ހުވަފެނުގެ ރާނީ 14
މަސައްކަތުގައި އިނދެވުނު އިރެއްވެސް ނިކަތުއަކަށް ނޭނގުނެވެ. އޭނާ ގަޑީއަށް ބަލާލިއިރު ރޭގަނޑު ހަތެއް ޖަހަނީއެވެ. ނިކަތު ފައިލްތައް ލައްޕާލަމުން ހިގައިގަތީ އޮފީހުން ނިކުންނާށެވެ. އޮފީހުން ނިކުމެގެން ކާރާއި ހަމައަށް ގޮސްފައި ފޯނު ނުލައި އާދެވުނުކަން ހަނދާން ވުމުން ނިކަތު އަނެއްކާ ދިޔައީ ފޯނު ބަލައެވެ. މިފަހަރު އޭނާ ތިރިއަށް އައީ ތަންކޮޅެއް މަޑުންނެވެ. ވަރުބަލު ވެފައި ހުރުމުން ކުރިއަށް ފިޔަވަޅެއް ނޭޅެއެވެ. މަޑުމަޑުން އައިސް އޮފީހުން ނިކުންނަ ދޮރުގައި ނިކަތު ހިފާލިއެވެ. އޭތި ބޭރަކަށް ނުއެއް ހުޅުވުނެވެ. ދެންމެ އޭނާ ބޭރަށް ގޮސްފައި އައިއިރު ދޮރު ހުރީ ހުޅުވާފައެވެ. ނަމަވެސް މިހާރު މިހުރީ ކިހިނެއް ވެފައި ހެއްޔެވެ؟ ނިކަތު ދޮރުފަތުގައި މިފަހަރު ތަޅުވައިގަތީ ހިތުގައި ބިރުވެރިކަމެއް އުތުރި އަރައި ގަތުމުންނެވެ. އޭނާ ވަށައުގެން ބަލާލިއެވެ. އޮފީސް އެއްކޮށްވަނީ ނިއްވާލާފައެވެ. އެއްވެސް މީހަކު އުޅޭހެނެއް ހިއެއް ނުވެއެވެ. ހަމައެވަގުތު ނިކަތުއަށް ކަނެއްގައި ކޮޅަށް ހުރި މީހާ ފެނުނެވެ. ބިރުގަތްވަރުން ނިކަތުއަށް ދުއްވައި ގަންނަންވެސް ނޭނގުނެވެ. ވިދާލި ވިދުވަރެއްހެން އެމީހާ އައިސް އޭނާގެ އަނގަމަތީގައި އަތްއަޅަމުން އަނެއްފަރާތަށް ކުއްލިއެއް ޖަހާލަމުން ދަމާފައި ގެންދަން ފަށައިފިއެވެ. ތެޅެމުންދިޔަ ނިކަތުގެ ލޮލުން ހޯސްލާފައި ކަރުން ގަނޑު ފައިބައި ގަނެއްޖެއެވެ. ނަމަވެސް އޭނާއަށް އެއްކަމެއް ޔަޤީނެވެ. މިމީހާއަކީ އޭނާއާއި ހޮސްޕިޓަލުން ދިމާކުރި މީހާއެވެ. އެއްވަހެކެވެ.
01 ޖުލައި 2018
ރުކާޔަތު ދުވަމުން އައިސް ކޮޓަރިއަކަށް ވަންއިރުގައި އެކޮޓަތީގެ އެނދުގައި ފިރިހެންކުއްޖެއް އޮތީ ނިދާފައެވެ. ބައްޕައާއިއެކު އޭނާ އެގެއަށް އައި މީ ދެވަނަ ފަހަރެވެ. އެފިރިހެންކުއްޖާގެ ކައިރީގައި ހުއްޓިލި ނިކަތު އެކުއްޖާގެ މޫނަށް ބަލާލިއެވެ. އެކުއްޖާ އޭރު ނިދީގައި އޮވެގެން ވާހަކަ ދައްކަނީއެވެ. ދެފަހަރު އެސްފިޔަ ޖަހާލަމުން ގުދުވެ އެމޫނާއި ކައިރިވެލި ރުކާޔަތު އެތެރެއަށް ނޭވާ ހިފަހައްޓާލިއެވެ. އަމްރު ގައިން ދުވި މީރު ވަހުން ކުޑަކުޑަ ރުކާޔަތު ލޯބިކޮށް ލޯމަރާލަމުން ހީލިއެވެ.
އެނދުގައި އޮތް އަމްރުވެސް ލޯ ހުޅުވާލީ އެވަގުތުއެވެ. އަމްރު ބިރުން ފަހަތަށް ޖެހުނު ތަން ފެނިފައި ރުކާޔަތު ކުޑަކޮށް ދެރަވިއެވެ. އޭނާ ފުރަތަމަ ފަހަރަށް ފެންނަ ކޮންމެ މީހެއްގެ ހަރަކާތްވެސް ހުންނަނީ އެހެންނެވެ. ރުކާޔަތު ފިނިވެފައިވާ އަތުން އަމްރުގެ ގައި އަތް ޖައްސާލުމުން އަމްރުވެސް ބަލާލިއެވެ. ރުކާޔަތު އަމްރު ކައިރިއަށް އަރައި އޮށޯތީ އަމްރު ވާހަކަ ދައްކަން ފެށުމުންނެވެ.
“ވަޓް އަރ ޔޫ…..” އަމްރު އެހެން ބުނުމުން ރުޔާކަތަށް ކިޔާނެ އެއްޗެއް ނޭނގުނެވެ. އޭނާ ކޮނޑުއަރުވާލަމުން ކުޑަކުޑަކޮށް އަޑު ލައްވާލާފައި ހީލީއެވެ.
“ޔޫ އަރ ލައިކް އަރ ކުއީން… އައި ނޯ މައި ހުވަނުގެ ރާނީ…” ރުކާޔަތު ލޯބިކޮށް ހީލިތަން ފެނުމުން އަމްރުއަށް ބުނެވުނީ އެހެންނެވެ. އެހައި ރީތި ކުދިން އުޅޭބާވައެވެ.
އަމްރުއަށް ނިދުނު އިރުގައިވެސް ރުކާޔަތު އޮތީ އެދިމާލަށް ބަލާށެވެ. އޭނާއަށް އެހެން ދިމާލަކަށް ނުބެލުނެވެ. އަމްރު ނިދީގައި ވާހަކަ ދައްކާތީ ރުކާޔަތު ހައިރާންވިއެވެ. އޭނާ އެހެން ނިދީގައި ވާހަކަ ދައްކާ މީހަކާއި ދިމާވެފައެއް ނުވެއެވެ. އޭނާ އެހެން އޮއްވައި ކުއްލިއަކަށް މީހަކު އައިސް އޭނާގެ އަނގަމަތީގައި އަތްއަޅަމުން އެތަނުން ނަގައިގަނެއްޖެއެވެ. ބިރުގަތް ވަރުން ރުކާޔަތަށް ރޮއެވެސް ނުގަނެވުނެވެ. އެމީހަކު އެކުއްޖާ ދަމާފައި ކަހަލަ ގޮތަކަށް ގެނެސް ކުރިމަތިން ހުރި ކޮޓަރީގެ ދޮރުފައިން ޖަހައި ހުޅުވާލަމުން ތެރެއަށް ގަންނުވާލިއެވެ. އެނދުގައި ތިބި ދެމީހުންގެ ގައި އޭރު އެންމެ އަންނައުނު ފޮއްޗެއްވެސް ނެތެވެ. އެނދުގައި އިން ފިރިހެންމީހާ އެމަންޒަރު ފެނުމުން ކައިރީގައި އޮތް ތުވާލި ނަގަމުން ގައި އޮޅާލަމުން ރުކާޔަތާއި ދިމާލަށް ދުއްވައި ގަތެވެ. ރުކާޔަތު ދެން ބަލާލީ އެނދުގައި އިން އަންހެން މީހާއަށެވެ. އެއީ އީމާނާ ނޫން ދެވަނަ އެހެން މީހެއް ނޫނެވެ.
18 ޑިސެމްބަރ 2018
ތެޅެމުންދިޔަ ނިކަތުގެ ލޮލުން ހޯސްލާފައި ކަރުން ގަނޑު ފައިބައި ގަނެއްޖެއެވެ. ނަމަވެސް އޭނާއަށް އެއްކަމެއް ޔަޤީނެވެ. މިމީހާއަކީ އޭނާއާއި ހޮސްޕިޓަލުން ދިމާކުރި މީހާއެވެ. މި މިޙާގެ ގައިންވެސް ދުވަނީ ހަމަ އެވަހެވެ. އޭނާއާއި މިމީހަކު މި ދިމާކުރަނީ ކީއްވެ ބާވައެވެ. މިކަމަކީ އޭނާއާއި އަމްރުއާއި ގުޅުންހުރި ކަމެއްކަން އޭނާއަށް މިހާރު ޔަޤީން ވެއްޖެއެވެ. މޫނުގައި އެއްކޮށްހެން ފާޑެއްގެ ކަޅު ކުލައިގެ މާސްކެއް އަޅާފައި ހުރިއިރު އެމީހާގެ ލޯވެސް ރަނގަޅަށް ފެންނާކަށް ނެތެވެ. އެމީހާ ނިކަތު ގެނެސް އެތަނުގައި ރިސެޕްޝަން އޭރިއާ ތެރެއަށް ތެރެއަށް އެއްލާލިއެވެ. ރޯމަހެއް ދުރުގައި ޖެހޭ ފަދައިން ޖެހުނު ނިކަތު ތެޅިގަނެފައި އަވަހަށް ތެދުވެއްޖެއެވެ. އެމީހާ އަތް ފުޅާކޮއްލަމުން ހީލި އަޑު އިވުނެވެ. ރުޅިއައިސްފައިކަން އެ ހުނުމުން އެނގެއެވެ.
ނިކަތު ކިތަންމެ ދޮރާއި ދިމާލަށް ދާން ބޭނުން ވިއަސް އެފުރުސަތެއް އޭނާއަކަށް ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެމީހަކު ހުރީ ސީދާ އެދިމާލުގައި ހުއްޓިގެންނެވެ. އޭނާ އެއަށްވުރެ ބިރު ގަންނަނީ އޭނާ ބަނޑުބޮޑު ވީމައެވެ. އެދަރިފުޅަށް އެއްވެސް ގޮތެއް ވާކަށް އޭނާ ބޭނުމެއް ނުވެއެވެ. ލޯމަރާލަމުން އޭނާ ބޭނުންވީ އަމްރުއެވެ. ދުއާ ކުރެވެމުން ދިޔައީ އޭނާ ކައިރިއަށް އަމްރުއަށް އާދެވޭތޯއެވެ. ދިގު ދަނޑި ބުރިއެއް ކަހަލަގެ އެއްޗެއް އެމީހާގެ އަތުގައި އޮތެވެ. އަތަށް ހެޔޮވަރު ކޮއްލާފައި އޮތްއިރު ހީވަނީ ދެންމެ ދެންމެ އޭނާގެ ގައި ޖަހައިފާނެ ހެންނެވެ.
“ކަލޭ… ކަލޭތީ ހަމަ ކަލޭގެ ބަފާ…” ބަރު ބަރު އަޑުން އެމީހާ އެހެން ބުނިއިރު އެމީހާ ނިކަތު ދެކެ ރުޅިއަންނަ ވަރު ނިކަތުއަށް އެނގުނެވެ. ނެގި ނެގިފައި ޖެހެމުން ދިޔަ ހިތް ހީވަނީ އޭނާގެ މޭ ފަޅާފައި ނިކުމެ ފާނެ ހެންނެވެ.
“ތީ ހަމަ ނިކަތުތަ؟ އަހަންނަށް ހާދަ ހީނުވެޔޭ.. ނިކަތުއަކީ މަޑުން އިންނަ ކުއްޖާ..” އެމީހާ އަނެއްކާވެސް ހީލިއެވެ. މިފަހަރު މަލާމަތް ކުރާފަދަ ގޮތަކަށެވެ.
“އަޅުގަނޑު…” ނިކަތު އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓާލީއެވެ. އޭނާ ބޭނުންވީ މިމީހާގެ އުޅުން ދެނެގަންނާށެވެ. އެމީހާ ބުނަން ބޭނުންވި އެއްޗެއް ބަލާށެވެ. ހާއްސަކޮށް ނިޝާންގެ ވާހަކަ ބުނުމުން އޭނާ ބޮޑަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
“ރުކޫ… ތީ ރުކޫއެއް ނޫންތަ…” އެމާސްކުގެ އެތެރެއިންވެސް އެމީހާ އޭނާ ތޮރުފާލި ފަދައެވެ. އެނަމަކީ އޭނާއަށް މިހާރަކަށް އައިސް އަބަދުހެން އެކި ގަޑިގަޑީގައި ހަނދާންވާ ނަމެކެވެ. މިމީހާއަށް އެނަން އިނގުނީ ކިހިނެއްބާވައެވެ.
“ރުކޫ..” ނިކަތު އަމިއްލައަށް އެހެން ބުނެލި ހިނދު އޭނާއަށް ހަނދާންވަމުން ދިޔަ ކުޑަކުޑަ އެއްމާބަނޑު ދެކުދިންނެވެ. އޭގެ ތެރެއިން އެއްކުއްޖަކީ އޭނާއޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ.
އެމީހާ ނިކަތުއާއި ދިމާލަށް ފުރަތަމަ ފިޔަވަޅު އަޅާލުމާއެކު ބިމަށް ފައި ހެޔޮވަރު ކޮއްލިއެވެ. ނިޝާން އޭނާއަށް ދަސްކޮށްދިން ސެލްފް ޑިފެންސް އުކުޅު ތަކުގެ މަތިން ހަނދާން ވުމުން ނިކަތު ލޯ މަރާލަމުން ފަހަތަށް ކަނާތުފައި ލަމުން ހަމަ ޖެހިލިއެވެ. އެމީހާ ދުވެފައި އައިސް މަޅައިގަތް ދަގަނޑު ބުރި ފެނުމުން ނިކަތު ތިރިވެލީއެވެ. އޭތި މަޅައިގަތްލޭ ބާރުކަމުން އެމީހާގެ އަތުން އެދަނޑިބުރި ދޫވީއެވެ. އެދަނޑިވަޅު ބަލާފައި ނިކަތު އުޅުނީ ދޮރާއި ދިމާލަށް ދުއްވައިގަންނާށެވެ. ނަމަވެސް ކައިރީގައި ހުރި މީހާ އެއަށްވުރެ މާހުޝިޔާރެވެ. އެމީހާ ދުރަށް ޖެހިލި ނިކަތުގެ ކަރުގައި ހިފި ގޮތެއްވެސް ހުދު ނިކަތުއަށްވެސް ނޭނގެއެވެ. ނިކަތު ބިމުން ފައި ކެނޑުމުން އޭނާއަށް ބާރަށް ރޮއެ ގަނެވިއްޖެއެވެ. އެމީހާ ނިކަތު އެއް އަތުން ބިމުން ކަނޑުވާލާފައި ހުރިއިރު ބާރުގަދަ ވަރު އެނގެއެވެ. އައްމާރު އޮފީހުގެ މަތީގައި މަޑުކޮއްލައިގެން ހުރީ އަމްރު ބުނި އެއްޗަކާއި މެދު ވިސްނާށެވެ. ލިފްޓަށް އަރައި ޖީއަށް ފިއްތާލަމުން އަމްރު ފުންނޭވާއެއް ދޫކޮށްލިއެވެ.
ނިކަތު އަތާއި ފައި މަޑު ތުރުތުރު ލުމެއް ހިފަންފެށިއެވެ. އައްސިވާން ފެށި ނިކަތުގެ މޫނުން ލޭ ހުސްވި ކަހަލައެވެ. ގައިގައި ހުރި އެންމެ ފަހު ބާރު ކޮޅާއިއެކު އަތް ނެގި ނިކަތުއަށް ހިފުނީ އެމީހާގެ ކަރުގައެވެ. ނިޔަފަތިއަށް އެމީހާގެ ކަރަށް ވައްދާލި ނަމަވެސް އެމީހާ މިފަހަރު ނިކަތު ދުލެއް ނުކޮށްލިއެވެ. ނިކަތުއަށް ފުސްނަމުން ދިޔަ ލޮލަށް އެންމެ ފަހުން ފެނުނީ ލިފްޓްގެ ދޮރު ހުޅުވުނު ތަނެވެ. އަދި ލިފްޓުން ހުޅުވެން ކީ އަޑެވެ. މުނި ތަނަށް އަނދިރިކަން ވެރިވެގެން ދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ލޯހުޅުވާލި ނިކަތުއަށް އެންމެ ފުރަތަމަވެސް ފެނުނީ އޭނާގެ ކައިރީގައި ކޮޅަށް ހުއްޓުހުރި އަމްރުއެވެ. ނޭވާލާން މަސައްކަތް ކުރި ހިނދު ކަރަށް ވެގެންދިޔަ ތަދުން ނިކަތު ކުށި އަރާގޮތްވިއެވެ. ދުރުގައި ކޮޅަށްހުރި ނިޝާން ފެނުމުން ނިކަތުގެ ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ނިކަތު ބަލާލި ގޮތުން އެކަނިވެސް ވަގުތު ޖެހިއްޖެކަން ނިޝާންއަށް އެނގުނު ކަހަލައެވެ. ނިޝާންގައިން ހުރިހާ ބާރު ދޫވި ކަހަލައެވެ. ނިކަތު އަތް ނަގަމުން ދިއްކޮށްލީ ނިޝާންއާއި ދިމާލަށެވެ. ދުރުގައި ހުރި ނިޝާން އަވަހަށް އައިސް އެއަތުގައި ހިފާލިއެވެ. މަޑުމަޑުން ތެދުވި ނކަތު ނިޝާންގެ ކޮނޑުގައި ބޯއަޅަމުން ގިސްލަ ގިސްލާފައި ރޯންފަށައިފިއެވެ. އެމްނޒަރު ފެނުނު އަމްރު ފުން ނޭވާއެއް ދޫކޮށްލިއެވެ. ތުރުތުރު ލަމުން ދިޔަ ނިކަތު އެންމެ ފަހުން ނިޝާންގެ އަތް މައްޗަށް އޭނާގެ ވަރު ދޫކޮށްލިއެވެ.
“އަމް ސޮރީ ބައްޕާ…” ކުރިއަށްވުރެ ބޮޑަށް ކަންތައްތައް ހަނދާންވަމުން ދިޔަ ނިކަތުގެ ބޮލުގައި ރިއްސަން ފެށިއެވެ. ނިކަތުއަށް މުނި ގަޔަށް ކުރިން ނާރާފަދަ ބާރެއް ވެރިވިއެވެ.
“ޑޮކްޓަރ..” ތުރުތުރު ލަމުން ދިޔަ ނިކަތު އެނދުގައި ބާއްވަމުން ނިޝާން ދުއްވައިގަތީ ޑޮކްޓަރ ހޯދާށެވެ. އަމްރު ހާސްވި ނަމަވެސް ފުރަތަމަ ނިކަތު އަރިއަކަށް ބޭއްވީއެވެ. އަދި ނިކަތުގެ ބުރަކަށީގައި ފިރުމަން ފެށިއެވެ. ދެ ނަރުހުންނާއިއެކު ޑޮކްޓަރ އައިސް އެތަނަށް ވަންނަންދެން އަމްރު އިނީ އެހެންނެވެ. ނަމަވެސް އޭނާގެ ލޮލުން ފުރަތަަމަ ކަރުނަ ތިކި ވެއްޓުނީ ނިކަތުގެ އަނގައިން ދަވަތަށް ބޭރުވާތަން ފެނުމުންނެވެ. ޑޮކްޓަރ އައިސް އެންމެ ބޭރަށް ނެރުމުން އަމްރު ދަތްކުނޑި ވިކާލިއެވެ.
“އަމް ގޮނަ ކިލް ދެޓް ސަން އޮފް އަ….” އަމްރު މަޑު ޖެހިލީ ކުރިމަތިން އައްމާރު ފެނުމުންނެވެ. އައްމާރު މަޑުމަޑުން ހިނގާފައި އައިސް އަމްރުގެ އަތުގައި ހިފައި އެތަނުން ނެރުނެވެ.
“އަމްރު.. އައި ވޯންޓް ޔޫ ޓު ބީ ވިތް ނިކޫ ކޮންމެ ގަޑިއަކު ވެސް…” އައްމާރު އެހެން ބުނީ ވަރަށް ވިސްނާފައެވެ. އައްމާރު ދެންފެށީ އޭނާއަށް ނިކަތު ފެނުނު ގޮތް ކިޔައިދޭށެވެ.
އައްމާރު އެގަޑީގައި ލިފްޓިން ފޭބުމާއެކު ފެނުނީ ދުރުގައި ނިކަތުގެ ކަރުގައި ހިފައިގެން ހުރި މީހާއެވެ. އައްމާރު ފެނުމާއެކު އެމީހާ ދުވެފައި ފަހަތު ދޮރުން ލާފައި ދުވެފައި ދިޔައީއެވެ. އެމީހާގެ އޮފީހު ތެރެއިން އައްމާރު އަތުގައި ނުޖެހެން ވެގެން ދުވެފައި ދިޔަ ގޮތުން ހީވަނީ އޮފީސް ވަރަށް ރަނގަޅަށް ދަންނަ މީހެއް ހެންނެވެ. އެވާހަކަ ކިޔައި ދިނުމުން އަމްރު ރުޅި އަންނަ ގޮތްވިއެވެ. އައްމާރުގެ ކަރުމަތީގައި ހަލާކު ވެފައިވާތަން ފެނުމުން އަމްރު އެއީ ކިހިނެއް ވެފައިތޯ އަހައިލިއެވެ. އައްމާރު އެމީހާގެ އަތުގައި ހިފުމުން އެމީހާ އަތް އަޅުވާ އަނިޔާ ދިނީ އައްމާރުގެ ކަނދުރާ މައްޗަށެވެ. ހީވަނީ ގަސްތުގައި ކުރި ކަމެއް ހެންނެވެ.
“ބެއްބެ ތިބުނީ އޮފީސް މީހެކޭތަ ދެން…” އައްމާރު ބޯ ޖަހާލި ތަން އަމްރު އިތުރަށް ރުޅި އަންނަ ގޮތް ވިއެވެ.
“އަމްރު.. ބެއްބެ އެބަ ހިތަށް އަރާ އަދި އެހެން ވާހަކަ އެއްވެސް ދައްކަން ވެފަ….” އައްމާރު ހިންދެމިލަމުން އަމްރުގެ ކޮނޑުގައި ހިފައި ދުރަށް ޖެހިލިއެވެ.
“ބެއްބެ މީ އެންމެ ގާތުން އޭރު ނިކަތު އާއި ރުކާޔަތު އުޅުނު ގޮތް ދެކުނު މީހެއް… އައި ޑޯންޓް ތިންކް ދެޓްސް ނިކޫ…” އައްމާރު ދުރު ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އަދި އަމްރުގެ މޫނަށް ބަލާލީ ޤަބޫލު ކުރާށޭ ބުނާފަދަ ގޮތަކަށެވެ.
“ހެހެ.. އަހަންނަށް އިނގޭ ބެއްބެ ނިކޫދެކެ ލައިކް ވާކަން.. އެކަމް ތިވަރު ނުވިއަސް އޯކޭ…” އަމްރު އެއްވެސް މީހަކު ދައްކާ ވާހަކަ ޤަބޫލު ކުރާކަށް ބޭނުމެއް ނުވިއެެވެ. މިވަގުތު އޭނާއަށް އެއްވެސް މީހަކަށް އިތުބާރު ކުރާކަށް ބޭނުމެއްވެސް ނުވެއެވެ.
“އަމްރު…” ލޯ މަރާލަމުން އައްމާރު ގޮވާލީ ނުރުހުން ވެފައެވެ. އަމްރު ބުނީ ތެދު ވާހަކައެއް ނަމަވެސް މިވަގުތު އޭނާވެސް ބޭނުންވަނީ ހަމަ އަމްރު އެބޭނުންވާ ކަންތަކެވެ. އަމްރު ނިކަތު އޮތް ކޮޓަރިއާއި ދިމާލަށް ހިނގާފައި ދިއުމުން އައްމާރު ނިކަތުގައި އަތް ޖައްސާލިއެވެ.
ލޯ މަރާލައިގެން އޮތް ނިކަތުގެ ކައިރީގައި އިށީންނަމުން އަމްރު އެމޫނުގައި ލޯބިން ފިރުމާލިއެވެ. އޮކްސިޖަން މާސްކް އަޅާފައި އޮތްއިރު އޭގެ ތެރެއިން ދަތިކޮށް ނޭވާލާން މަސައްކަތް ކުރަމުން ދިޔަ ނިކަތުއަށް ބަލާލަމުން އަމްރު ހީލިއެވެ. މިހުރިހާ ދުވަހު އެއްވެސް މީހަކަށް ނުވަދެވޭނެ ގޮތަށް އޭނާ ރާނަމުން ދިޔަ ހުރިހާ ފާރެއް ފުޑު ކޮއްފައި ނިކުއްޖާ އޭނާގެ ހިތާއި ހަމައަށް ވާސިލްވީ ކިހިނެއް ހެއްޔެވެ. އަމްރު ހިނިތުންވަމުން ނިކަތުގެ ކަނދުރާގައި އަތް ޖައްސާލިއެވެ.
“މައި ފައިޓަރ…” އަމްރު އެހެން ބުނަމުން އަނެއްކާވެސް ހީލިއެވެ. ނިކަތު ވަރަށް މަސައްކަތް ކޮއްފިއެވެ. އެހެން އެއްވެސް ނުކުރާ މަސައްކަތް ކޮތްފިއެވެ.
“އަމް ހިއަރ މައި ކުއީން.. އިފް ޔުއަރ މައި ކުއީން ޕްލީޒް އޯޕެން ޔުއަރ އައިސް…” އަމްރު ހަނދާންވަމުން އޭނާއަށް ކުޑައިރުގައި ފެނުނު އަންހެން ކުއްޖާ މަތިންނެވެ. ނިކަތުއާއި ދިމާލަށް ބަލާލަމުން ލޯމަރާލަމުން އަމްރު އެ އެނދުގައި ބޯއަޅާލިއެވެ. ފިނިފިނި އަތަކުން އަމްރުގެ ކޮލުގައި ހިފާލުމުން ތެޅިގަނެފައި އަމްރު ލޯ ހުޅުވާލިއެވެ. އެހާމެ އަވަހަށް އޭނާ ހިނިތުން ވެލިއެވެ. ނިކަތު ބަލަން އޮތް ގޮތުން އެއީ އޭނާގެ ހުވަފެނުގެ ރާނީއޭ އަމްރުގެ ހިތް ބުނަން ފެށިއެވެ. ނިކަތުގެ ބަލަން ހުރި ގޮތުން އަމްރުއަށް ޔަޤީންވީ ނިކަތުއަށް ކޮންމެވެސް ވަރަކަށް އޭނާ އިނގޭކަމެވެ. ކުރިން ނުބަލާ ނަޒަރަކުން މިހާރު ނިކަތު ބަލަން އިންއިރު އެލޮލުން އެހެންނާ ނުފެންނަ ލޯތްބެއް މިއަދު އަމްރުއަށް ފެނުނެވެ.
“ޔޫ އޯ.ކޭ…” އަމްރު ނިކަތުގެ އަތް އޭނާގެ އަތު ތެރެއަށް ލަމުން ބުނެލިއެވެ. މަޑުމަޑުން ބޯ ޖަހާލި ނިކަތު މިފަހަރު ހީވެސް ނުލައެވެ.
އަނެއް ފަރާތަށް އެނބުރު ނިކަތުއަށް ސިފަވަމުން ދިޔައީ އެއްވެސް އަންނައުނުެއް ނެތް ހާލަތުގައި ތިބި އީމާނާއާއި ޝައްމޫނެވެ. ލޯމަރާލަމުން ދެން އޭނާ އެނބުރިލީ އަމްރުއާއި ދިމާލަށެވެ. އަމްރު އެހެން އަންެހެނުން ދެކެ ރުޅި އަރަނީ ކީއްވެކަން އޭނާއަށް އެނގުނެވެ. ނަމަވެސް އަމްރު ކުރިން އޭނާދެކެ އެހައި ރުޅި އަރަންވި ސަބަބެއް އޭނާއަކަށް ނޭނގުނެވެ. ގަދަކަމުން ހީލަމުން ނިކަތު ބެލީ ނިދާލެވޭތޯއެވެ. ލޯމަރާލާ ކޮން ެ ފަހަރަކު އޭނާއަށް ސިފަވަމުން ދިޔައީ ޝައްމޫން ތުވާލި އޮޅާލަމުން އައިސް އޭނާ ވެއްޓުނަ ނުދީ ނެގި ތަނެވެ. ހީވަނީ އަމިއްލަ ދަރިއަކު ނެގި ހެންނެވެ. ނިކަތުގެ ލޮލަށް ކަރުނަ ޖަމާވިތަން ފެނިފަ އަނެއްކާވެސް އަމްރު ހާސްވާ ގޮތްވިއެވެ. ނަމަވެސް އަވަހާއި ލޮލުން އެ ފުހެލަމުން ނިކަތު ދުރުބަލާލިއެވެ. އަމްރު ކުރިއަށް އޮތް ދުވަހުގައި އޮބްޒަވޭޝަންގައި ބޭއްވުމަށްފަހު ނިކަތު ދޫކޮށްލީ ދެދުވަސްފަހުން ދައްކަން އަންނަ ގޮތަށެވެ.
ގެއަށް ދޫކޮއްލި ނިކަތު އަބަދުހެން ވިސްނަމުން ދިޔައީ އޭނާއަށް ފެންނަމުން ދިޔަ ކަންތައްތަކާއި މެދުގައެވެ. މިއަދު އެމީހުންގެއަށް އީމާނާ އައިސް އުޅުމުން އޭނާ އެހެންނާ ނުވިސްނާ ވަރަށް އެބަ ވިސްނެއެވެ. އީމާނާ ފެންނަ ކޮންމެ ފަހަރަކު އޭނާ ހަނދާންވަނީ އެކަންތަކާއި މެދުގައެވެ. އީމާނާ ކިތަންމެ ނުރުހުނު ނަމަވެސް އަމްރުގެ އެދުމުގެ މަތިން އައީ މިއަދ ސާރާވެސް ކަމެއްގައި އިންޑިއާއަށް ފުރަން ޖެހުމުންނެވެ. އެނދުގައި އިށީނދެގެން އިން ނިކަތުގެ އަތުގައި އޮރެންޖް ޖޫސްތައްޓެއް އޮތެވެ. އޭގެއަށް ބަލަހައްޓައިގެން އިންދައި އީމާނާ އައިސް ޖެހިގެން ހުރި ސޯފާގައި އިށީންނަމުން ނިކަތުގެ މޫނަށް ބަލާލިއެވެ. އެއީ ތަޝްކީލްގެ ދިރިހުރި ކޮޕީއެކޭ ބުންޏަސް ތަފާތަކަށް ނުވާނެއެވެ. މިއަދު އޭނާގެ މާމަ ދަރިއަކު ނިކަތުގެ ބަނޑުގައި ނެތްނަމަ އޭނާ އެތަނަކަށް ނާންނާނެއެވެ.
“ތީގެއަށް އަހަރެން ޒަހަރެެއް ނާޅަން…” އީމާނާ ރުޅި ފޮރުވާލަމުން ބުނެލިއެވެ. ނިކަތު އީމާނާއާއި ދިމާލަށް ބަލާލީ އެއްވެސް އަސަރެއް ނެތްފަދަ ގޮތަކަށެވެ.
“ކިހިނެއްވީ ތިހެން ތި ބަލަނީ؟..” ނިކަތު ބަލަން އިންގޮތުން އެންމެ ފަހުން އީމާނާ އަހާލިއެވެ. ނިކަތު ބޯއަރި ކޮއްލަމުން ފާޑަކަށް ކޮނޑު އަރުވާލިއެވެ.
“އަހަރެންގެ އަމްރުއަށް ކޮން ސިހުރެއް ހަދައިގެން ތިއުޅެނީ.. ތިކަހަލަ އަންހެނުންގެ ވައްތަރޭ އެއީ…” އީމާނާ އެހެން ބުނެފައި ތެދުވެ ނިކަތުގެ އަތުގައި އިން ޖޫސްތަށި ކައިރީ ކަބަޑު މަތީގައި ބަހައްޓަމުން ދުރަށް ހިނގައިގަތެވެ.
“އައި ސޯ ޔޫ…” ކޮޓަރިން ނިކުމެ ނިކުމެ ހުރި އީމާނާގެ ފައި ދޮރާއި ހަމައިން ގަނބައިގެން ދިޔަ ކަހަލައެވެ. އެހުރި ހިސާބުގައި މަޑު ހުއްޓުނު ގޮތުން ހީވީ ތިރިއަށް އޭނާގެ ދެފައި ގަނބައިގަތް ހެންނެވެ.
“ކީކޭ؟…” އީމާނާ ފަހަތަށް އެނބުރެމުން އެހެން އަހާލިއިރު މިފަހަރު ނިކަތުގެ މޫނުގައިވީ ކާމިޔާބުވި ކަމުގެ ހިނިތުން ވުމެކެވެ.
“އަޅުގަނޑު ދައްތަ ދެށިން… އެހެން ފިރިހެނަކާއިއެކު…” ނިކަތު ގަސްތުގައި ދައްތައޭ ބުނީ އޭނާވެސް އީމާނާއާއި ޤަބޫލު ނޫނޭ ބުނާފަދަ ގޮތަކަށެވެ.
“ނިކަތު ހަނދާން އެބަހުރިދޯ އެހެން ވީމަ… ހާދަ މަކަރުވެރި އަންހެނެކޭ ދޯ…” އީމާނާ މޫނަށ ޖަންބު ކުލަ ވެރިވެގެން ދިޔައީ އޭނާ ރުޅިއައި ވަރުންނެވެ. ނިކަތު ބޯ ޖަހާލީ އޭނާއަށް ކޮންމެވެސް ވަރެއް ހަނދާން ވުމުންނެވެ.
“ކޮންމެވެސް ވަރަކަށް ހަނދާންވޭ.. ނޭނގެނީ ޝައްމޫންއެއީ އަޅުގަނޑުގެ ކާކުކަން…” ދޮގު ހެދުމެއްނެތި ނިކަތު އިސްޖަހާލަމުން ބުނެލިއެވެ. އީމާނާ ފުން ނޭވާއެއް ދޫކޮއްލަމުން އައިސް ނިކަތުގެ ކޮނޑުގައި ހިފައި އޭނާއާއި ކައިރި ކޮއްލަމުން ގުދުވެލިއެވެ. އަދި އެމޫނަށް ބަލާލަމުން ނިކަތުގެ ކޮލުގައި އަތް ޖައްސާލިއެވެ.
“އަހަރެން ދުއާ ކުރާނަން ނިކަތުއަށް ހުރިހާ އެއްޗެއް ހަނދާން ނުވޭތޯ..” އީމާނާ އެހެން ބުނަމުން އެތަނުން ނިކުމެގެން ހިނގައި ގަނެއްޖެއެވެ. ލޮލަށް ކަރުނަ ޖަމާވި ނިކަތު އީމާނާ އެހެން ބުނުމުން ވަރަށް ރުޅިއައެވެ. ނަމަވެސް އޭނާ އެއްވެސް ވަރަކަށް ޒުވާބަކަށް ދާކަށް ބޭނުމެއް ނުވެއެވެ.
“އަހަރެން މިބުނި އެއްޗެއް ނިކަތުއަށް އަދި އެނގޭނެ.. އެދުވަހުން ހިތަށް އަރާނެ ހަމަ ގައިމުވެސް އެއްވެސް ކަމެއް ހަނދާން ނުވިނަމައޭ… އަހަރެން މިއަދު މިމާފަށް އެދެނީ… އެދުވަހުން އަހަރެން މާފަށް އެދެން ބޭނުމެއް ނޫން…” އަނެއްކާވެސް ދޮރުމަތިން އީމާނާގެ އަޑު އިވުމުން ނިކަތު ބަލާލިއެވެ. މިފަހަރު އީމާނާގެ ލޮލުން ކޮންމެވެސް ކަމެއްގެ ހިތިރަހަ ފެންނަން ހުއްޓެވެ. އެރޭގައިވެސް އީމާނާ އޭނާއާއި ދިމާލަށް ބަލަންހުރީ ހަމަ އެފަދައިންނެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލަމުން ނިކަތު ބޯ ޖަހާލިއެވެ. މާފް ކޮއްފީމޭ ބުނާ ކަހަލަ ގޮތަކަށެެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.


AWWWW AVAHAH UP KOHDHEEBA PLEASE
CANT WAIT
Nice ? wen nxt?
Amru ge bappa dhw ehenweema mi ulheny nikath fahathun. And that’s not nikath dhw. Alhey waiting for the next part?
Wow ???nice story ❤️❤️❤️
Mistakes v Gina….ekamaku ves story v rythi…
Very nice and very emotional story
alhey haadha Lahey mihaaru up kuraale
Aekey haada lahey up kuraale
When next part up kuraniii?
mihaaru kithah dhuvas vehje up nukuraathaa…pls make it soon can’t wait