ހިތް އެދުނަސް… (24)
މަންމަ ގަބޫލް ނުވާ މައިގަނޑު ސަބަބަކީ އިނާލް ގެ އާއިލާ ވެސް ގަބޫލް ނުވާތީކަން އެނގުނަސް އެ ވާހަކަ އެވަގުތު އީނާލް ގާތު ބުނާކަށް ޒައިން ގަސްތެއް ނުކުރިއެވެ.
ފަހަތަށް ދެ ތިން ފިޔަވަޅު އަޅާލުމަށް ފަހު އީނާލް ދުވެފައި ދިޔަ ތަން ބަލަން ޒައިން އަށް ފެނުނީ ކަރުނައިގެ ސަބުން ފުސްކޮށެވެ. އޭނާ އީނާލް ގޮސް ލޯ މަތިން ގެއްލެން ދެން ހުއްޓެވެ. އީނާލް ގެއްލުމާއެކު އޭނާ އަނެއްފަރާތަށް އެނބުރުނެވެ. “އީން އައި އެމް ސޮރީ” ޒައިން އަށް ބުނެވުނެވެ.
ކަރުނަތަށް ލޮލުން އޮހިގަތީ ކެތް ނުކުރެވުމުންނެވެ. އީނާލް ގެ ހިތަށް ދިން އަނިޔާ ގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން ދިޔައެވެ. އެހެންނަމަވެސް ކުރެވޭނޭ އިތުރު ކަމެއް ނެތެވެ. ތަނުގެ އަމާން ކަމާއި މަސްލަހަތު ހިމާޔަތް ކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ އީނާލް ދޫކޮށްލުން ކަންޒައިން އަށް ގަބޫލް ކުރެވެނީއެވެ.
ނާޖިދު އާއި އަނީސް އާއި ދެމީހުން ކެފޭއިން ބައްދަލުކުރިއެވެ. “އަނީސް… ކީއްވެ އެއްޗެއް ނުބުނެ އިންނަނީ… އަނެއްކާ ބައްދަލު ކުރަން ބުނީ މާ މުހިންމު ކަމަކުތަ؟ އީނާލް އާއި މިކްޔަން ގެ ކައިވެނީގެ ކަމެއްގަތަ؟” ނާޖިދު ހިތް އަވަސްވެފައި ހުރެ އަހާލިއެވެ.
“ނާޖިދު ކަންތައް ކުރި ރަނގަޅަކަށް ނޫން” އަނީސް ބުނެލިއެވެ. އޭނާ ނާޖިދު އަށް ބަލާލިއެވެ.
“ކިހިނެތް ކޮންކަމެއް ކުރީ އަނީސް” ހިސާބެއްގެ ހާސް ކަމަކާއެކު ނާޖިދު އަށް އަހާލެވުނެވެ.
“އީނާލް އަށް މަޖުބޫރު ކޮށްގެން ކައިވެނީގެ ކަންތައް ތައް ކުރުން… އެއްވެސް ހާލެއްގައި އަހަރެންވެސް ގަބޫލް ކަމެއް ނޫން…،އަދި މިކްޔަން ވެސް…” އަނީސް ބުނެލިއެވެ. އޭނާގެ އަޑުން ހިންހަމަނުޖެހުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. “ކާކު ދެއްކި ވާހަކައެއް ތީ އަނީސް…” ނާޖިދު ހިސާބަކަށް ހާސްވާ ގޮތްވިއެވެ. “އެއްވެސް ކަމެއް އަބަދަކު ސިއްރެއް ނުވާނެ ނާޖިދު… އަހަރެން މިއައި މިކްޔަން އާއި ވެސް ވާހަކަ ދައްކާފައި… މިހާރު މި ކައިވެންޏަށް އަހަރެމެން ދެމީހުން ވެސް ގަބޫލެއް ނޫން… ނާޖިދު ވިސްނާލަބަލަ… އެންމެ ގާތް އެކުވެރިޔާ އަހަރެންގެ ދިރިއުޅުމަށް ވީ ގޮތް… އެ ގޮތަށް ކަންތައް ކުރެވުނީމަ މިހާރު އަހަރެން މި އުޅެން ޖެހެނީ ކިހާ އެކަނިވެރި ދިރިއުޅުމެއް… އެ ހުރިހާ ކަމެއް އެނގި ހުރެ ކީއްވެ އެފަދަ ގޮތަކަށް ދެވަނަ ފަހަރު އަހަރެމެންގެ ދަރިން ގެ މުސްތަގްބަލަށް ތި ހުރަސް އަޅަނީ… ކައިވެނި ކުރުމުގައި ހަމައެކަނި ބަލަން ޖެހެނީ މީހާގެ މުއްސަނދި ކަމަކަށް ނޫނޭ… އަޚްލާގާ އެމީހަކީ ކޮންކަހަލަ މީހެއްތޯ ވެސް ބަލަން ޖެހޭނެ.. ކީއްވެ ތަ އަބަދު ފެންވަރަށް ބަލަނީ” އަނީސް ގެ އަޑުގައި އަދިވެސް ހިންހަމަ ނުޖެހުން ވިއެވެ.
ނާޖިދު އަށް އިސްޖަހާލެވުނެވެ. އައިމަންގެ ވާހަކަތައް ގަބޫލް ކޮށް އޭނާ އަށް ވެސް ކުރެވުނީ ރަނގަޅު ކަމެއް ނޫނޭ އެވަގުތު ހިތަށް އެރިއެވެ. “އެކަމަކު އަނީސް… އަހަރެން…” ނާޖިދު ވާހަކަ ދައްކަން އުޅުމާއެކު އަތުގެ އިޝާރާތުން ހުއްޓާލުމަށް އަނީސް ބުނެލިއެވެ.
“ނާޖިދު… ވިސްނާލުން ބުއްދިވެރި… ޒައިން އަކީ ވެސް އަޚްލާގު ރަނގަޅު ދީނީ ކަންތަކަށް ފަރުވާ ބަހައްޓާ ހެޔޮ ލަފާ ޒުވާނެއް… އެ ފަދަ ކުއްޖަކު އީނާލް އާ އެކަށީގެންނުވާ ސަބަބަކީ ކޮބައިކަމެއް އަހަރެންނަކަށް ނުވިސްނުނު. ހަމަ ގައިމުވެސް އަހަރެންނަކަށް ނޭނގުނު ނާޖިދު އެކަމާ އެހާ ދެކޮޅު ވެގެން އުޅޭ ސަބަބެއް… ޒައިން އަކީ އާދައިގެ މަސައްކަތެއް ކުރާ ކުއްޖަކަށް ވީމަ… ކާކަށް އެނގެނީ ފަހުން ޒައިން ގެ ނަސީބުގައި ހުރީ ކޮން ފަދަ ކަމެއްކަމެއް… އެހެންވީމަ އެއްވެސް އިންސާނަކަށ އަނެއް އިންސާނަކު ނިކަމެތި ކުރެވިގެން ނުވާނެ… އަހަރެމެން ހުރިހާ އެންމެން ނަކީ ވެސް ނިކަމެތިން… ދުނިޔޭގައި ފަގީރުންނާއި މުއްސަނދިން އުޅޭނެ.. މިއީ އިމްތިހާނެއް… މުއްސަނދިންނާ ފަގީރުންނާ ދެމެދު ގަ ވާ ފަރަގު ނައްތާލެވޭނެނަމަ ކިހާ އުފަލުގަ އަހަރެމެން ހުރިހާ އެންމެންވެސް އުޅޭނީ… މުއްސަނދިން ފަގީރުންނަށް އެހީވާނަމަ…” އަނީސް ބޭނުންވީ އެކުވެރިޔާ އަށް ވިސްނައިދޭށެވެ.
“ނާޖިދު ފަހުން މިކަމާ ދެބަސް ވެއްޖެނަމަ އެކުވެރިކަން ގެއްލޭނެޔޭ ހީކުރެވިފައިވާނަ އެއި ކުށްހީއެއް… އަހަރެން އަބަދުވެސް ނާޖިދު ގެ އެކުވެރިއެއްގެ ގޮތުގައި ހުންނާނަން އިންޝާ ﷲ…” އަނީސް ވާހަކަ ދެއްކިއެވެ. އޭނާ ފުން ނަޒަރަކުން ނާޖިދު އާ ދިމާލަށް ބަލާލިއެވެ. ނާޖިދު އިސް ޖަހާލިއެވެ.
އެކުވެރިޔާ ގެ ކުރިމަތީގައި އޭނާ ބޭޒާރު ވެއްޖެ ކަމުގައި ހިތް ބުންޏެވެ. އިތުރަށް ކުރެވޭނޭ ކަމެއް ނެތެވެ. އެހެންނަމަވެސް އަނީސް ގެ ވާހަކަތަކުން އޭނާ އަށް ވެސް އެތަކެއް އިބްރަތް ތަކެއް ލިބިއްޖެއެވެ. ދާންވީ މިސްރާބު އޮޅުން ފިލައިފިއެވެ. އެހެންނަމަވެސް އަދިވެސް ހިތުގައި ކަނެއްގައި ޒައިން އާއި އީނާލް ނުގުޅުވުމުގެ ހިޔާލް ވިއެވެ.
ދުނިޔެއަކީ ހީވެސް ނުކުރާހާ ގޮތަކަށް ކަންތައް ތައް ވަމުން ދާ ތަނެކެވެ. އޭނާ އެތަނުން ދާން ނުކުތީ ހަޔާތަށް އަންނަން އުޅޭ ވަރުގަދަ ތޫފާނުގެ ހިލަމެއް ވެސް ނުވާހާލުގައެވެ.
މީހާ ހަމަޖެހެން މަސައްކަތް ކުރިޔަސް އެކަމެއް ނުވިއެވެ. އަނީސް ގާޓު އެ ހުރިހާ ވާހަކައެއް ދައްކާނީ އަޔާން ކަމާމެދު އޭނާ ޝައްކެތް ނުކުރިއެވެ. ސައިކަލަށް އަރާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.
“އީން… ކިހިނެތްތަ ހަދާނީ… އަހަރެން އަންނަ ހަފްތާގައި އެކޮޅަށް ފުރަން… ” އީނާލް އާއި ޒަފާ އާއި ދެމީހުން ތިބީ ކޮޓަރީގައެވެ. ކޮޓަރީގެ ދޮރުފަތް ކުޑަކޮށް ހުޅުވިފައި ހުރިކަން ނޭގުނީ ދެމީހުން މާ އޮލަ ވާހަކައެއްގައި ތިބުމުންނެވެ.
“ޑޭޑް.. ގާތު ބުނަން ވީތަ އީން… ހިތަށް އަރަނީ ބުނަންވީ އޭ މީ އީން ގެ ދޮންތައޭ…. އީން ގެ ޑޭޑް އަކީވެސް ޒަފް ގެ ޑޭޑް… އޭ… ހަގީގަތުގައި އަހަރެން މިކޮޅަށް އައީ ކައިވެނި ކުރަން އުޅޭތީ ޑޭޑް އަށް އެކަން އަންގާ ބައްދަކުކުރަން ވިނަމަވެސް ކަންތައް ވެފަ އޮތް ގޮތުން އެ ވާހަކަ ދެން ބޭއްވީ… އެކަމަކު އެހެން މީހަކާ ކައިވެނި ކުރަން ބޭނުންވިޔަސް ހަމަ އަންނަން ޖެހޭނެ ކަމަށް އަހަރެން ގަބޫލް ކުރަން ބައްޕަ އަށް އަންގަން ޖެހޭނެކަމަށް… ” ޒަފާ ވާހަކަ ދެއްކިއެވެ.
ގޭތެރެއަށް ވަދިގެން އައި ނާޖިދު އީނާލް ގެ ކޮޓަރީގެ ދޮރާ ހިސާބަށް އަރާ ހަމެވިތަނާ ޒަފާ ބުނި ވާހަކަ އަޑު އިވި މީހާ ހުރިތަނަށް ގަނޑުވިއެވެ. ހިން ދިރުވާލެވުމާއެކު އޭނާ އަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޒަފާ އާއި އީނާލް އާއި ދެމީހުން ދައްކާ ވާހަކަ އަޑު އިވި އޭނާ އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. ފަހަތުގައި ހުރި މޭޒުގައި އަތް އަޅުވާލެވުނީ ދެފައިން ވާގި ދޫވާހެން ހީވުމުންނެވެ. “ކިހިނެތް” ނާޖިދު ގެ އަނގައިން އެ ބަސް ވައި އަޑުން ނުކުތް އިރު ބިރުވެރިކަން އެ ހިތުގައި ވިއެވެ. އޭނާގެވެސް ހިތި މާޒީއެއްވިއެވެ. މިހާ ދުވަސް ފަހުން އެ މާޒީ އޭނާ ގެ ކުރިމައްޗަށް އައިސް ދާނޭކަމަށް ހީކުރެވިފައެއް ނެތެވެ.
ކުޑަކޮށް ކައިރިވެލާ އަދިވެސް ދައްކަމުން ދިޔަ ވާހަކަ އަށް އޭނާ ރަނގަޅަށް ސަމާލް ވިއެވެ. “އީން… އީޒް މައި ޑޭޑް…. އައި ޑޯ ނޯ ހައު ޓް ސޭ އިޓް… ނޭނގެ ބައްޕަ ގަބޫލް ކުރާނެ ކަމެއްވެސް… ހީވަނީ ނުކުރާނެހެން… ” ޒަފާ މާޔޫސް ކަމާއެކު ބުނެލިއެވެ.
ޑޯންޓް ވޮރީ ޒަފް… އަދި ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ… ” ޒަފާ ވާހަކަ ދައްކަމުން ދިޔަ އިރު ދޭތެރެ ދޭތެރެއިން އީނާލް ގެ ހިތްވަރު ދިނުމުގެ ބަސްތައް ވެސް އިވިލައެވެ. އަވަސް ދާން ހަދައިގެން އަތް އަޅައުވައިގެން ހުރި ކުޑަ މޭޒު ގައި ހުރި މާ ވަށިގަނޑޫގައި ޖެހިފައި ވެއްޓުނެވެ. އެނދުމަތީގައި ދެފައި ވަށްކޮށްގެން ވާހަކަ ދައްކަން ތިބި ޒަފާ އާއި އީނާލް އަށް ލިބުނީ ހާސްކަމެވެ. ދެމީހުން ނަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. އަދި ދޮރާ ދިމާލަށް ބަލާލެވުނެވެ. އަވަސް އަވަހަށް އީނާލް ބޭރު ބަލަން އެދިމާލަށް ދުއްވައިގަތެވެ. އޭނާ އަށް ފެނުނީ ނާޖިދު ގޮސް ކޮޓަރިއަށް ވަތް ތަނެވެ.
“ކާކު” އެނބުރި ކޮޓަރިއަށް ވަތް އީނަލް ގާތު ޒަފާ ޒުވާލުކުރިއެވެ. “ނެތް އެއްވެސް މީހެއް” ކަންތައް ވީ ގޮތް އީނާލް އަށް އެނގުނު ކަމުގައި ވިނަމަވެސް ޒަފާ އަށް އެވާހަކަ ކިޔައިދީ އިތުރަށް ހާސްކުރުވަން އީނާލް ބޭނުން ނުވީއެވެ.
“ހޭ އީން… އެބަ އަންނަން އިނގޭ” ޒަފާ ފޯނަށް މެސެޖެއް އައުމާއެކު އެ މެސެޖް ކިޔާލިއެވެ. އަދި އީނާލް އަށް ފުން ނަޒަރަކުން ބަލާލުމަށް ފހު އެބަ އަންނަމޭ ކިޔާ ކޮޓަރިން ނުކުންނަން މިސްރާބުޖެހިއެވެ. ޒަފާ އަށް ވެސް މިހާރު ރަށުތެރޭގައި ހިނގާ ގިނގާވެ އުޅެން އެނގެއެވެ. މިވީ ދުވަސްތަކުގައި މަލަކް އާއި އީނާލް އާ ވެސް ވަނީ ފުދޭވަރަކަށް ގާތް ވެފައެވެ. އަދި ޒަފާ އާ ވެސް މެއެވެ. އެހެންކަމުން އީނާލް ހީކުރީ މަލަކް ގުޅައިގެން ޒަފާ ދަނީ ކަމުގައެވެ. އަޅާނުލީ އެހެންވެއެވެ.
ޒަފާ ދިޔުމާއެކު އީނާލް އަށް އޭނާގެ ފޯނަށް ނަޒަރު ހުއްޓާލެވުނެވެ ޒައިން ގެ އެންމެ ކޯލެއްވެސް އާދޭތޯއެވެ. އެހެންނަމަވެސް އެންމެ ކޯލެއްވެސް ނެތެވެ. ގެއަށް އައި ގޮތަށް އީނާލް އެތައް އިރަކު ފާހާނާގައި ހުރެ ރުއިމަށް ފަހު ނުކުތީ ހަމަޖެހިލއިގެންނެވެ. ޒަފާ ގެ ކުރިމަތީގައި ހިތްވަރު ކޮށްގެން ހުރި ރޯން ބޭނުންނުވީމައެވެ. ޒަފާ ގޮސް އީނާލް އެކަނި ވުމާއެކު އަނެއްކާވެސް ރޮވުނީއެވެ. އީނާލް ޒައިން އަށް މެސެޖެއް ކޮށްލިއެވެ.
“އައި މިސް ޔޫ… ޕްލީޒް ޑޯންޓް ޑޫ ދިސް” ކުރު އެހެނަސް އަސަރުގަދަ މެސެޖެކެވެ.
ޒައިން އަށް އެ މެސެޖް ފެނިގެން ރިޕްލައި ކުރާނެ އިރަކަށް އޭނާ އިންތިޒާރުގެ ވަގުތުތައް ގުނަން ފެށިއެވެ.
ޒަފާ ބައްދަލު ކުރި އާސިފް އާއެވެ. އާސިފް ގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. “ޒަފް… ވަރަށް ބޮޑު ކަމެއް ވެއްޖެ…” އާސިފް ހުރީ ހާސް ވެފައެވެ.
“ކޮންކަމެއް ވީ؟” ޒަފާ ސުވާލުކުރިއެވެ.
“އެހަށް ބުނަބަލަ… އީނާލް އެއްވެސް ބާހަކަ އެއް ދެއްކިތަ؟ އެއްވެސް ކަހަލަ ތަފާތެއް ފާހަގަ ކުރެވުނުތަ؟” އާސިފް ދެން ވެސް އަހާލިއެވެ.
“ފާހަގައެއް ނުވޭ… ކީއްވެ ތިހެން ތި އެހީ…” ޒަފާވެސް ހާސްވެއްޖެއެވެ. “ޔަގީން ތަ އެއްވެސް ކަމެއް ފާހަގަ ނުވާކަން ” އާސިފް ދެން ވެސް ސުވާލުކުރިއެވެ. “އަމް…. ޔާ… މިއަދު ހީވި ވަރަށް ރޮއިފަ ހުރިހެން… ލޯ ވެސް ދުޅަވެފަ… އެކަމަކު އެހީމަ ބުނި ލޮލަށް އެއްޗެއް އެޅުނިއްޔޭ” ޒަފާ ހަނދާން ކުރަމުން ޖަވާބުދިނެވެ.
“އެނގޭތަ އެއީ ކީއްވެކަން… އީނާލް އެހެން ބުންޏަސް ހަގީގަތުގައި އީނާލް އެ ހުރީ ވަރަށް ދެރަވެފަ ރޮއިފަ…” އާސިފް ބުނެލިއެވެ.
“އެއީ ކީއްވެ؟” ހައިރާން ކަމާއެކު ޒަފާ އަހާލިއެވެ. “ޒައިން އީނާލް އާ ރުޅިވެއްޖެ… ޒައިން އަހަރެން ގާތު ބުނި ޒަފާ ގާތު ބުނެދޭން އީނާލް އަށް ރަނގަޅަށް ބެލުމަށް… އީން އެހެން ދެރަވެފަ އުޅޭތަން ބަލަން އޭނާ އަށް ކެތް ނުކުރެވޭނެ ޔޯވެސް ބުނި… މަންމަ ގަބޫލް އެއް ނޫނޭ ކިޔާފައި ދޮގު ހަދާ އީނާލް ރޮއްވުނު ވާހަކަ ވެސް ބުނި… އީން ގެ ފެމެލީ އޯކޭނުވާތީ ދުރަށް ދަނީ އޭވެސް ބުނި… އަދި ބުނި އީން އަށް މިއިން އެއްވެސް ކަމެއް ނާންގައްޗޯވެސް” އާސިފް ވާހަކަ ދެއްކިއެވެ.
ޒަފާ އަށް ހައިރާން ކަމެއް ލިބުމާއެކު އަނގަމަތީގައި އަތް އަޅާލިއެވެ. “ވަޓް” އޭނާ އަށް ބާރަށް ބުނެވުނެވެ. “ޒައިން ކީކޭ… ޒައިން އީން ދޫކޮށްލީ އޯ މައި ގޯޑް…” ޒަފާ އަށް ބޮލުގައި ހިފައްޓާލެވުނެވެ.
“ޒައިން ބޭނުމެއް ނުވޭ އީން ގެ ފެމެލީ އާ ދުރުކުރާކަށް….އެ އަށް ވުރެ މާ ބޮޑަށް އިން ގެ ހެޕިނެސް އަށް ޒައިން ވިސްނާ… އެނގޭތަ… މިހާތަނަށް ވެސް މި އުމުރުގައި އަހަރެންނަށް ފެނުން އެންމެ ރަނގަޅު ކުއްޖަކީ ޒައިން… އޭނާގެ ހަމަ އެކަނި ތަންކޮޅަކީ ތަންކޮޅެއް އާދައިގެ މަސައްކަތެއް ކުރާކަން… ޒައިން އަކީ އެއް އިރެއްގައިވެސް ކިޔެވުމަށް ދެރަ ކުއްޖެއްނޫން… ވަރަށް މޮޅުވާނެ… އެކަމަކު ބައްޕަ މަރުވުމަށް ފަހު ހަރަދުކުރަން ހުރި ބޮޑު ބޭބެވެސް މަރުވުމުން ޒައިން އަށް މަޖުބޫރުވީ އެފަދަ ކަމެއް ކުރަން… މަންމަ ރޮއި ހިތާމަ ކުރަމުން ދިޔަ އިރު އަމިއްލަ ކޮއްކޮ އަށް ވެސް ކިޔަވައިދޭން ޒައިން ހުރީ ބޭނުންވެފަ… ޒައިން ދިހަ އަކާ ހިސާބަށް ކިޔެވި… އެކަމަކު ނަތީޖާ އެހާ ރަނގަޅު ނުވީ އެމީހުންވެސް އުޅެން ޖެހުނުލެއް ނިކަމެތިކަމުން” ޒައިން އާ ބެހޭގޮތުން އާސިފް ޒަފާ އާ ވާހަކަ ދެއްކިއެވެ. ޒަފާވެސް އެ ވާހަކަ އަޑު އަހަން ހުއްޓެވެ. ނޭނގުނު ކަމަކީ ވަށާފާރުގެ އަނެއްފަރާތުގައި ނާޖިދު އެމީހުންގެ ވާހަކަތައް އަޑު އަހަން ހުރިކަމެވެ.
“ޒަފް އަށް ހީވެދާނެ… އަހަރެން ޒައިން ގެ އެކުވެރިއަކަށް ވީމަ ޒައިން ގެ ސައިޑް ނަގަނީއޭވެސް… އެކަމަކު ހަގީގަތަކީ ޒައިން އަކީ އަޚްލާގު ރަނގަޅު ކިޔަމަންތެރި ދީންވެރި ކުއްޖެއްކަން… އެނގޭތަ؟ އަހަރެމެންނަށް ވެސް މަސައްކަތް ހުންނަ ގޮތުން ގިނަ ފަހަރު އޮންނަނީ ނަމާދަށް ވަގުތު ހުސް ނުކުރެވިފައި… އެކަމަކު ޒައިން އެހާ ބުރަކޮށް އުޅެމުން ވެސް ނަމާދަށް ބަރާބަރަށް ފަރުވާތެރިވާނެ…” އާސިފް އިތުރަށް ވާހަކަ ދެއްކިއެވެ. އީނާލް އާއި ޒައިން އާ ދެމެދު ކަންތައް ތައް ވީ ގޮތް އޮޅުން ފިލުވުމަށްފަހު ޒަފާ ގެތޭރެއަށް ވަނެވެ. އޭނާގެ ލޮލުގައި ނާޖިދު އަޅައިގަތުމާއެކު ސިހުނެވެ. “ކޮންތާކުން ތި އަންނަނީ” ނާޖިދު ހިނިތުންވެފައި އެހެން ބުނެލި ގޮތުން ޒަފާ އަށް ހިނިތުންވެލެވުނެވެ. ނާޖިދުގެ ލޮލުން އެހެންޏާ ނުފެންނަ ފަދަ ވިދުމެއް ފެންނަމުން ދިޔައެވެ.
މަލަކް އާއި އަޔާން އާއި ދެމީހުން ތިބީ މަލަކް ގެ ބޮޑު ބޭބެ މެން ގޭގައެވެ. ކައިވެނީގެ ވަލީގެ ކަންތައް ތައް ހަމަޖެއްސުމަށް ގޮހެވެ. ނާޖިދު އަށް އަޔާން މެސެޖް ކޮށްލިއެވެ. އެހެންނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.
އަޔާން ފޮނުވާފައިވާ މެސެޖަށް ބަލަހައްޓައިގެން ކެފޭ ތެރޭގައި ނާޖިދު އަށް އިނދެވުނީއެވެ. ބޮލުގައި ރިއްސަމުން ދިޔައީ އެހާ ވަރަށެވެ. ޒަފާ ގެ ހަގީގަތް އެނގުމަށް ފަހު އޭނާ ބަލިކަށި ވެއްޖެއެވެ. ދަރިން ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުގެ ފުރުސަތު ދޭންވީ ކަންނޭގެއެވެ. ދުނިޔޭގައި އެއްވެސް މީހަކު ބޭނުން ހުރިހާ ގޮތަކަށްކަން ނުހިނގާނޭ ކަމަށް އޭނާ އަށް ގަބޫލް ކުރެވިއްޖެއެވެ. އެންމެ ރަނގަޅެވެ. ޒައިން އަށް ވެސް މަލަކް އަށް ވެސް ފުރުސަތު ދޭންވީ ކަންނޭގެއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.








Assalaam alaikum. So heres the 24 th part of the story. Comment on dhen vaani kihinehbaa. Hope u enjoy this ep too. Will try to upload the next part tonyt. In Sha Allah. Much loves from me to all readers.
Jazakallah Khairan.
Vrh reethi story?????
Thankyou dear. Thi fadha comment thakaki himi ah libigendhaa v bodu hiyy vareh. Alhamdhulillah.
Much loves from himi. ❤❤❤
Story varah reethi waiting firvthe next part
In Sha Allah. Tonyt or tomo next ep update kohka dheynan. Keep waiting and v ufaavey story mamudhaathy. Thanks dear for the support. ???
Himi ge huriha vaahaka ves vvv Reethi.adhi khitha part inaaneatha mi story ga
Thankyou dear. It means a lot. Thi fadha comment thakaki kuri ah dhiyumah kibey enme bodu eh hiyy varah vaane. Alhamdhulillah.
Much loves from himi. ❤❤❤
Total innaane varu anehhen bunan v dhathi. Himi nubahaalaa inima.
Yes yes yess finallyy enal ge dad ah visneny dw.. Alhamdhulillah.. story vr reethi himi keep up the good work dear.. ly
Hehe. Hingaa balamaa dw dear. V ufaavehjje kamudhiyaima story. Much loves ingey. Thankyou so much. ❤❤❤
Waiting 4 tha nxt prt…. keep it up dear..HiMi ge hurihaa story eh vx v reethi❤
Thanks dear. Much loves. ???
Superb ??????… Mi part vx v v v reethi ❤️❤️❤️???????????????… Zafaa een n zain ge relationship ragalhu kuraane kamah hope kuran ???… Nasybehnu een ge dad ah visneykan ???… Curiously waiting for the next part ???… Keep up the good work Hi Mi ???❤️❤️❤️???… Lots of love ❤️❤️❤️???????????????…
Thans dear. V ufaavehjje. Muchvloves.
Mivaahakaige ithurubaeh, hama mihaadhigukoh mirey kiyaalun libeyne nama haadha ufaavaaney!
In Sha Allah libeyne. Thanks. ???
It’s amazing ??? v v v rythi mi story ??? I love it ??? Thank you sooo much himi mihaa rythi story eh genesdhiny thy ve ??? much loves ???????????❤❤❤??????????????????
Thanks dear. Much loves. V ufaavey story like vaathy. Thankyou so much dear. ???
nice storyy ☺???
Thanks dear. ???
just love this story varah loabi maasha allah