Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 40

hygge Level 510 Stories100 Comments100 Login500 Comments
November 26, 2018 9 Mins Read
73 Comments

ދެންމެ އިވިގެންދިޔަ އަޑުތަކުގެ ސަބަބުން ހުއްޓުން އަރައިފައި ހުރި ދާނިޔަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބުނާނެ އެއްޗެއް ސިކުނޑިއަށް އެވަގުތު ނުވެސް އައީއެވެ. އާލާ އެހާ ފުނަށް އެ މައްސަލައިގައި ފީނަފާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އާލާގެ ތޫނުފިލިކަމާމެދު ދާނިޔަލްއަށް ޝައްކެއް ކުރާނެ ޖާގައެއް ހަމަގައިމުވެސް މިއަދު އާލާ ނުދެއެވެ. ފާޑަކަށް ގަބުވެފައި ހުރި ދާނިޔަލްއަށް ކުރެވުނު ކަމަކީ ވަކި ވަކިން އެންމެންގެ މޫނުމައްޗަށް ނަޒަރު ހުއްތާލުމެވެ. ޝަޒިއްޔާ އާއި މަނިކުގެ މޫނުމަތިން ފިޔަވައި އެންމެންގެ މޫނުމަތިންވެސް ފެންނަނީ އެއް އަސަރު ތަކެކެވެ. ޙަޤީގަތް ބުނެދޭށޭ ބުނާ ކަހަލައެވެ. އެންމެ ފަހަށް ދާނިޔަލް އާލަގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އާލާ ލަސް ލަހުން ބޯ ޖަހާލިއެވެ. އޭނާގެ ދެލޮލުން ކުރަމުން ދިޔައީ އާދޭހެވެ. ދާނިޔަލް ފަޒާގެ ތެރެއަށް އެވަގުތު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އާން.. އަހަރެން އެކަން ކުރީ.. އަހަންނާއި މަނިކުބެ.. ޤަބޫލު ކުރެވިއްޖެތަ؟” ދާނިޔަލްގެ ޖަވާބެއްގެ އިންތިޒާރުގައި ތިބި އެންމެން ސިއްސުވާލީ ޝަޒިއްޔާގެ އަޑުންނެވެ. ދާނިޔަލްގެ ދުލުން ޙަޤީގަތް ހާމަވެދާނެތީ ބިރުން ހުރެފައި އެންމެފަހުން ޙަޤީގަތް އެ ހާމަކޮށްލީ އޭނާގެ އަމިއްލަ ދުލުންނެވެ. އެއިރުންވެސް އޭނާއަށް އިޙުސާސްކުރެވޭނޭ ލަދުވެތިކަން ކުޑަވެދާނެކަމަށް އޭނައަށް ހީކުރެވުނެވެ.

އަރީފް ހައިރާންކަން އެކުލެވިގެންވީ ބެލުމަކުން ޝަޒިއްޔާއަށް ބަލަހައްޓައިގެން ހުރި އިރު އާދިންވެސް އިރުކޮޅަކާއި ޝަޒިއްޔާއަށް އަދި މަނިކާއި ދިމާލަށް ބަލައިލައެވެ. ވިޝާމާގެ ހާލަކީވެސް އެއީއެވެ. އަޒާންއަށް އޭނާގެ ކާފަޔާއި ދިމާލަށް ބަލައިލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. ލޯބިވާ ކާފަ އޭނާގެ ބޭބެއަށް އެފަދަ ކަމެއް ކޮށްފާނެކަމަކަށް އަޒާން ހިއެއް ނުކުރެއެވެ. އޭނާއަށް ކުރިން ފެންނަ ކާފައަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ އަޅާލާ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ނަމަވެސް މިއަދު އޭނާ ކުރިމަތިން ފެންނަން އެހުރި ކާފައަކީ ކާކު ކަންވެސް މިހާރު އަޒާންއަށް އޮޅިއްޖެއެވެ.

“ދާނިޔަލް އަކީ ހުރިހާވެސް ގޯހަކީ.. އޭނާ އަހަރެންގެ ޙަޔާތަށް އައި ފަހުން އެއްކަމެއްވެސް ރަނގަޅަކަށް ނުދޭ.. މަށާއި އަރީފްއާއި ދެމެދު މައްސަލަތައް ޖެހެން ފެށުނީވެސް ހަމަ އޭނާ އައި ފަހުން.. އެކަމަކުވެސް އަހަރެން ބުނާ އެއްޗެއް ދުވަހަކު އަރީފް ޤަބޫލެއް ނުކުރޭ… ކޮންމެ ކަމަކުވެސް ހުންނާނީ އޭނާ ކޮޅަށް.. މަ ހުންނަން ޖެހޭނީ ބާކީ ވެފަ.. ފަހުން ފަހުން ހީވި އާލާގެ ބަދަލުގަ އަރީފްގެ ދަރިޔަކީވެސް ދާނިޔަލް އޭ.. އެންމެފަހުން އާލާގެ ކައިވެނިވެސް ކުރުވީ އެ ދާނިޔަލްއާ… އިތުރަށް މަށަށް ކެތް ކުރެވޭނެހެން ހީވޭތަ؟ އޭނ؟ ހުރިހާ ކަމެއް ދިޔައީ ގޯހުން ގޯހަށް.. ކެތް ކުރެވޭ ވަރަށް ވުރެ ކަންތައްތައް މާ މައްޗަށް ދިޔައީމަ އޭނައަށް އެހެން ހަދަން ޖެހުނީ… އެތާ އެ އިންގޮތަށް މަރުވި ނަމަ ގައިމު ރަނގަޅުވީހެއްނު..” ޝަޒިއްޔާ ހީވަނީ މޮޔަވެފައި ހުރި މީހެއް ހެނެވެ. އަޑުގެ ނެތްކޮޅަށް ހަޅޭތް ލަވަމުން ދިޔައީ ކަރަށް ނާރު އަރުވާލައިފައެވެ.

“ޝަޒިއްޔާ..” ދެން މުޅި ތަނަށް ގުގުމައިގެން ދިޔައީ އަރީފްގެ ބާރު ހަޅޭކެވެ. އޭނާ އަތް މަޅާލައިގެން ހުރީ ޝަޒިއްޔާގެ މޫނުގައި ޖަހާށެވެ. އެވަގުތު އާދިން އޭނާގެ އަތުގައި ނުހިފެހެއްޓިނަމަ އަރީފްގެ އަތުގެ ހަމަލާއެއް ޝަޒިއްޔާގެ މޫނުމައްޗަށް އެރީހެވެ. “އަރީފް.. މިވަގުތު އަހަރެމެން ގޯހެއް ހަދައިގެން ނުވާނެ.. ސިކުނޑިން ވިސްނަންވީ ވަގުތު މިއީ..” ޝަޒިއްޔާއަށް ނުރުހުމުގެ ނަޒަރެއް ދީފައި އާދިން އަރީފްއަށް ބުނެލިއެވެ. ވިޝާމާވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ޝަޒިއްޔާއަކީ ޒީލަގަދަ އަންހެނެއްކަން އޭނާވެސް ދަނެއެވެ. ނަމަވެސް މިވަރުވެދާނެ ކަމަކަށް ހިއެއް ނުކުރެއެވެ.

އަޒާންއާއި ރުކާގެ އިތުރުން އިޝާންއާއި ރިޔާޝާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔަ އިރު ދާނިޔަލް ހުރީ މާޔޫސީ ގޮތަކަށް ހުއްޓިލައިގެންނެވެ. އާލާގެ ލޮލަށް ކަރުނަތައް ޖަމާވެގެން ގޮސް އެ ދެލޯ ފުރި ބަންޑުންވެގެން ދިޔައީ ބަސް ބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.

“މަންމާ.. އާލް ހީކުރީ މަންމަ އާލްދެކެ ލޯބިވާ ކަމަށް.. ކުޑައިރުއްސުރެވެސް މަންމަގެ ހުރި ހަމައެކަނި ދަރިއަށްވީތީ އަބަދުވެސް ލޯބިވާނެ ކަމަށް.. އެކަމަކު އެހެނެއް ނުވި.. އާލާދެކެ މަންމަ ލޯބިވާނަމަ ދާނިޔަލްއަކަށް އެހެން ނުހެދީހެއްނު.. މަންމަގެ ދަރިފުޅުގެ ފިރިމީހާއަށް އެފަދަ ބޮޑު އަނިޔާއެއް ދިނީމަ ނިކަމެތިވާނީ ހަމަ އާލްކަން މަންމަ ހަނދާން ނެތުނީތަ؟ އާލް ދެކެ ލޯބިވާނަމަ މަންމަ އާލްގެ ފިރިމީހާއަށް ހެޔޮކޮށް ހިތީސް.. އެކަމަކު.. މަންމަ ބޭނުންވެގެން ތި އުޅުނީ ދާނިޔަލް މަރުވާންތަ؟ އަހަރެން ހުވަފަތް ވާންތަ؟” އާލާއަށް އޭނާގެ ކުރިމަތިން ފެންނަމުން ދިޔައީ މަންމަގެ ނުފެންނަ ސޫރައެކެވެ. ކުރިން އޭނާއަށް ފެނުނު ލޯބިވާ މަންމައެއް ނޫނެވެ. އާލާ ޝަޒިއްޔާދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް މިއަދު ޝަޒިއްޔާ ކަންތަތއް ކުރިގޮތުން އެ ހިތް ވަނީ ތަޅައިގެން ގޮސްފައިވާ ބިއްލުރިކޮޅުތަކެއްހެން ކުދިކުދިވެފައެވެ. ކޮޅަށް ހުންނަން ދަތިވުމުން އާލާއަށް ހުރިތަނަށް ތިރިވެވުނެވެ. އޭނާ ގާތަށް އެވަގުތު ބާރުބާރަށް އައިސް ދާނިޔަލް މަޑުކޮށްލިއެވެ. އެޔަށްފަހު އާލާއާއި އެއްހަމައަކަށް ތިރިވެލިއެވެ. އާލާގެ ދެކޮނޑުގައި ދާނިޔަލް ހިފަހައްޓާލި ވަގުތު އޭނާގެ ބަޑިފަޅައިގެން ދިޔައެވެ.

“އަހަރެން ހިއެއް ނުކުރަން ޝަޒިއްޔާ ދުވަހަކުވެސް މިފަދަ ކަމެއް ކޮށްފާނެކަމަކަށް.. ތިއީ އަހަރެންގެ އަންހެނުންނޭ ބުނަން މިއަދު ލަދުގަނޭ.. އަހަރެންގެ ދަރިފުޅުގެ މަންމައޭ ބުނަންވެސް ލަދުގަނޭ.. ތިމާގެ އަމިއްލަ ދަރިފުޅަށް މިކަހަލަ ކަމެއް ވީނަމަވެސް ދެރަވާނެ.. އެހެން މީހެއްގެ ދަރިފުޅަށް އެހެން ހަދަން ވިސްނާއިރު އޭނާގެ މައިންބަފައިން ދެރަވާނެކަމެއް ޝަޒިއްޔާއަކަށް ނޭނގޭތަ؟ ޝަޒިއްޔާ ތި ކުރި ކުށަށް ފަހު ތިގޮތަށް ހުރުމުގެ ޙައްޤެއް ނެތް..” އަރީފް ދުރަށް މޫނު އަނބުރާލި އިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައާއި އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އެ ދެލޮލުން ރުޅިވެރިކަމުގެ އަލިފާންކަނި ބުރަ ބުރާ ހުއްޓެވެ.

“ދެން ބައްޕަ.. އަހަންނެއް ދުވަހަކުވެސް ބައްޕަގެ ފަރާތުން މިކަހަލަ ޢަމަލަކަށް އުންމީދެއް ނުކުރަން.. ދޮންބެ ގެއިން ނެރެލައިފަ ދޮންބެ ދައްތައާއި ދިމާލަށް އެއްޗެހި ކިޔައިފަ އެންމެފަހުން އެ ދޮންބެގެ ހުރި ހަމައެކަނި ދަރިފުޅަށްވެސް އެހާލު ޖެއްސީތަ؟ ދޮންބެއަށް ޙަޔާތުގަ ނެގުނު އެންމެ ހިތްދަތި ފިޔަވަޅަކީ ދޮންބެދައްތައާއި ކައިވެނިކުރަން ބައްޕަ ގާތުން ހުއްދައަށް އެހުންތަ؟ ދޮންބެގެ އުފަލައްޓަކައި އެދުވަހު ބައްޕަ ދޫދިން ނަމަ؟ ހެހެ.. އެހެނެއް ނުވާނެއްނު ބައްޕަ ހުރީ އެޔަށްވުރެ ބޮޑަށް އަމިއްލަ އެދުމުން ފޯވެފަ ވިއްޔަ.. ބައްޕައަށް ވަޒަން ކުރެވުނުތަ ދޮންބެ ބައްޕައާއި ވަކިން އުޅުނު ދަތި ޙާލު؟ މި އިން ފިރިހެންކުއްޖާ ބޮޑުވެގެން އައީ އެންމެފަހުން ބައްޕައަކާއި ނުލައި.. ހަމައެކަނި މަންމަގެ ބެލުމުގެ ދަށުގަ.. އެ ދެމައިން އުޥޭނެ ޙާލު ހިތަށް އެރިޔަސް އަހަރެންވެސް ދެރަވޭ އަދިވެސް.. އެންމެފަހުން ހަމަ އެ ފިރިހެންކުއްޖާ އައިސް ބައްޕަ ކުރިމަތީ ހުރީ.. އޭނާގެ ކާފަ ކައިރިއަށް އައިސް.. އެކަމަކު ބައްޕަ އޭނާއަށް ދިނީ އަނެއްކާވެސް ހިތާމަ.. ޙަޔާތުގެ ފުރަތަމަ ފަހަރަށް ކާފަގެ ލޯބި ލިބެން އޮއްވާ އެއިންވެސް ބައްޕަ އޭނާ މަޙުރޫމް ކޮށްލީ..” އާދިންގެ އަޑުގައިވީ ވޭނުން އެތާ ތިބި އެންމެންގެ ހިތްތަކަށް ވެސް އަސަރުކުރަމުން ދިޔަކަން ޤައިމެވެ. ދާނިޔަލް އިސްދަށަށް ޖަހާލައިގެން އިނީއެވެ. އޭނާގެ އެސްފިޔަތަށް ތެންމަމުން ދިޔައީ ހުއްޓުމެއްނެތި ލޮލުން ފޭދެމުން ދިޔަ ކަރުނަތަކެވެ.

“ދާނިޔަލް ބޭނުން ނަމަ އެދުވަހުވެސް ބައްޕަ ކުރިމަތީ އެތަކެއްޗެއް ކިޔުނީސް.. އެކަމަކު ދެންވެސް އޭނާ ޚިޔާރު ކުރީ ކެތްތެރިކަމާއި އަދަބު އިޙްތިރާމް.. އެވަރުގެ ކިޔަމަންތެރި ދަރިއެއް ލިބުނީމަވެސް ބައްޕައަށް ނޭނގުނު އޭނާ ބަލައިގަންނަން.. އަޒާންއެކޭ އެއްގޮތަށް ބައްޕަ ޖެހޭނީ ދާނިޔަލްވެސް ބަލައިގަންނަން..” އާދިންގެ ލޮލުން ކަރުނަ ތިއްކެއް ނީރާލި އިރުވެސް އޭނާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުރުހުންތެރިކަމެވެ. ދެދަތްޕިލަ ފިއްތާ ބާރުކޮށްފައި ހުރި އިރު ދެލޮލުން އަލިފާންކަނި ބުރާކަހަލައެވެ. މަނިކަށް ކުރެވުނުހާވެސް ކަމަކީ އިސްޖަހާލުމެވެ. އޭނާގެ ދަރިފުޅު ކުރިމަތީ މިއަދު ހަމަ ރަނގަޅަށްވެސް ބޭޒާރުވެއްޖެއެވެ. ދެން ބުނެވޭނީވެސް ކީކޭ ހެއްޔެވެ؟

އެންމެންގެ ސަމާލުކަން ދެން ދަމައިގަތީ ގޭ ދޮރުމައްޗަށް އެރި ފުލުހުންގެ ޓީމެވެ. ޝަޒިއްޔާގެ ދެލޮލުން ބިރުވެރިކަން ފާޅުވެގެން ދިޔައެވެ. ނޫނެކެވެ. މިހެން ވެގެން ނުވާނެއެވެ. ޕޮލިހުންގެ އަތް ދަށުގައި އޭނާއަކަށް ދުވަސްތައް ހޭދައެއް ނުކުރެވޭނެއެވެ. މި އަރާމު ދިރިއުޅުމުން އެކަހަލަ ދިރިއުޅުމަކަށް ދާކަށް ހަމަ ލާހިކެއް ނޫނެވެ. ޝަޒިއްޔާ ދިޔައީ ޕޮލިހުންގެ ގާތުން ސަލާމަތްވާނެ ގޮތަކާމެދު ފުންކޮށް ވިސްނަމުންނެވެ.

ދެން ހުރީ މަނިކެވެ. އޭނާ އެކައްޗެކޭވެސް ނުބުނެ ހުރިގޮތަށް ހުރީއެވެ. ދެން އޭނާ ސަލާމަތް ނުވާނެކަން އޭނާއަށް އެނގޭކަހަލައެވެ. އިތުރަށް އެކަމަށް މަސައްކަތް ނުކުރީވެސް އެހެންވެއެވެ. އޭނާ އަސަރާއެކު ދާނިޔަލްއަށް ބަލައިލިއެވެ. ފުރަތަމަ ފަހަރަށް މަނިކުގެ ހިތުގައި ދާނިޔަލްއާއި މެދު ހަމްދަރުދީ އުފެދުނެވެ. ދަރިއަކާމެދު ހިތުގައި އޮންނަ ކުލުނު އުތުރި އަރައިގަތެވެ. ނަމަވެސް ކުރާނެ ކަމެއް ނެތެވެ. ދެން ސަލާމަތެއް ނުވާނެއެވެ.

“ދަރިފުޅާ ދާނިޔަލް.. ކާފައަށް މަޢާފްކޮށްދީ.. ކާފައަށް ވިސްނިއްޖެ މިހާރު އެއިރު ކާފައަށް ކުރެވުނު ހުރިހާކަމަކީ ވެސް މުޅިން ގޯސްކޮށް ކުރެވުނު ކަންތައް ކަން.. އެ ދުވަސް އަލުން އަނބުރާ ލިބޭނެ ނަމަ ކާފަ ހުރިހާ ކަމެއް ރަނގަޅު ކުރެވޭތޯ ބަލާނަން.. އެކަމަކު ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނެ އެއްޗެއްވެސް ނޫން.. އެ ދުވަހެއްވެސް އަލުން އަނބުރާ ނާންނާނެ.. އެކަމަކު ކުރިޔަށް އޮތްތާ އަލުން އުފާވެރިކަން ހޯދިދާނެ.. ކާފައަށް މަޢާފްކުރޭ..” މަނިކު ދާނިޔަލްގެ ކުރިމަތީގައި ހުއްޓި އަސަރާއެކު ބުނެލިއެވެ. ދާނިޔަލް އާލާއާއި ދުރައްޖެހިލުމަށްފަހު ތެދުވިއެވެ. އަދި ދެލޮލުން އައިސްފައި ހުރި ކަރުނަތައް ފުހެލިއެވެ.

އޭނާގެ ކާފަގެ ލޯބި ލިބިއްޖެކަމުގެ އިޙުސާސް ކުރެވުމުން ދާނިޔަލްގެ ހިތަށް ލިބިފައިވަނީ ނުހަނު ބޮޑު އުފާވެރިކަމެވެ. މިދުވަހަށް އޭނާ ހާދަ އިންތިޒާރެއް ކޮށްފިއެވެ. ދިގު އިންތިޒާރުގެ ނިމުން ހާދަ ފޮންޏެވެ. އެތަށް ދުވަހެއްގެ ފަސް ނަމާދަށްފަހު ކުރި ދުޢާތަކަށް މާތް ﷲ އިޖާބަ ދެއްވައިފިއެވެ. ދާނިޔަލް ހިނިތުންވެލިއެވެ. “ކާފަ ކުރި އެއްވެސް ކަމަކަށް އަޅުގަނޑުގެ ހިތުގައި ބުރަ ކަމެއް ނެތް.. ކާފައަށް ހެޔޮހިތުން މަޢާފް ކުރަން.. ކާފައަށްވެސް މަންމައަށްވެސް މަޢާފް ކޮށްފިން.. އަޅުގަނޑުގެ އުންމީދު ޙަޤީގަތަކަށް ވީތީ އުފާކުރަން..” ދާނިޔަލް އެހެން ބުނެލައިފައި މަނިކުގެ ގައިގައި ބައްދާލިއެވެ. މަނިކުގެ ލޮލުން އުފާވެރި ކަމުގެ ކަރުނަ ފާއްދާލީ އޭނާގެ ދޮށީ ކާފަދަރިފުޅުގެ ހިތްހެޔޮކަމާއި މާތްކަމުގެ ސަބަބުންނެވެ. އެވަރު ބޮޑު ކުށެއް ކުރި މީހަކަށް މަޢާފް ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.

އޭގެ އިރުކޮޅެއް ފަހުން ޕޮލިހުން އައިސް މަނިކުގެ އަތުގައި ބިޑި އަޅުވާލިއެވެ. އެވަގުތު ޝަޒިއްޔާ ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ދުއްވައިގަތެވެ. “ޝަޒިއްޔާ..” އެންމެންނަށް ސިހުން ލިބި ޝަޒިއްޔާއަށް ސަމާލުކަން ދެވުނު އިރު އޭނާ ސިޑިއަށް އަރައިގެން ދުވެފައި ދަނީއެވެ. އަންހެން ޕޮލިހުންތަކެއް ބާރުބާރަށް ދުވެފައި ޝަޒިއްޔާ ފަހަތުން ދިޔައެވެ. އޭނާ އަތުލައިގަނެވުނީ ޝަޒިއްޔާ ކޮތަރިއަށްވަދެ ތަޅުލަން އުޅެނިކޮށެވެ. މިއަދު ޝަޒިއްޔާގެ ނަސީބުވެސް ހަމަ ދެރައީއެވެ. ކަރު އެލުވާލަމުން ދެ ފުލުހުންނާއިއެކު އައިސް އޭނާ ސިޓިންގް ރޫމުގައި މަޑުކޮށްލިއެވެ. އަރީފް އާއި ދިމާލަށް އާދޭހުގެ ލޮލަކުން ބަލައިލި ނަމަވެސް އަރީފް ދުރަށް ނަޒަރު ހުއްޓާލިއެވެ. ޝަޒިއްޔާއަށް މާޔޫސްކަން ނޫނީ ނުލިބުނެވެ.

އެންމެން ނުރުހުމުގެ ނަޒަރަކުން ބަލަހައްޓައިގެން ތިބި އިރު ހަމްދަރުދީގެ ލޮލަކުން ބަލަހައްޓައިގެން ހުރީ ޝަޒިއްޔާ އެންމެ ބޮޑަށް އެމީހަކަށް ނަފްރަތު ކުރި ދާނިޔަލްއެވެ. އާލާ އޭނާއާއި ދިމާލަށް ބަލައިވެސް ނުލިއެވެ. އެ އިން ގޮތަށް އިސްދަށަށް ޖަހާލައިގެން އާލާ އިން އިރު އޭނާގެ ލޮލުން އަދިވެސް ހުއްޓުމެއްނެތި ކަރުނަ އަންނަމުން ދިޔައެވެ. އޭނާގެ ކުރިމަތީގައި މަންމަ ބިޑި އަޅުވައިގެން ގެންދާތަން ބެލުމަކީ އާލާއަށް ކެތްވާނެ ކަމެއް ނޫނެވެ. ލޯބިވާ މަންމަ އެފަދަ ދަރަޖައަކަށް ވެއްޓިގެން ދިޔުމުން އެ ހިތަށް ހާދަ އަސަރެއް ކޮށްފިއެވެ.

އެންމެން ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލީ މަނިކާއި ޝަޒިއްޔާ ގޮވައިގެން ޕޮލިހުން އެގެއިން ނިކުމެގެން ދިޔުމުންނެވެ. ޝަޒިއްޔާ އެތަށް ފަހަރެއް މަތިން އޭނާ ދޫކޮށްލުމަށް ގޮވަމުން ދިޔައެވެ. އަރީފް ގާތުންވެސް އެތަށް ފަހަރަކު އޭނާ އެދުނެވެ. ނަމަވެސް އަރީފް މިފަހަރު އޭނާއަށް ދިނީ ބީރު ކަންފަތެކެވެ. މާޔޫސްކަން ވެރިވެފައިވައި ހިތްތަކާއެކު އެންމެން ގެއަށް ދިޔަ އިރު އެތާ ތިބީ އާލާއާއި ދާނިޔަލްގެ އިތުރުން އަރީފްއެވެ. “ދަރިފުޅާ ދާނިޔަލް.. މަންމަގެ ފަރާތުން ބައްޕަ މަޢާފަށް އެދެން.. މަންމަ އަކީ ވަރަށް ގޮތް ދޫނުކުރާ މީހެއް.. މަންމަ ބޭނުންވާ ގޮތަށް ކަންތައް ނުވެއްޖެނަމަ އެކަމެއް ކޮށްފަ ނޫނީ ދުލެއް ނުކުރާނެ..” އަރީފް ހިތާމައާއި އެކު ބުނެލިއެވެ. ދާނިޔަލް އޭނާ ގާތު އެއީ އަރީފް މަޢާފަށް އެދެންޖެހޭ ކަމެއް ނޫނޭ ބުނެލިއެވެ. އަދި އޭނާ ޝަޒިއްޔާއަށް މަޢާފްކޮށްފިން ކަމަށް ބުނެލީ ހިނިތުންވުމަކާއެކުއެވެ. އެއިރު އާލާ އިނި ހިނިތުންވެލައިގެން ލޯބިވެތި ނަޒަރަކުން ދާނިޔަލްއަށް ބަލަހައްޓައިގެންނެވެ.

އެ ދެމީހުން ގެއަށް ދާން ނިކުތުމުން ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލައިފައި އަރީފް ސިޑިން އަރައިގެން ދިޔައީ އެކަނިވެރިކަން އިޙުސާސްކުރަމުންނެވެ. އެޔޮށް ބޮޑު ގޭގައި ދެން އޭނާ އުޅެން ޖެހޭނީ އެކަނިމާއެކަނިއެވެ. ޝަޒިއްޔާގެ ހިލަމެއްވެސް ދެނެއް ނުވާނެއެވެ.

“ކީއްވެ މަންމައަށާއި ކާފައަށް މަޢާފް ކުރީ..” ކާރުގައި އިނދެފައި އާލާ ދާނިޔަލްގެ މޫނަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ. އެވަގުތު ދާނިޔަލްގެ ލުއި ހުނުމުގެ އަޑު ކާރުތެރެއަށް ފެތުރިގެން ދިޔައެވެ. އާލާ އެއްބުމަ އަރުވާލީ ކިހިނެތް ވީހެއްޔޭ އަހާކަހަލަ ގޮތަކަށެވެ.

“މަޢާފް ކުރުމަކީ އެންމެ ރިވެތިވެގެންވާ ސިފަ.. ބައެއް ޙާލަތްތަކުގަ މަޢާފް ކުރަން ކިތަންމެ އުނދަގުލަސް އެ ޢަމަލަކީ ވަރަށް މާތްވެގެންވާ ޢަމަލެއް.. އިސްލާމްދީނުގައި މަޢާފް ދިނުމަށް ބާރުއަޅާ.. އަހަރެމެންގެ ލޮބުވެތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ ޙަޔާތްޕުޅަށް ބަލައިލައިފި ނަމަވެސް އެކަމުގެ އެތަށް ސަތޭކަ މިސާލެއް ފެންނާނެ.. އެކަލޭގެފާނުގެ އަރިހަށް އައިސް މަޢާފަށް އެދޭ މީހުނަށްވެސް އެކަލޭގެފާނު މަޢާފްކުރަނީ ހިތްހެޔޮ ކަމާއެކު.. ހަމަ އެގޮތަށް އަހަރެމެން ބޮޑެތި ފާފަތަށް ކޮށްފަ އެނބުރި ﷲގެ ޙަޟްރަތަށް ރުޖޫޢަވެ ތައުބާވުމުން ﷲ ސުބްހާނަހޫ ވަތަޢާލާވެސް އަހަރެމެންނަށް މަޢާފް ދެއްވާ.. ތިމާއަށް ދެރައެއް ދީފިނަމަ އެމީހަކަށް މަޢާފް ދިނުން އެންމެ ރަނގަޅު ގޮތަކީ..

އަހަރެމެންނަށް ކުށެއް ކުރެވުމުން ﷲގެ ޙަޟްރަތުގައި އެތަށް ފަހަރެއް މަތިން މަޢާފަށް އެދި މަޢާފް ލިބުމަށް އެދޭހެން އެހެން މީހުންވެސް އަހަރެމެންނަށް ދެރައެއް ދީފަ އެކަން އިޙުސާސް ވުމުން އިންތިޒާރު ކުރާނެ ދެރަ ލިބުނު މީހާ އެމީހަކަށް މަޢާފް ކުރާނެ އިރަކަށް.. އެއީ ވަރަށް މާތް އަދި ރިވެތިވެގެންވާ ސިފައެއް.. ކުރިންވެސް އާލާ ކައިރި ބުނީމެއްނު.. އެހެން ވީމަ އަހަރެންވެސް ވަކި ހުންނާކަށް ނުޖެހެޔެއްނު އާލާ ރުޅި އައީމަ ހުންނަ ގޮތަށް ތުން ދަމާލާފަ ހަށަން ބަނދެގެން މަޢާފް ނުކޮށެއް..” ދާނިޔަލް ހިނިތުންވެލުމަކާއެކު ކިޔައިދީދީ އިނދެފައި އެންމެ ފަހު ބައި ބުނެލީ ހިނިގަނޑެއް ޖަހާލަމުންނެވެ.

އާޅާ ދެނޭ ކިޔައިފަ ދާނިޔަލްއާއި ދިމާލަށް ކުދި ކިޔައިގަތެވެ. ނަމަވެސް ދާނިޔަލްގެ އެ ހިތްހެޔޮކަމުން އާލާގެ ހިތުން ދާނިޔަލްއަށް ދެވިފައިވާ ޤަދަރު އިހުނަށްވުރެ މަތިވެގެން ދިޔައެވެ. އަދި އެ ބަސްކޮޅު ހިތުގައި ބިންވަޅުނެގިގެން ދިޔައެވެ. އަދި އޭނާވެސް ހިތާހިތުން މަންމައަށާއި މަނިކަށް މަޢާފް ދިނެވެ.

***5 އަހަރު ފަސް***

ދާނިޔަލް ކާރު ޕާކުކޮށްލުމަށްފަހު އޭގެން ފޭބިއެވެ. ކަޅުކުލައިގެ ފަޓުލޫނާއެކު ލައިގެން ހުރި ހުދު ގަމީސް ބެގީ ކޮށްފައިވާއިރު ނުހަނު ފުރިހަމައެވެ. އޭނާގެ ކަޅުކަން ގަދަ އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްފައިވުމުން އެ ރީތިކަން އިތުރު ކުރުވާފައިވާކަހަލައެވެ. އެޔާއެކު އާދައިގެ ވަރަކަށް ފަޅައިފައި ހުރި ތުނބުޅިން ދާނިޔަލްގެ ފިރިހެންވަންތަކަށް އިތުރު ކުރުވާފައިވެއެވެ. ރޭބަން އައިނަކުން އޭނާގެ ދެލޯ ރީތި ދެލޯ ފޮރުވާލައިގެން ހުރި އިރު މޫނުމަތިން ފާޅުވާން ހުރީ އުޖާލާކަމެވެ. ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ.

އޭނާގެ ފިރިހެންވަންތަ ހިނގުމުގައި ދާނިޔަލް ކުރިޔަށް ހިނގައިގަތެވެ. ކެންގަރޫ ކިޑްސް ޕްރީސްކޫލް ތެރެއަށް ވަދެގެން ދިޔައިރު ބައެއް ބެލެނިވެރިން އެމީހުންގެ ކުދިން ގޮވައިގެން ހިނގަމުން ދިޔައެވެ. އަދި އަނެއްބައި މީހުން އެމީހުންގެ ކުދިން ބަލާ ދެއެވެ. ދާނިޔަލް އޭނާގެ ލޮލުގައި އޮތް އައިނު ނަގައި މުޅި ތަނަށް ނަޒަރު ހުއްޓާލަމުން ހުރި ފިޔަވަޅު މަތީ މަޑުކޮށްލިއެވެ. “ހޭންޑްސަމް..” ދާނިޔަލްގެ ނަޒަރު ހުއްޓިގެން ދިޔައީ އޭނާއާއި ދިމާލަށް ދުވެފައި އަންނަމުން ދިޔަ ކުޑަ އަންހެން ކުއްޖާގެ އަޑަށެވެ. “ހެލޯ ޕްރިންސެސް.. ޑެޑީ މިސްޑް ޔޫ.. ކިހިނެތްތަ މިއަދު ސްކޫލް؟” ދާނިޔަލް އެ ކުޑަ އަންހެން ކުއްޖާއާއި އެއްވަރަށް ތިރިވެލައިފައި އެކުއްޖާ ދާނިޔަލް އާއި އަރާ ހަމަވުމުން އުރާލައިފައި ބުނެލިއެވެ. އެއީ އޭނާއާއި އާލާގެ އުމުރުން ހަތަރު އަހަރުގެ ދަރިފުޅު ދާޔާއެވެ.

އޭނާގެ ބުރަކައްޓަށްވުރެ ދެ އިންޗިއެއްހާތަން މައްޗަށް ހުރި ކަޅުކަންގަދަ އިސްތަށިގަނޑު ވަނީ މަތިން ފެށިގެން ގެތުމަށްފަހު އައްސާލައިފައި ބާކީ އޮތްބައި ދޫކޮށްލައިފައެވެ. ހުދުކުލައިގެ ޓީޝާޓަކާއި ރަތްކުލައިގެ ސްކާޓެއް ލައިގެން ހުރި އިރު ހުދުކުލައިގެ އިސްޓާކީނުގެ ބޭރުން އެ ކުޑަ ކުޑަ ފައިތިލަ ކަޅުކުލައިގެ ބޫޓަކުން ފޮރުވާލައިފައިވީގޮތުން ވަރަށް ރީއްޗެވެ. ކުޑަ ކުޑަ ދޮން ވަށް މޫނުމަތިން ފެންނަނީ އުޖާލާކަމާއި އުފާވެރިކަމެވެ. ފިޔާތޮށިކުލައިގެ ކުޑަކުޑަ ތުންފަތަށް ވެރިވެފައިވީ ރީތި ހިނިތުންވުމުންވެސް އެކަން ދޭހަކޮށްދެއެވެ. ރީތި ދެ ބުމައާއި ކުޑަ ކުޑަ ނޭފަތުގެ ސަބަބުން ދާޔާ ހީވަނީ ޑޯލްއެއް ހެންނެވެ. އެހާވެސް ލޯތްބެވެ.

ދާނިޔަލް އޭނާގެ އުރަށް ދާޔާ އެރުވުމަށްފަހު އެ ދޮން މަޑުމަޑު ކޯތާފަތުގައި ބޮސް ދިނެވެ. “އައި މިސްޑް ޔޫ މޯރ ޑެޑީ..” ދާނިޔަލްގެ ކަރުގައި ދެއަތް އަޅުވާލުމަށްފަހު ދާނިޔަލްގެ ކޮލަށް ބޮސްދެމުން ދާޔާ ބުނެލިއެވެ. އެ ކުޑަކުޑަ ފުރާނަ ފެންނަ ކޮންމެ ފަހަރަކު ދާނިޔަލްގެ ހިތް ލޯބިން ފުރި ބަންޑުންވެއެވެ. އޭނާގެ އަޑު އެ ކަންފަތުގައި ޖެހޭ ވަގުތު އެ ހިތަށް ކުރުވަނީ އާދަޔާ ޚިލާފު އިޙުސާސެކެވެ. ބައްޕައެއްގެ ހިތުގައި އަންހެން ދަރިފުޅަށް އެ އޮންނަ މަތިވެރި ލޯބި މިއަދު ދާނިޔަލްއަށް އިޙުސާސް ކުރެވެއެވެ.

“ހޭންޑްސަމް.. ދާޔޫއަށް ކޭންޑީއެއް ގަނެދޭނަންތަ؟ ލޮލީ ޕޮޕް އެއް..” ދާޔާ ކާރަށް އެރުވުމަށްފަހު އައިސް ދާނިޔަލް ކާރަށް އަރައިފައި ދާޔާއަށް ސީޓްބެލްޓް އަޅުވައިދިން ތަނުން އޭނާގެ ޅަ އަޑުން ބުނެލިއެވެ. “އެއިރަށް ކިހިނެތް ވާނީ؟ ޕްރިންސެސްގެ މިހިރަ ކުދި ކުދި ޓީތްސްތައް ކާލާނެ ޖާރމްސްތައް އައިސް..” ދާޔާގެ ލޯބި މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ދާނިޔަލް ބުނެލިއެވެ. “އޯ ފޯ.. ހޭންޑްސަމް އަކަށް ނޭނގޭތަ ކުދިން ޓީތް ތައް ސާފު ނުކުރާތީއޭ ޖާމްސްތައް އަންނަނީ.. ކޮކީގެ ޓީތްސްތައް ފައިޓް ކުރާނެ ޖާމްސް އާ.. އެހެން ވީމަ ކޭންޑީސް ކެވޭނެޔޭ..” ނިތްމަތީގައި އޭނާގެ ކުޑަކުޑަ އަތްތިލައިން ޖަހާލައިފައި ދާޔާ ބުނެލި ގޮތުން ދާނިޔަލްއަށް ހެވުނެވެ. އެ އުމުރުގެ އެހެން ކުދިންނާ ބަލައިފަ ދާޔާއަކީ ވިސްނުން ތޫނު ކުއްޖެކެވެ. “އޯކޭ މެޑަމް.. މިފަހަރު ދެން ގަނެދޭނަން.. އިން ޝާ ﷲ..” ދާނިޔަލް އެހެން ބުނެލި ތަނުން ދާޔާގެ ތުންފަތަށް ވެރިވެގެން ދިޔައީ ފުޅާ ހިނިތުންވުމެކެވެ.

“އެހެން ވީމަ އެންމެ ފުރަތަމަ ޙަމްދު ކުރަން ޖެހޭނީ ކޮން ފަރާތަކަށް؟” ކާރު ސްޓާޓް ކޮށްލަމުން ދާނިޔަލް އަހާލިއެވެ. އޭނާގެ މޫނުމަތީގައިވި ހިނިތުންވުން ނުފިލައެވެ. “ﷲ ސުބްޙާނަހޫ ވަތަޢާލާ..” ލޯބި ލޯބި ހިނިތުންވުމަކާއެކު ދާޔާ ބުނެލިއެވެ. ” ދެން އަވަހަށް ޙަމްދު ކޮށްލާ ﷲއަށް ދާޔޫ ހެޕީ ވާ ކަމެއް ވީމަ..” މަގުމައްޗަށް ސަމާލުކަން ދިން ނަމަވެސް ހިނިތުންވެލައިފައި ދާނިޔަލް ބުނެލިއެވެ. އެހިނދު ދާޔާވެސް އަވަސް އަވަހަށް އަލްޙަމްދުލިއްލާހް އޭ ބުނެލިއެވެ. ދާނިޔަލްއާއި އާލާ އަބަދުވެސް އެދެމީހުންގެ ދަރިފުޅު ދީނީ ކަންކަމަށް ލޯބިޖެއްސުވޭތޯ މަސައްކަތް ކުރެއެވެ. ސްކޫލުގެ އިތުރުން ގޭގައިވެސް އެދެމީހުން އެ ދަރިފުޅު ތަރުބިއްޔަތު ކުރަނީ ދީނީ އުސޫލުތަކާއި އެއްގޮތަށެވެ.

އެހެންކަމުން ދާޔާ އަކީ އެ އުމުރުގެ ގިނަ ކުދިންނާއި ޚިލާފަށް އެ އުމުރާ ބަލައިފަ ދީނީ ކަންކަންވެސް ބޮޑަށް އިނގޭ ކުއްޖެކެވެ. ޤުރުއާން ކިޔެވުމަކީ އޭނާ އެންމެ ކުރާ ހިތްވާ އެއް ކަންތަކެވެ. ނަމާދު ކުރުމަކީ އަބަދުވެސް އޭނާގެ މަންމައާއި އެކު ކުރާ ހިތްވާ އެއް ކަންތަކެވެ. ނަމާދެއް ނުކުރެވިއްޖެ ހާލަތެއްގަ ދާނިޔަލް ގާތު ނޫނީ އާލާ ގާތު ޝަކުވާ ކުރާނެއެވެ. އޭނާގެ މަންމަމެން ބަރާބަރަށް ނަމާދުކުރާތަން ފެންނާތީ ދާޔާ ހޭނެމުން އައީ އިސްލާމީ ރިވެތި އުސޫލުތަކަށެވެ. ދާޔާއަށްވެސް ނަމާދުކުރުމަކީ ކިހާ މުހިއްމު ކަމެއްކަން އިނގެއެވެ. ކޮންމެ ނަމާދަކަށްފަހު މަންމަމެން ދުޢާ އަށް އަތް ނަގައިގެން އިންނާތީ ދާޔާވެސް ދުޢާއަށް އަތް ނަގައިގެން އިނދެއެވެ. މަންމައާއި ބައްޕަ ގާތު ސުވާލުކޮށް އޭނާވެސް އޭނާއަށް އިނގުނު ގޮތަކަށް ﷲގެ ޙަޟްރަތުގައި ދަންނަވައެވެ. ދާޔާގެ އެފަދަ ކޮންމެ ޢަމަލަކީ ދާނިޔަލްއާއި އާލާގެ ހިތުގައި ދާޔާއަށްޓަކައި އޮންނަ ލޯބި އެތަށް ހާސް ގުނައަކަށް އިތުރުކުރުވާ ސަބަބުތަކެވެ.

“ދަރިފުޅު ކާރުގަ މަޑުކޮށްލާ އިނގޭ.. ޑެޑީ ވަރަށް ވަރަށް އަވަހަށް މި އަންނަނީ..” ދާޔާ ކާރުގައި ބައިންދައިފައި ކާރު ތަޅުލުމަށްފަހު ދާނިޔަލް އެތާ ހުރި ފިހާރައަކަށް ވަނެވެ. އޭނާގެ ހިތުގައި ނުތަނަވަސްކަން އުފެދިފައިވަނީ ދާޔާ އެކަނި ބައިންދައިފައި އަންނަން ޖެހުމުންނެވެ. އެޔަށްފަހު އަވަސް އަވަހަށް ނިކުމެގެން އައީ އަތުން ދެތިން ލޮލީޕޮޕް ހިފައިގެންނެވެ. ވަށްކޮށް އޮތް އެއްޗަކާއި ތަރިއެއްހެން އިން އެ ދޭއްޗަކީ ދާޔާއަށް ވަރަށް ކަމުދާނެ އެއްޗެހިކަން ދާނިޔަލްއަށް އިނގެއެވެ. އެހެން ކަމުން އަވަހަށް އައިސް އޭނާ ކާރަށް އެރިއެވެ. ދާޔާ ހެޔޮ ޙާލުގައިވުމުން ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ދާނިޔަލް ހިނިތުންވެލިއެވެ. އަދި ދާޔާއަށް އޭނާ އަތުގައި އޮތް ތިން ލޮލީޕްޕް ދައްކާލިއެވެ. އެ އެއްޗެހި ހުރީ އާދައިގެ ކުދި ލޮލީޕޮޕަށްވުރެ ބޮޑެތިކޮށެވެ. ދާޔާ އުފަލުންހުރެ އެ އެއްޗެހި ދާނިޔަލް އަތުން ނެގިއެވެ. “ޖަޒަކައްﷲ ޚައިރް ހޭންޑްސަމް..” ދާޔާ ދާނިޔަލްގެ ކޮލަށް ދޮނެއް ދެމުން ބުނެލިއެވެ. އެހިނދު ދާނިޔަލް ދާޔާ ގެނެސް އެ މޭތެރޭގައި ބޮނޑިކޮށްލައިފައި ދާޔާގެ ނިތަށް ބޮސްދިނެވެ.

އަމާން އަދި އުފާވެރި ދަތުރަކަށްފަހު ދާނިޔަލްމެންނަށް އެމީހުން ދިރިއުޅޭ އިމާރާތާއި ހަމަޔަށް ދެވުނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތަކުން މަގުމަތީގައި ހޭލަމޭލަވެ އުޅޭ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. ދާނިޔަލް ކާރުން ފައިބައިފައި ގޮސް ދާޔާ ކާރުން ބޭލުވިއެވެ. އެއިރު އޭނާ ހުރީ ދާނިޔަލް ގަތްދިން ލޮލީޕޮޕް ތަކުން ލޮލީޕޮޕެއްގައި އަނގަ ޖައްސާލައިގެންނެވެ. ބާކީ އޮތް ދޭތި ދާޔާގެ ވާއަތުގައި އޮތެވެ. ފިޔާތޮޑިކުލައިގެ ކުޑަ ބެކްޕެކް ދާޔާގެ ކޮނޑުގައި އަޅުވާލައިފައި އޮތެވެ. މަގުގައި ގިނަ މީހުން ދުއްވަމުން ދިޔުމުން ދާނިޔަލް ދާޔާ އުރާލިއެވެ. އެ ދަރިފުޅަށް ކިރިޔާވެސް އަނިޔާއެއް ލިބިއްޖެއްޔާ ދާނިޔަލްގެ ހިތް ފަޅައިގެން ދާނެއެވެ. އެ ދަރިފުޅަކީ ދާނިޔަލްގެ ދެލޮލުގެ ނޫރެވެ. ބާރުބޮޑު މަގު ހުރަސްކޮށްލުމަށްފަހު އިމާރާތުގެ ތެރެއަށް ވަދެ ލިފްޓަށް އަރިއެވެ. ދާޔާ އުރައިގެން އެ ހުރިގޮތަށް ހުރެފައި ދާނިޔަލް އެމީހުން އުޅޭ ބައިގެ ފިތަށް އޮބާލިއެވެ. އެއިރުވެސް ދާޔާ ދާނިޔަލްއާއި ހުއްޓުމެއްނެތި ވާހަކަދައްކަމުން ދެއެވެ. ދާޔާ ބުނެލާ މޮޅެތި ވާހަކައިން ދޭތެރެއަކުން ދާނިޔަލް ހޭން ފަށައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރު 20 (ފަހުބައި)

Next

ހިތް އެދުނަސް… (24)

Next
November 26, 2018

ހިތް އެދުނަސް… (24)

Previews
November 26, 2018

އިންތިޒާރު 20 (ފަހުބައި)

73 Comments!

  1. aish noor says:
    November 26, 2018 at 3:22 am

    assalaamu a’laikum my dear readers.. 🙂 al’hamdhulillaah, dhigu inthizaarakah fahu namaves vaahakaige 40 vana bai up vehje.. 🙂 ummeedhu kuran thikudhinnah mi part kamudhaane kamah.. 🙂 btw hurihaakudhinge haalu ahuvaalu kihineh? happy holidays ingey hurihaakudhin.. adhi ehn bunelan handhaan nethifaey noor mihuree.. hehe.. 🙂
    mi part ga new character in annaane ingey story ah.. 🙂 dhaaniyal aa aalaa ge dhaayaa.. 🙂 dhaayaa ge hair sifa kohdheyn noor ulhefa innaanee cover pic ga e in girl ge hair in gothah ingey.. hehe.. readers ge samaalukamahtakaa hama bunely.. 🙂 ehn v ma thikudhinnah kihineh vanee dhaayaa ge character? 🙂 hurihaa kudhin noor ah thi dhevvaa support ah fah fashun shukuru dhannavan.. jazakumullah khairan and LY all.. 🙂

  2. Dhuruvaanebauruvaaneba says:
    November 26, 2018 at 4:43 am

    Ekyve dhaayaa, dhaniyal aa dhimaalah handsome kiyany??

    1. ނާހީ says:
      November 27, 2018 at 9:34 am

      aan dho.. bappa akaa dhimaala handsome kieema v hadi

    2. Aanyy says:
      November 28, 2018 at 12:12 pm

      I find it cuuute

  3. Zai says:
    November 26, 2018 at 6:18 am

    V.nice

  4. Zai says:
    November 26, 2018 at 6:21 am

    Dhaaya ge character v.super

  5. mishyaa says:
    November 26, 2018 at 8:07 am

    Varah reethi ? ekamaku dhaaniyal kahala dheenah loabi kuraameehun keeve handsome kiyuhvani. Bappa nukiyuhvaa

  6. Nash says:
    November 26, 2018 at 8:34 am

    V nice

  7. Baby says:
    November 26, 2018 at 8:57 am

    Masha allah…vrh furihama…vaahaka vx dhn nimanee dhw…bt sis ur super?

  8. Ibsha says:
    November 26, 2018 at 9:09 am

    Wow varah reethi

  9. Shaya says:
    November 26, 2018 at 9:29 am

    Masha allah this part is also awesome

  10. Twinkle? says:
    November 26, 2018 at 9:33 am

    Wow… masha allah… mi part vs vvvvv rythi… kurin part thah kiyaafa cmnt nukurevun… ekm e hurihaa part eh vs hama vvvvv furihama masha allah keep it up dear…???????❤❤❤

  11. shahu says:
    November 26, 2018 at 9:45 am

    masha Allah. wen next part?

  12. liyaa says:
    November 26, 2018 at 10:06 am

    mashaa allah v furihama

  13. Kokee says:
    November 26, 2018 at 10:20 am

    Maasha allah…v reethi…dhaayaa haadha loabi ey ulhey goih…maasha allah…sis when next part…cant wait to see bow aal will look like..hehe…avahah up kollachey, if not busy…luv yuh

    1. Kokee says:
      November 26, 2018 at 10:21 am

      how*

  14. shaan says:
    November 26, 2018 at 10:20 am

    vaahaka nimen ulhanee dhw ?

  15. ***** says:
    November 26, 2018 at 11:59 am

    Ma sha Allah..
    Vaahaka v furihama..Noor thy my favourite writer..n Jana too..
    But kudakoh faahaga vi kameh bunelantha.. kangaroo pre school fudheyvarakah bodah music activity thah Gina thaneh..but v Gina school thah ebahurey music aa nulaa kiyavadhey than that ..like kinder pre school PL kids n go on .
    Plz don’t take this negative koh..dhaaniyal ves music aa ok noon vyma bodah gulheyne kabneyy ekahala school akah fonuvyma..it’s just a taught igey..
    BTW vaahaka Hama v habeys..
    Hoping to read next part soon..

  16. eynaa says:
    November 26, 2018 at 1:08 pm

    Aalaa hunnaanee miinu burugaa alhaafa kannenyge
    By the way story is awesome

  17. Beryl Stone says:
    November 26, 2018 at 2:54 pm

    Woah??masha allah???vrh lwbii mi prt vx❤????whn nxt??curiously waitinn

  18. snow says:
    November 26, 2018 at 4:21 pm

    that part when dhaaya came to meet his dad from school touched my heart. ekamaku handsome kiyaafa hingaafa annathan image vany hehehehe… dhuvefa aieema ehaa boda touch nuvey heart aka lol.. btw v nice <3 dhayaa ge character awesome

  19. Haifa says:
    November 27, 2018 at 3:30 pm

    Dhaaya sifa wany silsila badalte rishthey ga ulhey pari… pari wes gowaane kunal ah handsme or buddy kiyaafa..

  20. avyaa says:
    November 27, 2018 at 4:36 pm

    seym pari ge pic eh laanama dhw

    1. Haifa says:
      November 28, 2018 at 11:49 am

      Dho.. she is a cutie pie. I love her character.

  21. Dhunya says:
    November 27, 2018 at 10:24 pm

    Nooraa whn nxt part

  22. brainy says:
    November 28, 2018 at 12:19 pm

    Noor sis. . . Mi part vess awesome!!!!btw dhaniyal bahdhaleh nuveytha dhaan ge mom side family akaaaa??????

    1. ❤️? says:
      November 30, 2018 at 9:05 am

      Dad side family eh nuun tha aeii…

  23. Zelll says:
    November 28, 2018 at 6:23 pm

    Noor, mashaallah dear this is so nice and interesting. Hey, yeahnew charactor dhaayaa varah kamudhe. cud picture her cuteness

  24. Myra says:
    November 28, 2018 at 9:01 pm

    Avahah nxt part up kohba

  25. Anonymous says:
    November 28, 2018 at 10:08 pm

    Koba stry

  26. Ibsha says:
    November 29, 2018 at 4:22 am

    Kba41

  27. Inna says:
    November 29, 2018 at 11:15 am

    When next part??

  28. Farrdhaa says:
    November 29, 2018 at 3:21 pm

    Next part konirakun up kurany pls avas

  29. Inna says:
    November 29, 2018 at 8:33 pm

    When next part up kurany? Waiting….

  30. Someone says:
    November 29, 2018 at 9:12 pm

    Kn irakunn next part…..Cant wait!!!!

  31. maaee says:
    November 30, 2018 at 1:57 am

    Noor ehrn next part?

  32. penguin ? says:
    November 30, 2018 at 11:24 am

    kobaaa

  33. YYYY says:
    November 30, 2018 at 6:43 pm

    Where is nxt part

  34. Who says:
    November 30, 2018 at 9:38 pm

    Kobr tha story? Can’t wait

  35. Ibsha says:
    December 1, 2018 at 8:50 am

    ?

  36. Anonymous says:
    December 1, 2018 at 6:15 pm

    Noooooooooooooooooooooor…..kobaaa stryyyyyyyyýyyy

  37. Anonymous says:
    December 1, 2018 at 6:17 pm

    Noor sis baleeeetha??dhn vaahaka nugenes dheyy gothah tha???

  38. Nia says:
    December 1, 2018 at 10:33 pm

    Haadha lahey part 41..avahah up kohladhee bala..?

  39. Ibsha says:
    December 2, 2018 at 8:57 am

    Kba part 41

  40. natasha says:
    December 2, 2018 at 4:29 pm

    noor sis vaahaka huttalaniyo i got this info

    1. Inna says:
      December 2, 2018 at 4:56 pm

      Ekm eii kyhve? Vrh dhera dhn huttaalanyaa ?

  41. Inna says:
    December 2, 2018 at 4:53 pm

    Next part kbr?
    When up plant?

  42. Inna says:
    December 2, 2018 at 6:36 pm

    Next part kbr?
    When up khlany??**

  43. Raifa says:
    December 3, 2018 at 2:21 am

    Hama thedhehtha??mi vaahaka ehkoh ninmaafa huttaa bala

  44. Xenysha says:
    December 3, 2018 at 11:28 am

    Mivaahaka liyun huhtaalyy tha…alhe…ehnn nuhadhaa…plzzzzzz……41 up kohdhyyy…am dying to read this….

  45. Ibsha says:
    December 4, 2018 at 8:15 am

    Noor balivi tha???, busy v tha ???

  46. Xai says:
    December 4, 2018 at 12:00 pm

    Noor sis.. comment thakah reply kobba.. we are waiting for the nxt part..

  47. Yuann says:
    December 4, 2018 at 12:46 pm

    Where is next part

  48. Kihuntherieh says:
    December 4, 2018 at 1:09 pm

    Dhenn mihaa hisaabah goss nuvaane dhw huhtaalaakah!!!

  49. avya says:
    December 4, 2018 at 3:46 pm

    story nugendhenytha?

  50. Shaya says:
    December 4, 2018 at 3:59 pm

    Noor sis kobaatha nxt part

  51. ?? says:
    December 5, 2018 at 3:18 am

    ??Alhey mihaaru story mathin foohivaan fashaifi?☹️???? maa gina dhuvas veema???

  52. ނާހީ says:
    December 5, 2018 at 1:21 pm

    mi story liyun huttaaly tha???
    vv kada vaki hisaabaka goss mihen hedhyma

  53. ? says:
    December 5, 2018 at 6:42 pm

    Noor. if you are even busy let us know that

  54. ~GiRl~ says:
    December 5, 2018 at 6:48 pm

    Noor….haadha dhuvaheh thi nagaalany up nukoh……kameh viyas plx let us know…..bye a msg or smthing else…..btw will alwayx keep waiting

  55. shaha says:
    December 6, 2018 at 2:01 am

    Emme fahu hisaabah gos thihen hadhaakah nuvaane ennu????

  56. Someone says:
    December 6, 2018 at 8:18 pm

    Ebunaahen koba thah aneh part
    Its so late
    Can even wait for one sec

  57. Saaii says:
    December 6, 2018 at 9:49 pm

    Noor sis alhe kobaatha aneh part.. Haadha lahey ???

  58. Aish says:
    December 6, 2018 at 10:26 pm

    Noooooooooooooor kober kober kober

  59. Hate you says:
    December 6, 2018 at 11:00 pm

    Noor i hate you…kiyun therin aadheys kuraa iru ves thi hunnanee up nukoh…im really rulhi aissa comments kiyaafa..noor emme rangalhu vaane reechah bunee ma ves mashah dhen story eh nuliyevey ne ey…noor findi kamun

  60. aisha says:
    December 7, 2018 at 12:18 am

    aneh part kobaatha ?

  61. Anonymous says:
    December 7, 2018 at 4:14 pm

    Noor sis chuhty hadhaalany kanneyge… Ekm bunelun rangalhudho? Varah dhera liyun therin migothah kankuraathy. Alhe konmethaaku huhtas online ves vaane kanneyge dho! Comment eh kohlun rangalhu dho. Kiyun therinnah vgotheh angaalan.

  62. Sss says:
    December 8, 2018 at 9:21 am

    Olhigen nunimey jehifa kanneyge ehury
    ehisaabun vahaka nimuny kanneynge.hehe

  63. Cutie says:
    December 8, 2018 at 9:23 am

    dear readers,
    pls stop waiting for this story
    it would be better for you

  64. Nia says:
    December 8, 2018 at 5:23 pm

    Alhey haadha lahey…..Avahah up kohladheebala…

  65. Vaahakage dhn oii bai ge inthizaarugai says:
    December 10, 2018 at 9:22 pm

    Kobaaatha dhn jehigen oii part… haadha dhuvahekey □

  66. shakuvaa says:
    December 11, 2018 at 9:45 pm

    noor ves mihaaru mivaahaka up nukuranee tha…. varah foohivey migothah kanthah kuraathee..

  67. Anonymous says:
    December 12, 2018 at 3:52 pm

    Ithubaaru kurevey varu liyun therin varah madhu. Dheeny vaahakaeh liyan faashaafa v varu miee… Dhen keehkuraany. Baeh liun therin vaahaka fashaa iru varah foaryga liyaane. Kiyun therin evaahaka akah shauguveri vehjehen heeva hisaabun kihaa varakah mikamaa ulheytho balan ves thoacheh dhen dhaany faharakah vure fahareh laskuramun. Kury kolhu habareh vaane kiyun therinnah. Fahun fahun nuvaane evaruves. Dhen aharu dhe aharu fahun aa baeh genes dheefaane. Kiyun therin comment eh kohleema bunaane hama buxy kamun nuliyevunyey. Aharu dheaharu hama kiyun therinnah habareh vevey varah vure ves buxy vaane… Hama samaalukan hoadhan. Ehaa dhuvahu hama online velaane avahjehves nuvefa… Vaahaka liye nimunu dhuvahakun up kuran vnu dhen. Vaki liyun therieh noon konme liyun theri akuves…

Comments are closed.

Next Episodeދުޢާ 41(ފަހުބައި)←


All Right Reserved!