Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 31

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
February 25, 2019 6 Mins Read
67 Comments

ހޮސްޕިޓަލުގެ ދޮރުމައްޗަށް ޓެކްސީ ހުއްޓުމާއެކު ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު ހޮސްޕިޓަލަށް ވަންނަން އުޅުނު މިންހާގެ ފިޔަވަޅުތައް ހުއްޓުނީ ފެނުނު މަންޒަރަކުންނެވެ. އެވަގުތު ސައިކަލުގައި އައިސް މަޑުކޮށްލި އަލޫފްގެ ނަޒަރުވެސް އޭނައަށް ބަލަހައްޓާއިގެން ހުރި މިންހާއަށް ހުއްޓުނެެވެ. ކަޅި ޖަހާނުލާ ދެމީހުނަށްވެސް އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. ސިކުންތުކޮޅަކަށްފަހު މިންހާގެ ނަޒަރު އަލޫފްގެ ސައިކަލު ފަހަތުގައި އިން ޝަމްހާއަށް ހުއްޓުނެވެ. ޝަމްހާ އިނީ އަލޫފް އާއި ޖެހި ފިތިގެންނެވެ. އޭނާާ އިނީ އަލޫފްގެ ކޮނޑުގައި ހިފަހައްޓާލައިގެންނެވެ. އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް މިންހާގެ ނަޒަރު އަލޫފްއަށް ހުއްޓުނެވެ. އެއާއެކު ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ދެމީހުންގެ މޫނު މަތިންވެސް ދިޔައީ ތަފާތު އަސަރުތަކެއް ފާޅުވަމުންނެވެ. އަހަރުތަކަކަށްފަހު އެކަކު އަނެކަކަށް ފެނިގެން ދިއުމުން ދެމީހުނަށްވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ. މިންހާ ފެނުމުން އަލޫފްގެ ހިތަށް ގޮތެއް ވެލައިގެން ދިޔައެވެ. ހީވެސްނުކޮށް ހުއްޓާާ އޭނަގެ ކުރިމަތިން މިންހާގެ ސޫރަ ފެނުމާއެކު އަލޫފްއަށް ކުރެވިގެން ދިޔަ އިހުސާސް ބަޔާންކުރަންވެސް ދަތިވިއެވެ. އޭނަގެ ހިތް އެވަގުތު އެދުނީ މިންހާގެ ހިތްގައިމު ސޫރައަށް ބަލަހައްޓާއިގެން ހުރުމަށެވެ. މިހާރު ކުރިއަށްވުރެވެސް ދޮންވެފައި ރީތިކަމަށް ދައްކައެވެ. ކަޅު ކުލައިގެ އަބާޔާއަކާއެކު އަޅާފައިވާ މެރޫން ކުލައިގެ ޝޯލް މިންހާ އާއި ނުހަނު ގުޅެއެވެ. އަލޫފްއަށް އޭނަގެ ނަޒަރު މިންހާއިން ވަކިކޮށެއް ނުލެވުނެވެ.

މިންހާގެ ހާލަކީ ކޮބާތޯއެވެ؟ އެތައް އަހަރުތަކަކަށްފަހު އޭނަގެ ހިތުގެ މިލްކުވެރިޔާ ފެނުމުން މިއޮތް ހުރިހާ ދުވަހު ހިތުގައި ފަސްއަޅާ ފޮރުވާފައިވި އިހުސާސްތައް ހޭލައްވާލިއެވެ. ހިތަށް ކުރުވި ފުން އިހުސާސަކުން ކޮނޑުގައި އަޅުވާފައިވި ދަބަހުގެ ވާގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ. އެއިހުސާސްތަކަކަށް އޭނައަކަށް ބާރެއް ނުފޯރުުނެވެ. އަލޫފްގެ ފިރިހެންވަންތަ މޫނަށް ބަލަހައްޓާއިގެން ހުރެވުނީ އޭނަގެ އިޚްތިޔާރުން ބޭރުގައެވެ. ކަޅު ކުލައިގެ ގަމީހަކާއި ޒަމާނީ ކަޅު ކުލައިގެ ފަޓުލޫނެއްގައި އިންއިރު ކަރުގައި ކަޅު ކުލައިގެ ހިމަ ޓައިއެއް އަޅާފައިވެއެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ރީތިގޮތަކަށް ސްޓައިލްކޮށްލާފައެވެ. ބަލާބެލުމަށް ކުރިއަށްވުރެ ހަރުދަނާހެން ހީވެއެވެ. އަލޫފް ފެނުމާއެކު މިންހާގެ ހަނދާނަށް ފުރަތަމަވެސް ވެރިވީ ދެމީހުން އެކުގައި ހޭދަކުރި އުފާވެރި ލޯބިވެތި ވަގުތުކޮޅުތަކެވެ. އެވަގުތު އެހަނދާންތަކުގެ ސަބަބުން މިންހާގެ މެރޫން ކުލައިގެ ލިޕްސްޓިކުން ފަވާލެވިފައިވި ދެތުންފަތަށް އިޚްތިޔާރަކާއިނުލާ ހިނިތުންވުމެެއް ވެރިވިއެވެ. މިންހާގެ އެހިނިތުންވުން ފެނި އަލޫފްއަށްވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެމަންޒަރުތައް ބަލަންއިން ޝަމްހާގެ މޫނު ހީވަނީ ރޯވެދާނެހެންނެވެ. އޭނާ މިހާރު ދެތިން ފަހަރު އަލޫފްގެ ގައިގައި ކޮއްޓާލަމުން ގޮވާވެސްލައިފިއެވެ. އެހެނަސް އަލޫފްއަށް މިންހާ ނޫން އިތުރު މީހަކު އެތާ ހުރިކަމުގެ އިހުސާސެއްނުވެއެވެ. ކުއްލިއަކަށް އަލޫފްގެ ލޮލަށް ބަލަހައްޓާއިގެން ހުރި މިންހާގެ ސިކުނޑީގައި އަލޫފް އޭނައަށް ބޭވަފާތެރިވި ގޮތުގެ މަންޒަރުތައް ސިފަވެގެން ދިޔައެވެ. ޝަމްހާއާއެކު އަލޫފް ހޭދަކުރި ވަގުތުތަކެވެ. އޭނަގެ ހިތުގައި ޖައްސާ ދެރަކުރުވަން އަލޫފްމެން ކަންތައް ކުރި ގޮތެވެ. އޭނަގެ އިހުސާސްތަކަށް ބެލުމެެއްނެތި އަލޫފް އޭނަގެ ހިތް ހަލާކުކޮށްލި ގޮތެވެ. އެމަންޒަރުތައް ސިކުނޑީގައި ސިފަވަމުންދިޔަ ވަރަކަށް މިންހާގެ ބޮޑު ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވާންފެށިއެވެ. ދެލޯ ކަރުނައިން ފުރުމާއެކު މިންހާގެ ދޮން ކޯތާފަތުގައި ބޮސްދެމުން ކަރުނަތައް ފައިބައިގަތެވެ.

މިންހާގެ ލޮލުން ފޭބި ކަރުނަތައް ފެނުމާއެކު އަލޫފްގެ ހިތަށް އުނދަގޫވިއެވެ. ވަގުތުން އޭނަގެ ދޫ މިންހާއަށް ގޮވާލުމަށް ހަރަކާތްކޮށްލިއެވެ. އެހެނަސް އެއްވެސް އަޑެއް ނުނިިކުތީ ބަދަލުވެގެންދިޔަ މިންހާގެ މޫނު މަތީގެ ކުލަވަރު ފެނުމުންނެވެ. މިންހާ އޭނަގެ ދެބުމަ ގާތްކޮށްލާ ރުޅިވެރި ނަޒަރަކުން އަލޫފްއަށް ބަލައިލުމަށްފަހު ކަރުނަތައް ފޮހެލަމުން އަވަސް ހިނގުމެއްގައި ގޮސް ހޮސްޕިޓަލަށް ވަނެވެ. މިންހާ ގޮސް ހޮސްޕިޓަލަށް ވަންއިރުވެސް އަލޫފްއަށް އިންގޮތަށް އިނދެވުނެވެ. ” އޯ ގޯޑް… އަލޫފް މިތަނަށް އައީ މިންހާއަށް ބަލަން ސައިކަލުމަތީގަ ތިހެން އިންނަންތަ… ނޫނީ އަހަރެން ޑޮކްޓަރަށް ދައްކަންތަ… ” ރުޅި އައިސް ރަތްވެފައިހުރެ ސައިކަލުން ފައިބާ އަލޫފްގެ ކުރިމައްޗަށް ވާގޮތަށް ހުއްޓެމުން ޝަމްހާ ބާރަށް ބުނެލިއެވެ. އޭރު އޭނަގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. ޝަމްހާގެ އަޑަށް އަލޫފްއަށް އޭނަގެ ނަޒަރު ހޮސްޕިޓަލުގެ ދޮރުން ވަކިކޮށްލެވުނެވެ. ”މިންހާގެ އެންމެ ފެނިލުމަކުން އަލޫފް ހަނދާންނެތުނީތަ މިންހާ ކަންތައްކުރި ގޮތް… މިންހާގެ ފަހަތުން މަޢާފަށް އެދި ހިނގި ހިނގުން ހަނދާންނެތުނީތަ މިންހާގެ ލޮލުން އެންމެ ކަރުނަތިއްކެެއް ވެއްޓޭތަން ފެނުމުން ތިހިތަށް އަސަރުކުރީ… ހަނދާންނެތުނީތަ އެވަގުތު އަލޫފްއަށް އެހީތެރިވީ އަހަރެންކަން… އަލޫފްގެ ހިތުގައި މިންހާއަށްޓަކައި ލޯބިވާކަން އިނގިހުރެ އަލޫފްއާ ގުޅުނީ އަހަރެންކަން ހަނދާނެއްނެތްތަ… އެންމެ ފަހަރަކުވެސް އަލޫފް އަހަރެންނާމެދު ވިސްނާލަބަލަ… ދިސް އީޒް ނޮޓް ފެއާ އަލޫފް… އަހަންނާމެދު އަލޫފް ނާއިންސާފުން ކަންތައްކޮށްފިއްޔާ ހަނދާންކުރާތި… ދުވަހަކުވެސް… އަލޫފްއަކަށް މަޢާފެއް ނުކުރާނަން… ” ރުޅި އައިސްގެން އަލޫފް އޭނަގެ ބާރުގެ ދަށަށް ނުގެނެވޭނެކަން އިނގުމުން ޝަމްހާ މޫނު މަތިން ދެރަވާކަން ދައްކަމުން ވާހަކަ ދެއްކިއެވެ. ” އައިމް ސޮރީ ޝަމޫ… ހިނގާ އަވަހަށް ޑޮކްޓަރަށް ދައްކަން… ” ޝަމްހާގެ މޫނު މަތީގައިވި ހިތާމައިގެ އަސަރުތަކުންނާއި އޭނަ ދެއްކި ވާހަކަތަކާމެދު ވިސްނާލެވުމުން އަލޫފް އޭނަގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުން މައާފަށް އެދުނެވެ. އަދި ސައިކަލު ޕާކުކޮށްލުމަށްފަހު ޝަމްހާގެ އަތުގައި ހިފައިގެން ހޮސްޕިޓަލު ތެރެއަށް ވަންނަން ދިޔައެވެ. އެވަގުތު އަލޫފްއަށް ނޭނގޭނޭހެން ޝަމްހާ ހިނިތުންވެލިއެވެ.

މިންހާ އެދިޔަ ގޮތަށް ގޮސް ލިފްޓަށް އަރާ ތިންވަނަ ފްލޯއަށް ދިޔުމަށް ފިތާލިއެވެ. ނަސީބު ކަންދިމާކުރި ގޮތުން ލިފްޓުގައި އިތުރު އެހެން މީހަކު ނެތެވެ. މިންހާ އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އަަޅުވާލުމުގެ ގޮތުން ދެލޯ މަރާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. ” ޔޫ ހޭވް ޓު ވީ ސްޓްރޯންގް މިންހާ… ޑޯންޓް ބީ ވީކް… އަމިއްލަ އިހުސާސްތައް ކޮންޓްރޯލް ކުރަންވާނެ… އަލޫފް އެއީ އަހަރެންގެ ލައިފްގަ އެއްވެސް މުހިއްމު ފަރާތެއްނޫން… އަލޫފްއަކީ މީގެ ހަތްއަހަރު ކުރީގެ އަހަރެންގެ މާޒީ… އެމާޒީ ހަނދާންކޮށް އިތުރަށް ކަރުނައަޅާ އަހަރެންގެ މުސްތަގުބަލް ވީރާނާ ކުރާކަށް ނެތިން… އައި ވޯންޓް ޓު މޭކް އަ ބްރައިޓް ފިއުޗާރ… ސޯ ބީ ސްޓްރޯންގް… ހީ ޑަޒަންޓް މޭޓާރ ޓުމީ އެނީ މޯރް… ” ދެލޯ މަރާއިގެން ހުރެ މިންހާ އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދިނުމުގެ ގޮތުން މަޑުމަޑުން ވާހަކަ ދެއްކިއެވެ. އެކަން އޭނައަށް ކާމިޔާބުވެސް ވިއެވެ. ދެލޯ ހުޅުވާލަމުން މިންހާ އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. އެއާއެކު ލިފްޓު ތިންވަނަ ފްލޯއަށް ހުއްޓުމާއެކު މިންހާ ލިފްޓުން ނިކުމެ ރިސެޕްޝަނާއި ދިމާލަށް ހިނގައިގަތެވެ. ރިސެޕްޝަނިސްޓަށް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކުރަމުން ސޮއި ކޮށްލުމަށްފަހު މިންހާ ގޮސް އޭނަގެ އަމިއްލަ ކެބިންއަށް ވަނެވެ.

އޮފީހަށް ދިއުމަށް ގެއިން ނިކުން އަޝްރާގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ނާއިލްގެ ކުރިމައްޗަށް އަރަންޖެހޭ ވަގުތު ކުޑަތަންވަމުން ދިޔަ ވަރަކަށް އޭނަގެ ހިތުގެ ތެޅުން އަވަސްވެ ނުތަނަވަސްކަމުން އެހިތް ވަށާލައެވެ. ކާރުގައި ދިއުމަށް ބައްޕައަށް ގުޅަން އުޅެފައިވެސް ޓެކްސީއެއްގައި އޭނާ އޮފީހަށް ދިއުމަށް ދަތުރު ފެށިއެވެ. ޓެކްސީގައި އިންއިރުވެސް އަޝްރާ އިނީ ދެއަތް ދެއަތާ މޮޑެލަ މޮޑެލައެވެ. ހިތުގައިވި ނުތަނަވަސްކަން އޭނަގެ މޫނު މަތިން ސާފުކޮށް ފެންނަން ހުއްޓެވެ. ޚިޔާލުތަކަށް ގޮސް ގެއްލިފައި އިން އަޝްރާއަށް އޭނަގެ މަންޒިލާއު ހަމައަށް އާދެވުނުކަންވެސް އިނގުނީ ޑްރައިވަރު ބުނުމުންނެވެ. އަވަސް އަވަހަށް ފައިސާ ދެއްކުމަށްފަހު އަޝްރާ ޓެކްސީއިން ފޭބިއެވެ. ޓެކްސީއިން ފޭބުމަށްފަހުވެސް އަޝްރާއަށް އިރުކޮޅަކު އޮފީހުގެ އިމާރާތައް ބަލަހައްޓާއިގެން ހުއްޓެވެ. ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު އަޝްރާ އޮފީސް ތެރެއަށް ވަނުމަށް ހިނގައިގަތެވެ. އޭނާ އޮފީހަށް ވަންއިރު އޮފީހުގައި ހަރަކާތްތެރިވަމުން ދިޔައީ ވަރަށް މަދު މީހެކެވެ. އަޝްރާ އޮފީހަށް ވަދެ އާދައިގެ މަތިން ޗެކިންވުމަށްފަހު ލިފްޓަށް އަރާ އޭނަގެ ކެބިން އިންނަ ފްލޯއަށް ދިއުމަށް ލިފްޓަށް އެރިއެވެ. މިހާރު އޭނަގެ ކެބިން ހުންނަނީ އެންމެ މަތީ ބުރީގައެވެ. ނާއިލް ހިންގުމާ ހަވާލުވުމާ ގުޅިގެން އެފަދަ އެތައް ކަމެއް ވަނީ އޭނަގެ ޚިޔާލާއި އެއްގޮތަށް ބަދަލުކުރެވިފައެވެ. ލިފްޓް ގޮސް ފަސްވަނަ ބުރިއަށް ހުއްޓުމާއެކު އަޝްރާ ލިފްޓުން ފައިބާ އޭނަގެ ކެބިންއަށް ދިޔައެވެ. ކޮނޑުގައި އަޅުވާފައިވި ގަދަ މުށި ކުލައިގެ ދަބަސް މޭޒު މަތީގައި ބޭއްވުމަށްފަހު އިއްޔެ އޭނާ ތައްޔާރުކުރި ލިޔުންތައް ހިފައިގެން ކެބިން އިން ނިކުމެ އޭނަގެ ކެބިންގެ ކުރިމަތީގައި ހުރި ނާއިލްގެ ކެބިންއަށް ވަނުމަށް ހިނގައިގަތެވެ.

ކެބިންގައި އޭނައަށް ޚާއްސަކުރެވިފައި ގޮނޑީގައި ނާއިލް އިނީ ކުރިމަތީގައި އިން ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެން އިރުކޮޅަކު އިނުމަށްފަހު އޭނާ ގޮނޑިން ތެދުވެ އަތުގައި އަޅާފައިވި ގަޑިއަށް ނަޒަރު ހުއްޓާލަމުން ކެބިންއިން ނިކުތުމަށް ހިނގައިގަތެވެ. ކެބިންގެ ދޮރާއި ހަމައަށް އައިސް ދޮރު ހުޅުވާލުމަށް އަތް ހިއްލާލި ނާއިލް ސިހުނީ އެވަގުތު ދޮރު ހުޅުވާލަމުން އެތެރެއަށް ވަން އަންހެން ކުއްޖާ ނުވިސްނާ ހުއްޓާ އައިސް އޭނަގެ ގައިގައި ޖެހުމުންނެވެ. އެއަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވީ އަތުގައި ހުރ ލިޔުންތަކަށް ކަމަށް ވުމުން އޭނައަށްވެސް ނާއިލް ފެންނަ ގޮތެއް ނުވިއެވެ. ދެމީހުން ގޮސް އެކަކު އަނެކަކުގެ ގައިގައި ޖެހުމާއެކު އެއަންހެން ކުއްޖާގެ އަތުގައިވި ކަރުދާސްތައް ދޫވެ ކެބިންގެ އެކި ހިސާބުތަކަށް ދަތުރުކުރިއެވެ. ޖެހުނު ގޮތުން އެއަންހެން ކުއްޖާގެ މޫނު ގޮސް ޖެހުނީ ނާއިލްގެ މޭމަތީގައެވެ. އެވަގުތު އެއަންހެން ކުއްޖާގެ ތުންފަތް ނާއިލްގެ ގަމީހުގައި ޖެހުނެވެ. ނާއިލް އެއަންހެން ކުއްޖާގެ ދެކޮނޑުގައި ހިފަހައްޓާލަމުން ދުރުވެ އެކުއްޖާގެ މޫނަށް ބަލައިލިއެވެ. ” އަޝްރާ… ” އެވަގުތު ކުރިމަތިން ފެނިގެންދިޔަ ސޫރައިން ލިބުނު ހައިރާންކަމުގައި މަޑުމަޑުން އަޝްރާގެ ނަން ދުލުން ކިޔާލެވުނެވެ. އޭނައަށް އެހައިރާންކަމުގައި އަޝްރާއަށް ބަލަހައްޓާއިގެން ހުރެވުނެވެ. ދުލުން އިތުރަށް އެންމެ ބަހެެެއް ނުކިޔުނު ނަމަވެސް ފުރަތަމަވެސް ނާއިލްއަށް ހިތާއި ހިތުން އަޝްރާއަށް ތަޢުރީފުކުރެވުނެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ކަޅު ހެދުމަކާއެކު ރަތް ކުލައިގެ ޝޯލްގައި ހުރިއިރު ހާދަ ހިތްގައިމެވެ. ހެދުމުގެ ފަސްބައި ފުޅާކޮށް ފަހާފައިވީއިރު ރަތް ކުލައިގެ ރީތި ހިމަ ރޭންދާއެއް އަޅާފައިވުމުން އިތުރަށް ރީތިކަމަށް ދައްކައެވެ. ރަތް ކުލައިގެ ޝޯލްގެ ތެރެއިން ހަނދެއްފަދަ އެރީތި ދޮން މޫނު ފާޅުވާލެއްވެސް އެހާ ފުރިހަމައެވެ. ތުންފަތުގައި ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާފައިވީއިރު ކަޅު ކުލައިގެ ކަޅިއެއް ލިބިފައިވި އެދެލޯ ވަށާއިގެން ވަނީ އަދުން އަޅާފައެވެ. ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވާއިރު ކުރިއަށް ވުރެވެސް އެސްފިޔަތައް ދިގުހެން ހީވެއެވެ. ފެންނަ ކޮންމެ މީހަކަށްވެސް ތައުރީފުކުރެވޭނެކަން ގައިމެވެ.

އަޝްރާއަށްވެސް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލައިގެން ނާއިލްގެ މޫނަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އެތޫނު ދެލޮލުން އޭނައަށް ބަލަންހުރި ގޮތުން އަޝްރާގެ މެޔަށް ފިނިވެގެން ދިޔައެވެ. ކަޅު ކުލައިގެ ޒަމާނީ ފަޓުލޫނަކާއެކު ހުދު ކުލައިގެ ގަމީހެއްގައި ހުރިއިރު ކަރުގައި ކަޅު ކުލައިގެ ހިމަ ޓައިއެއް އަޅާފައިވެއެވެ. ގަމީހުގެ އަތުކުރީގެ ގޮށް އަޅުވާފައިހުރިއިރު އަރާފައިވަނީ ކަޅު ކުލައިގެ އޮފް ބޫޓަކަށެވެ. އާދައިގެ މަތިން ބޮލުގެ ފަން އިސްތަށިކޮޅު ވަނީ ރީތި ގޮތަކަށް ސްޓައިލްކޮށްލާފައެވެ. ތުނިކޮށް ޓްރިމް ކުރެވިފައިވި ތުނބުޅި އާއި މަތިމަހުން އެމޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދީފާވެއެވެ. ނާއިލްއަށް ބަލަހައްޓާއިގެން ހުރި އަޝްރާގެ ހިތުގައިވި ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ނާއިލްގެ މޫނު މަތިން ކުއްލިއަކަށް ފެނިގެން ދިޔަ ނުރުހުންވުމުގެ އަސަރުތަކުންނެވެ. އަޝްރާއަށް ލިބުނު ނުތަނަވަސްކަމުގައި ހިންދިރުވާލެވުނީވެސް ނުހަނު އުނދަގުލުންނެވެ. ” އަޝްރާ… ހައު ޑެއާ ޔޫ… އަހަރެންގެ ކެބިންގަ ކީއްތިކުރަނީ… ” ދެބުމަ ގޮށްޖަހައިލައިގެން ހުރެ ނާއިލް ނުރުހުންވެފައި ވާހަކަ ދެއްކިއެވެ. ” ޝީ އީޒް ޔުއާ ޕާސަނަލް އެސިސްޓެންޓް… ” އެވަގުތު ނައުޝާދުގެ އަޑަށް އަޝްރާ އާއި ނާއިލްއަށް އެއްފަހަރާ ފަހަތަށް އެނބުރި ނައުޝާދަށް ބަލައިލެވުނެވެ. ” ވަޓް… ” ސުވާލުން ފުރިގެންވީ ފަދައިން ނާއިލްއަށް ބުނެލެވުނެވެ. ” ދޮންތަބެ ކީއްވެ ނުބުނީ… އަޝްރާ ނޫން އެހެން މީހަކު ހަމަ ނުލިބުނުތަ މިމަގާމަކަށް… ” ވާހަކަ ދައްކަމުން ދިޔައިރު އަދިވެސް ނާއިލްގެ އަޑުގައިވި ހިތްހަމަނުޖެހުން ފާހަގަވެއެވެ. އެކަމާ އަޝްރާވެސް ހިތްހަމަނުޖެހުނެވެ. ހިތާއިހިތުން އޭނަ ދިޔައީ ނާއިލް އާއި ދިމާލަށް އެއްޗިހި ކިޔަމުންނެވެ. ”ބައްޕަ ބުނީ ނާއިލްއަށް ސަޕްރައިޒެއްގެ ގޮތުގަ ބާއްވާށޯ… އެހެންވީމަ ދޮންތަބެއަކަށް ނުބުނެވޭނެ އެއްނު… ނާއިލްއަށް މާރަނގަޅެއްނު އަޝްރާއަށް އެމަގާމު ދިނީމަ… ފްރެންޑްސް ވީމަ މާ ފަސޭހަ ވާނެއެއްނު އެކުގަ މަސައްކަތްކުރަން… އަނެއްކާ އަޝޫ ނުލާހިކު ރަނގަޅުވާނެ މަސައްކަތްކުރަން… ހުރިހާ ކަމެއްވެސް ކުރަން އިނގޭނެ… އެހެންވީމަ މާ ރަނގަޅެއްނު ދޯ… ” ނައުޝާދު އައިސް ނާއިލްގެ ކެބިންގެ އެތެރެއަށް ވަދެ އެދެމީހުންގެ ކުރިމައްޗަށް ވާގޮތަށް ހުއްޓިލަމުން ހިނިތުންވެލައިގެން ހުރެ ވާހަކަދެއްކިއެވެ. ނާއިލް ހިތްހަމަނުޖެހުމުގެ ނަޒަރަކުން އަޝްރާއަށް ބަލައިލިއެވެ. އަޝްރާވެސް ނާއިލްއަށް އެފަދަ ނަޒަރެއް ދިނެވެ. އަޝްރާ އާއި ނާއިލްގެ ހަރަކާތްތައް ހުރި ގޮތުން ނައުޝާދުއަށް ނުހީ ހުރެވެނީ ހަމަކިރިޔާއެވެ.

” ނާއިލް އަޝޫ… މީ އޮފީސްކަން ހަނދާން ބަހައްޓާތި އިނގޭ… ދެމީހުންގެ ފައިޓްތައް އޮފީހުން ބޭރުގަ އިނގޭ… މިހާރުވެސް އެކަކު އަނެކަކަށް ބަލާލާ ގޮތުން ދޮންތަބެވެސް މިތަނުގަ ހުންނަން ބިރުގަނޭ.. ހެހެހެ… ” ލުއި ހުނުމަކާއެކު ނައުޝާދު އެދެމީހުނާ ސަމާސާކޮށްލިއެވެ. ”ނާއިލް… ގަމީހުގަ ތިހުރީ ކޯންޗެއް… ” ކެބިން އިން ނިކުންނަން ހިނގައިގަން ނައުޝާދުގެ ލޮލުގައި ނާއިލްގެ ގަމީހުގައިވި ތުންފަތުގެ ނިޝާން ފެނި އަހާލެވުނެވެ. އެއާއެކު އަޝްރާއަށާއި ނާއިލްއަށްވެސް ގަމީހަށް ބަލައިލެވުނެވެ. ކަންތައް ވެގެންދިޔަ ގޮތް ވިސްނުމާއެކު އަޝްރާއަށް ދެލޯ ބޮޑުކޮށްލަމުން އަނގަ މަތީގައި ދެއަތް އެޅުނެވެ. ނާއިލް މިފަހަރު އޭނަދެކެ އަންނާނެ ރުޅި އަންދާޒާވެސް ނުކުރެވޭނެއެވެ. ނާއިލް ރުޅިވެރި ނަޒަރަކުން ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން އަޝްރާ އާއި ދިމާލަށް ބަލައިލައިލިއެވެ. ” ހެހެހެ… ދޭ އަވަހަށް މީޓިން ފެށެންވާއިރަށް ތިތަން ސާފުކޮށްލަން… އެހެންނޫނީ ސްޓާފުންވެސް މިހެން ހޭން ފަށާފާނެ… ” ނައުޝާދު މިހެން ބުނެ ހެމުން ހެމުން ކެބިންއިން ނިކުތެވެ. ” އަޝްރާގެ ކަންތަކޭ މީ… ބަލައިގެން އައިނަމައެއްނު… ފުރަތަމަ ދުވަހުވެސް މިހިރީ ކަންތައް ވީގޮތް… ކޮންމެ ދުވަހަކު އަހަރެން ކިހިނެއްބަ އަޝްރާ ޓޮލެރޭޓް ކުރާނީ… ” ގަމީހުގައިވި ތުންފަތުގެ ނިޝާން ފިލާތޯ ޓިޝޫއަކުން ފޮހެމުން ނާއިލް ބުނެލިއެވެ. ”ނާއިލްވެސް ބަލައިގެން އައިނަމައެއްނު… އަހަރެން އެކަނި މައްސަލައެއް ނޫނެއްނު… އެހެންނޫނަސް އަހަރެންވެސް ނޫޅެމޭ ނާއިލްއާއެކު މަސައްކަތް ކުރާހިތަކުން… ރަޝީދުބެ ބުނީމަ ސީދާ އިންކާރު ކުރަން ނުކެރުނީ… ނާއިލް ގޮސް ބުނަންވީއެއްނު ރަޝީދުބެ ގާތު އަހަރެންނާއެކު މަސައްކަތްކުރާކަށް ބޭނުމެއްނޫނޭ… އޭރުން ނުޖެހޭނެއެއްނު އަހަރެންނާއެކު މަސައްކަތްކުރާކަށް… އަހަރެން އެއްގޮތަކަށްވެސް ބޭނުމެއްނޫން ނާއިލްގެ ޕީއޭގެ މަޤާމުގަ ހުންނާކަށް… ނާއިލްއާއެކު އެންމެ ހިނދުކޮޅެއްވެސް ވޭތުކުރާކަށް ބޭނުމެއްނޫން… އެއްމިނިޓުވެސް ހީވަނީ އެއްގަރުނުހެން… ނާއިލް ނޫން ކޮންމެ މީހެއް ނަމަވެސް ހެޔޮ… ނާއިލްގެ ސޫރަދެކެންވެސް އަހަރެން ބޭނުންނުވާއިރު ކޮންމެ ދުވަހަކު އަށްގަޑިއިރު ނާއިލްއާއެކު ހޭދަކުރާނީ ކިހިނެއް… އައި ކާންޓް ޑޫ ދިސް… އައި ޖަސްޓް ހޭޓް ޔޫ… ” އައި ރުޅީގައި އަޝްރާ ހިތަށް އައިހާ އެއްޗެއް ބުނެލުމަށްފަހު ކެބިންއިން ނިކުންނަން ހިނގައިގަތެވެ. އެހެނަސް އެވަގުތު ނާއިލް އަވަސް ހަރަކާތަކާއެކު އަޝްރާގެ އަތުގައި ހިފާ އޭނަގެ ދެއަތުގެ ތެރެއަށް ގެނެސް ހައްޔަރުކޮށްލިއެވެ. ނާއިލްގެ އެހަރަކާތުން އަޝްރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ނާއިލްގެ ފަރާތުން މިފަދަ އަމަލެއް ފެނިދާނެކަމަކަށް އަޝްރާ ހީވެސް ނުކުރެއެވެ. ރުޅިވެރިކަމުން ފުރިގެންވީ ނަޒަރަކާއެކު ނާއިލް އޭނަގެ މޫނު އަޝްރާގެ މޫނާ ޖެހޭ ނުޖެހޭ ވަރަށް ކައިރިކޮށްލިއެވެ. އެއާއެކު ހިތަށްވެރިވި ނުތަނަވަސްކަމާއެކު އަޝްރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ދިނީ ޒަހަރު… 25

Next

މާތްﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުން ބަދަލުކުރެއްވީ ރާމާމަކުނުތަކަކަށް

Next
February 25, 2019

މާތްﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުން ބަދަލުކުރެއްވީ ރާމާމަކުނުތަކަކަށް

Previews
February 25, 2019

ދިނީ ޒަހަރު… 25

67 Comments!

  1. Thihtha says:
    February 25, 2019 at 8:41 pm

    Yeyyy ma first

    1. ifoo says:
      February 26, 2019 at 9:48 am

      Thihtha ❤️❤️❤️… Congratulations on being first ❤️❤️❤️?????????…

  2. ifoo says:
    February 25, 2019 at 8:44 pm

    Salaam dear readers ❤️❤️❤️???… Finally up kurevihje ???… Here is the next part ???… Hope all will like this part too n feel free to comment your views ???… Next part In Sha Allah Thursday night ga ???… Keep waiting dear readers ???… Thankyou soooooo much dear readers for the support n love ❤️❤️❤️?????????… Ifoo ah mi hisaabah vx mi aadhevuny thiya kiyuntheringe v bodu support akaaeku kann ufalaaeku gaboolukuran ???… Ifoo ah thidhey support ah hurihaa kiyuntherinahvx v v v bodah shukuriyya ???❤️❤️❤️??????…

  3. A..na says:
    February 25, 2019 at 8:47 pm

    Me first dhw

    1. ifoo says:
      February 26, 2019 at 4:40 pm

      A..na ❤️❤️❤️… This time ur second ???…

  4. Maayu says:
    February 25, 2019 at 8:48 pm

    woww ifooo… v reethi ingeyy storyy.. aan kobaa thr?? aan r minnu gulhn v beynun… best of luck dear

    1. Lotus says:
      February 25, 2019 at 9:41 pm

      Dhw.. alhe fahe aan kobaa tha.. so curious abt him.. btw story v nice.. waiting for the nxt parts

    2. ifoo says:
      February 26, 2019 at 4:41 pm

      Maayu ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Aaaan vx ulheyne ???… Keep waiting for him ???… Much more loves from me dear ❤️❤️❤️?????????…

    3. ifoo says:
      February 26, 2019 at 4:42 pm

      Lotus ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje lotus ge comment eh fenunyma ???… Aaaan vx ulheyne ???… Keep waiting for him ???… Much more loves from me ❤️❤️❤️?????????…

  5. A..na says:
    February 25, 2019 at 8:49 pm

    Kiyaalaafa coment eh kohlaanan

    1. A..na says:
      February 25, 2019 at 9:07 pm

      Masha allah varah reethi mi part … ifooo is the best…. Thanks for this lovely stry… its awsome.. gud luck… waiting for next part.???????????????????????????????????

    2. ifoo says:
      February 26, 2019 at 4:44 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Much more loves from me ❤️❤️❤️?????????…

  6. shaan says:
    February 25, 2019 at 9:00 pm

    nice ☺?

    1. ifoo says:
      February 26, 2019 at 4:45 pm

      Shaan ❤️❤️❤️… Thankyou so much ???❤️❤️❤️??????…

  7. SCARLET❤ says:
    February 25, 2019 at 9:01 pm

    OMG… Alhe ifoo my Aan kobaathr…. eyna genebala plz…. cn’t wait to c Wht happens in nxt prt…. luv ur stry… ??????

    1. ifoo says:
      February 26, 2019 at 4:46 pm

      Scarlet ❤️❤️❤️… Thankyou soooooo much ???❤️❤️❤️??????… Aaan vx ulheyne ???… Keep waiting for him ???… Much more loves from me ❤️❤️❤️?????????…

  8. Eyna ge girl ? says:
    February 25, 2019 at 9:24 pm

    Alheys haadha ryhcheyy mi part vx masha Allah.. ????alhe thankolheh avahah up kohdheveyne gotheh noannaane thr..plxx????????????????????????v nice..best story writer of the year??

    1. ifoo says:
      February 26, 2019 at 4:49 pm

      Awwwwnn ❤️❤️❤️???… Best story writer of the year ???… Hehhe… Ifoo ah vure maa molhu kudhin ulhey dear ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ifoo ge story dear ah ehaa reethi v ma ???… It means a lot for me ???… Job ga ulhemun mee vaavarakee dear???… Sorry for that ???… Hopefully Thursday night ga next part ???… Much more loves from me dear ???❤️❤️❤️??????…

  9. Naum says:
    February 25, 2019 at 9:47 pm

    Alhey haadha reehchey mi part ves..???.. hama obiness to the max..??..
    Ifoo kobaa thr aan alhe? Mihaar aan annaane irakah inthizaar kureveny.. next part ga aan ge habareh vaane kamah unmeedh kuran..??..
    Much love..???????

    1. ifoo says:
      February 26, 2019 at 4:51 pm

      Naum ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… I’m so glad that you like it ???… Aaan vx ulheyne ???.. Keep waiting for him ???… Let’s see what happens ???… Much more loves from me ❤️❤️❤️?????????…

  10. Noor says:
    February 25, 2019 at 10:01 pm

    Varah kuruhen Heevanee next part thigu kolla dheyne kamah ummeedhu kuran kiyaahithun indhaa nimey story eh mee varah nice keep it up dear ,and waiting

    1. Eyna says:
      February 26, 2019 at 12:33 pm

      Alsuga vx vvvvvvvvv kuru mi part

    2. ifoo says:
      February 26, 2019 at 4:55 pm

      Noor ❤️❤️❤️… Thankyou so much ❤️❤️❤️?????????… Time veeevarakun story liyamun dhany… Job ga ulhemun v ma ehaa dhigukoh nugenesdheveny… Mi partvx ehaa kureh nuvaane… It’s more than 1460 words ???. . Hope u will understand ???… Keep waiting dear ???… Much loves from me ❤️❤️❤️?????????…

    3. ifoo says:
      February 26, 2019 at 5:00 pm

      I’m trying my best to make it longer ???… As I told before ifoo job ga ulhemun story up kuraathy readers beynun vaavarah dhigu nukureveny… I have my family, friends n my own life ???… Job ga bxy koh ulhemun family n friends ah time dhemun plus story ge masaikah vx kuramun midhany ???… 3 or 4 minutes story ge part eh kiyaalan dhiyayas storyge part eh liyan v v gina vaguthu beynun vaane ???… It really needs a lot of time to write an episode of about 2000 words… I’m trying my best… Hope all will understand ???…

  11. @Ikleel says:
    February 25, 2019 at 10:11 pm

    Yes….❤❤????….Finally its here again…❤❤????….Hwx you dear…?? ❤❤????..Hope you will be fine….❤❤????..This part is also awesome and intresting..❤❤????….Sifa kurun vrh reethi ingey mi part ga vex…❤❤????…Hama sifa vey manzaru vrh reethi koh…❤❤????…I like the way you bring the stories…❤❤????…Alhe kon irakun tha aann ge habareh vaany…??? ❤❤????…Hope he will be back soon..❤❤????….Mihaaru eelaaf kobaa tha…??? Nail dhen kihineh baa hadhaany…??? Cant wait to see what happens in next part…!!! ❤❤????….Worth reading and waiting for this story for me…❤❤????
    My favourite story is here..❤❤????…I will support you always dear..❤❤????….Keep it up dear…❤❤????…God bless you..❤❤????…Waiting for next part…❤❤????…Hope will get some intresting news in that too…❤❤????….Much loves dear…❤❤????…
    THE BEST STORY
    THE BEST WRITTER
    ❤❤❤❤????

    1. ifoo says:
      February 26, 2019 at 5:03 pm

      Thankyou soooooo much @Ikleel for the colourful Comment ❤️❤️❤️?????????… V v v ufaavehje ???… Aaan n eelaaf vx annaane adhi ???… Keep waiting ???… Let’s see what happens ???… Much loves ❤️❤️❤️?????????…

  12. Choppi says:
    February 25, 2019 at 10:13 pm

    I’m so disappointed. Today also aan ge news eh neh. But mi part ves varah reethi. Next part plx thankolheh avah up kohdhybala. Waiting…..

    1. ifoo says:
      February 26, 2019 at 5:24 pm

      choppi ❤️❤️❤️… Thankyou soooooo much ??????❤️❤️❤️???… Don’t be disappointed… Aaan annaane adhi… Kehtherikamaaeku inthizaaru kohlaa ???… Much loves ❤️❤️❤️?❤️???????… Next part enme avahah Thursday night ga ???… Much loves ❤️❤️❤️?????????…

  13. Naju says:
    February 25, 2019 at 10:52 pm

    Alhey haadha reehchey mi partvx ??????… Hama obinexx to the maxx ey buneveyny ??????… Alhey dear ehfaharaa 2parts up kohladhybr I’m addicted to read this lovely story ??????… curiously can’t wait ingey ??????… Ehaavx intresting kohlaafa vihya thi ninmaalyvx… pispispis alhey miyoh vaagothehdhw haadha haadha intresting ey ❤❤❤???… Much n more loves from naju ❤??????????????????

    1. ifoo says:
      February 26, 2019 at 5:26 pm

      Naju ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting for the next part ???… Much more loves from me ❤️❤️❤️?????????…

  14. mailyn says:
    February 26, 2019 at 12:22 am

    Masha Allah v reethi…
    v curious kohlla fa thi nimmalyyy…
    gud luck…

    1. ifoo says:
      February 26, 2019 at 5:27 pm

      Mailyn ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Keep waiting dear ???… Much loves ❤️❤️❤️?????????…

  15. jiji says:
    February 26, 2019 at 2:53 am

    Masha allah???????❤????????..the stry is just fantastic..haadha interesting hisaabakunney thi nimmaaly mi prt??????????????????…ehaa curious kohlrfa..Anyway thanks ingey mi prt uokohladhinyma…n also sifakurunthah hama best ingey..mihaaru emme wait kureveny mi stry ah..how many are remaining mihaaru????????????????..Ly ifoo sis

    1. ifoo says:
      February 26, 2019 at 5:29 pm

      Awwwwnn ❤️❤️❤️???… Jiji ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting dear ???… Much more loves ❤️❤️❤️?????????… N still baivaru parts eba huri ???…

  16. Maai says:
    February 26, 2019 at 7:45 am

    Masha allah… haadha reachey mi story..??? you are the one of the best writer ingey.. abadhuves thi gothuga kuriah dhaathi…. mi story ge sifa kuruntha ves hama habeys??? ifoo mihaaru laara mennah dhoo nukurey hama ehaa reethi u ge hurihaa story eh ves.. kuryga liunu vaahaka thakah comment nukuriyas hurihaa baeh ves keen ingey….
    don’t forget that i am your one of the big fan???…… ..Ifoo i want be your friend..i am your age girl…?? your stories are awesome…keep it up…mi s tory ehaa avahah nimmaa nulahchey…. ashra and nail ge majaa fight thah adhives Gina kuraathi ingey..i like that parts… aan ge news eh genesdhybala plx plx.. minnu n aan gulhuvaalabala avahah.. once again bunelaanan..your stories are sooooo beautiful????
    love u sis
    your big fan maai

    1. ifoo says:
      February 26, 2019 at 5:39 pm

      Awwwwnn ❤️❤️❤️???… One of the best comment I got ???… I’m speechless ???… Ufalun goss hama bunaane ehchehvx neyngun ???… Laaraa is my inspiration for story writing ???… N laaraa menn majaa bodah vx molhu vaane ???… Thankyou soooooo much maai ❤️❤️❤️?????????… It means a lot for me ❤️❤️❤️??????????.. Ur one of the best supporter ey buneveynee ???… Admin ah ifoo ge number ah request kohlaa… Eyrun number libunuhaa avahah message eh kohlaanan ???… Abadhuvx try kuraanan readers ah kamudhaa gothah story geneveythr ???… Once again thankyou soooooo much dear n much more loves from me my dear big fan ❤️❤️❤️?????????…

  17. Someone says:
    February 26, 2019 at 7:59 am

    annyeongaseyo..?????
    dangsin-ui ..iyagineun neomu..aleumdabseubnida..
    salanghae?? keep it up dear..”someone” appreciated your hard work ??

    1. ifoo says:
      February 26, 2019 at 5:44 pm

      Jeongmal gomawoyo ❤️❤️❤️?????????… V v v ufaavehje ???… Much loves ❤️❤️❤️?????????…

  18. Nivuu says:
    February 26, 2019 at 8:32 am

    Maashaa allah this part also vvvvvvvvvv nice….keep it up sis…. god bless u…..

    1. ifoo says:
      February 26, 2019 at 5:41 pm

      Nivvu ❤️❤️❤️… Thankyou soooooo much ???❤️❤️❤️??????… It means a lot for ???… Much loves ❤️❤️❤️?????????…

  19. Saajy says:
    February 26, 2019 at 1:53 pm

    V reethii ingey mipartves… ????????❤❤ifu hama molhyey… Sifakuranves hama ehvana?????
    …… V salhi midhaa gothun vihyaa dhen othy aanaai minnuaai dhemyhun ge meet… Miahvureves furihama vaane dhw.. Ashu n naailge part ehen majaakoh genaeema hama reethi vaanyves… ????… Dhn ekam emyhun gulhuvan v eyrun adhi bodah reethi vaany.. ????.. Aan n minnu..??????????Ashu n naail❤????????❤?

    1. ifoo says:
      February 26, 2019 at 5:47 pm

      Saajy ❤️❤️❤️.. Thankyou soooooo much for the colourful Comment ❤️❤️❤️?????????… V v v ufaavehje ❤️❤️❤️???… Readers ah kamudhaane henn story genesdheveythr abadhuvx v varakun masaikah kuraanan In Sha Allah ???… Let’s see what happens ???… Much more loves ❤️❤️❤️?????????…

  20. unique says:
    February 26, 2019 at 8:45 pm

    just love the story ifoo
    just do you best abadhuvx
    in shaa allah you have a bright future a head
    go ahead girl you cab do this
    never stop writing in shaa allah you will get much more opportunities to show people your talent
    you are really gud at this masha allah
    much lovess n miss yuh

    1. unique says:
      February 26, 2019 at 10:28 pm

      *can

    2. ifoo says:
      March 2, 2019 at 9:44 am

      Unique ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… You encouraged me a lot ???… Much more loves from me ❤️❤️❤️?????????…

  21. Livy says:
    February 27, 2019 at 4:36 pm

    Alhey haaaadha reechey ?? effaharaa story kiyaa nimmaalan hama beynun vany keh madhu vegen ?? Thank god aloof men doctors eh noon dho.. But please make sure he regrets what he has done ?? now eagerly waiting Aan ge entry ah ??❤❤❤❤♥♥♥♥ varah loabi entry eh genesdhehchey ??? Love youuu dear ????♥♥??????????????????

    1. ifoo says:
      March 2, 2019 at 9:53 am

      Livy ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje Livy ge comment eh fenunyma ???… Will try my best readers ah kamudhaane kahala entry eh geneveythr ???… Much more loves from me dear ❤️❤️❤️?????????…

  22. ifoo says:
    February 28, 2019 at 4:58 pm

    I’m sorry to say that tonight I won’t be able to upload a new part… Today was a super bxy day so haven’t got any time to write the story… About two hundred words were written… Tonight also I have some work regarding my job… So sorry dear readers… In Sha Allah Friday night ga next part..

    1. jiji says:
      February 28, 2019 at 5:12 pm

      It’s ok sis???..we can understand right?..don’t say sorry..I will try to give my support to yuh????????..Maadhamaa dhigu prt eh upkohdheche….plxxxxx..ekm ifooo ah time eh vejiyyaa..Do u use wattpad ..Cox I wanna be a friend of yuh..

    2. jiji says:
      February 28, 2019 at 5:14 pm

      Inthizaaruga hunaanamey loabin????..waiting

    3. ifoo says:
      March 2, 2019 at 9:56 am

      Jiji ❤️❤️❤️… Thankyou soooooo much for understanding ❤️❤️❤️?????????… No… I don’t use watt pad … Still admin number eh nufonuvaa…. Once again thankyou dear ❤️❤️❤️?????????…

  23. unique says:
    February 28, 2019 at 6:33 pm

    issok ifoo ehaa bxy koh ulhemun vaahaka upkohdheythy you are just the best
    vaahaka varah reethi kome gothehviyas i just love it

    1. ifoo says:
      March 2, 2019 at 9:57 am

      Unique ❤️❤️❤️… Thankyou soooooo much for understanding ❤️❤️❤️?????????…

  24. Meena says:
    March 1, 2019 at 6:55 am

    It’s okay ifoo free veema up kolache igey

    1. ifoo says:
      March 2, 2019 at 9:57 am

      Thankyou soooooo much for understanding ❤️❤️❤️?????????…

  25. mailyn says:
    March 1, 2019 at 10:26 am

    Kobaa tha vaahakaige next part…adhivx up nuvey???

    1. ifoo says:
      March 2, 2019 at 9:58 am

      I have uploaded the story last night… Now you can read it ???…

  26. eddy121 says:
    March 1, 2019 at 8:31 pm

    Adhives nuvey tha I am dying to read next part

    1. ifoo says:
      March 2, 2019 at 9:58 am

      I have uploaded the story last night… Now you can read it ???…

  27. yaaanaa says:
    March 1, 2019 at 10:05 pm

    koba kn irakunn next part up kohdhenee.. waitingg!!???

    1. ifoo says:
      March 2, 2019 at 9:59 am

      I have uploaded the story last night… Now you can read it ???…

  28. Ifoo ge kuda fan says:
    March 1, 2019 at 10:14 pm

    Kobaaaaaaaathrrrrrrrr..next part …adhivx up nukure..alhe dn..dwwwwwwww…
    .avaskurreeyyyy???????? waiting dear ifoo
    . can’t wait ????

    1. ifoo says:
      March 2, 2019 at 9:59 am

      I have uploaded the story last night… Now you can read it ???…

  29. Eeman says:
    March 1, 2019 at 10:16 pm

    I’m dying to read the story

    1. ifoo says:
      March 2, 2019 at 10:00 am

      I have uploaded the story last night… Now you can read it ???…

  30. @sna says:
    April 19, 2019 at 9:44 am

    Maasha allah…vvv reethi mi story.ur thr one of the best great writter igey..hama ifoo ge storys hama reethi..????abadhuves thigothuga kuriyah dhaathi?…
    I want friend
    I am big fan of u..ifoo
    One again hama bunelan beynun vany mee ey adhi fenun emme best great reeethi story akee❤❤❤❤?
    Age kihaavarehtha ifoo ah

    LOVE U IFOO SIS❤❤❤???
    I AM BIG FAN OF IFOO

  31. Anonymous says:
    October 17, 2019 at 8:39 am

    nice

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 32←


All Right Reserved!