Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަލާޔާ ނުލާ 5

Ashly Level 210 Stories100 Comments100 Login
January 27, 2019 4 Mins Read
23 Comments

އެ ލޯންޗުން ފޭބި ދެފިރިހެން ކުދިން ފެނިފައި ޒޯޔާއާއި ރީނާއަށް އާޝޯހުވެފައި ބަލަހައްޓައިގެން ތިބެވުނީއެވެ. އެ ދެފިރިހެން ކުދިންގެ ކޮޑުގައިވެސް ބޮޑު ދަބަހެއް އަޅުވާފައިވާއިރު ލޮލުގައި މޮޅު އަވިއައިނެއް އަަޅައިފައި ވެއެވެ. އެތަނުން އިސްތަށިގަނޑު ދިގުކޮށްފައި ހުރި ފިރިހެން ކުއްޖާއަތުގައި ގިޓާލާ ދަބަހެއް ވެސް އޮތެވެ. ޒޯޔާމެން އެލޯންޗާއި ކައިރިއަށް އައިސް މަޑުކޮށްލައިގެން ތިއްބެވެ.

ފަޔާޒްއާއި އަޔާން ލޯންޗުންފައިބައި އެތާތިބި ދެއަންހެން ކުދިންނަށް ބަލައިލިއެވެ. އަޔާން  ޒޯޔާ އާއި ދިމާލަށް އޭނާގެ ކަނާއަތް ދިއްކޮށްލިއެވެ. ” ހެލޯ… އައި އެމް އަޔާން … ” ޒޯޔާގެ ރީތި ސޫރައަށް ބަލައިލަމުން އަޔާން ބުނެލިއެވެ. ” އައި އެމް ޒޯޔާ ” ޒޯޔާ އަޔާން ދިއްކުރި އަތުގައި ހިފާލަމުން ބުނެލިއެވެ. ފަޔާޒް ހުރީ ރީނާ އާއި ދިމާލަތް އަތްދިއްކޮށްލައިގެންނެވެ. ފަޔާޒްގެ އެރީތި މޫނުން ދެލޯ ވަކިކޮށްލަން ނޭގިފައެވެ. ޒޯޔާ ރީނާ ބޮލުގައި ކުޑަކޮން ޖަހާލިއެވެ. ރީނާ ސިއްސައިގެން ގޮސް ޒޯޔާއައި ދިމާލައް ބަލާލިއެވެ. ” ހައި…އައިއެމް ފަޔާޒް “ފަޔާޒް ހިނިތުން ވެލަމުން ރީނާއައް ބުނެލިއެވެ. ރީނާ ފަޔާޒްގެ އަތުގައި ހިފައިލިއެވެ. ރީނާގެ މަޑު އަތުގައި ހިފަހައްޓައިލައިގެން ފަޔާޒްއަށް ހުރެވުނީއެވެ. “ލެޓްސް ގޯ” ޒޯޔާ ދާން ހިގައިގަންނަމުން ބުނެލިއެވެ. ފަޔާޒް ރީނާގެ އަތުން ދޫކޮށްލީ ދެނެވެ.

ގެއާއި ހަމައަށް ދެވެންދެން އެކަކުވެސް އަގައިން ނުބުނެއެވެ. ގެއަށް އައިސް ވަނުމާއި އެކު ފަޔާޒްއާއި އަޔާންއަށް ވަށައިގެން ބަލައިލެވުނެވެ. ސިޓިން ރޫމްގައި ބެހެއްޓިފައި ހުރި ޒޯޔާގެ ރީތި ފުޓޯތައް ފެނި އަަޔާން ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ. “ރާއްޖެ ތެރޭގައި ވެސް ހާދަރީތި ކުދިން އުޅެއެވެ.” ރަޔާން ހިތާ ހިތުން ކިޔާލިއެވެ.

އަޔާން މެންނަށް ކޮޓަރި ދައްކަން ޒޯޔާ ހިގައިގަތެވެ. ޒޯޔާގެ ކޮޓަރި އާއި ޖެހިގެން ހުރި ކުލީ ކޮޓަރިތަކުން ކަޅާއި ހުދުކުލައިން ފަރުމާ ކޮށްފައިވާ ކޮޓަރި އަޔާން އަށް ދިނެއެވެ. ދެން ހުރި ކޮޓަރި ވަނީ ފެއްސާއި ހުދުކުލައިންނެވެ. އެ ކޮޓަރި ދިނީ ފަޔާޒް އަށްށެވެ. ފަޔާޒް އާއި އަޔާން ގާތު ސައިބޯން އައުމަށް ބުނެފައި ޒޯޔާމެން ކާކޮޓަރިއަށް ގޮސް ވަނެވެ. އަޔާން އާއި ފަޔާޒް އިރުކޮޅަކުން ކޮޓަރިން ނިކުމުގެން ގޮސް ކާކޮޓަރިއަށް ވަނެވެ. ޒޯޔާމެން އަޔާން މެންނަށް ސައިހަދާލަ ދިނެވެ. ” ކީއްވެ ޒޯޔާމެން ސައިނުބޮން ތިތިބީ އާދެ އަހަރުމެންނާއެކު ސައިބޮން ” އަޔާން ވަރަށްް ފަރިތަކަމާއެކު ދިވެހި ބަހުން ވާހަކަ ދެއްކިއެވެ. އަޔާން އާއި ފަޔާޒް އަަބަދު މާލޭގައި އުޅޭތީ ވަރަށް ރަނގަޅަށް ދިވެހި ބަހުން ވާހަކަ ދައްކަން އިގެއެވެ. ޒޯޔާމެން އަޔާން މެންނާއެކު ސައިބޯން ބައިވެރި ވިއެވެ. ސައިބޮން ތިބެގެން ކޮންމެ މީހަކު އެމީހެއްގެ ކުރު ތައާރަފެއް ދިނެވެ. ޒޯޔާގެ މައިންބަފައިންނާއި ދޭތެރޭ ކަންތަށް ވީގޮތުން އަޔާން އާއި ފަޔާޒް ވަރަށް ދެރަވިއެވެ.

” ކޯޗެއް މިރޭ ކެއުމަށް ހަދަންވީ …” ޒޯޔާ އަހަލިއެވެ.” އެއްޗެއްް ހަދާނެ ކަމެއްނެތް މިރޭ ބޭރަށް ކާލަން ދަމާ … އެެއީ އަހަރުމެންގެ ފަރާތުން ތިދެކުދިންނަށް ޓުރީޓެއް …” ރަޔާން ބުނެލިއެވެ. ފަޔާޒް އިނީ އަޔާން ގެ އެނިއްމުމުން އުފަލުން ފޮޅިފައެވެ. ރީނާއާއިއެކު ވަގުތު ހޭދަކޮށްލަން ފަޔާޒް ވަރަށް ބޭނުމެވެ. ފަޔާޒްމެން ސައިބޮއިގެން ގޮސް ވަނީ އަޔާންގެ ކޮޓަރިއަށްށެވެ. ” އަޔާން … އަޅެ އެއީ ހާދަ ރީތި ކުއްޖެކޭ .. އަހަރެން މިވީހާތައް ދުވަހަކު އެހާ ރީތި ކުއްޖެއް ނުދެކެވެ. ” ފަޔާޒް ރީނާގެ ރީތި ސިފަ ހިޔާލަށް ގެންނަމުން ބުނެލިއެވެ. ” އާ އަސްލުވެސް ވަރަށް ރީތި … އަހަރެން ހަމަ އަޖައިބު ވެއްޖެ.. އެ އަންހެން ކުއްޖާގެ މިއުޒިކީ އަޑު އިވުމުން އަހަރެން ހަމަ އަޖައިބުވެ އަންތަރީސް ވެއްޖެ.. ” އަޔާން އެހެން ބުނެލުމުން ފަޔާޒް ތިދައްކަނީ ކާކު ވާހަކަ އެއްހޭ އަހާލި އެވެ. ” ޒޯޔާގެ … އެހެރި ރީތިކަމެއްވާ … ފުރަތަމަ ނަޒަރުންވެސް މިހިތްދިވާނާ … ކޮށްލައިފި ….” އަޔާން ބުނެލިއެވެ. ފަޔާޒް ހިނިތުންވެލިއެވެ. އަދި ތިއީ ތެދެކޭ ބުނެލިއެވެ.

ރޭގަނޑުގެ އަށްގަޑި ބައިވަނީ އެވެ. ރީނާ އާއި ޒޯޔާމެންގެ އިންތިޒާރުގައި ސިޓިންރޫމްގައި ހުރި ސޯފާގައި އަޔާންއާއި ފަޔާޒް ތިއްބެވެ. ޒޯޔާއާއި ރީނާ ތައްޔާރުވެގެން ނިކުތުމުން ސިޓިންރޫމްގައި އެމީހުންގެ އިންތިޒާރުގައިތިބި ދެފިރިހެން ކުދިންނަށް ތިބިތަނުން ތެދުވެވުން ގޮތެއްވެސް ނޭގުނެވެ. ޒޯޔާއާއި ރީނާ ހިގާލާފައި އައިސް އެދެމީހުން ކައިރީ މަޑުކޮށްލިއެވެ. އަދި ދާން ހިގާށޭ ބުނެލިއެވެ. ފަޔާޒް އާއި އަޔާން އަށް ހަމަ ބިމަށް އާދެވުނީ ދެނެވެ. ހަތަރު ކުދިން ހިނގާފައި އެގެއާއި މާދުރު ނޫން ހިސާބެއްގައި ހުރި ރެސްޓޯރެންޓަކަށް ގޮސް ވަނެވެ. އަދި ހުސް މޭޒެއް ހޯދައި އެތަނުގައި އިށީނެވެ. އަޔާން އިނީ ޒޯޔާގެ ކުރިމަތީގައެވެ. ފަޔާޒް އިނީ ރީނާގެ ކުރި މަތީ ގައެވެ. އަޔާންގެ ބެލުމުން ޒޯޔާއަށް ކިތަންމެ އުދަގޫ ވަމުން ދިޔަ ނަމަވެސް އެކަން ބޭރަށްނުދަށްކާ ނުދައްކާވޭތޯ ބަލަމުން ދިޔައެވެ. އަޔާންގެ އެބެލުމުން އޭނާގެ ހިތުގެ އެންމެ ހިމަނާރާއި ކުޅެމުން ދިޔައެވެ. ޒޯޔާއަށް ނޭވާލާންވެސް އުދަގޫވަމުން ދިޔައެވެ.

އަޔާން ދިޔައީ ޒޯޔާގެ ކޮންމެ ހަރަކާތަކަށް ވަރަށް ފުންކޮށް ބަލަމުންނެވެ. ޒޯޔާގެ ނިތްކުރިމައްޗަށް ވެއްޓޭ އިސްތަށިތަށް އޭނާގެ ހިމަ ލޯލި އިނގިލި ތަކުން އެއްފަރާތް ކޮށްލާގޮތް ފެނި އަޔާން އިނީ އާޝޯހު ވެފައެވެ. އަޔާންގެ ހިތް ބުނަމުން ދިޔައީ އެ އޮމާން މޫނުގައި ބީހިލާންށެވެ. ނަމަވެސް އަޔާން ދިޔައީ އޭނާގެ ހިތަށް ވިސްނައި ދެމުން ނެވެ.

ވެއިޓަރު އައުމުން ހުރިހާއެންމެން އޯޑަރު ކުރީ ޗިކަން ފުރައިޑް ރައިސް އަށްށާއި ކޯކަށްށެވެ. ފަޔާޒް ވާހަކަ ދައްކަން ފެށިއެވެ. ހަމަހިމޭންކަން ފިލުވައިލިއެވެ. އެކި ކަހަލަ މަޖާ ޖޯކު ތަށް ކިޔަމުން ދިޔައިރު ރީނާގެ މޫނުމައްޗަށް އެ ވެރިވާ ރީތި ހިނިތުންވުން ފެނި ފަޔާޒްގެ ހިތަށް ފިނިކަން ލިބެމުން ދިޔައެވެ. ވެއިޓަރު އެމީހުން އޯޑަރުކުރި އެއްޗެހި ހފައިގެން އައުމުން އެންމެން ކާނަފެށިއެވެ. ކައިނިމުމުން އަޔާން އެއްްޗެއްސަށް ފައިސާ ދެއްކުމުން އެންމެން އެތަނުން ނިކުމެގެން މަޑުމަޑުން ހިގާލާފައި ގެއަށް އައީއެވެ.

ޢީދު އަންނަށް  އެއްދުވަހަށް ވެއްޖެވެ. އެ ހަތަރު މީހުންގެ މެދުގައި ވަނީ މިހާރު ރަޙްމަތްތެރިކަން އުފެދިފައެވެ. ޖެއްސުންކުރުމާއި ހީސަމާސާ ކުރުމަކީ އެމީހުންގެ އާދައެވެ. “ޒޯ.. ހިގާބާ މިރޭ.. ޢީދަށް ހެދުން ގަންނަށް ދާން … އެެންނޫނީ ވަގުތެއް ނުވާނެ.. ދެން.. ” ރީނާ ބުނެލިއެވެ. ” ހޫ… ރީ … މަ މިހުރީ ހަދާންވެސް ނެތިފަ… ” ޒޯޔާ ބުންޏެވެ. އެވަގުތު ބޭރުން އައިސް ވަން ފަޔާޒް އާއި އަޔާން އަށް މިއަޑުއިވުނެވެ. ” ހޫމް .. އަހަރުމެން ވެސް ދާނަށް … ” ފަޔާޒް އާއި އަޔާން އެއްފަހަރާ  ބުނެލިއެވެ. ” ދަންޔާ ހަމަ ދާންވީ .. އެކަމަކު … ގޮސް ޒުވާބު ނުކުރާތި .. އަހަރުމެން ލަސްވާތީ.. ” ރީނާ ބުނެލިއެވެ. ފަޔާޒް އާއި އަޔާން އެއްބަސް ވިއެވެ.

ފިހާރަތަކަށް ވަދެ ހެދުން ބަލަމުން ޒޯޔާއާއި ރީނާދިޔައެވެ. ނަމަވެސް އަދި ރަނގަޅު ހެދުމެއް ނުފެނެއެވެ. އެވަގުތު ހިގަމުން ދަނިކޮން ރީނާއަށް ފިހާރައެއް ތެރޭގައި އިން ވަރަށް ރީތި މަޑު ފިޔާތޮށި ކުލައިގެ ގަމީސްކޮޅެއް ފެނުނެވެ. ރީނާ އެފިހާރައަށް ވަނުމުން ރީނާގެ ފަހަތުން ދެނަތިބި ތިންމީހުންވެސް ގޮސްވަނެވެ. ރީނާ އެ ގަމީސް ނަގާ ހެޔޮވަރުތޯ ބެލިއެވެ. ޒޯޔާވެސް އެތަނުގައި އިން މަޑުނޫކުލައިގެ ގަމީސް ނެގިއެވެ. އެގަމީހުގެ ފަހަތަށް ދިގުކޮށް ހުރިއިރު ކުރިމަށްޗަށް ހުރީ ކުރުކޮށްނެވެ. އެގަމީސް ނަގައިގެން ޒޯޔާ ފަހަތަށް އެބުރުނު ވަގުތު އެތަނުގައި އިން ރަތް ކުލައިގެ މެކްސީ އެއް ފެނުނެވެ. ޒޯޔާ އެ މެކްސީއަށް ރީތްޗަށް ބަލައިލިއެވެ. އެހެދުމުގެ މޭމަތި ވަނީ ހުދު ކުލައިގެ އެސްތަކަކުން ފަރުމާކޮށްފައެވެ. އުނަގަޑާއި ހަމައަށް ގަޔަށް ހިފޭގޮތަށް ހުރިއިރު އޭގެ ތިރި ވަނީ ވަރަށް ފުޅާކޮށް ނެވެ. ޒޯޔާ އެހެދުމުގެ އަގު ބަލާލިއެވެ. އަދި ފަހުން ގަންނަށް އަށްނާނީއޭ ހިތައި ބެއިންދީ އެވެ. އަޔާން ޒޯޔާގެ ފަހަތުގައި މިމަންޒަރު ބަލަން ހުއްޓެވެ. ޒޯޔާ އަތުގައި އޮތް ގަމީސް ހިފައިގެން ކައުންޓަރަށް ގޮސް ރުފިޔާ ދިނެވެ.

މިއަދަކީ ޢީދު ދުވަހެވެ. ޒޯޔާމެން ފަތިހު ވަރަށް އަވަހަށް ހޭލައި ހެދިކާ ހެދިއެވެ. އެކަން ނިއްމާފައި  ރީނާ ޢީދު ނަމާދަށް ދާން ފެންވަރަށް ވަނުމުން ޒޯޔާ އޭނާ ލާން ހުރި ހެދުން އިސްތިރި ކުރަން ފެށިއެވެ.  ހެދުން އިސްތިރި ކޮށްފައި އެހެދުން ގެންގޮސް އަލުމާރިތެރެއަށް ޒޯޔާ ލިއެވެ. އަޔާން ޒޯޔާގެ ކޮޓަރިއަށް އައިސް ވަނީ އެވަގުތު އެވެ. ޒޯޔާއަށް އަޔާން އައިސް ވަންކަމެއް ނޭގެއެވެ. އަޔާން ޒޯޔާއަށް ޖެއްސުން ކޮށްލާހިތްވިވެ. އިސްތިރި ކުރަން ގެން ހުދުކުލައިގެ ގަމީސް އެދުމަތީ ބޭއްވުމަށްފަހު ގޮސް ޒޯޔާގެ ފުރަގަހުގައި ހުއްޓުނެވެ.

ޒޯޔާ ފަސް އެބުރުން ވަގުތު ކުރި މަތީ ހުރި އަޔާން ފެނިފައި ސިއްސައިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކިންތުގައި އަޔާންގެ ހިތްގައިމު ހަށިގަނޑަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އަޔާން ހުރީ ދެންމެ ފެންވަރައިގެން ނިކުންގޮތަށްކަމުން އަޔާންގެ އިސްތަށިގަނޑުން ނުހިކިހުރިފެން އަޔާންގެ ކޮޑުމައްޗަށް ފައިބަމުން ދިޔައެވެ. އަޔާން ގެ ގައިން ދުވަމުން ދިޔަ ޝަވަރޖެލް ގެ މީރުވަހުން މުޅިތަނުގައި އެވަސް ކޮށްލާފައި ހުއްޓެވެ. އަޔާން ޒޯޔާއާއި އިތުރަށް ގާތްވެލިއެވެ.  ޒޯޔާ ހުރީ އަޔާންއާއި އަލުމާރިއާއި ދޭތެރޭ ތާށިވެފައެވެ. އަޔާން ޒޯޔާގެ ކަންފަތާއި ކައިރިއަށް މޫނު ތިރިކޮށްލިއެވެ. އަޔާންގެހޫނު ނޭވާ ޒޯޔާގެ ކަންފަތަށް އެޅެމުން ދިޔައެވެ. ޒޯޔާ އޭނާގެ ދެލޯ މަރާލިއެވެ.

– ނުނިމޭ –

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ashly

Level 210 Stories100 Comments100 Login

am 18 years old girl.. love to read and write stories.. Leave comments.. I will keep improving my writing ?????? my Facebook page .. ashlystories❤️

Other Articles

Previous

އެއްޖިންސަށް ހިތްކިޔުމުގެ ވަބާ!

Next

ހުވާ ކޮށްފާ ބުނަން ލޯބި ވޭ 3

Next
January 27, 2019

ހުވާ ކޮށްފާ ބުނަން ލޯބި ވޭ 3

Previews
January 27, 2019

އެއްޖިންސަށް ހިތްކިޔުމުގެ ވަބާ!

23 Comments!

  1. Kitty says:
    January 27, 2019 at 11:31 pm

    Wooooww oh my God… This is soo beautiful.. Eagerly and curiously waiting for the next part ???❤️❤️

    1. Ashly says:
      January 28, 2019 at 8:49 am

      Thank you kitty. .. ??❤❤

  2. WINKS says:
    January 28, 2019 at 9:06 am

    alhey varah reethi….love this

    1. Ashly says:
      January 28, 2019 at 3:12 pm

      Thanks WINKS

  3. Luloo says:
    January 28, 2019 at 9:20 am

    Vrh vrh reethi..Ashly haadha molhey dhww..konirakun next part,,Waiting ingeyy dhoonii

    1. Ashly says:
      January 28, 2019 at 3:14 pm

      Thanks luloo … Next part tonight

  4. ?Cheryy blossom? says:
    January 28, 2019 at 12:51 pm

    Vaahaka vrh reethi maa shaa allah….keep it….ashhhh kn irakun nxt prt????
    ❤❤❤❤❤❤❤❤

    1. Ashly says:
      January 28, 2019 at 3:15 pm

      Thanks cheryy blossom … Next part tonight ❤❤❤

  5. ?Cheryy blossom? says:
    January 28, 2019 at 12:52 pm

    Up*

  6. Maann says:
    January 28, 2019 at 3:33 pm

    Vaahaka v reethi ekamu maa avas kanneynge kanthah thah dhaa goih… And fayaz ah reena kamu gosfa… Ayaan ah Zoya kamu gosfa… Adhi eyge ithuru dhe anhenkudhin ah vx hama e meehaku dheke like vaa meehaku kamu dhiyaema v ehen kahala…

    1. Ashly says:
      January 28, 2019 at 6:25 pm

      Thanks for ur comment maann.. Yeah visnaanah thikan ragalhu kohlan…. Nd fahun vaane gotheh neygey nu dhow

  7. Lai says:
    January 28, 2019 at 3:35 pm

    Yaa thankolheh reethi vis dhemeehunnah ekakudheke loabi vevunama dhww

    1. Ashly says:
      January 28, 2019 at 6:26 pm

      Thank u lai for ur comment … Thi hiyaalaai dhey therey visnaanah…

  8. Xee says:
    January 28, 2019 at 6:01 pm

    Pls vaahaka nimendhenn upload kohdheythi

  9. Anonymous says:
    January 28, 2019 at 6:25 pm

    Dhn hama midhaa goihves vvv reethi… Gina kiyuntherinnah reethi.. And of course this is a imaginary story not real… As for me.. Its just awesome.. ❤️❤️❤️keep it up ash❤️❤️?

    1. Kitty says:
      January 28, 2019 at 6:26 pm

      Well my name is changed by mistake… Well its kitty sorry??

    2. Ashly says:
      January 28, 2019 at 6:29 pm

      Thank u kitty ❤❤❤??

  10. Kitty says:
    January 28, 2019 at 7:27 pm

    Welcome ash darling ❤️❤️??

  11. Ishaa ishu says:
    January 28, 2019 at 9:05 pm

    Nice fyaz want reenaa
    And ayaan want zoya

  12. Ainth says:
    January 29, 2019 at 1:07 am

    Ma sha allah vaahaka reethi … ekamu thankolhah kurey … dhigu kohlaanekamah heekuran… keep going ?❤

    1. Ashly says:
      January 29, 2019 at 11:34 am

      Thanks ainth

  13. Luloo says:
    January 29, 2019 at 10:57 am

    Up eh nuvey aneh part eh ash

    1. Ashly says:
      January 29, 2019 at 11:35 am

      Ekam fonu vaifin

Comments are closed.

Next Episodeކަލާޔާ ނުލާ 6←


All Right Reserved!