ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 7
ނިފްޝާއަށް ހޭވެރިކަން ވީ އިރު އޭނާ އޮތްތަނުން ދިޔައީ ސިއްސައިގެންނެވެ. ޓިނުން ހަދައިފައިވާ ކުޑަ ކުޑަ ތަންކޮޅަކުއެވެ. ކަނު އަނދިރި ތަނެކެވެ. އެއްވެސް ދިރޭ މަޙްލޫގެއްގެ ހިލަމެއްނުވެއެވެ. ނަމަވެސް އޭގެ ކުޑަ އިރު ކޮޅެއްފަހުން ދެ މީހަކު ވާހަކަ ދައްކާ އަޑު އިވުނެވެ. ނިފްޝާ އަވަހަށް އެތަނުން ތެދުވަން އުޅުނީ ގަނެފައިވާ ބިރެއްގެ ސަބަބުންނެވެ. ނަމަވެސް ނިފްޝާއަށް ތެދުވެވޭ ގޮތެއްނުވިއެވެ. މުޅިގައިގާ ރިއްސާތީއެވެ.އަދި ހަތަރެސް ފައި ބަނެފައިވާތީއެވެ. އިރުކޮޅަކުން އެތަނުގެ ދޮރު ހުޅުވައިފައި ވަނީ އިސްކޮޅު ދިގު ހިކި ޒުވާނެކެވެ. އަނދިރިވުމުގެ ސަބަބުން ނިފްޝާއަށް އެމީހެއްގެ މޫނު ސާފެއްނުވިއެވެ. އެމީހާގެ ފަހަތުން ދެ އަންހެން ކުދިން ވަދެގެންއައެވެ. ނަމަވެސް އެއީ ކޮން ބައެއް ކަމެއް ނިފްޝާއަކަށް އެއް ގޮތަކަށްވެސް ނޭނގުނެވެ. އެ ފިރިހެން މީހާ ވާހަކަ ދައްކަން ފެށުމުން ނިފްޝާއަށް އެއީ ކާކުކަން ރަނގަޅަށް އެނގުނެވެ. ނަމަވެސް ފަހަތުގައި ހުރި އަންހެންކުދިންގެ ގޮތެއް ނޭނގުނެވެ. ނިފްޝާ އިނީ ބިރުން ތުރުތުރު އަޅައިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެމީހާ ނިފްޝާގެ ގާތަށް އައީ މިނިކާވަގެއް ފަދައިންނެވެ.
ނިފްޝާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. ފުލުހުންނަށް ވެސް މިހާރު އަންގާފިއެވެ. ނަމަވެސް ފެންނަ ގޮތެއް އަދިވެސް ނުވެއެވެ. އިނާޝާގެ ރުއިމަކަށް އެއްވެސް ބަދަލެއްނާދެއެވެ. ސުޖާއުވެސް އަދި ނިޔާޝްވެސް މިހާރު އިނާޝާއަށް ނަސޭހަތްދީފިއެވެ. ލިމްޝާމެން ވެސް ހުރީ ދެރަވެ ކަން ބޮޑުވެފައިއެވެ. އެއުފާވެރި ރޭ ހިތާމަވެރި ރެއަކަށް ބަދަލުވެދާނެ ކަމެއް އިނގޭނީ ފަހެ ކާކަށް ހެއްޔެވެ؟ ދުނިޔޭގައި އުޅޭއިރު ހީނުކުރާ ކަހަލަ ކަންތައްތައްވެސް ވާނެއެވެ. އެކި ކަހަލަ އިމްތިހާނުތަކާއި ކުރިމަތިވާނެއެވެ. އެ އިމްތިހާނުތަކުން ފާސް ވުމަށް ކޮންމެ އިންސާނަކުވެސް ގަދައަޅާ މަސައްކަތް ކުރަންޖެއެވެ.
”އަ…އާދޭސްކޮށްފަ… އަހަރެންނަށް ތިހެން ނުހަދާ….. އަހަރެންގެ ކޮން ކުށެއް އޮތީމަތަ ތިހެން ތި ހަދަނީ….”ނިފްޝާ އާދެހާއިއެކު ދައްކަމުން ދިޔަ ވާހަކަތަކަށް ބީރު ކަންފަތެއްދީފައި އެ ގޮތެއް ނެތް މީހާ އެ ކުރާކަމެއް ހުއްޓާ ނުލައި ކުރަމުން ދިޔައެވެ. އިންސާނިއްޔަތުގެ ކަން ފުޅެއްވެސް ނެތެވެ. އެއީވެސް ހަމަ ނިފްޝާ ކަހަލަ އިންސާނެއްވިއްޔާއެވެ. ނިފްޝާ އެވަރަށް ރޮއިފައި އާދޭސް ކުރަމުން ދިޔަ އިރުވެސް އެ ހިލައެއް ކަހަލަ ހަރު ހިތައް އެކައްޗެކޭވެސް ނާރައެވެ. ހާދަ ރަހުމުކުޑައެވެ. އެ ގޮތެއް ނެތް މީހާ އެ ކުރިކަމެއް ކޮށް ނިންމައިފައި އަނެއްކާވެސް ނިފްޝާގެ ހޭވެރިކަން ދުއްވާލިއެވެ. ދެން އެމީހާ ހިނގައިގަނީ އެޓިނުން ހަދައިފައިވާ ތަންކޮޅުގެ އެނެއް ފަރާތަށެވެ. އެއީ އޭނާއާއެކު އައި ދެ އަންހެން ކުދިންވީ އެތާކަމަށްވާތީއެވެ. ”ކޮބާ މިހާރު؟” އެ މީހާ ފެނުމުން އެތާ ހުރި އަންހެން ކުއްޖެއް ނުލަފައި ގޮތަކަށް ބުނެލިއެވެ. ”ވެއްޖެ އެތާ…. ހޭނައްތާލާފަ އޮންނާނީ….” އެމީހާ ބުނެލިއެވެ. ”ހަހަހަހަހ….. އޭނާއަށް ހަދަން ޖެހޭނީ އެހެން…. އަދި މާ މޮޅުމީހަކަށް ވެގެން އައިޒަންގެ ފަހަތުން ދުވެއޭ… ލަދެއް ހަޔާތެއްވެސް ނެތް އޭނާގެ ގަޔަކު…” ހަމަ އެއަންހެން ކުއްޖާ ނިފްޝާއާ ދިމާއަށް ކުދި ކިޔަމުން ދިޔައެވެ. ”އެމީހުން މިހާރު ފުލުހުންނަށް އަންގައިފި.. މިކަން ފަޅާނާރާ ގޮތަށް އުޅެން ޖެހޭނީ.. ވަރަށް ބަލައިގެން… ދެންމެ ވެސް މިމަގުން ދިޔަ ޕޮލިސް ޖިޕު….” ދެން ހުރި އަންހެން ކުއްޖާ ވަރަށް ހާސްވެފައި ބުނެލިއެވެ. ހީވާގޮތުން އެކުއްޖާ އެހުރީ ވަރަށް ބިރުގަނެފައެވެ. ”ކަމް އޯން… މިކަމެއް ނޭނގޭނެ އަހަރެމެން ތިން މީހުން ފިޔަވައި އެކަކަށްވެސް… އެނެއްކޮޅުން ނިފްޝާއެއޮތީ އޮތް ހާލު… އޭނާއަކަށް ނުބުނެވޭނެ މީހެއް ކައިރިއަކު އެއްޗެކޭ… އަހަރެން މިކަން ހުއްޓާނީ ނިފްޝާގެ ވަސް ވެސް މުޅި ދުނިޔެއިން ފޮހެލައިފަ… އޭނާގެ ސަބަބުން އަހަރެންނަށް އެންމެން މަލާމާތް ކުރީ… އެކަމުގެ ބަދަލު އަހަރެން ދޭނަން….” އެމީހާގެ ވާހަކަކޮޅު ނިންމާލަމުން އެންމެ ފަހު ޖުމުލަ ބުނެލީ ދަތްތައް ފިއްތާލައިފައިއެވެ. އިންސާނަކަށް އެހެން ހަދަން ކެރޭނީ ހާދަ ހިތަވަރެއް ހުރުމުންނެވެ. އެއްވެސް ކުށެއް ނެތް އިންސާނެއްގެ އިއްފަތްތެރިކަން ވެއްޔާ މޮޑެލީ އެ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުންނެވެ.
”އައިޒަން…އައިޒަން.. ވަރަށް ބޮޑު ވާހަކައެއް ބުނަން މިއައީ…” ސިމާލު ނިދައިފައި އޮތް އައިޒަންއަށް ގޮވަމުން ބުނެލިއެވެ. އޭނާ އަދިވެސް ތެދުވާ ހިޔާލެއް ނުކުރެވެ. ރޭގައި ނުނިދައި އުޅުމުގެ ސަބަބުން އޭނާގެ ލޮލަށް ނިދި އަންނަނީ ތިޔަހެންނެއް ނޫނެވެ. ”އައިޒަން… ނިފްޝާ ގެއްލިގެން ހޯދައިބަ…” ސިމާލު ދެން ބުނި ވާހަކައިން އޭގެ ދެވަނަ ސިކުންތުގައި އައިޒަން ހުރީ ކޮޅަށެވެ. މިހާރު އެ މޫނު މަތިން ނީދީގެ އަސަރު ފެންނާކަށް ނެތެވެ. ކުޑަ ހިނދުކޮޅެއް ތެރޭގައި އެމޫނުމަތިން ފެންނަން ހުރީ ހާސް ކަމާއި ހިތާމަވެރިކަމެވެ. ” ކޮން އިރަކު ގެއްލުނީ؟؟” އައިޒަންގެ އަޑުނެވެސް އޭނާއަށް ކޮށްފައިވާ އަސަރު ފާޅުވާން ހުއްޓެވެ. ”ރޭގަ ޕާޓިގައި.. މީހުން އެވާހަކަ އެކި ގޮތް ގޮތައް ކިޔާއެބަ… ބައެއް މީހުން ކިޔާއެބަ ނިފްޝާ ރޭގަ ޕާޓީ ތެރެއިން ހަނާން އާއިއެކީ ހުރިތަން ފެނުނޭ… ނޭނގެ ދެން ކިހިނެއް ކަމެއް ވީ…” ސިމާލުވެސް އޭނާއަށް އިނގޭ އެއްޗެއް އައިޒަންއަށް ކިޔައިދެމުން ދިޔައެވެ. ”ނޫން ނުވާނެ އެހެންނެއް…. ނިޝްއެއް ނުގެއްލޭނެ…..” އައިޒަން ނިޝް އޭ ބުނެލި ގޮތުން ސިމާލު ގެ ހީ ޔަގީނަކަށްވިއެވެ. ”އައިޒަން ނިފްޝާދެކެ ލައިކް ވޭދޯ؟” ސިމާލު އެކަން ބޮޑަށް ޔަގީން ކުރަން އަނެއްކާވެސް ސުވާލެއްކުރިއެވެ. ” އާން ވަރަށް ވަރަށް ބޮޑަށް.. އަހަރެންނަށް ނިފްޝާ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތުގައި އެ ސޫރަ ކުރެހުނު.. އޭނާގެ ކޮންމެ ހަރަކާތެއް އަހަރެންނަށް ޝައުގުވެރިކަމާއިއެކު ބެލޭ… އަހަރެން ނިޝް ހޯދާނަން…” އައިޒަން ބޭއިޙްތިޔާރުގައި އޭނާގެ ހިތުގެ ހާލަތު ސިމާލުއަށް ކިޔާދެވުނެވެ. އޭނާއަށް ކޮށްފައިވާ އަސަރަކުންވެސް ވެދަނެއެވެ. ”އަހަރެމެން ކާރީ ނުވެސް ބުނެލަ… ކުރިން ބުނިނަމަ ތިކަން ކޮށްދިނީމުސް…. މަށަށް ކުރިން ވެސް ހީވިއޭ އައިޒަން ނިފްޝާދެކެ ލައިކް ވާހެން…” ހައިޝަމް ލާނެއް ގޮތަކަށް އެހެން ބުނެލިއިރު ސިމާލުއާއި އައިޒަން ފަހަތަށް އެބުރިލީ ސިއްސައިގެން ގޮހެވެ. ދެމީހުން ވާހަކައިގައި ތިބިއިރު އެތަނަށް ހައިޝަމް އާއި ކަން ވެސް ނޭނގުނީއެވެ. ދެން މިޖެހުނީ ކަންތަކާއޭ އައިޒަންގެ ހިތަށްއެރިއެވެ. ” ދެންވެސް ހިނގާބަލަ ނިޝް ހޯދަން ދާން…” އައިޒަން އަވަހަށް ނިފްޝާ ހޯދަން ދާން ބުނެލިއެވެ. މީހަކު ލޯބި ވާމީހަކަށް ކަމެއްވާތަން ދެކެން ބަލަން ހުންނާނީ ފަހެ ކާކު ހެއްޔެވެ؟ ނިފްޝާއަށް ކަމެއް ނުވުމަށް އެދި އައިޒަން ދިޔައީ ހިތާހިތުން މާތްﷲއަށް ދުޢާ ކުރަމުންނެވެ.
ނިފްޝާއަށް ހޭވެރިކަން ވީއިރު އޭނާ ލައިގެން ހުރި ހެދުމެއް ގަޔަކުނެތެވެ. މާދުރަށް އޮތީ ހެދުން އެއްލައިލާފައިއެވެ. ނިފްޝާގެ ދިގު ފަން އިސްތަށިގަނޑުވެސް އޮތީ ރޫޅައިލާފައިއެވެ. ގެންފައިވާ ބިރާއެކުން ތުރުތުރު އަޅަމުން ދިޔަ އަތުން ނިފްޝާބެލީ އޭނާގެ ހެދުން އަތުގައި ޖެހޭތޯއެވެ. ނަމަވެސް ހެދުން އޮތްލެއް ދުރުކަމުން އަތުގައި ޖެހޭ ގޮތެއް ނުވިއެވެ. ނިފްޝާގެ މައިންބަފައިންގެ މަތިން ހަނދާން ވުމުން އަޑުން އަޑުނަގައި ރޯން ފެށުނެވެ. އަދި ހިތާހިތުން މާތްﷲއަށް ދުއާދެންނެވީ އެނާ މިކަމުން ސަލާމަތްކުރެއްވުމަށް އެދިއެވެ. މާތްﷲއަށް އޭނާ ދުވަހަކުވެސް ހިތްވަރު އެލުވައެއް ނުލާނެއެވެ. އަބަދުވެސް މާތްﷲއަށް ދުޢާ ދެންނެވުން މަތީ ހުންނާނެއެވެ. އެކަލާނގެއީ އެންމެހައި މީސްތަކުންނަށް ހެޔޮގޮތް މެދުވެރި ކުރައްވާ އިލާހެވެ. ދެރަގޮތެއް މެދުވެރިވެއްޖެ ނަމަ އެކަމުންވެސް ސަލާމަތް ކޮށްދެނީ ހަމަ އެއިލާހެވެ. ނިފްޝާއަބަދުވެސް އެކަން ގަބޫލުކުރެއެވެ. ”މިހާރު އޮންނާނީ ހޭ އަރައިފަ ކަންނޭގެ… އަންނާނަން..” ނިފްޝާއަށް މީހަކު ވާހަކަ ދެއްކީ އަޑު އިވުނެވެ. އަދި އެމީހާ އެބުނި އެއްޗެއް އިނގުމުން އެނާ އަވަހަށް ބެލީ ކުރިން އޮތްގޮތަށް އޮންނާށެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ހަދާންވީ އޭނާގެ ގައިގައި ހެދުމެއްވެސް ނެތްކަމެވެ. އެހެންނަމަވެސް އެކަން ހަނދާން ނައްތާލުމަށްފަހު އެމީހާވަނުމުގެ ކުރިން އޮއްތީ އެނާ ހޭލާ އޮވެއްޖެނަމަ އޭނާގެ ވަކިތަކުން ސަލާމަތް ނުވާނެކަން އިނގުމުންނެވެ. އެމީހާ އައިސް ނިފްޝާގެ މޫނުގައި ފިރުމަންފެށިއެވެ. ނަމަވެސް ނިފްޝާ ގުޑިވެސް ނުލައި އޮތީ ހާދަ ހިތްވަރެއް ކޮށްލާފައިއެވެ. އިރުކޮޅަކުން އެތަނަށް ވަތް ދެ އަންހެން ކުދިންނަށް އިޝާރާއްކޮށްލަމުން އެމިހާ ބުނެލީ އަދިވެސް ހޭ ނާރާކަމެވެ. އެމީހާއަށް ނޭނގުނު ކަމަކީ ނިފްޝާއޮތީ ހޭ އަރައިފައިކަމެވެ. އަދި އެމީހުންނަށް ނޭނގޭނެހެން ނިފްޝާ ލޯހަނި ކޮށްލައިފައި ބަލައިލިއެވެ. ނިފްޝާއަށް ސިހުން ގެނުވީ ކުރިމަތީގައި ހުރި ތިން މީހުންފެނިފައެވެ. އެމީހުން ކުރިން މޫނުމަތީގައި އަޅާފައި ހުންނަ މާސްކު ނާޅާ ހުރުމުން ނިފްޝާއަށް އެމީހުން ފެންނަ ގޮތްވީއެވެ. އޭނާގެ ކުރިމަތީގައި އެހުރީ އިހްސާން ނޫން ދެވަނަ މީހެއްނޫނެވެ. އަދި އޭނާގެ ފަހަތުގައި އެހުރީ ނިފްޝާގެ އެންމެ ގާތް ދެ ރަހްމަތްތެރިން ކަމުގައިވާ ހަނާން އާއި ޝާނާއެވެ. ނިފްޝާގެ ދެ ރަހްމަތްތެރިން ފެނުމުން އޮތްތަނުން ތެދުވެވުނީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ”ހަނާ… ޝާނާ… އަހަރެން ސަލާމަތްކޮށްދީ މިތަނުން… އާދެސްކޮށްފައި…” ނިފްޝާގެ އަޑަށް އެތާތިބި ތިން މީހުންވެސް ބަލައިލިއެވެ. ހަނާން އާއި ޝާނާ ފަހަތަށް އެބުރިލިގޮތުން އެ މީހުންވެސް އެތިބީ އިހްސާންއާއި އެކީކަން ނިފްޝާއަށް ވިސްނުނެވެ. އެންމެ ގާތް ދެ ރަހްމަތްތެރިން އެހެން ހަދާފާނެއެކޭ ވެސް ނިފްޝާގެ ހިތަށް ކުޑަކޮށްވެސް ނާރައެވެ. ނިފްޝާ ސަލާމަތްވާނެކަމަށް ދިއްލުނު ހުޅުކޮޅު ވެސް ނިވުނީއެވެ. ވިސްނުމެއްގައި އިން ނިފްޝާއަށް ހޭވެރިކަން ވީ ދޮރެއް ލެއްޕުނު އަޑަށެވެ. ނިފްޝާ މުޅިތަން ބަަލައިލިއިރު އޭނާއާއި އިހްސާން ނޫން އިތުރު މީހަކު އެތާކުނެތެވެ. ”އަހަރެންނަށް ފެން ފޮދެއް ދީބަލަ…” ނިފްޝާ ތުރުތުރު އަޅަމުން ބުނެލި ޖުމްލައާއިއެކު އިހްސާން އެތަނުން ދާން ހިނގައިގަނެވެ. ނިފްޝާ ކަރު ހިތްކާ ގަނެފައިވާ މިންވަރު ވަޒަން ކޮށްލެވުނީ ކަމަށްވެސް ވެދާނެއެވެ. އޭގެ މިނެޓެއް ފަހުން އިހްސާން އައީ ތަށީގެ ކިރިޔާ ފޫ ފޮރުވޭ ވަރަށް ތަށްޓަކަށް ފެން އަޅައިގެންނެވެ. ނިފްޝާއަށް އެ ދިނުމުން އެއްވެސް ޝާކުވާއަކައި ނުލާ އެ ބޯލިއެވެ. އޭނާއަށް ލިބުނު ކުޑަ ފެން ފޮދާާ މެދުވެސް މާތްﷲ އަށް ހަމްދުކުރިއެވެ. ދެން އިހްސާން އައިސް ނިފްޝާގެ ގައި މައްޗަށް ފުންމާލީ މޮޔަވެފައިވާ މީހަކު ފަދައިންނެވެ.
އައިޒަން މުޅި ރަށް އެ ހޯދަނީ ނިފްޝާފެނޭތޯއެވެ. ނުބަލައި ތަނެއްނެތެވެ. ނަމަވެސް އޭނާ ނިފްޝާ ހޯދައިފައި ނޫނީ ހުއްޓައެއް ނުލާނެއެވެ. ފުލުހުންވެސް އަދިވެސް ދަނީ ނިފްޝާ ހޯދަމުންނެވެ. ނިފްޝާ ގެއްލިގެން އުޅޭތާ މިހާރު ހަފްތާއެއް ވަނީއެވެ. ނިފްޝާ ހޯދަން ކުރާ މަސައްކަތަށް ކުރިއެރުމެއް ނުލިބެއެވެ. ކައިރި ރަށް ރަށް ވެސް ބަލައިފިއެވެ. ނިފްޝާ ފެންނަ ގޮތެއް ނުވެއެވެ. ނިފްޝާ ގެއްލުނުތާ ހަފްތާއެއް ވީ އުރުވެސް އިނާޝާގެ އަނގައަށް ކާ އެއްޗެއް ނުލައެވެ. އެތައް ފަހަަރަކު މިހާރުއެކި މީހުންވެސް ނަސޭހަތްދީފިއެވެ. ނަމަވެސް ކާކަށް ނޫޅެއެވެ. އަބަދު ހުންނަނީ ގަބު އަރައިފައެވެ. ލިމްޝާވެސް މަންމަ އަށް ކާންދޭން ކުރާ މަސައްކަތްވަނީ ނާކާމިޔާބެވެ. ލިމްޝާގެ ފިރިމީހާ ސުހެއިލުގެ އާއިލާގެ މިހުންވެސް އެތައްފަހަރަކު އިނާޝާއަށް ނަސޭހަތް ދީފިއެވެ. އިނާޝާއަށް ކަހައިރުވަކު ދަނބެކޭވެސް ހީނުވެއެވެ.
ނިފްޝާއަށް ވަނީ މިހާރު ނަފްސާނީ ގޮތުންވެސް އަސަރު ކޮށްފައިއެވެ. އަދި ފިރިހެނުންދެކެ އޭނާ އިންތިހާއަށް ފޫހިވެއެވެ. ރުޅިވެސް އާދެއެވެ. ބިރުވެސް ގަނެއެވެ. ނަމަވެސް އެނާ ކުރާނީ ކީއްހެއްޔެވެ؟ އެ އޮތްތަނުން ތެދުވެވެނީކީ ނޫނެވެ. ހަތަރެސްފައި ވަނީ ބަނދެފައެވެ. މުޅި ހަށިގަނޑުވަނީ އަނަރޫފަވެފައިއެވެ. އެތާ އޮވެގެން ނިފްޝާއަށް މިހާރު މާތްﷲ އަށް ދުޢާ ކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އިހްސާން އޭނާއަށް މިހެން އެހަދަނީ ކީއްވެބާއޭ ނިފްޝާގެ ހިތަށް އެތަށް ފަހަރަކު އަރައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.







assalaam alaikum….. here is the 7th part of the story… hurihaa kudhin ves vaahaka ah comment kohlahchey…nd alhugandu mi part iyye liyan feshy dhn wifi nulibumun reygandu mi part submit kurin… hedhunu liyan feshin ekam vaahaka ais mi inny 20 november ga…. vaanuvaaga ehnve mi inny..heheh… nd adhives ehfaharu mi part ga vs mistake huriyyaa buneladhinun vr muhunmu….:)
when next part? hykury aizan ais maa kurin salamai kurane kamah. hykuri gothaka noon dhw mi v hehehe.
Heheh thanks snow?
vaahaka v reethi. den oi baige inthizaaruga.
Thanks snow
ane bai kon iraku???….. cant wait for next part
Thanks rosy