އެނގުމެއްނެތި…21
“އަސްތާ ކަނބުލޯ! ހާދަ ބޮޑުވެއްޖެއޭދޯ.” ވަލީދު ރާގަކަށް ކިޔައިލިއެވެ. އަލީޝާއަށް އެއްފަޅިިއަކަށް ޖެހެވުނީ ބޭއިހްތިޔާރުގައެވެ. އޭނާގެ ހަށިގަނޑު އޭނާގެ ބާރުގެދަށުގައި ނެތް ކަހަލައެވެ. ދަބަސް ހިފައިގެން ވަލީދު އެތެރެއަށް ވަނެވެ. އެއްވެސް ސުވާލެއް ކުރުމަކާއިނުލައި މަޑުމަޑުންގޮސް ކޮޓަރިއަށްވަނެވެ. ފަހަތުން ދޮރު ލެއްޕުމާއިއެކު އަލީޝާއަށް ބިންމައްޗަށް ތިރިވެވުނެވެ.
******************************
ކުއްލިއަކަށް ފޯނު ރިންގުވި އަޑަށް އަލީޝާ ސިހުނެވެ. ރާއިދާކަން ފެނުމުން އަވަސްއަވަހަށް ފޯނު ނެގިއެވެ.
“ދަރިފުޅާ މިއަދު އެއްކަލަ ވަލީދުބެ ދާނެ އިނގޭ ތި ގެއަށް. ގެސްޓް ރޫމްއަށް ވައްދާ. މަންމަ ހުންނާނީ ތަންމަތިވެސް އަޅާފަ. ވަލީދުބެ ކައިރީ ބުނިން ތަޅުދަނޑި އޮންނާނެއޭ ދޮރު މަތީ. ކާން ހަދައިދެއްޗޭ ބޭބެއަށް މަންމަމެން ދަންދެން. ބައްޕަ އިރާދަކުރެއްވިއްޔާ މާދަމާ ނޫން އަނެއް ދުވަހުން ދޫކޮށްލާނެ. އޭރަށް ވަގުތުން ދާނަން ރަށަށް. ވަލީދުބެއަށް ހެޔޮކޮށްހިތަށްޗޭ.” އަލީޝާގެ އަޑު އިވުމެއްނެތީސް ރާއިދާ ހުރިހާ ވާހަކައެއް ދައްކައި ނިންމައިލިއެވެ. އަލީޝާގެ ހިތުގައި ބުނަން ބޭނުންވީ އެތަކެއް އެއްޗެއް ހުއްޓެވެ. ނަމަވެސް ކަރުން އަޑު ނިކުންނަ ގޮތެއް ނުވިއެވެ.
“ދަރިފުޅާ އަޑުއަހަންތަ އެބަ؟” ރާއިދާ ގޮވައިލިއެވެ.
“މަންމަ… އަވަހަށް އަންނައްޗޭ…” އަލީޝާއަށް މަޑުމަޑުން ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. އެ އަޑުގައި ހުރި އަދޭހުގެ ރާގު ފާހަގަވުމަކާއި ނުލައި ރާއިދާ އާނއެކޭ ބުނެފައި ފޯނު ބޭއްވިއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ހަމަޖެހިލެވޭތޯ އަލީޝާ މަސައްކަތްކުރިއެވެ. ދުވަހަކުވެސް އެފަދައިން ބަލިކަށި ނުވާނަންކަމަށް އަމިއްލަ ނަފްްސަށް ވައުދުވެގެން ހުރިކަން އަލީޝާ ހަނދާންކޮށްލިއެވެ. ނިތްކުރިން ހިތްލާފައި ހުރި އޮތްދާތިކިތައް ފޮހެލުމަށްފަހު މަޑުމަޑުން ދޮރު ހުޅުވާފައި ބޭރަށް ބޯ ދިއްކޮށްލިއެވެ. ވަލީދު އުޅުނީ ގެސްޓްް ރޫމްގައެވެ. މަޑު އެހެނަސް އަވަސް ފިޔަވަޅުތަކެއްގައި ބަދިގެއަށް ގޮސް ކާއެއްޗެހި މޭޒުމައްޗަށް ނެގުމަށްފަހު ފެން ތައްޓަކާއި ހުސް ކާ ތައްޓެއް ބަހައްޓާފައި އަލީޝާ ގެއިން ނުކުތެވެ. ވަލީދު އުޅޭހާ ދުވަހަކު ވީހާވެސް މަދުން ގެއަށް ވަންނަން ނިންމަައިގެން ދިޔައީ ހުދާގެ ގެއަށެވެ.
ރޭގަނޑު އިރޭކޮޅުގެ ވަގުތެއްގައި އަލީޝާ މޫދަށް އެރެލީ ހިތްހަމަޖައްސައިލުމަށެވެ. ރާއިދާ އައިއްސައްޔާ ރޭގަނޑު މޫދަށް ދާން ގަބޫލު ނުވާނެކަން އިނގޭތީ، ނެތް ވަގުތުގެ ބޭނުންހިފައިލަންށެވެ. ފެންމަތީ އުއްޑުން ދެމިލާފައި، އުޑުގައި ފިޔަޖަަހަމުންދިޔަ ތަރިތަކަށް ބަލައިލިއެވެ. ވަރަށްވެސް ހިތްގައިމު މަންްޒަރެކެވެ. މޫނުގައި ލުއި ވައިރޯޅިއެއް ބީހުމުން ލޯ މަރައިލީ، އެ ވައިރޯޅިން މީހާ އޮޔަށް ގެންދިޔަދެމުންނެވެ. އިރުކޮޅަކު އެ އަރާމު އިހުސާާސްކޮށްލުމަށްފަހު ލޯ ހުޅުވައިލިއިރު ފަހަތުގައި ހުރި އީތަންގެ މޫނު ފެނުމާއިއެކު ސިިއްސައިގެންގޮސް އަަލީޝާ އަޑިއަށް ގެނބުނެވެ. ލޮނު ކޯވަރެއް ބޮވިގެން ތެދުވެ ކެއްސައިގަތްތަން ބަލަން އީތަން ހުރީ ހެވިދިލަފައެވެ.
“ކަލޭ މަގޭ ފަަހަތުއަޅުވައިލައިގެން ދޯ ތިއުޅެނީ! ކޮންމެ ރެއަކު… ކޮއްހު ކޮއްހު.” ކޮށިއަރަމުންވެސް އަލީޝާ އެއްޗެހި ކިޔައިގަނެވޭތޯ މަސައްކަތްކުރަމުންދިޔައެވެ.
“ތިހެން ވިސްނިޔަސް ހެވޭ ބުނެފީމެންނު. މަ މިތަނަށް އަންނަ ކޮންމެ ރެއަކު ކަލޭ އުޅޭވިއްޔަ. މަގޭ ކަމެއްތަ؟” އީތަން އެއްގަމާއި ދިމާއަށް ފަތައިގަތެވެ. އަލީޝާވެސް ފަހަތުން އައެވެ.
“ނޭވާލާން ބޯހިއްލައިލިތަނާ ކަލޭ އޮޔާ ދާތަން ފެނުނީމަ ފުރަތަމަ ހީކުރީ މަރުވެފަ އޮތް މީހެއްކަމަށް.” އިސްތަށިގަނޑަށް އިނގިލިތައް މަހައި ފެން ހިއްކަމުން އީތަން ބުންޏެވެ. “މިހާރު ހިތަށްއަރާ އަސްލަށްވެސް މަރުވެފަ އޮތް މީހެއްނަމައޭ ކަލޭގެ ބަދަލުގަ.” އީތަން ދޮގުހަދައިލިއެވެ. އިއްތިފާގަކުން އަލީޝާ ފެނުމަކީ ކިހާ އުފާވާ ކަމެއްކަން އަންގާކަށް އޭނާ ބޭނުމެއްނުވެއެވެ. އެންމެ ފުރަތަމަ ދުރުން އަލީޝާާ ފެނުން ހިސާބުންވެސް އެއީ އަލީޝާއަށް ވާނެނަމައޭ ހިތަށްއެރިކަންވެސް އޭނާ ބޭއްވީ ހިތުގައެވެ.
“ދަނީތަ؟” އަލީޝާ ދާން އުޅޭހެން ހީވެގެން އީތަން އެއްސެވެ.
“ނުދާންވީތަ؟” އީތަންއަށް ބަލާލައިފައި އަލީޝާ އެހުމުން އީތަންއަކަށް ބުނާނެ އެއްޗެއް ނޭންގުނެވެ.
“އަސްލު ނެތް ދާހިތެއް.” ވެލިގަނޑުމަތީ އޮށޯވެފައި އަލީޝާ ބުންޏެވެ. އީތަންވެސް ކައިރީގައި އިށީނެވެ. ތެމިފޯވެފައި ހުރިއިރު ރޭގަނޑުގެ ފިނިކަމުން ހީކަރުވާކަން ހަނދާން ނައްތައިލަމުންނެވެ.
“އެ ކީއްވެ ދާހިތް ނެތީ؟” އާދައިގެމަތިން ދެކުދިން ވާހަކަދެއްކީ އެކަކު އަނެކަކަށް ބެލުމަކާއިނުލައެވެ.
“ގޭގަ ކުރަތްޕެއް އުޅޭތީ.” އަލީޝާ ކުރަފި ނިސްބަތްކުރީ އިންސާނަކަށްކަން އީތަންއަށް ނޭންގެއެވެ.
“ކަލޭ ޖިންނީންދެކެ ބިރުގަނެފަ، ކުރަފިދެކެވެސް ބިރުގަނޭތަ މިހާރު. ތީ އެކަމަކު އެއްފަހަރު ކުލާހަށް ވަތް ކުރަތްޕެއް ބޫޓުކިބައަކުން ޖަހާ މެރި މީހެއްނު. އެންމެން ކަލޭ ހީރޯއަކަށް ހެދިއެންނު.” އީތަން ކުރީގެ ހަނދާނެއް އާކޮށްލިއެވެ.
“އަސްލު ކުރަތްޕެއް ނޫނޭ.” އަލީޝާ ބުންޏެވެ.
“ދެން؟ ޕްލާސްޓިކް އެއްޗެއް ދެކެ ބިރުން؟” އީތަން އެއްސެވެ. އަލީޝާ ބިރުގަންނަ އެއްޗެއްގެ ވާހަކަވެއްޖިއްޔާ އަޑުއަހަން އީތަން ހޭވައްލާ ތައްޔާރެވެ. ނަމަވެސް އަލީޝާ އިތުރަށް އެ ވާހަކައެއް ނުދެެއްކިއެވެ. މައުލޫއު ބަދަލުކޮށްލީ ގޭމެއްގެ ވާހަކައަށެވެ. ދެ މީހުންނަށްވެސް ކަމުދާ އެއްޗެއްކަމުން ވަރަށް ފޯރީގައި ވާހަކަ ކުރިއަށްދިޔައެވެ. ހީވީ ހަމަ ގާތް ދެ އެކުވެރިންހެންނެވެ. ކަމަކާއި އެއްބަސްވެގެން ދެ ކުދިންނަށް ވާާހަކަދެެއްކުނު އެއީ ފުރަތަމަ ފަހަރެވެ.
“ކަލޭ މިހާރު މަގޭ ކައިރިން ބަދަލުހިފާކަށް ބޭނުމެއްނުވޭތަ؟” އެއް މައުލޫއު ނިމުމުން އަލީޝާ އެއްސެވެ.
“ނޭންގެ.” އިރުކޮޅަކު ވިސްނައިލުމަށްފަހު އީތަން ޖަަވާބުދިނެވެ. އަލީޝާއަށް އީތަންއާއި ދިމާއަށް ބަލައިލެވުނެވެ. އޭނާ ހީކުރީ އީތަން، ބޭނުމޭ، ދުވަހަކުވެސް މާފެއް ނުދޭނަމޭ، ކަހަލަ އެއްޗެއް ބުނާނެކަމަށެވެ.
“އެއްކަލަ… އިނގެއެންނު ދޯ ފިލްމު އެއްޗިހީގަ ދުޝްމަނުންހެން އުޅެފަ، ކުއްލިއަކަށް އެހާ ފޫހިނުވާން ފަށާފަ، ދެން ހިތަށްއަރާނީ މިހާރު ވަނީ ލޮއެއްބޭ. މަށަށް މި ވީ އެހެން ކަންނޭންގެ.” އެއީ އޭގެ ކުރިން ދުވަހަކުވެސް އީތަން ބުނަން ރާވާފައި އޮތް ވާހަކައެއްނޫނެވެ. ހަމަ އެވަގުތު ހިތުގައި އޮތް އެތި ދުލުން ނެރެވުނީއެވެ. ބުނެވުމަށްފަހުވެސް އަލުން އަނބުރައި ގެނެވޭނެނަމައެކޭ ހިތަކަށް ނާރައެވެ. އެ ވަގުތަކީ އެހެން ބުނެލުން އެންމެ އެކަށޭނެ ވަގުތުކަމަށް ވިސްނުނީތީއެވެ.
“ތި ބުނީ ކަލޭ… މަގޭދެކެ…” އަލީޝާ ތެދުވެ ދެފައި ވަށްކުރުމުން އީތަން ބަލައިލިއެވެ. އަލީޝާ އިނީ ސީދާ އީތަންގެ މޫނަށް ބަލަހައްޓައިގެންނެވެ. އީތަން ހޫނކިޔައިލީ އަލީޝާއަށް އެ ހީކުރެވުނީ ރަނގަޅަށްކަން ބުނުމަށެވެ. ފުން ނޭވާއެއް ވައިގެތެރެއަށް ދޫކޮށްލުމަށްފަހު އަލީޝާ އީތަންއާއި ދުރަށް ބަލައިލިއެވެ.
“ދެން… ރައްޓެހިވާންތަ ތި އަހަނީ؟” އަލީޝާ އެއްސެވެ. އީތަންގެ ހަމަހިމޭންކަމުން އަލީޝާއަށް ޖަވާބު ދޭހަވިއެވެ.
“މަވެސް ގަބޫލުުކުރަން، ކުރީގަ އަހަރުމެން ދޭތެރޭގަ އޮތް ދުޝްމަންކަމެއް މިހާރަކު ނެތްކަން. އެކަމަކު ކަލެއާއި ދޭތެރޭ ތިގޮތަކަށް ނުވިސްނަން. އެކުވެރިންނަށް ވެވިދާނެ. އެކަމަކު އެނޫން ގުޅުމެއް ނުބޭއްވޭނެ.” އަލީޝާ އަނެއްކާވެސް އީތަންއާއި ދިމާއަށް ބަލައިލިއެވެ. އެއްވެސް އަސަރެއް ނެތް މޫނަކުން އީތަން ބޯ ޖަހައިލިއެވެ. ދަނީ އިނގޭއޭ ކިޔައިފައި އަލީޝާ ތެދުވިއެވެ. ހަނދާންނައްތައިލަން އަޒުމުވަރުގަދަކޮށްގެން ހުރި އިހުސާސްތައް ފޮރުވުނީތީ ހިތްހަމަޖެހިގެންނެވެ. އެއީ އެންމެ ރަނގަޅު ގޮތްކަމަށް އޭނާ ދެކުނެވެ.
މެންދުރު ނުކުތް ގޮތަށް އަލީޝާ ގެއަށް ވަނީ އެރެއެވެ. ފެންޑާގައި ޓީވީ އަޅުވައިގެން އިން ވަލީދާއި ކަޅިހަމަކުރުމަކާއިނުލައި ގޮސް ކޮޓަރިއަށްވަދެ ފެންވަރައިގެން ނުކުުތެވެ. އަދި ބަދިގެފަރާާތަށް ގޮސް ވަލީދަށް ރޭގަނޑުގެ ކެއުން ތައްޔާރުކޮށްދިނެވެ. މެންދުރު ކެއި ތަށިތައް ވަލީދު ހުރީ ކައި ނިމިގެން ދޮވެފައިކަން ފާހަގަވިއެވެ.
“ކަނބުލޮ ނުކަންތަ؟” ކާން ގޮވާފައި އަލީޝާ ކޮޓަރިއަށް ދާން ހެދުމުން ވަލީދު އަހައިލިއެވެ. މަޑުމަޑުން އާނއެކޭ ބުނެލާފައި އަލީޝާ އަވަސްއަވަހަށް ގޮސް އެތެރެއަަށް ވަނެވެ. އަލީޝާ ވަތްތަން ބަލަން އިން ވަލީދު ދެލޯ މެރޭވަރަށް ދަތްޕިލަ ދިލުވައިލިއެވެ.
ވަލީދު ގޭގައި އުޅޭކަން ވިސްނޭތީ އަލީޝާއަކަށް ނުނިދުނެވެ. ތަޅުލާފައި ހުރި ނަމަވެސް އިރުއިރުކޮޅައި ބަލައިލެވެނީ ދޮރާއި ދިމާއަށެވެ. ބާލީހުގައި ބާރަށް ބައްދައިގެން ދެލޯ މަރައިލުމާއިއެކު އޭނާގެ ސިކުނޑިއަށް ވަދެގަތީ ކުޑައިރުގެ މާ ސާފު ނޫން އެ ހަނދާންތަކެވެ.
ވަލީދަކީ ފެށުނީންސުރެވެސް ޔޫސުފްގެ ވަރަށް ގާތް ރައްޓެެއްސެކެވެ. އޭނާއަކީ ދިވެހިބޭސްވެރިއެކެވެ. ބޮޑު އަގުލިބޭތީ، ރަށު ކުއްޖަކަށް ދިވެހިބޭސް ކޮށްދޭން ވަލީދު އައި ދަތުރުގައި ބެހެއްޓީ ޔޫސުފްމެން ގޭގައެވެ. ވަލީދު ގޭގެ އޮޅިގަނޑުން ފައި އެޅީންސުރެ އަލީޝާާއަށް ސިފަވީ ބިރުވެރި މީހެއްގެ ގޮތުގައެވެ. އޭނާގެ ހިނިތުންވުމުން އަލީޝާއަށް މަންމަގެ ފަހަތަށް ހިމާޔަތަށް ވަދެވެއެވެ. ނަމަވެސް ރާއިދާމެން ދުވަސްވީ އެކުވެރިކަމަށް ކުރީ ކަނު އިތުބާރެކެވެ. ވަލީދު އައިތަނާހެން ރާއިދާ ބަލިވެ، އެނދުމަތިކުރަންޖެހުމުން ވަލީދަށް ލިބުނީ ރަނުގެ ފުރުސަތެވެ. ރާއިދާ ކައިރީ ހޭހަންކުރަން ޔޫސުފް އިންނަ ވަގުތުތައް ގިނަވުމުން ގޭގައި ތިބެނީ ވަލީދާއި އަލީޝާ އެކަންޏެވެ. ތުއްތު ކުއްޖެއްގެ މައުސޫމުކަމުގެ ބޭނުންހިފައި ހިތުހުރި ކަމެއްކޮށްލީ ރަހުމެއް ހަމްދަރީއެއް ނެތިއެވެ.
“މީހެއް ކައިރީ ނުބުނައްޗޭ. މީ ބޭބެއާއި ކޮއްކޮގެ ސިއްރު ވަގުތުކޮޅެއްނު ދޯ. އެހެން މީހެއް ކައިރީ ބުނެފިއްޔާ ބޭބެ ރުޅިއަންނަން ޖެހިދާނެ. ބޭބެ ރުޅިއައިމަ މާ ބިރުވެރިވާނެ.” ދެލޯ މެރޭވަރަށް ހީލާފައި ވަލީދު ބުނެއެވެ. ބިރުން ގިސްލެވިފައި އިންނަ އަލީޝާއަށް ވަަލީދުގެ ބަހަށް އެއްބަސްވުން ނޫންގޮތެއް ނޯވެއެވެ. އެގޮތުގައި ހަފްތާއެއް ފާއިތުވެދިޔައިރު އެހެން މީހަކަށް ވަލީދުގެ ހަޑިމުޑުދާރު، ފާހިޝް އަމަލުގެ ހިލަމެއްވެސްނުވެއެވެ. ވަލީދު އަނބުރައި ދިޔުމުން، ކޮންމެ ރެއަކު ގޯނާކުރާ ބިރުވެރި ހުވަފެންތަކާއިއެކީ ހުރިހާ ކަމެއް އަލީޝާ ފޮރުވާފައި ބެހެއްޓީ ހިތުގައެވެ. އެކަނިމާއެކަނި ހުރިހާާ ބިރުވެރިކަމެއް ތަހައްމަލުކޮށް، ބޮޑުވަމުން އައިއިރު އަލީޝާ ވީ ހިތްވަރުގަދަ ކުއްޖަކަށެވެ. އެ ހާދިސާގެ ސަބަބުން ބަލިކަށިވުމުގެ ބަދަލުގައި އޭނާ ނިންމީ ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދޭނެކަހަލަ ވަރުގަދަ ކުއްޖަކަށް ވުމަށެވެ. އެ ހުރިހާ އަޒުމަކާއިއެކީވެސް، ދެވަނަ ފަހަރަށް ވަލީދު ފެނުމުން ބިރުގަތް އަމިއްލަނަފްސުދެކެ ރުޅިއާދެވުނެވެ.
އަމީނާ ކުޑަކޮށް ބަލިވެއުޅޭތީ ގޭގައި ކާއެއްޗެއް ނަހަދައި ހުރުމުން އީތަން ނުކުތީ ކާއެއްޗެއް ގަތުމަށެވެ. ބޮޑުމަގުންލާފައި ދިޔައިރު ސިނގެރޭޓެއް ރޯކޮށްގެން ފިހާރައެއްގެ އަސްކަނިދޮށުގައި ހުރި ވަލީދު ލޮލުގެ ކުޑަކޮޅުން ފެނުނެވެ. އަޅައިނުލައި ދެވެން އުޅެފައި ދެވަނަ ފަހަރަށް ރަނގަޅަށް ބަލައިލެވުނެވެ. އެ ހީކުރެވުނީ ރަނގަޅަށްކަން އިނގުމުން ހުރި ފިޔަވަޅުމަތީ އީތަން ގަނޑުވިއެވެ. އޭނާއާއި ދިމާއަށް ހުރި ނަޒަރު އިހުސާސްވެގެން ވަލީދު އީތަންއާއި ދިމާއަށް ބަލައިލިއެވެ. ދަަންނަ ކުއްޖެއްހެން ހީވެގެން އިރުކޮޅަކު ބަލަން ހުރެފައި އީތަންކަން އިނގުމުން ވަލީދު އޭނާގެ ފުޅާ ހިނިތުންވުން ދައްކައިލިއެވެ. ޖައްވަށް ހުޅުވިފައިވާ ތަނެއްގައި ހުރި ނަމަވެސް އީތަންގެ ނޭވާ ހާސްވާހެން ހީވާންފެށިއެވެ. ބަންދުވެފައި ހުރެވޭހެން ހީވާންފެށިއެވެ. މެއަށް ބާރުވާން ހެދުމުން ނޭވާލާން މަސައްކަތް ކުރަމުން އީތަން އަވަސްއަވަހަށް އަނެއްފަޅިއަށް ބަލާފައި ހިނގައިގަތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





Vvv furihama????❤keep going…..BTW when next part????? Salaaam luv u
Thnx dhen oi prt iraadhakureviyya mianna week ga
Me first dhw ❤❤??..masha allah..vrh vrh rythi mi prt vx..curiously waiting for the next..Thanks jinni for uploading this prt..
Mi faharu 2nd ey jiji. Dhen faharakun 1st hoadhachey. Thnk u 4 the support
Ey …eethann ah kihineh evee …
Dhen oi baiga let’s see dhw
yaayyy!!!! me first dhw…. v reethi mi part ves….. whens next part
Thnx nxt prt mianna week ga iraadhakureviyya
alhe kon valeedheh.. ma mihaar nahtaafi.. hey aruvaalaanan.. keekey hithah araagen alysha kuda iru rape kury…. bodu maaridheh
Chill chill kulhi dhakkaalanshey valeedh mi genaii ?
Varahh reethi mi prt vx ….. eethan and aleesha gulhuvahchey… cute couple ehh… made for each other…anyways.. whens nxt prt
true story naukko.. dhn eethan kuran vi kamaky thankolheh bas ahn v dw.. bafaabe ruhsan
Let’s see dhw e 2 meehun hadhaa echeheves. Next part iraadhakureviyya mianna week ga
U have a point there cute lips
Hii.. v salhi mi part.. eethan ge hih halaaku vedhaane dhw mihaaru.. hehe.. anyways waiting for next part
Yaa dhw hamtii..eethan brw ge hithah ma salaam bunin..hehe????
Thnx hamtii. U meant the rejection dhw. Next prt ah inthizaaru kurachey
Ethan ge hih buny vaalaikumuh salaam o jiji ah
Ehn..buney jiji bungney bohoath shukuriyyaa ey??
Wonderful… masha allah… hama ehvana… Eethan ah vs ngeytha valydhu… anekka eethan ah valydhu kyhkhgnbaa eethan emyhaa dheke ehaa birugathy… can’t wait for the nxt part
Thnx twinkle nxt prt ah inthizaaru kollaa veehaaves avahakah up kohdheynan
Mi vaahaka genesdhinun varah thafaathu, varah reethi ❤.gina vaahaka thakuga hunnany eh goiy thakeh…asl varah reethi vaahaka, hama obi novey ?
thnx a lot ibsha