Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިއެހެނިހެން

ނޫރިޝް ( ހަވަނަ ބައި )

HAAIX Level 1
December 13, 2018 One Min Read
19 Comments

ކަޅުހުއްތުބޭގެ ދުލުން ބޭރުވި ލަފްޒުތައް ނޫރާގެ ކަންފަތާއި ހަމަ އަށް ފޯރީ ހޮނު ގުގުރިއެއްގެ ސިފައިގަ އެވެ. ދެލޯ ބޮޑުވެ އަނގަ ތަންމިނަށް ހުޅުވުނު އިރު ދެލޮޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔަ އެވެ. މަޑު ގިސްލުމެއްގެ އަޑު އިވިފައި ދެން ފެނުނީ އަނގަ މަތީ އަތް އަޅައިގެން ހުރެ ބާރަށް ރޮއެގަތް ތަނެވެ. އޭނައަށް ހިތުގެ އުދާސްތައް ބޭރުކޮށް ނުލާ ކެތްނުވީ އެވެ. ނޫރާއަށް އޭނާގެ އެއްބަނޑު އެއްބަފާގަައި ހުރި ހަމައެކަނި ކޮއްކޮ ނައިރާ އޭނާ ދެކެ ވަރަށް ރުޅި އަންނަ ކަން އިނގެ އެވެ. އަދި އިންތިހާއަށް ނަފްރަތު ކުރާކަން ވެސް އިނގެއެވެ. ނަމަވެސް އޭނާ ދެކެ އަންނަ ރުޅިއެއްގެެ ޝަޒާ ނޫރިޝްއަށް ދޭން ޖެހުނު ސަަބަބެއް ނޫރާއަކަށް ނުވިސްނު ނެވެ. ނައިރާ ކަންތައް ކުރި ގޮތުން ނޫރާ އިންތިހާއަށް ދެރަވެ ހިތްހަމަ ނުޖެހުނެވެ. އޭނާގެ ދަރިފުޅަށް ސިހުރު ނުހަދާ އޭނާއަށް ސިހުރު ހެދި ނަމަވެސް އެކުރާ ނަފްރަތަށް ބަދަލު ހިފުނީސް ތާއޭ ނޫރާގެ ހިތަށް އެރިއެވެ. އޭނާގެ މަންމައަށް މި ދުވަސް ދެކެން ޖެހުނު ނަމަ ދެރަވެގެން ގޮސް ހިތްހުއްޓި ދާނެ ކަން ޔަގީނެވެ. ވާނީވެސް އެހެންތާ އެވެ. ހަމައެކަނި ތިބި ދެދަރިން އާއިލީ ގުޅުން ކަނޑާލައި ރުޅި ހަދާލައިގެން އުޅޭ މަންޒަރު ބަލަން ކެތްވާނީ ކޮން މަޔަކަށް ހެއްޔެވެ؟. މި ދުވަސް ފެނުމުގެ ކުރިން މަންމަ މި އަމިއްލަ އެދުމުން ފޯވެފައިވާ ދުނިޔެ އާ އަލްވަދާއު ކީ ކަން ނަސީބޭ ފުރަތަމަ ފަހަރަށް ނޫރާގެ ހިތަށް އެރިއެވެ.

ނޫރާއަށް ހޭވެރިކަންވީ ކަޅުހުއްތުބޭ ކުރިންވެސް ކުރިމަތި ކުރުވި ސުވާލު ތަކުރާރު ކުރުމުން ނެވެ. ” އާނ… އޭނަ އަހަންނަށް ވަރަށް ނަފްރަތު ކުރާނެ… ” ގިސްލެވޭ ހާލު ރޮވިފައިވާ އަޑަކުން ވަރަށް އަސަރާއެކު ނޫރާ ޖަވާބު ދިނެވެ. ” ކީއްވެ… ” ނޫރާ ޖަވާބު ދިން އިރު އަޑުގައި ހުރި އަސަރަކުން ކަޅުހުއްތުބޭގެ ހިތުގައި ވީގޮތް އެނގުމުގެ ޝައުގު އިތުރުވި ކަހަލަ އެވެ. ” ނޭނގެ އަސްލު ކީއްވެ ކަމެއް… އެކަމަކު އޭނާގެ އެންމެ ގާތް އެކުވެރިޔާ ބުނި އޭނަ އަހަރެންނަށް އެހާ ނަފްރަތު ކުރަނީ އަހަރެން އޭނައަށް ވުރެ ކިޔަވަން މޮޅުވީމަ ކަމަށް… އެކަމަކު އެއީ ތެދެއް ކަމެއް ނޭނގެ… ” އަސަރުން ފުރިގެން ވާ އަޑަކުން ނޫރާ ޖަވާބު ދިނެވެ. ކޮއްކޮގެ ގޯސް ވާހަކަ މީހަކު ކައިރީ ދައްކަން ޖެހުމުން ނޫރާ ވަރަށް ދެރަވި އެވެ. ކޮއްކޮ ނޫނަސް މީހުންގެ ގޯސް ވާހަކަ މީހުން ކައިރީ ދެއްކުމަކީ އޭނާ ވަރަށް ފޫހިވާ ކަމެކެވެ.

ނޫރާގެ ޖަވާބުން އީޝަލްގެ ލޮލުން ކަރުނަ ނީރާލީ ހިތަށް ކުރި ފުން އަސަރަކުން ނެވެ. އެހާ ގޯސް ކޮއްކޮއިން ވެސް ދުނިޔޭގައި އުޅޭ ބާއޭ އީޝަލްގެ ހިތަށް އެރިއެވެ. އެވަރު ކުޑަ ކަމަކާ ދައްތައަށް ނަފްރަތުކޮށް އެވަރުން ނުވެގެން ދައްތަގެ ދެ ލޮލުގެ ނޫރު ފަދަ ދަރިފުޅަށް ސިހުރު ހެދި އިރު ހިތޭ މި ކިޔާ ގުނަވަން ކޮބައި ބާއޭ އީޝަލްގެ ހިތަށް އެރިއެވެ. އޭނާ ހުރީ ވަރަށް ރުޅި ގަދަވެފަ އެވެ. ހަމަ ދާ ގޮޮތަށް ގޮސް ނައިރާގެ ކަރުގައި ހިފާ މަރާލަފާނަމޭ ވެސް ހިތަށް އެރިއެވެ. ނަމަވެސް އީޝަލް އަކީ ނައިރާ ހާ ރަހުމް ކުޑަ މީހެއް ނޫނެވެ.

ނޫރާގެ ޖަވާބު އަޑު އަހާފައި ކަޅުހުއްތުބޭ އަނެއްކާވެސް އޭނާ ކުރަން އިިން މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. ފަސް ވަރަކަށް މިނެޓު ލޯ މަރައިގެން ތުން ތަޅުވާފައި ކަޅުހުއްތުބޭ ލޯހުޅުވާލިއެވެ. އަދި ނޫރާއަށް ގޮވާލާފައި ފެން ތައްޓެއް ގެނެސް ދިނުމަށް އެދުނެވެ. ނޫރާ ފެން ތަށި ހިފައިގެން އައުމުން ތުން ތަޅުވަމުން ކޮންމެސް އެއްޗެއް ކިޔަވާފައި ތިން ފަހަރު ފެން ތައްޓަށް ފުމުލިއެވެ. ދެން ފެނުނީ އެ ފެން ތަށިން އެތި ފޮދެއް އަތަށް އަޅައިފައި ނޫރިޝް އާ ދިމާލަށް ބުރުވާލި ތަނެވެ. އަނެއްކާވެސް ކަޅުހުއްތުބޭ ކިޔެވުން ކުރިއަށް ގެންދިޔަ އެވެ.

” ކަލޭ ކީއްކުރަން މަ މިތަނަށް ތި ގެނައީ…. ހަމަ މިހާރު ދޫކޮށްލާ…  ”  ކުއްލިއަކަށް ތެޅިގެންފައި ފުންމައިގެން ތެދުވި ނޫރިޝް  ބަރު އަޑަކުން ހަޅޭއްލަވައި ގަތް އަޑަށް މަންޒަރު ބަލަން ތިބި ނޫރާ އާއި އީޝަލް ހައިރާން ވުމުގެ ބަދަލުގައި ގަތީ ބިރެވެ. ބިރުން ތިބެ ދެ މީހުން ދެ މީހުންގެ މޫނަށް ބަލައިލާފައި ދެން ބަލާލީ ކަޅުހުއްތުބެ އާ ދިމާލަށެވެ. ނަމަވެސް އޭނާގެ މޫނު މަތިން ބިރު ގެންފައި ހުރި ކަމުގެ ނިޝަނެއް ނުފެނުނެވެ. ހީވާ ގޮތުން އޭނާއަށް މި ވަނީ ކީއްކަން އެނގެއެެވެ. ” ކަލޭ ތީ ކާކު؟؟؟ ” ކަޅުހުއްތުބޭގެ އަޑުގައި ވަނީ ހަރުކަށި ކަމާއި ޖެހިލުން ކުޑަ ކަމެވެ. އޭނާ އެ ކުރި ސުވާލަށް ޖަވާބު ދިނުން ވެސް ކަޅުހުއްތުބޭއަށް މުހިއްމު ކަމަކަށް ނުވިއެވެ.” ކަލެއަށް ކީތް މަމީ ކޮންމެ މީހަކަސް… ” ނޫރިޝް ހަމަ އެ ބަރު އަޑުން ނުލަފާ ވައްތަރަކަށް ހޭން ފެށިއެވެ. އެ އަޑުގައި ނުރައްކާތެރިކަން އެކުލެވިފައި ވިއެވެ. ” މަ ކަލޭ މި ތަނަށް ގެނައީ ތި ހުރިހާ ބޭކާރު ވާހަކަތައް އަޑު އަހާކަށް ނޫން… ކުރި ސުވާލަށް ޖަވާބު ދީ… ނޫނީ މި ތަނަކުން ނުދެވޭނެ… ” ކަޅުހުއްތުބޭގެ ރާގުގައި މި ފަހަރުވެސް ހުރީ ހަރުކަށި ކަމެވެ. އިވޭ މީހަކަށް އޭނާ އެ ހުރީ ވަަރަށް ރުޅި އައިސްފައި ކަން އިނގޭނެ އެވެ.

ކަޅުހުއްތުބޭ އާއި ނޫރިޝްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި އީޝަލްއަށް ވަމުން ދާ ކަންތައް ކޮންމެވެސް ވަރަކަށް ނަގައި ގަނެވުނެވެ. ނޫރިޝްގެ ހަށިގަނޑުގައި މިހާރު އެ ހިނގަނީ ނޫރިޝްގެ ބާރު ނޫން ކަމާއި އެއީ ނޫރިޝްއަށް ސިހުރު ހަދަން ބޭނުން ކުރި ޖިންނީގެ ބާރުކަން އިނގުނީ އޭނާގެ ދެބެންގެ ދެދަރި ކުއްޖާއަށް ފަރުވާ ކުރި ތަން އޭނައަށް ކޮންމެސް ވަރަކަށް ފެނިފައި ހުރުމުން ނެވެ.

” މަށަށް އަމުރު ކުރަން ކަލޭ ތީ އަދި ކާކު ތަ! ” ނޫރިޝްގެ ހަށިގަނޑުގައި އެވާ ޖިންނި ރުޅިވެރި ކަމާއި ހަޅޭއްލަވައިގަތެވެ. އަދި ނޫރިޝްގެ ދެ އަތުން ނޫރިޝްގެ އަމިއްލަ ގައިގައި ތަޅަން ފެށިއެވެ. ނޫރާއަށް މި މަންޒަރު ފެނުމުން އަޑުގެ ނެތް ތަނަށް ހަޅޭއްލަވައި ގަތުމަށްފަހު ކުޑަ ކަކޫ މައްޗަށް ތިރި ވީ ރޮމުން ނެވެ. ނޫރިޝްގެ އުޅުން ހުރި ގޮތުން ދެންމެ ދެންމެ އޭނާގެ ހިތް ފަޅައިގެން ގޮސް ދާނެ ހެން ހީވާ ފަހަރު ވެސް މަދެއް ނޫނެވެ.

ނޫރިޝް މައިތިރިވީ ކަޅުހުއްތުބޭ އަތަށް ފެން ގޮއްޓެއް އެޅުމަށްފަހު ނޫރިޝް އާ ދިމާލަށް ބުރުވާލުމުން ނެވެ. ” ކަލޭ ތީ ކާކު؟؟؟ ” ކަޅުހުއްތުބޭ ކުރިން ކުރި ސުވާލު ތަކުރާރު ކޮށްލި އެވެ. މިފަހަރު އެ ޖިންނި ކަޅުހުއްތުބެ އާއި ޖަދަލު ކުރުމުގެ ބަދަލުގައި ޚިޔާރު ކުރީ ހިމޭން ކަމެވެ. ” ކަލޭ ތީ ކާކު؟؟؟ ” ކަޅުހުއްތުބޭ އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. އެހެނަސް ކުރިއަށް ވުރެ ތަންކޮޅެއް ބާރަށެވެ.  އޭތި ކަހާ ތަން ހިރުވައި ވެސް ނުލި އެވެ. މީހަކު އެއްޗެއް ކިޔާހެން ވެސް އެ އަކަށް ހިއެއް ނުވެ އެވެ. ނޫނީ ނޭނގޭ ކަމަށް ހެދެނީ އެވެ. ” ޖަވާބު ނުދީފިއްޔާާ އަހަރެން ކަލޭ އަންދާލާނަން… ކަލެއަށް އިނގޭނެ އަހަންނަށް ވާނެ ކަން… އެހެން ވީމަ ރީތި ގޮތުގައި މިކަން ނިންމަން ބޭނުމިއްޔާ ގަދަ ނުހަދާ އަހަރެން ކުރާ ސުވާލު ޖަވާބު ދީ… ” މަލާމާތުގެ ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކުރުވަމުން ކަޅުހުއްތުބޭ ދިނީ ވަރުގަދަ އިންޒާރެކެވެ. ” އަ… އަހަރެން…. އަހަރެންނަށް ކި… ކިޔަނީ ޒިލް… ޒިލްމީން…. އަހަރެންނަކީ…. ނޫރިޝްއަށް ސިހުރު ހަދާފައި އަހަރެން ފޮނުވީ އެ ސިހުރު ކާމިޔާބު ކުރުމަށް…. ” ތަންކޮޅު ކޮޅުން ހުއްޓަމުން ޒިލްމީން ވާހަކަ ދެއްކި އިރު ކަޅުހުއްތުބޭގެ އިންޒާރަށް އޭތި ބިރުގެންފިކަން ވަރަށް ރަނގަޅަށް ދޭހަވެ އެވެ. ” ނޫރިޝްއަށް ސިހުރު ހެދީ ކޮން ކަމަކަށް… ” ޒިލްމީން ކައިރިން ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެ ކަމުގެ ޔަގީންކަން ލިބުމުން ކަޅުުއްތުބޭ އަވަސްވެގަތީ ޖަވާބު ނުލިބިފައި ހުރި ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. ” ކިޔެވުން މަތިން ފޫހި ކުރުވާ ކިޔެވުމަށް ފަރުވާ ކުޑަ ކުރުވުމަށް… ” ޒިލްމީންގެ އަޑުގައި ހުރި ނުތަނަވަސްކަމުން އޭތި ހުރީ ވަރަށް ހާސްވެފައި ކަން ދޭހަ ވެއެވެ. އޭތި ހާސްވަނީ އޭތީގެ ސާހިބު މީހާގެ ފަރާތުން ލިބިދާނެ އަނިޔާއަކަށް ބިރުން ކަން ކަަޅުހުއްތުބޭއަށް އިނގެއެވެ. ނަމަވެސް އޭނަ އަވަސްވެގަތީ ދަތް ހުއްޓާ ކާށި ކާށެވެ. މި ފަހަރު ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާފައި ނޫނީ އޭތި ދޫކޮށްނުލަން ކަޅުހުއްތުބޭ ހިތު އަޅައިގެން ހުރި ކަހަލަ އެވެ. ” ކިޔެވުން މަތިން ފޫހި ކުރުވުމުގެ ބޭނުމަކީ ކޮބައި؟؟؟ ” ސުވާލާއި އެކު ކަޅުހުއްތުބޭގެ ދެ ބުމަ ގާތްވެ ނިތަށް ރޫ އެރި އެވެ. ހީވަނީ ޖަވާބެއްގެ އިންތިޒާރުގައި ކެތް މަދުވެފައި އިން ހެންނެވެ. ” އެއީ އޭނާ ކިޔެވުމަށް މޮޅުވީމަ… އޭނާގެ ބޮޑުދައިތަގެ ދަރިފުޅު އާރާ ބޭނުންވަނީ ނޫރިޝްއަށް ވުރެ މަތިން ފާސްވާން… އެކަމަކު ކޮންމެ ފަަހަރަކު ނޫރިޝްއަށް މަތިން މާރކްސް ލިބޭތީ އޭނާ ބޭނުން ވަނީ ސިހުރު ހަދައިގެން ވިޔަސް ނޫރިޝްއަށް ވުރެ މޮޅުވާން… އެހެންވެ އަހަރެން ފޮނުވީ އެކަން ކުރުވަން…. ކިޔަވާ ހިތްވެގެން ކިޔަވަން ފަށަންވާ އިރަށް އަހަރެން އޭނަ ކިޔެވިޔަ ނުދީ އެހެން ކަންތައް ކުރުވަނީ… ” ޒިލްމީންގެ ވާހަކަތަކުން ނޫރާއަށް މާ ބޮޑު ހައިރާން ކަމެއް ނުލިބުނެވެ. އޭނާއަށް އާރާގެ ނިޔަތް ރަނގަޅު ނޫން ހެން ހީވާތާ ދުވަސް ކޮޅެއް ވެއްޖެ އެވެ. އެހެންވެ އޭނާ އަށް ވީ ވަރަކުން ނޫރިޝް އާރާ އާ ދުރު ކުރަން ވަރަށް މަސައްކަތް ކުރި އެވެ.

ނޫރާ އާ ޚިލާފަށް ޒިލްމީންގެ ވާހަކަތައް އަޑު އަހާފައި އީޝަލްއަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ. ވާނީވެސް އެހެންތާ އެވެ. ސްކޫލު ތެރޭގައިވެސް އާރާއަކީ އޭނާ އެކޭ އެއް ވަރަށް ނޫރިޝްގެ ހިޔަނިހެން ފަހަތުން ދުވާ މީހެކެވެ. އުޅޭ ގޮތުން ފެންނަ މީހަކަށް ހީވަނީ ދެން ވަރަށް ރަނގަޅު މީހެއް ހެންނެވެ. ޚުދު އީޝަލްވެސް ހީކުރީ ތެދަކީ އެއީ ކަމަށެވެ. ނަމަވެސް މިއަދު އޭނާގެ އަނދިިރި ފަރާތް ހާމަ ވެގެން ދިއުމުން އެއީ  އޮޅުވާލުމަށް ދެއްކި ދަޅަ އެއް ކަން އިނގިއްޖެ އެވެ. އެހެނަސް އެކަން އިނގި ހާމަވެެގެން ދިޔަސް މިއަދު އީޝަލް އަދި ނޫރާއަށް ވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ދެއަތް އުރާލައިގެން ކަޅުހުއްތުބޭ ކުރާ ކަންތައް ބަލަން ތިބުން ފިޔަވަ އެވެ. މިހާރު ދެ މީހުންގެ ހުރިހާ އުންމީދެއް ގުޅިފައިވަނީ ކަޅުހުއްތުބެ އާ އެވެ. މާ ބޮޑަށް ވެސް ވަގުތު ފާއިތު ވެއްޖެ އެވެ. އީޝަލް ހަނދާން ވީ ކޭންޕްގައި ނޫރިޝް ހޭނެތިގެން ވެއްޓުނު ދުވަސް މަތިންނެވެ. އެ ދުވަހު ހުރިހާ ކުދިން ނޫރިޝްއަށް ވީ ގޮތެއް ބަލަން އެއްވީ އިރު އާރާ ދުރުގައި ހެވިފައި ހުރި ގޮތުން އޭނާ އެ ކަމާ އުފާ ފާޅު ކުރާ ހެންނެވެ. ނަމަވެސް އޭނާ ބަލާލި ތަން ފެނުމާއި އެކު މޫނުގެ ކުލަވަރު ބަދަލުކޮށްލާ ދުވެފައި އައިސް މީހުންގެ ސަމާލުކަން އަތުލަން ރޮއެގަތް ގޮތުން ހީވީ އެއަށްވުރެ ނޫރިޝްއަށް ރަނގަޅު މީހަކު ނުހުންނާނެ ކަން މީހުންނަށް ދެއްކެން އުޅުނު ހެންނެވެ. އެކްޓް ކުރަން ހޮލީވުޑްގެ ތަރިއަކަށް ވެސް ދުލެއް ނުކުރެ އެވެ. ކިތަންމެ ދުވަހަކު މީހަކާއި އެއްކޮށް އުޅުނަސް މީހެއްގެ ހިތެއް ދަހެއް ނުވާނެ ކަން އީޝަލްއަށް މިއަދު އެނގިއްޖެ އެވެ.

މަޢްރިބް ނަމާދު ވަގުތު ޖެހިއްޖެ ކަން  އަނގަމުން ދިޔަ ބަންގީގެ މޫރިތި އާޔަތްތަކުން މުޅި ފަޒާ ގުގުމާލުމާއި އެކު ނޫރިޝް ދެ ކަންފަތުގައި އަތް އަޅާ ދެ ފަރާތަށް ބޯ ހޫރާން ފެށި އެވެ. ” އެ ކޮއެ… ދެން ބޭބެ މި ވަގުތު މި ގޮސް ލަނީ… މި ފެންތަށި ނޫރިޝްއަށް ބޯން ދީ… އޭރަށް ރަނގަޅު ވާނެ… ބޭބެ މާދަމާ އަންނާނަން ހުރިހާ ކަމެއް އެކި އެކައްޗަކަށް ނިންމަން… ކަމެއް ގޯސް ވަންޏާ ބޭބެ އަށް ގުޅާލާ… އާނ.. އަދި މިއޮތީ މި ތަވީދު އަޅުވާ އޭރަށް އެ ޖިންނި އަކަށް ނޫރިޝްގެ ގަޔަކު އަތެއް ނުލެވޭނެ… ފަހަރުގައި މިއަދު އޭތި މި ތަނަށް ގެނައީމަ ނޫރިޝްއަށް އޭގެ ވަރު ބާލަފަނެ… ” ކަޅުހުއްތުބޭ ނިކުމެގެން ދަމުން ދިޔައީ ނޫރިޝްގެ ގައިގައި އަޅުވަން ތަވީދެއް ދީފައެވެ.

ބަންގި ގޮވިތާ މާ ގިނަ އިރު ތަކެއް ނުވެ އެވެ. ތުއި ހިނގުމެއްގައި ފޮނި ގޮތަކަށް ހިނގާފައި އައި އާރާ އައިސް ވޯޑުން އެތެރެ އަށް ވަތް ތަން ފެނި އީޝަލްގެ ލޭ ކެކި ގަތެވެ.

= ނުނިމޭ =

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

HAAIX

Level 1

im 13 years old and loves to read and write dhivehi stories

Other Articles

Previous

އެނގުމެއްނެތި…1

Next

އިބްނާ

Next
December 13, 2018

އިބްނާ

Previews
December 13, 2018

އެނގުމެއްނެތި…1

19 Comments!

  1. Umish says:
    December 13, 2018 at 11:33 pm

    V nice mi part ves ??? when next

    1. HAAIX says:
      December 14, 2018 at 2:35 pm

      thankss umish…?? insha allah today

  2. RaI❤ says:
    December 13, 2018 at 11:38 pm

    Wow.me first..varah reethi mi part vx.

    1. HAAIX says:
      December 14, 2018 at 11:16 am

      thanksss… rai… koba lo rangalhu vehjetha???

  3. Aisha says:
    December 14, 2018 at 12:45 am

    Woooow…?

    1. HAAIX says:
      December 14, 2018 at 11:17 am

      thakss aisha…?

  4. ixwan says:
    December 14, 2018 at 3:23 am

    v salhi vaahaka. good work keep it up

    1. HAAIX says:
      December 14, 2018 at 11:18 am

      thankss ?

  5. daisy says:
    December 14, 2018 at 7:17 am

    waiting 4 nxt prt . v v v interesting mi story

    1. HAAIX says:
      December 14, 2018 at 11:20 am

      miadhu up kohdheveytho miulheny

    2. Zuha says:
      January 10, 2019 at 12:07 pm

      Dho varah interesting

  6. Minnnu says:
    December 14, 2018 at 12:20 pm

    Hama speach less vv furihama mi story ???????

    1. HAAIX says:
      December 14, 2018 at 1:05 pm

      hehe…thankss… minnu… varah dhuvas fahun dho mi dhimaavii ???

  7. Minnnu says:
    December 14, 2018 at 12:21 pm

    Next part avahah up kohdhehchey????

    1. HAAIX says:
      December 14, 2018 at 1:06 pm

      yeah…. insha allah

  8. HAAIX says:
    December 14, 2018 at 5:20 pm

    vaahaka up kohfin but pending????

    1. zaara says:
      December 14, 2018 at 5:39 pm

      network slow kamun dhw

  9. RaI❤ says:
    December 14, 2018 at 10:48 pm

    ‘Lo ragalhu vehjetha’..koancheh rangalhu vehjje hey??..neyngunu thibuni ehcheh..

  10. nash says:
    December 16, 2018 at 9:23 pm

    varah reethi

Comments are closed.

Next Episodeނޫރިޝް ( ފަހުބައި )←


All Right Reserved!