Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 39

hygge Level 510 Stories100 Comments100 Login500 Comments
November 24, 2018 9 Mins Read
14 Comments

އާދައިގެ ހިނދުމެއްގައި ހިނގާލައިފައި ގޮސް ކޮޓަރިއަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ދާނިޔަލްއަށް ހުރި ފިޔަވަޅު މައްޗަށް ގަނޑުވެފައި ހުރެވުނީއެވެ. އޭނާއަށް ހުރެވުނީ ކުރިމަތިން ފެންނަމުންދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އަދިވެސް ހައިރާންކަން ނުފިލާ ޙާލު ދާނިޔަލް އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ.

ކަޅުކުލައިގެ ބަޓަފްލައި އަބާޔާ އާއި ކަޅުވައްތަރަކަށް ދާ އަނދިރި ފެހި ކުލައެއްގެ ޝޯލްގައި ހުރި އާލާ ވަރަށްވެސް ރީއްޗެވެ. ކަޅު ހެދުމުގައި ހުރުމުން އޭނާގެ ދޮންކަން އިތުރުކުރުވާފައިވެއެވެ. ދާނިޔަލްއަށް ހުރެވުނީ ބަހެއްވެސް ބުނަން ނޭނގިފައެވެ. އާލާ މިއަދު އެހެން ދުވަސް ދުވަހަށް ވުރެ ހާސްބައި ރީތިވެފައި ފުރިހަމައެވެ. އާލާ ދާނިޔަލްއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. “އެހެމް.. ހުވަފެނެއް ނޫން ދޯ މިއީ؟” ދާނިޔަލް އެސްފިޔަ ޖަހާލުމަށްފަހު ދެޖީބަށް އަތް ޖަހާލަމުން ބުނެލިއެވެ. އެހިނދު މުޅި ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައީ އާލާގެ ލުއި ހުނުމުގެ އަޑެވެ. “އައުޗް..” ދާނިޔަލް އަށް ސިހުން ލިބުނީ އާލާ އައިސް އޭނާގެ އަތުގައި ކުޑަކޮށް ވިކާލުމުންނެވެ. “ހުވަފެނެއް ނޫނެއްނު..” ލާނެތް ހިނިތުންވުމެއް ވެރިކޮށްލަމުން ބުނެލިއެވެ.

“އަނިޔާވެސް ކުރަން ފެށީތަ މިހާރު؟ ބޭބިޝް އާލް މެޗުއާ ވެއްޖެހެން ހީވަނީ..” ދާނިޔަލް މޫނުމައްޗަށް ހިތާމަވެރިކަން ވެރިކޮށްލަމުން ބުނެލިއެވެ. އެހެން ކަމުން އާލާ ސޮރީއޭ ބުނެ ދާނިޔަލްގެ ގައިގައި ބައްދާލިއެވެ. “މޫނުގަ ޖަހައިފަ ހުރި ފުއްކޮޅު މި ޓީޝާޓުގަ ހޭކިދާނެއްނު.. އޭރަށް މޫނުމަތި ހުންނާނީ ތަންކޮޅު ކޮޅުގަ ފުއް ހޭކިފަ އަނެއްބައި ތަންތާ ނިހޭކި.. ހީވާނީ ކެންވަސް އެއްގަ ޕެއިންޓްކުރަން އުލެފަ ހުރިހެން.. އެކި ކުލަ އެކި ވަރުން ހުންނަހެން..” ދާނިޔަލް ސަމާސާ ރާގެއްގައި ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެހިނދު ދާނިޔަލް ގެ މޭގައި ޖަހާލަމުން އާލާ އޭނާއާއި ދުރުވެލިއެވެ. “ބައި ދަ ވޭ ޔޫ ލުކް ބިއުޓިފުލް.. މާ ޝާ ﷲ..” ދާނިޔަލް އާލާގެ ރީތިކަމަށް ތައުރީފް ކޮށްލުމަށްފަހު ދިޔައެވެ.

***

ދާނިޔަލްއާއި އާލާ އެކުއެކީގައި ހޮސްޕިޓަލްތެރެއަށް ވަދެގެން ދިޔަ އިރު އެކި މީހުންގެ ލޯތައް އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. ގިނަ މުވައްޒަފުންގެ މޫނުމަތިން ހައިރާންކަން ފާޅުވަމުން ދިޔައީ އާލާގެ ހެދުން އެޅުމުގެ ވައްޓަފާޅިންނެވެ. އެހެންޏާ ކުރުހެދުން ލާކުއްޖާ މިއަދު ލައިގެން ހުރީ މުޅިން ތަފާތު ހެދުމެކެވެ. އެކަމުގެ ސަބަބުން އޭނާގެ ރީތިކަން އިތުރުކުރުވައިފައިވާކަން އޭނާއަށް ޙަސަދައިގެ ލޯތައް އަމާޒުވަމުން ދިޔަ ފަރާތްތަކުންވެސް ހެކިވަމުން ދިޔައެވެ. “ހެއި ބްރޯ.. ކޮބާ ކިހިނެތް މިހާރު..” ލިފްޓާއި ދިމާލަށް ދިޔަ ދާނިޔަލްގެ ފިޔަވަޅުތައް މަޑުޖެހުނީ އޭނާގާތަށް އައިސް ހުއްޓުނު އިޝާންގެ އަޑަށެވެ.

ގާތުގައި ހުރި އާލާއަށް އިޝާން ހިނިތުންވެލުމުން އޭނާވެސް ހިނިތުންވެލިއެވެ. “އިޝާން ބައްޕައަކަށް ވާން އުޅޭ ޚަބަރު ލިބުން.. ރިޔައްތަވެސް ނުބުނަނީސް ދާނިޔަލްގެ ފަރާތުން މި އިނގުނީ.. މަރުޙަބާ..” އާލާ ހިނިތުންވެލަމުން ބުނެލިއެވެ. “އެގޮއްޔަ އެހާ ބަލިކޮށް އުޅޭއިރުވެސް ތިމީހުން ދަނީއެއް ނޫންވިއްޔަ.. ދެން އިނގޭނެތަ؟” އިޝާން އޭނާގެ ސަމާސާ ރާގުގައި ބުނެލިއެވެ. “އަލްޙަމްދުލިއްލާހް މިހާރު ރަނގަޅު ރިޔާޝާ..” އިޝާން އިތުރު ކޮށްލިއެވެ. އެހިނދު އާލާވެސް ދާނިޔަލް އާއި އެކު ހީލިއެވެ.

ވަގުތުތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދިޔައެވެ. ޢަސުރު ނަމާދަށް ބަންގި ގޮވުމާއިއެކު އޭނާގެ ޑިއުޓީވެސް ނިމިފައި ވުމުން އަވަހަށް ނަމާދަށް ދާން އުޅުނު ދާނިޔަލް މަޑުކޮށްލީ އާލާ އޭނާގެ ކެބިންއަށް އައުމުންނެވެ. “ނަމާދަށް ދާން ދޯ ތި އުޅެނީ؟ އަހަރެން މަންމަގެއަށް ލައިދީފަ ދާން ވީނު؟” ދާނިޔަލް ގާތަށް އައިސް ހުއްޓިލަމުން އާލާ ދާނިޔަލްގާތު އެދުނެވެ. ދެކޮޅުހެދުމެއްނެތި އެކަމާއި އެއްބަސްވެލަމުން އޭނާއާއި އެކު ގެއަށް ދާން ނިކުތެވެ.

***

“އޭނާ ސަލާމަތްވެއްޖެ.. އަހަންނަކަށް ނޭނގެ ޝިޔާމަށް އޭނާ ނުބެލެންވީ ކީއްވެކަމެއް.. ކޮންމެވެސް ގޮތަކުން ސަލާމަތްވެގެން އައިއްސި.. އަހަންނަށްވެސް ދެވޭނީ ރުފިޔާ.. އެކަމަކު ޕޮލިހުން އެދެމީހުން ހިފަހައްޓައިފިއްޔާ އަހަރެމެންވެސް ސަލާމަތްވާނެ ކަމެއް ނޭނގޭ ދެނެއް.. ހައްތަހާވެސް އެދެމީހުންގެ ފަރުވާ ކުޑަކަމުން ވާކަންތައް.. މީޑިއާ ތަކަށްވެސް އިނގޭނެ އަހަރެމެން ހައްޔަރު ކޮށްފިއްޔާ.. ކިހާ ދެރަ ކަމެއްތަ..” މަނިކު ރުޅިގަދަވެގެން ހުރެ ފޯނުން ވާހަކަ ދައްކަމުން ދިޔައީ ޝަޒިއްޔާ އާއިއެވެ. އޭނާ އައިސްފައި ހުރި ރުޅި ބާލުވަމުން ދިޔައީ ފާރަށެވެ. ދެތިން ފަހަރަކު މިހާރު ގޮށް މުއްކަވައިފައިވެސް އެ ފާރަށް ވަރު ބާލައިފިއެވެ. އޭނާއަށް ކުރިންވެސް ނޭނގުނު ކަމަކީ އެއްވެއް ކަމެއް އަބަދު ފޮރުވިފައި ނޯންނާނެ ކަމެވެ. ﷲ އީ އެންމެ މޮޅަށް ހުރިހާކަމެއް ބައްލަވާ ވޮޑިގެންވާ ފަރާތަށް ވީ އިރު އެކަލާނގެ މަތިންވެސް އޭނާ ހަނދާނެއް ނެތެވެ.

ނުރުހުމާއެކު ފޯނު ކަންފަތާއި ދުރުކޮށްލިގޮތަށް އޭނާ އެނދުމައްޗަށް އެ ފޯނު އަތުކޮޅަށް ހޫރާލިއެވެ. އޭނާއަށް މިހާރު ހަތަރު އުދަރެސް ފެނުޖެހިފައިވާފަދައެވެ. ކަންތައް ވަމުން މިދާގޮތުން އޭނާގެ ޙަޤީގަތް އާދިންމެންނަށް ފަޅާއަރަންވެސް މާގިނަ ވަގުތެއް ނުނަގަފާނެއެވެ. އެހެން ވެއްޖެނަމަ އާދިން ދުވަހަކުވެސް އޭނާއަށް މަޢާފެއް ނުކުރާނެއެވެ. މިހާރު ދުނިޔޭގައި އޭނާގެ ހުރި ހަމައެކަނި ދަރިފުޅުވެސް އޭނާއަށް އެއިރުން ކުރާނީ ނަފްރަތެވެ. އެ އެންމެންގެ ނަފްރަތާއި އެކު އޭނާ ދުވަސްތަކެއް ހޭދަކުރަންޖެހޭނީ ޖަލުގެ ކުޑަ ގޮޅިއެއްގަ ކަންނޭނގެއެވެ. އެހެން ވެއްޖެނަމަ ހާދަ ދެރައެވެ. މަނިކު އިސްތަށިގަނޑު ތެރެއަށް އަތް މަހާލުމަށްފަހު ދެކޮޅަށް ހިނގަން ފެށިއެވެ.

“ބައްޕާ.. ހާދަ ހާސްވެފަ؟” މަނިކުގެ ކޮޓަރީގެ ދޮރު ހުޅުވައިފައި ހުރުމާއެކު އާދިންއަށް ނުހަނު ފަސޭހައިން އޭނާއާއި ބައްދަލުކުރެވޭނެ މަގު ފަހިވެގެން ދިޔައެވެ. ނަމަވެސް އެކޮޓަރި ދޮރުމައްޗަށް އެރިވަގުތު އޭނާއަށް ފެނުނީ ކޮންމެވެސް ކަމަކާއި ހާސްވެގެން މަނިކު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. އޭނާ އެހެން އަހާލުމާއެކު މަނިކު އަވަސް އަވަހަށް މޫނުމަތިން އެކަން ފޮރުވަން އުޅުނެވެ. “ނު.. ނޫނޭ ދަރިފުޅާ.. އެއްވެސް ކަމެއް.. ނުވޭ..” ހަމަޖެހެން މަސައްކަތައް ކުރަމުން މަނިކު ބުނެލިއެވެ. ނަމަވެސް އާދިންގެ ދެލޮލަށް މަންޒަރު ފެނިއްޖެއެވެ. އޭނާ ދެކޮޅު ހަދާނީ ކިހިނެތް ހެއްޔެވެ؟ “ދެން ކިހިނެތްވީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ؟ ބައްޕަ ސްޓްރެސް ވީމަކާނު އެހެން ހުންނަނީ..” އާދިން މަނިކު ގާތު ބުނެލިއެވެ. މަނިކަށް ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަމަށް އޭނާގެ ސިކުނޑި ލަފާދެމުން ދިޔައެވެ. ނަމަވެސް މަނިކު އޭނާގާތު ކުޑަކޮށްވެސް ބުނާކަށް އެއްބަހެއް ނުވިއެވެ. އެހެން ކަމުން ކަރު އެލުވާލަމުން އާދިންއަށް ޖެހުނީ އެކޮޓަރިން ނިކުމެގެން ދާށެވެ.

***

“އަނހަ.. އާލާ ދަރިފުޅާ.. ހާދަ ނޫން ގަޑިއެއްގަ..” އާލާ އަރީފްމެން ގެއަށް އައިސް ވަތްތަނުން ފުރަތަމަވެސް އެރުނީ ޝަޒިއްޔާގެ ކުރިމައްޗަށެވެ. އޭނާ އާލާގެ ފަހަތް ހޯދަން ފެށިގޮތުން ހީވަނީ އެއްޗެއް ހޯދަން އުޅޭ ހެންނެވެ. ނަމަވެސް އާލާ އެކަމަކަށް އަޅައެއް ނުލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާލާގެ ފައިންފެށިގެން ބޮލާއި ހަމައަށް ޝަޒިއްޔާ ބަލައިލީ އޭނާއަށް އައިސް ހުރި ބަދަލުގެ ސަބަބުންނެވެ. “އާލާ.. ކޯންޗެއް ލައިގެން ތިހުރީ؟ މުސްކުޅިން ލާކަހަލަ ހެދުމެއް ލައިގެން ކީތް ތިކުރަނީ؟” ޝަޒިއްޔާ ފާޑަކަށް ހުރެ ބުނެލިއެވެ. އެހިނދު އާލާ އޭނާ އަތުގައި ހިފައިގެން ހުރެ ސޯފާއާއި ދިމާލަށް މިސްރާބުޖެހިއެވެ. “މަންމާ.. ދައްކާވާހަކަ ދޯ.. މިއީ މުސްކުޅިން ލާހެދުމެއް ނޫނޭ.. ކިހާ ރީތިތަ މިކަހަލަ ހެދުން.. އާލް މީގެ ހެދުމަށް ބަދަލު ކުރީ މީ.. މަންމަވެސް ދެން މިކަހަލަ ހެދުން ލާންވީނު ތި ކުރުހެދުންތައް ނުލައި..” އާލަ ހިނިތުންވެލަމުން ބުނެލިއެވެ. “ކީކޭ؟ އެޔޮށް ރީތިކޮށް ހެދުން އަޅައިގެން އުޅުނު ކުއްޖާ ތިހާ ބޮޑު ބަދަލެއް ގެންނަންޖެހުނު ސަބަބެއް މަންމައަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނު.. ދާނިޔަލް ބުނީދޯ ތީގެ ހެދުން ލާށޭ.. އޭނާ ވަރަށް އަމުރުވެރި ދޯ..” ޝަޒިއްޔާ ދެލޯ ކުޑަކޮށްލައިގެން އިނދެ ދާނިޔަލްއަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުން ދިޔައެވެ.

ޝަޒިއްޔާގެ އެ ބަސްތަކުން އާލާއަށް އުނދަގޫވިއެވެ. “ނޫނޭ މަންމާ.. ދާނިޔަލް ނުބުނޭ.. މިއީ ހަމަ އާލް އަމިއްލައަށް ބޭނުންވެގެން ކުރި ކަމެއް.. އެހެން ނޫނަސް ކޮބައި މައްސަލައަކީ.. އަންހެނާގެ އައުރަ ނިވާކުރާކަށްނޫންތަ ދީނުގަ އަންގަވައިފައިވަނީ..” އާލާ ދެއްކި ވާހަކައަށްފަހު ޝަޒިއްޔާ އިނީ ފާޑަކަށް އަނގައަށް ގޮތެއް ހަދާލައިގެންނެވެ. އާލާއަށް އެވަނީ ހާދަހާ ބޮޑު ބަދަލެއް އައިސްފައެވެ. މިހާރު އޭނާ ކުރިމަތީގައި އެއިނީ ހަމަ ގައިމުވެސް އޭނާ ގާތު ކުރިން އުޅުނު އާލާއެއް ނޫނެވެ.

“ކޮބާ ބައްޕަ މިއަދު؟” މައުލޫ ބަދަލުކޮށްލުމުގެ ނިޔަތުގައި އާލާ ބުނެލިއެވެ. “އަދި ނާދޭ އޮފީހުން..” އާލާ ކުރިމަތީގައި އޭނާ ދެރަވާންޖެހުނު ކަމުގެ އިޙުސާސް ކުރެވުމުން ކޮންމެވެވސް ވަރަކަށް ނުރުހުންވެފައި އިނދެ ޝަޒިއްޔާ ޖަވާު ދިނެވެ. “އެހެން ވިއްޔާ މިވަގުތު ގޮސްލަނީ އިނގޭ މަންމާ.. ފަހުން މިރޭ އަންނާނަށް.. ބައްޕަ ގާތު ބުނެލާތި އިނގޭ..” ވަދާޢީ ސަލާމް ކޮށްލުމަށްފަހު ރީތި ހިނިތުންވުމެއް ހަދިޔާކޮށްލަމުން އާލަ އެގެއިން ނިކުތެވެ. އަދި ޓެކްސީއެއް ނަގައިގެން ގެއަށް ދާން ދިޔައެވެ.

“އެ ދާނިޔަލް އެހުރީ ހަމަ ރަގަޅަށްވެސް މަގޭ ދަރީގެ ބޯ ކާލައިފަ.. އެޔޮށް ރީތި ކުއްޖާ ބަލައިބަލަ މިއަދު ހުރި ގޮތް.. ހީވަނީ ބޮޑު މުސްކުޅިއެއް ހެންވިއްޔަ.. މޭކަޕެއް ނެތް.. ބުރުގާ ހުރީ އެފަދަ ބޮޑުކޮށް އަޅައިފަ.. ނުވިތާކަށް ލައިގެން އެހުރި ހެދުމެއް.. ހުއް.. އަދި އެވަރު ކުރީމަވެސް އެ ފިރިހެން ކުއްޖާއަކަށް ނުވިސްނުނު ދޯ.. އެންމެފަހުން އާލާ ބޮލުތެރެއަށް ވަދެގަނެގެން މަ ޖަލަށް ތޯއްޗެ ފޮނުވާލާނި.. އެކަން ކުރުމުގެ ކުރިން އޭނާގެ އަނގަވެސް ބަންދުކުރަން ޖެހޭނެ އަދި.. ހުސް ހަމަ އެ ދާނިޔަލްއާ ހެދި ވާހާކަންތައް.. އަރރގް..” ޝަޒިއްޔާ ހުރިހާ ރުޅިއެއް ބާލަމުން ދިޔައީ ދާނިޔަލްއަށެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން ޕޮލިހުންނާއި ހަމައަށް ނުގޮސް މިފަހަރު ސަލާމަތްވީތީވެސް އޭނާ ދާނިޔަލްއަށް ދެރައެއް ދޭން ޕްލޭން ކުރުން ހުއްޓާކަށް ނޫޅުނެވެ. ކުރާނީ ކިއްހެއްޔެވެ؟ ބަދަލު ހިފުމުގެ ރޫޙު އެ ހިތުގައި އަށަގަނެފައިވަނީ އޭނާ ވަށައިގެން ހިނގަމުންދާ ކަންތައް ރޭކާ ލާ ވަރަށްވުރެވެސް ބޮޑަށެވެ.

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު ހަނދަށް ފުރުސަތު ދެމުން ދުނިޔެއަށް އަލްވަދާޢު ކިޔައިފިއެވެ. ރޭގަނޑުގެ އެ ހިތްގައިމު ވަގުތު ޖަވާހިރުތަކެއް ފަދައިން އުޑުގައި ވިދާ ބަބުޅަމުން ދިޔަ އެތަށް ހާސް ތަރިތަކުން މަންޒަރަށް އިތުރު ފުރިހަމަ ކަމެއް ގެނުވައިފައިވެއެވެ. އެ ތެތްފިނި ވަގުތު އާލާ ޤުރުއާން ކިޔަވާލައި ނިންމައިގެން ތައްޔާރުވެލީ ދާނިޔަލް ނަމާދުން އައުމުން އޭނާއާއި އެކު އަރީފްމެން ގެއަށް ދާށެވެ. މިރޭ އޭނާ ވަނީ އާއިލާ އެންމެން އެއްވާތީވެސް ކުރަން ބައެއް ކަންކަންވެސް ރާވާލައިފައެވެ. ދެ އާއިލާ މީހުން ނުފެނި ގިނަ ދުވަސް ވުމުން އާލާ އެ އެންމެން އެއްތާކަށް ގެނެސް އާއިލީ ގުޅުން ބަދަހިކޮށްލަށް ވިސްނިއެވެ. އޭނާ އެހާ އުފަލުން އެހުންނަނީވެސް އެހެންވެއެވެ.

“އަވަސް.. ހިނގާބަލަ ދާން..” ދާނިޔަލް ގެއަށް އައިގޮތަށް އައިސް ޓީވީ ހުޅުވަން އުޅުމުން އާލާ އޭނާގެ އަތުގެ މުލައްދަނޑިގައި ހިފައިފައި ބުނެލިއެވެ. “ކޮންތާކަށްތަ އަނެއްކާ؟” އާލާ އެވަގުތު ނިތްމަތީގައި ޖަހާލިއެވެ. އެންމެން ގާތު ބުނެވުނު އިރު މިރޭ މަންމަގެއަށް ދާވާހަކަ ދާނިޔަލް ގާތު ބުނަން އޭނާ ހަނދާންވެސް ނެތެވެ. އަމިއްލަ މީހާގެ ފަރުވާކުޑަ ކަމާހުރެ ހިތާހިތުން ކުދިކިޔަމުން އާލާ ދާނިޔަލްއަށް ހުރިހާކަމެއް ސާފުވާނެހެން ކިޔައިދިނެވެ. އެޔަށްފަހު އަނެއްކާވެސް އޭނާ އަތުގައި ހިފައި ދަމަމުން ކަހަލަ ގޮތަކަށް އެޕާޓްމެންޓްގެ ދޮރާއި ދިމާލަށް ދިޔައެވެ. “ދެން އާދެބަލަ ރީއްޗަށް..” ވަރުބަލިވެފައި ކަހަލަ ގޮތަކަށް ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުން އާލާ ބުނެލިއެވެ. ދާނިޔަލް ހިނިގަނޑެއް ޖަހާލަމުން އާލާގެ ބޮލުގައި ކުޑަކޮށް ޖަހލައިފައި ގެއިން ނިކުތެވެ.

ދާނިޔަލްއާއި އާލާއަށް އަރީފްމެން ގެއަށް ވަދެވުނު އިރު އިތުރު ގަރާޖުތެރޭގައި އޮތް ތިން ކާރުގެ އިތުރުން ވޯކްވޭގައިވެސް އިތުރު ކާރެއް އޮތެވެ. “ސާބަސް.. އެންމެން ކާރުގައި އުޅޭތީވެސް ބޮޑުކަމެއްނު.. މިއަށްވުރެ އެތެރެއަށް ނުދެވޭނެ ދެން.. ޔަގީން އަޒާންގެ ކާރުކަން މިއޮތީ ކުރިމަތީގަ..” ދާނިޔަލް ކާރުން ފައިބަމުން ނިތްމައްޗަށް ރޫ އަރުވާލައިފައި ބުނެލިއެވެ. އާލާ ލުއިގޮތަކަށް ހިނިތުންވެލަމުން ކުރިޔަށް ހިނގައިގަތެވެ. “ދާނިޔަލް..” އާލާގެ ފަހަތުން އައި ދާނިޔަލްގެ ފިޔަވަޅުތައް ބިމަށް ހަރުލީ އާލާގެ އަޑަށެވެ. އޭނާ ފަހަތަށް އެނބުރިލަމުން ދާނިޔަލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. “އިހަށް ކާރުގަ މަޑުކޮށްލަންވީނު.. އަހަރެން މެސެޖު ކޮށްލާނަން އެތެރެއަށް ވަންނަންވީމަ.. އިތުރު ސުވާލެއް ނުކުރައްޗޭ.. ޕްލީޒް..” އާދޭހުގެ ރާގަކަށް އާލާ ބުނެލިއެވެ. އޭނާ ކުރަން އެއުޅޭ ކަމެއް ނޭނގޭ ޙާލު ދާނިޔަލް އާލާގެ ބަހަށް އެއްބަސްވަމުން ގޮސް ކާރުގެ ތެރޭގައި މަޑުކޮށްލިއެވެ.

“މިއޮށް އައީނު އާލާ..” އާލާ ގޭތެރެއަށް ވަދެގެން އައި ތަން ފެނުމުން ޝަޒިއްޔާ ބުނެލިއެވެ. ކުރީފަހަރެކޭ އެއްފަދައިން މިފަހަރުވެސް އޭނާ ހޯދަމުން ދިޔައީ އާލާއާއި އެކު ދާނިޔަލް ނައުމުންނެވެ. “ކާކު ތި ހޯދަނީ މަންމާ؟” ޝަޒިއްޔާއަށް ސިހުން ލިބުނީ އާލާގެ އަޑަށެވެ. އެއިރު އެހެން އެންމެންގެ ނަޒަރުތައްވެސް އޭނާއަށް ހުއްޓިފައިވުމުން ޝަޒިއްޔާ ކޮންމެވެސް ވަރަކަށް ޖެހިލުންވާ ގޮތްވިއެވެ. ނަމަވެސް ފުންކޮށް ދެތިން ނޭވާ ލައިފައި އޭނާ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ.

އެ ގޭގެ ބޮޑު ސިޓިންގް ރޫމުގައި ބަހައްޓާފައި ހުރި ސީފާ ތަކުގައި މަނިކާއި އާދިން އަދި ވިޝާމާގެ އިތުރުން އަޒާން އާއ ރުކާވެސް ތިއްބެވެ. ހަމަ އެޔާއެކު ރިޔާޝާ އާއި އިޝާންވެސް އެގޭގައި އިނެވެ. ރުކާގެ ދޮންތައަށް ރިޔާޝާ ވުމާއެކު އަޒާންއާއި ދާނިޔަލްގެ ނުހަނު ގާތް އެކުވެރިޔަކަށް އިޝާން ވީތީ އާއިލީ އެ ބައްދަލުވުމުގައި އެމީހުންވެސް ބައިވެރިކުރަން އާލާ ނިންމިއެވެ. ރިޔާޝާގެ ބަނޑު އިހުނަށްވުރެ ކުޑަ ތަންކޮޅެއް ބޮޑުކަން އޭނާ އިށީންދެ އިން އިރުވެސް ފާޅުވެއެވެ. އިހުނަށްވުރެ ކޮންމެވެސް ވަރަކަށް މަސްޖަހާލައިފައިވީ ދެކޮލާއެކުވެސް އޭނާ ލައިގެން ހުރި މެރޫންކުލައިގެ އަބާޔާއާއި ފިޔާތޮށިކުލައިގެ ޝޯލްއިން އެ ރީތިކަން ފާލުވަމުންދިޔައެވެ.

އެންމެން އެކި އެކި ވާހަކަތައް ދައްކަމުން ދިޔަ އިރު ކާރުގައި އިން ދާނިޔަލް އިނީ ފޫހިވެގެންގޮސް މަރުވާ ވަރުވެފައެވެ. މިހާލުން އޭނާ އެގެއަށް އާލާ ގެނައީ ކީތްކުރަން ހެއްޔެވެ؟ ހިތާހިތުން ޝަކުވާކޮށްލިނަމަވެސް އޭނާ ކެތްކޮށްލީ އާލާ ކުރަން އެއުޅޭ ކަމެއް ބަލައިލުމުގެ ޝައުޤުވެރިކަން ހިތުގައި އުފެދުމުންނެވެ.

“މަންމާ.. އާލް ބޭނުމޭ މިރޭ މަންމަ ގާތު އެއްޗެއް އަހާލަން..” އެންމެންގެ ސަމާލުކަން އާލާއަށް ހުއްޓިގެން ދިޔައީ ޝަޒިއްޔާއަށް ބަލައިލުމަށްފަހު އޭނާ ކޮށްލި ސުވާލުންނެވެ. ކުޑަވަރެއްގެ ނުތަނަވަސްކަމެއް ހިތުގައި އުފެދުނު ނަމަވެސް ހިން ދިރުވާލަމުން ސުވާލު ކުރާށޭ ބުނާ ފަދައިން ޝަޒިއްޔާ ބޯ ޖަހާލީ ކުރިމަތިވާން މިއުޅެނީ ކިހާވަރެއްގެ ތޫފާނެއްކަމެއްވެސް އޭނާއަށް ނޭނގޭ ހާލުއެވެ.

“މަންމަ ކީއްވެ އާލް ގެއަށް ވަތް ވަގުތު އެވަރަށް ފަހަތް ހޯދީ؟ މިއަދު ހަވީރު އާލް އައި އިރުވެސް މަންމަ ކަންތައް ކުރީ ހަމަ އެހެން.. އަނެއްކާ އާލް އަންނަ ގަޑީގަ އެހެން މީހަކަށްވެސް މިގެއަށް އަންނަން ދައުވަތު ދީފަ އތީތަ؟” އާލާ ޝަޒިއްޔާގެ މޫނަށް ބަލަހައްޓައިގެން އިނދެ ސުވާލުކޮށްލިއެވެ. އެ ސުވާލުން އެންމެންނަށްވެސް ހައިރާންކަން ލިބުނު އިރު އެންމެންގެ ނަޒަރުތައްވެސް އަދިވެސް ތިބީ އެދެމީހުންނަށް ހުއްޓިފައެވެ. “ދާނިޔަލް އާދޭތޯތަ މަންމަ ބެލީ؟” މިފަހަރު ޝަޒިއްޔާގެ ދެލޮލަށް ބަލައިލަމުން އާލާ ބުނެލިއެވެ. އިސާހިތަކު ޝަޒިއްޔާގެ ނިތްމަތިން ދާތިކިތަށް ފާޅުވެގެން ދިޔައެވެ. އެކަމުން ނަގަންވީ މާނައެއް އާލާއަކަށް ނޭނގުނެވެ. އާލާގެ އެ ސުވާލުން މަނިކަށްވެސް ލިބުނީ ޝޮކެކެވެ. މި އަންހެންކުއްޖާ ކުރަން މިއުޅެނީ ކީއްބާވައެވެ؟

އާލާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޝަޒިއްޔާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހުރުވާލިއެވެ. އަދި އާގަންނަމުން އެއްވެސް މީހަކު ނުހޯދަމޭ ބުނެލިއެވެ. “ދެން ކީއްވެ މަންމަ އެހާ ހާސްވެފަ ތީނީ؟” އާލާ ޖެހިލުމެއްނެތި ތިންވަނަ ސުވާލުވެސް ކޮށްލިއެވެ. “އާލާ.. ކޮންކަހަލަ ސުވާލުތަކެއް މަންމަޔާއި ތިކުރަނީ؟” އަރީފްވެސް ހައިރާންވެފައި އިނދެ މެހެމާނުންވެސް ތިބުމާއެކު މަޑުމައިތިރި ރާގެއްގައި ބުނެލިއެވެ. ޝަޒިއްޔާ އާއި އާލާ އާމެދު ޑްރާމާ ގަނޑެއް ނުހިގައިފިއްޔާ މިރޭ އޭނާގެ ބޮލަށް ހާދަ ލުއްޔެއް ވާނެއެވެ. ނަމަވެސް ކަންތައް މިދާގޮތުން ދެންވާނެގޮތެއް ހަމަ އެއްގޮތަކަށްވެސް ބުނާކަށް އިނގެނީކީ ނުނެވެ. އަރީފްގެ ސުވާލުން އާލާ އޭނާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އަދި އޭނާއަށް ވާހަކަ ދައްކާލަން ފުރުސަތެއް ދިނުމަށް އެދުނެވެ.

“ދާނިޔަލްގެ ވާހަކަ އެހުމުން މަންމަ އެހާ ހާސްވާންވީ ސަބަބެއް ނޭނގެ.. އަނެއްކާ ދާނިޔަލް ގެއްލުމުގެ ފަހަތުގައި މަންމަގެ އަތެއް ވަނީތަ؟” ޝައްކުގެ ނަޒަރަކުން އާލާ ޝަޒިއްޔާ އަށް ބަލައިލިއެވެ. “އާލާ..” އެވަގުތު ޝަޒިއްޔާގެ ބާރު އަޑުން އާލާއަށް ގޮވާލައިފައި އޭނާ އިން ތަނުން ތެދުވިއެވެ. އެޔާއެކު ދެން ތިބި މީހުންވެސް ސޯފައިން ތެދުވީ މަސްލަހަތު ގޯސްވާން ފެށުމުންނެވެ. މަނިކު ހުރީ ސިކުނޑި ގޮވާ ވަރުވެފައެވެ. ކަންތައް ވެގެން މިދަނީ އޭނާ ހީކުރި ގޮތާއި މުޅިން ދިމާ އިދިކޮޅަށެވެ. މިރޭ އެތަނަށް އާދެވުނު މޮޔަ އޭނާ ހިތަށް އަރަމުން ދިޔައެވެ. “އާލާ ލަ.. ލަދެއް ނުގަނޭތަ އެވަރުގެ ބޮޑު ތުހުމަތެއް އަމި.. އަމިއްލަ މައިމީހާގެ ބޮލުގަ އަ.. އަޅުވާކަށް..” އާގަންނަމުން ކޮށި ރާގެއްގައި ޝަޒިއްޔާ ބުނެލިއެވެ. އާލާ ހަމައެކަނި ހަދިޔާކޮށްލީ ހިނިތުންވުމެކެވެ.
“ކޮން އިރަކު މަންމަގެ ބޮލުގަ ތުހުމަތެއް އެޅުވީ؟ އާލް އެހީ މަންމަގެ އަތެއް ވަނީ ހެއްޔޭ މިކަމުގެ ތެރޭގަ.. މަންމަގެ އަތެއް ވެޔެކޭ ނުބުނަމެއްނު.. އެހެން ނޫނަސް މަންމަ އެހާ ހާސްވާންވީ ސަބަބެއް ނެތެއްނު އެއްވެސް ކަމެއް ނުވަންޏަކާ.. އެމީހަކު ކަމެއް ނުކުރަންޏާ އާންމުކޮށް މީހުން ބިރުގަނެ ހާހެއް ނުވާނެ ހަމަ ހުރެފަ މީހަކު އެމީހަކަށް ޝައްކު ކޮށްލުމަކުންނެއް.. ދޮގެތްތަ؟” އާދައިގެ ރާގެއްގައި އާލާ ތަކުރާރު ކޮށްލިއެވެ. އާލާގެ ބަސްތަކުން ސިކުންތަކަށްފަހު ސިކުންތެއް ދިޔައީ ޝަޒިއްޔާ އާއި މަނިކުގެ ހިތް ތަޅުވަމުންނެވެ. ދެމީހުންގެ ހިތްވެސް ހީވަނީ ތެޅެމުން ދިޔަލެއް ބާރުކަމުން ދެންމެ ދެންމެ މޭފަޅައިފައި ނިކުމެދާނެހެންނެވެ.

“އާލާ.. ކިހިނެތް ވެގެންތަ މިރޭ ތިގޮތަށް ވާހަކަ ދައްކަން ޖެހުނީ؟ ދާނިޔަލް ގެއްލުނީއޭ ތިބުނީ ކީއްވެ؟” ވާނުވާ ނޭނގުނު ނަމަވެސް ނުރުހުންތެރިކަން ފާޅުކުރަމުން އަރީފް ބުނެލިއެވެ. އާލާ އޭނާގެ ފޯނުން މެސެޖެއް ކޮށްލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. “ބައްޕައަށް އެއިރު ދޮގުހެދުނީތީ މަޢާފަށް އެދެން.. ދާނިޔަލް ދިޔައީ ބެންގްކޮކަކަށް ނޫން.. ހަފްތާއެއްހާ ދުވަސް ވާންދެން އޭނާ ހުރީ ކިޑްނެޕްކޮށްފަ ކޮންމެވެސް ބަޔަކު ވެގެން..” އެންމެ ފަހު ތިން ބަސް ކިޔާލި އިރު އާލާގެ ނަޒަރު ހުއްޓިގެން ދިޔައީ ޝަޒިއްޔާގެ އިތުރުން މަނިކާއި ދިމާލަށެވެ. “މަންމާ.. ދޮގު ނަހަދާ ތެދަށް ބުނޭ.. މަންމަ ދޯ ދާނިޔަލް ކިޑްނެޕް ކުރުމުގެ ފަހަތުގަ ހުރީ.. މަންމަ ނޫން ދެން ކާކު މިކަމުގަ އުޅޭނީ؟ ފެށުނީއްސުރެ މަންމަ އައީ އޭނާއަށް ނަފްރަތު ކުރަމުން.. ނުވިތާކަށް އާލްގާތު އެކި ވާހަކަ ދައްކައިގެން އަހަރެމެން ދެމީހުންގެ ކައިވެނި ރޫޅުވާލަންވެސް މަސައްކަތްކުރީ ހަމަ މަންމައެއްނު..” އާލާ ދައްކަމުން ދިޔަ ވާހަކަ ތަނުން އެންމެން ތިބީ ބަހެއް ބުނަން ނޭނގިފައެވެ. ބަސްހުއްޓިފައި ތިބި އިރު ކޮންމެ މީހެއްގެ ބޮލުގައިވެސް ސުވާލުތައް ފުނިޖެހެމުން ދިޔަކަން ގައިމެވެ. ޝަޒިއްޔާ އޭނާގެ އަމިއްލަ ދިފާއުގައި އެއްޗެކޭ ބުނަން އުޅުނު ނަމަވެސް ދޫ ހަރަކާތް ކުރާ ގޮތެއް ނުވިއެވެ.

“މަންމައާއި ކާފަ ދޯ މިކަމުގެ އުޅުނީ؟ މިއަދު މަންމައާއި ދެފަހަރު މަތިން ދިމާވި އިރު މަންމަގެ ފަރާތުން ފެނުނު ޢަމަލުތަކާއި ދާނިޔަލް ގެއަށް އައި ދުވަހު ގެއަށް ގޮސް ކާފަގެ ފަރާތުން ފެނު ޢަމަލުތަކުގެ ސަބަބުން ޝައްކުވި… އެހެންވެ ދާނިޔަލް ގާތު އެހިން ކާފަޔާއި ދާނިޔަލްއާއި ދެމެދު އޮތް ގުޅުމާއި ބެހޭގޮތުންވެސް.. ދެން ހީއަކަށްވުރެ ބޮޑަށް މިކަން ޔަގީންވާން ފެށީ.. ދާނިޔަލްގެ މަންމަ ބުނި ވާހަކަތަކާއި ކާފަގެ ޢަމަލުތަކާއި މަންމަ ދާނިޔަލްއަށް ކުރާ ނަފްރަތާއި އެ ހުރިހާކަމެއް އައިސް ގުޅުނީމަ މިހާރު ވަރަށް ބޮޑަށް ޔަގީންވެއްޖެ.. އާލް މިދައްކަނީ ދޮގު ވާހަކައެއްތަ؟” އެއްފަހަރު ޝަޒިއްޔާއަށް އަނެއްފަހަރު މަނިކަށް ބަލައިލަމުން އާލާ އަހާލިއެވެ. ދެމީހުންކުރެ އެކަނުވެސް އަނގައިން ނުބުންޏެވެ.

“ދާނިޔަލްއަށްވެސް އެނގޭނެ އޭނާ ފޮރުވި މީހުން.. އެކަމަކުވެސް މަންމަމެންނަށް ކުރާ އިހްތިރާމެއްގެ ސަބަބުން ކަންނޭނގެ ޕޮލިހުން ސުވާލުކުރުމުންވެސް އޭނާ ދޮގު ހެދީ.. އެކަން އެ ދެލޮލުން ސާފު.. ދާނިޔަލް ދޮގު ހެދިނަމަވެސް އާލްއެއް ހަޤީގަތާއި ދެކޮޅެއް ނަހަދާނަން.. މަންމައަށްވިޔަސް ކުށެއް ކޮށްފިއްޔާ ވާނީ ކުށަކަށް..” އާލާގެ ލޮލުން އެންމެފަހުން ކަރުނައެއް ނީރާލިއެވެ. މަންމައާއި އެގޮތަށް ވާހަކަ ދެއްކުމަކީ އޭނާ އެއް އިރެއްގައިވެސް ބޭނުންވި ގޮތެއް ނޫނެވެ. އެހެން ނަމަވެސް ހާލަތު ނިޔާކުރިގޮތުން އެނޫންގޮތެއް ނުވެސް ނެތެވެ. އަމިއްލަ މައިމީހާ ލޯބިވާ ފިރިމީހާއަށް އެހާލު ޖައްސަފާނެކަމަށް ޤަބޫލުކުރަން ބޭނުންވާނީ ވަކި ކާކުހެއްޔެވެ؟

“އާލާ ކީކޭތަ ތި ކިޔަނީ؟” މިފަހަރު ވާހަކަ ދެއްކީ އާދިންއެވެ. އާލާ ދެއްކި ވާހަކައިގައި ކޮންމެވެސް ވަރެއްގެ ޙަޤީގަތެއް އެކުލެވިފައިވާހެން އޭނާއަށްވެސް ހީވަމުން އެބަދެއެވެ. އޭނާގެ ބައްޕަ ދާނިޔަލްދެކެ ރުޅި އިންތިހާއަށް ރުޅި އަންނަކަމީ ޤަބޫލުކުރަންޖެހޭ ޙަޤީގަތެކެވެ. އެ ރުޅީގައި އޭނާގެ ބައްޕަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެކަމަށް އޭނާއަށް ޤަބޫލު ކުރެވެއެވެ. ހަމަ އެއާއެކު މިއަދު އޭނާއަށް އޭނާގެ ބައްޕަގެ ފަރާތުން ފެނުނީ ނުތަނަވަސްވެ ހާސްވެފަ ހުރިތަނެވެ. ދާނިޔަލް ފެނުނީއްސުރެ އޭނާ ބައްޕަ ހުންނަނީ އެފަދައިން ހާސްވެ ކަންބޮޑުވެފައިކަން އެވަގުތު އާދިންގެ ސިކުނޑިއަށް ދެނެގަނެވުނެވެ. ނަމަވެސް ޤަބޫލުކުރަން ހަމަ ދަތިވަނީއެވެ. “ދާނިޔަލް.. އަހަރެން މި ދެއްކީ ދޮގު ވާހަކައެއްތަ؟” އެންމެންގެ ނަޒަރު ހުއްޓިގެން ދިޔައީ އާލާގެ އަޑާއި އެކު ދޮރުމަތީގައި ބަސްހުއްޓިފައި ހުރި ދާނިޔަލްއަށެވެ. މަނިކުގެ އިތުރުން ޝަޒިއްޔާގެ ދެލޯ އިންތިހާއަށް ބޮޑުވެގެން ދިޔައިރު އެދެމީހުންނަށް ހަތަރު އުދަރެސް ފެނުޖެހުނު ފަދައެވެ. ދެން ހަދާނީވެސް ކިހިނެތް ހެއްޔެވެ؟ ފިލައިފިއްޔާ އެންމެންނަށް ޙަޤީގަތް ފަޅާ އަރާނެއެވެ. ނުފިލިޔަސް މިއަދު އެ ޙަޤީގަތް ފަޅާ އަރާނެ ކަންނޭނގެއެވެ. “ދާނިޔަލް.. އެ ތެދެއްތަ؟ ޝަޒިއްޔާ އާއި ކާފަތަ ދާނިޔަލް ކިޑްނެޕް ކުރީ؟” އާދިން ޔަގީންކުރަން ބޭނުންވާ ފަދައަކުން ދާނިޔަލްއާއި ސުވާލުކޮށްލިއެވެ.

ދެންމެ އިވިގެންދިޔަ އަޑުތަކުގެ ސަބަބުން ހުއްޓުން އަރައިފައި ހުރި ދާނިޔަލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބުނާނެ އެއްޗެއް ސިކުނޑިއަށް އެވަގުތު ނުވެސް އައީއެވެ. އާލާ އެހާ ފުނަށް އެ މައްސަލައިގައި ފީނަފާނެކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އާލާގެ ތޫނުފިލިކަމާމެދު ދާނިޔަލްއަށް ޝައްކެއް ކުރާނެ ޖާގައެއް ހަމަގައިމުވެސް މިއަދު އާލާ ނުދެއެވެ. ފާޑަކަށް ގަބުވެފައި ހުރި ދާނިޔަލްއަށް ކުރެވުނު ކަމަކީ ވަކި ވަކިން އެންމެންގެ މޫނުމައްޗަށް ނަޒަރު ހުއްތާލުމެވެ. ޝަޒިއްޔާ އާއި މަނިކުގެ މޫނުމަތިން ފިޔަވައި އެންމެންގެ މޫނުމަތިންވެސް ފެންނަނީ އެއް އަސަރު ތަކެކެވެ. ޙަޤީގަތް ބުނެދޭށޭ ބުނާ ކަހަލައެވެ. އެންމެ ފަހަށް ދާނިޔަލް އާލަގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އާލާ ލަސް ލަހުން ބޯ ޖަހާލިއެވެ. އޭނާގެ ދެލޮލުން ކުރަމުން ދިޔައީ އާދޭހެވެ. ދާނިޔަލް ފަޒާގެ ތެރެއަށް އެވަގުތު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އާން.. އަހަރެން އެކަން ކުރީ.. އަހަންނާއި މަނިކުބެ.. ޤަބޫލު ކުރެވިއްޖެތަ؟” ދާނިޔަލްގެ ޖަވާބެއްގެ އިންތިޒާރުގައި ތިބި އެންމެން ސިއްސުވާލީ ޝަޒިއްޔާގެ އަޑުންނެވެ. ދާނިޔަލްގެ ދުލުން ޙަޤީގަތް ހާމަވެދާނެތީ ބިރުން ހުރެފައި އެންމެފަހުން ޙަޤީގަތް އެ ހާމަކޮށްލީ އޭނާގެ އަމިއްލަ ދުލުންނެވެ. އެއިރުންވެސް އޭނާއަށް އިޙުސާސްކުރެވޭނޭ ލަދުވެތިކަން ކުޑަވެދާނެކަމަށް އޭނައަށް ހީކުރެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ކުރެހުން އެޅުނޭ ހިތިގެ އަޑީގައި 9

Next

ބޭނުންވަނީ އުމުރަށް 17 ވަނަ ބައި

Next
November 24, 2018

ބޭނުންވަނީ އުމުރަށް 17 ވަނަ ބައި

Previews
November 24, 2018

ކުރެހުން އެޅުނޭ ހިތިގެ އަޑީގައި 9

14 Comments!

  1. aish noor says:
    November 24, 2018 at 11:56 pm

    assalaamu a’laikum my dear readers.. 🙂 al’hamdhulillaah, vaahkaige 39 vana bai miothee up vefa.. 🙂 ummeedhu kuran hurihaa kudhinnah ves mi part kamudhaane kamah.. 🙂 vaahakaige nimumaa vrh gaaiyy vefa miothee.. 🙁 noor mi masahkaiyy kuranee thikudhin v haaves bodakah kiyaa hiyyvaane gothakah genesdheegen mi vaahaka nimmaaleveytho.. 🙂 jazakumullah khairan and LY all.. 🙂 <3<3<3

  2. Someone? says:
    November 25, 2018 at 12:04 am

    Ma Sha Allah. Mi part ves varah reeethiii.??
    Yesssss. Falhaa ereee dhw finallyyy. Very curious dhen vaane gothakaa medhu. Camt waaiittt.?
    Update as soon as possible. You are the best Noor sis. Ly?

  3. Xihko?? says:
    November 25, 2018 at 12:19 am

    Maasha allah noor sis varah reethi mi vaahaka…aal n dhaan varah swt dhw mihaaru…good work sis jazaakillah

  4. Anonymous says:
    November 25, 2018 at 12:26 am

    varah reethi?mi vaahakain varah ibrah haasilvehjey?

  5. shaha says:
    November 25, 2018 at 1:05 am

    ❤️❤️❤️???V teething mi bai ves masha Allah ❤️❤️❤️???

  6. maaee says:
    November 25, 2018 at 1:29 am

    Masha Allah varah reethi mi part ves.. bt thankolheh kuruhen heevey when next part?

  7. Ashwa says:
    November 25, 2018 at 6:22 am

    Wow salhi ngey saziyya akah kethehnuvi dhw nubune v v v reethi mulhi story vx adhi v hih hamahehey daily koh up kohdheythy. Hama ehaa dheravey mihaa loabi loabi story eh nimeythy vx dhen kithah part othy nuninmahchey adhi ehaa avahah.

  8. Lotus says:
    November 25, 2018 at 6:54 am

    Omg.. this is shocking.. I never thought that aalaa will b one to reveal the truth…
    U r doin a grt job.. keep it up dear ?

  9. aaff says:
    November 25, 2018 at 7:30 am

    Dhaaniyal ge manma ge family alhe dhakkache igey

  10. Myra says:
    November 25, 2018 at 8:07 am

    Haadha kureyyyyyý

  11. Ibsha says:
    November 25, 2018 at 9:10 am

    Varah salhi

  12. Beryl Stone says:
    November 25, 2018 at 10:27 am

    MSA???VRH VRH REETHI MI PRT VX?????so curious…whn nxt?

  13. Kokee says:
    November 25, 2018 at 10:28 am

    v reethi..maasha allah…alhey…aal haasha loabi vaane ey butterfly dress ga..aww…hehe…sis v molhu ingey…maasha allah…luvs alot sis

  14. R@! says:
    November 25, 2018 at 3:53 pm

    Wow..waiting 4 next

Comments are closed.

Next Episodeދުޢާ 40←


All Right Reserved!