Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (20ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
December 6, 2018 7 Mins Read
20 Comments

މާހިލް އޮފީސް ނިންމާފައި ގެއަށް އައިސް ވަތް އިރު ރިޔާޒް އިނީ އޭނާގެ އިންތިޒާރުގައި ޓީވީ ދޮށުގައެވެ. މާހިލް ފެނުމުން ކުޑަ ވާހަކައެއް ދައްކާލަން އެބައޮތް ކަމަށްބުނެ ރިޔާޒް ކައިރީ އިން ސޯފާގައި އިށީންނަން އިޝާރާތް ކޮށްލިއެވެ. މާހިލްގެ މޫނުމަތިން ފެންނަނީ ކަމަކާއި ދެރަވެ މާޔޫސްވެފައިވާ މަންޒަރެވެ. އޭގެ ފަހަތުގައިވާ ސަބަބު ރިޔާޒައްވެސް ރަނގަޅައް އެނގެއެވެ. ނާސިރުގެ ޖަވާބުގެ ވާހަކަ މާހިލް އެދުވަހު އައިސް ރިޔާޒް ކައިރީ ބުންޏެވެ. ރިޔާޒް މާހިލްގެ ނިންމުމަށް ތާއީދުކޮށް ތަޢުރީފު ކޮށްލިއެވެ. އަދި މާހިލް އެހާވަރަށް ދީނަށް ލޯބިކުރާކަން އިހްސާސްވުމުން އެހިތައް އުފާވެރިކަން އިހްސާސް ވިއެވެ.

“ހިބާ އާއި ދަރިފުޅާއި ކައިވެނި ނުވި ނަމަވެސް ބައްޕަ ބޭނުން ވީހާވެސް އަވަހަކަށް ދަރިފުޅު ރަނގަޅު ކުއްޖަކާއި ކައިވެނިކޮށް ބާއްޖަވެރި ދިރިއުޅުމެއް އުޅޭތަން ދެކެން. ބައްޕައަށް ވަރަށް ކަމުދާ ކުއްޖަކުވެސް ފެނިއްޖެ. ދީންވެރި އަޙްލާޤް ރަނގަޅު ކުއްޖެއް ހަމަ.” ނާސިރުގެ ހިތުގެ އެދުން ހާމަކޮށްލުމަށްފަހު އިންތިޒާރުކުރީ މާހިލްގެ ބަހަކަށެވެ. “ލައްބަ. ބައްޕަ އަށް ފެންނަ ރަނގަޅު ކުއްޖެއް އަޅުގަނޑައް ކަމުދާނެ. އިންޝާ ﷲ.” މާހިލް އެހެންބުނެ އަނބުރާ ކޮޓަރިއަށް ދާންއުޅުނު ވަގުތު ރިޔާޒް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އެހެން ވީއިރު އިތުރަށް މަޑުކުރަންވީ ސަބަބެއް ނެތްތާ… އަވަހައް ފޯމު ފުރާ ލާންއުޅެމާ ދޯ… ކޮންބައެއް ދަރިފުޅުގެ ފަރާތުން ރަންކިޔަން ފޮނުވާނީ؟؟ ކިހިނެއް ދަރިފުޅު ބޭނުންވަނީ ކައިވެނި ހަފްލާ ބާއްވަން؟ ބޮޑުކޮށްތަ ނުވަތަ ކުޑަކޮށްތަ؟” ވީ އުފަލަކުން ރިޔާޒް އެއްފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ. ރިޔާޒްގެ ޖޯޝާ ފޯރި ފެނުމުން މާހިލް ގާތައް ކުޑަ ކޮށް ހިނިވެސް އައެވެ. އަދި ހުރިހާ ކަމެއް ބައްޕަމެން ބޭނުންވާގޮތައް ނިންމާށޭ ބުނެ ހުރިހާ ޒިންމާއެއް ހަވާލުކުރީ ރިޔާޒު އަށެވެ.

މާހިލް އެކަމާއި ބެހޭގޮތުން މާ ފޯރިއެއް ނެތްކަން އިހްސާސްވުމުން ރިޔާޒްގެ ޖޯޝާފޯރި ގެއްލި ދިޔައެވެ. ނަމަވެސް އިތުރު އެއްޗެކޭ ނުބުނެ އެންމެ ރަނގަޅޭބުނެ ފޯމު ފުރަން ބޭނުންވާނެ ތަކެތި މާހިލްގެ އަތުން ހޯދިއެވެ.

………………….

ހުމާ އޭނާގެ ފޯނުން ރައްޓެހިންނާއި ވައިބް ކުރަމުން ދިޔައީ އެކަކު އަނެކަކަށް ބަންދުތެރޭ ކުރާނެ ކަމަކާއި ބެހޭގޮތުންނެވެ. ކުލާސް ކުދިންތެރެއިން އެންމެ ގާތްކޮށް އުޅޭ ފަސް މީހުން ގްރޫޕު ހަދައިން އެމީހުންގެ ޕްލޭންތައް ކިޔައިދެމުން ދިޔައެވެ. އެއްބަޔަކު ރާއްޖެއިން ބޭރަށް ދިޔުމަށް ނިންމާފާ ވާއިރު އަނެއް ބަޔަކު ރާއްޖެތެރޭގެ އެކި ހިސާބުތަކަށް ދަތުރުކުރާ ވާހަކަ ދެއްކިއެވެ. ނަމަވެސް ހުމާގެ އެއްވެސް ދަތުރެއް ނެތްކަން އެނގުމުން ހުމާ ފޫހިވިއެވެ. އޮތީ ދޮންތަގެ ކައިވެންޏެވެ. އެކަމު އެވީ ގޮތުން އެކައިވެންޏައްވެސް ހުމާގެ އެއްވެސް ރައްޓެއްސަކަށް އާދެވޭގޮތެއް ނުވާނެއެވެ. ދެން ހުމާ ޖެހޭނީ ދެ އާއިލާގެ ހުރިހާ ބޮޑެތި މީހުންތެރޭގައި ތާށިވެފައި ހުންނަން ކަމަށް އޭނާގެ ރައްޓެހިން ކައިރީ ބުނީ ފޫހިވެ ކަންބޮޑުވެފައިވާ ރާޤަކަށެވެ. އެޔާއެކު ނުޒުހާ މަޖަލަކަށް ހަދާފައި އަވަހައް ބިޓެއް ހޯދަން އުޅެށޭ ބުނީ އޭރުން ފޫހިފިލާނެކަމަށް ބުނެއެވެ. އެ މައުޟޫއަށް ދިޔުމުން ހުމާ އިތުރަށް ވާހަކަ ދައްކާ ހިތް ކެނޑުނެވެ. ނަމަވެސް އެކަން ހާމަ ނުކުރުމަށްޓަކައި ނުޒުހާއަށް ޖަވާބަކަށް ރަނގަޅު ޚިޔާލެއްކަމަށްބުނާ ސްޓިކަރ އެއް ފޮނުވާލުމަށްފަހު އޭނާ ދާންޖެހިއްޖެކަމަށްބުނެ ވަގުތުން އެމީހުންނާއި ވަކިވެލިއެވެ.

އެ މައުޟޫއަކީ މިހާރު ހުމާ ވާހަކަ ދައްކާ ހިއްވާ މައުޟޫއެއް ނޫނެވެ. ހުމާދެން އިތުރު މީހަކާއި އެގޮތައް ގުޅޭހިތެއް ނުވެއެވެ. އިތުރު މީހަކަށް އެގޮތައް އިތުބާރު ކުރާކަށް ބޭނުމެއް ނުވެއެވެ. އިތުރު މީހަކާއި އެހާ ގާތްގުޅުމެއް ބާއްވާކަށް އެ ހިތެއް ނޭދެއެވެ. ހިބާ އެކަމާއި ބެހޭގޮތުން ދެއްކި ވާހަކަ ތަކުގައި ހަޤީޤަތެއް ވާކަން އޭނާއަސް އިހްސާސް ކުރެވެން ފަށައިފިއެވެ. އެހެން ނަމަވެސް މީހަކާއި ރައްޓެހިނުވެ ކައިވެންޏާއި ހަމައަށް ދާ ދިޔުން އޭނާއަށް އަދިވެސް ފެންނަނީ އެގޮތައް އުފާވެރި ދިރިއުޅުމެއް ނޫޅެވޭނޭ ކަހަލަ ކަމެއްގެ ގޮތުގައެވެ. އެކަހަލަ ދިރިއުޅުންތައް ކައިރިން ފެނިފައި ނެތީމާ ކަމަށް ވެދާނެއެވެ.

ހުމާ އަނެއްކާވެސް އެކަހަލަ ބޭވަފާތެރި ތަޖުރިބާއެއް ކުރާކަށް ބޭނުމެއް ނުވެއެވެ. އަދި އޭނާގެ ދޮންތަ ބުނި ހެން އޭނާއަށްވެސް އެއީ ޙަރާމް ކަމެއްކަން އިހްސާސް ވެއެވެ. އެކުރެވެނީ ނުބައި ކަމެއްކަން އަބަދުވެސް ހިތުގައި އޮންނަ ކަހަލައެވެ. އަދި ނަމާދު ނުކޮށް ބުރުގާ ނާޅާ އުޅުންވެސް އެއީ ރަނގަޅު ނޫން ކަންކަން ކަން އިހްސާސް ވެއެވެ. އެކަމަކުވެސް އެކަންކަން ރަނގަޅުކުރަން ޖެހިލުންވަނީ ކީއްވެގެން ހެއްޔެވެ؟ ނަމާދައް އަރާނެހާ ހިތްވަރެއް އޭނާއަށް ނުލިބެނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. ނަމާދު ކުރަން ހިތައް އެރުމުންވެސް މާދަމާ އޭ ނުވަތަ ފަހުންނޭ ހިތާފައި ނުކުރެވެއެވެ. ބުނެދޭން ނޭނގޭ ކަހަލަ ފޫއްސެއްވަނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ.

ދީންވެރިވުމަކީ އޭނާއަށް ނުކުރެވޭނޭ ކަމެކޭ ހީވާ ކަހަލައެވެ. ނަމާދުކޮށް އުޅުން އިސްލާހު ކުރުމަކީ އޭނާއަށް ނުވާނޭ ކަމެކޭ ހިތައް އަރާ އެކަން ކުރާ ހިތްނުވަނީއެވެ. އެގޮތައް އުޅެވޭނީ ދޮންތަމެން ކަހަލަ ދީންވެރި މީހުންނަށް އެކަންޏޭ އޭނާ ހިތައް އަރައެވެ. ދޮންތަ ކައިރީ ހުންނަ އިރުވެސް އޭނާއަށް އެހާ ކޮންފޮޓެބަލް ނޫނީ އެހެން ވެގެން ކަންނޭނގެއެވެ. ދޮންތަ އެހާ ދީންވެރިވީމާ އޭނާޔާ އެކު އުޅޭ އިރު ހުމާއަށްވެސް އަބަދުވެސް ދީނީ ކަންކަން މަތިން ހަނދާން ވެއެވެ. ނަމަވެސް އެ ކަންކަން ކުރާނެހާ ހިތްވަރު ނުހުންނާތީ ނުވަތަ އެކަންކަން ނުކުރެވޭތީ ދޮންތަ އާއި އޭނާގެ ތަފާތު މާބޮޑައް އިހްސާސް ވުމުން އަންކޮންފޮޓަބަލް ވަނީއެވެ.

އޭނާ އޭނާގެ ދޮންތަޔާއިއެކު އުޅުނު ނަމަވެސް ގިނަ ވާހަކަ ދައްކާނީ ދޮންތައެވެ. އޭނާ ހުންނާނީ ދައްކާނެ ވާހަކައެއް ނޭނގިފައެވެ. ނުވަތަ އޭނާގެ ވާހަކަތައް ދޮންތަމެން ކަހަލަ ދީންވެރި ކުދިންނަށް ކަމުނުދާނެކަން އިހްސާސްވާތީ އެއްވެސް ވާހަކައެއް ދައްކާ ހިތްނުވަނީއެވެ.

ހުމާ އެކި ޚިޔާލު ތަކުގައި އިނދެފައި އިންސްޓާގްރާމް ހުޅުވާލީ ކޮންމެވެސް މަޖާ ނުވަތަ ކަމުދާ ކަހަލަ ވީޑިޔޯއެއް ނުވަތަ ފޮޓޮއެއް ފެނޭތޯއެވެ. ފޯނު ސްކްރޯލް ކުރަމުން ދަނިކޮށް އަޅައިގަތީ އޭނާގެ ރައްޓެއްސަކު ޝެއާ ކޮށްފައި އިން ވީޑިޔޯއެކެވެ. ސްކްރޯލް ކުރަމުން ދަނިކޮށް އޭގައި ވާހަކަ ދައްކަން އިން މީހާގެ ކުޑަ ވާހަކަ ކޮޅެއް އަޑުއިވުމުން އެކިޔަނީ ކީކޭތޯ ބަލާލަން އެ ވީޑިޔޯ އަށް ލިޔެވެ.

” ހަމައެކަނި އެމީހުންނީ، ދީންވެރި ޞޯލިހުންގެ ގޮތުގައި ނުދެކޭށޭ.. ތިމަންނާ އެމީހުންގެ ތެރެޔަކު ދުވަހަކުވެސް ނުހިމެނޭނެޔޭ ހިތައް ނާރުވާށޭ.. އެއީ ވަކިބަޔަކަށް މިންވަރު ކުރައްވާފައިވާ ކަމެކޭ ނުވިސްނާށޭ..  ޔަޤީނުންވެސް އެގޮތައް ތިބާއަށް ވިސްނައިދެނީ ޝައިޠާނާ ކަން ޔަޤީން.. އެމީހުންނަށްވެސް އެހިސާބައް ދެވުނީ ހަމަ ތިބާ ފަދައިން އީމާން ކަމެއް ނެތި، ﷲ ގެ ޙުކުމްފުޅުތަކައް ބިރުވެތި ނުވުމުގައި އެތައް ދުވަހެއް ވޭތުކުރުމަށް ފަހުގަ. ދީނުގައި ރަނގަޅައް ސާބިތު ނުވެވޭނަމަ އަޅުކަންތައް ކުރުމުގެ ބޭނުމެއްނެތޭ، ނަމާދުކުރުމުގެ ބޭނުމެއްނެތޭ، ޙިޖާބުވުމުގެ ބޭނުމެއްނެތޭ… މީ މުޅިންވެސް ޝައިޠާނާ ތިބާގެ ހިތުގައި އުފައްދާ ވަސްވާސް. އެއްވެސް ކަމެއް ނުކުރުމަށްވުރެ ކޮންމެވެސް ކަމެއް ކުރުން އަބަދުވެސް ރަނގަޅު ވާނެ. ނަމާދުގައި ޤާއިމް ވެވޭނީ އެންމެ ކުޑަމިނުން އެންމެ ނަމާދެއްވެސް ކުރަން މަސައްކަތް ކުރުމުން. ޙިޖާބު ވެވޭނީވެސް އޭގެ ޙުކުމްތަކާއި ފައިދާތަކާއި، އެކަން ނުކުރުމުން ލިބޭނެ އަޒާބު އެނގި އިހްސާސް ވެގެން. އެންމެ ކުޑަ މިނުން ޤުރުޢާނުގެ އެންމެ އާޔަތެއްވެސް ކިޔެވޭތޯ ބަލަން ވާނެ. އެންމެ ފަހަރަކު ނަމަވެސް ސުބުޙާނަﷲ ނުވަތަ އަލްޙަމްދުލިﷲ ކިޔެތޯ ބަލަންވާނެ. އެކަންކަމަށް އާދަވެ ދީނައް ލޯބި ޖެހޭނީ ކުޑަކުޑަ އެންމެ ކަމަކުންވެސް ފަށައިގެން. ދުވާލަކު އެންމެ ފިޔަވަޅެއް ނަމަވެސް ދީނާ ގާތައް އެޅުން ވަރަށް މުހިންމު. ﷲ ހުރިހާ ކަމެއް މޮޅައް ދެނެވޮޑިގެންވޭ.. ތިބާގެ އުނދަގޫތަކާއި ތިބާ ކުރާ މަސައްކަތް. އަދި ތިބާގެ ހިތުގައިވާ ހުރިހާ އެއްޗެއްވެސް.  ތިބާ ކުރާ އެ ކުޑަކުޑަ ކަންތައްވެސް އެކަލާނގެ ބޭކާރުކަމެއްކަމުގައި ނުލައްވަވާނެ. އިސްލާމްދީނަކީ ހެޔޮކަމެއް ކުރަން ހިތައް އެރުވުމުންވެސް އެކަމަކަށް ހެޔޮ ސަވާބު ލިބޭ ދީނެއް. ވީމާ އަދި އެކަން ކުރީމާ ތިބާ އަށް ލިބޭނެ ސަވާބު ވިސްނާލަބަލަ. ޝައިޠާނާގެ މަޅީގައި ނުޖެހި ކުޑަކުޑަ އެންމެ ކަމަކުންވެސް ފައްޓަވާ… އެކުޑަކުޑަ އެއްކަންތައް ތިބާއަށް އެ ދީނުގައި ސާބިތުވެ ހުރުމަށް ބާރުއަޅާނެ.”

އަންހެނަކު އިނގިރޭސިބަހުން ވާހަކަ ދައްކަމުން ދިޔައީ އެތައް އަންހެނުންތަކަކަށް ނަސޭހަތް ދިނުމުގެ ގޮތުންނެވެ. ހީވަނީ ބޮޑު ދަރުސެއްގެ ތެރެއިން ނަގާފައި އިން އެއް މިނެޓްގެ ތަންކޮޅެއް ހެންނެވެ. އެ ވާހަކަތައް އަޑުއިވިފާ ހުމާއަށް އެޔާއިމެދު ވިސްނެމުންދިޔައެވެ. ކުޑަ ހިނދުކޮޅަކަށްވެސް އެއީ ސީދާ އޭނާ ދާދި ދެންމެ އަކު ވިސްނަމުންދިޔަ ކަންކަމުގެ ރައްދުކަމަށް އޭނާއަށް ހީވިއެވެ. އަދި ﷲ އޭނާގެ ހިތުގައިވާ ހުރިހާކަމެއް ދެނެވޮޑިގެންވާކަން އިހްސާސްވުމުން އޭނާގެ މާޔޫސްކަމުގެ ހައްލު ﷲ ދެއްކެވީކަމުގައި އޭނާގެ ހިތްބުނެލިއެވެ. އެހެން ހިތައް އެރުމުން އޭނާގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. މިއޮށް ހުރިހާ ދުވަހު އޭނާއަށް ކުރެވުނު ފާފަތައްވެސް އެކަލާނގެ ދެނެވޮޑިގެންވާނެ މިންވަރު ހިތައް އެރުމުން ނޭވާ ހިފަހައްޓާލެވުނެވެ. އޭނާއަށް ކުރިން އެކަންކަން އިހްސާސްނުވީ ކީއްވެކަމާއިމެދު ހިތުން ޝަކުވާ ކޮށްލެވުނެވެ. ދެން ހަދާނެ ގޮތަކާއިމެދު ވިސްނާލުމުން އެމީހާ އެބުނިހެން ކޮންމެވެސް ހެޔޮ ކަމަކުން ފަށަން ހިތައް އެރިއެވެ. އަދި ފަށާނީ ކޮންކަމަކުންބާއޭ ހިތް ސުވާލު ކޮށްލުމުން އެންމެ ފުރަތަމަވެސް އޭނާގެ ހިތައް އައީ ނަމާދެވެ.

…………………..

ހިބާ އަނެއްކާވެސް އޭނާގެ ކޯހުގެ ފިލާވަޅުތަކަށް އެނބުރި ދިއުމުން ހަނދާންވީ ކުރީދުވަހު ނާސިރު ކައިރިން އެ އޮފީހުގައި އޭނާގެ ޕްރޮޖެކްޓް ފުރިހަމަކުރަން ފުރުސަތައް އެދުނު ހަނދާނެވެ. ނާސިރު އެކަމަށް ވަކި ޖަވާބެއް ނުދޭކަން ހަނދާންވުމުން އަނެއްކާވެސް އެވާހަކަ ދެއްކުމަށް ނާސިރައް ފޯނު ކޮށްލިއެވެ. އަދި އެކަމަށް ހުއްދަ ހޯދިއެވެ. ދެބަފައިން ވާހަކަ ދެއްކުމަށްފަހު ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ހިބާ އެ އޮފީހުގައި އެކަން ކުރަން ވަގުތު ހޭދަކުރާގޮތައް ނިންމިއެވެ. އަދި އެވާހަކަ ދައްކާ ނިމުމުން ހަވީރު ހިބާގެ ކައިވެންޏައް ރަންކިޔުން އޮންނާނޭކަމަށާއި އެކަމަށް ތައްޔާރު ވުމަށް ނާސިރު ބުނެދިނެވެ.

ހިބާ އާއެކޭ ބުނި ނަމަވެސް އޭނާ ނާސިރު ކައިރިން އޮޅުން ފިލުވަން ބޭނުންވާ އެތައް ސުވާލެއް އޮތްކަން އޭނާގެ ނަފްސު ހަނދާން ކޮށްދިނެވެ. އެހެން ނަމަވެސް ފޯނުން އެ ހުރިހާ ސުވާލެއްގެ ޖަވާބުދޭން ނާސިރައް އުނދަގޫވާނެޔޭ ހިތާ ހިބާ އޭނާގެ ހިތުގެ އެދުން ފަސް ކޮށްލީ ގެއިން ދިމާވީމާ އެކަން ކުރާނީއޭ ހިތާއެވެ.

ފޯނު ބޭއްވުމަށް ފަހުވެސް ހިބާއަށް ވިސްނެމުން ދިޔައީ އޭނާގެ ކައިވެންޏާއި މެދުއެވެ. ކަންތައްތައް އެދަނީ އޭނާ އުންމީދުކުރި ގޮތަކަށް ނޫނެވެ. ކޮންމެޔަކަސް ރަން ކިޔުމުގެ ކުރިން، ރަން ކިޔަނީ ކާކާ އިންނަންކަން ހިބާއަށް އެނގެން ޖެހޭކަމަށް ހިބާ ޤަބޫލުކުރެއެވެ. އެއީ މާހިލް ވިޔަސް އަދި ނޫން ވިޔަސް މެއެވެ. މާހިލް އަށް ނުވެދާނޭ ހިތް ބުނެލި ހިނދު އެ ހިތުގެ ވިންދު އަވަސްވެލިއެވެ. ބިރުވެރިކަމުގެ ރާޅެއް އެ ހިތުގައި ނަގާލި ފަދައެވެ. އެހެން ނަމަވެސް ހަމަ އެވަގުތު އޭނާގެ ހިތައް ﷲ މަތިން ހަނދުމަކޮށްދީ އެކަލާނގެއަށް އިތުބާރު ކުރުމަށް ހަނދާން ކޮށްދިނެވެ . އަދި ހިތާއިހިތުން އެކަމަށް އެދި ދުޢާ ކޮށްލެވުނެވެ. ހުރިހާ ކަމެއްވެސް އެންމެ ރަނގަޅައް ގެންދެވުމަށް އެދިއެވެ.

………………

ނާސިރު އޭނާ ނިންމަންޖެހޭ ބައެއް މަސައްކަތްތައް ނިންމުމަށް ބޭރުގައި އުޅެފައި ގެއަށް އައިސް ވަނީ އަދި ގޭގައިވެސް އޭނާ ކުރަން ޖެހޭ ވަރަށް ބޮޑު މަސައްކަތެއް އޮތްކަން ހަނދާން ވުމުންނެވެ. ރަހްމާއާއި ކޮންމެހެންވެސް ދައްކަންޖެހޭ ވާހަކައެއް އޮތުމާއެކު އޭނާ އެއައީ އެކަމުގައެވެ. އޭނާ އެ ވާހަކަތައް ދައްކަން ބޭނުންވެފަ ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ރަހްމާ އޭނާގެ ވާހަކަތައް އަޑުނާހާނޭ ހީވާތީ ހައްތަހާވެސް ފަސްޖެހެވެނީއެވެ. ދެމަފިރިންގެ ދެމެދުގައި ބޮޑު ޒުވާބެއް ކުރަން ބޭނުން ނުވާތީއެވެ. އަދި ރަހްމާއަށް ކަންކަން ރަނގަޅު ގޮތައް ވިސްނައިދިނުމަކީވެސް ފަސޭހަ ކަމަކަށް ނުވާތީވެސް މެއެވެ.

ނާސިރު ގެއަށް އައި އިރު ރަހްމާ އުޅެނީ ނީލާއާއިއެކު ބަދިގޭގައެވެ. ނީލާ ކުރަމުން ދިޔަ މަސައްކަތްތައް ގާތުން ބަލަމުން ބަދިގޭގެ ބައެއް ކުދިކުދި ކަންކަން ކޮށްލަނީއެވެ. ނާސިރު ބަދިގެއަށް ބޯ ދިއްކޮށްލާފައި ވާހަކައެއް ދައްކަން އެބައޮތްކަމަށްބުނެ ކޮޓަރި އަށް އައުމަށް އިޝާރަތް ކޮށްލުމުން ރަހްމާ ވެސް އިތުރު ސުވާލެއް ކޮށްލުމަކާއިނުލާ އަތްދޮވެލައިގެން އައިސް ކޮޓަރިއަށް ވަނެވެ. ނާސިރުގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމުން އަނެއްކާ ކަމެއް ގޯސްވީބާއޭ ރަހްމާގެ ހިތައް އެރިއެވެ.

“ކިހިނެއްވީތަ؟ ކޮން ވާހަކައެއް ދައްކަންތަ ތިއުޅެނީ؟ ރަހްމާވެސް ވަރަށް ސީރިއަސްވެފައި އަހާލިއެވެ. ރަހްމާ ކޮޓަރިއަށް ވަންއިރު ދެކޮޅައް ހިނގާލަ ހިނގާލަހުރި ނާސިރު ރަހްމާގެ ސުވާލުގެ އަޑު ޖެހުމުން ރަހްމާއަށް ބަލާލާފައި ސޯފާގައި އިށީނުމަށް އިޝާރާތް ކޮށްލިއެވެ. އެއާއިއެކު ރަހްމާވެސް ސޯފާގެ އިށީނދެފައި އަނެއްކާވެސް ވީ ކިހިނެއްތޯ އަހާލިއެވެ. “އަނެއް ގޮތަކަށް މާބޮޑު ކަމެއް ނުވޭ… ރަހްމާ އާއި ދައްކަންޖެހޭ ވާހަކަތައް ގިނަ ކަމުން ފަށާނެ ގޮތެއް ނޭނގިގެން މިއުޅެނީ… ވަރަށް ދުވަސް ވެއްޖެ މިވާހަކަތައް ހިތުލައިގެން އުޅޭތާ… ހައްތަހާވެސް ރަނގަޅު ވަގުތެއް ފެނޭތޯ ލަސްކުރެވުނީ… އެކަމު ދެން އިތުރައް ލަސްކުރެވޭކަށް ނެތް… މިހާރު ކޮންމެހެންވެސް އެބަ ދައްކަންޖެހޭ މިވާހަކަތައް.” އޭސީ ކޮށްފައިވާ އެ ކޮޓަރީގައި، ނާސިރު ރަހްމާ ކުރިމަތީ ކޮޅައް ހުރި އިރު ނާސިރުގެ ގަމީސް ދާހިއްލާ ފޯވަމުން ދިޔައެވެ. ރަހްމާ އިނީ އެ ދައްކަންއުޅޭ ވާހަކައަކީ ކޮން ކަހަލަ ވާހަކައެއްތޯ ބަލާހިތުން ކެތްމަދުވެފައެވެ.

“އަހަރެން ދައްކަން މިއުޅެނީ ހިބާގެ ކައިވެނީގެ ވާހަކަ. ހިބާ ކައިވެނިކުރަން އުޅޭ ކުއްޖާގެ ވާހަކަ. އެއީ މާހިލް… މާހި…” ނާސިރައް އޭނާގެ ވާހަކަތައް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް މާހިލްގެ ނަން އިވުމާއެކީ ރަހްމާ ކުއްލިއަކަށް އިން ގޮޑިން ތެދުވިއެވެ. އަދި ރުޅި އައިސްފައިވާ ދެލޮލުން ނާސިރައް ބަލާލިއެވެ. “މަހިތައް އެރި އޭ އޭރުވެސް. އެތައްދުވަހެއްގެ ފަހުން ތި މާހިލެއްގެ ނަން މިގޭގައި ނަން ގަނެވުމުން ކޮންމެވެސް ގޯހެއް އެބައުޅެއޭ… އެހެންވެގެންނު ތިޔަ ދެބަފައިން މަށާ ތިހުރިހާ ކަމެއްވެސް ސިއްރު ކޮށްގެން ތި އުޅެނީ… އަދި ސަޕްރައިޒޭ ކިޔާފަ މަގޭ ބޮލައްވެސް ވަންނަން އުޅެފިއެންނު. ތިމާވަރު ވިސްނޭ ދީންވެރި މީހެއް ނެތްކަމަށް ދެއްކިކެން އުޅުނު މީހާ އެންމެފަހުން ދިޔަ ހިސާބު ބަލާބަލަ. ވިސްނޭކަން އެނގެއެންނު. ތިމާއަށް އެންމެ ފުރަތަމަ ލަނޑުދީ ތިމާގެ ހިތުގައި ކޮޅުފައިންޖެހި މީހާޔާ ވިއްޔަ އެންމެފަހުން އިންނަން ވެސް އެ އުޅެނީ… ޔަޤީނުން ވެއްޖިއްޔާ މިއޮއް ހުރިހާ ދުވަހުވެސް ތިމީހަކާ ރައްޓެހިވެގެން އުޅޭނީ.. ނު ކުޅޭކަށް ކުޅިވަރެއްވެސް ނޯންނާނެ ތިދެމީހުން. މޫނުބުރުގާ އަޅައިގެން މީހުންނައް ދެއްކެން އުޅޭނެ ތިމާ ވަރު ރަނގަޅު މީހެއް ނެތްކަމަށް.” ރަހްމާ އޭނާގެ ރުޅިގަނޑު މައިތިރި ކުރަން ނޭނގުނުތާ ހިތައް އައިހާ އެއްޗެއް ކިޔަމުން ދިޔައީ ނާސިރުގެ މޫނަކަށްވެސް ބެލުމެއް ނެތިއެވެ. ހަޤީޤަތައް ބަލާލުމެއް ނެތި ރަހްމާ ދައްކަމުން ދިޔަ ވާހަކަތަކުން ނާސިރައް އުނދަގޫ ވަމުން ދިޔައެވެ. ހިބާ އާއި ދިމާލައް އެއްޗެހި ކީކީހެން ނާސިރުގެ ރުޅިގަނޑު މަތިވަމުން ދިޔައެވެ. އަދި އެންމެފަހުން އިތުރައް ރަހްމާގެ އޮށްޓަރެއް ނެތް ތުހުމަތުތައް އަޑުއަހަން ކެތްނުވުމުން ރަހްމާއޭ ކިޔާފައި ބާރައް ރުޅިވެރި ރާޤަކަށް ގޮވާލިއެވެ. ނަމަވެސް ދެންވެސް ރަހްމާއަށް އޭނާގެ ވާހަކަތައް ހުއްޓާކަށް ނޭނގުނެވެ.

ރަހްމާގެ ނަފްސު އޭނާ ކައިރީ ބުނަމުން ދިޔައީ މިއަދު ރުޅި އައުމުގެ ހައްޤު އޮތީ ހަމައެކަނި ރަހްމާއަށް ކަމަށެވެ. އަދި ނާސިރާއި ހިބާއާއި ދެމީހުން ބޭނުންވާހާ ގޮތަކައް އޭނާގެ ކައިރީ ކުޅިވަރު ނުކުޅެވޭނޭ ކަމަށެވެ. އޭނާއަކީވެސް އެ އާއިލާގެ އިސް މެމްބަރެއްކަން އަދި ގޮތް ނިންމުމުގެ ހައްޤު އޭނައަށްވެސް އޮތްކަމަށް އެ ނަފްސު ރަހްމާއަށް ހަނދާންކޮށްދިނުމުން ނާސިރުގެ ރުޅިގަނޑައް ތަބާވެ މައިތިރިވުން މުހިންމު ނޫންކަމަށް އޭނާއަށް ދެކެވުނެވެ.

“ނާސިރައްވެސް އަހަރެން މުހިންމު ނޫން ވީމަތާ ތި ހިސާބައް ދިޔަ އިރުވެސް މަގޭ ޚިޔާލެއް ހޯދުމުގެ މުހިންމުކަން ނޭނގުނީ.. ދެން މިއަދު މަގޭ ކައިރީ ތި ވާހަކަ ތި ދައްކަނީ ކައިވެނީގެ ހުރިހާ ކަމެއް ނިމި އެކަން ކުރެވެމުން ދާތީ ދެން އިތުރައް މަގޭ ޚިޔާލުން ކަމެއް ބަދަލު ނުކުރެވޭނޭކަމަށް ދޯ… މަށައް ހެޔޮ އެއް ކަމެއް ބަދަލު ނުވިޔަސް.. ގޮސް ބުނޭ މަގޭ ރުހުމެއް ދުވަހަކުވެސް ތި ކައިވެންޏަކައް ނުލިބޭނޭ… އަދި މިއަދައްފަހު އޭނާގެ މަންމަ ވަނީ އޭނާޔައް މަރުވެފައިޔޭ ބުނޭ…” ރަހްމާގެ އަޑުވެސް އިރެއް އިރަކަށް ދިޔައީ ބާރުވަމުންނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ވުމުން ހިތެއްގެ މިލްކުގައި 5

Next

އިންދިރާސް

Next
December 6, 2018

އިންދިރާސް

Previews
December 6, 2018

ވުމުން ހިތެއްގެ މިލްކުގައި 5

20 Comments!

  1. ?Shifna? says:
    December 6, 2018 at 8:06 am

    Yey me 1st. Mi part v.v.v salhi. Avahah upkohdheichey

    1. Faathii says:
      December 6, 2018 at 7:02 pm

      Jazaakillah 🙂
      In Shaa Allah..

  2. Xaaan says:
    December 6, 2018 at 8:15 am

    Masha Allah mi baives vv reethi

    1. Faathii says:
      December 6, 2018 at 7:06 pm

      Jazaakallah. 🙂

  3. sad says:
    December 6, 2018 at 8:33 am

    vv reethi mi part ves.. ekm thankolheh kury

    1. Faathii says:
      December 6, 2018 at 7:08 pm

      🙂 Jazaakallah

  4. Sssss says:
    December 6, 2018 at 8:35 am

    What a lovely story ???❤❤❤?????????????????

    1. Faathii says:
      December 6, 2018 at 7:09 pm

      Jazaakallah ???

  5. ?shifrraa? says:
    December 6, 2018 at 8:37 am

    Mi part ves v interesting. When next part??

    1. Faathii says:
      December 6, 2018 at 7:12 pm

      Jazaakillah. Next part saturdayga In Shaa Allah. ?

  6. R@! says:
    December 6, 2018 at 10:45 am

    Masha allah .?,whn nxt …

    1. Faathii says:
      December 6, 2018 at 7:13 pm

      Jazaakillah. Next part saturdayga In Shaa Allah. ?

  7. Luna says:
    December 6, 2018 at 11:20 am

    Warah loabi mi waahaka. Masha Allah. Especially because you include dharus ge thanthankolhu. Masha Allah. ♥♥ Jazaakillah khair Faathii.

    1. Faathii says:
      December 6, 2018 at 7:15 pm

      Alhamdhulillah. ?
      May Allah reward u too.

  8. maaee says:
    December 6, 2018 at 7:23 pm

    Masha Allah varah reethi ..when next part?

    1. Faathii says:
      December 7, 2018 at 3:49 pm

      Jazaakillah
      Saturdayga In Shaa Allah. 🙂

  9. Jana says:
    December 7, 2018 at 7:39 am

    Ma Sha Allah varah reethi 😀 Maahil aa hiba gulheyny dhen kihinehbaa. mamma ruheyny kihinehba..hehe…jana mi vaahaka kiyaafa comment eh kuran hunnathaa v dhuvas vejje. adhi kiriyaa mi furusathu mi libuny. adhi mi bai ekani mi kiyaaly. May Allah bless you for this story that you have put together and may Allah put barakah in it and guide many through it. Ameen! Love you for the sake of Allah sis <3

    1. Faathii says:
      December 7, 2018 at 3:54 pm

      Aameen & I pray same things for u too.. ?
      Love u too for the sake of Allah. ☺

  10. Aisha says:
    December 8, 2018 at 12:58 am

    Kurin mi vaahaka up kuran feshi iru ves keen. Dhn iyye in feshigen hurihaa part thah mi kiyaa ninmaaly.. Masha Allah its awesome ❤️ mikahala vaahaka maa kiyaa hiy vey aslu.. i like this story sooo much and may Allah bless you ❤️? mi vaahaka in ethah bayakah iburaiy libeyne Kan yagyn adhi ethah bayakah faidhaa ves kuraane Insha Allah ?

    1. Faathii says:
      December 9, 2018 at 6:58 pm

      Alhamdhulillah. In Shaa Allah. Dhuaa akee aee.. ? May Allah bless u. ☺?

Comments are closed.

Next Episodeއިމްތިޙާން (21ވަނަ ބައި)←


All Right Reserved!