ވިންދޭ ލޯބި ތީ އެދޭ 8
ތެޅިތެޅި އޮތް ހިތަކާއެކު އަޝްރާ ފޯނު ނަގައި ހެލޯ އޭ ބުނެލިއެވެ. އަޝްރާ ހެލޯ އޭ ބުނެލުމުންވެސް ޝާއިފް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ” ޝާއިފް… ” އަޝްރާ މަޑުމައިތިރި އަޑަކުން ޖެހިލުންވެފައިހުރެ ޝާއިފަށް ގޮވާލިއެވެ. ” އަޝްރާ ބުނެބަލަ… އަޝްރާ ލޯބިވަނީ އަހަރެންދެކެތަ ނޫނީ ނާއިލްދެކެތަ… ” ހަރުކަށިކަމާއެކު ޝާއިފް ކުރި ސުވާލުން އަޝްރާ ހިތްހަމަނުޖެހުނެވެ. އޭނަ ލޯބވަނީ ޝާއިފްދެކެކަން ޝާއިފަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އަޝްރާއަށް ހިތާހިތުން ބުނެލެވުނެވެ. ޝާއިފްގެ އެސުވާލުން އަޝްރާ ދެރަވެސް ވިއެވެ. އަޝްރާއަށް ގަބޫލުކުރެވުނީ ޝާއިފް އެހެން އަޝްރާ ގާތު އެސުވާލުކުރަން ޖެހުނީ އޭނަ ޝާއިފްދެކެ ވާ ލޯބި ޝާއިފަށް އިހުސާސްނުކުރެވޭތީއެވެ. އަޝްރާގެ ހިތުގައި އެތަކެއް ޝަކުވާއެއް ވިއެވެ. ”އަޝްރާ… އަހަރެން ބުނީ އަޝްރާ ލޯބިވަނީ އަހަރެންދެކެ ހޭ ނޫނީ ނާއިލްދެކެ ހޭ…ކީއްވެތަ ޖަވާބު ނުދެވެނީ…” ކުރިން ބުނި ވަރަށްވުރެ ހަރުކަށިކަމާއެކު ޝާއިފް އެހެން ބުނި އަޑަށް އަޝްރާއަށް ހަމަބިމަށް އާދެވުނެވެ. ” ޝާއިފް… ތީ ކޮންކަހަލަ ސުވާލެއް… ޝާއިފަށް އިނގެއެއްނު އަހަރެން ލޯބިވަނީ ޝާއިފްދެކެ ކަން… ” މަޑުމައިތިރިކަމާއެކު އަޝްރާ ޖަވާބު ދިނެވެ. ”ނޭނގެ އަހަންނަކަށް… އަހަންނަށް އޮޅިއްޖެ މިހާރު އަޝްރާ ލޯބިވާ މީހެއް… އަޝްރާ ދުލުން ތިބުނަނީ އަހަރެންދެކެ އޭ ލޯބިވަނީ… އެކަމަކު އަމަލުން އެކަމެއް ނުދެއްކޭ… އެންމެ ކުޑަމިނުން އަޝްރާއަށް އަހަންނާ މީޓްވެސް ނުކޮށްލެވޭ… އެކަމަކު ނާއިލް އާއެކު އެންމެން ކުރިމަތީގައިވެސް ސަކަރާތްޖެހޭ… އޭނައާއެކު އެންމެން ކުރިމަތީގައިވެސް އުޅެވޭ… އަޝްރާއަށް ނާއިލް އާއެކު ވަގުތު ހޭދަކުރެވޭ… އެކަމަކު ދުވަހަކުވެސް އަހަންނާއެކު އަޝްރާއަށް ވަގުތުކޮޅެއް ހޭދަކުރެވޭ އިރެއް ނާދޭ… މިއަދު އެކަންޏެއް ނޫނޭ އަހަންނަށް އަޝްރާ ނާއިލްއާއެކު ފެނުނީކީ… މީގެ ކުރިންވެސް އެފަދަ އެތައް މަންޒަރެއް ފެނިފަ ހުރީ… ” އަޝްރާ ދުވަހަކުވެސް އަހަރެން ހިތަށް އަރާނެ އެއްޗަކަށް ނުވިސްނަންތަ… ” ނުރުހުންތެރިކަން އެކުލެވިގެންވީ ރާގެއްގައި ޝާއިފު ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ހުރި އަޝްރާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުން ދިޔައެވެ. އެކަރުނަތަކުން އޭނަގެ ހިތަށް ވަރަށް އަސަރުކުރުވާފާވާކަން ހާމަކޮށްދެމުން ދިޔައެވެ. ”އަޝްރާ… ކީއްވެތަ އަހަރެން ހަމަ އެއްޗެކޭ ބުނާއިރަށް ތި ރޮނީ… އަޝްރާއަށް އިނގެއެއްނު އަޝްރާ ރޯން އަހަރެން ބޭނުންނުވާނެކަން… ” އަޝްރާގެ ގިސްލުމުގެ އަޑު އިވުމާއެކު މަޑުމައިތިރިކަމާއެކު ޝާއިފް ބުނެލިއެވެ.
ޝާއިފް އެހެން ބުނުމުންވެސް އަޝްރާގެ ހިތުގައި އޭނައަށްޓަކައި އުފެދުނީ ޝަކުވާއެވެ. އަހަރެން ރުއިމުން ނުވަތަ ދެރަވުމުން ޝާއިފަށް އަސަރު ކުރާނަމަ އެފަދަ ގޮތަކަށް ނުރުހުންތެރިކަމާއެކު ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ؟ ރީތި ގޮތުގައި މަޑުމައިތިރިކަމާއެކުވެސް ވާހަކަ ދެއްކިދާނެ ނޫން ހެއްޔެވެ؟ އަޝްރާގެ ހިތުގައި އުފެއްދިފައިވި އެއްވެސް ޝަކުވާއެއް އޭނަގެ ދުލާ ހަމައަކަށް ނައެވެ. ” ޝާއިފް… ވީއާ ޖަސްޓް ފްރެންޑްސް… އަހަރެން ލޯބިވަނީ ހަމައެކަނި ޝާއިފްދެކެ… ޕްލީޒް ތިހެން ނުވިސްނަބަލަ… އަހަރެންވެސް ބޭނުމޭ ޝާއިފްއާ މީޓްކުރަން… އެކަމަކު މީޓްކުރަނިކޮށް މީހަކަށް ފެނިއްޖިއްޔާ ކިހިނެއްވާނީ… މަންމަމެން މީހަކަށް ފެނިއްޖިއްޔާވެސް ނޭނގެ ކަންތައް ވާނެ ގޮތެއް… ދޮންބެވެސް އޮތީ މީޓުކުރުން މަނާކޮށްފަ… ޝާއިފް އާއެކު އެގޮތައް އެކަނި ހުއްޓަ މީހަކަށް ފެނުނަސް ކީކޭ ހިތަށް އަރާނީ… އާއްމުކޮށް އަހަރެމެން ދެމީހުން މަގުމަތިންވެސް ވާހަކަ ދައްކައެއް ނުހަދަމެއްނު… ހަމައެކަނި ކުލާހުގަ އަދި އެވެސް ކަމެއް ބޭނުންވެއްޖެނަމަ… އެހެން އުޅެފަ ކުއްލިއަކަށް ދެމީހުން އެެހެން އެއްކޮށް ފެންނަން ފެށީމަ މީހުން ކިޔާނެ ފާޑުފާޑު އެއްޗެހި… ނާއިލް އަކީ ހަމައެކަނި ފްރެންޑެއް… މީގެ ކުރިންވެސް ކުޑައިރުންސުރެވެސް އަހަރެން ނާއިލްއާއެކު އުޅެން… މަންމަމެނަށްވެސް އަދި އެންމެނަށްވެސް އެނގޭނެ ނާއިލް އާ އަހަރެންނަކީ ގާތް ދެރަހުމަތްތެރިންކަން… ސޯ މަންމަމެންވެސް އަދި އެހެން މީހުންވެސް އެހެން ގޮތަކަށް ނުދެކޭނެ އެއްނު… ޕްލީސް ޓްރައި ޓު އަންޑަސްޓޭންޑް… ޝާއިފަށް ވިސްނެއެއްނު އަހަރެން މި ބުނި އެއްޗެއް… އައި އޮންލީ ލަވްސް ޔޫ… ” ޝާއިފަށް ވިސްނައިދިނުމުގެ ގޮތުން އަޝްރާ ނުހަނު މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. ”ހޫމް… ސޮރީ އަޝް… ރުޅި އައިމް އެހެން ވާހަކަ ދެއްކުނީ… އައިމް ސޮރީ… ” އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޝާއިފް ބުނެލިއެވެ. ” އަޝޫ… ދަރިފުޅާ… އާދޭ ސައިބޯން… ” އެވަގުތު ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަމުން އާސިމާ އަޝްރާއަށް ގޮވާލިއެވެ. ” ޝާއިފް… އިޓްސް އޯކޭ… މަންމަ އެބަ ގޮވާ… ފަހުން މެސެޖު ކުރާނަން އިނގޭ…” އަޝްރާ އަވަސް އަވަހަށް އެހެން ބުނުމުން ޝާއިފް އޯކޭ އޭ ބުނެ ފޯނު ކަނޑާލިއެވެ. އަޝްރާ އަވަސް އަވަހަށް ޝާއިފަށް ކުރި މެސެޖުތަކާއި ކޯލް ލޮގް ޑިލީޓުކުރުމަށްފަހު ފާޚާނާއަށް ވަދެ ކުޑަކޮށް މޫނު ދޮވެލައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ”ދަރިފުޅާ… ހާދަ ލަސްވީ… ކިހާ އިރެއް މަންމަ ގޮވާތާ… ” އަޝްރާ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އާސިމާ ބުނެލިއެވެ. ” ސޮރީ މަންމާ… އަޅުގަނޑު ފާޚާނާއިގަ އުޅުނީމަ… ” އަޝްރާ ހިނިތުންވެލަމުން އެހެން ބުނެލިއެވެ. ” އެހެންތަ… ހިނގާ އަވަހަށް ސައިބޯން… ބައްޕަ އާ ދޮންބެވެސް އެބަތިބި ދަރިފުޅު ނައިސްގެން… ” އާސިމާ މިހެން ބުނެ ހިނގައިގަތުމާއެކު އަޝްރާވެސް އޭނަގެ މަންމަގެ ފަހަތުން ހިނގައިގަތެވެ.
މިންހާމެންގެ ގޭގެ ސިޓިން ރޫމު ސޯފާގައި އަޝްރާ އިނީ މިންހާގެ އިންތިޒާރުގައެވެ. އެހެން އިންއިރުވެސް އޭނަގެ ޚިޔާލުގައިވަނީ ޝާއިފެވެ. އަދިވެސް ހީވަނީ ނުރުހުންތެރިކަމާއެކު ޝާއިފް ދެއްކި ވާހަކަތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދާހެންނެވެ. ” އަޝްރާާ… މިންނު ކޮބާ… ” ކައިގެން އައިސް ސޯފާގައި އިށީންނަމުން ނާއިލް ބުނެލިއެވެ. ” އަޝްރާ… ކޮބާތަ މިންނު… ” ފުރަތަމަ ފަހަރު ބުނުމުން އަޝްރާގެ ސަމާލުކަމެއް ނުލިބުމުން ނާއިލް ދެވަނަ ފަހަރަށްވެސް ބުނެލިއެވެ. އޭރުވެސް އަޝްރާ އިނީ އެއްދިމާލަކަށް ނަޒަރު ހުއްޓާލައިގެން ފުން ވުސްނުމަކަށް ގެއްލިފައެވެ. ” އަޝްރާ… ” އެންމެ ފަހުން ނާއިލް އަޝްރާގެ ކޮނޑުގައި މޭޒު މަތީގައި އޮތް ރިމޯޓުން ޖެހަމުން ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއެކު ސިހިފައި އަޝްރާ ނާއިލަށް ބަލައިލިއެވެ. ” ސާބަސް… ކިހިނެއްވެފަތަ ތިއިނީ… މަ ހާދަ ވަރަކަށް ވާހަކަ ދައްކައިފީމޭ… މިންނު ކޮބާތަ… ” ނާއިލް ބުނެލިއެވެ. ” ކަމެއް ނުވޭ… މިންނު ކޮޓަރީގަ… ތައްޔާރުވަނީ… ” ފަރުވާކުޑަ ގޮތަކަށް ނާއިލަށް ބަލައިލަމުން އަޝްރާ ޖަވާބުދިނެވެ. އަޝްރާގެ އެހާ ފަރުވާކުޑަ ގޮތަކަށް ބުނުމުން ނާއިލް ހައިރާންވިއެވެ. މީގެ ކުރިން ނާއިލް އޭނައަށް ކިތަންމެ ކުޑަ ޖެއްސުމެއް ކޮށްލިޔަސް އަޝްރާ ނާއިލް ދޫނުކުރާނެއެވެ. އޭނާ އެއްޗެކޭ ބުނެފިނަމަ އަނގަ ހުއްޓާ ނުލާ ކޮންމެވެސް އެއްޗެކޭ ކިޔާނެއެވެ. އަޝްރާގެ އަމަލުތައް ހުރި ގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަމަށް ނާއިލަށް ގަބޫލުކުރެވުނެވެ.
” އަޝްރާ… ވަޓް ހެޕެންޑް… މަށަށް އިނގޭ ކޮންމެވެސް ކަމެއް ވީމަކަން ތިހާ މަޑުން ތިއިނީ… ބުނެބަލަ ކިހިނެއްތަ ވީ… ކަމެއް ނުވެޔޭ ބުންޏަކަސް އަހަރެން ގަބޫލެއް ނުކުރާނަން… ” ސީދާ އަޝްރާގެ މޫނަށް ބަލަހައްޓާއިގެން އިނދެ ނާއިލް ބުނެލިއެވެ. ނާއިލްގެ ފުރިހަމަ ސަމާލުކަން ދީފައިވަނީ އަޝްރާއަށެވެ. ނާއިލްގެ އަޑަށް އަޝްރާ ބަލައިލިއެވެ. އަޝްރާ ބަލައިލުމާއެކު ބުނާށޭ ބުނާ ފަދަ ގޮތަކަށް ނާއިލް އޭނަގެ ބުމަ މައްޗަށް ހިއްލާލިއެވެ. ” މީ… މިއަދު އަހަރެމެން… އަހަރެމެން ދެމީހުން މިއަދު ޖެޓީގަ އުޅުނު ގޮތް ޝައިފަށް ފެނުނީ… ” ނާއިލްގެ މޫނަށް ބަލަހައްޓާއިގެން އިނދެ އަޝްރާ މަޑުމަޑުން ބުނެލިއެވެ. ” ސޯ ވަޓް… އެތަނުގަ ތިބި އެހެން މީހުނަށްވެސް ފެނުނެއްނު… ” ނާއިލް ވަރަށް ހަމަޖެހިލާފައި އިނދެ ބުނެލިއެވެ. ” ޕިސް… އެހެން މީހުނާ ޝާއިފަކާ އެއްގޮތެއް ނުވާނެއެއްނު… ޝާއިފް ހީކުރަނީ… އަހަރެމެން ދެމީހުން ދެމެދު… އެހެން ގުޅުމެއް… އައި މީން… އަހަރެމެން ދެމީހުން ލޯބިވަނީކަމަށް… ” އަޅައަޅާއިގަންނަމުން އަޝްރާ ބުނެލިއެވެ. ނާއިލް ބަލަހައްޓާއިގެން އިނުމުން އެހެން ބުނުން އަޝްރާއަށްވީ އުނދަގޫ ކަމަކަށެވެ. ” ވަޓް… އީޒް ހީ އައުޓް އޮފް ހިސް މައިންޑް… ވީއާ ޖަސްޓް ފްރެންޑްސް އެއްނު… އޭނައަށް އެވަރު ނޭނގުނުތަ… ” ހައިރާންކަމާއެކު ނާއިލަށް ބުނެލެވުނެވެ. ” ބުނީމޭ އަހަރެން އަހަރުމެން ދެމީހުންނަކީ ހަމަ ފްރެންޑްސްއޭ… ކުރިންވެސް ދެތިން ހަތަރު ފަހަރަކު އޭނައަށް މިސްއަންޑަސްޓޭންޑް ވެއްޖެ… އެއިން ކޮންމެ ފަހަރަކުވެސް އަހަރެން އޭނައަށް ވިސްނައިދެން މަސައްކަތްކުރަން… އެކަމާ ޝާއިފް ހިތްހަމަނުޖެހުނީމަ މިއަދު ކުޑަ މައްސަލައެއް ޖެހުނީ… މިހާރު އެކަމު އޯކޭ އަހަރެން ވިސްނައިދިނީމަ… ” އަޝްރާ ވާހަކަ ދެއްކިއެވެ.
”ކީއްވެ ދެތިން ހަތަރު ފަހަރު މިސްއަންޑަސްޓޭންޓު ވާންވީ… ތިބުނީނު އަޝްރާ ކޮންމެ ފަހަރަކުވެސް ބުނަމޭ އަހަރެމެން މީ ފްރެންޑްސްކަން… ވިސްނައިދިނީމަވެސް އަނެއްކާވެސް އޭނައަށް އެހެން ހީވެގެން ނުވާނެއެއްނު… އަޝްރާއަށް އޭނަ ޓްރަސްޓް ނުކުރަނީއެއްނު އޭގެ މާނައަކީ… އަޝްރާ ލޯބިވާކަންވެސް ޝާއިފް ގަބޫލުނުކުރަނީއެއްނު… ” ނާއިލް ބުނެލިއެވެ. އެއާއެކު ކުރިންވެސް އޭނަގެ ހިތުގައި އުފެދުނު ޝަކުވާތައް އުފެދުނެވެ. ނާއިލް އެބުނީ ތެދެއް ނޫން ހެއްޔެވެ؟ ތަކުރާރުކޮށް ބުނާއިރުވެސް ޝާއިފަށް އޭނަގެ ބަސް ގަބޫލިނުކުރެވެނީ ހެއްޔެވެ؟ ގަބޫކުރެވޭނަމަކަ ކޮންމެ ފަހަރަކު ޝާއިފް ގޯސްކޮށެއް ނުވިސްނާނެ ނޫން ހެއްްޔެވެ؟ ޝާއިފް އޭނައަށް އިތުބާރުނުކުރަނީ ހެއްޔެވެ؟ އޭނަދެކެ ލޯބިވެސް ނުވަނީ ހެއްޔެވެ؟ އަޝްރާގެ ހިތާއި ސިކުނޑި މިފަދަ ޚިޔާލުތަކުން ފުރުނެވެ. އަވަސް އަވަހަށް އަޝްރާ ޝައިފް އޭނަދެކެ ލޯބިވާ ކަމަށާއި އިތުބާރު ކުރާކަމަށް އޭނަގެ އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. މިފަދަ ގުޅުންތަކުގައި މައްސަލަތައް ޖެހި މިސްއަަންޑަސްޓޭންޑިންތައްވެސް އުފެދޭނެކަން އަމިއްލަ ހިތަށް ވިސްނައިދިނެވެ. ” ނޯ… ހީ ލަވްސް މީ އެން ހި ޓްރަސްޓް މީ.. މިކަހަލަ ރިލޭޝަންޝިޕްތަކުގަ މިސްއަންޑަސްޓޭންޑިންވެސް އުފެދޭނެ… ނާއިލްއަކަށް ނޭނގޭނެ ނާއިލް ދުވަހަކުވެސް މިކަހަލަ ރިލޭޝަންޝިޕެެއެއްގަ ނޫޅެމެންނު… ހީ ލަވްސް މީ އަލޮޓް… ” ނާއިލް އާއި ދިމާލަށް ދެލޯ ބޮޑުކޮށްލައިގެން އިނދެ އަޝްރާ ބުނެލިއެވެ. ” އޯކޭ ފައިން… މަށަށް ފެންނަ ގޮތް މަ މިބުނީ… އައި ޑޯންޓް ކެއާ… އެހެންނޫނަސް މަށެއް ނޫޅެން ތި އަނގަގަދަ މިތުރު ދެކެ ލޯބިވެގެނެއް… މީހަކު އެއްޗެކޭ ބުނާއިރަށް ހުންނާނީ ރޮވިފަ… އަނގަ ގަދަ ކަމުންވެސް ބޮލަށް އުނދަގޫވާނެ… އަޝްރާ އާއެކު ލޯބީގެ ރިލޭޝަންޝިޕަކަށް ދާކަށް އައި ހޭވް ނޯ އިންޓްރެސްޓް… ” ނާއިލް އަނގައަށް ވައްތަރެއް ޖައްސާލަމުން އެހެން ބުނުމާއެކު އަޝްރާގެ ދެބުމަ ގޮށްޖެހުނެވެ. ” ބުނަން ނާއިލް… އަހަރެންވެސް ނޫޅެން ނާއިލް އަހަރެންދެކެ ލޯބި ނުވެގެނެއް… އަހަރެން ލޯބިވާ ފަރާތް އަހަންނަށް ލިބިއްޖެ… ގޮޓް އިޓް… ” ނާއިލް އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެން އިނދެ އަޝްރާ ބުނެލިއެވެ. ” ސާބަސް ދެމީހުނަށް… މިދެމީހުން އެއްތަންވެއްޖިއްޔާ އަބަދުވެސް ކޮންމެވެސް ކަމަކާ ދެބަސްވާނެ… ކޮންދުވަހަކުންތަ ތިދެމީހުން ނޯމަލް ފްރެންޑްސް ގޮތަށް ބިހޭވްކުރާނީ… ތުއްތު އާ އަޝޫގެ އޮންނަނީ އަބަދު ދެބަސްވާ ފްރެންޑްޝިޕެއް… ” ތައްޔާރުވެގެން ސިޑިން ތިރިއަށް ފައިބައިގެން އައި މިންހާާ ބުނެލިއެވެ. ” މި އަނގަގަދަ މިތުރާއެކު މަށަކަށް ނޯމަލް ފްރެންޑެއް ގޮތަކަށް ނޫޅެވޭނެ ދުވަހަކުވެސް… ޝީ އީޒް ސޯ އިރިޓޭޓިން… ” ސޯފާއިން ތެދުވެ އެހެން ބުނަމުން އެގެއިން ނިކުތުމަށް ނާއިލް ހިނގައިގަތެވެ. ” އާރްރްރްގް… އައި ހޭޓް ޔޫ ނާއިލްގަނޑާ… ” ރުޅި އައިސްފައި އަޝްރާ ނާއިލަށް އަޑުއިވޭ ވަރަށް ބާރަށް ބުނެލިއެވެ. ”އައި ހޭޓް ޔޫ ޓޫ ކްރައި ބޭބީ… ” ގެއިން ނިކުންނަމުން އަޝްރާއަށް ބަލައިލުމަށްފަހު އެއްލޯ މަރާލަމުން ނާއިލްވެސް ބާރަށް ބުނެލިއެވެ. ” ދެން މިރެއަށް ތިދެބަސްވުން ހުއްޓާލާފަ ދެންވެސް ހިނގާއަވަހަށް ދާން… ގަޑި ޖެހިދާނެ އިރުކޮޅަކުން… ” ސޯފާގައި އިން އަޝްރާގެ އަތުގައި ނަގަމުން މިންހާ ބުނެލިއެވެ. އަދި ނާހިދާ ގާތު ދަނީ ކަމުގައި ބުނެ އަޝްރާ އާއި ދެމީހުން ސުކޫލަށް ދާން ހިނގައިގަތެވެ.
ދިހަވަރަކަށް ދުވަސް ތެރޭގައި މާހިލްމެންވެސް ކައިވެންޏަށް ބޭނުންވާނޭ އެއްޗެހި ހިފައިގެން ރަށަށް އައެވެ. ވެޑިން ޑްރެސް މާލޭން ފަހައިގެން އައިރު އާއިލާގެ މީހުނަށް އައީ އެއްކުލައިން އެއްވައްތަރެެއްގެ ފޮއްޗާއި އެހެނިހެން ތަކެތިވެސް ހިފައިގެންނެވެ. ތަންތަން ޒީނަތްތެރިކުރަން ބޭނުންވާނޭ ސަމާނުވެސް ވަރަށް ގިނައިން ގެނައެވެ. ފެންވަރު ރަނގަޅު ވަރަށް ފުރިހަމަ ޕާޓީއަކަށް ހެދުމަށް އެންމެންވެސް ނުހަނު ބޭނުމެވެ. އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ހެދުންތައް ފެހުމަށް ނާހިދާ އާ ހަވާލުކުރެވިގެން ދިޔުމާއެކު އޭނާ އަވަދިނެތި އެމަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
ދެހަފްތާގެ ފަރިތަކުރުންތަކަށްފަހު ދިވެހި ހަފްތާގެ ހަރަކާތްތައް ފެށިގެން ދިޔައެވެ. އަޝްރާ ދިވެހި ކުލަބުގެ ރައީސާއަށް ވުމުން އުޅެން ޖެހުނީ ވަރަށް ބުރަކޮށެވެ. ދިވެހި ކުލަބުގެ ކަންކަމުގައި އުޅެމުން ހަރަކާތްތަކަށް ތައްޔާރުވުމުގައިވެސް އަޝްރާ އުޅެންޖެހުނެވެ. އެންމެ ފުރަތަމަ ކުރިއަށް ގެންދިޔައީ އޮފްސްޓޭޖުގެ ހަރަކާތްތަކެވެ. އެއީ މަޒުމޫނު ނުވަތަ ވާހަކަ ލިޔުންފަދަ ކަންކަމެވެ. އޮފްސްޓޭޖުގެ ހަރަކާތްތަކަށްފަހު އޮންސްޓޭޖު ހަރަކާތްތައް ފެށިގެން ދިޔައެވެ. މީގެ ތެރޭގައި ރައިވަރު އަދި ބަނދި ކިޔުމާއި ކުއްލި މަޢުލޫއަށް ވާހަކަދެއްކުމާއި ބަހުސްކުރުންފަދަ ހަރަކާތްތައް ކުރިއަށް ގެންދިއައެވެ. އަދި އޭގެ އިތުރުން އަދަބީ ސުވާލު މުބާރާތާއި ބަހުސްކުރުންވެސް ކުރިއަށް ގެންދިއައެވެ. ސްޓޭޖު މަތީގައި ކުރިއަށް ގެންދާ ހަރަކާތްތައް ނިމުމާއެކު ދެން ކުރިއަށް ގެންދަން އޮތީ އެންމެ ފަހު ހަރަކާތެވެ. އެއީ ކުރީ ޒަމާނުގައި ދިވެހިން ކަންތައްތައް ކޮށްއުޅޭ ގޮތް ސްޓޯލްއެއް ގޮތަށް ދަރިވަރުން ދައްކާލުމުވެ. އެގޮތުން ދިވެހި ކުލަބުން ކޮންމެ ގުރޭޑަކަށް ކަމެއް ހަވާލުކުރިއެވެ. އެގޮތުން އިހުޒަމާނުގައި ދިވެހިން މަސްވެރިކަމާއި ބޭސްވެރިކަމާއި ތިލޭރުކަންފަދަ ކަންކަން ކުރާ ގޮތް ދައްކާލުމަށް ހަވާލުކުރިއެވެ. އަދި ކުރީގައި އެދުރުގޭގައި ކިޔަވައިދޭ ގޮތާއި ރާވެރިކަމާއި ފަންގިވިނުމާއި ރޯނުވެށުންފަދަ ކަންކަމާއި ވަޑާންކުރުމާއި ކުރީ ޒަމާނުގައި ކުޅެ އުޅޭ ކުޅިވަރުތައް ދައްކާލުންފަދަ ކަންކަންވެސް ހިމެނެއެވެ. މިހަރަކާތައް ތައްޔާރުވުމަށް އަދި އިތުރު ދުވަހެއް ދެވިގެން ދިޔައެވެ.
އިއާން އާއި ނާއިލްވެސް ތައްޔާރުވެގެން ސުކޫލަށް ދިޔައެވެ. ދެމީހުންވެސް ހުރީ ހުދުކުލައިގެ ގަމީހެއް ލައި ފޭލި އަނދެފައެވެ. އަދި ބޮލުގައި ހުދުކުލައިގެ ފޮށައެއް އޮޅާފާވެއެވެ. ސުކޫލަށް ވަންއިރު ފިރިހެން ދަރިވަރުންނާއި ޓީޗަރުންވެސް ތިބީ ހަމަ އެގޮތަށެވެ. މިހަރަކާތުގައި ހުރިހާ ދަރިވަރުންނާއި ޓީޗަރުންވެސް އަދި ސުކޫލުގެ އިސްވެރިންވެސް ހެދުން އެޅުމަށް ހަމަޖެހިފައިވަނީ ދިވެހިވަންތަ ގޮތަށެވެ. ޒަމާނީ ހެދުމެއް ނަމަވެސް ދިވެހިވަންތަ ގޮތެއް ހުންނަން ޖެހެއެވެ. ބައެއް އަންހެން ކުދިން ދިގު ހެދުން ލައި ބޮލު ފޮތިކޮޅު އަޅާފައިވާއިރު އަނެއް ބައި ކުދިން ކުރު ހެދުމާއެކު ކަނޑިކި ލައިފާވެއެވެ. އަނެއް ބަޔަކު ލިބާސްވެސް ލައިފާވެއެވެ. ބައެއް ކުދިން ޒަމާނީ ހެދުމުގައިވެސް ދިވެހިވަންތަ ގޮތްގޮތް ބޭނުންކޮށްފައިވެއެވެ. ސްޓޯލްތައްވެސް ހަދާފައިވަނީ ކުރީގެ ގޮތަށެވެ. ވިދެފައިހުރި ފަން ބޭނުންކޮށްގެން ފަންގެ އަޅާއިގެންނެވެ. ގެތަކަށް ދޮންވެލި ލައިފައިވުުމުން އަދި އިތުރަށް ފުރިހަމަކޮށްދެއެވެ. އިއާންމެން އައިއިރު ބައެއް ދަރިވަރުން އެކުދިންގެ ސްޓޯލްގައި ހަރަކާތްތެރިވަމުން ދިޔައެވެ. ސްޓޯލްތައް ފެށެން އޮތީ ހަތަރު ގަޑި ބައިގައި ނަމަވެސް ދަރިވަރުންނާއި ޓީޗަރުން ކުރިން ހާޒިރުވެ އުޅެެއެވެ. އިއާން އާއި ނާއިލްވެސް ގޮސް އެކުދިންނަށް ލިބުނު ސްޓޯލް ކައިރީގައި ހުއްޓިލިއެވެ.
އިއާން އާއި ނާއިލް އެހެން ހުރެ ސުކޫލުގެ ގޭޓާއި ދިމާލަށް ބަލައިލި ވަގުތު އެތެރެއަށް ވަދެގެން އައި މިންހާ އާާއި އަޝްރާ ފެނުނެވެ. އޭރު ގިނަ ބައެއްގެ ނަޒަރު ވަނީ އެދެކުދިންނަށް ހުއްޓިފައެވެ. އިއާންއަށް ކަޅި ޖަހާ ނުލާ މިންހާއަށް ބެލެމުން ދިޔައިރު ނާއިލްގެ ނަޒަރު ހުއްޓިފައިވީ އަޝްރާއަށެވެ. ދެމީހުންވެސް އާއްމުކޮށް ލައި އުޅޭ ކަހަލަ ގަޔަށް ދޫ ކަޅު ހެދުމެއް ލައިފާވާއިރަށް ހެދުމުގައި ވަކި ހިސާބަކުން ކައްޗަށް ވާގޮތަށް ރިހި ކުލަ އާއި ރަން ކުލައިގެ ކަސަބު އަޅާފައިވެއެވެ. ބޮލުގައި ވިދުމެެއް އެކުލެވިފައިވި ރަން ކުލައިގެ ޝޯލްއެއް އަޅާފައިވީއިރު ޝޯލްގެ ތެރެއިން ގެނެސް ރަން ކުލައިގެ ފަށްޓަރު ބައިވެސް ފެންނަން ގޮތަށް އޮތުމުން ވަރަށް ފުރިހަމައެވެ. ދެމީހުންގެ މޫނުގައިވެސް ވަނީ ލުއި މޭކަޕެއް ކުރެވިފައެވެ. ދެލޮލުގައި އަދުން އަޅާފައިވާއިރު ދިގު އެސްފިޔަތަކުގައި ވަނީ މަސްކަރާ އަޅާފައެވެ. ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕްގްލޮސްއެއް ޖައްސާފައިވުމުން ވަރަށްވެސް ފުރިހަމައެވެ. އެދެކުދިން ފެންނަ ކޮންމެ މީހަކަށްވެސް ތަޢުރީފުކުރެވޭނެހާ ރީއްޗެވެ.
ހަތަރު ގަޑި ބައިވުމާއެކު ހަރަކާތްތައް ފެށިގެން ދިޔައެވެ. ދަރިވަރުންތައް ސްޓޯލްތަކުގައި ހަރަކާތްތައް ދައްކާާލަމުން ދާއިރު އެމަންޒަރުތައް ބަލަން ގިނަ އަދަދެއްގެ ބެލެނިވެރިންނާއި އާއްމު މީހުންވެސް އައެވެ. ގިނަ މީހުން ދިޔައީ އެމަންޒަރުތައް ކެމެރާތަކުންނާއި ފޯނުން ފޮޓޯ ނަގަމުންނެވެ.
އެހަރަކާތައްފަހު ދިވެހި ހަފްތާގެ ހަރަކާތްތަކަށް ނިމުމެއް އައީއެވެ. ދެން ފުރަތަމަ ޓާމުގެ ޓެސްޓު ނަގަން މާ ގިނަ ދުވަސްތަކެއް ނެތުމާއެކު ގިނަ ދަރިވަރުން ކިޔެވުމަށް ވީހާވެސް ބޮޑަށް ސަމާލުކަން ދޭން ފެށިއެވެ. އިއާން އާއި ނާއިލް އެކޭ އެއްފަދައިން މިންހާ އާއި އަޝްރާވެސް ދިޔައީ ގުރޫޕް ސްޓަޑީ ހަދަމުންނެވެ. ޕާސްޓް ޕޭޕަރުގެ ސުވާލުތަކާއި ޖަވާބުތައް ދެކުދިންގެ މެދުގައި މަޝްވަރާކޮށް އެއްކުއްޖަކު އަނެއްކުއްޖަކަށް ފިލާވަޅުތަކުން އެނގޭ އެއްޗެހި ބުނެދެމުންނެވެ. އަނެއްކޮޅުން މާހިލްމެންގެ ކައިވެންޏަށްޓަކައި އާއިލާތަކުން އަވަދިނެތި ތައްޔާރުވަމުން ދިޔައެވެ. ހުނި ދެވުންފަދަ ކަންކަން އާއިލާ އާއި ރަހުމަތްތެރިން އެއްވެގެން ކުރިއަށް ގެންދިޔުމުގެ ސަބަބުން އެގުޅުތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.
ކުރެވުނު ބުރަ މަސައްކަތުގެ ފޮނި ނަތީޖާއެއްގެ ގޮތުން މިންހާ އާއި އަޝްރާގެ އިތުރުން އިއާން އާއި ނާއިލަށް އޭ ރިޕޯޓެއް ލިބުނެވެ. ރިޕޯޓު ދިންއިރު އޭ ރިޕޯޓް ލިބުނު ދަރިވަރުންގެ މައިންބަފައިންނާއި އާއިލާ މީހުންގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔައެވެ. ރިޕޯޓު ފޮތްތައް ދިނުމާއެކު މިޑް ޓާމް ބްރޭކް ފެށިގެން ދިޔައެވެ. މިޑް ޓާމް ބްރޭކް ފެށުމާއެކު މިންހާ އާއި އަޝްރާގެ އިތުރުން ނާއިލް އިއާންވެސް ކައިވެނީގެ ކަންތައްތަކުގައި އެހީތެރިވެދީ ހެދިއެވެ. އޭރުވެސް މިންހާ އާއި އަލޫފްގެ އިތުރުން އަޝްރާ އާއި ޝާއިފްގެ ލޯބި ގުޅުން ކުރިއަށް ދެއެވެ.
ދުވަހަކީ ކައިވެނި ކުރެވޭ ދުވަސްކަމުން ފަތިހު ފަތިހާ މީހުންތައް އެކަމައިގެން އުޅެން ފެށިއެވެ. ރަށަކީ އެކުވެރި އެއްބައިވަންތަ ބައެއް އުޅޭ ރަށެއްކަމުން ކޮންމެ ގެއަކުންވެސް މީހުން ޕާޓީއަށް ތައްޔާރުކުރުމުގައި ހަރަކާތްތެރިވެ އުޅެއެވެ. އެފަދަ ދުވަސްތަކުގައި އެންމެން ކައި އުޅެނީވެސް އެތަނުންނެވެ. ގޭގައި ތިބޭ މީހުނަށް ގެއަށްވެސް ކާތަކެތި ގެންގޮސްދީ ހަދައެވެ. ކެއްކުން ކުރިއަށް ދިޔައީ ނާހިދާ އާއި ނާސިހާމެންގޭ ގޭގައެވެ. ދެގެ އެއްގެ އަނެއްގެޔާއި ކައިރިވުމުގެ ސަބަބުން ވަރަށް ފަސޭހަވިއެވެ. އަންހެންވެރިން ކެއްކުމުގައި ހަރަކާތްތެރިވަމުން ދިޔައިރު ފިރިހެންވެރިންވެސް ކޮންމެވެސް ވަރަކަށް ކެއްކުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. މިންހާ އާއި އަޝްރާވެސް ކައްކާ ތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ޕާޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ ސުކޫލުގައި ކަމުން އެއްބަޔަކު އެތަން ޒީނަތްތެރިކުރުމުގައިވެސް ހަރަކާތްތެރިވަމުން ދިޔައެވެ. މެންދުރު އެކެއްޖެހުމާއެކު ކޯޓުގައި ކައިވެނި ކުރެވެން ފެށުނެވެ. ކައިވެނިކޮށްގެން ނިކުންއިރު ކުލަ ފުޅިތައް ހިފައިގެން މަގުމަތީގައި އާއިލާގެ މީހުންނާއި ރަހުމަތްތެރިންގެ އިތުރުން އެހެނިހެން ގިނަ މީހުން ކުލަ ޖަހަން ތައްޔާރުވެގެން ތިއްބެވެ. އެއީ ރަށުގެ އާދައެވެ. ކިތަންމެ ދާން ބޭނުންނުވި ނަމަވެސް އިތުރު ގޮތެއް ނެތުމުން މާހިލް އާއި މައިޝާގެ އިތުރުން ނައުޝާދު އާއި ނަޝްފާވެސް ނިކުތެވެ. ކިތަންމެ ސަލާމަތްވާން އުޅުނު ނަމަވެސް އެމީހުން ނިކުތުމާއެކު އެންމެހެން ކުލަ ޖަހަން ފެށިއެވެ.
ރޭގަނޑު ހަތެއް ޖެހުމާއެކު ޕާޓީ ފެށިގެން ދިޔައެވެ. އެއާއެކު މީހުންތައް ޕާޓީއަށް އަންނަމުން ދިޔައެވެ. ޕާޓީއަށް އަންނަ ކޮންމެ މީހެއްްގެ ދުލު ކުރީގައިވެސް ވީ ކައިވެނިކުރެވުނު ފަރާތްތަކަށާއި އެތަނަށް ތަޢުރީފުގެ ބަސްތަކެވެ. މާހިލް އާއި ނައުޝާދު ހުރީ ހުދު ކުލައިގެ ގަމީހަކާއެކު ކަޅު ކުލައިގެ ފަޓުލޫނެއްގައެވެ. ދެމީހުންވެސް ކަޅު ކުލައިގެ ހިމަ ޓައިއެއް ކަރުގައި އަޅާފައިވާއިރު މަޑު ނޫކުލައިގެ ކޯޓެއްވެސް ލައިފާވެއެވެ. ކޯޓުގެ ޖީބުގައި ހުދު ކުލައިގެ ފޮތިކޮޅެއްވެސްވެއެވެ. މައިޝާ އާއި ނަޝްފާވެސް ހުރީ ހަމަ އެއްގޮތަކަށް ތައްޔާރުވެފައެވެ. ދެމީހުންވެސް ލައިފައިވަނީ ހުދު ކުލައިގެ ވެޑިން ޑްރެސްއެކެވެ. ހެދުން ފަހައިފައިވަނީ ގަޔަށް ހެޔޮވަރުކޮށެވެ. ފައިތިލަ އާއި ހަމައަށް ހުރި އެހެދުމުގެ މޭމަތީގައި މަޑު ނޫކުލައިގެ އެސްތަކެއް ތަތްކުރެވިފައިވީއިރު ތިރީގައިވެސް ހުއްޓެވެ. މޭމަތިން ތިރީގައި ހުދު ކުލައިގެ ވިދުމެއް އެކުލެވިފައިވި ހިމަ ފޮތިކޮޅެއް ވިއެވެ. ހުދު ކުލައިގެ ވިދުމެއް އެކުލެވިފައިވި ޝޯލްއެއް ރީތި ގޮތަކަށް ބޮލުގައި އޮޅާލެވިފައިވީރު ހުދު ކުލައިގެ ތާޖެއްވެސް އަޅާފައިވެއެވެ. ހީވަނީ ހަމަ ރާނީއެއް ހެންނެވެ. މޫނުގައި ކޮށްފައިވި ލުއި މޭކަޕުން އެ ރީތިކަން އިތުރުކޮށްދެއެވެ. ދެއަތުގައި ހުދު ކުލަ އާއި މަޑު ނޫކުލައިގެ ހިމަ ބްރޭސްލެޓެއްވެސް އަޅާފައިވެއެވެ. އާއިލާއާއި ގާތް މީހުންވެސް ތިބީ އެއްގޮތަކަށް ތައްޔާރުވެގެންނެވެ. ބޮޑެތި އަންހެނުން މަޑު ނޫކުލައިގެ އަބާޔާއަކާއެކު ކަޅު ބުރުގަލެއް އަޅާފައިވާއިރު ބުރުގާ ވަނީ ރީތި ގޮތަކަށް ހަދާލާފައެވެ. ބޮޑެތި ފިރިހެނުން ލައިފައިވަނީ މަޑު ނޫކުލައިގެ އަތް ދިގު ގަމީހާއި ހުދު ކުލައިގެ ފަޓުލޫނެކެވެ. ޒުވާންފުރައިގެ އަންހެން ކުދިން ހަށިގަނޑަށް ހެޔޮވަރުކޮށް ފަހާފައިވި މަޑު ނޫކުލައިގެ ފައިތިލަ އާއި ހަމައަށް އަންނަ ހެދުމަކާއެކު ހަމަ އެކުލައިގެ ޝޯލްއެއް އަޅާފައިވީއިރު ޒުވާން ފުރައިގެ ފިރިހެން ކުދިން ތިބީ މަޑު ނޫކުލައިގެ ގަމީހާއި ހުދު ކުލައިގެ ސްކިނީގައެވެ.
މިންހާ އާއި އަޝްރާ ހުރީ އެއްގޮތަކަށް ތައްޔާރުވެފައެވެ. މަޑު ނޫކުލައިގެ ބޯ ފޮތީގެ މައްޗަށް ހަމަ އެކުލައިގެ ރީތި ލޭސްފޮއްޗެއް ލައިގެން ހަށިގަނޑަށް ހެޔޮވަރުކޮށް ފައިތިލަ އާއި ހަމައަށް ފަހާފައިވި އެހެދުމުގައި ދެކުދިންވެސް ނުހަނު ރީއްޗެވެ. ހެދުމުގެ ފައިތިލަ އާއި ހަމަ ހިސާބު ރީތި ވަރަކަށް ފުޅާކޮށް އިނުމުން އަދި ވަރަށް ފުރިހަމައެވެ. ބޮލުގައި ވިދެމެއް އެކުލެވިފައިވި މަޑު ނޫކުލައިގެ ޝޯލްއެއް ރީތިކޮށް އޮޅާލެވިފައިވާއިރު ހުދު ކުލައިގެ ތާޖެއްވެސް ޝޯލްގެ މަތިން އަޅާފައިވެއެވެ. ދެމީހުންވެސް ވަނީ ވަރަށް ފުރިހަމައަށް މޭކަޕް ކޮށްލާފައެވެ. ދެމީހުންވެސް ލޮލުގެ ވަށާއިގެން އައިލައިނާ އަޅާފައިވާއިރު ދިގު އެސްފިޔަތަކުގައި ވަނީ މަސްކަރާ އަޅާފައެވެ. މަޑު އަޅި ކުލައެއްގެ އައި ޝެޑޯއެއް ލޮލުގައިވާއިރު ތުންފަތުގައި ވަނީ ރީތި ފިޔާތޮށި ކުލައިގ ލިޕްސްޓިކެއް ޖައްސާފައެވެ. ދެއަތުގައި ހުދު ކުލަ އާއި މަޑު ނޫކުލަ ހިމެނޭ ހިމަ ބްރޭސްލެޓެއް އަޅާފައިވެއެވެ. މިރޭ މިންހާ އާއި އަޝްރާ ފެންނަލެއް މާބޮޑަށްވެސް ރީއްޗެވެ. މިންހާ އާއި އަޝްރާއެކޭ އެއްފަދައިން އިއާން އާއި ނާއިލްވެސް ހުރީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. ދެމީހުންވެސް މަޑު ނޫ ކުލައިގެ އަތްދިގު ގަމީހަކާއި ހުދު ކުލައިގެ ސްކިނީއެއް ލައިފައިވީއިރު އަރާފައިވަނީ ކަޅާއި ހުދު ކުލައިގެ ސްނީކާސް ބޫޓަކަށެވެ. ގަމީހުގެ އަތް އޮޅަބޮއްޓާއި ހަމައަށް އަތް އޮޅާފާވީއިރު ބޮލުގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލްކޮށް މައްޗަށް ނަގާފައެވެ. އެދެމީހުން ފެނި ގިނަ ޒުވާން އަންހެންކުދިން އާޝޯޚްވާނެއެވެ.
ހުދާއި ނޫކުލައިގެ ފޮތިންނާއި ބޮކި ފަތިތަކުން ޒީނަތްތެރިކުރެވިފައިވާ ސުކޫލުތެރެ ބަލާއިލަން ނުހަނޔ ހިތްގައިމެވެ. ފާރުގެ އެކި ތަންތަނުގައި ހުދާއި މަޑު ނޫކުލައިގެ މާތަކެއް ހިމެނޭ މާ ކޯޅިތައް ހަރުކުރެވިފައިވުމުން އެރީތިކަން ފުރިހަމަ ކޮށްދެއެވެ. މާހިލްމެން ތިބި ތަނުގެ ބެކްގްރައުންޑްވެސް ޒީނަތްތެރިކުރެވިފައި ވަނީ އެފަދަ މާކޯޅިތަކަކުންނެވެ. މޭޒުތަކާއި ގޮނޑިތައްވެސް އެދެކުލައިގެ ފޮތިތަކުން ޒީނަތްތެރިކުރެވިފައިވީއިރު ކޮންމެ މޭޒެއްގައިވެސް މަޑު އޮރެންޖު ކުލައިން ދިއްލިފައިވި ކުޑަ ތިން އުއްބައްތި އާއި ހުދާއި މަޑު ނޫކުލައިގެ މާތަކެއް ޖަހާފައިވި ބިއްލޫރި ކުޑަ ވާސްއެއްވެސް ވެއެވެ. ބަލައިލަން ނުހަނު ހިތްގައިމެވެ.
ޕާޓީ ފެށިގެން ކުރިއަށްް ދަމުން ދެއެވެ. އާއިލާތަކާއި ރަހުމަތްތެރިން އެކުގައި ޕާޓީއަށް އައިސް ފޮޓޯ ނަގައި ހަދަމުން ދިޔައެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. އަޝްރާގެ އާއިލާގެ އެންމެންވެސް ޕާޓީ ނިމެންދެން މަޑުކޮށްގެން ތިއްބެވެ. ޕާޓީ ނިންމާފައި އާއިލާ އާއި ގާތް ފަރާތްތަކާއެކު ފޮޓޯ ނެގުން އަދި ކުރިއަށް އޮތުމުންނެވެ. އަޝްރާ އާއި މިންހާ ޕާޓީ ތެރޭގައި އެކަކު އަނެކަކާ ވާހަކަ ދައްކަން ހުއްޓެވެ. އެވަގުތު އަޝްރާގެ އަތުގައި އޮތް އޭނަގެ މަންމަގެ ފޯނަށް މެސެޖެއް އައެވެ. ” މިހާރު އާދޭ… އަހަރެން މިހިރީ އެތަނުގަ… އައިމް ވެއިޓިން… ” ޝާއިފްގެ މެސެޖު އަޝްރާ ކިޔާލިއެވެ. ”މިންނު… ދަނީ އިނގޭ… ” އަޝްރާ މިންހާއަށް ބަލައިލަމުން ބުނެލިއެވެ. ” ހޫމް… ބަޓް ޕްލީޒް ބީ ކެއާފުލް… މީހަކަށް ނުފެންނާތި ކޮންމެސް… ” މިންހާ ކަންބޮޑުވެފައި އެހެން ބުނުމާއެކު އަޝްރާ ބޯ ޖަހާލިއެވެ. އަދި ދާން ހިނގައިގަތެވެ. އަޝްރާ މަޑު ހިނގުމެއްގައި ސުކޫލުގެ އަނެއް ފަރާތު ދޮރާއި ދިމާލަށް ހިނގައިގަތެވެ. ޝާއިފް އޭރު ސުކޫލުގެ ފުރަގަހުގައި އަޝްރާގެ އިންތިޒާރުގައި ހުއްޓެވެ.
މަޑު ހިނގުމެއްގައި ހިނގާފައި ދިޔަ އަޝްރާ ދިޔައީ ޝާއިފަށް ރިޕްލައި ކުރުމަށް މެސެޖެއް ލިޔަމުންނެވެ. އެހެންކަމުން އޭނަގެ ނަޒަރު އޭރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހިނގަމުން ދިޔަ އަޝްރާ ޖެހުނީ އެދޮރުން އެތެރެއަށް ވަދެގެން އައި ނާއިލްގެ ގައިގައެވެ. ވެއްޓެން ދިޔަ އަޝްރާގެ އުނަގަނޑުގައި ހުޝިޔާރުކަމާއެކު ނާއިލް ހިފަހައްޓަމުން އޭނަގެެ ގަޔާއި ދިމާލަށް ދަމާލިއެވެ. އަޝްރާއަށް ލިބުނު ސިހުމުގައި ނާއިލްގެ އަތުގައި ހިފަހައްޓާލެވުނެވެ. ދެލޯ ބޮޑުވެފައިވި އަޝްރާއަށް ބަލަހައްޓާއިގެން ނާއިލަށް ހުރެވުނެވެ. އަޝްރާގެ އެ ރީތި މޫނުން އޭނަގެ ނަޒަރު ވަކިކޮށްލަން ބޭނުންނުވާ ފަދައެވެ. ނާއިލަށް އިޚްތިޔާރުން ބޭރުގައި އަޝްރާގެ ރީތި ކަމާއިމެދު ވިސްނާލިއެވެ. އެބޮޑު ދެލޮލާއި ދިގު އެސްފިޔަތަކެވެ. ތުނި ތުންފަތާއި ހިތިފަތު ބުމައެވެ. އަޝްރާއަށްވެސް ލިބުނު ސިހުމުގައި ނާއިލްގެ ފުން ދެލޮލަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އޭރު އެމަންޒަރު ބަލަން ހުރި ޝާއިފްގެ ދެބުމަ ގޮށްޖެހިފައިވީއިރު އަތްވެސް ވަނީ މުއްކެވިފައެވެ. ” އަމް… ސޮރީ… ” ހޭވެރިކަންވުމާއެކު އަޝްރާ ނާއިލް އާ ދުރުވެލަމުން ބުނެލިއެވެ. ” އަމް ސޮރީ ޓޫ… ކީއްކުރަނީ މިތާ… ” ނާއިލްވެސް މައާފަށް އެދެމުން ބުނެލިއެވެ. ” މީ… މީ ވައިޖައްސާލަން ކުޑަކޮށް… ” ނާއިލްގެ އެސުވާލުން ހާސްވެފައިހުރެ އަޝްރާ ބުންޏެވެ. އެއްބުމަ މައްޗަށް ހިއްލާލަމުން ނާއިލް ދަނީއޭ ބުނެ އެތަނުން ހިނގައިގަތެވެ. ނާއިލް ދިޔުމުން ހަމަޖެހުމުގެ ފުން ނޭވައެއް ލުމަށްފަހު އަޝްރާ ޝާއިފްގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.
މިންހާ އެކަނި ހުންނަން ފޫހިވުމާއެކު ކުޑަކޮށް ވައިޖައްސާލަން ސުކޫލުގެ އަނެއް ފަރާތު ދޮރާއި ދިމާލަށް މިސްރާބުޖެހިއެވެ. އެހިސާބުގައި މޭޒުތައް އަތުރާފައި ނެތުމުން އެއްވެސް މީހަކުވެސް ނެތެވެ. އެތަން އޮތީ ޕާޓީގެ ސަރަހައްދެއްގެ ގޮތުގައެއް ނޫނެވެ. އަޝްރާ އަންނަން ދެން އެތަނުގައި މަޑުކުރާނީއޭ ހިތާ ހިނގާފާ ދިޔަ މިންހާގެ އަނގަ މަތީގައި މީހަކު ފަހަތުން އައިސް އަތް އަޅާ އޭނަގެ އަތުގައި ހިފާލަމުން އެތަނުގައި ހުރި ހަދަން ފަށާއިފައިވި ގުދަނަކަށް ލިއެވެ. އޭރު ނޭނގޭ ބާރު މިނެއްގައި މިންހާގެ ހިތް ތެޅެމުން ދެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.








Salaam dear readers ???❤️❤️❤️… Hws u all??? ???.. So here is the 8th part ???… Hope all will like this part too ???… Feel free to comment your views about the story ???… Thankyou sooooo much dear readers ifoo ah thidhey support ah ???❤️❤️❤️???… It really means a lot for me ???… Thikudhinge support aa nulaa ifoo ah kaamiyaabu kamaaeku story up nukurevunees ???… V v v bodah shukuriyya hurihaa kudhinnah vx ???… Love you all my dear readers ???❤️❤️❤️??????… I’m sorry to say dear readers next part In Sha Allah Wednesday ga ???… Midhuvaskolhuge gothun aslu… V v bxy dhuvaskolhe mee… Hope all will understand ???… If possible e ah vure vx avahah up kohdheveythr balaanan ???…
Vrh??????❤rerthi
Hama habeys your gret wroter?????thank you for this nice story??????????your a smart writer
Asluves mi part very nice???????
Awwwwnn ❤️❤️❤️???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much loves from me dear ???❤️❤️❤️??????…
Mi part ves hama habeyss.????. V v v reethi.??.
Its ok story lasviyas.. dhn bxy dhuvas kolheh veema kuraane kameh neih.. mihaa reethi story eh kiyaalan intizaar kuraanan.?. Ekan ehaa gina dhuvas vandhen intizaar kuran udhagoo vaane..???. Cox story is obiness to the max. ????????❤???????❣?
Naum ❤️❤️❤️… I’m so happy to see ur comment ???… Thankyou soooooo much dear ❤️❤️❤️?????????… V v v ufaavehje ???… Heheheh… Try kuraanan avahah genesdheveythr… Till now I haven’t started writing… Hhehe… Adhi hama vagutheh nuvegenny miulheny.. Bt In Sha Allah miadhu knmes vaguthehga fashaanan story ge masaikah ???… Keep waiting ???… Thankyou so much for understanding ???… Much loves from me ???❤️❤️❤️??????…
Finally again…!!!❤❤????Wow❤❤????…!!! Just Wow….!!! This is the best story????❤❤….Speechless❤❤????…This part also awesome❤❤????…Sifa kurun v furihama??????❤❤…Hama heevany loa kuri mathin manzaru sifa vaa hen❤❤????..Basthah athuraalaafa vaa goiy v salhi ey bunelan beynun ❤❤????..THE BEST STORY …!!!Keep it up dear ifoo❤❤????..Waiting for next part…!!! Miss you and much loves from me…❤❤????????…Once again thank you for the wonderful and lovely story…Ummah❤❤❤?????????
@lkleel ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much for the support n love ❤️❤️❤️?????????… Best story ah v ma v v v v ufaavehje ???… It really means a lot for me ❤️❤️❤️??????… V v v bodah thanks ???… Much more loves from me dear ❤️❤️❤️?????????… Ur one of the best reader ey buneveynee ❤️❤️❤️?????????…
Pls save minnu
Let’s see what happens ???… Thankyou ❤️❤️❤️?????????…
varah varah reethi vaahaka
just love it
curiously waiting for the next part….
its ok to be late konme gotheh viyas we’ll be eagerly waiting for the story
hihih
mi story hama varah habeys
Unique ❤️❤️❤️… Ur so sweet dear ❤️❤️❤️?????????… Thankyou soooooo for the support n love n for understanding ???❤️❤️❤️??????… Unique akee ifoo ge stories regular koh kiyaa v v supportive reader eh gothuga faahagakohlevey ???… Ur one of the best reader ❤️❤️❤️?????????… Much more loves from me dear ❤️❤️❤️?????????…
Curiously waitinn fr the nxt ❤????plx save minnu??????????avahah up kohdheeba???can’t wait????????
Beryl Stone ❤️❤️❤️… Thankyou sooo much ❤️❤️❤️?????????… V ufaavehje dhuvaskolheh fahun vx Beryl Stone ge comment eh fenunyma ???… Sorry to say bt I think enme avahah vx Wednesday ga henn heevany up kureveyny… Hope you will wait ???… N let’s see what happens to minnu ???… Much loves from me dear ❤️❤️❤️?????????…
Helloooo ifoo dear! Missed you ?❤❤ Livy ah adhi ihah dhuvahu mi esfiya check kollevuny ves.. Check kollithanaa ifoo ge story eh inyma vee ufaleh neynge bunedheyn ves ??♥♥♥?? after your previous story adhi miulheny vaahaka eh ves kiyaa nulevigen.. Story is amazinggg hama ???? haaadha reehchey ???? iaan and naail and shaaif and aloof hama varah smart kamah dhakkany.. But iaan is my favourite adhi mihaa thanah ??♥♥❤❤ Minnu and ashoo ves varah loabi ?? Ekam eelaaf and shamha haadha fonyey dho.. ???? Ekam iaan dhera kollyma haadha dhera vejjey livy vess ?? And I don’t like shaaif ulhey goii.. Ehaa shakku kuran jeheytha hama ?? I think naail loves ashra ??????? Varah reethi ingey kudhin ge dress codes and makeup genessa hurileh ??kury story ga ves livy bunymennu ehen.. Ifoo hama molhy ey ???????????? and plus I noticed story ge eki than thankolhuga ebahuri mihaaru mi zamaanuga hurihaa emmenah ves apply vaa varah rangalhu naseyhai thakeh.. Really loved it ingey ??☺?♥♥ Waiting for next part.. Iraadha kureviyya livy ge comments dhen fennamun dhaany ?? Lots of love ifoo darling ????♥♥??????????????
Wowwww ???… What a surprise ???… Livy ❤️❤️❤️??????… Ifoo ge inthizaarah enme fahun nimun aee ???… I’m soooooo happy to see ur comment dear ??????❤️❤️❤️???… Hama bunaane ehchehvx neyngifa mihiree ufalun goss ???❤️❤️❤️???… V v v v v ufaavehje ???❤️❤️❤️… Kihineh tha livy ???… Hope ur all right ???… V v v v v ufaavehje story kiyaalaafa comment eh kohlyma plus mi story vx Livy ah kamudhiyaima ???❤️❤️❤️… It means a lot for me ❤️❤️❤️??????… N v v v ufaavehje mi story gavx dress code n make up Livy ah kamudhiyaima ???❤️❤️❤️???… Adhi v v v ufaavefa mihury eki thanthankolhuga ifoo genesfa huri messages thah Livy faahaga veema ???… Mihaaruge generation ah n mihaaruge kanthahthah vamun dhaa gothaa gulhey henn efadha kankamah hunnaane v ginain messages thah himanaafa like hukuru dhuvahu avahah miskithah gos kahaf soorah kiyavaalun, moodhah eri ulhey iruvx kuda kudhin parents aa eku nuvatha bodu myhakaa eku dhiun fadha kankann… Let’s see dhw dear iaan ah vaagotheh vx ???… N yeah eelaaf n shamhaa v foni ???… Ifoo vx foohi vey shaaif ulhey gothun plus let’s see what naail feels for ashraa ???… V v v v ufaavehje dear ge comment dhenn fennaanethy ???… Livy akee ifoo ge previous story genesdhinumuga vx ifoo ah enme supportive eh reader ❤️❤️❤️?????????… I hope mifaharu ge story ah vx Livy ge full support libeyne kamah ???❤️❤️❤️??????… Ur one of the best reader ❤️❤️❤️?????????… Much more loves from me dear n I missed u too ❤️❤️❤️?????????… Knme part ehga vx inthizaaru kuran Livy ge comment eh libeythr ❤️❤️❤️???… Finally I got it ???… Thanks a lot dear ❤️❤️❤️?????????…
Ifoo ?. Girl beynun ifoo ge friend akah vaan. Ifoo ge number libidhaane tha. If you don’t mind ?.
Ifoo ?. I want to be a friend of you. Can I get ur number.
Girl ❤❤❤… yahh sure dear… admin ah message kohlaafa ifooge number ah request kohlaa???…
V rythi mi partvx ??? Masha Allah v v v furihama mi story ??? vvvvvvvvvvvvv bodah sry dear naju ah mifaharu cmnt thankolheh kurukoh dhevunymayaa n cmnt lasvyma bocx naju midhuvx kolhu miulheny rashun beyruga plus vvvvvvvvv bxy koh ??? kithame bxy viyas naju ge cmnteh ifoo ge story akah nudhevihjeyaa vvvvv dheravaane so ehnve v kurukoh viyas mi cmnt kohlee ??? much loves
Naju ❤️❤️❤️… Thankyou soooooo much bxy koh ulhemunvx comment kohleema ???❤️❤️❤️???… V v v ufaavehje ???… It’s ok comment kuruviyas ???… Much loves from me dear ❤️❤️❤️?????????…