Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (22)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
November 23, 2018 4 Mins Read
15 Comments

ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.


މިވީ ދުވަސްތަކުގައިވެސް އަނީސް ގާތު އެ ވާހަކަ ބުނާނޭ ގޮތެއް ނާޖިދު އަކަށް ނުވިސްނުނެވެ. އަނީސް ގާތު ބުނެފިނަމަ އެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އަރާނޭ ލޮޅުމެއް އޭނާ އަށް ލަފާ ކޮށްލާކަށް ނޭނގެއެވެ.

ސިކުނޑީގައި އެނބުރެން ފެށީ މީގެ އަހަރުތަކެއް ކުރިން އަޔާން މަލަކް އާ އެކު އުޅުނު ދުވަސްވަރު އައިމަން ބުނެފައިވާ ވާހަކަ ތަކެވެ.

ހިޔާލް ގެ މަންޒަރަށް އެ ދުވަސްތައް ފެންނަން ފެށުމާއެކު ނާޖިދު އަށް ބޮލުގައި ހިފައްޓާލެވުނެވެ.

******

އަޔާން އަށް ހުއްދަ ދިނުމާއެކު އަޔާން ދިޔައެވެ. އެވަގުތު އައިމަން އަށް އެހުރިހާ އެއްޗެއް އަޑުއިވުނެވެ.

އަޔާން ދިޔުމާއެކު އައިމަން ނާޖިދު ގާތަށް ގޮސް ވާހަކަ ދެއްކިއެވެ.

“ބައްޕާ… އަޅުގަނޑު އަޑު އަހައިފިން އަޔާން ދެއްކި ވާހަކަ…”

“ހޫމް” އައިމަން ވާހަކަ ދައްކާ ނިމުމާއެކު ނާޖިދު ހޫމް އެއް ލައްވާލިއެވެ. އަދި އައިމަން ދައްކަން އުޅޭ ވާހަކައަށް ސަމާލް ވިއެވެ.

“ބައްޕާ…. މަލަކް އަކީ ހާދަ ނިކަމެތި އާއިލާއަކުން އައިސް ހުރި ކުއްޖެކޭ… އެ ފަދަ ކުއްޖެއް މި އާއިލާ އާ ގުޅިއްޖެ ނަމަ ކިހާ ހުތުރު ވާނެ… މި އާއިލާ އަށް… މިހާ ތައުލީމީ އާއިލާއަކާ އެފަދަ ކުއްޖަކު ގުޅުން އެކަށީގެންވޭތަ؟ ނުވެއެއްނު… މަލަކް އަކީ ވަރަށް ނިކަމެތި ކުއްޖެއް… ނިކަމެތި އާއިލާއަކުން އައިސް ހުރި ކުއްޖެއް… ނުކިޔަވާ… އޭނަ މިއާއިލާ އަށް އައިސްފިނަމަ އޭނާގެ ނުހިނގޭ މަންމަ އަށް ބޭސް ކުރަން ވެސް ޖެހޭނީ އަޔާންއަށް ހެން ހީވަނީ…. އެކަހަލަ މީހުން އުޅޭނީ އަބަދުވެސް އެކަހަލަ މަގްސަދެއްގަ… އެއްވެސް މީހަކަށް މި ޒަމާނުގަ އިތުބާރު ކިރާކަށް ނުވާނެ… އަބަދުވެސް އާއިލާ އާ އެއްފެންވަރުގެ ބަޔަކާ އިންނަން ވާނީ…. ” އައިމަން ބެލީ އޭނާގެ ވިހަ ނާޖިދު ގެ ސިކުނޑި ތެރެއަށް ވެއްދޭތޯއެވެ. ވީ ވެސް އެހެންނެވެ. މަޑު މަޑުން އޭނާ ގެ ސިކުނޑިއަށް ޝައިތާނާގެ ބާރު ފޯރުވަން ފެށިއެވެ.

އައިމަން އޭނާގެ ސިކުނޑިއާ ރަނގަޅަށް ކުޅެލިއެވެ. އޭނާގެ ވިސްނުން ބަދަލް ވެ ވަގުތުން މަލަކް އާ ދެކޮޅު ވެވުނެވެ. އެ އާއިލާ އަށް ގެންނަން ގެހޭނީ އެއްފެންވަރެއްގެ ބަޔެއްކަމުގައި ވިސްނުނެވެ.

“ބައްޕާ… އަޅުގަނޑަށް ފެންނަނީ އަޔާން އަށް ވެސް ނޭގި ދެމީހުން ދުރު ކުރުވަން… އެނޫނީ އަޔާން ވެސް ބައްޕަ އާއި ދެކޮޅު ވެދާނެ” އައިމަން ވާހަކަ އޮމާން ކުރަމުން ގެންދިޔައެވެ.

*****

އެ ދުވަހަށް ފަހު މިއަދާ ޖެހެން ދެންވެސް އައމަން ގެ އެ ބަސްތައް ނާޖިދު އަށް އަސަރު ކުރުވަމުން ގެންދިޔައެވެ. އެ ދުވަހު އައިމަން އޭނާއަށް ވިސްނައިދިން ގޮތަކީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ އަށް ގަބޫލް ކުރެވުނެވެ.

ހިޔާލް ތަކުން ނުކުތް ނާޖިދުގެ ހިތުގައި އަނެއްކާވެސް އީނާލް މިކްޔަން އާއި ގުޅުވުމުގެ ހިޔާލް ގަދަވެގަތެވެ. އެހެންނަމަވެސް މާޔޫސް ކަމާއެކު އިސްޖަހާލެވުނީ އެކަން ކުރާނޭ ގޮތެއް އަދިވެސް އެ ސިކުނޑިއަށް ވިސްނިފައިނެތީތީއެވެ.

ކަންތައް ތައް ވަމުން ދިޔަ ގޮތުން އީނާލް އާއި މިކްޔަން ގެ ގުޅުމަކީ ދުވަހަކުވާނޭ ކަމެއް ނޫން ކަމަށް ހިތް ބުންޏަސް ނާޖިދު އުންމީދުކުރުން ހުއްޓައެއްނުލައެވެ.

އޭނާގެ ހިޔާލަށް ދެވަނަ ވިސްނުމެއް އައީ އެވަގުތުއެވެ. ކަނތައް ކުރަންވީ ގޮތް ހިތުތެރޭގައި ރާވާލުމަށް ފަހު އޭނާ ހިންދެމިލިއެވެ.

ޒައިން މަސައްކަތުގައި އުޅޭފައި ގެއަށް ގޮސް ވަނުމާއެކު އޭނާގެ ލޮލުގައި މޭޒު ދޮށުގައި ފުން ވިސްނުމަކަށް ގެއްލިފައި އިން ރާނިޔާއަޅައިގަތެވެ. “މަންމާ ކިހިނެތްވީ؟” ރާނިޔާ ގާތު ޒައިން އަހާލިއެވެ. “ޒައިން ކުއްޖަކާ ރައްޓެހި ވެގެން ތަ ތިއުޅެނީ” ކުއްލިއަކަށް ރާނިޔާ ކޮށްލި ސުވާލަކުން ޒައިން ސިހިއްޖެއެވެ.

“މަންމާ… ކާކު ދެއްކި ވާހަކައެއް” ޒައިން އަށް އަހާލެވުނެވެ. “މަންމަ ގާތު ދެއްކި ކާކުކަމެއް ބަލާނެކަމެއް ނެތް ޒައިން… މި ސުވާލަށް ޒައިން ޖަވާބު ދީބަލަ” ރާނިޔާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ނުރުހުމުގެ އަސަރުތައް ފެނުނުހެން ޒައިން އަށް ހީވިއެވެ. ޒައިން އިސްޖަހާލަމުން އެއްބަސްވިއެވެ. “ކާކާ ޒައިން” ރާނިޔާގެ ދެވަނަ ސުވާލެއްވެސް ޒައިން އާ އަމާޒުވެގެން ދިޔައެވެ. އެއާއެކު ޒައިން ޖަވާބު ދިނެވެ.

“އީނާލް އާ” ޒައިން ގެ އަޑުގައި ވަނީ އާދަޔާ ހިލާފް މަޑު މައިތިރި ކަމެކެވެ. “ޒައިން އާދެބަލަ މަންމަ ގާތު އިށީންނަން… ” ރާނިޔާ ޒައިން ގާތުން އެދުމާއެކު ޒައިން އައިސް ރާނިޔާ ގާތު މަޑުކޮށްލިއެވެ. މޭޒުގެ އަނެއްފަރާތުގައި ހުރި ގޮނޑި ދަމާލާ ޒައިން އިށީނެވެ. އަދި ރާނިޔާ ދައްކަން އެ އުޅޭ ވާހަކައަށް ސަމާލުވެލިއެވެ. “ޒައިން ގާތު މަންމަ އެބައޮތް ވާހަކަ އެއް ދައްކަން ވެފަ… މަންމަ އަށް އެންމެ ރަނގަޅު ޒައިން ކޮންމެ ކުއްޖަކާ ވާހަކަ ދެއްކިޔަސް… ގުޅުނަސް… އެކަމަކު އެ ކުއްޖާ ވާން ޖެހޭނީ އަހްލާގު ރަނގަޅު އަންހެން ކުއްޖަކަށް… އަނެއް ކަމަކީ އެކަކު އަނެކަކާ މައްސަލަ ޖެހޭ ގޮތަކަށް މަންމަ ބޭނުމެއް ނޫން އެއްވެސް ކަމެއް ކުރާކަށް.. އަންހެން ކުއްޖާގެ އާއިލާގެ ރުހުމަކީވެސް ވަރަށް މުހިންމު އެއްޗެއް… ހަމަ އެކަނި މި މަންމަ ގަބޫލް ވެގެނެއް ހުރިހާ ކަމެއް އޮމާން ކޮށެއް ނުދާނެ… ޒައިން ޖެހޭނެ ހުރިހާ ކަމަކަށް ވިސްނަން… އެމީހުންނަކީ ވަރަށް ފާޑެއްގެ ބަޔެއްކަން ޒައިން އަށް އެނގެން ޖެހޭނެ… އެމީހުން ނެއް އެ އާއިލާ އަކަށް ތި ކަހަލަ އާދައިގެ މަސައްކަތް ކުރާ ކުއްޖަކު އަޔަކަ ނުދޭނެ…” ރާނިޔާ ފުންނޭވާއެއް ދޫކޮށްލިއެވެ. ޒައިން އަދިވެސް އިނީ އިސްޖަހައިގެންނެވެ.

ޒައިން އިނީ ރާނިޔާ ގާތު އެވާހަކަ ތައް ދެއްކީ ކާކުކަން އެނގެން ބޭނުންވެފައެވެ. އެހެންނަމަވެސް އެހެން އަހާނޭ ހިތްވަރު ނުލިބިފައެވެ.

“މަންމަ އަށް މިއަދު އީނާލް ގެ މަންމަ ގުޅި… ގުލާފަ ބުނި އެގޭ އެއްވެސް މީހަކު ގަބޫލެއް ނޫނޯ… ޒައިން އުޅޭތީ އީނާލް ވެސް ޒައިން އާހެދި އުޅޭ ވާހަކަ ބުނީ” ރާނިޔާ ބުނެލިއެވެ.

“މަންމަ އަށް ފެނޭ އީނާލް ދޫކޮށްލަން ޒައިން… ހަމަގައިމުވެސް ބައެއްގެ ތެރޭގަ ހަމަ ނުޖެހުމެއް އުފެދުމަކަށް މަންމަ އެއް ނޭދެން…” ރާނިޔާ ވާހަކަ ދެއްކުމާއެކު ޒައިން އިސްޖަހާލަމުން ބޯ ޖަހާލިއެވެ. އޭރު އޭނާގެ ލޯ ފެންކަޅި ވެފައި ވިއެވެ. އިސްޖަހާލީ އެ ދެލޯ މަންމަ އަށް ނުދެއްކުމަށެވެ. ކިތަންމެ ހިތް އެދުނަސް އީނާލް އާ އެކީ ގައި އޭނާއަށް އުފާވެރި ހަޔާތެއް އުޅެވިދާނެ ބާ އޭ ހިތް އަރާ ހާލު ޒައިން މަޑު މަޑުން ކޮޓަރިއަށް ގޮސް ވަނީ ރާނިޔާގެ ވެސް ހުއްދަ ލިބިގެނެވެ.

ޒައިން ގެ ފޯން ރިންގް  ވުމާއެކު އޭނާފޯން ނަގާ ބަލާލިއެވެ. އަޔާން ގެ ފޯނަކަށް ވުމާއެކު އޭނާ އެކޯލް ނަގާ ހިޔާލެއް ނުކުރިއެވެ. ފެންވަރައިގެން ނުކުމެ އެނދުގައި ޖައްސާލުމާއެކު ޒައިން އަށް ވިސްނެން ފެށުނީ އޭނާ އީނަލް އާ ވަކިވާން ޖެހޭތީ އެކަމާ މެދުގައެވެ.

“ކަމޯން ޒައިން ފޯން ނަގާބަލަ… އައި ހޭވް ޓް ޓެލް ޔޫ ދިސް… ބައްޕަ މަންމަ ލައްވާ ޒައިން ގެ މަންމަ އަށް ގުޅުވި ވާހަކަ ބުނަން އެބަޖެހޭ… ކިހިނެތް ހަދާނީ” ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އަޔާން ގެ ރުޅިވެސް ދިޔައީ ގަދަވަމުންނެވެ.

ދިހަވަރަކަށް ގުޅިފަހުން ޒައިން ފޯން ނެގިއެވެ. “ކީކޭ އަޔާން” ޒައިން ފަރުވާ ކުޑަގޮތަކަށް އަހާލިއެވެ. “ޒައިން އައި ނީޑް ޓް ޓޯކް ޓް ޔޫ” އަޔާން ހާސްކަމާއެކު ވާހަކަ ދެއްކިއެވެ. “ކޮން ވާހަކައެއް އަޔާން… ދެން އަހަރެންގެ މަންމަ އެއް ގަބޫލެއް ނުވާނެ… މިހާރު ކަންތައް ތައް މާ ގޯސް ވަނީ..އެންމެ ރަނގަޅު ވާނީ އަހަރެންވެސް ދެން އީނާލް އާ ވަކިވިއްޔާ…” ޒައިން ގޮތެއްނިންމިއެވެ. އެއާއެކު އަޔާން އަށް ކަންތައްތައް ވަރަށް ގޯސްވެފައި ވާކަން އެނގުނެވެ.

ޒައިން ފޯން ކަނޑާލުމާއެކު އަޔާން އަށް ދަތް ކުނޑި ވިކާލެވުނެވެ. އޭނާ ގެ އަތް މުށްކެވިގެން ދިޔުމާއެކު އޭނާގެ ޕްލޭނަށް އަމަލީ މަސައްކަތް ގެންނަންވީ ވަގުތު ޖެހުނީކަން އެނގުނެވެ.

އަޔާން އޭނާގެ ފޯން ނަގާ ނަންބަރުތައް ސްކްރޯލް ކުރަން ފެށިއެވެ. ބޭނުންވާ ނަންބަރު ފެނުމާއެކު އޭނަ އެ ނަންބަރަށް ގުޅާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ފުރަތަމަ ނަޒަރުން

Next

މާފްކުރާށޭ ކަލާ 16

Next
November 23, 2018

މާފްކުރާށޭ ކަލާ 16

Previews
November 23, 2018

ފުރަތަމަ ނަޒަރުން

15 Comments!

  1. Hi Mi says:
    November 23, 2018 at 9:05 pm

    Salaam. Heres the 22 nd part of the story. Hope u will enjoy this part too. A very special to those who supported me through out this journey from the begining. Much loves.
    Jazakumullah Khairan.

  2. Nun says:
    November 23, 2018 at 9:49 pm

    Vaahaka liyany namakahtha? Ehaa kuru kuru koh vaahaka mi genesdheny.dhen hafthaa eh dhe haftha fahun aneh bai mi up vany.ekam vx mi vaahaka varah reethi.

    1. Hi Mi says:
      November 23, 2018 at 10:10 pm

      Salaam. Vaaahaka nugenes dhevi kas v kamah takaa miadhu furathama up kohlin 21st vana part which has nearly 3000 words and more then 10 pages. And yhis is the second part that i uploaded today. Thankyou dear. Hiyaal ufalaa eku balaigane kuri ah oi thaa ithurah nasah kai kuraanan. Tbh midhiya dhuvas thakuge i had my exams and 3 varakah months v balikoh ulheythaaves. Ehenve daily up nukohdhevuni. Sorry about it. But i will try to upload the story soon. In Sha Allah. Nw that i am fine. Thankyou. Hiyaal balaigane kuro ah oi thaa thikan thah rangalhuvkuran masah kai kuraanan. Abadhuves thifadha faadu kiyumaki himi ge liyun therikan kuri araa irhurah kuriah dhaan libey hiyy vareh. Much loves.

  3. Lotus says:
    November 23, 2018 at 9:52 pm

    Nice… keep it up dear ???

    1. Hi Mi says:
      November 23, 2018 at 10:12 pm

      Thankyou dear. Lotus. I miss yh hehe. Hw r u?. Much loves. Ufaavehjje adhives story kiyaa kan ingunima. Much loves.

  4. Pinky shifoo says:
    November 23, 2018 at 10:27 pm

    Ohh nooooo ??????… Zain een aa dhurunuvahchey ???… Ayaan plxxxxx do something ???… Hehe… Mi part vx v reethi ❤️❤️❤️???????????????… Keep up the good work Hi Mi ❤️❤️❤️???… Next part v kiyaalaahithun mihury ???… Curiously waiting for the next part ???… Lots of love Hi Mi ❤️❤️❤️???????????????…

    1. Hi Mi says:
      November 24, 2018 at 10:56 pm

      Hehe. Alheyh dear. Haadha dheravi. Hingaa de balamaa dhrn vaa gotheh. V ufaavey pinky thihaa suporive v ma. Much loves from himi. Ur fan.

  5. Eysh says:
    November 23, 2018 at 10:30 pm

    Story v nice keep it up.. Waiting for next part?❤

    1. Hi Mi says:
      November 24, 2018 at 10:55 pm

      Thans eysh. V ufaavehjje commemt rh kohlima. Unmeedh kuran dhe huri part thakun ves comn fenigen dhaane kamah. Much loves.

  6. Naju says:
    November 23, 2018 at 11:02 pm

    Alhey no zain plxxxxx een aa dhurunuvahchey ???… Story is superb ingey hama ???… v v v nice n intresting mihaaru ???… much loves

    1. Hi Mi says:
      November 24, 2018 at 10:54 pm

      Alheyh. Hingdw balamaa dear. V ufaavehjje kamu dhiyaima. Much loves form me. Himi. And thanks.

  7. Aysh says:
    November 24, 2018 at 2:00 am

    Lovely I enjoyed this part great work hi mi looking forward to the next part ??????

    1. Hi Mi says:
      November 24, 2018 at 10:54 pm

      Thaks dear. Aysh. V ufaavehjje story kamudhihaeeth himi ufaakuran. Ehen faharu thakaa thafaathu story eh genes dheveytho mi try kurani. Much loves.

  8. unique says:
    November 26, 2018 at 11:01 pm

    varah reethi missed u hi mi
    ly

  9. Zuha says:
    January 6, 2019 at 3:18 pm

    Alhey zzain dont give up.hi mi varah reethi ingey mi part

Comments are closed.

Next Episodeހިތް އެދުނަސް… (23)←


All Right Reserved!