Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާސިލް ވުމަށް އެދި ހިތް ރޮނީ 25

Anjal Level 210 Stories100 Comments100 Login
November 25, 2018 11 Mins Read
19 Comments

އެހެންނަމަވެސް އަޅާނުލާ ގޮސް ސިންކް ކައިރީ ހުއްޓި އަތްދޮވެލުމަށް ފަހު ލޯގަނޑުން ބަލާލިއިރު ހުދުކުލައިގެ ގަމީހަކާ ކަޅު ފަޓްލޫން ލައިފައި ފަހަތުން ފެންނަން ހުރި މީހާފެނި އީން ގެ އަނގަހުޅުވި ދެލޯ ބޮޑުވެ ހުއްޓުން އެރިއެވެ. އެއީ ހީވީ ހީވުމެއް ކަމަށް ހީކޮށް އަވަސް އަވަހަށް ފަހަތް ބަލާލީ ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އެއީ ހުވަފެނެއް ނޫނެވެ. ލައިގެން ހުރި ކޯޓު އެއް އަތް މަތީ އަޅުވާލައިގެން ރުޅިވެރި ނަޒަރަކުން އީން އާ ދިމާލަށް ބަލަން ހުރީ ދެވަނަ މީހެއް ނޫނެވެ.” ޒިން” އީން އަށް މަޑުމަޑުން ޒިން ނަން ކިޔާލެވުނީ ހައިރާންވެ ކަންބޮޑުވެފާ ހުރެއެވެ.އެދެލޮލުން އީން އަށް ފެނުނީ ބުނެދޭންވެސް ނޭނގޭފަދަ ނުރައްކާތެރިކަމެކެވެ.ވިދުވަރެއް ފަދައިން ޒިން އައިސް ހުއްޓުނީ އީން ކުރިމަތީގައެވެ. ބިރުންގޮސް ކުއްލިއަކަށް ފަހަތަށް ޖެހެވުނު އީން ހަޅޭއްލަވަން އަނގަ ހުޅުވާލި ނަމަވެސް އަޑެއް ނުނިކުތެވެ. މުޅި މީހާގެ ހަށިގަނޑު ރޫރޫ އަޅައިގަތީ އޭނާގެ ތުންފަތުގާ ޒިން ޖައްސާލި ކަޅުކުލައިގެ ފިސްތޯލް ފެނުމުންނެވެ.

******

ފާރުގައި ޖެހި ފިތިފައި ހުރި އީން ހާސްވެ މޫނުން ދާތިކިތަށް ވިދަންފެށިއެވެ. އޭނާ ގެ މަރު އައިސް ކުރިމަތިވެ އަޖަލު ހަމަވެ ނިމިދަނީ ބާވައޭ ހިތަށް އަރާ ދެލޮލުން އޮހޮރެންފެށި ކަރުނަ ސާލެއްހެން ކޯތާފަތުން ފައިބަމުން ދިޔައެވެ. އުމުރުގައި މިހާތަނަށް އަސްލު ފިސްތޯލް އެއްް އޭނާ އަށް ފެނިފައި ނުވިނަމަވެސް އޭގެއިން ހަމަލާ ދިނުމުން ވަގުތުން މީހުން މަރުވެގެން ވެއްޓޭ ތަން ފިލްމުތަކުން އީން އަށް ވަނީ ފެނިފައެވެ. އޭނާގެ ނިމުން ވެސް އޮތީ އެގޮތަށް ކަން އީން އަށް ޔަގީން ވަމުން ދިޔައީ ހަމްދަރްދީ އާއި ރަހުމް ގެ ކަންފުޅެއްވެސް ނެތް ޒިން ގެ މޫނު ފެނިފައެވެ.އޭނާ މާރާނުލުމަށް އެދި ޒިން އަށް އާދޭސްކުރަން ހިތްއެދި ގޮވަމުން ދިޔަނަމަވެސް އީން ގެ ދުލުން އެންމެ ލަފްޒެއްވެސް ބޭރު ނުކުރެވުނެވެ. އަނގަމަތީ ޖައްސާފައި ހުރި ފިސްތޯލުގެ ފިނިކަން އިހްސާސް ވެ ތުންފަތް ވެސް ރޫރޫ އަޅަމުން ދިޔައެވެ. ދާތިކިތަކާ އެކުވެ ހުއްޓުމެއްނެތި ފައިބަމުން ދިޔަ އީން ގެ ކަރުނަތަކަށް ޒިން ފުން ނަޒަރަކުން ބަލާލިއެވެ. އޭއާއެކު އިހުނަށް ވުރެ އީން އާ ގާތަށް ޖެހިލަމުން ގުދުވެލާފައި ބޯ އަރިކޮށްލަމުން ހިފައިގެން ހުރި ފިސްތޯލް މަޑުމަޑުން އީން ގެ ކޯތާފަތުގާ ޖައްސާ ކަރުނަ ފޮހެލިއެވެ. “އަހަނ..ތި ކަރުނައިން މެލްޓް ވާ ވަރަށް ވުރެ މި ހިތް މިހާރު މާ ހަރުވެއްޖެ…ކީއްވެ ތިހާ ބިރުން ތި އުޅެނީ…ނޫޅެން މަރާލާކަށް..އުހްމް..ނޮޓް ސޯ އީޒިލީ..އަހަރެން ގެ ކޮއްކޮ ގެ ހިތުގަ އެޅި ވޭން  އީން އާ އީން ގެ ލޯބިވެރިޔާ ހިތުގަ އަޅުވާނަން….އައި ވިލް ނޮޓް ކިލް ޔޫ..ބަޓް އައި ވިލް މޭކް ޔޫ ބޯތް ސަފަރ ޓިލް ޔޫ ސުއިސައިޑް..ޖަސްޓް ލައިކް މައި ޑިޑް..” ރުޅިވެރިކަމާއެކު ލަފްޒް ތަކަށް ބާރުލަމުން ޒިން ދެމުން ދިޔަ އިންޒާރުތަކުން އީން ގެ ހިތް މާޔޫސްވެ  ވިސްނެމުން ދިޔަ ހުރހާކަމެއް މަޑުޖެހި ސިކުނޑީގެ ހިނގުންވެސް އެވަގުތަށް ހުއްޓުނު ފަދައެވެ. ހަމަ އެ ސިކުންތުކޮޅުތެރޭ ޒިން އޭނާގެ އަނގަމަތީ ފޮތިކޮޅަކާއެކު އަތް އަޅާ ބާރުކުރިއެވެ. އެއާއެކު ބޮލަށް އައްސިވެ ދެލޯ ބަރުވެ ކަރުނައިން ފުރިގެންވީ އެދެލޯ އެއްވެސް އިޚްތިޔާރަކާ ނުލާ މެރުނެވެ.

***************

“ވަޓް ދަ ހެލް..ކީއްވެ؟ ކިހިނެތް؟؟ ގެއްލެންވީ ކީއްވެ؟؟ މި ސިޓުއޭޝަން ގެ ކްރިޓިކަލް ކަން އެނގިހުރެ އެކަނި ފޮނުވީ ކީއްވެ؟ހައު ކުޑް ޔޫ ބީ ސޯ ޑޭމް ކެއާރ ލެސް!!! އީން އަށް އެއްވެސް ކަމެއް ވެއްޖެ ނަމަ އައި ސްވެއަރ އެންމެ ފުރަތަމަވެސް އައި ވިލް ކިލް ޔޫ!! އީތަން އަށް އޭނާ ކަންފަތުގާ ޖައްސައިގެން ހުރި ފޯން ދުރަށް ޖައްސާލަން މަޖްބޫރުވީ އަނެއްކޮޅުން ވާހަކަ ދެއްކި އަލްޔާން ގެ އަޑު ހަރު ކަމުންނެވެ. ރުޅިއައިސް ރަތްވެގެން ހުރެ އިންޒާރު ދެމުން ދިޔައިރު އީތަން އަށް ހިވީ އަލްޔާން ފޯން ތެރެއިން ނިކުމެގެން އައިސް އޭނާގެ ކަރުގައި ހިފައިގެންފާނެހެންނެވެ. އީތަން ގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ފޯން ކަނޑާލަމުން އަލްޔާން ގުޅީ އިމްރާން އަށެވެ. ވެގެން އުޅޭ ގޮތް ކިޔައި ދިނުމާއެކު އޭނާގެ ޓީމާއެކު ވީހާވެސް އަވަހަކަށް ސިންގަޕޫރަށް ދާނެ ކަމަށް އިމްރާން ބުންޏެވެ.އޭގެ ކުރިން އެމީހުން ސިންގަޕޫރުން ހަޔާ ކުރި ޕްރައިވެޓް ޑިޓެކްޓިވް އާ ގުޅާ އީން ގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ބަލާނެ ކަމަށް ވެސް ބުންޏެވެ. އަދި އެމީހުން އައުމުގެ ކުރީން  ޒިން ގެ ކޯލެއް އަޔަސް އޭނާގެ އެއްވެސް ޑިމާންޑަކަށް ރިއެކްޓް ނުކުރުމަށް ވެސް އަލްޔާން އަށް އިރުޝާދު ދިނެވެ.ފޯން ކަނޑާލަމުން ނަގާ އަތުގެ ކޮޅަށް އެއްލާލެވުނީ އައިސްފާ ހުރި ރުޅީގެ ސަބަބުންނެވެ.އަލްޔާން ގެ މޭގާ ހީވީ މީހަކު އަލިފާން ގަނޑެއް ރޯކޮށްލައިގެން އުޅެނީ ހެންނެވެ. ކުރިމަތީގައި ހުރި ސޯފާ ޓޭބަލް ގައި ފައިން ޖަހާ ވައްޓާލަމުން ގޮސް ވަރުގަދަ ދެތިން އެތިފަހަރު ސޯފާއަށް ވެސް އަޅާލިއެވެ. އެއަށް ފަހު ވޭނީ ހަޅޭކެއް ލަވަމުން އެނދުގައި ހުރި ބާލީސްތަކާއެކު ބެޑްޝީޓް ވެސް ނަގާ ހޫރާލިއެވެ.

“ސަރ ޕްލީޒް..” އެއަޑަށް ދުވެފައި އައިސް ކޮޓަރި ތެރެއަށް ވަން އަލްޔާން ގެ ބޮޑީގާޑް އޭނާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. ވަގުތު އަނބުރާ ގެނެސް ހުއްޓުވަން އަލްޔާން ގެ ހިތް ތަކުރާރުކޮށް އެދެމުން ދިޔައެވެ.މީގެ އިރުތަކެއް ކުރިން އޭނާގެ ފުރާނަފަދަ ލޯބިވާ އީން ހުރީ އޭނާގެ ދެއަތުގެ ތެރޭގައި މިތަނުގައެވެ. އޭނާގެ ކައިރީގައެވެ. އެހެނަސް މިހާރު ވީ ތަނެއް ވީހާލެއްވެސް ނޭގެއެވެ. އީން އަށް ގެއްލުމެއްވިޔަ ނުދިނުމަށް އަލްޔަން ކުރިހާ މަސައްކަތް، ރޭވިހާ ރޭވުންތަށް ފަނުފުލުން ދިޔުމުން  އޭނާ ހިތުގާ ޖެހި ރުޅިގަދަވިއެވެ. އީން އާ ދޭތެރޭ ޒިން ކޮށްފާނެ ކަމަކާ މެދު ބިރުހީވި ހިނދު އަލްޔާން ގެ މުޅި ގައިން ހީބިހިނެގިއެވެ.އިސްތަށިގަނޑު ތެރެއަށް އަތް މަހާލަމުން މަޑުމަޑުން އެނދުކައިރީ އިށީދެވުނީ އޭނާގެ ލޯބިވާ އީން ގެ ސަލާމަތަށް އެދި ހިތާހިތާ ދުއާ ކުރާ ހާލުގައެވެ.

********

ޒިން ރެންޓް ކުރި އެޕާރޓްމެންޓް ގެ ތަނަވަސް ކޮޓަރީގެ އެނދުމަތީގައި އޮތް އީން އަށް ވަނީ ފުން ނިންޖަކުން ނިދިފައެވެ. އެނދުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިން ޒިން ގެ ނަޒަރު ހުއްޓިފައި ހުރީ އީން ގެ މޫނާ ދިމާލަށެވެ. އިރު ކޮޅަކު އެހެން ހުރުމަށް ފަހު އަތުގައި އޮތް ފިސްތޯލް ނަގާ އެނދުގެ ސައިޑް ޓެބަލް މަތީ ބާއްވާފައި ގޮސް ލައިގެން ހުރި ގަމީސް ބޭލުމަށް ފަހު އަލަމާރިން ޓީޝާރޓެއް ނަގާ ގަޔަށް މަހާލިއެވެ.އަތުކުރީގައި އޮތް އަގުބޮޑު ރޮލެކްސް ގަޑިއަށް ބަލާލަމުން އަނެއްކާ ވެސް ޒިން ގޮސް އިށީނެވެ. އީން ހޭނެއްތުމަށް އޭނާ ބޭނުން ކުރި އައިސޯފްލޮރެން ގެ އަސަރު ކެނޑި ހޭލެވޭހާ ވަގުތު މިހާރު ވެއްޖެއެވެ. އެހެނަސް ހޭލެވުމުގެ އެއްވެސް އަސަރެއް ނެތުމުން ޒިން  އީން އާ ކައިރިއަށް ޖެހިލަމުން އޭނާގެ އިނގިލީގެ ނުފުށުން އީން ގެ ކޯތާފަތުގައި ބީހިލިއެވެ.އެއާއެކު ޒިން ގެ ހިތް ނޭނގޭ ބާރު މިނެއްގާ ތެޅެން ފެށިއެވެ. އެ ހަމަހިމޭން މާހައުލުން އޭނާގެ ހިތުގެ ތެޅުން އަމިއްލައަށް ވެސް އަޑު އިވެމުން ދިޔަކަހަލައެވެ. އީން ގެ އޮމާން ހަންގަނޑުގާ ބީހިލެވުމާއެކު ޒިން ގެ މުޅިގައިން ހީބިހި ނަގައި ހަތަރެސްފައި ފިނިވިއެވެ. އެސްފިޔަވެސް ޖަހާނުލާ އެ ރީތި މޫނަށް ބަލަން ހުރެވުނީ ބޭ އިޚްތިޔާރުގައެވެ. އޭނާގެ ހިތަށް މި ސޫރަ އެހާ ހާއްސަވީ ކީއްވެގެން ބާވައޭ ޒިން ގެ ހިތަށް އެރިއެވެ. ހަރުކޮށްގެން ހުރި އޭނާގެ ހިތް އިޚްތިޔާރުން ބޭރުވެދާނެހެން ހީވުމާއެކު ޒިން ކުއްލިއަކަށް ތެދުވެގެން ގޮސް ކުޑަދޮރުކައިރީ ހުއްޓުނެވެ. އޭނާގެ މޭގާ އަތުން ދެތިންފަހަރަކު ޖަހާލީ ހަމަޖެހިލާށޭ ބުނާ ފަދަ ގޮތަކަށެވެ.ފިސްތޯލް ދިއްކުރުމުން އީން އަށް ވީ ގޮތް ފެނުމުން ހަގީގަތުގައިވެސް ޒިން ގެ ހިތުގެ އެންމެ ހިމަ ނާރަށް ވެސް އަސަރު ކުރިއެވެ. އެހެނަސް އީން ބިރުގަންނަވަން ބޭނުންވެފާ ހުރުމުން އޭނާގެ އިހްސާސްތަށް ކޮންޓްރޯލް ކުރީއެވެ. ފިސްތޯލް އިން ބިރުދެއްކިޔަސް ޖިސްމާނީ ގޮތުން އީން އަށް ނުވަތަ އަލްޔާން އަށް ވެސް އެއްވެސް އަނިޔާ އެއް ކުރަން ޒިން ބޭނުމެއް ނުވެއެވެ. އޭނާގެ ރޭވުން ހުރީ އެދެމީހުން ހިތުގާ ޖައްސާ ދެރަކުރުމަށެވެ. އެކަކު އަނެކަކު ދެކެ ކިތަންމެ ލޯބިވީ ނަމަވެސް އަލްޔާން އަށް އީން ހާސިލް ވިޔަ ނުދިނުމަށެވެ. އެ ޕްލޭން ގެ ދަށުން އީން އެގެއަށް ގެނައުމަށް ފަހު އަންހެން މެއިޑް އެއް ލައްވާ އީން ގެ ހެދުން ބަދަލް ކުރުވާ ޝޯލް ވެސް ބަދަލް ކުރުވުމަށް ފަހު ޒިން ވެސް އޭނާ ލައިގެން ހުރި ހެދުން ބަދަލް ކޮށްގެން ހުރީ އީން އަށް އޭނަގެ އިއްފަތްތެރިކަން ނަގާލެވިފާ ވާކަން ޔަގީން ކޮށް ދެރަ ކުރުމުގެ ގޮތުންނެވެ.

*************

“އަމް ރިއަލީ ސޮރީ ބްރޯ..ހިތަކަށް ވެސް ނާރާ މިހެން ވެދާނެޔޭ..ފޮގިވް މީ ޕްލީޒް” އަލްކާ ފުރުވާލުމަށް ފަހު އަމިއްލަ ފުރުން ކެންސަލްކޮށް އެނބުރި އައި އީތަން އިސްދަށަށް ޖަހައިގެން އަލްޔާން ކުރިމަތީގައި ހުއްޓި ހުރީ ކުއްވެރިއެއް ފަދައިންނެވެ.އަލްޔާން އެއްޗެކޭ ނުބުނެ އިރުކޮޅަކު ހުރުމަށް ފަހު ތެދުވެ އީތަން ގައިގައި ބައްދާލިއެވެ. އޭނާގެ ހިތުގެ ހާލު ދުލުން ބަޔާން ކުރެވޭ ވަރަށް ވުރެ މާ ދެރައެވެ. ފެން ނުލިބިގެން މަސް ތެޅޭ ފަދައިން އީން ގެއްލުނު ވާހަކަ އަޑު އިވުނީއްސުރެ އަލްޔާން ގެ ހިތް ދިޔައީ ތެޅިފޮޅެމުންނެވެ. އެންމެ ސިކުންތަކަށް ވެސް އެހިތް މަޑުނުވެއެވެ.ފުންނޭވާ އެއް ދޫކުރަމުން އީތަން ވެސް އަލްޔާން ގެ ބުރަކަށިގައި ފިރުމާލީ އަލްޔާން އަށް ކޮށްފައި ހުރި އަސަރު ވިސްނޭތީއެވެ.” ޑޯންޓް ވޮރީ..ވީ ވިލް ފައިންޑް ހާ..ކޮންމެ ތާކު އެ ޒިން ފިލާ ހުއްޓަސް ނެރެހޯދާނަން..”

*************

އެރޭގެ ދަންވަރު ބާރަޖަހާ ބޮޑުވިއރުވެސް އަލްޔާން އަކަށް ނުނިދެއެވެ. އިމްރާން މެންނަށް ވެސް އާދެވޭނީ ހެނދުނުގެ ފްލައިޓުން ކަމުން ހެދޭނެ އިތުރު ގޮތެއް ނެތި އޭނާގެ ދެއަށް ވީ ބަނދެވިފައެވެ. ކަމުގެ ހަގީގަތް އެގޭތީ އާއި ތިބެވުނީ ރާއްޖޭން ބޭރުގައި ކަމުން ކުރެވޭނެ މާ ބޮޑުކަމެއް ނެތި އަލްޔާން އަށް ހުރެވުނީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޒިން ގެ ކޯލެއްް ވެސް ނާންނާތީ އަނެއްކާ އޭނާ އީން މަރާލީ ބާވައޭ ހިތަށް އަރާ ކޮންމެ ފަހަރަކު އަލްޔާން ގެ ހިތް ފަޅާއިގެން ދެއެވެ. ޑިޓެކްޓިވް ގެ މަސައްކަތުން އެނގުނު ގޮތުގާ ޒިން ގެ ބައިވެރިއެއްކަމަށް ވާ ރިޝްވާން މެދުވެރިވެގެން އަލްޔާން މެން ތިބި ހިސާބާއި ތިން ވަރަކަށް ކިލޯ މީޓަރު ދުރުން ކަލާންގް އޭ ކިޔާ ހިސާބަކުން އެޕާރޓްމެންޓް އެއް ކުއަޔަށް ހިފިކަމަށް މައުލޫމާތު ލިބުނެވެ. އެހެނަސް އެއީ ސީދާ ކޮންތަނެއްކަމެއް ނޭނގޭތީ އީން ވީ ކޮންތާކު ކަން އަލްޔާން އަށް މެންނަށް ސާފުވާ ގޮތެއް ނުވެއެވެ. “ހިނގާ..ނުނިދޭނެ އަހަންނަކަށް..ނުހުރެވޭނެ މިހެން..ތެދުވޭ ހިނގާ!!” އަލްޔާން ތެދުވެ ލައިގެން ހުރި ހުދު ކުލައިގެ ތުނި ޓީޝާރޓް ގެ ބޭރުން ޑެނިމް ޖެކެޓް ލިއެވެ.”ކޮންތާކަށް ..ކަމޯން މިއޮތް ދަންވަރުތަ؟ މަޑުކޮށްބަލަ ހެނދުނުވަންދެން..އިއްމަ ވެސް ބުންޏެއްނު މަޑުކުރާށޭ!!” އީތަންް ގޮސް އަލްޔާން އަށް ވިސްނާދެވޭތޯ މަސައްކަތް ކުރަން ފެށިއެވެ. އެހެނަސް އޭނާގެ ވާހަކަ އިން އަލްޔާން އަށް މާބޮޑު އަސަރެއް ނުކުރިއެވެ. “ހެވޭ.. އީން ހުރި ހާލެއްވެސް ނޭނގޭ އިރު މަށަކަށް އަނގަ ނަގައިގެން މިތާ ނުހުރެވޭނެ..މަ ހޯދާނަން ..ކޮންމެ ތަނަކުން ވިޔަސް ހޯދާނަން…އެހިސާބު ބަލާލަން ހިނގާބަލަ..ފަހަރެއްގަ ފެނިދާނެ އެއްނު..” އަލްޔާން ހުރީ ރުންކުރުވެ ރުޅިގަދަވެފައެވެ. “ބަލަ މީކީ މާލެއެއް ނޫނޭ ތިހާ ފަސޭހައިން ހުރިހާތަނެއް ހޯދަން..ކަލޭ ހަމަޖެހިބަލަ..އަނގަ ނަގައިގެން ގޭގަ ނުހުރެ އަނގަނަގައިގެން މަގުމަތީގަ ދުވީމަ އީން ފެންނާނެތަ..މަށަށް ޔަގީން އޭނަ ނުހުންނާނެ ފަސޭހައިން އަތުޖެހޭ ހިސާބެއްގަ..” އީތަން ގޮސް އޭނާގެ ކޮނޑުމަތީ އަތް އަޅާލުމުން ފޮޅުވާލުމަށްފަހު އަލްޔާން ދެލޯ އަޅާލިއެވެ.”ބަލ**އެއްނު..މަށަށް ވެސް އިނގޭ މީ މާލެ ނޫން ކަން..ކަލޭ ދަންޏާ އާދޭ..ނޫނީ ހުރޭ..މަމިދަނީ..” ރުޅިއައިސް ބާރުބާރަށް ހިނގާފައި އަލްޔާން ބޭރަށް ނިކުމެ ޑްރައިވަރ އަތުން ތަޅުދަނޑި ޖަހައިގަނެގެން ގޮސް ކާރަށް އެރިއެވެ. އޭނާގެ ފަހަތުން ދުވެފައި ދިޔަ ދެ ބޮޑީގާޑުންނާ އެކު އީތަން ވެސް ދުވެފައި ކަހަލަ ގޮތަކަށް ނިކުމެ ކާރަށް އެރިއެވެ. ޗުއްޓީ ތަކުގައި މީގެ ކުރީންވެސް އައިސް އޭނާގެ ބައްޕަ ގަނެފައި ހުންނަ އެ އެޕާރޓްމެންޓްގައި އުޅެފައި ހުރުމުން އެހިސާބުގައި ކާރު ދުއްވަން އަލްޔާން ފަރިތައެވެ.އެއްއަތުން ހުންގާނުގާ ހިފައިގެން އަނެއް އަތް އިސްތަށިގަނޑު ތެރެއަށް މަހާލައިގެން ހުރެ އާދައިގެ ސްޕީޑެއްގާ ކާރު ދުއްވަމުން ދިޔައިރު އަލްޔާން ހުރީ އެކި ދިމާލަށް ނަޒަރު ހިނގާލަ ހިނގާލައެވެ.ހިމޭންކަން ވެރިވެފާ ވީ ކާރު ތެރޭގައި އެއްޗެކޭ ނުބުނެ ހުރެ އީތަން އަލްޔާން ގެ މޫނަށް ބަލަމުން ދިޔައެވެ. އެ މޫނުގައި ވީ މަޔޫސްކަމާއެކު އަލްޔާން ދެން މިރޭ ގެއަށް ނުވަންނާނެ ކަމަށް އޭނާގެ ހިތް ބުނަމުން ދިޔައެވެ.

***************

އީން އޭނާގެ ބަރުވެފައިވީ އެސްފިޔަތަށްތަކަށް ބާރުލަމުން ލޯ ހުޅުވޭތޯ މަސައްކަތް ކުރިއެވެ.މަޑު ރިހުމެއް ބޮލުގާ ހުރުމާއެކު ދެއަތުން ބޮލުގާ ހިފަމުން ލޯ ހުޅުވާލިއެވެ. އޮރެންޖް ކުލައިގެ ހިތްގައިމު އަލިކަމެއް ވެރިވެފާ ވީ އެކޮޓަރި ތެރެއަށް ނަޒަރު ހިންގާ ލެވުމާއެކު އީން ކުއްލިއަކަށް ތެދުވެ އެނދުމަތީގައި އިށީނެވެ. ދެލޯ ބޮޑުކުރަމުން ވަށައިގެން ހޯދާލީ އެއީ ކޮންތަނެއްކަން ނޭގުމުންނެވެ. ކައިރީގައި ހުރި ސައިޑް ޓެބަލް މަތީ އޮތް ފިސްތޯލް ފެނުމާއެކު އެއާޕޯރޓްގައި ހިނގި ހާދިސާ ލޯކުރިމަތީން ސިފަވިއެވެ. އެއާއެކު ގަތްބިރުން ގަޔަށް އެރި އިތުރު ބާރަކާއެކު ފުއްމައިގެން ގޮސް އެނދުގެ ކަނުގާ އިށީނދެ ދެފައި ގަޔާ ކައިރި ކުރަމުން އަތުން ވަށާލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފާ ހުރީ ފިސްތޯލާ ދިމާލަށެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވާލާފައި ވަން ޒިން އަށް އެމަންޒަރު ފެނުމުން އެއްމިޔަކަނުން ހީލެވުނެވެ. ފިސްތޯލް ފެނުމުން އީން ބިރު ގަންނަވަރު ފެނި ޒިން ގެ ހިތްހަމަޖެހުނެވެ. “އޯ ބޭބްސް..ޔޫއާރ އެވޭކް؟؟..ހްމްމް..އައި ފީލް ސޯ ގުޑް..އިޓް ވޯޒް ފަން” ޒިން ގޮސް ބޯ ދޮށަށް ދެއަތް ލަމުން ފަރުވާކުޑަގޮތަކަށް އެނދުމައްޗައް ވެއްޓިގަތެވެ. ޒިން ގެ އެ މިޒާޖުން އީން ހައިރާންވިއެވެ. އެއާޕޯރޓުން ދިމާވިއިރު އެހާ ރުޅިގަދަވެފާ ހުރެފާ މިހާރު މާ ކޫލް ވެގެން މި އުޅެނީ ކީއްވެބާއޭ ހިތަށް އެރިއެވެ. އިޓް ވޯޒް ފަން އޭ ބުނެ ޒިން ދެއްކީ ސީދާ ކޮންވާހަކަ އެއް ކަމެއްނޭނގުނު ނަމަަވެސް އީން ހިތްހަމަ ނުޖެހިފައިހުރެ ބުމަގޮށްޖަހާލަމުން އެނދުމައްޗައް ކޮޅަށް ތެދުވެ ހިނގާފައި ގޮސް އަނެއްކޮޅުން ބިމަށް ފޭބިއެވެ. ޒިން އޮތް އެނދެއްގާ ހުންނާކަށް އީން ބޭނުމެއް ނުވިއެވެ. ރުޅިއައިސް މޫނު ހަދާލި އީން ގެ މޫނު ގެ ކުލަވަރު ބަދަލް ވީ ކުރިމަތީ ހުރި ވާރޑްރޯބް ގެ ލޯގަނޑުން އޭނާގެ ސޫރަ ފެނުމުންނެވެ. ޕީޗްކުލައިގެ ގަޔަށް ދޫ ކޮޓްން  ކުރުތާއަކާ ހަރުވާޅެއްލާފައި ހުރިއިރު އޭނާގެ ބޮލުގައި އޮޅާފައި ހުރީ މަޑު ދަނބުކުލައިގެ ސްކާފެކެވެ.ހައިރާންކަމާއެކު އީން ލޯގަނޑަށް ބަލަމުން ދިޔައީ އޭނާ އެންމެ ފަހުން ފުރަން ދިޔައިރު ލައިގެން ހުރި ހެދުން ހަނދާން ކުރަމުންނެވެ. އެއީ ހަމަ ގައިމުވެސް އޭނާ ލައިގެން ހުރި ހެދުމެއް ނޫނެވެ. ވީއިރު އެ ހެދުން ބަދަލް ކުރުވީ ކާކު ހެއްޔެވެ. އީން މަޑުމަޑުން އެނދުގާ އޮތް ޒިން ގެ މޫނަށް ބަލާލިއެވެ. ފޯނަށް ބަލަހައްޓައިގެން އޮވެފައި ގަސްތުގައި ޒިން ނުލަފާ ގޮތަކަށް ހީލިއެވެ.” އަ..ހަރެ…ންގެ ހެދުން..” ހައިރާންވެ ހުރެ އަޅައަޅައިގެންފާ އީން އަށް ބުނެވުނީ ހަމަ އެކަނި އެހާ ހިސާބަށެވެ.” އޯހް ޑޯންޓް ވޮރީ..ޑްރައި ކްލީނިންގް އަށް ދީފަވީ ..ގެންނާނެ އިރު ކޮޅަކުން..” ޒިން ދެތުވެގެން އައިސް ކުރިމަތީ ހުއްޓުމުން ދެލޯ ބޮޑުކޮށްގެން ހުރެ އެސްފިޔަވެސް ޖަހާނުލާ އީން ދިޔައީ ޒިން ގެ މޫނަށް ބަލަމުންނެވެ.

***********

“ސްޓޮޕް އަލްޔާން!! އީތަން ލަވައިގަތް ހަޅޭކާއެކު ލިބުނު ކުއްލި ސިހުމުގާ އަލްޔާން އަށް ބާރަށް ބުރަކި ހިފާލެވުމުން ކާރު ކުއްލިއަކަށް މަޑުވިއެވެ. އީތަން ވަގުތުން ކާރުން ނިކުމެ ދުއްވައިގަތީ މަގުގެ އޭނަޔާ ވީ ފަޅީގައި ހުރި އޮޕެން އެއާ ކޮފީ ޝޮޕާ ދިމާލަށެވެ. ވީނުވީ ނޭނގުނު އަލްޔާން ވެސް ބަލާކަށް ނުހުރެ ކާރުން ފައިބާ ދުއްވައިގަތް އިރު އެނާގެ ފަހަތުން ބޮޑީގާޑުންވެސް ދުއްވާގަތެވެ. އީތަން ހަޅޭއްލެވީ އޭނައަށް އެއްލިކަޅީން އެކޮފީ ޝޮޕް ގާ ހުރި ރިޝްވާން ފެނުމުންނެވެ.އެދިޔަ ބާރު މިނުގާ ގޮސް އީތަން އޭނަގެ ބުރަކަށީގައި އަތް އަޅާ ކޮއްޕާ ބިންމައްޗައް ވައްޓާލިއެވެ.”ޔޫ ބާސޓ**ރޑ ކޮބާ އީން!!ހަމަ މިހާރު ބުނޭ ނޫނީ ކަލޭގެ ދުވަސް ދުއްވާލާނަން ހަމަ މިތާ..” ފަހަތުން އައިސް އަލްޔާން ރިޝްވާން ގެ ކަރުގައި އަތް އަޅުވާ ބާރުކޮށްލިއެވެ.”ބުނޭ..ކޮންތާކު އީން ވީ” ރިޝްވާން ގެ މޭމަތީގައި ކަކޫ ވިއްދައިގެން ހުރެ ތަކުރާރުކޮށް އަލްޔާން އެ ސުވާލު ކުރަމުން ދިޔައިރު ރުޅިއައިސް ދެލޯ އަޅާފައި ހުރި އަލްޔާން ގެ އަތް ނެއްޓުވޭތޯ ރިޝްވާން ކުރަމުން ދިޔަ މަސައްކަތް ވީ ބޭކާރެވެ. އެއަށް ވުރެ އަލްޔާން މާ ބާރުގަދައެވެ. އަޑުގަދަވުމުން އެތަަނަށް މީހުން އެއްވާން ފެށުމާއެކު އަލްޔާން ރިޝްވާން ގެ ޓީޝާރޓް ކަރުގައި ހިފައިގެން ދަމާފައި ގޮސް ކާރުގެ ފަހަތު ސީޓަށް އެރުވިއެވެ. މިފަހަރު ކާރު ދުއްވީ ބޮޑީގާޑުން ކުރެ އެކަކެވެ. ރިޝްވާން އަތް ފޮޅުވާލަމުން އީތަން އަށް ހަމާލާ ދޭން އުޅުމުން ކާރުގެ ޑިކީ އިން ނެގި ކޭބަލް ޓައި އަކުން ނިކަން ފަރިތަ ކަމާއެކު ދެން ހުރި ބޮޑީގާޑް އޭނާ ގެ ދެއަތް ހައްޔަރު ކުރިއެވެ. އެއާއެކު އަލްޔާން ގެ އަތުގެ ހޫނު އެތިފަހަރެއް އަނެއްކާވެސް ރިޝްވާން ގެ މޫނަށް އެރިއެވެ. “ޔޫ ވިލް ހޭވް ޓު ޕޭ ފޯ ދިސް އަލްޔާން..” އެހާ ވަރުން ވެސް ރިޝްވާން ބެލީ ގަދަ ކުރެވޭތޯއެވެ. ” އާން… އަހަރުން ކަލެއަށް ރަނގަޅަށް ޕޭއި ކުރާނަން..އެކަމަކު ފުރަތަމަ އީން ހޯދާފަ..” އީތަން ރުޅިވެރިކަމާއެކު ބުނެލިއެވެ.

**************

ޒިން ބަލަމުން ދިޔަ ގޮތުން އީން ބިރުގަތެެ. އޭނާ ބުނަން އުޅުނީ ކީކޭ ކަން އީން އަށް ފަހުމް ވާހެން ހީވެ މޭ ތެޅިލިއެވެ. ” އީން ގެ ހެދުން ޗޭންޖް ކުރީ އަހަރެން…ގަބޫލެއް ނުކުރާނަން ތަ؟ އިންނާނެ ހަނދާނަކަށް ވީޑިއޯ ވެސް ކޮއްފަ.. ބޭނުން ތަ ބަލަން؟” އަތުގާ އޮތް ފޯން ދައްކާލަމުން ނުލަފާ ގޮތަކަށް ޒިން ބުނި އެ ޖުމްލައިން އީން އަށް ހީވީ އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. “ސޮރީ އީން ..ނޭކެޑް ކޮށް ފެނުމުން އަހަންނަށް ފީލިންގްސް ކޮންޓްރޯލް ނުވީ..އައި…” އެހާހިސާބަށް ބުނުމަށްފަހު ޒިން ދެކޮނޑު އަރުވާލަމުން އެއްލޯ މަރާލިއެވެ. އީން ގެ ދެލޯ އިހުނަށް ވުރެ ބޮޑުވެ މޭ ގަނޑު އަނގަޔަށް އައިހެން ހީވިއެވެ.  “އައި ވަޓް!!” ފަހަތަށް ޖެހެމުން އަޑުގެ ކޮޅަށް ހަޅެއްލަވާގަތް އިރު އީން އަށް ދެއަތުން މޭގާ އަތް އަޅާލެވުނެވެ. “ހެހެހެ..ވަރަށް ޝައި ވޭ ބުނަން ވީމަ..އިންނާނެ ހަނދާނަކަށް ރެކޯޑް ކޮށްފަ..ބޭނުންތަ ބަލާލަން” ނުލަފާ ޒާތަކަށް ހީލަމުން އަނެއްކާވެސް ޒިން ބުނެލިއެވެ. އޭނާގެ މަގްސަދަކަށް ވީ އީން ރުޅިއަރުވާ ދެރަކުރުވުމެވެ. އަދި އަމިއްލަ ނަފްސަށް އޮތް އިތުބާރުވެސް ކަނޑުވާލުމެވެ. ޒިން ގެ އެ މަގްސަދު ކިތަންމެ ރަނަގަޅަކަށް ވެސް ހާސިލް ވިއެވެ. އީން ގެ މުޅި މޫނު ރަތްވެ ޖަންބު ކުލައެރި އިރު ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ އޮހިގަތެވެ. ދެއަތުން އަނގަމަތީ އަތް އަޅާގެން ހުރެ ފަހަތަށް ޖެހެމުން ދިޔައިރު ނޫނެކޭ ބުނެ ދެއަތަށް ބޯ ހޫރަމުން ދިޔައެވެ. ފަހަތަށް ދިޔަ އީން ގޮސް ފާރުގާ ޖެހި ހުއްޓެވުމާއެކު އަޑުގެ ނެތްތަނަށް ބާރުބާރަށް ގިސްލާފައި ރޯން ފެށިއެވެ. އަންހެން ކުއްޖެއްގެ އެންމެ އަގުބޮޑު ޖަވާހިރަކީ އޭނާގެ އިއްފަތްތެރިކަން ކަމަށް ވީ އިރު މި ނުލަފާ ފިރިހެނާ އޭނާގެ އިއްފަތްތެރިކަން ފޭރިގެންފިއެވެ. ދެން އަލްޔާން އަށް އޭނާ ދައްކާނީ ކޮންމޫނެއް ހެއްޔެވެ.އެވީޑިއޯ ތަކުގެ ބޭނުން ހިފާ އޭނާ މުޅި ދުނިޔެއަށްް ބޭޒާރު ކުރާކަށް ޒިން ފަހެއް ނުޖެހޭނެއެވެ. އޭރުން މަންމަ އާއި ބައްޕަ އަށް ވާނީ ކިހިނެތް ހެއްޔެވެ. އޭނާގެ މުޅި ދިރިއުޅުން ހަލާކުވީއެވެ. ރޮވެމުން ދިޔައިރު އީން ގެ ސިކުނޑި އެކިކޮޅުކޮޅަށް އެނބުރެމުން ދިޔައެވެ. މަންޒަރު ބަލަން ދުރުގާ ހުރި ޒިން އައިސް އީން އާ ކައިރިވެ އޭނާގެ ކަރުނަ ފޮހެދޭން އަތް ދިއްކޮށްލިއެވެ. ” ޑޯންޓް ޓަޗް މީ ޔޫ ބްލަޑީ މޮންސްޓާރ…ގޯ އަވޭ..” ދެއަތަށް ލެވުނުހާ ބާރެއްލަމުން ޒިންގެ މޭގާ ދެއަށް އަޅާ ކޮށްޕާލުމުން އެފަދަ ހަމަލާއަކަށް ނުވިސްނާ ހުރި ޒިން ފަހަތަށް ޖެހި ކައިރީގާ ހުރި ސޯފާ މައްޗައް ވެއްޓުނެވެ. އެއާއެކު ހެމުން ޒިން ސޯފާގާ ހަމަޖެހިގެން އޮށޯވެލިއެވެ.”ކަމޯން..ޑޯންޓް ކްރައި ބޭބީ..އިޓްސް ނޯ ބިގް ޑީލް..އަހަރެން ނުބުނާނަމޭ އަލްޔާން ކައިރީ..އިޓް ވިލް ބީ އަވާ ލިޓްލް ސީކްރެޓް” އެހުނުމުގެ އަޑު އިވި ރުޅިގަދަވެ ހިތުގާޖެހި އީން ހަށިގަނޑު ތުރުތުރު އަޅަންފެށިއެވެ. ” ވައި ޑިޑް ޔޫ ޑޫ ދިސް ޓު މީ..؟؟ ވައި؟؟..އަހަރެންގެ ކުށަކީ ކޮބާ…ޔޫ އާރ އިންސޭން…ކަލޭގެ ކޮއްކޮ އަކީ ވެސް މޮޔައެއް ކަލޭ ތީ ވެސް މޮޔައެއް…އަހަރެންގެ ގަޔަށް ބޮލަށް އެރީމަ މިހާރު ކަލޭގެ ކޮއްކޮ އަނބުރާ ދުނިޔެއަށް އައިއްސިތަ؟؟” އީން ރުޅިއައިސް ހަޅެއްލަވަމުން އަތުޖެހުނުހާ އެއްޗެއް ޒިން އާ ދިމާލަށް އުކަން ފެށިއެވެ. އެނދުގަ ހުރި ބާލީސްތަކާ ޓެބަލް މަތީ ހުރި ވާސް އަދި ކޮޓަރި ޒީނަތްތެރި ކުރުމަށް ބެހެއްޓިފައި ހުރި އެންޓިކްސް ތަކާއި  ސައިޑް ލޭމްޕް ވެސް ނަގާ އުކަމުން ދިޔައެވެ.

“އަހަރެން ގެ ކޮއްކޮހެން އީން ވެސް މޮޔަކޮށްލާނަން..ހުރިހާ ސައިޓް ތަކަށް މި ވީޑިއޯތަށް އަޕް ކޮށް ކުޑައިރުކޮޅެއްގެ ތެރޭ ރަންޑިއެއް ގެ ގޮތުގަ މަޝްހޫރު ކޮށްލާނަން…އޭރުން އިންނާތި މޮޔަވެފަ އަހަރެން ކޮއްކޮހެން…އޭރުން އަލްޔާން ވަލީދުވެސް މޮޔަވާނެ.. ތި ދެމީހުންގެ ދިރިއުޅުން ނަރަކައަކަށް ނަހަދާ އަހަރެން ހަމަ ނޭވާ ނުލާނަން…މައި ޑިޗް ކޮއްފަ އަދި އެ އަލްޔާން އީން ފަހަތުން އުޅުނީ ވަކި މޮޅެއް ވާނެ ކަމަށް ތަ؟..ނޯ.. ނެވާ..ދުވަހަކުވެސް ނުވާނެ..އީން ސަފާރ ކުރުވި ވަރަކަސް އޭނަ އޭގެ ޑަބަލް ސަފާރ ކުރާނެ..” އީން އުކަމުން ދިޔަ އެއްޗެހީގައި ހިފަމުން ހިނގަމުން އައިސް އެންމެ ފަހުން އޭނާގެ އަތުގާ ހިފާ ބާރު ކުރަމުން ޒިން ވެސް ހަޅެއްލަވާގަތެވެ. މައިރީންގެ ވާހަކަ ދެއްކުމުން ޒިން ގެ މޫޑް ބަދަލް ވެ ރުޅި އިންތިހާ އަށް ދިޔައެވެ. އެއާއެކު އީން ނަގާ އެނދުމައްޗައް ހޫރާލިއެވެ. ޒިން ގެ އެ ސިފަ ފެނި އީން ގެ ހިތް ތެޅި ބިރުގަންނަން ފެށިއެވެ. “އަަހަރެންގެ ކޮއްކޮ ގެ މަރުގެ ބަދަލް ނުހިފާ ދުލެއް ނުކުރާނަން…ޝީ ވޯޒް ނޮޓް އިންސޭން..އޭނާ މޮޔަކޮށްލީ އީން އާ އީން ގެ ލޯބިވެރިޔާ..އެންޑް ޔޫ ހޭވް ޓު ޕޭ ފޯ ދެޓް..އައިމް ގޮނަ މޭކް ޔޫ އަ ސްޓާރ…ކުޑައިރުކޮޅެއްގެ ތެރޭގަ ޔޯ ވީޑިއޯ ވިލް ބިކަމް ވައިރަލް..ހުރިހާ ފިރިހެނުން ގެ ހިތްތަކުގެ ރާނީ އަކަށް ވާނެ” އެދިޔަ ގޮތަށް ގޮސް ޒިން އޭނާގެ ފޯން ނަގާ ސްކްރީން އަށް ފިތަން ފެށިއެވެ. އީން ގެ އަތްފައި ފިނިވެ ހަދާނެ ގޮތް ހުސްވިކަހަލައެވެ. ވިސްނާނުލާ ޒިން ރުޅިއެރުވުމުން ހުރިހާކަމެއް ބޮއްސުންލީއޭ ހިތަށް އަރައި ދުވެފާ ގޮސް ޒިން ގެ ފައި ބުޑަށް ތިރިވިއެވެ.އެވަގުތު އީން އަސް ވިސްނެމުން ދިޔައީ ހަަމައެކަނި މަންމަ އާ ބައްޕަ އާއި މެދުގައެވެ.އެފަދަ ކަމެއް ވެއްޖެނަމަ އެމީހުން ދުނިޔޭން މޮޔަވެދާނެ ކަންނޭގެއެވެ.” ނޫން ..ޕްލީޒް ޒިން..އާދޭސް ކޮށްފަ ބުނަން..ޕްލީޒް..ހެޔޮނުވާނެ ތިހެން ނަހަދާ..އަހަރެން ދުނިޔެއަށް ގިނަކޮށްނުލާ..އައި ވިލް ޑޫ ވަޓް  އެވާ ޔޫ ސޭ ޕްލީޒް..” ޒިން ގެ ފައިގައިހިފާ އާދޭސް ކުރަމުން ދިޔައިރު އީން އަށް ގިސްލެވެމުން ދިޔައެވެ.” ސޮރީ..ޓޫ ލޭޓް..” ފޯނަށް ބަލަހައްޓައިގެން ހުރެ ދެކޮނޑު އަރުވަމުން ޒިން ބުނި ޖުމްލަ އާއެކު އީން ގެ އަޑު ކެނޑި ހިމޭން ވިއެވެ. ދެން ކަންތަށް ވެގެން ދާނެ ވޯސްޓް ކޭސް ސިނާރިއޯ އޭނާގެ ސިކުނޑީގައި ކުރެހެމުން ދިޔައެވެ. މަންމަ އާއި ބައްޕަ މަރުވެގެން ދާތަނެވެ. އާދީ  ދެރަވެފައި ގެއިން ނިކުންނަން ނުކެރިފައި ހުރިތަނެވެ. މީހުންތަށް އޭނާ އަށް މަލާމާތް ކުރާ ތަނެވެ. އަލްޔާން ވެސް ދުރަށް ދާ އިރު ރައްޓެހިންވެސް އަގައިން ނުބުނާ މަންޒަރެވެ. ގާވެފާއި ހުރި ބުދެއްހެން އިށީދެގެން އީން ހުރިތަން މަންޒަރުފެނި ޒިން ގެ ރުޅިގަނޑު މައިތިރިވެ ހިތަށް އުނދަގޫވިއެވެ.. އެމޫނުމަތީން ފެނުނު ކުލަވަރުން މިހާރު މާބޮޑުވަރު ކުރެވިއްޖެއޭވެސް ހިތަށް އެރިއެވެ. އެހެނަސް ރުހުމުގާ އީން އޭނާގެ ބާރުގެ ދަށަށް ގެނެސް އަލްޔާން އަތުން ޖަހައިގަންނަން ކަންތަށް މިކުރެވެނީ ހަމަ އެންމެ ރަނގަޅަށޭ ހިތަށް އަރާ ހަމަޖެހިލަމުން މޫނުގެ ކުލަވަރު އަނެއްކާވެސް ބަދަލް ކޮށްލިއެވެ.

ކުއްލިއަކަށް ބާރު އަޑުފަތްގަނޑަކާއެކު ކޮޓަރީގެ ދޮރު ހުޅުވުމުން ޒިން އާއި އީން ވެސް ދިޔައީ ސިއްސައިގެންނެވެ. ދެއަތް ފުރަގަހަށް ބަނދެވި ތުންފަތުން ލޭ ފޭދިފައި ހުރި ރިޝްވާން ގެ ކަނދުރާގައި ހިފާ ދަމަމަމުން ވަން އަލްޔާން ފެނުމުން ޒިން އަށް ތެދުވެލެވުނީ ހައިރާންވެފާ ހުރެއެވެ.އޭނާގެ ފަހަތުން ދެ ބޮޑީގާޑުންނާއެކު އީތަން ވެސް ވަނެވެ. އެކީގައި ރިޝްވާން ގެނެވުނު މޮޔަހީވެ ޒިން ދެއަތަކަށް ބޯ ހޫރަމުން ނިތުގާ އަތުން ޖަހާލިއެވެ. އޭނާ އާކު މިއޮތް ހުރިހާ ދުވަހު އުޅުނު އިރު ހުރިހާކަމެއް ޕާފެކްޓް ކޮށް ސްމޫތް ކޮށް ކުރިއަށް ގެންގޮސްފާ މިކަމުގައި އޭނާގެ  ފަރުވާކުޑަކަންފެނި ފުރަތަމަ ފަހަރަށް ރިޝްވާން އާމެދު ޒިން ގެ ހިތުގާ ޝައްކު އުފެދުނެވެ.

އަލްޔާން އަށް އެންމެ ފުރަތަމަ ވެސް ބަލާލެވުނީ ބިންމަތީގައި އިށީދެގެން ހިޔާލަކަށް ގެއްލިފާ ހެން ހުރި އީން އާ ދިމާލަށެވެ. އަަލްޔާންމެން ފެނުމުންވެސް އީން ބަލާވެސް ނުލިއެވެ. ކައިރީގައި ވަމުން ދިޔަ އެއްވެސް ކަމެއް ނުވެސް އިނގޭ ކަހަލައެވެ. ހައިރާންވެ ހުރެ އަލްޔާން ގޮސް މަޑުމަޑުން ގޮސް އީން ކައިރީ އިށީނދެ ގޮވާލިއެވެ. ” އީން…” ދިރުމެއް ނެތްފަދަ ގޮތަކަށް އެއްދިމާލަކަސް ބަލަހައްޓައިގެން އިން އީން ގެ އެއްވެސް ހަރަކާތެއް ނެތެވެ. ކޮންމެވެސް ބޮޑުކަންތަށް ގަނޑެއް ހޮނގައިފިކަން އަލްޔާން އަށް އެވަގުތު އަންދާޒާ ކުރެވުނެެވެ. އެއާއެކު ރުޅިވެރިކަމާއެކު ޒިން އަށް ބަލަމުން ފުންމައިގެން ގޮސް އަލްޔާން ހިފީ ޒިން ގެ ކަރުގައެވެ. “ހައު ޑެއާރ ޔޫ ޓު ޑޫ ދިސް ..ޔޫ ބާސް***…އައި ވިލް ކިލް ޔޫ” ކަރަށް ވާންވެ ވަމުން ދިޔަ ތަދާ އެކު ޒިން ވެސް ދިޔައީ އަލްޔާން އަށް ހަމަލާ ދޭން މަސައްކަތް ކުރަމުންނެވެ. އެވަގުތު ބޮޑީގާޑުން އައިސް އެދެމީހުން ދުރުކުރުވިއެވެ.

ރުޅި ކޮންޓްރޯލް ނުވާ ހިސާބަށް ގޮސް ހުރި އަލްޔާން  ޒިން ގައިގައި ޖަހަން އުޅުނު އެތިފަހަރު ކައިރީގައި ހުރި ސޯފާ އަށް ބާލުވަމުން ހަލޭއްލަވާގަތެވެ.”ކަލޭ ކީއްކުރީ އީން އަށް..ހުވާ މި ބުނީ މަގޭ އަތުން ކަލޭ މަރުވާނެ އެއްވެސް ކަމެއް..” އަލްޔާން ގެ ޖުމްލަ ނުނިމެނީސް ޒިން ނުލަފާ ގޮތަކަށް ހޭން ފެށިއެވެ. “އަހާބަލަ ވީ ކީއް ތޯ ކަލޭގެ ލޯބިވާ އީން ކައިރިން ..” މަލާމާތުގެ ރާގަކަށް ޒިން އެހެން ބުނުމާއެކު ނިތަށް ރޫއަރުވާ ކަޅި އަޅަމުން އަލްޔާން އަނެއްކާވެސް ދިމާކުރަން ހެދީ ޒިން އާއެވެ. އެހެނަސް އީތަން އައިސް ހަމަޖެހޭށޭ ބުނެ ހުއްޓުވުމުން އަލްޔާން ދުވެގައި ގޮސް އީން ކައިރީ އިށީނދެ ދެކޮނޑުގާ ހިފާ ތަޅުވާގަތެވެ.

ބިރުވެރިކަމެއް ފެނުމުން ވާފަދަ ގޮތަކަށް ސިހިފައި ނޫނެކޭ ކިޔާ ރޮމުން ދުރަށް ޖެހި އަލްޔާން ގެ އަތް ދުރުކުރުވަމުން އީން ފަހަތަށް ޖެހެމުން ދިޔައެވެެ. އެވަގުތު އެއްލިކަޅީން އީން އަށް ފެނުނީ ސައިޑް ޓެބަލް މަތީ އޮތް ފިސްތޯލްއެވެ. އެއާއެކު ބަލާކަށް ނުހުރެ އެ ފިސްތޯލަ ނަގާ އަމިއްލަ ބޮލުގާ ޖައްސާލިއެވެ. ކޮޓަރި ތެރޭގައި ތިބި އެންމެންނަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.އަލްޔާން ގެ ހިތް ހުއްޓުނުފަދައެވެ. “އީން..ނޯ ..ޑޯންޓް ޑޫ ..ދިސް” އަލްޔާން  މަޑުމަޑުން އީން އާ ގާތަށް ޖެހެން ފެށިއެވެ.” ނޫން..ނާންނާތި..އަހަރެން ދިރި ހުންނާކަށް ބޭނުމެއް ނޫން…އައި ކާންޓް ލިވް އެނީ މޯ..ހީ ޑެސްޓްރޯއިޑް މައި ލައިފް..އައިމް ނޮޓް ވޯރތް އިނަފް ޓު ބީ އިން ޔޯ ލައިފް….” އަތް ތުރުތުރުލާ ހާލު ފިސްތޯލް ހިފައިގެން ހުރެ އީން ރޮމުން ދިޔައެވެ.

“ހާދަ އަވަހަކަށް..އައި މީން.. އައި ނިއު ޔޫ ވިލް ޑޫ ދިސް އެކަމް މިހާ އަވަހަށް..އައިމް އިމްޕްރެސްޑް..ކަމޯން” ބޮޑީގާޑް ގެ އަތް ފޮޅުވަމުން ޒިން ގޮސް ދުރުގައި ހުރި ފާރުގައި ލެނގިލަމުން އަނގައިގެ ހުރިހާ ދަތްތައް ފެންނަ ވަރަށް ހީލިއެވެ.” ނޫން އީން ޕްލީޒް..ވީ ވިލް ޓޯކް..ހުރިހާ ކަމެއް ރަނގަޅުވާނެ..އަމް ހިޔާ..ދެން ދުވަހަކު ވެސް އީން އެކަނި ނުކުރާނަން ޕްލީޒް…ޕުޓް އިޓް ޑައުން..” އީން ހުރީ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް އަސަރުކޮށްފައިކަން އެނގި އަލްޔާން އީން ހުއްޓުވަން ދާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެޅި ފިޔަވަޅާއެކު ހުއްޓުން އެރީ ދެލޯ މަރާއިގެން ހުރެ ފިސްތޯލް ގެ ޓްރިގާރ އަށް އީން ފިތާލުމުންނެވެ……

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anjal

Level 210 Stories100 Comments100 Login

Other Articles

Previous

ާމާފްކުރާށޭ ކަލާ 19

Next

ހިތް އެދުނަސް… (23)

Next
November 25, 2018

ހިތް އެދުނަސް… (23)

Previews
November 25, 2018

ާމާފްކުރާށޭ ކަލާ 19

19 Comments!

  1. Girl ? says:
    November 25, 2018 at 10:45 pm

    Yayyy I’m first dho

    1. Girl ? says:
      November 25, 2018 at 11:02 pm

      What?!? Een maraa nulahchey pls pls.. Anyway, this episode is also fantastic as usual maasha allah?. When is the next part? Pls avahah upload kohdhechey!!

  2. huh says:
    November 25, 2018 at 10:55 pm

    yageen vazaneh neennaane e fisthoala aku
    een ah ehen nahadhabala dhw

  3. Mixuhan says:
    November 25, 2018 at 11:11 pm

    Alhey ?dhn kihineh baa vaany …alhe eeen maraanulahchey …alyaan aa een avahah gulhuvaa ..zin ge plane complete viya nudhehchey. ..Emme salhi hisaabun thi nimmaalee ..hama rangalhahvx dheravehje mi part kiyaafa ??? haadha salhi ey mi story ..my favourite …interesting hisaabakun thi nimmaalee …curiously waiting for the next part dear …avahah upkh dhehchey ..plxxxxx

  4. Reader says:
    November 26, 2018 at 12:51 am

    Dhennnn kihineh thi hadhany ?. Haadha reehchey but.. I hate you

  5. Lotus says:
    November 26, 2018 at 7:06 am

    This story is soooo interesting it gives me goosebumps..
    Curiously waiting for the nxt part

  6. Shai says:
    November 26, 2018 at 9:06 am

    Wow so nice.. magey favrt stry.. ly

  7. Ainth says:
    November 26, 2018 at 4:13 pm

    Keyvegentha mihaaru ehaa lahun up kuraney … n vaahaka nimantha miulhaney.. vaahaka v reethi ????

  8. #Somebody says:
    November 27, 2018 at 12:36 am

    Noooooooo…. Dont kill her… Zin ah visneyny tha fahun or will he die Too??… In the End I mean… Hmmm Im Like really really curious now…

  9. Neesh says:
    November 28, 2018 at 8:57 pm

    Stry Masha Allah v reethi bt up vaaley Las kamun v foohi???

  10. Maashh says:
    November 30, 2018 at 12:35 pm

    Next part please

  11. Ash says:
    December 2, 2018 at 2:55 pm

    Heyonuvaane thi thakolheh avahah upload kohdheebala… nuvahjaa nuvaane ey kiyaafa huhtaalabala..

  12. Xu says:
    December 2, 2018 at 8:59 pm

    Koirakuitha next part
    Please please uplod

  13. Hanaan says:
    December 5, 2018 at 12:31 pm

    I’m eagerly waiting for the next part!! Varah kiyaa hiyvaa hisaabakun nimmaaleema ?

  14. Sis says:
    December 5, 2018 at 5:09 pm

    Noooooooo Een maruvaaneetha? Pls Een maraa nulahchey..? Zin ah visneyne dhw in the end? I mean I like Zin and somehow don’t want him to die get lost nimey iru.. ?? dhn Kon irakun next part up koh dheyni? Varah varah varah varah curious and emotional hisaabakun thi nimmaali… Een Ah v gotheh neyngeythi hureveni ki ves nooon…Ekam adhives next part genes nudhevey.. Pls pls pls avahah new part eh up kohdhehchey.. Waiting Waiting Waiting Waiting??????❤️?????❤️?????❤️???❤️??????❤️???❤️????❤️???❤️❤️

  15. Summ❤ says:
    December 5, 2018 at 7:05 pm

    Anjal please upload kohla dheebaa next part… we all are waiting ?

  16. Xai says:
    December 5, 2018 at 8:34 pm

    Dua vaahaka aa mi vaahaka ge dhe writers mi hadhanee kihinehtha?? Atleast comment thakah reply kobba.. vaahaka huttanyaa ves bunelaba.. bt plxx dnt stop this storyyyy.. mhr mi site ga in emme reethi eh vaahaka mee so plx avahah up kohdheebala

  17. Niha says:
    December 10, 2018 at 9:45 am

    Mi vaahaka up nukohdhevenyaa e sababu ves readers in kairyga bunelyma dhw ingeyny. Ehen noony up nukuranya nukuraanamey kiyaafa huttaalyma dhw readers innah engeyny.. eyrun irukoakolhaa mi vaahakaige episode up vi thoa eh nubalaanennu
    .. dhn ekam pls i request you huttaalanya reethi gothakah mivaahaka nimmaalaafa huttaalabala.. readers in maayoos nukohlaba

  18. ??? says:
    December 10, 2018 at 3:43 pm

    Kobaa vaahakage aneh baiiii

Comments are closed.

Next Episodeހާސިލް ވުމަށް އެދި ހިތް ރޮނީ 26←


All Right Reserved!