ހޯދޭތޯ މަންޒިލެއް… 22
އެންމެ ދުވަހެއް ފާއިތުވެގެން ދިޔަ އިރު ވެސް މާއީ އޭނައާއި ދުރުވެއްޖެކަމުގެ އިހުސާސް ނަހީކްއަށް ކުރެވުނެވެ. އޭނަ މެސެޖުކުރުމުން ރައްދު ނުދިނުމެވެ. ގުޅުމުން ނަންބަރު ބިޒީކުރުމެވެ. އޭގެ ސަބަބުން ހިތަށް އުނދަގޫތަކެއް ވެސް ވިއެވެ. ނަމަވެސް އޭނަ ހިތަށް ވިސްނައިދިނީ އިމްތިހާނު ދުވަސްވަރަށް ވުމުން ކިޔެވުމަށް ސަމާލުކަން ދޭން މާއީީ ބޭނުންވަނީ ކަމުގަ އެވެ. މާއީއަކީ ސްކޫލްގެ ޑެޕިއުޓީ ކެޕްޓަން ވެސް މެއެވެ. އެތައް ބައެއްގެ އުއްމީދުތައް ވެސް މާއީއާއި ގުޅިފައިވާނެއެވެ.
ނަހީކް ވެސް ކިޔެވުމަށް ގިނަ ވަގުތު ހޭދަކުރަން ފެށީ މަންމަގެ އެތައް ހުވަފެންތަކެއް އޭނައާއި ގުޅިފައިވާތީއެވެ. ބައްޕަގެ ކުއްލި މަރަށް ފަހު އާޢިލާގައި ހުރި ހަމައެކަނި ފިރިހެނަކީ އޭނަ އެވެ. މަންމައާއި ކޮއްކޮގެ ޒިންމާތައް ވެސް އުފުލަން ހުރި މީހަކީ ވެސް އޭނަ އެވެ. އެއްވެސް ހާލެއްގައި ބައްޕަގެ އާއިލާ މީހުންގެ ގާތަށް މަންމަ ދާން ނަހީކްގެ ހިތެއް ދުވަހަކު ނުރުހޭނެއެވެ. ބައްޕަ މަރުވުމާއެކު މާލޭގައި އެމީހުން އުޅެމުން ދިޔަ ގެއިން ވެސް އެމީހުން ނެރެލީ އެނުލަފާ އާއިލާ މީހުންގެ ހީލަތްތެރި ރޭވުންތަކުންނެވެ. މުދަލާއި ފައިސާގެ ދަހިވެތިކަމުގަ އެވެ. މަންމަގެ ރަށަށް އެމީހުން ބަދަލުވާން ޖެހުނީ ވެސް އެޖަރީމާތަކަށް ފަހުގަ އެވެ. ރަށަށް އާދެވުމުން ވެސް މަންމައަށް ހަމަޖެހުމެއް ނުލިބުނެވެ. މަންމައާއި އެއްބަނޑުއެއްބަފާ ކޮއްކޮގެ ފަރާތުން ވެސް ކުރިމަތިވީ ފިއްތުންތަކެވެ. ބޮޑުދައިތަގެ ނުރުހުންތެރިކަން އޭނައާއި ފަލަކްއަށް އަމާޒުނުވާ ދުވަހެއް ނުދެއެވެ. ނަހީކް މިހާރު ބޭނުންވަނީ ވީހާވެސް އަވަހަކަށް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވާށެވެ. މަންމައާއި ކޮއްކޮ އެމީހުންގެ އަމިއްލަ ވަޒަނެއްގެ ހިޔާވެހިކަމުގައި ބައިތިއްބާށެވެ. އޭރުން އެއްވެސް މީހެއްގެ ނަފުރަތު އަމަޒުނުވާނެތާއެވެ. އެއީ ނަހީކްގެ ހަމައެކަނި އަޒުމެވެ.
*****
އިކޮނޮމިކްސް އިމްތިހާނު އޮތް ދުވަހެވެ. އިމްތިހާނު ނިންމާލާފައި ކުދިންތައް އިމްތިހާނު ހޯލުން ނިކުންނަމުން ދިޔަ އެވެ. މާއީ ވެސް އޭނަގެ އެކުވެރިންނާ ވާހަކަ ދައްކަމުން ހޯލުން ނިކުންނަން ދިޔަ އެވެ. އޭރު ނަހީކް ވެސް މާއީމެންގެ ފަހަތުން އާދެއެވެ.
”ވަރަށް ފަސޭހަ ދޯ ޕޭޕަރު؟…” މާއީ އަހާލިއެވެ. އެއާއެކު ފަލަކް، ޔުމްނާ އަދި ޒީޝާން ވެސް އެއްބަސްވެލިއެވެ.
”ހޭއި ލޭޑީސް، ކޭން އައި ސީ ހާރ ފޯރ އެ މިނެޓް…” ނަހީކް މާއީއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަމުން އެދުނެވެ. އެހެނިހެން ފަހަރުތަކުގައި ނަހީކްގެ ގާތްކަމުން ހިނިތުންވެވޭ މާއީއަށް މިފަހަރު ލިބުނީ ނުތަނަވަސްކަމެވެ. އޭނަ ހުރީ އުނދަގޫ ވެފައެވެ. އޭނަގެ މޫނުން އެކަން ރަމްޒުކޮށްދެއެވެ.
”ޝީޒް އޯލް ޔޯރސް… ސީ ޔޫ ލޭޓަރ ލަވް…” ފަލަކް، މާއީއަށް ބަލާލަމުން ބުންޏެވެ. އަދި ނަހީކްއާއި މާއީއަށް އެކަނި ވާހަކަދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭން ޔުމްނާމެން ގޮވައިގެން ހިނގައިގަތީ ލައިބްރަރީއާ ދިމާއަށެވެ. އިމްތިހާނަށް ދަސްކުރަން ނެގި ފޮތްތައް ހަވާލުކުރާށެވެ.
މާއީ ވެސް ބޭނުންވީ އެތަނުން ދާށެވެ. އޭނައާއި ނަހީކް އެކަނި ތިއްބާ ތޫގާއަށް ފެންނަން ބޭނުން ނުވާތީއެވެ. ތޫގާ އޭގެ މާނަ ނުބައިކޮށް ނަގާފާނެތީއެވެ.
”ނަހީކް، އަހަންނަށް ވާހަކަދައްކަން ހުރެވޭކަށް ނެތް… މާދަމާ އޮތް ފައިނަލް ޓެސްޓަށް ދަސްކުރަން ވެސް އެބަޖެހޭ…” މާއީ ބޭނުންވީ ދާށެވެ. ނަހީކް އޭރު ހުރީ މާއީއަށް ބަލަހައްޓައިގެންނެވެ. އެމޫނުން އޭނައަށް ތަފާތު ޝުޢޫރުތަކެއް ފާހަގަ ކުރެވުނީތީ އެވެ. އެހެންޏާ އޭނަ ފެނުމުން އެތުންފަތުން ފެންނަ ހިނިތުންވުމެއް މިއަދަކު ނެތެވެ. ލޮލުގައިވާ ވިދުމެއް ވެސް ނެތެވެ. އެއާ ޚިލާފަށް ފެންނަނީ ހާސްކަމެވެ. އޭނަގެ ގާތްކަމުން އުނދަގޫވެފައިވާ ތަނެވެ. އޭގެ މާނަ ނަގަންވީ ކިހިނެއްކަމެއް ނަހީކްގެ ސިކުނޑިއަށް ނުކުޅެދުނެވެ. ފުރަތަމަ ފަހަރަށް އެކަން ތަޖުރިބާ ކުރެވުނީތީ އެވެ. ހައިރާންވެފައި ބަލަން ހުރެވުނީ ވެސް އެހެން ވެއެވެ. މާއީއަށް ބަދަލުތަކެއް އައިސްފިކަން ވެސް ރާކާލަމުން ދިޔަ އެވެ.
”ދަނީ…” މާއީ އުޅުނީ ދުރަށް ދާށެވެ. އެވަގުތު ނަހީކް މާއީގެ އަތުގައި ހިފި އެވެ. ލިބުނު ކުއްލި ސިހުމާއި ހަށިގަނޑުގައި ދުވެލި ކަރަންޓުގެ ބާނީތަކުން މިފަހަރު މާއީގެ ހިތަށް ތަދުވި އެވެ. ރިއްސާލިއެވެ. ހިތުގައި އުދާހެއް އުފަން ވިއެވެ. އޭނައަށް ދެލޯ ވެސް މަރާލެވުނެވެ. ހިތް ކިތަންމެ ވަރަކަށް ނަހީކްއަށް އެދި ގޮވިކަމުގައި ވިޔަސް އޭނަގެ ލޯބިވާ ކޮއްކޮއަށް ޓަކައި އެވަނީ އެލޯބި ޤުރުބާންކުރަން މަޖުބޫރުވެފަ އެެވެ. އޭނަގެ ސަބަަބުން ތޫގާއަށް ހިތްދަތިކަމެއް ލިބެން މާއީ ބޭނުމެއް ނޫނެވެ. އަމިއްލަ އުފާތަކަށް ވުރެން ބޮޑަށް ކޮއްކޮގެ އުފާތައް އިސްކުރެވުނީ އޭނަ އެންމެ ހިތްދަތިވެ އެކަނިވެރިވީ ދުވަހު މަދަދުވެރިވާން ގާތުގައި ހުރީ ކޮއްކޮ ކަމުގައި ވީތީ އެވެ. އޭނައަށް މީހުންގެ ބަދު ބަސްތައް ރައްދުވި ދުވަހު ހިމާޔަތުގައި ހުރީ ވެސް ކޮއްކޮއަށް ވީތީ އެވެ. އެކޮއްކޮގެ ހިތުގައި ޖައްސާފައި ނަހީކްގެ ލޯބި އޭނައަށް ޤަބޫލުކުރެވޭކަށް ނެތެވެ. ކޮއްކޮއަށް ދެރައެއް ދީފައި އޭނައަށް އުފަލުގައި އުޅެވޭނީ ކިހިނެއް ހެއްޔެވެ؟
”ދޫކުރޭ…” މާއީގެ ހިތަށް ކުރަމުން ދިޔަ ފުން އަސަރުތަކުގެ މައްޗަށް އޭނަ ނެރުނީ ނުރުހުންތެރިކަމެވެ. އެއަޑުން ނަހީކްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. މާއީއަށް އައި ކުއްލި ބަދަލުތަކުގެ ހަޤީޤަތް އެނގެން އޭނަ ބޭނުން ވިއެވެ.
”ވަޓްސް ރޯންގް؟، މާއީ އަހަރެންގެ ފޯންކޯލްތަކާއި މެސެޖުތަކަށް ރައްދުނުދިނީމަ އަހަރެން ހީކުރީ އެއީ އިމްތިހާނުގެ ސަބަބުންކަމަށް، އެކަމަކު އެއީ ހަޤީޤަތެއް ނޫންކަން އަހަންނަށް މިހާރު އެނގިއްޖެ… ކޮންމެވެސް ކަމެއް ވެއްޖެ… މާއީއާ ދިމާއަށް މީހަކު އެއްޗެކޭ ބުނީތަ؟، ދެރަވެފައި ތިހުންނަނީ މީހަކު ދިމާކުރަނީތަ؟… މާއީ، ހިމޭނުން ނުހުރެ ޖަވާބު ދީބަލަ…” މާއީގެ ހިމޭންކަމުން ނަހީކްއަށް އުނދަގޫވިއެވެ. ކަންބޮޑުވެފައިވާ ހާލު ހަޤީޤަތް އޮޅުންފިލުވަން އޭނަ އަވަސްގެތެވެ.
ނަހީކް ކުރިއަށް ފިޔަވަޅެއް އަޅާލައި އެދެމެދުގައިވާ ދާއިރާ ހަނިކޮށްލިއެވެ. އޭނަގެ ދެލޮލުން މާއީ ދެކެ ވާ ލޯބި ފާޅުވެއެވެ. އެއިހުސާސްތައް ފެނި އިތުރަށް މާއީގެ ހިތުގައި ރިއްސާލިއެވެ. އޭނައަށް މިކަންތައް ކުރެވިދާނެ ހެއްޔެވެ؟ ނަހީކްއާއި ދުރުވެވިދާނެ ހެއްޔެވެ؟ އެހިނދު ސިކުނޑީގެ ކަނަކުން ޖަވާބު ވެސް ދިނެވެ. އޭނަ ޖެހޭނީ ހިތްވަރާއެކު އެކަމާ ކުރިމަތިލާށެވެ. ތޫގާއަށް ޓަކައެވެ.
އެވަގުތު ނަހީކްގެ ފުރަގަހުން އައިސް ހުއްޓުނު ތޫގާ ފެނި މާއީއަށް ވަގުތުން ނަހީކްގެ އަތްފޮޅުވާލެވުނެވެ. އޭރު މާއީގެ މޫނުމަތިން ހާސްކަން ފެނެއެވެ. އެކަން ފާހަގަ ކުރެވުނު ނަހީކް ފަސްއެނބުރި ބަލާލިއެވެ. ތޫގާ ފެނި ކޮންމެވެސް ނުބައެއް އުޅޭކަމުގެ ސިގްނަލް އޭނަގެ ސިކުނޑިން ދިނެވެ.
”އާނ، އެގްޒާމް ވަރަށް ފަސޭހަ… ދެން އަހަރެން ގޮސްލަނީ…” ތޫގާއަށް ނުބައި މާނައެއް ނެގިދާނެތީ ނަހީކްއާ އޮތް ގުޅުން ސިއްރުކުރަން މާއީ ބުނެލިއެވެ. އަދި ތަންވަޅުބަލާފައި އަވަސްވެގަތީ އެތަނުން ދުރަށް ދިއުމަށެވެ.
ހިތްހަމެނުޖެހުމާއެކު ތޫގާއަށް ބަލަން ހުރި ނަހީކް މާއީގެ ފަހަތުން ހިނގައިގަތެވެ. ތޫގާ އެމަންޒަރު ބަލަން ހުރިކަން އެނގި ނުތަނަވަސްކަމެއްގެ ތެރޭގައިވި މާއީ ރުންކުރުވިއެވެ.
”ވަޓްސް ރޯންގް ވިތް ޔޫ!…” މާއީ ކުއްލިޔަކަށް ހުއްޓިލަމުން ފަސްއެނބުރުނެވެ. އަދި ރުޅިވެރިކަމާއެކު ވާހަކަދެއްކިއެވެ. ”ދުރުގައި ހުރެބަލަ، ނަހީކްއާ ހެދި އަހަންނަށް މިހާރު އުނދަގޫވާ ހިސާބަށް ކަންތައް ގޮސްފިއޭ…”
މާއީ ގޮސް ކާރަށް އަރަންދެން ނަހީކްއަށް ބަލަން ހުރެވުނީ ހުއްޓުންއަރާފައެވެ. އޭނަގެ ހިތަށް އޭރު ތަދު ވެސް ވެއްޖެއެވެ. ކާރުގެ ދޮރުފަތް ހުޅުވާލަމުން މާއީ ކޯތާފަތް ފޮހެލިހެން ދުރުގައި މަންޒަރު ބަލަން ހުރި ނަހީކްއަށް ހީވިއެވެ. މާއީއަށް އައި ކުއްލި ބަދަލާއި ފެނުނު ރުޅިވެރިކަމުގެ މާނަ ވިސްނައިގަންނަން ނުކުޅެދިފައިވަނިކޮށް، އޭނަ ގާތުން ލާފައި ކުރިއަށް ހިނގައިގަތް ތޫގާގެ ތުންފަތުގައިވި މަކަރުވެރި ހިނިތުންފެނި ނަހީކްއަށް ވިސްނިއްޖެއެވެ.
ނަހީކް ބާރު ފިޔަވަޅުތަކެއްގައި ގޮސް ތޫގާގެ އަތުގައި ހިފައި އޭނައާއި ދިމާއަށް އަނބުރާލި އެވެ. ކާރުގައި އިން މާއީއަށް އެމަންޒަރު ފެންނާނެކަން ޔަޤީންވާތީ ނުބައި މާނައެއް ނެރެން ތޫގާ ނަހީކްއާއި ކައިރިވާން އުޅުނެވެ.
”މިހުރިހާ ކަމަކީ ކަލޭގެ ކަންތައް!…” ދަތްތަކަށް ބާރުލަމުން ނަހީކް ބުނެލިއެވެ. ”ކަލޭ ކީކޭ ކިޔައިގެން ތިއުޅެނީ؟…”
”އަހަރެން އެއްވެސް އެއްޗެކޭ ކިޔައިފިންތަ؟… ނަހީކް ކީއްވެތަ އަހަރެންދެކެ ރުޅި އަންނަނީ، އަހަރެން ނަހީކްއަށް އެހާ ކެއާރ ކުރާއިރު އަހަރެން ދެކެ ހުންނަނީ އަބަދުމެ ރުޅިއައިސްފައި، އެއްފަހަރު ވިޔަސް އަހަންނަށް ބަލާލާނަމަ، އަހަރެން ވެސް ނަހީކްދެކެ ލައިކްވާކަން އެނގޭނެ، އަހަރެންގެ ވެސް އޮންނަނީ ތެދުވެރި ހިތެއްކަން އެނގޭނެ…” ނަހީކްގެ މޭގައި ފިރުމާލަން އުޅުނު ތޫގާގެ އަތް ނަހީކް ފޮޅުވާލިއެވެ. އޭރު އެމޫނުން ރުޅިވެރިކަން ފެނެއެވެ. ނަހީކްއަށް ހުރިހާކަމެއް ސާފުވެއްޖެއެވެ.
”ކަލޭ ވެއްޖެއެއްނު ސިކުނޑީގެ އުނިކަމަށް ބޭސްފަރުވާކުރަން!، ޔޫ އާރ މެންޓަލީ އިލް!…” ނަހީކް އުޅުނީ ކާރާއި ދިމާއަށް ދާށެވެ. މާއީއަށް ތޫގާގެ ފަތިފުށް ހާމަކުރާށެވެ. ނަމަވެސް ތޫގާ ބުނެލި ޖުމްލައިން އޭނައަށް ހުއްޓެވުނެވެ.
”ކިތަންމެ ވާހަކައެއް ދެއްކިޔަސް ދެނެއް މާއީ ނަހީކްއާ އަނގައިންެނެއް ނުބުނާނެ، އޭނަ ދާނީ ހަމަ ދުރަށް…” ނަހީކް އޭނައަކީ ސިކުނޑި ހަމަނުޖެހޭ މޮޔައެކޭ ބުނުމުން ތޫގާއައީ އަމަށަކު ރުޅިއެއް ނޫނެވެ. ”އޭނަ ގާތަށް ގޮސް އަހަރެންގެ ވާހަކަ ބުނިއްޔާ ވެސް އޭނަ ރުޅި އަންނާނީ ނަހީކްދެކެ، ޤަބޫލެއް ނުކުރާނެ… ނަހީކް ދެކެ ރުޅިއަންނަން އިތުރު ފުރުސަތެއް އޭރުން ދެވޭނެ… ސޯ ގޯ އޮން، ޓެލް ހާރ، އަހަރެން ވެސް ބަލަން ހުންނާނަން ވާނެ ގޮތެއް…”
ނަހީކްއާ ދިމާއަށް ލޯހަދާލާފައި ތޫގާ ކުރިއަށް ހިނގައިގަތީ ފަތަހައިގެ ހިނިތުންވުމަކާއެކުގައެވެ. މަންޒަރު ބަލަން ނަހީކްއަށް ހުރެވުނީ އެވެ. ތޫގާ އެބުނީ ވެސް ތެދެކެވެ. ހެއްކެއް ނެތި މާއީ ގާތު ބުނަން އުޅެފިއްޔާ މާއީ ރުޅި އަންނާނީ އޭނަ ދެކެއެވެ. ތޫގާ ދައްކައިގެން އުޅޭ ވާހަކައެއް ވެސް އޭނައަށް އެނގެނީކީ ނޫނެވެ.
ނަހީކްއަށް އޭނަގެ ފަން އިސްތަށިގަނޑުގެ ތެރޭގައި އަތްތިލަ ހިންގާލެވުނެވެ. އަދި ކާރު ދުއްވާލުމާއެކު ބަލަން ހުރެވުނީ މާޔޫސްކަމާއެކުގައެވެ. މާއީ އޭނައާއި ވަކިވާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަގެ ހިތަށް އެމަންޒަރުތައް ބަލަން ކެތެއްވެސް ނުކުރެވޭނެއެވެ. ނަމަވެސް ކަންތައް ކުރަންވީ ގޮތެއް އޭނައަކަށް ނޭގުނެވެ. ހީވަނީ ކަރުތާ ފެނުގެ ތެރެއަށް އޭނަ ގެނބެން އުޅެނީ ހެންނެވެ. ސަލާމަތުގެ އައްސޭރިއެއް ވެސް ނެތެވެ.
*****
ތަފާތު އެކިފަހަރު މަތިން މާއީއާއި ވާހަކަދައްކަން ނަހީކް މަސައްކަތް ކުރިއެވެ. ނަމަވެސް އެފުރުސަތު މާއީ ނުދިނެވެ. މާއީގެ އަމަލުތަކުން ނަހީކްގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހަމައެއާއެކު މާއީގެ ގޮތް ދޫނުކުރާ މިޒާޖާ ހުރެ ހިތްހަމަވެސް ނުޖެހުނެވެ.
*****
މަތީ ސާނަވީގެ އިމްތިހާނުތަކަށްފަހު ފެއާރވެލް ޕާޓީ އޮތް ދުވަހެވެ. މާއީ ހުރީ އެޕާޓީއަށް ނުދާށެވެ. ޕާޓީ ތެރޭން ނަހީކްއާ ބައްދަލުވެދާނެތީ އެވެ. ނަމަވެސް ފަލަކް އައިސް އޭނަ ގަދަކަމުން ނެރެގެން ގެންދިޔައީ އެވެ. ތޫގާ ވެސް ފަލަކްއަށް އެކަމުގައި އެހީވެ ދިނުމުން ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޕާޓީއަށް ދާން މާއީ އެއްބަސްވި އެވެ.
ޕާޓީ ތެރޭން ނަހީކްއަށް މާއީ ފެނުނީ އެތައް ދުވަހެއްގެ ދިގު އިންތިޒާރަށް ފަހުގައެވެ. އޭނަ މާއީއާއި ވާހަކަދައްކާލާނެ ފުރުސަތަކަށް ކޮޅުމަތިބަލަމުން ދަނިކޮށް މަގު ފަހިވެގެން ދިޔައީ އޭނަ ފަލަކްއަށް މެސެޖުކުރުމުންނެވެ. ފަލަކްއަށް ވެސް ނަހީކްއާއި މާއީއާ ދެމެދު މައްސަލަ ޖެހިގެން އުޅޭކަން އެނގެއެވެ. ނަމަވެސް ކޮން މައްސަލައެއްކަމެއް ނޭގެއެވެ. އެކަމަށް ހައްލެއް ހޯދައިދޭން ބޭނުންވެފައިވާތީ ނަހީކް އެދުނު ފަދައިން ކަންތައްކޮށްދޭން އޭނަ އެއްބަސްވި އެވެ.
ބަހަނާއެއް ދައްކާފައި މީހުންނާ ދުރަށް އޭނަ މާއީ ގެންދިޔަ އެވެ. އަދި ފޯންކޯލެއް އަންނަނީ ކަމަށް ބުނެ ދުރަށް ހިނގައިގަތީ ނަހީކްއަށް ދިން ސިގްނަލެއްގެ ގޮތުގައެވެ.
ކުރިމައްޗަށް އައިސް ހުއްޓުނު ނަހީކް ފެނި މާއީއަށް އެއީ ނަހީކްގެ ކަމެއްކަން އެނގުނެވެ. ވަގުތުން އޭނަ ބޭނުންވީ އެތަނުން ދާށެވެ. ނަމަވެސް ނަހީކް މާއީގެ އަތުގައި ހިފާ އެކަމަށް ހުރަސް އެޅިއެވެ.
”ދޫކުރޭ!…” އޭނަގެ އަތް މިނިވަންކުރަން މަސައްކަތްކުރަމުން މާއީ ބުނެލިއެވެ.
”މާއީ ތިހެން އަހަންނާ މެދު ކަންތައްކުރާ ސަބަބު ބުނީމަ ނޫނީ ދުލެއް ނުކުރާނަން…” ނަހީކް އޭނަގެ ގޮތުގައި ހިފެހެއްޓިއެވެ. ތޫގާ ދައްކައިގެން އުޅޭ ވާހަކައެއްގެ ހަޤީޤަތް ހޯދަން ނަހީކް މަސައްކަތްކުރިއެވެ. އެދެމެދުގައި ޖެހިގެން އުޅޭ މައްސަލަތަކުގެ އަޑިއަށް ފީނައި ދާއިމީ ހައްލެއް ހޯދައިދެވޭނީ ވެސް އޭރުންނެވެ.
”މިތާ ސީންއެއް އުފައްދަން ނޫޅެ އަހަރެންގެ އަތުން ދޫކުރޭ…” ވަށައިގެންވި މާހައުލަށް ނަޒަރު ހިންގަމުން މާއީ އަމުރުކުރިއެވެ. އޭނަ ރުޅި އިސްކުރަމުން ދިޔައީ ހިތުގައި ވޭން އަޅާ ހާލުގައެވެ. ނަހީކްގެ ހިތުގައި ޖައްސަންވުމުން މާއީގެ ހިތަށް ފުން އަސަރުތަކެއް ކުރަމުން ދިޔަ އެވެ. ލޮލުން ކަރުނައިގެ ދިލަކަން ފާޅުވާން ބޭނުން ނުވާތީ ހަލުވިކޮށް އޭނަ އެސްފިޔަ ޖެހިއެވެ.
”އަހަރެން ވެސް ނޫޅެން މިތާގައި ސީންއެއް އުފައްދާކަށް، އެހެންވެ މިބުނަނީ ސަބަބު ބުނެދޭށޭ، ކުއްލިޔަކަށް މާއީއަށް ތިފަދަ ބޮޑު ބަދަލެއް އައީ ކީއްވެ؟، އަހަންނާއި ދުރުވާން ތިއުޅެނީ ކީއްވެ؟… ދޭތެރެޖައްސަން ރަންނަމާރި ކީކޭ ބުނެގެންތަ ތިއުޅެނީ…”
މާއީގެ އަތުން ދޫކުރުމެއް ނެތި ނަހީކް ކުރިއަށް ފިޔަވަޅެއް އަޅާލީ އެދެމެދުގައި އޮތް ދާއިރާ ހަނިކުރަމުންނެވެ. އޭގެ ސަބަބުން މާއީގެ ނެވާ ފުންވެ ހިތުގެ ތެޅުން ވެސް އަވަސްވާން ފެށިއެވެ. މާހައުލުގައި އޮތް ފަނޑު އަލިކަމުގެ ތެރެން ވެސް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަމުން ދިޔަ ނަހީކްގެ ތޫނު ނަޒަރުތަކުން އޭނަގެ ހިތް ފޫއަޅުވާލަން އުޅޭކަހަލައެވެ.
”ކީކޭ ކިޔަންތަ ނަހީކް ތިއުޅެނީ؟… ތޫގާ އަހަރެން ގާތު ދޭތެރެ ޖައްސަން އެއްވެސް އެއްޗެކޭ ނުބުނޭ… ހަމައެކަނި ނަހީކްދެކެ ތޫގާ ލޯބިވާ މިންވަރު ހާމަކުރީ، ކީއްވެތަ ނަހީކްއަށް އެކަން ނުފެންނަނީ؟… އަނެއްކޮޅުން އަހަރުމެން ދެމީހުންގެ ދެމެދުގައި ގުޅުމެއް އޮވެގެން ދޯ ދުރުވެވޭނީ ވެސް، އަހަރުމެންގެ ދެމެދުގައި އޮތީ ހަމައެކަނި އެކުވެރިކަމުގެ ގުޅުން، އެއިން ފަހަނައަޅައި ދިއުމުގެ ވިސްނުމެއް އެއްވެސް އިރަކު ނެތް… ނަހީކްއަށް އެހެން ގޮތަކަށް ހީކުރެވުން އެއީ ނަހީކްގެ މައްސަލައެއް… ނަހީކް ތިއުޅޭ ގޮތަކުން މިހާރު އަހަރެންގެ ބޮލަށް އުނދަގޫވޭ، އަންހެންކުއްޖެއްގެ ހުއްދައާ ނުލައި އަތުގައި ހިފުމަކީ ކިހާ ހުތުރުކަމެއްކަން އެނގޭތަ؟… ނުގަބޫލުގަ ވިޔަސް ނަހީކްގެ ބޭނުމެއް ފުއްދެނިކޮށް ނިމުނީތަ؟…” ސަލާމަތުން އޮތް އަތުން މާއީ، ނަހީކްގެ މޭގައި އަތް ޖައްސާލީ އެދެމެދުގައި އޮތް ދާއިރާ އިތުރަށް ހަނިކުރުމުގެ ފުރުސަތު ނަހީކްއަށް ނުދިނުމަށެވެ.
މާއީގެ ޖުމްލައިން ވަގުތުން ނަހީކްއަށް މާއީގެ އަތުން ދޫކޮށްލެވުނެވެ. އަދި ދުރަށް ޖެހިލެވުނެވެ. ހިތްހަލާކުވެފައިވިކަމުގެ އަސަރު އެދެލޮލުން ފެނުނެވެ. އެކަން ފާހަގަ ކުރެވުނު މާއީގެ ހިތަށް ނުހަނު އަސަރުކުރިއެވެ. ތުނޑުތޫނު ކަށިތަކެއް ހިތަށް ހެރި ލޭއޮހޮރޭކަމުގެ އިހުސާސްވެސް ކުރެވުނެވެ.
”މާއީ ތިހަދަނީ ދޮގު… އެ ތޫގާގެ ސަބަބުން މާއީއަށް ތިބަދަލުތަކައް އައިސްގެން ތިއުޅެނީ… މިހާރު ވެސް ތިދެލޮލުން އަހަންނަށް ލޯބި އެބަފެނޭ، ހިތާއި ދެކޮޅަށް ތިހުރިހާ ވާހަކައެއް ދައްކަން އުޅޭތަން ވެސް އެބަ ފެނޭ… ދެން ކީއްވެ ހަޤީޤަތް އޮޅުވާލަން ތިއުޅެނީ؟… މާއީ… އެތޫގާ އަކީ ތިހީކުރާ ކަހަލަ މީހެއް ނޫން، އޭނަ ދުވަހަކު ވެސް މާއީއަށް ހެެވެއް ނޭދޭނެ، މާއީ އަހަންނާއެކު އުފަލުގައި ވާތަން ފެނި އޭނަ މިހާރު އެއުޅެނީ އެއުފަލުން މާއީ މަހުރޫމްކުރުވަން… އޭނަ މާއީ ދެކެ ކުރާ ނަފުރަތު ހަމަ ނުފެންނަނީތަ؟، އޭނަ ހިތްހެޔޮކަމަށް ހެދިގެން ހުއްޓަސް ދުވަހަކު މާއީއަށް ރަގަޅު ގޮތެއް ވުމަށް ނޭދޭނެ، ސްކޫލުގައި ވެސް މާއީއާ ގުޅުވައިގެން އަޑީގައި ހުރެ ދޮގު ވާހަކަތައް ފަތުރާ މީހަކީ އެއީ، ހަނދާން އެބަހުރިތަ ރާނިޔާގެ ލޯބިވެރިޔާއަށް މާއީގެ ފޯނުން މެސެޖު ކުރި ދުވަސް؟، އެދުވަހު ވެސް އެއީ އޭނަގެ ކަމެއް… މާއީ ވިސްނާލަބަލަ، އޭނަ ނޫން މީހަކަށް މާއީގެ ފޯނުގެ ކޯޑު އެނގޭތަ؟، މާއީ ވެސް މޮޔަކަމުން އެދުވަހު އޭނައަށް ޝައްކުނުކުރީ، ނޫނީ ކޮއްކޮއަށް ވީތީ އެފަދަ ގޮތަކަށް ދެކެން ބޭނުން ނުވީ… މާއީ ވިސްނާލަބަލަ، މާއީއާ ދިމާއަށް އެއްޗެހި ވެސް ކިޔާ ހަދަނީ ހަމައެކަނި އޭނައާއެކު އުޅޭ މީހުންނެއް ނޫންތަ؟، އެއީ އިއްތިފާގެއްކަމަށްތަ މާއީއަށް ހީވަނީ؟… އޭނަ ކޮންމެ ފަހަރަކު މާއީގެ ދިފާއުގައި ތެދުވެ އޭނަގެ ރައްޓެހިންނާ ދިމާއަށް ހަޅޭއްލެވީމަ މާއީއަށް ހީވަނީތަ އެއީ ހެޔޮއެދޭ މީހެއް ކަމަށް؟… މާއީ ހަމަ އެންމެ ފަހަރަކު ވިސްނާލަބަލަ، އޭނަ މާއީއާ މެދު އަމަލުތައް ބަހައްޓާ ގޮތުން ވެސް އެކަން ނޭގިއެއް ނުދާނާނެ، ވައި އާރ ޔޫ ސޯ ސްޓުޕިޑް؟… އަހަރުމެން ދެމީހުން ލޯބި ހުށަހަޅަން ކައިރިވެފައި ވަނިކޮށް މިދެމެދަށް އޭނަ ވަންނަންވީ ސަބަބަކާ މެދު އެއްފަހަރު ވެސް ވިސްނާލަބަލަ، އޭނަ ކުއްލިޔަކަށް މާއީ ގާތު އަހަރެން ކަމުދެއޭ ބުނީ ކީއްވެ ކަމާ މެދު ވިސްނާލަބަލަ؟… އޭނައަށް މިކަމުން ހާސިލުވާން އޮތީ ކޯޗެއްތަ؟… އަހަރުމެން ދެމީހުން ދުރުކޮށްގެން އޭނައަށް ލިބެން އޮތީ ކޯޗެއްތަ؟… މާއީއަށް ލިބޭ ހިތާމަތަކުން އޭނަ ވާނީ އުފާ… އެއްފަހަރު ވެސް ދެލޯ ހުޅުވައިގެން ހުރެ އޭނައަށް ފަރުވާތެރިވެބަލަ، އޭރަށް އޭނަ ހަދާ ދޮގުތަކާއި ހީލަތްތެރިކަން ފެންނާނެ، އޭނަގެ އަސްލު ސޫރަ ވެސް ފެންނާނެ!…”
ނަހީކްގެ ކަންފަތް މައްޗަށް އެރި ހޫނު އެތިފަހަރާއެކު ނަހީކްއަށް ސިހުން ލިބުނެވެ. މޫނުން ދިލަ ނެގިކަމުގައި ވިޔަސް ހުއްޓުން އަރާފައި ބަލަން ހުރެވުނީ ހިތަށް ކުރި އަސަރުތަކެއްގެ ސަބަބުންނެވެ. މާއީ އޭނަގެ ވާހަކަަތައް އިތުބާރުނުކުރިކަން ނަހީކްއަށް ވިސްނިއްޖެއެވެ. ހިތަށް އިތުރު ތަކުލީފެއް ލިބުނީ އެހެންވެ އެވެ.
”ދެން އިތުރަށް ތޫގާއޭ ކިޔައިގެން އެއްވެސް އެއްޗެ ނުބުނާތި!!!…” މާއީ ހަޅޭއްލަވައިގަތެވެ. ނަހީކް ދެކެ އޭނަ ހުރީ ނުހަނު ރުޅިއައިސްފައެވެ. ތޫގާއާއި ގުޅުވައިގެން ދެއްކި ދޮގު ވާހަކަތަކުގެ ސަބަބުންނެވެ.
”ދެން ނަހީކްއާއި އެކުވެރިކަން ވެސް ބާއްވަން އަހަރެން ބޭނުމެއް ނޫން، ތީ ކޮންކަހަލަ މީހެއްކަން ވެސް އަހަންނަށް އެނގިއްޖެ… އައި ހޭޓް ޔޫ!…” މާއީ ބުނެލިއެވެ.
އޭރު އަޑުގަދަވެގެން މީހުންތައް އެތަނަށް އެއްވެއްޖެއެވެ. ލޮލުން ކަރުނަ ފޮހެމުން މާއީ އަވަސްވެގަތީ އެތަނުން ދާށެވެ. މީހުންގެ ތެރޭ ހުރި ތޫގާއަށް ހިނިތުންވެލެވުނެވެ. އޭނަގެ ރޭވުން ކާމިޔާބު ވީއެވެ. މޫނަށް ފައިބާފައިވި އިސްތަށިކޮޅު ޝަހާދަތް އިނގިއްޔަށް އޮޅާލި ހިނދު އެތުންފަތަށް ވެރިވެގެން ދިޔައީ ކާމިޔަބީގެ ހިނިތުންވުމެކެވެ.
ފަލަކް މާއީގެ ފަހަތުން ދާން އުޅުމުން ފަލަކް ދެކެ ވެސް މައީ އައީ ރުޅިއެވެ. އަދި އޭނަަ އެކަނި ހާލައިގެން ދޫކޮށްލުމަށް އެދި ހަޅޭއްލަވައިގަތެވެ. ފަލަކް އެތައް ވާހަކައެއް ދައްކައި މާއީ މަސަލަސްކުރެވޭތޯ ވެސް އުޅުނެވެ. އެހެނަސް މާއީ އެއަޑެއް ނޭހިއެވެ. އޭނަގެ ހިތަށް އަސަރުކޮށްފައިވި މިންވަރު އެދެލޮލުން ފާޅުވެ އެވެ.
ޕާޓީގެ މާހައުލު ޚަރާބުވުމުން ފާޓީ އެންމެފަހުން ”ފްލޮޕް” ވެއްޖެއެވެ. ފަހަރަކު މީހަކަށް މެހެފިލް ދޫކޮށް ގޮސް ފަޅުކަން ވެރިވެއްޖެއެވެ. ސިހުމެއްގެ ތެރޭގައިވި ނަހީކް ވެސް ދާން އުޅުނު ވަގުތު ތޫގާ ނަހީކްއާއި ދިމާކޮށްލިއެވެ. އޭރު އެދެމީހުން ފިޔަވައި އިތުރު މީހަކު ވެސް އެތާނގައި ނެތެވެ.
”ކޮބާ އަހަރެން ބުނީ ކީކޭ، މިހާރު ރަގަޅު ފިލާވަޅެއް ދަސްވެއްޖެއެއްނު!، ދެން ވެސް މަށާއި ކުރިމަތިލާން ނޫޅެތި!، އަނެއްކާ ވެސް މީހާގެ ހައިސިއްޔަތު ދައްކާލާނަން!… ހިތުން ކަލެއަށް މޮޅެއް ލިބޭނެ ކަމަށް ދޯ އަހަރެންގެ ވާހަކަދެއްކީ؟… އެކަމަކު އެގަމާރަށް ވިސްނައިނުގަނެވޭނެ، ކިޔެވުމަށް ފިޔަވާ އެހެންކަމަށް ބުއްދި ހުރިނަމަ އަހަރެންގެ ހަޤީޤަތް ވެސް އޭނައަށް އެނގުނީސް… އެކަމަކު ދައްކާލާ ހެޔޮކަމުން އޭނަ ހުންނަނީ ބިލާހެއްގެ ތެރޭގައި…… ދެން ނަހީކްގެ ހިތުގައި ސުވާލު އުފެދިދާނެ އަހަރެން އެހެން ކަންތައް ކުރީ ކީއްވެތޯ… މީ ދެން ބައްދަލުވާނެ ފަހު ފަރަށް ވާތީ ބުނެވެސް ދީފާނަން، އިތުރަށް މިވާހަކަތައް އެގަމާރު ގާތު ދެއްކުމުގެ ފުރުސަތެއް ވެސް ނުލިބެނެ ވިއްޔާ… ނަހީކަށް ހަމަ ހީވަނީ ރަގަޅަށް، އަހަރެން ސްކޫލް ތެރޭގައި ވެސް އޭނައޭ ކިޔައިގެން ދޮގު އަޑުތައް ފެތުރީ، ކްލާސް ކުދިންނަށް އޭނައާއި ދިމާކުރުމަށް ސިއްރުން ވަސްވާސް ދިނީ ވެސް އަހަރެން… އެދުވަަހު ރާނިޔާގެ ބިޓަށް މެސެޖު ކުރީ ވެސް އަހަރެން… އޭނައަށް އުފަލެއް ލިބުމަށް ނޭދޭތީ ނަހީކްއާއި އޭނަގެ ދެމެދަށް ވަނީ ވެސް އަހަރެން… ކޮންމެހެން ނަހީކް ދެކެ ލައިކްވާތީއެއް ނޫން… އަހަރެން އޭނަ ދެކެ އަބަދު ވެސް ރުޅި އާދޭ… އޭނަ ދެކެ ނަފްރަތުކުރަން، އެހެންވެ އަހަރެން ހުރިހާކަމެއް ވެސް ކުރީ… އޭނައަށް އުފަލެއް ލިބެން ބޭނުން ނުވާތީ… މިހާރު އެނގިއްޖެ ދޯ އަހަރެން ހުރިހާ ކަމެއް ކުރި ސަބަބު؟… އެނީވޭސް، ދެން އަހަރެން ދަނީ… ބެސްޓް އޮފް ލަކް!…”
ހިނިއައިސްފައި ތޫގާ އޭނަގެ އަސްލު ސޫރަ ނަހީކްއަށް ދައްކާލިއެވެ. ރުޅި އައިސް ރަތްވެފައި ހުރި ނަހީކްގެ ދެލޮލުން އަލިފާން ކަނި ބުރާ ހާލު ތޫގާއަށް ބަލަމުން ދިޔަ އެވެ. އެކަން ފާހަގަ ކުރެވުނު ތޫގާގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލި އެވެ. އަަވަސްއަވަހަސް އެތަނުން ދާން ހިގައިގަތީ ނަހީކް އޭނައަށް ކަމެއްކޮއްފާނެކަމުގެ ބިރަށްޓަކަ އެވެ.
އިވުނު އަޑާއި ފެނުނު މަންޒަރުތަކުން ނަހީކްގެ ހާލުބަލަން އައި ފަލަކް ހުރީ ބަސްހުއްޓިފަ އެވެ. މާއީއަށް ތޫގާގެ އަސްލު ސިފަ ހާމަކުރަން ބޭނުންވާތީ އޭނަ އެމަންޒަރުތައް ފޯނުން ރެކޯޑު ވެސް ކުރިއެވެ. ސާބިތު ހެކި އޮވެގެން މެނުވީ މާއީ ޤަބޫލު ނުކުރާނެތީ އެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




How much nice story is this? Wow. Also again me first dhw
Vow vvv reethi mi story hama up veytho bala balaa indhaa up ves vy . Btw story v reethi
It’s nonsense not nice I hate this story ????
What
Worst story that I read ever
Ekameh neyge meena kiyaifi mivaahaka
Ha ha haaa
Worst story nueh kiyaane ????
Worst story that I read ever till now?
Worst story that I read ever till now ?
Mi kaakutha vaahaka reethi vegen ekn hajamu nuvegen comment mikirani fulu fulu ga ?, kithanme mei keriyas mutha, anjal and aish noor nuniaa neh mi site ga adabi fenvaru molhu adhi ibaraai kurun reethi liyunterineh, mutha hama kuri ah dey, vaahaka varah reethi, mi jei group hithah asaru kuraane fenvaru rangalhi liyunterin fenunima.
Hajam nuveee dhwww
Pls mirey and part up kohdhyba
Best story ever
Muthaa vvvsalhi kehtheri
kameh nethi anehkaaves inthizaaru kuran mijehunee
dhoo? mi part adhi vakin bodu bodu kon vvv reeethi
Thee maash ge ??writter
(THANKS)???
Worst story viyyaa nukiya thibey. Thimeehun nukiyas adhi kiyaane meehun vaane
So boring ?thoogaa ah hurihaa molheh libifa maai ah dhera libeythi v v foohi?? evaru vegen dhaa iru adhives thoogaa ge kanthah bust vaan noolhey
Thoogaa ge nubai kann dhen maai ge parents ah ingey varu vehje dhw
Now I hate this story
Story is going good…dhuvahakuves hindhi series in egeytha nubai bai kulhey meehaage aslu..bees saal vegen dhaa iruga ves neygey eyna ge hagee gathey…mutha ge hurihaa stories ey ves v reethi…best writer ever..maasha allah??✍??
Keep it up mutha dear.. vvv salhi story.. good luck for ur future also… u r the best writer ever…?????????
V salhi