“ދެން މަންމަ އަށް ސާބަސް. ހިބާ ނޫޅެއެއްނު ނާހިލް ކޮއްކޮ މިތާ އިނީތީ ނުކެވިގެނެއް. މަންމަ މެނައްނު ތިއުޅެނީ ހިބާގެ އެ މޫނުބުރުގަލާހެދި އުނދަގޫ ވެގެން.” ލީޝާ މަޑުމަޑުން ޖެހިލުންވެފައިވާ ރާޤެއްގައި އޭނާގެ މަންމަ އަށް ވިސްނައިދޭން އުޅުނީ އިތުރަށް އެންމެންގެ ކުރިމަތީގައި ހިބާއާއި ދިމާލައް އެމީހުން އެއްޗެހި ކިޔުން ހުއްޓޭތޯއެވެ. “އެއީ ތެދެއް އަފޫދައްތާ.. އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނޫން މިހެން ކާކަށް. އަދި ނާހިލް އިނީމަކާވެސް އުނދަގުލެއް ނުވޭ.” ހިބާ ލީޝާ އާއި ބައިވެރިވެލީ އޭނާއާއި އެއްބައިވެލީތީ ހިތުން ޝުކުރުވެރިވާ ހާލުގައެވެ. ނަމަވެސް ހަމައެޔާއިއެކު އަފޫދައްތައާއި އިދިކޮޅައް އެއްޗެކޭ ބުނުމުން އަފޫދައްތަ އިންނާނީ ހިތްހަމަ ނުޖެހިފައިކަން އެނގޭތީ ދެރަވިއެވެ.
އެންމެން ކައިނިމުމަށްފަހު ކުޑަ ވަގުތު ކޮޅެއް އެގޭގައި ހޭދަކޮށްލުމަށްފަހު ލީޝާމެން އާއިލާ އެކީ ދިޔައީ އެހެން ދުވަހަކުން އަދި އެގެއަށް ކެއުމަށް ދަޢުވަތު ދޭނަންކަމަށް ބުނެއެވެ. އެމީހުން ދިޔުމުން އެންމެންވެސް އެމީހެއްގެ ކޮޓަރިއަށް ދިޔައީ އަރާމު ކޮށްލަން ބޭނުންވާތީއެވެ. ރަހްމާ ގޮސް އެނދުގައި އޮށޯވެލިއިރުވެސް އެ ހިތުގައި ވަނީ ހިބާއާއިމެދު އެތައް ޝަކުވާއެކެވެ. “ހަމަދެން ހުސް އާއިލާ މީހުން ތިއްބާވެސް އެ މޫނުބުރުގާ އެއް އަޅައިގެން އުޅެން ޖެހޭ ހެއްޔެވެ؟ މާ ދީންވެރި މީހެއްކަން ދައްކަން ބޭނުންވިޔަސް އެއީ ދެން ބޮޑުވަރު ނޫން ހެއްޔެވެ؟ ނާހިލް އެހާ ދުރުކޮށްލުމުން އެކުއްޖާވަކި ހިތައް އަރާނީ ކީކޭ ހެއްޔެވެ؟ ދެން މިގެއަށް އަންނަންވެސް ޖެހިލުން ނުވެ ހުންނާނެ ހެއްޔެވެ؟” ހިތުގައިވާ ޝަކުވާތަކުން ބޭރުވެވުނީ ނާސިރުގެ އަޑަށެވެ. އޭރު ނާސިރު އެނދުގެ އަނެއް ފަރާތައް އަރާ އިށީނދެގެން އިންއިރު އަތުގައި ވަނީ ހިބާ ދިން “ހޫ އިޒް މުޙައްމަދު؟” ލިޔެފައިވާ ފޮތެވެ. އެއީ ކޮންފޮތެއްތޯ ތަކުރާރުކޮށް ނާސިރު ސުވާލުކޮށްލީ ފޮތް ހުޅުވައިގެން ބަލަމުން ދަމުންނެވެ. އެ ސުވާލު ކުރެވުނީ އެ ކަހަލަ ދީނީ ފޮތްތަކަށް ރަހްމާގެ ޝައުޤުވެރިކަން ނުހުންނަ އިރު އެ ކޮޓަރިތެރޭގައި އޮތުމުންނެވެ.
ތީ ހިބާދިން ހަދިޔާ ކަމުގައި ރަހްމާ ބުނެލީ ފޫހިވެފައިވާ ރާޤަކަށެވެ. އެވަގުތު އެއްލަމުން ދިޔަ ގަނޑުތަކުން ކުރެ ގަނޑެއްގައި ލިޔެފައިވާ ބަސްކޮޅަކަށް ނާސިރުގެ ނަޒަރު ހުއްޓުނެވެ. “މުޙައްމަދުގެފާނަކީ (ޞ.ޢ.ވ) މުސްލިމުންގެ އެންމެ ރިވެތި ނަމޫނާއެވެ. ހިތްހެޔޮކަމާއި، ތެދުވެރިކަމާއި، އޯގާތެރިކަމާއި، ހިތްތިރިކަމާއި އަދި ހިތްވަރުގަދަކަމުގެވެސް ނަމޫނާއެކެވެ. ﷲ އެކަލޭގެފާނަށްވަނީ ރިވެތި އެތައް ސިފަތަކެއް ދެއްވާފައެވެ. އަދި އިންސާނުންގެތެރެއިން އެންމެ ފުރިހަމަ އިންސާނާކަމުގައި ލައްވާފައެވެ. އަދި އެންމެހާ މުސްލިމުން އެކަލޭގެފާނު ނަމޫނާއަކަށް ބެލުމަށް އަންގަވާފައެވެ. އިސްލާމްކަން ފުރިހަމަވަނީ ޤުރުއާނާއި ސުންނަތައް ތަބާވުމުންނެވެ. ހަމައެކަނި ޤުރުއާނަކުން އެކަންޏެއް ނޫނެވެ. އަދި ހަމައެކަނި އެކަލޭގެފާނުގެ ސުންނަތަކުން އެކަންޏެއްވެސް ނޫނެވެ. މިސާލަކަށް ބުނަންޏާ ޤުރުއާނުގައި ދުވާލަކު ފަސް ނަމާދު ކުރަން އަންގަވާފައި ވީ ނަމަވެސް އެ ނަމާދުތައް ކުރަންވީގޮތް އެނގެނީ އެކަލޭގެފާނުގެ ސުންނަތުންނެވެ. ވީމާ ﷲ ވަނީ މުސްލިމުންނަށް އެކަލޭގެފާނުގެ ސުންނަތައް އަމަލުކުރުމަށް އަންގަވާފައެވެ. އެއްވެސް ކަމެއް ދޫ ނުކޮށްލުމަށް އަންގަވާފައި ވެއެވެ.
“މުސްލިމުންގެ ދީން ގެއްލިގެންދަނީ އޭނާ ސުންނަތައް އަމަލުކުރުން ދޫކޮށްލަން ފަށާ ހިސާބުންނެވެ. ތަންކޮޅަކަށްފަހު ތަންކޮޅެއް، ވާގަނޑެއްގެ މެދުން ބުރިވަމުންދާ ފަދައިން، މީހާވެސް ކަމަކަށްފަހު ކަމެއް ދޫކޮށްލަމުންގޮސް މުޅިން ދީނުން ބޭރުވެއެވެ.” (އަލް ދިރްމިދި)
ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާފައި ވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲއަށް ލޯބިވާކަމުގައި ވަނީނަމަ، ފަހެ ތިޔަބައިމީހުން، ތިމަންކަލޭގެފާނަށް ތަބާ ވާށެވެ. އޭރުން ﷲ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގެންވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ފާފަތައް ފުއްސަވާ ދެއްވާނެތެވެ. ﷲއީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ. ” (3:31)
މިއާޔަތުންވެސް އެނގިގެންދަނީ އެކަލޭގެފާނަށް ތަބާވުމަކީ އަދި އެކަލޭގެފާނު އެނގެވިމަގުން ހިނގުމަކީ، ﷲ ރުއްސަވާ އަދި ފާފަ ފުއްސަވާ ކަމެއްކަމެވެ. އަދި މި ނޫންވެސް އެތައް އާޔަތެއްގައި އެކަލޭގެފާނަށް ތަބާވުމަށް ﷲ އަންގަވާފައި ވެއެވެ.”
ނާސިރު އެ ޖުމްލަތައް ކިޔާލާފައި އެ ބޮޑުފޮތް ލައްޕާލީ އިތުރައް ކިޔާހިތް ނެތުމުންނެވެ. އަދި ކިޔުނު އެއްޗެއްވެސް އޭނާގެ ސިކުނޑިއަށް ނުވަންނަ ކަހަލައެވެ. އެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ.
…………..
ހިބާގޮސް އެނދުގައި ޖައްސާލީ ފޮތެއް ހިފައިގެންނެވެ. ހިބާއަކީ އަބަދުވެސް ފޮތްކިޔުމަށް ލޯބި ކުރާ ކުއްޖެކެވެ. އިމާމް އިބްނު ޤައްޔިމް ޖައުޒިޔާ ހިތުގެ ބަލިތަކާއި ބެހޭގޮތުން ލިޔެފައިވާ ފޮތެއްގެ އިނގިރޭސި ތަރުޖަމާ ކިޔަމުން ދިޔަ ނަމަވެސް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަންފެށީ ހުމާގެ ޚިޔާލުތަކެވެ. އެހެންކަމުން ފޮތް ލައްޕާލާފައި ގޮސް މަތީބަޔައް އަރަންފެށީ ކޮއްކޮޔާއި ވާހަކަ ދައްކާލަން ބޭނުންވާތީއެވެ.
ހިބާ ގޮސް ހުމާގެ ކޮޓަރިއަށް ވަތްއިރު ހުމާއޮތީ އެނދުމަތީގައި އޮށޯވެގެން ނިތްކުރިމަތީގައި އަތް އަޅައިލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. ހިބާ ގޮސް ހުމާގެ ކައިރިއަށް އެނދައް އަރާ ހުމާގެ ގައިގައި އެއްފަރާތުން ބައްދާލީ ކޮއްކޮއަށް އެކަނިވެރިކަމުގެ އިހްސާސް ވިޔަ ނުދޭށެވެ. ކޮންމެ ކަމެއްގައިވެސް ހިބާ ކައިރީގައި ވާނެކަން އިހްސާސް ކޮށްދޭށެވެ. ކޮންމެ ވާހަކައެއްވެސް ހިބާޔާއި ދެއްކޭނޭކަން ހާމަކޮށްދިނުމުގެ ބޭނުމުގައެވެ. ހުމާ ޚިޔާލުތަކުން ބޭރުވެ ކުޑަކޮށް ހީލާފައި އޭނާގެ ދައްތަ ކައިރީގައި ކުޑަކޮށް ބައްދާލާފައި ދުރުވެލިއެވެ. ހުމާ ހީކުރީ މިއަދު ކާމޭޒުމަތީ ހިނގާދިޔަ ހިތްހަމަނުޖެހުމުގެ ސަބަބުން އޭނާގެ ދައްތަ ދެރަވެފައިވާކަން ބުނެލަދިނީ ކަމަށެވެ.
“ހުމާ ބޭނުން ކޮންމެ ވާހަކައެއްވެސް ދޮންތަޔާއި ދެއްކޭނެ އިނގޭ.. ދޮންތަ ޖަޖެއް ނުކުރާނަން. އެކަމަކު ދޮންތަގެ ތަޖުރިބާއިން ނަސޭހަތް ދޭނަން. ނަސޭހަތަކީ ވަރަށް ފައިދާ ކުރާނެ އެއްޗެއް.” ހިބާ ކުޑަހިނިތުން ވެލުމަކާއިއެކު ހުމާއަށް ބަލަހައްޓައިގެން އޮވެ ބުނެލިއެވެ. އެޔާއިއެކު ހުމާއަށް އޭނާގެ ދޮންތަ އެދައްކަނީ އޭނާގެ ވާހަކަކަން އެނގުނެވެ. އަދި ވެގެން އުޅޭގޮތް ދޮންތައަށް އެނގެނީކަން އިހްސާސް ކުރެވުނެވެ. އެޔާއިއެކު ދޮންތަގެ ދިރިއުޅުމުގައިވެސް ވަރަށްކުރިން އެކަހަލަ ކަންތައްގަނޑެއް ހިނގާ ދިޔަކަން ހުމާ ހަނދާންވިޔެވެ. އޭރު ރަނގަޅައް ވެގެން ދިޔަ ގޮތް ނޭނގުނު ނަމަވެސް ދޮންތަގެ އޭރުގެ ބޯއިފްރެންޑް ދޮންތައަށް ލަނޑުދިނީކަން އެނގުނެވެ. އަދި އެއީ ވަރަށް ގޯސްމީހެއްކަން ފަހުން އެނގުނުކަންވެސް ހަނދާންވިއެވެ. އެހަނދާންތައް އާވުމުން ހުމާ ގަސްތުކުރީ ދޮންތަގެ އެ ތަޖުރިބާއާއިމެދު ސުވާލު ކުރާށެވެ.
“ދޮންތަގެ އޭރުގެ ބޯއީ ފްރެންޑްމަތިން ހަނދާން ނައްތާލީ ކިހިނެއްތަ؟ އައިމީން ކީއްކުރީމަތަ މި ޚިޔާލުތަކާ ދުރައްދެވޭނީ؟ އޭނާ މަތީން ހަނދާން ނައްތާލެވޭނީ؟” ހިބާ ވިސްނާވެސް ނުލާ އޮށްވާ ހުމާ ކުރި ސުވާލުން ޙައިރާންވިއެވެ. އެ ބޯއީފްރެންޑްމަތިން ހަނދާންކޮށްދިނީތީ ހިތްހަމަ ނުޖެހުނެވެ. އެއީ ހިބާ ހަނދާންކުރަން ބޭނުންވާ މާޒީއެއް ނޫނެވެ. އެ މާޒީ ހަނދާން ކޮށްދެނީ ހަމައެކަނި މާހިލްގެ ބޭވަފާތެރިކަން އެކަންޏެއް ނޫނެވެ. ހިބާއަށް އަރައިގަނެވިފައިވާ ފާފަތައްވެސް މެއެވެ. އެހެންކަމުން ލޯ މަރާލެވުނީ ހިތުގައި އުފެދުނު ރިހުމަކުންނެވެ.
ނަމަވެސް އެ އިހްސާސްތައް ބޭރުކުރަން ބޭނުން ނުވާތީ އަދި ކޮއްކޮއަށް އެކަމުން އަރައިގަންނަން އެހީވާން ބޭނުންވާތީ ހިތައް ކެތްތެރިކަން ވައްދަމުން ބުނެދިނެވެ. “ތިހެން އަބަދު އެ ޚިޔާލުތައް ކުރަން، އެ ހަނދާންތައް އާކުރަން ވަގުތު ހުސްކޮށްގެން އޮންނަންޏާ ދުވަހަކުވެސް އެ ހަނދާންތަކަކާއި ދުރަކަށް ނުދެވޭނެ. އެ ހަނދާންތައް އާވާ ކޮންމެ ފަހަރަކު އެއީ ވިސްނަން ބޭނުންވާ، ހަނދާންކުރަން ބޭނުންވާ ހަނދާންތަކެއް ނޫންކަން، އަމިއްލަ ނަފްސައް ބުނެދޭނީ.. އަދި ކޮންމެވެސް އެހެން ކަމެއްގައި ޝާމިލްވާނީ. ކޮންމެވެސް މުހިންމު އިންޓަރެސްޓިން ފޮތެއް ކިޔާނީ.. ނޫނީ ކޮންމެވެސް ހޮބީއެއްގައި ބިޒީ ވާނީ.”
ހިބާ އެހެން ބުނެލިއިރު ހުމާ އޮތީ ހިބާގެ މޫނަށް ބަލާށެވެ. އެ ދެލޮލަށް ނަޒަރު ހުއްޓުމުން ސިފަވީ ހިބާ އޭނާގެ މޫނުބުރުގާގެ ނިވަލުގައި ފޮރުވިފައި ހުންނަގޮތެވެ. ހަމައެކަނި އެ ދެލޯ ފެންނަން ހުންނައިރު އެ މޫނުމަތީގައި އެވާ އެއްވެސް ރިވެތިކަމެއް ފާޅެއް ނުވެއެވެ. އެކަން ސިފަވުމުން މިއޮތް ހުރިހާ ދުވަހު އެކަމާބެހޭގޮތުން އޭނާގެ ހިތުގައި އުފެދެމުންދިޔަ ސުވާލުތައް ކުރަން ފެށިއެވެ. “އަސްލު ކީއްވެ ދޮންތައަށް ތިހާ ބޮޑު ބަދަލެއް އައީ؟ އައި މީން މޫނުބުރުގާ އެޅީ ކީއްވެ؟” ހުމާ އެހެން މައުޟޫއަކަށް ދިޔަލެއް އަވަސްކަމުން ހިބާއަށް ކަޅި އަޅާލެވުނެވެ. ނަމަވެސް އެއީ އޭނާ ވަރަށް ޖަވާބުދޭން ބޭނުންވާ ސުވާލެއްކަމުން ހިނިތުން ވުމަކާއެކީ ފުން ނޭވާއެއް ދޫކޮށްލާފައި އޭނާއަށް ތެދުމަގު ފެނުނުގޮތް ކިޔައިދިނެވެ.
އިރުދީނާއާއި ބައްދަލުވި ދުވަހުން ފެށިގެން އިރުދީނާ ދުނިޔެއާއި ވަކިވެ ދިޔަގޮތާއި އޭނާގެ މަންމަމެންގެ ހިތާމަތަކުން އޭނައަށް ލިބުނު އިބްރަތުގެ ވާހަކައެވެ. އެވާހަކަތަށް ހުމާ އަޑުއެހީ ވަރަށް އަޑުއަހާ ހިތުންނެވެ. އަދި އޭނާގެ ހިތުގެ ކަނަކުންވެސް އޭނާއަށް އެ އުޅެވެނީ ރަނގަޅަށް ނޫންކަން ހަނދާން ކޮށްދޭން ފެށިއެވެ. އަދި އޭނާގެ ދޮންތައަށް އެ ހާލާތުގައި އިހްސާސްކުރެވޭނެ އިހްސާސްތައް އޭނާގެ ސިކުނޑިއަށް ސިފަވާންފެށިއެވެ. އެޔާއިއެކު ހުމާ އަނެއްކާވެސް އޭނާގެ ހިތުގައި އުފެދޭ ސުވާލެއް ކޮށްލިއެވެ.
“އަސްލު ކީއްވެ މީހުން މޫނުބުރުގާ އަޅަނީ؟ އަސްލު ކީއްވެ ދޮންތަ މޫނު ބުރުގާ އެޅީ؟ ބުރުގާ އެކަނި އެޅިނަމަވެސް އޯކޭ ވާނެންނު.” ހުމާގެ އެ ސުވާލުން ހިބާގެ ގާތައް ކުޑަކޮށް ހިނިއައެވެ. ހުމާއަށްވެސް އެ މޫނު ބުރުގާޔާއި ހެދި އުނދަގޫވަނީ ކަންނޭނގެޔޭ ހިތައް އެރުމުންނެވެ. ނަމަވެސް އެ ސުވާލު ކުރުމުން މަލާމާތް ކުރަނީއޭ ހީވެދާނެތީ ހިނިގަނޑު އެތެރެއަށް ހިންދާލާފައި އޭގެ ޖަވާބު ދޭން ފެށިއެވެ. “ހޫމް.. ތީ ވަރަށް މުހިންމު ސުވާލެއް. ފަހަރެއްގައި ޖަވާބުވެސް ދިގުވެދާނެ……” އެހެންބުނެ ތެދުވެ އެނދުގައި އިށީނދެ ހަމަޖެހިލާފައި ކިޔައިދޭން ފެށިއެވެ.
“މިއީ ދީނާއި ގުޅިފައިވާކަމެއް. އިސްލާމްދީނަކީ ﷲގެ ދީނެއްނު. އެ ދީނުގައިވަނީ ﷲގެ އަމުރުފުޅުތަކަށް ބޯލެނބުން. އެކަލާނގެ ޤުރުއާނުގައި އަންގަވާފައިވޭ މި އުންމަތުގެ ރަސޫލާ މުޙަންމަދު (ޞ.ޢ.ވ) ގެ ސުންނަތައް އަމަލުކުރަން. ޤުރުއާނުގައި އަންގަވާފައިވޭ މޫނާއި ދެއަތްތިލަ ނިވާކުރަން. އަދި ކަރުވަޅު ނިވާކުރަންވެސް. އަދި އިންސާނުންގެ އަޢުރަޔަކީ ކޮބައިކަންވެސް. އެ ޤުރުއާނުގެ އާޔަތްތަކަށް އެންމެ ފުރިހަމައަށް އަމަލު ކުރެއްވި އިންސާނަކީ އަހަރެމެންގެ ރަސޫލާ މުޙައްމަދުގެފާނު(ޞ.ޢ.ވ). އެ ރަސޫލާ(ޞ.ޢ.ވ) އުޅުއްވިގޮތާއި ބުނުއްވި ބަސްތަކަށް އަދި ކުރެއްވި ކަމަށް ސާބިތުވާ ކަންކަމަށް ސުންނަތޭ މިކިޔަނީ. އަދި އެހެންމީހުން ކުރަނިކޮށްފެނި މަނާ ނުކުރާކަންތައްތައްވެސް އޭގެތެރޭގައި ހިމެނޭ. ރަސޫލާގެ(ޞ.ޢ.ވ) އަނބި އަނބިކަނބަލުން މޫނު ނިވާކުރެއްވިކަން ސާބިތުވާ ރިވާޢަތްތައް ބައިވަރު އެބަހުރި. އެއީ އެންނު އެންމެ ފުރިހަމަ އިސްލާމީ ދިރިއުޅުން އުޅުއްވާފައިވާ އަންހެން ސާހިބުންނަކީ. ރަސޫލާ(ޞ.ޢ.ވ) އެންމެ ލޯބި ކުރެއްވި ކަނބަލުންނަކީވެސް. އަދި އެކަލޭގެފާނުގެ (ޞ.ޢ.ވ) ކިބައިން އެންމެ ރިވެތި ގޮތް މީސްތަކުންނާއި ހަމައަށް ފޯރުކޮށްދެއްވި ކަނބަލުންނަކީވެސް އެއީ.
އެހެންވީމާ.. އެ އަންހެން ސާހިބުން ނަމޫނާއަކަށް ބަލައިގެން އެ ފުރިހަމަކަންމަތީ އުޅެން ގަސްތުކުރާތީ އަދި އެ ފުރިހަމަކަން ހާސިލް ކުރުމަށްއެދެވޭތީ އަދި ﷲގެ އަމުރުފުޅައް އެންމެ ފުރިހަމަގޮތުގައި އަމަލުކޮށް އެކަލާނގެ ރުއްސުވުން ހޯދަން ބޭނުންވާތީ މޫނުބުރުގާ އެޅީ. އަދި އެންމެ ފުރިހަމަގޮތުގައި އަޢުރަ ނިވާކުރުމަކީވެސް އެއީކަމަށް ދޮންތަ ގަބޫލުކުރަނީ..”
“އެކަމު ވަރަށް އުނދަގޫވޭދޯ މޫނު ބުރުގާ އަޅައިގެން އުޅެން؟ ވަރަށް ހޫނުވެސް ވާނެއްނު. އަނެއްކާ މިހާރު ޖޮބެއްވެސް ނުދެޔޯ މޫނުބުރުގާ އެޅީމަކާ.” ހުމާ ޙައިރާންކަންމަތީ ވާގޮތަކަށް ސުވާލު ކުރިއެވެ. “އުނދަގޫވާ ވަރަށްގިނަ ކަންތައް ހުރޭ.. ފަހު ޒަމާނަށް އައިސް ދީނުގައި ސާބިތުވެ ހުރުމަކީ އަލިފާން ރޯވެފައިވާ ހިލަގަނޑެއްގައި ހިފައިގެންހުރުންފަދަ ކަމެކޭ ބުނެއުޅޭތީ އަޑުއިވޭ…. އަދި އެކަން މިހާރު ފެންނަމުން، ސާބިތުވަމުންވެސް އެބަދެއެއްނު. އެކަމަކު ފަސޭހަވާ ކަންކަންވެސް ބައިވަރު ހުރޭ.. މިސާލަކަށް އަހަރެމެންގެ ހެދުމާއި، މޭކަޕާއި، ސްޓައިލާއިމެދު މީހުން ކިޔާނެ އެއްޗަކަށް ބޯހާސްވެގެން އުޅޭކަށް ނުޖެހޭ.. ލިޕް ކަލާއާއި ހޭންޑް ބޭގާ ނޫނީ ހެދުމާއި މެޗް ނުވެގެން އުޅޭކަށް ނުޖެހޭ.. އަހަރެމެންގެ ބޭރުން މިފެންނަ ރީތިކަންވަނީ އެ ނިވާވުމުން ފޮރުވިފައި. ހަމައެކަނި މީހުންނަށް ފެންނާނީ އަހަރެމެންގެ އަޚްލާޤް… މީހުންގެ ތެރެއަށް ނިކުންނަ އިރު މުހިންމުވަނީ އަޢުރަ ނިވާކުރެވުން. އެހެންވީމާ އަހަރެމެންގެ ހެދުމަށް ބަލާފައި ވިސްނަނީ މި ހެދުމުން ފުރިހަމައަށް އަޢުރަ ނިވާވޭތޯ؟…..
އެންޑް ވީ ކޭން އީޓް ސީކްރެޓްލީ.. އަދި ޒިކްރު ތަސްބީހަވެސް ކިތަމެ މީހުން ގިނަ ތާކު ކިޔަވާލަ ކިޔަވާލަ އިނަސް މީހުންނަކަށް ނޭނގޭނެދޯ… އަދި މީހުންގެ ނުބައި ބެލުންތަކުންވެސް ސަލާމަތްވާނެ.” ހިބާ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “ދެން ޖޮބެއް ނުލިބުނަސް އުޅެވޭނެ އެހެން ގޮތެއް ﷲ ދައްކަވާނެކަން ޔަޤީންވޭ. އެކަމު ޖޮބު ދޭ މަދުމީހުންވެސް އުޅޭ..
އަސްލު ބުނަންޏާ މޫނު ބުރުގާ ނާޅަން ބޭނުމިއްޔާ އެކަހަލަ އެތައް ސަބަބަކަށް ވިސްނޭނެ… ޖޮބް ނުލިބުން، ހޫނުވުން، މީހުންގެ ތެރޭ ކާން އުނދަގޫ ވުން، ކަހަލަ އެތައް ކަމެއް. އެކަމަކު ރަނގަޅު ނިޔަތަކާއިއެކު އަޅަން ބޭނުންވާ މީހަކަށް އެއިން އެއްވެސް ސަބަބެއް މުހިންމެއް ނުވާނެ. ހަމައެކަނި މުހިންމުވާނީ އަޅަންވީ ސަބަބު. އެސަބަބު، އެ ނިޔަތް އެހެން ހުރިހާ ޑިސް އެޑްވާންޓޭޖްތަކެއް ބްރޭކް ކޮށްލާނެ.” ހިބާއޭނާގެ އިހްސާސްތައް ހާމަކުރާ ފަދައަކުން ބުނެދިނެވެ.
“ދޮންތަ ވަރަށް ދެރަވޭ މަންމަމެން އެކަމާ ނުރުހޭތީ.. އެޅި އިރުވެސް އެނގޭ ނުރުހޭނެކަން. އަދި އަޅައިފިނަމަ މިގޮތައް ކަންތައް ވާނެކަމަށްވެސް ލަފާކުރިން. އެކަމަކު އެ ނުރުހުމަށްވުރެ ﷲގެ ރުއްސެވުން މާ މުހިންމު. އެހެންވެ ކެތްކޮށްލައިގެން އެޅީ. އެ ނުރުހުމާއި، އެމީހުންގެ ބަސްތަކަށް ކުރިމަތިލުމުގެ ހިތްވަރު ލިބޭ ﷲގެ ރުއްސެވުން ވާނެކަން ހިތައް އެރުމުން… އަދި އެކަހަލަ ކޮންމެ ވަގުތެއްގައިވެސް އެންމެ މުހިންމީ ﷲ ގެ ރުއްސެވުންކަން ހިތައް ވިސްނައިދިނުމުން ކެތްތެރިކަން ލިބޭ.. އަދި އެކަލާނގެ މަގުގައި ސާބިތުވެ ހުރުމުން ލިބޭ ކޮންމެ އަނިޔާއަކަށް އެކަލާނގެ އެމީހަކަށް އެތައް ހެޔޮކަމެއް ލިޔުއްވާނެ. ސޯ ހޫ ނޯސް؟ އިޓް މައިޓް ބީ މައި ޓިކެޓް ޓު ޖަންނައް.. ދި ސަފަރިން، ދި ހާޓް ބްރޭކް، ދި ރިސްކް އޮފް ލޫސިން ލަވްޑް ވަންސް އޯ މަނީ ޕްރޮބްލެމްސް..އެހުރިހާކަމެއްގެ ބަދަލުގައި ސުވަރުގެޔަށް ވަނުމުގެ ނަސީބު ލިބެންޏާ ނާޅަންވީ ކީއްވެ؟.. ﷲގެ ރުއްސެވުން ލިބޭނެކަން އިހްސާސްވުމުން މި ދުނިޔޭގައިވެސް އެ ހިތާމަތަކަކީ އެއްވެސް އެއްޗަކަށްނުވޭ.. އެކަލާނގެ ރުއްސެވުން މާ މުހިންމު.
ދޮންތަޔަކަށް ނޭނގެ ކީއްވެގެންކަމެއް، އަސްލު މޫނުބުރުގާ އަޅާ މީހުންނަށްވުރެ ނާޅާ މީހުންނަށް މާ އުނދަގޫވަނީ އެ އަޅައިގެން އުޅޭ މީހުން ފެނުމުން. އަހަރެމެން ޝަކުވާ ނުކުރާ ވަރަށް އެމީހުން ޝަކުވާކުރޭ އޭގެ އުނދަގުލާމެދު. ހޫނުވާނޭ.. ކާން އުނދަގޫވާނޭ.. ޖޮބެއް ނުލިބޭނޭ… އެކަހަލަ ބައިވަރު.. އެ ހުރިހާ އުނދަގުލަކަށް އަހަރުމެން ކުރިމަތިލާން އޯކޭ ވެގެން އަޅަނީ…. އެކަންތައްތައް އެނގިހުރެ. އެކަމު ނޭނގެ ކީއްވެކަމެއް މީހުންނަށް އެހާ އުނދަގޫވަނީ… އެނީވޭސް ކޮންމެވެސް ދުވަހަކުން މަންމަމެނަށްވެސް ވިސްނޭނެކަމަށް އުންމީދުކުރަނީ.. އިންޝާ ﷲ.. ” ދެކުދިންގެ ވާހަކަ އެހާ ހިސާބައް ދިޔައިރު ހިބާ އިނީ އެނދުމަތީ ދެފައި ވަށްކޮށްލައިގެން އިށީނދެ ދެއަތް ދަތްދޮޅީގައި ވިއްދައިގެންނެވެ. ހުމާ އިނީ އޭނާގެ ދޮންތަގެ ވާހަކަތައް ސަމާލުކަމާއިއެކު އަޑުއަހަން ހިބާގެ އެއްފަރާތުގައި އިށީނދެލައިގެން ފަހަތައްވާގޮތައް އެނދުމަތީގައި ދެއަތް ވިއްދައިލައިގެންނެވެ.
**ނުނިމޭ**
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.




Assalaam alykum all..
Miothy 8vana bai. mi baigai v importanat vaahakathakeh vaane. I have tried to explain “why do we wear Niqab?” So all the Niqabi sisters who reads this, pls comment below if i have missed any important point abt that. let others be aware of what i have missed. May Allah reward you all with good.
🙂
Wonderful words abt niqab sister??
I would like to add, wearing niqab makes you feel safe especially wen you go out. Boys no longer stare at u as if u were a piece of cake to eat. They rather look with respect, honestly. And sometimes like it says, dont mess with me, my beauty is not for the whole world to enjoy.. And it makes you feel u r unique and special and like a precious pearl in its shell..
Keep up the good work sis???
Good points.. Really very true. Thanks for the help.
جزاك الله خير
?❤
Nenge kyve kama comment publish nukury.. I do support niqab.. Important point e miss viyya bunelache bunefa innaathee.. Niqab alha bae myhun kura nurangalhu kameh bunely..
Bt now when I read ur comment it saying why do wear niqab iya point e miss vefa iniya bunelache bunefa dhw e iny
Baehfaharu comment appear waan varah gina iru nagaakan faahagavey.. Maybe network problems. Aanmukoh admin hurihaa commentehves approve kurey until someone reports it back.
Oh mistake.. I see hykury publish nukury kama.. Ekam comment send nukurevi huree dhww
I said niqab alha bae ukhthun lo reethikoffa stylish vefa social media ah photo lumaa lolaa nikurri bonda faalhuvaa gotha niqab alhaa vaahaka.. Mibuny nefathun ebbai adhi ko ves kudako fenna gotha hamakan bodu koh alhaa vaahaka.. Eee niqab alha gothe noonennu dhw
My mistake hykury comment publish nukuraa kama..
I said niqab alha bae ukhthun lo reethi koffa stylish vefa social media ah photo laa vaahaka.. Den niqab alha iru lolaa nikuria bonda Haama vaa gotha elhumaa.. Adhi nefathuge ebbai adhi ko ves kudako fenna gotha hamakan bodu koh alhaa vahaka
Ee niqab alha gothe noonennu dhww…
Hmm. Good points. Not only Niqabis. Even some Hijabi sisters do forget the purpose of wearing it. It’s a human nature to forget and copy what everyone is doing. That’s why Allah asks muslims to remind each other abt the hear after, hell, heaven, words of Allahs etc.. May Allah makes us among the believers. Ameen.
Jazaakillah khair.
🙂
Masha Allah mi partves vvvv reethi
جزاك الله (May Allah reward u)
:)@
Ha ah heyo vxnunithr…. vvvvvv reethi mi part mashallah…
?
Let’s see dhw….
جزاك الله
Dear everyone. Niqab elhiyas we are humans as u all are. Aharemenahves faafa kureveyne hama ehen myhun fadhain. That Niqab only proves that we want to be like Aisha, Hadijjaa etc.. And we are trying our best to save us from hell. It does’nt say we are cleaned from sins. Ibleesge waswas aharumenahves foaraane and some fall for it.
Jazaakillah khairan for this sis.. ♥♡?
Good points.
? جزاك الله
masha allah mibai ves varah furihama
جزاك الله
?
up until now this is the best story in esfiya <3
الحمدالله
V ufaavehjje mi story u ah thihaa reethi vyma.
?. Jazaakallah.
I love this story. Abadhuves hureveny mivaahakaige next part up koffithw balabalaa. Quran and hadhees ginain genesdheefa hurumun v kamudhey.
الحمد الله
V ufaavey dheenee vaahakathakah loabikuraakudhin ulheythy..
بارك الله فيك
??
This story is awesome..can i ask a question??..if we dont cover our hands and face does that mean that we are not completely dressed??..i mean is that necessary to wear niqab( moonu burqa)..i mean aura nivaa vaane heyy ekkoh moonu and hands cover nukuriyas..
U should get the answer from a good website or from an Usthaaz. It is a very long ans. And that way u will understand it better. From what i have learned, it’s a two way answer.
جزاك الله ?
I wear niqab too. Aharen niqab elhy quran gai radoolage anbi kanbalunna muumin anhenun mulhi hadhigandu nivaa kuran angavaafai vaathy. Adhi aharennah gaboolu kurevey gothugai myhehge moonu feni hiley firihenakah maa asaru kurey myhehge faithila fenumah vuren. So I believe niqab is required in a society where we hav to face non mahrams in everyday life.
Varah ragalhu vaahaka eh.. ekam Moonuburuga GE kula akee hamaekani kalhu tho noonthoa ves igen beynun.. hope aneh baiga eythi himanaane Kama..