Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 6

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
December 12, 2018 10 Mins Read
19 Comments

އިތުރަށް އެވާހަކަތައް އަޑު އަހާ މަންޒަރުތައް ބަލާނެހާ ހިތްވަރު ނެތުމާއެކު ކަރުނަވީ ދެލޮލާއެކު އެތަނުން ދިއުމަށް ފަސްއެނބުރި ހިނގައިގަތް އިއާންގެ ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރީ އޭނަ އެހާލުގައި ހުއްޓާ އިތުރު މީހަކަށް ފެނުމުންނެވެ.

އިއާންގެ ލޮލުގައިވި ކަރުނަތައް ފެނުމާއެކު އަޝްރާގެ ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ. އިއާންގެ މޫނު މަތިން އެހިތަށް ނުހަނު އަސަރުކޮށްފާވަކަން ހާމަވާން ހުއްޓެވެ. ކުރިން އުޖާލާކަން ފެންނަން ހުރި މޫނު މަތިން މިހާރު ފެންނަމުން ދަނީ ހިތާމަވެރިކަމެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކާއެކު އަޝްރާއަށް ހުރިތާ ހުރެވުނީއެވެ.

އަޝްރާގެ ހިތުގައި ޖަވާބު ބޭނުންވާނޭ އެތައް ސުވާލެއް އުފެދިފައިވާނޭކަން އެނގިހުރެވެސް އަޝްރާއަށް ސުވާލުކުރާނޭ ފުރުސަތެއް ނުދީ އިއާން އަވަސް ހިނގުމެއްގައި ސިޑިން މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އަޝްރާގެ އެއްވެސް ސުވާލަކަށް މިވަގުތު އޭނައަށް ޖަވާބު ދެވޭކަށްނެތެވެ. އެހިތްވަރެއް އޭނަގެ ގަޔަކު ނެތެވެ. ސިކުނޑިވެސް ހީވަނީ މަސައްކަތްކުރުން ހުއްޓާލާފައިވާހެންނެވެ.

ދެފަހަރަކު ގޮވާލުމުންވެސް އަޅައިވެސްނުލައި އިއާން ދިޔަ ގޮތުން ކޮންމެވެސް ބޮޑު ކަމެއްވެއްޖެ ކަމަށް އަޝްރާއަށް ޔަގީންކުރެވުނެވެ. ” އަނެއްކާ ދޮންބެ މިންނުދެކެ… ” އަޝްރާގެ ދުލުން ބޭރުވީ ހިތަށް އެރި ސުވާލުގެ އެއްބައެވެ. އެވަގުތު މަޑު މަޑުން ނޫނެކޭ ކިޔަމުން ދެފަރާތަށް ބޯ ހޫރުވާލެވުނެވެ. އެވަގުތު ކުރިން ރެއެއްގައި މިންހާ އާއި އަލޫފްގެ ގުޅުމާމެދު އިއާން ސުވާލުކުރި ރޭގެ ހަނދާންވުމާއެކު އަޝްރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އިއާންގެ މޫނު މަތިން ފެނުނު އަސަރުތަކަށް އެރޭ އޭނައަށް ސަމާލުކަން ނުދެވުނީ ކީއްވެ ހެއްޔެވެ؟ އެޚިޔާލުތައް ވެރިވުމާއެކު އޭނަގެ ސިކުނޑި ހާސްވާގޮތްވިއެވެ. މިވަގުތު ގޮސް އިއާން ގާތުން ހުރިހާ ސުވާލެއްގެ ޖަވާބު ހޯދަން ބޭނުންވި ނަމަވެސް މިވަގުތު ދިއުން ރަނގަޅު ނުވާނެކަމަށް އޭނަގެ ސިކުނޑި ވިސްނައިދިނެވެ. ރަނގަޅު ވަގުތެއްގައި ހަމަޖެހިލައިގެން އިއާން އާ ވާހަކަ ދައްކަން އަޝްރާ ނިންމިއެވެ.

” މިންހާ… އައި ޕްރޮމިސް އައި ވިލް ނެވާ ލީވް ޔޫ… އައި ވިލް އޯލްވޭސް ލަވް ޔޫ… އަބަދުވެސް ކޮންމެ ކަމެއްގައިވެސް މިންހާއަށް ސަޕޯޓްދޭނަން… ތި ރީތި ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓުނަކަ ނުދޭނަން… ” މިންހާގެ ދެއަތުގައި ހިފާ އެމަޑު އަތްތިލައަށް މަޑުމަޑުން ފިތާލަމުން މިންހާގެ ލޮލާއި ލޯ ސީދާކޮށްލައިގެން ހުރެ އަލޫފް ވަޢުދުވިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ހަރަކާތެއް ނެތި ދެމީހުނަށްވެސް އެކަކު އަނެކަކުގެ ލޮލަށް ގެއްލެވިފައި ތިބެވުނީއެވެ. ” އެހެމް އެހެމް… ” އެވަގުތު ދެމީހުން ސިހުނީ ކާކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކި ޖަހާލަމުން އަޝްރާ ކަރުކެހިލުމުންނެވެ. އެއާއެކު އަލޫފް މިންހާގެ އަތުން ދޫކޮށްލާ އޭނަ އާއި ދުރުވެލިއެވެ. އަދި އަޝްރާއަށް ބަލައިލަމުން ތޭންކްސް އޭ ބުނެލިއެވެ. ” މޯސްޓް ވެލްކަމް… ޑޯންޓް ޔޫ ޑެއާ ޑިސަޕޮއިންޓް މައި ބެސްޓީ އިނގޭ… ” އަޝްރާ އޭނަގެ ޝަހާދަތް އިނގިލި އަލޫފަށް ދިއްކޮށްލަމުން ބުނެލިއެވެ. ” އައި ވިލް ނެވާ ޑިސަޕޮއިންޓް ހާ..” އެވަގުތު މިންހާއަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު މިންހާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” ހޫމް… ދެން އަވަސް ހިނގާ ދާން… މިހާރު އެހެރަ އަށް ގަޑި ބައިވަނީ… އަށް ގަޑި ބައިގަ ޕާޓީ ފެށޭނެއެއްނު… އަލޫފް ދޭ ފުރަތަމަ… އަހަރެމެން ދާނަން ކޭކު ހިފައިގެން…” ސިޓިންރޫމު ފާރުގައި ހަރުކޮށްފައި އިން ގަޑިއަށް ބަލައިލަމުން އަޝްރާ އެހެން ބުނެލުމާއެކު މިންހާ ގާތިު ދަނީއޭ ބުނެ އަލޫފް އެގެއިން ނިކުތެވެ.

” ސޯ އިޓްސް ޔުއާ ޕްލޭން ރައިޓް… ކީއްވެ ނުބުނީ ކުރިން… ” ހަށަންބަދެލައިގެން ހުރެ އަޝްރާއަށް ބަލައިލަމުން މިންހާ ބުނެލިއެވެ. ”ޔެއާ… ޝާއިފް އެން އަލޫފް ހެލްޕްވެދޭށޭ ބުނީމަ ދެން ނުވާނެއެއްނު ހެލްޕްނުވެ ހުންނާކަށް… ކުރިން ބުނިނަމަ މިންނު ސަޕްރައިޒެއް ނުވީހެއްނު… ” އަޝްރާ ޖަވާބުގައި ބުނެލިއެވެ. ” ތެންކްޔޫ ސޯ މަޗް އަޝޫ… އައިމް ސޯ ހެޕީ… ” އަޝްރާގެ ގައިގައި ބައްދާލަމުން އުފާވެފައިހުރެ މިންހާ ބުނެލިއެވެ. ” އަބަދުވެސް ތިހެން ހެޕީކޮށް ހުންނަށްޗޭ… ” އަޝްރާވެސް މިންހާގެ ގައިގައި ބައްދާލަމުން އެހެން ބުނެލިއެވެ. ގިނައިރު އެހެން ނުތިބެ ދެކުދިންވެސް ކޭކު ހިފައިގެން ސުކޫލަށް މިސްރާބުޖެހިއެވެ. ސުކޫލަށް ގޮސްފައިވެސް ހިތް ނުތަނަވަސްވެފައި ހުރެ އަޝްރާއަށް އިރުއިރުކޮޅުން ވަންނަ ދޮރާއި ދިމާލަށް ބަލައިލެވެނީ އިއާން އާދޭތޯއެވެ. މިންހާ ދެތިން ފަހަރު ސުވާލުކުރުމުންވެސް ކަމެއް ނުވާކަމުގައި ބުނެ އަޝްރާ ހަމަޖައްސާލަނީއެވެ.

ކޮޓަރީގެ އެނދުގައި އިސްޖަހާލައިގެން އިށީންދެ އިން އިއާން އިނީ އޭނަގެ ދެއަތް ބޮލުގެ ފަންއިސްތަށިގަނޑު ތެރެއަށް މަހާލައިގެންނެވެ. އެހެން އިންއިރުވެސް އަލޫފް އާއި މިންހާ އާއި ދެމެދު ދެކެވުނު ވާހަކަތައް އޭނަގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައިރު އެމަންޒަރުތައްވެސް ހީވަނީ ލޯ ކުރިމަތީގައި ސިފަވާހެންނެވެ. އޭނަގެ ހިތުގެ ވިންދު އެދެމުން ދިޔަ ލޯބި މިރޭ އެހެން ފަރާތަކުން މިލްކޮށްފިއެވެ. އެކަމުން އޭނަގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ފަނަރަވަރަކަށް މިނިޓު އެގޮތުގައި އިނުމަށްފަހު ފާޚާނާއަށް ވަދެ މޫނު ދޮވެލާ ހަމަޖެހިލައިގެން އޭނަގެ ކެމެރާ ހިފައިގެން އިއާން ކޮޓަރިން ނިކުތެވެ.

ޕާޓީއަށް ވަން އިއާން ފެނި އަޝްރާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އިއާން އޭނަގެ ހިތާމަތައް ފޮރުވަމުން ތުންފަތަށް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވިއެވެ. އެގޮތުގައި އިއާން ޕާޓީގެ ވަގުތުތައް ހޭދަކުރިއެވެ. އެހެނަސް އިރުއިރުކޮޅުން މިންހާ އާއި އަލޫފަށް ނަޒަރެއް ދެވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އިއާންގެ ހިތުގައި ރިއްސާލައެވެ. އެހެނަސް އޭނަ ކެތްކުރާނެއެވެ.

މިންހާ ޕާޓީ ނިންމާލުމަށްފަހު ގެއަށް އައިސް ފެންވަރާ ތާޒާ ވެލައިގެން ނިދަން އޮށޯވެވުންއިރު އެގާރަ ޖަހަނީއެވެ. ނިދަން އޮށޯތުމާއެކު މިރޭގެ އުފާވެރި ހަނދާންތައް އާވެގެން ދިޔައެވެ. އެއާއެކު މިންހާގެ ތުނި ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކައިރީގައި އޮތް ދިގު ބާލީހުގައި ބައްދާލަމުން ދެލޯ މަރާލީ އެފޮނި ހަނދާންތަކާއެކުގައެވެ.

ނިދަން އޮށޯވެ އޮތް އިއާންގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެއްނުވެއެވެ. އަދިވެސް ހީވަނީ މިރޭގެ ހާދިސާ ލޯ ކުރިމަތީގައި ސިފަވާހެންނެވެ. ކިތަންމެ ހަނދާންކުރަން ބޭނުންނުވި ނަމަވެސް އެނޫން ކަމެއް އޭނަގެ ސިކުނޑީގައި ނުވެއެވެ. އެވަގުތު އޭނަގެ ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑަށް އެނދުގައި އޮތް އިއާން ސިހިގެން ދިޔައެވެ. މިހާ ލަސްވިފަހުން ދޮރުގައި ޓަކި ޖެހުމުން އޭނައަށް ހައިރާންކަން ލިބި ސުވާލު އުފެދިގެން ދިޔައެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލުމާއެކު އިއާން އެނދުން ތެދުވެ ދޮރު ހުޅުވާލިއެވެ. ” އަޝޫ… މިގަޑީގަ… ކިހިނެއްވީ އަނެއްކާ… ” ދޮރު މަތީގައި ހުރި އަޝްރާ ފެނި ލިބުނު ހައިރާންކަމުގައި އިއާން ބުނެލިއެވެ. ” ހޫމް… ދޮންބެއާ ވާހަކައެއް ދައްކާލަން ބޭނުން… ކިހިނެއްވީތޯ އަހަންޖެހޭނީ އަސްލު ދޮންބެއެއް ނޫނެއްނު… އަޅުގަނޑެއްނު އަހަންޖެހޭނީ… ދޮންބެ ބުނެބަލަ… ދޮންބެއަށް އޭރު ކިހިނެއްވެފަތަ ހުރީ… ދޮންބެގެ ލޮލަށް ޖަމާވެފައިވި ކަރުނަތައް އަޝޫއަށް ފެނުނޭ… ޓެލް މީ ދޮންބެ… ވަޓް ހެޕެންޑް… ” އިއާން ދޮރު ހުޅުވާލުމާއެކު ކޮޓަރި ތެރެއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ކަންބޮޑުވެފައި އިއާންގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެ އަޝްރާ ބުނެލިއެވެ. އަޝްރާގެ އެވާހަކަތަކުން އިއާން ސިހިގެން ދިޔައެވެ. އެކަން އަޝްރާއަށް ވަރަށް ރަނގަޅަށްވެސް ފާހަގަވިއެވެ. ” އަޝޫ… އެއްވެސް ކަމެއް ނުވޭ ދޮންބެއަށް… މިގަޑީގަ ނިދަން މިއުޅެނީ… ދެން މާދަމާ ހެނދުނުން ވާހަކަ ދައްކާނީ… އަޝޫވެސް ދޭ އަވަހަށް ނިދަން… މިހާރު ވަރަށް ލަސްވެސް ވެއްޖެއެއްނު… ” އަޝްރާއަށް ބަލަހައްޓާއިގެން ހުރެ ދޮގު ހަދަން އުނދަގޫވުމުން އިއާން އަޝްރާއަށް ފަސްދެމުން ވާހަކަ ދެއްކިއެވެ. ” ދޮގު… ކަމެއްނުވާނަމަ ދޮންބެގެ ލޮލަށް ކަރުނަ ޖަމާވެގެން ނުވާނެއެއްނު… ދޮންބެ އަޅުގަނޑަށްތަ ތިދޮގު ހަދަނީ… މީ ދޮންބެގެ އަޝޫ އޭ… ދޮންބެއަށް ކޮންމެ ކަމެއްވެސް އަޝޫ އާ ޝެއާކުރެވޭނޭ… އެން ދޮންބެ ވީގޮތެއް ނުބުނާހާ ހިނދަކު އައި ވިލް ނޮޓް ގޯ ފްރޮމް ހިއާ… ” އިއާންގެ ކުރިމަތީގައި އައިސް ހުއްޓެމުން ސާބިތުކަމާއެކު އަޝްރާ ބުނެލިއެވެ.

” އަޝްރާ… ދޮންބެ ބުނެފީމެއްނު ކަމެއް ނުވެޔޭ… ބުނީމަ ގަބޫލުކޮށްބަލަ… ” ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަމެއް އެކުލެވިގެންވީ ރާގެއްގައި އިއާން ބުންޏެވެ. ” ކަމެއްނުވާނަމަ ދޮންބެ ކީއްވެ އަޅުގަނޑުގެ މޫނަށް ބަލަހައްޓާއިގެން ހުރެ ވާހަކަ ނުދެއްކެނީ… ކަމެއް ނުވާނަމަ ދޮންބެ ކީއްވެ އަޅުގަނޑު ސުވާލުކުރީމަ ނުރުހުންވަނީ… ” އަޝްރާާ ވަރަށް ކެރި ހުރެ އިއާންއަށް ރައްދުދިނެވެ. ” ކަމެއް ނުވެޔޭ ބުނީމަވެސް އަޝޫ ގަބޫލުނުުރަންޏާ ދެން ރުޅިއެއްނު އާދެވޭނީ… ” މިފަހަރު އިއާން ވާހަކަ ދެއްކީ މަޑުންނެވެ. ”ދޮންބެ ވަރަށް ނިދި އައިއްސި… އަޝޫ ވެސް ދޭ ދެން ނިދަން… ” މަޑުމައިތިރިކަމާއެކު މިހެން ބުނުމަށްފަހު އެނދާ ދިމާލަށް ދިއުމަށް އިއާން ހިނގައިގަތެވެ. ” ދޮންބެ މިންނުދެކެ ލޯބިވޭތަ؟ ” އަޝްރާ ކޮށްލި ސުވާލާއެކު އިއާންގެ ހަރަކާތްތައް ވަގުތުން ހުއްޓުނެވެ. އަދި އެހާމެ އަވަހަށް ފަސްއެނބުރި އަޝްރާގެ މޫނަށް ބަލައިލެވުނެވެ. ”ބުނެބަލަ… ދޮންބެ ލޯބިވޭތަ މިންނު ދެކެ؟ ” ސީދާ އިއާންގެ ދެލޮލަށް ބަލަހައްޓާއިގެން ހުރެ އަޝްރާ ދެވަނަ ފަހަރަށް އޭނަގެ ސުވާލު ތަކުރާރުކޮށްލިއެވެ. އިއާންއަށް ހަމައަކަށް އެޅިލަން ސިކުންތުކޮޅެއް ނެގިއެވެ. ” ހެހެހެހެ… އަޝޫ ކުރާ ސުވާލު… މިންނު އާ ދޮންބެ ހަމަ ފްރެންޑްސް… ” ހާސްވެފައިހުރި އިއާންއަށް ޖަވާބު ދެވުނީ ސުވާލާއި ގުޅޭގޮތަކަށް ނޫނެވެ. ” މި ކުރީ ހަމަ ރަނގަޅު ސުވާލެކޭ… އަޅުގަނޑަށް އެނގިއްޖެ ދޮންބެ މިންނު ދެކެ ލޯބިވާކަން… ދޮންބެގެ ލޮލުގައި ބޮނޑިވެފައިވި ކަރުނަތަކުގެ އަސްލަކީ މިރޭ ފެނުނު މަންޒަރާއި އަޑުތަކެއްނު… އެ މަންޒަރުތަކާއި އަޑުތަކުން ދޮންބެގެ ހިތް ކުދިކުދި ވީމައެއްނު… ދޮންބެ ކުރިންރެއަކު އަޅުގަނޑު ގާތު ކުރި ސުވާލު ވަރަށް ރަނގަޅަށް ހަނދާން އެބަހުއްޓޭ… އެރޭ އެސުވާލު ކުރީވެސް ދޮންބެގެ ހިތުގަ މިންނުއަށްޓަކައި އިހުސާސްތަކެއް ވާތީއެއްނު… އަޅުގަނޑު ޖަވާބު ނުދީގެން ދޮންބެ ހުރީ ނުތަނަވަސްވެފައެއްނު… އަޅުގަނޑުގެ ޖަވާބު އަޑުއިވުމުން ދޮންބެގެ މޫނު މަތިން ފެނުނު އުފާވެރިކަން ހަނދާންއެބަހުރި… އެއީ ދޮންބެ ލޯބި ވާތީއެއްނު މިންނު ދެކެ… މީ ދޮގެއް ނަމަ އަޅެ ބުނެބަލަ މިންނުދެކެ ލޮއެބެއް ނުވެޔޭ… ” އަޝްރާ އެއްފަހަރާ ހުރިހާ ކިޔާލިއެވެ.

” އާނ… ލޯބިވޭ މިންހާދެކެ… ވަރަށް ލޯބިވޭ… ވަރަށް ބޮޑަށް… އެކަމަކު… އެކަމަކު އެލޯބި ލިބުމެއް ނެތް… މިހިތުގެ ވިންދު އެލޮއެބަށް ކިތަންމެ ބޭނުންވިޔަސް މިންހާގެ ލޮއެބެއް ނުލިބޭނެ… މިންނު ލޯބިވަނީ އަލޫފްދެކެ… ލިބިއްޖެތަ އަޝްރާ ބޭނުންވި ސުވާލުގެ ޖަވާބު…” އިތުރަށް ހިތަށް ކެތްނުވުމުން އިއާން ބުނެލިއެވެ. ފުރަތަމަ ވާހަކަ ފެށިއިރު ބާރަށް ބުނެލި ނަމަވެސް ވަކި ހިސާބަކުން އިއާންގެ އަޑަށް މަޑުމޮޅިވެރިކަން ވެރިވެގެން ދިޔައެވެ. އިއާންގެ ޖަވާބާއެކު އަޝްރާގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަގެ ދޮންބެގެ ހިތަށް ވާނެ ތަދު އޭނައަށް އިހުސާސްވެސް ނުކުރެވޭނެއެވެ. އެމީހަކު އިންތިހާއަށް ލޯބިވާ ފަރާތް އެމީހެއްގެ ދުލުން އެހެން މީހަކު ދެކެ ލޯބިވާކަން ހާމަކޮށް އެލޯބި ގަބޫލުކުރާ ތަން ފެނުނު މީހަކަށް ހާދަ އަސަރެއް ކުރާނެއެވެ. ” އައިމް ސޮރީ ދޮންބޭ… އައިމް ސޮރީ… ރިއަލީ ސޮރީ…” ރޮވިފައިހުރެ އިއާންގެ ގައިގައި ބައްދާލަމުން އަޝްރާ ތަކުރާރުކޮށް މަޢާފަށް އެދެމުން ދިޔައެވެ. އޭނަ އެއްވެސް ހާލެއްގައި އަމިއްލަ ދޮންބެ ހިތާމަކުރާކަށް ނޭދެއެވެ. ހަމައެފަދައިން އެންމެ ގާތް އެކުވެރިޔާގެ އުފާވެސް އޭނައަށް މުހިއްމެވެ. ނޭނގި ނަމަވެސް ދޮންބެގެ ހިތުގައި ޖައްސާ ދެރަކުރެވުނީ އޭނަގެ ސަބަބުން ކަން އަޝްރާއަށް ގަބޫލުކުރެވެމުން ދިޔައެވެ.

” އަޝޫ… ޝޫޝް… އިޓްސް ނޮޓް ޔުއާ ފޯލްޓް… އެއްވެސް މީހެެއްގެ ފޯލްޓެއް ނެތް މިކަމުގަ… ތިން މީހުންވެސް ލޯބިވީ… ދެމީހުނަށް އެކަކު ދެކެ ލޯނި ވެވުނީ… އެކަމަކު މިންނު ލޯބިވަނީ އަލޫފްދެކެ… ލޮއެބަކީ ވާއެއްޗެއް ނޫން… އެއީ ވެވޭ އެއްޗެއް… ދޮންބެ މިންނުދެކެ ލޯބިވިޔަސް އޭގެ ބަދަލުގަ މިންނު ނުޖެހޭނެ ދޮންބެ ދެކެ ލޯބިވާކަށް… މިންނުއަކަށް ނުވެސް އިނގޭނެ ދޮންބެގެ ހިތުގަ މިންނުއަށްޓަކައި މިފަދަ އިހުސާސެއް އުފެދިފައިވާ ކަމެއް… ދެން މިވީގޮތުން އިނގޭކަށް ބޭނުމެއްވެސް ނޫން… މިންނު ހެޕީކޮށް ހުރިއްޔާ ދޮންބެވެސް ހެޕީ… މިންނުއަށް މިންނު ބޭނުންވި ލޯބި ލިބުނީމަ ދޮންބެ އެކަމާ އުފާކުރަން… ހިތުގައި އޮތް ލޯބި ފަސްއަޅާ ފޮރުވާލަމުން ރަހުމަތްތެރިއެއްގެ ގޮތުގައި ދޮންބެ އަބަދުވެސް މިންނުއާއެކު ހުންނާނަން އިންޝާ ﷲ… ދޮންބެއަށް އިނގޭ އަޝޫއަށް ދޮންބެވެސް އަދި މިންނުވެސް މުހިއްމުކަން… ދެމީހުންގެ އުފަލުގަ ހުންނަން އަޝޫ ބޭނުންވާކަން… އެކަމަކު ހާލަތު އެގޮތަށް ތަނެއްްނުދޭން… ކޮންމެވެސް އެކަކު އެމީހެއްްގެ އުފާ ދޫކޮށްލަންޖެހޭ… ދޮންބެ މިންނު ދެކެ ވަރަށް ލޯބިވޭ… އެކަމަކު މިންނު ލޯބިވަނީ އަލޫފްދެކެ… އެހެންވީމަ ދޮންބެގެ އުފާ މިންނުގެ އުފަލަށްޓަކައި ދޫކޮށްލީ… ޕްރޮމިސް މީ ދެޓް ޔޫ ވިލް ނެވާ ޓެލް އެނީތިން އެބައުޓް ދިސް ޓު އެނީވަން… އެސްޕެޝިއަލީ މިންނު ގާތު… ދުވަހަކުވެސް ދޮންބެ މިންނުދެކެ ލޯބިވާކަން ނުބުނާނެކަމަށް ޕްރޮމިސް ކުރޭ… ނާއިލްއަށް އެނގޭނެ ދޮންބެ މިންނުދެކެ ލޯބިވާކަން… ދޮންބެ ހުރީ  މިއަހަރު ކިޔެވުން ނިމުނީމަ މިންހާ ގާތު ބުނަން… މިދުވަސްވަރު ބުނަން ބޭނުންނުވީ ކިޔެވުމަށް އޭގެ އަސަރު ކޮށްފާނެތީ… އެކަމަކު މިހާރު ބޭނުނީ މިކަން އަބަދުވެސް ސިއްރެއްގެ ގޮތުގަ ބާއްވަން… މި ސިއްރު ދޮންބެ އާ އަޝޫ އަދި ނާއިލް ފިޔަވައި އިތުރު މީހަކަށް އެނގިގެން ނުވާނެ… އައި ޖަސްޓް ވޯންޓް ހާ ހެޕިނަސް… ސޯ ޕްރޮމިސް މީ… ” ރޮމުން ދިޔަ އަޝްރާ ގަޔާއި ދުރުކޮށްލުމަށްފަހު ކަރުނަތައް ފޮހެލައިދެމުން އިއާން ވާހަކަ ދެއްކިއެވެ. އަޝްރާ ހުރީ އޭނަގެ ދޮންބެގެ ކެތްތެރިކަން ފެނި ނުހަނު އުފާވެފައެވެ. އަޝްރާއަށް އޭނަގެ ދޮންބެއަށް ހިތާއި ހިތުން ތަޢުރީފު ކުރެވުނެވެ. ” ޕްރޮމިސް… ” މަޑުމަޑުން އެހެން ބުނެލަމުން އަޝްރާ އިއާންގެ އަތުގެ މަތީގައި އޭނަގެ އަތް ބާއްވާލިއެވެ. ” ތޭންކްޔޫ ދޮންބެގެ ލަވިން އަޝްކޮ… ދެން ދޭ އަވަހަށް ނިދަން… މިހާރު އެހެރަ ބާރަ ގަޑި ބައިވީ… ގުޑް ނައިޓް… ” ލޮއެބާއެކު އަޝްރާގެ ނިއްކުރީގައި ބޮސްދިނުމަށްފަހު އިއާން ބުނެލިއެވެ. ” ގުޑް ނައިޓް… ” އަޝްރާވެސް ހިނިތުންވެލުމަށްފަހު ރޭގަނޑުގެ ވަދާޢީ ސަލާމްކުރުމަށްފަހު އިއާންގެ ކޮޓާރިން ނިކުމެ އޭނަގެ ކޮޓަރިއަށް މިސްރާބުޖެހިއެވެ.

އަޝްރާ ދިއުމާއެކު އިއާން އެނދުގައި އިށީންދެ ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނަގެ ހިތުގައި ކިތަންމެ ވޭން އެޅި ނަމަވެސް މިންހާގެ އުފާތައް އޭނައަށް މާ މުހިއްމެވެ. ހިތުގައިވި އިހުސާސްތައް ފަސްއަޅާ ފޮރުވާލަން މަސައްކަތްކުރަމުން މިންހާގެ އުފާތައް އިއާން އިސްކުރިއެވެ. މާތް ﷲ އެއްވެސް އަޅަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެ ކަމަށާއި ދުނިޔޭގައި އުޅޭއިރު އެކިއެކި އިމްތިޙާންތަކާއި ކުރިމަތިވާނެކަން ހަނދާންކޮށް އަދި ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކަން އަމިއްލަ ހިތަށް ވިސްނައިދެމުން އެޚިޔާލުތަކާއި ދުރުވެ ނިދާލުމަށްޓަކައި އިއާން އެނދުގައި އޮށޯތެވެ. މާތް ﷲ ވަނީ ކެތްތެރިންނާއެކުކަން އޭނަ އަބަދުވެސް ހަނދާންކުރާނެއެވެ.

ފަތިސް ނަމާދުގެ ބަންގި ގޮވިއިރުވެސް މިންހާ އޮތީ އަރާމު ނިންޖަކުން ނިދާލާފައެވެ. ސޯނާ ގަޑިން ސޯނާވުމުންވެސް މިންހާއަކަށް ނުހޭލެވުނެވެ. ނިދާފައި އޮންނައިރުވެސް އެމޫނުމަތިން ފެންނަނީ މައުސޫމް ކަމެވެ. ” ދަރިފުޅާ މިންނު… ބަންގި ގޮވައިފި… އަވަހަށް ތެދުވޭ ނަމާދުކުރަން… މިންނު… ” ނިދާފައި އޮތް މިންހާއަށް ހޭލެވުނީ އޭނަގެ މަންމަ ނާހިދާ ގޮވާ އަޑަށެވެ. ” ސޮރީ މަންމާ.. ރޭގަ މާ ލަހުން ނިދުނީމަ ނުހޭލެވުނީ… ކުޑަކޮށް ބޮލުގަވެސް ރިއްސާ އެބަ… ” ކަންނެތްކަމާއެކު އެނދުން ތެދުވެގެން ގޮސް ދޮރު ހުޅުވާލަމުން މިންހާ އޭނަގެ މަންމައާ ވާހަކަ ދެއްކިއެވެ. އޭރުވެސް މޫނު މަތިން ނިދީގެ އަސަރު ފެންނަން ހުއްޓެވެ. ” ނަމާދުކޮށްލައިގެން ނިދާލާާ އަދި… އޭރުން ރަނގަޅުވެދާނެ… މިއަދު ހުކުރު ދުވަހެއްނު… ” ނާހިދާ އެހެން ބުނުމާއެކު މިންހާ ބޯޖަހާލިއެވެ. އަދި ނަމާދުކުރަން ދަނީ ކަމުގައި ބުނެ ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު ފާޚާނާއަށް ވަންނަން ހިނގައިގަތެވެ. މިންހާ މޫނު ދޮވެ ވުޟޫކޮށް ހަދައިގެން އައިސް ޤިބްލައަށް ކުރިމަތިލާ ފަތިސް ނަމާދުކޮށްލިއެވެ. އެއަށްފަހު ކުޑަކޮށް ނިދާލުމަށް އެނދުގައި އޮށޯތެވެ.

ހުކުރު ދުވަހަށްވެފައި ސުކޫލަށް ދާން ނުޖެހޭތީ ހެނދުނު ހެނދުނާ ގިނަ ކުޑަކުދިން ބޭރަ ނިކުމެ ކުޅުމުގައި ހަރަކާތްތެރިވާން ފެށިއެވެ. އެއީ ސުކޫލުގެ ކިޔެވުން ނޯންނަ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ނިދާފައި އޮތް މިންހާއަށް ހޭލެވުނީ ހަތެެއް ޖަހަން އުޅެނިކޮށެވެ. ފެންވަރާ ތައްޔާރުވެގެން ތިރިއަށް ފޭބިއިރު އެކަކުވެސް ފެންނާކަށްނެތެވެ. އޭރު މަންމަ ހުރީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށްފައެވެ. އެހެނަސް އެހާ އަވަހަށް ސައިބޯ ހިތްނުވުމުން އަމިއްލައަށް ކޮފީއެއް ތައްޔާރުކޮށްލައިގެން ގޭގެ އެއްފަރާތުގައި ހައްދާފައިވާ ބަގީޗާއަށް ނިކުތެވެ. ބަގީޗާއަށް ނިކުންއިރު އޭނަގެ މަންމަ ފެން ހޮޅިން ބަގީޗާގައި ހައްދާފައިވި އެކި ކުލަ ކުލައިގެ މާގަސްތަކަށް ފެންދޭން ހުއްޓެވެ. ” ދަރިފުޅާ… ހޭލީތަ… މަންމަ ހުންނާނީ ސައިވެސް ހަދާފަ… ” މިންހާ ފެނުމާއެކު ނާހިދާ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ” ތަންކޮޅެއް ފަހުން ސައި ބޯނީ… ” ނާހިދާއަށް ބަލައިލުމަށްފަހު ޖަވާބުދެމުން މިންހާ އައިސް ބަގީޗާގެ ބެންޗުތަކުގެ ތެރެއިން ބެންޗެއްގައި އިށީނެވެ. އެގޮތުގައި އޭނަގެ މަންމަ އާ އެކިއެކި ވާހަކަ ދައްކަމުން ދިޔައެވެ.

” ދަރިފުޅާ އާން… ދަރިފުޅު ބަލީތަ… ” އިއާން އައިސް ސައިބޯން މޭޒު ކައިރީ އިށީނުމާއެކު އާސިމާއަށް އަހާލެވުނެވެ. އެވަގުތު އޭނަގެ ގާތުގައި އިން އަޝްރާއަށްވެސް އިއާންގެ މޫނަށް ބަލައިލެވުނެވެ. ކުރިން އެމޫނު މަތިން ފެންނަ އުޖާލާކަމެއް ނުފެނެއެވެ. އެކަމުގެ ސަބަބު އަޝްރާއަށް އިނގުމުން ދެރަވިއެވެ. ހިތާހިތުން ދޮންބެއަށް ކެތްތެރިކަން ދެއްވުން އެދި އަޝްރާއަށް ދުޢާކުރެވުނެވެ. ” ބަޔެެއްނޫން މަންމާ… އެއީ ރޭގަ ރަނގަޅަށް ނުނިދުނީމަ ކުޑަކޮށް ބޮލުގަ ރިއްސަނީ… ” ހިނިތުންވުމެއް ވެރިކުރުވަމުން އިއާން އޭނަގެ މަންމައަށް ޖަވާބުދީ ސައިބުއިމައިގެން ކުރިއަށް ދިޔައެވެ. ސައިބޮއެގެން އިއާންގެ މިސްރާބަކަށްވީ ނާއިލްގެ ގެއެވެ.

” އައްސަލާމްޢަލައިކުމް… ” ގޭގެ ބޮޑު ދޮރު ހުޅުވާލަމުން އިއާން ސަލާމް ގޮވާލިއެވެ. ”ވަޢަލައިކުމުއްސަލާމް… ” އެތެރިން ނަޝްފާ ސަލާމް ބަލައިގެން އަޑު އިވުމާއެކު އިއާން އެތެރެއަށް ވަނެވެ. އޭރު އެގޭގައި ހައްދާފައިވި ބިޔަ އަނބު ގަސް ދޮށުގައި ހުރި ޖޯލިފަތީގައި މުރަނގަ ފަތް ނޮޅަން ނަޝްފާ އިންއިރު އަނބު ގަހުގައި އެލުވާފައި އިން ހެއްލާ ޖޯލީގައި ހުތް އަނބެެއް ކާލަ ކާލަ މިންހާ އޮތެވެ. މިންހާ ފެނުމާއެކު ރޭގެ ހާދިސާ އިއާންގެ ސިކުނޑިއަށް ވެރިވެގަތެވެ. އެއާއެކު އޭނަގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ. އެހެނަސް މިކަމަށް އޭނަ ހޭނެންޖެހޭނެކަން އިނގުމާއެކު ގަދަކަމުން ހިނިތުންވެލިއެވެ. މިންހާ އަނބު ކަމުން ދިޔައިރު ހުތް ވުމުން ފިޔާތޮށި ކުލަ އަރާ އެދެތުންފަތަށް ހަދާލާ ގޮތް ނުހަނު ހިތްގައިމެވެ. ”ހާއި އާން… ކޮބާ އަޝޫ… ” މިންހާއަށް ގެއްލިފައިހުރި އިއާން ސިހުނީ މިންހާ އޭނައާ ވާހަކަ ދެއްކުމުންނެވެ. ” ހޭއި… އަޝޫ އެބަ އުޅޭ ގޭގަ… ކޮޓަރި ސާފުކުރަނީ… ކޮބާ ނާއިލް… ” އިއާން ބުނެލިއެވެ. ” މަ މިހިރީ ބްރޯ… ” އެވަގުުތު ދޮރު މަތީގައި ހުރެ ނާއިލް ބުނެލިއެވެ. ހަތަރު މީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އިއާން އާއި ނާއިލް އަތިރިމައްޗަށް ދިއުމަށް މިސްރާބުޖެހިއެވެ.

އިރުގެ އަލިން ދުނިޔެ ފިއްސަމުން ދިޔަ ނަމަވެސް ޖެހިލާ ފިނި ވައިރޯޅިތަކުން ހަށިގަނޑަށް އަރާމުކަމުގެ އިހުސާސްކުރުވައެވެ. ސާފު ނުއުޑުގައި ހުދު ކުލައިގެ ވިލާ ރޮއްޖެއްގެ މިންވަރުވެސް ނުވާއިރު ސާފު ބިއްލޫރިކޮޅެއްފަދަ ކަނޑުވެސް އޮތީ ނުހަނު އޮމާންކޮށެވެ. މޫދަށް ބަލައިލާވެސް އެރޭ ހިތްވާނެކަން ޔަގީނެވެ. އާދައިގެ ހިނގުމެއްގައި އިއާން އާއި ނާއިލް ގޮސް ޖެޓީއަށް އެރިއެވެ. އޭރު މޫދުގައި ގިނަ ބަޔަކު ހަރަކާތްތެރިވަމުން ދިޔައެވެ. ބައެއް ކުދިން އެކަނިން ހަރަކާތްތެރިވަމުން ދިޔައިރު އަނެއްބައި ކުދިން އުޅެނީ އެކުދިންގެ މައިބަފައިންނާއެކުގައެވެ. ނުވަތަ ކޮންމެވެސް ބޮޑު މީހަކާއެކުގައެވެ. ކަނޑު ކިތަންމެ އޮމާންކޮށް އޮތަސް ކުޑަކުދިން އެކަނި މޫދުގައި އުޅުމަކީ ރައްކާތެރި ގޮތެެއްނޫނެވެ. ކުޑަކުދިން އެކަނި އުޅުމުގެ ސަބަބުން ނުވަތަ ބޮޑެތި މީހުންގެ އިހުމާލުން މަދުން ނަމަވެސް ހިތާމަވެރި ހާދިސާތައް ހިނގާފައިވެއެވެ. މިފަދަ ކަންކަމަކީ އަހަރެމެން އެންމެންވެސް ސަމާލުވާންޖެހޭ ކަންކަމެވެ.

ޖެޓީއަށް އެރުމަށްފަހު އެއްފަރާތެއްގައި ހުރި ތަނބެއްގައި ނާއިލް ލެނގިލައިގެން ހުއްޓެވެ. އޭރު އޭނަގެ ނަޒަރު ހުއްޓިފައިވަނީ ކުރިމަތިން ފެންނަމުން ދިޔަ ފަޅު ރަށަށެވެ. މަޑު ނޫކުލައިގެ އަތްކުރު ޓީޝާޓަކާއެކު ޖިންސު ސޯޓެއްގައި ހުރި އިރު ދެޖީބަށް އަތް ޖަހާލައިގެން ހުރި ގޮތުން ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. މޫނު މަތިން އަބަދުވެސް ފެންނަން ހުންނަ އުޖާލާކަން ފެންނައިރު ޖެހެމުންދާ ވައި ރޯޅިތައް ދިޔައީ މިނިވަންކަމާއެކު ނާއިލްގެ ބޮލުގެ ފަން އިސްތަށިކޮޅާ ހީ ސަމާާސާ ކުރަމުންނެވެ.

އެހެން ހުންނަތާ ދެތިން މިނިޓު ފާއިތުވެ ދިޔައިރުވެސް ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ނާއިލް އިއާންއަށް ބަލައިލިއިރު އޭނަވެސް ޖެހިގެން ހުރި ތަނބުގައި ލެނގިލައިގެން ހުއްޓެވެ. އޭރު އިއާންގެ ނަޒަރު ހުއްޓިފައި ވަނީ މޫދުގެ ސާފު ލޮނުގަނޑަށެވެ. އެކި ކުލަ ކުލައިގެ މަސްތައް އެއްކޮޅުން އަނެއްކޮޅަށް ދަތުރުކުރަމުންދާ މަންޒަރު ބަލައިލަން ނުހަނު ހިތްގައިމެވެ. އެހެނަސް އިއާންގެ މޫނު މަތިން އެއްވެސް ވަރެއްގެ ހިތްހަމަޖެހުމެއް ނުފެނެއެވެ. ” އާން… ވަޓް ހެޕެންޑް… ” އިއާންގެ ގާތަށް ގޮސް ހުއްޓިލަމުން ނާއިލް ބުނެލިއެވެ. ” ތިބުނީ… ” ނާއިލްގެ މޫނަށް ބަލައިލުމަށްފަހު އެއްބުމަ މައްޗަށް ހިއްލާލަމުން އިއާން ބުނެލިއެވެ. ” މަށަށް އިނގެޔޭ ކޮންމެވެސް ކަމެއް ވެއްޖެކަން… އާންގެ މޫނު މަތިން ފެންނަނީ މާޔޫސްކަން… ބޭކާރު ވާހަކަ ނުދައްކާ ކަން ޓު ދަ ޕޮއިންޓް… ” ނާއިލް ވަރަށް ހަމަޖެހިލައިގެން ހުރެ ބުނެލިއެވެ.

” މިންހާ ލޯބިވަނީ އެހެން އަލޫފްދެކެ… ރޭގަ ދެމީހުނ ރައްޓެހިވީ… ” ކުރިމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރެ އިއާން ބުނެލި ވާހަކައަކުން ނާއިލްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ” ވަޓް… އާރް ޔޫ އައުޓް އޮފް ޔުއާ މައިންޑް އާން… އިނގޭތަ ތިކިޔޭ އެެއްޗެއް… ” ލިބުނު ހައިރާންކަމުގައި ނާއިލަށް ބުނެލެވުނެވެ. ” އާނ… އިނގޭ މިކިޔޭ އެއްޗެއް… އަހަރެންގެ މިދެލޮލުންނޭ އެހުރިހާ މަންޒަރެއް ބެލީ… ” ނާއިލްގެ ދެލޮލަށް ބަލައިލަމުން އިއާން ބުނެލިއެވެ. އަދި ތަފްސީލުކޮށް ރޭގަ ކަންތައް ހިނގާދިޔަ ނާއިލްއާ ހިއްސާކުރިއެވެ. ނާއިލްވެސް އެކުވެރިޔާގެ އެހާލާމެދު ދެރަވިއެވެ. އިއާންގެ ހިތަށް ކުރާނެ އަސަރު އޭނާއަށް ވަޒަންވެސް ނުކުރެވޭނެއެވެ. ނާއިލް އިއާންގެ އެ ކެތްތެރި ކަމަށް ތަޢުރީފުކޮށް އެކުވެރިޔާއަށް އެތައް ނަސޭހަތެއްވެސް ދިނެވެ. ނަތީޖާއެއްގެ ގޮތުން އިއާންގެ ހިތަށް ވަރަށް ބޮޑަށް ލުއިވެގެން ދިޔައެވެ. ލޯބިވާ ކޮއްކޮ އާއި އެންމެ ގާތް އެކުވެރިޔާގެ ނަސޭހަތްތަކުން އައު ހިތްވަރެެެއް ލިބިގެން ދިޔައެވެ. އެންމެ ފަހުން ވާހަކަ ދައްކަމުން ގޮސް ދެއެކުވެރިން މޫދު އެރެން ނިންމިއެވެ. ޖެޓީ މަތީގައި ހުރެފައި އިއާން އާއި ނާއިލްވެސް މޫދަށް ފުންމާލިއެވެ.

އީލާފް އާއި ޝަމްހަ ރީތި ހުދު ވެލިގަނޑުގައި އިށީންދެ ތިއްބެވެ. އެވަގުތު މޫދުން އަރައިގެން އަންނަމުން ދިޔަ އިއާން ފެނި އީލާފްއަށް ކަޅި ޖަހާ ނުލާ ބަލަން އިނދެވުނެވެ. ކަޅު ކުލައިގެ އަތް ކުރު ޓީޝާޓަކާއެކު ޗޮކްލެޓް ކުލައިގެ ސޯޓެއްގައި ހުރިއިރު ތެމިފައިވުމުގެ ސަބަބުން އިއާންގެ ޓީޝާޓު ވަނީ ގައިގައި ތަތްލަވާފައެވެ. ޓީޝާޓު ތަތްލަވާފައިވުމުން އެރީތި ހަށިގަނޑުގެ ފުރިހަމަކަން އިތުރު ކޮށްދެއެވެ. މޫނު މަތީގައި ޝަބްނަމް ތިކިތަކެއް ފަދައިން ދަތުރުކުރަމުން ދިޔަ ފެންތިކިތައް ފެނި އީލާފްގެ ހިތުގައި އެފެން ތިކިތަކާއިމެދުވެސް ހަސަދަވެރިކަން އުފެދުނެވެ. އިއާންގެ އެރީތި މޫނުގައި ފިރުމާލުމަށް އޭނަގެ ހިތް އެދި ގޮވަން ފެށިއެވެ. ބޮލުގެ އިސްތަށިގަނޑުން އޭރުވެސް ދިޔައީ ފެންތިކިތައް ތަޅަމުންނެވެ. ”ވާއު… އިއާން ނާއިލް އެން އަލޫފް އެއީ މަށަށް އެންމެ ރީތި ތިން ކުދިން… ހާދަ ރީއްޗޭ… ” ހުވަފެނީ ގޮތަކަށް އިއާން އާއި ނާއިލްގެ މޫނަށް ބަލަހައްޓާއިގެން އިނދެ ޝަމްހާާއަށް ބުނެލެވުނެވެ. ” ހޫމް… ” އެދެމީހުނަށް ގެއްލިފައި އިނދެ އީލާފްއަށްވެސް ހޫމް ލައްވާލެވުނެވެ.

ގެއަށް ގޮސް ފެންވަރާ ތާޒާވެލައިގެން އިއާން ހުކުރު ނަމާދަށް ދާން ތައްޔާރުވާން ފެށިއެވެ. ކަޅު ކުލައިގެ ސްކިނީއަކާއި އަޅި ކުލައިގެ އަތް ދިގު ގަމީހެއް ލުމަށްފަހު ގަމީހުގެ އަތް އޮޅަބޮއްޓާއި ހަމައަށް އޮޅާލިއެވެ. އެއަށްފަހު ޖެލް ލައި އޭނަގެ ފަން އިސްތަށިކޮޅު ރީތިގޮތަކަށް ސަޓައިލްކޮށްލަމުން މައްޗަށް ހިއްލާލިއެވެ. ގަޔަށް ސެންޓު ޖަހާލުމަށްފަހު ތައްޔާރުވެ ނިމުމުން ކޮޓަރިއަށް ނުކުތެވެ. އޭރު އަރީފްވެސް އޭނަގެ ކޮޓަރިން ނިކުންނަނީއެވެ. ދެބަފައިން އެކަކު އަނެކަކަށް ހިނިތުންވުމެއް ރައްދުކުރަމުން އެކުއެކީގައި ގެއިން ނިކުމެ މިސްކިތައް ހިނގައިގަތެވެ. މިސްކިތައް ގޮސް ދެމީހުންވެސް އަވަސްވެގަތީ ކަހަފް ސޫރަތް ކިޔަވާލުމަށެވެ. އޭރު މިސްކިތުގެ އެކިއެކި ހިސާބުތަކުގައި މީހުން ޤުރުއާން ކިޔަވަން ތިއްބެވެ. ހަމައެވަގުތު އަޝްރަފްގެ އިތުރުން ރަޝީދު އާއި ނާއިލްވެސް އައިސް މިސްކިތައް ވަނެވެ. އެމީހުންވެސް ޚަތިމެއް ހިފައިގެން ކަހަފް ސޫރަތް ކިޔަވަން ފެށިއެވެ. މިޒަމާނުގައި ހުކުރު ދުވަހުންވެސް ތަންކޮޅެއް ކުރިން މިސްކިތައް އައިސް ކަހަފް ސޫރަތް ކިޔަވާލާާ ހަދަނީ މަދު މީހެކެވެ. މިއީ އަހަރެމެންގެ މުޖުތަމަޢުގައި ދަމަހައްޓަންޖެހޭނަފަދަ ރީތި އާދައެކެވެ.

ތައްޔާރުވެގެން އަވަސް ހިނގުމެއްގައި މިންހާ އާޝްރާގެ ގާތަށް ދިއުމަށް ގެއިން ނިކުތެވެ. އޭނާ ގޮސް އަޝްރާގެ ކޮޓަރިއަށް ވަންއިރު އަޝްރާ ކޮޓަރީގެ ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނަގެ މޫނު މަތިން އޭރު ފެންނަމުން ދަނީ ނުތަނަވަސްކަމެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އިމްތިޙާން (23ވަނަ ބައި)

Next

ލޯބިވެވުނީއެވެ. 20

Next
December 12, 2018

ލޯބިވެވުނީއެވެ. 20

Previews
December 12, 2018

އިމްތިޙާން (23ވަނަ ބައި)

19 Comments!

  1. Ifoo ifoo says:
    December 12, 2018 at 6:06 am

    Salaam dear readers ❤️❤️❤️??????… Here is the 6th part ???… Hope all will like this part too ???… Ifoo miadhu vx rashun beyrah dhaathy avahah mi up kohly thikudhin ithurah inthizaaru ga nubaithiban ???… Feel free to comment your views ???… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️??????… Next part In Sha Allah day after tomorrow ???… Love you all ❤️❤️❤️??????…

  2. Kokko says:
    December 12, 2018 at 7:39 am

    Varah reethi mi part ves ❤️❤️??. Hama rovijje kiygadeega. Ehaaves reethi. Dhn Hama Minha nulibeynetha iaan akah? Plz e dhemeehun gulhuvabala. Eyrah iylaaf hunnaaneynun rulhi ais fa. I varah rulhi annana dhe meehun e ??. Once again story vvvvvvvvvvvvvvvvvvvvvvvvv reethi?❤️love it..??❤️?????????????❣️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????????????????????????????????????????????????????????????????????????????????????????????????

    1. Ifoo ifoo says:
      December 12, 2018 at 9:43 am

      Awwwwnn ❤️❤️❤️???… Such a beautiful, colourful Comment ❤️❤️❤️??????… Thankyou soooo much Kokko ❤️❤️❤️??????… Comment kiyaalaafa ifoo v v v ufaavehje ???… Let’s see what happens… Iaan might get his love n might not ???… Hope to see ur comment more often dear ❤️❤️❤️???… Much loves from me dear ❤️❤️❤️??????…

  3. Aurora says:
    December 12, 2018 at 8:59 am

    Hey ifooooo ❤️❤️❤️❤️ I’m the first I guess?? woowww mi part vx Hama habeys ??alhey ifoo kihineh mihaa rythi koh Stry liyan dhaskury?????? Alhey aaaan haadha dheravaaney.. Eyna ah ehn nuhadhaaa ??❤️❤️ When is next part.. Waiting waiting waiting ❤️❤️❤️ Luvvv uuuuuuuu ifoooooooooooooo dhooon

    1. Ifoo ifoo says:
      December 12, 2018 at 10:09 am

      Hey Aurora ❤️❤️❤️???… Ur second this time dear ???… Awwwwnn ❤️❤️❤️… Thankyou soooooo much dear for the support ❤️❤️❤️??????… I’m soooo happy to see ur comment ??????… Thikudhinge mikahala supportive comment libeythy aslu ifoo ah story liyeveny ???… U guys are v v v important for me n my readers are special for me ❤️❤️❤️??????… Let’s see what happens… Ifoo vx dheravey aan ah vaagothun ???… Bt… So let’s hope for the best ???… Next part In Sha Allah day after tomorrow ???… Love you too dear ❤️❤️❤️??????…

  4. @Ikleel... says:
    December 12, 2018 at 9:19 am

    Wow…!!!???❤❤❤ Just Wow….!!! Ifoo dear what are you doing …???!!!❤??❤❤..I am addicted to read this awesome story ❤❤❤…This part also very very nice…??? Sifa kurun vrh vrh furihama…❤❤❤???…Ekam alhe ifoo plx aan ah ehen nuhadhabala??????…Please aan aaminutes aa dhe myhun gulhuvahchey…I feel sorry for him really???..???❤❤❤Thanx For the lovely Episode…???❤❤❤…And special thanx to you from the bottom of my heart for apricieate me???❤❤❤..I am so happy today…Vrh happy me ge comment ah ifoo wait kuraa vaahaka bunyma komme part eh ga vexx…???❤❤❤…So i will support you in every story brought us…❤❤❤???…Waitting for next part…Hope nice episode akah vaane kamah❤❤❤…Miss you and much loves from me…❤❤❤???…Wish you a safe journey❤❤❤?????…Thanx furumu ge kurin up kohdhinyma ingey…❤❤❤❤????

    1. Ifoo ifoo says:
      December 12, 2018 at 10:50 am

      Awwwwnn ❤️❤️❤️… Ur comment is soooooo colourful ❤️❤️❤️??????… Thankyou sooooo much dear for colourful, beautiful, supportive comment ❤️❤️❤️??????… It really means a lot for me ???… Ifoo v v v ufaavehje story reethi v ma dear ah n sifakurunthah reethi kann faahaga kohleema v v v ufaavehje adhi ???❤️❤️❤️???… Ifoo wait kuraane ehnu knme parteh gavx dear ge comment ehaa supportive ???❤️❤️❤️???… Let’s see dhw vaagotheh ???… Much more loves from me dear n once again Thankyou soooo much ❤️❤️❤️??????… Ur one of the best reader ey buneveynee ???…

  5. Lotus says:
    December 12, 2018 at 10:00 am

    V cute story .. i like this story much more than your previous one.. keep it up dear ?

    1. Ifoo ifoo says:
      December 12, 2018 at 11:02 am

      Lotus ❤️❤️❤️… V v v ufaavehje Lotus ge comment eh libunyma ???… N mifaharuge mi story reethi v ma vx v v v ufaavehje ???… It means a lot for me ???… Thankyou soooooo much ❤️❤️❤️??????… To be honest ifoo ge first story Lotus ehaa like nuvi henn heevi eyru cause trailer ga comment kohfa dhen story ge 2 or 3 parts ga Lotus ge comment libuny… Ifoo kiyan esfiya ga upload kuraa ehen baeh story thah vx… Ehen baeh story thakun Lotus ge comment thah feney eyru vx ???… So I thought next story gina readers ah kamudhaane fadha interesting gothakashey gennaanee… So kury story ah vure mi story ah ifoo v v work kuramun midhany ???… Once again thankyou ❤️❤️❤️??????… Aslu vx v v v ufaavehje kury story ah vure reethi v ma ???…

  6. unique says:
    December 12, 2018 at 11:18 am

    varah loabi story but so emotional
    feeling sad for aan
    insha allah everythig will be ok in their life
    just love the story ifoo
    lysm…….. ifooge knme story evves hama varah loabi
    masha allah
    love it
    keep the gud work going ifoo
    all the best

    1. Ifoo ifoo says:
      December 12, 2018 at 2:23 pm

      Unique ❤️❤️❤️… Ur so sweet dear ❤️❤️❤️??????… Thankyou soooooo much dear for the love n support ❤️❤️❤️??????… Let’s hope for the best dhw for their life ???… Unique ge support abadhuvx ifoo ah libeykann faahaga kohlan ???… Ur one of the best reader ey buneveynee ??????❤️❤️❤️… Much more loves from me ❤️❤️❤️??????…

  7. Naju says:
    December 12, 2018 at 1:38 pm

    Wow ??? This story is sooo amazing ???❤❤❤???… I really love this story ?????????… Vaahaka kiyamun dhaairu hyvany hama manzaruthah kurimathin fennahen… Ehaavx furihama ?????????… Ifoo dear ur so talented ???❤❤❤???… Ur one of my favourite writer ?????????… Keep up the good work dear ?????????… curiously waiting for the next ?????????… Much loves from naju ??????????????????????????????⭐⭐⭐???❤❤❤?????????

    1. Ifoo ifoo says:
      December 14, 2018 at 11:58 am

      Naju ❤❤❤…Thank you sooooo much for the colourful , supportive comment ❤❤❤?????????… It really means a lot for me ??????… Much more loves from me ❤❤❤?????????…

  8. Naum says:
    December 12, 2018 at 3:44 pm

    Story is v nice… hama supperr ..?
    ifoo u are v gud writer … mashaAllah.❤❤❤
    Alheyy??? iaan aa vaa goih dhw…i really really feel bad for him.?? anehkkaaves buneveyny iaan and minnu gulheyne kamah unmeedh kurun..??
    Btw ashu ehaa haas vefa ehury anehkka kihineh v baa? curiously waiting for the next part… ???❤??

    1. Ifoo ifoo says:
      December 14, 2018 at 12:02 pm

      Naum ❤❤❤… Awwwwn ❤❤❤???… Thankyou soooooo much ❤❤❤?????????… v v v ufaavehje ???… Lets see what happens dhw ???… Ashoo haasvefa huree kihineh vekann ingeyne next partga ???… now kiyaaleveyne ???… Much more loves from me dear ❤❤❤?????????…

  9. ishu says:
    December 13, 2018 at 5:58 pm

    Vrh salhi❤???? when next❤❤masha Allah mi story vrh reeth ad hi vrh interesting hama bunaanee Keekey☺☺☺☺dhen buneveyny vrh s alhi
    WAITING
    WAITING
    FOR NEXT Part

    1. Ifoo ifoo says:
      December 14, 2018 at 12:05 pm

      Awwwwn ???❤❤❤… Ishu ❤❤❤… Thankyou soooo much dear ❤❤❤?????????… V v v ufaavehje comment kiyaalaafa ???… Much more loves from me dear Ishu ❤❤❤?????????… Now next part kiyaaleveyne…

  10. ish says:
    December 13, 2018 at 9:29 pm

    Asuluves mihaaru keimadhuvehje much love from ish

    1. Ifoo ifoo says:
      December 14, 2018 at 12:06 pm

      now next part kiyaaleveyne ish ❤❤❤?????????…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 7←


All Right Reserved!