Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް – 08

naina Level 110 Stories
November 13, 2018 5 Mins Read
13 Comments

ޒަކޯއީ ޒާހިޔާގެ އަތުގައި ހިފާލިއެވެ. “އާދަނު ކައިރީ މިއިން އެއްވެސް އެއްޗެއް ނުކިޔައިދޭތި. ސިއްރުކޮށްދޭތި. އަހަރެން އޭނައަށް ވަޢުދުވިން ޒާހިޔާ ކުރިމައްޗަށް ނައުމަށް. އެކަމު ތިދެމީހުންގެ ދިރިއުޅުން ސަލާމަތް ކުރުމަށް އަހަރެންނަށް މިކަން ކުރަން މަޖްބޫރުވީ. އަހަރެން މިދަނީ ދާން. އެކަމު އަހަންނަށް ބޭނުމެއް ޖެހިއްޖެ ހާލެއްގަ އަހަންނަށް ގޮވާލާ، އަހަރެން އަންނާނަން. އަދި ބުނަން، ގަޑިންގަޑިއަށް ނަމާދު ކުރާތި، ޒިކުރާ ދުއާކިޔާތި. އަބަދުވެސް ﷲގެ ރައްކާތެރިކަން ލިބިގެން އުޅޭތި.”

****************

ޒާހިޔާ ލޯހުޅުވާ ވަށައިގެން ބަލާލިއެވެ. އާދަނާއި ދޮންމުހައްމަދުބެ ތިބީ އެއްވެސް ހަރަކާތެއް ނުގެނެސް ހުއްޓުން އަރާފައެވެ. ނާޝިދާވެސް އިނީ އެއްޗެއް ބުނަން ނޭންގިފައެވެ.

“ޒަކޯއީ ދިއުމުން އަހަރެން އާދަނު ކާފަ ކައިރިއަށް ދިޔައިން. ކާފަ އެދުނު ގޮތަށް ކަންތައް ކޮށްދޭނަންކަން އަހަރެން ބުނިން. މިއަދާ ހަމައަށް އަހަރެން އެކަންތައް ސިއްރުކުރިން.” ޒާހިޔާ އަނެއްކާވެސް ވާހަކަ ފެށިއެވެ. “އޭގެ ހަފްތާއެއް ފަހުން އާދަނު ރަށަށް އައީ. ކާފަ އާއި ޒަކޯއީ އެދުނު ފަދައިން އަހަރެން އެއްވެސް ކަމެއް އިނގޭކަމަށް ނަހަދަން. ހަމައެކަނި ތަފާތަކަށް އައީ ކުރިން ކުދިން ނުހޯދައިގެން ކުރި ޝަކުވާ އެއްކޮށްހެން މެދުކަނޑާލީ. އަހަންނަށް އިނގޭ އެކަން އާދަނު އަށް ފާހަގަވިކަން. އެކަމު އާދަނަށް އެހެން އަހާކަށް ނުކެރުނު. ދެތިން ހަފްތާއެއް ފަހުން ކާފަ ނިޔާވި. އާދަނު ހާސްވާންފެށީ ކީއްވެކަން އަހަންނަށް އިނގޭ. އަހަރެންވެސް ހާސްވި. ކާފަ ނެތް ދުނިޔޭގަ ކަންތައްވާނެ ގޮތް ޒަކޯއީ ކިޔައިދިން ހަނދާން އޭރުވެސް ހުރި. އެކަމު ދެންވެސް އަހަރެން އެއްވެސް ކަމެއް އާދަނުއާއި ހިއްސާއެއް ނުކުރަން. ”

ޒާހިޔާ އާދަނުއާ ދިމާލަށް ބަލާލިއެވެ.

“ކާފަ ނިޔާވިތާ މަސްދުވަސް ވީތަނާހެން އާދަނު އަހަރެން ކައިރީ ދަރިންހޯދާ ވާހަކަ ދެއްކި. އެހިސާބުން އަހަންނަށް އިނގިއްޖެ ﷲގެ އިރާދަފުޅުން ޒަކޯއީ ލުފްތާންގެ އާއިލާ ނައްތާލީކަން. ކިހިނެއް ކަމެއް އަހަންނަކަށް ނޭންގެ. އިނގެން ބޭނުމެއްވެސް ނުވި. އެއަށްވުރެ ބޮޑަށް އަހަރެން ޙަމްދުކުރީ އަހަރެންގެ އާއިލާ ސަލާމަތްވިތީ. އަދި ﷲގެ އިރާދަފުޅުން އަހަރެންގެ އާއިލާ ފުރިހަމަ ވާންއުޅޭތީ. އަހަންނަކަށް އެދުވަހަށްފަހު ޒަކޯއީގެ ހަބަރެއް ނުވޭ. އޭނަ ކައިރީގަ ވާކަމުގެ އިހްސާސް ވެސް ނުވޭ. އަހަރެން ހީކުރީ އޭނަ އަހަރުމެން ދޫކޮށް ދިޔައީކަމަށް. މިހާދިޘާތަކަށް އަހަރެއް ހިނގިއިރު މަންމަގެ އުނގުގަ ދަރިފުޅު އޮތް” ނާޝިދާއާ ދިމާލަށް ބަލަމުން ޒާހިޔާ ވާހަކަ ނިންމާލިއެވެ.

ތަނަށް އަނެއްކާވެސް ވެރިވީ ހަމަހިމޭންކަމެވެ. އެއްވެސް މީހަކު ދެން ދައްކަންވީވާހަކަ ނޭންގޭ ކަހަލައެވެ. ނާޝިދާ ހިތައް އެރިއެވެ. އަހަރެންނަށް ދިމާވި އެންމެ ކަމެއްގެ ސަބަބުން އާއިލާގެ ކިތައް ސިއްރު ފަޅާއަރައިފިހެއްޔެވެ. އަދި ކިހާ ކަމެއް ކަފުން ކޮށްފަ އޮންނާނެބާއެވެ. އެންމެ ފަހުން ހިމޭނުން ނީންދެވިގެން ނާޝިދާ ވާހަކަ ދައްކަންފެށިއެވެ.

“އޯ.ކޭ، ތިހުރިހާކަމެއް އެހަށް ބާއްވާފަ، މަށަށް ދިމާވެގެން މިއުޅޭ ކަންކަމާ ޔޫއާންގެ ކަންކަމާ ތިކަމާ ހުރީ ކޮންގުޅުމެއްތަ؟ މިހާރު މަށަށް އޮޅިއްޖެ.”

“ކޮޔާ، މަންމަ ކިޔައިދިން ވާހަކަތަކުން އެއްވެސް އެއްޗެއް ނަގައެއް ނުގަނެވޭތަ؟” ދޮންމުހައްމަދުބެ އަހާލިއެވެ. “ކޮޔަށް މިހާހިސާބަށް އައިއިރު ޝައިޠޯނެއްގެ އުނދަގުލެއް ނުވެ ތިހުރީ ޒަކޯއީގެ ސަބަބުން. އޭނަ ކޮޔަށް ރައްކާތެރިވާތީވެ.”

ނާޝިދާ ވިސްނާލިއެވެ. އެއީ ތެދެކެވެ. އެކަމަކީ އޭނަވެސް ހައިރާންވާކަމެކެވެ. މާލޭގަ އުޅޭ އިރުވެސް އިރުއޮއްސޭ ދަޅައަށް އޭނަ އަތިރިމައްޗަށް ގޮސް ހަދައެވެ. އޭނަގެ ރައްޓެހިން އެކަން ނުކުރާށޭ ޖިންނި އަވަލާނޭ ބުންޏަސް އޭނަ އަޅައެއް ނުލައެވެ. އޭނަ ހިތުތެރޭގަ ބިރުވެރިކަމެއް ނުހުންނަނީއެވެ. އޭނައަށް އަބަދުވެސް އޭނަ ކައިރީ މީހަކުވާކަމުގެ އިހްސާސް އެއް ކުރެވެއެވެ. އެކަމާ އޭނަ އެވަރަށް ނުވިސްނަނީއެވެ.

“އެހެން ވެއްޖެޔާ މިހާރު އުނދަގޫ ވަނީ ކީއްވެ؟”

ނާޝިދާ އަށް ޖަވާބު ނުދީ ދޮންމުހައްމަދުބެ އާދަނުއަށް ބަލާލިއެވެ. “އާދަނަށް ޒަކޯއީގެ އެއްވެސް ހަބަރެއްވިތަ މީންދުވަހަކު؟”

އާދަނު ބޯހޫރުވާލިއެވެ. “ލުފްތާންގެ އާއިލާ ބަލިކުރި ދުވަހު އަހަންނާ ބައްދަލުކުރި، އޭގެ ފަހުން މިހުރިހާ އަހަރުތަކެއް ވޭތުވެގެން ދިޔައިރުވެސް އޭނަގެ ހަބަރެއް ނުލިބޭ.”

ދޮންމުހައްމަދުބެ ފުންނޭވާއެއް ދޫކޮށްލިއެވެ.

“އަހަރެން ޒަކޯއީއާ ދޭތެރެ ދޭތެރެއިން ބައްދަލުކުރަން. އަހަރެން ގޮވާލީމަ އޭނަ އަންނާނެ. އޭނަގެ އެދުމުގެ މަތިން މިކަންތައް އަހަރެން އާދަނުއަށް ސިއްރު ކުރީ. ޒާހިޔާ ކޮންމެ ކަމެއްގަވެސް އަހަރެން ކައިރިއަށް ކިޔެވެލި ކިޔަވަން އައިސިއްޔާ އެކަން އެންމެ ފުރަތަމަ ބަލައިދޭނީ ޒަކޯއީ. އެކަމު މިހާރު ޒަކޯއީގެ ހަބަރެއް ނުވާތާ މިވީ ހަފްތާއެއް. ނާޝިދާ އަށް ދިމާވާ އުނދަގޫތަކުގެ ވާހަކަތައް ކިޔައިދިނުމުން އަހަރެން ވަގުތުން ޒަކޯއީ އަށް ގޮވިން. އެކަމު އޭނަގެ ހަބަރެއް ނުވޭ.”

“އޭނައަށް ކަމެއްވީބާ؟” ޒާހިޔާ ބިރުން ހުރެ އަހާލިއެވެ.

ދޮންމުހައްމަދު ބޯހޫރުވާލިއެވެ. “ނޭންގެ. އޭނަ ހޯދޭނެގޮތެއް ވިސްނިން ވަރަށް. އެކަމު މިހާރި އަހަރެން ބޭނުންވަނީ އޭނައަށް ބަރޯސާ ނުވެ، ނާއްކޮގެ ތިކަންތައް ރަނގަޅުކުރަން.” މިހެން ބުނެ އޭން ނާޝިދާއާއި ދިމާލަށް ބަލާލިއެވެ.

“ބޭބެ މިރޭ ނާއްކޮއަށް ކިޔަވާނަން. މިގެއަށް އެއްވެސް ޝައިޠޯނަކަށް ނުވަދަވޭ ގޮތް ހަދާނަން. އަހަރެން މިރޭ މިކޮޅުގަ މަޑުކޮށްފަ ފަތިސް ވަންދެން ކިޔަވަން އިންނާނީ. މިރޭ މީ ތިންވަނަ ރެއަށް ވީމަ އޭތި އުޅޭނީ ނާއްކޮ ނެރެން. އާދަނު މިރޭ މަހަށް ނުގޮސް ކުދިން ކައިރީ މަޑުކޮށްލާ. ޒަހިޔާ އޮންނަންވާނީ ނާއްކޮ ކައިރީ.”

އެންމެން ބޯޖަހާލީއެވެ. ނާޝިދާގެ ހިތަށް އަނެއްކާވެސް ކޮންމެވެސް ވަރެއްގެ ބިރުވެރި ކަމެއް ވަނެވެ. މިރޭވާނެ ގޮތަކާއި މެދު އޭނައަށް ވިސްނެންފެށިއެވެ. ނާޝިދާގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން ދޮންމުހައްމަދުބެ އޭނަގެ އަތުގަ ހިފާލިއެވެ.

“ނާއްކޮ ބިރުނުގަނޭ. ހެއްދެވިފަރާތަށް އިތުބާރުކުރޭ. ﷲގެ އިރާދަފުޅުން ނާއްކޮއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން.”

އާދަނާ ދިމާލަށް ބަލާލަމުން ދޮންމުހައްމަދުބެ ވާހަކަ ދެއްކިއެވެ. “އަހަންނަށް މިރޭ އާދަނުގެ އެހީ ބޭނުންވާނެ. އިނގޭ މިކަންކަމާ ކައިރިވާން ބޭނުން ނުވާނެކަން –”

“އަހަރެން އެހީވާނަން.” ދޮންމުހައްމަދުބެގެ ވާހަކަ މެދުކަނޑާލަމުން އާދަނު ބުންޏެވެ. “އަހަރެންގެ ދަރިފުޅަށް ސަލާމަތްކަން ހޯދަން ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން އިރާދަކުރެއްވިޔާ.” ދޮންމުހައްމަދުބެ ހިނިތުންވެލަމުން އާދަނުއާއި އެކީ ގޯތިތެރެއަށް ނިކުތެވެ. އަދި ދެމީހުން އެކު އެކީ ކިޔަވެލި ކިޔަވަމިން ގެ ވަށާ ހިނގަން ފެށިއެވެ. ޒާހިޔާ މިކަންތައް ބަލަން ހުރުމަށް ފަހު ކުޑައަށް ތިބި ކުދިން ނިންދަވަން އަވަސް ވެގަތެވެ. އޭރު ގަޑިން 9:30 ވަނީއެވެ. ނާޝިދާ އިންގޮތަށް އިނެވެ. އޭނަގަ ސިކުނޑީގަ އެތައްކަމެއް ދައުރުވަމުން ދިޔައެވެ. ކުއްލިއަކަށް އޭނަ ޔޫއާން މަތިން ހަނދާންވިއެވެ. ޓީވީ ކައިރީ ޗާޖަށް ޖަހާފައިވާ ފޯނަށް ބަލާލިއެވެ. އެއަށް ކޯލްއެއް އައިހެނެއް ހިއެއް ނުވެއެވެ. ނާޝިދާ މަޑުމަޑުން ތެދުވެގެން ގޮސް ފޯން ނެގިއެވެ. ފޯން އޮތީ ނިވިފައެވެ. އޭނަ ފޯން އޮންކޮއްލިތަނާހެން ފުލުފުލުން މެސެޖްތައް އަންނަން ފެށިއެވެ. ޔޫންގެ ކޯލްތައް މިސްވެފައިވާ މެސެޖްތަކެވެ. ޔޫއާންގެ މެސެޖްތަކެވެ. ދިހަވަރަކަށް ފަހަރު އޭނަ ގުޅާފަ އޮތެވެ. ނާޝިދާ މެސެޖް އިންބޮކްސް ހުޅުވާލާފަ ބަލާލިއެވެ. ތިން ވަރަކަށް މެސެޖް އައިސް އޮތެވެ. ޔޫއާން ގެ މެސެޖް އަކާއި ނުދަންނަ ދެ ނަމްބަރަކުން ކޮށްފަ އޮތް މެސެޖެކެވެ.

ނާޝިދާ އެންމެ ފުރަތަމަ ޔޫއާންގެ މެސެޖް ހުޅުވާލިއެވެ

“ޝިދާ ވެއަރ އާރ ޔޫ؟ މަ ހާދަ ވަރަކަށް ގުޅައިފީމޭ. މިއަދު ޝިދާ ވާހަކަ ދެއްކި ގޮތުން ކޮންމެވެސް ކަމެއް ގޯސްހެން ހީވާތީ އެވަރަށް މިގުޅަނީ. އައި ހޯޕް އެވްރިތިންގް އިޒް އޯކޭ. ޕްލީޒް ކޯލް މީ އޭޒް ސޫން އޭޒް ޔޫ ގެޓް ދިސް. ލަވް ޔޫ.”

ނާޝިދާ ދެތިން ފަހަރަކަށް އެމެސެޖް ކިޔާލިއެވެ. އޭނަގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ޔޫއާންގެ މެސެޖް ގެ އެންމެ ފަހު ޖުމްލަ އޭނަ އެތަކެއް ފަހަރު ތަކުރާރު ކޮށްލިއެވެ. އޭނަވެސް ޔޫއާން ދެކެ ލޯބިވެއެވެ. އެކަން މިކަންތައް ޔޫއާން އަށް ކިޔައިދޭނީ ކިހިނެއް ހެއްޔެވެ. ޔޫއާންގެ މަންމަގެ ސަބަބުން ޔޫއާން އަށް ދިރިއުޅުމެއް ލިބެންނެތްކަން ވިސްނައިދޭނެ ހިތްވަރެއް ނާޝިދާގެ ނެތެވެ. މަންމަ ގެ އަސްލު އިނގިއްޖެނަމަ ޔޫއާން ގެ ހިތް ކުދިކުދިވާނެއެވެ. އެވާހަކަ ޤަބޫލް ނުކުރާތާނގަ ނާޝިދާއަށް އޭނަ ނަފްރަތު ކުރާނެއެވެ.

ޔޫއާންގެ މެސެޖް އަނެއްކާވެސް ކިޔާލާފަ އޭނައަށް ގުޅަން ނާޝިދާ ނިންމިއެވެ. ވެގެން އުޅޭ ގޮތް ކިޔައިނުދެވުނަސް ޔޫއާންގެ ހާސްކަން ދުރުކުރަން އޭނައަށް މަސައްކަތް ކުރެވިދާނެއެވެ. ޔޫއާން އަށް ގުޅަން އުޅެނިކޮށް އެހެން މެސެޖްތަކެއް ވެސް ހުރިކަން ހަނދާން ވުމުން އެމެސެޖްތަށް ކިޔަން އަނެއްކާވެސް އިންބޮކްސް އަށް ވަނެވެ. ފުރަތަމަ މެސެޖްވީ ނާޝިދާއާއި އެކު ކިޔަވަން އުޅުނު ކުއްޖެއް، އޭނަގެ ނަމްބަރު ބަދަލުވިވާހަކަ އަންގަންވެގެން ކޮށްފަ އިން މެސެޖެކެވެ. އެމެސްޖަށް ޖަވާބުދީފައި ދެން އިން މެސެޖް އޭނަ ހުޅުވާލިއެވެ.

“ކަލޭ ދިރިހުންނަން ބޭނުމިއްޔާ ޔޫއާންގެ ދިރިއުޅުމުން ދުރަށްދޭ”

ނާޝިދާ ދެލޯ ބޮޑުވެގެން ދިޔައެވެ. ދެތިން ފަހަރަށް މެސެޖް ކިޔާލާފަ އޭނަ ބަލާލީ މެސެޖް ފޮނުވާފައިވާ ނަމްބަރަށެވެ. ޕްރީޕެއިޑް ނަމްބަރެކެވެ. ވަގުތުން އޭނަ ޑިރެކްޓްރީ އިންކުއަރީސް އަށް މެސެޖްކޮށް ވެރިފަރާތް ބެލިއެވެ. ސިމް އިނީ ބޭރުމީހެއްގެ ނަންމަތީގައެވެ. އެނަމްބަރަށް ގުޅޭތޯ މަސައްކަތް ކުރިއެވެ. ނަމްބަރު އޮތީ ނިވާލާފައެވެ. އޭނާ އަނެއްކާވެސް މެސެޖް ކިޔާލިއެވެ. ދެންމެ ދޮންމުހައްމަދުބޭ ކިޔައިދިން ވާހަކަތަ ނާޝިދާ އަށް ނޭންގިހުރިނަމަ އެމެސެޖް ފެނި އޭނަ ހާސްވެ ބިރުގަތީސް އެވެ. ނަމަވެސް އެ މެސެޖް ކުރާނީ ކާކު ކަމާއި ކޮންބޭނުމެއްގަ ކަން އޭނައަށް އިނގެއެވެ. ބިރަށް ވުރެ ބޮޑަށް އޭނަގާތަށް އައީ ރުޅިއެވެ. ޔޫއާން މަންމަ އެހާ ދަށުދަރަޖައަކަށް ވެއްޓޭތީއެވެ. އެކަމު ނާޝިދާ ހައިރާންވިކަމަކީ ކުރިން އެކަހަލަ މެސެޖެއް ނައިސް މިހާރު އެގޮތަށް މެސެޖް ކުރަން ފެށީމައެވެ. އެއީ ކީއްވެބާއެވެ.

ނާޝިދާ ރުޅި ކޮންޓްރޯލް ކުރުމަށް ދެތިން ފަހަރަކު ފުންކޮށް ނޭވާލުމަށްފަހި ޔޫއާން އަށް ގުޅާލިއެވެ. ދެތިން ފަހަރަކު ރިންގު ވުމަށްފަހު ޔޫއާން ފޯން ނެގިއެވެ.

“ޝިދާ! ހާދަ ވަރަކަށް ގުޅިއްޖެޔޭ. ކީއްތަތިކުރަނީ ފޯން ނިއްވާލައިގެން. މަމިހާރު ހާސްވެގެން ގޮސް މޮޔަވަނީ.”

ޔޫއާންގެ ޝަކުވާތައް ގިނައެވެ. ނާޝިދާ އެހުރިހާއެއްޗެއް އަޑުއަހަން ކެތްތެރިކަމާއި އެކު ހުއްޓެވެ. އޭނަ ބުންވީ ކީކޭކަން އެވަގުތު އޭނަގެ ސިކުނޑީގެ ތެރޭގައި އެތުރެމުން ދިޔައެވެ.

“ޝިދާ؟” ޔޫއާން ގޮވާލި އަޑަށް ނާޝިދާ ސިހުނެވެ. އޭނަ އަނގައިން ނުބުނެ ހުރީމަ ފޯނު ކެނޑުނީކަމަށް ޔޫއާން ހީކުރީއެވެ.

“ސޮރީ ޔާން. ޔާންގެ ޝަކުވާ އަޑުއަހަން ހުރެވުނީ. ރިއަލީ ސޮރީ. މަ އަސްލު މިއަދު ވަރަށް މޫޑް އޮފް ވެފަ މިހުންނަނީ. ބޮލަށް ބަރުވެފަ މޭނުބައިކޮށްފަ.” ނާޝިދާ ބުނެލިއެވެ.

“އަސްލުތަ؟ މިއަދުވެސް ބުރަކޮށް މަސައްކަތް ކުރީދޯ. މަ ބުނަމެންނު ބަލައިގެން އުޅޭޝޭ. ދެން މިރޭ އަވަހަށް ނިދާލަންވީނު.”

ޔާ…އައި ތިންކް އައި ޝުޑް ސްލީޕް އަވަހަށް” ނާޝިދާ މަޑުން ބުނެލިއެވެ. “މާދަން ގުޅާނަން އިނގޭ.”

އަދި މަޑުކޮށްލަބަ، ވާހަކައެއް އަހަންވެގެންނޭ މަ ގުޅީ އެވަރަކަށް” ޔޫއާން ބުނެލިއެވެ.

“ކޮން ވާހަކައެއް”

“މަންމަމެން ކައިރީ ބުނެފިންތަ މިހާރި؟”

ނާޝިދާ ސިހުނެވެ. އޭނަ އެކަން ހަނދާނެއްވެސް ނެތެވެ. އެކަމު ޔޫއާން ކައިރީ އެހެން ބުނާކަށް ނުކެރުނެވެ.

“އަދި ނުބުނަން. މިއަދު ބުނަން ހުއްޓާ މިކަމެއްވީ އެހެންވެ ބޮލުން ކައްސާލީ. ބަޓް އައި ޕްރޮމިސް، މާދަން ބުނާނަ އިރާދަކުރެއްވިޔާ.”

“އަހަރެން މަންމަ ކައިރީ ބުނެފިން މިއަދު.” ޔޫއާން ބުނެލި ޖުމްލައިން ނާޝިދާއަށް ހުރިހާ ކަމެއް އޮޅުންފިލިކަހަލައެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

ކައިޒީން….. [ފުރަތަމަ ބައި]

Next

ނުކުރާނަން މާފެއް ( ޓްރެއިލަރ)

Next
November 13, 2018

ނުކުރާނަން މާފެއް ( ޓްރެއިލަރ)

Previews
November 13, 2018

ކައިޒީން….. [ފުރަތަމަ ބައި]

13 Comments!

  1. nisha says:
    November 13, 2018 at 7:12 pm

    thank you naina…..mi part ves v furihama…masha Allah

  2. naina says:
    November 13, 2018 at 9:03 pm

    Mi week busy koh dhiyaima vaahaka upload nukurevunee. Hurihaa kiyuntherin arihun maafah edhen. Mi part ves kamudhaane kamah ummeedhu kuran

  3. samm says:
    November 13, 2018 at 10:35 pm

    whn nxt

  4. solano says:
    November 13, 2018 at 10:37 pm

    haadha varaakah inthizaaru kurifahunney mi up v… story vvvv salhi; keep it up

  5. unique says:
    November 14, 2018 at 1:59 pm

    mi partvx varah reethi 🙂

  6. ?shifrraa?Shifnaa? says:
    November 14, 2018 at 10:07 pm

    Yey finally vaahaka kiyijje. Thanks. Mi part vx varah salhi. Waiting 4 next part…????

  7. Yuha says:
    November 14, 2018 at 10:13 pm

    Your storys are parfait

  8. nisha says:
    November 17, 2018 at 9:41 am

    when nxt

  9. samm says:
    November 17, 2018 at 6:02 pm

    khn irakun next part…………..avahah up khdhyba

  10. Fayaz says:
    November 18, 2018 at 3:41 pm

    When next part
    Avas kohla dhyba plz

  11. tappu says:
    November 19, 2018 at 12:27 pm

    next episode in next year keh kohbala. mee hurihaa vaahaka liyaa meehunge goi, support libihjeyya v foni bodu vaane.

  12. nisha says:
    November 19, 2018 at 12:35 pm

    NAINA ?????????

  13. ixwaan says:
    November 20, 2018 at 5:18 am

    vaahaka reethi ekam next part upload kuran thihaa dhuvas naganyaa kiytuntherin foohi vaane…

Comments are closed.

Next Episodeދެގަޑި ތިރީސް – 09←


All Right Reserved!