Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 33( ދިގު ކުރެވިފައި)

Sh@_n@ Level 410 Stories100 Comments100 Login
November 24, 2018 8 Mins Read
15 Comments

ސާރާ އަރުޝްގެ ފަހަތުން ރޮމުން ދުއްވައިގަތެވެ. އޭރު އަރުޝް ގޭތެރެއިން ނުކުންނަނީއެވެ.
” އަރުޝް މަޑުކޮއްބަލަ, ހެޔޮނުވާނެ, އަހަރެންނަށް އިތުބާރުކޮއްބަލަ, ގަސްތުގަ އަހަރެމެން ދުރުކުރުވަން މީހަކު ކުރި ކަމެކޭ އެއީ”އަރުޝް ފަހަތުން ދުއްވައިގަތް ސާރާއަށް ކުއްލިއަކަށް ހުއްޓުމެއް އައީ ގޭތެރެއިން އިވުނު ބާރު އަޑުފަށްގަޑެއްގެ ސަބަބުންނެވެ. ކަރުނަތަށް ފުހެމުން އައި ކޮޅަށް ދުއްވައި ގަނެވުނީ ހިތަށް ލިބުނު ބިރުވެރި އިންޒާރަކުންނެވެ.

ގެއަށް ވަތްއިރު ކޮޓަރި ދޮރު ކައިރިއަށް ވެއްޓިފައި އޮތް އާފިޔާ ފެނިފައި ސާރާގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. އާފިޔާ ކައިރީގައި އޮތް ގޮނޑިވަނީ ބިންދައިގެން ގޮއްސައެވެ. މަންމާއޭ ގޮވަމުން ސާރާ ދުއްވައިގަތެވެ. އަދި އިށީނދެ އާފިޔާގެ ބޯ އުނގުމަތީ ބޭއްވުމަށްފަހު ކޮލުގައި މަޑުމަޑުން ޖަހާލަމުން ގޮވަންފެށިއެވެ.

” މަންމާ, ކިހިނެއްވީ, ވެއްޓުނީތަ, މަންމާ, ލޯ ހުޅުވަަބަލަ, ސާރާ މިހުރީ އައިސްއޭ” ޕްލީޒް ތެދުވޭ” ސާރާ އާފިޔާގެ މޫނުގައި ފިރުމަމުން ބުންޏެެވެ.
އެހެންނަމަވެސް ވަގުތުވަނީ ފާއިތުވެފައެވެ. ކިތަންމެ ވަރަަކަށް ގޮވިޔަސް އާފިޔާ ދެނެއް ލޮލެއް ނުުހުޅުވާނެއެެވެ. ސާރާއަށް ނޭނގުނު ކަމަކީ އާފިޔާ ދެން އެނބުރި ނާންނާނެކަމެވެ. ސާރާއާއި އަރުޝްގެ ވާހަކަތަށް އަޑުއިވި އާފިޔާގެ ހިތް ހުއްޓުނީއެެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ބޮލުގައި އެޅުވި އިލްޒާމުން އެފަކީރުގެ މައިލަގޮނޑިއަށް ކެތް ނުވީއެވެ. މުޅި އުމުރުގަވެސް ލޮލުން ކަރުނަ ތިއްކެއް ވެއްޓުނަ ނުދީ އެހާލޯބިން ގެންގުޅެން ދަރިފުޅު މިއަދު ހަޔާތުގަވެސް ފުރަތަމަ ފަހަރަށް މީހަކު ކައިރީ އާދޭސްކުރިތަންފެނި, އެ ދަރިފުޅުގެ ވޭނީ އަޑު އިވި އާފިޔާގެ ހިތް ހަލާކުވީއެެވެ.

ސާރާ ތުރުތުރު އަޅަމުންދާ އަތުން އާފިޔާގެ ނޭފަތް ކައިރީ އިނގިލި ޖައްސާލަން މަޖުބޫރުވީ އެވަގުތު އެކަން ކުރަން ހިތް ބުނީތީއެވެ. އެތަށް އިރެއްވީ އިރުވެސް އާފިޔާގެ ނޭވާގެ އިހްސާސް އިނގިއްޔަށް ނުވުމުން ސާރާ އަށް ދެލޯ މަރާލެވުނެވެ.
“ނޫން, ނޫން, ” ސާރާއަށް އަޑުން އަޑުނަގާ ހަޅޭ ލަވައިގަނެވުނެވެ. އާފިޔާގެ ފުރާނަ ނެތް މަސްގަނޑުގައި އޮޅުލަމުން ސާރާ ރޮމުންދިޔައެވެ. އާފިޔާ ސާރާއާ ވަކިވީ ކަމަކަށް ސާރާ ގަބޫލްކުރާކަށް ބޭނުމެއްނުވިއެެވެ. އެކަން ސާރާގެ ވާހަކަތަކުންވެސް ހާމަވިއެވެ

” މަަންމާ, ކޮން ސާމާސާއެއްތީ, ތިކަހަލަ ސަމާސާއެއް ސާރާއަކަށް ކަމަކުނުދޭ, ހަމަ މިހާރު ތެދުވޭ, އަރުޝްވެސް ގޮއްސި ސާރާ އެކަނިކޮއްލާފަ, މަންމަވެސް ސާރާ ދޫކޮއްލާފަ ދަނީތަ, އެކަމަކު މަންމަ ބުނީމެއްނުދޯ ސާރާ ދޫކޮއްފަ ނުދާނަމޭ,އަޅެ ދެން ލޯ ހުޅުވާލަބަލަ, ރޭގަވެސް ކިހާ ލޯބިން ވާހަކަދެއްކިން, އެކަމަކު މިހާރު ރުޅިއައިސަ, ތީ އެއްވެސް ގޮތެއްނޫން” ސާރާ އާފިޔާގެ މޫނުގައި ފިރުމަމުން ކިޔަމުންދިޔައެވެ. އެ މަންޒަރު ލޮލަށް ފެނުނު މީހެއްގެ ހިތް ފަޅައިގެންދާހާ ސާރާއަށް ކޮއްފައިވާ އަސަރުބޮޑެެވެ.

” އޯކޭ، މަންމަ ލޯ ނުހުޅުވާނަންދޯ, މަޑުކުރޭ އެބައަންނަން މީހަކު ގޮވައިގެން” ސާރާ މިހެންބުނެ އާފިޔާ މަޑުމަޑުން އެ އޮތް ތަނުގައި ބާއްވާ ލުމަށްފަހު ލޯ ފުހެމުން ދުވަމުން ގެއިން ނުކުތެެވެ.
މަގުމައްޗަށް ނުކުމެ ފަރާތް ފަރާތަށް ހޯދާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއްނުވުމުން މާޔޫސްކަމާއެކު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އެހެންނަމަވެސް މަގުގެ އަނެއްފަރާތުން ފަންތަކެއް ހިފައިގެން އަންނަ މީހާ ފެނިފައި ގައިގަ ހުރި ބާރަކަށް ދުއްވައިގަތެވެ.

” މޫސަބޭ, ހިނގާބަލަ, އަހަރެންގެ މަަންމަ އެބައޮތް ވެއްޓިފައި, ގޮވާގޮވާ ލޯ ހުޅުވާވެސް ނުލި, އާދޭސްކޮއްފަ މި ބުނީ މަންމަ ހޮސްޕިޓަލަށް ގެންގޮސްދީ” ސާރާ މޫސަބޭ ކައިރީ އާދޭސްކުރަމުން ބުންޏެވެ. ސާރާގެ ވާހަކައާއި ސާރާގެ ހާލަތު ރަނގަޅު ނޫންކަން މޫސަބެގެ ހަވަނަ ހިއްސު ބުނަން ފެށުމާއެކު ފަންތަށް ހުރިތަނުގައި ބަހައްޓާފައި އެގެއާއި ދިމާލަށް ދުއްވައިގަތެވެ. އެވަގުތަކީ ހަަލީމަތުވެސް ފެންބަނޑިޔަލެއް ކިހިލި ޖަހައިގެން އައި ވަގުތެެވެ. މޫސަބެއާއި ސާރާ ދުވެފައި ދިޔަ މަންޒަރު ފެނި ކަމެއް ގޯސްވެއްޖެކަން ހަލީމަތުގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. އެހެންކަމުން ބަނޑިޔަލަކާ ބަނޑިޔަލެއް ދޫކޮއްލުމަށްފަހު އޭނަވެސް އެގެއާއި ދިމާލަށް ދުއްވައިގަތެވެ.
ުމޫސަބެއަށް ވެއްޓިފައި އޮތް އާފިޔާ ފެނިފައި ވަގުތުން ފޯނު ނަގާ މީހަކަށް ގުޅިއެވެ. އޭރު ހަލީމަތުވެސް އެގެއަށް ވަދެއްޖެއެވެ. ހަލީމަތަށްވެސް އާފިޔާވެއްޓިފައި އޮއްވާ ފެނުނެެވެ. ހަލީމަތު އައިސް ސާރާގެ ކޮނޑުގައި އަތް އަޅާލުމާއެކު ސާރާ ހަލީމަތުގެ ގައިގަ ބައްދައިގަތެވެ. ސާރާގެ އެ އަމަލުން ހަލީމަތުއަށްވެސް ރަނގަޅަށް ރޮވިއްޖެ”

“ހަަލީމަތު. އެހަށް އެމަންޖެ ގޮވައިގެން ގޮސް ހަމަޖައްސަބަލަ، އެމްބިއުލެންސް އެބައާދޭ” މޫސަބޭ ހަލީމަތަށް ބުނެލިއެެވެ.
“ނޫން, ނުދާނަން, މަންމައާއި އެކު ސާރާ ދާނަން, ތިއުޅެނީ ސާރާއަށް މަަންމަ ފޮރުވަންވެގެން” ސާރާ ހަލީމަތްގެ ގައިން އަތް ދޫކޮއްލަމުން ބުނެލިއެެވެ. އެވަގުތަކީ އެމްބިއުލެންސް އައި ވަގުތެވެ.
” މޫސަބޭ ބަލައިގެން އަރުވައްޗޭ, މަންމައަށް ތަދުވެދާނެ”
އާފިޔާ އުފުއްލައިލައިގެން އެމްބިއުލެންސް އަށް އެރުވި އިރު ސާރާވެސް ފަހަތުން ދަމުން ބުންޏެވެ. އޭރުވެސް ސާރާގެ ލޮލުން ކަރުނަ ހިފެހެއްޓުމެއްނެތި އަންނަމުންދެއެެވެ.

ހޮސްޕިޓަލަށް އާފިޔާ ގެންދިޔަ ގޮތަށް އެމަޖެންސީއަށް ވެއްދިއެވެ. ސާރާ އެމަޖެންސީ ރޫމްގެ ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

ބޭސް އަޅާ ކޮޓަރިން ފައިގައި ބޭސް އަޅައިގެން ކޮރު ޖަހަމުން ނިކުތް ފަޒީލްއަށް ފުރަގަސްދީގެން ހުރި މީހަކު ސާރާއާ ވައްތަރުވެގެން އެދިމާލަށް ދެވުނެެވެ. ކުއްލިއަކަށް ސާރާގެ ދުޅަވެފައިވާ މޫނު ފެނުމާއެކު ފަޒީލްގެ ހިތަށް ތަދު އިހްސާސްވެގެން ދިޔައެވެ. ސާރާއޭ ކިޔައި އެދިމާލަށް ހިނގައިގަތެވެ.

އެމަޖެންސީ ރޫމުން ނިކުތް ޑޮކްޓަރ މާޔޫސްކަމާއެކު ދިން ހަބަރުން ސާރާ ގަބުވި ކަަހަލައެވެ. ދެފަރާތަށް ބޯ ހޫރަމުން ފަހަރަކު ފިޔަވަޅެއް ކުރިޔަށް އަޅަމުންދިޔައެެވެ.
” ނޫން, ނޫން, ކީއްވެތަ ޑޮކްޓަރ ދޮގު ހަދަނީ, މަންމަ ނިދާފައޭ އެއޮތީ” އެހެންބުނެ ދުވެފަ ގޮސް އެމެޖެންސީ ރޫމަށް ވަނެވެ. އަދި އާފިޔާއަށް ގޮވަންފެށިއެވެ.

ސާރާގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުނީއެެވެ. ދިރި ހުރުމަށް ހުރި ހަމަައެކަނި ހިތްވަރު ސާރާ ދޫކޮށް އަބަދުގެ އަބަދަށް ވަކިވީއެެވެ.
މުޅި އެމަޖެންސީ ރޫމްގަ ހިފާފައިވަނީ ސާރާގެ ގިސްލުމުގެ އަޑެވެ. އެތާ އިތުރު ބަޔަކު ނެތުން އެއީ ނަސީބެކެެވެ. މޮޔައަކު ފަދައިން އާފިޔާއަށް ގޮވަމުން ދިޔައިރު ސާރާގެ މުޅި މޫނުވަނީ ރޮއެރޮއެ ދުޅަވެފައެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އަރުޝް ސާރާ ދޫކޮއްލާފަ ދިޔަތާ އަދި ގިނައިރެއް ނުވެ, އާފިޔާ ވެސް އެ ދިޔައީއެެވެ.

އެތަނަށް ވަދެގެން އައި ފަޒީލް ފެނިފައި ސާރާ ފަޒީލް ކައިރިއަަށް ދިޔައެވެ.
” ފަޒީލް, ނިކަން ބަލާބަލަ, ޑޮކްޓަރު ބުނީ މަންމަ މަރުވިއްޔޯ, އަޅެ އެހެންވާނެތަ, އެއީ އެއްވެސް އެއްޗެއް އެނގޭ މީހެއްނޫން, އެހެން ޑޮކްޓަރަކަށް މަަންމަ ދައްކަބަލަ, ފަޒީލް ގަބޫލް ކުރާނަމެއްނު އަހަރެން ދައްކާ ވާހަކަ, ޕްލީޒް, މަންމަ އަހަރެންނާ ވަކި ނުކުރޭ, އަހަރެންގެ އެކަކުވެސް ނެތޭ, އަރުޝްވެސް އަހަރެން ދޫކޮއްލާފަ ގޮއްސި, އަހަރެން ދެއްކި އެއްވެސް ވާހަކައެއް އަޑު ނޭހި, އަހަރެން ނުކުރާ ކަމެއް ބޮލުގަ އަޅުވާފަ, އަރުޝް އެދިޔައީ, ދެން ހުރީ އަހަރެންގެ މަންމަ، އެ މަންމަ ވަކި ނުކުރޭ ފަޒީލް” ސާރާ ރޮމުން ރޮމުން ފަޒީލްގެ ކޮނޑުގައި ބޯ އަޅާލިއެވެ. ފަޒީލް ހުރީ ސާރާ އަރުޝްއޭ ކިޔާފަ ބުނި ވާހަކައިން ގަބޫލްކުރަން ދަތިވެފައެވެ. އެހެންކަމުން ސާރާ އެހެންބުނީ މާ ބޮޑަށް ދެރަވެފައި ހުރީމަ ކަމަށް ނިންމިއެެވެ.

އޭރުވެސް ސާރާއަށް ދިޔައީ ގިސްލެވެމުންނެވެ. ފަޒީލްއަށް ސާރާ ގައިގަ އަތްލާން ނުކެރިފަ ހުރީއެެވެ. އިރުކޮޅެއްނުވެ ސާރާގެ ގައިން ވަރު ދޫވެގެން ވެއްޓެންދިޔައެވެ. ފަޒީލް ހުޝިޔާރު ކަމާއިއެކު ސާރާގެ ގައިގަ ހިފަހައްޓާލިއެެވެ. އަދި ޑޮކްޓަރަށް ގޮވަން ފެށުމުން މޫސަބެއާއި އެކު ފޯނުގައި ހުރި ހައުލަތު ވެސް ދުވެފައި އައެެވެ.

” އަވަހަށް އެތެރެއަށް ގެންދަން އުޅޭ, ހަބަރު ހުސްވީ ކަންނޭގެ, އެހާވަރަށް ރޮއެފިއޭ, މޫނު ދައްކަންވީމަ ގެންދާނީ,” ހައުލަތު އެހެން ބުނުމުން ފަޒީލް ސާރާ އުފުއްލާލައިގެން އެނދުގައި ބާއްވައިލިއެވެ.

މޫސަބޭ ޑޮކްޓަރާ ވާހަކަ ދައްކަމުން އެތަނުން ނުކުތެވެ.

ކަނޑުގެ ލޮނުގަނޑު ކަފަމުން މާލެ ދަތުރުކުރަމުން ދިޔަ ލާންޗުގެ ކުރީގައި އަރުޝް އިނީ ލޮލުން ފައިބަމުންދާ ކަރުނަތަށް ހަމީދުއަށް ސިއްރުކުރުމަށެެވެ. ހަމީދު އަރުޝްއަށް ވިސްނައިދޭން ކުރި މަސައްކަތްވީ ބޭކާރެވެ. އެހެންކަމުން ހަމީދު ހަތިޔާރު ބެހެއްޓީ އިތުރަށް އެދެމީހުންގެ ގުޅުމަށް ހީނަރުކަމެއް އައިސްދާނެތީއެވެ. އަރުޝްއާއި ޝާމިން އެވާހަކަ އެގޮތަށް ދެއްކިޔަސް ހަމީދުގެ ހިތް ބުނަމުންދިޔައީ ސާރާ އަކީ އެކަހަލަ ކުއްޖެއް ނޫންކަމެވެ. އެހެންނަމަވެސް ސާރާ ކުށެއްނެތް ކަން ސާބިތު ކޮއްދޭނެ ގޮތެއް ނެތުމުން ހަމީދުވެސް މިވަގުތަށް ހަތިޔާރު ބެހެއްޓީއެެވެ.

“ސާރާ, ކީއްވެ ތިހެން ތިހެދީ, އެއީ ދޮގެއްނަމަ ސާރާ އެކަން ސާބިތުކޮއްދޭން އަހަރެން ފަހަތުން އަންނާނެއެއްނު, އެކަމް މިހާރު އެނގިއްޖެ އެއީ ތެދުކަން, ސާރާ, އަހަރެން ސާރާދެކެ ވީ ހަގީގީ ލޯތްބޭ, ދެން ކީއްވެ, ކީއްވެ؟؟؟
މިހެންބުނެ އަރުޝް ލޮލުގައި އައިނު އަޅާލީ ފެންކަޅިވެފައިވާ ދެލޯ އެހެންމީހުންގެ ނަޒަރުން ސަލާމަތް ކުރުމަށެވެ. އަރުޝްއަށް ނޭނގުނު ކަމަކީ ހަމީދު އެ ހުރިހާ މަންޒަރެއް ބަލަން އިންކަމެވެ.

” ނޫން ނޫން, މަންމާ, މަންމާ” ސާރާ އަށް ނިދީގައި ކިޔެމުންދިޔައެވެެ. އިރުކޮޅަކާ ދެކޮޅަށް ބޯ ހަލުވާލަމުން މަންމާއޭ ކިޔައި ގޮވައިލައެެވެ. ސާރާ ދެލޯ މަރައިގެން އޮތަސް ސާރާގެ ލޮލުގެ އަރިމަތިން ރޮނގަކަށް ކަރުނަތަށް ފައިބައެވެ. ކައިރީގައި ސާރާއަށް ކޮއްފައިވާ އަސަރުން ކަންތަށް ބޮޑުވެފައި އިން ފަޒީލް ދެން އިނީ, ދެން ހަދަންވީ ގޮތް ނޭނގިފައެވެ. އެހެންކަމުން ފަޒީލް ސާރާގެ އަތުގައި ހިފާ ފިތާލިއެވެ. އަދި ސާރާ އެއްޗެކޭ ކިޔާހެން ހީވެގެން ބޯ ގުދުކޮއްލާ އެ ދައްކާ ވާހަކަ އަޑުއަހާލަން ކަންފަތް ސާރާގެ އަނގައާއި ކައިރިކޮއްލިއެވެ.

އަ.. އަރޫ, އަހަރެން ކަމެއް ނުކުރަމޭ, އި.. އި އިތުބާރުކޮއްބަލަ,
ނަ.. ނަ ނަޢުހާ ކުރިކަމެއް އެއީ, އަރްރް” ސާރާ ދައްކަމުން ދިޔަ ވާހަކަ ފަޒީލްއަށް ރޭކާލީ ކަނުލައިގެން އަޑުއަހަން އިނީމައެވެ. ވަގުތުން ނަޢުހާގެ ނުބައި ރޭވުމެކޭ ފަޒީލްގެ ހިތް ބުނަމުންދިޔައެވެ. ވަގުތުުން އެތަނުން ތެދުވެ އެމަޖެންސީ ރޫމުން ބޭރަށް ނުކުތެވެ. އަދި ހަޢުލަތު ކައިރީ އެބަ އަންނަމޭ ބުނެ ދިޔައެވެ.

” ނަޢުހާ” ފަޒީލްގެ އަޑުގެ ކޮޅަށް ނަޢުހާމެން ގެޔަށް ވަންނަމުން ގޮވިއެވެ. ފަޒީލްގެ މޫނުމަތިން ނަފްރަތާއި ރުޅިވެރިކަން ފެންނަމުން ދިޔައެވެ. ފަޒީލްގެ އަޑަށް ކޮޓަރީގައި އޮތް ނަޢުހާ ދުވެފަ ނުކުތެވެ.

” ކޮންހާ ހަޅޭކެއް, ކީއްކުރަން މިގެއަށް……………. ނަޢުހާގެ ޖުމްލަ ނުނިމެނީސް ފަޒީލްގެ އަތުގެ ހޫނު ހަމަލާއެއް ނަޢުހާގެ ކަންކަށިމައްޗަށް އެރިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން ނަޢުހާ ސޯފާ މައްޗަށް ޖެހުނެވެ. ނަޢުހާއަށް ވީ ތަދުން ފަޒީލް ޖެހިތަނުގައި އަތް އަޅާލެވުނެވެ.

” ބުނަން. މީ އަދި ކުޑަވަރެއް, ކަލޭގެ ސަބަބުން އަރުޝް ސާރާ ދޫކޮއްފަ ދިޔައީ, ކަލޭގެ ސަބަބުން ސާރާ ފަކީރު އެއޮތީ ހޮސްޕިޓަލްގަ, ކަލޭގެ ސަބަބުން ސާރާގެ މަންމަ އެ މަރުވީ, މީހަަކާ ޖައްސާލައިގެން އުޅުނަސް ތީ ބޮޑުވަރު, ސާރާގެ ހުރިހާ އުފަލެއް ތި ފޭރިގަތީ ހަމަ އަރުޝްގެ ބޭނުމުގަތަ, ކޮން ކަމެއްވީ, އަރުޝްވެސް ދިޔައީ، ކޮން މޮޅެއް ކަލެއަށްވީ” ފަޒީލް ރުޅި އައިސްގެން ހީވަނީ ރޫޅި ދާނެހެންނެވެ. މީހާގެ ދެލޮލުން ކަރުނަ ފޭބީ ބޭ އިހްތިޔާރުގައެވެ.

” ސާރާ ސާރާ, ކަލެއަށްވެސް ސާރާ ވަރެއްނެތް, ތިޔަ ސާރާއަކާ ހުރެ ކަލޭ އަހަރެންގެ އެދުން ނުފުއްދައިދެނީ, އަރުޝް ދިޔަޔަސް އަހަރެން ބޭނުންވާ ކަންތަށް ވެއްޖެއްނު, އަހަރެން ބޭނުމީ ސާރާއަށް އުފަލެއް ނުލިބުން, އެކަން ވަރަށް ރަނގަޅަށްވެސް ކުރެވިއްޖެ, އަދި އަހަރެންގެ އެދުމާއި ދެކޮޅަށް މަސައްކަތް ކުރީމަ ކަލެއަށް އެއޮތީ އަހަރެން ރޭޕް ކުރަން އުޅުނޭ ކިޔާފަ ޑްރާމާ ކުޅެފަ” ނަޢުހާ ސޯފާއިން ތެދުވެ ފަޒީލްއާ ދިމާލަށް އިނގިލި ދިއްކޮއްލަމުން ބުނެލިއެވެ.

” ތީ ވަރަށް ބޮޑު ކުންހީއެއް, ދުނިޔޭގެ އެންމެން ސާރާ ދޫކޮއް ދިޔަޔަސް އަހަރެން ސާރާއާ އެކީ ވާނަން, އެކަން ހަނދާން ކުރާތި! އަދި އަހަރެންނަށް ދިން ދެރައިގެ ބަދަލް ކަލެއަށް ވަރަށް ރަނގަޅަށް ލިބޭނެ” އެހެންބުނެ ފަޒީލް އެތަނުން ނުކުމެގެން ދާން ހިނގައިގަތީ ނަޢުހާއާ ވާހަކަ ދެއްކުމަކީ ވެސް ބޭކާރު ކަމެއްކަން އެނގޭތީއެެވެ. އެހެންނަމަވެސް ފަޒީލްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ނަޢުހާގެ ޖުމްލައިންނެެވެ. ފަޒީލްއަށް ފަޒީލްގެ އަތް މުއްކަވާ ލެވުނީ ނަޢުހާގެ ނުބައި ކަމާއި ނުލަފާކަން ހިތަށް އަރުވާފައެވެ.

” ވަރެއްވެފައޭ ދޯ ތިހުންނަނީ ސާރާއާ ހެދި، އަނެއްކާ އަމިއްލަ އެދުމެއްް އޮތީތަ, ނޫނީ އާ މަލެއްވީމަ އޭގެ ރަހަމީރުކަން ބޭނުންވީދޯ, ނޫނީ ކަލޭވެސް ލޯބި ވީތަ؟ ނަޢުހާގެ އެ މަލާމަތުގެ ސުވާލުން ފަޒީލް އެނބުރި އައިސް ނަޢުހާގެ ކުރިމައްޗަށް އެރިއެވެ.

” އެތަށް ހާސް ފިރިހެނުން އެ ނިކަމެތި ސާރާދެކެ ލޯބިވާނެހާ ސިފައާއި އުޅުން އެބަހުރި, އެހެނޭ ކިޔާފައި ކަލޭ ކީއްކުރާނީ, އަދި ބުނަން ތި ހީވީ ރަނގަޅަށް, އަހަރެންގެ ހިތާ ފުރާނައިން ސާރާދެކެ ލޯބިވަން, އެކަމް ކަލޭ ތިވާކަހަލަ ލޯބިވާމީހާއަށް ވޭނާއި ކެކުޅުން ދޭކަހަލަ ލޯތްބެއް ނޫން, އަދި ލޯބިވާ މީހާގެ އުފާ ފޭރިގަންނަ ކަހަލަ ލޯތްބެއްނުން, އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު ސާރާ ހިމާޔަތްކުރާނަން, އޭނަޔާ ވައި އެޅިލިޔަސް ދެން ނިމުނީ” ފަޒީލް މިހެންބުނެ މަޑުވެސް ކޮއްނުލާ ނުކުމެގެން ދިޔައެވެ.

ފަޒީލްގެ އެ ޖުމްލަތަށް އަޑު އިވިފައި ނަޢުހާ ހުރީ ބުނާނެ އެއްޗެއް ނޭނގި, އަނގަ ހުޅުވިފައެވެ. އަދި ހާސްކަމާއެކު އައިސް ސޯފާގައި އިށީނެވެ.
” ފަޒީލް, އަދި މިކަމުގެ ބަދަލު ހިފާނަން, ހަނދާން ކުރާތި” މިހެންބުނެ ފަޒީލް ޖެހިތަނުގައި ފިރުމާލިއެވެ.

ފަޒީލްއަށް ހޮސްޕިޓަލްއަށް ދެވުންއިރު ސާރާ ހޭ އަރައިފިއެވެ. އެހެންނަމަވެސް އެއްވެސް މީހަކާ ވާހަކަ ނުދައްކައެވެ. އެއްތަނަކަށް ބަލަހައްޓައިގެން ގެއްލިފަ އޮތީއެެވެ. ފަޒީލް އައިސް ތަންކޮޅެއް ދުރުގައި ހުރީ, ސާރާގެ ކައިރިއަށް ދާން ނުކެރުމުންނެެވެ. އިރުކޮޅެއްނުވެ ހައުލަތުއަށް ފޯނެއް އައުމުން އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވިއެެވެ.

“އެކޮއެ, އާދެބަލަ, ދައްތަ އާއިއެކު އެގެއަށް ދާން, މޫނު ދައްކާ ގަޑި ޖެހެނީ, ސާރާ މިހާރު އެހުރީ އެއްޗެއް ވިސްނޭ ގޮތަކަށް ނޫން, ނުރޯން އޭނަ އެ ހިފަހައްޓަނީ, މާ ބޮޑަށް ސަކަރާތް ވެދާނެ ހިތުގައި އެ ރިހުން ފޮރުވައިގެން ހުރެއްޖެއްޔާ, ކޮންމެހެންވެސް އެ އިހްސާސްތަށް ހިތުން ނެރެންޖެހޭނެ” ހައުލަތު, ފަޒީލް ކައިރިއަށް އައުމުން ބުނެލިއެެވެ. އެވަގުތު ސާރާއަށް އެހީވާނެ އިތުރު މީހަކު ނެތުމާއެކު ފަޒީލް ކައިރީ ބުންޏެެވެ.

އެމްބިއުލޭންސްގައި ސާރާމެން ގޭ ދޮށަށް ދިޔައިރު އެހިސާބުގައި މީހުން އޮތީ ފުރިފައެވެ. ސާރާ އެކި މީހުންނަށް ވަކި ވަކިން ބަލަމުން މަޑު ހިނގުމުގައި ހައުލަތު އާއެކު ގޮސް އެތެރެއަށް ވަނެެވެ. އެތެެރެއަށް ވަތް ގޮތަށް ކަފުންކޮއްފައިވާ އާފިޔާ ގެ މޫނަށް ބަލަހައްޓައިގެން ސާރާ ހުއްޓެވެ. އަދި މަޑުހިނގުމުގައި ގޮސް ހަށަންބަނދެފައިވާ އާފިޔާގެ އަތުގެ މަތީގައި އަތް ބާއްވާލިއެވެ. އަދި ގުުދުވެ އާފިޔާގެ ނިތުގެ ބޮސްދިނެެވެ. އެއަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮއްގެން ފާހާނާއަށް ވަދެ ވުޞޫ ކޮއްގެން ނުކުމެ އާފިޔާގެ ކައިރީގައި ގުރުޢާން ކިޔަވަން އިނެެވެ. ހަޢުލަތު އާއި ފަޒީލް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުއްލިއަކަށް މިހާ ބޮޑު ބަދަލެއް އައީ ކީއްވެބާއޭ ފަޒީލްގެ ހިތަށް އެރިއެވެ.

އިރުކޮޅަކު ކިޔަވަން އިނުމަށްފަހު ކިޔެވުން ހުއްޓާލީ ކަށުނަމާދު ކުރުމަށް އާފިޔާގެ ހަށިގަަނޑު ގެންދަން އައުމުންނެވެ. މޫނު އެޅި އިރުގައިވެސް ސާރާ ފެންކަޅިވެފައިވާ ދެލޮލުން ބަލަހައްޓައިގެން ހުރީއެެވެ. ސާރާގެ ކޮންމެ ހަރަކާތެއް ފަޒީލް ދިޔައީ ކައިރިން ބަލަމުންނެެވެ.
ސަންދޯއް އެގޭތެރެއިން ނެރެގެން ގޮސް ގަބުރުސްތާނު ކައިރީގައި ހުރި މިސްކިތަށް ވެއްދުނެވެ. ކަށުނަމާދު ކުރީ އެ މިސްކިތުގައެވެ. ކަށުނަމާދަށްފަހު އާފިޔާ ވަޅުލާތަން ބަލަން ސާރާ ގަބުރުސްތާނުގެ ބޭރުގައި ހުއްޓެެވެ. އާފިޔާ ވަޅުލާ ނިމުމާއެކު ސާރާ މަޑުހިނގުމައި ގެއަށް މިސްރާބު ޖެހިއެވެ. ސާރާގެ ފަހަތުން ހައުލަތު ދިޔައެވެ.
ސާރާ ގޭ ދޮށަށް ދިޔައިރުވެސް މީހުން އެތާ ތިއްބެއެވެ.

” ހާދަ ދެރައޭ, އާފިޔާވެސް އެދިޔައީ އެ މަންޖެ އެކަނި އެވީ, ކިހިނެއްބާ އުޅެނީ, އަހަރެމެންގެ ގެއަށް ގެންދަންވީ ކަންނޭނގެ” ސާރާ އަޅަން ހުރި ފިޔަވަޅު ހުއްޓުނީ ޖަމީލާގެ އަޑުންނެވެ. އެހެންކަމުން ފަސްއެނބުރި ބަލާލުމަށްފަހު ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.
” ތިހެން ނުބުނޭ ޖަމިއްތާ, އުފާކުރޭ, ރަށުގެ ރައްޔިތުން ސުންޕާކަމަށް ބުނި އާފިޔާ މަރުވެ ދިޔައީ, ތިޔަ މީހުން ދެރަވަނީކީ އާފިޔާ މަރުވީމައެއް ނޫނޭ, ތިޔަ މީހުން ރީތިކޮއް ބައިތިއްބާފަ މަސައްކަތް ކުރާނެ މީހަކު ނުހުންނާނެތީ, ބައްޕަ މަރުވީ އަހަރެންގެ ސުންޕާ ކަމުން, ދެން ބުނޭ މަަންމަ މަރުވީ އަހަރެންގެ ސުންޕާ ކަމުންނޭ, ބަލަަ މަރުގެންދަވަނީ އެންމެ ފަރާތަކުންނޭ, ތިކަހަލަ ބައެއްގެ ހަމްދަރުދީ ބޭނުމެއްނޫން، އަދި އަހަރެން އުޅޭ ގޮތަށް ނުވިސްނާ” ސާރާ މިހެންބުނެ ގޭތެރެއަށް ވަދެގެން ދިޔައެވެ. ސާރާގެ މާނަ ފުން އެ ބަސްތަކުން ފަޒީލްގެ ހިތުގެ އެންމެ ފުނަށްވެސް އަަަސަރުކުރިއެެވެ.
ހައުލަތު ވެސް އެއްޗެކޭ ނުބުނެ ސާރާ ފަހަތުން ދިޔައެވެ. ސާރާ ދިޔަގޮތަށް ގޮސް ކޮޓަރިއަށް ވަދެ އެނދުމަތީ އިށީނެވެ. އަދި އާފިޔާ ބޯ އަޅާ ބާލީސް ނަގާ އޭގައި ބައްދައިގަތެވެ.
” މަންމާ, ސާރާވެސް ވަރަށް ލޯބިވޭ މަަންމަދެކެ. ރޭގެ އެ ލޯބި ވަގުތުތަށް އަދިވެސް މިއަދު ވީ ކަމެއްހެން ހަނދާން އެބަހުރި, ސާރާ ނުރޯން ވަރަށް ކެތްކުރަން, އެކަމަކު މަންމާ ތީ ސާރާގެ ހުރިހާ އުއްމީދޭ, މަންމަބުނާ ނަމޫނާ ދަރިއަކަށް ސާރާއަކަށް ނުވެވުން, އެހެންވެ އެއްނު އަރުޝް އެ ދިޔައީ ވެސް, ސާރާ އެކަނިވެއްޖެ މަންމާ” ސާރާ އެ ބާލީހުގައި ބައްދައިގެން ހުރެ ކުޑަ ކުއްޖެއް ފަދައިން ރޮމުން ދިޔައެވެ. އެ ހުރިހާ މަންޒަރެއް ބަލަން ފަޒީލް ދޮރުމަތީ ހުއްޓެވެ.

އަރުޝް މާލެ ދިޔަގޮތަށް ފުރަތަމަވެސް އޭނަގެ އެޕާރޓްމަންޓަށް ދިޔައެވެ. ދިޔަގޮތަށް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ދެލޯމަރާލީ ދެލޮލަށް ބަރުވެފައިވާލެއް ބޮޑުކަމުންނެވެ.

ސާރާ ވަނީ ކަށިކުނބުރު ޖަންގަލީގެ މެދުގައެވެ. ދާނެ ވަކި ކޮޅެއްނެތި, މަގު ބެނދިފައެވެ. ވަށައިގެންވާ އަނދިރިކަމުގެ ތެރެއިން އެހީއަށް އެދި އަރުޝްއަށް ގޮވަމުން ދިޔައެވެ. އަރުޝް ސާރާއަށް ގޮވަމުން ގަސްތަކުގެ ތެރެއަށް ވަދެ ވަރަށް މަސައްކަތުން ސާރާ ފެނުނެވެ. ސާރާއާއި ކައިރިވާ ވަރަކަށް ސާރާ ދުރަށް ދާ ކަމުގެ އިހްސާސް ކުރެވުނެވެ. ފަހަތަށް ފަހަތަށް ގޮސް ސާރާ ވެއްޓެނީ ފަރުބަދައެއް ކަހަލަ އުސްތަނަކުންނެވެ. އެވަގުތު ސާރާ އަރުޝްއޭ ކިޔައި ހަޅޭ ލަވައިގަތެވެ.

“ސާރާ” ނިދާފަ އޮތް އަރުޝްއަށް ސާރާއޭ ކިޔައި ހަޅޭލަވައިގަނެ ސިއްސައިގެން ތެދުވެވުނެވެ. މުޅި މީހާވަނީ ދާހިތްލާ ފޯވެފައެވެ. ހިތް ނެގިނެގިފައި ޖެހެމުންދެއެެވެ. އެ ފެނުނީ ހުވަފެނެއްކަމަކު އެ ހުވަފެނުގެ ކޮންމެސް މާނައެއް ވާކަމަށް ހިތް ބުނަމުންދިޔައެެވެ. އެހެންނަމަވެސް ސިކުނޑި އެކަމާ ދެކޮޅު ހަދާ ސާރާއަކީ ބޭވަފާތެރިއެއްކަން ހަނދާން ކޮއްދިނެެވެ. އެހެންކަމުން އިތުރަށް ވިސްނަން ނަހަދާ ތެދުވެގެން ފާހާނާއަށް ވަނެެވެ.

ދުވަސްތަށް ފާއިތުވަމުންގޮސް އާފިޔާގެ މަރަށް ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ސާރާއެއް އެ ހަނދާން ތަކުން ދުރަކަށް ނުދެވުނެވެ. އަބަދު ކަމަކީ އާފިޔާ މަތިން ހަނދާންކޮއްފަ ރުއިމެވެ. އަދި އަރުޝް ކަންތަށް ކުރިގޮތުން ޝަކުވާ ކުރުމެވެ.
އަރުޝް މާލެ އައުމުން އެކަމާ އެެންމެ އުފާވީ އަރީޝާއެވެެ. އަރީޝާގެ އެނދުން ފުރިހަމަވާނެ ކަމުގެ ކޮޅުމަތި ފެނުނީމައެވެ. އެހެންކަމުން އަރުޝްއާއެކު ވަގުތު ހޭދަކުރަންފެށިއެވެ. އަރީޝާގެ އަމިއްލަ އެދުން ނޭނގުނު އަރުޝް އުފާވެފަ ހުރީ އަރީޝާއަށް ވިސްނި ކުރިން އުނިވި ލޯބި ދެނީ ކަމުގައި ދެކިގެންނެވެ. ފަރުދާގެ ފަހަތުގައި ފޮރުވިފައިވާ އެއްވެސް ކަމެއް ރޭކާ ނުލައެވެ.

ުއުނދޯލީގައި ވިސްނުމަކަށް ގެއްލިފައިން ސާރާ ސިއްސައިގެން ދިޔައީ ފަޒީލް ގޮވާލުމުންނެވެ.
“ހޫމް” ސާރާ އާދައިގެ ރާގެއްގައި ޖަވާބުދިނެެވެ.

” ސާރާ މަށާއެކު މާލެ ދާންވީނު, ތިހެން ކިހާ ދުވަހެއް ވަންދެން ހުންނާނީ, ތިހެން ހުރެގެން ފާއިތުވާ ކޮންމެ ވަގުތަކާއި ދުވަހަކީ ސާރާގެ ދުޝްމަނުންނަށް ލިބޭ ހިތްވަރަކަށް ނޫނީ ނުވާނެ, އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުމަކާ ދޭތެރޭ ވިސްނަން ވާނެއެއްނު, މަންމަ ބޭނުންވާ ކަހަލަ ކުއްޖަކަށް ވެވޭނީ ވަރަށް ހިތްވަރު ހުރެގެން, ތިގޮތް ދޫކޮއްލާ, ސާރާ ދިރިއުޅުމުގަ ދާން ބޭނުންވާ ކޮންމެ ހިސާބަކަށް ގެންދަން އަހަރެން އެހީވާނަން”
ފަޒީލްގެ ކޮންމެ ވާހަކައެއް އަޑުއަހަން ސާރާ ކުޑަކުއްޖެއް ފަދައިން އިނެެއްކަމަކު ސާރާގެ ސިކުނޑީގައި އެނބުރެނީ ކޮންފަދަ ކަންތައް ގަޑެއް ކަމެއް ބުނާކަށް ނޭނގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ލޯބި 1 ވަނަ ބައި

Next

ކުރެހުން އެޅުނޭ ހިތިގެ އަޑީގައި 9

Next
November 24, 2018

ކުރެހުން އެޅުނޭ ހިތިގެ އަޑީގައި 9

Previews
November 24, 2018

ލޯބި 1 ވަނަ ބައި

15 Comments!

  1. Sh@_n@ says:
    November 25, 2018 at 7:26 am

    Hii all. Here 33 part. Kamudhaane kamah uhmeedhu kuran

  2. Sh@_n@ says:
    November 25, 2018 at 7:37 am

    Hii all. Here 33 part. Kamudhaane kamah uhmeedhu kuran. And storyga in naane mistakes, haleemath ge badhaluga haulath baeh than thaa jehifa hun naane jehifa, up kuri fahun faahaga v ekan. ehnve evaahaka bunelee

  3. Kudoo says:
    November 25, 2018 at 10:11 am

    When is next, varah reethi story, Maasha Allah

    1. Sh@_n@ says:
      November 25, 2018 at 10:43 am

      Thanx kudoo??❤?

  4. Disappointed ? says:
    November 25, 2018 at 12:03 pm

    Shaana haadha boa bodey dho. Mihen kuda thankolheh add aharun bovvaalaafa next part laskollan

  5. ???? says:
    November 25, 2018 at 12:13 pm

    When is next part????

  6. Anonymous says:
    November 25, 2018 at 2:57 pm

    Dhigu kohfa ey buni iru kuree part ge bodubai othy.ehen v ma kamaku nudhey.kiyun Therin kiyaa hiyy vaa gothah up kohladheveytho balaa.mee rulhi akah bunaa baheh nun.keep it up

    1. Sh@_n@ says:
      November 25, 2018 at 6:44 pm

      Thanx dear. Will try

  7. R@! says:
    November 25, 2018 at 3:32 pm

    When next?????waiting

  8. Sheez says:
    November 25, 2018 at 6:03 pm

    Nice mi part. Thank you dhigu kohla dhineema??

  9. GI says:
    November 25, 2018 at 7:59 pm

    Vvv reethi. Next part kiyaalan libeyvaru vaanee kon irakun

  10. Naju says:
    November 25, 2018 at 9:12 pm

    Nice

  11. Neesh says:
    November 25, 2018 at 9:38 pm

    Konirakun next part kiyalan libeyny??

  12. Afreen says:
    November 26, 2018 at 2:44 am

    Varah varah reethi
    Shana…… thankolheh dhigu koh story genes dheveyne nama adhi varah salhi vees kanneyge.. keep it up you are doing a good job.. waiting for the next part??

  13. ???? says:
    November 27, 2018 at 11:57 am

    Alhey haadha lahey next part

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 34←


All Right Reserved!