Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (25ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
December 16, 2018 6 Mins Read
13 Comments

ހަ އަހަރު ފަސް
ފަތިހުގެ ހިތްގައިމު ފިނިކަން ޖައްވުގައި ހިފާލާފައިވާއިރު، ކާޅުތަކާއި ވާތައް މިންވަރު ކުރެއްވި އާދުވަހައް އުފާފާޅުކުރުމުގައި އެއްގަހުން އަނެއްގަހައް ތިރިކުރަމުންދިޔައީ ގަސްގަހުގައި އަޅާފައި ހުންނަ މޭވާތަކުގެ ރަހަ ބަލަމުންނެވެ. ކާޅާއި، ކޮވެއްޔާއި އަދި އިރުއިރުކޮޅާއި އިވޭ ހާ ގޮވާ އަޑުން އެ ހެނދުނުގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އިރު މަޑުމަޑުން އޭގެ ފުރިހަމަ ބައްޓަން ދައްކަމުން އަރަމުން ދިޔަ ދިޔަހެން އެ ހިތްގައިމު ފިނިކަން މަޑުމަޑު ހޫނުކަމަށް ބަދަލުވަމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ފޭދިގެން ނިކުންނަ އިރުގެ އަލިކަމުން، ކޮކާހިޔާ މުޅިގޯތި ތެރެއަށް ފެތުރިފައިވެއެވެ. ބޭސް އަތްވޭ ކިޔާ އަވި މުޅި މާހައުލަށް ވެރިވެފައި ވެއެވެ.

ޙިބާ އޮތީ އިލޮށިފަތި ހިފައިގެން ގޭދޮއް ކުނިކަހަންނެވެ. ފަތިސް ނަމާދައްފަހު އިރުއަރަންދެން ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުމުގައި ވަގުތު ހޭދަކުރުމަށްފަހު ޙިބާ ދެން އިސްކަމެއް ދޭ ކަމަކީ އެއީއެވެ. މުޅި ގޯތައް އަބަދުވެސް ސާފުކޮށް ބޭއްވުމަށް ޙިބާ ލޯބިކުރެއެވެ. އިލޮށިފަތިން ވެލިގަނޑު އޮމާން ކުރަމުން ތަންކޮޅު ކޮޅުގައި ހުންނަ ވިނަ ގަސްތައް އުފުރަމުން ކުނި އެއްކޮށްފައި އެނަގާ ގޯންޏަކައް އަޅަމުން ދިޔައެވެ. ފުރަތަމަކޮޅު ކިތަމެ ނުފަރިތަޔަސް މިހާރު އެއީ އޭނާއަށް މާއުނދަގޫ ކަމަކަށް ނުވެޔެވެ. ގޯތިތެރެ ކަހާ ނިމުމުން މަގުމައްޗައް ނިކުމެލީ މަގުމަތިކަހާލުމަށެވެ. އޭރު ޖެހިގެންހުރި ދެތިންގެއިންވެސް އަންހެނުން ނިކުމެ މަގުމަތި ކަހަން އޮތެވެ. ޙިބާ ނުކުތުމުން އެންމެންވެސް އޭނާއަށް ބަލާލާފައި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެއީ ކޮންމެދުވަހަކުވެސް އެމީހުންގެ އާދައެވެ. އެމަސައްކަތުގައި ތިބެގެން ބައެއްފަހަރު އެކަކު އަނެކަކާއި އޮލަވާހަކަވެސް ދައްކާނެއެވެ. ކުނިކަހާ ނިމުމަށްފަހު އެ ކުނި ގޯންޏާއި، ގެންގުޅުނު އިލޮށިފައްޗާއި، ކުނި ނަގާއެތި ގުދަން ކައިރީ އެއްފަރާތުގައި ބެހެއްޓުމަށްފަހު ބަދިގޭ ސިންކު ކައިރިއަށްގޮސް ރަނގަޅައް އަތްދޮވެލިއެވެ. އެއަށްފަހު ހެނދުނުގެ ސައި ތައްޔާރު ކުރުމުގައި އުޅެންފެށިއެވެ. ރޮށިފިހެ ނިމިގެން ކުޅި މަސްކޮޅެއް ހަދަން އުނދުން މައްޗައް އުދާލިތަނާހެން އައިޝާ ރޯއަޑު އިވުނެވެ. އެހެންކަމުން އުނދުން ނިއްވާލާފައި އަތް ދޮވެލައިގެން ޙިބާ ގޮސް އެމީހުންގެ ކޮޓަރިއަށްވަނެވެ.

ރާއްޖެތެރޭގެ ހިތްގައިމު މާހައުލައް ޙިބާގެ ހިތުގައި މިހާރު ވަނީ ލޯބި ޖެހިފައެވެ. މާލޭގައި އަބަދު ދުއްވާއެއްޗެހީގެ އަޑާއި ތަންތަން މަރާމާތު ކުރާ އަޑުން ޖައްވުގެ ހަމަހިމޭންކަން ގެއްލިފައިވި ނަމަވެސް، ރަށްފުށުގައި އިވިގެންދާއަޑަކީ ކޮވެއްޔާއި ކާޅުފަދަ ތަކެތި ގޮވާއަޑެވެ. ނުވަތަ މޫދުގެ ލޮނުގަނޑު ގޮނޑުދޮށައް ބީއްސާއަޑެވެ. އެއަޑުތަކުގައި ވަނީ ހިތްގައިމުކަމެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް ހަނދާންކުރުވާ ކަމަކަށްވެސް އެއަޑުތައްވެއެވެ. ރަށްރަށުގެ އަހުލުވެރިން އެއްބަޔަކު އަނެއްބަޔަކާއިދެމެދު ވާ ގާތްގުޅުމުންވެސް ހިތައް ހަމަޖެހުންގެނުވާ ފޫހިފިލުވާދެއެވެ. އަދި ޖައްވުގެ ތާޒާ ފިނި ވައިރޯޅިތައް ގައިގައި ބީހިލިމުންވެސް ހިތައް ހަމަޖެހުންގެނުވައެވެ.

ޙިބާ ކޮޓަރިއަށް ވަތްއިރު މާހިލް އުޅުނީ އައިޝާ ދަތް އުނގުޅުވާށެވެ. އެމީހުންގެ ފަސް އަހަރުގެ ދަރިފުޅުގެ އެ އާދަ ކަނޑުވާނެ ގޮތެއް މާހިލްއަކަށް ނޭނގުނެވެ. ކޮންމެ ދުވަހަކުވެސް ފަހަކައް އައިސް ދަތް އުނގުޅުވަން ޖެހެނީ ގަދަކަމުންނެވެ. މިހާރުވެސް އެ ރޮނީ ދަތް ނުއުނގުޅަން ވިއްޔާއެވެ. ޙިބާއަށް އެ މަންޒަރު ފެނުމުން ހިނިތުން ވެވުނެވެ. މާހިލްގެ އެހީ ހުރިހާކަމެއްގައިވެސް އޭނާ އަށްލިބޭތީ މާހިލްދެކެވާ ލޯބި ދުވަހެއް ދުވަހަކަށްދަނީ ވަރުގަދަވަމުންނެވެ.

ދެމަފިރިން މާހިލްމެންގެ ރަށައް ބަދަލުވިތަނާހެން ޙިބާ އައިޝާއަށް ބަނޑުބޮޑުކަން އެނގުނެވެ. ވޭނާއި، އުފަލާއި، ދަތި އުނދަގޫ ނުވަ މަސްދުވަހައްފަހު ކުޑަކުޑަ އައިޝާ ވިހެއީ މާލޭގައެވެ. ވިހެމަށްފަހު އަނެއްކާވެސް އެމީހުންގެ ރަށައް ބަދަލުވެ ރަށުގައި ދިރިއުޅެން ފެށީއެވެ. އަދި ރަށުން ގޯތި ދޫކުރި އިރު މާހިލްއަށް ލިބުނު ހުސް ބިމުގެ ގެ ހަދައިން މިހާރު އެ ކުޑަކުޑަ އާއިލާ ދިރިއުޅެނީ އެތަނުގައެވެ. މާހިލް އަމިއްލަ ގަރާޖެއް ހުޅުވައިގެން އެކިއެކި ބާވަތުގެ ތަކެތި މަރާމާތު ކުރުމާއި، ސައިކަލުފަދަ ތަކެތި ދޮވެ ސާފުކޮށްދީ ހަދައިދީގެން އާމްދަނީ ހޯދަމުން ދިޔައީއެވެ. ޙިބާ ވިހެއުމަށްފަހުވެސް ހިއްވަރު ކޮށްގެން އޭނާ ހަދަމުންދިޔަ އޮންލައިން ކޯސް ފުރިހަމަކޮށް ޑިގުރީ ނެގިއެވެ. އެކަން އޭނާއަށް ހާސިލްވީ މާހިލްގެ ފުރިހަމަ އެހީތެރިކަން އައިޝާގެ ކަންކަމުގަޔާއި، ގޭތެރޭގެ މަސައްކަތްތަކުގައިވެސް ލިބޭތީއެވެ.

ޙިބާ ވިޔަފާރީގެ ދާއިރާއިން ޑިގްރީ ނެގުމަށްފަހު ނާސިރާއި ވާހަކަ ދައްކައިގެން، ނާސިރުވެސް ބޭނުންވެގެން ނާސިރުގެ ވިޔަފާރި އެރަށަށްވެސް ފުޅާކޮށް އެރަށުގައިވެސް އޭނާގެ މުދާ ވިއްކާ ފިހާރައެއް ހުޅުވިއެވެ. އަދި އަބަދުވެސް ޙިބާ ބޭނުންވި ފަދައިން ބައްޕަގެ ވިޔަފާރީގައި ބައްޕަޔައް އެހީވުމަށް، އޭނާގެ ބައްޕަގެ އެދުމުގެ މަތީން އެރަށުގައި ކުރިއަށް ގެންދިޔަ ވިޔަފާރީގެ ކަންކަން ބަލަހައްޓަމުން ދިޔައީ ޙިބާއެވެ. އަދި މާހިލްގެ ގަރާޖުގެ ލިޔެކިޔުމުގެ ކަންކަންވެސް ބަލަހައްޓަނީ ޙިބާއެވެ.

ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރަން އަބަދުވެސް ހަނދާން ކުރަންޖެހޭނެކަން އައިޝާއަށް ޙިބާ އަބަދުވެސް ހަނދާންކޮށްދެއެވެ. އަދި ކޮންމެ ނިޢުމަތަކީ އަމާނާތެއްކަމާއި، އެ އަމާނާތައް ފުރިހަމައަށް ރައްކާތެރިވާންޖެހޭނޭކަންވެސް ހަނދާން ކޮށްދެއެވެ. އަދި ދުނިޔެއަކީ އަބަދު އުފާވެރިކަން ވާ ތަނެއް ނޫންކަމާއި، ދަތި އުނދަގުލާއި، ހިތާމަ އަދި އެތައް ވޭނެއްވެސް ކަނޑައްތު ކުރަންޖެހޭނޭ ތަނެއްކަން ބުނެދެޔެވެ. މިއަދު ޙިބާމެންގެ ދިރިއުޅުން ކިތަމެ ބާއްޖަވެރިވެފައި، އުފާވެރިޔަސް، ދުނިޔޭގައި ތިބިހާހިނދު އަބަދުވެސް އެކި ކަހަލަ އިމްތިޙާންތަކާއި ކުރިމަތިލާންޖެހޭނޭކަން ޙިބާ އަބަދުވެސް ހަނދާންކުރެއެވެ. އަދި އެކަން ހަނދާންވާ ކޮންމެ ވަގުތަކު ﷲ ގެ ކިބަފުޅައް ދުޢާ ދަންނަވަނީ އެ އިމްތިޙާންތަކާއި ކުރިމަތިލާނޭހާ ހިތްވަރާއި، ކެތްތެރިކަން އޭނާއަށް ދެއްވާތޯއެވެ.

އިރު މެދުން އެއްކައިރިވެ، އޮއްސޭކޮޅައް ދަތުރު ކުރަމުންދިޔަދިޔަހެން އަނެއްކާވެސް ޖައްވުގައި ފިނިކަން ފެތުރެއެވެ. އަދި ދުނިޔެ މައްޗައް މަޑުމަޑުން އަނދިރިކަން ފެތުރެމުންދެޔެވެ. އިރުގެ ބައްޓަމުން އެއްބައި ގެއްލޭ ހިސާބައް ދިޔުމުން އުޑުމައްޗައް އެ ފެތުރޭ ރަތްވިލާތައް އިރުއޮއްސިއްޖެކަމަށް ހެކިދެޔެވެ. އަދި އެހެއްކައް އެއްބާރުލުން ދިނުމަށް މުސްލިމުންގެ ތެރޭގައި ބަންގީގެ ކަލިމަތައް މުޅި ރަށައް އިއްވާލަނީ މީސްތަކުން ﷲ އަށް އަޅުކަން ކުރަން ހަނދާންކޮށްދެމުންނެވެ. އަދި ފަލާޙާއި ކާމިޔާބުވަނީ ނަމާދުގައިކަމަށް ބުނަމުންނެވެ.

މާހިލް މިސްކިތައްގޮސް މަޢްރިބް ނަމާދުކޮށްގެން އައިސް ގެއަށް ވަތްއިރު ޙިބާއިނީ އައިޝާ އުނގައް ލައިގެން ޤުރުއާން ކިޔަވަދޭށެވެ. އައިޝާގެ އިސްކޮޅާއި އެއްވަރުގެ އަތްދިގު ދިގު ހެދުމެއް ލައްވާ ބުރުގާ އަޅުވާފައިވާއިރު ބަލާލަން ނުލާހިކު ލޯތްބެވެ. ނަމާދުކުރާ ކޮންމެ ވަގުތަކު ޙިބާ އައިޝާ ލައްވަނީ އެކަހަލަ ހެދުމެވެ. އަދި ބޭރަށްދާއިރުވެސް ގިނައިން ލައްވާނީ އަތްދިގު ހެދުމެވެ. އަދި ފަހަކަށް އައިސް ބައެއް ފަހަރު ބުރުގާ އަޅުވައިގެންވެސް ނިކުމެއެވެ. އެއީ އައިޝާ ކުޑައިރުންސުރެ އަޢުރަ ނިވާކުރަން ލޯބި ޖައްސައި އެއީ މުހިންމުކަމެއްކަން އެންގުމުގެ ބޭނުމުގައެވެ.

“اهدنا الصراط المستقيم.  އަޅަމެންނަށް ސީދާވެގެންވާ ތެދުމަގައް މަގު ދައްކަވާނދޭވެ!” ޙިބާ ކިޔައިދެމުންދިޔައީ ފާތިހާ ސޫރަތާއި އޭގެ މާނައެވެ. އެ މަންޒަރު ސިއްރުން ބަލަން އިން މާހިލްގެ މޫނުމަތީވަނީ ފުޅާ ހިނިތުންވުމެކެވެ. ހިތުގައިވަނީ ހަމަޖެހުމެވެ. އޭނާ ހިތައް އަރަމުންދިޔައީ ހަޤީޤަތުގައިވެސް ރަސޫލާ (ޞޢވ) ހަދީޘް ކުރެއްވި ފަދައިން މި ދުނިމަތިން މީހަކަށް ލިބިގެންދާނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ހެޔޮލަފާ ޞާލިހު އަންބެކެވެ. އެއީ އޭނާގެ ހިތުގެ ހަމަޖެހުމެވެ. އުފާވެރި ދިރިއުޅުމުގެ ސިއްރެވެ. އެ ޚިޔާލުތަކުގައި ހުއްޓާ ސިހުން ލިބުނީ އައިޝާ ޙިބާގެ އުނގުން ފުންމާލައިގެން ބައްޕާއޭ ގޮވަމުން އޭނާ އާއި ދިމާލައް ދުވެފައި އަންނަތަން ފެނުމުނެނެވެ. އަދި އޭނާ ފިލާފައިވެސް އެ ހުންނަނީ ފެނިއްޖެއްޔާ ކިޔަވަން ނޫޅެ ސަކަރާތްޖަހަން އުޅޭނެތީއެވެ. އެވަރުންވެސް ފެނުނީ ވިއްޔާއެވެ. ދުވެފައި އައި އައިޝާ އުރާލައިގެން ގޮސް ޙިބާ ކައިރީ އިށީނދެ، ސޯފާގައި އިށީނދެ އިން ޙިބާގެ އުނގުމައްޗައް ބޯލަމުން އޮށޯވެލިއެވެ. އަދި އައިޝާ ނަގާ އޭނާގެ ބަނޑުމަތީ ބައިންދާލިއެވެ. “ދަރުފުޅު މިއަދު ކިޔެވީ ކޮންސޫރަތެއްތަ؟” އައިޝާ އާއި މާހިލް އެ ސުވާލު ކޮށްލީ އައިޝާ އަށް ޙިބާ ބުނެދިން އެއްޗެހި ނަގައިގަނެވުނުތޯ ބަލާށެވެ. “ފާތިޙާ ސޫރަތް. ބައްޕަ އަށް އެނގޭތަ އެއީ ޤުރުއާނުގެ ފުރަތަމަ ސޫރަތް. މަންމަބުނީ ފާތިޙާ ސޫރަތަކީ ވަރަށްބޮޑު ދުޢާ އެކޯ. ކޮންމެ ނަމާދެއްގައި އެ ސޫރަތް ބައިވަރު ފަހަރު ކިޔަވާއިރު ކޮންމެ ފަހަރަކުވެސް އެ ދުޢާ ކުރެވެނިއްޔޯ ބައިވަރުކަންކަމަށް.” ލޯބި ގޮތަކަށް އޭނާގެ މަންމަ ކިޔައިދިން ތަކެތި ބައްޕަ އަށް ކިޔައިދެވޭތޯ ބެލިއެވެ. “އެހެންތަ. އެހެންވީއިރު އެސޫރަތް ކިޔަވަމުން ދުޢާ ކުރާއިރު ހުންނަންވާނީ ވަރަށް ބަސް އަހައިގެން ﷲ މަތިން ހަނދާން ކުރަންތާދޯ.” މާހިލް އައިޝާގެ ކޮލުގައި ލޯބިކޮށްލަމުން ބުނެލިއެވެ. “ލައްބަ. އޭރުންނެއްނު އަވަހައް ދުޢާ އިޖާބަ ކުރައްވާނީ” އައިޝާ މާހިލްގެ ސުވާލައް ޖަވާބު ދިނީ ބޮޑު މީހެއް ހެނެވެ. ޙިބާ އިނީ މާހިލްގެ އިސްތަށިގަނޑާއި ކުޅިލަ ކުޅިލައެވެ.

އިޝާ ނަމާދައްފަހު ކާންދީފާ އައިޝާ ނިންދަވާފައި ޙިބާ ފެންވަރާ ރީތިވެލީ މާހިލް އާއިއެކު ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. ދެމީހުން އެކީ ނިކުތީ ގޯތިތެރެއަށެވެ. ގޯތިތެރޭގައި ހައްދާފައިވި ބަގީޗާ ކައިރީ ހުރީ މޭޒަކާއި ދެތިން ގޮނޑި ބަހައްޓާފައެވެ. އެއީ އާންމުކޮށް މާހިލްގެ ގަރާޖައް އަންނަ ބައެއް ރައްޓެހިންނާއިއެކު ކޮފީއެއް ބޯލުމަށް ހަދާފައި އިން ތަންކޮޅެކެވެ. ކައިރި ކައިރީ ދެމަފިރިން ތިބިއިރު ޙިބާ އިނީ މާހިލްގެ އަތުގައި ބޮނޑިވެގަނެގެންނެވެ. ނަލަ ހަނދުވަރަކުން ހިތްގައިމުވަރަކަށް އަލިކަމެއް ހުރިއިރު ދެމީހުންގެ ނަޒަރުހުރީ އުޑުމަތިން ފިޔަޖަހަމުންދިޔަ ތަރިތަކާއި ދިމާލަށެވެ. “ވާހަކައެއް އަހާލަންތަ؟” ހުމާ ކަމަކާއި ފިކުރުކުރަމުން މާހިލް ކައިރިން ސުވާލެއް ކުރުމުގެ އިޒުނަޔައް އެދުނެވެ. ޙިބާ އަހަން އެ އުޅެނީ ކީކޭކަން މާހިލް އަށް އެނގިހުރެ ހިނިތުންވުމަކާއިއެކު ހޫމް ލައްވާލިއެވެ. “އަހަރެންގެ ކަންކަމާއިމެދު ހިތްހަމަ ޖެހޭތަ؟” ޙިބާގެ ސުވާލުކޮށްލުމުން މާހިލް ހިނިތުންވުމެއް ރައްދު ކޮށްލާފައި އާނއެކޭ ބުނެ ޙިބާގެ ނިތްކުރިއަށް ބޮސްދިނެވެ. “އައި ނޯ، މީ އާންމުކޮށް އަހާ ސުވާލެއްކަން. އެކަމަކު އެނގެ އެއްނު. މި ސުވާލުގެ ޖަވާބު އަހަންނަށް ވަރަށް މުހިންމުކަން. ފިރިމީހާގެ ހިތުގައި ނުރުހުމެއް، ޝަކުވާއެއްނެތި، ފުރިހަމަގޮތުގައި ރުހުން ލިބިގެން މަރުވާ އަންހެނާއަށް ސުވަރުގެ ލިބޭނޭ ވާހަކަ ކޮންމެވެސް ފޮތަކުން ކިއިން. އެހެންވީމާ ގިނަގިނައިން މިސުވާލު މި ކުރެވެނީ..” ޙިބާ އޭނާ އެ ސުވާލު ތަކުރާރުކޮށްކުރާ ސަބަބު ބުނެދިނެވެ. “އެނގޭ.. ހަޤީޤަތުގައިވެސް ތިއީ އަހަރެންގެ ހިތުގެ ހަމަޖެހުން. ޙިބާގެ އަމަލުތައް އަބަދުވެސް ހުންނަނީ އަހަރެން އެންމެ ހިތްހަމަޖެހޭ ގޮތައް. ހިތްހަމަ ނުޖެހޭ ކަމެއް ކުރެވުނަސް ލޯބި އަމިއްލަ އަށް މާފައް އެދެމެންނު. މާފައް އެދުމާއެކީ އެ ހިތްހަމަ ނުޖެހުން ވަގުތުން ފިލާ ދޭ” މާހިލް ލޯބިން ޙިބާގެ އަތްތިލަ ތެތެއަށް އޭނާގެ އަތްވެސް ޖޯޑު ކޮށްލަމުން ބުނެލިއެވެ.

“އަސްލުވެސް މާފައް އެދުމާއި މާފު ކުރުމަކީ ހިތުގައިވާ ނުތަނަވަސްކަމާއި، ރުޅިވެރިކަން ފިލާ ހިތައް ހަމަޖެހުން ގެނެސްދޭ ކަމެއް. އަހަންނައް ހީވަނީ އަހަރެންގެ ބައްޕަގެ ހިތުގައި މާހިލްއަށް އޮތް ނަފްރަތު ފިލައިދިޔަ އެންމެ ބޮޑު ސަބަބަކީ މާހިލް އަމިއްލައަށް މާފައް އެދުމުން ހެން.” ޙިބާ ފުންވިސްނުމަކަށް ގެއްލެމުން ބުނެލިއެވެ. އެވަގުތު ޙިބާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގާ ވާހަކަ ދައްކަން ފެށީ ގުޅީ ނާސިރުކަމުންނެވެ. ދެކޮޅުންވެސް ހާލު އަހުވާލު އޮޅުން ފިލުވުމަށްފަހު ހުމާ އޭނާގެ ކިޔެވުން ނިންމާލާފައި މާލެ އައި ވާހަކަ ނާސިރު ބުންޏެވެ. އަދި އެތައް ދުވަހެއްފަހުން ރާއްޖެ އާދެވުނު އިރުވެސް ޙިބާ އާއި އައިޝާ ނުފެންނާނެތީ އެކަމާ ޝަކުވާ ކުރިކަމަށް ބުންޏެވެ. އެވާހަކަ ބުނެފައި ހުމާ އަތައް ފޯނު ދިނުމުން ދެމީހުން ވަރަށް ވާހަކަ ދެއްކިއެވެ. އެ ވާހަކައިގެ ތެރެއިން ޙިބާ އެމީހުން އުޅޭ ރަށައް އައުމަށް ހުމާއަށާއި އޭނާގެ އާއިލާއަށް ދުއުވަތު ދިނެވެ. އޭރުން ހުމާއަށް އައިޝާ އާއިވެސް ދިމާވާނެތީއާއި އަދި ހުމާވެސް ނާސިރުމެންވެސް ދުވަހަކުވެސް މާލެ ފިޔަވާ ރާއްޖެތެރޭ ރަށަކަށް ގޮސްފައި ނުވާތީ ރަށްފުށުގެ ދިިރިއުޅުން ތަޖުރިބާ ކޮށްލަންވެސް ފުރުސަތު ލިބޭނެތީއެވެ. އެ ދަޢުވަތުން ހުމާ ނުލާހިކު އުފާވިނަމަވެސް ނާސިރު ހުރީ ދެ ޚިޔާލެއް މަތީގައެވެ. އެންމެ ފަހުން ހުމާ ހުއްޓާނުލާ ކިޔަންފެށުމުން ދާ ގޮތައް އެއްބަސް ވިޔެވެ. އަދި ރަހްމާޔާއި ވާހަކަ ދެއްކުމަށްފަހު، ދާނެ ދުވަހެއް އަންގާނެ ކަމަށް ބުންޏެވެ.

………………….

ރޭދުވާ ފާއިތުވަމުންދަނީ ކޮންމެ ދުވަހަކުވެސް ދިރިއުޅުމަށް އާ ތަޖުރިބާ ތަކެއް ދިނުމަށްފަހުއެވެ. އަދި އާ ދުވަހެއް ލިބޭއިރު ލިބޭ ކޮންމެ އާދުވަހަކު ކޮންމެވެސް އިތުރު ހެޔޮކަމެއް ކުރެވޭތޯ ބަލަންވާނެއެވެ. އަދި ފާފަތަކުން އެކަހެރިވެވޭތޯ ބަލަންވާނެއެވެ. ޙިބާ ވިސްނަމުންދިޔައީ މުޖުތަމަޢު އަށްޓަކައި ކޮށްދެވޭނެ ކަމެއް އޮތްތޯއެވެ. ބަޔަކަށް ހެޔޮ ނަސޭހަތެއް ދެވޭނެ ގޮތެއް، ނުވަތަ މީހެއްގެ ދަތި ހާލައް ލުޔެއް ގެނެސްދޭނެ ކަމެއް ކުރެވޭނެ ގޮތަކާއިމެދުއެވެ. އެ ޚިޔާލުތައް ކުރަމުން ދަނިކޮށް ހަނދާންވީ އޭނާގެ ކޮއްކޮ ހުމާ މަތިންނެވެ. އޭނާޔާއިއެކު ހުމާ ކައިރީގައި ހުރިނަމައޭ ހިތައް އެރިއެވެ. އޭރުން ދެކުދިން އެކީ އެކަހަލަ ހެޔޮކަމެއްގައި ޝާމިލް ވެވޭނެތާއެވެ. އެހެން ހިތައް އެރުމާއިއެކީ އައި ޚިޔާލަކުން ތުންފަތުގައި ހިނިތުންވުމެއް ދުވެލިޔެވެ. ހުމާއެއައީ އޭނާ ބޭނުންވި ފަދައިން ނަފްސާނީ ބަލީގެ ޑޮކްޓަރުކަން ކިޔަވާ ނިމިގެންނެވެ. އިސްލާމިކް ސައިކޮލަޖީގެ ރޮގުން މާސްޓަރ ޑިގްރީ ނިންމުމަށްފަހު އައީމާ މާ ބޮޑައްވެސް ހުމާއަށް ޙިބާ ބޭނުންވާގޮތައް މުޖުތަމަޢުއަށް ހިދުމަތް ކޮށްދެވޭނެތާއެވެ.

އެ ޚިޔާލުން ހުމާ އަށް ގުޅާފައި އެ ރަށައް އަންނަ ދަތުރުގައި ރަށު އިސްފަރާތްތަކާއި ވާހަކަ ދައްކައިގެން ރަށު ރައްޔިތުންނައް ނުވަތަ ސްކޫލް ކުދިންގެ ބެލެނިވެރިންނައް ކައުންސިލިން ސެޝަނެއް ކުރިއަށް ގެންދިޔުމާއި ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ހުމާ އެކަމާއި ވަރަށް ގަޔާވިއެވެ. އަދި އޭނާ އެއްވެސްތާކަށް ޑަކްޓަރެއްގެ ގޮތުގައި ވަޒީފާ އަށް ދާންފަށާފައި ނުވި ނަމަވެސް އޭނާޔައް ރަނގަޅައް އެކަން ކުރެވޭނެ ކަމާއިމެދު ހިތުގައި ޔަޤީންކަން އޮތެވެ. އޭގެ އަނެއްދުވަހުގައި ނާސިރު ގުޅާފައި ދެދުވަސް ފަހުން އަންނަގޮތައް ހަމަޖެހުން ވާހަކަ ބުންޏެވެ. ޙިބާ ކެތްތެރިކަން ކުޑަވެފައިވީ އެތައް ދުވަހެއް ފަހުން އޭނާގެ މައިންބަފައިން އަދި ކޮއްކޮ ފެންނަން އުޅޭތީއެވެ. އައިޝާ ކައިރީވެސް އެމީހުން އަންނަ ވާހަކަ ބުނީންސުރެ އިރުއިރުކޮޅަކާ އެވާހަކަ ދައްކައެވެ. މާމައަށާއި ކާފައަށް އައިޝާ ކުޅެން ގެންގުޅޭ އެއްޗެހި ދައްކާހިތުން އަބަދު އެވާހަކަ ދައްކަނީއެވެ. މާހިލް ހުންނަނީ ކުޑަކޮށް ޖެހިލުންވެފައެވެ. އެމީހުންގެ ގެ ނާސިރުމެންނައް ކަމު ނުގޮސްފާނެތީއެވެ. ފުރަތަމަ ފަހަރައް މައިދައިތމެނަށް ހިދުމަތްކުރަން ފުރުސަތު ލިބޭއިރު އޭނާގެ މެހެމާންދާރީ ކަމު ނުގޮސްފާނެތީއެވެ.
**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 8

Next

ހުވަފެނުގެ ރާނީ 16

Next
December 17, 2018

ހުވަފެނުގެ ރާނީ 16

Previews
December 16, 2018

ވިންދޭ ލޯބި ތީ އެދޭ 8

13 Comments!

  1. Faathii says:
    December 16, 2018 at 11:37 am

    Assalaam alykum. now it’s 25th part. Mihaaru dhen nimen ulheny.. In Shaa Allah. Have a good day..

  2. Twinkle? says:
    December 16, 2018 at 12:18 pm

    Masha allah mi part vs vvvv furihama??????ehn hurihaa part thakeh gothah????????? hurihaa part thakeh ehfaharaa kiyaafa mi part ga mi cmnt khly??? keep it up faathii dear❤❤❤

    1. Faathii says:
      December 16, 2018 at 7:47 pm

      Alhamdhulillah. V ufaavehje hurihaa parteh kiyeema. ? jazaakillah. :)❤

  3. Niz nizu says:
    December 16, 2018 at 12:48 pm

    Masha allah vvv reethi…❤❤❤..god bless yuh…. mikahala ibraitheri vaahaka genes dhey thy vv ufaavey… abadhuves kiyan mivaahaka but alah comment kolhee….❤❤❤❤…

    1. Faathii says:
      December 16, 2018 at 7:51 pm

      Alhamdhulillah. May Allah bless u too. ?❤❤ ummeedhu kuran libey ibraithakuga hifaanekamah ?☺❤

  4. RaI❤ says:
    December 16, 2018 at 12:51 pm

    Wow.varah lwbi..

    1. Faathii says:
      December 16, 2018 at 7:53 pm

      Jazaakillah (May Allah reward u) ?☺❤❤

  5. ?Shifna? says:
    December 16, 2018 at 1:26 pm

    Masha allah. Mi part vx varah varah reethi. When next part?? Waiting 4 next part……

    1. Faathii says:
      December 16, 2018 at 7:55 pm

      Alhamdhulillah. Jazaakillah. ?? next part maadhamaa. In Shaa Allah

  6. ish says:
    December 16, 2018 at 3:31 pm

    Nice waiting for next hama vvv salhi

    1. Faathii says:
      December 16, 2018 at 7:57 pm

      Jazaakillah (May Allah reward u) ?❤

  7. Niz nizu says:
    December 16, 2018 at 11:10 pm

    Faathi dear…❤❤❤ when is next???… ❤❤❤cant wait…. ❤❤❤…. faathi thikuraa masahkathuga barakaai lavvaashi… ❤❤❤❤aameen❤❤❤?

    1. Faathii says:
      December 17, 2018 at 10:08 pm

      Aameen.
      Ulhuny miadhu upkuran. Ekamu nuvi. So maadhan up kohdheynan In Shaa Allah.

Comments are closed.

Next Episodeއިމްތިޙާން (ފަހުބައި)←


All Right Reserved!