Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހަދިޔާ (ނަވާވީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
January 23, 2019 16 Mins Read
39 Comments

ހިދާޔަތުގެ ސަބަބުން ހަމަޖެހުން ލިބިގެން ދިޔަ އައްޒާމާއި މާޝާގެ ޙަޔާތަށް ދެން އެއްވެސް ހިތާމަވެރިކަމެއް ނާންނާނެހެން އެ ދެމީހުންނަށް ވެސް ހީވިއެވެ. ދެމީހުން ވެސް ހިނގަންވީ މަގު ނުހަނު ސާފުކޮށް އެމީހުންގެ ކުރިމަތިން އެދެމީހުންނަށް ވެސް ފެންނަމުން ދިޔައެވެ. އެހެނަސް އެ ދެމީހުންނަށް ވެސް ނޭނގުނުކަމަކީ މި މަގަކީ އިމްތިޙާންތަކުން ވެސް ފުރިގެންވި މަގެއްކަމެވެ. އަދި އެމީހުންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި އެމީހުން ނުހަނު ދަތި ދުވަސްތައް ވެސް ކަނޑައްތު ކުރަން ޖެހޭނެކަމެވެ.

 

ދީނީ ޢިލްމު ލިބެމުން ދިޔައެއްކަމަކު މާޝާއާއި އައްޒާމްގެ ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތައް އެގޮތުގައިވިއެވެ. މަގުމަތިން ދެމީހުންނަށް އެކަކު އަނެކަކު ފެނިއްޖެނަމަ ދެމީހުންނަށް ވެސް ހިނިތުންވެލެވެއެވެ. އެހެނަސް ކުރިން ހަދާހެން ދެމީހުންނަށް ވެސް އެކަކު އަނެކަކާއި ވާހަކަ ދައްކަން ނުކެރުނީ ދެމީހުންނަށް ވެސް ދޭހަ ނުކުރެވުނު ސަބަބަކާހެދިއެވެ. އެދެމެދުގައި ވާހަކަ ނުދެކެވުނެއްކަމަކު ދެމީހުންގެ ދެމެދުގައި ހިނގަމުން ދިޔަ ކަންތައްތަކުން އެ ދެހިތުގެ އެދުމަކަށްވެފައިވީ ކޮންކަމެއްކަން ދެމީހުންނަށް ވެސް އެނގިފައިވިއެވެ. މާޝާ އެއްދުވަހެއްގެ ހަވީރު ވަގުތު ދަރުސް ނިންމާފައި މިސްކިތުން ނިކުންނަން އުޅުނު ވަގުތަކީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ. އެދުވަހު މަންހާ ބަލިވެ އުޅުނީތީ ހިނދުކޮޅެއްގެ ތެރޭގައި މިސްކިތުގެ ސިޑި ކައިރީގައި މަޑުކޮށްގެން ހުރި މާޝާ އެކަނިވިއެވެ. އޭނަ ފަދައިން ކުޑައާއި ނުލާ އައި ބައެއް އަންހެން ކުދިން ވާރެއާއި ތެމިގެން ދިޔައެއްކަމަކު މާޝާއަށް އެހެން ހަދާކަށް އެއްގޮތަކަށް ވެސް ނުކެރުނެވެ. ވާރެއާއި ތެމިގެން ދިޔަ ބައެއް އަންހެން ކުދިންގެ ހެދުންތައް އެކުދިންގެ ގަޔަށް ތަތްލެވިފައިވި ގޮތުންނެވެ. އެހެންހުރެ މަގުމަތީގައި ހިނގަން އޭނައަށް ލާހިކެއްނޫންކަމަށް އޭނަގެ ހިތް ބުނި ހިނދު ޚުދު މާޝާ ވެސް ޙައިރާންވިއެވެ. އޭނަ މިގޮތަށް ވިސްނަން ފެށީ ކޮން ދުވަހަކުތޯ ހިތަށްއެރިއެވެ. އޭނަގެ ކުރިމައްޗަށްވާ ގޮތަށްހުރި އަންހެނުން ވަންނަ މައިދޮރު މައްޗަށް ނޫކުލައިގެ ކާރެއް މަޑުކޮށްލީ އެވަގުތެވެ. އެއީ ކާކުގެ ކާރެއްކަން މާޝާއަށް އެނގުންވި ވަގުތަކީ އެ ކާރުގެ ޑްރައިވާރސް ސީޓުން އައްޒާމް ފޭބި ވަގުތެވެ. އައްޒާމް ކާރުގެ ވަށަލައިގެން އައިސް ވާރޭގެ ތެރެއިން ކުޑަކޮށް ދުވެފައި މިސްކިތް ތެރެއަށް ވަން މަންޒަރު ފެނި މާޝާގެ ހިތުގެ ތެޅުން އަވަސްވެ މުޅި މީހާ ފިނިވިއެވެ. ސިޑިއާއި ކައިރިވަމުން ދިޔަ އައްޒާމް އިސްއުފުލާލި ވަގުތު އޭނަ ހުއްޓުން އެރި ގޮތުން އޭނައަށް ވެސްވީ އެފަދަ ގޮތެއްކަން މާޝާއަށް އެނގުންވިއެވެ. އެހެނަސް އައްޒާމް ވަކި އެއްޗެކޭ ނުބުނެ އޭނަ ފަހަނަޅައި މިސްކިތަށް ވަދެގެން ދިޔައީއެވެ. އައްޒާމް އޭނަގެ ގާތުން ދިޔަ ވަގުތު އޭނަގެ ހުދުކުލައިގެ ކުރުތާ ކިހާ ކުރުކަމާއި އޭނަ ލައިގެން ހުރި ޖިންސްގެ ބާރުކަން މާޝާއަށް އިޙްސާސްކުރެވުނީ މާ ބޮޑަށެވެ. އޭނައަށް މިވަނީ ކީއްތޯ ބުނެ ހިތް ސުވާލުކުރި ވަގުތު އޭނަގެ ފުރަގަހުން މިސްކިތުން ނިކުމެގެން އައި އޭނަގެ އާ އެކުވެރިޔަކު ވާހަކަ ދެއްކި އަޑުއިވުނެވެ.

 

“އޭ މާޝް ހިނގާދޯ އަހަންނާއެކީ ވާރޭގަ ތެމިގެންދާން؟” މާޝާއާއި އެއްޒާތެއްގެ ހެދުމެއް ލައިގެން ހުރި އެ އެކުވެރިޔާ ބުނެލިއެވެ. އެއާއެކު މާޝާއަށް އެ އެކުވެރިޔާއަށް ބަލާލެވުނެވެ.

 

“އުނހު…މާ ތުނި އެއްޗެއް ލައިގެން މިހިރީ…” މާޝާއަށް އިތުރަށް ބުނާކަށް ވެސް ނުކެރުނު ގޮތުން ޚުދު  އޭނަ އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވިއެވެ. އޭނައަށް ނޭނގުނުކަމަކީ އޭނަ އެހެން ބުނި އަޑު އޭނަގެ އެކުވެރިޔާގެ އިތުރުން ހާޝިމްގެ ފޮތް އަޅާފައި ހުންނަ ފޮތި ކޮތަޅު ހިފައިގެން ނިކުތް އައްޒާމަށް ވެސް އިވުނުކަމެވެ. އެވާހަކަ އިވިފައި އައްޒާމަށް ހުރި ފިޔަވަޅު މަތީގައި މަންޒަރު ބަލަން ހުރެވުނެވެ.

 

“އިޓްސް އޯކޭއޭ މާޝް. އަހަރެން ވެސް މިއުޅެނީ ދާކަށެއްނު؟ އާދޭ ދެން!” އެކުވެރިޔާ ދެންވެސް ބުނެލިއެވެ. އެހެނަސް މާޝާ ދެންވެސް އިންކާރު ކުރިތަން އައްޒާމަށް ފެނުނެވެ. މާޝާގެ އެކުވެރިޔާ އެންމެ ފަހުން ބަލި ޤަބޫލުކޮށް އެތަނުން ދާންފެށުމުން އައްޒާމް ވެސް މާޝާއަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް މިސްކިތުން ނިކުންނަން ދިޔައެވެ. މާޝާއާއި އެއްހަމަވެ އޭނައާއި އެއްފިޔަވަޅު ކުރިއަށް ދެވުނު ވަގުތު އައްޒާމަށް ފަސްއެނބުރި މާޝާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އައްޒާމާއި ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު މާޝާ ނުތަނަވަސްވެގެން ދިޔައެވެ. އޭނަ ދެންމެ އޭނަގެ ހެދުން ސިފަކުރި ގޮތް އައްޒާމަށް އިވިފައިވާނެތޯ ކުއްލިއަކަށް ހިތަށްއަރަން ފެށިއެވެ. އެއާއެކު ދުވަހަކުވެސް ލަދުނުގަންނަ ވަރަށް ލަދުގަތެވެ. ރަތްވެގެން ދިޔަ ކޯތާފަތާއެކީ އިސްޖަހާލެވުނު މާޝާ ފެނިފައި އައްޒާމަށް ވެސް އޭނަގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓާލެވުނެވެ. އެއަށްފަހު އޭނަ އަނެއްކާވެސް ކާރާއި ދިމާލަށް ދާން ހިނގައިގަތީ ކަމެއް ޚިޔާލުކުރަމުންނެވެ. އައްޒާމް އޭނަ ދޫކޮށްފައި ދިޔައީހެން ހީވި ވަގުތު މާޝާއަށް އެކަނިވެރިކަމެއް އިޙްސާސް ކުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އައްޒާމް ވާރޭތެރެއިން ގޮސް އޭނަގެ އަތުގައި އޮތް ކޮތަޅު ކާރު ތެރެއަށް ލާފައި ދޮރު ލެއްޕި މަންޒަރު ފެނުނެވެ. އެއަށްފަހު އައްޒާމް ގޮސް ކާރުގެ ޑިކީ ހުޅުވާފައި ނެގީ ކުޑައެކެވެ. ޙައިރާންވެފައި އައްޒާމްގެ ޙަރަކާތްތަކަށް މާޝާ ބަލަން ހުއްޓާ އައްޒާމް ކުޑައާއެކީ އަވަސް ހިނގުމެއްގައި މިސްކިތަށް ވަދެގެން އައެވެ. ސިޑިއާއި ގާތްވެގެން ދިޔަހެން އައްޒާމް ފިޔަވަޅުތައް ލަސްކޮށްލަމުން މާޝާއަށް ބަލާފައި ސިޑިން މައްޗަށް އަރައިގެން ގޮސް އެ ކުޑަ މާޝާގެ ކަނާތް ފަރާތަށްވާ ގޮތަށް ހުރި ފާރަށް ލައްކޮށްލިއެވެ. އެ ހިނދު އަނެއްކާވެސް ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ މާނަ ހުރި ފަދައަކުންނެވެ. އެހެން ބަޔަކަށް ނޭނގޭނެ ފަދައަކުން އެތައް ވާހަކައެއް ދެމީހުންގެ ދެމެދުގައި ދެކެވިގެން ދިޔައެވެ. މާޝާއަށް އެ ކުޑަ އެހީ ވެވުނެއްކަމަކު އައްޒާމް ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނައަށް ވެވޭނެނަމަ އޭނަ މާޝާ ކާރުގައި ގެއަށް ގެންދިޔައީހެވެ. އެހެނަސް އޭރު ކާފަވެސް ވީ މިސްކިތުގެ ކައިރީގައި ހުރި ގެއަކަށް ޒިޔާރަތަކަށް ގޮހެވެ. ނޭނގޭ ސަބަބަކާހުރެ މާޝާއާއެކީ އެކަނި ދަތުރުކުރަން އޭނައަށް އެވަގުތު ނުކެރުނެވެ. އަދި އަމުދުން އެފަދަ އެދުމެއް މާޝާގެ ކައިރިން އެދެން ވެސް އޭނަގެ ދޫ ނުކުޅެދުނެވެ. ކޮންމެއަކަސް އިރުކޮޅެއްފަހުން މާޝާގެ ލުއި ހިނިތުންވުމެއް ފެނިފައި އައްޒާމްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ބަދަލުގައި އާދައިގެ މަތިން އޭނައަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ގަދަކަމުން މާޝާގެ މޫނުން ނަޒަރު ވަކިކޮށް އެތަނުން ދިޔައެވެ.

 

މާޝާ އެދުވަހު އެ ކުޑަ ދަރައިގެން ގެއަށް ދިޔައީ ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ. ގެއަށް ދިޔުމުން މަންމަމެން އެކަމާމެދު ސުވާލުކުރުމުން ޖަވާބު ދޭކަށްވެސް ނުކެރުނެވެ. އޭނަ ގެނައީ ކާކުގެ ކުޑައެއްތޯ އެހުމުން ވެސް ޝެއިޚްއާއެކީ އަންނަ ކުއްޖެކޭ ބުނެވުނީ އައްޒާމްގެ ނަން ކިޔަން ޖެހިލުންވުމުންނެވެ. މުޅި ދުވަސް އޭނައަށް ހޭދަކުރެވެން އުޅުނީ އައްޒާމްގެ ހަނދާންތަކުގައެވެ. އެހެނަސް އައްޒާމް އޭނަގެ ގާތުން ދިޔައިރު ކުރެވުނު އިޙްސާސްތައް ހަނދާންވެފައި އޭނައަށް އޭނަގެ މަންމަގާތު އެދުމެއް އެދެވުނެވެ.

 

“މަންމާ ހިނގާބަދޯ މި އަންނަ ހުކުރު ދުވަހު ފޮތިގަންނަން؟ ތަންކޮޅެއް ދޫކޮށް ބޮޑުކޮށް ފަހާނީ މިފަހަރު.” މާޝާ އެރޭ ހާފިޒާ އޭނަގެ ފަހާ ކޮޓަރީގައި އިންދާ ގޮސް ބުނެލިއެވެ.

 

“އައްދެ! ތިއީ އަނެއްކާ އެ ޝެއިޚް ބުނެގެންތަ؟ ހާދަ ރަނގަޅޭ!” ހާފިޒާ މޭޒުމަތީގައި ފޮތިގަނޑެއް ބާއްވައިގެން ހެދުމެއް ކަނޑަމުން އެހެން ބުނެލީ ހިނިތުންވުމަކާއެކީގައެވެ. މަންމަ ބުނެލި ވާހަކައިން މާޝާގެ ނިތަށް ރޫގިނަވީ މަންމައަށް ހީވީ ރަނގަޅަށް ނޫންކަން އެނގުންވުމުންނެވެ.

 

“ނޫން މަންމާ….ޝެއިޚް ނުއެއްބުނޭ.” މާޝާ ތެދުތެދަށް ބުނެލީ އަންތަރީސްވެފައި ހުރެއެވެ. އޭނައަށް މި ބަދަލުތަކެއް މި އަންނަނީ ވަކި ސީދާ ގެންނަންވީ ބަދަލުތަކެއްގެ ނަޞޭޙަތް ލިބިގެންވެސް ނޫންކަން އޭނައަށް އެނގުންވިއެވެ. މިއީ އެއްދުވަހު ޝެއިޚް ބުނިހެން ޤުރުއާނުން މީހުންގެ ޙަޔާތްތައް ބަދަލުވެގެން ދާ ގޮތުގެ މިސާލެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ލިބިގެން ދިޔުމުން މާޝާގެ އީމާންތެރިކަން އިތުރަށް ވަރުގަދަވުން ނޫންކަމެއްނުވިއެވެ.

 

ސީދާ ނަޞޭޙަތް ނުލިބި ރަނގަޅު ފިޔަވަޅުތައް އެޅެމުން ދިޔައީ ހަމައެކަނި މާޝާއަކަށް ނޫނެވެ. އައްޒާމަށް ވެސް ފަހަކަށް އައިސް އޭނަގެ ބެލުންތައް ތިރި ކުރެވެމުން ދިޔައީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޢާއްމު ގޮތެއްގައި އޭނައަކީ ޓީވީ ބަލައި އުޅޭ މީހަކަށް ނުވިޔަސް އޭނަ ދޭތެރެދޭތެރެއިން ފެންނަ އެއްޗެއް ބަލަމުން ދިޔައެވެ. އޭގެ ތެރެއިން 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ޝޯތަކެއްވެސް ހިމެނެއެވެ. ކިތަންމެ ނޫންކަމަށް ހެދިއެއްކަމަކު އޭނައަށް އެ ޝޯތައް ބެލެމުން ދިޔައީ ވަކި މަންޒަރުތަކަށްޓަކައި ކަން އައްޒާމަށް އެނގުންވާންފެށީ ދަރުސްތަކަށް ދާންފެށިތާ ދެވަނަ މައްސަރުގައެވެ. އެއާއެކު އޭނަގެ ހިތުގައި އެ ޝޯތަކަށްޓަކައި ވެސް ނަފްރަތެއް އުފެދުނެވެ. އެ މަންޒަރުތަކަށްވުރެ އޭނަގެ އީމާންތެރިކަން އޭނައަށް ލޮބުވެތިވުމުންނެވެ. އެއަށްފަހު މީސް މީޑިޔާގެ އެކި ތަންތަނުން ސްކްރޯލް ކުރަމުން ދާއިރު ވެސް ފެންނަމުން ދިޔަ އެ ޒާތުގެ މަންޒަރުތައް ގެނެސްދޭ ޕޭޖުތަކާއި ޕްރޮފައިލްތައް އަންލައިކްކޮށް އަންފޮލޯ ކުރެވެމުން ކުރެވެމުން ދިޔައެވެ. މީގެއިން ކޮންމެ ކަމެއް ކުރުމުން ވެސް އައްޒާމަށް އިތުރު ހިތްހަމަޖެހުމެއް ލިބުން ނޫންކަމެއް ނުވެއެވެ.

 

އައްޒާމާއި މާޝާގެ ޙަޔާތް ބަދަލުވި ފަހުން އެމީހުންނަށް ދަތިވާނެ ފަދަ ނިންމުމަކާއި އެމީހުން ކުރިމަތިލާންޖެހުނީ ހާޝިމްގެ ދަރުސްތައް ނިމެން އެންމެ 4 ހަފްތާއަށް ވެފައި ވަނިކޮށެވެ. ތައުބާވުމުގެ ތެރެއިން ދެމީހުން ވެސް އެކަކު އަނެކަކާއި ދުރުވެފައި ވަނިކޮށް ކައިރިވާން ޖެއްސީ ލަތީފް އޭނަގެ ވަޑާމުގެ މަސައްކަތްތައް ބެލެހެއްޓުމަށް ހަރުދަނާ ގޮތެއް ބޭނުންވާ ވާހަކަ އައްޒާމަށް އެއްދުވަހު މިސްކިތުން ފައިބައިގެން އައި ވަގުތު އިވުނު ވާހަކައެވެ. ލަތީފް އޭނައާއި އެއް ޢުމުރުގެ މީހަކާއި ވާހަކަ ދައްކަމުން ގޮސް ބުނިގޮތުގައި މިއަދު އޭނަ މުސްކުޅިވެފައިވުމުން މީހުން އޭނައަށް ލަނޑުދެނީ މާ ގިނައިންނެވެ. މަސައްކަތް ކުރުވާފައި ލާރި ނުދޭ މީހުން ވެސް ދަނީ އިތުރުވަމުންނެވެ. އެ ވާހަކަ އިވިފައި އައްޒާމް ކުރިއަށް ޖެހިލަމުން އޭނައަށް އެކަން ޙައްލު ކުރެވިދާނެކަމަށް ބުނެލީ އެހީއެއްވާން ބޭނުންވެފައިވި މިންވަރުންނެވެ. ވަކި ލަތީފަކީ މާޝާގެ ބައްޕައަށް ވީތީވެއެއްވެސް ނޫނެވެ. ލަތީފް އެހީއަކަށް އެދިއެދި ހުރި މިންވަރުން އައްޒާމްގެ ޚިޔާލު ހޯދިއެވެ. އެހެންކަމުން ވަޑާން ގޭގެ ކައިރީގައި ކުޑަ އޮފީހެއް ހަދައި އެ އޮފީހުގައި ހުންނަ ކޮމްޕިއުޓަރުގައި ލިބޭ ހުރިހާ އޯޑަރުތައް ލިޔެވިގެންދާނެ ފަދަ ގޮތެއް ހަމަޖެއްސުމަށް އައްޒާމް އެދުނެވެ. ލަތީފަށް އެ ޚިޔާލު ކަމުދިޔަ ވަރުން އޭނަ ވަގުތުން އައްޒާމަށް މަރުޙަބާ ކިޔުނެވެ.

 

ވަޑާންގޭގެ ކައިރީގައި ކުޑަ އޮފީހެއް އެޅި، އެތާނގައި ހުންނާނެ ކުއްޖަކު ހަމަޖެހެންދެން ލަތީފް އެތަނުގައި ބަހައްޓަންވީ ކޮމްޕިއުޓަރު ބެހެއްޓީ ގޭގައެވެ. އެހެންކަމުން އެ ކޮމްޕިއުޓަރުގައި ވަޑާންގެއަށް ބޭނުންވާނެ ފަދަ ސޮފްޓްވެއާރއެއް އަޅައި ހުރިހާކަމެއް ހަމަޖެއްސުމަށްޓަކައި އައްޒާމް ކޮންމެ ރެއަކުހެން އެގެއަށްދާން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން އޭނައަށް ކޮންމެ ރެއަކު މާޝާ ވެސް ފެންނަން ފެށިއެވެ. ކޮމްޕިއުޓަރު ބަހައްޓާފައި ހުންނަނީ ސިޓީންގް ރޫމުގައި ކަމަށްވިޔަސް ގިނަ ފަހަރު ހާފިޒާއާއި ލަތީފް އައްޒާމް މަސައްކަތް ކުރާ ގަޑީގައި އެތާނގައި ނުތިބެއެވެ. އެ މަސައްކަތާއި ބެހޭގޮތުން އެމީހުންނަށް މާ ބޮޑަށް ނޭނގުމާއެކު އެމީހުން ވެސް ކުރަންވީ މަސައްކަތްތަކެއް ހުރުމުންނެވެ. މާޝާގެ ވެސް ކިޔެވުމުގެ މަސައްކަތްތައް ހުއްޓެއްކަމަކު އައްޒާމް އަންނަންފެށިތާ މަދު ރޭތަކެއް ފަހުން އޭނައަށް ސިޓިންގް ރޫމަށް ނިކުމެވެން ފެށީ އަމިއްލަ ނަފްސަށް ކޮންމެވެސް އެއް ބަހަނާއެއް ދައްކާފައެވެ. ކުރީ ކޮޅު އޭނަ އެހެން ހެދުމުގެ އެއްވެސް ހެޔޮ ނިޔަތެއް ނެތްކަން އެނގި އޭނަ ހުރީ ކޮޓަރިން ބޭރަށް ނުނިކުންނަން ފައިވިއްދައިގެންނެވެ. އެހެނަސް އޭގެ ބަދަލުގައި އެހެނިހެން ނިޔަތްތައް ޝައިޠާނާ އޭނަގެ ހިތުގައި ޒީނަތްތެރި ކުރިއެވެ. ފެން ބޯންވެސް ބޭރަށް ދެވިދާނެ ނޫންހޭ ބުނަމުންނެވެ. މަންމަ ކައިރި ވާހަކައެއް ބުނަންވެފަ އެބައޮތްކަން ހަނދާންކޮށްދެމުންނެވެ. ކުޑަކޮށް ފެނުނަސް އެއީ މައްސަލައެއް ނޫންކަމަށް ބުނަމުންނެވެ. އައްޒާމް އެކަން ކުރުމުގައި އޭނަގެ އެހީއެއްވެސް ބޭނުންވެދާނެކަމަށް ވަސްވާސް ދެމުންނެވެ. އެ ވަސްވާސްތަކެއްގެ ސަބަބުން އެންމެ ފަހުން މާޝާއަށް ސިޓިންގް ރޫމަށް ގޮސް އައްޒާމް މަސައްކަތުގައި އިންދާ ‘ހާއި’އޭ ބުނެލެވުނެވެ. އޭނަގެ އަޑު އިވުމާއެކު އައްޒާމް ފަސްއެނބުރި ބަލާލުމުން މާޝާއަށް ލަދުވެތިކަމެއް އިޙްސާސް ކުރެވުނީ އޭނަގެ ނިޔަތްތަކުގެ ލަދުކުޑަކަން އެނގުންވީ މިންވަރުންނެވެ. އެހެނަސް އައްޒާމްވެސް ‘ހާއި’އޭ ބުނެ އޭނައާއި ހިނިތުންވެލުމުން އޭނަ މާ ބޮޑަށް ވިސްނަނީ ކަމަށް އަނެއްކާވެސް ޝައިޠާނާ ބުނެލި ގޮތުން އެއީ ޚުދު އޭނަގެ ޚިޔާލެއްހެން މާޝާއަށް ހީވިއެވެ. އެއާއެކު މާޝާ ކުރިއަށް ހިނގާފައި ގޮސް އައްޒާމްގެ ވާތްފަރާތަށް ވާ ގޮތަށް ހުރި ސްޕޮންޖް ސޯފާގެ އަތްގަނޑުމަތީގައި އިށީނެވެ.

 

“އަދިވެސް ނުނިމެނީތަ؟” އެއްފަހަރު ކޮމްޕިއުޓަރު ސްކްރީނަށް އަނެއްފަހަރު އައްޒާމަށް ނަޒަރެއް ދެމުން މާޝާ އެހިއެވެ.

 

“އާނ….މީތި ތަންކޮޅެއް ސްލޯކަމުން މިއުޅެނީ. ތަންކޮޅެއް ކުރީގެ ވާރޝަންއަކަށްވީމަ ކަންނޭނގެ. ކިހާއިރެއް މިރޭވެސް މިތަންކޮޅު ލޯޑް ނުވެގެން އުޅޭތާ! އަރްރްރްރްގް!” އައްޒާމް ކަރުބުޑުން އަޑެއްލެއްވިއެވެ. އެތައް ދުވަހެއްފަހުން މާޝާ އޭނައާއި ވާހަކަ ދެއްކުމުން އޭނަގެ ރޫޙަށް ޖޯޝެއް އައިސްފައިވިއެވެ. ކުރިއާއި ޚިލާފަށް މާޝާ ކަކުލުން ތިރިއަށް އޮތް ގަޔަށް ދޫ ދެމޭފޮތީގެ ހަރުވާޅު ހެދުމެއް ލައިގެން ހުރި ގޮތުން މާޝާއަށްޓަކައި އިތުރު ލޯތްބަކާއި ޤަދަރެއް އައްޒާމްގެ ހިތުގައި އުފެދުނެވެ.

 

“ހެހެ…..ބަޓް ޑޯންޓް ގިވް އަޕް އިނގޭ؟ އޭރުން ތިނަމާއި ވެސް ނުއެއްގުޅޭނެ. ތިއީ ޢަޒުމް ވަރުގަދަ ޢައްޒާމްއެއްނު؟” މާޝާ ހިނިތުންވުމަކާއެކީ މަޚްރަޖުން ބުނެލިއެވެ. އެއާއެކު އޭނައަށް ބަލާލި އައްޒާމްގެ މޫނުމައްޗަށް ވެސް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.

 

“ޞަރްފް ދޯ؟ އެ ފެމިލީތައް ނުބަލާ ދަސްވެއްޖެތަ މާޝް؟ އަހަރެން ދަހެއްނުވޭ….ތަންކޮޅެއް ބިޒީވެސްވީމަ. ކާފަ އެތައް ވަރަކަށް އެބަބުނޭ އަހަރެން ކައިރި.” އައްޒާމް އަނެއްކާވެސް ކޮމްޕިއުޓަރަށް ބަލައި ކްލިކްތަކެއް ކުރަމުން ވާހަކަ ދެއްކިއެވެ.

 

“ކީއްކުރާނީ؟ އަސްލު ކާފަގެ ކާފަ ދަރިއަށް ވާންޖެހެނީ ވެސް އަހަރެން ވިއްޔާ. ޕުއާރ ކާފާ!” އާދައިގެ މަތިން އޭނަ އައްޒާމާއި ގާތްވާން ބޭނުންވާފަދަ ވާހަކަތައް ބޭއިޚްތިޔާރުގައި ސަމާސާތަކުގެ ތެރެއިން މާޝާއަށް ދެކެވެން ފެށިއެވެ. މާޝާގެ އެ ވާހަކައަށް އައްޒާމަށް ހެވުނެވެ. އެ ވެގެން ދިޔައީ އާ ފެށުމަކަށެވެ. ކޮންމެ ރެއަކުހެން މާޝާއާއި އައްޒާމް ގޭގެތެރެއިން އެގޮތަށް ދިމާކުރެއެވެ. ކޮންމެ ރެއަކުވެސް ދެމީހުންގެ ދެމެދުގައި ދެކެވިގެން ދަނީ ކޮންމެވެސް ޢަރަބި ފިލާވަޅެއްގެ ވާހަކައެވެ. އެހެންނޫނީ އާޔަތްތަކެއްގެ ވާހަކައެވެ. އެ ބައްދަލުވުންތަކުގައި ގޯހެއް ވެދާނެކަމަށް ދެމީހުންނަށް ވެސް ޤަބޫލުކުރަން ދަތިވީ އެހެންވެއެވެ. މާޝާ އޭނައަށް ކިޔައިދޭ އާޔަތްތަކުގެ ސަބަބުން އައްޒާމްގެ އީމާންތެރިކަން ވަރުގަދަވަމުން ދިޔަފަދަ އިޙްސާސެއް އޭނައަށް ކުރެވެމުން ދިޔައެވެ. އެހެނަސް ކުރިއާއި ޚިލާފަށް އެ އީމާންތެރިކަމާއެކީ އެ ދެމީހުންގެ ހިތަށް ވެސް ދަސްވި ލަދުވެތިކަން ނެތެމުން ދިޔަ ފަދަ އިޙްސާސެއްވެސް ދެމީހުންނަށް ކުރެވުނެވެ. ކުރިން އެކަކު އަނެކެއްގެ ކައިރީގައި ވެސް ތިބެން ދެމީހުން ޖެހިލުންވީއިރު ފަހުން އެއީވެސް މާ ބޮޑު ކަމަކަށް ނުވެއެވެ. މަގުމަތިން ވެސް ދެމީހުން ދިމާވުމުން އަނެއްކާވެސް ވާހަކަތަކެއް ދެކެވެން ފެށިއެވެ. ކޮމްޕިއުޓަރަށް ސޮފްޓްވެއާރ އަޅައި ނިމުމުން ވެސް އައްޒާމާއި މާޝާ އެކިއެކި ބަހަނާގައި އެކި ތަންތަނުން ދިމާކުރަން ފެށީ ދެމީހުން އެކަކު އަނެކަކާ އެކީ ވަގުތު ހޭދަކުރަން އެދެވުނު މިންވަރު ވަރުގަދަވީ ވަރުންނެވެ. މީގެ ސަބަބުން ދިމާވެދާނެ ކަމަކާމެދު ވެސް ނުވިސްނުނީ އެމީހުން ބައްދަލުކުރަނީ ‘ރަނގަޅު’ ނިޔަތްތަކަށްޓަކައި ކަމަށް ޝައިޠާނާ ދެމީހުންނަށް ވެސް ވިސްނައިދިނުމުގައި ކާމިޔާބު ހޯދުމުންނެވެ. އެހެންކަމުން ބައެއް ޕާކުތަކުގެ ތެރެއިންނާއި، ފަޅު ގެތަކެއްގެ ފާރު މަތިންނާއި ތުނޑިމަތިން އެ ދެ ޒުވާނުން އެކީގައި ތިބޭ މަންޒަރު ފެންނަން ފެށިއެވެ. އެއާއެކު ރަށުތެރޭގައި ވެސް އެ ވާހަކަތައް މަޑުމަޑުން ފެތުރެން ފެށިއެވެ.

 

ހާޝިމްގެ ކަންފަތާއި ހަމައަށް އެ ވާހަކަ ފޯރީވެސް ބަޔަކު މީހުން ރަށުތެރެއިން އެ ވާހަކަތައް ދައްކާ އަޑަށެވެ. އައްޒާމް ލަތީފްގެ ގެއަށް ދާންފެށިފަހުން މާ ގިނައިން މާޝާގެ ވާހަކަ ދައްކާކަން އޭނައަށް ކުރިން ވެސް ފާހަގަވެފައިވިއެވެ. އެހެނަސް އޭނައަށް ހީކުރެވިފައިވީ އައްޒާމް މާޝާއާއި ވާހަކަ ދައްކާނީ އޭނަގެ ބައްޕަގެ ހާޒިރީގައި ކަމަށެވެ. އައްޒާމް އެގެއަށް ދިޔައީ ވެސް އެ ބައްޕަގެ އެދުމެއްގެ މަތިން ވިއްޔާއެވެ. އެހެނަސް ކަންތައް މިހާ ހިސާބަށް އަންނާނީ އެ ނޫންގޮތަކަށް އެދެމީހުން ބައްދަލުވެފައިވުމުންކަން ހާޝިމަށް އެނގުންވިއެވެ. ހާޝިމް އޭނައަށް އެ ވާހަކަ އިވުނު ދުވަހު އައްޒާމާއި އެ ސުވާލުކުރުމުން އޭނަ ތެދުތެދަށް ޖަވާބު ދިނެވެ.

 

“ލައްބަ ކާފާ މާޝާއާއި ބައްދަލުކޮށްލާފަ މިއައީ. މާ ޝާ ﷲ އެކުއްޖާ އަހަރެން ހީކުރި ވަރަށްވުރެ ވެސް ޢަރަބިއާއި ޤުރުއާނަށް މޮޅު. ކާފައަށް އެނގޭތަ؟ މާޝާ ދަސްކޮށްދިނީމަ މިހާރު އަހަންނަށް ޢަރަބީގެ ވަރަށް ގިނަ އެއްޗެހި ވެސް އެނގޭ. އަދި އޭނަ ލެކްޗާރތައް ބަލާފަ ދަސްކުރާ ވަރަށް ސަޅި އާޔަތްތަކާއި ޙަދީޘްތައް ވެސް ޙިއްސާކުރޭ. ކޮންމެ ދުވަހަކު ކާފައަށް މިވާހަކަތައް ކިޔައިދޭންވެގެންނޭ މިހުންނަނީ އެކަމަކު ފުރުޞަތެއް ނުލިބެނީ ހަމަ.” އައްޒާމް ޖަވާބު ދިނީ އުޖާލާވި ހިނިތުންވުމަކާއެކީގައެވެ. އެއީ އޭނަގެ ކާފަ ނުރުހުންވެދާނެކަމެއްހެން ވެސް އެ ވަގުތު ހީނުވުމުންނެވެ. މި ޙާލަތުގައި އައްޒާމްގެ މައުސޫމްކަން އިޙްސާސްވުމުން ހާޝިމްގެ ހިތް ދެރަވާ ގޮތްވިއެވެ. އޭނައަށް ތަންކޮޅެއް ކުރިން ބުނެދޭންވީ ވާހަކަތައް ބުނެނުދެވި ހުރުމުން އައްޒާމް ކުރިއަށް އޮތް ތަނުގައި އޭނަ ހިތްދަތިވާނެ ފިޔަވަޅެއް އަޅަންޖެހޭނެކަން އެނގުންވުމުންނެވެ. އެހެނަސް އައްޒާމްގެ ޙާލަތް ރަނގަޅު ގޮތަށް އަނބުރާލުމަށް އޭނައަށް ސާބިތުކަމެއް ދެއްވުމަށް އެދި ދުޢާކުރަމުން ހާޝިމް އޭނަގެ ދަރުސްތަކުގެ މިޞްރާބު ބަދަލުކުރަން ނިންމިއެވެ. އެހެންކަމުން އޭގެ އަނެއްދުވަހުގެ ދަރުސް އޭނަ ފެށީ މުއުމިނުންގެ ސިފަތައް ސިފަކުރެވިފައިވި އާޔަތްތައް ބުނެދެމުންނެވެ. އެ ސިފަތަކުގެ ތެރެއިން ފުރިހަމަ އީމާންތެރިކަމުގެ ވެރިންނަކީ ފާޙިޝް ޢަމަލުތަކުން ދުރުވާ ބައެއްކަމުގެ މާނަ ދޭހަވާ އާޔަތް ތަފްޞީލުކޮށް ކިޔައިދިނުމުގައި ހާޝިމް ގިނަ ވަގުތު ހޭދަކުރިއެވެ. އަދި އިސްލާމް ދީނުގައި ހިލޭ އަންހެނުންނާއި ފިރިހެނުންނާއި ދެމެދުގައި އޮންނަންޖެހޭ ދުރުމިނާއި އެމީހުން މުޢާމަލާތް ކުރަން ޖެހޭ ޙާލަތްތަކާއި ގޮތްތަކާއި މުޢާމަލާތް ކުރަން ނުޖެހޭ ގޮތްތައް މިސާލުތަކާއެކީ ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއިވެމުން ދިޔަ މާޝާއާއި އައްޒާމްގެ މޫނުތަކަށް ވެރިވަމުން ދިޔަ ކުލަވަރުތައް ފެނިފައި ހާޝިމް އެމީހުންނަށް ރަނގަޅު ފިޔަވަޅު އެޅުމަށް ހިތްވަރު ލިބޭނެ ފަދަ އާޔަތްތައް ވެސް އެކި ދުވަސްމަތިން ޙިއްސާކުރިއެވެ.

 

“أَلَا يَعْلَمُ مَنْ خَلَقَ؟….އެކަލާނގެ ހެއްދެވި އެއްޗެއް އެކަލާނގެއަށް ދެނެވޮޑިގެން ނުވާނީހޭ ﷲ ވަޙީކުރައްވަނީ…ދުނިޔޭގެ މިސާލުން ވިސްނާލީމަ ވެސް އަހަރުމެންނަށް އެނގޭނެ މިއީ ކިހާ ބޮޑު ޙަޤީޤަތެއްކަން. މި ގެންގުޅޭ ފޯނެއް ނޫނީ އެހެން މެޝިނަކަށް ބަލާލިޔަސް އޭތި ގެންގުޅެންވީ އެންމެ ރަނގަޅު ގޮތް އެނގޭނީ އޭތި ހެދި މީހަކަށް. އެ މީހަކު ދީފައިވާ އިރުޝާދާއި އިދިކޮޅަށް ކަންތައް ކޮށްފިނަމަ އެ އާލާތް ހަލާކުވެގެން ދިޔުން ވަރަށް ގާތް. ހަމަ އެފަދައިން…..އެއަށްވުރެ ވެސް ފުރިހަމައަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ އުފައްދަވައި އެ އިންސާނާ އުޅެންވީ ގޮތް ބަޔާންކޮށްދެއްވި. އެ އަމުރުފުޅުތަކާއި ދެކޮޅަށް އިންސާނާ އުޅެން ފަށައިފިނަމަ އިންސާނާ ދެދުނިޔެއިން ވެސް ބަރުބާދުވުން ނޫންކަމެއް ނުވާނެ. ﷲ ކަމަކަށް އަމުރުކުރައްވާފައިވާނަމަ އެއީ ހަމަ އަހަރުމެންނަށް އެންމެ ރަނގަޅަކަށް. އަހަރުމެންނަށް ކުޅަދާނަވެގެންވީ ކަމަކަށްނޫނީ އެކަލާނގެ އަހަރުމެންނަށް އަމުރު ނުކުރައްވާނެ.” ހާޝިމް ނަޞޭޙަތްތެރިވިއެވެ. މާޝާއާއި އައްޒާމްގެ ހިތަށް ވެސް އެންމެ ބޮޑު އަސަރެއް ފޯރުކުރުވީ ހާޝިމްގެ އެ ނަޞޭޙަތުންނެވެ. ދެމީހުންނަށް ވެސް އެދުވަހު ގެއާއި ދިމާލަށް މިޞްރާބުޖެހުނީ ވިސްނުމެއްގެ ތެރޭގައި ތިބެއެވެ. ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތައް މާޝާ އެހެން މީހަކާއި ޙިއްސާކުރަން ކިތަންމެ ބޭނުންވިއެއްކަމަކު އޭނައަށް އެ ފުރުޞަތެއް ނުލިބުނެވެ. މަންހާ ވެސްވަނީ އޭނަގެ އެހެން ދައްތައަކު ވިހައިގެން މީގެ 2 ހަފްތާއެއްހާ ކުރިން މާލެއަށް ގޮސްފައި ކަމަށްވުމުންނެވެ. އެހެންކަމުން މާޝާ އެ އިވުނު ނަޞޭޙަތްތަކާއި އެކީގައި ވެސް އަމިއްލަ ނިންމުންތައް ނިންމިއެވެ. ހިތް ކިތަންމެ ވަރަކަށް ބުންޏެއްކަމަކު އޭނަ ޤަބޫލުކުރަން ބޭނުންވީ އޭނައާއި އައްޒާމްގެ ގުޅުމުގައި އެއްވެސް މައްސަލައެއް ނުވާ ކަމަށެވެ. މައްސަލައެއްވާ ކަމަށް ހިތް ބުނާ ކޮންމެ ފަހަރަކު އޭނަ އަމިއްލަ ނަފްސަށް ވެސް ރުޅި އާދެއެވެ. އެހެންކަމުން މާޝާ އޭނަގެ ހަވާ ނަފްސުގެ އެދުންތަކާއި އެއްގޮތަށް ގަދަކަމުން ވިޔަސް ވިސްނަމުން ދިޔައީ، ލަދުވެތިކަމާއި އިދިކޮޅަށް އޭނަ އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ދަށްވެފައިވި އީމާންތެރިކަމުގެ ސަބަބުންނެވެ.

 

އެހެނަސް އައްޒާމާއި ކުރިމަތިވީ އެއާއި މުޅިން ތަފާތު ޙާލަތެކެވެ. އެރޭ ގެއަށް ގޮސް އޭނައަށް ވަގުތުން އޭނަގެ ޚިޔާލުތައް ޙިއްސާކުރާނެ ފުރުޞަތެއް ލިބުނެވެ. އޭނަ ޙަޤީޤަތުގައި އިނީ އެއްވެސް އެއްޗެކޭ ނުކިޔާށެވެ. ގެއަށް ދިޔަ ގޮތަށް އޭނަ ސިޓިންގް ރޫމުގެ ސޯފާގައި އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި އިނީއެވެ. ކާފަ އައިސް އޭނަގެ ކައިރީގައި ވަކިން ހުރި ސޯފާގައި އިށީނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ކާފަ އިށީންކަން އެނގުނެއްކަމަކު އައްޒާމް އެ ފަރާތަށް ބަލައެއް ނުލިއެވެ. އެގޮތުގައި ވެސް ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމުން ހާޝިމް ވާހަކަ ދެއްކިއެވެ.

 

“ކޮން ކަމަކާ ތި ވިސްނަނީ؟” ޖަވާބު އެނގިހުރެ ވެސް ހާޝިމް އަހާލިއެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން ދިޔަ އައްޒާމް ކުޑަ ސިހުމަކާއެކީ އޭނައަށް ބަލާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް އިސްޖަހާލީ މާޔޫސީ ގޮތަކަށެވެ.

 

“އަހަންނަށް މި ކުރެވެނީ ރަނގަޅުކަމެއްތަ ކާފާ؟” އައްޒާމް އެހެން ބުނެލިއިރު ހިތުގައި އުފެދުނު ރިހުމާއެކު ދިލަނަގަން ފެށި ދެލޮލާއެކީގައެވެ. މާޝާއާއި ކުރު މުއްދަތަކަށް ވިޔަސް ވަކިވުމުގެ ޚިޔާލުވެސް ވެގެންދިޔައީ އޭނައަށް ދަތި ޚިޔާލަކަށެވެ.

 

“ކޮން ކަމެއް؟” އަނެއްކާވެސް އެނގިހުރެ ހާޝިމް ސުވާލުކުރީ އައްޒާމްގެ އިޙްސާސްތައް އޭނަގެ ލައްވާ ބޭރު ކުރުވުމަށެވެ. އޭނަގެ އެ ސުވާލު އިވިފައި އުދަގުލެއްވެގެން އުޅޭ ފަދައަކުން އައްޒާމް ޖަވާބުދިނެވެ.

 

“މް…މާޝް..ޝާ އާ…” އައްޒާމްގެ އަޑު ތުރުތުރު އަޅައިގެން ދިޔަ ގޮތުން އޭނައަށް ޖުމްލަ ފުރިހަމައެއް ވެސް ނުކުރެވުނެވެ. ހިތަށް އިހުނަށްވުރެ ވެސް ބޮޑަށް ތަދުވީ މާޝާއާއި އެކީގައި އޭނައަށް ކުރެވުނީ ﷲ ރުހިވޮޑިގެންނުވާނެ ފަދަ ކަމެއްކަން އެނގުންވުމުންނެވެ.

 

“ދަރިފުޅަށް ހީވަނީ ކިހިނެއް؟” ހާޝިމް ދެންވެސް ލޯތްބާއެކީ ސުވާލުކުރިއެވެ. އެ ސުވާލު އިވިފައި އައްޒާމް އޭނަގެ ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސާލީ އޭނައަށް ރޮވެން ކައިރިވުމުންނެވެ. އެންމެ ބޮޑަށް ދެރަވީ އޭނަގެ އަމިއްލަ އެދުމެއްގެ ބޭނުމުގައި މާޝާ ވެސް ފާފައެއްގެ ތެރޭގައި ގެންގުޅެވުނު ކަމުގެ އިޙްސާސް ކުރެވުމުންނެވެ. އަދި ކުރިއަށް އޮތްތާނގައި އޭނައާއި މާޝާ ވަކިވާންޖެހޭ ކަމުގެ ވޭން އެ އިޙްސާސާއެކީ އެއްވުމުން އައްޒާމްގެ މަރާލެވުނު އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަ ހިލުނެވެ. އައްޒާމަށް ވަމުން ދިޔަގޮތް ފެނިފައި ދެރަވެގެން ދިޔަ ހާޝިމަށް ވާހަކަ ދެކެވުނެވެ.

 

“ދަރިފުޅު ބޭނުންވަނީ މާޝާއާއި އިންނަންތަ؟” ހާޝިމް ދެންވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު އައްޒާމް އިސްއުފުލާލިއެވެ.

 

“ތިއީ އެހާ ފަސޭހަކަމެއް ނޫނެއްނު ކާފާ؟ މާޝާ އަދިވެސް އެ ދަނީ ކިޔަވަމުން. އަހަރެން ވެސް އަދި ކައިވެންޏަކަށް ތައްޔާރެއްނޫން. އޭގެ ކުރިން އަހަރެން ބޭނުން އަހަރެންގެ މަސައްކަތް ވެސް އިތުރަށް ފުޅާކުރަން. އޭގެ ކުރިން ދެން ދެމީހުން ބައްދަލުކޮށް ވާހަކަ ދެއްކިޔަސް މައްސަލައެއް ނޫނެއްނު ކާފާ؟ އަންހެނުންނާ ފިރިހެނުންނާ އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކޭނެއޭ ކާފަވެސް ނުބުނަމެއްނު؟!” އައްޒާމް އެ ފަހު ސުވާލުތައް ކޮށްލީ ހިސާބަކަށް އިސްވެގެން ދިޔަ ރުޅިއާއި އެކީގައެވެ. އެ ވާހަކަތައް އަޑުއަހާފައި ހާޝިމް ފުން ނޭވައެއް ދޫކޮށްލިއެވެ.

 

“ނުބުނަން. އެކަމަކު އައްޒާމް މާޝާއާއި ބައްދަލުކުރާ ނިޔަތް އެންމެ ރަނގަޅަށް އެނގޭނީ އައްޒާމަށް. އަދި ﷲ އެއަށްވުރެ ވެސް މޮޅަށް ދެނެވޮޑިގެންވޭ….އައްޒާމް ބޭނުންވަނީ ކޮން ގޮތެއް؟ ދެކުދިން އެކީގަ ޤަދަރުވެރި ދިރިއުޅުމެއް ފަށަންތަ؟ އެހެންނޫނީ ރަށުތެރޭގަ ތި ދެކުދިންނާ ބެހޭގޮތުން ވެސް ނޭދެވޭ ވާހަކަތައް ފެތުރެންތަ؟ ކާފަ ވަރަށް ދެރަވޭ އެ ވާހަކަތައް އިވިފަ. އައްޒާމްއާ އެކީ ދަރުހަށްދާ ބައެއްކުދިން ބުނާ އަޑު އިވޭ އައްޒާމަކީ ތައުބާވުމުގެ ކުރިން އަންހެން ކުދިންނާ ދުރުން އުޅުނު ކުއްޖެކޭ. އެކަމަކު މިހާރު އޭނަގެ ލޯބިވެރިއެއް ހުރެއޭ. މިއީ މާ ރީތި ވާހަކައެއްތަ އައްޒާމް؟ އައްޒާމަށް ތައުބާވެފައި ދީނީ ޢިލްމު ލިބިފައިހުރި ކުއްޖެއްގެ ގޮތުގަ ތި ދެއްކެނީ ރަނގަޅު މިސާލެއްތަ؟ ބުނެބަލަ!” ހާޝިމް ވެސް ހިސާބަކަށް ނުރުހުންވެފައި އަޑަށް ހިސާބަކަށް ބާރުލާފައި ވާހަކަ ދެއްކިއެއްކަމަކު އޭނަ އަޑު އިސް ނުކުރެއެވެ. ހާޝިމް އެ ވާހަކަ ދެއްކި ގޮތުން ވެސް އައްޒާމަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނައަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނިފައި އަނެއްކާވެސް އިސްޖަހާލެވުނެވެ.

 

“މިއީ ވިސްނަންޖެހޭ ކަންތައް އައްޒާމް…އެކަމަކު ތި ބުނިހެން އައްޒާމް މިވަގުތު ކައިވެންޏަކަށް ތައްޔާރެއް ނޫނިއްޔާ މާޔޫސްވުމުގެ ބަދަލުގަ އެކަމަށްޓަކައި މަސައްކަތް ކުރޭ! އައްޒާމްގެ ތި ވިޔަފާރި ފުޅާކުރަން ބޭނުންވާ ވަރަށް ފުޅާކުރޭ. ކައިވެންޏެއްގެ ގުޅުމެއް ދަމަހައްޓަން ބޭނުންވާނެ ފަދަ ޝަޚްޞިއްޔަތެއްގެ ވެރިއަކަށްވޭ. ކައިވެންޏަކީ ހަމައެކަނި ކަމުދާ ކުއްޖަކާއެކީ މުޅި ދިރިއުޅުން ހޭދަކުރަން ކުރާ ކަމެއް ނޫން. އެއީ ޢާއިލާއެއް ފެށުމަށްޓަކައި ކުރާ ކަމެއް. އެ ޢާއިލާގެ ފުރިހަމަ ޒިންމާ ނެގުމަށްޓަކައި ކުރާ ކަމެއް. މި ކަންތައްތަކަށްޓަކައި ވިސްނުމުން ވެސް ތައްޔާރުވެގެން ނޫނީ ކާމިޔާބު ކައިވެންޏެއްގެ ބިންގަލެއް ނޭޅޭނެ.” ހާޝިމް ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން އައްޒާމްގެ ހިތުގައިވި އުދާސްކަން ޢަޒުމަކަށް ބަދަލުވާން ފެށިއެވެ. ކާފަ ދެންމެ ސިފަކުރިފަދަ މީހަކަށްވުމުގެ ޢަޒުމެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު ހާޝިމް އިތުރަށް ވާހަކަ ދެއްކިއެވެ.

 

“އައްޒާމް މާޝާއާއި އިންނަން ބޭނުމިއްޔާ ކާފަ އެކަމާ އެއްބަސް. އެ މަންޖެއަކީ ގޯސް ކުއްޖެއްނޫން. ވަރަށް ރަނގަޅު ކުއްޖެއް. ދަރުސްތަކަށް އެންމެ ޖޯޝާއެކީ އަންނަ ކުދިންގެ ތެރެއިން އެއްކުއްޖަކު އެއީ. އެކަމަކު މި ވަގުތު އައްޒާމް މާޝާއާއި އިންނަން ޚިޔާލު ނުކުރާނަމަ މާޝާއާއި ދުރުވާންވީ. ރަނގަޅު ނޫން ގޮތެއްގައި ތިފަދަ ގުޅުމެއް ކުރިއަށް ގެންގޮސްގެން ދެކުދިންނަށް ވެސް ގެއްލުންވުން ނޫންކަމެއް ނުވާނެ….އެހެންނޫނީ އައްޒާމް ބޭނުމިއްޔާ މިހާރު ވެސް ކާފަ މާޝާގެ ބައްޕައާއި ތި ވާހަކަ ދައްކަފާނަން. އޭރުން ތި ދެކުދިން ވެސް ކައިވެންޏަކަށް ތައްޔާރުވީ ދުވަ…” ހާޝިމްގެ ވާހަކަ މެދުކެނޑުނީ އައްޒާމް އިސްއުފުލައި ވާހަކަ ދެއްކުމުންނެވެ.

 

“ނޫން ކާފާ. އަދި މާޝާ ކައިވެންޏަކަށް ތައްޔާރުވާނެހެން އަހަންނަށް ހިއެއްނުވޭ. މި ޙާލަތުގަ އަހަރެން ބޭނުމެއްނޫން މާޝާ ކައިރި އެފަދަ އެދުމެއް އެދޭކަށް. މާޝާގެ ކިޔެވުން ނިމޭއިރަށް އަހަރެން އަހަރުމެންގެ މުސްތަޤްބަލަށްޓަކައި މަސައްކަތް ކުރާނީ. އެ މަސައްކަތް ކޮށް ނިމުނީމަ އަހަރެން މާޝާ ކައިރިއަށް އަނބުރާ އައިސް ކައިވެންޏަށް އެދޭނީ.” އައްޒާމް އޭނަގެ ސިކުނޑީގައި އެ ހިނދުން އެ ހިނދަށް ރޭވި ރޭވުން ކާފައަށް ކިޔައިދީފައި ކާފައަށް ބަލާލިއެވެ. ހާޝިމް އައްޒާމަށް ބަލަން ހުރެފައި ބޯޖަހާލަމުން ދަރިފުޅު އެދޭ ގޮތެކޭ ބުނެލިއެވެ. އެއާއެކު އައްޒާމް ފުން ނޭވައެއް ދޫކޮށްލަމުން ސޯފާއިން ތެދުވެ ދިގު ފިޔަވަޅުތަކެއްގައި ކޮޓަރިއާއި ދިމާލަށް ދިޔައީ އޭނަގެ ޖަޒުބާތުތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރަމުންނެވެ. އޭނަ ދެންމެ އެ ރޭވި ރޭވުމާއި އެއްގޮތަށް ކަންތައް ކުރުމުން އޭނަ މާ ފުރިހަމަ ގޮތެއްގައި މާޝާއާއި ގުޅިގެންދާނެ ކަމުގެ ޚިޔާލުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެއްކަމަކު މާޝާއާއި ވަކިވާ މަންޒަރު ހިތަށް ގެންނަންވެސް އޭނައަށް ދަތިވިއެވެ. އިތުރަށް ދެރަވެގެން ދިޔައީ އޭނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކުހެން އޭނަގެ ފޯނަށް މެސެޖެއް އައުމުންނެވެ.

 

“ހައި….ލެޓްސް މީޓް ދޯ މާދަމާ؟ ހޭވް ސަމްތިންގް އޯސަމް ޓު ޝެއާރ.” މާޝާގެ އެ މެސެޖުގައި ލިޔެވިފައި އޮތީ އެހެންނެވެ. މާޝާ އޭނައަށް މި މެސެޖު ކުރާނީ އޭނައާއި ބައްދަލުކުރަން ބޭނުންވުން ނޫން އެހެންކަމެއްގައި ނޫންކަން އައްޒާމަށް އެވަގުތު އެނގުންވީ މާ ބޮޑަށެވެ. ކުރިން ވެސް އެކަން އެނގުނެއްކަމަކު އައްޒާމް ހިނިތުންވުމަކަށްފަހު އެފަދަ މެސެޖުތަކަށް ޖަވާބު ދެނީއެވެ. އެހެނަސް އޭނަ މިރޭވެސް މި މެސެޖަށް ޖަވާބު ދީފިނަމަ ދެމީހުންގެ ގުޅުން އެގޮތުގައި ކުރިއަށް ދާނެކަން އޭނައަށް އެނގުންވިއެވެ. އެއާއެކު އޭނަ ބޭނުންވާ ގޮތް މާޝާއަށް އެންގުމަށްޓަކައި މެސެޖެއް ކުރަން އައްޒާމްގެ އިނގިލިތައް ޙަރަކާތްކުރިއެވެ. އެހެނަސް އެ ވާހަކަތައް ދެއްކުމުން މާޝާ ދެކޭނެ ގޮތް އެއްގޮތަކަށް ވެސް ނުވިސްނުމުން ލިޔެވުނު އަކުރުތައް ވެސް އައްޒާމަށް ފޮހެލެވުނެވެ. އެންމެ 17 އަހަރުގައި ކައިވެންޏެއްގެ ވާހަކަ ދެއްކުމުން އެ ޢުމުރުގެ ކުއްޖަކު ދެކޭނީ ވެސް ކިހިނެއް ހެއްޔެވެ؟ މާޝާ އެ ވާހަކަތަކަށް ހަޖޫޖަހައި ވާހަކަ ދައްކާ މަންޒަރު ލޮލަށް ސިފަވުމުން އައްޒާމްގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނަގެ ނަޒަރިއްޔާތަށް ދެންމެ މިއައި ބަދަލުގެ ސަބަބުން އޭނައާއި މާޝާ މުޅިން ވަކިވުން ވެސް ގާތްހެން ހީވި ވަގުތު އައްޒާމްގެ ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް އޭނަ އަވަސްއަވަހަށް އެސްފިޔަ ޖަހައި ފޯނު ލޮކްކޮށްލަމުން ތިރިކޮށްލީ އެ ނާޒުކު ވަގުތުގައި ބަލިކަށި ނުވުމަށެވެ. އޭނަ ބަލިކަށި ވެއްޖެނަމަ މާޝާ އޭނައާއި ގުޅެން އޮތް ފުރުޞަތުވެސް ހަނިވެދާނެކަން ދަނެގެން އައްޒާމް މުސްތަޤްބަލަށްޓަކައި ފިޔަވަޅުތަކެއް އަޅަން ނިންމިއެވެ.

 

މިގޮތުން ހަމަ އެރޭ އައްޒާމް އޭގެ ހަފްތާއެއްހާ ދުވަސްފަހުން މާލެއަށް ދާން ނިންމީ ވީހާވެސް އަވަހަކަށް މާޝާއާއެކީ އޭނައަށް ބަދަހި ކުރެވުނު ގޯސް ގުޅުމުގެ މަތިން ހަނދާން ނައްތާލަން ނިންމަމުންނެވެ. އައްޒާމް ފުރަން ނިންމީ ހާޝިމަށްވުރެ ވެސް ކުރިންކަން ހާޝިމަށް އެނގުނު ދުވަހު އައްޒާމް ރަނގަޅު ފިޔަވަޅުތައް އަޅަން ފައިވިއްދާލިކަން ހާޝިމަށް އެނގުނެވެ. އެއާއެކު އައްޒާމަށް ހިދާޔަތް އިތުރުކޮށްދެއްވުމަށް އެދި ހާޝިމަށް ދުޢާ ކުރެވެމުން ދިޔައެވެ. ހާޝިމްގެ އެ ދުޢާތަކުގެ ސަބަބުން ކަންނޭނގެއެވެ. ފަހަކަށް އައިސް މާޝާގެ މެސެޖެއް ލިބުމުން އެއާއިމެދު މާ ބޮޑަށް ވިސްނައި ވަގުތު ބޭކާރު ނުކުރަން ވެސް އައްޒާމަށް ހިތްވަރެއް ލިބުނެވެ. ތައުބާވިފަހުން ފުރަތަމަ ފަހަރަށް ﷲ މަތިން ރަނގަޅަށް ހަނދުމަކޮށް ޚުޝޫޢަތްތެރިކަމާއެކީ ނަމާދު ކުރެވެން ފެށިއެވެ. މަގުމަތިން މާޝާ އޭނަ ފެނިފައި ގޮވާލުމުން ވެސް އެއީ ނުވާކަމަކަށް ހަދަން އައްޒާމަށް އިހުނަށްވުރެ ފަސޭހަވެފައިވިއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނަގެ ހިތަށް ވޭނެއް ލިބުނެއްކަމަކު އޭނަ އެ ވޭން ފިލުވާލަނީ އޭނައާއި މާޝާ ރަނގަޅު ގޮތެއްގައި ގުޅުވައިދިނުމަށް ހިތާހިތުން ކުރެވޭ ދުޢާއަކުންނެވެ.

 

އައްޒާމަށް އައި ބަދަލު ދޭހަކުރަން މާޝާއަށް ދަތިވެފައިވިއެވެ. އޭނަގެ މެސެޖަކަށް ރިޕްލައި ނުކޮށް އޭނަ ގޮވުމުން އޭނައަށް ބަލާވެސް ނުލަމުން ދިޔަ ގޮތުން މާޝާއަށް ވިސްނެމުން ދިޔައެވެ. އައްޒާމް އޭނަގެ ކާފަގެ ދަރުސްތަކުން އިވުނު ވާހަކަތަކާއި އެއްގޮތަށް އުޅުމަށްޓަކައި އޭނައާއި ދުރުވަނީތޯ މާޝާގެ ހިތަށްއެރިއެވެ. އެހެނަސް އައްޒާމްގެ ކާފަ ދަރުސްތަކުން ދެއްކީ އޭނައާއި އައްޒާމްގެ ދެމެދުގައި އޮންނަ ފަދަ ގުޅުމެއްގެ ވާހަކަ ނޫންކަމަށް އެހާތަނަށް އައިއިރު މާޝާއަށް އަމިއްލަ ނަފްސަށް ވިސްނައިދެވިފައިވިއެވެ. އޭނައާއި އައްޒާމް ބައްދަލުކުރަނީ ކިހާ ރަނގަޅު ކަމަކަށްޓަކައިތޯ އޭނަގެ ހިތް ބުނެފައިވި މިންވަރުންނެވެ. އައްޒާމްގެ ހިތުގައި އޮތް އެއްޗެއް މާޝާއަށް އެނގޭ ގޮތްވީ، އައްޒާމް ފުރަން އޮތް ރޭ އޭނަ ދަރުހުން ނިމިގެން މިސްކިތުން ނިކުމެގެން ދިޔަ ވަގުތު އައްޒާމް އޭނަގެ އެކުވެރިޔަކަށް އެވާހަކަ ކިޔައިދިން އަޑަށެވެ. އެ ވާހަކަ އިވިފައި މާޝާ ހުއްޓުންއަރާ ގޮތްވިއެވެ. އައްޒާމް އުޅެނީ އޭނައަށް ނުވެސް އަންގައި އޭނައާއި އެހާ ދުރަށް ދާންތޯ ހިތް ސުވާލު ކުރި ވަގުތު އެ ހިތަށް ތަދުވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އައްޒާމާއި ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު އައްޒާމް އޭނައާއި ދުރުވި ސަބަބު ކޮންމެވެސް ވަރަކަށް އެނގުމުން ސަބަބަކާނުލާ އައްޒާމްގެ ކައިރިއަށްދާން މާޝާއަކަށް ނުކެރުނެވެ. އެހެނަސް ހަމަ އިސާހިތަކު ކުރީ ދުވަހު އައްޒާމް އޭނައަށް ދިން ކުޑައިގެ މަތިން ހަނދާންވުމުން މާޝާ އަވަސް ފިޔަވަޅުތަކެއްގައި ގެއަށް ދިޔައެވެ. ހާޝިމް ކޮންމެ ރެއެކޭ ވެސް އެއްފަދައިން އެރޭ ވެސް ބައެއް މީހުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށްޓަކައި ބައި ގަޑިއިރެއްހާއިރު ވަންދެން މިސްކިތުގައި މަޑުކުރީތީ މާޝާ ކުޑައާއެކީ އަނބުރާ އައިއިރު ވެސް އައްޒާމް ދުއްވާ ކާރު މިސްކިތުގެ ކުރިމައްޗަށް ވާގޮތަށް ހުރި ފަޅުގޭގެ ފާރު ކައިރީގައި ޕާކްކުރެވިފައިވިތަން މާޝާއަށް ފެނުނެވެ. އެ މަގު އަލިވެފައިވީ މިސްކިތުގައި ދިއްލާލެވިފައިވި ބޮކިތަކުން އެކަނި ކަމަށްވުމުން އެ ފަޅުގެއާއި ދިމާލުން މަގު ފެންނަމުން ދިޔައީ އަނދިރި ކޮށެވެ. ކާރު ފެނިފައި ފިޔަވަޅުތައް ލަސްކޮށްލި މާޝާއަށް މާގިނައިރެއް ނުވެ އެ އަނދިރި ފަރާތުގައި ހުރި އެގޭގެ އުސް ފާރަށް ލެނގި ފޯނަށް ނަޒަރު ހުއްޓައިގެން ހުރި އައްޒާމް އޭނައަށް ފެނުނެވެ. ލަސްލަހުން އޭނަ ކުރިއަށް ގޮސް ކާރުގެ ޑިކީވީ ފަރާތުގައި މަޑުކޮށްލިއެވެ. އޭނަ އެއްޗެކޭ ބުނަން ނުކެރިފައިވަނިކޮށް އައްޒާމް އިސްއުފުލާލި މަންޒަރު އޭނައަށް ފެނުނެވެ. އެއާއެކު ދެމީހުންވެސް ހުއްޓުން އަރާ ގޮތްވިއެވެ. އެހެނަސް މާޝާ މާގިނައިރެއްނުކޮށް ވާހަކަ ދެއްކީ އޭނަ އައްޒާމާއި އެކީ ހޭދަކުރަން މާ ގިނަ ވަގުތެއް ނެތްހެން ހީވުމުންނެވެ.

 

“ކް…ކުޑަ.” ޖެހިލުންވުމަކާއެކީ މާޝާއަށް ބުނެލެވުނީ ހަމައެކަނި އެހާ ވަރަށެވެ. އެއަށްފަހު އޭނަ ކުޑަ ހިއްލާލަމުން އައްޒާމަށް ދައްކާލީ އެވަގުތު އަރުތެރެ ބެދެން ފެށުމުގެ ސަބަބުން އިތުރު ވާހަކައެއް ނުދެއްކޭނެހެން ހީވުމުންނެވެ. އައްޒާމް އޭނައާއި ވަކިވާ ކަމުގެ ޝަކުވާ އިންތިހާއަށް ހިތުތެރޭގައި އުފެދުނު މާޝާއަށް ނޭނގުނު ކަމަކީ އައްޒާމަށް ވެސް އެ ވަގުތުކޮޅުވެގެން ދިޔައީ ފަސޭހަ ވަގުތުކޮޅަކަށް ނޫންކަމެވެ. އެތައް ދުވަހެއް ފަހުން އަނެއްކާވެސް މާޝާ އެހާ ގާތުން ފެނި އެ އަޑު އިވިގެން ދިޔުމުން އޭނަ އޭނަގެ ހުރިހާ ރޭވުމެއް އިސާހިތަކު ބަދަލުކުރަން ބޭނުންވިއެވެ. އެހެނަސް އޭނަ ގޮސް ލުއި ތުރުތުރެއް އެކުލެވިފައިވި އަތަކާއެކީ މާޝާގެ އަތުން ކުޑަ ހޯދައި ޑިކީ ހުޅުވާލި ވަގުތު އޭގައި ހުރި އޭނަގެ ސޫޓް ކޭސް މާޝާއަށް ވެސް ފެނުނެވެ. އައްޒާމަށް އޭތި ފެނިފައި މާޝާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު މާޝާވެސް އޭނައަށް ބަލާލުމުން އައްޒާމް އެއީ މާ ބޮޑުކަމެއް ނޫންކަމަށް ހަދަން މަސައްކަތް ކުރަމުން ކުޑަ ބާއްވާފައި ޑިކީ ލައްޕާލިއެވެ. އެ ހިނދު މާޝާ ވާހަކަ ދެއްކިއެވެ.

 

“ފުރަނީތަ؟” މާޝާ އަހާލީ ހަމައެކަނި އެހާވަރަށެވެ. އެހެނަސް އެ މޫނުމަތިން އައްޒާމަށް ފެނިގެން ދިޔަ އުދާސްކަމުން އޭނަގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވެސް އަސަރުކުރިއެވެ. ދެންވެސް އޭނަގެ ޖަޒުބާތުތަކަށް ބާރުފޯރުވަން މަސައްކަތް ކުރަމުން އައްޒާމް ފުން ނޭވައެއް އެތެރެއަށް ލައި ބޯޖަހާލިއެވެ.

 

“ކީއްވެ އަހަރެން ކައިރި ނުބުނީ؟” މާޝާއަށް އެހެން އަހާލެވުނީ ކަރުނުން ފުރިގެން ދިޔަ ދެލޮލާއި އެކީގައެވެ.

 

“މާޝާ ކައިރި މިވާހަކަ ބުނުން މުހިއްމު ކަމުގައި ނުދެކެން.” އައްޒާމް ކިތަންމެ ބޭނުމެއްނުވިއެއްކަމަކު އޭނަ ހިތާއި ދެކޮޅަށް ބުނެލި އެ ބަސްތައް ބުނެލެވުނީ ރޫރޫއަޅަމުން ދިޔަ އަޑަކުންނެވެ. އޭނަ އަންހެން ކުއްޖަކާހެދި މިހާ ބަލިކަށިވީ ކޮން ދުވަހަކުތޯ އެވަގުތު އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެ ހިނދު ވެސް މާޝާގެ ލޯ ކަރުނުން ވިދަމުން ދިޔަ މަންޒަރު ފެނިފައި މާޝާ އޭނަގެ އަތުތެރެއަށް ގެނެސް ބޮނޑިކޮށްލަން އޭނަގެ ހިތް އެތައް ހާސްފަހަރަކު އެދުނެވެ. މާޝާ އޭނައަށް ބަލަހައްޓައިގެން ހުރެފައި އަސްލުވެސްހޭ ބުނެލި ވަގުތު ހިތަށް ކެތް ނުކުރެވުމުން ލޮލަށް ގިނަވެގަތް ހޫނު ކަރުނަތަކަކާއެކީ އައްޒާމަށް އިސްޖަހާލެވުނެވެ. މާޝާ އެކޮށްލި ސުވާލުގެ ޖަވާބަކަށް ނޫނެކޭ ބުނެ އޭނަގެ ތެޅިފޮޅެމުން ދިޔަ ހިތް ހަޅޭއްލެވިއެވެ. އޭނައަށް އެހެން ހުރިހާ އެންމެންނަށްވުރެ ވެސް މުހިއްމީ މާޝާ ކަމަށްބުނެ މާޝާ އުފާކޮށްދޭން އޭނަ ބޭނުންވާ މިންވަރު ކިޔައިދޭން އޭނަގެ ހިތް އެދުނު މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. ފުރަތަމަ ފަހަރަށް އައްޒާމް އެހާވަރަށް ދެރަވެފައިވި މަންޒަރު ފެނުނު މާޝާގެ ލޮލުން ވެސް އެ ހިނދު ކަރުނަތައް ފައިބައިގެންއައެވެ. އައްޒާމް ކާފަގެ ނަޞޭޙަތްތަކުގައި ހިފުމަށްޓަކައި ހިތާއި ދެކޮޅަށް ވެސް ފިޔަވަޅެއް އަޅަނީކަން އެނގުންވި ވަގުތު މާޝާއަށް ވާހަކަ ދެކެވުނެވެ.

 

“އިޓް ޑަޒްންޓް ހޭވް ޓު ބީ ދިސް ވޭ އައްޒާމް! އައްޒާމްގެ ކާފަ ދަރުސްތަކުގައި އެ ދެއްކީ ވަރަށް ގޯސްކޮށް އުޅޭ ކުދިންގެ ވާހަކަ. އަހަރުމެން އެކުދިން ކުރާ ކަހަލަ ކަންތައް ނުކުރަމެއްނު؟ އަހަރުމެން އުޅެނީ ކިހާ ރަނގަޅަށް؟” މާޝާ އެހެން ބުނެލީ އައްޒާމް ހިތްހަމަޖައްސައިދިނުމުގެ ނިޔަތުގައެވެ. އެހެނަސް އައްޒާމް އިސްއުފުލާލަމުން އޭގެ ރައްދުދިނެވެ.

 

“ނޫން މާޝް. މިއީ ރަނގަޅުކަމެއް ނޫން މިކުރެވެނީ. އަހަރުމެން މިހެން ތިބޭތަން ފެނިފައިވެސް ދުރުން ފެންނަ ބަޔަކަށް އަހަރުމެންނެކޭ އެ ޒާތުގެ ކުދިންނެކޭ ވަކި ތަފާތެއް ނުފެންނާނެ. އެއްގޮތަކަށްވެސް ބޭނުމެއްނުވޭ އަހަންނާހެދި މާޝާގެ ނަން ހަޑިވެގެން ދާކަށް. އަހަރެންގެ ސަބަބުން މާޝާއަށް ކުރެވޭ ފާފަތައް އިތުރުވެ އީމާންތެރިކަން ދަށްވާކަށްވެސް ނޭދެން. އަދި އެހެން ނޫނަސް މާޝާއަކީ މާޝާގެ ވަށައިގެންވި ހުރިހާ ކުދިން މިސާލެއްގެ ގޮތުގަ ނަގާ ކުއްޖެއް. މިހެންވީއިރު މާޝާގެ ސްޓޭންޑާޑްސްއަކީ އާދައިގެ ސްޓޭންޑާޑްސްއަކަށް ނުވާނެ ދޯ؟ لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ….أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ…” އައްޒާމް އެންމެ ފަހަކަށް މާޝާއަށް ކިޔައިދިނީ މާޝާ ވަރަށް ތަފްޞީލުކޮށް އޭނައަށް ކިޔައިދިން ޙަޝްރު ސޫރަތުގެ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ. އެއީ ސުވަރުގޭގެ އަހުލުވެރިންނާއި އަލިފާނުގެ އަހުލުވެރިން އެއްގޮތް ނުވާނެކަމަށް ވަޙީކުރެވިފައިވި އާޔަތެވެ. އެ ދެބައިމީހުންނަކީ އާޚިރަތުގައި ވެސް އެއްގޮތްވާނެ ބަޔަކަށް ނުވާނެ ފަދައިން އެއީ ދުނިޔޭގެ އުޅުމުގައި ވެސް މުޅިން ތަފާތު ދެ އުޅުމެއް އުޅޭ ދެބައެކެވެ. ސުވަރުގެއަށްޓަކައި މީހަކު ވެދާ ޤުރުބާނީއެއް އެ ނިޢުމަތަށްޓަކައި މަސައްކަތް ނުކުރާ މީހަކަށް ދޭހަ ނުކުރެވިދާނެއެވެ. އައްޒާމް ބޭނުންވީ މާޝާ އޭގެ ތެރެއިން ރަނގަޅު މީހުންގެ ތެރެއިން ވުމަށްކަން މާޝާއަށް އެނގުންވިއެވެ. އެއާއެކު އޭނަގެ ހިތުގައި އައްޒާމަށްޓަކައިވި ލޯބި ދުވަހަކުވެސް ވަރުގަދަ ނުވާވަރަށް ވަރުގަދަވެގެން ދިޔައެވެ. އެވަގުތު ޙިއްސާ ކުރެވިގެން ދިޔަ އެ އެއް އާޔަތުން ރަނގަޅު ފިޔަވަޅުތައް އަޅަން މާޝާއަށް ހިތްވަރެއް ލިބުނެވެ. އިތުރު ހިތްވަރެއް ލިބުނީ އައްޒާމް ދެން ދެއްކި ވާހަކަތަކަކުންނެވެ.

 

“އެހެން މީހުން ބޭނުންވެދާނެ ދުނިޔެއަށް ދެއްކުމަށްޓަކައި ވަރަށް މަޝްހޫރު އަދި ރީތި ބައިވެރިއަކާއެކީ ބޮޑު ޕާޓީއެއް ބާއްވައިގެން އެމީހުން ބޭރުފުށުން ކިހާ ރީތިކަން ދެއްކުމަށްޓަކައި ޒަވާޖީ ޙަޔާތެއް ފަށަން. އެކަމަކު އަހަރެން ބޭނުންވަނީ އަހަރުމެންގެ ގުޅުމަކީ އެހެން މީހަކު ކޮންމެ ގޮތަކަށް ދެކުނަސް ﷲ ރުހިވޮޑިގެންވާފަދަ ގުޅުމަކަށްވާން. އަދި އެހެން މީހަކު ބަލާލިޔަސް އެ ގުޅުމުން އެމީހަކަށް ޢިބްރަތެއް ލިބޭފަދަ ގުޅުމަކަށްވާން. މާޝާ ބުނަނީ ކީކޭ؟” އައްޒާމް ސުވާލުކުރިއެވެ. މާޝާ އައްޒާމަށް ބަލަން ހުރެފައި އޭނަގެ ކަރުނަތަކުގެ ތެރެއިން ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެ ތަން ފެނި އިސްޖަހާލުމަށްފަހު އައްޒާމް ދެންވެސް ވާހަކަ ދެއްކިއެވެ.

 

“އަހަރެން އަދި އަންނާނަން މާޝް. މާޝް ދޫކޮށްލާކަށް ނޫން މިދަނީ. މާޝް މިވަގުތު ކައިވެންޏަކަށް ބޭނުންނުވާނެކަން އެނގި އަދި އަހަރެން ވެސް އެފަދަ ޒިންމާއެއް ނެގުމަށްޓަކައި އިތުރަށް މަސައްކަތް ކުރަން މިދަނީ.” އައްޒާމަށް އެ ވާހަކަތައް ކިޔައިދެވުނީ އޭނަ ހީކުރިވަރަށް ވުރެ ވެސް ފަސޭހައިންނެވެ. އެ ވާހަކަތައް އެންމެ ފަހުން ކިޔައިދެވުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މާޝާ ދެން ދެއްކި ވާހަކައިން ވެސްމެއެވެ.

 

“އަހަރެން ވެސް އިންތިޒާރު ކުރާނަން އައްޒާމް….އަމިއްލައަށް އެކްސްޓްރާ ނަގައިގެން ވެސް ތަންކޮޅެއް ކުރިން އެގްޒާމްތައް ވެސް ނިންމާނަން. އައްޒާމް ނޫން މީހަކާއެކީ އަހަރެންގެ މުސްތަޤްބަލް ސިފަކުރަން އަހަންނަށް ފަސޭހައެއްނޫން.” މާޝާ ދެއްކި ވާހަކައިން އައްޒާމްގެ މޫނުމައްޗަށް ވެސް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ހަމަ އެއާއެކު މާޝާއާމެދު އެހާ ގޯސްކޮށް ހީކުރެވުނު ކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މާޝާ ކައިވެނީގެ ވާހަކައަށް މަލާމާތްކުރާނެ ހެން ހީވުމަކީ ޙަޤީޤަތާއި ކިހާ ދުރު ހީއެއްކަން އެނގުންވުމުން އައްޒާމްގެ ހިނިތުންވުން ފުންވިއެވެ. އެ ހިނދު މިސްކިތުގެ މައިދޮރުން ނިކުތް ހާޝިމް އައްޒާމަށް ގޮވާލި އަޑަށް ދެމީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. ދެވަނަ ސިކުންތުގައި ދެމީހުން އެކަކު އަނެކަކަށް ބަލާލީ ފަހުގެ އަލްވަދާޢުއެއްގެ ގޮތުގައެވެ. އައްޒާމަށް ފަސްދީފައި ހިނގައިގަތް މާޝާއަށް ނޭނގުނު ކަމަކީ އެމީހުން ދެންމެ އެ ރޭވި ރޭވުމާއި އެއްގޮތަށް އެއްވެސްކަމެއް ނުދާނެ ކަމެވެ. އަނިޔާވެރިންގެ ނުލަފާ ރޭވުންތަކެއްގެ ސަބަބުން އޭނައަށް އައްޒާމް ފެންނަން އޮތީ ވެސް އެމީހުން ޚިޔާލުކުރި ވަރަށްވުރެ ދުރު މުސްތަޤްބަލަކުންކަމެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މިރްޒާންގެ ޞިއްޙަތު ރަނގަޅުވަމުން ދިޔައެވެ. މުޙްސިންގެ ސަބަބުން އޭނަ ރަނގަޅުވަމުން ދިޔައީ ވެސް ޑޮކްޓަރުން ލަފާ ކުރި ވަރަށްވުރެ ބާރު މިނެއްގައެވެ. ވާނީވެސް އެހެންތާއެވެ. މުޙްސިން އޭނަގެ ޙަޔާތަށް އެނބުރި އައިފަހުން މިރްޒާންގެ ހިނިތުންވުން ނުފިލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނަސް މިރްޒާން މުޅިން ރަނގަޅުވިތާ މާ ގިނަދުވަހެއްނުވެ އޭނައާއި މުޙްސިންގެ ދެމެދުގައި ދެކެވެން ފެށި އަމްނާގެ ވާހަކަތަކުން އަނެއްކާވެސް ދެމީހުންގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވާން ފެށިއެވެ. އަމްނާ ހޯދުމަށްޓަކައި ދާންވީ ދިމާލެއްގެ ޚިޔާލު މުޙްސިންގެ ކައިރިން ހޯދުމުން މުޙްސިން ޖަވާބު ދިނެވެ.

 

“ހީވަނީ މަންމަ ހުންނާނީ ސިންގަޕޯރ ގަހެން. އެއީ މެލޭޝިޔާގަ އުޅުނު ދުވަސްވަރު މަންމަ ވަރަށް ސިންގަޕޯރ އަށް ގޮސް ހަދާނެ. އެތާނގަ މަންމަގެ ވަރަށް ގިނަ ފްރެންޑުންވެސް އުޅޭނެ.” މުޙްސިން އެއްދުވަހު ސިޓިންގް ރޫމުގެ ސޯފާގައި މިރްޒާނާއެކީ އިނދެ އޭނައަށް ލަފާ ކުރެވުނު ގޮތް ކިޔައިދިނެވެ. އެއާއެކު މިރްޒާނަށް އެކަމާމެދު ވިސްނެން ފެށިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ކަލާޔާ ނުލާ 3

Next

ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާ! ހޫނު މޫސުމުގައި ފިނި މޫސުމުގެ މޭވާ!

Next
January 23, 2019

ފިނި މޫސުމުގައި ހޫނު މޫސުމުގެ މޭވާ! ހޫނު މޫސުމުގައި ފިނި މޫސުމުގެ މޭވާ!

Previews
January 23, 2019

ކަލާޔާ ނުލާ 3

39 Comments!

  1. Jana says:
    January 23, 2019 at 4:51 pm

    Assalaam’alaikum. varah bodah maafah edhen mihaa bodah lasveema. miadhu vaahaka liyan fesheema vaguthu dhiya goiyves neyngi maa las mivy. ekamaku jana genesdheyn beynunvy mihaa hisaabah kamahvumun hama kurunukury.

    Anyways next part saturday ga In Sha Allah 😀 mi bayaa gulhey post thah In Sha Allah maadhamain feshigen genesdheynan 🙂

  2. ?Shifna? says:
    January 23, 2019 at 5:54 pm

    Yey me 1st. Adhi nu vx kiyan. kiyaalaafa comment eh kohlaanan.??

    1. Jana says:
      January 24, 2019 at 10:34 pm

      hehe…first hoadhan dho shifna sis 😀 congratulations! <3 <3 <3

  3. See says:
    January 23, 2019 at 6:36 pm

    Varah reethi masha Allah

    1. Jana says:
      January 24, 2019 at 10:34 pm

      Alhamdhulillah! (All praise and thanks belong to Allah) 🙂

  4. އަވަސް says:
    January 23, 2019 at 7:35 pm

    މިވާހަކަ ވަރަށް ރީތި މިރުޒާނާ އަމްނާ އަވަހަށް ބައްދަލު ކޮށްދީ ބަލަ

    1. Jana says:
      January 24, 2019 at 10:35 pm

      ވަރަށް އަވަހަށް ބައްދަލުވާނެހެން ދޯ ހީވަނީ؟ 😀

  5. ?Shifna? says:
    January 23, 2019 at 8:03 pm

    Wow. Mi part vx varah varah reethi. Shifoo ah vx mihaaru shifoo ge visnun badhalu vaahn heevey. As a teenager jana sis ah thanks bunan beynun. Because mee teenagers ah amaaz kohfa in vaahaka akah vaathee. Mihaaru next part kiyaa hithun hurevenee ki vx noon. Ekamu vx jeheynee saturday ah wait kuran dho. Curiously waiting 4 next part… LY jana sis

    1. Jana says:
      January 24, 2019 at 10:38 pm

      Subhaanallah….Shifna sis aky ves teenager ehtha :’) baeh faharu hithah araey mikahala site thakun vaahaka kiyaany teenagers ey. ekamaku yageen nuvaathy. anekkaaves varah bodah ufaavejje Alhamdhulillah! varah bodu hiyvvarehves libijje. Jazaakillah Khairan! Maai Allah alhamen emmennah hidhaayaiy ithuru kohdhevvai alhamenge hiythah ekalaange dheenugai saabithu kuravvaashi. Ameen! Love you too sis <3 <3 <3

  6. saayaa says:
    January 23, 2019 at 9:05 pm

    Varaa reeti next part Meehaa shali vaaney kamaa hikuraan

    1. Jana says:
      January 24, 2019 at 10:38 pm

      Alhamdhulillah! In Sha Allah masakkaiy kuraanan 🙂

  7. Anonymous says:
    January 23, 2019 at 11:58 pm

    Maasha Allah mi part ves varah furihama varah kiyaa hithun mikiyanee varah inthizaaru kurevey dhen onna aa bayah abadhuves

    1. Jana says:
      January 24, 2019 at 10:39 pm

      hehe…Alhamdhulillah! 😀

  8. Pinky shifoo says:
    January 24, 2019 at 6:28 am

    Maa Shaa Allah ???❤️❤️❤️… Mi part vx v v v reethi ❤️❤️❤️????????????????????????… I can imagine each n everything scene in it ???… Haadha furihama ey jana sis ge vaahakatha ??????… V v iburaitheri ???❤️❤️❤️… Story kiyaa kuhjeh ge visnun badhalukohlaa ???… As a teenager mibunany gina teenagers ge visnun hunnany story ga faahaga kuri gothah… Allah ge amurufulhah belumeh nethi hih edhey gothah kanthah kurany… Shaithaanaage vasvaas thakah hehlenee… Amihla nafsah visnaidheny ragalhu kameh kann… Baeh faharu ragalhu goi noon kann ingey iruvx efadhain kanthah kurevey thann aadhey… V v furihama ah teenagers dhekey goi genesdheefa eba huri… Gina Teenagers ge nazarihyaathu hama jana sis story ga sifakohdhyfa inee… Ragalhu magun kuriah dhaan ithuru hihvareh libey story ge zarihyaa inn ???… Once again bunelan beynun as a teenager alhugandumennah target koh teenagers ge thoughts ah balaafa ekamaa behey gothun story genesdheythy v v v ufaavey hama asluvx ???❤️❤️❤️??????… Thankyou so much jana sis ❤️❤️❤️???????????????????????????… Mi Story akee mihaaru enme inthizaaru kuraa eh story ???… Curiously waiting for the next part n posts ???… Lots n lots of love from shifoo ???❤️❤️❤️?????????????????????…

    1. Jana says:
      January 24, 2019 at 10:42 pm

      Alhamdhulillah! varah ufaavejje anekkaves shifoo ge mifadha comment eh fenifa. jana aslu teenagers aa behey vaahaka liyany jana ge life ah ves varah bodu change eh aee teenage ga veema. mi vaahaka thakun dheyha kohdheyn beynunvany furaavaraky ves goas kanthahthakegge badhalugai heyo ‘amaluthakun furigenvi, ufaaveri adhi ujaalaavi dhuvasthakah vegen dhaanekan. shifoo ah ekan ihsaasvikan engunyma ufaavejje. Alhamdhulillah! Love you too sis! <3 <3 <3

  9. Anonymous says:
    January 24, 2019 at 1:17 pm

    Girl akaa boy akaa chat kurumaky knkahala kameh.?

    1. Jana says:
      January 24, 2019 at 10:44 pm

      mi bai kiyaafa theege seedha javaabu neyngi nudhaane kanneynge dho? 🙂 ekamaku tafseelukoh javaabu beynumiyya sheikh eh kairin suvaalu kollun edhen In Sha Allah 🙂

  10. Is it says:
    January 24, 2019 at 2:03 pm

    Does that mean boy n a girl cant be bestfriends?

    1. Jana says:
      January 24, 2019 at 10:47 pm

      I guess there is not much to say about this after this episode is there? 🙂 but your question reminded me of a post that I wrote with another story. the post was about an interesting research about the question you asked 😀 have a look!

      https://web.facebook.com/1445208739121696/videos/1614035382239030/

  11. Jana says:
    January 24, 2019 at 10:21 pm

    Blog post:

    اللّهُمَّ حَبِّبْ إِلَيْنَا اْلإِيْمَان وَزَيِّنْهُ فِيْ قُلُوْبِنَا، وَكَرِّهْ إِلَيْنَا اْلكُفْرَ وَاْلفُسُوْقَ وَاْلعِصْيَان، وَاجْعَلْنَا مِنَ الرَّاشِدِيْن

    “O Allah! Make iman beloved to us and beautify it in our hearts and make disbelief, sinning and rebellion hateful to us, and make us among those who are rightly guided.”

    One of my favourite duas that is found in a hadhith but is derived from the Quran. You know when this dua gets really beautiful? When you literally feel this dua happening within you. At first you realize that you are doing something wrong. And it feels hard to let go. But you just know that you have to if you want to please Allah, you have to make a sacrifice. Then out of nowhere you find the strength to let go. That is ‘habbib ilainal iman’….iman being more beloved to you. More beloved to you than your vain desires and perhaps even your wrong aspirations. But just because you let go, does not mean it was easy. You still had to hold yourself back so many times until even that struggle becomes beautiful to you. That is ‘wa zayyinhu fee quloobina’….iman being beautified in your heart. The struggle you go through, just so that your iman stays strong and just so you feel close to Allah becomes beautiful to you. And so does any act you see that pleases Allah. So you start spending much of your time doing things that please Allah. Because of all this, you no longer feel weak. Then after a while, you look at that very thing you had a hard time letting go, and you have utter hatred for that act. That is ‘karrih ilainal kufra, wal fusooqa, wal ‘isyaan’….disbelief, sinning and rebellion being hateful to you. You realize that any kind of disobedience to Allah will end up in ingratitude towards Allah and eventually disbelief and more sins. Rebelling against Allah’s commands becomes so ugly to you that you can’t even bear the sight of it. And you cannot help but raise your voice against it. And that too in a way that pleases Allah. Subhaanallah!

    May Allah make iman beloved to us and beautify it in our hearts, and make disbelief, sinning and rebellion hateful to us. Ameen!

    1. Sis says:
      January 27, 2019 at 6:38 pm

      Subhanallah! This is exactly what happened to me jana sis..it was very hard making sacrifices but now alhamdulillah it is one of the most beloved acts for me ??? may Allah give us all the strength stay strong on his path.. Ameen!

  12. Jana says:
    January 24, 2019 at 10:22 pm

    Blog post (ii):

    أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ
    “Doesn’t He Know who he created, while He is the Subtle, the All-Aware?” Suratul Mulk, 14

    Allah gave instructions to the human being, fully Knowing his strengths and weaknesses. What then, makes us disobey Him, while we know that He is fully aware of whatever we go through?

  13. Jana says:
    January 24, 2019 at 10:23 pm

    Blog post (iii):

    Before you daydream about marriage….think!
    Think about the state you are in right at this moment. Are you a real man? Are you a real woman? Are you ready to accept a person full of flaws? Are you ready to emotionally invest in some one even during the toughest of days? Are you responsible enough to take care of an entire household on your own? Are you financially capable of doing that? Are you the kind of role model you want your future kids to look up to? Are you doing something that they could be proud of? Do you have the kind of work ethic, perseverance and faith in Allah so that they can follow your lead?
    These are questions we need to ask ourselves before we daydream about marriage. And if the answer to any of these questions is in the negative, we seriously need to work on ourselves. If that is the case, the next question to ask is, “what can I do right now to change that?”

    #Marriage #Thinkingahead #Thinkinglongterm

  14. Jana says:
    January 24, 2019 at 10:24 pm

    Blog post (iv):

    لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ….أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ
    “Not equal are the companions of the Fire and the companions of Jannah. Companions of Jannah, they are the successful.” Suratul Hashr, 20

    The lives that the companions of Fire lead, is completely different from the lives of the companions of Jannah. The kind of sacrifices that the companions of Jannah make are not the same as the others make. The kind of struggles they voluntarily go through is not the same as others do. Their ‘high’ rank with Allah in the Akhirah is because of their ‘high’ standards in their obedience to Allah in this dunya. So how can we expect ourselves to be one of those people, if we are just going through our days without even remembering Allah? If our lives are not so different from those who don’t even believe? If the way we spend our time is not so different from the way they do. Subhaanallah!

    May Allah make us from the companions of Jannah, thus making us those from the successful both in this life and in the next. Ameen!

  15. Jana says:
    January 24, 2019 at 10:26 pm

    Blog post (Dhivehi)

    اللّهُمَّ حَبِّبْ إِلَيْنَا اْلإِيْمَان وَزَيِّنْهُ فِيْ قُلُوْبِنَا، وَكَرِّهْ إِلَيْنَا اْلكُفْرَ وَاْلفُسُوْقَ وَاْلعِصْيَان، وَاجْعَلْنَا مِنَ الرَّاشِدِيْن

    “ޔާ ﷲ! އަޅަމެންނަށްޓަކައި އީމާންތެރިކަން ލޮބުވެތި ކޮށްދެއްވާށެވެ. އަދި އެ އީމާންތެރިކަން އަޅަމެންގެ ހިތްތަކުގައި ޒީނަތްތެރި ކުރައްވާށެވެ. އަދި ކުފުރާއި، ފާފަތައް ކުރުމާއި، ކުރާ އަމުރުތަކަށް ބޯ ނުލެނބުމަކީ އަޅަމެން ނަފްރަތު ކުރާ ކަންތައްތަކެއް ކަމުގައި ލައްވައި އަޅަމެންނަކީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށެވެ.”

    މި ދުޢާއަކީ ޙަދީޘްތަކުގައި ޤުރުއާނުގެ އާޔަތްތަކަށް ބިނާވެގެން އައިސްފައި ހުންނަ ދުޢާތަކުގެ ތެރެއިން އަޅުގަނޑަށް އެންމެ ރީތި ދުޢާއެވެ. މި ދުޢާ އެންމެ ރީތިވެގެން ދަނީ ކޮން ޙާލަތެއްގައިކަން ތިބާއަށް އެނގޭ ހެއްޔެވެ؟ މި ދުޢާ ތިބާގެ އަމިއްލަ ހިތުގެ ތެރޭގައި ޙަޤީޤަތަކަށްވެގެން ދާކަން ތިބާއަށް އިޙްސާސް ކުރެވޭ ހިނދެވެ. ފުރަތަމަ ކަމަކަށް ތިބާއަށް ކޮންމެވެސް ގޯސްކަމެއް ކުރެވޭކަން ތިބާއަށް އިޙްސާސް ކުރެވެއެވެ. އަދި އެކަން ދޫކޮށްލުމަކީ ތިބާއަށް ދަތިކަމަކަށްވެގެން ދެއެވެ. އެހެނަސް ﷲ ގެ ރުހިވޮޑިގަތުން ލިބެން ތިބާ ބޭނުންވާނަމަ ތިބާ އެ ޤުރުބާނީއެއް ވާންޖެހޭކަން ތިބާއަށް އެނގުންވެއެވެ. ދެން ހީވެސް ނުކުރާ ފަދައަކުން އެކަން ދޫކުރުމަށް ތިބާއަށް ހިތްވަރެއް ލިބެއެވެ. “ޙައްބިބް އިލައިނަލް އީމާން.” އަކީ އެއީއެވެ. ތިބާއަށްޓަކައި ތިބާއަށްޓަކައި އެހެން ކަމަކަށްވުރެ ތިބާގެ އީމާންތެރިކަން ލޮބުވެތިވެގެން ދެއެވެ. ތިބާގެ ހަވާ ނަފްސުގެ އެދުންތަކަށްވުރެ އެ އީމާންތެރިކަން ލޮބުވެތިވެގެންދެއެވެ. އެހެނަސް އެކަން ދޫކޮށްލިއެއްކަމަކު އެއީ ތިބާއަށް ފަސޭހަކަމެއް ކަމުގައި ނުވެއެވެ. ވަރަށް ގިނަ ފަހަރު މަތިން ގަދަކަމުން ވެސް އެކަމުން ދުރުވާން ތިބާ މަސައްކަތް ކުރަން ޖެހެއެވެ. އެ މަސައްކަތުގެ ތެރެއިން ﷲ އަށްޓަކައި ތިބާ އެ އުފުލާ ބުރަ ތިބާގެ ހިތުގައި ޒީނަތްތެރިވެގެންދެއެވެ. “ވަ ޒައްޔިންހޫ ފީ ޤުލޫބިނާ.” އަކީ އެއީއެވެ. ﷲ އާއި ގާތްވުމަށާއި ތިބާގެ އީމާންތެރިކަން ވަރުގަދަ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ތިބާ އެ އުފުލާ ވޭން ތިބާއަށްޓަކައި ޒީނަތްތެރިވެއެވެ. ﷲ ރުހިވޮޑިގެންވާ ކޮންމެ ޢަމަލެއް ވެސް ތިބާއަށް ރީތިވެގެންދެއެވެ. އެހެންކަމުން އެފަދަ ޢަމަލުތައް ކުރުމުގައި ތިބާ ގިނަ ވަގުތު ހޭދަކުރަން ފަށަމުއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތިބާއަށް އިތުރު ބަލިކަށިކަމެއް އިޙްސާސެއް ނުކުރެވެއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ތިބާ އަނެއްކާވެސް އޭގެ ދުވަސްތަކެއް ކުރިން ﷲ އަށްޓަކައި ދޫކުރަން ޖެހުނު ފާފައިގެ މަތިން ހަނދާންވެއެވެ. އެހެނަސް އެހިނދު ތިބާގެ ހިތުގައި އެ ޢަމަލަށްޓަކައި ނަފްރަތެއް ނޫނީ ނުވެއެވެ. “ވަ ކައްރިހް އިލައިނަލް ކުފްރަ، ވަލް ފުސޫޤަ، ވަލް ޢިޞްޔާން.” އަކީ އެއީއެވެ. ކުފުރާއި ފާފަތައް ކުރުމާއި އަމުރުތަކަށް ބޯނުލެނބުމަށް ތިބާގެ ހިތުގައި ނަފްރަތެއް އުފެދުނެވެ. ﷲ ގެ ޢަމުރުފުޅަކަށް އުރެދުމުން މާ ގިނަ ދުވަހެއްނުވެ އެކަލާނގެއަށް ޝުކުރުނުކުރާ މީހަކަށް ތިބާވާނެކަން ތިބާއަށް އެނގުންވެއެވެ. ޝުކުރު ނުކުރުމުގެ ސަބަބުން އެކަން ރަނގަޅު ކުރަން މަސައްކަތް ނުކޮށްފިނަމަ އެ މަރުޙަލާއިން ކުފުރާއި ފިސްޤަށް ވެސް ހިނގައިދާނެކަން ތިބާއަށް އެނގުންވެއެވެ. ﷲ ގެ އަމުރުފުޅަކަށް ބޯނުލަނބާތަން ދެކުމަކީ ވެސް ތިބާއަށް ހުތުރު މަންޒަރަކަށްވެގެންދެއެވެ. އަދި ތިބާއަށް ވީ ވަރަކުން އެކަން ނުހުއްޓުވައި ހުންނަން ވެސް ތިބާއަށް އުދަގުލެވެ. އަދި ތިބާއަށް އެކަން ވެސް ކުރެވެނީ ﷲ ރުހިވޮޑިގެންވާ ފަދައަކުންނެވެ. ސުބްޙާނަ ﷲ!

    މާތް ﷲ އަޅަމެންނަށްޓަކައި އީމާންތެރިކަން ލޮބުވެތި ކޮށްދެއްވާށި! އަދި އެ އީމާންތެރިކަން އަޅަމެންގެ ހިތްތަކުގައި ޒީނަތްތެރި ކުރައްވާށ! އަދި ކުފުރާއި، ފިސްޤާއި، ކުރާ އަމުރުތަކަށް ބޯ ނުލެނބުމަކީ އަޅަމެން ނަފްރަތު ކުރާ ކަންތައްތަކެއް ކަމުގައި ލައްވައި އަޅަމެންނަކީ ތެދުމަގު ލިބިގެންވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

  16. Jana says:
    January 24, 2019 at 10:26 pm

    Blog post (ii) – Dhivehi

    أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ
    “އެކަލާނގެ އުފެއްދެވީ ކާކުކަމާމެދު އެކަލާނގެ ދެނެވޮޑިގެންނުވަނީ ހެއްޔެވެ؟ އެކަލާނގެއީ އޯގާވަންތަކަން ބޮޑު ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވި ރަސްކަލާނގެއެވެ.” ސޫރަތުލް މުލްކް، 14

    ﷲ އިންސާނާއަށް އިރުޝާދުތައް ދެއްވީ އިންސާނާގެ ހުރި ބާރުތަކާއި ބަލިކަށިކަން ވެސް މޮޅަށް ދެނެވޮޑިގެންވާ ޙާލުގައެވެ. ވީއިރު އެކަލާނގެއީ އަހަރުމެންގެ ޙާލަތް އެންމެ ރަނގަޅަށް ދެނެވޮޑިގެންވާ ކަލާނގެކަން ދެނެތިބެ އަހަރުމެން އެކަލާނގެއަށް އުރެދެންވީ ކީއްވެ ހެއްޔެވެ؟

  17. Jana says:
    January 24, 2019 at 10:27 pm

    Blog post (iii) – Dhivehi

    ކައިވެންޏާއިމެދު ހުވަފެންތައް ދެކުމުގެ ކުރިން……ވިސްނާށެވެ!

    ތިބާގެ ޙާލަތު މިވަގުތު ހުރި ގޮތާއިމެދު ވިސްނާށެވެ. ތިބާއަކީ ރަނގަޅު ފިރިހެނެއް ހެއްޔެވެ؟ ތިބާއަކީ ރަނގަޅު އަންހެނެއް ހެއްޔެވެ؟ ތިބާއަށް އެންމެ އުދަގޫވާ ދުވަސްތަކުގައި ވެސް އެހެންމީހަކު ހިތްހަމަޖައްސައިދޭން ތިބާ ތައްޔާރު ހެއްޔެވެ؟ އުނި ސިފަތަކެއްގެ ވެރިޔަކު އޭނަގެ ގޮތުގައި ބަލައިގަންނަން ތިބާ ތައްޔާރު ހެއްޔެވެ؟ މުޅި ޢާއިލާއަކާއި ގެދޮރެއް ބެލޭނެ ވަރަށް ތިބާ ޒިންމާދާރު ހެއްޔެވެ؟ މާލީ ގޮތުން އެ ޒިންމާ ނެގުމުގެ ޤާބިލިއްޔަތުކަން ތިބާއަށް ލިބިފައިވޭ ހެއްޔެވެ؟ ތިބާއަކީ މުސްތަޤްބަލުގައި ތިބާއަށް ލިބޭނެ ކުދިންނަށް ހުރި ރަނގަޅު ނަމޫނާއެއް ހެއްޔެވެ؟ އެމީހުން ފަޚުރުވެރިވާނެ ފަދަ ރަނގަޅު ކަމެއް ތިބާ އެބަ ކުރަން ހެއްޔެވެ؟ ތިބާއަކީ ﷲ އަށް އީމާންތެރިވެ ވަކީލުކުރާ ޙާލު މަސައްކަތަށް އިޚްލާޞްތެރިވެ، ހިއްމަތާއެކީ މަސައްކަތް ކުރާ މީހެއް ހެއްޔެވެ؟ މި ކަންތައްތަކުގައި ތިބާގެ މުސްތަޤްބަލުގެ ކުދިންނަށް ތިބާގެ ކިބައިން މިސާލު ނެގޭނެ ހެއްޔެވެ؟

    ކައިވެންޏާއި ބެހޭގޮތުން ހުވަފެންތައް ދެކުމުގެ ކުރިން މިއީ ކޮށްލަންޖެހޭ ސުވާލުތަކެވެ. މީގެއިން އެއްވެސް ސުވާލަކަށް ނޫނެކޭ ބުނެވޭނަމަ އަހަރުމެން ރަނގަޅު ކުރަންޖެހޭ ކަންތައް އެބަހުއްޓެވެ. އެއްވެސް ސުވާލަކަށް ނޫނެކޭ ބުނެވިއްޖެނަމަ ދެން ކުރަންވީ ސުވާލަކީ “އެކަން ބަދަލުކުރުމަށްޓަކައި އަހަންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟” މި ސުވާލެވެ.

  18. Jana says:
    January 24, 2019 at 10:30 pm

    Blog post (iv) – Dhivehi

    لَا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ….أَصْحَابُ الْجَنَّةِ هُمُ الْفَائِزُونَ

    “ނަރަކައިގެ އަހުލުވެރިންނާއި ސުވަރުގޭގެ އަހުލުވެރިން ހަމަހަމައެއް ނުވާނެއެވެ. ސުވަރުގޭގެ އަހުލުވެރިންނަކީ ކާމިޔާބު ލިބިގެންވި މީހުންނެވެ.” ސޫރަތުލް ޙަޝްރު، 20

    ނަރަކައިގެ އަހުލުވެރިން އުޅޭ އުޅުމާއި ސުވަރުގޭގެ އަހުލުވެރިން އުޅޭ އުޅުން ވަރަށްވެސް ތަފާތުވާނެއެވެ. ސުވަރުގޭގެ އަހުލުވެރިން ވާ ޤުރުބާނީތަކަކީ އެހެނިހެން މީހުން ވާ ޒާތުގެ ޤުރުބާނީތަކެއް ނޫނެވެ. އެމީހުން އަމިއްލައަށް އިސްނަގައިގެން ﷲ އަށްޓަކައި އުފުލާ ބުރަތަކަކީ އެހެން މީހުން އުފުލާ ޒާތުގެ ބުރަތަކެއް ނޫނެވެ. އެމީހުންނަށް އާޚިރަތުގައި މަތީ މަޤާމެއް ލިބެނީ އެމީހުން ﷲ އަށް ކިޔަމަންވުމުގައި ގެންގުޅުނު މަތީ ފެންވަރު ތަކުގެ ސަބަބުންނެވެ. ކަން މިހެން އޮތްއިރު ﷲ މަތިން އެއްފަހަރުވެސް ހަނދުމަނުކޮށް ދުވަސްތައް ހޭދަކުރާ މީހުންގެ ގޮތުގައި ތިބެ އަހަރުމެން މަތީގައި ބަޔާންކުރެވުނު މީހުންގެ ތެރެއިން ވާނީ ކިހިނެއް ހެއްޔެވެ؟ އަހަރުމެން އުޅެމުން ދާ އުޅުމަކީ ﷲ އަށް އީމާންނުވާ މީހުންގެ އުޅުމާއި ވެސް މާ ތަފާތު އުޅުމަކަށް ނުވީ ހިނދެވެ؟ އަހަރުމެން ވަގުތު ހޭދަކުރާ ގޮތާއި އެމީހުން ވަގުތު ހޭދަކުރާ ގޮތާއިމެދު މާ ބޮޑު ތަފާތެއް ނެތް ހިނދެވެ. ސުބްޙާނަ ﷲ!

    މާތް ﷲ އަޅަމެންނަކީ ސުވަރުގޭގެ އަހުލުވެރިން ކަމުގައި ލައްވައި އަޅަމެންނަކީ ދެދުނިޔެއިންވެސް ކާމިޔާބު ލިބޭ ބައެއް ކަމުގައި ލައްވާށި. އާމީން!

  19. Jana says:
    January 24, 2019 at 10:32 pm

    Assalaam’alaikum. In Sha Allah jana kureega ves bunihen maadhama jana Arabeege filaavalheh genesdheynan. mireyge post thah las mivy veehaaves kurukuran hadhaigen edit koh koshai mashai hadhan jehunyma 😀 ummeedhaky thiya kiyuntherinnah faidha eh kurun. faidha eh kuriyya hissaa kurumaky varah bodu edhumeh In Sha Allah 🙂

    https://web.facebook.com/Asr-1445208739121696/

  20. T says:
    January 25, 2019 at 10:36 am

    Masha allah.. May u remain as religious as you are❤️❤️

    1. Jana says:
      January 25, 2019 at 6:02 pm

      May Allah increase all of us in guidance and keep our hearts firm on His deen. Ameen! 🙂 <3 <3 <3

  21. Jana says:
    January 25, 2019 at 6:01 pm

    Isms: Lesson 3 (Gender)

    https://guidancefromquran.blogspot.com/2019/01/isms-lesson-3-gender.html

    Find simple Arabic lessons in English and Dhivehi on:

    https://guidancefromquran.blogspot.com/search/label/Arabic

  22. އަވަސް says:
    January 25, 2019 at 6:06 pm

    Maashaa ahllah vr furihama

    1. Jana says:
      January 26, 2019 at 6:57 am

      Alhamdhulillah! 🙂 <3

  23. T says:
    January 25, 2019 at 10:22 pm

    Aameen

    1. Jana says:
      January 26, 2019 at 6:57 am

      <3 🙂

  24. Ahana says:
    January 26, 2019 at 12:05 am

    Jana thi kuranee haadha furihama masakkathekey…bura masakkatheh komme episode eh liyefa dhookollanee kee noon…ehaa thafseel koh blog post ves up kurey eves 2 bahun…Hithuge adin bunaa echcheh mee..Jana thi kuraa hiiy varah adhi thi masakkathuga Allah barakaiiy lavvane..Jana ge vaahaka thah kiyan ekam comment eh nukuran dhuvahaku ves..ekam mirey ge blog post thaka mi vaahaka thaka Jana ge work thakah visnaaleema hama rovun..
    I wish komme ves dhuvahakun rajje dhevigen Jana a meet vaane….Insha Allah!..All the best Ukhthyy..

    1. Jana says:
      January 26, 2019 at 7:07 am

      hehe….lolun karuna hilunu mi comment kiyaafa. In Sha Allah jana ge ves dua aky mi masakkathugai maai Allah barakaaiy levvun. adhi mi ‘amalu maai Allah jana ge kibain qabool kurevvun. Allah dhevvihaa niumaiythakuge badhaluga aharumen kithamme gina kanthah ekalaange attakai kuriyas ekalaange niumaiythakah aharumennah rangalhah shukuruves nukureveyne dho? ey ekalaange aharumennah dhevvi niumaiythah ehaaves gina. ekan handhaanugai bahattaigen jana masakkaiy kurany In Sha Allah. 🙂

      In Sha Allah adhi sis aa jana aa dhimaavaane 😀 raajje in adhi ehen qaumakun ves dhimaanuviyya In Sha Allah Jannatul Firdaus in dhimaa kuraany 😀 <3 <3 <3

      Maai Allah alhamenge faafathah fussavai alhamen emmen akhirah dhuvahu saalihunge thereah vahdhavaashi. Ameen!

    2. Anonymous says:
      January 26, 2019 at 11:01 am

      Aameen
      <3

Comments are closed.

Next Episodeހަދިޔާ (ތިރީސްވަނަ ބައި)←


All Right Reserved!