Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެނުގެ ރާނީ 16

Ninnu Level 210 Stories
December 17, 2018 6 Mins Read
7 Comments

ސޯފާގައި އިން އީމާނާ ބަލަމުން ދިޔައީ މުއާޒްގެ މުނަށެވެ. ކުއްލިއަކަށް އޭނާ ބޮލަށް އެހިޔާލުވަނީ ކިހިނެއް ކަމެއް ނޭނގެއެވެ. އެރޭގައި އަމްރު އެހެން ބުނީ ރުޅިއައިސްފައި ހުރި ވަރުންނެވެ. ނަމަވެސް އެތަނުން ކޮންމެވެސް އެކަކު އެކަމުން މާނަ ނެގިގޮތް ނުބައި ވެއްޖެއެވެ. އެކަން ވިސްނުނު އީމާނާ ފުންފުންކޮށް ދެތިންފަހަރު ނެވާއެއް ލަމުން އެތަނުން ތެދުވެއްޖެއެވެ. އޭނާ އެތަނުގައި އެންމެ ސިކުންތަކުވެސް ހުންނާނަކަށް ބޭނުނެއް ނުވިއެވެ. ތެދުވެގެން ގޮސް ދޮރގުގައި ހިފާލުމާއެކުހެން އީމާނާ  ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ދޮރުމަތީގައި ހުރި އައްމާރު އެވަގުތު ހުރީ ހީގަނެގެންނެވެ.

އީމާނާ އަތުގައި އޮތް ފޯނު ނަގައި އަމްރުއަށް ދެފަހަރަކު ގުޅާލިއެވެެ. އައްމާރު އެތެރެއަށް ވަނުމަށްފަހު ދޮރު ލައްޕާލަމުން ކުރިއަށްވުރެ ބޮޑަށް ހީލިއެވެ. އީމާނާ ދެފައިން ވާގި ދޫވާ ކަހަލަ އިހުސާސެއް ވިއެވެ. އޭނާ ދެން ބަލާލީ ދުރު ސޯފާގައި އިން މުއާޒަށެވެ. މުއާޒް ހިނިތުން ވެލައިގެން ހުރިގޮތުން ދެން އޭނާއަށް އެތަނުން ނުދެވޭނެކަން އީމާނާއަށް އިހުސާސްވިއެވެ. ލޮލަށް ކަރުނަ ޖަމާވި އީމާނާ އިސްޖަހާލިއެވެ. އައްމާރު އީމާނާގެ ކައިރިންގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އީމާނާ ތުުރުތުރު ލަމުން ދިޔަ އަތުން އަމްރުއަށް އަނެއްކާވެސް ގުޅާލިއެވެ. ދެން ފުން ނޭވާއެއް ދޫކޮއްލިއެވެ. އޭނާ ދެފަހަރު މަޑުމަޑުން ޝަހާދަތް ކިޔާލިއެވެ. އެހެން އޭނާގެ ހިތަށް އެރީ ކީއްވެ ކަމެއް ނޭނގެއެވެ. ލޮލުގައިވި ކަރުނަތަށް ފުހެލަމުން އީމާނަ މުއާޒަށް ބަލާލިއެވެ. އަދި އެލޮލުން ބުނީ އޭނާއިނީ ތައްޔާރަށް ކަމުގައެވެ.

ޑިއުޓީ ނިންމާފައި އޮފީހުން ނިކުތް އަމްރު ފޯނު ބަލާލިއެވެ. އީމާނާގެ ދެ މިސްކޯލު އޮތްތަން ފެނުމުން އޭނާ އަވަހަށް ގުޅާލިއެވެ. ނަމަވެސް ފޯނު އޮތީ ނިއްވާލައިފައެވެ. ފޯނު ޖީބަށް ލަމުން އަމްރު ކާރަށް އަރައި މިސްރާބު ޖެހީ ނިކަތު މެންގެއާއި ދިމާއަށެވެ. އޭނާއާއި ނިކަތު ވާހަކަ ނުދައްކާތާ ދެތިން ދުވަހެއް ވެއްޖެއެވެ. ކޮންމެ ފަހަރަކުވެސް ނިކަތުގެ މޫނުން ފެންނަނީ އޭނާއަށް ފެންނަނީ ކުރިން ނުފެންނަ ދުރުކަމެކެވެ. އެމޫނުގައި އަތް ޖައްސާލަން ބޭނުންވި ނަމަވެސް އެކަންވެސް އަމްރުއަށް ނުވެއެވެ. ގެއާއި ދިމާލަށް ކަރުގެ މިސްރާބުު ހަރުކޮއްލަމުން އަމްރު އަނެއްކާވެސް އީމާނާއަށް ގުޅާލިއެވެ. މިފަހަރުވެސް ބުނީ ފޯނު ނިއްވާލާފައި އޮތް ކަމުގައެވެ.

އައްމާރު ކޮޓަރިން ނިކުމެގެން އައިސް ހުއްޓުނީ އެތަނަށް ގެނެސްފައިހުރި އެފްރިކަން މަކައުއެއް ކައިރީގައެވެ. މުއާޒް އޭގެ ކައިރިއަށް ހުއްޓުމާއެކު އޭތި އަޑު ލައްވައިލައިފިއެވެ. އައްމާރު ކޮޓަރިން ކާއެއްޗެހި ހިފައިގެން ނިކުމެ އެތަނާއި ކައިރިއަށް އައިސް މަޑުކޮއްލިއެވެ. މުއާޒް އަތަށް އެއެއްޗެހި އަޅައިގެން އޭގެއަށް ދިއްކޮށްލިއެވެ. އައްމާރު އަނެއްކާ ދިޔައީ ކުޑަ އެތިކޮޅެއް ނަގަންށެވެ. މުއާޒް އޭތިކޮޅު އަތަށް އަޅައި  ގުރަޔަށް ދިއްކޮށްލިއެވެ. އަޑުލައްވާލި ގުރާ ކާއެތިކޮޅު ތުންގަނޑު އަޅުވާލީ މުއާޒްގެ ބޮޑުގައި އިނގިލީގައެވެ. ހަންގަނޑުގައި ތުންގަނޑުއަޅުވާލި ބާރުކަމުން އެތަނުން ލޭއައިތަން މުއާޒަށް ފެނުނެވެ. މުއާޒް ވީތަދުން ވަގުތުން އަތް ދަމައި ގަންނަންނަމުން ބުމަގޮށް ޖަހާލިއެވެ. އެރި ރުޅީގައި އޭތި ކަރުގައި ހިފާފައި އަނބުރާލަންވެސް މުއާޒް ހިތަށްއެރިއެވެ. އިރުކޮޅަކު އެހެން ހުރެފައި ތަދު މަޑުވީމައި އޭތީގައި ގޮށްމުށުން ޖަހައި ތިރިއަށް ވައްޓާލިއެވެ

“ބައްޕާ.. ފިޝްއަށް ކިހިނެއްވީ؟…” އައްމާރު އައިސް ތިރިއަށް ވެއްޓި އަޑުލައްވަމުން ދިޔަ ގުރަޔަށް ބަލާލަމުން ބުނެލިއެވެ.

“ބައްޕަ އަތުގައި ޖެހުނީ.. ބައްޕަ އުޅުނީ މިތަނަށް ލާންވެގެން…” ގުރާ ލާފައިހުރި ހަރަށް އިޝާރާތް ކޮއްލަމުން ބުނެލިއެވެ. އައްމާރު އަވަހަށް އައިސް ގުރާ ނަގައި އޭތިގައި ފިރުމަން ފެށިއެވެ.

“ބައްޕަ އަންނާނަން އެނގޭ ބޭރަށް ގޮސްލާފަ…”  މުއާޒް އެހެން ބުނެފައި ބޭރަށް ނިކުމެގެން ދިއުމުން އައްމާރު ބަލާލީ ފިޝްއާއި ދިމާލަށެވެ. އޭތި އަތް މަތީގައި ތެޅިތެޅި އިންގޮތުން އައްމާރު ވިސްނާލިއެވެ. އަތުން ޖެހި ވެއްޓުނު އެއްޗަކަށް މިވަރު ވެގެނެއް ނުވާނެއެވެ.

ލޯގަނޑު ކައިރީގައި ހުއްޓިގެންހުރި ނިކަތު ބަލަން އިނީ އޭނާގެ ނިކުމެފައިވާ ބަނޑަށެވެ. ފަސްމަހުގެ ބަނޑަކަށްވުރެ އޭނާގެ ބަނޑުހެން އޭނާއަށް ހީވެއެވެ. ކުއްޖާ އެހައި ބޮޑީ ހެއްޔެވެ. ހިޔާލުތަކުގައި އިން ނިކަތު ސިހުނީ ދޮރުގައި މީހަކު ޓަކި ދިނުމުންނެވެ. ދޮރުމަތީގައި ހީލައިގެން އިން ރުހާނީ ފެނުމުން ނިކަތު އައިސް ރުހާނީގައި ބައްދާލިއެވެ. ދެމީހުން  އައިސް އިށީނީ ބޭރުގައި ބަހައްޓާފައި ހުރި ސޯފާތަކުގައެވެ. ކުޑަކުޑަ އާރާ އޭރު ގޭތެރޭގައި ހިނގަހިނގާފައި އުޅެއެވެ.

“ރޫހީއަކަށް ހިއެއް ނުވޭތަ އަހަރެންގެ ބަނޑު މާބޮޑަށް ބޮޑު ހެނެއް؟..” ދެހިޔާލެއްގައި ހުރެ ނިކަތު ބުނެލިއެވެ.

“ކާކު ބުނީ މިހާރު އެހެން؟” ރުހާނީ ބުމަ ކައިރި ކޮއްލަމުން އެހެން ބުނެލިއިރު ހީވާނީ އެހެން ބުނި މީހެއްގެ މޫނުގައި ޖަހަން ތައްޔާރު ވެގެން ހުރި ހެންނެވެ.

“މީހަކު އެހެން ނުބުނޭ.. އެކަމް އަހަންނަށް އެހެން ހީވަނީ..” ނިކަތު އެހެން ބުނެައި ބަލާލީ ދޮރުން ވަދެގެން އައި އަމްރުއަށެވެ. ޕޮލިސް ޔުނިފޯރމްގައި އައި އަމްރު ހިނގާފައި އަންނައިރު އިރުއިރުކޮޅާއި ނިކަތުއަށް ފެންނަނީ ކުރީގެ އަމްރުއެވެ. ކުޑައިރުގައި އަމްރު ހުންނަ ގޮތަށެވެ. ކަޅި ޖަހާނުލައި އެހެން ބަލަން އިނުމުން ކައިރިއަށް އައި އަމްރު ހުއްޓުނީ ނިކަތުގެ ކުރިމަތީގައެވެ.

“ނިކޫ…” އަމްރު އެހެން ބުނުމުން ނިކަތު ދިޔައީ ސިއްސައިގެންނެވެ. އަވަހަށް އެތަނުން ތެދުވަމުން ހިނގައިގަތީ ރުހާނީ ކައިރީގައި މިއަންނަނީ ކަމުގައި ބުނެފައެވެ.

“ނިކޫ.. ވަޓްސް ގޮއިން އޯން؟…” ނިކަތުއާއި އައިސް އެއްވަރު ކުރަމުން އަމްރު ނިކަތުގެ އަތުގައި ހިފައި ކުއްލި ޖަހަމުން ނިކަތު މަޑު ޖައްސަމުން ބުނެލިއެވެ.

“ކަމެއް ނުވޭ.. އެއްވެސް ކަމެއް ނުވޭ…” އިސްޖަހާލި ނިކަތު ލޮލުން ދިލަ ނަގައި ގަތުމުން ލޯމަރާލިއެވެ. އޭނާ އަމްރުއަށް ކިޔައި ދޭނެ ގޮތެއް ނޭނގެއެވެ. ހުދު އޭނާއަށްވެސް މިވަނީ ކިހިނެއް ކަމެއް ނޭނގެއެވެ.

“ޕްލީޒް ލެޓް މީއިން ނިކޫ… ޕްލީޒް…” އަމްރު އާދޭސް ކުރާކަހަލަގެ ގޮތަަކަށް ބުނެލިއެވެ.

“އައި ޑޯންޓް އީވެން ނޮއު.. ހައު ކޭން އައި އެކްސް ޕްލޭން އިޓް ޓު ޔޫ…” ނިކަތު އިސްއުފުލާލުން އެހެން ބުނެލިއިރު އެލޮލުގައިވި ކަރުނަތަށް އަމްރުއަސް ފެނުނެވެ. މަޑުމަޑުން އަތް ނަގައި ނިކަތުގެ މޫނު ފޮރުވާލަމުން އަމްރު އޭނާގެ ތުންފަތް އެމޫނުގައި ޖައްސާލިއެވެ.

“ނިކޫ ބުނަން ބޭނުންވި އިރަކުން ބުނަންވީ.. އަލް ވެއިޓް..” އެހެން އަމްރު ކޮޓަރިއަށްވަދެ ތުވާލި ހިފައިގެން ހިނގައިގަތީ ފާހާނައާއި ދިމާލަށެވެ. ނިކަތުވެސް ފަހަތުން އައިސް އެނދުގައި އިށީނދެއްޖެއެވެ.

ސާރާާއި އެކު ހޮސްޕިޓަލަށް ދާން ނިކުތް ނިކަތު މިއަދުހުރީ ވަރަށް ހާސްވެފައެވެ. ކުރިން ދުވަހުގައި ކަންތައް ވީ ގޮތުން އޭނާ ބޭރަށް ނިކުންނަންވެސް ފޫހިވެއެވެ. ދޮރުން މަގުމައްޗަށް ބަލަހައްޓައިގެން އިން ނިކަތުއަށް ވިސްނެމުންދިޔައީ ކުރިން ދުވަހެއްގައި އޭނާއާއި ދިމާކުރި މީހާއާއެވެ. އެމީހާގެ ވާހަކަ ދެއްކުމުގައި ދަންނަ ގޮތެއް ހުރެއެވެ. އެއީ އޭނާއަށް  ކޮންމެވެސް ގޮތަކުން އިނގޭ މީހެކެވެ. ސްކޭން ރޫމްއިން ނިކުމެގެންދިޔަ މީހާ މަޑުކޮއްލީ ކެންޓީނުގައެވެ. އެތަނުގައި ސޭންޑް ވިޗްއެއް ކާން އިނދެފައި ނިކަތު ފޯނު ބަލާލީ މެސެޖެއް އައުމުންނެވެ. ކުއްޖާގެ ޖިންސު އެނގުމުން އޭނާވަކި އުފަލެއް ނުވިއެވެ. އިތުރަށް ހިތުގައި އުތުރި އަރައިގަތީ ބިރުވެރި ކަމެކެވެ. މިހާރަކަށް އައިސް އަބަދުހެން އޭނާގެ ފޯނަށް ފާޑެއްގެ ނަންބަރަކުން މެސެޖް ކުރާނެއެވެ. ފޯނު ނިއްވާލާފައި ދަބަހަށް ކޮއްޕާލިއެވެ. ގޮނޑި ދުރުކޮއްލާފައި އެތަނުން ތެދުވި ނިކަތު ހިނގައިގަތީ ކައުންޓަރާއި ދިމާލަށެވެ. އޭނާ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.

ހޮސްފިޓަލުން ނިކުމެގެން އައި ނިކަތު އައިސް ކާރުގެ ދޮރާއި ހަމަވުމާއެކު ފަހަތުން މީހަކު އައިސް ކާރުގެ ދޮރު ޖަހާލިއެވެ. ހީވަނީ އޭނާ ދޮރު ހުޅުވަންދެން މަޑުކޮއްލައިގެން ހުރި ހެންނެވެ. ފަހަތަށް އެނބުރުނު ނިކަތު ދެލޯ ބޮޑުކޮއްލީ ޝައްމޫން ލޯ ހަދާލައިގެން ހުރުމުންނެވެ. ހީވަނީ އޭނާއަކީ ޝައްމޫނަށް މާކުރިންސުރެވެސް އިނގޭ މީހެއް ހެންނެވެ. ޝައްމޫން އަތުގެ އިޝާރާތުން ބުނީ އޭނާގެ ފަހަތުން އައުމަށެވެ. ނިކަތު ވަށައިގެން ބަލާލީ އެތަނުގައު އެވަގުތު އަޑުގަދަ ނުކުރާށެވެ. ޝައްމޫން ގޮސް މަޑުކޮއްލީ ސޯޝަލް ސެންޓަރގެ ކުރިމަތީގައެވެ.

“އަހަރެން ކިތަށް ފަހަރު ނިކޫއަށް މެސެޖް ކުރަންވީ؟…” ޝައްމޫން އެހެން ބުނުމުން ނިކަތު ދެލޯ ކޮއްލިއެވެ. އޭނާ މިވީހައި ދުވަހު މެސެޖް ކުރި މީހަކީ އެއީ ހެއްޔެވެ.

“ކީއްކުރަން ޝައްމޫން އަޅުގަނޑަށް މެސެޖް ކުރަންވީ…” ނިކަތުވެސް ކޮއްލީ ސުވާލެކެވެ. ޝައްމޫން ޝައުޤުން ފުރިގެންވި ގޮތަކުން ބަލާލީ ނިކަތު އޭނާއަށް ޝައްމޫންއޭ ކިޔާފައި މުހާތަބު ކުރުމުންނެވެ.

“ނިކޫ ހަމަ ހަޤީޤަތުގައިވެސް ހަނދާން ނެތްތަ ބައްޕަ މަތިން…” މިފަހަރު ޝައްމޫން ކޮންމެހެން ސިއްރު ކުރާކަށް ނޫޅެއެވެ. އަރުބެދި ލޮލަށް ކަރުނަ ޖަމާވާން ފެށުމުން ޝައްމޫން އިސްޖަހާލިއެވެ. އޭނާއަށް މިލިބެނީ ކޮންކަހަލަ ސަޒާއެއް ބާވައެވެ.

ނިކަތު އެހެން ބުނެ ހީލުމުން ޝައްމޫން އިތުރަށް ދެރަވިއެވެ.”ބައްޕައޭ… ހެހެހެ..”

“”ތީ އަމްރުގެ މަންމަގެ ބޯއީ ފްރެންޑެއްނު… އަޅުގަނޑު އަމްރުއާ އިނދެގެން އުޅޭތީތަ މިހާރު ތިއުޅެނީ.. މަންމަ މިހާރު ނޫޅޭ ނިކަތު އެހެން ބުނެލަމުން އެތަނުން ދާން ހިނގައިގަތެވެ. މިއީ ކޮންކަހަލަ މީހެއް ބާވައެވެ. ދުނިޔޭގައި މިހައި ގޮތްކުޑަ މީހުން ވެސް އުޅޭ ބާވައެވެ.

“ރުކޫ…”

ޝައްމޫން ފަހަތުގައި ހުރެފައި އެހެން ގޮވާލުމާއެކު އޭނާގެ ފައި ބިމުގައި ތަތްލި ކަހަލައެވެ. ވަގުތުން ފަހަތަށް އެނބުރި ބަލާލެވުނީ އެއްވެސް އިޙުތިޔާރަކައި ނުލައެވެ. އޭނާގެ ހަށިގަނޑު އެނަމަށް މަސައްކަތް ކުރީ އޭނާގެ އެއްވެސް އިހްތިޔާރެއް ނެތިއެވެ.

“ބައްޕަ އާއެކު ރުކޫ ދާނަންތަ… ނޫނީ ރުކޫ ބޭނުންވީ މަންމަތަ…” ޝައްމޫން އެހެން ބުނުމުން ނިކަތު ބޯއަރި ކޮއްކިލިއެވެ. ޝައްމޫން އެދައްކާ ވާހަކައެއް އެއްވެސް ވަރަކަށް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާގެ ހިތުގައި މިޖެހެނީ ކީއްވެ ހެއްޔެވެ. ި

“ބައްޕައަށް އަނބުރާއެއް ކުރީގެ ވަގުތެއް ނުގެނެވޭނެ.. ރުކޫއަށް އަށް އިނގޭތަ ލޯތްބަކީ ކޮން އެއްޗެއްކަން.. ބައްޕައަށް ނޭނގެ ރުކޫއަށް ކިޔާދޭނެ ގޮތެއް…” ޝައްމޫން އެހެން ބުނުމާއެކު ނިކަތު ލޮލުން ފުރަތަމަ ކަރުނަތިކި އޭގެ މަޤާމު ދޫކޮއްލައިފިއެވެ. މީހަކު އިސްތަށިގަނޑުގައި ހިފައި ދަމައި ގަތުމުން ވާކަހަލަގެ ތަދެއް ކުއްލިއަކަށް ނިކަތުގެ ބޮލަށް ވިއެވެ. އަތުން އިސްތަށިގަނޑުގައި ހިފާލަމުން ތިރިވެ ކަކޫ ޖަހާލިއެވެ.

1 ޖުލައި 1992

ކުރިމަތީގައި ހުރި ކޮޓަރީގެ ދޮރު ހުޅުވުމާއެކު އެނދުގައި ބަރަހަނާ ހާލުގައި ތިބި ދެމީހުން އަވަހާއި އެއްޗެހިލާން މަސައްކަތް ކުރިއެވެ. ރުކާޔަތުގެ ކޮނޑުގައި ހިފައި އެމީހާ އޭނާ ކޮޓަރީގެ ތެރެއަށް ގަންނުވާލިތަން ފެނުމުން ޝައްމޫން އުނަގަނޑުގައި ތުވާލި އޮޅާލަމުން ތެދުވެގެން އައިސް ކުޑަކުޑަ ރުކާޔަތު ނަގައި ގަޔާއި ކައިރި ކޮއްލިއެވެ. ނަމަވެސް ރުކާޔަތު ފަހަތަށް އައިސް ޖެހުނީ ތަންކޮޅެއް ކުރިން އޭނާގެ އަނގަމަތީގައި އަތް އަޅައިގެން ހުރި މީހާގައިގައެވެ. ރުކާޔަތު މަޑުމަޑުން އެމީހާގެ މޫނަށް ބަލާލިއެވެ. މުއާޒްގެ ރުޅިވެރި ދެލޮލުން ބަލަންހުރީ އެނދުގައި އިށީނދެއިން އީމާނާއަށެވެ. ގަޔާއިއެކު ބެޑްޝީޓް އޮޅާލައިގެންއިން އީމާނާއަށް އޭރު ރޮވިއްޖެއެވެ. ގިސްލެވެމުން ގޮސް އަނގަމަތީގައި އަތް އަޅަމުން ދެން ބަލާލީ ކުރިމަތީގައި ވާނުވާ ނޭނގި ބަލަހައްޓައިގެން އިން ރުކާޔަތުގެ މޫނަށެވެ. ރުކާޔަތަށްމިވަނީ ކިހިނެއް ކަމެއް ނޭނގުނު ނަމަވެސް މިތަނުގައި ވަމުން މިދަނީ ރަނގަޅު ކަމެއް ނޫންކަން އެނގެއެވެ.

“އަހަރެން ހިތަށް އެރީ ޝައްމޫންގެ ދަރިއަށްވެސް ފެންނަން ވާނެ ނޫންހޭ މިމަންޒަރު…” މުއާޒް ތުރުތުރު ލަމުން ދިޔަ އަޑުން ބުނެލިއެވެ. އެލޮލުގައިވި ރިހުމުގެ އަސަރު ރުކާޔަތަށް އިހްސާސްވިއެވެ.

“މި ފެންވަރަށްތަ މުއާޒް ވެއްޓެންވީ.. އެއީ އެންމެ އަށްއަހަރުގެ ކުއްޖެކޭ…” އީމާނާ ހިތްވަރު ކޮއްފައި އައިސް ބުނެލިއެވެ. އަދި ކޮނޑުމަތީގައި ބޮޑަށް ނިވާކޮއްލަމުން އީމާނާއައިސް ބުނެލިއެވެ.

“ދެން އަމްރު ކޮން ބޮޑެއް ވެގެން އަބަދު އަމްރުއަށް މިމީހާ ދައްކަން ގެންނަނީ..” މުއާޒް އެހެން ބުނުމުން އީމާނާއަށް ކިޔާނެ އެއްޗެއް ނޭނގުނެވެ. ހިންދިރުވާލަމުން އީމާނާ ހިނގައިގަތީ އެތަނުން ނިކުމެގެން ދާށެވެ.

“ރުކޫއަށް މިތަން ދައްކާކަށް ނުޖެހޭނެ މުއާޒް.. އޭނާ މާކުޑަ އަދި…” ޝައްމޫން ލަދުގަނެފައި އެހެން ބުނިއިރު އަދިވެސް ހުރީ ދުރުގައި ހުއްޓިހުރީ ރުކާޔަތަށް ބަލާށެވެ.

“އަހަރެންވެސް މީ ބަފައެއް.. އެންމެ ކުޑަ ދުވަހުން ފަށައިގެން ފެނުނީ އަހަރެންގެ އަމްރު މަންމަގެ ލޯތްބަށް އެދި ކުރާ އާދޭސް… ނުބުނަން އީމާނާ އަމްރުދެކެ ލޯބޮ ނުވެއެކޭ.. އެކަމް އީމާނާއަށް އެލޯތްބެއްވެސް ނުދެވުނު.. އީމާނާ ބޭނުންވީ ޝައްމޫން.. އިހްސާސްވޭތަ ދަރިއެއްގެ ބޭނުން ފުއްދައި ނުދެވުމުން ވާ ދެރަ.. ރުކޫއެ ބަލާ ގޮތުން ޝައްމޫނަށް އުނދަގޫ ވާއިރު މިވީ އަށްއަހަރު އަމްރު އޭނާގެ މަންމައަށްޓަކައި ކުރާނެ އާދޭސް ވިސްނާލަބަލަ…”  މުއާޒް އެހެން ބުނެފައި އެތަނުން ނިކުމެގެން ހިނގައިގަތީ ރުކާޔަތުގެ ބޮލުގައި ފިރުމާލާފައެވެ. ރުކާޔަތު އެދިމާލަށް ބަލާލަމުން ހިނގައިގަތީ ބައްޕައާއި ވީހާވެސް ދުރަށް ދާށެވެ. ބައްޕައަކީ ގޯސްމީހެއްކަން ވިސްނުމުން ރުކާޔަތު ދެރަވިއެވެ.

“ރުކޫ…” ކުރިއަށް ހިނގާފައި ދިޔަ ރުކާޔަތު މަޑު ޖެހިލަމުން ބަލާލީ ރުޅި އައިސްފައެވެ. އޭނާ ބޭނުންވީ މަންމައެވެ. ބައްޕަގެ ކައިރީގައި އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް ބޭނުމެއް ނުވިއެވެ.

“ބައްޕައަށް އަނބުރައެއް ކުރީގެ ވަގުތެއް ނުގެނެވޭނެ.. ރުކޫއަށް އިނގޭތަ ލޯތްބަކީ ކޮން އެއްޗެއްކަން.. ބައްޕައަށް ނޭނގެ ރުކޫއަށް ކިޔާދޭނެ ގޮތެއް.. ބައްޕަ ރުކޫމެންގެ މަންމައާ ކައިވެނި ކުރީ ލޯބި ވެވިގެން ކަމަށް ހީކޮށް.. އެކަމް ބައްޕަ ބޭނުންވީ އެހެން އެއްޗެއްކަން ވިސްނުނީ މާފަހުން.. ބައްޕަ ލޯބިވީ ދެންމެ އެދިޔަ ދައްތަދެކެ އެކަނި…” ޝައްމޫން ކުޑަކުޑަ ރުކާޔަތު ކައިރީގައި ކަކޫ ޖަހާލަމުން އެމޫނުގައި ހިފަހައްޓާލިއެވެ. ދުރުގައި ގައިގައި ބެޑްޝީޓް އޮޅައިގެން ހުރި އީމާނާ ފެނުމުން ރުކާޔަތު ބުމަ ކައިރިކޮއްލިއެވެ. ނަމަވެސް އެރުޅި ފިލައި ދިޔައީ އެތަނުގައި ހުއްޓިހުރި އަމްެރު ފެނުމުންނެވެ. އަމްރުގެ ކޯތާފަތް މަތިން ފައިބަމުން ދިޔަ ކަރުނަތަށް ފެނުމުން ރުކާޔަތު ދެރަވިއެވެ. އެހައި ބޮޑެތި ފިރިހެން ކުދިން ރޮއޭ ބާވައޭ ހޮތަށް އެރިއެވެ. ރުކާުޔަތަށް ނޭނގުނީ ފިރިހެނުންވެސް ރޯނެކަމެވެ. އެމީހުންވެސް ދެރަވާނެކަމެވެ.

“އަޅުގަނޑު ބޭނުމީ މަންމަ…”  ރުކާޔަތު އެހެން ބުނީ އަމްރުއާއި ދިމާލަށް ބަލަން އިނދެއެވެ. މިހާރު އަމްރު އެ ރޮނީ އޭނާގެ ބައްޕައާއި ހެދިއެވެ. އެވަރު އެޅަސިކުނޑިއަށް ވިސްނެމުން ދިޔައެވެ.

“ބައްޕަ އާއެކު ރުކޫ ދާނަންތަ… ނޫނީ ރުކޫ ބޭނުންވީ މަންމަތަ…” ޝައްމޫން އެހެން ބުނެލީ  ރުކާޔަތު ބުނި އެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ.

“ބައްޕައާއެކު ދިޔައިއްޔާ މަންމަ ކިޔަން ޖެހޭނީ އެދައްތައަށް.. އޭރުން އެކުއްޖާއަށް މާބޮޑަށް ރޮވޭނެ…” ރުކާޔަތު އިޝާރާޔް ކުރީ ދުރުގައި އިސް ޖަހައިގެންހުރި އަމްރުއަށެވެ. އަމްރު މަސައްކަތް ކުރަމުން ދިޔައީ އޭނާގެ މަންމަ ނިވާ ކުރެވޭތޯއެވެ. އެކަން އަމްރު އަތުގައި ހުރި އިމާނާގެ އަންނައުނު ހެކިދެއެވެ. އިސްޖަހާލައިގެން ހުރި އަމްރު  ހެދުން ދިއްކޮށްލުމުން އީމާނާ ލަދުން އިނދެ އޭގައި ހިފިއެވެ.

“އަޅުގަނޑު އެކުއްޖާ ދެރަ ކުރާކަށް ބޭނުމެއް ނޫން…” ނިކަތު އެހެން ބުނުމުން ޝައްމޫން ބޯ ޖަހާލިއެވެ. އަދި ދުރުގައި ހުއްޓިގެންހުރި އަމްރުއަށް ބަލާލިއެވެ.

1 ފެބްރުއަރީ 2019

ސާރާ ދުވެފައި އައީ ޑްރައިވަރ ނިކަތު ރޯ ވާހަކަ ބުނުމުންނެވެ. މީހަކު ނިކަތު ގެންދިޔައީ ކަމުގައި ބުނުމުން އޭނާ ބިރުގަތީއެވެ. ޝައްމޫން ބަލަމުން ދިޔައީ ނިކަތު އެހެން އިނދެ ރޯތީއެވެ. ނަމަވެސް ނިކަތު ނޫންކަން އޭނާއަށް ޔަޤީން ވެއްޖެއެވެ. އޭނާ ބަލަން ބޭނުންވީ އެއެކެވެ. އޭނާހެ ނިކަތުއަކީ އެހައި ވަރަށް މަޑުން އިންނަ ކުއްޖެވެ. ނަމަވެސް ރުކާޔަތަކީ އަބަދުވެސް ބުނަން ބޭނުންވާ އެއްޗެއް މީހުނާއި ދިމާލަށް ބުނާ ކުއްޖެކެވެ. ސާރާއައިސް ނިކަތުގެ ކޮނޑުގައި އަތް އަޅުވާލަމުން ނިކަތު ކޮޅަށް ނެގިއެވެ. އޭރު ކައިރިން ދިޔަ މީހުންވެސް ނިކަތުއަށް ބަލަމުން ދިޔައެވެ. އެއްވެސް މީހަކަށް ވާނުވާ ނޭނގުނު ނަމަވެސް ނިކަތު އަޑުން އަޑު ނަގައި ރޮމުން އެގެންދަނީ ކޮންމެވެސް ތަނަކަށް ތަދުވާތީކަން އެނގޭ ކަހަލައެވެ. ޑްރައިވަރ ނިކަތު ކާރަށް ލުމުން ސާރާއައިސް ހުއްޓުނީ ޝައްމޫން ކުރިމަތީގައެވެ. އަދި އަތް ދަމާލާފައި ޝައްމޫންގެ މޫނުގައި ޖަހާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

އިމްތިޙާން (25ވަނަ ބައި)

Next

ވޭނީ ދިރިއުޅުން 2

Next
December 17, 2018

ވޭނީ ދިރިއުޅުން 2

Previews
December 16, 2018

އިމްތިޙާން (25ވަނަ ބައި)

7 Comments!

  1. Ninnu says:
    December 17, 2018 at 3:46 pm

    Sorry alhugandu ge change vaan vegen upload kuran las v.. again sorry guys

  2. aki says:
    December 17, 2018 at 3:58 pm

    varah reethi.. alhe avahah next part up kohla dheebaa

  3. ak says:
    December 17, 2018 at 6:18 pm

    vaanuvaaga miny

  4. Ninnu says:
    December 17, 2018 at 9:01 pm

    guys it should be 1 july 2002 not 1992. sorry

  5. fai says:
    December 17, 2018 at 10:27 pm

    konirakun next part up kohla dheynee

  6. Ggg says:
    December 22, 2018 at 7:23 am

    Koba next part avas

  7. zaa says:
    December 23, 2018 at 10:42 pm

    alhey haadha lahey up vaane.. pls pls vaahaka avahah up kohla dheebaa

Comments are closed.

Next Episodeހުވަފެނުގެ ރާނީ 17←


All Right Reserved!