Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 13

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
December 1, 2018 One Min Read
9 Comments

”މި ޕްލޭން ކާމިޔާބު ވާނެ… އަދި އޭނާ މަރުވެސް ވާނެ… ހެހެހެހެ..” ހައިޝަމް ވެސް އިހްސާންއާއި އެއްބާވެލިއެވެ. އަދި އެމީހުންނާއިއެކު ދެ މީހުން ތިބިކަން އިހްސާން ހައިޝާމް ގާތު ބުނެލީ ވަރަށް ފޯރީގައިއެވެ. ހައިޝަމްވެސް މަކަރުވެރިކަމާއިއެކު ހޭންފެށީ އިހްސާން އާއި އެއްބައިވެލުމުގެ ގޮތުންނެވެ. ހައިޝަމް އިހްސާންއާއި ވަކިވެލީ އޭނާގެ ފޮށި ރެޑީ ކުރަން ދިޔުމަށެވެ. އޭރުވެސް އޭނާގެ މޫނުމަތީން ފެންނަމުން ދަނީ ނުލަފާކަމެވެ. އިހްސާންވެސް ހައިޝާމްއާއި ވަކިވެލީ ކުރިއަށް ވާން އޮތް ގޮތް ނޭނގޭ ހާލުއެވެ. އޭނާގެ ހަޔާތަށް އަންނަން އުޅޭ ކޮޅިގަނޑުގެ ކުޑަވެސް ހިލަމެއް ނުވާހާލުއެވެ.

*******

ހެނދުނުގެ ވަގުތުގައި އިނާޝާދިޔައީ ހޮސްޕިޓަލަށެވެ. ތަށި ބަަރިއެއް ހިފައިގެން ހޮސްޕިޓަލަށް ވަތް އިނާޝާއަށް ވަނީ އެތަށް ބައެއްގެ ނަޒަރު ހުއްޓިފައެވެ. ކޮންމެ މީހަކުވެސް އިނާޝާއާ ސުވާލުކޮށްފައި ދަނީ އޭނާގެ ދަރިއަކަށް ކަމެއްވީ ކަމަށް ހީކޮށެވެ. ނަމަވެސް އިނާޝާ ދިޔައީ އެމީހުންނަށް ތެދުތެދަށް ޖަވާބު ދެމުންނެވެ. އައިޒަންވަނީ މިހާރު ވޯޑަށް ބަދަލުކޮށްފައި ކަމުން އިނާޝާ ދެން މިސްރާބު ޖެހީ ވޯޑަށް ދިޔުމަށެވެ. ”އައިޒަން… ކިހިނެއްތަ މިހާރު؟” އިނާޝާ ފުރަތަމަވެސް ބޭނުންވީ އައިޒަންގެ ހާލުއަހުވާލު ބަލައިލާށެވެ. ”ރަނގަޅު.. އެކަމު އަދިވެސް ބޮލުގައި ހުރި ރިހުމެއް ނުފިލައި… އެކަމަކު ތީ ކާކު ކަމެއް އަޅުގަނޑަކަށް ނޭނގޭ… މަންމާ މިހިރީ ކާކު؟” އުސްވާގެ އެދުމުގެ މަތިން އައިޒަން މިހާރު އޭނާއަށް މަންމަ ކިޔަން ފަށައިފިއެވެ. ނަމަވެސް އެއީ ވަރަށް ހާލުންނެވެ. އެތަށް މަސައްކަތެއް ކޮށްގެންނެވެ. އުސްވާ އައިސް އައިޒަންއަށް އިނާޝާ ތަޢާރަފު ކޮށްދީފައި ދުރަށް ގެންގޮސް ޑޮކްޓަރު ބުނި ވާހަކަތައްކިޔައިދިނެވެ. އުސްވާ ބުނި ވާހަކައިން އިނާޝާއަށް ހިވީ އޭނާގެ ފައިދަށުން މިންގަނޑު ދެމިގަތް ހެންނެވެ. މިވީ ގޮތުން ނިފްޝާ އާއި އައިޒަންގެ ކައިވެނި ދެން ވަރަށް ބޮޑަށް ލަސްވާނޭ އިނާޝާގެ ހިތަށް އެރިއެވެ. އަދި ހަނދާން އާ ވުމަށް ވެސް ދުވަސްތަކެއް ނަނގާނޭ އުސްވާ ބުނެލިއެވެ. ”މިޚަބަރު ނިފްޝާއަށް ލިބިއްޖާ ނޭނގޭ އޭނާއަށް ވާނޭ ގޮތްވެސް…” އިނާޝާ ވަރަށް ދެރަވެލައިފައި ބުނެލިއެވެ. އުސްވާ ބުނެލި ހާވެސް އެއްޗަކީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ވާހަކައެވެ. ހުޒާމުގެ ނަސޭހަތުން އުސްވާވެސް މިހާރު އެވަނީ ހަމައަކަށް އެޅިފައެވެ. އެތަކެއް ވާހަކައެއް ދައްކާފައި އިނާޝާ ދެން މިސްރާބު ޖެހީ އޭނާގެ ގެއަށް ދިޔުމަށެވެ. ގެއަށް ދިޔަ މަގުމަތީގައި ނިފްޝާގާތު ބުނާނެރަނގަޅު ވާހަކައެއް އޭނާ ދިޔައީ ރާވަމުންނެވެ. ސަބަބަކީ ނިފްޝާގެ ސުވާލުތަކުން އޭނާއަށް ނުރެކެވޭނެތީއެވެ.

”ހައިޝަމް.. ހަނާން… ޝާނާ… އާދޭ އެއްޗެއް ބޯލަން… ވަރަށް ވަރު ބަލިވެފައި އެއްނު ތިހުރީ….” އިހްސާން މޭޒުމަތީގައި ހުރި ރާފުޅިއެއް ހިފައިގެން އައިސް ބުނެލިއެވެ. އެއްވެސް ޖެހިލުންވުމަކާއި ނުލައި ހައިޝަމް ގޮސް އިހްސާން ގާތު ގޮނޑިއެއްގައި އިށީނދެވެ.ހަނާން އަދި ޝާނާވެސް އައިސް ގޮނޑިއެއްގައި އިށީނެވެ. ”ދެން މަ ކޮން އިރަކުން މިތާ މަސައްކަތް ކުރަން ފަށަންވި؟” ހައިޝަމް މުޅިތަނަށް ނަޒަރު ހިންގަމުން ބުނެލިއެވެ. ”މާދަމާ…” އިހްސާން ދިން ޖަވާބު ވަރަށް ވެސް ކުރެވެ. ”އަން ދެން އަވަހަށް ބޯން ފަށާ… އެއަށްފަހު އަރާމުކޮށްލައިފައި ދާނީ ތަންތަން ބަލައިލަން..” އިހްސާން ވަރަށް ފޯރީގައި ބުނެލިއެވެ.”ޗިއާރޒް” އޭ ކިޔައިފައި އެންމެން ބޯން ފެށިއެވެ. ތިން މީހުން ވެގެން ދެ ފުޅި ހުސްކޮށްލިއެވެ. ނަމަވެސް ހައިޝަމް އިނީ އެންމެ ތަށްޓެއް އެޅި ގޮތަށެވެ. އެންމެން ބޯ އެއްޗެހި ބޯ ނިންމައިފައި ތަށިތަކާއި ފުޅިތަށް ވެސް މޭޒުމަތީގައި ބަހައްޓާފައި ގޮސް ސޯފާއަށްވެޑުވެފައި ތިއްބެވެ. ” ކަލޭމެން ދޯ ނިފްޝާއަށް ވެސް އެހެން ހެދީ؟” ހައިޝަމް މަސްތުވެފައި ކަހަލަ ރާގެއްގައި ބުނެލިއެވެ. ”އާން.. އަދި ކަލޭ ކައިރިޔަކު ނުބުނެވޭދޯ… މަށާ ހަނާން އާއި ޝާނާއާއި ތިން މީހުންވެގެން އެކަން ކުރީ… ނިފްޝާ ދައްތަ ޕާޓީ އޮތް ރޭ މަ އޭނާ ހިފެހެއްޓީ… އަދި ހޭނައްތާލީ…. ވެސް… މަ މިކަމަށް ހެދި ގެއެއް އެއީ ވަލު… ތެރޭގައި އެހުރީ… އެތަނަށް ގެންގޮސް މަނިފްޝާ ރޭޕް….. ކުރީ.. ނިފްޝާ އެތަށް ފަހަރަކު ކީ އޭނާ ދޫކޮށްލަން…. އެކަމަކު މަ ބޭނުންވީ ބަދަލު…. ހިފަން… އޭނާ މަރާލަން ބޭނުންވީ… އެންމެ ފަހުން މަ ބޭނުން ކަންތައް…. ވޭސް ވީ… ދެން އޮތީ އައިޒަން… ހައްހައްހާ….” އިހްސާން ވާހަކަ ކިޔައިދިން އިރު ބައެއްބަސް ބަސް ނުވެސް އެނގެއެވެ. މަސްތުވެފައި ހުރުމުގެ ސަބަބުންނެވެ. ހަނާން އަދި ޝާނާވެސް އިހްސާން އާ އެއްބައިވެލުމުގެ ގޮތުން ހޭންފެށިއެވެ. އެންމެ ފަހުން ހައިޝަމް ވެސް ހޭން ފެށިއެވެ.

”މަންމާ!” އައިޒަން ވަރަށް ބާރަށް ހަޅޭލަވައިލާފައި އޭނާގެ މަންމަ އަށް ގޮވާލިއެވެ. ”ކިހިނެއްވީ ދަރިފުޅާ… ކިހިނެއްވީ؟” އައިޒަން އޭނާގެ ބޮލުގައި އަތްއަޅައިގެން އިން ގޮތުން އުސްވާގެ މެއަށް ގޮތެއްވިއެވެ. އަދި ދަންވަރު ގަޑީގައި އެގޮތަށް އިނުމުން އުސްވާ މާ ބޮޑަށް ބިރުގަނެވެ. ކަމެއްވީ ކަމަށް ހީކޮށް ހުޒާމު ކައިރީ އޭނާ ހަޅޭލަވަންފެށީ ޑޮކްޓަރަށް ގޮވުމަށެވެ. އޭރުވެސް އައިޒަން އިނީ އޭނާގެ ބޮލުގައި އަތްއަޅައިގެންނެވެ. މުޅިގައި ވަނީ އުދާސްވެފައިއެވެ. ޑޮކްޓަރަކާއިއެކު ނަރުހެއް އައިސް އުސްވާ އާއި ހުޒާމު ކައިރީ އެތަނުން ބޭރަށް ނުކުމެލަން ބުނެލިއެވެ. ”ހާސް ނުވޭ… އައިޒަންއަށް މިހާރު އެދަނީ ހަނދާންތައް އާވަމުން…” ޑޮކްޓަރު ބުނެލި ވާހަކައިން އުސްވާ އުފަލުން މޮޔަ ނުވީ ކިރިޔާއެވެ. ދެމީހުންނަސް ވެސް ލިބުނު އުފަަލަކުން ވާހަކައެއް ނުދެއްކުނެވެ. އެންމެ ފަހުން ޑޮކްޓަރަށް ހިނިތުންވުމެއް ރައްދު ކޮށްލާފައި ދެ މީހުންވެސް ދިޔައީ އައިޒަންގެ ކައިރިއަށެވެ. އޭރު އައިޒަންއަށް އޮތީ ނިދިފައެވެ. އުސްވާގޮސް އައިޒަންގެ ބޮލުގައި ވަރަށް ލޯބިން ފިރުމައިލާފައި އައިޒަންގެ ނިތްކުރިއަށް ބޮސްދިނެވެ. އެ ދެ މީހުން އަދި އައިޒަންގެ ދެ ކޮއްކޮވެސް މިހާރު އިންތިޒާރު ކުރަމުން އެދަނީ އައިޒަންއަށް ހުރިހާ އެއްޗެއް ހަނދާންވާނެ ދުވަހަކަށެވެ. އަދި މާތްﷲ އަށް ދުޢާ ކުރުންމަތީ އެ މީހުން އަބަދުވެސް ދެމި ހުންނާނެއެވެ. އުސްވާ އަދި ހުޒާމު އައިޒަންއަށް އަވަސް ޝިފާ ދެއްވުމަށް އެދި ދުޢާ ނުކުރާ އެންމެ ދުވަހެއްވެސް ނުދާނެއެވެ.

******

މެންދުރުން ފެށިގެން ނިފްޝާ އެއުޅެނީ ޤުރްޢާން ކިޔަވައިދިނުމުގައި އަވަދިނެތިއެވެ. އެހެން އުޅެމުންވެސް އޭނާއަށް ކުރީގެ ހިޔާލުތަކަސް ދެވެއެވެ. ނަމަވެސް އެހިޔާލުތަށް އެއްފަރާތް ކޮށްލަނީ ކިޔަވައިދިނުމަށް ސަމާލުކަން ދިނުމަށެެވެ. ނިފްޝާ ޤުރްޢާން ކިޔަވައިދެނީ ކުޑަކުދިންނަށް ކަމުން އޭނާއަށް ނުހަނު ގިނައިން ހަޅޭލަވަން ޖެހެއެވެ. އެހެންވުމުގެ ސަބަބުން ބައެއް ދުވަސް ދުވަހު ނިފްޝާގެ އަޑުވެސް ރަނގަޅަށް ނުހުރެއެވެ. އަދި ބައެއް ދުވަސް ދުވަހު ނިފްޝާ ޤުރްޢާން ނުކިޔަވައިދީ އެ ކުދިންނަށް ވިސްނޭތޯ ޤުރްޢާނުގެ މާނަވެސް ވަަރަސް ޝައިގުވެރިކަމާއިއެކު ކިޔައިދެއެވެ. ކުޑަކުދިންވެސް އެކަމަސް ޝައުގުވެރިވެލައިގެން އިންނަ ގޮތުން އެ ކުދިންނަށް ވެސް އޭގައި ބުނާ އެއްޗެހި ވިސްނެނީކަން ގައިމެވެ. އެހެން ކަމުން ނިފްޝާ ކޮންމެ ބުރާސްފަތި ދުވަހެއް ހާއްސަ ކޮށްފައި ވަނީ ޤުރްޢާނުގެ ތަރުޖަމާ ކިޔައިދިނުމަށެވެ. އެގޮތަށް ކިޔައިދެމުން ގޮސް މިހާރު ނިފްޝާގާތަށް އަންނަ ގިނަ ކުދިން ވަނީ ހެޔޮ ވިސްނިފައިއެވެ.އަދި މިހާރު ފަސޭހަކަމާއިއެކު ނިފްޝާއަށް ޤުރްޢާން ކިޔަވައިދެވެއެވެ. ބައެއް ބެލެނިވެރިންވެސް ނިފްޝާގާތު މިހާރު ވަރަށް ގިނަ ވާހާކަ އެމީހުންގެ ދަރިންނާއި ބެހޭގޮތުން ކިޔައިދެއެވެ. ފަރުޟު ފަސްނަމާދު ކުރުމަށް އިސްކަންދޭ ވާހަކައާއި ކޮންމެ ނަމާދަކަށް ފަހު ޤުރްޢާން ކިޔެވުމަށް އިސްކަންދޭ ވާހަކައެވެ. އަދި ބައެއް ކުދިން ނިފްޝާ އުޅޭ ގޮތަށް އުޅެން ބޭނުންވާހަކަވެސް ބުނެފައިވެއެވެ. އަދި އެއްދުވަހު ނިފްޝާގެ ލޮލުން ކަރުނަ ނީރައިލީ އައިޒަން ކޮއްކޮ ކުރިކަމަކުންނެވެ. އަދި ބުނި ވާހަކައިންނެވެ. މައިހާ ފާހަނާއަށޭ ކިޔައިފައި ގޮސް އައީ މޫނުގައި އޭނާގެ ބުރުގައި އޮޅައިލައިގެންނެވެ. ބުރުގައި ބޮޑުކަމުން ހީވަނީ ހަމަ މޫނުބުރުގައި އަޅައިފައި ހުރިހެންނެވެ. ”ދައްތާ އަޅުގަނޑު ބޭނުމީ ދައްތަހެން މޫނުބުރުގާ އަޅަން… އަދި ދައްތަ ކަހަލަ ރަނގަޅު ކުއްޖަކަށް ވާން..” މައިހާ ބުނެލީ އެގޮތަށެވެ. ”މައިހާއަށް ވެވޭނެ.. އިންޝާﷲ… ހުރިހާ ކުދިންނަށް ވެސް ވެވޭނެ…” ނިފްޝާ ވެފައި ހުރި އުފަލާއިއެކު ބުނެލިއެވެ. އަހަރެންނަށްއެކުދިންނަށް ވަރަށް ރަނގަޅަށް ކިޔަވައިދެވޭބާ އޭ ނިފްޝާގެ ހިތަށްއެރިއެވެ. އަދި މާތްﷲ އަށް ހަމްދުކޮށްލީ އޭނާގެ ސަބަަބުން ކުޑަކުއްޖަކަށްވެސް ހެޔޮވިސްނުން ލިބުނީތީވެއެވެ.

”ކި…ކީކޭ… މަންމާ.. އައިޒަންއަށް ކީއްވެ އެހެން ވާންވީ… ކާކު އެހެން ހެދީ އައިޒަންއަށް؟” އެއް ފަށްޗަކަށް ސިމާލު ދިޔައީ އޭނާގެ މަންމަ ލުބުނާ އާއި ސުވާލުކުރަމުންނެވެ. އަދި އޭނާގެ ރައްޓެއްސަކަށް އެހެން ވުމުން އަވަހަށް ނުބުނުމުންވެސް ސިމާލު އެކަމާއިޝަކުވާ ކުރިއެވެ. ” މަންމާ… އަޅުގަނޑު މާދަން ރަށަށްް ދާނަން.. އައިޒަންގެ ކައިރިއަށް…” ސިމާލު ވަރަށް ދެރަވެލައިފައި ބުނެލިއެވެ. ”ދަރިފުޅާ! އައިޒަންގެ ހަނދާންތައް ފިލައިިފި… މަންމަ މިއަދު އައިޒަން ކައިރިއަށް ދިޔައިން… އައިޒަންއަކަށް ނޭނގުނު މަންމަ ވަކި ކުރާކަށް… އުސްވާ އައިސް މަންމަ ގާތު ބުނީ އައިޒަންގެ ހަނދާންތައް ފިލައިފި އޭ ބޮލަށް ލިބުނު ގެއްލުމަކުން… އެކަމަކު މިހާރު ދަނީ ހަނދާންތައް އާވަމުންނޭ ބުނީ..” ލުބުނާވެސް މިއަދު ވީ ކަންތަކުގެ ވާހަަކަ ސިމާލުއަށް ކިޔައިދެމުން ދިޔައެވެ. ލުބުނާ ބުނި ވާހަކައިން އައިޒަންއަށް ބުނާޏި އެއްޗެއްވެސް ނޭނގުނެވެ. އެހެންކަމުން އޭނާ ވާހަކަ އޮޅުވާލިއެވެ. ”މަންމާ ކޮބާތަ ހައިޝަމް މިހާރު… ރަށަށް ގޮސް ނުވެސް ގުޅާލަ ގުޅާނަމޭ ކިޔައިފަ…” ސިމާލު އަހައިލިއެވެ. ”މަންމަ އަޑު އެހިން އެނެއް ދުވަހު އިހްސާން އާއިއެކު ރިސޯޓަކަށް ދިޔަ ވާހަކަ..” ލުބުނާ ބުނެލިއެވެ. އެހެން ހެއްޔޭ ކިޔައިފައި ސިމާލު ފޯނު ބޭއްވީ އޭނާ މިގަޑީގައި ބިޒީވީމައިއެވެ. އަދި މާދަން ފުރަން ރެޑީވަން ކަމުގައި ބުނެލިއެވެ. ސިމާލުވެސް އައިޒަންއަށް އަވަސް ޝިފާއެއް ދެއްވާ ތޯ ދުޢާ ކުރިއެވެ.

(ނުނިމޭ)

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ނުކުރާނަން މާފެއް ( 1 )

Next

ލޯބިވެވުނީއެވެ. 6

Next
December 1, 2018

ލޯބިވެވުނީއެވެ. 6

Previews
December 1, 2018

ނުކުރާނަން މާފެއް ( 1 )

9 Comments!

  1. mariyanbu says:
    December 1, 2018 at 8:06 pm

    assalaam alaikum
    miothy 13 vana part up vefai… hurihaa kudhinnah vs kamudhaane kamah unmeedhu kuran… nd please mistakes buneladhehchey… nd kiyuntheringe faraathun nihaayathah maafah edhen mi part las vi kamahtakai… vr masahkaii kurin iyye up kuran vs… next part day after tomorrow.. insha allah… 🙂

  2. Shiman says:
    December 1, 2018 at 10:09 pm

    Yeyy me first… Maasha allah Mi part vvvvv reethi ❤❤❤❤???

  3. mariyanbu says:
    December 1, 2018 at 10:14 pm

    yess u r first shiman…. nd thank u… 🙂

  4. Mal says:
    December 2, 2018 at 12:48 pm

    Hi mariyanbu…????as usual mi part ves v rythi ? ? ? ? dhj avahah nifsha fonuvaa aizan gaathah…eyrun faharaku aizan remember vedhaane…alhe haisham dhn aslu kohves goas thr??????????dhn overall koh buneveyny masha allah ey…

  5. mariyanbu says:
    December 2, 2018 at 1:50 pm

    awwn thanks mal…. mal thibunaa gothah vs hama vedhaane… 😉 balamaa dhw dhn vaane gotheh… heheh 🙂

  6. Bul bul says:
    December 3, 2018 at 11:34 am

    Are u really from ihavandhoo??????
    I really love this storyyy….its nice….n cozyy…i love it…masha allah…v molhu…

    1. ?Nafu? says:
      June 22, 2019 at 7:18 am

      Thanks bul bul?

  7. To my one of best buddy says:
    December 3, 2018 at 3:41 pm

    Masha allah vvvvvvvv reethi …. —- v molhu vaahaka liyan u r the best ……

    1. ?Nafu? says:
      June 22, 2019 at 7:19 am

      Thanks to my one of best buddy?

Comments are closed.

Next Episodeކުރެހުން އެޅުނޭ ހިތުގެ އަޑީގައި 14←


All Right Reserved!