް ވެރިވުމާއެކު ހަމްޒާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވެމުން ދިޔައެވެ. ރައިހާނާއާ އެކީ ހޭދަވެފައި ހުރި ކޮންމެ ވަގުތެއް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. ލައިބްރަރީން ފެނުނު ދުވަހުން ފެށިގެން މިއަދާ ހަމައަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައިހާނާ އޭނާގެ ހިތާ ކުޅެލާފިއެވެ.

ފަތިހު ފަތިސް ނަމާދުކޮށްގެން އެންމެން ތައްޔާރުވަމުން ދިޔައީ ކައިރީގައި އޮތްފަޅު ރަށަށް ދަތުރު ދިއުމަށެވެ. ކައްކަން ބޭނުން ކުރި ތެލިތައް ދޮންނަންށާއި މަޖާ ކޮށްލަންށެވެ. ސަރްވާއާ ޝިމާންވެސް ފަތިހު ފަތިހާ ގެއަށް އައެވެ. ނަދާއާ ރައިހާނާގެ ދިމާ ކުރުންތަކާ ސަރްވާ ކުރިމަތި ލާން ޖެހުނެވެ.

***********
މަސްތުވާތަކެތި ބޭނުންކުރިކަމުގެ ކުށް ސާބިތުވެ ތިން އަހަރާ ހަމަސް ދުވަހުގެ ޖަލު ހުކުމެއް ވިޝާހްއަށް އިއްވުނެވެ. އަށާރަ އަހަރުވެފައި ވުމާއެކު ވިޝާހް ޖަލަށް ލެވުނެވެ. ވިޝާހްގެ މަންމައާ ބައްޕައަށް ހީވީ ދުނިޔެ އެފުށް މިފުށަށް ޖެހުނު ހެންނެވެ. އެއްވެސް މީހަކާ ހަތަރުކަޅި ހަމަކޮށް ބަލާލަންވެސް ނުކެރުނެވެ. ރަށްޓެހިންނާ ގާތް ތިމާގެ މީހުންގެ ރުޅުވެރިކަމާ މަލާމާތާ ނަފްރަތް ނޫން އެއްޗެއް ނުލިބުނެވެ. އެއިން އެއްވެސް ކަމަކާ މެދު ވިޝާހް ވިސްނާހެންނެއް ހިޔެއް ނުވެއެވެ. ވިޝާހް އަތުގައި ބިޑި އަޅުވައިގެން ޖިޕަށް އެރުވި ގަޑީ އޭނާގެ މަންމަ ރޮއެރޮއެފައި ވިޝާހްގައިގައި އޮޅުލިއެވެ. އޭނާގެ ލޯބިވާ ދަރިފުޅު ނުގެންދިއުމަށް ފުލުހުންގެ ކިބައިން އެދުނެވެ. މަންމަ ރޯތަން ފެނި ވިޝާހްއަށް އެއްވެސް އަސަރެެއް ނުކުރެއެވެ. އަޅާވެސް ނުލާ ހުއްޓެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 38

Next

ބުނެދޭށެ ރުހެމޭ 8

Next
March 21, 2019

ބުނެދޭށެ ރުހެމޭ 8

Previews
March 20, 2019

ވިންދޭ ލޯބި ތީ އެދޭ 38

19 Comments!

  1. Twinkle? says:
    March 20, 2019 at 10:28 pm

    Yay me first

  2. Twinkle? says:
    March 20, 2019 at 10:38 pm

    Finally kiya ge stry akun enme first libijje??? masha allah vvvvvvvv rythi❤❤❤???????????? alhe vishah hama rngalheh nuvaane tha dhn?????? whn nxt part???

    1. Kiyara says:
      March 21, 2019 at 12:19 pm

      Congratulations dear. Vishah ah vaa goii balan thibe maa. Next part sunday ga kamah balama

  3. ??? says:
    March 21, 2019 at 12:50 am

    Anjal aai vishaah ehenn nunn dw rai ah hamza …vvv rythi aakurii

    1. Kiyara says:
      March 21, 2019 at 12:18 pm

      Thanks

  4. Your fan says:
    March 21, 2019 at 7:14 am

    Anjal ge loabi nulibunyma ennu vishaah ah ehen e v…plx plx vishah avahah rangalhu kohfa anjal aa gulhivaa..rai and hamza ge part vvvv rom ??…
    Keep it up dear…vvvv loabi mihaaru mi stry…lots of luv frm me ???

    1. Kiyara says:
      March 21, 2019 at 12:18 pm

      Thanks. Hingaa dhw balamaa. Hynukuraa gotheh ves vedhaane

  5. Mary says:
    March 21, 2019 at 11:32 am

    Aley reethi ekam hamza and rai igey guluvaanee non angu

    1. Kiyara says:
      March 21, 2019 at 12:17 pm

      Lets see

  6. Kiyara says:
    March 21, 2019 at 12:21 pm

    Salam alikum. Here is the 13part of bunaashey lobi nuvanyhey. Ummedhu kuran ehen bai thakekey eh fadhain mi bai ves kamu dhaane kamah. Next part sunday ga kamah balan hingaa. Eah vure kurin liyevihjeya up kohdheynan ISA

  7. jiji says:
    March 21, 2019 at 1:04 pm

    Vrh lwbi mi prt vx❤????..thanks ehaa avahah up koh dhinyma..alhe Sunday ga dhw enme avahah dhn up vaany vec?????????..Much loves aaraa sis..??????

  8. juma says:
    March 21, 2019 at 4:17 pm

    Nice story

  9. azker says:
    March 21, 2019 at 9:48 pm

    this story keeps getting better and better…..thanks aslu busy koh ulhemun ves myha reethi vaahaka eh genes dheythy…luv ur story

  10. Shua says:
    March 21, 2019 at 10:42 pm

    Yess vrh bodu thedhe…. cant wait 4 next part

  11. Shaazleen says:
    March 22, 2019 at 3:37 pm

    ???vv reethi next part ah wait kurany???

  12. Laalu says:
    March 22, 2019 at 7:58 pm

    V nice mi part vx??????????

  13. Malaa? says:
    March 24, 2019 at 6:36 am

    Sis! Sorry for commenting too late☹️. Stry v.nice ❤️❤️❤️❤️? luv you. Rai is finally loving hamxaa dhw!!! curious to see what gonna happen nxt!!???
    Lots of love ❤️❤️❤️❤️❤️???

  14. Raihana says:
    March 24, 2019 at 10:50 am

    Lahey up vaaleh

  15. Hatto says:
    March 24, 2019 at 1:22 pm

    Next part adhives up nuveytha… BTW vrh Reethi mi story?❤️❤️

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ…..14←


All Right Reserved!