Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (18ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
December 2, 2018 6 Mins Read
17 Comments

މާހިލްގެ ބަސްތައް ހަސަނުގެ ސިކުނޑިތެރޭގައި ބިންވަޅު ނެގުނެވެ. އެހެން ނަމަވެސް މާހިލް އެ މައުޟޫއަށް ވާހަކަ ދައްކަން ޝަޢުގުނުވާހެން ހީވުމުން އަދި ހަސަނައްވެސް ދީނާ ބެހޭގޮތުން ވާހަކަ ދައްކަން ނޭނގޭތީ މަޢުޟޫ ބަދަލުކޮށްލީ މާހިލްގެ މޫޑު ރަނގަޅު ކޮށްލުމަށްޓަކައި ވެސް މެއެވެ. މާހިލް މެން ކޮފީ ބޮއި ނިމުމުން އެތަނުން ދާން ނިކުންނަން ހިނގައިގަތީ ހަަނު ކައުންޓަރައްގޮސް ބިލް ދައްކަން ނިންމައިގެންނެވެ. ނަމަވެސް އެހިސާބައް އަރާ ހަމަވުމުން މާހިލް މަޑުނުކޮށް ދިޔައީ އަވަހަށް ގެއަށްދާން ވެގެންނެވެ. މާހިލް ނުކުމެގެން ދިޔުމުން ހަސަނު އެމީހުންނާއި ޖެހިގެން އިން މޭޒުގައި އެމީހުންގެ ވާހަކަތައް ޝަޢުޤުވެރިކަމާއިއެކު އަޑުއަހަން އިން މީހަކަށް އަތުން ހަނާއަޅާލީ ޓާޓާ ކިޔާ އުސޫލުންނެވެ. އެމީހާ ބޯ ޖަހާލީ ދިޔަސް އެންމެ ރަނގަޅު ކަމަށް ބުނެއެވެ. އެދެމީހުންގެ ބިލްވެސް ގެންދެވުނީ އެމީހާގެ މޭޒު ދޮށަށެވެ. މާހިލް އަށް އެއިން އެއްވެސް ކަމެއް ރޭކާ ނުލައެވެ.

މާހިލް މަޣްރިބް ނަމާދުން ފައިބައިގެން މިސްކިތުގެ އެންމެ ފަހަތު ސަފުގައި އިށީނީ ޤުރުއާން ފޮތް ހިފައިގަން ޔާސީން ސޫރަތާއި މުލްކު ސޫރަތް ކިޔަވާލުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނާ އިށީނދެ ހަމަޖެހިލިތަނުން ކުރިމަތިން އިސްދަށައް ޖަހައިގެން މިސްކިތުން ބޭރަށް ނިކުންނަން އައި ނާސިރު ފެނުނެވެ. ހަމަ އެ ސިކުންތުގައި މާހިލްއަށް އިންތަނުން ކުއްލިއަކަށް ތެދުވެވުނީ ނާސިރުގެ ފަރާތުން އޭނާ އެ އިންތިޒާރުކުރާ ޖަވާބު ލިބޭތޯއެވެ. ބޭރަށް ނިކުންނަން ދިޔަ ނާސިރައް ކުރިމަތީގައި މީހަކު ހުއްޓި ހުރިހެން ހީވާތީ އިސް އުފުލާ ބަލައިލި އިރު މާހިލް ފެނުމުން އެހިތުގެ ތެޅުން އަވަސްވިއެވެ. މާހިލް އަށް ދޭންވާ ޖަވާބު އަދި އޭނާއަކަށް ނުނިންމެއެވެ.

މާހިލް ނާސިރައް ބަލަހައްޓައިގެން ހުރިގޮތުންވެސް ނާސިރައް އެއްޗެކޭ ނުބުނެ ނުދެވޭނޭކަމަށް އޭނާގެ ހިތް ގޮވާލިއެވެ. އަދި ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެދެމީހުންގެ ގެ އެއް ހިސާބު ގަނޑެއްގައި ހުންނާތީ ހިތާހިތުން ޝަކުވާ ކޮށްލެވުނެވެ. އޭގެ ސަބަބުން ދެ މީހުންނަށްވެސް ނަމާދައް މި އެރެނީ އެއް މިސްކިތަކަށް ވިއްޔާއެވެ.

” އެ… އެކަމާއި…. ބެހޭގޮތުން ފިކުރު ކުރައްވާ ގޮތެއް ނިންމައިފިންތޯ؟” މާހިލް ނުލާހިކު ޖެހިލުންވެ ހުރެ ކޮށެމުން ކަހަލަ ގޮތަކަށް ސުވާލު ކުރިއެވެ. އޭނާގެ ހިތްވެސް ނެގިނެގިފާ ޖެހެނީ މަޑަކުން ވެސް ނޫން ވިއްޔާއެވެ. މުޅި މީހާ ފިނިވެ ދާހިއްލަން ފެށިގޮތުން ހީވަނީ ބޮޑު އިމްތިޙާނެއްގެ ނަތީއްޖާ ލިބެން އުޅޭ ހެންނެވެ. ހީވަނީ އޭނާގެ ސުވާލައް ޖަވާބެއް ލިބުމުގެ ކުރިން އޭނާގެ ނޭވާވެސް އެ ހަށިގަނޑުން ބޭރައް ނުކުންނަން ބޭނުން ނުވަނީހެންނެވެ.

މާހިލްގެ ހާލުފެނި ނާސިރުގާތައް ލާނެއް ހިންޏެއް އައެވެ. އަދި ސަމާސާ ކޮށްލަން ހިތައް އެރި ވަގުތު އަނެއްކާވެސް މާހިލްގެ ހަޤީޤީ ސިފަ ބަލާލަން މޮޅު ރޭވުމެއް އެ ހިތުގައި ރޭވިގެން ދިޔައެވެ. “އާން… އަހަރެން ގޮތެއް ނިންމައިފިން. އެކަމަކު ހިއެއްނުވޭ އެގޮތް މާހިލް އަށް މާ ކަމުދާނެ ހެނެއް.” ނާސިރު ޖަވާބުން މާހިލް ނާއުންމީދުވީ އެ ބުނީ ނޫނެކޭ ކަމަށް ހިތައް އެރުމުންނެވެ. އަދި އޭނާ ހިފަހައްޓައިގެން ހުރި ނޭވާ ފަޒާގެ ތެރެއަށް ދޫކޮސްލެވުނީ ހިތައް ވެރިވެގެންދިޔަ މާޔޫސް ކަމުގެ ވިންދަކުންނެވެ. “އަހަރެންގެ ޖަވާބަކީ އާނއެކޭ… އަހަރެންގެ ދަރިފުޅު ހިބާއާ މާހިލް ގުޅުމަށް އަހަރެން ރުހެން.” ނާސިރު މާހިލްގެ ސީދާ ދެލޮލައް ބަލަހައްޓައިގެން ހުރި އިރު، އެ ޖަވާބުން މާހިލްގެ ހިތް އުފަލުން ނަށާލިއެވެ. އަދި އޭގެ އަސަރު އެ މޫނުމަތިން ފެނިގެން ދިޔައެވެ. އޭނާގެ ތުންފަތައް އުފާވެރިކަމުގެ ހިނިތުންވުމެއް ފާޅުވި ހިނދު ހިތައް ފިނިވެގެން ދިޔައެވެ. “އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް” ނާސިރު މިފަހަރު އެ ބުނި އެއްޗަކުން މާހިލްގެ ހިތުގައި އެއީ ކޮން ޝަރުތެއްތޯ ސުވާލު ކުރެވުނު ހިނދުގައި އޭނާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

“އަހަރެންގެ ދަރިފުޅާ ކައިވެނި ކުރަން ބޭނުމިއްޔާ މާހިލް ޖެހޭނީ މާހިލްގެ ތި ސޫރަ އެކީ ބަދަލު ކޮށްލަން. އަހަންނަކަށް އެއްގޮތަކަށްވެސް ކަމަކު ނުދޭ ތިޔަ ހެން ހުރެގެނެއް. ތި ތުނބުޅި ޖެހޭނީ ބާލަން. ނުވަތަ ތުނިކޮށް ކޮށާލަން. އަދި ލާންޖެހޭނީ މިހާރުގެ އެންމެ ފެޝަން އެއްޗެހި. ތަންކޮޅެއް ޑީސެންޓް ވަށްތަރު ޖަހާ ޅީދަރިއެއް އަހަރެން ބޭނުންވަނީ… ” ނާސިރުގެ ޝަރުތު އަޑުއިވުމުން މާހިލް އަށް ހީވީ މީހަކު އޭނާގެ މޫނުމަތީ ޖެހި ހެނެވެ. އޭނާއަށް ނާސިރު އެ ދެއްކި ވާހަކަތައް ޤަބޫލު ނުކުރެވިފައިހުރީ އެއީ ހުވަފެނަކަށް ވާނެނަމައޭ ހިތާއެވެ.

“އެ ކީއްވެގެން ހެއްޔެވެ؟ އަހަރެން ލާ ހެދުމަކާއި، އަހަރެންގެ ތުނބުޅި ކޮށުމުން ހިބާ އަށް ލިބޭނީ ކޮން މޮޅެއް ހެއްޔެވެ؟ އަހަރެންގެ ލޯތްބާއި އަޅާލުންވަނީ މި ތުނބުޅިއާއި ހެދުމުގައި ހެއްޔެވެ؟ ނުވަތަ ފިރިއެއްގެ ޒިންމާ އަދާކުރެވެނީ މީހާ ލާ ހެދުމާއި ތުނބުޅިން ހެއްޔެވެ؟” މާހިލްގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުތަކުން އޭނާގެ ހިތުގައި ނާސިރުގެ ޝަރުތުތަކުގެ ސަބަބުން ނާސިރުގެ މައްޗައް ހިތް ގޯސްވަމުން ދިޔައެވެ. ނާސިރުގެ އެ ޝަރުތުން އޭނާއަށް ނާސިރު ސިފަވެގެން ދިޔައީ ބޮޑާ، އަދި އަމިއްލަ އެދުން އިސްކުރާ މީހެއްގެ ގޮތުގައެވެ. ނަމަވެސް އޭނާގެ އިހްސާސްތައް ކޮންޓްރޯލް ކުރެވޭތޯ ހިތްދިރުވާލާފައި ނާސިރައް ބަލާލީ އޭނާ ދޭނި ޖަވާބެއް ވިސްނާލަމުންނެވެ. އެހިނދު އޭނާގެ ހިތް ބުންޏެވެ. “ވިސްނަންވީ ކޮންކަމަކާއި ހެއްޔެވެ؟ އޭނާ ތުނބުޅި ބަހައްޓަނީ މީހެއްގެ ރުހުން ހޯދާކަށް ނޫން ވިއްޔާއެވެ. އެއީ ރަސޫލާގެ ސުންނަތަކަށްވާތީ އެ ސުންނަތައް ތަބާވެ ﷲ ގެ ލޯބި ހޯދުމުގެ ބޭނުމުގައެވެ. ވީމާ ކައިވެންޏަކަށްޓަކައޭ ކިޔާފައިވެސް އެ ތުނބުޅި ބާލައި ފައިކުރި ދިގު އެއްޗެއް ލައިގެން އޭނާގެ ހިތައް ހަމަޖެހުމެއް ނުލިބޭނެކަން ޔަޤީނެވެ. ﷲ ނުރުއްސަވާކަމެއް ކުރެވޭކަން އަބަދު ހިތުގައިވާ ހިނދު ލިބޭނީ ކޮން ހަމަ ޖެހުމެއް ހެއްޔެވެ؟ އަދި ބަފައިބެގެ ހިތް ރުއްސަން ތިމާ އެހެންމީހެއްގެ ސިފަ ޖެހިގެން ކުރާ ކައިވެންޏަކުން، ފެށޭ ގުޅުމެއްވެސް ރަނގަޅު ވާނެކޭ އޭނާ ހިތެއް ނުބުނެއެވެ.”

އެހެން ނަމަވެސް ހަމަ އެ ސިކުންތުގައި އޭނާގެ ނަފްސު އޭނާއަށް ހިބާގެ މަތިން ހަނދާން ކޮށްދިނެވެ. މިއަދު ނާސިރުގެ ޝަރުތައް ނޫނެކޭ ބުނެފިއްޔާ ހިބާއާއި ކައިވެނި ނުކުރެވޭނޭކަން އެ ނަފްސު ހަނދާން ކޮށްދިނެވެ. އަދި ދެން އަނެއްކާވެސް އޭނާއަށް ކަމުދާ ރަނގަޅު ދީންވެރި ކުއްޖަކު ދުވަހަކުވެސް ނުލިބޭނޭ އެ ނަފްސު ބުނާ ފަދައެވެ. އަދި މިއަދު ތުބުޅި ބާލާ މީހާ ވަގުތީ ގޮތުން ބަދަލު ކޮށްލިޔަސް ކައިވެންޏައްފަހު ނާސިރަކައް އޭނާގެ އެކަންކަމަށް އެއްވެސް ބާރެއް ނުފޯރުވޭނޭކަމަށް އޭނާގެ ނަފްސު އޭނާއަށް ނަސޭހަތް ތެރިވިއެވެ.

މާހިލް ޖަވާބެއް ދޭން ނޭނގި ޚިޔާލުތަކަށް ގެއްލިފައިވީތަން ފެނި ނާސިރު އެންމެ ރަނގަޅޭ ވިސްނާލާފަ ޖަވާބެއް ދޭށޭ ބުނެ އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ހަމަ އެވަގުތުގައި މާހިލް ވާހަކަ ދައްކަން ފެށުމުން ނާސިރު ހުއްޓި މާހިލް އަށް ބަލާލިއެވެ. “އަހަރެން ތިއިން އެއްވެސް ޝަރުތަކާ ޤަބޫލެއް ނޫން. އަޅުގަނޑަކަށް ތިއިން އެއްވެސް ކަމެއް ނުކުރެވޭނެ. އަޅުގަނޑަކަށް ނުވިސްނޭ އަޅުގަނޑުގެ ތުނބުޅިއާއި އަންނައުނާއި މި ކައިވެންޏާއި ގުޅުން ހުރީ ކިހިނެއް ކަމެއް. ކައިވެންޏަކީ ދެ މީހަކު އެކަކު އަނެކެއްގެ ކިބައިން ހިތްހަމަ ޖެހުން ހޯދުމަށް ކުރާ ކަމެއް. ދިރިއުޅުން އެކަކު އަނެކަކާއި ހިއްސާ ކުރުމަށް ކުރާ ކަމެއް. އަދި ﷲ މުސްލިމުންނަށް ކުރަން އަންގަވާފައިވާކަމެއް ވެސް މެ. އަޅުގަނޑުގެ ތުނބުޅި ބޭލުމަކުން އަދި ލާ އަންނައުނު ބަދަލު ކުރުމަކުން ހިބާގެ ދިރިއުޅުމަށް ދެވޭނެ ބާއްޖަވެރިކަމެއް އަޅުގަނޑަކަށް ނޭނގޭ…  އޭނާގެ ދިރިއުޅުން އަޅުގަނޑައް ބާއްޖަވެރި ކުރެވޭނީ އަޅުގަނޑުގެ އަޚްލާޤުން. ތުނބުޅި ބެހެއްޓުމާއި، ލާ އަންނައުނުން އަޢުރަ ފޮރުވުމަކީވެސް އެ އަޚްލާޤުގެ ބައެއް. މި އަޚްލާޤް ހިބާ އަދި ހިބާގެ ބައްޕައަށްވެސް ކަމު ނުދަނީ ނަމަ އަޅުގަނޑު ކުރާނެ ކަމެއް ނެތް. އެއީ ތިބޭފުޅުންގެ މައްސަލައެއް. އެ ޝަރުތައް ބޯލަނބައިގެން މި ކައިވެނި ކުރާކަށް އަޅުގަނޑުވެސް ޤަބޫލެއް ނޫން.”  މާހިލް އެހެން ބުނީ ނުލާހިކު ޔަޤީން ކަމާއި އެކުގައެވެ. އޭނަގެ އެ ޖަވާބާއިމެދު ހިތުގައި އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަން ހާމަވާ ފަދައިންނެވެ. އަދި އެހެންބުނެ މާހިލް އެނބުރިގޮސް އޭނަ ކުރިން އިށީންތާ އިށީނީ ނާސިރުގެ އިތުރު ޖަވާބަކަށްވެސް ބެލުމެއް ނެތިއެވެ.

މާހިލްގެ ޖަވާބުން ޙައިރާންވެފައިހުރި ނާސިރަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. މާހިލް ގޮސް ފާރުކައިރީ އިށީންތަން ބަލަން ހުރެވުނީ އަޖާއިބުވެފައެވެ. އަދި އެއަށްފަހު ގެއަށްދާން ހިނގައިގަތީ ކާމިޔާބުގެ ހިނިތުންވުމަކާއި އެކީގައެވެ.

ނާސިރުގެ ޝަރުތުން މާހިލްގެ ހިތުގައި ނާސިރާމެދު ހިތްހަމަ ނުޖެހުން އުފެދެމުން ދިޔައެވެ. “ކޮންމެވެސް އެހެންކަމަކާއި ހެދި ކައިވެންޏައް ނޫނެކޭ ބުނި ނަމަވެސް އެ ޝަރުތައްވުރެ އޭނާ ހިތްހަމަ ޖެހުނީސްކަން ކަށަވަރެވެ. ދެން އެއީ މީހުން ޝަރުތުކުރާ ކަހަލަ ކަންތައްތައް ހެއްޔެވެ؟” މާހިލްގެ ހިތުގައި އެތައް ޝަކުވާއެއް ވުމުން ކިޔަވަމުންދިޔަ ޤުރުއާނުގެ އާޔަތްތަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ފުން ނޭވައެއް ދޫކޮށްލާފައި އެ ޚިޔާލުތަކުން މިންޖުވޭތޯ އޭނާގެ އަމިއްލަ ހިތައް ބާރުފޯރުވުމަށް މަސައްކަތް ކުރިއެވެ. އަދި ނާސިރާއި ހިބާއާއި މެދު ނުބައިގޮތަކަށް ނުވިސްނުމަށް ހިތައް ހަނދާން ކޮށްދެމުން ދިޔައެވެ. ނާސިރުގެ ޖަވާބަކީ ކޮންމެ ޖަވާބަކަށް ވިޔަސް އޭނާގެ ހިތް އެމީހުންނަށް ސާފުވާނޭކަމަށްވެސް ބުނީ ހަމަ މާހިލްގެ ދުލުންކަން އެ ނަފްސައް ހަނދާން ކޮށްދީ ހިތުގައި އުފެދެމުން ދިޔަ ހައިޖާނުގަނޑު ބޭރުކޮށްލިއެވެ. އަދި ޙަތިމު ލައްޕާލަފައި އެ ބާއްވަންވާތާގައި ބާއްވާފައި އައިސް އޭނާގެ ފޯނުން ޤުރުއާން ތަރުޖަމާ ހުޅުވާލީ މާނަޔާއެކީ ކިޔެވުމުން އެއަށް ވިސްނަން ފަސޭހަވެ ކިޔޭ އެއްޗެއްސައް ސަމާލުކަން ދެވޭނެތީއެވެ.

48 ވަނަ ސޫރަތުގެ އަށާރަވަނަ އާޔަތުގެ މާނަ އޭނާ ކިޔާލިއެވެ. “ހަމަކަށަވަރުން ގަސްދޮށުގައި ކަލޭގެފާނަށް ބައިޔަތު ހިފާހިނދު، އެ މުޢުމިނުތަކުންނާއިމެދު ﷲ ރުހި ވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗައް ހިތްހަމަ ޖެހުން ބާވައްލައްވާ އަދި ޖަޒާއެއްގެ ގޮތުން ގާތްވެގެންވާ ފަތަޙައެއް އެއުރެންނަށް ދެއްވިއެވެ.”

އެ މާނައިން އޭނާގެ ހިތައް ހަމަޖެހުން ލިބިގެން ދިޔައެވެ. ﷲ މޮޅައް އޭނާގެ ހިތުގައި ހިނގަމުންދާ ޝުޢޫރުތައް ދެނެވޮޑިގެންވާކަން އެ އާޔަތުން ހަނދުމަ ކޮށްދިނުމުން އޭނާ ﷲ ގެ ހަޟްރަތުގައި ދުޢާ ދެންނެވިއެވެ. އޭނާގެ ހިތައް ހަމަޖެހުން ދެއްވާ، ދިމާވާ ދަތި އުނދަގޫ ތަކުގައި ކެތްތެރިކަން ދެއްވުމަށް އެދިއެވެ. އަދި ނާސިރައް ތެދުމަގު ދައްކައި އެ އާއިލާގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް އެދިއެވެ. އަދި އޭނާގެ ފާފަތައް ފުއްސެވުމަށް އެދިވެސް މެއެވެ.

ހިބާ އޭނާގެ އަންބަކަށް ނުވާނެކަން ހަނދާންވާ ކޮންމެ ފަހަރަކު އެ ހިތުގައި ރިއްސާލައެވެ. އޭނާގެ ހިތް އެކަމާއި އެއްބަސްވާން ބޭނުން ނުވާފަދައެވެ. ނަމަވެސް އެކަހަލަ ކޮންމެ ވަގުތެއްގައިވެސް ﷲ އިރާދަކުރެއްވި ކޮންމެ ގޮތަކަށް ރުހެން އޭނާގެ ނަފްސައް ހަނދާން ކޮށްދެއެވެ. އޭގައިވެސް އޭނާއަށް ނޭނގޭ ކޮންމެވެސް ރަނގަޅެއް ވާނެކަން ޔަޤީން ކުރެއެވެ.

…………….

ރަހްމާ ޕާން ފޮއްޗެއްގައި ބަޓަރު ހާކަން އިނީ ގޭގައި އިނދެއިނދެ ފޫހިވެގެން ކޮންމެވެސް އެއްޗެއް ކާން ބޭނުންވެގެންނެވެ. ހުމާ ވެސް ކޮޓަރި ތެރޭގައި ފޫހިވެގެން ތިރިއަށް ފެއިބީ ޖޫސް ތައްޓެއް ބޯލަން ހިތައް އެރުމުންނެވެ. މިހާރު އޭނާގެ ޓެސްޓުތައްވެސް ނިމިފައިވާތީ ދަސްކުރާނެ ފިލާވަޅެއްވެސް ނެތް ވިއްޔާއެވެ. “މަންމާ! ބަޓަރު ކަނީ؟ ދެން ކީއްކުރަން ދާ ކަސްރަތު ކުލާހެއް. ހަށިގަނޑަށް ބެލުމެއްނެތި ކަންޏާ ކިތަމެ ކަސްރަތެއް ކުރިޔަސް ހިކޭނެތަ؟” ހުމާ ގާތައް ހިނި އައިސްފައިހުރެ އެހެން ބުނެލުމުން ރަހްމާ ފޫހިވާތީ ކެވެނީ ކަމަށްބުންޏެވެ. ހުމާވެސް ފްރިޖުން ޖޫސް ޕެކެޓެއް ނަގައިގެން އައިސް ތައްޓައް އަޅައިގެން ބޯން ފެށިއެވެ.

“ކޮބާތަ ދޮންތަ މިހާރު؟ މިއަދު ނުވެސް ފެނޭ.. ގޭގައި ނޫޅެނީތަ؟” ރަހްމާ ހިބައާއި ބެހޭގޮތުން ސުވާލުކުރީ ހުމާ ކައިރިން ރަހްމާއަށް ނޭނގޭ މަޢުލޫމާތެއް ލިބިދާނެކަމަށް އޭނާގެ ހިތް ބުނުމުން ނެވެ. އެ ދެކުދިންގެ މެދުގައި ވަރަށް ވާހަކަ ދެކެވޭހެން ރަހްމާ އަށް ހީވެފައި އޮތުމުންނެވެ. “ނޭނގެ. ކޮޓަރީގައި ކަންނޭނގެ.” ހުމާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދޭ ރާޤަކަށް ބުންޏެވެ.

“ކުރީ ދުވަހު އަޑުއެހިން ބައްޕަ އާ ދެމީހުން ކޮންމެވެސް ފިރިހެން ކުއްޖަކާއި ބެހޭގޮތުން ވާހަކަ ދައްކާއަޑު. މަންމަ އަކަށް ނުކެރުނު މާ ވަރަކަށް ސުވާލު ކުރާކަށް. އަނެއްކާ ދޮންތަ އުޅެނީ ކުއްޖަކާއި ރައްޓެހި ވެގެންތަ؟” ރަހްމާ މަސައްކަތް ކުރީ މައުޟޫގެ ތެރެއަށް ފީނައިގެންވެސް ޚަބަރެއް އަތު ޖެހޭތޯ އެވެ. “މަންމަ އަކަށް ނޭނގޭތަ ދޮންތަ މެރީ ކުރަން އުޅޭކަމެށް؟” ވަރަށް ޖޯޝާއި ފޯރީގައި ހުމާ އެހެން ބުނީ ޙައިރާންވެފައިވާ މޫނަކާއިވެސް އެކުގައެވެ. މަންމަ އަށް އެކަން ނޭނގި އޮންނަންވީ ސަބަބެއް އޭނާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

ރަހްމާ އަށް ލިބުނު ޙައިރާން ކަމުގައި އަނގަ ހުޅުވާލައިގެން އިނދެވުނީ ޤަބޫލު ނުކުރެވިފައެވެ. ކައިވެންޏާ ހަމައަށް ދިޔަ އިރުގައި އޭނާ އެއީ މަންމަ އަށް ވާއިރު އޭނާއަށް އެކަން ނޭންގީތީ ހިތުގައި އުފެދިފައިވި ނަފްރަތުގެ މައްޗައް އިތުރައް ދަރު އަޅާ އަންދަން ފެށިފަދައެވެ. “އަސްލުވެސް މަންމަ އަކަށް ނޭނގޭތަ؟” ދެންވެސް ހުމާ އެ ސުވާލު ކޮށްލީ އޭނާގެ ބައްޕަ މަންމަ ކައިރީ ނުބުނެ ހުރެދާނެހެން ހަމަ ހީނުވާތީއެވެ. “އެނގޭނަމަ ނާހާނެއްނު އެހެނެއް.” ރަހްމާ ރުޅިވެރި ރާޤަކަށް އެހެންބުނީ ހިތުގައި އުފެދެމުންދިޔަ ނުބައި ވަސްވާސްތަކުގެ ސަބަބުންނެވެ. “އައި އޯލްސޯ ޑޯންނޯ އެބްއުޓް ދެޓް އަންޓިލް ޔަސްޓަޑޭ.. ހުމާ ހީކުރީ ހުމާއަށްކަމަށް އެންމެ ފަހުން އެކަން އެނގުނު މީހަކީ..” ހުމާ އޭނާއަށްވެސް އެ ޚަބަރުން ލިބުނު ޙައިރާންކަން މަންމައާއި ހިއްސާ ކުރީ ހުމާ ކައިރީގައިވެސް ސީދާކޮށް އެވާހަކަ އެހެން ނުދައްކާކަން ހާމަ ކޮށްލަމުންނެވެ. “ދެން ދަރިފުޅައް އެނގުނީ ކިހިނެއްތަ؟ ދޮންތަ ތަ ބުނީ؟” ރަހްމާ އޭނާގެ އިހްސާސްތައް ފޮރުވަމުން އިތުރައް އެކަމާއިމެދު އޮޅުން ފިލުވަން އުޅުނެވެ.

“ބައްޕަ ދޮންތަޔާ އެކަމާ ބެހޭގޮތުން ވާހަކަ ދެއްކީމަ ހުމާއަށްވެސް އިނގުނީ.. އެކަމު ބައްޕަ ނުބުނޭ ޑައިރެކްޓްކޮށް މެރިއޭޖް ފިކްސްވީ ވާހަކައެއް. ދޮންތަގެ ޖަވާބަކީ ކޮބާތޯ ކަންނޭނގެ އެހީ… ކޮންމެވެސް ބަޔަކު ޕްރޮޕޯސް ކޮށްގެން. ދޮންތަ ބުނީ ބައްޕަ އަށް ފެންނަ ޖަވާބެއް ދިނީމަ އޯކޭ ޔޯ.. އޭނަ ރަނގަޅު މީހެއްނަމަ ދޮންތަގެ ޖަވާބަކީ އާނއެކޭޔޯ.. ސޯ ދެން އެ ފިކްސް ވީ ނުން. އައި މީން އިފް ބައްޕަގެ ޖަވާބަކީ ނޫނެކޭ ނަމަ ބައްޕަ ނާހާނެއްނު ދޮންތަގެ ޖަވާބެއް. ޑައިރެކްޓްލީ އެމީހުންނަށް ނޫނެކޭ ބުނާނެއްނު.” ހުމާ އޭނާއަށް އަޑުއިވުނު ގޮތް ހަނދާން ކުރަމުން އަދި އޭނާއަށް ނާސިރާއި ހިބާގެ ވާހަކައިން ދޭހަވީ މާނަ ބުނެދިނެވެ.

ރަހްމާއަށް އަދިވެސް ޤަބޫލުކުރަން އުނދަގޫވެފައި އިނީ ނާސިރު އެއިން އެއްވެސް ވާހަކައެއް އޭނާގާތު ނުދެއްކީމައެވެ. “އެނގޭތަ ކާކާއި ކަން މެރީ ކުރަން އުޅެނީ” ރަހްމާ އަނެއްކާވެސް ސުވާލު ކޮށްލީ އެއީ މާހިލް އަށް ނުވުމަށް އެދި ހިތާއި ހިތުން ދުޢާ ކުރާ ހާލެއްގައި އިނދެއެވެ. ރަހްމާގެ ނަސީބު ދެރަކަމުން ހުމާ އަކަށް ބައްޕަ ކީ ނަމާ ދޭތެރޭ ވިސްނާ ވިސްނާވެސް ހަނދާނެއް ނުވިއެވެ. ހުމާ ޖޫސްތަށި ބޮއި ނިމުމުން ތަށި ސިންކަށް ލާފައި އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައީ އޭނާ އެންމެ ފަހުން ބަލަމުން އައި އިނގިރޭސި ސީރީސް ބަލަން ބޭނުންވުމުންނެވެ.

ރަހްމާ ކާން އިން ޕާންފޮތިވެސް އޭނާ ކާހިތް ކެނޑުނެވެ. އެހެންކަމުން ރުޅިއައިސްގެން ގޮސް އެ ޕާން ފޮތި ޑަސްބިނަށް ލާފައި ތައްޓާއި ގެންގުޅުނު މޭޒުމަތީ ވަޅި ސިންކައް ލާފައި އޭނާވެސް ގޮސްވަނީ ކޮޓަރިއަށެވެ. އެނދުމަތީ އިށީން ނަމަވެސް އެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ރުޅި ގަދަވެގެން ފަޅައިގެން ގޮސްފާނެހެން ހީވެއެވެ. އައި ރުޅީގައި އަތު ޖެހޭ ހިސާބުގައި އޮތް ބާލިސް ނަގަ ކޮޓަރި ތެރެއަށް ހޫރާލިއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ލޯބިވެވުނީއެވެ. 6

Next

ވުމުން ހިތެއްގެ މިލްކުގައި 2

Next
December 2, 2018

ވުމުން ހިތެއްގެ މިލްކުގައި 2

Previews
December 1, 2018

ލޯބިވެވުނީއެވެ. 6

17 Comments!

  1. Faathii says:
    December 2, 2018 at 5:43 am

    Assalaam Alykum.
    Here is the 18th part. Have a good day.. 🙂

  2. Anonymous says:
    December 2, 2018 at 9:26 am

    va alaikumussalaam..
    vvv reethi mi vahaka

    1. Faathii says:
      December 2, 2018 at 4:00 pm

      Jazaakallah
      ?

  3. Mary says:
    December 2, 2018 at 9:30 am

    ?
    Ayat thakuge maana aai naseyha thakaai eku vahaka genesdhinumun vahaka ithirah furihama vey ❤❤❤
    Keep up the good work ???

    1. Faathii says:
      December 2, 2018 at 4:03 pm

      Alhamdhulillah.
      ☺
      Jazaakillah

    2. Luna says:
      December 2, 2018 at 8:09 pm

      Asluwes. ♥Maasha Allah, warah loabi story eh. Jazaakillah khair for writing. ♥♥

    3. Faathii says:
      December 3, 2018 at 8:00 am

      Alhamdhulillah. 🙂
      بارك الله فيك

  4. Xaaan says:
    December 2, 2018 at 9:53 am

    Masha Allah mi partves vv reethi

    1. Faathii says:
      December 2, 2018 at 4:04 pm

      Jazaakallah 🙂

  5. R@! says:
    December 2, 2018 at 11:38 am

    Masha allah ?when next ..cant wait dhn vaane gotheh balaalan..plx hibaa n naasiru gulhuvahchey…

    1. Faathii says:
      December 2, 2018 at 4:07 pm

      Tuesdayga In Shaa Allah.. You mean hibaa n maahil dhw.. Naasir aee bappa eh nun. Hehe..
      Jazaakillah 🙂

  6. R@! says:
    December 2, 2018 at 9:11 pm

    Yeah..i mean maahil ..eii olhign naasiru a bunevuny..

    1. Faathii says:
      December 3, 2018 at 7:58 am

      Hehe.. It’s ok.. Massalaeh noon. 🙂

  7. Sis says:
    December 3, 2018 at 10:55 am

    Naasir e sharuthu kuri Maahil ge huri eemaantheri kameh balan dhw? Or is it because he still doesn’t understand? Anyway this part is awesome ????❤️??????❤️ waiting eagerly for Rahma’s reaction…

    1. Faathii says:
      December 3, 2018 at 6:43 pm

      Let’s see dhw how it turns out. ? maadhamaa next part kiyan libeyne. In Shaa Allah. ❤

  8. R@! says:
    December 3, 2018 at 6:16 pm

    Next part thankolheh dhigu koh up kohdhehchey..and waiting 4 next..<3 uh

    1. Faathii says:
      December 3, 2018 at 6:48 pm

      Oh dear.. ??
      Will try..

Comments are closed.

Next Episodeއިމްތިޙާން (19ވަނަ ބައި)←


All Right Reserved!