ކަފުނަށް މި ހިތް އަދި ނުލާކަން ޔަގީން…5
ދުނިޔެ ހިނގަނީ ތޮށަލި ދުޅަ އަށެވެ. ނަޝާޔާގެ ދިރިއުޅުމަށް އަނެއްކާ ވެސް އިންގިލާބެއް ކުރިމަތި ވީއެވެ. ހުރި ހަމައެކަނި ދަރިފުޅު ވަރަށް ބަލިވެއްޖެއެވެ. ބައްޔަކީ ކޮބައިކަން ޑޮކްޓަރުންނަކަށް ހޯދައި ނުގަނެވުނެވެ. ބޭރަށް ހިނގުމުގެ ސަބަބުން ހަށިގަނޑުގެ ވަރުދެރަވެ ނިކަމެތި ވިއެވެ. ޑޮކްޓަރުން ދޭ ފަރުވާއަކުން ރާހަތެއް ނުކުރިއެވެ. ހަދާނެ ގޮތް ހުސްވެ މޮޔައަކު ފަދައިން ދަރިފުޅު އުރާލައިގެން މަގުގެ ދެކޮޅަށް ކުރުކާލި ކަނޑަ ކަނޑާ ހުރެވުނީ ކިލާ އިރަކު ކަމެއް ނޭގެއެވެ. ދަރިފުޅު ކެނޑި ނޭޅި ރުއިމުގެ ސަބަބުން އެފަކީރު ގެ އަޑު ވަނީ ކެނޑިފައެވެ. އޭރު އެދަރިފުޅުގެ ބައްޕަ އޮތީ ކޮޓަރީގައި އަރާމު ކުރާށެވެ. ތިމާގެ ދަރިއަކު މަރާ ހަނގުރާމަ ކުރަމުން ދާއިރު ވެސް ކަމެއް މޭރުން ނުވަނީ ހެއްޔެވެ؟ ނޫނީ ހިތެއް ވެސް ހަމަ ނެތީ ހެއްޔެވެ؟ ނަޝާޔާ އަށް ބެނެލެވުނެވެ.ދަރިފުޅާއެވެ.އެއީ ހިލަހިތެއްގެ ވެރިއެކެވެ. ކިތަންމެ ވަރަކަށް ރުޔަކަސް ބައްޕަގެ ދެކަންފަތް ވަނީ ތި ކެކުޅުމުގެ އަޑު އަހަން ދެކޮޅު ހަދާފައެވެ.
ނަޝާޔާ ދެވަނަ ފަހަރަށް ޒާހިރު ގެ ކުރި މައްޗަށް އައިސް ހުއްޓުނެވެ. ދަރިފުޅު މަރުވަނީ އޭ ބުނެ ރޮއި ހޭރިގަތެވެ.
“ދެން ކީއްކުރާނީ ނަޝާ…. ބޭސް އެބަ ދެމެއްނު… ރަނގަޅުވާނެ ވަރަށް އަވަހަށް!” ޒާހިރު ގެ މޫނުމަތިން ހާސްކަމެއް ނެތެވެ.
” އަހަރެން ބޭނުން މާލެ ދާން… ކުޑަކުދިން ގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަން.. ހިނގާބަލަ ޕްލީޒް!” ނަޝާޔާ އާދޭހާ އެކު ބުންޏެވެ.
” ނަޝާ ދާން ބޭނުމިއްޔާ ދޭ! މަށަށް ދެވޭކަށް ނޯންނާނެ ވިޔަފާރި ދޫކޮށްލާފަ.. ” ޒާހިރު އެންމެ ފަހުބަސް އިއްވިއެވެ. ހަދާނެ ނުހަދާނެ ގޮތެއް ނޭގި އެތަށް އިރަކު އިނުމަށް ފަހު ޓިކެޓް ނެގުމަށް ފަހު މާލެ ފުރީ ދަރިފުޅުގެ ބައްޔަށް ޝިފާ ހޯދުމުގެ ފުރިހަމަ އަޒުމުގައެވެ.އެކަނިމާއެކަނި އަހަރު ނުވާ ކުޑަ ކުއްޖަކު ކިލިލީގަ ޖަހައިގެން މާލެ ފުރީ ފޮނި އުންމީދުގައެވެ.ޒާހިރު ގެ އެއްވެސް ޝަކުވާއެއް ނެތެވެ. އެހެން ނުވާން ވީ ސަބަބެއް ނެތެވެ. އެންމެ ލޯ ލާރިއެއް ވެސް އޭނާގެ ޖީބުން ޚަރަދެއް ނުވެއެވެ. ނަޝާޔާ ގެ މުސާރައިން ރައްކާ ކުރެވުނު ފައިސާ އާއި ބައްޕަގެ ދީލަތި ކަމެވެ.
މާލެ ގޮސް ނަޝާޔާ ތަފާތު ޑޮކްޓަރުން ގެ މަޝްވަރާ ހޯދިއެވެ. އެތަކެއް ތަހުލީލުތަކަށް ފަހު ނަތީޖާއައީ އެ ނިކަމެތި މައިމީހާ ގެ ތުންފަތް މައްޗަށް ތަފާތު އެތަށް އަސަރުތަކެއް ވެރި ކުރުވަމުންނެވެ. ދަރިފުޅުގެ ހަޖަމު ކުރުމުގެ މައްސަލަ ހުރުމުގެ ސަބަބުން ކިރު ގެ އެއްވެސް ބާވަތެއް ހަޖަމު ނުވަނީއެވެ. ދަރިފުޅު ގެ ބަލި ދެނެގަނެ ވުމުން އެކަމަށް ހައްލު ހޯދުމަށް ނަޝާޔާ އަވަސް ވެގަތެވެ. ޑޮކަޓާރުން ގެ މިންނެތް މަސައްކަތާއެކެ ހަފްތާއެއް ފާއިތު ވިއިރު ދަރިފުޅު އެއްކޮށް ބަލިން ނަޖާ ވިއެވެ. އެނބުރު ރަށަށް އައީ ހިނިތުންވެހުރެއެވެ.
ނަޝާޔާ އަށް ކޮލެޖުން ކޯސް ނިންމުމުގެ ފުރުސަތު ލިބިއްޖެއެވެ. ކޮންޓްރެކްޓް ހަމަވުމާއި އެކު ކޯހުގައި ގިނަވަގުތު ކޮލެޖަށް ދާން ޖެހޭތީވެ ވަޒީފާ ދޫކޮށްލިއެވެ.ފަހު އަހަރު ކަމުން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނެވެ. ދަރިފުޅު މަންމަ އާއި ހަވާލު ކޮށްފައި ބޭރުގައި އުޅެން ޖެހޭތީ ނަޝާޔާ ކިތަންމެ ދެރަވި ނަމަވެސް އަމިއްލަ ފައި މައްޗަށް ތެދުވަން އޭނާ ބެނުން ވެއެވެ. އޭނާއަށް އެޅުނު ކަތިފިޔަވަޅުން ވަދެވުނު ކަށިކުނބުރު ޖަންގަލިން ސަލާމަތް ވެ، ދުނިޔޭގެ ހަމަ ވައި ލިބެން ބޭނުމެވެ. އެހެނަސް ޒާހިރަށް މިކަންތައް ވީ ކެތްވާވަރު ގެ ކަމަކަށް ނޫނެވެ.އޭނައަކީ ނަޝާޔާގެ ދުޝްމަނެއްފަދައެވެ.ހޭދަވަމުން ދިޔަ ކޮންމެ ދުވަހެއް ގެ ފެށުމާއި ނިމުން ގެރި ޒުވާބަކުން ފާހަގަ ކުރެވެމުން ދިޔައެވެ.
“ނަޝާޔާ! ތީ ކޮން ބޭނުމަކު ކުރާ ކަމެއް! މަށަކަށް ހިޔެއް ނުވޭ ދެން މި ދިވެހި ރާއްޖެއިން ކަމަނައަށް ދޭނެ ވަޒީފާއެއް އޮންނާނެ ހެން.. ” ޒާހިރު ނަޝާޔާ އަށް މަލާމާތް ކޮއްލިއެވެ.
” ވަރިހަމަ މަ ބޭނުން ކިޔަވަން… މަވެސް ބޭނުން މޮޅު މީހަކަށް ވާން..” ނަޝާޔާ އާދޭހުގެ ރާގުގައި ބުންޏެވެ.
” ހަ ހަ ހާ….. އެހެން ވިއްޔާ މަގޭ އަނބި ގޮއްޔެ މުސްތަގުބަލުގަ ރާއްޖޭގެ ދެވަނަ ޕްރޮފެސަރަށް ވާނެ ތާ ދޯ……. ޕްރޮފެސަރު ފާތިމަތު ނަޝާޔާ ލުތުފީ!” ޒާހިރު ހިނިގަނޑެއް ޖަހާލަމުން ނިކުމެގެން ދިޔައެވެ.
” މި ޒާހިރަށް ހާދަހާ ބޮޑު ކަމަށް ވެޔޭ މަ ކިޔަވާތީ ވެ! ” ނަޝާޔާ ހިތަށް އެރިއެވެ.
ޒާހިރުގެ އެތަކެއް މަލާމާތްތަކާއި ފުރައްސާރަ ބަރުދާސްތު ކުރަމުން ދިރިއުޅުމާއިގެން ހަނގުރާމަ ކުރަމުން ދިޔައެވެ. މައިންބަފައިން ގަނެދީފައި ހުރި ފޯނާއި ލެޕްޓޮޕް ވެސް ހަލާކު ވެފައި ވުމުގެ ސަބަބުން ކޮލެޖުގެ އެއްވެސް މަސައްކަތެއް ގޭގައި ނުކުރެވޭތީ ދުވާލު ހަތަރު ދަމު ކޮލެޖުގެ ލައިބްރަރީގައި ހޭދަ ކުރަން ޖެހުނެވެ.ދަރިފުޅުގެ ކަންތައް ހައިނުކޮށް ފުރިހަމަ ކޮށްދެމުން ދާތީ އޭނާ މައިންބަފައިންނަށް ޝުކުރުވެރިވެއެވެ. އެކުވެރިން ގެ ދީލަތި އެހީތައް އޭނާއަށް އިތުރު ހިއްވަރަކަށް ވިއެވެ. ކޮންމެ މަހަކުު ޚަރަދު ބަރަދު ހަމަޖައްސަން ދޭ ދެހާސް ރުފިޔާއިން ކިރިޔާ ދެކޮޅު ޖެހެނީއެވެ.ކިތަންމެ ބޮޑު ކަމެއް ދިމާވިޔަސް އެންމެ ލޯ ލާރިއެއްވެސް އިތުރަކަށް ނުލިބެއެވެ.
އާދައިގެ މަތިން ހާގޮވާލުމާއެކު ފަތިސް ނަމާދަށް ނަޝާޔާ ތެދުވިއެވެ. މޯޅިއަކަށް ދެމިލާފައި ދެދުވެ ހިންދަމާލިއެވެ.ދަރިފުޅު ނެޕީ ބަދަލު ކޮއްލާފައި އަވަހަށް ކިޔެވުމަށް ބޭނުން ވާ ސާމާނު ދަބަހަށް އެޅިއެވެ.ދަރިފުޅު ހެލުމުގެ ކުރީގައި ކޮލެޖްގެ ކަންތައް ތައްޔާރު ކޮއްލުމުގެ ނިޔަތުގައެވެ. ކޮލެޖަށް ދަނީ ޒާހިރާއިއެކުގައި ކަމަށް ވާތީ ފިރިމީހާއަށް ގޮވަމުން އެނދާއި ދިމާލަށް އެނބުރިލިއެވެ. ޒާހިރެއް ނެތެވެ. ފާޚާނާ ގަ ނެތުމުން ބޭރަށް ނިކުމެ ގޭތެރެ ވެސް ބަލާލިއެވެ. ޒާހިރު ގެޔަށް ނާންނަކަން ހަނދާން ވީ ދެނެވެ.
“ނަޝާޔާ! ” ނަޝާޔާ ދިޔައީ ސިއްސައިގެންނެވެ.ކުޑަދޮރު ފޮތިގަނޑު ތެރެއިން ޖިންނިއެއް ހެން ފާޅުވެއްޖެއެވެ. ފައި ބިނަމުގައި ޖެހޭތޯ ބަލައިލެވުނީ ވެސް ގެންފައި ހުރި ބިރުންނެވެ.
ޒާހިރު…؟ ނަޝާޔާ ތުރުތުރު އަޅަން ފެށިއެވެ.
“އާނ… މީ މަށޭ! ބިރުގަނެއްޖެ ނު! ” ޒާހިރު ގާތަށް އައީ ނުލަފާ ހިންޏެކެވެ.
” ތީ ކޮންވަޑާމެއް؟ މިއަދު ހާދަ ހެނދުނާ އިރުއަރައިފިޔޭ….. ހުވަފެނެއް ފެނުނީބާ!” ނަޝާޔާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
” އާނ.. ނަޝާ ހަނދާން ވެގެން … ” ޒާހިރު ލުއްކެއް ޖަހާފައި ނަޝާ އަތުގެ ބާރުގެ ދަށަށް ގެނައެވެ. ޒާހިރުގެ ޚިދުމަތުގައި ޗުއްޓީކޮށްލުމަށް އިންޒާރު ދެމުންނެވެ.ނަޝާޔާ ކުޑަދޮރު ހުޅުވުނު އަޑަށް ޒާހިރުގެ އަތުތެރޭން ދެމިގަނެގެން ދުއްވައިގަތެވެ. ވެގެން އުޅޭގޮތް ސާފުވާކަށް މާ ގިނައިރެއް ނުނެގިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.


V reethi
mee haadha varugadha sorekey dho..meenaya adhi kulhi dhakkalachey nasha
ma hee hee halaaku..vara reethi..keep it up leyfa
..kamanaya nunidhey mi vaahaka up nuvegen..kuria dhaa goi va reethi
zaahir kahala meehun ulheytha mi xamaanuga..thyna fonuvaala javva. leyfa vaahaka v reethi.ithuru baya inthixaaru kuran
Vvv reethi….. waiting 4 the next part
Leyfa mi part ves vvvvv reethi…….naashaya ah marry kurevifa ehery varehge mihaakaa dhw….kn irakun tha next part?????? vvvvv avahah up koh dheychey
w nice mi part wes . plxx up the next part ASAP
This man shall rot nunee? :p
Salhi
Vara interestin thanakun thi nimmy…v v reethi vaahaka eh^^♡♡