Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 14

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
January 2, 2019 9 Mins Read
33 Comments

އާދޭހުގެ ރާގެއްގައި އަލޫފް ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔަ އީލާފްގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އެވަގުތު އޭނަގެ ހިތް ދޮންބެގެ އެދުން އިސްކޮށް އެގުޅުމަށް ހިތުން ރުހުމަށް އެދެން ފެށިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި މިންހާގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމާއެކު އީލާފްގެ ހިތުގެ އެދުމަށް ބަދަލު އައެވެ. އޭނަގެ ދިރިއުޅުމުގައި ބޭނުންވާ ގިނަ ކަންތައްތައް ހާސިލްނުވަނީ މިންހާގެ ސަބަބުން ކަމުގައި ގަބޫލުކުރެވި ހިތުގައި މިންހާއަށްޓަކައި އުފެދިފައިވި ނަފްރަތުގެ ހުޅުގަނޑު ބޮޑުވެގެން ދިޔައެވެ. ” ދޮންބެއަަށް ނޭނގެނީތަ ހަމަ ބުނި އެއްޗެެއް… އައި ސެއިޑް ލީވް… ދޮންބެ ކިތަންމެ ވަރަކަށް މިންހާއަށް ތަޢުރީފުކޮށްފަ ވާހަކަ ދެއްކިޔަސް ތިގުޅުމަކަށް ގަބޫލެއްނުވެވޭނެ… ދެމީހުނެއްް ދޮންބެއަކަށް ނުލިބޭނެ… މިންހާ ނޫނީ ދޮންބެގެ އީލޫ… ” ދެބުމަ ގޮށްޖަހައިގެން ހުރެ ހަރުކަށިކަމާއެކު އީލާފް އޭނަގެ ދޮންބެ އާ ވާހަކަ ދެއްކިއެވެ. ” މިންހާ… ބަޓް އައި ވިލް މޭކް ޝުއާ އީލޫ ކޮންމެވެސް ދުވަހަކުން ދޮންބެ އާ މިންހާގެ ގުޅުމަށް އީލޫ ހިތުން ރުހުމުން ގަބޫލުވާނެ ކަމަށް… ” އަލޫފް އެހެން ބުނެ އީލާފްއަށް އިތުރި އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ކޮޓަރިން ނިކުތެވެ. ” މިންހާ… މައި ފުޓް… ދޮންބޭ… އައި ވިލް މޭކް ޝުއާ ދެޓް ބޯތް އޮފް ޔުއާ ލަވް ސްޓޯރީ ވިލް ކަމް ޓު އޭން އިންޑް… ” އަލޫފް ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރެ އީލާފް ބުނެލިއެވެ.

މިންހާ ބަދިގެ ތެރޭގައި އޭނަގެ މަންމަ އާއި ދޮންބެދައްތަ އެހީތެރިވުމުގައި އުޅެއެވެ. ނާހިދާ ބަތް ކެއްކުމުގައި އުޅުނުއިރު މައިޝާ ދިޔައީ ސަލަޑެއް ތައްޔާރުކުރުމަށް ތަރުކާރީތަކެއް ކޮށަމުންނެވެ. މިންހާ ގޭ ގަހުން އުފުރައިގެން ގެނެސްފައި ހުރި ހުތް އަނބުތަކެއް މަށާ ކޮށަމުން ދިޔައީ އޭގައި ފަނި ގިރުމަށެވެ. ” މާ ޝާ ﷲ… އަހަރެމެންގެ މިންނު ވަރަށް މުރާލި ދޯ މަންމާ… މިހެން މިބުނީ އާއްމުކޮށް އެއުމުރުގެ ކުދިން މިހާރަކަށް އައިސް ގޭތެރޭގެ މަސައްކަތްތަކުގައި ނޫޅޭތީ… ” ހިނިތުންވެފައި ހުރެ މައިޝާ އެހެން ބުނެލުމުން މިންހާވެސް ހިނިތުންވެލިއެވެ. ” އާނ… އަހަރެމެންގެ މިންނު  ވަރަށް މުރާލި… އޭރުން މިންނު ބޮޑުވެގެން އެހެން ގެއަކަށް އުޅެންދާ ދުވަހަކުންވެސް މަންމައަށް ނުޖެހޭނެތާ މިހާރުގެ ގިނަ މީހުން ދައްކާ ކަހަލަ ވާހަކައެއް މިންނުއޭ ކިޔައިގެން އަޑުއަހާކަށް… މިބުނީ މަސައްކަތް ނުކުރާ ވާހަކަ… ހެހެހެ… ” ލުއި ހީލުމަކާއެކު ނާހިދާ އެހެން ބުނުމުން މައިޝާވެސް އާއެކޭ ބުނެ އެކަމަށް ތާއީދުކުރިއެވެ. އޭރު މިންހާގެ ތުންފަތުގައިވީ ލަދުރަކި ހިނިތުންވުމެކެވެ. މަންމަ އެހެން ބުނުމާއެކު މިންހާގެ ހިތަށް ސިފަވެގެން ދިޔައީ އަލޫފްގެ ހިތްގައިމު ސޫރައެވެ. އެއާއެކު އެދުވަހަކާއިމެދު މިންހާއަށް ޚިޔާލުކުރެވުނެވެ. އޭގެތެރެއިން އީލާފް ހިތަށް އެރުމާއެކު މިންހާގެ ހިތް ނުތަނަވަސްވިއެވެ. އަލޫފަށް އީލާފްއާ ވާހަކަ ދެކެވުނު ކަމެއްވެސް ނޭނގެއެވެ. މިންހާ ހިތާ ހިތުން ހުރިހާ ކަމެއްވެސް ރަނގަޅުވުމަށް އެދި ދުޢާކޮށްލިއެވެ.

އިތުރު އެހެން ގޮތެއް ނެތުމާއެކު އީލާފް ރުޅި މޫނު ހަދައިގެން ހުރެ ނަމަވެސް އޭނަގެ ކޮޓަރި ތެރެ ތަރުތީބުކުރިއެވެ. އެއަށްފަހު ކޮޓަރިން ނިކުމެ ތިރިއަށް ފައިބާ ބަދިގެއަށް މިސްރާބުޖެހީ އޭނަގެ މަންމަ މިވަގުތު އުޅޭނީ ބަދިގޭކަން އިނގޭތީއެވެ. ”މަންމާާ… ކޮޓަރިތެރެ ތަރުތީބުކޮށްފިން… މިދަނީ ޝަމޫ ކައިރިއަށް ގޮސްލަން… އަންނާން އެހާ އިރު ނުވެ… ” ބަދިގެ ދޮރު މައްޗަށް ހުއްޓި އާޒިމާއަށް އަޑު އިވޭ ވަރަށް އެހެން ބުނެ އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ އީލާފް ގޮސް ގެއިން ނިކުތެވެ. އާޒިމާ އޭނާ ބުނަން އުޅުނު އެއްޗެއް އަޑު އެހުމެއްނެތި އީލާާފް ދިޔުމުން ދެފަރާތަށް ބޯ ހޫރުވާލަމުން އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

ފަރި ހިނގުމެއްގައި ހިނގާފައި ދިޔަ އީލާފްގެ މިސްރާބު ހުރީ ޝަމްހާގެ ގެއަށެވެ. ކަނޑު ނޫކުލައިގެ ކަކުލުން މައްޗަށް އަންނަވަރުގެ ހެދުމަކާއެކު ހަމަ އެކުލައިގެ ލެގިންސެއްގައި ހުރިއިރު އަޅާފައިވަނީ ކަޅު ކުލައިގެ ތިނެސްކަން ބުރުގަލެކެވެ. އޭރުވެސް އީލާފްގެ މޫނު މަތީގައި ގަދަ މޭކަޕެއް ކުރެވިފައިވެއެވެ. ހިނގަމުން ދިޔަ އީލާފްގެ ގަދަ ރަތް ކުލައިގެ ލިޕްސްޓިކަކުން ފަވާލެވިފައިވި ދެތުންފަތަށް ހިނިތުންވުމެއް ވެރިވީ އޭނަގެ ކުރިމަތިން ހިނގާފައި އަންނަމުން ދިޔަ އިއާންގެ ހިތްގައިމު ސޫރަ ފެނިފައެވެ. ގަދަ އޮރެންޖު ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ކަކުލުން ތަންކޮޅެއް މައްޗަށް އަންނަ ވަރުގެ ސޯޓެއްގައި ހުރިއިރު ސޯޓުގެ އެއްޖީބަށް އަތް ޖަހާލާފައިވުމުން ނުހަނު ހިތްގައިމެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓްއިލްކޮށްލާ މައްޗަށް ނަގާފައެވެ. އިއާންގެ އަސަރުގަދަ ތޫނު ދެލޯ ކަޅު ކުލައިގެ އަވި އައިނަކުން ފޮރުވާލާފައިވާއިރު އެފިރިހެންވަންތަ ހިނގުން ފެނިވެސް ގިނަ އަންހެން ކުދިންނެއްގެ ހިތް އިއާންއަށް ލެނބޭނެކަން އީލާފްއަށް ޔަގީންވިއެވެ. ” އާން… ” އިއާން އާއި އަރާ ހަމަވުމާއެކު އީލާފް ލަދު ރަކި ހިނިތުންވުމެއް ހަދިޔާކުރަމުން އިއާންއަށް ގޮވާލިއެވެ. އެއާއެކު އިއާން އާދައިގެ ގޮތަކަށް އޭނަގެ ފިރިހެންވަންތަ ހިނިތުންވުން އީލާފްއަށް ހަދިޔާކުރަމުން ކުރިއަށް ހިނގައިގަތެވެ. އީލާފްގެ ހިތް ކުރީ ފަހަރުތަކެކޭ އެއްފަދައިން މާޔޫސްވީ މިފަހަރުވެސް އިއާންގެ ފަރާތުން އިތުރު އިޝާރާތެއް ނުވުމުންނެވެ. އޭނާ އިއާން އާއި ގާތް ގުޅުމެއް އުފައްދަން ބޭނުންވާތާ ކިހާ ދުވަހެއް ހެއްޔެވެ؟ އެހެނަސް އިއާންގެ ހިނިތުންވުން ފިޔަވައި އިތުރު އިޝާރާތެއް މިހާ ދުވަސްވީއިރުވެސް އޭނައަށް ލިބިފައެއްނުވެއެވެ. އޭނާ ވާހަކ ދެއްކި ނަމަވެސް އިއާން ހަމައެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ. ހިތަށް މާޔޫސްކަން ލިބިފައިވި ހާލު އީލާފްވެސް ކުރިއަށް ހިނގައިގަތެވެ.

އީލާފް ގޮސް ޝަމްހާގެ ގޯތީގެ ބޮޑު ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަންއިރު ޝަމްހާ އެގޭ އެއްފަރާތުގައި ހައްދާފައިވި ބަގީޗާ ތެރޭގައި ބެންޗެއްގައި އިށީންދެލައިގެން އިނެވެ. ” އީލޫ… ހާދަ ލަސްވީ… މެސެޖުކުރީންސުރެ އަހަރެން މިތަނުގަ މިއިންނަނީ… ” އީލާފް ފެނުމާއެކު ޝަމްހާ ޝަކުވާކޮށްލިއެވެ. ” އާދެވޭނެތަ އަވަހަށް… އެންމެނަށް ގޯސްވަނީ އަހަރެން… އަބަދުވެސް އަހަރެން ޖެހެނީ ކޮންމެވެސް މީހެއްގެ ލެކްޗަރެއް އަޑުއަހަން… ” ހިތްހަމަނުޖެހިފައި ހުރިކަން މޫނު މަތީގެ ކުލަވަރުތަކުން ދައްކައިދެމުން ދިޔައިރު އީލާފް ވާހަކަ ދެއްކި ރާގުންވެސް އެކަން އެނގިގެން ދިޔައެވެ. ” މިހާރު ކިހިނެއްވީ… ކާކު ލެކްޗަރެއް ދިނީތަ… ” އީލާފް އައިސް އޭނަގެ ގާތުގައި އިށީންނުމާއެކު ޝަމްހާ އަހާލިއެވެ. ”އެންމެ ފުރަތަމަ ހަމަ ނިދާ ހޭލިތަނާ މަންމަގެ ލެކްޗަރު… ސައިބޮއެގެން ޝަމޫ ކައިރިއަށް އަންނަން ގެއިން ނިކުމެ ނިކުމެ ހުއްޓަ އަނެއްކާާ ބައްޕަގެ ލެކްޗަރެއް އަޑުއަހަން ޖެހިއްޖެ… އަހަރެން އަމިއްލަ ކަންތައްތައްވެސް އަދި މަންމައަށް ހެލްޕްވާންވެސް ކަންތައްތައް ނުކޮށްދެނީއޯ ބައްޕަ ބުނީ… ޝަމޫއަށް އިނގޭތަ… ބައްޕސ ބުނި މީގެ ފަހުން  އަހަރެންގެ ކަންތައްތައް ކުރަން ޖެހޭނީ އަހަރެން އަމިއްލައަށޭ… ދެން  މަންމައެއް ނުކޮށްދޭނެޔޯ… މާގިނައިން ބޭރުގަ އުޅޭ ވާހަކަވެސް ބުނި… އެންމެ ފަހުން މިއައީ ކޮޓަރިތެރެވެސް ތަރުތީބުކޮށްފަ… އަނެއްކާ އެހާ ރުޅިގަދަވެފަ ހުއްޓަ ދޮންބެ އައިއްސަ މިންހާގެ ވާހަކަތައް ދައްކަން ފަށާއިފި… އިނގޭތަ.. ދޮންބެ އަހަންނާ މިންހާ އާ ދޭތެރޭން ޗޫޒްކުރީ އެ މިންހާ… އެހާވަރަށް ރުޅި އައިސް އެއްޗެހި ކީމަ ހިތަކަށް ނާރާާ ދޮންބެ އަހަރެންގެ އެދުމަކަށް ފުރަގަސްދީފާނެ ކަމަކަށް… އަދި އަލަށް ދޮންބެ އަހަންނާ ދެކޮޅަށް ކަމެއް އެކުރީ… ” އައިސްފައިހުރި ރުޅިން އީލާފް ހުއްޓުމެއްނެތި ވީގޮތް ޚުލާސާާކޮށް ކިޔައިދިނެވެ. ”ޝަމޫ… މިކަންތައް ކޮންމެ ގޮތެއް ހަދައިގެންވެސް ހުއްޓުވަން އަހަރެން ބޭނުން… ” އެހަރުކަށިކަމުގައި އީލާފް މިފަހަރުވެސް ބުނެލިއެވެ. އެއާއެކު ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން ވެރިވިއެވެ. ” ހޫމް… އައި ތިންކް އައި ނޯ ވަޓް ޓު ޑޫ… ” ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނަން އިން އީލާފް އަވަސް އަވަހަށް ޝަމްހާއަށް ބަލައިލީ އެހެން ބުނުމުންނެވެ.

މެންދުުރުގެ ހޫނުގަދަ ވަގުތު ފަހަނައަޅާ ގޮސް ހަވީރު ވާން ގާތްވެއްޖެއެވެ. ރޯނުގައި ހިކިފައިހުރި އިއާންގެ އަންނައުނުތައް ހިފައިގެން އަޝްރާ މައްޗަށް އަރާ އިއާންގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ކޮޓަރީގެ ދޮރު ހުޅުވާ އެތެެރެއަށް ވަންނަން އުޅުނު އަޝްރާ ނާއިލްގެ ގައިގައި ޖެހިފައި ނުވެއްޓުނީ ކިރިޔާއެވެ. ބައެއް އަންނައުނުތައްވެސް މުށިތަކުގެ މައްޗަށް ވެރުނެވެ. ” އެއްކަލަ ކްރައި ބޭބީ… ތަންކޮޅެއް ބަލައިގެން ހިނގާބަލަ… ” އަޝްރާ އޭނަގެ ގައިގައި ޖެހުމާއެކު ނާއިލް ބުނެލިއެވެ. ނާއިލް ފެނުމާއެކު އަޝްރާއަށް ބުނާނެ އެއްޗެއްްވެސް ނޭނގިފައި ހުރެވުނީއެވެ. އޭރު އޭނަގެ ސިކުނޑީގައި އޭނަ އާއި ޝާއިފް އާއި ދެމެދު ދެކެވުނު ވާހަކަތައް އެނބުރެމުން ދިޔައެވެ. އޭގެ ސަބަބުން ރައްދުގައި އިތުރު އެއްޗެކޭ ބުނާނެ ހިތްވަރެއްވެސް އަޝްރާއަކަށް ނުލިބުނެވެ. ” ސޮރީ… އިޓްސް މައި މިސްޓޭކް… ” ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަޝްރާ މުށިތަކުގެ މަތީގައި ވެއްޓިފައިވި އޮތް އަންނައުނުތައް ނަގައި އެހެން ބުނެ ކޮޓަރިތެރެއަށް ވަނެވެ. އަޝްރާ ބުނެލި ބަސްތަކާއި ފެނުނު މަންޒަރުން ނާއިލް ހުރީ ހަމަ ރަނގަޅަށްވެސް ހައިރާންވެފައެވެ. އަޝްރާ އަކީ އޭނަގެ މައްސަލައަކުން ކަމެއްވިނަމަވެސް އެހާ ފަސޭހައިން މަޢާފަށް އެދޭ ކުއްޖެެއްނޫނެވެ. އަދި އަމުދުން އޭނަ އާއި ދެމީހުންނަށް އެފަދަ ކަމެއް ދިމާވެއްޖެނަމަ އަޝްރާ އަމުދުން އޭނަ އާއި ދެބަސްނުވެ ނުހުންނާއެވެ. މީގެ ކުރިން އެއަށްވުރެ މާ ކުދި ކުދި ކަންތައްތަކުގައިވެސް އަޝްރާ ވަނީ އޭނަ އާ ދެބަސްވެފައެވެ. ނާއިލް އަދިވެސް ހުރީ އެހައިރާންކަން މަތީގައެވެ. އަޝްރާގެ އެދުރުކަމުން ނާއިލްގެ ހިތަށް އުނދަގޫވުމުން އޭނާ ދެބުމަ ގޮށްޖަހައިގެން ހުރެ އިއާންގެ ކޮޓަރިއަަށް ވަންނަން ހިނގައިގަތެވެ.

” އާން… މިއަދު އަނެއްކާ ކްރައި ބޭބީ ކޯންޗެއްތަ ކެއީ… މަށަށް ހީވަނީ މީގެ ކުރިން ނުކާ އެއްްޗެއްހެން އަޝްރާ ކެއީ… މީގެ ކުރިން ކިރިޔާ ކަމެއްވާއިރު މަށާ ދެބަސްވާ އަނގަ ގަދަ މިތުރު ދެބަސްވުމެއްނެތި އެއްފަހަރުން ސޮރީ އޭ ބުނެފަ އެއައީ… އައި ވޯޒް ޝޮކްޑް… ހެހެހެ… ” އަލަމާރީގައި ތަރުތީބުކޮށް އަންނައުނުތައް ބަހައްޓަމުން ދިޔަ އަޝްރާއަށް ލޮލުގެ ހިމަކޮޅުން ބަލަހައްޓާއިގެން ހުރެ ނާއިލް ވާހަކަ ދެއްކިއެވެ. ”ހެހެހެ… އަސްލުވެސް… އަޝޫ ކޯންޗެއްތަ ކެއީ އަނެއްކާ… ” އިއާންވެސް ނާއިލްގެ އެ ސަމާސާގައި ބައިވެރިވިއެވެ. އެހެނަސް އަޝްރާ އިތުރު އެއްޗެކޭ ބުނުމެއްނެތި އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ” އާން… އަނގަ ގަދަ މިތުރުގެ އަނގައިގަ ޒިބެއް ދަމާފަ ހުރީތަ މިއަދު… މިއަދުން ފެށިގެން ދެން ދެބަސްނުވާ ހުވާކޮށްގެން ހުރީ ހެން މަށަށް ހީވަނީ… އަމިއްލަ ކުށް ގަބޫލުކޮށް ސޮރީ ބުނަންވެސް ކްރައި ބޭބީ ދަސްކުރީއޭ ދޯ… ހެހެހެ… އަހަރެންގެ ބޮލަށް ހާދަ ފަސޭހަވާނޭ ދެން ދެބަސްވާނެ މީހަކު ނެތީމަ… އަނގަ ގަދަ މިތުރު އަނގަ މަޑު މިތުރަކަށް ހެދީއޭ ދޯ… ހެހެހެ… ” އަޝްރާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އަނެއްކާވެސް ނާއިލް ވާހަކަ ދެއްކިއެވެ. ” ނާއިލްއަށް ރަނގަޅެއްނު އަހަރެން ސޮރީ ބުނެފަ ދެބަސްނުވެ ދިޔައިމަ… ތިބުނިހެން ނާއިލްގެ ބޮލަށް ފަސޭހަވާނެއެއްނު… ” އަންނައުނުތައް އަލަމާރިއަށް ލުމަށްފަހު ހިނގައިގަންނަމުން ނާއިލަށް ބެލުނެއްނެތި މަޑުމައިތިރިކަމާއެކު އަޝްރާ ބުނެލިއެވެ. ” އަޝްރާއަށް ކިހިނެއްވެފަތަ އެހުރީ… ޝީ އުޒް ބިހޭވިން ވިއާޑް… ” އަޝްރާ ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރެ ނާއިލް އެހެން ބުނެލީ ހައިރާންވެފައި ހުރެއެވެ. ” އާނ… މަވެސް ތިހެން މިހިތަށް އަރަނީ… ވެދާނެ ކަމަކާ މޫޑު ކަޓާފަ ހުރީ ކަމަށް… ” އިއާން ބުނެލިއެވެ. ” މޫޑު ކަޓާފަ ނަމަ މީގެ ކުރިން އެރުޅިވެސް މަށަކަށްނު އަންނަނީ… މޫޑު ކަޓާފަ ހުރި ނަމަ އަމުދުން ދެބަސްނުވެ ނުހުންނާނެ… ސަމްތިން އީޒް ރޯންގް… އެނީވޭސް… ދަނީއޭ އާން… ފަހުން ޖައްސާލާނަން… ” ވިސްނަންހުރެފައި ކަހަލަ ގޮތަކަށް އެހެން ބުނެ ނާއިލް ކޮޓަރިން ނިކުތެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް ނާއލް ދިޔައީ އެކަމާ ވިސްނަމުންނެވެ. އޭނަގެ ހިތް ކޮންމެވެސް ކަމެއްް ގޯސްވެއްޖެ ކަމުގެ އިންޒާރު ދެމުން ދިޔައެވެ.

ޝަމްހާ އީލާފް އާއެކު އެގެއަށް ދިޔައެވެ. އީލާފް އޭނަގެ އަމިއްލަ ކޮޓަރިއަށް ވަނުމާއެކު ޝަމްހާ މަޑު ހިނގުމެއްގަައު ގޮސް އަލޫފްގެ ކޮޓަރިއަށް ވަނެވެ. ކޮޓަރީގެ ދޮރު ހުޅުވާފައި ހުރިއިރު ބެލްކަންޏަށް ނިކުމެވެން ހުންނަ ބޮޑު ދޮރުވެސް ހުރީ ހުޅުވާފައެވެ. ކޮޓަރީގައި އަލޫފް ފެންނަން ނެތުމާއެކު ޝަމްހާ ބެލްކަންޏަށް ނިކުމެވެސް ބަލައިލިއެވެ. އެވަގުތު ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް ޝަމްހާ އަވަހަށް ބެލްކަނިން ނުކުމެ ކޮޓަރިއަށް ވަނެވެ. ” ޝަމޫ… މިތާ… ” ހައިރާންކަމާއެކު އަލޫފަށް ބުނެވުނެވެ. ” އަލޫފް… ސޮރީ މިހެން ނުބުނެ ވަދެވުނީމަ… އައި ވޯންޓު ޓު ޓޯކް ޓު ޔޫ… ” ޝަމްހާ ތުއިވެލަމުން ވާހަކަ ދެއްކިއެވެ. ” އޯކޭ… އިށީންދޭ… ކޮން ވާހަކައެއް ދައްކަން ބޭނުމީ… ” އަލޫފް އައިސް ޝަމްހާއަށް ސޯފާގައި އިށީނުނަށް އިޝާރާތްކުރަމުން އޭނަވެސް އިށީނެވެ. ޝަމްހާ އަލޫފް އާއި ޖެހި ފިތިގެން އިށީންނުމުން އަލޫފަށް ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް އިހުސާސްވިއެވެ. އެހެންކަމުން އޭނާ ޝަމްހާ އާ ތަންކޮޅެއް ދުރުވެލިއެވެ. މިކަން ދެނެގަނެވުނު ޝަމްހާގެ ތުންފަތުގައިވީ މަކަރުވެރި ހިނިތުންވުމެކެވެ. ” އަލޫފް… އީލޫ ވަރަށް ވަރަށް ދެރަވެފަ ހުރީ… އަލޫފް ކީއްވެތަ އީލޫ ނުގަބޫލުކަން އިނގިހުރެވެސް މިންހާ އާ ރައްޓެހިވީ… އަހަރެން ކައިރިއަށް ދެންމެ އައިއްސަވެސް ވަރަށް ރުއި… އީލޫ ހާދަ ޓްރަސްޓް ކުރިޔޭ އަލޫފްއަށް… ހާދަ ލޯބިވެޔޭ އަލޫފްދެކެ… އެކަމަކު އަލޫފްގެ ދެއަތުން އީލު އަލޫފަށް ކުރަމުން ދިޔަ އިތުބާރު ތި ގެއްލުވާލީ… ޝީ އީޒް ރިއަލީ ހާޓް… އަމިއްލަ ކޮއްކޮ ހިތާމަކުރަމުން ދާއިރު އަލޫފަށް މިންހާ އާއެކު އުފަލުގަ އުޅެވޭނެތަ… އެއީ މިހާރު ކުރީގެ އީލޫއެއް ނޫން… ވަރަށް ބަދަލުވެއްޖެ މިވޭތުވެދިޔަ ދެތިން ދުވަސްތެރޭ… ވައި އާރް ޔޫ މޭކިން ހާ ސޭޑް… އަހަރެން ހީކުރި ކަހަލަ ބޭބެއަކަށް އަލޫފެއް ނުވި… ކާންޓް ޔޫ ޖަސްޓް ލީވް މިންހާ… އެންމެ ފަހަރަކުވެސް ވިސްނާލަބަލަ އީލޫ  ހާޓް ވާނެ ވަރު… ” އަލޫފްގެ  އަތް މަތީގައި އޭނަގެ އަތް ބާއްވާލަމުން މޫނު މައްޗަށް ހިތާމަވެރި އިހުސާސެއް ގެނުވަމުން ޝަމްހާ ވާހަކަ ދެއްކިއެވެ.

” އަހަނަށްވެސް އިނގެޔޭ އީލޫ ދެރަވާނެކަން… އަހަރެންވެސް ދެރަވެޔޭ… އެކަމަކު އީލޫއަށްވެސް ވިސްނެންވާނެ ދޯ އަހަރެން މިންހާދެކެ ލޯބިވާކަން… އައި ޑޯންޓް ވޯންޓް ޓު މޭކް ހާ ސޭޑް… ބަޓް އައި ކާންޓް ލީވް މިންހާ… އައި ލަވް ހާ… ވަރަށް ލޯބިވޭ އަހަރެން މިންހާދެކެ… އެލޮއެބާ ދުރަކު ނުހުރެވޭނެ… ” އަލޫފް އޭނަގެ ދިފާއުގައި ބުނެލިއެވެ. ” އަހަރެންވެސް ލޯބިވޭ އަލޫފްދެކެ… އަހަންނަށްވެސް އަލޫފްއާ ދުރަކު ނުހުރެވޭނެ… ” އަލޫފްގެ ލޮލަށް ބަލަހައްޓާއިގެން އިނދެ ޝަމްހާ ބުނެލި އެއްޗަކުން އަލޫފަށް ކޮޅަށް ތެދުވެވުނެވެ. ” ވަޓް… އާރް ޔޫ ކިޑިން މީ… ” ލިބުނު ސިހުމާއި ހައިރާންކަމުގައި އަލޫފަށް ބުނެލެވުނެވެ. ” މީ މަޖަލެއް ނޫނޭ އަލޫފް… އައި ރިއަލީ ލަވް ޔޫ… އަލޫފްގެ ގާތްކަމުން އަހަރެންގެ ހިތުގެ ވަނީ އަލޫފްގެ ނަން މީގެ މާކުރިންވެސް ލިޔެވިފަ… އެކަމަކު އަލޫފް ސީދާ ނުބުނާތީ އަހަރެން މަޑުކޮށްގެން ހުރީ… އަލޫފްގެ ގާތްކަމުން އަލޫފްވެސް އަހަރެންދެކެ ލޯބިވާކަމަށް ހީކުރެވުނީ… އައި ރިއަލީ ލަވް ޔޫ… ” ލޮލަށް ކަރުނަ ޖަމާކުރަމުން އަވަސް ހަރަކާތަކާއެކު އަލޫގެ ގައިގައި ބައްދާލަމުން ޝަމްހާ ބުނެލިއެވެ. އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައި އަލޫފަށް ހުރެވުނީއެވެ. އަލޫފަށް ހޭވެރިކަންވީ މިންހާ ހަނދާންވުމުންނެވެ. ހޭވެރިކަންވުމާއެކު އަލޫފް ޝަމްހާ އޭނަ އާއި ދުރުކުރިއެވެ. ” ޝަމްހާ… ދިސް އީޒް ރޯންގް… އަހަރެން ޝަމްހާ ދެކެނީ ވަރަށް ކްލޯޒް ފްރެންޑެއް ގޮތަށް… އަހަރެންގެ ކޮއްކޮގެ ބެސްޓް ފްރެންޑްގެ ގޮތުގަ… ޝަމްހާއަށް ގޯސްކޮށް ތިވިސްނުނީ… އައިމް ސޮރީ ފޯ ދިސް… ” ޝަމްހާއަށް ބަލަން ނުބަލަން ހުރެ އަލޫފް ވާހަކަ ދެއްކިއެވެ. ” އަލޫފް ޕްލީޒް… އަހަރެންގެ ލޯބި ގަބޫލުކުރޭ… އަހަރެން މިންހާއަށްވުރެ ބޮޑަށް އަލޫފަށް ލޯބިދޭނަން… އަހަރެމެން ދެމީހުން ގުޅުނީމަ އީލޫވެސް ކިހާ އުފާވާނެ… އީލޫ އާ އަލޫފްއާ ދެމެދުވެސް ހުރިހާ ކަމެއް ނޯމަލްވާނެ އޭރުން… ޕްލީޒް… ” އަލޫފް އަތުގައި ހިފާ އޭނަގެ މޫނަށް ބަލަހައްޓާއިގެން ހުރެ މިފަހަރުވެސް ޝަމްހާ ވާހަކަދެއްކިއެވެ. ” އައި ކާންޓް ޝަމްހާ… ޓްރައި ޓު އަންޑަސްޓޭންޑް… އަހަރެން ލޯބިވަނީ މިންހާދެކެ… އައި ކާާންޓް ލީވް… ” އަލޫފަށް އެހިސާބަށް ވާހަކަ ދެކެވުނު ތަނާ އީލާފް އޭނަގެ ޝަހާދަތް އިނގިލި އަލޫފްގެ ތުންފަތުގައި ޖައްސާ ވާހަކަ ހުއްޓުވިއެވެ. މިފަހަރުވެސް އަލޫފަށް ހަރަކާތެއްނެތި ހުރެވުނީއެވެ. ” އެކަމަކު އަހަރެންވެސް ލޯބިވަނީ އަލޫފްދެކެ… އަހަރެންވެސް ބޭނުން އަލޫފްގެ ލޯބި… ” އެހެން ބުނެ އަވަސް ހަރަކާތަކާއެކު ޝަމްހާާ އަލޫފްގެ ތުންފަތުގައި އޭނަގެ ތުންފަތް ޖައްސާލިއެވެ. ޝަމްހާގެ އެކުއްލި ހަރަކާތުން އަލޫފަކަށް ޝަމްހާ ދުރެއް ނުކުރެވުނެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން އަލޫފަށް އިތުރު ހަރަކާތެއް ގެންނަންވެސް ނޭނގުނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް ތަޖުރިބާކުރެވުނު އެ އަމަލުން އަލޫފަށް ދެލޯ މަރާލަމުން އެކަމުގައި ބައިވެރިވެވުނެވެ. އެވަގުތު އޭނަގެ ސިކުނޑި ހިޞާރުކޮށްފައިވަނީ ޝައިޠާނާގެ ވަސްވާސްތަކެވެ.

މިންހާގެ ހަނދާން އާވުމާއެކު އަލޫފަށް ވަގުތުން ޝަމްހާ ދުރުކޮށްލެވުނެވެ. އޭނައަށް އިރުކޮޅަކު ޝަމްހާއަށް ބަލަހައްޓާއިގެން ހުރެވުނީ އެއީ ހަގީގަތަކަށް ނުުވުމަށް އެދިއެވެ. އެހެނަސް ކުރެވުނު ކަމެއް ދެން ނުކުރެވޭ ކަމަކަށް ނުހެދޭނެއެވެ. ”ނޯ… އިޓް ޝުޑްނޮޓް ހެޕެން… އިޓް ޝުޑް ނޮޓް… ” ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލައިގެން ހުރެ އަލޫފަށް ބުނެވުނެވެ. މިންހާއަށް ބޭވަފާތެރިވެވުނީ ކަމުގެ އިހުސާސް އޭނައަށް ކުރެވެމުން ދިޔައެވެ. ” މިހުރިހާ ކަމެއްވެސް ވީ ޝަމްހާ އާ ހެދި… މީގެ ފަހުން މިކޮޓަރިއަށް ވަދެގެން ނުވާނެ… ނައު ގެޓް ލޮސްޓް… ” އަލޫފް ޝަމްހާ އާއި ދިމާލަށް ރުޅި އައިސްފައި ހަޅޭއްލަވައިގަންނަމުން އޭނަގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިން ނެރި ބާރަށް ދޮރު ޖެހިއެވެ. އަލޫފަށް ގޮތް ހުސްވެފައިވި މީހަކު ފަދައިން އެނދުގައި ގޮސް އިށީންދެވުނެވެ. އޭނަގެ ދެއަތުން މޫނު ފޮރުވާލީ ކުއްވެރިއެއްް ކަމުގެ އިހުސާސް ކުރެވުމުންނެވެ. މިންހާއަށް މިކަމުގެ ހަގީގަތް އޭނާ އަމިއްލައަށް ހާމަކުރަންވީ ހެއްޔެވެ؟ އެހެން މީހެެއްގެ ފަރާތުން ނޫނީ ޝަމްހާގެ ފަރާތުން މިކަން އިނގުމުން މިންހާއަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިންހާއަށް ކޮންމެ ގޮތަކުން ނަމަވެސް ހަގީގަތް އިނގިއްޖެނަމަ އޭނަ ދޫކޮށްލާނީ ހެއްޔެވެ؟ މިންހާއަށް މިކަން ސިއްރުކޮށްގެން ހުރެ އޭނައަށް މިންހާ އާއެކު ހަމަޖެހިގެން އުޅެވިދާނެ ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކަކުން އަލޫފްގެ ބޯ ދިޔައީ ހާސްވަމުންނެވެ. އެގޮތުގައި އިންދާ އެނދު މަތީގައި އޮތް އޭނަގެ ފޯނު ވައިބްރޭޓްވި އަޑުއިވި އަލޫފް އިސްއުފުލާލަމުން ފޯނުގެ ސްކްރީނަށް ބަލައިލިއެވެ. ބަލައިލިއިރު އައީ މިންހާގެ މެސެޖެކެވެ. މެސެޖަށް ރިޕްލައިވެސް ކުރާނެ ހިތްވަރު ނުލިބިފައި އަލޫފަށް ފޯނަށް ބަލަހައްޓާއިގެން އިނދެވުނީއެވެ.

އަލޫފްގެ ކޮޓަރީގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ޝަމްހާގެ ތުންފަތުގައިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނާ ދެން މިސްރާބުޖެހީ އީލާފްގެ ކޮޓަރިއަށެވެ. ޝަމްހާ ގޮސް އީލާފްގެ ކޮޓަރިއަށް ވަނުމާއެކު އެނދުގައި އިން އީލާފް ފުންމައިގެން ތެދިވިއެވެ. ”ފުރަތަމަ ޕްލޭން ސަކްސަސްފުލް..” ކާާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޝަމްހާ އެހެން ބުނުމާއެކު އީލާފް އައިސް ޝަމްހާގެ ގައިގައި ބައްދާލިއެވެ. އަދި ޝުކުރުއަދާކުރިއެވެ. ” ހެހެހެ… ދެން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އީލޫ… އަހަރެމެންގެ ޕްލޭންތައް މިހެން ކުރިއަށް ގެންދަންވީ… އޭރުން އަހަރެމެން ދެމީހުންގެ މަގުސަދުވެސް ހާސިލްވާނެ.. އަހަރެމެންގެ ޕްލޭންތައް ކުރިއަށްދާ ގޮތުން އެއްވެސް މީހަކަށް ހުރިހާ ބްލޭމެއް އަހަރެމެންގެ މައްޗަކަށް ނުކުރެވޭނެ… އަލޫފްގެ މިސްޓޭކްވެސް އޮންނާނެ… އޭރުން މިންހާ އަލޫފް ދޫކޮށްލާނެ… ” ފުޅާ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޝަމްހާ ވާހަކަ ދެއްކިއެވެ. އޭރު އީލާފްވެސް ހުރީ ހިނިތުންވެލައިގެންނެވެ. އޭނަގެ މޫނު މަތިން ހިތްހަމަޖެހިފައި ހުރިކަން ހާމަވެގެން ދެއެވެ.

ފެންވަރާ ތައްޔާރުވެގެން މިންހާ ތިރިއަށް ފޭބިއެވެ. އޭނަގެ މިސްރާބަކަށްވީ އަޝްރާމެންގެ ގެއެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލަމުން މިންހާއަށް އެތެރެއަށް ވަދެވުނީ އިއާންގެ ކުރިމައްޗަށެވެ. އިއާންއަށް އެހާ ގާތުން މިންހާ ފެނުމުން ހިނދުކޮޅަކަށް ބަލަން ހުރެވުނެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމަކާއެކު މެރޫން ކުލައިގެ ޝޯލްއެއްގައި ހުރިއިރު ހާދަ ހިތްގައިމެވެ. ހެދުމުގައި މެރޫން ކުލައިގެ ރީތި މާގަނޑެއްވުމުން ވަރަށްވެސް ރީއްޗެވެ. މެރޫން ކުލައިގެ ޝޯލްގެ ތެރެއިން އެދޮން މޫނު ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ތުންފަތުގައި މެރޫން ކުލައިގެ ލިޕްސްޓިކް ޖައްސާފައިވާއިރު ބޮޑު ދެލޯ ވަށާއިގެން ޕެންސިލް އައިލައިނާ އަޅާފައިވެއެވެ. ދިގު އެސްފިޔަތަކުގައި ވަނީ މަސްކަރާ އަޅާފައެވެ. ” އާން… އާން… ކިހިނެއްވެފަތަ ތިހުރީ… ” މިންހާ ދެތިން ފަހަރު ގޮވާލުމުންވެސް އިއާން ބަލަހައްޓާއިގެން ހުރީއެވެ. އެންމެ ފަހުން މިންހާ އިއާންގެ މޫނު މަތީގައި އޭނަގެ އަތް ހުރަސްކޮށްލިއެވެ. އެއާާއެކު އިއާންއަށް ހަމަބިމަށް އާދެވުނެވެ. ” އާން… ކިހިނެއްވެފަތަ… ހާދަ ވަރަކަށް ގޮވައިފީމޭ… ” މިންހާ ބުނެލިއެވެ. ”އެއީ… އައި ވޯޒް ތިންކިން އެބައުޓް ސަމްތިން… ދަނީ އިނގޭ… ވަރަށް އަވަހަށް ތަނަކަށް ދާން މިދަނީ… ” އިއާން އަވަސް އަރުވާލާފައި ދިޔަ ގޮތުން މިންހާއަށް ކުޑަކޮށް ހެވުނެވެ. އިތުރަށް އެތަނުގައި މަޑު ކުރުމެއްނެތި މިންހާ އެގޭ ތެރެއަށް ވަނެވެ. ބޭރަށް ނިކުމެ އިއާން ދޮރު ޖެހުމުގެ ކުރިން އެއްފަހަރު މިންހާއަށް ބަލައިލިއެވެ. މިންހާ ފެނުމުން އޭނައަށް ވީގޮތް ހިތަށްއެރުމާއެކު އިއާން އަމިއްލައަށްވެސް ހިނިތުންވެލެވުނެވެ. އެހިނިތުންވުމުގައި ހުރެ އިއާންވެސް ކުރިއަށް ހިނގައިގަތެވެ.

ހަވީރުގެ ހިތްގައިމު ވަގުތު އާދައިގެ މަތިން ގިނަ ބަޔަކު އަތިރިމަތީގައި ހަރަކާތްތެރިވަމުން ދިޔައެވެ. އޭގެތެރެއިން މިންހާ އާއި އަޝްރާވެސް ހިމެނެއެވެ. ދެމީހުންވެސް ދިޔައީ ސާފު ރީތި ދޮންވެލިގަނޑުގައި ހިނގަމުންނެވެ. އެހެން ހިނގަމުން ދިޔައިރު ދެމީހުންވެސް ދިޔައީ އެކަކު އަނެކަކާ އެކި ވާހަކަތައް ހިއްސާކުރަމުންނެވެ. އެގޮތުން އަޝްރާ ކުރީރޭ އޭނަ އާއި ޝާއިފާ ދެމެދު ދެކެވުނު ވާހަކަތައް ހިއްސާކުރިއެވެ. ”ބަޓް އަޝޫ… އަބަދު މިސްއަންޑަސްޓޭންޑިން އުފެދެންޏާ ތީ ބޮޑު މައްސަލައެއްނު… ޝާއިފަށް ކީއްވެތަ ނުވިސްނެނީ… ” މިންހާ ނުރުހުންތެރިކަން ފާޅުކުރިއެވެ. ” ޝާއިފަށް ކޯންޗެއް ނުވިސްނުނީތަ… ކޮން މިސްއަންޑަސްޓޭންޑިންއެއް… ” ފަހަތުން އިވުނު އަޑަށް އަޝްރާ އާއި މިންހާ އަވަހަށް ފަސްއެނބުރި ބަލައިލިއެވެ. އެއާއެކު ދާދި ގާތުގައި ތިބި އިއާން އާއި ނާއިލް ފެނި ދެމީހުންވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަކު އަނެކަކަށް ބަލައިލީ ބުބާނެ އެއްޗެއް ނޭނގުމުންނެވެ. ” ނަތިން… ނާއިލް ގާތު ކީއްކުރަން ބުނަންވީކީ… ” އަޝްރާ ބުނެލިއެވެ. ” ހެވޭ ނުބުންޏަސް… ދެމީހުން މާ ސިއްރުން ވާހަކައެއް ދައްކާތީ ކުޑަކޮށް އަޑުއަހާލީ… ” އެދެމީހުނާ އެއްވަރަށް ހިނގައިގަންނަމުން ނާއިލް ބުނެލިއެވެ. އިއާން އާއި ނާއިލްވެސް އެދެމީހުނާއެކު ހިނގަމުން ދިޔައެވެ. އަޝްރާ އޭރު ހުރީ ޝާއިފަށް ފެނިދާނެތީ ބިރުންނެވެ. އޭނައަށް އިރުއިރުކޮޅުން ވަށާއިގެން ނަޒަރު ހިންގާލެވެއެވެ. ހަތަރު މީހުންގެ މެދުގައި ދެކެވެމުން ދިޔައީ މިރޭ އެންމެން އެއްކޮށް ނޫޑުލްސް ކައްކާ ވާހަކައެވެ. މިޑް ޓާމް ބްރޭކް ނިމުމަކާއި ގާތްވުމުން އެންމެންވެސް އެކަހަލަ ކަމެއް ކޮށްލަން ނިންމީއެވެ. އިރުއޮއްސެން ގާތްވުމުން ހަތަރު މީހުންވެސް ވަކިވީ ރޭގަނޑު ބައްދަލުވުމަށް ނިންމުމަށްފަހުއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ފާފައިން ރައްކާތެރިވާށެވެ.

Next

ދަރިފުޅާއެވެ.

Next
January 2, 2019

ދަރިފުޅާއެވެ.

Previews
January 2, 2019

ފާފައިން ރައްކާތެރިވާށެވެ.

33 Comments!

  1. ifoo says:
    January 2, 2019 at 3:17 pm

    Salaam dear readers ???… Here is the 14th part ???… Hope all will like this part too n feel free to comment your views ❤️❤️❤️???… Next part on Saturday In Sha Allah ???… Keep waiting dear readers ???… Love you all n thankyou so much dear readers ifoo ah thidhey support ah ❤️❤️❤️???…

  2. Sis says:
    January 2, 2019 at 3:43 pm

    Yessss me first dhw ???? adhi story Kiyaafa comment eh kohlaanan ingey ????? though I can say varah reethi vaanekan for sure.. ?????????❤️❤️❤️❤️

    1. ifoo says:
      January 2, 2019 at 9:21 pm

      Sis ❤️❤️❤️… Congratulations on being first ??????❤️❤️❤️… N thankyou ❤️❤️❤️?????????… Waiting for your comment ???…

  3. unique says:
    January 2, 2019 at 3:46 pm

    mi partvx hama osm just love it
    curious for nxt part
    i really dont like that shamha or whatever her name is
    what she did was really wrong
    she is so insane
    eelaaf too they are just equal
    aloof is gud but aan suits with mnnu cox they both are so cute
    and ashra dhw shaaif is so bad that he dont understand the meaning of frndship some one teach him plxxx
    anyways the story is hama fab varah loabi
    miss loads ifu
    lysm

    1. unique says:
      January 2, 2019 at 3:48 pm

      minnu*

    2. ifoo says:
      January 2, 2019 at 9:25 pm

      Unique ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️?????????… V v v ufaavehje ???… Yahh… Eelaaf n Shamhaa v v bad… Let’s see what happens in their life… Much more loves from me dear ???❤️❤️❤️??????…

  4. @Ikleel says:
    January 2, 2019 at 3:50 pm

    Yess….!!!❤❤???? Finally its here again…??❤❤??…I got a chance to read new part of this Story…????❤❤Speechless..Just speech less….??❤❤??…What a nice story this was….❤❤????….Mi baives hama ehaa reethi vefa ehaa intresting….Vrh ufaa vejje story kiyaalan libunyma ????❤❤…Sifa kurumaai basthah athuraalaa goiy vrh molhu ingey…??❤??….Dhn alhe kihineh baa vaany….Vrh intresting aslu vex…??❤❤??….Eelaaf menge plane work kuraane tha anekkaa…??? Waiting for next ifoo dear..❤❤????…Kon irakun tha next part kiyaalan libeyny…???? Keep it up dear…❤❤❤??????..You are one of the best writter…❤❤??….
    Miss you a lotx dear…Much loves ❤❤❤❤❤??????????
    THE BEST STORY….!!!!!

    1. ifoo says:
      January 2, 2019 at 9:37 pm

      @lkleel ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????… V v v ufaavehje ???.. Let’s see what happens in their life ???… Next part In Sha Allah on Saturday ???… Much loves from me ❤️❤️❤️?????????…

  5. Faimu says:
    January 2, 2019 at 4:28 pm

    masha allah ❤?

    1. ifoo says:
      January 2, 2019 at 9:40 pm

      Faimu ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V ufaavehje ???…

  6. Naash says:
    January 2, 2019 at 7:20 pm

    Alheyyy…..mi part vx varah riithi….????…..eelaaf aa shamha aa haadha goahey dhw…??….e miihn ge magsadhu haasil kuran baeh ge life dhw e halaakohllanii….vry bad…vry bad…???….and aloof kihaa dhera vaanee minha ah e vhk enguniiima….and e vhk enguniima minha nagaane step eh vx neynge….????….adhi eelaaf vx aloof ge kokko akah ve hure eyna ge ufaa feyrigannanii e…..??…eythi vrh kada….??..and i dont think shaaif and ashra’s relation is gonna work cox shaaif dont have trust on his grlfrnd….??….so curious to read nxt part….??….btw story hama habeyyysss…..??????……much loves frm naash…????❤❤?????????❤❤???????…maasha allah for you grt work….????????..??❤❤???????????????….

    1. ifoo says:
      January 2, 2019 at 9:47 pm

      Naash ❤️❤️❤️… Thankyou soooooo much dear ❤️❤️❤️??????????.. Regular koh Naash ge comment fennaathy ifoo v v v ufaavey ???… It means a lot for me ???… Let’s see what happens ???… Much more loves from me dear ❤️❤️❤️?????????…

  7. QUEEN❤ says:
    January 2, 2019 at 7:39 pm

    Maashaa Allah v reethi???

    1. ifoo says:
      January 2, 2019 at 9:48 pm

      Queen ❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????.. V v v ???… Much loves from me ❤️❤️❤️?????????…

  8. Naju says:
    January 2, 2019 at 8:43 pm

    Speechless ??? Ifoo mi partvx hama v v v rythi n ehaame intresting ingey ❤❤❤??????… I just love it ?????????… I can image each n every scene in it ❤❤❤??????… I hope eelaaf men ge plane successful nuvaanekamah n I think minnu aloof ah trust kuraahen ?????????… Alhey aan ah eyna loabi libeyny kndhuvahakunbaa n v gulheyne edhekudhin ❤❤❤??????… Ur one of the best writer ey buneveyny ?????????… keep up the good work dear ❤❤❤??????… curiously waiting for the next ?????????… much n more loves from naju ???????????????❤❤❤??????

    1. ifoo says:
      January 2, 2019 at 9:53 pm

      Naju ❤️❤️❤️… Thankyou soooooo much for the support ❤️❤️❤️?????????… It really means a lot for me ❤️❤️❤️???… V v v ufaavehje ifoo ???.. Let’s see what happens ???… Much more loves from me ❤️❤️❤️?????????…

  9. Livy says:
    January 2, 2019 at 9:13 pm

    Hi ifoo ❤❤???? Hows you? Story is amazing ??? And shamha dho ???haadha goahey.. Minnu ah ingijjeyya haadha dhera vaaney ??? Eelaf ves dhen kanthah bodu kan ?? Anekka naail menaa eky ulhenikoh ashoo fenigen shaaif vejje rulhi annan ???? pis pis evvaruge myhun dho ifoo.. Hehe ??? but i love love loooooveee this story ???????? You are just greaaat ????????????❣❣???? sending you lots of love dear ????????❤❤????????????????????????????

    1. ifoo says:
      January 2, 2019 at 9:59 pm

      Livy ❤️❤️❤️… I’m not feeling well today kudakoh balive miulheny… Last part ga livy ge comment mathin v v v miss vi ❤️❤️❤️… Hws u dear??? Thankyou soooooo much for the support ❤️❤️❤️?????????… Livy akee abadhuvx ifoo ah enme supportive eh reader ❤️❤️❤️?????????… Let’s see what happens in their life ???… Much much more loves from me Livy ❤️❤️❤️?????????…

    2. Livy says:
      January 4, 2019 at 1:11 am

      I’m good dear.. Get well soon ❤❤❤ Hehe last part ves varah avahah kiyaalaifin ekam busy koh ulhunyma fahun hury comment kollan ves handhaan nethifa ☺☺????? When is next part dear?? ????????? Once again shafaakallah ?????????

  10. Maayu says:
    January 2, 2019 at 10:10 pm

    Ifooo.. ???Thy hama best writer.. ?Maaayuge Faaavvvv…. ??Vrhaka vrh vrh reethi ingey… Baakyy huri baithah vx vrh kiyaalaa hithun mihury…??? Lots nd lots of lurrv and best wishes frm me…????????❤

    1. ifoo says:
      January 3, 2019 at 3:10 pm

      Maayu ❤️❤️❤️… After so many days dhw comment thi kohlee ???❤️❤️❤️… V v v ufaavehje ehaa dhuvas fahun vx Maayu ge comment eh fenunyma ❤️❤️❤️?????????… Thankyou soooooo much dear ❤️❤️❤️?????????… Hope to see ur comment more often ❤️❤️❤️???… Much much more loves from me dear ❤️❤️❤️?????????…

  11. Ishu says:
    January 3, 2019 at 12:25 am

    Your?best❤????thank??????you??❤????for❤???this❤???nice❤?????story
    ❤??

    1. Kujja says:
      January 3, 2019 at 12:33 am

      Hey sisssuuu!!
      Kihini haalu?
      Missing ya
      Iloveyousomuchsissuuu

    2. ifoo says:
      January 3, 2019 at 3:11 pm

      Ishu❤️❤️❤️… Thankyou soooooo much dear for the colourful Comment ❤️❤️❤️?????????.. Ifoo v v v ufaavehje ???… Much more loves from me dear ❤️❤️❤️?????????…

  12. Beryl Stone says:
    January 3, 2019 at 9:14 am

    Alheyyy GWS ifoo ???❤❤❤????vrh vrh ufaa vejje bali koh ulhemun vx mi prt genesdhinyma????????shamha n eelaaf haadha goahey dhn????vrh vrh curious vey eba nxt prt kiyaalaa hithun hama..vrh vrh rythi stry eh miii..????LySm???????

    1. ifoo says:
      January 3, 2019 at 3:13 pm

      Beryl Stone ❤️❤️❤️… Thankyou soooooo much for the colourful Comment ❤️❤️❤️?????????… Ifoo v v v ufaavehje ???… Let’s see what happens dhw ???… Much more loves from me dear n thankyou for appreciating my hard work ❤️❤️❤️?????????…

  13. zaara says:
    January 3, 2019 at 11:13 am

    v rythi mi part ves

    1. ifoo says:
      January 3, 2019 at 3:14 pm

      Zaara ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… Hope to see ur comment more often ❤️❤️❤️???… Much more loves from me ❤️❤️❤️?????????…

  14. Swety says:
    January 3, 2019 at 4:04 pm

    Ahey vvv nice mi partves….but abu kihineh tha ufuralee…?

    1. ifoo says:
      January 4, 2019 at 4:38 pm

      Swety ❤️❤️❤️… Hehhe… Anbu binnaanee dhw ???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Much loves from me ❤️❤️❤️?????????…

  15. Ishu says:
    January 5, 2019 at 1:02 pm

    Kujja who are you

  16. ނުހާ އައިޝަތު says:
    January 5, 2019 at 3:37 pm

    Wen next

    1. ifoo says:
      January 5, 2019 at 6:10 pm

      Now you can read it ???…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 15←


All Right Reserved!