އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 35
6 އަހަރުފަސް
” ދަރިފުޅާ, ފައުޒާން! މަންމި ބުނީމެއްނު ނުދުވާނޭ, އަވަހަށް އާދޭ މަންމި ކައިރިއަށް, އެހެރަ އަންނަނީ ބައްޕިވެސް” ސާރާ އައިސްކޯން ތަކެއް ހިފައިގެން އައި ފަޒީލް ދައްކާލަމުން ބުންޏެވެ.
“އަހަ, ބައްޕިގެ ދޫނި ކުޅެނީތަ؟ އެހަށް އާދޭ އައިސްކޯން ބޯލަން” ފަޒީލް ފައުޒާން އާ އަރާ ހަމަވަމުން ބުނެލިއެވެ.
” ޔޭ, ޔޭ.. އާސްކޯން” ފައުޒާން އުފަލުން ފައުޒާންގެ ލޯބި ޅަ އަޑުން ބުނެލިއެވެ. އަދި ރަސްފަންނުގެ މޭޒު ކައިރީ ހުރި ގޮނޑިއެއްގައި ފައުޒާން ބޭންދިއެވެ. މުޅި ތަނުގައި ހިފާފައިވަނީ ކުޑަކުދިން އެކުދިންގެ އާއިލާ މީހުންނާއެކު މަޖާ ކޮއްލާ ސަކަރާތް ޖަހާ އަޑެވެ. އައިސްކޯން ބޮއެ ނިމުމުން ތިން މީހުން ގެއާ ދިމާލަށް މިސްރާބު ޖެހީ އިރުވެސް އޮއްސެން ކައިރިވެފާ ހުުރުމުންނެވެ.
” މަންމާ, އަހަރެންނަކަށް ދެން ނުވާނެ, ކިހާ ދުވަހެއް ވެއްޖެ އަހަރެން މިހެން އުޅޭތާ, އަރުޝްގެ ހަބަރެއްވެސް ނުވޭ, ދިޔަތަނެއް ވެސް ނޭނގެ, އޭރުވެސް އަހަރެން ބުނީމެއްނު އޭނަ ގަބޫލެއް ނުވާނޭ” ހައިފާގެ ރުޅިގަނޑު ހީވަނީ ފަޅައިގެންދާން އުޅޭހެންނެވެ. އެހާވެސް ހައިފާ ހުރީ ރުޅިގަދަވެފައެވެ. އެކަން ހައިފާ ސޯފާގައި އިށީން ގޮތުންވެސް ހާމަވެއެވެ.
” އެންމެ ރަނގަޅު އަރުޝް ނެތިގެން, ކައިވެނި ނުކުރެވިގެން އުޅޭއިރު, މިވީ ދުވަސްތަކުގަ ހައިފާ ބޭނުން ކަމެއް ނުވެފަ އެބަ އޮތްތަ, ނެތެއްނު, އެހެންވީމާ އަރުޝް ނެތަސް ވީ ގެއްލުމެއް ކޮބާ, ހައިފާ ބޭނުން ގޮތަކަށް އެބަ އުޅެވެއްނު, އެެހެންނޫނަސް އެމީހުންގެ މުދާ ގަޑެއް ބޭނުންވިއްޔާ ޖެހޭނީ ކެތް ކުރަންދޯ, އެހެން ނޫންނަމަ މިހެނެއް ނުތިބޭނެ އެއްނު, ” ހަފީޒާ ސޯފާ މަތީގައި އޮތް ޓީވީ ރިމޯޓް ނަގަމުން ބުންޏެވެ.
” ތިބުނީ ރަނގަޅު ވާހަކައެއް, އެކަމް އަރުޝް ވީ ކޮންތާކު, އެވަރު ބުނެވޭނެއެއްނު, މަށަށް ޔަގީން މަންމައަށް އެނގޭނެކަން, މަންމަ ނުބުނަން ތިޔަ އުޅެނީ” ހައިފާ ނުރުހުމާއެކު ސޯފާގައި ހަމަޖެހިލާ އަނެއްފަރާތަށް އެނބުރުނެވެ.
” އޯކޭ ފައިން, އަޑުއަހާ, އަރުޝްވީ ކިޔަވަން ގޮއްސަ, އޭނާ ކައިވެނި ކުރަން އެއްބަސްވީ ގޮތެއްގެ މަތިން, އެއީ އޭނަ ބުނިގޮތުން އޭނަ ކައިވެނި ކުރާނީ ކިޔަވައިގެން އައިސް, ހައިފާއާ އިންނަން ހުރީ ތައްޔާރަށް އެކަމް އޭނަ ކިޔަވައިގެން އައިސް, އެހެންވެ އަރީޝާމެން އޭނަ ކިޔަވަން ފޮނުވީ, އެހެންނޫންނަމަ އަރުޝް ފޮނުވާނެތަ, ނުފޮނުވާނެ, އޭނަ ކިޔެވުން ނިންމާފަ އައިސް ކައިވެނި ކުރަން އެއްބަސް ވީމަ ފޮނުވީ” ހަފީޒާ ހަމަ ޖެހިލަމުން ބުނެލިއެވެ.
” ދެން އެހެންވީއިރު މިއޮއް ހުރިހާ ދުވަހު ނުބުނެ, ވަރަށް ފޫހިވޭ” ހައިފާ މިހެން ބުނެ މޫނުމަތީ ބާލީސް އެޅިއެވެ. ހަފީޒާ ދެފަރާތަށް ބޯ ހޫރާލީ ހައިފާ ބަދަލު ނުވާނެކަން އެނގޭތީއެވެ.
” އަހަ, މާމަގެ ދޫނި މިއޮއް އައީނު” ފައުޒިއްޔާ ގޭތެރެއަށް ވަދެގެން އައި ފައުޒާން ފެނުމުން ދެ އަތް ދިއްކޮއްލަމުން ބުނެލިއެވެ. ފައުޒާންގެ ފަހަތުން ސާރާ އާއިި ފަޒީލްވެސް އައިސް ވަނެވެ.
” މާމައަށް އެނކޭތަ, ފައުކޮ, މިއައީ އާސްކޯން ބޯގެން” ފައުޒާން ފައުޒިއްޔާގެ އުނގުތެރެއަށް ވަދެ ބުނެލިގޮތުން ފައުޒިއްޔާވެސް ހީނގަތެވެ.
” އެހެންތަ މާމަގެ ފައު އައިސްކޯން ބޯލީތަ, ކީއްވެ މާމައަށް ނުދިނީ” ފައުޒިއްޔާ ތުންކޮޅު އޫ ކޮއްލާ ބުނެލިގޮތުން ފައުޒާން ތުން ފިއްތާލިއެވެ
” މާމަ ދެލަނުއޭ, ގެނެސްދޭނަމޭ, ދޯ ބައްޕީ” ފައުޒާން ފަޒީލްއަށް ދޯ އަޅާލަމުން ބުނެލިއެެވެ. ޖަވާބުގައި ފަޒީލް ހިނިތުންވެލިއެވެ.
” ދަރިފުޅޫ, އާދެ ގައި ދޮވެލަން, ގައި ދޮވެލައިގެން އައިސް ބައްޕި އާ އެކު މިސްކިތަށް ނަމާދަށް ދާން” ސާރާ އެހެންބުނުމާއެކު ފައުޒާން ސާރާ ފަހަތުން ކޮޓަރިއަށް ވަނެވެ. ފަޒީލް އައިސް ފައުޒިއްޔާ ކައިރީ އިށީނެވެ.
” ދަރިފުޅާ މާދަން އެއީ ފައުޒާން ޑޮކްޓަރަށް ދައްކާ ދުވަހެއްނު, ސާރާ އާ އެކު ދަރިފުޅު ދާންވާނެ” ފައުޒިއްޔާ އެހެންބުނުމާއެކު ފަޒީލް އާ އެނކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެެވެ. އިރުކޮޅެއް ނުވެ ފައުޒާން އައުމުން ފަޒީލް ތެދުވެ ނަމާދަށް ދިއުމަށް ނިކުތެެވެ. އެދެބަފައިން ނުުކުތުމުން ސާރާވެސް ނަމާދަށް އަރަނީ ކަމަށް ބުނެ އެތެރެއަށް ވަނެވެ. ފައުޒިއްޔާވެސް ނަމާދު ކުރުމަށް ކޮޓަރިއަށްވަނެވެ.
ފާހާނާއަށް ވަތް ގޮތަށް ސާރާ ފުރަތަމަވެސް ބުރުގާ ބޭލިއެވެ. އެއާއެކު ކަރުގައި އޮތް ފަށް ލޮލުގައި އަޅައިގަތެވެ. އަދީ މީގެ ހައަހަރު ކުރިން އަރުޝް އެފަށް އަޅުވައިދިން ރޭ މަތިން ހަނދާންވިއެެެވެ. އިސާހިތަކު ސާރާގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެއީ އާ ކަމެއް ނޫނެެވެ. ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. އެފަށް ނަގާ އެއްލާލާނެ ހިތްވަރު މިވީ ހަ އަހަރު ދުވަހުގެ ތެރޭގައި ނުލިބުނެވެ. އެހާވެސް ސާރާ އަރުޝްދެކެ ލޯބިވެއެވެ. އެހެންނަމަވެސް މިއަދު މިޖެހުނީ އެ ލޯބި ކަފުންކޮއް ވަޅުލާށެެވެ. ކުޑަ ކުޑަ ފައުޒާންއަށް ޓަކައެެވެ.
ފައުޒާން ނިންދަވަން އޮތް ސާރާ ސިހުނީ ދޮރު ހުޅުވާލިއަޑަށެވެ. އެހެންކަމުން ބެލިއިރު ފަޒީލް ވަތްތަން ފެނުމުން ހިނިތުންވެލިއެވެ.
” ދެެންމެ ހޮސްޕިޓަލްއިން ގުޅި, ބުނީ ޒާން ބަލާ ޑޮކްޓަރ ހއ އަށް ކުއްލިގޮތަކަށް ފުރަނީއޯ, ދެން އޭގެ ބަދަލުގަ އެހެން ޑޮކްޓަރ އެއް މާދަން ނޫން އަނެއް ދުވަހު ނުކުންނާނޭ ޑިއުޓީއަށް, މެމޯ ނަގާށޭ” ފަޒީލް ސާރާއަށް ބަލާލަމުން ބުނެލިއެވެ.
” އެހެންތަ, އެކަމް އަނެއްކާ ޑޮކްޓަރ ބަދަލުވީމަ ހާދަ އުނދަަގޫވާނޭ” ސާރާ އެނދުގެ ފަޑީގައި ލައްގަންނަމުން ބުނެލިއެވެ.
” އާނ އުނދަގޫ ވާނެ, އަނެއްކާވެސް އާދަ ކުރާނީ” ފަޒީލް އެހެންބުނެ ފާހާނައަށް ވަނުމުން ސާރާ ކޮޓަރިން ނުކުތީ ފައުޒާން ނިދިކަން ކަށަވަރު ކުރުމަށްފަހު އެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މީހުން ނުކުންނަ ގޭޓުން ނުކުމެގެން އަންނަ ޒުވާނާއަށް އެވަގުތު އެތާންގައި ތިބި މީހުންގެ ލޯތަށް އަމާޒުވަމުންދެއެވެ. ކަސްރަތީ ހަށިގަނޑެއް ލިބިފައިވާ ކަން ލާފައި ހުރި ގަމީހުގެ އޮޅާލެވިފައިވާ އަތަށް ބަލާލުމުން އެނގެއެެވެ. ލާފައިވާ ވިލު ފެހި ކުލައިގެ ގަމީސް ވަރަށް ގުޅެއެެވެ. އަދި ބެގީ ޖަހާފައިވުމުން ވަރަށް ޕްރޮފެޝަަނަލް ކަމުގައި ދައްކައެވެ. ބަހައްޓާފައިވާ ތުބުޅިއަކީ މީހުންގެ ހިތް ދަމައިގަންނަ ވަރަކަށް ހުރި ރީތި ތުބުޅިއެކެވެ. ބަލާބެލުމަށް ނުހަނު ސްމާރޓް ކަމުގައި ދައްކައެވެ. ވަކި މީހަކަށް ބެލުމެއްނެތި މިސްރާބު ޖެހީ ޕާރކް ކޮއްފައި އޮތް ކާރާ ދިމާލަށެވެ.
“ސާރާ” އެ ނަން އިވިފައި ހީވީ އެ ޒުވާނާގައި ފައިގައި ކަސްތޮޅު އެޅުވުންހެންނެވެ. ހިތް ތެޅެން ފެށީ ކުއްލިއަކަށެވެ. އެހެންކަމުން ކުއްލިއަކަށް ބަލާލެވުނީ ފަހަތަށެވެ. އެހެންނަމަވެސް ފެނިގެންދިޔައީ މެދު އުމުރުގެ އަންހެނަކު ސާރާއޭ ކިޔަމުން ކުޑަކުއްޖެއްގެ ގައިގަ ބައްދާތަނެވެ. އެ ޒުވާނާގެ އެ އަމަލުން އެ ނަމަކީ ވަރަށް ގުޅުންހުރި ނަމެއްކަން ޔަގީންވެއެެވެ. މާޒީގެ ސަފްހާތަަށް ހަނދާން ވުމާއެކު ލޮލުން ކަރުނަ އަންނަން ފެށިއެވެ.އެހެންކަމުން ލަސްނުކޮއް ކާރަށް އަރާ ލޮލުގައި އައިނު އަޅާލީ ޑްރައިވަރަށް އެ ކަރުނަތަށް ނުދެއްކުމަށެވެ.
އެ ޒުވާނާ ސާރާގެ ކިބައިން ހަނދާން ނައްތާލަން ކުރި މަސައްކަތް ވީ ބޭކާރެވެ. މިހާރުވެސް އެ ހަނދާންތަށް ތާާޒާ ކަމާއެކު ސިކުނޑީގައި އެބަހުއްޓެވެ.
އަރުޝްއަށް ނޭނގުނު ކަމަކީ ސާރާވެސް ވީ އަރުޝްދެކެ ހަގީގީ ލޯބިކަމެވެ. ކުރި ޝައްކެއްގެ ސަބަބުން ގުޅުން ކަނޑާލި އިރު ސާރާ ދެރަވާނެ ވަރު ނުވިސްނައެވެ. އަމިއްލައަށް ގޮތް ނިންމުމުން އެކަމުގެ ސަޒާއަކީ ސާރާ މަތިން ހަނދާން ނުނެތުން ކަމުގައި ވެދާނެއެވެ.
ހެނދުނު އަރައިގެން އައި އިރާއެކު ސާރާ ތައްޔާރު ވަމުންދިޔައީ މެމޯ ކޮޅު ނެގުމަށް ހޮސްޕިޓަލްއަށއ ދިއުމަށެވެ. ފައުޒާން ސާރާގެ ފަހަތުން ދާން ހިއްޕާލާފައި ވުމުން ސާރާ ނިންމީ އޭނަ ގޮވައިގެން ދިއުމަށެވެ.
ހޮސްޕިޓަލްގެ ވަކި ހިސާބަކަށް ދިޔަތަނުން ފޯނެއް އަައިސްގެން ސާރާ އެތާހުރި ގޮނޑި ބަރީގައި ފައުޒާން ކައިރީން ބައިންދައިގެން އިށީނެވެ.
ސާރާ ދަބަހުން އެއްޗެއް ހޯއްދުމަށް އުޅުނު ވަގުތު ފައުޒާން އެތަނުން ފައިބައިގެން އެތަނުން ކުރިއަށް ދެވެން އޮތް ދިމާލަށް ދިޔައެވެ. ސާރާ ފޯނު ނިންމުމަށްފަހު ފައުޒާން ކޮބާތޯ ބެލިއިރު ފައުޒާން ނެތުމުން ސާރާގެ ހިތް ތެޅިގަތެވެ. މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ.
މަޑު ހިނގުމުގައި ހިނގަމުން ދިޔަ 4 އަހަރުގެ ފައުޒާން އަށް މަންމާއޭ ބުނެވުނީ ބިންމަތި އަރިކޮށް އިންތަނަށް އެރި ކައްސާލުމުންނެވެ. އެއާއެކު ބާރުގަދަ އަތަކުން ފައުޒާން ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. އޭރު ފައުޒާންގެ ދެލޯ ވަނީ ބޮޑުވެފައެވެ.
” އަހަ, ކޮއްކޯ ކިހިނެއް ތިހެދީ, އެކަނިތަ, ކޮބާ މަންމި” ފައުޒާން ކައްސާލަން އުޅުމުން އެގަޑީގައި ބިރުގަތުމުގެ ސަބަބުން ރޮވެމުންދިޔުމުން އިތުރު އެއްޗެކޭ ބުނެވޭ ވަރެއް ނުވިއެވެ. އަރުޝް ފައުޒާން އުރާލައިގެން ފަހަރަކު ދިމާލަށް ދަމުން ދަނިކޮށް ފައުޒާން އުނގުން ފައިބަން ވަރު ދައްކަމުން ދިޔައެވެ. އަރުޝް ފައުޒާން ބެހެއްްޓުމާއެކު ދުވެފަ ތަންކޮޅެއް ދުރުގަ ފުރަގަސްދީގެން ހުރި މީހެއްގެ ގައިގަ މަންމޭ ކިޔައި ފުރަގަހުން ބައްދާގަތެވެ.
އަަރުޝްގެ ނަސީބު ދެރަކަމުން ސާރާގެ މޫނު ނުފެނުނެވެ. އެތަނަށް އައި އެހެން މީހަކު އަރުޝްއާ ވާހަކަދައްކަން ފެށުމާއެކު އެދިމާލަށް ދިއުމަށް ހަނދާންނެތުނެވެ.
އެދުވަސް ނިމިދިޔައީ އެކަހަަލަ ގޮތަކަށެވެ. އަރުޝް އެނބުރި އައުމާއެކު އަރީޝާ އާއި އާމިރުވަނީ ވަރަށަ ރަނގަޅަށް ގޭތެރެ ޒީނަތްތެރިކޮއްފައެވެ. އެ ބޭއްވި ކުޑަ ކުޑަ ޕާޓީއަށް ހަފީޒާވެސް ހައިފާ ގޮވައިގެން އައެެވެ. ހައިފާ މަސައްކަތް ކުރަމުންދިޔައީ އެވީ ވަގުތު ކޮޅުގައިވެސް އަރުޝްގެ ސަމާލުކަން ހޯދާށެވެ. އެހެންނަމަވެސް އަރުޝް ހައިފާ އުޅޭ ގޮތަކާ އެއްވެސް ސަމާލުކަމެއް ނުދެއެވެ. ކޮންމެހެން ބުނަން ޖެހޭ އެއްޗެއް ނޫނީ ނުބުނެވެ. އަރީޝާއާއި ހަފީޒާ ވާހަކަ ދައްކަން ތިބި ގަޑި ބަލާފާ އަރުޝް އަވަހަށް އަރުޝްގެ އެޕާރޓްމަންޓަށް ދިޔައެވެ.
އަދި މޫނުބަލާ ލޯގަނޑު ކުރިމަތީ ހުއްޓިލާ އަމިއްލަ ސޫރައަށް ބަލާލިއެވެ.
” ކީއްވެތަ,ކީއްވެތަ ސާރާގެ ހަނދާންތަށް މިހިތުން ނުދަނީ, ކީއްވެ ސާރާ ނޫން އެހެން ކުއްޖަކަށް ބަލާލަން މިހިތް ނޭދެނީ, ސާރާ ކޮންފަދަ ޖާދުލެއް އަހަރެންނަށް ތި ޖެއްސީ، ކީއްވެ ލޯބި ނުވާއިރު ލޯބިވޭ ބުނެ ހުރިހާ އެކްޓެއް ޖެއްސީ, އަހަރެން ސާރާއަށް ދެވަނަ ޗާންސް ދޭން ބެލިއިރު ސާރާ ސާރާގެ ލޯބިވެރިޔާ ފަޒީލްއާއެކު މާލެ އައިސި, ކީއްވެ ސާރާ, އަހަރެންނަށް ޔަގީން ސާރާ މިހާރު ފަޒީލްއާ ކައިވެނިކޮއްގެން ވަރަށް އުފަލުގަ އުޅޭނީ, އެކަމް އަހަރެން ބަލާބަލަ, އަދިވެސް ތި ހަނދާން ތަކާއި ދުރަކަށް ނުދެވެ” އަރުޝް ހިތާވީ ދިމާލުގައި އަތްއަޅާ ބާރުކޮއްލާ އަމިއްލަ ނަފްސާ ވާހަކަދައްކަމުން ބުނެލިއެވެ. އޭރު އަރުޝްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަމުންދެއެވެ.
“އަރުޝް” އަރުޝް ސިހުނީ ދޮރުގައި ޓަކި ޖަހަމުން އާތިފާ ގޮވާލުމުންނެވެ. އަރުޝް މޫނުމަތި ފުހެލުމަށްފަހު ގޮސް ދޮރުހުޅުވިއެވެ. “މިއޮތީ ލިބުނު ސިޓީއެއް, އަދި މަންމަ އެބަ ހޯދާ” އާތިފާ މިހެންބުނެ ނުކުންނަން ހިނގައިގަތެވެ. އާތިފާއަށް އަރުޝްގެ މޫނުމަތި ފެނުމާއެކު ކަމެއް ގޯސްވެއްޖެކަން އެނގުނެވެ. އެހެންނަމަވެސް ރަނގަޅު ވަގުތަކުން ވާހަކަ ދައްކަން ނިންމާ އެނބުރި ދިޔައެވެ.
ޖެހިގެން އައި ދުވަހު ސާރާ ފައުޒާން ގޮވައިގެން ހޮސްޕިޓަލްއަށް ދިޔައެވެ. ފަޒީލް ކުއްލިއަކަށް އޮފީސްކަމަކު ރާއްޖެ ތެރެއަށް ދާން ޖެހިގެން ފުރީއެވެ. އެހެންކަމުން ސާރާ އެކަނި ދިއައީއެވެ.
ޓޯކެން ނަމްބަރ ޖެހުމާއެކު ސާރާ ފައުޒާން ގޮވައިގެން އެތެރެއަށް ވަނެވެ. ވަތްއިރު ކުރިންވެސް ފައުޒާން ބަލަމުންދާ ޑޮކްޓަރު ހާޝިމް އިނެވެ. އެކަމާ ސާރާ ހައިރާންވެސް ވިއެވެ. ޑޮކްޓަރގެ އަތުގެ އިޝާރާތާއެކު އެތާހުރި އަންހެންކުއްޖާ ފައުޒާން އަތުގެ ހިފައިގެން ނުކުތެވެ. ސާރާ ކިހިނެއްވީހޭ އަހާލުމާއެކު އަނެއްކާވެސް ޑޮކްޓަރ ސާރާއަށް މަޑުކުރުމަށް ބުނެލިއެވެ.
” އަސްލު ފައުޒާން އެ ގެންދިޔައީ އަހަރެން ދިއައިމަ ދެން މިކަމާ ހަވާލުވާ ޑޮކްޓަރ ކައިރިއަށް, އޭނަ ފައުޒާން އާ ވާހަކަ ދައްކާލަން ބޭނުންވާތީ, އަސްލު މިކަން ގޮއްސަ އޮތް ހިސާބު އެ ޑޮކްޓަރަށް އަންގަަން ޖެހޭތީ އަހަރެން މަޑުކޮއްލީ, މިހާރު އެ ޑޮކްޓަރަށް ހުރިހާ އެއްޗެއް އެނގޭނެ, ސޯ ޑޯންޓްވޮރީ, ކުރިން ބުނިހެން ފައުޒާން އަބަދުވެސް އުފަލުގަ ގެންގުޅެވޭތޯ ބަލަންވާނެ, އެހާ ކުޑައިރު ހިތުގެ މައްސަލަ ހުރުމަކީ ފުރާނައަށް ނުރައްކާ ވާ ވަރުގެ ކަންތަށް, އެއްގޮތަކަށްވެސް ދެރަވެ ހިތާމަ ކުރާ ވަރުގެ ކަމެއް ދިމާވިޔަ ނުދެއްވާތި” ޑޮކްޓަރ އާދައިގެ މަތިން ސާރާއަށް ހަނދާން ކޮއްދެމުން ބުނެލިއެވެ.
” ލައްބަ, އަޅުގަނޑަށް ވެގެންވަންޏާ ދުވަހަކުވެސް އެ ދެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނަކަ ނުދޭނަން, އަޅުގަނޑާ ހަވާލުވެފައިވާ ވަރަށް ބޮޑު އަމާނާތެއް އެއީ, އެ އަމާނާތާއި ހިޔާނާތްތެރި އަޅުގަނޑު ނުވާނަން” ސާރާ ލޮލުގެ ކޮޅުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން ނޭފަތް ދަމާލިއެެވެ.
” ވަރަށް ބޮޑު ތެދެއް, ދަރިންނަކީ އަހަރެމެންނާ ހަވާލުވެފައިވާ އަމާނާތެއް” ޑޮކްޓަރ ވެސް ސާރާގެ ވާހަކަ ތެދުކުރުމުގެ ގޮތުން ބުނެލިއެވެ.
އިރު ކޮޅަކުން ދޮރު ހުޅުވާލާފައި ވަތް ފައުޒާން މަންމާއޭ ކިޔައި ސާރާގެ އުގަށް އެރިއެވެ.
” އަހަ, މިހިރީ ފައުޒާންގެ ޑޮކްޓަރ” ޑޮކްޓަރ އެހެން ބުނުމާއެކު ސާރާ ފައުޒާން އުނގުން ބޭލުމަށްފަހު ކޮޅަށް ތެދުވެ ވަދެގެން އައި މީހާއަށް ބަލާލިއެވެ. އެވަގުތު ސާރާއަށް ހީވީ ސާރާގެ ފައިން ވަރު ދޫވެގެން ދިޔަހެންނެވެ. ކުރިމަތީ ހުރި އަރުޝް ފެނިފައި ސާރާގެ ހިތް ފަޅައިގެންދާ ވަރުވިއެވެ. މިފަދަ ގޮތަކަށް އަރުޝްއަށް ދިމާވާނެ ކަމަކަށް ސާރާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ.. ތަގްދީރު މި ކުޅުނީ ކޮންކަހަލަ ކުޅިވަރެއް ހެއްޔެވެ. އަނެއްކާވެސް ދެ ލޯބިވެރިން އެއްތަންވީއެވެ.
އަރުޝްއަށް ވެސް ސާރާ ފެނި ގަބޫލު ނުކުރެވިފައި ހުރެވުނެވެ. ދެއަތް މުއްކަވާ ލެވުނީ އެ ފޮޓޯތަށް ހަނދާންވުމުންނެވެ. އެހެންނަމަވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލީ މިއަދު ދުޝްމަނީ ކަން އެއްފަރާތް ކޮއް ޕޭޝަންޓަކާ ޑޮކްޓަރެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަންް ޖެހޭނެތީއެވެ. އެހެންނޫންނަމަ އަރުޝް ސާރާ އަކާއި ވާހަކައެއް ނުދައްކާނެވެ. ދެމީހުން ދެމީހުންގެ ލޮލަށް ގެއްލި އެތަށް ވާހަކަ އެއް ބުނެދެމުން ދިޔައިރު އެތާ ބަޔަކު ތިބި ކަމެއް ރޭކާ ނުލާ ކަހަަލައެވެ. ސާރާއަށް އަރުޝްގެ ލޮލުން ނަފްރަތު ފެނުނެވެ. އަރުޝް ގަދަބާރުން ފިޔަވަޅު ނަގަމުން އައިސް ހާޝިމްއާ ޖެހިގެން އިށީނެވެ. ސާރާ އެ ހުރި ގޮތަށް ހުރީއެވެ.
” މަންމީ” ފައުޒާން ސާރާގެ ހެނދުމުގެ ފަސްބައިގައި ހިފާ ތަޅުވާލުމުން ސާރާ ދިޔައީ ސިއްސައިގެންނެވެ. ފައުޒާން ސާރާއަށް މަންމާ ކިޔާ ގޮވާލުމުން އަރުޝްގެ ހިތަށް ދިޔައީ ތަދުވެގެންނެވެ. އެހެންނަމަވެސް ހިތް އޮބަހައްޓަން ޖެހޭކަން އަރުޝް އަށް އެނގެއެވެ. އަރުޝްއަށް އިރުކޮޅަކާ ސާރާއަށް ވައްކަޅިން ބަލާލައެވެ. ސާރާ ލޮލުގެ ތެރޭގައި ބޮނޑިވެފައިވާ ކަރުނަތަށް ވެއްޓުނަ ނުދީ ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންދިޔައެވެ.
ޑޮކްޓަރުގެ ރޫމުން ނިކުތް ސާރާއަށް ހިނގެނީ ވަރަށް ލަސްލަހުންނެވެ. ގައިގެ ވަރު ދޫވެ, ވެއްޓޭ ކަހަލަ އިހްސާސް ކުރެވެނީއެވެ. ފައުޒާން އަތުގައި ހިފައިގެން ހުރި ކަމަކު މާ ބޮޑު ސަމާލުކަމެއް ދެވޭ ގޮތެއް ނުވިއެެވެ. ކުއްލިއަކަށް ސާރާ ކުރިމައްޗަށް ފަޒްލާ ފެނި ސާރާ ސިހުނެވެ.
” ސާރާ ކިހިނެއްވެފަ” ފަޒްލާ ސާރާ ފެނުމާއެކު އަހާލިއެވެ.
” މާ ބޮޑު ކަމެއް ނުވެ, ކުޑަކޮށް ބޮލުގަ ރިއްސާތީ” ސާރާ ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ.
އެހެންތަ, ވެދާނެ ހޫނު ގަދަ ވީމަ ކަމަށް, ހިނގާ ފިނި އެއްޗެއް ބޯލަން” ފަޒްލާ ފައުޒާންގެ އިސްތަށިގަނޑާއި ކުޅެލަމުން ބުނެލިއެވެ.
” ދަރިފުޅޫ ދޭ, ފަޒޫ ދައްތައާއެކު, މަންމި ދާނަން ފާހާނާއަށް ވަދެލާފަ” ސާރާ މިހެން ބުނުމުން ފަޒްލާ ފައުޒާންގެ އަތުގައި ހިފައިގެން ކެންޓީނަށް މިސްރާބު ޖެހިއެވެ. ފަޒްލާއަކީ ފައުޒިއްޔާގެ އެއްބަނޑު މީހެއްގެ ދަރިއެކެވެ. އެމީހުންވެސް ފައުޒާންދެކެ އިންތިހާއަށް ލޯބިވެއެވެ. އަދި ފައުޒާންއާ ދޭތެރޭ ކަންތަށް ދިމާވި ގޮތުން ހާއްސަ ސަމާލުކަމެއް ދެއެވެ.
ފާހާނާއިން ނުކުމެ ކެންޓީނަށް މިސްރާބު ޖެހި ސާރާ ފޯނު ނެގީ ހޮސްޕިޓަލް އިން ގުޅާތީއެވެ. ހައިރާންވެ ހުރެ ފޯނު ނެގުމާއެކު ބުނެލި ޖުމްލައިން އަތުގައި ހުރި ފައިލްތަކަށް ބަލާލެވުނެވެ. ފައިލްތަކަށް ބަލާލުމުން ރިޕޯޓް މަދުކަން ފާހަގަވިއެވެ. އަވަހަށް ނުކުންނަން ހަދައިގެން އެ ބާއްވަފަކަން އާދެވުނީ ސާރާއަށް އެނގުނެވެ. އަދި މިދަނީ ކަމަށް ބުނެ ފޯނު ބޭއްވިއެވެ.
ޑޮކްޓަރ ކޮޓަރި ދޮރުގައި ޓަކި ޖެހުމަށްފަހު އެތެރެއަަށްވަނީ ވަނުމަށް ބުނެލުމުންނެވެ. ސާރާ ވަތްއިރު ގަނޑުތަކެއް ބަލަން އަރުޝްއިނެެވެ. އެހެންކަމުން މޭޒުމަތީ އޮތް ސިޓީ އުރަ ނެގުމަށްފަހު މި ބަލައޭ ބުނެ ނުކުންނަން ހިނގައިގަތެވެ. ސާރާގެ ފިޔަވަޅު ހުއްޓުނީ އަރުޝް ސާރާގެ އަތުގައި ހިފެހެއްޓުމުންނެވެ. އަރުޝް ހިފަހައްޓާފައި ހުރިލެއް ބާރުކަމުން ސާރާ އަތަށް ތަދުވަމުން ދިޔައެވެ. އަދި ލޮލުން ހޫނު ކަރުނަ ފައިބަން ފެށީ އަރުޝްގެ މޫނުމަތީގައިވާ ރުޅިވެރިކަން ފެނިފައެވެ.
އަރުޝް ލުތްކެއް ޖެހުމާއެކު ސާރާ އައިސް ޖެހުނީ އަރުޝްގެ މޭމަތީގައެވެ. އަދި އަރުޝްގެ އަތްނަގާ ސާރާގެ މޫނުގައި ފިރުމާލިއެވެ. އަނެއް އަތުން ސާރާގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ. އަދި ފަހަތަށް ފަހަތަށް ގޮސް ފާރުގައި ސާރާ ލައްކޮއްލިއެވެ. ސާރާއަށް ބޭއިހްތިޔާރުގައި ދެލޯ މަރާލެވުނެވެ.
” އައްޗި, ކަލޭ ހީކުރީ އަހަރެން މިއުޅެނީ ފިރުމާނެ މީހަކު ނެތިގެން ކަލޭ ގައިގަ ފިރުމަން ކަމަށްތަ, ފިރުމާފަ ހުރި މީހުންގެ ފަރާތުން ހިތް ނުފުރެނީދޯ, ތިކަހަލަ މީހުންގެ ވައްތަރު ތީ, ކަލޭ އުޅުނު ވިޔާނުދާ ގޮތުގެ ސަބަބުން އެ ކުޑަ ކުއްޖާ އެދަނީ ވޭން ތަހައްމަލް ކުރަމުން, ފަޒީލް އާ އިނދެގެން ވަރަށް އުފަލުގަ އުޅެވިއްޖެ އެއްނު” މިހެން ބުނެ ސާރާ އަތުން ދޫކޮއްލިއެވެ. އަރުޝްގެ ކޮންމެ ލަފްޒަކުން ސާރާގެ ހިތުން ދިޔައީ ލޭ ކަރުނަ ފައިބަމުންނެެވެ. އެފަދަ ބޮޑު ކަމެއް އަޅުވާއިރު ހަގީގަތް ބަލާލާކަށް އަރުޝް ބޭނުމެއްނުވިއެވެ.
” ކަލޭގެ ތިޔަ ފޭކް ކަރުނަތަށް އެހެން މީހަކަށް ދައްކާފަ, އެމީހަކު ކައިރިން ސިމްޕަތީ ހޯދާ, އަހަރެންނަކަށް އަސަރެއް ނުކުރޭ, އަދި ކަލޭ ހީކުރީ ކަލޭގެ ހަނދާނުގައި އަހަރެން ހުންނާނެ ކަމަށްތަ, އަހަރެން މިއުޅެނީ ވަރަށް އަވަހަށް ކައިވެނި ކުރަން, ތިކަަހަލަ މީހެއްގެ ކިބައިން ސަލާމަތް ވީތީ އުފާކުރަން” މިހެން ބުނެ ނުކުމެގެން ދިޔައެވެ. އަރުޝްގެ ޖުމްލައާއެކު ސާރާގެ ދެލޯ ބޮޑުވިއެވެ. މޭގައި އަތް އަޅަމުން ހުރިތަނަށް ތިރިވިއެެވެ. އަދި އަނގަމަތީ އަތް އެޅީ އަޑު ނުކުމެދާނެތީއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
29 Comments!
Comments are closed.




Woww vvv reethi speechless nxt part kon irakun baa can’t wait for nxr part avaha up kohdhehchey higey
And i’m first
Thank you so much dear,
Ugh arush keeh ve tha ehn hadhani…. Eh faharuves Sara kairin naahaa tha marry kurani? Pls stop that marriage.. ?? Anyway story hama habeys ingey.. Pls upload soon.. ????????❤️?????????????❤️???
Thank you so much sis..
varah reethi mi part ves can’t wait plx avahah up kohdhehchey
Yaa. Insha allah
Plxx ..avahah up kohdhehchey ..mi part vx kiyaalan milibuny varah inthizaaru kuri fahun..hope kuran tommorw ga kiyaalan libeyne kamah..<3 u ❤❤
Thank you so much dear, v try kuraanan
Wow ???… Alhey haadha reehchey mi story ??? plxxxxxxxx next avahah up kohdhybr ??? mihaaruvx kiyaa hithun kehmadhu vehje
Dear readers. Here 35. I am so so sry. Shana Friday ga mi part up kuran fonuvin. Ehme fahun lasvegen admin kairy ves bunelin.adhi dhevana faharah vess fonuvin. thi kudhin story kiyan beynun vefa hun naane varu hithah araa kohme faharu v dheravey. Irukolhakaa shaana ah vess beley up veythw, up nuvaathy next part liyaane ehvess hiy vareh nethifa huhtaa e up v, ekm varah ufaavehje ehaa inthizaarah fahu vess thi kudhin nah kamudhiyaima❤?❤❤
Wow…wn is next
Thank you gud
Alhe adhivess falhaa aruvaala bala
wow.. ur work is amazing. keep the good work.. waiting for next part
Thanx aish
Alhey arush ah visneynama dhw.adi insha allah hurihaa kameh ves rangalhu vaane.when next part.hope that it will not be late.and story hama v habeys shaana
Thanx
6ys fahunves adhives hageegai neeynge dhw …. 34 aaa balaafa mibaaa ehaa ehaaehnun … ekamu reethi ??? 36 avaha kiyaalan libeyne kamah … haalu rangalhutha ? ??
Let’s see dear
Wow..Varah reethi mi part ves.. when is the next part..plis avah upkohladhehchey..can’t wait for the next part..
Fauzan aky Nauha ge dharifulhutha???
Thank you so much dear Aisha. Mihaaru liyamun midhany, ehme lasvegen maadhan kiyaalan libey varu vey thw mi balany
Kon irakun anehbai upkurany
Kon irakun anehbai upkurany v reethi bunaane ehchehves neygey
Thank you afy, thankolheh dhigu kohlevey thw miulheny
Mihaaru keihmadhu vejje??
Thank dear
Dear all readers. Shana in naane 36 part fonuvaafa, story up viyas nuviyas shaana ah faharehga neygi dhaane, because shana 4nun data husvaathy, uhmeedhu kurany ithuru inthizaareh kuran nujehi ehme lasvegen mirey kiyaalan libeyne kamah?❤❤
Hama nxt prt ah wait kohlaign mihury????masha allah????This is amazing and I don’t know how to tell it’s so interesting❤????ehaa vx furihama viyya??heheh?????????Mirey kiyaalan libeyne kamah alhugandummeedhu vx ummeedhu kuran?????????
Still up eh nuveyy…??