Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..6

leyfa Level 110 Stories
August 14, 2014 3 Mins Read
8 Comments

ކޮޓަރީގެ ކުޑަދޮރު ތަަންޑު ނާޅުވާ ހުރުމުގެ ސަބަބުން ވަޔާ ތެޅެނީއެވެ.ނަޝާޔާ ދޮރު ތަންޑު އަޅުވާލުމަށް ފަހު ދޮރު ފޮތިގަނޑު ރަނގަޅު ކޮށްލިއެވެ. އެވަގުތު ބިންމަތީގައި އޮތް ވޮލެޓް ލޮލުގައި އަޅައިގަތެވެ. އެއީ ޒާހިރުގެ ވޮލެޓެވެ. ޒާހިރުގެ ވޮލެޓް އެތާގައި އޮންނަން ވީ ކީއްވެ ހެއްޔެވެ؟ ސުވާލުގެ ނަޒަރަކުން ބަލައިލެވެނީ ޚިޔާލެއް ފިކުރެއް ނެތި އެނދުމަތީގައި އިން ޒާހިރަށެވެ.

“ޒާރުގެ ވޮލެޓް…މިތާގައި ކީއްވެ؟” ނަޝާޔާ އަނގަ އޮޅޭ ގޮތް ވިއެވެ.

” ވޮލެޓް ދޯ! ބެރުގައި ޓީވީ ބަލަން އޮވެފައި ދެންމެ މި އައީ… ހެދުން ބަދަލު ކުރަނިކޮށް ވެއްޓުނީ ކަމަށް ވާނީ… އަޅާނުލާ! ” ޒާހިރު ނަޝާޔާ ގައިގައި ބައްދާލަމުން ބުންޏެވެ.

“މިއަދު އަހަރެން ދެކެ ހާދަ ލޯތްބެކޭ ދޯ ތިވަނީ…… ދެން ދޫކޮށްލަބަލަ … މަ ދާން ވެއްޖެ ސައި ތައްޔާރު ކުރަން!” ނަޝާޔާ ދެވަނަ ފަހަރަށް ޒާހިރުގެ އަތު ތެރެއިން ދެމިގަތެވެ.ޒާހިރު ވެސް އިތުރަށް ހިފަހައްޓާކަށް ނޫޅުނެވެ.

ނަޝާޔާ ގޭގެ ބޮޑު ކޮޓަރިއަށް ނިކުތެވެ.އޭރު ނިޝްވާ އާދައިގެ މަތިން ދެފައި ވަށް ކޮށްގެން ސޯފާއަށް އަރާއިނެވެ. ދުވަހުގެ ފެށުން ފާހަގަ ކުރަން ހޫނު ކޮފީތައްޓަކަށް އިންސާފު ކުރަމުން ދިޔައެވެ. އެނާ އިނީ ޓީވީއިން ދައްކަމުން ދިޔަ ޑްރާމާއަށް ގެއްލިފައެވެ. ނަޝާޔާ ދޮރު ހުޅުވާލުމާއެކު ދައްތާ އޭ ކިޔާފައި ގޮވާލިއެވެ.

“ދައްތާ! މިހާރު ޒާރުބޭ ހާދަ އިސްލާހު ވެއްޖެ އޭ ! ގައިމު ފަތިސް ނަމާދަށް ވެސް ހޭލެވިއްޖެ ވިއްޔާ….” ނިޝްވާ ހީވަނީ ޖަލްސާއެއް ގެ ޔައުމިއްޔާ ކިޔަނީ ހެންނެވެ.

” ނިޝް ކީކޭތަ ތި ކިޔަނީ.. ތީ ހުވަފެނެއް … އަދި ޒާރެއް ނުނިކުމޭ ކޮޓަރިއަކުން… ދެންމެ  ނިދާ ތެދުވީ..” ނަޝާޔާ ޔަގީން ކަމާއެކު ބުންޏެވެ.

” ޕިސް ޕިސް! ދެންމެ ގެޔަށް އައިސް އެވަނީ… އަހަރެން ހެލާ އިންނަތާ ކޮންއިރެއް!  ” ނިޝްވާ ކުރެއް ނުކުރިއެވެ. ނަޝާޔާ  ގެ ބޮލުގައި ރިއްސާލިއެވެ. ޒާހިރު ދޮގު ހެދީތާއެވެ. ޒަހިރު އެއައީ ބޭރުންނެވެ. އަނެއްކާ ރޭގައި ނިދަން ނައަންނަނީ ބާވައެވެ. ގައިމު ޓީވީ ބަލަން އިންނަމަ ކޮއްކޮއަށް ފެނުނީހެވެ. ނަމާދަށް ދިޔަނަމަ ދޮގެއް ނަހަދާނެތާއެވެ. ކޮޓަރި ކުޑަދޮރުން ވަންނަނި ކޮށް ވޮލެޓް ވެއްޓުނީ އޭ ނަޝާޔާގެ ހިތް ބުނަމުން ދިޔައެވެ.ޒާހިރާއި ޒުވާބު ކޮށްގެން ވާނެ އިތުރު ފާއިދާ އެއް ނެތްކަން ވިސްނޭތީ  ޒުވާބުކޮށް ދުވަސް ޚަރާބު ކުރާކަށް އޭނާ ގަސްތެއް ނުކުރިއެވެ. ކޮލެޖަށް ދިއުމާ ދެމެދު ވަގުތު ކޮޅެއް އޮތުމާއެކެ ސައި ތައްޔާރު ކުރުމަށް އަވަސް ވެލިއެވެ.

ނަޝާޔާ ކޮލެޖަށް ދިޔުމަށްޓަކައި ފެންވަރައި ތައްޔާރު ވެލިއެވެ. ލޮލުގައި އަނދުން އަޅާ ތުންފަތުގައި މަޑު ކުލައެއް ޖައްސައިލިއެވެ. ލައިގެން ހުރި ކަޅު ކުލައިގެ “ބަޓަފްލައި” ހެދުމާއި އަޅި ކުލައިގެ ޖިިންސުގައި ނަޝާޔާ ފެންނަލެއް ވަރަށް ހިތްގައިމެވެ. އާޒަކީ އާންމު ގޮތެއްގައި ލަހުން ހޭލާ ކުއްޖަކަށް ވާތީ ހެނދުނު ކޮލެޖަށް ދިޔުމަކީ އެހާ އުދަނގޫ ކަމެއް ނޫނެވެ. ޒާހިރު ފިހާރައިގައި ބިޒީ ވާނެތީވެ، ކޮލެޖަށް ލައިދޭން ނުދެވޭނެ ކަމަށް ބުނެފައި ނިކުތެވެ. އޭރު ނަޝާޔާ ހުރީ ތައްޔާރު ވެ ނިމިގެންނެވެ. ފިހާރައަށް ދާ މަގުމަތީގައި ކޮލެޖަށް ލައިދޭން އެދުމުން ވެސް ނަޝާޔާ އަކީ ތަތް މީހެއް ކަމަށް ބުނެ އިންކާރު ކުރިއެވެ.ކުރާނެ ކަމެއް ނެތެވެ. ނަޝާޔާ ކާރަކަށް ގުޅިއެވެ. ބައްޕަ ވެސް ނޫޅޭ ގަޑި އަކަށް ވުމުން ދެވޭނެ އެހެން އެއްވެސް ވަސީލަތެއް ވެސް ނެތުމާއި އެކީގައެވެ.

އެއީ ނަޝާޔާގެ ހަނދާނުން ފިލައިނުދާނެ ހިތި ހަނދާނެކެވެ. އެހެން ދުވަސްތަކަށް ވުރެ އަވަހަށް ކޮލެޖް ނިމުމުން ގެޔަށް އައިސް ކޮޓަރިތެރެ ތަރުތީބު ކުރަމުން ދިޔައެވެ. އާޒް އަކީ ވަރަށް ހަލަނި ކުއްޖެއް ކަމުން ކޮޓަރި ތެރެ އޮންނަނީ އެފުށްމިފުށަށް ޖަހާފައެވެ. ފޫހިކަމެއް ވަރުބަލި ކަމެއް ނެތި ނަޝާޔާ ގެ އަތް ހަރަކާތް ކުރަމުން ދިޔައެވެ. ހުރިހާތަނެއް ވެސް ތަރުތީބު ވެއްޖެއެވެ. ޑްރެސިން ޓޭބަލް ގެ ފިޔަވައެވެ. ވަތްގަނޑު ފުރެންގެން ހުރީ ހައްތާ ވެސް ޒާހިރު ގެ ސާމާނެވެ. ހީވީ މީދާ ހާއްޔެއް ހެންނެވެ. ނަޝާޔާ ހުރިހާ އެއްޗެއް ރީތިކޮށް ތަރުތީބު ކުރިއެވެ. ސިޓީއުރަ އަކަށް ނާޔާ އޮތް ކަރުދާސް ގަނޑެއް ވަޔާ އުދުހިގެން ގޮސް ބިންމަތީގައި ޖެހުނީ ނިންމާލާފައި ހިންދެމިލި ވަގުތުގައެވެ.

ނަޝާޔާ އެ ކަރުދާސް ގަނޑު ނެގިއެވެ. ލިބުނު ސިހުމާއެކު ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. އެއީ ކައިވެނީ ގެ ފޯމެކެވެ. އެއްބައި ފުރާލާފައި އޮތުމުން ކާކުގެ އެއްޗެއް ތޯ ދެނެގަތުމުގެ ނިޔަތުގައި ކިޔަންފެށިއެވެ. ކައިވެންޏަށް އެދޭ ފިރިހެނަކީ ދެވަނަ އިންސާނެއް ނޫނެވެ. ޒާހިރެވެ. ކުރީގައި ފުރާލާފައި އޮތް ފޯމެއް ވެސް ނޫނެވެ. އެހެންނަމަ މިހާރު އުޅޭ އެޑްރެހަކަށް ޕާމް ވިއު ޖަހާފައި ނެތީހެވެ. ނަޝާޔާ ގެ އެތެރެހަށި  ހީވަނީ ކެކި ކެކި ހުރި އަލިފާން ގަނޑެއް ހެންނެވެ. ޒާހިރުގެ މަކަރުވެރި ރޭވުންތަކުން ހިތުގައި ޖެހި ހިތްހަލާކު ވަމުން ދިޔައެވެ. ނަޝާޔާ އާއި ދަރިފުޅު އެކަނި ކޮށްފައި ފިލައިގެން ދާން ޒާހިރު ތައްޔާރީތަކެއް ވަމުންދަނީއެވެ. އެންމެ ފަހުން ދެ ފައިން ބާރު ހުސްވެ ކަކޫ މައްޗަށް ތިރި ވެއްޖެއެވެ. ދުނިޔޭގައި އުޅޭ އެންމެން ނަކީ ވެސް މަކަރުވެރި ފިރިހެނުން ބާވައެވެ. ނަޝާޔާ ހިތުގެ އަޑިން ގޮތެއް ނިންމިއެވެ. ޒާހިރުގެ ވަކި ތަކުން ސަލާމަތް ވެ އަމާން މަންޒިލަކަށް ދިއުމަށެވެ. އޭނާ ދެނެއް ޒާހިރުގެ ލޯތްބަށްޓަކައި ނުރޯނެއެވެ. ޒާހިރު ނެތަސް ބައްޕައަކާއި މަންމައެއް ގެ ލޯބި އޭނައަށް ދެވިދާނެއެވެ.

ޒާހިރަކީ އޭނާގެ ފަންނުގައި ކުޅަދާނަ މީހެކެވެ. އެއީ ދޮގުވެރިކަމާއި މަކަރުވެރި ކަމުގެ ފަންނުވެރިޔެކެވެ. ފޯމް ފެނުމާއެކު ނަޝާޔާ އާއި ދާދި ގާތުގައި އިށީނެވެ. ނަޝާޔާގެ މޭ ފިނި ކޮށްލުމުގެ ގަސްތުގައި ވާހަކަތައް ހަދާލީ ފިލްމަކުން ވެސް ނުފެންނަހާ ފާޑުވެރިކޮށެވެ. އެއީ ކައިވެންނަށް ކޯޓުން ހޯދި ފޯމްތަކުން ބާކީ ވި ފޯމެކެވެ.ޒާހިރު ފޫހި ފިލުވާލުމަށް ފުރާލީއެވެ. ޒާހިރު މަތިއޮމާން ކޮށްފައި ނަޝާޔާ ގެ ހިތްހަމަ ޖައްސަމުން ދިޔައެވެ. އެހެނަސް ތަށަށް ކިޔަނީ މަރިޔަނބު ހޭ ވެސް ނަޝާޔާ ނޭހިއެވެ. އޭނާ އަކީ މަންމަނެއް ފަދައެވެ.އެންމެ ފަހުން ދެން ހެވޭ ބުނެ ފޯމް ވީދާލާފައި ނިކުމެގެން ދިޔައީ  އެ ނިކަމެތި ހިތަށް ކެތް ނުކުރެވިގެންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ހަގީގީ

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

އޯގާވީ ހިތަކުން…40

Next

އޯގާވީ ހިތަކުން…41

Next
August 14, 2014

އޯގާވީ ހިތަކުން…41

Previews
August 12, 2014

އޯގާވީ ހިތަކުން…40

8 Comments!

  1. ummi says:
    August 14, 2014 at 1:17 am

    V reethiii …
    Waiting for the next part

  2. mish says:
    August 14, 2014 at 5:57 am

    Leyfa mi part ves hama awesum ingey……..i hate this zaahiru……vvvv avahah nxt prt up kohdhehchey leyfa

  3. fahtha says:
    August 14, 2014 at 7:55 am

    oww salhi kuria gendhaale..alhe mi xahiru a lande dheebala

  4. ifa says:
    August 14, 2014 at 4:19 pm

    vvv reethi mi prt ves….zahiru mi haadha makaru veri meehekey dhw….will wait for the nxt prt

  5. ަެެެެއޫނާ says:
    August 14, 2014 at 4:50 pm

    ހާދަ ކުރޭ. އެކަމްވެސް ވަރަށް ރީތި.

  6. aish says:
    August 14, 2014 at 7:05 pm

    very nice…. waiting for the next part

  7. leyfa says:
    August 14, 2014 at 10:00 pm

    THANK YOU 🙂 dhen faharkun dhiguko genes dhenan!

  8. shaph says:
    August 15, 2014 at 5:34 pm

    Haadha kurey . ekum wes w w reethi . plzz up asap

Comments are closed.

Next Episodeކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..7←


All Right Reserved!