Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (23)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
November 25, 2018 6 Mins Read
10 Comments

އަޔާން އޭނާގެ ފޯން ނަގާ ނަންބަރުތައް ސްކްރޯލް ކުރަން ފެށިއެވެ. ބޭނުންވާ ނަންބަރު ފެނުމާއެކު އޭނަ އެ ނަންބަރަށް ގުޅާލިއެވެ.

ދެފަހަރަކު ގުޅުމުން ވެސް ނަންބަރުން ފޯނެއް ނުނެގިއެވެ. އަޔާން ފުން ނޭވާއެއް ލަމުން ގެއިން ނުކުންނަން ހިނގައިގަތެވެ. ސައިކަލަށް އަރާ ދުއްވާލީ އަނީސް މެން ގެއަށް ދިޔުމަށެވެ. އަނީސް އާވާހަކަ ދައްކާ އެ ކަންތައް ވަކިކޮޅެއްގައި ޖައްސަން އަޔާން ހުރީ ނިންމައިގެންނެވެ. ކޮންމެ ގޮތެއްވިޔަސް ނާޖިދު އަށް ކުރި ލިބުނަކަ އޭނާ މިފަހަރު ނުދޭނެއެވެ. ނާޖިދު އާ އަނީސް ގެ ދެމެދުގަ އޮތް ޒަމާންވީ އެކުވެރިކަން ފުނޑު ފުނޑު ވިޔަސް ހެވެ. އެވަގުތު ގޮސް ގެން އަނީސް އާ ދިމާވާ ގޮތް ނުވުމުން އަޔާން ދެން ގަސްތު ކުރީ ރޭގަނޑުގެ ވަގުތެއްގައި ދިޔުމަށެވެ.

ރޭގަނޑު އަޔާން އަނީސް މެން ގެއަށް ގޮސް ސަލާމް ގޮވާލިއެވެ. “ވައަލައިކުމް ސަލާމް… “އެތެރޭން ސަލާމް ބަލައިގަތް އަޑު އިވިފައި އޭނާ ހަމަޖެހުމުގެ ނޭވާއެއް ލިޔެވެ. އަނީސް ގޭތެރެއިން ނުކުމެ ބޯ ދިއްކޮށްލިއެވެ. އަޔާން ފެނި އޭނާ އަށް ހިސާބެއްގެ ހައިރާން ކަމެއް ލިބުނުނަމަވެސް ސަލާމް ބަލައިގަންނަމުން އެތެރެއަށް ވަންނަން ދައުވަތު ދިނެވެ. އަނީސް ފެނުމާއެކު ދައްކަން އައި ވާހަކަ ފެށުމުގެ ކުރިން ވެސް އަޔާން ފިނިވިއެވެ. އަނެއްކާ އޭނާ ދައްކާ ވާހަކަ އަކުން ބައްޕަ ބޭޒާރު ވެދާނެތީއެވެ. ބައްޕަ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ބައްޕަ ވާނީ ބައްޕައަށެވެ. ކިތަންމެ ރުޅިއަޔަސް ވެހެވެ. އަޔާން އެޗެކޭ ނުބުނެ އިންނަން ފެށުމުން އަނީސް ގޮވާލިއެވެ. “ކިހިނެތްވީ އަޔާން” އަނީސް އަހާލިއެވެ.

އަނީސްގެ އަންހެނުން އަނީސް ގާތުން ވަރިވުމަށްފަހު އެހެން މީހަކާ އިނދެގެން ދިޔައީ ދަރިވެސް އަނީސް އާ ހަވާލުކޮށްފައެވެ. އެ މީހާ އާ އިނދެގެން އުޅެނިކޮށް މިކްޔަން ގެ މަންމަ މަރުވެގެން ދިޔުން ވީ އަނީސް އަށް ކެތް ކުރަން ދަތިވި ހިތާމަތަކެއް ލިބުނު ކަމަށެވެ. އޭނާގެ އަންހެނުން ނިޔާވުމުގެ ކުރިން އޭނާ ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

އެހެންކަމުން މިކްޔަން ވެސް ގޭގައި ނޫޅޭ ވަގުތަކަށް ވުމާއެކު ގޭތެރެވެސް އޮތީ ފަޅުކޮށެވެ. ކޮންމެ ދުވަހަކުވެސް ކައްކާ ކާން ހަދާދިނުމަށް އެ ގެއަށް މީހަކު އާދެއެވެ.

އަޔާން ވަށައިގެން ގޭތެރެއަށް ބަލާލިއެވެ. “ނެތޭ އެއްވެސް މީހެއް… މިކްޔަން ވެސް ނެތް… އެކަނި މި ހުރީ… ދައްކަން އައި ވާހަކައެއް ދައްކާލަބަލަ” އަނީސް ބުނެލިއެވެ. އަދި ހިނިތުންވެލިއެވެ. އަނިސް ގެ ވާހަކައިން ހިންހަމަ ޖެހުނު އަޔާން އޭނާގެ ވާހަކަ ފެށުމަށް އަވަސް ވެގަތެވެ. ބައެއްފަހަރު މައިންބަފައިން ނަށް ގޯސްކޮށް ކަންތައް ތައް ކުރެވޭ ފަހަރުވެސް އާދެއެވެ. އެފަދަ ހާލަތް ތަކުގައި ދަރިންވެސް ފިޔަވަޅެއް އަޅަން ޖެހޭނެކަމަށް އަޔާން އަށް ގަބޫލް ކުރެވެނީއެވެ.

އަޔާން ކަންތައްތައް ވީ ގޮތް އަކުރުން އަކުރަށް އޮޅުން ފިލުވައިދިނެވެ. އަޔާން ވާހަކަ ދައްކަމުން ދިޔަ އިރު އޭނާ ވެސް އިނީ ހާސްވެފައެވެ. އަނީސް ގެ މޫނުމައްޗަށް އަރާފައިވާ ކުލަވަރު ބަޔާން ކުރަން ދައްޗެވެ. އެ މޫނުމަތިން އެއްފަހަރު ހިންހަމަ ނުޖެހުމުގެ އަސަރު ފެނިލަފާނެއެވެ. އަނެއްފަހަރު ހާސްވެފައި އިން ތަން ފެނިދާނެއެވެ. އަނެއްބައި ފަހަރު ހިސާބެއްގެ ނުތަނަވަސް ކަމަކާއެކު ދެރަވެފައި ހުންނަހެން ވެސް ހީވެދާނެއެވެ، އަޔާން ވާހަކަ ދައްކަމުން ދިޔަ އިރު އެ ވާހަކަތައް އިތުރު އެހެން މީހަކަށް އަޑު އިވިއްޖެއެވެ.

މިކްޔަންއަށް އަޑު އިވުނު ވާހަކަ ތައް ގަބޫލް ނުކުރެވިފައި ހުރެވުނީއެވެ. އޭނާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތައް ދެނެގެންނަން އުނދަގުލެވެ. ފުން ވިސްނުމަކަށް ގެއްލިފައި ހުރި މީހެއް ފަދައިން ހުރެފައި ފުންނޭވާ އެއް ދޫކޮށްލިއެވެ.

“އީނާލް ދެކެ އޭނާ ވަނީ ތެދުވެރި ހަގީގީ ލޯތްބެކެވެ. މީގެ ކުރިން ކިތަންމެ އަންހެން ކުދިންނަކާ ގުޅުން ބޭއްވި ކަމުގައިވިނަމަވެސް އީނާލް ފެނުމަށް ފަހު އޭނާ އެ ހުރިހާ ކުދންނާ ގުޅުން ކަނޑާލިއެވެ. ހަމައެކަނި އީނާލް އަށް އިންތިޒާރު ކުރެވެން ފެށުނެވެ. އެހެންނަމަވެސް އިވިގެން ދިޔަ ބަސްތަކުގެ ސަބަބުން އޭނާ ގެ ހިތަށް ތަފާތު އަސަރުތަކެއް ކޮށްފިއެވެ.

ބައްޕަ އާއި މަންމަގެ ގުޅުމުގެ ވާހަކަ ބައްޕަ ކިޔައިދިނީ ހިތާމަވެރިކަމާ މަޑު މޮޅި ކަމާއެކުގައެވެ. މަޖުބޫރުން މަންމަ އާއި ކައިވެނިކޮށް އެ ގުޅުން ދެމި އޮތީ އެންމެ ދެ އަހަރުއެވެ. ބައްޕަ މަންމަ ދެކެ ކިތަންމެ ލޯބި ވިނަމަވެސް މަންމަ ގެ ހިތުގައި ވީ އެހެން ނަމެކެވެ. ބައްޕަ މަންމަގެ ލޯބި ހޯދުމަށް ކުރި ހުރިހާ ކަމެއް ބޭކާރުވެމަންމަ އެންމެ ފަހުން އަމިއްލައަށް ވަރިވީއެވެ. މިކްޔަން ގެ ލޯ ފެންކަޅިވެގެން ދިޔައީ މަންމަ ވެކިވެ ދިޔައީ އޭނާ ގެ ލޮލަށް ވެސް ނުފެނި ކަމުގައި ވީތީއެވެ.

ވީއިރު އޭނާ އީނާލް ދޫކޮށްލާނީއެވެ. ލޯބީގެ މާނަ އަކީ ގުރުބާނީއޭވެސް މީހުން ކިޔައެވެ. އީނާލް އަށް އުފާވެރިކަން ލިބޭ ކޮންމެ ގޮތަކަށް ކަންތައް ކުރުމަށް މިކްޔަން އަޒުމް ކަނޑައެޅިއެވެ.

އީނާލްދޫކޮށްލާ އޭނާގެ ހިތަށް އަނިޔާ ދީގެން ވިޔަސް ހެވެ. އެ ވާހަކަ ބައްޕަ އޭނާ އަށް ހާމަ ކުރީ ރޭގެ  ވަގުތެއްގައެވެ. އެ ވަގުތަކީ ދުނިޔޭގައި ހިނގާ ކަންތައް ތަކާ ގުޅޭ ގޮތުން އޭނާ ގެ ނަޒަރު އެއްކޮށް ބަދަލް ވެގެން ދިޔަ ކަމެކެވެ.

ބައްޕަ އާއި މަންމަގެ ހަޔާޓުން އިބްރަތް ލިބިގަނެ ބައްޕަ ހެދި ކަހަލަ ގޯހެއް ނުހަދާނަން ކަމުގައި ރޭ މިކްޔަން އަމިއްލަ ނަފްސަށް ވައުދުވިއެވެ. އަނެއްކާ އެ ކަމަށް ސައުވިސް ގަޑިއިރު ނުވެ އުޅެނިކޮށް މި ލިބުނީ ކޮންފަދަ ހަބަރެއް ހެއްޔެވެ؟. ރޭގައި ބައްޕަ ދިން ނަސޭހަތުގައި ހިފާ ކުރިއަށް ދިޔުމަށް އޭނާ އަޒުމް ކަނޑައެޅިއެވެ.

އަމިއްލަ ހިތަށް ދޭން ޖެހޭނީ ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ މިކްޔަން ގެ ލޮލުން ކަރުނަ ހިލުނެވެ.

އަޔާން ވާހަކަ ދައްކާފައި ނުކުންނަން އައި ވަގުތު މިކްޔަން އެއްފާރާތު ފާރާ ދިމާލަށް ވަދެ ފިލިއެވެ. އަޔާން ދިޔުމާއެކު އޭނާ ގޭތެރެއަށް ވަދިގެން ދިޔައެވެ. ޑިއުޓީ ނިންމާފައި އައުމާއެކު ލިބުނު ހަބަރުން މޫޑު ހަރާބުވީއެވެ. އަނީސް ވާހަކަ ދެއްކުމުންވެސް މާގިނަ ވާހައެއް ދެއްކުމެއް ނެތި މިކްޔަން ގޮސް ކޮޓަރިއަށް ވަނީއެވެ. އެނދުމައްޗަށް ވެއްޓި ގަނެވުމާއެކު އޭނާ އަށް ސީލންގަށް ނަޒަރު ހުއްޓާލައިގެން އޮވެވުނީއެވެ.

ގަޑިއިރެއްގެ ފަހުން އަނީސް ގޮވާލީވެސް އޭނާ އެހެން އޮއްވައެވެ. ހިޔާލުގެ ކަނޑުގައި ބެހިގެން އޭނާ ދަނީއެވެ. ހަދަންވީ ގޮތެއް ވަނީ ނޭނގިފައެވެ. ބައްޕަގެ ވިސްނުން ހުންނާނީ ކިހިނެތް ކަމެއް ނޭގެއެވެ.

މިކްޔަން އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހެން އޮއްވާ ކޮޓަރީގެ ދޮރު ހުޅުވާލާފައި އަނީސް ވަނެވެ. “ހަވީރު ސައިބޯން ވެގެން ގޮވަ ގޮވާވެސް އަޅާ ނުލާ ކިއްވެ ތިއޮތީ ދަރިފުޅާ” އަނީސް ވާހަކަ ދެއްކިއެވެ. ސިހިފައި މިކްޔަން ފުންމައިގެން އެނދުން ތެދުވިއެވެ. އަދި އެނދުމަތީގައި އިށީނެވެ.

އަނީސް އަށް ވީ ގޮތް ރަނގަޅަށް އެނގުނެވެ. އަޔާން ވާހަކަ ދައްކަމުން ދިޔައިރު އެ ހުރިހާ އެއްޗެއް މިކްޔަން އަށް އެނގުނުކަން ވެސް އެނގުނެވެ. އޭނާ އަށް މިކްޔަން ގެ ހިޔަނި ހުޅުވާފައި ހުރި ކުޑަ ދޮރު ތަކުން ރީއްޗަށް ފެނުނެވެ.

އެހެންނަމަވެސް މިވަގުތު އިތުރު ވާހަކަތަކެއް ދައްކައިގެން ދަރިފުޅުގެ ހިތް ނުތަނަވަސް ކުރުވަން އަނީސް ބޭނުމެއް ނުވިއެވެ. އޭނާ ސައިބޯން އައުމަށް ބުނަމުން ކޮޓަރިން ނުކުތެވެ. މިކްޔަން ވެސް ބައްޕަ ލައްވާ އިތުރަށް އިންތިޒާރު ނުކުރުވަން ވެގެން ކޮޓަރިން ނުކުމެގެން ދިޔައެވެ. ސައި ބޯން އިން އިރުވެސް ސިކުނޑީގައި ވި ހިޔާލް ތަކުގެ ސަބަބުން މިކްޔަން އަށް ސައިބޮވޭ ގޮތެއް ނުވިއެވެ. އަނީސް އަށް މިކަން ފާހަގަ ކުރެވުނު ނަމަވެސް އޭނާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ސައިބޮއިގެން އާއްމުކޮށް އަނީސް އާ ވާހަކަ ދައްކަން އިންނަނ މިކްޔަން މިއަދު މަޑު ނުކުރުމާއެކު އަނީސް ސޯފާތަކުގައި ޖައްސާލައިގެން އެކަނި އިނެވެ. މިކްޔަން ދިޔައީ އޭނާގެ ކޮޓަރިއަށެވެ.

އަނީސް ނިންމީ މިކްޔަން އާ ވާހަކަ ދެއްކުމަށްފަހު ނާޖިދު އާ ވާހަކަ ދައްކާށެވެ. ފޯން ރިންގް ވުމާއެކު ބަލާލިއިރު ގުޅާނީ ނާޖިދުއެވެ. އެހެންނަމަވެސް މިވަގުތު އެ ފޯން ނަގާ ހިތް ނުވުމާއެކު ފޯން ސައިލެންޓަށް ލަމުން އޭނާ ސޯފާގައި ހަމަޖެހިލިއެވެ. ޓީވީ ހުޅުވާލަމުން އިނގިރޭސިބަހުން ކިޔަމުން ދިޔަ ހަބަރަށް އޭނާ ސަމާލް ވެލިއެވެ.

ދިހަވަރަކަށް ފަހަރު ގުޅިއިރުވެސް އަނީސް ފޯނެއް ނުނެގިއެވެ. ނާޖިދު ފުން ނޭވާއަކާއެކު ބޮލުގައި ހިފައްޓާލިއެވެ. ކަންތައް ތައް މިހެން ވާން ވެއްޖެނަމަ އޭނާ ގެ ބޯ ފަޅައިގެން ގޮސްދާނެއެވެ.

އަނީސް މިކްޔަން އާ ވާހަކަ ދެއްކީ ރޭގަނޑުގެ ވަގުތުގައެވެ. މިކްޔަންވެސް ހިސާބަކަށް ހަމަޖެހިފައި އިން ހެން ހީވިއެވެ. ދެމީހުންވެސް ތިބީ ގޭގެ ސޯފާގައެވެ.

“އަޅުގަނޑު އީނާލް ދޫކޮށްލާނީ ޑޭޑް…” މިކްޔަން ގޮތެއް ނިންމިއެވެ. “އެހެން ވިއްޔާ ދެން ޑޭޑް ނާޖިދު އާ ވާހަކަ ދައްކާނަން… ހިޔެއް ނުކުރަން ދުވަހަކުވެސް ނާޖިދު އެފަދަ ގޮތަކަށް ވާހަކަ ދައްކާފާނެޔެކޭ ވެސް…” އަނީސް ވަނީ ނާޖިދު ކަންތައް ކުރި ގޮތުން ކުޑަކޮށް މާޔޫސް ވެފައެވެ. އެކުވެރިޔާ އެގޮތަށް ކަންތައް ކުރުމާ ޒަމާންވީ އެފަދަ އެކުވެރިޔާގެ ހިޔާލް ތައް އޭނާ އަކަށް ބަލައެއް ނުގަނެވޭނެއެވެ.

“ހަލޯ ނާޖިދު ބައްދަލުކޮށްލަން ބޭނުން” ނާޖިދު އަށް ގުޅާފައި އަނީސް ބައްދަލު ކޮށްލަން ބޭނުންވާކަމުގައި ބުންޏެވެ.

ދެމީހުން ނިންމީ އަތިރި މަތީ ކެފޭއިން ބައްދަލު ކުރާށެވެ.

ޒައިން އާއި އީނާލް އާއި ދެމީހުން ތިބީ އެރަށު ގޮނޑުދޮށުގައެވެ. ހޭޅި ފަށުގައި ހެދިފައިވާ ގަސްތަކުގެ އެތެރެއަށް ވާގޮތަށް ތިބުމުން ބޭރުން ދާ މީހުންނަށް އެދެމީހުންނެއް ނުފެންނާނެއެވެ.

“ނާލް… އަހަރެން ބޭނުންވަނީ ނާލް އާ ދުރަށް ދާން… ” ޒައިން އީނާލް ގެ ދެކޮނޑުގައި ހިފައިގެން ހުރެ ޒައިން ބުނެލީ އޭނާގެ ހިތުގައި އަތް އަޅައިގެންނެވެ. އަމިއްލަ ހިތަށް އަނިޔާ ދިނީ އެގޮތަކީ އީނާލް އަށް އެންމެ ރަނގަޅު ގޮތް ކަމުގައި ޒައިން އަށް ގަބޫލް ކުރެވުނީތީއެވެ. ޒައިން އެކޭ އެއްވަރަކަށް އީނާލް ގެ ހިތަށް ތަދުވާނޭކަން އެނގި ހުރެވެސް ޒައިން އެ ގޮތަށް ނިންމީ އެންމެންގެ ތެރޭގައި އޮތް މަސްލަހަތު ގެއްލިދާނެތީއެވެ. މިއަދު މަންމަ އަށް އެކަނި އެނގުނު ކަމުގައި ވިނަމަވެސް މާދަމާ ރަށުގެ ރަތްޔިތުންނަށް ވެސް އެނގިދާނެއެވެ.

“ޒައިން ކީއްވެ؟” އީނާލް އަށް ބުނެވުމާއެކު ވަގުތުން ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވިއެވެ. ޒައިން އަށް ބަލަހައްޓައިގެން ހުރިއިރު އެ ހިތުގައި ވަނީ ހުސް ޝަކުވާއެވެ. ޒައިން އެފަދަ ގޮތަކަށް ނިންމުމާއެކު ވީ ކީއްކަން އީނާލް އަކަށް ނޭނގެއެވެ.

“އީން ވިސްނާލަބަލަ… އަހަރެންގެ ހިތް ކިތަންމެ ވަރަކަށް އެދުނަސް… އީން އާ އެކު ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެތަ؟ އަހަރެމެންގެ އާއިލާގެ ނުގަބޫލުގަ ކައިވެނިކޮށް އުފާވެރި ބާއްޖަވެރި ދިރިއުޅުމެއް އުޅެވިދާނެތަ؟ ނޫޅެވޭނެ… ހަމަގައިމުވެސް އީން ގެ ބައްޕަ މެން ބޭނުންވާފަދަ މުއްސަނދި ކަމެއް އަހަރެންނަށް އަދި ލިބިފަކާ ނެތް… އެފަދަ ތަނަވަސްކަމެއް ނެތް… ދުވާލު ދާ ހަތަރު ދަމު އެތަކެއް ބުރަ މަސައްކަތެއް ކޮށްގެން އަހަރެން ހަމަ އެކަނި ގޭގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ… އީން އަށްބޭނުންވާ ހާ އެއްޗެއް އެ ބުނާހާ އިރަކު ހޯދައިނުމުގެ ތަނަވަސް ކަމެއް ނެތް… ކިތަންމެ ހިތް އެދުނަސް އަހަރެންނާ އީން އާއެކު ވުން އެއީ ވާނެ ކަމެއް ނޫން” ޒައިން ގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ. އެހެންނަމަވެސް އޭނާ ބޭނުންވަނީ އީނާލް އަށް ވިސްނައިދޭށެވެ.

“އީން އަށް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މީހަކު އީން ގެ ބައްޕަ އެ ހޯދީ… މިކްޔަން… ހުރިހާ ގޮތަކުން ވެސް އީން އާ އެކަށޭނެ… އީން އާ އެއްފެންވަރުގެ… އެ ފެންވަރުގެ އާއިލާއަކުން އައިސް ހުރ ތައުލީމީ މޮޅު ޒުވާނެއް… އަހަރެންމީ ކާކު މިކްޔަން އާ ބަލާފަ… އީން އަށް ވެސް ރަނގަޅުވާނީ މިކްޔަން އާ މެރީކުރުން…”

“ޒައިން….” މިހުރިހާ އިރު އެއްވެސް އެއްޗެއް ނުބުނި ހުރި އީނާލް އަށް ބާރަށް ޒައިން އަށް ގޮވާލުމާއެކު ބުނެވުނެވެ. އޭނާ ޒައިން ގެ އަތް ނައްޓާލަމުން އެއް ފިޔަވަޅު ފަހަތަށް އަޅާލިއެވެ.

“ޒައިން އަށް ހާދަ ފަސޭހަ އޭ ތިހެން ބުނެލަން ދޯ… އެކަމަކު އަހަރެންނަކަށް ފަސޭހައެއް ނޫނޭ… ފައިސާ އާ މުދާ އަބަދުވެސް… ކޮންމެ މީހަކުވެސް… ބޯ ހަލާކު” އީނާލް އަށް ހަޅެއްލަވައިގަނެވުނެވެ. “އީން” ޒައިން ވާހަކަ ދައްކަން އުޅުނެވެ.

“ނޫން ޒައިން… އެއްވެސް އެއްޗެއް ބުނެގެން ނުވާނެ… ޒައިން އަށް އަހަރެންވެސް ވާހަކަތެކެއް ބުނަން އެބަޖެހޭ… އަހަރެން ލޯބިވަނީ ޒައިން ދެކެ… އަލިމަގެއް ފެނޭތޯ އަދިވެސް އުންމީދާއެކު އަހަރެން މަސައްކަތް ކުރަމުން ދާއިރު ޒައިން އަށް ކީއްވެ އަހަރެންނާއެކު ނުހުރެވެންވީ… ޒައިން އަހަރެން ދެކެ ވީ އެއްވެސް އަގެއް ނެތް ލޯތްބަކީތަ؟. ޒައިން އަހަރެން ދޫކޮށްލާފަ ތި ދަނީ އަހަރެންގެ މައިންބަފައިން ނުގަބޫލު ވީމާ ކަމަށް ވަނީނަމަ އާދޭސް ކުރަން ޒައިން އަހަރެން ދޫކޮށް ނުލުމަށް… އަހަރެން އާދޭސް ކުރަން…” އީނާލް ގެ އަރުބެދޭގޮތްވެ ރޮވުނެވެ. އިސްޖަހާލައިގެން ހުރެ ޒައިން ގެ ކުރިމަތީގައި ހުރެ ރޮމުން ދިޔަ އީނާލް އިރު އިރު ކޮޅަކާ ނޭފަތް ދަމާލައެވެ. ދެންމެ ދެންމެ އީނާލް ގެ ގައިގައި ޒައިން ބައްދައިގަނެފާނެހެން ހީވިއެވެ. އެހެންނަމަވެސް އޭނާ ހުރީ އަމިއްލަ ނަފްސު ކޮންޓްރޯލް ކޮށްގެންނެވެ. އީނާލް ގެ ކަރުނަތަކުން އޭނާގެ ހިތަށް ވެސް އެތަކެއް ޒަހަމެއް ލިބެމުން ދިޔައެވެ. އީނާލް ގެ ކޮންމެ ކަރުނަތިއްކެއްގެ މެދުވެރިއަކީ މިއަދު އޭނާ ކަމަށް ގަބޫލް ކުރެވެނީއެވެ. އެންމެ ފުރަތަމަ ވެސް އީނާލް އާއެކު އޭނާ ގުޅުމެއް ނުބޭއްވިނަމަ މިކަން މިގޮތަކަށް ނުވީހެވެ. އެކަމަކު މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އީނާލް ގެ ހިތުގައި ޖެއްސިއްޖެއެވެ. އެދެލޮލުން އެންމެ ކަރުނަތިއްކެތް ވައްޓައިލަން ނޭދުނު ކަމުގައިވެސް އަމިއްލަ ދެއަތުން އޭނާ އީނާލް ގެ ހިތް ފުނޑުފުނޑު ކޮށްލައިފިއެވެ.

އަނެއްކޮޅުން އީނާލް ގެ ހާލަކީ ކޮބައިތޯއެވެ. ކަރުނަތަށް ހުއްޓުވަން ކިތަންމެ ބޭނުންވިޔަސް އެކަރުނަތައް ކިތަންމެ ވަރަކަށް ފޮހުނަސް ނުހުއްޓުނެވެ. ގިސްލުން މަޑެއް ނުވިއެވެ. އެ ހަމަހިމޭން މާހައުލު ފޫއަޅުވާލާފައި ވަނީ އީނާލް ގެ ގިސްލުމުގެ އަޑުންނެވެ. ހިތަށް ކޮށްފައިވަނީ ކޮންފަދަ އަސަރެއްތޯއެވެ. އެހިތް ކުދި ކުދިވެ އެތިކޮޅުތަކަށް ވަމުން ދިޔަ ފަދައެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ބޮޑުވެ މޭގައި ރިއްސަން ފަށައިފިއެވެ.

ޒައިން އަށް ހަމަ އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ އެ ހިތް ކުދި ކުދި ވާން ދޫކޮށްލީ ހެއްޔެވެ؟. އީނާލް ގެ ހިތަށް އޯގާވެދޭން ޒައިން ބޭނުންނުވަނީހެއްޔެވެ؟ ހިތްވަރު ލިބުނީ ކިހިނެތް ކަމެއް ނޭނގެއެވެ. ކުރިއަށް ޖެހިލާ ޒައިން ގެ މޫނަށް ބަލާލުމާއެކު އީނާލް ސުވާލުކޮށްލިއެވެ.

“ޒައިން… އަހަރެންނާ ދުރަށް ތި ދަނީ އަހަރެންގެ ފެމެލީ ގަބޫލް ނުވެގެންހޭ… އެއީ ހޭ އޮތް ހަމަ އެކަނި ސަބަބަކީ؟” އީނާލް އަހާލިއެވެ.

“ނޫން… އަހަރެންގެ މަންމަ ގަބޫލް ނުވާތީ އެގިއްޖެ؟” ޒައިން ބާރަށް ބުނެލުމާއެކު އީނާލް އަށް އަނެއްކާވެސް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އީނާލް ގެ ހިތް ހިނދު ކޮޅަކަށް މަޑު ޖެހިލިފަދައެވެ. ޒައިން އީނާލް އާ ދިމާލަށް ބާރަށް އެއްޗެއް ބުނަން ބޭނުން ނުވެ ހުރެވެސް ބުނީ އީނާލް އަށް އޭނާ އާ ދުރުވާން ފަސޭހަ ވާނީ އެކަހަލަ ކޮންމެވެސް އެއްޗެކޭ ބުނެގެން ކަން ވިސްނުނީމައެވެ. މަންމަ ގަބޫލް ނުވާ މައިގަނޑު ސަބަބަކީ އިނާލް ގެ އާއިލާ ވެސް ގަބޫލް ނުވާތީކަން އެނގުނަސް އެ ވާހަކަ އެވަގުތު އީނާލް ގާތު ބުނާކަށް ޒައިން ގަސްތެއް ނުކުރިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 25

Next

ބޯހިޔާވަހި ކަމަކީ މިނިވަން ކަމުގެ ރަމްޒެކެވެ.

Next
November 26, 2018

ބޯހިޔާވަހި ކަމަކީ މިނިވަން ކަމުގެ ރަމްޒެކެވެ.

Previews
November 25, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 25

10 Comments!

  1. Hi Mi says:
    November 25, 2018 at 11:10 pm

    Salaam. Heres the next part. Enjoy. Wht fo u think will hpn next?.
    Thankyou for the support. Next ep tomo nyt. In Sha Allah.
    Jazakallah Khairan.

  2. Shaikko says:
    November 25, 2018 at 11:23 pm

    yeyyy

    1. Hi Mi says:
      November 26, 2018 at 2:49 pm

      Thankyou dear. ???

  3. mishyaa says:
    November 25, 2018 at 11:37 pm

    Mivaahaka varah reethi; himi kameh koh dhee bala alhugadah. ..kaireegai ehenas dhurugaa mivaahaka liyaa azoo gaathu bunedheebala e vaahaka up kohdheyshey. .. faharehga writer eh v ma frend vedhaane thi mibinee ingey. .. ehchekey heenukurahchey?

    1. Hi Mi says:
      November 26, 2018 at 2:53 pm

      Salaam dear. Kaireegai ehenas dhurugai vaahakaige liyun theriyaa himi akaa frnd eh nun. Kihineh dhen himi bunedheyni. Ekm ves balaala dheynan. In Sha Allah. Thanks dear. V ufaavey story kiyaathy. Much loves. Ehchekey hiyey nukuran. Ingey.

  4. Pinky shifoo says:
    November 26, 2018 at 11:30 am

    Alhey ???… What’s going to happen??? ???… Zain please tell the truth… ??? mi part vx v v v reethi ingey Hi Mi ❤️❤️❤️???????????????… It’s interesting ???… Curiously waiting for the next part ???… Keep up the good work ????????… Ur doing great ?????????❤️❤️❤️… Lots of love ❤️❤️❤️???????????????…

    1. Hi Mi says:
      November 26, 2018 at 3:24 pm

      Awwn. Thanks dear. For the colourful comment. Hingaa dw balamaa dhen vaa gotheh. Pinky ge comment abadhuves ehaa volourful vaathy v loabi. Hehe. Thankyou for the support. Much loves. ???

  5. Naju says:
    November 26, 2018 at 4:35 pm

    V rythi mi partvx ???

  6. unique says:
    November 26, 2018 at 11:13 pm

    Maasha allah
    mi partvx varah varah varah loabi but sad too
    zainvx dhen ehen hadhaakah nuvaane dhw
    missed hi mi ly

  7. Aysh says:
    November 27, 2018 at 1:57 am

    I’m loving it???????

Comments are closed.

Next Episodeހިތް އެދުނަސް… (24)←


All Right Reserved!