ވާ ލޯބި އިނގޭ ނަމަ 12
ރިޔާދުގެ ފަހަތުން ދެން ތިބި މީހުންވެސް ކޮޓަރިއަށް ވަން އިރު އަވްލީންއަށް ބޭރުގައި ހުރެވުނީއެވެ. އަވްލީން އެތެރެއަށް ވަންނަން އުޅުމުން ރައުދާ އައިސް އަވްލީން ކޮޓަރިއަށް ވަނަ ނުދީ ހިފެހެއްޓީ ފެންނަ މަންޒަރަކުން އަވްލީންގެ ހިތް ކުދިކުދިވެގެންދާނެކަން އިނގޭތީއެވެ.
ރައުދާގެ އަތް ދުރުކޮށްލަމުން އަވްލީން އެތެރެެއަށް ވަނީ ތެޅިތެޅި އޮތް ހިތަކާއިއެކުއެވެ. ކޮޓަރިތެރެއިން ފެނުނު މަންޒަރުން އަވްލީންގެ ހިތްކުދިކުދިވެއެވެ. ރާދިން އެފަދަ ގޮތަކަށް އޭނާގެ އިހްސާސްތަކާއި ކުޅެލާނެކަމަކަށް ހުވަފުގައިވެސް އަވްލީން ހިޔެއްނުކުރެވެ. ލޯބިގެ ދަޅަދައްކާފައި އެ ހިތް އެފަދަ ގޮތަކަށް ކުދިކުދިކޮށްލާނެކަމަށް ހިޔެއްނުކުރެއެެވެ. އަވްލީންގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަކުގެ ތެރެއިން މަންޒަރު އޭނާއަށް ފެންނަމުން ދިޔައީ ފުސްކޮށެވެ.
ވަގުތުން ކޮޓަރިން ނިކުމެގެން އަވްލީން ދުވަމުން އެގެއިންވެސް ނިކުމެގެން ދިޔައެވެ. ލައިގެން ހުރި ބޮޑު ހެދުމަށް ބެލުމެއްނެތި އަވްލީން ދުވަމުން ދިޔައީ ގޮސްހުސްވެ މަގުގެއްލިފައިވާ މުސާފިރެއްފަދައިންނެވެ. ދެދޮލުން ހޯސްލައިފައި ކަރުނަ އަންނަމުން ދިޔައިރު ކަރުނަތަކާއިި އެކުވެގެން އަޅައިފައި ހުރި އައިލައިނާވެސް ހުރީ ފޭޑްވެފައެވެ. ވަކި ހިސާބަކަށް ދުވަމުން ދިޔުމަށް ފަހު އަވްލީން މަޑުޖެހިލިއެވެ. މަގުމަތިން މަދުމަދުން ނޫނީ މީހެއްނުފެނެއެވެ. މަގުމަތިންދާ ބަޔެއް މީހުންގެ ނަޒަރު އޭނާއަށް ހުއްޓެމުންދިޔަ ނަމަވެސް އަވްލީން އެކަމަށް ސަމާލުކަމެއްނުދެއެވެ. އޭނާގެ ހިތާއި ސިކުނޑީގައި ހިނގަމުންދާ ހައިޖާނުގަނޑުއެއަށް ވުރެ މާ ބޮޑެވެ. އަވްލީން ދެކަކޫ މައްޗަށް ތިރިވެ އަޑުން އަޑުނަގައި ރޯންފެށިއެވެ. އޭނާ ދެކުނު ހުރިހާ ހުވަފެނެއް ވެއްޔާއިމޮޑެވިގެން މިދިއީ ކިހާ ހިތްތަދިކޮށް ހެއްޔެވެެ.
“ވައި ރާދިން ވައި. ކީއްވެ ތިހެން ކަންތައް ކުރީ؟ ލޯބިވާން ދަސްކޮށްދީފަ މިހިތަށް ތިހާ ބޮޑު ޝަޒާއެއް ކީއްވެތި ދިނީ؟” ރޮވުމުގެ ސަބަބުން އަވްލީންގެ އަޑުވެސް ވަނީ ތުރުތުރުލާފައެވެ. އެހެން އިންއިރުވެސް ކޮޓަރިތެރެއިން ފެނުނު މަންޒަރު އެ ދެލޯ ކުރިމަތީގައި ފެންނަމުންދާ ކަހަލައެވެ. ރާދިންގެ އަތުތެރޭގައި އޮތް އަންހެން ކުއްޖާއާއި ދެމީހުން އެނދުމަތީގައި ތިބި ގޮތެވެ. ދެމީހުން ބައްދާލައިގެން އޮތްއިރު ރާދިންގެ އެއް އަތް އޮތީ އެ ކުއްޖާގެ ބޯދަށުގައެވެ. ދެހަށިގަނޑުގައިވެސް އެއްވެސް ފޭރާމެއްނެތްކަން އިނގެނީ ޓައިސްތައް މައްޗަށް އުކާލައިފައި ހުރި އަންނައުނުތައް ފެނުމުންނެވެ.
ރާދިން އެފަދަ ރަހުމްކުޑަގޮތަކަށް އަވްލީންގެ ހިތް ހަލާކުކޮށްލާނެކަމަށް އަވްލީން އުއްމީދެއް ނުކުރެވެ. ހަޔާތުގައި އެންމެ ފުރަތަމަ ލޯބިވެވުނު މީހާގެ ފަރާތުން ލިބުނު ކެހީގެ ސަބަބުން އަވްލީން ލޯބި މި ލަފްޒު މަތިންވެސް ފޫހިކުރުވިއެވެ. އެތައްއިރެއް ވަންދެން ހިތްފުރެންދެން ރޯން އިނުމަށް ފަހު އަވްލީން ތެދުވެ ގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.
“ބަލަ ރާދިންގެ ލަދު ހަޔާތްކޮބާ؟ މީތަ އަހަރެމެން ދިން ތަރުބިއްޔަތަކީ އޭން؟” ރިޔާދު ހީވަނީ ރުޅި އައިސްގެން ފަޅައިގެން ގޮސްދާނެ ހެންނެވެ.
“ބައްޕާ އަޅުގަނ…”
“ކޮން ބައްޕާ އެއް ކިޔާކަށް ދެން. އެހާ ލޯބިން ގެންގުޅުނީމަ މީތަ ރާދިން އޭގެ ބަދަލު ދޭންވީ ގޮތަކީ. ބަލަ ކައިވެނިކުރާން މޭޒުދޮށުގައި ރާދިންގެ އިންތިޒާރުގައި އަންހެން ކުއްޖެއް އިންކަމެއް ނޭނގޭތަ؟” ރިޔާދުގެ ރުޅި މަޑުވާގޮތެއް ނުވިއެވެ.
“މީނި އަންޖަލްއަކާއި ހެދިގެންތަ އަވްލީން އަށް އެފަދަ ރަހުމުކުޑަ ގޮތެއް ހެދީ؟” ރާދިން ކައިރީގައި އިން އަންޖަލް އަށް އިޝާރާތްކުރަމުން ރިޔާދު އަހައިލިއެވެ.
އަންޖަލް އަކީވެސް ރާދިން މެންގެ ހޮސްޕިޓަލުގައި މަސައްކަތްކުރަމުންދާ ޑޮކްޓަރެކެވެ.
“ބައްޕާ.. އަޅުގަނޑު ބޭނުން ވަނީ އަންޖަލް އާއި ކައިވެނިކުރަން. އަޅުގަނޑު ލޯބިވަނީ އަންޖަލް ދެކެ.” ރާދިންގެ ޖުމްލައިން ރިޔާދުގެ އިތުރުން ރައުދާ އަށް ވެސް ސިހުން ލިބުނެވެ.
“ކީކޭ؟ ބަލަ ރާދިން އަމިއްލައަކަށް ނޫންތަ އަހަރެމެން ކައިރީގައި ބުނީ އަވްލީން އާއި އިންނާންށޭ ބޭނުން ވަނީ ލޯބި ވަނީ ވެސް އަވްލީން ދެކެ އޭ. ގައިމު ރާދިން އަށް އަވްލީން އާއި ކައިވެނިކުރާކަށް އަހަރެމެން މަޖުބޫރެއްނުކުރަން. މިހާރުދެން ކޮން ވާހަކައެއްތި ދައްކަނީ.” ރިޔާދުގެ އަޑު ކުރިއަށްވުރެވެސް ބާރުވަމުން ދިޔައެވެ.
“އެނގޭ އެހެން ބުނެވުނުކަން. އެކަމް އަވްލީން ދެކެ ލޯތްބެއްނުވޭ އަހަރެންނެއް. ބައްޕަމެން ބުނުމުން އެކަންކުރަން އެއްބަސް ވީ. އެކަމަކު ކައިވެނި ކުރެވެން ކައިރިވީމަ ވިސްނުނީ ލޯބިނުވާ މީހަކާއި އިންދެގެން ލިބޭނެ އުފަލެއްނޯންނާނެކަން. އެހެންވެ އަންޖަލް އާއި އިންނަން ބޭނުންވަނީ އަހަރެން. ބައްޕަމެން ނުގަބޫލުވިޔަސް މި ކައިވެނި ކުރެވޭނެ.” ރާދިންވެސް ރައްދުގައި ބުނެލިއެވެ.
ރާދިންގެ ވާހަކަ އަޑުއިވިފައި ރިޔާދު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރާދިން އެފަދަ ގޮތަކަށް އޭނާއާއި ވާހަކަ ދައްކަން ކެރޭނެކަމަކަށް ރިޔާދު ހިޔެއްނުކުރިއެވެ.
“ތި ކުއްޖަކާއި އިންނަން ބޭނުން ވަންޏާ އިނދޭ. އެކަމަކު ރާދިން ހަނދާންކުރާތި ތިކަމަކަށް އަހަރެންގެ ވެސް އަދި އަހަރެންގެ އަންހެނުންގެވެސް އެއްވެސް އެއްބާރުލުމެއް ނުލިބޭނެ. ރައުދާ ހިނގާ މިިތަނުން ދާން މީ އަހަރެމެންގެ ދަރިފުޅު ރާދިން އެއް ނޫން. އަހަރެމެންގެ ދަރިފުޅެއް އެހެން މީހުންގެ ކުރިމަތީގައި އަހަރެމެންގެ އަގު މިފަދަ ގޮތަކަށް ވައްޓައެއް ނުލާނެ. ހިނގަދާން މިތަނުން.” ރިޔާުދު ބުނަން ބޭނުންވާ އެއްޗެއް ބުނުމަށް ފަހު ރައުދާ ގޮވައިގެން އެތަނުން ނުކުންނަން ދިޔައެވެ.
“ހަނދާންކުރާތި ރާދިން ތި ކައިވެންޏެއް ކުރުމަށް ފަހު މީ ރާދިންގެ މަންމަ އާއި ބައްޕަކަން ހަނދާން ނައްޓާލާތި. އޭގެ ފަހުން ރާދިންއަށް ރާދިންގެ މަންމަ އާއި ބައްޕަ މަރުވީ ކަމަށް ހީކޮށްލާ.” ރިޔާދު ނިކުންނަމުން އިއްވާލިއެވެ.
“މިރުހާން އަހަރެންނަށް މާފުކުރޭ އަހަރެން ހުވެފުގައިވެސް ހިޔެއްނުކުރަން ރާދިން އެފަދަ ގޮތަކަށް ކަންތައްކުރާނެ ކަމަކަށް.” ރިޔާދު އޭނާގެ އެކުވެރިޔާގެ ކިބައިން ވެދިޔަ ކަންތަކާއި ގުޅޭގޮތުން މާފަށް އެދުނެވެ.
“މާފަށް އެދުނީމަ އަހަރެންގެ ދަރިފުޅަށް ލިބުނު ހިތްދަތިކަން ފިލާގެންދާނެތަ ދެން؟ ރާދިން އަވްލީން އާއި ކައިވެނިކުރަން ބޭނުންނުވާ އިރު މިކަމަށް އޭނައަށް މަޖުބޫރުކުރީމަ ހުރިހާ ދެރައާއި ހިތާމައެއް އުފުލަން މިޖެހުނީ އަހަރެންގެ ދަރިފުޅަކަށްނު. އަހަރެން ދުވަހަކުވެސް ހިޔެއްނުކުރަން ރިޔާދު މިފަދަ ގޮތެއް އަހަރެންނާއި އަރެންގެ އާއިލާއަށް ހަދައިފާނެކަމަކަށް. މީގެ ފަހުން އަހަރެމެންގެ މެދުގައި އެއްވެސް ގުޅުމެއް ނޯންނާނެ. އަހަރެންގެ ދަރިފުޅަށް މިހާ ބޮޑު ދެރައެއްދިން ބަޔަކަށް އަހަރެން ދުވަހަކުވެސް މާފެއްނުކުރާނަން.” މިރުހާން ހުރީ ކަންތައް ހިނގާދިޔަގޮތުން ވަރަށް ހިތްހަމަނުޖެހިފައެވެ. ރިޔާދުގެ އެއްވެސް ކުށެއް މިކަމުގައި ނެތްކަން އެނގުނު ނަމަވެސް މިގަޑީ އޭނާއަށް އެކަން ދެެނެގަނޭވަރަށް ވުރެ ހާލަތުގޯސްވެފައިވުމުން އެކަމުގެ ރުޅި ރިޔާދުއަށް ބޭލުނީއެވެ.
ގޭތެރެއަށް ވަދެގެން އައި އަވްލީން ހުއްޓުން އެރީ އޭނާގެ ދޮންމަންމަގެ ވިހަގަދަ ބަސްތަކުންނެވެ.
“ސުންޕާ އަންހެނެކޭމީ. އެހެންވެ އެންނު އެ ރާދިންވެސް މީނަ އާއި ނީނދެ އެހެން ކުއްޖެއް ގޮވައިގެން އެއޮތީ. ކީއްކުރަން ކޮންމެހެން އެވަރުގެ މުއްސަނދި އާއިލާއެއްގެ ކުއްޖަކާ ދެއްވާކަށް. މުސްކުޅިއަކާއި ދެވީމަ ނިމުނީއެއްނު.” ޔާސިރާގެ ބަސްތަކުގެ ސަބަބުން އަވްލީންގެ މެޔަށް ހީވީ ތޫނު ހަންޖަރުތަކެއް ހަރަމުން ދިޔަހެންނެވެ. މީގެ މަހެއްހާ ދުވަސްކުރިން އަވްލީން ދެކެ ވީ ލޯބި ދިޔަ ތަނެއްވެސް ނޭނގެއެވެ. އެ އަޑުގައި އެއްވެސް ރަހުމެއް ނުވެއެވެ.
“މަންމާ..” ހިތުގައިޖެހުނުވަރުން އަވްލީންއަށް އަނެއްކާވެސް ރޮވުނެވެ.
“ކޮން މަންމާއެއް ކިޔާކަށްތަ. މަ ކޮންމެހެން ކަލޭދެކެ ލޯބެއްވެގެންނެއްނޫނޭ އުޅުނީ. މީހަކާއި ދެއްވާގެން ތި ސުންޕާ އަންހެން ކުއްޖާގެ ފަރާތުން ސަލާމަތްވާން ކުރި ކަމެއް އެއީ. އަދި މަންމާ އޭ އެބަ ކިޔައެއްނު. އަހަރެންގެ ނުހުންނާނެ އަވްލީން އޭ ކިޔާ ދަރިއެއް. ކަލޭތީ ކަލޭގެ މަންމަ ކަހަލަ ސުންޕާމީހެއްހަމަ. ކަލޭ ކަހަލަ މީހަކަށް އެކަހަލަ ގަދަރުވެރި އާއިލާއެއްގެ ކުއްޖެއް އެކަށީގެންވެސް ނުވޭ.” ހިތަށް އެރިހާ އެއްޗެއް އަވްލީން އާއި ދިމާލަށް ކިޔުމަށް ފަހު ޔާސިރާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
އަވްލީންއަށް ހުރިތާ ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. އޭނާއަށް އެއްވެސް އުފަލެއް ހައްގުނޫނީ ބާއޭ އަވްލީންގެ ހިތަށް އެރިއެވެ. މަންމަގެ ލޯބި ލިބިފައި އެ ލޯބިވެސް ބީވެގެން ދިޔައީއެވެ. އަވްލީން އެގޮތަށް ހުއްޓާ މާޒިން އައިސް ގޭތެރެއަށްވަނެވެ.
“ދޮންތާ ކޮންތާކު އުޅެފަތި އައީ؟ އެނގޭތަ އަހަރެން ދޮންތައަށް ހޯދިވަރު؟” މާޒިން އައިސް އަވްލީން ގައިގާ ކުޑަކޮށް ބައްދާލަމުން އަހައިލިއެވެ. މާޒިންގެ ގައިގާ ހިފަހައްޓާގެން ހުރި އަވްލީންއަށް ރޯވެން ފެށުނެވެ. ހިތުގައިޖެހިފައި ރޮމުން ދިޔަ އަވްލީންގެ އަޑުއިވޭ ކޮންމެ މީހެއްގެ ވެސް ހިތަށް އަސަރުކުރާނެއެވެ.
“ދެން ނުރޮއި ދޮންތާ. އޭނަ ކަހަލަ ކެހިވެރިއަކަށްޓަކައި ކަރުނަތައް ބޭކާރުނުކުރޭ. ދޮންތައަށް އެ ރާދިންއަށް ވުރެ މާ ރަނގަޅު ކުއްޖެއް ލިބޭނެ އަދި އިރާދަކުރެއްވިއްޔާ. ނުރޮއި ހުއްޓާލާ.” މާޒިން އޭނާގެ ދޮންތައަށް ހިތްވަރުދެމުން ދިޔައެވެ.
“ޒިން ނޯ ވަން ލަވްސް މީ. މަމް ވެސް ބުނީ އަހަރެންދެކެ ލޯތްބެއް ނުވެޔޭ މިހުރިހާ ދުވަހުވެސް އެހެން އުޅުނީ އަހަރެން ފޮނުވާލަން ބޭނުންވެގެންނޭ.” އަވްލީންގެ ރުއިން ހުއްޓޭގޮތެއްނުވިއެވެ. އަވްލީން ގެއަށް އައުމުންވީ ހުރިހާ ކަމެއް މާޒިންއަށް ކިޔާދިންއިރު އޭނާގެ ދެލޯވަނީ ކަރުނުން ފުރިފައެވެ. މަންމަ ކަންތައްކުރި ގޮތް އެނގުމުން މާޒިން ރުޅިއަންނަ ގޮތްވިއެވެ. ދޮންމަ މަންމަ ދެކެ އެހާ ލޯބިވާއިރުވެސް މަންމަ ދޮންތައާއި ދޭތެރޭގައި އެގޮތަށް ކަންތައްކުރާތީ މާޒިން ވަރަށް ދެރަވިއެވެ.
“ލިސެން ޓު މީ ދޮންތާ. އެކެއްވެސް ދޮންތަ ދެކެ ލޯބި ނުވިއަސް ޒިން އަބަދުވެސް ދޮންތަ އާއި އެކު ހުންނާނަން. ޔޫ ނެވާ ހޭވް ޓު ބީ އެލޯން. ދުވަހަކުވެސް ދޮންތަ އެކަނިވިޔަކަ ނުދޭނަން. ތީ ޒިންގެ ސްޓޯންގް ދޮންތައެއްނު. އެހެންނޫނަސް ދޮންތަ ޒިން ކައިރީގައި ބުނީމެއްނު ދުނިޔެމަތީގައި އެކިކަހަލަ އިމްތިހާނުތަކާއި ކުރިމަތިލާންޖެހޭނެޔޭ އަދި ކޮންމެ ފަދަ އިމްތިހާނަކާވެސް ކެރިގެން ކުރިމަތިލާންވާނެއޭ.” މާޒިން އަވްލީން ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަވްލީންގެ ރުއިން ހުއްޓޭގޮތެއްނުވިއެވެ.
“ދަރިފުޅާ އަވްލީން.” ކައިރިން އިވުނު މިރުހާންގެ އަޑުން އަވްލީންގެ ރުއިން ހުއްޓުނެވެ. ނަމަވެސް އަދިވެސް ގިސްލުމުގެ އަޑުކެނޑިގެންނެއްނުދެއެވެ.
“ބައްޕައަށް މާފަކުރޭ ދަރިފުޅާ. ކުޑައިރުއްސުރެވެސް ދަރިފުޅަށް ލިބެންޖެހޭ އެތައް ހައްގެއް ދަރިފުޅަށް ނުލިބިދިޔަ މި ބައްޕަ އާއި ހެދި. އަނެއްކާ މިއަދުވެސް ދަރިފުޅު ދެރަވެ ރޯންމިޖެހުނީ ބައްޕަ އާއި ހެދި. ރާދިން އާއި އިންނަން ދަރިފުޅު ގާތު ބައްޕައަށް ނުބުނެވުނު ނަމަ މިހެންނެއްނުވާނެ. ބައްޕައަށް މާފްކުރޭ ދަރިފުޅާ.” މިރުހާންގެ ވާހަކަތައް އިވިފައި އަވްލީން ހައިރާން ވާ ގޮތްވިއެވެ. އަވްލީން ހީކުރީ ޔާސިރާ އެކޭއެއް ފަދައިން މިރުހާންވެސް އޭނާ ދެެކެ ލޯބިވާ ކަމަށް ހެދިގެން ޖެއްސީ ހުސް އެކްޓުކަމަށެވެ. ނަމަވެސް އޭނާ ހީކުރިގޮތަށް ކަންތައް ނުވުމުން އަވްލީން އުފާވިއެވެ. މަންމަގެ ލޯބި ނުލުބުނަސް ބައްޕަގެ ލޯބި ލިބުމުން އަވްލީންއަށް ކުޑަވަރެއްގެ ހަމަޖެހުމެއްލިބުނެވެ.
މާޒިން އާއި މިރުހާންގެ އެތައް ނަސޭހަތަކަށްފަހު އަވްލީން ކުޑަކޮށް ހަމަޖެހޭގޮތްވިއެވެ.
“ބައްޕާ އަޅުގަނޑު ބޭނުމެއް ނޫން ދެން އެ ހޮސްޕިޓަލަށް ވަޒީފާއަށް ދާކަށް. ރާދިންގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް އަޅުގަނޑުގެ ނެތް. ބޭނުންވަނީ މާލެއިންވެސް ދާން އެހެން ތާކަށް.” އަވްލީން އޭނާ ބޭނުންވާ ގޮތް ހާމަކޮށްލިއެވެ. އެއްގޮތަކަށްވެސް ރާދިންގެ ކުރިމައްޗަށް އަރާކަށް އަވްލީން ބޭނުމެއް ނޫނެވެ.
“ދަރިފުޅު އެ ރާދިންމެންގެ ހޮސްޕިޓަލަށް ނުދިޔަސް ހެޔޮދެން. ބައްޕަގެ ރައްޓައްސެއް ހުންނާނެ މެލޭޝިޔާގަ. އެމީހުންގެ އާއިލާ އެއްކޮށް އެކޮޅުގަ އުޅެނީ. ބައްޕަ އެމީހުންނާއި ވާހަަކަދައްކާލައިފައި ދަރިފުޅަށް އެކޮޅުހުރެވޭެނެ ގޮތް ހަމަޖައްސާލާނަން އޭރުން އެކޮޅު ހުރެގެން ދަރިފުޅަށް އިތުރަށް ކިޔަވޭނެއެއްނު. ދަރިފުޅު ބުނީމެއްނު ހިތުގެ ހާއްސަ ޑޮކްޓަރަކަށް ވާން ބޭނުން ވާހަކަ.” މިރުހާންގެ ވާހަކަ އަޑުއަހާފައި އަވްލީން ވެސް އެކަމަށް އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. އަވްލީން ބޭނުން ވަނީ ރާދިންގެ އާއި ވީހާވެސް ދުރަށްދާށެވެ.
“ދެން އަވަހަށް ދޭ ކޮޓަރިއަށް އަރާމުކޮށްލަން.” މިރުހާން އަވްލީންގެ ބޮލުގައި ފިރުމައިލަމުން ބުނެލިއެވެ. ބައްޕަގެ ފަރާތުން އަވްލީން އަށް ލޯތްބާއި އަޅާލުން ލިބޭތަން ފެނުމުން މާޒިން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އަވްލީން ބައްޕަގެ ލޯތްބަށް ފެންބޮވައިގަނެފައިހުރިވަރު އެންމެ ގާތުން ދުށި އެކަކީ މާޒިންއެވެ. އެތައް އަހަރެއް ވަންދެން އެ ލޯތްބަކުން މަހުރޫމް ވެފައިވާ ލޯތްބި އޭނާގެ ދޮންތައަށް ލިބުނުއިރު މިއަދު އެހެން ލޯތްބަކުން އެދަނީ އެ ދޮންތަގެ ހިތްހަލާކުކުރަމުންނޭ ހިތަށް އެރުމުން މާޒިން ދެރަވާގޮތްވިއެވެ.
އަވްލީންއަށް ރާދިންގެ ހަނދާންތަކާއި ކިތެއްމެ ދުރަށްދާން ބޭނުންވި ނަމަވެސް އޭނާއަށް އެ ހަނދާންތަކާއި ދުރަށް ދިއުން އެއީ އެހާ ފަސޭހަކަމަކަށް ނުވިއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރާދިން އަކީ އަވްލީންގެ އަލަތު ލޯތްބެވެ. ފުރަތަމަ ލޯބި ހިތުން ފޮހެލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.
އަވްލީން އާއި މައިރާ އިނީ އަވްލީންގެ ކޮޓަރީގައެވެ. ރާދިން އަވްލީން އާއި ދޭތެރޭގައި ކަންތައްކުރި ގޮތުން މައިރާވެސް ހުރީ ރާދިން ދެކެ ރުޅިއައިސްފައެވެ.
“ލީން ދެންހަމަ ދާންތަ ތިއުޅެނީ؟ އަހަރެން ވަރަށް މިސްވާނެ ލީން މަތިން. އެހާ ދުވަސްކޮށްފަ ދިމާވީމަވެސް އަނެއްކާ ލީން ތިއުޅެނީ ދުރަށް ދާން.” މައިރާ އިނީ އަވްލީން މެލޭޝިޔާއަށް ދާން އުޅޭކަން އެނގުމުން ދެރަވެފައެވެ. އަވްލީން އަކީ އޭނާގެ ގާތް ރަހުމަތްތެރިއަކަށް ވީ ނަމަވެސް އެއްބަނޑުއެއްބަފައި ކުއްޖެއްދެކެ ވާނެ ލޯބި އޭނާ އަވްލީން ދެކެވެއެވެ.
“އަހަރެންވެސް ވަރަށް ދެރަވޭ މައި މެންނާ ދުރަށް ދާން ވީމަ. އެކަމް މިތާ ހުރެގެން އަހަރެންނަށް ރާދިންގެ ހިޔާލުތަކާއި ދުރަށް ދާން ވަރަށް އުނދަގޫވާނެ. ރާދިން އެހެން މީހެއްގެ ހައްގަކަށްވެގެންދާތަން ބަލަން އަހަރެންގެ މިހިތަކަށް ކުޅަދާނައެއްނުވާނެ. އޭނަ އަހަރެން ދެކެ ލޯބިނުވިޔަސް އަހަރެން ވީ ދެތުވެރި ލޯތްބެއް.” މައިރާ އާއި ވާހަކަދައްކަމުން ބުނެލިއެވެ.
“އިންޝާﷲ ލީން އަށް އަދި ރާދިން އަށް ވުރެވެސް މާ ރަނގަޅު ކުއްޖެއް ލިބޭނެ.” މައިރާ ހީލަމުން ބުނެލިއެވެ.
“ދެން އަހަރެންގެ ވާހަކަ ބާއްވާފަ މައި ގެ ވާހަކަދައްކަންވީ އެއްނު ދޯ. މާހް އާއި ދެމީހުންގެ ކަންތައް ކިހާ ހިސާބަކަށް ގޮސްފަ މިހާރު އޮތީ؟” މައުލޫ ބަދަލުކޮށްލަމުން އަވްލީން އަހައިލިއެވެ.
އަވްލީން އާއި ރާދިން އެކުގައި އުޅުނުއިރު މާހިލް އާއި މައިރާވެސް ދިމާވެ ދެމީހުންގެ ދެމެދުގައި ވީ ގުޅުން ވަނީ ބަދަހިވެފައެވެ. ފުރަތަަމަ ކޮޅު މައިރާ ރުޅި އައިސްގެން އުޅު ނަމަވެސް މާހިލްގެ އެހުންނަ މަޖާ މިޒާޖުގެ ސަބަބުން ދެމީހުން އެކުވަރިވާން މާ ގިނަ ދުވަހެއް ނުނަގައެވެ. އަދި އެކުގައި އެތައް ވަގުތުތަކެއް ހޭދަކުރެވުމުން ދެމީހުންގެ ހިތުގައިވެސް އެކަކު އަނެކަކަށްޓަކައި ވަނީ އިހްސާސްތަކެއް އުފެދިފައެވެ. ނަމަވެސް އިސްވެ އެކަކުވެސް އެވާހަކަ އަނެކަކު ގާތުގައި ނުއެއްބުނެއެވެ.
“ދެން އިނގެ އެއްނު ލީން އަށް ވެސް ދޯ.” މައިރާ ހީލަމުން ބުނެލިއެވެ.
“އަދިވެސް ތި ހިތުގެ ހާލަތު އޭނައަށް ކިޔައެއްނުދެން ދޯ. ހަމައެކަނި މަގޭކައިރީ ބުނީމަ ވޭތަ؟” މައިރާ އާއި ދިމާކޮށްލަމުން އަވްލީން ބުނެލިއެވެ.
“ދެން ލީންވެސް ދޯ. ލޯބިވާ ވާހަކަ ބުނާނީ ބޯއީ ކުދިންނޭ ފުރަތަމަ. މަށަކަށް ނެކެރޭނެ ގޮސް ބުނާކަށް.” ރަކިގޮތަކަށް ހީލަމުން މައިރާ ބުނެލުމުން އަވްލީންވެސް ހީލިއެވެ.
އަވްލީންގެ ދިރިއުޅުމުގައި ކޮންމެ ފަދަ ގޮތަކަށް ކަންތައްވެގެން ދިޔަ ނަމަވެސް އޭނާ އަބަދުވެސް އޭނާގެ އެކުވެރިޔާގެ އުފަލުގައި ބައިވެރިވާން ބޭނުންވިއެވެ.
“ލީން އަށް އެނގޭތަ މާހް ބުން މިރޭގަ މީޓްކުރަން. ނޭނގެ ކީއްކުރަން ކަމެއްވެސް.” މައިރާ އުފާވެލައިފައި އަވްލީން ކައިރީގައި މިރޭ މާހިލް އޭނާއާއި ބައްދަލުކުރަން ބޭނުން ވާހަކަ ބުނެލިއެވެ.
“އޯހް ވެދާނެ އެއްނު މާހް ޕްރޮޕޯޒްކުރަން އުޅެނީކަމަށް ވެސް. ބެސްޓް އޮފް ލަކް އިނގޭ.” އަވްލީން މައިރާ އާއި ދިމާކޮށްލިއެވެ.
“ރާދް. މިހާރު އެކަންތައް ވެގެން ދިޔަތާ ހަފްތާއެއް މިވީ. އަދިވެސް ރާދް ތި އިންނަނީ މިލާފައިވާ މޫނަކާއި އެކު. ރާދް އަމިއްލައަށް ބޭނުންވެގެންނެއް ނޫންތަ އަވްލީން ދޫކޮށްލީވެސް ދެން މިހާރު ތިހެން އިނުމުގެ މާނައަކީ ކޮބާ؟ ރާދް ހަމަ ލޯބިވަނީ އެ އަންޖަލް ދެކެތަ ނޫނީ ލީން ދެކެތަ؟ އަހްނަށް ހާދަ ހީވެޔޭ ރާދް އަދިވެސް ލޯބިވަނީ ލީން ދެކެ ހެން.” ރާދިންގެ ކެބިންއަށް ވަދެގެން އައި މާހިލް ވިސްނުމަކަށް ގެއްލިފައި އިން ރާދިން އާއި ސުވާލުކޮށްލިއެވެ.
“އޯ ޕްލީޒް މާހް. އޭނަ އެބަ އުޅޭތަ ކަމަކާ ދެރަވެ ހިތާމަކޮށް. އަންހެން ކުއްޖަކަށް އެވަރުގެ ދެރައެއްދޭން ރާދިން އަށް ކެރުނީތީ އަހަރެން އަޖައިބުވޭ. އަވްލީންގެ ދެކެ ލޯބިވެޔޭ ކިޔާފަ އޭނައަށް ދައްކާލީ ރީތި ދަޅައެއް. ކޮންމެން ލީން ދެކެ ލޯބިވެގެންނެއް ނޫން އޭނަ އުޅުނީ.” ރާހިލް ހުރީ އަވްލީން އާއި ދޭތެރޭ ރާދިން ކަންތައް ކުރިގޮތުން ހިތްހަމަނުޖެހޭގޮތްވެފައެވެ.
“އިހަށް ދެމީހުންވެސް މިތަނުން ދޭ އަހަރެން ބޭނުން ވަނީ އެކަނި ވެލަން.” ރާދިން އެމީހުން ކީ އެއްޗަކަށް ރައްދުދިނުމުގެ ބަދަލުގައި ބުނެލިއެވެ.
“އަހަރެމެން ގޮސްދާނަން މިތަނުން. އެންޑް ޔެސް އަހަރެންނަށް ހީވަނީ ދެން ރާދިން އުޅެންޖެހޭނީ ވެސް ތި އެކަނިވަރިކަމާއި އެކުހެން.” ރާހިލް އެހެން ބުނެލަމުން ބޭރަށް ދާން ހިނގާގަތެވެ.
“ވަޓް ޑޫ ޔޫ މީން؟” ރާދިންގެ ސުވާލާއި އެކު ރާހިލް ހުއްޓުނެވެ.
“އަވްލީން އުޅެނީ މެލޭޝިޔާއަށް ބަދަލުވާން. ތި ރާދިން އާއި ވަރަށް ދުރަށް. ރާދިން އަށް އެނގިފައި އޮންނާނީ އަވްލީން ކުޑަ ޗުއްޓީއެއް ނެގީކަމަށް އެހެންނު؟ އެކަމް އަވްލީން ޖޮބް ދޫކޮށްލާފަ މާލެވެސް ދޫކޮށް ދާންއުޅެނީ. ރިޔާދުބެއަށް ހުރިހާ ވާހަކައެއް ކިޔާދީފަ އޭނާ ވަޒީފާ އިން ވަކިވެގެން ދަނީ.” ރާދިންގެ ސުވާލަށް ޖަވާބުދެމުން ރާހިލް އާއި މާހިލް އެތަނުން ބޭރަށް ދިޔައެވެ.
ރާހިލްގެ ވާހަކަތަށް އަޑުއިވިފައި ރާދިން މާޔޫސްވާގޮތްވިއެވެ. ރާހިލް އާއި މާހިލް ދިއުމުން ރާދިން އަށް އޭނާގެ މޫނު މަތީގައި އަތް އަޅާލެވުނެވެ.
“އައި އޭމް ސޯ ސޮރީ ލީން. ބަޓް އައި ޑޯންޓް ހޭ އެނީ އަދާ ޗޮއިޒް. ލީންގެ ތި ރީތި މޫނުވެސް ދެން އަހަރެންނަށް ހަމަ ނުފެންނާނެތަ..” ރާދިންއަށް ރޮވޭގޮތްވިއެވެ. ފިރހެނަކަށް ވިޔަސް ކެއްކުރެވޭނީ ވަކިވަރަކަށެވެ. އޭނާގެ މަޖުބޫރީ ހާލަތު އެނގޭނެ މީހެއްވެސް ނެތެވެ.
“ހާއި ބޭބީ.. ކީއްކޮށްލަނީ؟” އެތެރެއަށް ވަދެގެންއައި އަންޖަލްގެ ތުންފަތުގައިވަނީ ނުލަފާ ހިނިތުންވުމެކެވެ. އޭނާ އެހާވަރުން އުޅިގެން ޕްލޭންކުރި ކަންތައް ކާމިޔާބުވުމުން އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
“އަންޖަލް ޕްލީޒް ޖަސްޓް ލީވް މީ އެލޯން. މިތަނުން ދޭއިހަށް.” ރާދިންއަށް އަންޖަލްގެ މޫނު ފެނުމުންވެސް ރުޅިއަންނަ ގޮތްވިއެވެ.
“ދެން ރާދް ވެސް ދޯ. އެހާ އަވަހަށް މެރީކުރަން އުޅޭއިރުވެސް ރާދް ތިބުނަނީ ވާން އުޅޭ އަނބިމީހާ ގާތުވެސް ދާށޭ. ހައު ރޫޑް..” އަންޖަލް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
“އަންޖަލް އަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މި ކައިވެނިކުރަން އެއްބަސްވީ ކޮންމެހެން ތި އަންޖަލް ދެކެ ލޯބިވާތީއެއް ނޫންކަން. ދެން ކޮންމެހެން މީހުންނަށް ފެންނަން ނެތް ތަންތަނުގަ ތި ފާޑަށް އުޅޭކަށްނުޖެހެއެއްނު.” ރާދިން ރުޅިގަދަ އިތުރަށް ގަދަވާގޮތްވިއެވެ.
“ދެން ކޮންމެ ގޮތަކަށް ވިޔަސް ކައިވެނިކުރެވެން އުޅޭއިރު ވެ ނިމިފައި އޮތްކަމެއް ހިތުން ނެރެލާ ހަގީގަތާއި ކުރިމަތިލާންޖެހޭނެއެއްނު. އެ އަވްލީން އަތުގައި ހުރި ކޮންއެއްޗެއްތަ އަހަރެންގެ ނެތީ. އޭނައަށް ވުރެ އަހަރެން ހުތުރެވެސް ނުވާނެ.” އަންޖަލް ހިތްހަމަނުޖެހޭގޮތް ވިއެވެ.
“އަވްލީންގެ ނަން ވެސް ދި ދުލުން ނުކިޔާތި. ކަލޭ ކަހަލ މީހެއްގެ ދުލުން ލީންގެ ނަން ބުނާ އަޑު އަހަންވެސް އަހަރެން ބޭނުމެއް ނޫން.” ރާދިން ލޯއަޅައިލަމުން ބުނެލިއެވެ.
“އޯކޭ މަށެއްވެސް ނޫޅެމޭ ކޮންމެހެން އެ ސުންޕާ އަންހެނާގެ ނަން ކިޔާކަށް. އެކަމް ބުނަން އިތުރަށް މަގޭ ގާތަށް ރުޅިއަރުވަންޏާ އޭގެ ނަތީޖާ މާ ރަނގަޅު ނުވާނެކަން ރާދިން އަށް ހަމަ ރަނގަޅަށް އެނގޭނެ. ރާދިންގެ ދިރިއުޅުމަށް ދުވަހަކުވެސް އެ އަވްލީންގެ ވަސްވެސް ޖެހުނަ ނުދޭނަން އަހަރެން ދިރިހުރިހާ ހިނދަކު. އިވިއްޖެތަ؟” އަންޖަލް އޭނާ ބުނަން ބޭނުންވާ ހުރިހާ އެއްޗެއް އިއްވާލުމަށް ފަހު ކެބިން އިން ނިކުމެގެން ދިޔައެވެ.\
އަންޖަލްގެ ވަހަކަ އަޑުއިވުމުން ރާދިން މާޔޫސްވިއެވެ. މި ކޮންފަދަ ބޮޑުު މަޖުބޫރީއެއް ހެއްޔެވެ. އޭނާގެ ލޯބި އޭނާގެ އަތުން ބީވެގެންދާއިރުވެސް ބަލަން ހުރުން ފިޔަވާ އިތުރުއެހެން ކަމެއް ކުރެވާކަށް ނެތެވެ. ރާދިންއަށް އޭނާގެ މަޖުބޫރީ ހާލަތު ވިސްނާފައި އެ ލޮލުން ކަރުނަ ހިލުނެވެ.
“އައި ލަވް ޔޫ ލީން. އަބަދުވެސް މިހިތުގައި ވާނީ ލީންގެ ނަން. ކޮންމެ މީހަކާއި އެކު އުޅެންޖެހުނަސް އަހަރެންގެ ހިތުން ލީންއަށް ދެވިފައިވާ މަގާމު އެހެން އެއްވެސް މީހަކަށް ނުދޭނަން. ހުވަފެނުންވެސް ލީންއަށް ދެރައެއްދޭން ނޭދޭއިރު މިއަދު އަހަރެންގެ ސަބަބުން ލީން ކަރުނައިގެ ކޯރެއްގައި ފަތަންޖެހުމުން މިހިތަށް ކުރާ އަސަރު ދެނެވޮޑިގެންވަނީ މާތްﷲ.” އަވްލީންގެ މަތިން ހަނދާންވުމުން ރާދިން އިތުރަށް ދެރަވާގޮތްވިއެވެ.
ރާދިންގެ އަރުތެރޭގައި އަންޖަލް އޮތް ތަން ފެނިފައި އަވްލީންގެ މޫނު މައްޗަށް އެރި ކުލަވަރު ދެންމެ ދެންމެ ވީ ކަމެއް ހެން އަދިވެސް ރާދިންގެ ލޯކުރިމަތީ ސިފަވަމުންދާ ކަހަލައެވެ.
މިހުރިހާ އިރު ކެބިންގެ ބޭރުގައި އަންޖަލް އާއި ރާދިންގެ ވާހަކަތައް އަޑުއަހަން ތިބި މާހިލް އާއި ރާހިލް ތިބީ ހައިރާންވެފައެވެ. ކަންތައް މިފަދަ ގޮތަކަށް ހިނގާފާނެކަމަކަށް އެމީހުން ހިޔެއްނުކުރެއެވެ.
= ނުނިމޭ =
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



Yeah I got first
? Ehehehe yessss
I knew this would happen… But still I love it
?❤️??
Maahil raahil aadhekudhin vegen raadh emuseebaathun salaamaiy kohdheeba eanjal ey kiyaa dakaathuge kohgen ulhey kameh hoadhaafa enmenah falhaa aruvaalaa ,vaahaka Hama habeys ekam eyge dhekudhin vakinukuraathi
Noor dear vrh happy vejje story reethi v ma.
Nd lets see dhw dhn vaaane gotheh ??❤️??
When is next part? Mi story up kuraalei las kamun kada ee
Sorry dear vrh busy koh ulheythii lasvany nd next week ga im having my exams so story dhn up kureveynii next week nimunyma hope you all will understand my situation ?❤️??
Hello my dear readers
As next week im having my exams i will not be able to upload the story in that week
I hope you all will understand my situation and will support me ?❤️??
After that week i will keep uploading the story ❤️❤️
Alhe….. Dhn ekam dhw.. Raadh aa leen kyvve dhurukuranee.. I think maahil n raahil next part ga help vane dhw leen n Raadh ah alhe ekam leen ah dhn dhera goii nahadhaba? next part v v v a avaha up koh dheeba dear.. Kiyaa hithun maru vanee??
Shaam dear as i have my exams, i will not be able to upload that soon. But exam thah nimuny up kollaaanan. Hope you will understand ?❤️?
Understand vey dhoonyyaa ekam wait kuran udhagoovany…..ehaa vx reethi story ????
Im happy that you liked the story and for even understanding my situation ?
If i get enough spare time will try to upload new parts but im not promising ?❤️?
It’s ok love. Mibai ves varah rythi. Kuriyah oii thaaga adhi mivaahaka maa rythi vaane kamah ummeedhu kuran. Btw good luck love. Take all your time and study. Exam nimmaafa hama jehigen story liyefa up kuraane dhuvahakah inthizaaru kuran igey ?????❤️❤️❤️❤️❤️❤️♥️♥️♥️♥️???????
Thnkiu Sheyou dear so understanding my situation nd for me luck ??❤️?
In sha allah exam thah ninmaaafa story up kuramun gengosdheynan ??❤️??