Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (12ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
November 21, 2018 6 Mins Read
11 Comments

ނާސިރާއި ރަހްމާ އަދި ހުމާވެސް އިނީ ޙައިރާންވެފައެވެ. އެހާ ކުޑަކުޑަކުދިންތަކެއް އެހާ މޮޅައް ކިޔާލަދިނީތީއެވެ. އެކުދިން ކިޔައިދިން ބައެއް ތަކެތި އެމީހުންގެ ހިތްތަކުގައި ކޮންމެވެސް ވަރަކަށް ހަރުލިއެވެ. ދެން އޮތީ ޝަރަފްވެރި މެހެމާނުގެ އަތުން ކުދިންނަށް އިނާމުތައް ރައްދު ކުރުމެވެ. އެކަން ނިމުމުން ޝަރަފުވެރި މެހެމާނުގެ ކުޑަކުޑަ ވާހަކަ ކޮޅަކަށްފަހު ދެން އިވެންޓްގެ ވަގުތީ މެނޭޖަރު އަދި އިވެންޓްގެ އިސް އޯގަނައިޒަރ ޝުކުރުގެ ބައި ފުރިހަމަކުރުމަށް ސްޓޭޖައް ހާޒިރުވުމަށް ގޮވާލިއެވެ. ހިބާގެ ނަމުން ގޮވާލި ވަގުތު ނާސިރާއި ރަހްމާގެ ހިތް އަވަސްވެގެން ދިޔައެވެ. އެދެ މީހުންގެ މޭތެރެ ކުއްލިއަކަށް ފިނިވެގެން ދިޔަ ކަހަލައެވެ. “އާއިޝަތު ހިބާ ނާސިރު” ދެފަހަރު ގޮވާލުމުން ހިބާ މަޑު ހިނގުމެއްގައި ސްޓޭޖައް އެރިއެވެ. އަދި މައިކް ކައިރިއަށް ހުއްޓި އޭނާގެ މައިންބަފައިންނަށް ބަލާލާފައި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އެ ހިނިތުންވުން އޭނާގެ މޫނުފޮތިކޮޅުގެ ސަބަބުން މީހަކަށް ނުފެނުނު ނަމަވެސް، ނާސިރުގެ އެއްވެސް އިޚްތިޔާރެއް ނެތި އޭނާއަށްވެސް ހިނިތުންވުމެއް ރައްދުކޮށްލެވުނެވެ.

ﷲގެ އިސްމުފުޅުގެ ބަރަކާތުން ފަށާ ނަބިއްޔާގެ މައްޗައް ޞަލަވާތް ދެންނެވުމަށްފަހު ހާޒިރުވެ ތިބި އެންމެންނާއި މުޙާތަބު ކޮށް ވާހަކަ ދައްކަން ފެށިއެވެ. އަދި ސްޕޮންސަރުންނާއި އެކިއެކި ހާއްސަ ފަރާތްތަކުގެ އެހީތެރިކަން ފާހަގަ ކުރުމަށްފަހު އެމީހުންނަށް ޝުކުރު ރައްދުކުރިއެވެ. އަދި އެއަށްފަހު އޭނާ ވާހަކަ ދައްކަން ބޭނުންވި މައިގަނޑު މަޢުޟޫއަށް ދިޔައެވެ. “އަޅުގަނޑުމެންގެ މި އިވެންޓްގެ އެންމެ މާތް މައިގަނޑު މަޤްސަދަކީ މިއަދު މި ސްޓޭޖުން އިނާމު ހާސިލް ކޮށްފައިވާ ކުދިންގެ ބުރަ މަސައްކަތް ބަލައިގަނެ އިތުރަށް އެފަދަ މަސައްކަތްތަކުގައި އެކުދިންނަށް ހިތްވަރު ދިނުން. ހަޤީޤަތުގައި އެކުދިން އެކުރި ބުރަ މަސައްކަތުގެ އަގު އަޅުގަނޑުމެން މިހެން ބާއްވާ ކުޑަކުޑަ ހަފްލާއަކުން ފާހަގައެއްވެސް ނުވާނެ . މިރޭ މުޅިންވެސް އަގުވަޒަން ކުރެވިފައި މިވަނީ 13 އަހަރުން ދަށުގެ ކުދީންކޮޅެއްގެ. އުމުރުން 14 އަހަރު ނުވަނީސް ކީރިތި ޤުރުއާން ހިތުދަސްކޮށް ނިންމާލީ… މާޝާ ﷲ….

އިސްލާމްދީނަކީ ޢިލްމު އުނގެނުމަށް ވަރަށް ބޮޑައް ބާރުއަޅާ ދީނެއް. ﷲ އަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތުގައި އަންގަވާފައިވަނީ “ކަލޭގެފާނުގެ ވެރި ރަސްކަލާނގެ އިސްމުފުޅުން ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ. އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލޭނގެއީ ގަލަމުން ލިޔަން އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައްތައް އެކަލާނގެ އުނގަންނައިދެއްވިއެވެ.”

ޤުރުއާނަކީ އޭގައި ހުރިހާ ކަމަކާއި ބެހޭގޮތުން ޢިލްމު ހިމެނޭ މާތް ފޮތެއް. އަދި އެ ފޮތް އަޅުގަނޑުމެނާއި ހަމައަށް ގެނެސްދީފައިވާ އެންމެ މާތް އިންސާނާ މުޙައްމަދުގެފާނު (ޞ.ޢ.ވ) އަންގަވާފައިވަނީ ޢިލްމު އުނގެނުމަކީ ކޮންމެ މުސްލިމެއްގެ މައްޗައްވާ ފަރުޟެއްކަމަށް. އަދި ޢިލްމު އުނގެނުމަށްފަހު އެ ޢިލްމު އެހެން މީހުންނަށް ދަސްކޮށްދޭ ފަރާތްތަކަށް ގުނާ އަދަދު ނުކުރެވޭ ވަރަށް ހެޔޮ ޖަޒާ ދެއްވާނެކަމަށް އަންގަވާފައިވޭ.. އަދި ޢިލްމު އުނގިނިފައިވާ މީހުންގެ ދަރަޖަ މަތި ކުރައްވާނެކަންވެސް އަންގަވާފައިވޭ..  ﷲ މުޖާދިލާ ސޫރަތުގެ އެގާރަވަނަ އާޔަތުގައި އަންގަވާފައިވަނީ ” ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި، ޢިލްމު ލިބިގެންވާ މީހުން ﷲ ދަރަޖަތަކަކަށް އުފުއްލަވާނެތެވެ. ﷲ އީ ތިޔަބައިމީހުންކުރާ ކަންތައް މޮޅައް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.”

ވީމާ ﷲ ތިކުދިންގެ ތި ބުރަ މަސައްކަތައް އޭގެ ޙައްޤު ދަރަޖަ ދެއްވާނެކަމާއިމެދު ޝައްކެއްވެސް ނެތް. ﷲ ތިކުދިންނަށް ދޭނެ ދަރަޖައިގެ ކުރިމަތީގައި އަޅުގަނޑުމެންގެ އަމިއްލަ ނަފްސައް ވިސްނާލާއިރު އަޅުގަނޑުމެން ލަދުގަންނަންޖެހޭ… އަޅުގަނޑުމެންގެ އުމުރުން މިހާ މައްޗައް ދިޔައިރު އަޅުގަނޑުމެނަށް ދަސްވީ އެ ޤުރުއާނުން ކިހާ މިންވަރެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލުމުން އެކުދިންނާއި އަޅުގަނޑުމެން އަޅާ ކިޔާއިރު ﷲގެ ޙަޟްރަތުގައި އަޅުގަނޑުމެންގެ އިއްޒަތާއި ޝަރަފްގެ އަގު އަމިއްލަ އަށްވެސް އިހްސާސް ކުރެވޭ. ދުނިޔޭގެ ކުރިމަތީގައި ކިތަމެ އިސްމަޤާމެއްގައި ތިއްބަސް ﷲގެ ޙަޟްރަތުގައި އެއްވެސް މީހަކަށް ނުވަންޏާ އަޅުގަނޑުމެން މި ދުނިޔޭގައި މިހޭދަކުރެވޭ ވަގުތުތަކުގައި އަޅުގަނޑުމެނަށް ހަޤީޤަތުގައިވެސް ރަނގަޅުކަމެއް ކުރެވޭތޯ އަމިއްލަ ނަފްސާ ސުވާލުކުރަންޖެހޭ..

އާދެ. އަޅުގަނޑުގެ މަޢުޟޫއަކީ ޝުކުރު ދެންނެވުން. މިފަދަ ސުވާލުތައް އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި ކުރުމުން އަޅުގަނޑުމެންގެ ހިތުގައި މިފަދަ ކުދިންނަށް ވާންޖެހޭނެ ޝުކުރު އެތައްގުނައެއް މަތިވެރި. އެކުދިންގެ މައިންބަފައިންނަށް ވާންޖެހޭނެ ޝުކުރު އެތައްގުނައެއް މަތިވެރި. އަޅުގަނޑުމެންގެ ތެރެއިން އެތައް ބަޔަކު ދުނިޔޭގެ އެކިއެކި ކަންކަމުގައި ޣާފިލްވެފައިވާހިނދު، މިކުދިންގެ މައިންބަފައިން އެކުދިން ދުނިޔެއަށް ލެއްވުމުގެ މަޤްސަދު ހަނދާން ނެތުނަ ނުދީ އެކުދިންނަށް ﷲ ގެ މަގުން މަގު ދައްކައިދީ، އަޚްލާޤް ރަނގަޅު، ދީންވެރި ބަޔެއްގެ ގޮތުގައި މުޖްޠަމަޢުއަށް ނެރޭތީ އަޅުގަނޑުމެން އެ މައިންބަފައިން އެ އޮހޮރާ ދަލުގެ އަގު ވަޒަން ކުރަން ޖެހޭ ކޮންމެ މުސްލިމަކުވެސް އެކަމަށް އުފާކުރަންޖެހޭ. އެފަދަ ދަރީން މި މުޖްޠަމަޢުގައި ނެތްނަމަ، ނުވަތަ އެފަދަ ދަރީން މި މުޖުޠަމަޢުގައި ނުއުފެއްދޭނަމަ އަޅުގަނޑުމެންގެ ޤައުމުގައި މިއަދު މި ފެންނަ ވަރަށްވެސް އިސްލާމްދީން ނޯންނާނޭކަން ކަށަވަރު.

އަޅުގަނޑުމެން ހުރިހާ އެންމެން ބޭރުޤަޢުމުތަކުގެ ކާފިރުންގެ ދިރިއުޅުމާއި، އާދަތައް އެ ދަރީންނަށް ދަސްކޮށްދޭނަމަ އެ ދަރީން ބޮޑެތި ވާނީ ހަމަ އެ ކާފިރުންގެ ގޮތުގައި. ﷲގެ ދީނަށް، އެކަލާނގެ ފޮތައް އެ ކުދީން ކުރާނީ މަލާމާތް. ނަމަވެސް މިކުދީން ފަދައިން، އެކުދިންގެ މައިންބަފައިން މި މުޖުޓަމަޢުއަށް އެ ދައްކައިދޭ ނަމޫނާ ފަދައިން އަހަރެމެން ދަރީން ތަރުބިއްޔަތު ކުރާނަމަ މި މުޖުޠަމަޢުއިން ފެންނާނީ އަޚްލާޤު ރަނގަޅު ދީންވެރި ކުދިން. ﷲގެ ދީނަށާއި، އެކަލާނގެ ފޮނުއްވި ނަބިއްޔާއަށް ލޯބިކުރާ ކުދިން. އެކަލާނގެ އެންގެވި މަގުން ހިނގާ ދީނަށްޓަކައި އެތަކެއް ޤުރުބާނީއެއް ވާނެ ކުދިން. އެއީ ނޫންތޯ އަޅުގަނޑުމެންގެ މުޖުޠަމައަށް މިއަދު އެންމެ ބޭނުންވާ ބަޔަކީ؟… ދީން ހިމާޔަތް ކުރެވޭނީ މީހާ ބުނާ ބަސްތަކަކުން ނޫން. އަދި އިންސާނުން އުފައްދާ ހަމަނުޖެހޭ ޤާނޫނު ތަކަކުންވެސް ނޫން. ދީން ހިމާޔަތް ކުރެވޭނީ އަމަލާއި ބަހުން އެ ދީނުގައި ސާބިތުވެގެން. ފުރިހަމަ މުސްލިމެއްގެ ގޮތުގައި ދިރިއުޅުމުން މިސާލު ދައްކައިގެން. މިތިބަ ކުދިން ފަދައިން ދީނަށް ލޯބިކުރާ، ﷲގެ ކަލާމްފުޅައް ލޯބިކުރާ ކުދިންތަކެއް ތަރުބިއްޔަތު ކުރެވިގެން.

ލޮބުވެތި މައިންބަފައިން… އަޅުގަނޑުގެ ދުޢާ އަކީ އަދި އުންމީދަކީވެސް  މިއަދާއި ހަމައަށް ތިޔަ ބޭފުޅުން އެކުދިންގެ އަތުގައި ހިފައިގެން އެކުދިންނަށް ތިޔަ ދެއްވި ތަރުބިއްޔަތާއި އެއްގޮތައް ކުރިއަށް އޮތް ތަނުގައި ވެސް ފަސް ޖެހުމެއްނެތި އަބަދުވެސް ހެޔޮ ރަނގަޅު މަގު އެކުދިންނަށް ދެއްކުމަށް އެކުދިންގެ އެންމެ ގާތުގައި ވާނެކަމަށް. އަދި ﷲގެ ލޯބި ހޯދުމުގެ މުހިންމުކަން އިހްސާސްވާ، ދީނުގެ ވާޖިބުތައް ފުރިހަމައަށް އަދާކުރާ ބަޔަކަށް އެކުދިންވާނެކަމަށް..  ދުނިޔޭގެ މި ނުބައި އޮއިވަރުގައި ޖެހި ﷲ އަށް ވުރެ ދުނިޔޭގެ އަޙްލުވެރިންގެ ލޯބި ހޯދަން މަސައްކަތް ކުރާ ކުދިބަޔަކަށް އެކުދިން ނުވުމަކީ އަޅުގަނޑުމެން އެންމެންގެވެސް ދުޢާއަކީ… އަދި ތިޔަ ކުދިން ﷲ އަންގަވާފައިވާ ފަދައިން އެކަލާނގެ ދެއްވުމަށް ވަޢުދުވެފައިވާ މަތީ ދަރަޖަތަކައް އެދި ތިކުދިންގެ ޢިލްމު އެހެންކުދީންނަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އުންމީދުކުރަން…..”

އެއަށްފަހު ﷲއަށް ހަމްދު ޘަނާ ދަންނަވައި އެރޭގެ ހަފްލާ އެ ހިސާބުން ނިމުނީކަމުގައި އިޢުލާން ކުރިއެވެ. ނަމަވެސް އެވަގުތު އެމީހުންގެ އެން.ޖީ.އޯގެ ވެރިޔާ ސްޓޭޖައް އަރާ ނިންމާލުމުގެ ކުރިން ފާހަގަ ކޮށްލަންޖެހޭ ކުޑަކަމެއް އޮތްކަމަށް ބުނެ ވޭތުވެދިޔަ ކުޑަ ދުވަސްކޮޅުގައި ހިބާ އެ ޖަމްޢިއްޔާއަށް ކޮށްދިން ކަންތައްތައް ފާހަގަކުރިއެވެ. ކުޑަކުޑަ ދުވަސްކޮޅުގައި ހިބާ އިސްވެ ހުރެގެން ހިންގުނު އެކިއެކި ހަރަކާތްތައް ފާހަގަކޮށް އެމީހުންނަށް އެކަމުގެ ސަބަބުން ލިބުނު ކުރިއެރުންތަކާއި، އުފަލާއި ހިތްހަމަޖެހުން ބުނެދިނެވެ. އަދި އެ ހަރަކާތްތަކުން އެހީތެރިކަން ލިބުނު އެންމެންގެ ނަމުގައި ހިބާއަށް ޝުކުރު އަދާކުރިއެވެ. އަދި ކުރިއަށް އޮތްތާގައިވެސް ހިބާ އެގޮތުގައި ދެމިހުރެ އެމީހުންނާއެކީ އެފަދަ އެތައް ހަރަކާތެއް ހިންގާނެ ކަމުގެ އުންމީދު ކުރާކަމަށް ބުންޏެވެ.

ހަފްލާ ނިމިގެން އެންމެންތައް ގެޔައްދިޔަ އިރު ހިބާ މަޑުކޮށްލީ އެ އިވެންޓްގައި އޭނާޔާއިއެކު އެ މަސައްކަތު އުޅުން ކުދިންނާއި އެކު ބޭކްސްޓޭޖްގެ ބައެއް މުހިންމު ސާމާނުތައް ރައްކާތެރި ހިސާބައް ލާފައި ދިޔުމަށެވެ. ނާސިރު ތިންމައިން ކާރުގައި ގެއަށް ދިއުމަށް މިސްރާބުޖެހި އިރު އެންމެންގެ ހިތްތަކުގައިވެސް ބިންވަޅު ނެގިފައިވަނީ ހިބާ ދެއްކި ވާހަކަތަކާއި މެދުއެވެ. ބެލެނިވެރިންނަށްވެތިބެ އެ މީހުންނަށް ރަނގަޅު ގޮތުގައި އެމީހުން ދަރީން ތަރުބިއްޔަތު ނުކުރެވޭ ކަމުގެ އިހްސާސް ފުރަތަމަ ފަހަރަށް ކުރެވެމުން ދިޔައެވެ. ސްޓޭޖުން ފެނިގެންދިޔަފަދަ ދީނަށް ލޯބިކުރާ ކުދިންތަކެއް އެމީހުންނަށް ތަރުބިއްޔަތު ނުކުރެވުންކަމުގެ އިހްސާސް ކުރެވުނެވެ. އަދި ޤުރުއާނާއި އެހާ ދުރުއިރު އެންމެ ކުޑަމިނުން ދީނީގޮތުން އެންމެ މުހިންމު ވާޖިބު ކަމުގައިވާ ފަރުޟު ފަސް ނަމާދުވެސް އެ މީހުންގެ ދަރީން ކުރުވަން އާދަނުކުރެވުނެވެ. އާދަކުރެވޭނީ ތިމާމެން އެކަން ކުރާނަމަތާއޭ ހިތައް އަރަމުން ދިޔައެވެ. އަދި ހިބާ އަށް ކޮންމެވެސް ގޮތަކުން ރަނގަޅުގޮތް ވިސްނި އެގޮތައް އުޅެން ފެށުމުންވެސް އެމީހުންނަށް އެކުއްޖާ ދުރުކުރެވުނީއެވެ.

އެފަދަ އެތައް ޚިޔާލުތަކެއް ނާސިރުގެ ސިކުނޑީގައި ޖަމާވެފައިވާއިރު ރަހްމާ އަށް އިހްސާސް ކުރެވެމުން ދިޔައީ އޭނާއަށްވެސް ދީނާއި ދުރުވެވިފައިވާ މިންވަރެވެ. ނަމާދެއް ކުރި ދުވަހެއް ހަނދާނެއް ނުވޭ ވިއްޔާއެވެ. އެތައް ދުވަހެއްފަހުން އުޅެވެމުންދަނީ ރަނގަޅައް ނޫންކަން އިހްސާސް ވުމުން އޭނާގެ މައިންބަފައިން މަތީން ހަނދާންވިއެވެ. އެ މައިންބަފައިން އޭނާއަށް ނަމާދުކުރަން ދަސްކޮށްދިނެވެ. ނަމަވެސް އެކަމުގައި އޭނާއަށް ސާބިތު ވެވިފަކާ ނުވެއެވެ.

………………..

ހިބާ ފަތިސް ނަމާދު ކޮށްލައިގެން ޒިކުރްތައް ކިޔާލާފައި އަނެއްކާވެސް ނިދާލީ ރޭގައި މާ ލަހުން ނިދުނީތީ އަދި އިވެންޓްގެ ކަންކަމުގައި މާބުރަކޮށް އުޅުނީތީ ވަރުބަލިކަން އިހްސާސް ވާވަރުންނެވެ. އެހެންނަމަވެސް މާދަމާގެ ކުރިން ނިންމަންޖެހޭ އެސައިންމެންޓެއް އަދި އެކީ ނުނިމި އޮތް ހަނދާންވުމުން މާގިނައިރު ނިދޭކަށްނެތްކަން ވިސްނުނެވެ. އެހެންނަމަވެސް ކުޑައިރުކޮޅަކު ނިދާލާފައި ހޭލަން ޖައްސާލީއެވެ.

……………….

ރޭގައި ހިބާ ދެއްކި ވާހަކަތައް އަދިވެސް ނާސިރުގެ ސިކުނޑިއާއި ދުރައް ނުދެއެވެ. އޭނާއަށް އުޅެވެމުންދަނީ ރަނގަޅައް ނޫންކަން ތަކުރާރުކޮށް އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދޭން އުޅޭ ކަހަލައެވެ ނާސިރު ސައިބޮއިގެން އައިސްވެސް އަނެއްކާ ކޮޓަރި އެނދުގައި އޮށޯވެލީ ހުކުރު ދުވަސްކަމުން އޮފީސްވެސް ނެތީތީއެވެ. ރަހްމާ އިނީ ލިވިންރޫމްގައި ޓީވީ ބަލާށެވެ. ރަހްމާގެ ހިތުގައި ރޭގައި ހިބާދެއްކި އެއްވެސް ވާހަކައެއް މިހާރަކު ހަނދާނެއް ނެތެވެ. ކުޑަވަގުތު ކޮޅަކަށް އާޚިރަތްމަތިން ހަނދާން ވި ނަމަވެސް މިހާރު އެ އިހްސާސްތައް ފިލާގޮސްފިއެވެ. ކަލާސް ޗެނަލުން ދައްކަމުންދިޔަ ހިންދީ ޑްރާމާއަކަށް ގެއްލިފައި އޭނާ އިންއިރު ހުމާ އިނީ އޭނާގެ ކޮޓަރީގައި ފިލާވަޅު ދަސްކުރާށެވެ. ހުމާގެ ސްކޫލް ދަޢުރުގެ އެންމެ ފަހުގެ ޓެސްޓައް ތައްޔާރުވުމުގައި ބުރަކޮށް މަސައްކަތް ކުރަނީއެވެ. ހުމާ ބޭނުންވަނީ އަންހެނުންގެ ހާއްސަ ޑަކްޓަރުކަން ކިޔަވާށެވެ. އެހެންކަމުން ރަނގަޅު ނަތީޖާއެއް ހޯދުމަކީ ވަރަށް މުހިންމުކަމެއްކަން އޭނާ ދަނެއެވެ.

ކޮޓަރިއަށްވަދެ ނިދާލަން އޮށޯތްނަމަވެސް ނާސިރުގެ ލޮލަކަށް ނިންޖެއް ނައެވެ. ކުޑައިރުކޮޅަކު ނިދޭތޯ އޮވެއޮވެފައިވެސް ނުނިދުމުން އެންމެފަހުން ތެދުވެ އެނދުގެ ފަޑީގައި ލެނދިލައި ހަމަޖެހިލިއެވެ. “ފަހަރެއްގައި އަހަރެމެންނަށް ހިބާއާއި ދޭތެރޭ މިކަންތައްކުރެވެނީ ރަނގަޅަކަށް ނޫންކަންނޭނގެ. މޫނުބުރުގާ އެޅިނަމަވެސް ހިބާ އޭނާގެ ހުވަފެންތައް ހަނދާން ނައްތައެއްނުލާ. އަދިވެސް އަހަރެމެންނަށް އުފާވެރިކަން ދިނުމަށް މަސައްކަތްކުރޭ. މީހުންގެ ހިތުގައި އަހަރެމެންނަށްވާ އިޙްތިރާމާ ޤަދަރު ކުޑަވިޔަކަ ނުދޭ.” ހިބާގެ ކަންކަމާއިމެދު ވިސްނެމުން ދިޔައިރު ރޭގައި ހިބާގެ ބައްޕަ އަށްވީތީ މީހުންގެ ފަރާތުން ނާސިރައް ލިބުނު ތަޢުރީފްގެ ބަސްތައް ހަނދާންވުމުން އެހިތައް ބުނެދޭން ނޭނގޭ އުފާވެރިކަމަކާއި ފަޚްރުވެރިކަމުގެ އިހްސާސްތައް ކުރެވުނެވެ. އެ މޫނުމަތީގައިވަނީ ހިތްހަމަ ޖެހުމެވެ.

ނަމަވެސް ނާސިރައް ނުވިސްނޭ ކަމަކީ މީހުންގެ ތަޢުރީފަކުން އާޚިރަތައް ކުރާނެ މަންފާއެއް ނެތް ކަމެވެ. އާޚިރަތުގައި އުފާވެރިކަމާއި ހިތްހަމަ ޖެހުން ހޯދަން ބޭނުންނަމަ މަސައްކަތްކުރަންވީ ހަމައެކަނި ﷲގެ ރުހުން ހޯދަން ކަމެވެ. ހަމައެކަނި ﷲގެ ލޯބި ހޯދަން ކަމެވެ. އަދި ހިބާ އެ މަސައްކަތްކުރަނީ އެކަން ހާސިލް ކުރަންކަން ނާސިރުމެނަށް ވިސްނޭނެނަމައެވެ.

އެ ޚިޔާލުތަކުން އެއްފަރާތްވި ނާސިރުގެ ލޮލުގައި އަނެއްކާވެސް އަޅައިގަތީ ހިބާ ރަހްމާއަށް ދީފައިވާ ފޮތެވެ. އެހެންކަމުން ކުރާނެ އިތުރު ކަމެއް އެވަގުތު ހިތައް ނައުމުން އެ ފޮތް ނަގާ އަނެއްކާވެސް ގަނޑުތައް އުކަން ފެށިއެވެ.

“ކޮންމެ ނަފްސެއްމެ، ހެޔޮކަމުގެ ތެރެއިން، އެ ނަފްސެއް ކުޅަކަމަކާއި، ނުބައި ކަމުގެ ތެރެއިން އެ ނަފްސެއް ކުޅަކަމެއް ހާޟިރު ކުރައްވާފައިވާތީ ދެކޭނޭ ދުވަސް (ހަނދުމަ ކުރާށެވެ! އެދުވަހުން) އެ ނަފްސެއް ކުޅަ ނުބައިކަމަކާއި، އެ ނަފްސަކާއި ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެ ނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ. ﷲ އެކަލާނގެ އުގޫބާތައް ތިޔަބައިމީހުން ބިރުވެތި ކުރައްވަތެވެ. ﷲއީ އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާ ވާށެވެ! އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާދެއްވާނެތެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ.” (އާލި އިމްރާން ސޫރަތުގެ 30-31 ށް)

އެއްލި ގަނޑަކުން ފެނިގެންދިޔަ އެދެ އާޔަތައްފަހު އެއާޔަތްތަކުގައި ﷲ އެކަލާނގެ ނަބިއްޔާއަށް(ޞ.ޢ.ވ) ކިޔަމަންތެރިވާން އަންގަވާފައިވާވަރު ހާމަކުރައްވާފައިވެއެވެ. އެކަލޭގެފާނަށް(ޞ.ޢ.ވ) ތަބާވާ މީހުންދެކެ އެކަލާނގެ ލޯބިވެވަޑައިގަންނަވާނެކަން ހާމަކުރައްވާ، އަންގަވާފައިވާއިރު، އެކަލާނގެ ލޯބި ހޯދަން އެ ނަބިއްޔާއަށް (ޞ.ޢ.ވ) ކިޔަމަންވެ ސުންނަތްތަކުގައި ހިފުމުގެ މުހިންމުކަން ބަޔާން ކުރައްވާފައިވެއެވެ.

ނާސިރު އެ ގަނޑުކިޔުމުން އަނެއްކާވެސް އޭނާގެ ފާފަތަކުގެ އިހްސާސް ކުރެވެންފެށުނެވެ. އަދި އެ މީހުންގެ ތަރުބިއްޔަތަކާއިނުލާ ﷲގެ ރަޙީމްވަންތަކަމުން ހިބާ އަށް ތެދުމަގުލިބި ހިބާ އެ ތެދުމަގުގައި ހުންނަން މަސައްކަތް ކުރާވަރު އިހްސާސްވިއެވެ. އަދި އެ ދަނޑިވަޅުގައިވެސް ނާސިރުމެން އޭނާއަށް ހިތްވަރު ދިނުމުގެ ބަދަލުގައި މަލާމާތްކޮށް އެކަންކަމުން ދުރުކުރުވަން އުޅެވުނުކަން އިހްސާސްވިއެވެ. އެ ޚިޔާލުތަކުގައި އިންދާ ކައިރީގައި ހުރި މިސްކިތަކުން މެންދުރު ނަމާދައް ބަންގި ގޮވި އަޑުއިވުނެވެ. އޭނާ ހުކުރު ނަމާދައްވެސް ނުދާތާ މިހާރު ވީ ދުވަހެއްވެސް ނޭނގެއެވެ. އެހެންކަމުން އެކަމުގެ އިހްސާސްވެ ލިބޭނޭ ފާފަތަކުގެ އަދަދުވެސް ނޭނގެއޭ ހިތައް އެރުމުން މިސްކިތައްދާން ޚިޔާލުކޮށް ފެންވަރައިގެން ތައްޔާރުވެލިއެވެ.

ނާސިރު ތައްޔާރުވެގެން މިސްކިތައް ދާން ނިކުތް މަންޒަރު ބަލަން އިން ރަހްމާއަށް ލިބުނީ ޙައިރާންކަމެވެ. ނާސިރަށް ކިހިނެއްވީބާއޭ ހިތައް އެރިވަގުތު ރޭގައި ހިބާދިން ދަރުސުގެ އަސަރުކަން ވިސްނުމުން މަލާމާތުގެ ހިންޏެއް އައެވެ. އަދި މާބޮޑު ކަމަކަށް ނުހަދައި އަނެއްކާވެސް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.

ހިބާ އެސައިންމެންޓް ނިންމުމަށްފަހު އެ ހުށަހަޅާފައި ތިރިއަށް ފައިބެލީ ފެންފުޅި އެއް ބަލައެވެ. އެވަގުތު ބައްޕަ ރީތިވެގެން ބޭރަށް ނުކުތްތަން ފެނުމުން އެދަނީ ހުކުރު ނަމާދައްކަން އެނގުމުން ހިތް އުފަލުން ނަށާލިއެވެ. އޭނާގެ ދުޢާތައް އިޖާބަކުރައްވާކަން އިހްސާސްވުމުން އަވަހައް ﷲ އަށް ޙަމްދު ކޮށްލިއެވެ. އަދި އެނބުރި ކޮޓަރިއަށް ދިޔައީ އެވަގުތު އެ ދެމީހުންގެ ކުރިމައްޗައް ނުކުތުން ރަނގަޅެއް ނުވާނެޔޭ ހިތާއެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ހަދިޔާ (ދެވަނަ ބައި)

Next

ހުވަފެނުގެ ރާނީ 14

Next
November 21, 2018

ހުވަފެނުގެ ރާނީ 14

Previews
November 21, 2018

ހަދިޔާ (ދެވަނަ ބައި)

11 Comments!

  1. Faathii says:
    November 21, 2018 at 7:39 am

    Assalaam alaykum.
    Here is 12th part. Have a good day..
    🙂

  2. liyaa. says:
    November 21, 2018 at 8:17 am

    maasaha allah v iburaetheri vaahakaye ☺?

    1. Faathii says:
      November 21, 2018 at 9:39 am

      Jazaakillah
      ☺

  3. Hajja says:
    November 21, 2018 at 8:28 am

    Thank you for beautiful story??

    1. Faathii says:
      November 21, 2018 at 9:43 am

      Jazaakillah
      ☺

  4. Naaee says:
    November 21, 2018 at 2:12 pm

    Mashaa allaah???…Ibrathun furigenvaa furihama vaahaka eh.vaahaka kiyamun dhaa varakah amila yah ves feel vey aakhirah mathin hadhaan kuran jehey varu.hiba ge character
    In v hihvaru libey heyo maguga saabithve hurumah. thanks for the story.may allah bless you and your work faathii.

  5. Faathii says:
    November 21, 2018 at 5:58 pm

    Alhamdhulillah. Reminders do benefit. ☺
    Aameen. And May Allah bless u too.. ??

  6. Shahu says:
    November 21, 2018 at 11:16 pm

    Masha Allah?
    Interesting ?

    1. Faathii says:
      November 22, 2018 at 4:07 am

      Jazaakillah
      ?

  7. Gud❤ says:
    November 22, 2018 at 6:42 pm

    Maashallah… v reethi mi part vx… wn is next

    1. Faathii says:
      November 22, 2018 at 7:03 pm

      Jazaakillah. ?
      Tomorrow In Shah Allah.

Comments are closed.

Next Episodeއިމްތިޙާން (13ވަނަ ބައި)←


All Right Reserved!