Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންދީނީ

ވަގުތު 6

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
January 7, 2019 5 Mins Read
16 Comments

ފަރުހާނާ ދިޔުމުން ރޯޝީން ނައީމު ގާތު މިއަދު އޭނާއާއި ފަރުހާނާ ދެއްކި ވާހަކަތައް ކިޔާ ދިނެވެ. އަދި އެއީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެއްކަމާއި އެދަރިފުޅު ގާތުން މަޢާފަށް އެދެން ބޭނުންކަމުގައިވެސް ރޯޝީން ބުނީ ގިސްލެވޭ ހާލުގައިއެވެ. ނައީމު ދޭނެ ޖަވާބަކަށް އިންތިޒާރު ކޮށްލައިގެން ރޯޝީންއަށް އިނދެވުނީ ނޭވާ ހިފައްޓައިލާގެންނެވެ. އަދި އޭނާގެ ހިތް ދިޔައީ ނުހަނު ބާރަށް ތެޅެމުންނެވެ. ނައީމުވެސް ފުންނޭވާއެއް ދޫކޮށްލާފައި އޭނާގެ ޖަވާބު ރޯޝީންއަށް އިއްވާލިއެވެ.

”ރޯޝީން.. އަހަރެމެންގެ ކައިވެންޏަށް ނަވާރަ އަހަރު ފުރުނި އިރުވެސް ރޯޝީން އަހަރެންގާތު ކަމަކު ބުނެފައެއް ނުވޭ.. މިއަދު އަދި ރޯޝީން އަހަރެންގާތު ފުރަތަމަ ފަހަރަށް ކަމަކަށް އެދިއްޖެ.. އަހަރެންވެސް ތިކަމާ އެއްބަސް.. ރޯޝީންގެ ތިއެދުމަކަށް އަހަރެން ނޫނެކޭ ނުބުނާނަން..” ނައީމު ގެ ޖަވާބު އިވިފައި ރޯޝީންގެ އަނގައިގެ ހުރި ހުރިހާ ދަތެއް ފެންނަވަރަށް ހިނިތުންވެލިއެވެ. އަދި ޝުކުރިއްޔާއޭ ބުނެލަމުން ރޯޝީން ގޮސް ނައީމުގެ ގައިގާ ނުހަނު ބާރަށް ބައްދާލިއެވެ. ”ނައީމު ތިހެން ވީއިރު ދެން އަވަހަށް ޖެންޑާއަށް ގުޅަން ހިނގާ.. އަހަރެން ބޭނުން މިރޭވެސް އެދަރިފުޅު ގެންނަން.. ނައީމް.. އެދަރިފުޅަށް ވެސް ބައްޕައެއްގެ ލޯބި ދޭނަން ދޯ؟” ރޯޝީން ހުރީ އުފަލުން މޮޔަވާވަރު ވެފައެވެ. ނަމަވެސް އެންމެ ފަހު ޖުމުލަ ބުނެލީ ލޯމަރައިލާގެން ހުރެެއެވެ. އެއަޑުގައި ތުރުތުރެއްވެސް ހުއްޓެވެ. ”ރޯޝީންއަށް ހީވަނީ އަހަރެން އެކުއްޖާއަށް ބައްޕައެއްގެ ލޯބި ނުދޭނެހެންތަ؟ ތިހެން ހީކުރެވެންޔާ ތިއީ ކުންހީއެއް.. އަހަރެން އެދަރިފުޅަށް ވެސް ބައްޕައެއްގެ ލޯބިދޭނަން.. އަމިއްލަ ދަރިއެއް ފަދައިން..” ނައީމު ބުނެލިއެވެ.

މިފަހަރުވެސް ނައީމު ދިން ޖަވާބުން ރޯޝީންގެ ހިނިތުންވުން ކުރިއަށް ވުރެ ބޮޑަށް ފުޅާވިއެވެ. އަނެއްކާވެސް އައިސް ޝުކުރިއްޔާއޭ ބުނެލިއެވެ. ނައީމު ދެން އަވަސްވެގަތީ ކުޑަކުދިންގެ ހިޔާއަށް ގުޅުމަށެވެ. ”އައްސަލާމް ޢަލައިކުމް..އަޅުގަނޑު ކުޑަ މައުލޫމާތުކޮޅެއް ސާފުކޮށްލަން ވެގެން އިނގޭތޯ…؟” ނައީމު ވަރަށް އަދަބުވެރިކާއިއެކު ވާހަކަދެއްކިއެވެ. ”ވަޢަލައިކުމުއްސަލާމް.. އާދެ…ބުނުއްވާ އިނގޭތޯ” އެކޮޅުން އަންހެންކުއްޖަކު ބުނެލި އަޑު އިވުނެވެ. ”އައިޝަތު އިޔާނާ ކިޔާ 20 އަހަރުގެ އަންހެން ކުއްޖަކު ތިތާނގެ ބެލުމުގެ ދަށުގައި އެބަހުރިތޯ؟ ”އެއީ ކޮން ރަށެއްގެ ކުއްޖެއްތޯ؟ އަދި އެ ކުއްޖާ އާއި ބެހޭ އިތުރު މައުލޫމާތެއް އިނގިލައްވާތޯ؟ އެއަންހެން ކުއްޖާ އަނެއްކާވެސް ބުނެލިއެވެ. ”އެއީ ހއ.ވަށަފަރު ކުއްޖެއް…އެއީ އަޅުގަނޑުގެ އަންހެނުން ފާތިމަތު ރޯޝީންގެ ދަރިއެއް…އެ..އެކުއްޖާގެ ބަ..ބައްޕައެެއް ނުހުންނާނެ..” ނައީމު ވަރަށް ހާސްވެފައި ބުނެލިއެވެ. ”އާދެ…އައިޝަތު އިޔާނާ ހުންނެވީ އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި އިނގޭތޯ..” ސިކުންތު ކޮޅެއްގެ ހަމަހިމޭން ކަމަށްފަހު އެކުއްޖާ ޖަވާބުދިނެވެ. ”އެހެންތޯ؟ އަޅުގަނޑު ބޭނުން މިހާރު މިވަގުތު އިޔާނާ އަޅުގަނޑުމެންގެ ބެލުމުގެ ދަށަށް ގެންނަން…ކިހިނެއްތޯ އަޅުގަނޑުމެން ހަދަން ޖެހޭނީ؟ ނައީމުގެ އަޑުން އުފާވެރިކަން ފާޅުވޭވޭ ހުއްޓެެވެ. ރޯޝީނުގެ އެދުން ފުރިހަމަ ކޮށްދެވެން ދެން މާ ގިނަ ދުވަހެއް ނެތޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަދި އިޔާނާ ފެނުމުން ރޯޝީނު އުފާވެފައި ހުންނާނެ ގޮތް އޭނާއަށް ސިފަވަމުން ދިޔައެވެ.

ކުޑަކުދިންގެ ހިޔާއިން، އިޔާނާ ގެނައުމަށްޓަކައި ކަންތައް ކުރަންވީ ގޮތް އެކުއްޖާ ވަރަށް ރަނގަޅަށް ނައީމުއަށް ކިޔާދެމުން ދިޔައެވެ. މިއީ ގިނަ މަރުހަލާތަކެއް ކަޑައްތުކުރަން ޖެހޭ ކަމަކަށް ވުމުން ހަފްތާއެއް ވަރު ވާނެކަމަށް އެކުއްޖާ ބުންޏެވެ. އެހެނަސް ނައީމު ހުރީ ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

**********************************

އިޝާ ނަމާދު ކޮށްލައިގެން ލަމްހާ އިނީ ޤުރްޢާން ކިޔަވާށެވެ. ކިޔަވަން އިން ނަމަވެސް އެކިޔެވޭ އެއްޗަކާ މެދު ލަމްހާއަށް ނުވިސްނޭ ކަހަލައެވެ. ޝިބާންގެ މަތިން ހަނދާންވެ އޭނާއަށް ދިޔައީ ރޮވެމުންނެވެ. ލަމްހާގެ ކައިރީގައި ޝިނާންވެސް ހަތިމު ހިފައިގެން ކިޔަވަން އިނެވެ. އެދެމައިންގެ އަބަދުގެވެސް ދުޢާއަކީ ޝިބާން އިސްލާހުވެ ރަނގަޅު މީހަކަށް ވެގެން އެމީހުންގެ ކައިރިއަށް އަލުން އަނބުރާ  އައުމެވެ. ނަމަވެސް ތަގްދީރުގައި ލިޔެވިފައިވާ އެއްޗެއް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ ހީނުކުރާ ގޮތް ގޮތަށް ވެސް ކަންކަން ވެ ނިމިގެން ދެއެވެ. އެހުރިހާކަމަކަށް ވެސް ޖެހޭނީ ކެތްތެރިކަމާއި ހިތްވަރާއިއެކު ކުރިމަތިލާށެވެ. އެނޫން ގޮތެއް ނޯންނާނެއެވެ.

***

ހަފްތާއެއްގެ ބުރަ މަސައްކަތަށްފަހު މިއަދަކީ އިޔާނާ ރޯޝީނުމެންނާއި ބައްދަލު ކުރާ ދުވަހެވެ. މިދުވަހަށްޓަކައި އެދެމަފިރިން ވަނީ ވަރަށް ބޮޑެތި ތައްޔާރީތަކެއްވެފައެވެ. އިޔާނާއަށް ވަކިން ކޮޓަރިއެއް ތައްޔާރު ކޮށްދީފައި ވާއިރު، ރީތި ހެދުމާއި ފައިވާންތައް ވެސް ވަނީ ހޯދައިދީފައެވެ. ހީވަނީ އަލަތު ދަރިފުޅަށް ދެމީހުން ތައްޔާރު ވަނީ ހެންނެވެ.

އަމާން އޮމާން ދަތުރަކަށްފަހު ރޯޝީންމެންނަށް ކ. ވިލިނގިއްޔަށް ދެވުނީ އޭގެ އަނެއް ދުވަހުގެ ހަވީރުގެ ވަގުތުގައެވެ. ވިލިނގިއްޔަކީ ރޯޝީނުއަށް އައު މާހައުލެއްކަމުން އޭނާއަށް ދިޔައީ ވަށައިގެން ބެލެމުންނެވެ. އަދި އެތަން މާލެއާއި ތަފާތުުވަރު އިހްސާސްވަމުން ދިޔައެވެ. މަގުތަކުގައި ގާ ޖަހައިފައިވާލެއް ތަރުތީބުކަމެވެ. ގަސްތައް އިންދާފައިވާލެއް ތަރުތީބުކަމެވެ. އެރަށުގެ ރައްޔިތުން ގަސް އިންދަން ހާއްސަ ސަމާލުކަމެއް ދޭކަމެވެ.

ގަސްގަހުގައި އުނދޯލިތަށް އަޅުވާލައިފައި ވާއިރު އެރަށުގެ އަތިރިމަތި ނުހަނު ހިތްގައިމުކަމަށް ދައްކައެވެ. އެ ހިތްގައިމުކަމުން އުފާ ހޯދުމަށްޓަކައި މީހުން އެމީހުންގެ ދަރިން ގޮވައިގެން އުނދޯލިތަކުގައި ތިއްބެއެވެ. ހަވީރުގެ ވަގުތުކަމުން މަގުމަތީގައި މިހުން ގިނައެވެ. އެއްބައި ކުދިން ގުޑި އަރުވަން އުޅޭއިރު އެނެއްބައި ކުދިން ސްކޭޓްބޯޑަށް އަރައިގެން އެދުއްވަން އުޅެއެވެ. ރޯޝީންމެން އަތިރި މަތިން ލައިގެން ދިޔައީ އެމީހުން ދާން ބޭނުންވާ މަންޒިލަށް ދިޔުމަށެވެ. ފެންނަ ކޮންމެ މީހަކު ދިޔައީ އެމީހުންނަށް ހިނިތުންވުމެއް ރައްދުކުރަމުންނެވެ. ބަދަލުގައި ރޯޝީންމެން ވެސް ދިޔައީ ހިނިތުންވުން ރައްދުކުރަމުންނެވެ.

ކުޑަކުދިން ހިޔާގެ ދޮރާށިން ވަދެގެން ދިޔައިރު ރޯޝިންގެ ހިތް ދިޔައި އާދަޔާ ޚިލާފު ބާރަށް ތެޅެމުންނެވެ. އިޔާނާ އޭނާއާއި ދޭތެރޭ ކަންތައް ކުރާނެ ގޮޮތެއް ނޭނގޭތީއެވެ. އެހެނީ އޭނާ އެދަރިފުޅު ވަނީ ނުލާހިކު ކުޑައިރު އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްލާފައެވެ. އިޔާނާއަށް ބައްޕައެއްގެ ލޯބި ލިބެން ނެތް އިރު، އަމިއްލަ ދެއަތުން އޭނާ ވަނީ އެ މައުސޫމު ދަރިފުޅު އޭނާއާއި ވެސް ވަކިކޮށްފައެވެ. މަންމައެއްގެ ލޯބި ދިނުމެއްނެތިއެވެ. ރޯޝީނުގެ ހިތައް، އަހަރެން މިއީ ކޮންކަހަލަ މައެއްހޭ އަރަމުން ދިޔައެވެ.

ރޯޝީނުގެ ޙާލަތު ނައީމުއަށް ވިސްނި، އޭނާގެ އަތުގައި ހިފާލައި ވަރަށް ބާރަށް ފިތާލީ ރޯޝީނުއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އަދި އަބަދުވެސް ކޮންމެ ހާލަތެއްގައި ވެސް ރޯޝީނުއާއި އެކީ ހުންނާނެ ކަމުގެ ޔަޤީންކަން ދޭ ފަދައަކުންނެވެ. ރޯޝީނުމެއްނަށް އިޔާނާއާއި ބައްދަލުކުރެވުނީ އޭގެ 30 މިނެޓް ފަހުންނެވެ. އެދަރިފުޅު ފެނި ރޯޝީނުގެ ހިތުގައި މައިވަންތަކަމުގެ ކުލުނު ކެކި އަރައިގަތެވެ. އެދަރިފުޅު އޭނާއާއި ނުލާ 20 އަހަރު ދުވަސް ހެދަކޮށްފިއެވެ. ނައީމު އަށްވެސް ވީ ހަމައެވަރެވެ. އިޔާނާ ފެނި އޭނާގެ ހިތަށްވެސް އެރީ ހަމަ އެފަދައިންނެވެ. އަދި އޭނާ އެންމެ ހައިރާންވި އިޔާނާ ރޯޝީނުއާއި ވައްތަރު ކަމުންނެވެ. ރޯޝީނުގެ ވަރަށް ގިނަ ސިފަތަކެއް އިޔާނާއަށް ލިބިފައި ވެއެވެ. ހަންގަނޑު ނުހަނު އޮމާންވެފައި ދޮނެވެ. ހިތިފަތު ބުމައެއް ލިބިފައި ވާއިރު އެރީތިކަން ދެގުނައެވެ. އަދި އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އެ ފިޔާތޮށި ކުލައިގެ ރީތި ތުންފަތުގެ ސަބަބުންނެވެ. މޭކްއަޕް ނުކޮށް ހުންނައިރުވެސް ނުހަނު ފުރިހަމައެވެ. ރޯޝީންއާ ނުހަނު ވައްތަރެވެ.

އިޔާނާ އައިސް ކައިރީގައި ހުއްޓިލުމުން ރޯޝީން އަށް ނުހަނު ބާރަށް އިޔާނާގެ ގައިގައި ބައްދާލިއެވެ. އަދި ނުހަނު ލޯބިން އިޔާނާގެ ބުރަކަށީގައި ފިރުމަންފެށިއެވެ. ”ދަރިފުޅާ…މިއީ ދަރިފުޅުގެ މަންމައޭ….މަންމަ މިއަދު މިއައީ މަންމައަށް ކުރެވުނު ކުށަށް ދަރިފުޅުގެ ކިބައިން މަޢާފަށް އެދެން…މަންމަ ޤަބޫލުކުރަން ދަރިފުޅާއި މެދު ކަންތައްކުރެވުނީ ވަރަށް ގޯސްކޮށްކަން…ދަރިފުޅު، މަންމައަށް އެންމެ ބޭނުންވީ ދުވަހު ގޮތްނޭނގޭ ބައެއްގެ އަތްދަށަށް ދޫކޮށްލެވުނީ…ދަރިފުޅާ! މިމަންމައަށް މަންމަގެ ކުށް ޤަބޫލުކުރެވިއްޖެ…މަންމަ މިހާރު ވަރަށް ދެރަވޭ ދަރިފުޅަށް އެހެން ކަންތައްކުރެވުނީމާ…މަންމައަށް މަޢާފުކޮށްދީ!….” ރޯޝީނުއަށް ވަރަށް އަސަރާއި އެކު އެހެން ބުނެލެވުނެވެ. ހަމަ އެހިނދު އިޔާނާއަށް، ވައި އަޑުން މަންމާއޭ ކިޔާ ގޮވާލެވުނީ ހައިރާން ކަމާއިއެކުއެވެ. އިޔާނާ ރޯޝީންއާއި ދިމާއަށް މަންމާއޭ ކިޔާފައި ގޮވާލުމުން އެހިތަށް ނުހަނު ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.  ރޯޝީން ހީކުރީ އިޔާނާ އޭނާއާ ދިމާ ބަލާވެސް ނުލާނެ ކަމަށެވެ. އަދި މަންމާއޭ ކިޔާފަައި ނުވެސް ގޮވާލާނޭ ކަމަށެވެ. ނަމަވެސް ރޯޝީން ހީކުރި ގޮތާ އިޔާނާ މުޅިން ތަފާތެވެ. ރޯޝީންއާ ބައްދަލު ކުރީވެސް ހިތްހެޔޮކަމާއި އެކީއެވެ. މަންމާއޭ ކިޔާފައި ގޮވާލީވެސް ނުހަނު ލޯތްބާއި އެކީއެވެ. އައިސް ބައްދާލީ ވެސް ހިނިތުންވުމަކާއިއެކީއެވެ. ނައީމުވެސް އިޔާނާގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލިއެވެ.

”މިއޮތީ އިޔާނާގެ އައިޑީ ކާޑާއި އެހެނިހެން މުހިންމު ލިޔުންތައް….” އެ އަސަރުގަދަ ވަުިތުކޮޅަށް ނިމުމެއް އައީ އެތަނުގައި މަސައްކަތްކުރާ މުއައްޒަފަކު އައިސް ވާހަކަ ދައްކަން ފެށުމުންނެވެ. ދެން އެމީހުން އަވަސްވެގަތީ އިޔާނާ ގެ ސާމާނުތައް ހިފައިގެން އަނބުރާ ރަށަށް ދިއުމަށެވެ. ނައީމު ވަނީ ހުރިހާ ކަމެއް ހަމަޖައްސާފައިކަމުންނުހަނު ފަސޭހައިން ރަށަށް ދެވޭގޮތް ވިއެވެ.. ދިޔަ މަގުމަތީގައި ވެސް ރޯޝީންއަށް ބެލެނީ އިޔާނާއަށެވެ. ދެމީހުން އަތުގުޅާލައިގެން ދިޔައިރު އެތަށް ބަޔަކު ދިޔައީ އެދެ މީހުންނަށް ބަލަމުންނެވެ. ނަމަވެސް އެކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ ތިން މީހުން ދިޔައީ އެއާޕޯޓަށެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން އެންމެ ބާރު ސްޕީޑްގައި ހދ. ހަނިމާދޫން ހއ. ވަށަފަރަށް ދަތުރުކުރަމުން ދިޔަ ލޯންޗް އެއްގަޑިއިރު ގެ ދަތުރަކަށް ފަހު ވަށަފަރުގެ ފަޅަށް ވަނިއެވެ. ލޯންޗް ފާލަމާއި ގާތް ކުރެވުމުން ފުރަތަމަ ވެސް ލޯންޗްއިން ފޭބީ ނައީމުއެވެ. ނައީމު ފައިބައިފައި ދެން އުޅެންފެށީ ރޯޝީންއާއި އިޔާނާ ބޭލުމުގައެވެ. އިޔާނާގެ ފޮށި ހިފައިގެން ގޮސް ކާރެއް މަޑުކުރުވާ އެއަށް ތިން މީހުން އަރާ ގެއަށް ދިޔުމަށް ދަތުރު ފެށިއެވެ. ފަސް މިނެޓްގެ ދަތުރަކަށް ފަހު ކާރު އައިސް މަޑު ކޮށްލީ މެޒޯގެ ކުރިމައްޗަށެވެ.

ތިން މީހުން ގެއަށް ވަދެ، ގޭގެ ތަންތަން އިޔާނާއަށް ތަޢާރަފުކޮށްލަދިނުމުގައި ރޯޝީނު އުޅުނެވެ. އަދި އިޔާނާ ހާއްސަކޮށް އެދެމަފިރިން ހެދި ކޮޓަރި ދައްކައިދިނެވެ. އެތަން ފެނުމުން އިޔާނާގެ ދެލޯ ބޮޑުވެ، ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނާގެ މަންމައާއި ބައްޕަ އޭނާއަށްޓަކައި ކޮށްދީފައިވާ ކަންތައްތައް ފެނުމުންނެވެ. އޭނާއަށް ހޯދައިދީފައިވާ ތަކެތި ފެނުމުންނެވެ. އިޔާނާ އަރާމުކުރުމަށް ކޮޓަރިއަށް ވައްދާފައި ރޯޝީން އެކޮޓަރިން ނުކުމެގެން ދިޔައީ ކާނެ އެއްޗެއް ތައްޔާރުކޮށްލުމަށެވެ.

ކައްކާ ނިންމާފައި ނައީމުއަށާއި އިޔާނާއަށް ރޯޝީން ގޮވަން ފެށީ ކާން އައުމަށެވެ. ”ރޯޝީން.. ތަނެއްގައި ރޯވީތަ ތިހާ ބާރަށް ތިގޮވަނީ؟” ”ތަނެއްގައި ރޯނުވިއްޔާ ދެރައެއްނު.. ބާރަށް ގޮވައިގެން ނޫނީ އަޑެއް ނީވޭ ވިޔަ.. އާދޭ ކާން..” ރޯޝީން ކައްކާފައި ހުރި އެއްޗެހިތަކަށް އިޝާރާތް ކޮށްލަމުން ގުދުވެލައިފައި ކާން އައުމަށް ބުނެލި ވަގުތު އިޔާނާ އާއި ނައީމު ހޭންފެށިއެވެ. އަދިވެސް ތިހެން ހުންނަނީ ހޭ ކިޔާފައި ރޯޝީން އެދެ މީހުންގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބޭންދިއެވެ. ކާން ތިބިއިރުވެސް ތިން މީހުން ދިޔައީ އެކި ވާހަކަ ދައްކަމުންނެވެ. ނަމަވެސް އިޔާނާ ކައިގެން ދިޔުމުން މުޅި ކާކޮޓަރިވެސް ހިމޭންވިއެވެ. ”ވަރަށް ހަނދާންވޭބަ އިޔާން މަތިން.. އަދި އެބައޮތް ބާކީ ތިން އަހަރު އިޔާން ދޫކޮށްލަން.. ހާދަ ދުވަހެކޭ އެއީ.. އިޔާނާއަށް އަދި އިޔާންގެ ވާހަކަ ނުކިޔައިދީ މިއުޅެނީ..” ރޯޝީން އިނީ ނުހަނު ދެރަވެފައެވެ. މި އުފަލުގައި ހޭދަ ކޮށްލަން އިޔާން ހުރިނަމައޭ ރޯޝީންގެ ހިތަށް އެރިއެވެ. އަދި ހިތާހިތުން ދުޢާ ކުރެވެން ފެށީ އިޔާންއަށް ހެޔޮ ވިސްނުން ދެއްވުމަށެވެ.

”މަންމާ.. މީ މިފޮޓޯގަ މިއިނދީ ކާކުތަ؟ މިގެއަކުން މީނައެއް ނުފެނޭ..” އިޔާނާ ރޯޝީންމެންގެ ކޮޓަރިއަށް އައިސް ވަނީ ފްރޭމްއެއް ހިފައިގެންނެވެ. ”ދަރިފުޅާ އާދެބަލަ..” އިޔާނާ އައިސް ރޯޝީން ގާތު އިށީނދުމުން ރޯޝީން ވާހަކަ ދައްކަން ފެށިއެވެ. ”ދަރިފުޅާ ތީ މަންމަގެ ދަރިއެއް.. އިޔާން.. ދަރިފުޅުގެ ކޮއްކޮ.. މިހާރު އިޔާން ވީ ޖަލުގައި.. މަސްތުވާތަކެތީގެ މައްސަލައެއްގައި.. އިޔާން އުޅުނީ ވަރަށް ގޯސްކޮށް.. ބޭނުން ގޮތަކަށް އުޅުނީ.. ދުނިޔޭގެ މަޖަލުގައި.. މަންމައާއި ހެދި އިޔާން ވެސް ގޯސް މަގަށް އެޅުނީ.. މިދިޔަ އަހަރު އިޔާން އެމައްސަލާގައި ހައްޔަރު ކުރީ.. ހަތަރު އަހަރަށް ޖަލަށް ލީ..” ރޯޝީން އިޔާންގެ ވާހަކަ އިޔާނާއަށް ކިޔާދިނެވެ. އިޔާނާ ހުރީ ވަރަށް ބޮޑަށް އުފާވެފައިއެވެ. އޭނާގެ ކޮއްކޮއެއް ހުރީމައެވެ. އަދި އެވެސް ފިރިހެން ކޮއްކޮއެެވެ. ނަމަވެސް އޭނާގެ ކޮއްކޮގެ އުޅުމުގެ ވާހަަކަ އަޑު އިވުމުން އިޔާނާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާއަށް ކޮންމެފަދަ ގޮތެއްވެސް ހަދާފާނޭ އިޔާނާގެ ހިތަށް އެރިއެވެ. އެގޮތަށް ތިއްބާ އަސްރު ނަމާދު ބަންގިގޮވުމުން ނަމާދު ކުރަން ދަނީ އޭ ބުނެފައި އިޔާނާ އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އަދި ދިޔައީ ރޯޝީން ގާތުވެސް ނަމާދުކޮށް ކޮއްކޮ އަށް ހެޔޮ ވިސްނުން ދެއްވާތޯ ދުޢާކުރާށޭ ބުނެފައިއެވެ. ރޯޝީންއަށް ވިސްނައިލެވުނީ އިޔާނާގެ ހުރި ރަނގަޅު ސިފަތަކާއި މެދުއެވެ. އިޔާން އަށާއި އިޔާނާއަށް އެއްގޮތަކަށް ކަންތައް ކުރެވުމުންވެސް އިޔާންއަށް ވުރެ އިޔާނާ ހާދަ ތަފާތެވެ. އެގޮތަށް އިޔާނާ އާއި އިޔާން އާއި މެދު ވިސްނަން އޮވެފައި ރޯޝީން ވެސް ނަމާދަށް އެރިއެވެ. އަދި އެދެ ކުދިންނަށް ހެޔޮ ރަހްމަތް ލައްވާތޯ ދުޢާކުރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ހަޔާތުގެ ކުލަތައް 2

Next

2:30 ގެ ކިޔުން ތެރިންނަށް

Next
January 7, 2019

2:30 ގެ ކިޔުން ތެރިންނަށް

Previews
January 7, 2019

ހަޔާތުގެ ކުލަތައް 2

16 Comments!

  1. Beryl Stone says:
    January 7, 2019 at 1:17 pm

    Yey me first dhw?..Al’hamdhulliah..masha allah ?vrh vrh reethi mi part vx..Vrh ufaa vejje ehaa avahah up kohdhinyma..plx upload nxt part soon Mariyanbu??.. <3 <3 <3

    1. mariyanbu says:
      January 10, 2019 at 10:59 am

      Awwwn thank u beryl stone.. ❤️?? beryl stone ge comment kyhve tha ehaa lahun mi fennani…???

  2. mariyanbu says:
    January 7, 2019 at 1:50 pm

    Assalaam alaikum.
    Miothy 6 vana part up vefai..??? unmeedhu kuran mi part vs kamudhaane kamah…??..
    Kiyaalaifa comment kohlahchey..??
    Have a nice day..??

  3. Aishaa says:
    January 7, 2019 at 3:06 pm

    I m first right vaahaka feshunysure kiyan it’s really intreasting I love it mi prt vx v rythi masha allah ❤❤ keep it up when not prt ?

    1. mariyanbu says:
      January 7, 2019 at 3:41 pm

      yess aishaa.. u r first.. congratulations on being first aishaa.. 🙂 🙂 nd thank u so much.. 🙂 vr vr happy vehjje aishaa ge comment kiyaalaifa.. 🙂 nxt part vr avahah up kohla dheynan.. 🙂 keep waiting.. 🙂

  4. QUEEN❤ says:
    January 7, 2019 at 3:09 pm

    Wow . Obiness to the max

    1. mariyanbu says:
      January 7, 2019 at 3:42 pm

      awwn… thanks queen.. 🙂 🙂 🙂

  5. Nattu says:
    January 8, 2019 at 11:48 am

    Vvvv reeethi mivaahaka love it ?

    1. mariyanbu says:
      January 8, 2019 at 2:19 pm

      Thanks nattu??

  6. Anonymous says:
    January 9, 2019 at 12:49 pm

    Maa sha allah.. vrh furi hama.. emme furathama part in feshigen mi part ah ves hama superb… ???????? vrh reethi.. ummeedhu kuran vrh avahah 8 vana part up vaane kamah.. writer ah v varakun up kohdhemun dhiyaeema hama rangalhu vaane.. inthizaaru kuraanan, in sha allah.. ?☺️?

    1. Anonymous says:
      January 9, 2019 at 12:50 pm

      Oh sorry.. 7 vana bai.. hehe

    2. mariyanbu says:
      January 9, 2019 at 3:42 pm

      Awwn… Thank u anonymous..❤️❤️❤️
      Vr happy vehjje dear ah mi vaahaka rythi v ma… ??? Thank u.. ???

  7. Mal says:
    January 11, 2019 at 11:35 am

    V nyc mi part ves….and i have followed u in instagram….u r my age so just wanted to talk to you…whn next part???? ❤❤❤❤❤❤❤❤❤❤❤❤❤

    1. ?Nafu? says:
      June 22, 2019 at 8:00 am

      Thanks mal??

  8. Butterfly says:
    August 9, 2019 at 11:54 pm

    SALHI

    1. ?Nafu? says:
      August 14, 2019 at 1:21 pm

      THANKS DEAR.. 🙂

Comments are closed.

Next Episodeވަގުތު 7 (ފަހުބައި)←


All Right Reserved!