Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކަފުނަށް މިހިތް އަދި ނުލާކަން ޔަގީން..2

leyfa Level 110 Stories
July 27, 2014 3 Mins Read
16 Comments

.ެނަޝާޔާ ވާހަކަ ދައްކަން ފެށި އަޑަށް ލުތުފީ އާއި މަރީނާ ވެސް ދިޔައީ ސިއްސައިގެންނެވ

.މަންމާ! ހިނގާ ފޮޓޯއެއް ނަގާލަން …….. މަންމަމެން ނުފެނިގެން މި އައީ…

.އަވަހަށް ހިނގާ ބައްޕަގެ ދޮންގޮމާ… ލުތުފީ މަރީނާ އާއި އެކު ތެދުވެއްޖެއެވެ. ދަރިފުޅުގެ އުފަލަށްޓަކައި އެކަހަލަ ކިތަންމެ ނުތަނަވަސް ކަމެއް ވެސް އެއްފަރާތް ކުރެވިދާނެއޭ ބުނާކަހަލައެވެ

އާ ކައިވެނީގެ ހަފްލާ އެހާ ކުލަ ގަދަ ނުކުރެވުނަސް ޒާހިރު އެދުނު ގޮތަށް ހުރިހާ ކަމެއް ވެސް ނިމިގެން ދިޔައެވެ.އެއީ ނަޝާޔާގެ ހިތުގައި ބިންވަޅު ނެގިފައިވާ އެންމެ އުފާވެރި ހަނދާނެވެ.ކައިވެނީގެ ރަސްމިއްޔާތަށް ފަހު ކޮޓަރިޔަށް ދިޔުމަށް ޒާހިރު ނަޝާޔާ އުރާލައިގެން ސިޑިން އަރައިގެން ދިޔަ އިރު ހީވަނީ ބޮލީވުޑް ގެ ފިލްމެއް ހެންނެވެ. ނަޝާޔާ އޮތީ ޒާހިރު ގެ އަތުތެރޭގައި ލަދުން ވިރި ވިރި އެވެ. ގޭގެ . ދެވަނަ ބުރީގައި ހުރި ނަޝާޔާގެ ކޮޓަރި ދޮރު ހުޅުވާލުމަށް ފަހު ގެންގޮސް އެނދުގައި ބޭންދީ ދުވަހަކުވެސް ބިންމަތީގައި ނުޖައްސާނަމޭ ބުނާފަދަ ގޮތަކަށެވެ

ނަޝާޔާ ލަދުން ދެއަތް އުގުޅަމުން ވަށައިގެން ކޮޓަރި ތެރެ ހޯދާލިއެވެ. އެކި ކުލަ ކުލައިގެ މާމެލާމެލިން މުޅި ތަން ޒީނަތްތެރި ވެފައިވާ އިރު އެނދުމަތީގައި މާތަކުން  “ނަޝާ ވެޑްސް ޒާހިރު” އަތުރާފައި އޮތެވެ.ކުއްލިއަކަށް ލޯ އަމާޒުވެގެން ދިޔައީ އެނދުގެ އެއްކަނުގައި ބަހައްޓާފައި ހުރި ޕާރުސަލަކަށެވެ. ރަންކުލައިގެ ކަރުދާހުން ބަންދުކޮށް ފައި ވަނީ ކޯޗެއްތޯ ބެލުމަށް ނަޝާޔާ އަވަސް ވެލިއެވެ. ނަޝާޔާގެ މޫނަށް ހިނިތުންވުން ގެނުވީ އޭގައި ލިޔެފައިވާ ތަފާތު އިބާރާތްތަކުން ނެވެ. ކޮއްކޮމެން ވެސް ހާދަ ލާނަތޭ ހިތާހިތާ ކިޔާލަމުން ފޮށިގަނޑު ކަނޑައިލިއެވެ. ނަޝާޔާ އެންމެ ބޭނުންވި ހަދިޔާއެވެ.ފިޔާތޮށި ކުލައިގެ  ލޭސް ފޮތީގެ ނައިޓީ އެކެވެ. ކަޅި ޖަހާކުލާ އެޔަށް ބަލަން ގެއްލިފައި ހުއްޓާ ސިހިގެން ދިޔައީ ލޯބިވާ ފިރިމީހާ އޭނާ ގަޔާލާ ބޮނޑި ކޮށްލީމައެވެ. ވައި ރޯޅި އަކަށް ވެސް ނުވަދެވޭހާ ވަރަށެވެ.

އާދުވަހަކަށް އިރު ފެނުން ތޮޅިލީ ދިރިއުޅުމުގެ އާ ބާބަކަށް މަރުހަބާ ކިޔަމުން ނެވެ. ނަޝާޔާ އަށް ހޭލެވުމާއެކު ވަށައިގެން ނަޒަރު ހިންގާލިއެވެ. ޒާހިރު ވީ ފާޚާނާގައި ކަމުން ނިކުތުމުގެ ކުރީގައި ބިން މަތީގައި ގުޅަކޮށްފައި އޮތް ބެޑް ޝީޓް ނަގާލުމަށްފަހު ކޮޓަރި ތަރުތީބު ކޮއްލިއެވެ. މަންޒަރު ބަލަން ފާޚާނާ ދޮރުމަތީގައި ފާރާއި ނިވާވެގެން ހުރި  ޒާހިރުގެ ހިތުގައި އެތަށް ސުވާލުތަކެއް އެނބުރެމުން ދިޔައެވެ. ޒާހިރު ކުރިޔަށް ހިނގައިގަތެވެ. ނަޝާޔާ ގެ އުނަގަނޑުގައި ހިފަހައްޓާލަމުން އަހަރެން އަރައިގެން މިއިނީބާ އޮޑި އަކަށް ހޭ ބުނެ ޒާހިރު ކުރި ސުވާލު ނަޝާޔާ ގެ ކަންފަތަށް ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގައެވެ

.ކީކޭ؟ ނަޝާޔާ އަށް ފުންމައިގެން ތެދުވެވުނެވެ. ދެވަނަ ހިނދު ކޮޅުގައި ރޮވެން ވެށުނެވެ. ވީދެރައާއި ލަދުންނެވެ

ދެން އެއްޗެކޭ ބުނާއިރަށް މި އަންހެން ވެރިން ރޯންފަށާނެ.. ޒާހިރު ނަޝާޔާ އަށް ޖެއްސުން ކޮށްލިއެވެ

!ޒާރު! އަހަރެން ހިއެއް ނުކުރަން ތިހާ އަހަރެން ގެ އަގު ވައްޓާލާނެ ކަމަށް… އަހަންނަކީ ތިހާ މުޑުދާރު މީހެއްނޫން … ދުވަހަކުވެސް މީހަކާއި ވައި ވެސް އެޅުނު މީހެއް ނޫން

ނަޝާޔާ އިނީ ވަރަށް ހިތުގައި ޖެހިފައެވެ. އޭނާގެ ހިތް ހަލާކުވެއްޖެއެވެ. ރޮއި ރޮއި ދެލޯ ދުޅަވާވަރު ވެއްޖެ އެވެ. އޭނާގެ ލަދުރަކި ކަމުގެ މާނަ ޒާހިރަށް ވިސްނުނު ގޮތުންނެވެ. ޒާހިރު މާފަށް އެދުނެވެ. ނުބީހެންޏާ ކަނޑާ ހަމަ އޭ ބުނެ ވާހަކަ އޮއްބައިލިއެވެ.އެޢީ މާމުއި ހަނދުގެ ދުވަސްތަކެވެ. ލޯބީގެ އެންމެ އުފާވެރި ދުވަސްތައް ކަމުގައި ގިނަބަޔަކު ސިފަކުރިޔަސް ނަޝާޔާ އަށް އެއީ ތޫފާނެއް ގެ ކުރިގައި އައި ކޮޅިގަނޑެއް ފަދައެވެ.

މާޒީވާ ކޮންމެ ދުވަހަކާއެކު  ޒާހިރު ގެ ކޫސަނި ޝަކުވާތައް ގިނަވާން ފެށިއެވެ. ކުދި ކުދި ކަންތައް ބޮޑުކޮށް ޒުވާބު ކުރުން ކޮންމެ ދުވަހެއް ގެ ވެސް ތާވަލު ގެ ތެރޭގައި އޮންނަ ކަމަކަށް ވެގެން ދިޔައެވެ. އެހެން  ފިރިހެނުންނާއި އަޅުވާ ކިޔުމުން ފެށިގެން ފޯނު ޗެކު ކުރުން އާންމުވާން ފެށިއެވެ. މި ހުރިހާ ކަމެއް ހިނގަމުން ދިޔައިރުވެސް ނަޝާޔާ އިސް ކުރީ ހަމަ ހިމޭން ކަމެވެ. ކުށްވެރި ވާތީ އެއް  ނޫނެވެ. ފިރިމީހާ ގެ ޤަދާރާއި ޢިއްޒަތް ހިފަހައްޓަން ބޭނުން ވާތީއެވެ. މަޑުމައިތިރި ކަމާ ވަފާތެރި ކަމާއެކު ދިރިއުޅުން ކުރިޔަށް ގެންދެވޭތޯ  ގަދައަޅާ މަސައްކަތް ކުރަމުން ދިޔައީ ޒާހިރަށް ހެޔޮ ވިސްނޭނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ..

ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވަނީސް ނަޝާޔާއަށް މަންމަ އަކަށް ވާން އުޅޭ ކަމުގެ ޚަބަރު ޑަކްޓަރުން ދިނެވެ. އޭނާ އިންތިހާ އަށް  އުފާވިއެވެ.އެހާ ދެރަވެސް ވިއެވެ. ކިޔެވުން މެދުކަނޑާލަން ޖެހުނީމައެވެ. ކޮލެޖް ގައި ގިނަވަގުތު ހޭދަ ކުރެވޭ ވަރަށް ވުރެ ސިއްޙީ ހާލަތު ތަން ނުދޭތީ ވެސް މެއެވެ.އަލަތު ދަރިފުޅު ލިބޭކަން އެގުމާއި ވިދިގެން ޒާހިރު ގެ ލޯބި އޮހެން ފެށުނެވެ.ރިސޯޓް ގައި އަދާކުރަމުން ދިޔަ ވަޒީފާ އިން ވަކިވެގެން ރަށަށް އައީވެސް ނަޝާ ގާތުގައި ހުރުމުގެ ބަހަނާގައެވެ. ހުރިހާ ވަގުތެއް ނަޝާޔާއަށް ހުސް ކުރިއެވެ. މީރު ހެން ހީވާހާ ކާ އެއްޗެއް ގެޔަށް ޖަމާ ކުރަމުން ދިޔައީ ޚަރަދަކަށް ބެލުމެއް ނެތިއެވެ. އެހެނަސް އެއީ ދައްކާލި ދަޅައަކަށް ވެ ޒާހިރު ކުރީގެ މިޒާޖަށް ބަދަލުވެ ދިޔައީ މަހެއްހާ ދުވަސްވެސް ނުވަނީހެވެ

ދުވަސްތައް އޭގެ ޒާތުގައި  ކުރިޔަށް ދިޔައެވެ. ޒާހިރަށް ރަށު ފިހާރަ އަކުން ވަޒީފާ ހަމަ ޖެހުނެވެ. ޒާހިރު ވެސް ވަޒީފާގައި އަވަދިނެތި މަސައްކަތް ކުރަންފެށިއެވެ. އަނބިމީހާއަށް ވަގުތު ދެވޭވަރަށް ވުރެ ދުވަހުގެ ޝެޑިއުލް ބިޒީ ވަމުން ދިޔައެވެ. އަނެއްކޮޅުން ނަޝާޔާ ގެ ބަނޑަށް ދުވަސް ފުރެމުން އާދެއެވެ. ދުވަހަކަށް ފަހު ދުވަހެއް ބަރުހެލިވަމުން ދިޔައެވެ. ލުތުފީ އާއި މަރީނާ އެދެމަފިރިން ގެ އަލަތު މާމަ ދަރިފުޅަށް މަރުހަބާ ކިޔުމުގެ ތައްޔާރީތައް ވަމުން ދިޔައެވެ. ގޭގައި ބޮޑު ކޮޓަރިއެއް ތައްޔާރުކޮށް ކުޑަ ދަރިފުޅުގެ ސާމާނު ހަމަ ކުރަމުން ދިޔައެވެ. އެހެނަސް ޒާހިރު ގެ މާ ބޮޑު ތައްޔާރީތަކެއް ނުފެނެއެވެ. ކަހާތަން ހިރުވާވެސް ނުލާ ހުރީއެވެ. އޭނާ ދެކޭ ގޮތުގައި ނަޝާޔާގެ މައިންބަފައިން ގެ ވަޒަނުގައި ދިރި އުޅެންޏާ ޚަރަދު ކުރަން ވެސް ޖެހޭނީ މައިންބަފައިންނެވެ. ކަންތައް ވީވެސް އެހެންނެވެ. ދަރިފުޅަށާއި މައިމީހާ ގެ ހުރިހާ ސާމާނެއް ވެސް ނަޝާޔާގެ ބައްޕަގެ ޖީބުން ފުރިހަމަ ކޮށްދިނެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ. ފިރިޔަކު ހުރެ ފިރިޔެއް ގެ އަޅާލުމާއި ލޯބި ނުލިބުމަކީ ކޮންމެ އަނބެއްގެ ހިތް ވެސް ޒަޚަމް ވަމުން ދާނެ ކަމެއް ކަން ޔަގީނެވެ. ނަޝާޔާގެ މާޔޫސީ  ދިރިއުޅުން އުޖާލާކޮށް ދޭނެ ބައިވެރިޔެއްނެތެވެ. އޭނާއަށް އޮތީ ކަރުނަ އެޅުމެވެ. މުޅި ދުނިޔެއަށް ވެސް ސިއްރުންނެވެ

ޒާހިރަށް ޓަކައި އެހިތުގައި އުފެދުނު ލޯބީގެ ހުޅުކޮޅު ކަނި ވެ ނިވިގެން ދިޔަ ދުވަސް ނަޝާޔާގެ ހިތަށް ސިފަވަމުން ދިޔައެވެ.  މަރީނާ އިނީ ކުޑަމީހާ އަށް ގަނެގެން އައި ކުދި ހެދުންތައް ފަށް ޖަހާށެވެ. ވިހާ ދުވަސް ކައިރިވެފައިވާތީ ހޮސްޕިޓަލަށް ގެންދިޔުމަށް އަންގާފައިވާ ސާމާނު ދަބަހަށް އަޅާ ތައްޔާރު ކުރުމުށް ނަޝާޔާ އިނެވެ

“ނަޝާ! ކޮބާތަ ކައިވެނީގެ ސެޓްފިކެޓް؟” މަރީނާ އިނީ ލިސްޓް ހިފައިގެން ނެވެ

ކައިވެނި ކުރި ދުވަހު ޒާހިރު ގެނެސް ލީގޮތަށް އޮންނާނެ ތިހިރަ ކަބަޑުގަ! އަލަމާރި ތިރީގައި ހުރި ކަބަޑު އަތުގެ އިޝާރާތުން ދެއްކިއެވެ

ސާބަސް މި މަންޖެއަށް! މިހުރިހާ ދުވަސް ވީއިރުވެސް ބަލައިވެސް ނުލަންތަ؟ ދައްކާލަބަލަ އޭރުގެ ފޮޓޯ ބަލައިލަން! މަންމަ ސެޓްފިކެޓް ހުޅުވަމުން ބުނެލިއެވެ

ޔާ ރައްބީ! މަރީނާ އަޑުގެ ނެއްތަނަށް ހަޅޭއްލަވައި ގަނެވުނެވެ. ބިންމަތީގައި އިން ނަޝާޔާ ވެސް ދިޔައީ ސިއްސައިގެންނެވެ

މަ ހަމަ އެހާ ފަލަ ވީތަ ؟ މަންމަ ތިހާ ހައިރާން ވީ ކީއްވެ؟

މަރީނާއަށް ވާހަކަ ދައްކަން ވެސް އުދަގޫވިއެވެ. އޭނާ ވަކި ބުނާނީފަހެ ކީކޭ ހެއްޔެވެ. ލޯބިވާ ދަރިފުޅުގެ ފިރިމީހާ އަކީ މަކަރުވެރިޔެކޭ ހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

leyfa

Level 110 Stories

Other Articles

Previous

ލޯބި އޭގެ އިންތިހާ

Next

އުޅެން އުމުރަށް ލޯބިން އެކީ…2

Next
July 28, 2014

އުޅެން އުމުރަށް ލޯބިން އެކީ…2

Previews
July 26, 2014

ލޯބި އޭގެ އިންތިހާ

16 Comments!

  1. Fahtha says:
    July 27, 2014 at 1:17 am

    vara reethi vaahaka e

  2. xoxo says:
    July 27, 2014 at 1:48 am

    Dhen kon irakun vahaka up vanee.. .. varah nice story

    1. leyfa says:
      July 28, 2014 at 1:13 am

      thanks xoxo

  3. mihaaxaa says:
    July 27, 2014 at 2:29 am

    Varah salhi kon irakun vaahaka upkuraaneee

    1. leyfa says:
      July 28, 2014 at 1:13 am

      thanks

  4. mushrifa says:
    July 27, 2014 at 5:04 am

    Varah salhi

  5. lily says:
    July 27, 2014 at 1:24 pm

    intresting

  6. white says:
    July 27, 2014 at 11:56 pm

    ވަރަށް ރީތި… ވަރަށް ސަޅި ކޮންސެޕްޓް

  7. shaph says:
    July 28, 2014 at 12:57 am

    mi part we w nice 😀 next part kon iarakun ??? plxx awahah up kurahchey

  8. leyfa says:
    July 28, 2014 at 1:14 am

    thanks hurihaa kudhinna

  9. awm says:
    July 28, 2014 at 2:10 am

    V salhi mivaahaka.. Konirakun aneh part up kohlaany..

  10. shaph says:
    July 31, 2014 at 11:38 pm

    Alhe kobaa tha mi story ge next part ??? plxxxxxxx awahah up kohba

  11. maee says:
    August 1, 2014 at 12:05 am

    salhi mi story!!!v ginain fenna kamakamedhu thiothy story base koffa…dheythere akun haru baheh genesdhyfa innathy vahaka ah ithury furihama kameh genesdhey…waiting 4 da nxt prt

    1. leyfa says:
      August 2, 2014 at 12:38 pm

      thanks… its based on a real story

  12. aana says:
    August 3, 2014 at 10:59 pm

    Vara reethi vaahaka eh^^♥

  13. hawaa ge thelephone says:
    August 4, 2014 at 12:29 am

    nice piece of writing leyfa im loving it .. enjoying … 🙂 moya vegen ulhey zaaaaaaaaaareh tha mi zamaanuga meehun ulhey goitha??????

Comments are closed.

Next Episodeކަފުނަށް މިހިތް އަދި ނުލާކަން ޔަގީން…3←


All Right Reserved!