Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….4ވަނަބައި

rishu Level 110 Stories
December 8, 2018 One Min Read
2 Comments

***2 ދުވަސްފަސް****

ވޭތުވެދިޔަ ދެދުވަހު އަރިޔާ އުޅުނީ އީތާންގެ ކުރިމައްޗަށް ނޭރެވޭތޯއެވެ. މިކަން މަލަކުއާއި ޒޯޔާއަށްވެސް ފާހަގައެވެ. ދެމީހުން އަރިޔާ ގާތު އެހިއެއްކަމަކު އަރިޔާ ޖަވާބެއްނުދެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރަމުންދިޔަ އެވެ. އަރިޔާ އާއި ޒޯޔާ އަދި މަލަކު އުޅުނީ މޭޒުމައްޗަށް ކާއެއްޗެހި އެރުވުމުގައެވެ. ހަމަހިމޭންމާހައުލުގައި އެންމެން ކަމުންދިޔައިރު ކުއްލިއަކަށް އީތާންގެ ފޯނު ރިންގުން ހަމަހިމޭންކަން ފޫދުއްވާލިއެވެ. “ހަލޯ……ކިހިނެތްވީ؟” އިތާން ވާހަކަ ދެއްކި އަޑަށް އެންމެން އެދިމާލަށް ނަޒަރު ހިންގާލިއެވެ.” އަހަރެމެން  ހޯދި ހޯދުންތަކުން އެ އަންހެންކުއްޖާއަކީ ކާކުކަން އެނގިއްޖެ…”އެކޮޅުން ވާހަކަދެއްކި މީހާ ބުނެލިއެވެ.”އެއީކާކު؟” އީތާން އެހެންބުނެލި ވަގުތު އަރިޔާ ނޫޑުލިސް އަޅާފައި ހުރިތަށި ހިފައިގެން އައެވެ. ފުން ނޭވާއެއްފަޒާގެތެރެއަށް އީތާންދޫކޮށްލުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. ކާމެޒުދޮށަށް ހާޒިރުވެފައި ތިބިމީހުންނަށް ބަލާލިއެވެ. “ކޮބާ މިތަނުން މަރިޔަމް އަރިޔާ އަކީ؟” އިތާން އަހާލުމާއެކު ހުރިހާ އެންމެން އީތާން އަށް ބަލާލިއެވެ. ބަދިގެއަށް ވަންނަން މިސްރާބުޖަހާގެންހުރި އަރިޔާ ދެފައިގައި ހީވީ ކަސްތޮޅު އެޅުވުނުހެންނެވެ. އޭނާ މަޑުމަޑުން ފަސްއެނބުރި ބަލާލިއެވެ. މަލަކު ލޮލުގެ އިޝާރާތުން އީތާންއަށް އަރިޔާ ދައްކާލިއެވެ. އީތާން އަވަސްފިޔަވަޅުތަކުން އަރިޔާއާއި ދިމާލަށް އަންނާތީ އަރިޔާ ހާސްވިއެވެ. “ތީ އަރިޔާތަ؟ އީތާން ޔަގީންކުރަންވެގެން އަރިޔާގާތު އަހާލިއެވެ. އަރިޔާ ބޯޖަހާލިއެވެ.”އެހެންވިއްޔާ އަޒުރާ ދަންނަންތަ؟” އީތާން ކޮށްލި ސުވާލުން އަރިޔާ ދެލޯ ބޮޑުބޮޑުވިއެވެ.”ތީ އަޒުރާއްތަގެ….ދަރި..ދަރިފުޅުތަ؟” އީތާންއަށް އަރިޔާ ބަލާލީ ދެލޯބޮޑުކޮށްގެންނެވެ. އޭނާގެ މޫނުން ފެންނަނީހާސްކަމާއި ނުތަނަވަސްކަމެވެ. އީތާން ޖަވަބުގައި ބޯ ޖަހައިލުމުން އަރިޔާގެ ހާސްކަން ދެގުނަ އިތުރުވިއެވެ. އޭނާ އީތާންއަށް ފަސްދިނުމަށްފަހު އެނބުރި ބަދިގެއަށް ދާންއުޅުނީ އީތާން ކުރަން އުޅުނު ސުވާލު އިހުސާސްވުމުންނެވެ.

“ވީ ނީޑް ޓު ޓޯކް” އަރިޔާ އަތުގައި ހިފާލަމުން އީތާން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުނެވެ. އަރިޔާ އެބާރުގަދަ އަތް ނައްޓުވަން އުޅުނެވެ. ހިފަހައްޓާލައިފައި ހުރިލެއްބާރުކަމުން އަރިޔާ ކުރި މަސައްކަތްވީ ބޭކާރެވެ. އީތާން އެދިޔަ ގޮތަށްގޮސް އޭނާ ކޮޓަރިއަށް ވަދެ އަރިޔާ ސޯފާ މައްޗަށް އެއްލާލިއެވެ. އަރިޔާ ކޮޓަރިންނުކުމެގެންދާނެތީ އީތާން ކޮޓަރި ތަޅުލިއެވެ. ސޯފާގައި އިށީނދެއިން އަރިޔާ އިނީ ބިރުންވިރިވިރިއެވެ. ދެންވާންއުޅޭކަންތައްތައް ނޭނގޭހާލު އަރިޔާ އަށް ހުރެވުނީ ބިރުންނެވެ. އީތާން އަރިޔާއަށް ވާގޮތަށް ކުރިމަތީގައި ހުރިސޯފާގައި އީށީނދިއެވެ.”ކިހިނެތް އަސްލު އަރިޔާ އާއި އަހަރެންގެ މަންމައާއި ދިމާވީ؟” އީތާން ސުވާލިކޮށްލުމުން އަރިޔާ އިސްއުފުލާލިއެވެ. އަރިޔާ ބޮލުގައި އެދުވަހުގެ ހަނދާންތައް އާވިއެވެ.ހާސްވިޔަސް އޭނާ އެވާހަކަ ކިޔާ ދިނެވެ.” އައި ވޯޒް ކިޑްނޭޕްޑް ދެޓް ޑޭ….އެކަންކުރި މީހުން އުޅުނީ އަސްލު އަހަރެން މަރާލަން … އެދުވަހު އަޒުރާއްތަ ކާރު ކުރިމައްޗަށް ނޭރިނަމަ އަހަރެން މިދުނިޔޭގައި ނުހުންނާނެ… އެދުވަހަށްފަހު އަހަރެން ބަލާބޮޑުކުރީ އަޒުރާއްތަ…އަޒުރާއްތަ މެލޭއަށް ފޮނުވީވެސް އަޅުގަނޑު….އެކަމަކު… މިހާރު ދެހަފްތާވެދާނެ ޙަބަރެއްނުވާތާ….”އަރިޔާ މުނުމަތިން ފެންނަނީ ހާސްކަމެވެ. އީތާންއަރިޔާ އަށް ފެންނުޅިއެއް ދިއްކޮށްލިއެވެ.”ކޭން އައި ލީވް ނާއު؟”އަރިޔާ ފެންފުޅީގައި ހިފާލަމުން އަހާލިއެވެ..”ޔާ… ދެން ދިޔަސް އޯކޭ..” އީތާން އެހެންބުނެލުމުން އަރިޔާ ތެދުވެގެން ދޮރާއި ދިމާލަށް މިސްރާބުޖެހިއެވެ. “ވަން މޯތިން…..މައި މޮމް ހޭޒް ޕާސްޑް އަވޭ..” އަރިޔާ ފެން ބޯންހުރިވަގުތު އެހެން އީތާންބުނުމުން އަރިޔާ ކޮށިއެރިއެވެ. “ތީ ދޮގެއް”އަރިޔާ އެކަމާ ދެކޮޅުހެދިއެވެ. އޭނާ އީތާން އަށްބަލާލިއެވެ. އީތާންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން އޭނާއަށް ވަޒަންކުރެވުނެވެ.އެވަގުތު އަރިޔާގެ ސިކުނޑިއަށް ކަމެއް ނަގާގަނެވުނެވެ. މިދެހަފްތާތެރޭގައި ޑޮކްޓަރ ވިވިއަން އޭނާއަށް ނުގުޅާސަބަބު އެނގުނެވެ. އެވަގުތު އަރިޔާގެ ދެލޮލުން ހޯސްލައިފައި ކަރުނަފޭބިއެވެ. ދެފައިން ވާގިނެތިގެން ވެއްޓެންދިޔަވަގުތު އީތާން އޭނާ ހިފެހެއްޓިއެވެ.އަރިޔާ އަނގަމަތީގައި އަތްއެޅިފައިވާއިރު އީތާންއަށް އަރިޔާގެ ގިސްލުމުގެ އަޑު އިވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

ދޫކޮށްފައި ނުދޭ ލޯބިވާ ( 5 )

Next

ކުނިބުނި

Next
December 8, 2018

ކުނިބުނި

Previews
December 8, 2018

ދޫކޮށްފައި ނުދޭ ލޯބިވާ ( 5 )

2 Comments!

  1. no one says:
    December 9, 2018 at 1:03 pm

    this is story is awsome….but thankolheh kurry n kiyaalaakah ehaa fasey hayeh interesting story eh mii whnnext part//???

  2. rishu says:
    December 9, 2018 at 1:35 pm

    thnkx
    by mistake akun 5th episode mi episode ah vuren kuriah up kurevunyy
    so mi linkun 5 th episode ah dheveyne
    https://www.esfiya.com/59353/

Comments are closed.

Next Episodeކުރުހާލެވުނޭ ތި ސޫރަ މިހިތުގައި….. 6 ވަނަ ބައި←


All Right Reserved!