Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ޑިސެންބަރު ތިރީސް އެކެއް 2

Jinni Level 410 Stories100 Login100 Comments500 Login
December 7, 2018 7 Mins Read
29 Comments

ކުރެވުނު އަވަހެއް ކޮށްގެން ހޮސްޕިޓަލަށް ނައްޓައިލީމެވެ. ޓްރެފިކް ލައިޓުވެސް އަހަރެން ލަސްކުރުވަން އުޅޭހެން ހީވެ ރުޅިއައެވެ. ފެހި ބޮކި ދިއްލުމާއިއެކު މަޑުކުރުމަކާއިނުލާ ދުއްވައިލީމެވެ. އަނެއް މަގުން އައި ސައިކަލުގައި ޖެހުނުއިރުވެސް ނޭންގުނެވެ. ސައިކަލު ކޮޅަށް ނެގުމަށްފަހު ތެދުވެ ބަލައިލިއިރު އަހަރެންގެ ދެލޯޯ ބޮޑުވިއެވެ. ކުރިމަތީ އޮތް ސައިކަލު ދަށުގައި އޮތީ މުޖާހިދެވެ. ތަންކޮޅެއް ދުރުގައި އޮތީ ރާއިންއެވެ.

****************************************

ހޮސްޕިޓަލުގެ ސީލިންގަށް އަހަންނަށް ލޯ ހުޅުވައިލެވުނީ ފުރަތަމަ ފަހަރަކަށް ނޫނެވެ. ކައިރީގައި ހުރީ ދޮންބެއެވެ. އިނާޝް ފެނޭތޯ ބަލައިލީމެވެ. އޭނާއަށް އަދި ހަބަރު ނުލިބެނީ ކަންނޭންގެއެވެ.

“ކީއްތިކުރީ؟ މަންމަ ކައިރިއަށް ހާލު ބަލަން އައި މީހާ ތިއޮތީ ހާލުގަ ޖެހިފަ.” ދޮންބެ ސަމާސާކޮށްލިއެވެ. ހޭ ހިތް ނެތް ނަމަވެސް އަަހަރެން ހިނިތުންވެލީމެވެ. މަންމަ ކިހިނެތްތޯ އަހައިލުމުން މިހާރު ރަނގަޅުކަމަށް ދޮންބެ ބުންޏެވެ. ރާއިންގެ ހަށިގަނޑު ނެރުނީ އަހަރެން މަންމަ ކައިރީ އިންދައެވެ. އިރުކޮޅަކުން ފުލުހުން ގުޅާފައި ސްޓޭޝަނަށް އައުމަށް އެންގިއެވެ.

ގެއަށްގޮސް މިކަމާއި ދޭތެރޭ ވަރަށް ވިސްނީމެވެ. މި ސަކަރާތްގަނޑު ތެރޭގައި އަހަރެންގެ ހަމަ ބުއްދި ފިލައިދިޔުމުގެ ކުރިން ހައްލެއް ގެންނަން ޖެހިފައިވާކަން އަހަންނަށް ވިސްނުނެވެ. އަަހަރެން ކިތަންމެ ވަރަކަށް ޑިސެންބަރު ތިރީސް އެކެއް ތަޖުރިބާކުރިއަސް އެހެންމީހުނަށް އެއީ ހަމަ ފުރަތަމަ ޑިސެންބަރު ތިރީސް އެކެކެވެ. ހަމަ އާދައިގެ ހަޔާތެވެ. ފުރަތަމަ ޑިސެންބަރު ތިރީސް އެކެއްގައި ހިނގާ ކަންތައް އަހަރެންގެ ދެވަނަ ޑިސެންބަރު ތިރީސް އެކެއް އިޔާދަވާއިރު އެހެން މީހުން ހަނދާނެއް ނުހުރެއެވެ. މިހެން މިކަން ވުމުގައި ކޮންމެވެސް މަގުސަދެއް ވާނެކަމަށް އަހަންނަށް ވިސްނުނެވެ. މި ކަމުގެ ތެރެއިން އަހަންނަށްވުރެ ބޮޑަށް ގެއްލުން މިވަނީ ރާއިންއަށެވެ. އެހެންކަމުން ރާއިންގެ ފުރާނަ ސަލާމަތްވެއްޖެނަމަ މި ކަމަށް ނިމުމެއް އަންނާނެކަމަށް އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ.

*********************

ގައިމަތީ އޮތް ރަޖާ ނަގައި ހޫރައިލެވުނީ ހޫނުވެގެންގޮސް ދާހިތްލާ ފޯވުމުންނެވެ. މޫނުން ދާތައް ފޮހެލާފައި އޭސީއާއި ދިމާއަށް ބަލައިލެވުނެވެ. ހުރީ ނުޖައްސައެވެ. ހޫނުވެގެން ނިދިން ހޭލެވުން ވަރުގެ ރުޅިގަދަވާކަމެއް އަހަންނަކަށް މި ދުނިޔެއަކު ނޯންނާނެއެވެ. ކުޑަ މޭޒުމަތީ އޮތް ރިމޯޓު ނަގައި އޭސީ ޖައްސައިލުމަށްފަހު ފިނިމިން ސޯޅައަށްލީމެވެ. ހުރިތާ ހުރެ ހެދުން ބޭލުމަށްފަހު އެނދުމައްޗަށް ގުޅައަކަށް ޖަހާފައި އަހަރެން ވަނީ ފެންވަރަން ފާހަަނައަށެވެ. އެ ދާތަކާއިއެކު ދެން އެންމެ މިނެޓަކުވެސް ހުންނަން ބޭނުންނުވެގެންނެވެ. ސިކުނޑި ރަނގަޅަށް މަސައްކަތްކުރަންފެށީވެސް އިރުކޮޅަކު ބޮލަށް ފިނިފެން އެޅުމަށްފަހުއެވެ. ސޯނާއެއް ނުވެއެވެ. އާ ގޮތަކަށް ދުވަސް ފެށިއްޖެއެވެ. ފެން މާގަނޑު ބާރުކޮށްލުމަށްފަހު ތުވާލީގައި އަތް ފޮހެލާފައި ފާހަނައިން ނުކުތީމެވެ. ކޮޓަރީގެ ތަޅުންގަނޑުމައްޗަށް ގައިންނާއި އިސްތަށިގަނޑުން ފައިބަމުންދިޔަހާ ފެނަށް ސަމާލުވުމެއްނެތި އެނދުކައިރިއަށްގޮސް ފޯނު ނަގައި ބަލައިލީމެވެ. ގަޑިން ހަތް ގަޑި ސާޅީހެވެ. ތާރީހުން ޖެނުއަރީ އެކެކެވެ.

“ދެން އެ ނިމުނީ؟” އެ ކަންތައް ނިމުނުލެއް އަވަސްކަމުން އެއީ ހުވަފެނެކޭވެސް އަހަރެންގެ ހިތް ބުންޏެވެ. ނަމަވެސް ހުވަފެނެއް ނޫންކަމުގެ ހެކި އަހަރެންގެ ފައިގައި ހުއްޓެވެ. އެކްސިޑެންޓުވިކަމުގެ ނިޝާން ސާފުކޮށް ހުއްޓެވެ. ކޮންމެއަކަސް އެވަގުތު އަހަރެން ނިންމީ އެ ހައިޖާނުގަަނޑުން މިންޖުވިކަމަށްޓަކައި އުފާ ފާޅުކުރާށެވެ. އަލުން ފާހަނައަށް ވަދެ ރަނގަޅަށް ފެން ވަރާލައިގެން ނުކުމެ އަތުގައި އޮތް އެންމެ ރީތި ހެދުން ވައްޓައިލީމެވެ. އައިސް އަލަމާރި ހުޅުވާލިއިރު ކުރިން ބޮލަށް އުނދަގޫކުރި ކޮފީ ދަޅުތައް ނެތުމުން ވަރަށް ހިތްހަމަ ޖެހުނެވެ. އޮރެންޖެއް ނަގައި ޖޫސްގިރައިގެން ބޮމުން، ފޯނު ހާވައިލިއިރު ޝަފީއުގެ ބުޅަލުގެ ވާހަކަަ ހިނދިފައިވުމުން ކުރެވުނީ ބޮލުގައި އޮތް ގާގަނޑެއް ނެގި ކަހަލަ އިހުސާސެކެވެ. އާލިޔާ މިއަދު ސައި ބުއީ އެކަނި ކަންނޭންގެއެވެ. އިނާޝް އަދި ނުހޭލަނީބާއެވެ؟ ސްނެޕްއެއް ލިބިފަކާއެއްނެތެވެ. މިއަދަކީ އެނިވާސަރީކަން ހަނދާނަށް އައުމުން އަހަރެންގެ ބޮލުގައި ރިއްސައިލިއެވެ. އިއްޔެ ތަފާތުކޮށް ގެންދަންވެގެން އިނާޝްއާއި ރުޅި ނުވެވޭކަން ހަނދާނަކުން ނުފިލައެވެ. އެނިވާސަރީގައި ބްރޭކްއަޕްވުން އެއީ އަހަރެން ވިޔަދޭން ބޭނުންވިކަމެއް ނޫނެވެ. ދެން ހަދާނެ ގޮތަކާއިމެދު ވިސްނަން އިންދާ އައީ މެސެޖެކެވެ. އިނާޝްގެ މެސެޖެއްކަން ފެނުމުން އަހަރެން ހިންދިރުވާލާފައި ފުން ނޭވާއެއް ދޫކޮށްލީމެވެ. މެސެޖުގައި އޮތީ ހެޕީ އެނިވާރސަރީގެ ފަހަތަށް ހިތެއް ޖަހާފައެވެ. އިރުގަނޑަކު މެސެޖަށް ބަލަހައްޓައިގެން އިނދެފައި އަހަރެންވެސް ހެޕީ އެނިވާރސަރީ ފޮނުވައިލީމެވެ. ފަހަތުގައި ހިތެއްގެ ބަދަލުގައި ޖެހީ ހެޕީ ފޭސްއެކެވެ.

އެ ދުވަސް ކުރިއަށްދިޔައީ އާދައިގެ ގޮތަކަށެވެ. ރޭގަނޑު އިނާޝްއާއިއެކީ ކާން ދިޔުމަށް ދާންދެންނެވެ. ކައި ނިންމައިގެން ކެއުމުގެ މެދުތެރެއިން އާދައިގެމަތިން ދެމީހުންވެސް އަނގަތެޅީއެވެ. ނަަމަވެސް ކައި ނިމިގެން ދެމީހުންގެ މެދަށް ވެރިވީ މަރުފަދަ ހިމޭންކަމެކެވެ. އަަހަރެން ވިސްނީ އިނާޝް ކައިރީ ރުޅިވާން ބުނާނީ މިއަދުތޯ ނުވަތަ އެނިވާސަރީގެ އުފާވެރިކަމުގެ ހައްގުގައި އެވާހަކަ ފަސްކޮށްލާނީތޯއެވެ. އިނާޝް ވިސްނީ ކޮންކަމަކާކަން އަހަންނަށް މާ ގިނައިރެއްނުވެ އިނގިއްޖެއެވެ.

“ސާރާ… އަހަރުން ބްރޭކްއަޕްވާން ހިނގާދޯ.” ހަމަހިމޭންކަން ފޫއަޅުވައިލީ އިނާޝްގެ މި ޖުމުލައިންނެވެ. އަހަންނަށް އިނާޝްއާއި ދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން އިނދެވުނީ ބަހެއް ބުނުމަކާއިނުލައެވެ. އިނާޝްވެސް މި ގުޅުމާއިދޭތެރޭ ދެކެންފަށާފައިވަނީ އަހަންނާއި އެއް ނަޒަރަކުންކަން ވިސްނުމުން ދެރަވުމަށްވުރެ އަަހަންނަށް ލިބުނީ ހިތްހަމަޖެހުމެކެވެ. މީ އަަހަރުމެންގެ ތަގުދީރޭ ހިތަށްއެރިއެވެ.

އުޑުމަތި ބައްދައިލި ކަޅު ވިލާތަކުން ވިއްސާރައިގެ ކުލަވަރު ދައްކައިލައިފިއެވެ. ފަޒާގެތެރެއަށް އަރާމު ފިނިކަމެއް ގެނުވައިދެމުންނެވެ. އަަހަރެން ގެއަށް ދިޔުމަށް މިސްރާބުޖެހީ މާބޮޑު ފިކުރަކާއިނުލައެވެ. އާސަހަރާ ކުރިމަތިންލާފައި ދަނިކޮށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދުވާރުމަތީ އިށީންދެލައިގެން އިން ދެބައި އުމުރުގެ  މީހާއެވެ. އެ މަގުގައި އަހަންނާއި އެ މީހާ ފިޔަވައި އެހެން މީހަކު އެވަގުތު ނެތެވެ. އޭރު ވާރޭ ކަނި ކަނި ޖަހަން ފަށައިފިއެވެ. ނަމަވެސް އެމީހާގެ ފަރުވާލެއްނެތެވެ.

“ދައްތާ… ވާރޭ ވެހެނީ އެއޮއް.” އަަހަރެން އެމީހާއަށް ގޮވައިލީމެވެ. އިސްއުފުލައި ބަލައިލި އޭނާ ހީވަނީ ދެ ދުވަސް ވަންދެން ނުނިދައި، ފެން ނުވަރައި އިން މީހެއްހެންނެވެ. ބޭއިހްތިޔާރުގައި އަހަންނަށް އެއް ފިޔަވަޅު ފަހަތަށްވެސް އަޅައިލެވުނެވެ.

“މާތްކަލާކޯ. މަ ކީއްވެ މި ގޮވީ މި މީހާއަށް؟ ކޯޗެއް ހިތަށް އަރައިގެން؟ ކޮން މޮޔައެއްވެގެން؟” އަހަރެންގެ ހިތަށް އެރިއެވެ. އެ މީހާ ދެން ބަލައިލީ މައްޗަށެވެ. ވާރޭވެހޭކަން ރޭކާލީ އަހަރެން ބުނީމަ ކަންނޭންގެއެވެ.

“އާނ… ޝުކުރިއްޔާ.” އެ މީހާ ކޮޅަށް ތެދުވިއެވެ. އިސްކޮޅުން ވަރަށް ދިގު މީހެކެވެ. ހިނގައިގަންނަން އުޅެނިކޮށް އަރިއަޅައިލައިފިއެވެ. އަހަންނާއި ދިމާއަށް އައުމުން ދެން ހިފަހައްޓާނީނޫން ހެއްޔެވެ؟ ނަމަވެސް އެމީހާ އެ ވެއްޓުންގޮތަށް ހޭ ހުސްވާނެކަމަކަށް އަހަރެން ހީނުކުރަމެވެ. އެންބިއުލައިންސަށް ގުޅައިގެން ހޮސްޕިޓަލަށް ގެންދިޔައިރު އަހަރެންވެސް ދިޔައީމެވެ. އެމީހާ އަތުގައި ފޯނެއް ނެތުމުން ގުޅާނެ މީހެއްވެސް ނޭންނުނެވެ. އެހެންކަމުން އޭނާ ހޭއަރަންދެން ކައިރީ އިނީމެވެ. އަހަންނަކީ އެހެންޏާ މިހާ ހިތްހިޔޮ މީހެއްވެސް ނޫނެވެ. ތެދަށް ބުނާނަމަ އިނީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ. އެކަމަކުވެސް ހަަމަ ދާން ނުކެރުނީއެވެ. އެތާ އިންދެ އިންދެ އެއީ ކޮންމެވެސް އިރަކު ފެނުނު މީހެއްހެންވެސް ހީވާންފަށައިފިއެވެ. ޑޮކްޓަރު ބުނިގޮތުގައި އޭނާ ހޭ ނެތުނީ ނުކައި ހުރީމައެވެ.

“ދައްތާ؟” އެ މީހާ ހޭ އެރުމުން އަހަރެން ގޮވައިލީމެވެ. އެމީހާ އަހަންނާއި ދިމާއަށް ބަލައިލިއެވެ. “ދައްތަަ ދަންނަ މީހެއްގެ ނަންބަރު ދޭންވީނު ގުޅާލަން.” އަހަރެން ބުނީމެވެ. ހާލުއަހުވާލު އެހުމަކާއިނުލާ އަހަރެން ބެލީ އަވަހަށް އެތަނުން ބެޗޭނެގޮތެއް ހޯދޭތޯއެވެ. އެ މީހާއާއިމެދުގައި ހިތުގައި ހަމްދަރްދިއެއް ނެތީކީ ނޫނެވެ. އެހާ ރަހުމެއްނެތް މީހެއްނަމަ މިހާއިރުވަންދެން އެމީހާ ކައިރީ ނީނީސް ނޫންހެއްޔެވެ.

“ރާއިން…” އެ މީހާގެ ދުލުން ނުކުތް އެންމެ ނަމެއް އަަހަރެންގެ ޝައުގުވެރިކަން އަތުލައިފިއެވެ. “ދައްތަގެ ގާތް މީހެއް މިހާރަކު ނެތް މި ދުނިޔެއަކު. ދައްތަގެ ހުރި ހަމައެކަނި ދަރިފުޅު އިއްޔެ ދައްތަ ދޫކޮށްފަގޮއްސި.” އެ އަންހެންމީހާ ކުރެކިފައިވާ އަޑަކުން ބުނެލިއެވެ. އިތުރު ސުވާލެއް ކުރާކަށް އަހަންނަކަށް ހިތްވަރެއް ނުލިބުނެވެ. ހިންދިރުވައިލުން ނޫންކަމެއް ނުކުރެވުނެވެ. އާނއެކެވެ. އެއީ އަހަރެންގެ ސައިކަލުން ޖެހި މަރުވި ރާއިންގެ މަންމައެވެ. މިއީ ތަގުދީރު އަހަންނާއި ކުރާ ސަމާސާއެއްބާވައެވެ؟

“ކޮއްކޮ ކޮންމެވެސް ތާކުން ދުއް ހަނދާންވޭ ކުރިން. ކޮން ނަމެއްތަ ކިޔަނީ؟” އެ މީހާ ބުންޏެވެ. އަަހަރެންގެ ނަން އެމީހާއަށް ބުނެދިނީމެވެ. ކުރިން ފެނިފައިވާކަމަށް ހީކުރެވުނީ އަހަންނަށް އެކަންޏެއް ނޫންތާއެވެ. އެ މީހާގެ ނަމަކީ އައިޝާކަމަށް އޭނާ ބުންޏެވެ. އެހާ އާންމު ނަމެއްކިޔާ މީހަކު ހަނދާންކުރާނީ ކިހިނެތްހެއްޔެވެ؟ އަަހަރެންގެ ބޮޑުދައިތައަކަށްވެސް އައިޝާ ކިޔައެވެ. “ސާރާ… ސާރާ…” އައިޝާ ހަނދާންވޭތޯ އަހަރެންގެ ނަން ތަކުރާރުކުރަންފެށިއެވެ. އެއާއިއެކު ކުއްލިއަކަށް އެއްޗެއް ހަނދާންވިހެން އަހަންނާއި ދިމާއަށް ބަލައިލިއެވެ. އަހަރެން ނިތް އަރުވައިލީމެވެ. އައިޝާ ހިނިތުންވެލިއެވެ. އޭނާއަށް އަހަންނާއި ކުރިން ދިމާވިގޮތް ހަނދާންވިކަހަލައެވެ. ނަމަވެސް އެކަމާއި ބެހޭގޮތުން އެއްވެސް އެއްޗެކޭ ނުބުނެ އޭނާ ވާހަކަ އޮޅުވައިލުމުން އަހަންނަކަށް އިތުރަށް ސުވާލުކުރާކަށް ނުކެރުނެވެ. “ދެން ރަނގަޅުވާނޭ ދިޔަޔަސް. ސާރާ ނިދިވެސް އަންނާނެއެންނު. ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭ.” އައިޝާ ބުންޏެވެ.

“ނޫން ދެން އިރުކޮޅަކުން އައިވީވެސް ހުސްވާނެ. ދައްތަ ދޫކޮށްލީމަވެސް ދެވިދާނެއެންނު. އަދި ދިހައެކޭ ޖެހީ.” އަހަރެން ބޯ ކަހައިލަމުން ބުނީމެވެ. އަދިވެސް އައިޝާއަށް އަހަރެން އިނގެނީ ކިހިނެތްކަން އަހަން ބޭނުންވެފައި ހުރި ނަމަވެސް، ފޮޓޯ ނަގާތަނުން ފެނުނީކަމަށޭވާނީ ހިތަށްއަރުވާލީމެވެ.

ގެއަށް ދިޔަަ މަގުމަތީވެސް، ގެއަށްދިޔަފަހުންވެސް އަހަރެންގެ ސިކުނޑި ހިޞާރުކޮށްފައިވީ ރާއިންއެވެ. ގަވާއިދާއި ހިލާފަށް ދިޔައީ މުޖާހިދުކަމުގައިވީ ނަމަވެސް، ރާއިން މަރުވީ އަަހަރެން ދުއްވި ސައިކަލުން ޖެހިގެންކަން އެއީ ބަދަލުވުމެއްނެތް ހަގީގަތެވެ.

“ބަދަލުވުމެއް ނެތް؟” އަހަންނަށް ކިޔައިލެވުނެވެ. އެއީ ހަމަ ބަދަލުވުމެއް ނެތް ކަމެއްބާއެވެ؟ “އެންމެ ފުރަތަމަ މިކަން ފެށުނީ ކިހިނެތް؟” ކުއްލިއަކަށް އަަހަރެންގެ ސިކުނޑީގައި ލުއިއްކެއްޖެހީ އެ ފޮޓޯގަނޑެވެ. ސޯފާ ކައިރިއަށް ތިރިވިއިރު އެ ފޮޓޯ ކުރިންވެސް އޮތްތާންގައި އޮތެވެ. އެންމެ ފަހުން ދުވަހު އަހަރެން އޭގައި އަތެއް ނުލަމެވެ. ދެ ފަހަރުވެސް ދުވަސް އިޔާދަވީ ފޮޓޯގަނޑު އަތަށް ލައިގެން އޮއްވައެވެ. ފުރަތަމަ ރޭ ހޭނެތިގެން ވެއްޓުނުއިރު އެ ފޮޓޯ އަހަރެންގެ އަތުގައި އޮތެވެ. ދެވަނަ ރޭވެސް ސޯފާގައި އިނދެ ނިދުނުއިރު އިނީ ފޮޓޯ ހިފައިގެންނެވެ. އަަހަރެންގެ ހިތަށް އައީ ފިލްމުތަކުން ދައްކާ ޓައިމް ޓްރެވަލިންގއެވެ. ދުވަސް އިޔާދަވުމުގެ ބަދަލުގައި އަހަންނަށް މާޒީއަށް ދަތުރުކުރެވެނީއެވެ. އެ ފޮޓޯގަނޑުގެ ޒަރިއްޔާއިންނެވެ. ކިތަންމެ ހަމަނުޖެހޭ ވިސްނުމެއް ނަމަވެސް ހަމަޖެހޭގޮތަކަށް ވިސްނައިގެން މިކަންތައްގަނޑު ބަޔާންނުވާނެއެވެ.

އެރޭ ދަތް އުނގުޅައި ތައްޔާރުވެގެން އަަހަރެން ނިދަން އޮށޯތީ ފޮޓޯ ހިފައިގެންނެވެ. ކާމިޔާބީގެ އެއްވެސް ޔަގީންކަމެއް، ހެއްކެއް ނެތިއެވެ.

********************

ސޯނާގެ އަޑަށް ހޭލުވުމުން އަހަރެން ހިތްހަމަޖެހުނީ އަލަށެވެ. ގަޑިން އަށްގަޑި އެކެކެވެ. ދުވަހަކީ އެކެއް ޑިސެންބަރެވެ. ޝަފީއު އުޅެނީ ބުޅާ މަރުވެގެންނެވެ. އާލިޔާ ބިޓާއިއެކު ސައި ބޮނީއެވެ. އިނާޝްއަށް ބާއްޖަވެރި ހެނދުނަކަށް އެދިފައި އަހަރެންގޮސް ސޯފާ ކައިރި ބަލައިލީމެވެ. ފޮޓޯ ކުރިން އޮތް ތަނުގައި އޮތެވެ. އަަހަރެން ރޭވި ރޭވުމާއި އެއްގޮތަށް ފޯނު ނިވައިލީމެވެ. ކޮންމެ ގޮތެއްވިޔަސް މިއަދު ގެއިން ބޭރަށް ނުކުންނާނަން ކަމަށް އަމިއްލަ ނަފްސަށް ވައުދުވީމެވެ.

ރޭގަނޑު އަށެއް ޖެހިއިރެވެ. ދޮރުގެ ބެލް ޖެހި އަޑަށް ގޮސް ދޮރު ހުޅުވައިލީމެވެ. ކުރިމަތީ އަތަށް ޕިއްޒާއެއް ލައިގެން ހުރީ އިތުރު ދެވަނަ މީހެއް ނޫނެވެ. ރާއިންއެވެ. ބީރައްޓެހި ލޮލަކުން އޭނާ ބަލައިލި ބަލައިލުމުން ހީވީ އަހަންނަކީ ޓްރާންސުލެންޓް މީހެއްހެންނެވެ. ލޮލަށް ބެލިނަމަވެސް އަހަރެންގެ އެތެރެއިން މާ ދުރަށް ބަލާ ކަހަލަގޮތަކަށެވެ. އެއްވެސް އިހުސާާސެއްނެތް މަރުވެފައިވާކަހަލަ ދެ ލޮލެވެ.

“އާ… އަމް… ޕިއްޒާ އޯޑަރެއް ނުކުރަން.” އަަހަރެންގެ މޭގަނޑު ނެގި ނެގިފައި ޖެހެންފަށައިފިއެވެ. މީ ކޮންފަދަ މުސީބާތެއްހެއްޔެވެ؟ ރާއިން ޑެލިވަަރީއަށް ގުޅި އެޑްރެސް ކިޔައިލިއެވެ. އެ އަޑުގައިވެސް ކަންނެތްކަމެއް ފިޔަވައި އިތުރު އަސަރެއް ނެތެވެ. އެއީ ޖެހިގެން ހުރި އެޕާޓްމެންޓޭ ބުނެލާފައި އަހަރެން އަވަސްއަވަހަށް އެނާގެ މޫނު ކުރިމައްޗަށް ދޮރު ލެއްޕީމެވެ. އޭރުވެސް ހިތް އޮބިނޯވެއެވެ.

ބެލްކަންޏަށް ނުކުމެލީ ހިތްހަމަޖައްސާލަންށެވެ. ވަރަށް ވައިގަދައެވެ. އެ ވައިރޯޅިތަކުން އަހަރެންގެ ހިތަށް އަރާމުލިބުނެވެ. ފާރުބުރި މަތީ ހުރި މާ ގަހަށް ބަލައިލެވުނެވެ. އެއީ ރަތްކުލަައިގެ މަލެއް އަޅާ ގަަހެކެވެ.

“މީ ކާކު ދިން ގަހެއްތަ؟” އަހަރެންގެ ހިތަށް އެރިއެވެ. “އާނ…” އަަހަރެން ހަނދާންވިއެވެ. އެއީ އަހަރެން ކުޑައިރު ބައްޕައާއި މަންމަ އިންޑިއާއަށް ފުރައިގެން، މާމަ ގޭގައި އުޅުންއިރު، ކުރިމަތީ ހުރި އެޕާރޓްމެންޓްގައި އުޅުން އަންހެންމީހާ ދިން ހަދިޔާއެކެވެ. އަދި އަދަށްވެސް އަހަރެން އަތުގައި އެ ގަސް އިނީތާއެވެ. “ކޮން ނަމެއްތަ އެ މީހާއަށް ކިޔަނީ؟” އަހަރެން ހަނދާންކުރެވޭތޯ އުޅުނީމެވެ. ގަސް ނަގައި ދެފަޅިއާއި އަޑި ބަލައިލީ ނަމެއް ޖަހާފައި އިންތޯއެވެ. “އާމިނަތު؟… އާޝިޔާ؟… އައިޝާ! އާނ އައިޝާ ކިޔަނީ….” އެއާއިއެކު އަހަރެންގެ ލޮލަށް ސިފަވީ ރާއިންގެ މަންމަ އައިޝާއެެވެ. އެއީ އެ މީހާއެވެ. އަހަންނަށް ކުޑައިރު މާގަސް ދިނީ ރާއިންގެ މަންމައެވެ. “އެހެންވިއްޔާ އެ ފިރިހެންކުއްޖާއަކީ… ރާއިން!” އަަވަސްއަވަހަށް ގަސް އިންތާ ބޭންދުމަށްފަހު އަަހަރެން ދުއްވައިގަތީ ރާއިން ބިލްޑިންގއިން ނުކުތުމުގެ ކުރިން އޭނާ ދެކިލުމަށެވެ. ފަސްއެނބުރި ބަލައިލަން މަޖުބޫރުވީ އެއްޗެއް ވެއްޓުނު އަޑަށެވެ. ބޭންދި ތަނަކު މާގަހެއް ނެތެވެ. އެ އިވުނީ ގަސް މަގުމައްޗަށް ވެއްޓުނު އަޑެވެ. ބެލްކަނިން ގުދުވެ ތިރި ބަލައިލީމެވެ. ތިރީގައި ވެއްޓިފައި އޮތީ ރާއިންއެވެ. މާގަސް ވެއްޓުނީ ސީދާ އޭނާގެ ބޯ މައްޗަށެވެ. ރާއިންގެ ބޮލުން ފޭބި ލޭތަށް ރަނގަޅަށް ފެނުމުގެ ކުރިން އަހަރެން އެތެރެއަށް ވަނީމެވެ. އެނދުމައްޗަށް އަަރައިި މަޑުމަޑުން ގައިގައި ރަޖާ އޮޅައިލިއިރު އަހަރެންގެ ގައިގައި ތުުރުތުރެއްވިއެވެ. ލޮލުން ކަރުނަތައް ނީރާލީ އިހުތިޔާރަކާއިނުލައެވެ. އެ ރަޖާތެރޭގައި އަަމިއްލަ ނަފްސު ވަޅުލާން ބޭނުންވިއެވެ. ދެން އަލުން އެ މަންޒަރު ދެކެން ބޭނުންނުވާތީއެވެ. ނިދި ނައިސްގެން އެރޭ އޮތްއިރު އަހަރެންގެ ސިކުނޑީގައި އާވެގެންދިޔައީ ކުޑައިރުގެ ހިތި ހަނދާންތަކެކެވެ.

މަންމަ ފުއްޕާމެއަށް ޖެހުނު ބައްޔަކަށް ފަރުވާކުރުމަށް ބައްޕައާއިއެކު އިންޑިޔާއަށް ދިޔައީ އަހަންނާއި އަހަންނަށްވުރެ އެއް އަހަރު ދޮށީ ދޮންބެ، ބައްޕަ ފަރާތު މާމަގެ ގެއަށް ލާފައެވެ. މާމަ ގޭގައި އުޅުނީ މާމައާއި އަހަރުމެންގެ ބޮޑުބޭބެއެކެވެ. އެންމެ ފުރަތަމަ ބޮޑުބޭބެ ފެނުނީންސުރެވެސް އަހަރެންގެ ހިތުގައި އެ މީހާއާއި ދޭތެރޭގައި ވީ ބިރުވެރިކަމެކެވެ. އަނބިމީހާ ވަރިވެގެން ދިޔަފަހުން އޭނާ ހުންނަނީ ގިނަ ފަހަރު ހަމަ ހެޔަކު ނޫނެވެ. އެ ގެއަށް އަހަރެން ވަތް ފުރަތަމަ ދުވަހުންސުރެ ބޮޑުބޭބެގެ ނަޒަރު އަހަންނަށް އަމާޒުވާގޮތް ކަމަކުނުދެއެވެ. ކަރުހިއްކައިގަނެ ދަހިވެތިވެފައި ހުންނަކަހަލަ އެ ނުރައްކާތެރި ދެލޮލުން އަހަންނަށް ބަލާ ހަނދާން ދުވަހަކުވެސް ނުފިލާނެއެވެ. ނަމަވެސް މާމަ ކުރިމަތީ އެވަރު ހެޔޮ މީހެއް ނުހުންނާނެއެވެ. އަހަންނަށާއި ދޮންބެއަށް އެހާ ހެޔޮކޮށް ހިތާނެއެވެ. ދޮންބެއަށް ހަމަ ހަކުރުދެންޏާ ބޮޑުބޭބެއެވެ. ހަގީގީ ކުލަވަރު ރަނގަޅަށް ދައްކައިލީ އަހަންނަށް އެކަންޏެވެ. ރަހުމެއްނެތް މިނިކާވަގެއްފަދައިން އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތެވެ.

ބިރެއްގެ ތެރޭގައި އުޅުނު އަހަންނާއި ދިމާވީ ކުރިމަތީ ހުންނަ އެޕާޓްމެންޓްގައި އުޅުނު އައިޝާއެވެ. އަހަންނާއި އެއް އުމުރުގެ ދަރިއަކު ގޮވައިގެން އުޅޭ އެކަނިވެރި މައެކެވެ. ވަރަށް ހެޔޮ މީހެކެވެ. އަހަރެން ވަރަށް ގިނައިން އެ ގެއަށް އައިޝާއާއިއެކު ކުޅެން ގޮސް އުޅުނީމެވެ. މީރު ކާއެއްޗެހިވެސް ލިބެއެވެ. ނަމަވެސް އެމީހާގެ ދަރިފުޅަކީ ވަރަށް ބީރައްޓެހި ކުއްޖެކެވެ. އެ ގެއަށްގޮސް އުޅުނުއިރު އެންމެ ފަހަރަކުވެސް އަނގައިން ބުނެލި އަޑެއް ނާހަމެވެ. ސައުއްވީސް ގަޑިއިރު އިންނާނީ ކޮޓަރި ތެރޭގައި ގޭމު ކުޅެންށެވެ. އެގޮތުގައި އައިޝާއާއިއެކު އުޅުނު ދުވަސްތަކަށް ނިމުމެއް އައީ އައިޝާ އެ ގެއިން ނުކުންނަން ޖެހުމުންނެވެ. އެޕާޓްމެންޓް ވެރިމީހާ ތަން ހުސްކުރަން އެންގީއެވެ. ދަމުން އައިޝާ އަހަންނަށް އޭނާ އިންދި މާގަސް ހަދިޔާއަކަށް ދިނެެވެ.

ބޮޑުބޭބެގެ އަނިޔާވެރިކަން އޭރުވެސް ދިޔައީ ކުރިއަށެވެ. “އާދޭ ކުޅެން.” އޭނާ ގޮވައިލާނެއެވެ. އެ އަޑުން އެކަނިވެސް އަހަރެންގެ ހަށިގަނޑު ތުރުލާންފަށައެވެ. ގައިން ވަރުދޫވެ އެ ޖަނަވާރުގެ ވަކިދަށުވީ ކިތައްފަހަރުކަމެއް ހަނދާނެއްނެތެވެ. އެންމެ ފަހުފަހަރަކަށްވީ އަހަރެންގެ ސިކުނޑި އަމިއްލަ ކޮންޓްރޯލުން ނެއްޓި ފަހަރެވެ. ފުރުޓު ވަށިގަނޑުގައި އިން ވަޅި ނަގައި، އޭނާގެ ބުރަކައްޓަށް ހަރައިލެވުމުން ލިބުނު ހިތްހަމަޖެހުން އަދިވެސް ހިތަކުން ނުފިލައެވެ. ބިންމައްޗަށް ވެއްޓުނު އެ މީހާގެ ބަނޑަށް ވަޅި ޖަހަޖަހައިފައި ނެގީ ކެކުޅުންތައް އިވި އުފާވިވަރުންނެވެ.

“ބޭބޭ؟… ބޭބޭ؟…” އަަހަރެން ބޮޑުބޭބެގެ ފުރާނަނެތް މަސްގަނޑު ތަޅުވައިލަމުން ގޮވައިލީމެވެ. ގުޑައިވެސް ނުލިއެވެ. މަރުވީކަން އިނގުމުންވެސް އަހަރެންގެ ލޮލަކުން ކަރުނައެއް ނައެވެ. މަޑުމަޑުން ތެދުވެގެންގޮސް އަތުގައި އޮތް ވަޅި ސާފުކުރުމަށްފަހު އިން ތަނުގައި ބޭންދީމެވެ. ގޭގައި އެވަގުތު މާމަވެސް ނޫޅެއެވެ. ފާހަނާއަށް ވަދެ ލެއިން ތަތްތެޅިފައިވާ އަހަރެންގެ އަންނައުނު ދޮވުނީވެސް އަމިއްލައަށެވެ. ފެން ވަރައިގެން ނުކުމެ ބަތްކެވުން ހަނދާންވެސް ވެއެވެ. އެއަށްފަހު ގޮސް ރީތިކޮށް އޮށޯވެ ނިދީއެވެ.

ދަންވަރު ނިދިން ހޭލެވިއްޖެއެވެ. މާމަ އޮތީ ނިދާފައެވެ. މާމައަށް ހޭލެވިދާނެތީ ކޮޓަރިން ނުކުތީ ވަރަށް މަޑުމަޑުން ސިއްރުންނެވެ. ބޮޑުބޭބެގެ ކޮޓަރިއަށްގޮސް ދޮރުހުޅުވައިލީމެވެ. އަނދިރިކަމުން އެއްވެސް އެއްޗެއް ނުފެނެއެވެ. ހޮޅިބުރި ދިއްލައިލެވުން އެއީ އަހަންނަށް ކުރެވުނު ދެވަނަ ކުށެވެ. ފުރަތަމަ ފެނުނީ ބިންމަތީ ދެމިފައި އޮތް ލޭ ކޯރެވެ. ބޮޑުބޭބެގެ ހަށިގަނޑު އަލީގައި ފެނުނީ ދެނެވެ. ހޯސްލާފައި ކަރުނަތައް ފައިބައިގަތީ އެއެއްމިއެއް ބަލާފައެއް ނޫނެވެ. ބިރުން ހަޅޭއްލަވައިގަންނަން ބޭނުންވިނަމަވެސް ކަރުން ބޭރަށް އަޑެއް ނުނިކުތެވެ. ދެވޭ ނުދެވޭ ދިމާއެއް ނުބަލައި ދުއްވައިގަތީ އެ މަންޒަރާއި ވީހާވެސް ދުރަކަށް ދެވޭތޯއެވެ. ސިޑިން އަރަމުންގޮސް އަހަންނަށް ނުކުމެވުނީ ޓެރަސްމައްޗަށެވެ. ވެހެމުންދިޔަ ބޯ ވާރޭއާއި އެކުވެ އަހަރެންގެ ކޯތާފަތްމަތީ ހުރި ކަރުނަތައް ފޮހެވިއްޖެއެވެ. ޓެރަސް ވަށައިގެން ޖަހާފައި ހުރި ދަނގަނޑުތައް ކުރިމަތީ ހުއްޓި އިރުކޮޅަކު ހުރުމަށްފަހު އަނެއްފަޅިއަށް ފޭބިއިރު އިހުސާސުވި އިހުސާސެއް ހަނދާނެއްނެތެވެ. ނަމަވެސް އެ ހަނި ފާރުކޮޅު މަތީ ހުރެ ތިރިއަށް ބެލިއިރު ބިރުގަތެވެ. އެ ބިރާއިއެކުވެސް ކުރިއަށް، ވައިގެ ތެރެއަށް ފައި އަޅައިލީމެވެ.

*********************

ނިދާ ހޭލެވުމުންވެސް އަހަރެން އޮތީ ތެދުވަން ބޭނުންނުވެފައެވެ. ފޮޓޯގަނޑު ނުލައި ނިދުމުން މިފަހަރު ހޭލެވުނީ ޖެނުއަރީ އެކެކަށްކަން އިނގެއެވެ. ފޯނަށް ދެތިން މިނެޓު ކުރިން އައި މެސެޖަކީ އިނާޝްގެ ހެޕީ އެނިވާރސަރީކަންވެސް އިނގެއެވެ. ރާއިންއާއި ދޭތެރޭ ކަންތައްކުރަންވީ ގޮތަކާއިމެދު ވިސްނާ ވިސްނާ ބޯ ގޮވައިފިއެވެ. މި ހިޔާލުތަކުން ސިކުނޑިއަށް އަރާމެއް ލިބޭތޯ އަނެއްކާވެސް ނިދާލަން ލޯ މަރައިލި ވަގުތު ކަބަޑު ތެރެއިން ބާރު އަޑެއް އިވިއްޖެއެވެ. ބޯ ހިއްލައިލާފައި ބަލައިލިއިރު ކަބަޑު ހުރީ ލައްޕާފައި ހުރި ގޮތަށެވެ. އެނދުން ތެދުވެގެންގޮސް ކަބަޑު ދޮރުފަތުގައި އަތް ޖައްސައިލިތަނާ އަނެއްކާވެސް އެތެރެއިން އަޑެއް އިވުނެވެ. ސިހިފައި ފަހަތަށް ޖެހިލެވުނު ނަމަވެސް ތެޅި ތެޅި އޮތް ހިތަކާއިއެކީ އަނެއްކާވެސް ކަބަޑު ދޮރުފަތުގައި ހިފައިލީމެވެ. އިންޗިއެއްހާ ތަނަށް ކަބަޑު ހުޅުވައިލީ އަހަންނެވެ. ދެން ހުޅުވުނީ އަހަރެންގެ ބާރަކާާއި ނުލާ އެތެރެއިންނެވެ. ބިރުންގޮސް އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ.

“އާއާއާއާއާއާ!!!!…..” އެތެރެއިންވެސް އަހަންނާއި އެއްވަރަށް ހަޅޭއްލަވައިގަތެވެ. ކަބަޑުތެރޭ އިން މީހާއާއި އަހަރެންނާއި ހަތަރުކަޅި ހަމަވިއެވެ. ދެ މީހުންގެ ހަޅޭއް ހުއްޓުނުއިރު އަހަރެންގެ ދެލޮލުގެ ގޮބޮޅިގަނޑު ނުނިކުތީ ކިރިޔާއެވެ. ކަބަޑުތެރޭ އިނީ އަހަންނާއި އެއްވެސް ތަފާތެއްނެތް އަންހެނެކެވެ. ހަމަ އެއް މޫނެކެވެ. އެއް ހަށިގަނޑެކެވެ. ލައިގެން ހުރި އަންނައުނު ތަފާާތު ނޫންނަމަ ހީވާނީ ލޯގަނޑަކުން އަމިއްލަ ސޫރަ ބެލޭހެންނެވެ. އެމީހާ ހިނިތުންވެލިއެވެ.

(ނުނިމޭ)

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ލޯބިވެވުނީ އެވެ. – 11

Next

މީ ހަޤީގަތެއް ނަމަ ހާދަ ދެރައޭ!

Next
December 7, 2018

މީ ހަޤީގަތެއް ނަމަ ހާދަ ދެރައޭ!

Previews
December 7, 2018

ލޯބިވެވުނީ އެވެ. – 11

29 Comments!

  1. Sara says:
    December 7, 2018 at 12:14 pm

    Nice story. Love you. Whn next part

    1. Jinni says:
      December 7, 2018 at 12:52 pm

      thnx love u more nxt prt sunday ga

  2. Leeenkoo says:
    December 7, 2018 at 12:17 pm

    Reeeethi

    1. Jinni says:
      December 7, 2018 at 12:53 pm

      thaaaanx?

  3. Anonymous says:
    December 7, 2018 at 12:18 pm

    mi vaahakai gai mi ulheny LGBT eh tha????

    1. Jinni says:
      December 7, 2018 at 12:57 pm

      no why did u think so? maybe because of inaash? girl name akaa vathareetha? inaash akee boy eh ingey

    2. Anonymous says:
      December 7, 2018 at 1:02 pm

      yeah i thought inaash was a girl.. my bad

    3. Jinni says:
      December 7, 2018 at 1:03 pm

      ok

  4. Tara says:
    December 7, 2018 at 12:20 pm

    vaanuvaa eh neyngey mi vaahakaige.. ngey kujje buneladheyba

    1. Jinni says:
      December 7, 2018 at 1:00 pm

      paragraph 3 ga ya 17 ga explain kohdheefa innane basically sara is time travelling because of the picture. n kabaduga in meehaaya beheygothunves ithurah ingeyne nxt pxt ga

  5. raiii says:
    December 7, 2018 at 12:22 pm

    wat??? LGBT eh tha mi vaahakaiga ulheny??

    1. Jinni says:
      December 7, 2018 at 1:03 pm

      no sara is straight. keevve ba ehen hithah eree raiii? if u thought inaash is a girl, no he is a boy hope this cleared the misunderstanding

  6. Aroo says:
    December 7, 2018 at 1:01 pm

    Hama ehgothakah ves vaanuvaaeh neynge

    1. Jinni says:
      December 7, 2018 at 1:05 pm

      sorry if my explanation was bad if ur talking about the person in the cupboard, u will see more about it on the next part

  7. Anonymous says:
    December 7, 2018 at 1:03 pm

    jinni r u a girl or a boy????

    1. Jinni says:
      December 7, 2018 at 1:06 pm

      im a girl. y do u ask?

    2. Anonymous says:
      December 7, 2018 at 1:07 pm

      nthn much.. hama ahaaly.. jinni ey othyma hama curious v

    3. Jinni says:
      December 7, 2018 at 1:09 pm

      kay thnx 4 reading the story

  8. hamko says:
    December 7, 2018 at 1:06 pm

    V reethi…Ekm kudhi kudhi mistakes ebuhuri e kan kan rangalhu knlumun hama v furihama vaane…

    1. Jinni says:
      December 7, 2018 at 1:08 pm

      thnx hamko.i’ll be more careful in the next parts ?

  9. kitty says:
    December 7, 2018 at 1:08 pm

    wow.. nyc story.. vaahaka nimendhen kiyaalan libeyne kamah unmmeedhu kuran

    1. Jinni says:
      December 7, 2018 at 1:11 pm

      thank u kitty iraadhakureviyya nimendhen genesdhaynan ingey

  10. R@! says:
    December 7, 2018 at 1:49 pm

    Wow…varah reethi..

    1. Jinni says:
      December 7, 2018 at 2:19 pm

      thank u

  11. hamtii says:
    December 7, 2018 at 11:22 pm

    Waaah..v v v habeys nge bro..waiting waiting

    1. Jinni says:
      December 7, 2018 at 11:34 pm

      thnx bro

  12. Shithoth says:
    December 9, 2018 at 8:15 pm

    Woooow! I am satisfied…i am not a fast Dhivehi reader but i am very interested in this story….i am one of your big fans…now i am going to read part 3 and i hope i will be as satisfied! Keep up the gud work jinni!??♥♥♥

    1. Jinni says:
      December 10, 2018 at 12:09 am

      thnx shithoth

  13. Sis says:
    December 11, 2018 at 10:09 am

    Oh now I get it.. That second person aki aslu Dec 31 ga hunnan jehey meeha dhw? ??

Comments are closed.

Next Episodeޑިސެންބަރު ތިރީސް އެކެއް 3←


All Right Reserved!