Skip to content
އެސްފިޔަ

އެ ސިއްރު… 3

ވަށައިގެންވީ މާ ގަސްތައް ފެނުމުން ހިތަށް ބިރުވެރިކަން އިހްސާސް ކުރެވެން ފެށީ ވަކި ވަރަކަށް ނޫނެވެ. ވަށައިގެން މުޅި ތަނަށް ނަޒަރު އުކެންފެށީ އަރީޝާ ކޮންމެސް ސަމާސާ އެއް ކުރަނީ އޭ ހިތަށް އެރުމުން ނެވެ. ފަސް ވަރަކަށް މިނެޓު އެތާ ހޭދަވި އިރުވެސް އަރީޝާގެ ހިލަމެއް ނުވިއެވެ. މަޑު މަޑުން އެތަނުން ނިކުތުމަށް ހިނގައިގަތް ވަގުތު އަހަރެންގެ ކަންފަތް ދޮށުގައި މީހަކު ވައި އަޑުން އަހަރެންނަށް ގޮވާލުމުން ފަސް އެނބުރި ބަލާލީމެވެ. މި ފަހަރު އެއީ ހީ އެއް ނޫނެވެ. އަހަރެންނަށް ހަމަ ޔަޤީނެވެ. އަހަރެންގެ ކަންފަތް ކައިރިން އެމީހެއްގެ ހޫނު ނޭވާ އިހްސާސް ކުރެވުނެވެ. ބަލާލި އިރު އެކަކުވެސް ފެންނަން ނެތުމުން ބިރުވެރިކަމާއި ވަސްވާހުން ފުރިފައިވި އަހަރެންގެ ހިތް ހީވީ ދެންމެ ދެންމެ މޭ ފަޅާފައި ނުކުމެ ދާނެ ހެންނެވެ. ދެ ފައިގައި ހުރި ބާރެއްލާފައި ދުއްވައިގަނެވުނީ ގެއާ ދިމާލަށެވެ. އެތަނުން ނުނިކުމެވެނީސް މީހަކު އަހަރެންގެ ފައިގައި ހިފާ ވައްޓާލިކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ.

އަހަރެންނަށް ހޭލެވުނު އިރު އަހަރެން އޮތީ އެނދެއްގައި އޮށޯވެ އެވެ. ވަށައިގެން މީހުން ހަރަކާތްތެރި ވަމުން ދިޔަ އިރު އަހަރެންގެ ކައިރީގައި ކޮޅަށް އަހަރެން ދުވަހަކުވެސް ނުދެކޭ މީހަކު ހުއްޓެވެ. މީހެކޭ ބުނުމަށް ވުރެ ރަނގަޅު ވާނީ ޒުވާން ކުއްޖެކޭ ބުނިއްޔާ އެވެ. ކޮންމެ އަކަސް އެއީ ވަރަށް ރީތި ކުއްޖެކެވެ. ފުރިހަމަ އިސްކޮޅަކާއި ހެޔޮ ވަރުގެ ހަށިގަނޑެއް ލިބިފައިވާ އެކުއްޖާ ގެ އުނަގަނޑާ ހަމައަށް ހުރި ފަން ރީތި އިސްތަށިގަނޑު ވައިގެ ހަމަލާތަކަށް ކެތްނުކުރެވިގެން ދެ ކޮޅަށް ވިހުރެމުން ދިޔައެވެ. ލައިގެން ހުރީ ފައި ތިލަ ފޮރުވޭ ވަރުގެ ދިގު ކަޅު ހެދުމެކެވެ. ބޮޑު ލޮލެއް ލިބިފައިވާ އެކުއްޖާގެ ކަޅި އިނީ ވިލު ނޫ ކުލައިގަ އެވެ. ގަދަ ފިޔާތޮށި ކުލައިގެ ތުނި ތުންފަތުން އޭނާ އަހަރެންނަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލި އެވެ. ” ހޭ… އަހަރެންގެ ނަމަކީ ތާތު… ލޯބިން ކިޔާ އުޅެނީ ތޫ… ޖަޒްލީ ބޭނުމިއްޔާ ޖަޒްލީވެސް އެހެން ކިޔަން ވީ… ” ތާތު އަމިއްލައަށް ތައާރަފް ވީ އިރު އަހަރެންނަށް އިނދެވުނީ މޫނުގައި ސުވާލު މާކެއް ޖަހައިގެން އޭނާ އާ ދިމާލަށް ބަލަހައްޓައިގެން ނެވެ. އެންމެ ކުޑަ މިނުން ހިނިތުންވެލަންވެސް އަހަރެން ހަނދާނެއް ނެތެވެ. ” ހޭ… ” އަހަރެންނަށް ހޭވެރި ކަމެއްވީ ތާތު އަހަރެންގެ މޫނުމަތީގައި އަތް ހޫރާލުމުން ނެވެ. ” އަމް… ކިހިނެއް އަހަރެންގެ ނަން އިނގުނީ… ” އެންމެ ފުރަތަމަ އަހަރެންގެ ހިތަށް އައި ސުވާލު ކޮށްލީމެވެ. އެއްޗެއް ތަޅައިގެން ދިޔަ ފަދަ އަޑެއް އިވުމުން އަހަރެން އެ ދިމާލަށް ބޯ އަނބުރާލީމެވެ. ތަބަކެއް ހިފަހައްޓައިގެން ހުރި އެމީހާ ހުރީ ތާތު އެކޭ އެއްފަދައިން ކަޅު ދިގު ހެދުމެއް ލައިގެން ނެވެ. ތަފާތަކީ އޭނާ ހުރީ މޫނު ބުރުގާ ފާޑު އެއްޗެއް އަޅައިގެން ނެވެ. ލޮލުން ފެށިގެން މަތި ފެންނަން އޮތް އިރު އިސްތަށިގަނޑު ވެސް އޮތީ ހާމައަށް ފެންނާށެވެ. އޭނާ ހުރީ އަހަރެންނާ ދިމާލަށް ބަލަން ހުއްޓުން އަރާފައެވެ. އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުއްޓެވެ. ނަމަވެސް އަހަރެން ބަލާލުމުން ނޫން ކަމަށް ހެދެމުން ތަޅައިގެން ގޮސްފައިވާ ބިއްލޫރިކޮޅު ތައް ނެގުމައިގެން މަޝްއޫލު ވެެެެއްޖެ އެވެ. ” ވިއަރޑް… ” އަހަރެންގެ ހިތަށް އެރި އެތި ދުލުން ބޭރުކޮށް ލެވުނުކަން ރޭކާލީ ތާތު އަހަރެންނާ ދިމާލަށް ދެ ލޯ ހަނިކޮށްލަމުން ބަލާލީމަ އެވެ. ދުލުން ބޭރު ކުރެވުނު ބަސް އަލުން އަނބުރާ ގެނެވޭނެ ނަމަ އޭ އެވަގުތު އަހަރެންގެ ހިތަށް އެރި އެވެ. ހިތަށް އައި އެއްޗަކުން އަނެއްކާވެސް މުޅިތަން ވަށާ ބަލާލެވުނީ މަންމަ އާއި ބައްޕަ ފެނިދާނެ ކަމުގެ އުއްމީދުގަ އެވެ. ނަމަވެސް އެވެގެން ދިޔައީ ހަމަ އެކަނި އުއްމީދަކަށެވެ. މަންމަ އާއި ބައްޕަ ނުފެނުނު ތަނުގައި އެތާ އަހަރެން ދަންނަ އެކަކުވެސް ނެތެވެ. އެހެން މީހުން އެމީހެއްގެ އަމިއްލަ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔައެވެ. އެއްފަހަރުވެސް އެއިން މީހެއްގެ ކަޅި އަހަރެންނަށް އަމާޒު ނުވާތީވެސް އަހަރެންގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. ނަމަވެސް އެ ސުވާލު ހިތުގައި ބާއްވާލީ ފަހުން އެނގިދާނެ ތާ އޭ ހިތަށް އަރުވާލަމުން ނެވެ. ” ކޮބާ އަހަރެންގެ މަންމަ އާއި ބައްޕަ..؟ ” ދެވަނަ ސުވާލު ތާތު އަށް އަމާޒުކޮށްލީ މެވެ. ” ޖަޒްލީ ގެ މަންމަ އެބަހުރި… އެކަމު ބައްޕަ ވީ ތަނެއް ނޭނގެ… ” ތާތު އިރުކޮޅަކު އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން ހުރުމަށްފަހު ޖަވާބު ދިނެވެ. ” ވަޓް…! ” އަހަރެންނަށް ލިބުނު ހައިރާން ކަމުގައި ބުނެލެވުނެވެ. ބައްޕައަކީ އަހަރެން ކިރިޔާ ބަލި ވެލިޔަސް މާލޭގައި ހުރެފައި ވެސް ރަށަށް އަންނަ މީހެކެވެ. އެހެންކަމުން ތާތު އެ ބުނި އެއްޗެއް ގަބޫލުކުރަން އަހަރެންނަށް ވަރަށް ދަތިވި އެވެ. ” ޔާ… ” އޭނާ އަހަރެންނާ ދިމާލަށް ބަލާލީ ގަބޫލުކުރާށޭ ބުނާ ފަދަ ގޮތަކަށެވެ. ” އަހަރެން މިހުރީ ކޮންތާކު… ” ހިތު ތެރޭގައި ޓަކި ޖަހަމުން ދިޔަ ހުރިހާ ސުވާލެއްގެ ޖަވާބު ހޯދަން އަހަރެން އަޒުމް ކަނޑަ އެޅީ މެވެ. ” މީ… މިތަނުގެ ހޮސްޕިޓަލް… ” ދެ ބުމަ ގާތް ކޮށް ލެވުނީ އަޑު އިވުނީ ރަނގަޅަށް ތޯ ޔަގީންކޮށް ލުމަށެވެ. ތާތު ބޯ ޖަހާލުމުން އަހަރެންނަށް އޮތް ތަނުން ފުންމައިގެން ތެދުވެ މުޅި ތަން ވަށައިގެން ބަލާ ލެވުނެވެ. މިއީ އަހަރެެމެން ރަށުގައި ހުންނަ އަހަރެން އަންނަ ހޮސްޕިޓަލެއް ނޫނެެވެ. ނަމަވެސް ރަށުގައި އިތުރު ހޮސްޕިޓަލެއް ހުންނަ ކަމެއް އަހަރެން ނުދެނަ ހުރީމެވެ. އަހަރެންނަށް ވުރެ ގިނައިން ހޮސްޕިޓަލަށް ބަލި ވެގެން އަންނަ މީހަކު ނޫޅޭނެ ކަން ގައިމެވެ. އެވަރަށް އަހަރެން ބަލި ވޭ ވިއްޔާ އެވެ. ” މި ތަނޭ… މީ ކޮން ތަނެއް… ” އަހަރެން ބަލާލީ ސީދާ ތާތުގެ ދެ ލޮލަށެވެ. އޭނާގެ ދެ ލޮލުން އަހަރެންނަށް ފެނުނީ ނުތަނަވަސް ކަމެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. އެއީ އަހަރެންނާ ގުޅުން ހުރި ކަމަކޭ އަހަރެންގެ ހިތަށް އެރި އެވެ. ” މީ އަނެއް… މީ… ” ” ދޮގު ހަދަން ހިތުވެސް ނުލާތި…! ” އަހަރެންނަށް ބުނެވުނުލެއް ބާރު ކަމުން ތާތު ސިހުނުކަން އެނގުމުން ތާތު އާ ދިމާލަށް ދިއްކުރެވިފައިވާ އަހަރެންގެ ޝަހާދަތް އިނގިލި މަޑު މަޑުން ތިރިކޮށްލަމުން އިސްޖަހާލީ މެވެ. ” ސޮރީ…” ހިތްހަމަ ނުޖެހުނު ވަރުން ބުނެލެވުނީ މާ ބާރަށް ކަން ރޭކާލުމުން މަޑު މަޑުން ބުނެލީމެވެ. ” މިއީ ޖަޒްލީގެ މަންމަގެ އުޅޭ ތަން…” އިސްޖަހާލައިގެން އިން އަހަރެން ފަހަތަށް ބަލާލީ އަޑު އައީ އަހަރެންގެ ފުރަގަހުން ކަމަށް ވާތީ އެވެ. ކުރިމަތިން ފެނުނީ އެއްކަލަ މީހާއެވެ. އާނ އެކެވެ. އެއީ ހަމަ އެމީހާ އެވެ. އަހަރެންނާއި ދިމާލަށް އިރުކޮޅެއް ކުރިން ބަލަހައްޓައިގެން ހުރި މީހާ އެވެ. އެ މީހާ ބުނި އެއްޗާ މެދު ވިސްނާލެވުނު އިރަށް ފުރަތަމަވެސް ހިތަށް އައީ ކުރިން ރޭ ބައްޕަ އާއި މަންމަ އާ ދޭތެރޭ ދެކެވުނު ވާހަކަ ތަކެވެ. އެ މީހާ އާ ދިމާލަށް އަހަރެން ބަލާލީ ގަބޫލު ނުކުރެވިފައި ވީ ގޮތަކަށެވެ. އެ މީހާ މަޑު ހިނގުމެއްގައި އައިސް އަހަރެންގެ މަގަތުގައި އިށީނެވެ. އެ މީހާގެ ގައިން ދުވާ ހުވަނދު މަލުގެ މީރު ވަހުން އަހަރެންގެ ސިކުނޑި ތާޒާ ވިއެވެ. އެ މީހާ އަހަރެންގެ ބޮލުގައި ފިރުމާލަމުން ހިނިތުންވެލިކަން ފާޅުވީ އެ މީހާގެ ހަނިވެފައިވީ ދެ ލޮލުން ނެވެ. އެ ފިރުމާލުމުން އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލި އެވެ. ކޯތާފަތް މަތީ ފިނި އެއްޗެއް ހޭކުނު ހެން ހީވެގެން އަތް ޖައްސާ ބަލާލި އިރު ފެން ހުރުމުން ހައިރާންވި އެވެ. އަނެއްކާވެސް އަތް ޖައްސާލީ މީ ހީއެއް ތޯ ޔަގީން ކޮށްލު މަށެވެ. އާނ އެކެވެ. އެއީ ހަމަ އަހަރެންގެ ލޮލުން ފޭބި ހާ ކަރުނަ އެވެ. އަހަރެންނަށް ރޮވުނީ ކީއްވެގެން ކަން ޚުދު އަހަރެންނަށް ވެސް ނޭނގެ އެވެ. ތާތު އެތަނުން ނިކުމެގެން ދަމުން އަހަރެންނާ ދިމާލަށް ބަލާލާ ހީލި އެވެ. ތާތު ދިއުމާ އެކު ހެން އެ މީހާ އަހަރެންގެ ގައިގައި ބައްދާލަމުން ރޯން ފަށައިފި އެވެ. އަހަރެން ހައިރާންވި ވަރުން ބަލަހައްޓައިގެން ހުރެވުނީ އެވެ. އިރުކޮޅަކު އެހެން އޮވެފައި ތެދުވި އިރު އެ މީހާގެ ދެ ލޯ ހުރީ ރަތްވެ ދުޅަ ވެފައެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި އެ މީހާ ނިކުމެގެން ދިޔައީ އަހަރެންގެ ހިތު ތެރޭގައި އެތައް ސުވާލެއް އުފަން ކުރުވާފައެވެ. އެ މީހާ ދިޔަތާ މާ ގިނަ އިރެއް ނުވެ އެތެރެއަށް ވަދެގެން އައީ ތާތު އެވެ. އަހަރެން ހުރީ ތާތު އާ ވަރަށް ގިނަ ސުވާލު ކުރަން ބޭނުންވެފަ އެވެ. ” ތޫ…” އޭނާ އައިސް ކުރިން ވެސް ހުރިތާ ކޮޅަށް ހުއްޓިލުމުން އަހަރެން ގޮވާލީ އޭނަގެ ސަމާލުކަން ހޯދުމަށެވެ. ” އެ ކާކު…؟ ” އަހަރެންނަށް އަދިވެސް ވިސްނެމުން ދިޔައީ އެ ގޮތް ނޭނގޭ މީހާ އާ މެދުގައެވެ. ” ކޮބާ…؟ ” ތާތު އަހަރެންނަށް އޮޅުވާލަން މަސައްކަތް ކުރާކަން އަހަރެންނަށް އިނގެއެވެ. ” ދެންމެ އެ ނިކުމެގެން ދިޔައީ… ” އަހަރެން ބުމަ އަރުވާލަމުން ބުނެލީ އަހަރެންނަށް އޮޅުވާލަން ނޫޅޭށޭ ބުނާ ފަދަ ގޮތަކަށެވެ. ” އޯހް… އޭނަ ދޯ… އޭނަގެ ނަމަކީ ޝީރީން… ވަރަށް… ކޫލް ވާނެ…” އަހަރެންގެ ކައިރީގައި އިށީންނަމުން ތާތު ބުނެލީ ވަރަށް ގާތް ކޮށެވެ. ” ވެއިޓް… ” ‘ ޝީރީން ‘ މި ނަން ކޮންމެސް ތާކުން އަހަރެންނަށް އަޑު އިވުނު ހެން ހީވެ އެވެ. ކުއްލިއަކަށް އަހަރެންގެ ސިކުނޑިއަށް އައީ އަހަރެންގެ މަންމައޭ ކިޔާފަ ވާހަކަ ދައްކަމުން ބައްޕަ ބުނެލި ނަމެވެ. ޝީރީން އެވެ. ތާތުގެ މޫނަށް ބަލާލެވުނީ ދެ ލޯ ބޮޑުކޮށްލަމުން ނެވެ.

= ނުނިމޭ =

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (55)

  1. Ishu

    Salhi me firs….t

    1. Eiimerr
      Ishu

      yes… u r first… congra!!!

  2. Cute Lips

    new character.. haha… v salhi ingey eem… haha.. can’t stop laughing you know dw ehy.. eem and jiji….kobaabaa kitty dw

    1. Eiimerr
      Cute Lips

      haha… thanx sis… emme kiyan beynunvi miihaa nukiyaa dhw adhi,,,, wait lemmi tell her…

  3. Cute Lips

    new character.. haha… v salhi ingey eem… haha.. can’t stop laughing you know dw why.. eem and jiji….kobaabaa kitty dw

    1. Eiimerr
      Cute Lips

      hey… last night i told her that i’ve a surprise for her… she waited for so long…

  4. SCARLET❤

    Ohh.. thaath dhw… Kitty v ufaa vaane… N I luv this stry… V salhi…

    1. Eiimerr
      SCARLET❤

      aha… yeah… this part of the story is dedicated for her… n thanx sis

    2. Ishu
      SCARLET❤

      Oh one thing she is tha’ath hen hyvany…..

    3. Kitty
      SCARLET❤

      Inaa!!.. Where are u girl??.. And how r u.. Plus what about the Gmail thingyy.. Miss u so much ???… And em story kiyaalafa comment eh kohlaanan ingey scarlet ge comment eh fenunyma nuhurevuny..

    4. SCARLET❤
      SCARLET❤

      Awwwwn… Kitty I miss u too… N hw r u dear.. Gmail dhw.. miulheny scwl kanthakaa hedhi… Dn’t think ehaa avahah e beynun kureveyne kameh.. bt I will try… N miss u so much… Luv u.. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????

    5. Kitty
      SCARLET❤

      Im good.. How about you… Varah miss veyey inu mathin.. Love you so much girl… Miss u so much my closest bestie ❤️❤️❤️???????… I hope Varahves avahah dear aa talk kureveyne kamah Gmail in… Will wait for u even if it takes ages… Lysm… I will wait for you ❤️?❤️?????❤️?❤️?????????

  5. jiji

    Wow stry is really amazing???❤❤????????????..eem ah I msg kohlaafa innaane nge..balaafa Ary kaireega bunahche wat I said..hehe..vrh habbu nge mi prt vx..Thaath ge bai sifakohlaafa inleh vrh furihama..KYP UP THE GUD WRK EIIMERR❤❤❤

  6. Eiimerr

    yeah… definitely… that tha’aath

  7. Eiimerr

    yeah… sure sis

  8. Kitty

    Omg!!! ??.. Varah excite kohlaafa thi ninmaalyvx… Can’t wait for the next part ??❤️????.. Varah reethi.. Masha allah…. Alhey varah happy vehje kittyge name story ga othyma… Ur surprise is the best girl thank you so much….. ???❤️?❤️☺️…. Im so happy.. Lysm….

    1. Eiimerr
      Kitty

      luv you 2 sis…. haha…. this part is specially dedicated for u… thanx sis… oh… really glad to know that u like my surprise… b happy gurl…. god bless u

    2. Cute Lips
      Kitty

      e Cute Lips ge idea eh.. gadha dw rysh

  9. Eiimerr

    luv you 2 sis…. haha…. this part is specially dedicated for u… thanx sis… oh… really glad to know that u like my surprise… b happy gurl…. god bless u

  10. Kitty

    Thannkkk youuuu soooo muucchh!!!!…. This was the best surprise that I have got in my entire life ❤️❤️❤️… And u guys as my besties.. Lysm.. And may allah bless you too

    1. Cute Lips
      Kitty

      miyaky Cute Lips ge idea eh.. gadha dw rysh

  11. Eiimerr

    oowwwwnnn…. so sweeet…. u 2 sis….. luv ya much

  12. Cute Lips

    alheyyyyy… haadha emotional eyy… wow.. besties found in sites.. internet friends… never thought of it..

    1. Kitty
      Cute Lips

      Dhwwww!!! And im really grateful for both of ur surprise.. And thank u arry ah vx… Love you both lots

    2. Eiimerr
      Cute Lips

      J nuvey…. ???

  13. Cute Lips

    love you too sis

  14. Maash

    Wow vrh reethi mi story… Adhi alah mi comment kohlii… But regular koh story kiyan… Keep it up

    1. Eiimerr
      Maash

      Oh thanx sis… ❤️… Hope I’ll c u regularly

  15. ❤️❤️❤️

    Nalla…. Hama habwys story eh mee???

    1. Eiimerr
      ❤️❤️❤️

      Thankx… ❤️

  16. Shaah

    Hey… I love your stories girl…

    1. Eiimerr
      Shaah

      Oh thankx bro???

  17. Zum

    Best writer ever! ❤️❤️❤️❤️❤️❤️???????????????????????????????

    1. Eiimerr
      Zum

      Owwwnn… What a sweet comment… Thank u zum???????????

  18. ???

    I dont know how to comment this story… But i’ll try to describe it with just 2 words… Its ‘ mind blowing’ ??????????????????????????

    1. Eiimerr
      ???

      Oh… Aha…. U r pretty cool…. ??????????????
      Thanks❤️

  19. SCARLET❤

    Ohhh.. I miss u guys sooooo muchhhh…. Bt keehkuraany… Scwl ga maa busy vyma dhw…. N where is zaa… Ehn kudhin ebathibi dhw…

    1. livy
      SCARLET❤

      Inaa sis zaa ebahurymeyy…and ingey tha zaa miulheny story eh up kohgen…

    2. Kitty
      SCARLET❤

      I don’t know where zaa is.. Its been a long time since she stopped talking to me and others.. I think she forgot about us…

    3. SCARLET❤
      SCARLET❤

      I dn’t think she can forget abt us… Dhn neyge dhw… N kitty vec midhuvas kolhu v dhuru ennu… I miss u so much.. cn’t wait to meet u too… This yr he holidays ga balaanan Addu ah dheveythw… To meet u… Luvv u my bestie..❤️❤️❤️❤️❤️❤️❤️❤️

    4. Kitty
      SCARLET❤

      Scarlet vx dhuru ehnu.. I admit that kitty dhurukan… But inswear ina and zaa mathin handhaan nuvaa dhuvaheh naadhe… Varah miss vey… I don’t know zaa ehaa dhuru v kyhve kameh… And i also cant wait to see u.??❤️❤️?.. I love you more my dearest bestie. ????❤️???… Ey girls u guys are also dear ingey dnt worry??… But inu i will wait for u… Neynge ina fenunyma vaane gotheh vx.. Talk kuraakahvx nukereyne kanneyge face to face koh??

  20. ishu

    Kitty kyhve ishy aa vaahaka nudhahkany

    1. Kitty
      ishu

      Its nothing like that dear… I was very busy with scwl stuff and plus kitty esfiya.com ah vx vannany varah madhun also i dont use wattpad anymore.. So thats y i dont talk.. Ehn noonas kitty akah nukereyne esfiya.com ga comment section ga dheneh maa ginain talk kuraakah vx…. Anyways, Em dear Koniraku next part up kurany…. Cant wait ingey???

  21. ishu

    Kitty kyhve ishy aa vaahaka nudhahkany

  22. livy

    Kittyyy girl i missed u..not only u hurihaa kudhin vess…kittyy mee zaa ingey..i have started to upload a story…plx reply…

  23. avdherr

    V SALHI…and u are best story writer

    1. Eiimerr
      avdherr

      owwn…. thanx avdherr…. so sweet

  24. LOL

    eemss… keevetha esihru 3 ge pic badhal v

    1. Eiimerr
      LOL

      cox…. some feel really uncomfortable about that pic… so i dont want anyone to feel disappoint about me or my story

  25. livy

    Kitty ina sis mee zaa ey…??????how can i forget u guys….plc reply…

  26. san

    aww v reethi mi part ves 🙂

    1. Eiimerr
      san

      thanx san…

  27. Quote Quiin

    Lwbi… Vrh emotional
    I love ur stories…
    Keep it up…

  28. Queen

    Perfect

  29. SHABA

    Yes Vv Salhi dhw

Comments are closed.