Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (26)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
November 27, 2018 7 Mins Read
10 Comments

“ދެން ތި ހުރިހާ ވާހަކައެއް ތިތާ ހުރެގެން ދެއްކީމަ ވީތަ؟ އަންނަން އުޅޭ ދޮރުމައްޗަށް” އާސިފް ބުނެލިއެވެ. އެއާއެކު އަޔާން އޯކޭ އޭ ބުނެ ނުކުންނަން ހިނގައިގަތެވެ.

ގޭތެރެއިން ނުކުތް އަޔާން ގެ ލޮލުގައި ދޮރުމަތީތިބި ދެމީހުން އަޅައިގަތުމާއެކު އެ ދިމާލަށް ދިޔައެވެ. އޭނާ ގޮސް ހުއްޓުމާއެކު އާސިފް އެއްބުމަ އަރުވާލިއެވެ. “ދެމީހުން އަނެއްކާ ކަމަކީތަ މިހާރު… މާގިނައިން ބައްދަލުކުރަނީ؟” އަޔާން މާނަފުން ޖުމްލައެއް ބުނެލައިފިއެވެ. އާސިފް އަޔާން ގެ ކޮނޑުގައި ޖަހާލަމުން އަނގަޔަށް ވައްތަރެއް ޖައްސަލިއެވެ.

ތިން މީހުން ވަހަކައިގައި ތިބިއިރުވެސް އާސިފް ގެ ނަޒަރު ހުއްޓެމުން ދިޔައީ ޒަފާ އަށެވެ. އެކަން އަޔާން އަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ. އެއީވެސް ޒަފާ ވާހަކަ ދައްކަމުން ދިޔަ ފަހަރެއްގައި އާސިފް ޒަފާ އަށް ކަޅިޖަހާނުލާ ބަލަން އިން ފަހަރެކެވެ. އަޔާން ކަރު ކެހިލުމާއެކު އާސިފް އަށް ސިހިފައި އަޔާން އާ ދިމާލަށް ބަލާލިއެވެ. އަޔާން އެއް ލޯ މަރާލަމުން ނުލަފާ ވައްތަރަކަށް ހީގަތެވެ. ޒަފާ ވެސް ވާހަކަ ހުއްޓާލާފައި އަޔާން އަށް ބަލަން އިނެވެ.

“ކިހިނެތްވީ؟” ވާނުވާ ނޭނގި އިން މީހަކު ފަދައިން ޒަފާ ސުވާލުކޮށްލިއެވެ. “ކަމެއް ނުވޭ… ވާހަކައިގެން ކުރިއަށް… މި އަޔާން ކުޑަކޮށް މޮޔަވާނެ” އާސިފް ޒަފާ އަށް ބުނެލިއެވެ.

ޒައިން ގާތު ބައްޕަ ގަބޫލް ވި ވާހަކަ ބުނެގެން އީނާލް އާއި ދެމީހުން އަލުން ގުޅުވާނޭ ގޮތަކާމެދު މަޝްވަރާ ކުރެވެން ފެށުނެވެ.

“އެންމެން ވެސް މިހާރު ދެން މެރީ ކުރަނީ ދޯ… މަ މިހެން ހުއްޓާ.. ދެން ވަރަށް ދެރަ” އާސިފް ބުނެލިއެވެ. އޭނާ ހީގަތެވެ. “ނޫނޭ… ޒަފާ ވެސް ހުރީ ހުސްކޮށް ހެން މަށަށް ހީވަނީ… ހަމަ ރަނގަޅުވާނެ ކަންނޭގެ ތި ދެމީހުންވެސް ދޯ” އަޔާން ޒަފާ އަށް ދޯ ދިނެވެ. ޒަފާގެ ދެލޯ ބޮޑުވެފައި ވިއެވެ. އާސިފް އަޔާން ގެ ކޮނޑުގައި ޖަހާލިއެވެ. “މީނަ ދައްކާނެ އަބަދު އެކަހަލަ ވާހަކަ” އާސިފް ބުނެލިއެވެ.

“މަ މިއުޅެނީ މި ކަމުގެ އުފަލުގަ މާދަން އަނެއްކާވެސް މޫދަށް ދާން ފަށަން” އަޔާން ހިނިގަނޑެއް ޖަހާލައިފިއެވެ. “އޭނ” އާސިފް އަށް ބުނެވުނެވެ.

“ދަތުރެއް ރާވަންވީނު” އަޠާން ބުނެލިއެވެ. އަޔާން އަކީ އަބަދުވެސް މޫދު ސަކަރާތުގައި ގިނަ ވަގުތު ހޭދަ ކުރާ މީހަކަށް ވުމާއެކު މޫދަށް ނުދެވި ގިނަ ދުވަސް ވުމުން އޭނާ ބޭނުންވީ މޫދަށް ގޮސް މަޖާ ކޮށްލާށެވެ. ދަތުރު ދާ ވާހަކަ އާއި އާސިފް މެން މާ ގަޔާވާ ކަމަކަށް ނުވިއެވެ. އެހެންނަމަވެސް ކައިރީގައި އޮތް ފިނޮޅަށް ދާ ވާހަކަ ބުނުމުން ޒަފާ ދާހިތްވުމާއެކު އަޔާން އޭނާ އީނާލް އާއި ވެސް ވާހަކަ ދައްކާނަމޭ ބުނެލިއެވެ.

“ޒަފާ ދާ ވަހަކަ ބުނުމާއެކު އާސިފް ވެސް ދާނަމޭ ކިޔައިގަތެވެ. މާދަމާއަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމާއެކު އެންމެންނަށް ވެސް ދަތުރުގައި ބައިވެރި ވެވޭނެއެވެ. “އަހަރެން މަލަކް އާ ވެސް ވާހަކަ ދައްކާނަން” އަޔާން ބުޏްނެވެ.

“އެބައޮތޭ ޕްލޭން އެއް… ޒައިން ވެސް ގެންދަންވާނެ… އެ ދެމީހުން ތަތް ކުރުވަން މިއަށް ވުރެ ރަނގަޅު ފުރުސަތެއް ހިޔެއް ނުވެ ލިބޭނެހެނެއް” އަޔާން ވާހަކަ ދެއްކިއެވެ. އެ ހިޔާލް އެ ދެމީހުންނަށް ވެސް ކަމުދިޔައެވެ. ޒަފާ އީނާލް އާ ވާހަކަ ދައްކާ އީނާލް ރުއްސާނަމޭ ބުނުމާއެކު އަޔާން މަލަކް އާ ވާހަކަ ދައްކަން ނިންމިއެވެ. އާސިފް ނިންމީ ހުރިހާ ކަމެއް ޒައިން އަށް ކިޔައިދިނުމަށް ފަހު ޒައިން ވެސް ދަތުރުގައި ބައިވެރިވުމުގެ ކަންތައް ތައް ހަމަޖައްސާށެވެ.

ޒަފާ އެތެރެއަށް ވަތް އިރު އީނާލް ލެޕްޓޮޕް ހުޅުވައިގެން ކޮންމެވެސް މަސައްކަތެއްގައި އިނެވެ. ޒަފާ އައުމާއެކު އޭނާ އަވަސް އަވަހަށް ލެޕްޓޮޕް ލައްޕާލިއެވެ. އަދި ޒަފާ އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އީނާލް ފޮރުވީ ކޯންޗެއްތީ ބެލުމުގެ ޝައުގުވެރިކަން ހުރިނަމަވެސް ޒަފާ އެކަމާ މާބޮޑަށް އަޅައެއް ނުލިއެވެ. އޭނާ އީނާލް ގާތު ދަތުރު ގެ ވާހަކަ ދެއްކުމުން އީނާލް އެއްބަސްވީ ޒައިން ގެ ހިޔާލް ތަކާ ދުރުވެ ސިކުނޑި ތާޒާ ކޮށްލުމަށް އެއީ ރަނގަޅު ފުރުސަތަކަށް ވާނެ ކަމަށް ހީކޮށެވެ. އީނާލް އެއްބަސް ވުމާއެކު ޒަފާ މެސެޖެއް އަޔާން އަށް ކޮށްލިއެވެ.

މަލަކް ގާތު ހުރި އަޔާން ގެ ފޯނަށް މެސެޖެއް އައުމާއެކު ބަލާލިއެވެ. ޒަފާ ގެ މެސެޖަކަށް ވުމާއެކު އަޔާން އަވަސް އަވަހަށް މެސެޖް ހުޅުވާ ބަލާލިއެވެ. އަދި ކިޔާލިއެވެ.

އީނާލް އެއްބަސް ވި ކަން އެނގުމާއެކު އަޔާން މަލަކް ގާތު އެވާހަކަ ބުންޏެވެ.

އާސިފް ވެސް ޒައިން ގާތު ހުރިހާ ވާހަކަ އެއް ކިޔައިދިނެވެ. ޒައިން އޭނާގެ މަންމަ ގެ ގާތު ގައ އެ ވާހަކަ ދތައް ދެއްކިއެވެ. ރާނިޔާ ވެސް އެއްބަސްވުމުން ޒައިން އަށް އާދަޔާ ހިލާފް ހިންހަމަޖެހުމެއް ލިބުނެވެ. އޭނާ ވެސް ދަތުރުގައި ބައިވެރިވާނަމޭ ބުނަމުން ފޯން ބޭއްވިއެވެ. މާދަމާ އޭނާ ފެނުމުން އީނާލް ވާނެ ގޮތެއް ބަލަން މިހާރުއްސުރެ އެ ހިތް ކެންމަދުވެފައި ވިއެވެ.

ޒައިން ގެ އަމަލް ތަކުން ދެންމެ ދެންމެ އީނާލް އަށް ގުޅާފާނެހެން ވެސް ހީވެއެވެ. އެހެންނަމަވެސް ކެތް ކޮށްގެން ހުރީ މާދަމާ އީނާލް އާ ވާހަކަ ދައްކަން ވެގެންނެވެ. ފޯނުން ދެއްކުމަށް ވުރެ ގާތަށް ގޮސް ދެއްކުމުން ދެމީހުންނަށް ވެސް ލިބޭ އުފާވެރިކަން ދެގުނަ ވާނެއެވެ.

ދަތުރު ދާ ވާހަކަ ބުނުމުން ސާމިރާވެސް ދާން ބޭނުންވެއްޖެއެވެ. އޭނާ ނާޖިދު ގާތު ބުނުމުން ނާޖިދުވެސް ގަޔާވާ ކަމަކަށް އެކަން ވިއެވެ. އާއިލާ އެކުގައި މަޖާކޮށްލަން ދަތުރަކު ނުދެވޭތާ ލައްކަ ޒަމާން ވެއްޖެއެވެ. ޙިނަރުވެފައިވާ ގުޅުން ރަނގަޅު ކުރުމަށް މި ލިބުނު ރަނުގެ ފުރުސަތުގެ ބޭނުން ހިފަން ކޮންމެ މީހަކުވެސް ހުރި ނުހަނު ބޭނުންވެފައެވެ.

ކޮންމެ އަކަސް އަނެއް ދުވަހަކަށް އިރު އެރީ އެންމެންގެ މޫނުމައްޗަށް އުފާވެރިކަން ގެނެސްދެމުންނެވެ.

ދަތުރު ދާން ތައްޔާރުވަމުން ދިޔަ އެންމެން ތިބީ ނާޖިދު މެން ގޭގެ ގޯތިތެރޭގައެވެ. އަޔާން އާއި އާސިފް ސައިކަލުގައި އެއްޗެހިތައް ޑިންގީއަށް ގެންދިޔުމުގައި ހަރަކާތް ތެރިވަމުން ދިޔައިރު ނާޖިދު ޖޯލި ފަތޫގައި އޮށޯވެގެން ފުން ވިސްނުމަކަށް ގެއްލިފައި އޮތް އިރު އޭނާ ގެ ނަޒަރު ގިނަ ވަގުތު ހުރީ ޒަފާ އަށް ހުއްޓިފައެވެ. ޒަފާ ގެ މޫނު މައްޗަށް ވެރިވެފައި ހުރި ހިނިތުންވުން ފެނި އޭނާ އަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އެހެން އެއްވެސް މީހަކަށް ނާޖިދު ގެ މި ނަޒަރުން މާ ބޮޑު އެއްޗެއް ދެނެ ނުގަނެވުނަސް އީނާލް އަށް ވަރަށް ފަސޭހައިން ދެނެގަނެވުނެވެ. އޭނާ ގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިކޮށްލާފައި ވެއެވެ.

ކަންތައްތައް ތައްޔާރުވުމާއެކު އެންމެން ގެއިން ނައްޓާލީ އެކު އެކީގައެވެ. އީނާލް ވެސް އެންމެންގެ ކުރިމަތީގައި އުފާވެރި ހިނިތުންވުމެއް ދައްކައިގެން ހުންނަން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން ޒައިން ގެ ހިޔާލ ވެރިވުމާއެކު އެ ހިނިތުންވުން ފަނޑުވިއެވެ.

ދިޔަ ވަރު ހިކިފައި އޮތް ވަގުތަކަށް ވުމާއެކު ޑިންގީއަށް އަރަން ފުދޭވަރަކަށް އުނދަގުލެވެ. މަލަކް އަރަން އަޔާން އެހީވެދިން އިރު ޒަފާ އަރަން އާސިފް އެހީތެރިވެދިނެވެ. އީނާލް ގެ ނަޒަރު ހުއްޓުނީ އަޔާން އަށާއި މަލަކް އަށެވެ. މަލަކް އޭނާ އަށް ފެނުނީ އަދި ކިރިއާއެވެ. މި ހުރިހާ އިރު ޒަފާގެ ފަހަތުގައި ހުރުމުންނާއި ވިސްނުމަށް ގެއްލިފައި ހުރުމުން މަލަކް އަޅައި ނުގަތީއެވެ. އަނެއްކާ އަޔާން އާއި މަލަކް އާއި ދެމީހުން ކައިވެނި ކުރަން ބައްޕަ ހުއްދަ ދިނީހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު އެ ހިތް ޝަކުވާއިން ފުރުނީ އޭނާ އަށް އެ ހުއްދ ނުލިބުނީ ކީއްވެތޯ ހިތަށް އަރާ ހާލުގައެވެ. އަޔާން ގެ އެހީގައި އީނާލް ވެސް އެރިއެވެ. އައިމަން އާއި ނާއިލާ ނޫން އެހެން ހުރިހާ އެންމެން އައިސް ތިއްބެވެ. ދަރިފުޅު ކުޑަކަމުން ގެންނަން އެކަކުވެސް އެއްބަސް ނުވީއެވެ.

އީނާލް ޒަފާ ގާތަށް ޖެހިލާ ސިއްރުން ވާހަކަ އެއް އަހާލިއެވެ. ބައްޕަ ހުއްދަ ދިންކަން ޒަފާ ގެ ފަރާތުން އެނގުމާއެކު އީނާލް އަށް ޝަކުވާގެ ނަޒަރަކުން ނާޖިދު އާ ދިމާލާށް ބަލާލެވުނެވެ. އެހެންނަމަވެސް ނާޖިދު އޭރު އިނީ ސާމިރާ އަށް ޑިންގީގެ އެއްފަރާތުން ދިޔަ މަޑި އެއް ދައްކަން ކަމުން އެހެން ކަމަކަށް ސަމާލް ކަން ދެވޭ ގޮތެއް ނުވެއެވެ. އެންމެން އަރާ ހަމަވި އިރުވެސް ޑިންޑީ ނައްޓާލާކަށް ނޫޅެއެވެ. ގަޑިން މެންދުރު އެއްގަޑި ބައިވަނީއެވެ. އިރު ގެ އަލި އެއްވެސް ހުރަހެއް ނެތި އައިސް ހަންގަނޑުގައި ޖެހެމުން ދިޔައީތީ ނުހަނު ހޫނެވެ. އެއްބަޔަކު ތޮތްޕާއި ކުޑަ ހިފައިގެން ތިބި އިރު އަނެއްބަޔަކު ލޮލާ ދިމާލަށް އަތް ދިއްކޮށްގެން ތިބީ އަވި ގަދަކަމުން ލޯ ނުހުޅުވޭ ހާލުގައެވެ. “އޭތް ކޮބާ ޖަހަން ގެންދާ ޓެންޓު ތައް” އަޔާން ގޮވާލިއެވެ.

“އެ ގެންނާނަމޭ ބުންޏޭ ޒަ….” އާސިފް އަށް ބުނަން އުޅުނު ޖުމްލަ ފުރިހަމަ ކުރެވޭ ގޮތެއް ނުވިއެވެ. އޭނާ އަށް ދުލުގައި ދަތް އަޅާލުމާއެކު އީނާލް އަށް ބަލާލެވިއްޖެއެވެ.

ޑިންގީގެ ކުރީކޮޅަށް ޖެހިލުމާއެކު އީނާލް އިށީނެވެ. އޭނާގެ ނަޒަރު ކުރިމައްޗަށް ހުއްޓިފައި ވެއެވެ. އެމީހުން ދާން އެ އުޅޭ ފިނޮޅު ވެސް ހުދު ކަފަކޮޅެއް ފަދައިން ފެންނަމުން ދިޔައެވެ. މޫދުގެ ލޮނުގަނޑޫ ސާފެވެ. ގުދުރަތުގެ ފުރިހަމަ ލާމަސީލް މިސާލެކެވެ. ޒަފާ ވެސް އިނީ އަނެއްކާވެސް ތަފާތު ކަމެއް ތަޖުރިބާ ކުރެވެން އުޅޭތީ އެހާ ހިންހަމަޖެހި އުފާވެފައެވެ.

ދުރުން އައި ޒައިން ކޮންމެ މީހެއްގެ ލޮލުގައި ވެސް އަޅައިގަތުމާއެކު އެންމެނަށް ބެލެނީ އީނާލް އާ ދިމާލަށެވެ. އެހެންނަމަވެސް އަމިއްލަ ދުނިޔެއަށް ގެއްލިފައި އިން އީނާލް އަށް ވަށައިގެން އެއްވެސް ކަމެއް ވާކަމުގެ ހިލަމެއް ނުވެއެވެ.

ޒައިން އާއެކު އެ އެއްޗެހި ހިފައިގެން އިތުރު ދެތިން ކުއްޖަކު ވެސް އައެވެ. ޑިންގީއަށް އެ އެއްޗެހިތައް އެރުވުމާއެކު އެ ކުދިން ދިޔައީއެވެ.

ޑިންގީ އަކީ އާސިފް މެން ބައްޕަ ގެ ޑިންގީއެވެ. ކުޑަ އިންޖީނެއް އަޅާފައިވާއިރު ހުދުކުލައިގެ ދަވާދުލާ ހަދާފައިވަނީ ނުހަނު ރީތިކޮށެވެ. އީނާލް ފަހަތަށް އެނބުރުނީ މާ އަޑު ގަދަވިހެން ހީ ވުމުންނެވެ. އޭނާ އަށް ޒައިން ފެނުމާއެކު ދެލޯ ބޮޑު ކޮށްލެވުނެވެ. އަދި ހަދާލެވުނު ގޮތަކުން އަރި އަޅާނުލީ ކިރިއާއެވެ. ޒައިން އީނާލް އަށް ބަލާލުމަށް ފަހު ހިނިތުންވެލިއެވެ.

“ކޮބާ ނައްޓާލަން ވީނު” މަލަކް ގެ ކޮއްކޮ ޝާމިން ބުނެލިއެވެ. އޭނާ އަކީވެސް އެކަހަލަ ކަމަކަށް ވިއްޔާ ނުހަނު ފޯރި ހުންނަ މީހެކެވެ. އަޔާން ވެސް އިނި އުފަލުން ފޮޅިފައެވެ. މޫދަކީ އޭނާ އަބަދުވެސް ގަޔާވާ ތަނެކެވެ.

އާސިފް އަށް ޑިންގީ ދުއްވަން އެނގޭތީ ހުންގާނުގައި ހިފީ އޭނާއެވެ. ބަނދަރުން ޑޮންގީ ދުރުކުރަމުން ދިޔައިރުވެސް އީނާލް ގެ ނަޒަރު ހުރީ އާސިގް ގާތުގައި ހުރި ޒައިން އަށެވެ. ލާފައިވަނީ އަޅިކުލައިގެ އަތް ކުރި ޓީޝާޓް އެކެވެ. ހުދުކުލައިގެ ސޯތެއްލާފައި ހުރި އިރު ސޯޓުގައި މަޑު މަޑު ފިޔާތޮށި ކުލައަކާއި ދޮނ ކުލައިގެ ކުދި މާތަކެއް ހުއްޓެވެ. އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔަ އިރު ވަނީ ހޭވިފައެވެ. އަތުގައިވެސް އެއްވެސް އެއްޗެއް ނެތެވެ. ގަޑިވެސް ނާޅާ އައީ ދަތުރު ދާތީ ކަންނޭގެއެވެ. ބޮލުގައި ތޮތްޕެއް އަޅާލާފައި ވާއިރު އެހެން ދުވަސް ދުވަހާ ޒައިން ވަރަށް ތަފާތެވެ.

މި ވަމުން ދާ ގޮތެއް އީނާލް އަކަށް ނޭގެއެވެ. ފަހަރަކު މީހަކު މޫނަށް ބަލާ ކަންތައް ތައް އޮޅުން ފިލުވަން އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ތިބީ އެ މީހެއްގެ އަމިއްލަ ވާހަކައިގައި ގެއްލި ހުސްވެފައެވެ. ޑިންގީ ދުއްވާލުމާއެކު ދަށުން ދާ މަޑި އާ ތަފާތު ވައްތަރުގެ މަސްތަށް ފެނި އެންމެންގެ ސަމާލް ކަން  ހުރި އެމަސްތަކަށެވެ. ޒައިން އާ ދިމާލަށް ބަލަހައްޓައިގެން އިންދާ ޒައިން ވެސް އީނާލް އާ ދިމާލަށް ބަލާލިއެވެ. ދެމީހުންގެ ނަޒަރު ހުއްޓުމާއެކު ޒައިން އެއްލޯ މަރާލިއެވެ. އީނާލް އަށް ވަށައިގެން ދެން ތިބި އެންމެންނަށް ބަލާލެވުނެވެ. ޑިންގީގައި ގޮސް ފިނޮޅަށް މަޑު ކޮށްލުމާއެކު އެންމެ ފުރަތަމަ ފުންމާލީ އަޔާން އެވެ. އޭނާ ޑިންޑީގެ ކުރި ކޮޅަށް އަޜާ އެކޮޅު ކޮޅުން އެއްލާލި ގޮތުން މަލަކް އަށް ލޯ މަރާލެވުނެވެ. “ޕިސް ޕިސް… ފެށުނީ” ސާމިރާ ބުނެލިއެވެ. އާސިފް އާއި ޝާމިން ގެ އިތުރުން ޒައިން ތަށިތަކާ އެއްޗެހި ގެންގޮސް ވެލިގަނޑު މައްޗަށް އަރުވަން އެރހީތެރިވިއެވެ. އަދި އެއަށްފަހު ޓެންޓް ތައް ނަގައިގެން ގޮސް ޖަހާލާ ހިޔާވާނޭ ގޮތަށް ހަދާލިއެވެ.

ފިނޮޅުގައި ތިބޢިރު ރަށް ފެންނަނީ ނުހަނު ފެހިކޮށެވެ. ރާއްޖޭ ގެ ކޮންމެ ދިމާލަކުންވެސް ފެންނާނ ގުދުރަތުގެ ރީތި ތަސްވީރުތަކެއް ފަދަ މަންޒަރު ތަކެކޭ ބުނެ އުޅޭ ބަހަކީ ހާދަ ތެދު ބަހެކެވެ.

ދުރު ދުރަށް ދާން ދެންވެސް ފެހި ކޮޅެއް ނުވާ މޫދު އެހާ ނަލައެވެ. ފައި ކައިރީގައި ދުވެ ދުވެފައި އުޅޭ މަސްތައް ވެސް އެސޮރު މެންގެ މިނިވަން ކަމާމެދު އުފާކުރާ ފަދައެވެ. ފިނޮޅުގެ ވެލިގަނޑުގައި ފައިޖެހޭ ކޮންމެ މީހަކަށް ވެސް ކުރެވެނީ އުފާވެރި އިހްސާސް އެކެވެ.

“އޭތް… ޝާމިން އާދެބަލަ” ކުއްލިއަކަށް އަޔާން ވަރަށް ބާރަށް ގޮވާލިއެވެ. އެއާއެކު ޝާމިން އެ ދިމާލަށް ދިޔައެވެ. އެހެންއެންމެންގެ ސަމާލް ކަން ވެސް އަޔާން ދަމައިގަތެވެ. ބަލާލިއިރު ވެލައެއްގެ ގައިގައި ވަނީ ޕްލާސްޓިކް ކޮތަޅެއް އެޅިފައެވެ.

ޒަފާ ވެސް އެދިމާލަށް ދިޔައެވެ. އޭނާގެ ދެލޯ ހުރީ ބޮޑުވެފައެވެ. “ތި އެއް ދަތެއް ނާޅާތަ؟” އޭނާ އަށް ބުނެވުނެވެ. “އާނ” އީނަލް ޖަވާބު ދިނެވެ. ޒައިން އާއި އާސިފް ވެސް އައިސް އަޔާން ގެ ގާތަށް ހުއްޓުނީ އޭތި ފިނޮޅުގެ ވެލިގަނޑު މަތީގައި އަޔާން ބެއިން ދުމުންނެވެ. އަދި ޝާމިން އާ ދެމީހުނ ވެގެން އެ އޮޅިފައި އޮތް ކޮތަޅުގަނޑު ނައްޓަން އުޅުނެވެ.

އޭތި އޮތީވެސް ފުދޭވަރަކަށް ބަލިވެފައެވެ. ހީވާގޮތުން ފަތަ ފަތާވެސް ކޮތަޅު ގަނޑު ނުނެއްޓުނީއެވެ. އާސިފް އާއި ޒައިން ވެސް އައިސް އެހީތެރިވާން ފެށިއެވެ. ޒަފާ ހުރި ފަރުވާތެރިކަމާއެކު ބަލާށެވެ.

ރާއްޖެއަށް ލިބިފައިވަނީ ވަރަށް ނާޒުކު ތިމާވެއްޓެކެވެ. ވިސްނާނުލާ މޫދަށް ކުނި އެޅުމުގެ ސަބަބުން ގެއްލުން ލިބެނީ މިފަދަ ދިރުން ތަކަށެވެ. މިގޮތަށް ކިތައް ދިޔުނ މަރުވެގެން ދާނެހެއްޔެވެ؟ ތިމާވެށި ހިމާޔަތް ކުރާ ވާހަކަ ދެއްކިޔަނަސް ނުވާނޭ ޒަފާގެ ހިތަށް އެރިއެވެ. ކޮންމެ މީހަކުވެސް އެ ކަމަކީ ތިމާގެ ފަރުދީ ޒިންމާއެއް ކަމުގައި ދެކެ މޫދަށް ކުނި އެޅުން ހުއްޓަން ޖެހޭނެއެވެ. ރާއްޖޭގެ މި ތިމާވެށި ހމާޔް ކުރަން ޖެހޭނެއެވެ. ދިރުން ރައްކާތެރި ކުރަން ޖެހޭނެއެވެ. ވިސްނާ ނުލާ ކުރާ މިފަދަ އަމަލް ތަކުގެ ސަބަބުން ފަހުން ލިބޭ ދެރަ މާ ބޮޑުވެދާނެއެވެ.

ރާއްޖެ އަންނަ ގިން ޓޫރިސްޓުން ރާއްޖެ އަންނަނީ ރާއްޖޭގެ ރީތި ހިތް ގައިމު މާހައުލާ ކަނޑުތަކުގެ ދިރުން ގާތުން ބަލާލުމަށެވެ. ޕްލާސްޓިކް އާއި މިފަދަ ކުނި ބުނި އެޅުމުން އެ ދިރުން ތަކަށް އަސަރު ކުރާނެއެވެ. އެމީހުންނަށް ފެންނާނީ ކޮން ކަހަލަ މަންޒަރުތަކެއްހެއްޔެވެ؟ ހަމަގައިމުވެސް ރީތި ފަރުތަށް ޕްލާސްޓީކުން ފުރޭކަށް އެކަކުވެސް ނޭދޭނެއެވެ. ފަނަރަ މިނިޓް އުޅެގެން އެ ކޮތަޅުގަނޑު ނެއްޓޭ ގޮތް ވިއެވެ. ނެއްޓުމާއެކު އަޔާން އެ ދޫކޮށްލިއެވެ. އެއްވެސް ހާސްކަމެއް ނެތި ފަތައިގަތީ އަމިއްލަ ސަލާމަތް ހޯދަން ކަހަލަ ގޮތަކަށެވެ.

ހިންދެމިލި އަޔާން އަނެއްކާވެސް މޫދަށް ގޮސް އެރުނެވެ. ޝާމިން ވެސް މާސްކަކާ އެއްޗެހި ހިފައިގެން އަޔާން ފަހަތުން ފަތައިގަތެވެ. ޒައިން ގެ ނަޒަރު އީނާލް އަށް ހުއްޓުނެވެ. އެއާއެކު އީނާލް އިސްޖަހާލިއެވެ. އަދި އަނެއްފަރާތަށް އެނބުރުނެވެ.

“މަލަކް… އީން… އާދޭ” ސާމިރާ އޭނާ އަށް އެހީތެރިވާން އަންނަން ބުނުމުން މަލަކް މެން އެ ދިމާލަށް ދިޔައެވެ. އީނާލް ދާން ޖެހުނީ ޒައިން ގެ ގާތުން ލާފައެވެ. އެ ދިޔަ އިރު ޒައިން މަޑު މަޑުން އައި ލަވް ޔޫ އޭ ބުނެލިއެވެ. އެއާއެކު އީނާލް އަށް ދެލޯ ބޮޑުކޮށްލަމުން ދެފަރާތަށް ބޯ ހޫރާލެވުނެވެ.

“އީން… ދޭބަލަ ޒައިން އާ ވާހަކަ ދައްކަން” މަލަކް ބުނެލިއެވެ. އީނާލް ނުދާން ވެގެން ދެފަރާތަށް ބޯ ހޫރާލުމާއެކު މަލަކް ދެންވެސ ވާހަކަ ދެއްކިއެވެ. “ދެން ދޭބަލަ… އޭރުން ދޯ ވާނުވާ އެނގޭނީ” މަލަކް ބުނެލިއެވެ.

“އޭރުން މަންމަ…”

“މަންމަ… ކަންތައް އަހަރެން ހަމަ ޖައްސާލަފާނަން ހާސްނުވޭ” މަލަކް މޭގައި އަތް ޖަހާލަމުން ބުނެލިއެވެ. އޭނާ އާއެކޭ ބުނެ ހިނގައިގަތެވެ. އީނާލް މެން ދައްކަމުން ދިޔަ ވާހަކަ އަށް ވުރެ ފެންނަމުން ދިޔަ ގުދުރަތީ މަންޒަރުތަކުން ޒަފާ ހުރި ހައިރާންވެފައެވެ. ފައިވާން އަތަށް ނަގާފައި ވާއިރު ތޮއްޕަކާއެކު އަވިއައިނެއްވެސް ވަނީ އަޅާލާފައެވެ. ހުދުކުލައިގެ ޓޮޕް އެއްގައި ހުރިއިރު ލާފައި ހުރި ގަދަ ފެހިކުލައިގެ ޖީންސްއެކެވެ. އޭނާގެ އިސްތަށިގަނޑު ވަޔާ ވިހުރެމުން ދިޔައެވެ.

ދެއަތް ފުޅާކޮށްލަމުން އެނބުރިލީ ޖެހެމުން ދިޔަ ވައިރޯޅިތަކުން ހިތް އުފާ ކޮށްލުމަށެވެ. މިމަންޒަރު ބަލަން އިން ނާޖިދު ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“ކާކަށްތަ ތި ބަލަނީ… ޒަފާ އަށް ދޯ… ހަމަ ހީވަނީ ކުޑަ ކުއްޖެއްހެން… އެހެންވެސް ވާނެ ފުރަތަމަ ފަހަރަށް މިފަދަ ތަނަކަށް އާދެވުނީމަ… ” ސާމިރާ ނާޖިދު ގާތާށް ޖެހިލަމުން ބުނެލިއެވެ. ނާޖިދުއަށް ސިހިފައި ސާމިރާ އަށް ބަލާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހިތް ލޯބިން ދެވިއްޖޭ 7

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 34

Next
November 28, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 34

Previews
November 27, 2018

ހިތް ލޯބިން ދެވިއްޖޭ 7

10 Comments!

  1. Hi Mi says:
    November 27, 2018 at 4:10 pm

    Salaam. Heres the 26 th part of the story. Hope u will all like this part too. I hope u all like the finolhu part. Hehe. Much loves.
    Himi
    Jazakallah Khairan.

  2. Airah says:
    November 27, 2018 at 4:14 pm

    me first dhw.vvv Reethi.when Next

    1. Hi Mi says:
      November 28, 2018 at 2:36 pm

      Thanks dear. In Sha Allah. Soon. Much loves. ???

  3. unique says:
    November 27, 2018 at 4:46 pm

    god its so cute varah loabi
    hi mi ly for bringing such nice stories
    thank you so soo much

    1. Hi Mi says:
      November 28, 2018 at 2:36 pm

      V ufaavehjje unique hurihaa story akah ves like v thy. It means a lot dear. A huge thankyou. Much loves.

  4. Maal says:
    November 27, 2018 at 7:50 pm

    Vvvvvvvv reythi love it ?????????????????????????? next kon irakun up vaaney………plx avaha up kodeythi himi ?

    1. Hi Mi says:
      November 28, 2018 at 2:37 pm

      Thankyou dear. V ufaavehjje comment fenifa. Kuri ah oi thaa ves vaahaka ithurah shaugu verikuruvaa reethi kureveythoa try kuraanan. In Sha Allah.

  5. Pinky shifoo says:
    November 27, 2018 at 10:23 pm

    Wonderful ❤️❤️❤️?????????… Hama superb ??????… Mi part vx v v v reethi ❤️❤️❤️???????????????… Finolhuge bai v kamudhey Hi Mi genesdheefa inn goi ??????❤️❤️❤️… The way you described it was awesome ❤️❤️❤️?????????… Kiyamun dhiyairu manzaruthah sifavegen dhey ????????????❤️❤️❤️… Plus v important messages vx mi part inn vx libigen dhiya ???… Like thimaavesheege bai ???… Moodhu fadha thanthanah kuni naalhaa adhi knme myhaku vx e myhehge farudhee zinmaa adhaa kuranjeheykann mi part kiyaalaa knme reader akahvx hadhaan vegen dhaane n heenaruvefaavaa gulhunthah alun ragalhu koh ekaku anekakaa onna gulhunthah dhamahahtaa ithurah varugadha kuran jehey kanvx mi part inn ingigen dhey ???… Hi Mi ge knme story akunvx mikahala society beynun vaane fadha important message thakeh rahdhukohdheykann faahagakohlevey ???… Good job my favourite Hi Mi ???❤️❤️❤️?????????… Keep up the good work ???????????????… Curiously waiting for the next part ???… Lots of love from pinky ❤️❤️❤️???????????????…

    1. Hi Mi says:
      November 28, 2018 at 2:40 pm

      Alheyh. Pinky ge loabi loabi comment eh anehkaa libuniyyo. Hehe. V ufaavehjje. Abadhuves thihaa colourful comment koh support kuraathy v ufaavey. It means a lot. Vaahakaige mi fadha baithakun ibrah thakeh readers aj libeythy v ufaavey. Mi story ga ves e fadha gima ibrah thakeh libigendhaane kamah unmmeedh kuran kuree stories thakekey eh gothah. Btw thimaa vwshige bai genae v visnaafa. Thankyou dear. Foohi kameh nethi kiyaathy. Much loves from me.
      Himi
      ❤

  6. Naju says:
    November 28, 2018 at 7:41 pm

    Wow ??? Himi mi partvx v v v rythi n ehaame intresting ???❤❤❤… Naju v happy vehje story eh ge zareehyaa in namavx thimaaveshyge muhinmukan angaaladhinyma n himi vx thy thimaavetah loabi kuraa kujjeh kan inguny hama ???❤❤❤… Anyways story is awesome ingey hama ???❤❤❤… curiously waiting for the next ???❤❤❤… much loves ??????☺☺☺?????????????????????????????????????????????⭐⭐⭐☀☀☀❄❄❄????????????❤❤❤?????????????????????

Comments are closed.

Next Episodeހިތް އެދުނަސް… (27) (ފަހުބައި)←


All Right Reserved!