Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީޒަހަރު…35

Ushaali Level 810 Stories100 Comments100 Stories500 Comments
March 14, 2019 7 Mins Read
26 Comments

34 ވަނަ ބައިގެ ތެރެއިން…

“ކުލައްތާ….!!! މަންމަ ދައްކާ ވާހަކަ އަޅުގަނޑު ޤަބޫލެއް ނުކުރަން. މަންމަ ކީތްކުރީތަ…؟” ދެވަނަ ފަހަރަށް ރާކިން ސުވާލުކުރިއެވެ.

“އަހަރެން ލަދުވެސްގަނޭ ބުނަން. ރާކިންގެ އެއްބަނޑު ޒާކިންގެ ހަގަށް ކޮއްކޮއަކު މިދުނިޔެއަށް އުފަންކުރަން ތައްޔާރުވަމުން އެދަނީ…” ކުލްޝޫމް ބުނެލިއެވެ. ވަގުތުން ފައިޒަން އަތުން ހިފައިގެން ހުރި އުލާއި ސަމްސާ ދޫވެ ތަށިތެރެއަށް ވެއްޓުނެވެ. އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހިނދުކޮޅަކަށް ހީވީ ދުނިޔެ އެނބުރިގަތް ހެންނެވެ.

**********************************************

އެ ހައިރާންކަމުގައި ރާކިންއަށް ބަލާލެވުނީ މާއިރާގެ މޫނަށެވެ. އިފްނާވެސް ހުރީ ލިބުނު ޝޮކުން އަނގަމަތީގައި އަތް އެޅިފައެވެ. މާއިރާ ހަތަރުކަޅި ހަމަކުރަން ނޫޅޭހެން ރާކިންއަށް ހީވިއެވެ.

“ތި ނޫން ވާހަކައެއް އަހަރެންނާ ބެހޭގޮތުން ދައްކަން ކަލެއަށް ނޭނގުނީތަ…؟” މާއިރާގެ ރުޅިގަނޑު އަމާޒުވީ ކުލްޝޫމަށެވެ.

“މިއީ ތޯތޯ ވާހަކައެއްނޫން. މިއީ ތެދު ޙަޤީޤަތް. މާއިރާ ތިހިރީ ދެދުނިޔޭން ގެއްލިފަ. މީހާގެ ބޮޑުވައި އިނގިލީގެ ކުރިން ފެށިގެން ބޮލާއި ހަމައަށް ޠާހިރުކުރަންވެފަ. ދެންވެސް އަމިއްލަ ކުށް ޤަބޫލުކޮށް ކުރެވުނު ފާފަތައް އެކަލާނގެ އަފޫކުރައްވާތޯ ދުޢާކޮށް ތަޢުބާވޭ… ހެޔޮނުވާނެ މާއިރާ…” ކުލްޝޫމް ބުނެލިއެވެ.

“އެއީ ތެދެއްތަ މަންމާ…!!” ރާކިން އަހާލިއެވެ. މާއިރާ ޖަވާބެއް ނުދިންތާ ރާކިންއާއި ދިމާލަށް ބަލާވެސް ނުލިއެވެ.

“އަހަރެން މިއަހަނީ އެއީ ތެދެއްހޭ….؟؟؟ ރާކިންގެ އަޑު ބާރުވިއެވެ. މާއިރާ ދިޔައީ ސިހުނުވަރުން އެއްލިގެންނެވެ. އަނގައިން ޖަވާބެއް ނުދިނެއް ކަމަކު މާއިރާގެ ދެލޮލުން ފައިބައިގަތް ކަރުނަތަކުން ރާކިންއަށް ޖަވާބުލިބުނެވެ.

“ތީ މަގޭ މަންމައެއްނޫން…. ” މޭޒުމަތީގައިވާ ކާއެއްޗެހިތައް އަތުންޖަހާ ބުރުވާލުމަށްފަހު ރާކިން ހިނގައިގަތެވެ. ޓައިލްސްތަކުގެ މަތީގައި ތަށިތައް ޖެހުނު އަޑުފަށްގަނޑާއެކު ތަނުގައި ތިބި ހުރިހާ މީހުންނަށް ސިހުން ލިބިގެން ދިޔައެވެ. ފަހަތުގައި ހުރި ޝިފާވެސް ދިޔައީ ނުރުހުމުގެ ބެލުމަކުން މާއިރާއަށް ބަލަހައްޓައިގެން ހުރެފައެވެ.

*******************************************

ޒާކިން ހައްޔަރުކުރި ޚަބަރު މާއިރާއަށް ލިބުނީ އޭނާއަށް އައި ފޯންކޯލެއްގެ ސަބަބުންނެވެ. އެއީ ފުލުހުންގެ އިދާރާއިން އޭނާއަށް އައި ކޯލެކެވެ. ޒާކިން ހައްޔަރުކުރެވުނު ކަމާއި ވަކީލެއް ހޯދަދޭން ޒާކިން އެދިފައިވާކަމަށް ފުލުހުން މާއިރާއަށް އެންގިއެވެ. އޭނާ ކޮޓަރިން ނިކުމެގެން މިސްރާބު ޖެހީ އިފްނާގެ ކޮޓަރިއާއި ދިމާލަށެވެ. ދެފަހަރަކު ޓަކި ޖަހާލުމުންވެސް ދޮރު ނުހުޅުވުމުން ތަޅުގައި ހިފާ އަނބުރާލަމުން މާއިރާ އެތެރެއަށް ވަނެވެ. ފާހާނާއިން އޯކަށްދެމޭ އަޑު އިވުމުން މާއިރާއަށް ހައިރާންކަމެއް ލިބުނެވެ. އޭނާ އިރުކޮޅަކު މަޑުކޮށްލައިގެން ހުރީ އިފްނާ ނިކުންނާނެ އިރަކަށެވެ.

“މަންމާ…!! ކަމަކުތަ…؟؟” ފާހާނާއިން ނިކުތް އިފްނާއަށް އެނދު ކައިރީގައި ހުރި މާއިރާ ފެނުމުން އަހާލިއެވެ. އެހެންޏާ މާއިރާއަކީ އެކޮޓަރިއަށް ވަދެ އުޅޭ މީހެއް ނޫނެވެ.

“ކީއްވެ މާވަރަކަށް ހޮޑުތިލަނީ…؟؟” މާއިރާ އަހާލިއެވެ.

“އަހަރެން ބަނޑުބޮޑު” އިފްނާ ބުނެލިއެވެ.

“އިފްނާވެސްތަ…؟ ކާކުގެ ދަރިއެއް…؟؟” މާއިރާ އަހާލިއެވެ.

“އާކުގެ” އިފްނާ ޖަވާބުދިނެވެ. މާއިރާ އިފްނާގެ މޫނަށް ބަލަހައްޓާއިގެން ހުރީ ޝައްކުގެ ނަޒަރަކުންނެވެ.

“ޒާކިން ޖަލަށްލައިފި. ދެންތިބީ އަހަރެމެން ދެމީހުން” މާއިރާ ބުނެލިއެވެ.

“ޒާކުވެސް ބަސްޓުވީތަ…؟” އިފްނާ އަހާލިއެވެ.

“އާނ… އެސޮރު ވަކީލެއް އައްޔަންކުރަން ބޭނުންވެޔޭ…” މާއިރާ އަހާލިއެވެ.

“ދެން…؟؟ ކޮންތާކުން ވަކީލެއް ހޯދާނީ” އިފްނާ ބުނެލިއެވެ.

“އިފްނާ ބުނީމެއްނު ވަކީލެއް އެބަހުއްޓޭ… ލާރިއާއި ދޭތެރެ ނުވިސްނާ. ޒާކުގެ އެކައުންޓުގައި ފައިސާ އެބަހުރި. އޭނާގެ ވިސާ ޑެބިޓް ކާޑްވެސް ޗެކް ފޮތް މަގޭ އަތުގައި އެބައޮތް” މާއިރާ ބުނެލިއެވެ.

“ބައްޕަ އެއްބަހެއްނުވި. އާކުގެ ކަންތައް ފަޅާއެރީމަ ބައްޕަ ހުންނެވީ ވަރަށް ރުޅިއައިއްސަ” އިފްނާ ބުނެލިއެވެ. ވަގުތުން މާއިރާގެ މޫޑް އޮފްވިއެވެ. ދެރަވީވަރުން ކަރު އެލުވާލިއެވެ.

“ދެން ކުރާނެކަމެއްނެތް. ބޮޑުފޮށީ އަޑީގައި ފިލާ އޮތަސް ޖަލަށްލާނެ” މާއިރާ ދެރަވެލާފައި ބުނެލިއެވެ.

“އާނ މަންމާ! އަހަރެމެން ދެމީހުން ވިހަންވެސް ޖެހޭނީ ޖަލުގަ ކަންނޭނގެ” އިފްނާ ބުނެލިއެވެ.

*****************************************

ހިނދަކަށްފަހު ހިނދެއް ފާއިތުވަމުން ދިޔައެވެ. ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަންހުރި މާއިރާގެ މޫނުމަތީގައި ވަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އެގެއިން ނިކުންނަން ދިން މުހުލަތުވެސް ހަމަވަނީއެވެ. ވަންނާނެ އެއްވެސް ތަނެއް ނެތެވެ. އެހީވާން ތިބި ދަރިންކޮޅު ވެސް ފަހަރަކު މީހެއް ކަމަށް ޖަލަށް ލަނީއެވެ. ހުރީ ހަމައެކަނި ރާކިންއެވެ. ރާކިންއާއި އެކީގައި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަން ވިސްނާލި ވަގުތު ހިތް މާޔޫސްކޮށްލީ އެދަރިފުޅުގެ ކުރިމައްޗަށް އަރަން އޭނާއަށް ލަދުވެތިކަން އިހުސާސް ވުމުންނެވެ. އޭނާ އެތައް އިރަކު ވިސްނަން ހުރުމަށްފަހު ޗާޖަރަށް ޖަހާފައި އޮތް ފޯނު ހިފައިގެން ގޮސް އެނދުގައި އިށީނެވެ. އެތައް ތަނަކަށް ގުޅައިގެން ދަރިންގެ ބައްޕަ ނަވާޒްގެ ނަންބަރ ހޯދިއެވެ. އޭނާ ހިމާޔަތަށް އެދެން ބޭނުންވަނީ ނަވާޒް ކައިރިންނެވެ.

“ހެލޯ ނަވާޒްތަ….؟ އަވަސް އަވަހަށް މާއިރާ އަހާލިއެވެ.

“ހާދަ ރަޙުމެއްނެތް ބައެކޭ މިވެސް. މި މީހުންނަށް މިކަހަލަ ވަގުތެއް ނާންނާނެކަން އިނގޭތީތަ މީހަކު ހަމަ ގުޅާލާއިރަށް އަލިފް ލައިލާ ވާހަކަ ފަށާނެ. ވަރަށް ފޫހިވޭ…” މާއިރާ އަޑުލީ ނަވާޒްގެ ފޯނު ނިއްވާލާފައި ކަމަށް ބުނެ އޭނާއަށް މެސެޖް ފޯރުކޮށްދިން ދިރާގުގެ މުވައްޒަފާއި ދިމާލަށެވެ. ފޯނު ރިންގުވާން ފެށީ އޭނާ އެގޮތުގައި އެނދުގައި ވިސްނަން އިންދައެވެ.

“”ހަލޯ… ނަވާޒްތަ….؟’ މާއިރާ އަވަސް އަވަހަށް އަހާލިއެވެ. ގުޅަނީ ކާކުތޯވެސް ބަލާނުލައެވެ.

“ހެހެހެ…. ނަވާޒޭ… އާ ބިޓެއްތަ…؟ ނޫނީ ދަރިފުޅުގެ ބައްޕަތަ….؟ އެކޮޅުން ވާހަކަދެއްކި އަންހެންކުއްޖާ ބުނެލިއެވެ.

“ކާކުތަ….؟ ކާކުހޭ ތީ….؟؟ ކީއްވެތަ ވާނުވާ ނޭނގިގެން ތަނަކުން ނަންބަރެއް ފެންނައިރަށް ތިގުޅާ ނަގަނީ…” ހިތްހަމަނުޖެހިފައި މާއިރާ ހަޅޭއްލަވާގަތެވެ.

“މިއީ ކާކުކަން ބުނެފިއްޔާ އަޑުއަހާނެ ހިތްވަރު އެބަހުރިތަ…؟ ކެރޭނެތަ އަޑުއަހަން” އެކޮޅުން ވާހަކަދެއްކި އަންހެންކުއްޖާ ބުނެލިއެވެ.

“ކާކުތަ ތީ…؟ ކަލެއަށް ކޯޗެއް އެނގިގެން ތިއުޅެނީ…؟” މާއިރާ ދަތްކުނޑި ވިކާލަމުން ބުނެލިއެވެ.

“މިއީ ޔަނާލް…. ހެހެހެ…. ކަލޭގެ ބަރުބާދީ…” ހީލަމުން ޔަނާލް ބުނެލިއެވެ. މާއިރާއަށް ހީވީ ނޭވާ އެތެރެހަށީގައި ތާށިވިހެންނެވެ. ނިތްމަތިން ދާތިކިތައް ވިދަން ފެށިއެވެ.

“ޔަ…ޔަނާލޭ…..” މާއިރާއަށް ބުނެވުނެވެ.

“ހެހެހެ… ހާދަ ބިރެކޭ ޔަނާލްދެކެ ތިގަންނަނީ… ތިހާ ފިނޑިމީހުންތަ މާމޮޅުވެގެން ތިއުޅެނީ. މިއީ ޔާނާ އިނގޭ… އަވަހަށް ހިތްހަމަޖައްސާލާ…” މަލާމާތުގެ ރާގެއްގައި ޔަނާލް ބުނެލިއެވެ. މާއިރާގެ ހިތަށް ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ޔަނާލަށް ރައްދުދޭހާ ހިތްވަރެއް އޭނާއަށް ނުލިބުނެވެ. ފުރަތަމަ ފަހަރަށް އޭނާ ބަލި ޤަބޫލުކޮށް ފޯނު ކަނޑާލުމަށްފަހު ޔަނާލް ގުޅި ނަންބަރ ބްލޮކް ކޮށްލިއެވެ.

*****************************************

ޓެކްސީ އައިސް މަޑުކޮށްލުމާއެކު ފަހަތު ދޮރުހުޅުވާލާފައި ނިކުތީ ޝިފާއާއި އޭނާގެ ދަރިފުޅެވެ. އަނެއްފަރާތުން ދޮރުން ރާކިން ނިކުތްއިރު ޑްރައިވަރ ޝީޓާއި ޖެހިގެން އިން ޝީޓުގައި އިން ފައިޒަން ވެސް ފޭބިއެވެ.

“ރާކް ނުވަންނާނަންތަ…؟ ރާކިން ކުރިއަށް ހިނގައިނުގަނެ މަޑުކުރުމުން ޝިފާ އަހާލިއެވެ.

“އަހަރެން ވަނީމަ ކަންތައްތައް ވަރަށް ގޯސްވާނެ. ޝިފާ އަންނަންދެން އަހަރެން މިތަނުގަ މަޑުކޮށްލާނަން” ރާކިން ބުނެލިއެވެ.

“ނޫން. ހިނގާ އެތެރެއަށްދާން.. ޔާނާވެސް ވަރަށް އުފާވާނެ އޭރުން” ޝިފާ ބުނެލިއެވެ.

“އަހަރެން އެހެން ފަހަރަކުން ޔާނާއާއި ބައްދަލުކުރާނީ. އިނގެއެއްނު ފައި ހުރީ އަދިވެސް މަގޭ ދެކެ ހިތްހަމަނުޖެހިފަކަން. އެހެންވީމަ މިބުނީ” ޝިފާގެ މޫނުގައި ފިރުމާލަމުން ރާކިން ބުނެލިއެވެ. ޝިފާ ހީލިއެވެ. އޭނާ ފައިޒަން ފަހަތުން ހިނގައިގަތެވެ.

*********************************************

“ވަރަށް ބޮޑު ހެއްކެއް ތިލިބުނީ އެމީހުންނާއި ދެކޮޅަށް. އެކަމު ހިތަށް އަރާ ނާލް ކީއްވެބާއޭ މަޖްލީނަށް މަޢާފްކޮށް އޭނަ ބަހައްޓާފަ ތިހެރީ” ޔަނާލާއި އެކު ބެލްކަނީގައި މަޑުކޮށްލައިގެން ހުރި ނާދު ބުނެލިއެވެ.

“ފައި ވެސް ތިކަމާއި ވަރަށް ފައިޓްކޮށްފި. އަހަރެން މަޖޫދެކެ ރުޅިއައި. އެކަމަކު މަޖޫއަށް ދިމާވެފައިވާ ހިތްދަތި ކަންތައްތަކެއްގެ ސަބަބުން. ވަރަށް ހަމްދަރުދީވޭ. ވެދާނެ އަހަރެންނަކީ މަޖޫ ގޮތަށް އެހާ އަނިޔާވެރި މީހަކަށް ނުވާތީ ކަމަށްވެސް” ޔަނާލް ބުނެލިއެވެ.

“އެކަމަކު ނާލްއަށް ހިއެއްނުވޭތަ އޭނައަށް ވެސް އަދަބު ޙައްޤުވާހެން” ނާދު ބުނެލިއެވެ. ޔަނާލް ވަކި ޖަވާބެއް ނުދިނުމުން އިތުރަށް ނާދު އެވާހަކަ ނުދައްކައެވެ.

*****************************************

ފައިޒަންއާއި އެކު ވަދެގެން އައި ޝިފާ ފެނުމުން ސިޓިންގްރޫމުގައި އިން ޝާއިރާ ކޮޅަށް ތެދުވިއެވެ. އޭނާއަށް ޝިފާއަކީ ކާކުކަން ނޭނގުނެވެ. ނަމަވެސް ހިނިތުންވުމެއް ދިނެވެ. ޝާއިރާއަށް އެންމެ ކަމުދިޔައީ ޝިފާ ހެދުން އަޅާފައިވާ ގޮތެވެ.

“ޝާއްތާ….! މިއީ ކާކުކަން އިނގޭތަ…؟ ކުރިއަށް ޖެހިލަމުން ފައިޒަން އަހާލިއެވެ. ޝާއިރާ ނޭނގެއޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯހޫރާލިއެވެ.

“މިއީ ރާކިން އަންހެނުން ޝިފާ. މިއީ ދަރިފުޅު” ފައިޒަން އޮޅުންފިލުވައިދިނެވެ.

“އެހެންތަ މިއީތަ ޝިފާއަކީ” ކުރިއަށް ޖެހިލާ ރަޔަން އުރާލަމުން ޝާއިރާ ބުނެލިއެވެ.

“ކޮބާތަ ނަނ….. ޔާނާ…؟’ ފައިޒަން އަހާލިއެވެ. ޝާއިރާ ބަލާލުމާއެކު ފައިޒަން އިޝާރާތުން އެއްޗެއް އަންގާލިއެވެ.

“ޝިފައްތަ އެއައީ ހަމައެކަނި ޔާނާއާއި ބައްދަލުކޮށްލާހިތުން” ފައިޒަން ބުނެލިއެވެ.

“އެހެންތަ. ވެއްޖެ ކޮޓަރީގަ” ޝާއިރާ ބުނެލިއެވެ. އަދި ޝިފާއަތަށް ރަޔަން ދިނެވެ.

“ހިނގާ ކޮޓަރިއަށް. ޝިފައްތާ…! އެއީ ޔާނާ މަންމަ އިނގޭ…” ފައިޒަން ބުނެލިއެވެ. ޝިފާ ޝާއިރާއަށް ހިނިތުންވުމެއް ދިނެވެ.

********************************************

ފާހާނާ އިން ނިކުމެގެން ކަޅު ފޮތިކޮޅާއެކު މޫނު ނިވާކޮށްގެން އައި ޔަނާލް ފެނުމުން ބެލްކަނީގައި ހުރި ނާދު ބަލާލީ ތަފާތު ގޮތަކަށެވެ. ދެންމެއަކާއި ޖެހެންދެން ޔަނާލް އޭނާ ކައިރިގައި ހުރީ އާދައިގެ ގޮތަކަށެވެ.

“ކީއްވެ ތި ލައިގެން އަނެއްކާ ތިއައީ…” ނާދު ބުނެލިއެވެ.

“މެހެމާނެއް އެބައާދޭ ބައްދަލުކުރަން” ޔަނާލް ބުނެލިއެވެ.

“ދެން އެހެންވިއްޔާ ނާއްތަ ގޮސްލީ އިނގޭ.. އެވަރުން ނާލް އަންނަން ބުނީމައޭ މިއައީވެސް” ނާދު ބުނެލިއެވެ.

“ނޫނޫނޫ.. މަޑުކޮށްބަ. ނާއްތަވެސް ޖެހޭނެ ބައްދަލުކުރަން” ނާދުގެ އަތުގައި ހިފާ ހުއްޓުވަމުން ޔަނާލް ބުނެލިއެވެ. އޭރު ފައިޒަންއާއި އެކުގައި ޝިފާ ޔަނާލް ކޮޓަރިއަށް ވަދެއްޖެއެވެ.

“ގާރލްސް…” ފައިޒަންގެ އަޑު އިވުމާއެކު ނާދު އެނބުރި ބަލާލިއެވެ. ކުރިމަތީގައި ކުޑަކުއްޖަކު އުރާލައިގެން ހުރި ޝިފާ ފެނުމާއެކު ނާދުގެ ތުންފަތް މައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

“ޝިފާ….!!! މީތަ ނާލް ބުނި މެހެމާނަކީ…” ޝިފާ އަތުގައި އިން ރަޔަން އުރާލަމުން ނާދު ބުނެލިއެވެ. ހިނިތުންވެފައި ހުރި ޝިފާގެ މޫނުމަތިން ހައިރާންކަން ވަށާލީ ނާދު ‘ނާލް’ ގެ ނަމުން މުހާތަބް ކުރީމައެވެ.

“ޝިފައްތާ…!” ޔަނާލް ޝިފާގެ އަތުގައި ހިފާލިއެވެ. އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޔަނާލްގެ ޝިފާ ގައިގާ ބައްދާލިއެވެ.

“ވަރަށް އުފާވެއްޖެ ޝިފައްތަ ފެނުނީމަ….. ދެން ދީބަލަ މަ އުރާލަން…” ނާދުގެ އަތުގައި އިން ރަޔަން އުރާލަމުން ޔަނާލް ބުނެލިއެވެ. ޝިފާ ހީލިއެވެ. އަދި ނާދުގެ ގައިގާ ބައްދާލިއެވެ.

“ހިއެއްވެސް ނުކުރަން ނާދުއާއި ބައްދަލުވެދާނެ ކަމަކަށް… ވަރަށް އުފާވެއްޖެ… ދެކުދިން ވަރިވި ހަބަރު ލިބުނީމަ އަސްލު ވަރަށް ދެރަވި. އެކަމު ވާންވިގޮތް އެވީ. އެއީ ގުޅުން ބަދަހިކުރާވަރު ބައެއް ނޫން” ޝިފާ ބުނެލިއެވެ. ތިން ކުދިން ވާހަކަދައްކަން ވަގުތު ދިނުމަށްފަހު ފައިޒަން ރަޔަން އުރާލައިގެން ދުރަށް ޖެހިލިއެވެ.

“ޒާކިންގެ ކަންތަކާއި ހުރެ ކުރިން ވަރަށް ދެރަވެ ހިތާމަކުރިން. އެކަމަކު މިހާރު އެކައްޗެއްވެސް ހިތަކަށް ނާރާ” ޝިފާ ބުނެލިއެވެ.

“ނޭނގޭތަ…! ޒާކިން ވޯޒް އެރެސްޓެޑް ވިދް ޑްރަގްސް”. ނާދުއާއި ޔަނާލްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ. “ރާކުއަށް ވިސްނުނީތީ މިހާރު އަހަރެން ވަރަށް އުފާކުރަން. އަލްހަމްދުލިއްލާހް… އިނގޭތަ އެކީގަ ރާކުވެސް އައޭ.. ފައި ހިތްހަމަނުޖެހިފަ ހުރީމަ ވަންނާކަށް ނުކެރޭނެޔޯ. ބުނި ޔާނާއަށް ވަރަށް ސަލާން ބުނައްޗޭ…” ޝިފާ ހިނިތުންވުމަކާއެކު ބުނެލިއެވެ.

“ވައަލައިކުމުއްސަލާމް…” ޔާނާ އިރުކޮޅަކު މަޑުކޮށްލައިގެން ހުރުމަށްފަހު ބުނެލިއެވެ. މީހެއްގެ ސަލާން ބަލައިގަތުން އެއީ އެހާވަރުގެ ކަމެއް ނޫންތާއެވެ.

“ހޫން… ދެންބުނެބަލަ…. ޔާނާއާއި ފައި ގެ ފަރާތުން ތިދޭން އުޅޭ ސައިފޮދު ލިބޭނީ ކޮންއިރަކުން…؟” ޝިފާ އަހާލިއެވެ.

“އަހަރެންވެސް މިއަހަނީ ތިހެންނޭ މި ނާލް ކައިރީގަ. ކީއްކުރަން ތިބެންވީ ދޯ… މެރީކުރިޔަސް އަދަބު ލިބެންޖެހޭ ބަޔަކަށް އަދަބު ލިބޭނެ” ނާދު ބުނެލިއެވެ. ދެވަނަ ފަހަރަށް ޝިފާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ.

“ވެއިޓް…. ކީއްވެތަ ނާދު ނާލް އޭ ތިކިޔަނީ ޔާނާއަށް. މަށަށް ވަރަށް އުނދަގުވޭ” ޝިފާ ބުނެލިއެވެ.

“ނާލް… ޝިފާއަށް ހުރިހާ ޙަޤީޤަތެއް ކިޔާދީ…” ނާދު ބުނެލިއެވެ. ޝިފާ ޔަނާލާއި ވީ ކޮޅަށް އެނބުރުނެވެ. އަދި އޭނާއަށް ބަލަން ހުރި ޔަނާލްގެ މޫނުމަތީގައި އަޅާފައި އިން ފޮތިގަނޑު ތިރިއަށް ދަމާލިއެވެ. އެއާއެކު ޔަނާލްގެ މޫނު ހާމަވިއެވެ. އަނގަމަތީގައި ދެއަތް އަޅާލަމުން ޝިފާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“މިކަން އިނގޭނެ އެންމެފަހު މީހާ ޝިފާ ތީ” ފަހަތުން ޝިފާގެ ގައިގާ ހިފަހައްޓާލަމުން ނާދު ބުނެލިއެވެ.

“ނޫން… މީ ހުވަފެނެއްތަ…. އެއީ ނާލް ތަ…؟” ޝިފާ ކިޔަމުން ދިޔައެވެ.

“ޝިފާ….!!! ކުރިމަތިން ފެންނަން ތިހެރީ ޙަޤީޤަތް. ޤަބޫލުކުރޭ….” ނާދު ބުނެލިއެވެ. ވަމުންދާ ގޮތް ފެނި ޔަނާލްގެ ދެލޯ ކަރުނުން ފުރުނެވެ.

“އެއީ ނާލް ކަމަށްވަންޏާ ކޮބާތަ ޔާނާ…” ޝިފާ އަހާލިއެވެ. ޝިފާގެ ވާހަކަތަކަށް ހުއްޓުމެއް އައީ ކަޅު ހެދުން ހަށިގަނޑާއި ވަކިކޮށްލުމަށްފަހު ޝިފާގެ ހަށިގަނޑުގައި ޔަނާލް ބައްދާލުމުނެވެ.

“ޝިފައްތަ އަބަދުވެސް ބުނަމެއްނު. ތިމަންގެ ނާލް މަތިން ޔާނާ ފެނުނީމަ ވަރަށް ހަނދާންވެޔޭ. ބުނަމެއްނު ނާލްގެ އަޑާއި ޔާނާގެ ވަރަށް އެއްގޮތޭ.. ބުނަމެއްނު ތަފާތަކީ ހަމައެކަނި ޔާނާގެ އަޑު ކުރަކިވެފައި ހުރުމޭ….” ޔަނާލް ބުނެލިއެވެ. ޝިފާ ވަކި ޖަވާބެއް ނުދީ ހުރިއިރު އަދިވެސް އޭނާގެ އަމިއްލަ ނަފްސު އެއީ ތެދެއްކަން ޤަބޫލުކުރަން ދެކޮޅުހަދަނީއެވެ.

“އަޑު މިގޮތަށް ކުރެހިގެން އެ އަންނަނީ އެރޭގެ ހާދިސާއަށްފަހު. މާގިނައިން ލޮނުބޮވި ކަރުގެ އެންމެ އެތެރެ ހަންގަނޑު އިރައިގެން ދިޔުމުން. އެއީ ހަމައެކަނި ލިބުނު ގެއްލުމަކީ. ޑޮކްޓަރުން ބުނި އެއީ މާބޮޑުކަމެއް ނޫނޭ. ކުރީގެ އަޑު އަނބުރާ ލިބޭނޭ…މިއީ ޝިފައްތަގެ ނާލް….” ޔަނާލް ކިޔަމުން ދިޔައެވެ. ޝިފާ ޔަނާލްގެ ހަށިގަނޑުގައި ބައްދައިގަތެވެ. އޭނާއަށް ޤަބޫލުކުރެވިއްޖެއެވެ.

ކޮބާތަ މިކަންކަމުގެ ޙަޤީޤތަކީ…؟ ކީއްވެތަ ކުރިން ނުބުނީ…؟؟” ޝިފާގެ ހުރިހާ ޝަކުވާއެއް އަމާޒުކޮށްލީ ޔަނާލަށެވެ.

“މަޖްބޫރުވީމަ އޭރުގަ… މިހާރު މިހެދުން ބޭނުން ނުކުރަން. މިހާރު ފުރިހަމަ މިނިވަންކަމުގަ މިއުޅެނީ…” ޔަނާލް ބުނެލިއެވެ.

އަހަރެންގެ ހިތް އެބަބުނޭ ވަރަށް ނުބައި ކަންތައްގަނޑެއް މިކަމުގައި އެބައުޅެޔޭ… ކިޔާދީބަލަ…” ޝިފާ އެދުނެވެ.

“ޝިފައްތައަށް ތި ހީވީ ރަނގަޅަށް.” ޔަނާލް ބުނެލިއެވެ. ދެން އައި ވަގުތުކޮޅުގައި ޔަނާލް ހުރިހާ ވާހަކައެއް ޝިފާއަށް ކިޔާދިނެވެ. ވާހަކަތައް ނިމުމާއެކު ޝިފާ މޫނުމަތީގައި ދެއަތް އަޅާފައި ރޯން ފެށިއެވެ. އޭނާގެ ލޯބިވާ ފިރިމީހާ އެކަމުގައި ފުރިހަމައަށް އެއްބާރުލުން ދީފައިވާކަން އެނގުމުން އެކަން އޭނާއަށް ހަޖަމްކުރަން ދަތިވީ ވަރުންނެވެ

“ޝިފައްތާ ދެން ދެރަނުވޭ. ދެރަވިޔަސް އެއީ ޙަޤީޤަތަކީ…” ޝިފާ ދެލޯ ފޮހެދެމުން ޔަނާލް ބުނެލިއެވެ.

“އަހަރެން ދެން ކިހިނެއްހަދާނީ….؟؟؟ ކުލައްތަ އަހަރެން އައި ދުވަހު އަހަރެންގެ ދަރިފުޅަކީ ނަސީބުދެރަ ކުއްޖެކޭ އެބުނީ މިހެންވެގެންތަ…؟ ޝިފާ އަހާލިއެވެ.

“ނާލް….!!! ފަހަރެއްގައިވެސް ހީނުކުރައްޗޭ ޝިފައްތަ ނާލްގެ ވާހަކަތަކާއި ދެކޮޅޭ.. ޝިފައްތަ ރާކިންދެކެ ކިތަންމެ ލޯބިވިޔަސް އޭނާ ގޮވައިގެން ފުރައިގެން ނުދާނަން. މާދަމާ ފުރާގޮތަށް ހުރިހާކަމެއް ހަމަޖެހިފައި އިނީ” ޝިފާ ބުނެލިއެވެ.

“އަހަރެންނަށް ހެދި ގޮތަށް އަހަރެންގެ ބައްޕައާއި މެދު ކަންތައްކުރި ގޮތަށް ޔާޒްއާއި މެދު އެމީހުން ކަންތައްކުރި ގޮތް. އެހުރިހާ ކަމަކަށް އަހަރެން ރާކިންއަށް މަޢާފްކޮށްފާނަން. އެކަމަކު އަހަރެންގެ ޔަޒްދާން….. މިދުނިޔެ ދޫކުރިގޮތް… އެކަމަށް އަހަރެން ދުވަހަކުވެސް ދުވަހަކުވެސް އެމީހުންނަށް ހިތްހެވެއް ނުކުރާނަން” ޔަނާލް ވާހަކަދެއްކިއެވެ.

“އެމީހުން އެކުރި ކަންތަކުގެ ޙައްޤު އަދަބު އެމީހުންނަށް ލިބެންޖެހޭނެ. އެކަމުގައި އެކަކުވެސް އިސްތިސްނާ ކޮށްގެން ނުވާނެ ތިބުނާ މަޖްލީންވެސް…” ކަރުނަތައް ފޮހެލަމުން ޝިފާ ބުނެލިއެވެ. އެތަނަށް ވަންނަން އައި މަޖްލީނަށް އަޑު އިވނެވެ. އޭނާ ނިކުމެގެން ދިޔައީ ޔަނާލާއި ބައްދަލުނުކޮށެވެ.

“ނާލް….! ނާދު… ޝިފައްތަ ދަނީ އިނގޭ. ފުރުމުގެ ކުރިން އަދި އެއްފަހަރު ބޭނުން އަންނަން. ވަރަށް ގިނައިރު ވަންދެން ނާލްއާއި ވާހަކަދައްކަން އިންނަން ބޭނުން. އެކަމަކު އިރުއޮށްސެނީ. ރަޔަން ގޮވައިގެން އަވަހަށް ގެއަށް ވަދެވޭނީ މިހާރު ނިކުމެގެން” ޝިފާ ބުނެލިއެވެ.

“ހެޔޮތަ ސެލްފީއެއް ނެގިޔަސް” ޝިފާ އަހާލިއެވެ. ޔަނާލް ބޯޖަހާލުމުން ތިން މީހުން އެއް ފްރޭމަކަށް އަރާހެން ސެލްފީއެއް ނެގިއެވެ.

**********************************************

ގޭޓުން ނިކުމެގެން އައި ޝިފާ ފެނުމުން ދުރުގައި ހުރި ރާކިން އައެވެ. ރަޔަން އުރާލުމާއެކު ޝިފާ ރާކިން ފަސްދީ ހިނގައިގަތެވެ. ޝިފާގެ ފޯނު ރިންގުވާން ފެށީ ރާކިން މަގުމަތިން ކާރެއް ހުއްޓުވި ވަގުތުގައެވެ.

“ކާކުތަ…؟ ކާރަށް އަރާ އިށީންނަމުން ރާކިން އަހާލިއެވެ.

“ބައްޕަ… އާ ބައްޕަ އަޅުގަނޑު ގުޅީ މާދަމާ ދާނީ އަޅުގަނޑާއި ރަޔަން އެކަނި. ރާކިން ނުދާނެ. ހަނދާންކޮށް އަޅުގަނޑު ނަގަން އަންނާތި އިނގޭ” ކުއްލިއަކަށް ޝިފާ ބުނި އެއްޗަކުން ރާކިންއަށް ހައިރާންކަމެއް ލިބުނެވެ.

“ކީއްވެ އަހަރެން ނުދާންވީ. ޝިފާއަށް ހީވަނީތަ އަހަރެން މިތާ ހުންނަން ބޭނުންވަނީޔޭ… އަހަރެން ދާނަން ޝިފާ ދިޔަ ކޮންމެ ތަނަކަށް. އަހަރެންގެ އެއްވެސް މީހަކު މިތާކު ނެތް” ރާކިން ބުނެލިއެވެ. ޝިފާ ވަކި ޖަވާބެއް ނުދިނެވެ.

“ކިހިނެއްވެފަ ތީނީ. މީހަކު އެއްޗެއް ބުނީތަ…؟ މޫނުމަތި ވަރަށް އެހެންކަހަލަ. ރޮއެފަތަ…؟ ” ރާކިން އަހާލިއެވެ.

“ގެއަށް ގޮސް ވާހަކަދައްކާނީ…” ޝިފާ ބުނީ އެވަރަށެވެ. ރާކިންއަށް ޖެހުނީ ވީކަމެއް ނޭނގި ޝިފާއަށް ބަލަހައްޓއިގެން އިންނާށެވެ.

*****************************************

ރަޔަންއަށް ގާތުން ދިނުމަށްފަހު ރީތިކޮށް ނިންދަވަންދެން ސޯފާގައި ޝިފާގެ ހަރަކާތްތަކަށް ބަލަހައްޓައިގެން ރާކިން އިނެވެ. އެނާގެ ހިތުގައި ވަނީ އެތައް ސުވާލުތަކެއް އުފެދިފައެވެ. ރަޔަންގެ ގާތުން ބާލީސްތައް ޖަހާލުމުން ރާކިން މަޑުމަޑުން ޝިފާ ކައިރީއަށް ޖެހިލިއެވެ.

“ބޭބް…!” ފުރަގަހުން ޝިފާ ގައިގާ ބައްދާލަމުން ރާކިން ގޮވާލިއެވެ. އެއްވެސް އިހުތިޔާރަކާއިނުލާ ޝިފާގެ ދެލޮލުގައި ކަރުނަތައް ބޮނޑިވެގަތެވެ.

“ޕްލީޒް ވީކަމެއް ބުނެބަލަ…” އޭނާއާއި ދިމާލަށް ޝިފާ އަނބުރާލަމުން ރާކިން ބުނެލިއެވެ.

“ކަމެއްނުވޭ މާބޮޑު. މިތާ އިށީނދެބަލަ” ޝިފާ ބުނެލިއެވެ.

“އަހަރެން އެގޮތަށް ނިންމީ ރާކިންއަށް އަދި ދެވެން ނެތީމަ. ރާކިންއަށް ނުދެވޭނެތީވެ” ކަރުނަތައް ހިންދާލަމުން ޝިފާ ބުނެލިއެވެ. “އެއީ ކީއްވެ….؟؟؟ ކާކު އަހަރެން ހިފަހައްޓާނީ…؟” ރާކިން ބުނެލިއެވެ.

“ފުލުހުން….” ޝިފާ ޖަވާބުދިނެވެ. ވަގުތުން ރާކިން ގަނޑިވިކަހަލައެވެ.

“ބަލާލަބަލަ. މިއީ ދަންނަ ކުއްޖެއްތަ…؟” ފޯނުން ގެލެރީ ހުޅުވާ ޔަނާލާއި އެކުގައި ނަގާފައި އިން ސެލްފީ ދައްކާލަމުން ޝިފާ ބުނެލިއެވެ. ރާކިން ޝިފާ އަތުން ފޯނު ނަގާފައި ބަލާލިއެވެ.

“މިއީ ޝިފާއާއި ނާދު. ދެން މީ….. ޔަ….ޔަނާލާއި ހާދަ ވައްތަރޭ….” ރާކިން ބުނެލިއެވެ.

“ވައްތަރީއެއްނޫން. އެއީ ޔަނާލް. އިނގޭތަ އަހަރެން މިއައީ ކާކާ ބައްދަލުކޮށްފަކަން. ޔަނާލާ. ޔަނާލް އަހަރެންނަށް ހުރިހާ ޙަޤީޤަތެއް ކިޔާދީފި” ޝިފާ ކޮޅަށް ތެދުވިއެވެ. އޭނާ ވާހަކަދައްކަމުން ދިޔައިރު ރާކިން އިނީ ޝޮކެއްގައެވެ. އޭނާގެ ހިޔަލީ ލޯގަނޑަށް ކަނޑުގެ ލޮނުތަކުގެ ތެރޭގައި ޔަނާލް ތެޅިފޮޅެމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. އެހީއަށް އެދި ޔަނާލް ލަވަމުން ދިޔަ ހަޅޭ ވެސް ކަންފަތުގައި ގުގުމަމުން ދިޔަހެން ހީވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 36

Next

ބުނެދޭށޭ ރުހެމޭ 4

Next
March 14, 2019

ބުނެދޭށޭ ރުހެމޭ 4

Previews
March 13, 2019

ވިންދޭ ލޯބި ތީ އެދޭ 36

26 Comments!

  1. Sid says:
    March 14, 2019 at 10:07 am

    Me first dhw. Mashaa Allah mibaives varah reethi. Keep it up and try to maintain it.

    1. Ushaali says:
      March 14, 2019 at 11:27 am

      Thankyou so much sid ??☺️

  2. ainth says:
    March 14, 2019 at 10:47 am

    ❤????

    1. Ushaali says:
      March 14, 2019 at 11:28 am

      ????☺️

  3. SCARLET❤ says:
    March 14, 2019 at 11:02 am

    Alhe haadha wait koffiymey…. Luv this prt… Nxt prt avah up kohdhehcey…. ❤️❤️❤️❤️

    1. Ushaali says:
      March 14, 2019 at 11:29 am

      Thankyou so much SCARLET ☺️
      Will try ingey next part maadhama up kollan ???

  4. Reet says:
    March 14, 2019 at 11:04 am

    Vaahaka up kurun lass vaney foohi v tha V gavaa edhun up kuramun ae vaahaka eh me

    1. Ushaali says:
      March 14, 2019 at 11:32 am

      Mee dhuvahakuves ushaaly foohivaane kameh noon ingey reet ☺️ story lasvanee liyevifa in hisaabah genesdhevunyma alun konme episode eh liyefa edit koffa up kollan jeheythee. Anekka one ah liyaa vahaka ah ves time kolheh dheyn jeheythee ?
      Eh dhuvas lasvyma e adhi laheh noonenu dear ?

  5. ainth says:
    March 14, 2019 at 11:09 am

    Alhe mibaa vx v salhi…keep it up dear ❤ …. knirakun dhen next part… inthizaaru ga next part ah ???

    1. Ushaali says:
      March 14, 2019 at 11:34 am

      Thankyou so much ainth ?
      I will try tomorrw ingey ☺️
      Keep waiting ?

  6. yaaanaa says:
    March 14, 2019 at 12:37 pm

    wow.. woww.. woww.. v v v v reeethi ingey mi part vss..
    ??????mashah allah
    ???❤??❤?❤?❤?❤?❤?❤??❤❤?❤??next part avahah up kohdhehche.. waitin waitin..??????????❤?

  7. Scarlet says:
    March 14, 2019 at 2:01 pm

    Wowww vrh reethi mivaahaka v v v interesting. Hama kiyaa hithun indhaaa vaahaka nimeny kmme faharaku ?❤️?❤️?❤️?❤️?

  8. Raakin ge wife says:
    March 14, 2019 at 10:22 pm

    Raakin y did u do this to me ????

  9. Anonymous says:
    March 15, 2019 at 12:36 am

    Varah reethi mi partves???❤?????????????

  10. Flower says:
    March 15, 2019 at 12:59 pm

    Nice story❤❤

  11. Someone says:
    March 15, 2019 at 1:55 pm

    Konirakun next part up kurany. Vaahaka vvvv reethi.

  12. Basheera says:
    March 15, 2019 at 7:07 pm

    Kn irakun next part upkohdheyny..vrh reethi mi vaahaka

  13. Zeeniya says:
    March 15, 2019 at 9:03 pm

    Eydee will try eh nun ehnveema up vaanee sundayga keep waiting

  14. Anonymous says:
    March 15, 2019 at 9:58 pm

    Konirakun next part up kohdhayny. Avahah up kohdhybala .kiyaahithun balaalevay iruirukolha.

  15. Sid says:
    March 16, 2019 at 11:07 am

    Miadhu next part genesdheveynetha? Vaahaka kiyaalaahithun kehmadhuvefa mihunnanee. I know you will try your best. Hope to get the next part soon ??

  16. Yoosh says:
    March 16, 2019 at 7:48 pm

    Koba tha next part kiyahithun meenee kehmaduvefaa

  17. Mary says:
    March 16, 2019 at 9:14 pm

    Ebunaahen kobaa tha next part mibaives vv reeethi?❤️?ushaali please hariyap

  18. Anonymous says:
    March 17, 2019 at 12:23 pm

    Esfiyaige gina vaahaka thakah vaahen v thoacheh

  19. zaara says:
    March 17, 2019 at 2:28 pm

    vedhaane foohi v kamah

  20. Ushaali says:
    March 17, 2019 at 5:14 pm

    Story gened nudhevi lasvaathu e kamahttakai kiyuntheringe kibain nihaayathah maafah edhen ?
    Faaithuve mi dhiya thin varakah dhuvahu alhugandu ulhuny varah burakoh service ga traffic opperation thakeh jassaigen. Story chk kollan ves vagutheh mi libuny miadhu. 2 site ah liyaa stories thakuge evves kamegga mi weekened ga alhugandah noolhevey. Ekamaku insha allah mi story ge kuriah oi part maadhama up kolla dheynan ?
    Mi site ah mihaathanah alhugandu liyunu evves vahaka eh medhukendifa noannaane. Vahaka eh feshijiyya konme haalegga ves ninmaanan. Vahaka liyumaky alhugandu vr kuraa hithun kuraa kameh. Mikamuga evves meehegge majubooreh ovegen kuraa kameh noon. Ehenvyma story liyan alhugandu foosseh nuvaane ??
    Alhugandu ummydhu kuran readers evves hiy bura kameh nethi story ge dhn partah ithizaaru kuraane kamah. Konme insaanakah ves dhiriulhumuga haalaithakeh annaane. Ekan huriha readers ves vaane accept kuran ✌️
    Alhugandu ge vahaka thakah dhevva loibba supportah varah bodah shukuru verivan ?

    1. Lll says:
      March 17, 2019 at 5:30 pm

      Are u a police officer???

Comments are closed.

Next Episodeދިނީ ޒަހަރު…. 36←


All Right Reserved!