Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 32

hygge Level 510 Stories100 Comments100 Login500 Comments
November 12, 2018 11 Mins Read
59 Comments

“އުފާ ކުރާނެ ވަރަކަށް އުފާކުރަންވީ.. އަހަރެން ނުދޭނަން ދެން އޭނާއަކަށް މާ ގިނަ ވަގުތެއް..” ދުރުގައި ހުރި ތަނބެއް ކައިރީ ދެމީހަކު ތިއްބެވެ. އެކަކު އަތުގައި ކޯކު ތައްޓެއް އިން އިރު އަނެކަކު ހުރީ ހަށަން ބަނދެލައިގެންނެވެ. އެދެމީހުން އުޅޭ ގޮތުން ހީވަނީ މީހަކަށް ފެނިދާނެތީ ވަރަށްވެސް ސިއްރުން އުޅޭހެންނެވެ. ދާނިޔަލްމެންނާއި ދިމާލަށް ބަލަހައްޓައިގެން ތިބި އިރު އެ ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ނުލަފާ ހިންޏެކެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވީ ނުރައްކާތެރިކަން އެހެން މީހުންނަށް އިނގޭނެ ނަމައެވެ.

“ދެކުދިން ނިދާލަން ދޭ.. އަހަރެމެން މި ދަނީ..” އެއްލޯ މަރާލަމުން އިޝާން އަޒާންގާތު ލާނެއް ރާގަކަށް ބުނެލިއެވެ. “އަވަހަށް ހިނގާ މިތަނުން ދާން.. އެހެން ނޫނީ މިސޮރު އަނގަ ގަނޑު މައިތިރި ނުވާނެ..” ދާނިޔަލް އަވަހަށް އިޝާން ކޮނޑުގައި ހިފާލަމުން އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު އެންމެން ހޭން ފެށި އިރު އާލާ އާއި ރިޔާޝާ އެމީހުން ފަހަތުން އާދެއެވެ. ރުކާ އަޒާންއަށް ބަލައިލުމަށްފަހު އިސްޖަހާލީ ލަދުވެތި ހިނިތުންވުމަކާއެކުއެވެ.

ދާނިޔަލްގެ ފަހަތުން ގޭތެރެއަށް ވަތް އާލާގެ މޫނުމަތީގައިވެސް ވަނީ ދާނިޔަލްއެކޭ އެއްފަދައިން ވަރުބަލިކަމާއި ނިންޖެވެ. މާބޮޑަށް ލަސްވެފައި ވުމުން އާލާވެސް އިތުރަށް ދާނިޔަލްއަށް ޖެއްސުން ކުރާކަށް ނެހެދިއެވެ. އާލާ އެނދުގައި އޮށޯވެލި އިރު ދާނިޔަލް ގޮސް ސޯފާގައި އޮށޯވެލިއެވެ. ދެމީހުންވެސް ނިދީގެ ފުން ކަނޑަށް ޣަރަގުވެގެން ދިޔައީ ނުހަނު އަވަހަށެވެ.

ފަތިހުގެ ހިތްގައިމު ވަގުތެވެ. ފަތިސް ނަމާދަށް ދިޔުމަށްޓަކައި ދާނިޔަލް ފެންވަރާލައި ތާޒާވެލައިގެން ނިކުތެވެ. އޭނާ ހައިރާންވީ އެހެން ދުވަސް ދުވަހާއި ޚިލާފަށް އާލާ އަމިއްލައަށް ތެދުވެ އިނުމުންނެވެ. ނިދީގެ ސަބަބުން އާލާއަށް ދެލޯ ކިރިޔާ ހުޅުވޭކަމެވެ. “ކިހިނެތް އާލައަށް އަމިއްލައަށް ތެދުވެވުނީ؟” ދާނިޔަލް ހައިރާން ކަމާއެކު އަހާލެވުނެވެ. “ކީއްތަ ވީ؟ ތެދުވެވުނީ ހަމަ.. ދާނިޔަލް ކޮންމެ ރެއަކު މިހާ އިރަށް ގޮވަންޏާ ނުތެދުވެވޭ ވަރެއްތަ؟” ރުންކުރު ރާގަކަށް އާލާ ސުވާލު ކޮށްލިއިރު އާވެސް ފުރެލިއެވެ. “ވަރަށް އުފާވެއްޖެ އާލާ އަމިއްލައަށް ތެދުވީމަ.. ދޭ ވުޟޫކޮށްލައިގެން ނަމާދަށް އަރަން.. މަ މިދަނީ މިސްކިތަށް…” ދާނިޔަލް އެހެން ބުނެލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. ދާނިޔަލް ހަމަ ނިކުތުމާއެކު އާލާ އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. އެޔަށްފަހު ނިދޭތޯ މަސައްކަތް ކުރިއެވެ.

އިރުގެ ރަންދޯދިތައް ދޮރުފޮތިތަކުގެ ތެރެއިން ފޭދިގެން ކޮޓަރިތެރެއަށް އެޅުނު ވަގުތު އުނދަގޫ ގޮތަކަށް ލޯ ހުޅުވާލަމުން އާލާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލައްވެލިއެވެ. އެޔަށްފަހު މޯޅިއަކަށް ދެމިލުމަށްފަހު އާ ފުރެލި ވަގުތު އޭނާގެ ލޮލުން ނިދިފިލައިގެން ދިޔައީ ސޯފާގައި ފޮތެއް ހިފައިގެން އިން ދާނިޔަލް އޭނާއަށް ބަލަހައްޓައިގެން އިންތަން ފެނުމުންނެވެ. އާލާ ލަދުގަތް ނަމަވެސް އެކަން ފޮރުވޭތޯ އިންތިހާއަށް މަސައްކަތް ކުރަން އުޅެމުން އަވަސް އަވަހަށް އެނދުން ތެދުވެގެން ފާޚާނާއަށް ވަންނަން ދިޔައެވެ.

“އާލާ ޑިއުޓީ ކޮން އިރަކު އޮތީ؟” ދާނިޔަލް ފޮތަށް ނަޒަރު ހުއްޓާލުމަށްފަހު ސުވާލު ކޮށްލިއެވެ. “ހެނދުނު.. މިދަނީ ރެޑީވާން..” އާލާ އެހުރިގޮތަށް ހުރެ ތަންކޮޅެއް މަޑުން ބުނެލުމަށްފަހު ކުރިޔަށް ހިނގައިގަތެވެ.

***

“ބައެއް ފަހަރަށް އަހަރެން ބުނަން އަހަރެން ކައިރީ މީހަކު ރަނގަޅު ހެއްޔޭ އެހިޔަސް ވެސް އާނ އެކޭ.. އެކަމަކު އޭގެ ޙަޤީގީ މާނައަކީ އެޔެއް ނޫން.. އަހަރެންގެ ހިތް ގޮވަނީ އެމީހެއް އަހަރެން ގާތު އަހަރެން ރަނގަޅެއް ނޫނޭ ބުނެ އަހަރެންނަށް ހިތްވަރު ލައިދޭން.. އަހަރެންގެ ހާލު އޭނާ ދެނެގަނެގެން އަހަންނަށް އެހީވާން.. އެކަމަކު.. އެތަށް ހާސް ދުވަހެއް ވަންދެން ހުރިހާ ވޭނަކާއި ތަދެއް މި ފޮރުވަނީ މި ހިތުގަ.. އަހަރެންގެ ހަށިގަނޑު ތެރޭގަ.. ރުޅިވެސް އާދޭ.. ދެރަވެސް ވޭ.. އެކަނިވެރިކަން އިޙުސާސް ކުރެވޭ.. އެކަމަކުވެސް.. އެކަމަކުވެސް އަހަރެން އެ ހުރިހާ ކަމެއް ހިފެހެއްޓީ.. އެ ހުރިހާ ކަމަކަށް ކެތް ކުރީ.. އަހަންނަކަށް ނޭނގޭ މިހާރު އަހަންނަކީ ކާކު ކަމެއްވެސް.. އަހަރެންނަކީ އެކަނިވެރިއެއް.. އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވޭ ބޭކާރު މީހެއް.. އައިމް ޔޫޒްލެސް..” ދާނިޔަލް އިނީ މިވަގުތު އޭނާ ފަރުވާދެމުން އަންނަ ބަލިމީހެއްގެ ހިތުގެ ޙާލު އަޑު އަހާށެވެ. މަޑުމަޑުން އިން އިރު އެ ހުރިހާ ޝަކުވާއެއް އޭނާ އަޑުއެހީ ޝައުޤުވެރިކަމާއެކުއެވެ.

އެ ޒުވާނާއަކީ ޑިޕްރެޝަންއަށް ފަރުވާކުރަމުން އަންނަ ޒުވާނެކެވެ. އެތަށް ދުވަހަކަށްފަހު ދާނިޔަލް ދެއްކި ވާހަކަތަކުން މިއަދު އޭނާ ހިތްވަރު ނެރެ ދާނިޔަލްއާއި އޭނާގެ ޙާލު ބަޔާން ކޮށްދީފިއެވެ. އެކަމަށްޓަކައި ދާނިޔަލް ހިތާހިތުން ﷲއަށް ޙަމްދުކޮށްލުމަށްފަހު ހިނިތުންވެލިއެވެ. “ތި ހިތުގައިވާ އެއްޗެއް ފޮރުވުމުގެ ބަދަލުގައި އެންމެ ގާތް މީހަކާއި ނޫނީ ލަހަފް ގެ ވާހަކަ އަޑު އަހާނެކަން ޔަގީންވާ މީހަކާއި އެ ވާހަކަތައް ޙިއްސާ ކުރުމުން ތި ހިތަށް ލިބޭ ހަމަޖެހުން ބޮޑުވާނެ.. އެކަން މިއަދު އިޙުސާސް ވެއްޖެތަ؟ ބުނީމެއްނު ދޯ މިއީ ލަހަފް ގެ ޑޮކްޓަރ ގެ ބަދަލުގަ ބޭބެ ގޮތަށް ވިސްނާށޭ.. ލަހަފް، ބުނަންތަ ވާހަކައެއް؟ އެއްވެސް މީހަކީ އެކަނިވެރިއެއް ނޫން.. ލަހަފްވެސް ތީ އެކަނިވެރިއެއް ނޫން.. އެކަކު ލަހަފް ގާތު ނެތަސް ލަހަފް އަކީ އެކަނި ވެރިއެއް ނޫން.. އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާ ވޮޑިގެން ވަނީ ކެތްތެރީންނާއި އެކު.. އެކަކު ލަހަފް ގާތު ނުވިޔަސް އެކަލާނގެ ލަހަފް އާއި އެކު ވޮޑިގެންވޭ..

އެހީތެރިކަމަކަށް ބޭނުންވެއްޖެނަމަ ދޭ.. ގޮސް ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވާ.. އެކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެ.. އެއްވެސް މީހަކު ލަހަފްގެ ވާހަކަ އަޑު ނޭހިޔަސް އެކަލާނގެ ލަހަފްގެ އަޑު އައްސަވާނެ.. ލަހަފްގެ ޙަޔާތަށް ކިތަންމެ ފުން އަޑި ގަނޑެއް އަޔަސް ދެރަ ނުވޭ.. ކެތްތެރިވޭ.. އެ އަޑި ގަނޑަށް ފަހު އުސްގަނޑެއް އަންނާނެ.. ލަހަފްއަށް ދިމާވި ކޮންމެ ކަމެއް އެ ދިމާވީވެސް ހަމަ އެންމެ ރަނގަޅަކަށް.. އެ އަޑިގަނޑު ކުރިމަތި ވިޔަސް ކެތްތެރިވެފަ ހިނިތުން ވެލާ.. އެ ހުރިހާ ކަމެއް ﷲ ސުބްޙާނަހޫ ވަތަޢާލާ އެމީހަކާއި ކުރިމަތި ކުރައްވަނީ އެންމެ ރަނގަޅަކަށް.. އެމީހަކަށް ފިލާވަޅެއް ދަސްކޮށްދެއްވުމަށްޓަކައި.. އިމްތިހާނަކަށްޓަކައި.. އެހެންވީމަ އަބަދުވެސް އެކަލާނގެއަށް އިތުބާރުކުރޭ.. އެންމެ ފަހު ވަގުތު ހިނިތުންވުން ވެރިވާނީ ހަމަ އެ ކެތްތެރިވި މީހާގެ ތުންފަތް މައްޗަށް..

ލަހަފް އަކީ ވަރަށް ކެތްތެރި ވަރަށް ހިތްވަރު ގަދަ ޒުވާނެއް.. ލަހަފް ބަލިކަށި ކޮށްލަނީ ލަހަފްގެ ސިކުނޑީގައި އެނބުރޭ ޚިޔާލުތަކެއްގެ ސަބަބުން.. ލަހަފްގެ އަމިއްލަ ނަފްސަށް އޮންނަ އިތިބާރުވެސް ގެއްލުވާލަނީ ހަމަ އެ.. އަދި، ލަހަފް ދެރަވާ ވަގުތު އެ ގޯސް ވަހުމްތައް އޭގެ ބާރު ގަދަ ކޮށްލާނެ.. ހަމަ ދެރަވާ ވަގުތު ޝައިޠާނާ ވެރިވެގަންނަ ފަދައިން.. ކުރިން އެއްފަހަރަކު ސުއިސައިޑް ކުރަންވެސް އުޅުނީމެއްނު ދޯ ލަހަފް؟ ލަހަފް ދެން ނުވާނެ އެކަހަލަ ކަމެއް ކުރަން ހތަށްވެސް އަރުވައިގެން، އިނގޭ..

ކޮންމެ ދަތިކަމަކަށްފަހު އަންނާނެ ފަސޭހަ ކަމެއް.. އެހެން ވީމަ އަބަދުވެސް އެ ކަންތައް ހަނދާނުގަ ބަހައްޓަން ވާނެ.. ލަހަފްގެ އަމިއްލަ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުރިން ހަނދާނުގަ ބަހައްޓައްޗޭ ތި ހަށިގަނޑަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިލްކެއް ކަން.. އަނެއްކޮޅުން އަމިއްލަ ނަފްސަށް ގެއްލުން ދީ އަމިއްލައަށް މަރުވުން ފަދަ ކަންކަމަކީ ބޮޑެތި ފާފަ.. އެކަހަލަ ކަންކަމުން ދުރުވާން ވާނެ.. އަބަދުވެސް ވާނެ ޕޮޒިޓިވްކޮށް ވިސްނަން.. ތިމާއަށް ދަތިވާ ނުވަތަ ދެރަވާ ކޮންމެ ކަމެއް ދިމާވުމުން އޭގެ މާނައެއް ނޫނެއްނު އެއީ ހުރިހާ ވަރެއް ބާލަން ޖެހޭނީ ހަށިގަނޑަށޭ.. އެއްގޮތަކަށްވެސް އެހެން ވެގެން ނުވާނެ..

ލަހަފް ދެރަވެ ހިތް ނުތަނަވަސްވާ ކަމުގައި ވާ ނަމަ ހަމަ ވުޟޫކޮށްލައިގެން އައިސް ޤުރުއާން ވެސް ކިޔަވަން ވީ.. ސުންނަތް ނަމާދު ކުރަން ވީ.. ދީނީ ކަންކަމަށް ވާނެ އަބަދުވެސް ފަރުވާ ބަހައްޓަން.. ސޫރަތުއް ރަޙްމާން އަކީ އެކަހަލަ ވަގުތު ތަކަށް ވަރަށް ރަނގަޅު ސޫރަތެއް.. ހިތަށް ހަމަޖެހުން ލިބޭނެ ސޫރަތެއް.. އެހެން ވީމަ މި ވާހަކަ ތަކާމެދު ވިސްނާލައްޗޭ.. ލަހަފް މިހާރުވެސް ތި ހިތްވަރު ކުރާހެން ހިތްވަރު ކޮށްލާ.. ދުވަސްކޮޅަކުން ލަހަފްގެ މި ބައްޔަށް ޝިފާ ލިބޭނެ، އިން ޝާ ﷲ… އެއްވެސް މީހަކީ އަބަދު ހިތާމައިގައި އުޅޭނެ މީހެއް ނޫނެއްނު ދޯ؟ އިން ޝާ ﷲ އަދި ލަހަފްއަށް ވެސް އުފާވެރި ދުވަސްތައް ފެންނާނެ.. ކުޑަ އިންތިޒާރެއް ކޮށްލާ.. ﷲގެ ޙަޟްރަތުން އުންމީދު ކަނޑާނުލާ މިހާރުވެސް ތި ދާހެން ކުރިޔަށްދޭ.. އަދި ލަހަފް ތީ އެއްގތަކަށްވެސް ޔޫޒްލެސް މީހެކޭ ނުބުނޭ.. ލަހަފްގެ އެހީތެރިކަން ބޭނުންވާ އެތަށް ބަޔަކުވެސް ތިބޭނެ މި ދުނިޔެ މަތީގަ.. ލަހަފްގެ ފަރާތުން މިހާރުވެސް އެހީތެރިކަން ލިބޭ ބަޔަކުވެސް އުޅެދާނެ.. އެހެން ވީމަ ތިއީ އެއްވެސް ބޭކާރު ޒުވާނެކޭ ނުބުނެވޭނެއްނު.. އެހެން ވީމަ ދެން ވެސް އެކަހަލަ ގޮތްގޮތަށް ނުވިސްނައްޗޭ.. ތިއީ ވަރަށް ހިތްވަރު ގަދަ ކެރޭ ޒުވާނެއް.. ކުރިޔަށް އޮތްތާ ދެކެން ބޭނުމީ އެ ލަހަފް.. އެ ކެރޭ ހިތްވަރުގަދަ ލަހަފް.. އޯކޭ؟ އެންޑް، ހަނދާންކޮށް ބޭސްކާންވާނެ އިނގޭ..” ދާނިޔަލް ވަރަށް އެކުވެރި ރާގަކަށް ވާހަކަ ދައްކަމުން ގޮސް ފަހު ތަންކޮޅު ބުނެލީ ޝަހާދަތް އިނގިލި ދިއްކޮށްލައިފައެވެ.

އެޔަށްފަހު އޭނާ ހޭންފެށުމުން ގާތުގައި ސޯފާގައި އިން ލަހަފްވެސް ހިނިތުންވެލިއެއެވެ. މިވީ ދުވަސްތަކުގަ ލަހަފްއަށް އަންނަމުން ދިޔަ ބަދަލުތައްފެނި ދާނިޔަލް އިނީ ނުހަނު އުފަލުންނެވެ. ހިތާއިހިތުން ﷲއަށް އޭނާ ޙަމްދުކުރިއެވެ.

ލަހަފް ދިޔުމުން ދާނިޔަލް ގޮސް އޭނާގެ ގޮނޑީގައި އިށީނދެލިއެވެ. އަދި ދެލޯ މަރާލައި ހަމަ ޖެހިލިއެވެ. ކޮންމެ ދުވަހަކު މިގޮތަށް މީހުންނަށް ފަރުވާދެވޭތީ އެހިތަށް ލިބޭ ހަމަޖެހުން ބަޔާން ނުކުރެވެއެވެ. އޭނާ އެ ވަޒީފާ އަދާކުރަމުން އެދަނީވެސް މީހުންނަށް އެހީތެރިވެދޭ ހިތުންނެވެ. އެކަން ޙާސިލްވަމުން ދާތީ ދާނިޔަލް އިނީ ނުހަނު އުފަލުންނެވެ. އެހެން އިނުމަށްފަހު އޭނާ ތެދުވެލީ ފޯނު ރިންގުވުމުންނެވެ. “އޯކޭ..” ދާނިޔަލް ފޯނު ކަންފަތުން ދުރުކޮށްލުމަށްފަހު ކެބިން އިން ނިކުމެގެން ދިޔައީ އާދިންގެ އެދުމަކަށެވެ.

“އައްސަލާމް ޢަލައިކުމް…” ބޮޑުބޭބެއަށް ވީ ނަމަވެސް ދާނިޔަލް އަބަދުވެސް އާދިންއަށް އިޙްތިރާމް ކުރެއެވެ. އޭނާ އާދިންގެ ކެބިންއަށް ވަނުމުގެ ކުރިން ސަލާމް ގޮވާލުން އެކަމުގެ ހެތްކަކަށް ފުދެއެވެ. އާދިންގެ ހުއްދަ ލިބުމުން ދާނިޔަލް އެތެރެއަށް ވަނެވެ. “މިއަހަރުގެ ޚާއްސަ އެހީއެއް ބޭނުންވާ މީހުންގެ ދުވަސް އަންނާތީވެ ތިއްތިބޭ މި ވިސްނަނީ ހޮސްޕިޓަލްތެރޭގަ ވިޔަސް ނޫނީ އާނމުންނަށް ހުޅުވާލައިގެން ވިޔަސް ކޮންމެވެސް ކަހަލަ އިވެންޓެއް ބާއްވަން.. އެހެން ވީމަ އެކި ޑިޕާޓްމެންޓްތަކަށް އެކި ކަންކަން ބަހާލައިގެން މިކަން ކުރަންވާނެ ވަރަށް ފުރިހަމައަށް.. ތިއްތިބެއަށް ބޮޑަށް ފެންނަނީ އެންމެންނަށް އާނމުކޮށް ހުޅުވާލައިގެން މި އިވެންޓް ކުރިޔަށް ގެންދަން.. ވީހާވެސް ގިނަ ބަޔަކު ހޭލުންތެރިކޮށް ބައިވެރި ކުރުން މިކަމުގެ އަމާޒަކަށް ވާން ވާނީ.. އެހެންވީމަ ތިއްތިބޭ ބޭނުން ދާނިޔަލް މި އިވެންޓްގެ ހުރިހާ ކަމެއް ހަމަ ޖައްސާ މި އިވެންޓްގެ ކަންކަމުގެ އިސްކޮށް އުޅެން.. ދާނިޔަލްގެ ބެލުމުގެ ދަށުން ކުރިޔަށް ގެންގޮސް މި އިވެންޓް ކާމިޔާބު ވެއްޖިއްޔާ ތިއްތިބޭ ވަރަށް އުފާވާނެ.. އަޒާންވެސް ބައިވެރި ކުރާތި.. އެހެން ނޫނީ އޭނާ ދުވަހަކުވެސް މިކަހަލަ ކަންކަމަކާ ނޫޅޭނެ.. ހެހެ.. ކީކޭ ދާން ބުނަނީ ބޭބެގެ ޚިޔާލަށް؟” އާދިން އެކަނި މާއެކަނި ހުރިހާ ވާހަކައެއް ދައްކާލާ ނިންމާލިއެވެ. ދާނިޔަލްވެސް އާދިންގެ ޚިޔާލަށް މަރުޙަބާ ކީ ހިނިތުންވުމާއި އުފާވެރި ކަމާއެކުއެވެ.

އެހެން ވީމަ މިއަދު މެންދުރަށް މީޓިންގް އެއް ބާއްވާނީ ހުރިހާ ޑިޕާޓްމެންޓެއްގެ ހެޑުންނާއި އެކީ.. އެކި ޑިޕާޓްމެންޓްތަކަށް އެކި ކަންކަން ބަހާލީމަ ރަނގަޅުވާނެ އެއްނު..” އާދިން އިތުރު ކޮށްލިއެވެ. ދާނިޔަލް ވެސް އެކަމަށް ފުރިހަމައަށް ތާއީދުކުރުމަށްފަހު ހިތްހަމަ ޖެހިލައިގެން ހުރެ އާދިންގެ ކެބިން އިން ނިކުމެގެން ދިޔައެވެ.

***

“އާލާ.. މިރޭ ނޫނީ ހަވީރު ފްރީވިއްޔާމު ހިނގާބަލަ އަހަންނާއި އެކީ ހިނގާލަން ދާން.. ހަވީރު އެއްކަމެއްވެސް ނެތް.. މިއަދު މިއީ އޮފް ދުވަސް.. އެކަމަކު އަޒާންވެސް ހަވީރު ޑިއުޓީ.. އޭނާއަށް ޗުއްޓީވެސް ނުލިބުނު ވިއްޔަ އަދި..” އާލާ ފޯނު ނެގިތަނާހެން ހަލޯވެސް ނުބުނެވެނީސް ރުކާ ވާހަކަ ދެއްކިއެވެ. ރުކާ ވާހަކަ ދެއްކި ގޮތުން މަޖާވެގެން އާލާ ފެށީ ހޭށެވެ. “ހޫމް ބިޒީއެއް ނޫން.. ހިނގާ ދޯ ދަމާ.. ދެން ރުކާވެސް ދައްކާ ވާހަކަ.. ރުކާ ބޭނުންހާ އިރެއްގަ އަޒާންއަށް ޗުއްޓީ ނުލިބިދާނެ ދޯ..” އާލާ ރުކާއާއި ސަމާސާކޮށްލުމަށްފަހު ފޯނު ބޭއްވިއެވެ.

***

“މިއަދު މިއުޅެނީ ރުކާ އާއި އެކީ ހަވީރު ތާކަށް ގޮސްލަންވެގެން..” ޑިއުޓީ ނިންމާފައި އައިސް އާލާއާއި ދާނިޔަލް ތިބީ ސޯފާގައި އިށީނދެގެންނެވެ. އާލާ އިސްވެ އެހެން ބުނުމުން ދާނިޔަލް އާލާއަށް ބަލައިލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ދާނިޔަލް ކައިރީ ނުބުނެ ދާން އާލާއަށް ފަސް ޖެހެވެނީއެވެ. “މައްސަލައެއް ނެތް.. އެކަމް ބޭރަށް ދިޔަޔަސް ނަމާދުކޮށްގެން އިނގޭ ހުންނަންވާނީ.. ބޭބިޝް އާލް..” ދާނިޔަލް ރީތި ހިނިތުންވުމކާއެކު އެއް މިޔަކަނުން ހީލައިފައި ބުނެލިއެވެ.

ދާނިޔަލް ‘ބޭބިޝް އާލް’ އޭ ހަމަ ބުނެލުމާއެކީ އާލާ ދެބުމަ ގޮށް ޖަހާލިއެވެ. “ކޮން ބޭބިޝް އާލްއެކޭ ކިޔާކަށް..” އާލާ އޭނާއާއި އެންމެ ގާތުގައި އޮތް ކުށަން ދާނިޔަލްއާއި ދިމާލަށް ބާރަކަށް ހޫރާލިއެވެ. އެހިނދު ހުށިޔާރު ކަމާއެކު ދާނިޔަލް އޭގައި ހިފިއެވެ. އާލާ ހަށަން ބަނދެލުމަށްފަހު މޫނު އަނބުރާލި އިރު ތުންކޮޅު އިނީ އޫކޮށްލައިފައެވެ. “އޯވް.. މިހާރު އަދި މާ ކިއުޓް.. ތުންކޮޅު ދަމާލައިފައި އިނީމަ ހީވަނީ ޑަކްލިން އެއް ހެން..” ދާނިޔަލް ކޮޅަށް ތެދުވެގެން އައިސް އާލާ ގާތު ހުއްޓުނު އިރު ހުރީ ލައިގެން ހުރި ކަޅުކުލައިގެ އޮފީސް ފަޓުލޫނުގެ ދެޖީބަށް އަތް ޖަހާލައިގެންނެވެ. ކަނޑު ނޫކުލައިގެ ގަމީސް ބެގީކޮށްލައިފައި ހުރި އިރު ލައިގެން ހުރި ކަޅު ފަޓުލޫނާއެކު ދާނިޔަލް ހީވަނީ ޚާއްސަ ޙަފްލާއަކަށް ދާން ތައްޔާރުވެ ހުރި މެހެމާނެއް ހެންނެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮލާލައިފައވުމުން އެ ބާރުގަދަ މުލައްދަނޑި ހާމަވާން އޮތް ގޮތުން އޭނާގެ ފިރިހެންވަންތަކަށް ހާމަ ކޮށްދެއެވެ.

މަޑު ފިޔާތޮށިކުލައިގެ ޝޯލްއަކާއި އަޅިކުލައިގެ ޓޮޕެއް ލައިގެން އިން އިރު އާލާވެސް ދާނިޔަލްއަށް ވަކި ދޫނުކުރެއެވެ. ކުޑަކުޑަ ފިޔާތޮށިކުލައިގެ ތުންފަތާއި ވަށް މޫނުގެ ސަބަބުން އެ ރީތިކަން އިތުރު ކުރުވައެވެ. އާލާ ސިހިގެން ދިޔައީ ދެން ހުރެފައި ދާނިޔަލް ކޮށްލި ކަމަކުންނެވެ. އާލާއާއި ދިމާލަށް ގުދުވެލުމަށްފަހު އާލާގެ ކޮލުގައި ދާނިޔަލް ތުންފަތް ޖައްސާލި ހިނދު އާލާއަށް ސިހުން ލިބުނު ނަމަވެސް ދެލޯ މަރާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. ހިތުގެ ތެޅުން އަވަސްވެ އަތްފައި ފިނިވެފައި ހުރި އިރު އޭނާގެ ހިތް ތެޅޭލެއް ބާރުކަމުން ހީވަނީ ދެންމެ ދެންމެ ބޭރަށް ނިކުމެދާނެ ހެންނެވެ. ލަދުން މޯޅިވާ މަލެއްހެން ލަދުން އިން އާލާގެ ދެކޮލަށް ލޭތައް ޖަމާވަމުން ގޮސް މިހާރު ހީވަނީ ދޮންވެ ފައްކާވެފައި އިން ޖަންބެއް ހެންނެވެ. “މިހާރު އަދި މާ ކިއުޓް.. ބޭބިޝް އާލް.. ކިތަންމެ ބޭބީއަސް ޔޫ ވިލް ބީ ބިއުޓިފުލް އޭސް އޯލްވޭސް.. މާ ޝާ ﷲ..” އެއްލޯ މަރާލުމަށްފަހު ދާނިޔަލް ދާން ވެގެން އެނބުރުނެވެ.

ކުރިޔާއި ޚިލާފަށް މިފަހަރު އެއްޗެކޭ ބުނަން އުޅުނު ނަމަވެސް އާލާގެ ދޫ ޙަރަކާތެއް ނުކުރިއެވެ. ލަދުގަނެފައި ބުނާނެ އެއްޗެއް ނޭނގިގެން އޭނާއަށް ޖެހުނީ އިންގޮތަށް އިންނާށެވެ. ދާނިޔަލް ގޮސް ކޮޓަރިއަށް ވަތް ވަގުތު ލަދުވެތި ހިނިތުންވުމަކާއެކު އާލާ އިސްދަށަށް ޖަހާލުމަށްފަހު އޭނާގެ ކޯތާފަތިގައި އަތް ޖައްސާލިއެވެ.

އެވަގުތު އާލާގެ ލޯމައްޗަށް އަނެއްކާވެސް ދެންމެ ހިނގާދިޔަ ކަންތައް ސިފަވެގެން ދިޔައެވެ. އޭނާގެ ތުންފަތުގައި ވީ ހިނިތުންވުން އެވަގުތު ފުންވެގެން ދިޔައެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ދެފަރާތަށް އާލާ ބޯ ހޫރުވާލީ އޭނާއަށް މި ކުރެވެނީ ކޮށްގެން ވާނޭ އިޙުސާސެއް ނޫންކަމަށް އާލާގެ ސިކުނޑި ބުނުމުންނެވެ. އޭނާޣެ ހިތުގައި ދާނިޔަލްއާއި މެދު އެއްވެސް އިޙުސާސެއް ނުވެއެވެ. އޭނާ އަންނާނީ ދާނިޔަލްދެކެ ހަމައެކަނި ރުޅިއެވެ. އާލާ އޭނާގެ އަމިއްލަ ނަފްސަށް ބަހަނާ ދައްކަމުން ވިސްނައިދެވޭތޯ އުޅުނެވެ. ނަމަވެސް އެފަކީރަށް ނޭނގުނު ކަމަކީ މިހާރު ވަގުތު ފާއިތުވެއްޖެ ކަމެވެ. އޭނާގެ ހިތުގައިވެސް ދާނިޔަލް އާއި މެދު އިޙުސާސްތަކެއް އުފެދިފައި ވާކަމެވެ.

***

ދާނިޔަލް ޢަސުރު ނަމާދަށް ދިޔުމުން އާލާ ފެންވަރާލައިގެން އައިސް ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. އެޔަށްފަހު ރީތިވާން ފެށިއެވެ. މަޑު ނޫކުލައިގެ ރޮނގުތަކެއް ދަމާފައި ހުރި ހުދުކުލައިގެ ކަކުލާއި ހަމައަށް އަންނަ ގަމީސް ޓޮޕާއި ކަޅުކުލައިގެ ސްކިނީގައި އާލާ ފެންނަލެއް ނަލައެވެ. އެކި ދިމާލުގައި ރަތްކުލައިގެ ފިނިފެންމާތަކެއް ޖަހާފައި ވުމުން އެ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެ ހެދުމާއި އެކު އާލާ ދިޔައީ ރަތްކުލައިގެ ޝޯލްއެއް އަޅަމުންނެވެ. އާލާގެ ދޮން މޫނާއި އެ ރަތް ޝޯލް ނުހަނު ގުޅެއެވެ. ހީވަނީ ފޮޅިފައި އިން ރަތް ފިނިފެންމަލެއް ހެންނެވެ. އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓު ބުރުވާލުމަށްފަހު ކޮނޑުގައި ވާގަނޑު ދިގުކޮށް އޮތް މުށިކުލައިގެ ދަބަސް އަޅުވާލަމުން އާލާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

“އަދިވެސް ހަމަ އެ އާލާ.. ދުވަހަކު މީނާ ބަދަލެއް ނުވާނެ.. މީހަކާއި އިނީމަވެސް އަވަސް ކުރާކަށް ނޭނގޭ ދޯ.. ހަތަރެއް ޖަހާއިރަށް އަންނަން ބުނި މީހާތީ.. މިހާރު އެޔޮށް ހަތަރުގަޑި ބައިވަނީ.. މިސް ލޭޓް ގެ ލަގަބް ދުވަހަކު އާލާގެ ބޮލުން ނުނެއްޓޭނެ..” އާލާ އައިލެއް ލަސްކަމުން ރުކާ ކުދިކިޔަން ފެށިއެވެ. އާލާ ދެތިން އެއްޗެއް ބުނެލުމަށްފަހު މައްސަލަ ހަމައަކަށް އަޅުވާލިއެވެ. އެޔަށްފަހު ދެ ޒުވާނުން އެކީ ހިނގައިގަތީ ރަސްރަނި ބަގީޗާއަށް ދިޔުމަށެވެ.

“ކިހިނެއް ކަންތައްތައް ދަނީ؟” އެއްބުމަ އަރުވާލައިފައި ރުކާ އާލާ އާއި ސުވާލު ކޮށްލި އިރު ދެމީހުން ތިބީ ބެންޗެއްގައި އިށީނދެގެންނެވެ. ކުރިމަތީގައި ކުޑަކުދިން ދުވެ ދުވެފައި މަޖާކުރަމުން ދެއެވެ. އެކި ހިސާބުތަކުގައި އެކުދިންގެ ބެލެނިވެރިންވެސް ޙަރަކާތްތެރިވަމުން ދިޔައެވެ. “ރަނގަޅަކަށްނު..” އާލާ ދެބުމަ ގާތްކޮށްލަމުން ފާދަކަށް ހިނި އައިސްފައި ބުނެލިއެވެ.

“އަހަންނަށް ހަމަ މަޖާވަނީ.. އާނ އެހެންޏަ.. ދާނިޔަލް އާއި ދިމާލަށް އެވަރަށް އެއްޗެހި ކިޔަ ކިޔާފަ އެންމެފަހުން އާލް ތި އިނީ އޭނާއާ.. މަ ފުރަތަމަ ހިތަށް އެރި ތިދެމީހުން ކައިވެނި ކުރި ދުވަހުން ފެށިގެން ތިގޭތެރޭގަ ތިންވަނަ ބޮޑުހަނގުރާމަ ފެށޭނޭ.. އެކަމަކު ހިޔެއް ނުވޭ އެހެން ހެނެއް ވަނީ.. ދޮގެއްތަ މީ.. އެޔާއި ދިމާ އިދިކޮޅު ކަންނޭނގެ ދޯ މިހާރު.. މިއަދުވެސް ރަނގަޅަށް ވިއްޔާ ފިރިކަލުންނާއި ދުރަށް ދާންވާތީ ތިހާ ލަހުން ތި އާދެވުނީ..” ރުކާ އާލާއާއި ދިމާކޮށްލި އިރި އޭނާ ހީހީ ބަލިވަނީއެވެ. ރުކާއަކީ އާނމުކޮށް ގިނައިން ހޭކުއްޖަކަށް ވާތީ ކިރިޔާ ކަމެއް ވާއިރަށް އޭނާއަށް ހުންނާނީ ހެވިފައެވެ.

ރުކާ ދިމާކުރުމުން އާލާ ރުކާގެ އަތުގައި ވަރުވަދަ ބޮނޑިއެއް އަޅާލިއެވެ. “ރީއްޗެއްނު ދައްކާ ވާހަކަ.. މިއަދުވެސް ގައިމު މަށަށް ގުޅައިގެން އުޅުނު އިރު މީނާ ހީވަނީ ރުޅި އައިސްގެން ގޮސް ފަޅައިގެން ގޮސްދާނެހެން އަޒާންއަށް ޗުއްޓީ ނުލިބުނީމަ.. ކެތް ނުކުރެވޭ މީހާ އިނގެޔެއްނު.. އެ ވާހަކަ ދައްކަން މާ ރީތި މީހެއް ނޫނޭ ތީ.. ހުއް.. އެހެން ނޫނަސް ދާނިޔަލް ވީ ނަމާދަށް ގޮސް.. ނަމާދަށް ގޮއްސަ ގެއަށް ނާދޭ އަހަރެން އައި އިރު.. މަ ނާދެވިގެން އުޅޭކަށް ނުޖެހޭނެއްނު އޭނާ ކައިރީ ބުނެފަ ވިއްޔަ މި އައީ ވެސް..” އާލާ ހަމަ ޖެހިލައިފައި ބުނެލިއެވެ. ރުކާއަށް އަދިވެސް ހުނުން ކޮންޓްރޯލް ނުކުރެވެއެވެ.

“އާނ.. ވަރަށް މަޖާ..” ދެލޯ ހަނިކޮށްލުމަށްފަހު އާލާ ބުނެލި ގޮތުން ރުކާގެ ހުނުން ވީ ހައްތަހާ ބާރެވެ. “މަޖާ ވާނެއްނު.. އެސޮރު ކައިރީ ބުނެފަ ނޫނީ މިހަރު އާލްއަށް ތާކަށްވެސް ދެވޭ ކަމަކަށް ނުވޭ ވިއްޔަ..” ރުކާ އަނގަމަތީ އަތް އަޅައިގެން ހުރެ ހުނުން ކޮންޓްރޯލް ކުރެވޭތޯ ނުހަނު މަސައްކަތް ކުރަމުން ދިޔައެވެ. “އަޅެ ދޯ.. އެއީ އާލްގެ ފިރި.. މީހާއޭ..” އާލާ ވަކި ހިސާބަކަށް ބުނުމަށްފަހު ބުނެލީ ތަންކޮޅެއް މަޑުންނެވެ. ފުރަތަމަ ފަހަރަށް އޭނާ ދާނިޔަލްއަށް ފިރިމީހާގެ ނަމުން އެ މުޚާތަބު ކުރީ އަދި މިއަދުއެވެ. އޭނާއަށް މި ވަނީ ކިހިނެއް ހެއްޔެވެ؟ ކުރިން ނުވާ އެތަށް ގޮތެއް ދާނިޔަލް ފެނުމުން މިހާރު އޭނާއަށް ވެއެވެ. ކުރިން ނުކުރެވޭ އެތަށް އިޙުސާސެއް މިހާރު އޭނާއަށް ދާނިޔަލް އާއި މެދު ކުރެވެއެވެ. އޭނާއަށް މި ވަނީ ކިހިނެއް ހެއްޔެވެ؟

***

“ހެލޯ.. އަހަރެން ބޭނުން މިވަގުތު އޭނާ އަހަރެންގެ އަތް ދަށަށް ގެންނަން.. އެންމެ މިނެޓެއްވެސް ލަސް ކުރާކަށް ދެނެއް ބޭނުމެއް ނޫން.. ކަލޭ ބުނާވަރަކަށް އަހަރެން ފައިސާ ދޭނަން.. ކަލޭ ކޮށްދޭންވީ ކަމަކީ އޭނާ އަހަރެން ބުނި ތަނަށް ގެންދިޔުން.. އަޑު އިވިއްޖެތަ؟ ހަމަ މިހާރު މިވަގުތު އަހަރެން ބޭނުން.. ދެން މިކަން ކޮށްފަ ނޫނީ އަހަންނަށް ގުޅައިގެން ނުވާނެ..” ނުރައްކާތެރި ރާގަކަށް ރުޅި އައިސްފައި އެހެން ބުނެލުމަށްފަހު އެމީހާ ފޯނު ކަނޑާލިއެވެ.

“ދެން މާ ގިނަ ދުވަހެއް ނުވާނެ.. މިއަދު އޭނާގެ އަދަބު އޭނާއަށް ލިބޭނެ.. ހެހެހެ.. އަހަރެމެން ކުރި އިންތިޒާރަށް ނިމުން އައީ..” ފޯނު ކަންފަތާއި ދުރު ކޮށްލުމަށްފަހު ގާތުގައި ހުރި މީހާއަށް ބަލައިލައިފައި އެމީހާ ނުލަފާ ހިނިގނޑެއް ޖަހާލިއެވެ. އެއާއި އެކު އަނެއް މީހާވެސް ހޭންފެށުމުން އެތާނގައި ގުގުމާލީ ދެމީހުންގެ ނުރައްކާތެރި ހުނުމުގެ އަޑެވެ.

***

އާލާއާއި އެކު ރުކާ އައިސް އެމީހުންގެ އެޕާޓްމެންޓަށް ވަނެވެ. މުޅި ގެއަށް އޭނާ ނަޒަރު ހިންގާލީ އިރު އޮއްސުމުގެ ސަބަބުން ގޭތެރެއަށް އަނދިރިކަން ވެރިވެފައި ވުމުންނެވެ. އެ އަނދިރިކަމުގެ ސަބަބުން އަދިވެސް ދާނިޔަލް ގެއަށް ނާންނަކަން އާލާއަށް އެނގިގެން ދިޔައެވެ. “ސޯފާގައި މަޑުކޮށްލާ އިނގޭ.. އެބަ އަންނަން ކޮފީ ހިފައިގެން..” ސޯފާތަކަށް އިޝާރާތް ކުރުމަށްފަހު ރުކާ ގާތު އިށީންނަން ބުނެފައި އާލަ ދިޔައީ ކައްކާ ބަޔަށެވެ. “މަގޭ ބެސްޓީ ހާދަ މުރާލިކޮށޭ މި ފެންނަނީ.. އަނެއްކާ ކޮން ފަރާތަކުން އިރު އެރި ދުވަހެއްބާ؟” ދުވަހަކުވެސް ނުފެންނަ މަންޒަރެއް ފެނުމުން ހައިރާންވެފައި ހުރެ ރުކާ އަހާލިއެވެ. އާލާ ބަދިގެއަށް ދިޔުމުން އެތާ އިނުމުގެ ބަދަލުގައި ރުކާވެސް އެތަނަށް އައީއެވެ.

އާލާ ރުކާއާއި ދިމާލަށް ބަލައިލުމަށްފަހު ހަމައެކަނި ހީލީއެވެ. “މެރިއޭޖަކީ އެތަށް ކަމެއް ބަދަލުވެގެންދާ އެއްޗެކޭ ބުނެ އުޅެއެއްނު.. އެހެން ވީ ކަމަށް ބަލާ ދެން..” ދެ ކޮފީ މަގަށް ފެން އަލަމުން އާލާ ބުނެލިއެވެ. އެޔަށްފަހު ކޮފީ ގިރާ ނިންމާފައި އެ ދެ މަގުން ކުރެ އެއް މަގް ރުކާއަށް ދީފައި އަނެއް މަގް އާލާ ހިފައިގެން ގޮސް ބެލްކަންޏަށް ނިކުތެވެ.

އުޑުމަތި ސާފު ރެއެއް ކަމުން ހީވަނީ މުޅި އުޑުމަތީގައި ކަޅު ސާލެއް އޮލާލައިފައިވާހެންނެވެ. ވިދާ ބަބުލަމުން ދިޔަ އަލިގަދަ ތަރިތައް ހީވަނީ އުކާލައިފައިވާ ރީތި ޖަވާހިރުތަކެއް ހެންނެވެ. އެހާވެސް ފުރިހަމައެވެ. މަގުމަތިން ބާރުބާރަށް ދުއްވާފައިދާ އުޅަނދުތަކާއި އެ އެއްޗެހިން ގޮއްވަމުންދާ ބަރުގޮނުގެ ގަދަ އަޑުން މުޅި މާހައުލުގެ ހަމަހިމޭންކަން ނަގާލައިފައި ވެއެވެ. ނަމަވެސް މަޑު އޮރެންޖުކުލައިން ފެންނަން އޮތް އޮތުން އެ މަގުގެ ރީތިކަން ރޭގަނޑު ގަޑީގައި ފެންނަލެއް ވަރަށްވެސް ޗާލެވެ.

އާލާއާއި ރުކާ އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ވާހަކަ ދައްކަން ތިއްބެވެ. އެރުގަނޑެއް ވާންދެން އެގޮތުގައި ތިބުމަށްފަހު ދެމީހުން އެތެރެއަށް ވަނީ ކޮފީތަށި ހުސްވުމުންނެވެ. “އާލް.. ހިނގާބަލަ ނަމާދުކުރަން.. ބަންގި ގޮވަން ވާއިރަށް ނަމާދުކޮށްލަން ވާނެ.. ހަގަޑި ސާޅީސް ފަހެއް ވީ މިހާރު.. ހިނގާ އަވަހަށް..” ރުކާ ނަމާދުކުރަންދާވާހަކަ ބުނުމުން އާލާއަށް ހައިރާންކަން ލިބުނެވެ. އެހެން ނުވާންވީ ކީއްވެ ހެއްޔެވެ؟ އާލާއެކޭ އެއްފަދައިން ރުކާއަކީވެސް ކުރިން ނަމާދެއް ކުރި ކުއްޖެއް ނޫނެވެ. އޭނާއަށް އެ އައި ބަދަލުން ކޮންމެ މީހަކުވެސް ހައިރާންވާނެކަން ގައިމެވެ. ހައިރާންވި ނަމަވެސް އެއްވެސް އެއްޗެކޭ ބުނާކަށް އާލާއަކަށް ނުކެރުނެވެ. ހިނިތުންވެލައިފައި ބޯ ޖަހާލަމުން އޭނާ ރުކާ ގޮވައިގެން ކޮޓަރިއަށް ދިޔައީއެވެ. އެޔަށްފަހު އޭނާ ނަމާދުކުރަން ހުންނަންވީ ގޮތާއި އެއްޗެހި ކިޔައިދިނުމަށްފަހު ބޭރަށް ނިކުތީއެވެ.

ސުވާލުގެ ނަޒަރަކުން އާލާއާއި ދިމާލަށް ބަލައިލި ނަމަވެސް ރުކާ އާލާއާއި ސުވާލުކުރާކަށް ނޫޅުނެވެ. އެކުވެރިޔާއަށް ނަސޭހަތްދޭކަށް މިހާރަކު އޭނާ އަތުގައި ވަގުތެއް ނެތެވެ. ނަމާދު ވަގުތު ޖެހެންވާއިރަށް އޭނާ އަވަހަށް ނަމާދު ކުރަން ޖެހެއެވެ. އެކުވެރިޔާ އަކީ ކުރިންވެސް ނަމާދުނުކުރާ ކުއްޖެއްކަން އޭނާއަށް އިނގެއެވެ. ޚުދު އޭނާވެސް މީގެ ކުރިން އުޅުނީ އެހެންނެވެ. ﷲގެ އިރާދަފުޅުން އަޒާންއާއި ދިމާވީ ފަހުން އޭނާއަށް ތެދުމަގު ލިބުނީއެވެ.

“އާލް ނަމާދު ނުކުރަންތަ މިހާރުވެސް؟” ނަމާދުކޮށްގެން އައިސް އާލާ ގާތުގައި އިށީނުމަށްފަހު އޭނާގެ ކޮނޑުގައި އަތްލަމުން ރުކާ އަހާލިއެވެ. އެހިނދު އާލާ ކުއްލިއަކަށް ރުކާއަށް ބަލައިލި ގޮތުން ހީވީ ބިރެއް ފެނުނު ހެންނެވެ. އަވަސް އަވަހަށް އޭނާ ދެފަރާތަށް ބޯ ހުރުވާލި އިރު ތިމާއަށް މި ދޮގު ހެދެނީ ނަމާދާއި ގުޅިގެންކަން އާލާއަށް ނުވިސްނުނެވެ. އޭނާ ކަންތައްކުރި ގޮތުން އޮޅުން އެރި ނަމަވެސް އިތުރަށް އެ މައުލޫއަށް ދާކަށް ރުކާ ނެހެދިއެވެ. “ދެން ދަނީ އިނގޭ..” ރުކާ އާލާއަށް ހިނިތުން ވެލުމަށްފަހު ތެދުވެ ކޮނޑުގައި ދަބަސް އަޅުވާލި ނަމަވެސް ދެމީހުންވެސް ސިހުނީ ދޮރުގައި ޓަކި ޖަހާލި އަދަށެވެ. “ކާކުބާ؟” ދެބުމަ ގާތްކޮށްލަމުން އާލާ މަޑުމަޑުން ބުނެލިއެވެ.

ދާނިޔަލް އަތުގައި ގޭގެ ތަޅުދަނޑި އޮންނާނެއެވެ. ވީ އިރު އޭނާއެއް ގައިމުވެސް ދޮރުގައި ޓަތްކެއް ނުޖަހާނެއެވެ. ސުވާލުމާކެއް ބޮލުގައި ޖަހައިގެން ހުރެ ގޮސް އާލާ ދޮރު ހުޅުވާލި އިރު ހެވި ދިލިފައި ހުރީ އަޒާން އެވެ. އާލާއަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އާލާ ތަންދެއްކުމުން އޭނާ އެތެރެއަށް ވަނެވެ. އާލާވެސް އަޒާންއަށް ހިނިތުންވުމެއް ރައއްދުކޮށްލިއެވެ. ނަމަވެސް އާލާއަށް ހައިރާންކަން ލިބުނީ އަޒާންއާއި އެކު ދާނިޔަލް ނެތުމުންނެވެ. ފަހަރުގައި އިޝާންއާއި އެކުގައި ދިޔައީ ކަމަށް ވެދާނެއެވެ. އާލާ އަމިއްލަ ނަފްސަށް ވިސްނައިދިނުމަށްފަހު ދޮރު ޖަހާލިއެވެ.

“ކީއްކުރަން ތި އައީ؟ މިއުޅެނީ އަދި ގެއަށް ދާންވެގެން..” ރުކާއަށް އަޒާން ފެނުމުން ބުނެލިއެވެ. “ދެން މަ މިގެއަށް ނާންނަންވީތަ؟ ސާބަސް ރުކާ.. އާލާ ކޮބާތަ ކުޑޭ؟” ސޯފާއަށް ވެއްޓިގަންނަމުން އަޒާން އަހާލިއެވެ. “ބޭރަށް ގޮސް ވީ.. އަދި ނާދޭ ގެއަށް..” މަޑުމައިތިރި ކަމާއެކު އާލާ ބުނެލިއެވެ. ރުކާ ކިޔަން ފެށުމުން އެންމެފަހުން ނީނދެވިގެން އަޒާން ހަތިޔާރު ބެހެއްޓުމަށްފަހު ގެއަށް ދާން ތެދުވިއެވެ. “ކުޑޭ އައީމަ ބުނައްޗޭ މަ އައޭ.. އެކަމަކު ކުޑޭ އަންނަންދެންވެސް މަޑެއް ނުކުރެވުނޭ މިހިރަ އަންހެން ކުއްޖާ ކާޅެއްހެން ކުރުނުކޮށް ދާން ދާން ކިޔަން ފެށުމުން..” ދަމުން ދަމުން އަޒާން އެހެން ބުނެލުމާއެކު ރުކާ ރުޅިއައިސްފައި އަޒާންގެ ބުރަކަށީގައި އަޅާ ކޮށްޕަމުން ނިކުންނަން ދިޔައެވެ. އަޒާންގެ ހުނުމުގެ އަޑު އެގޭތެރެއަށް ފެތުރިގެން ދިޔަ އިރު އާލާވެސް ދިޔައީ ހެމުންނެވެ. ދެމީހުން އެގެއިން ނިކުތުމުން ހިނިތުންވެ ހުރެ ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލައިފައި އާލާ ދޮރު ލައްޕާލިއެވެ.

ނަފްސާނީ ބައްޔާއި ގުޅޭގޮތުން އިން އާޓިކަލް އެއް ކިޔަން އާލާ އިނީ އެނދުގެ ހެޑްބޯޑުގައި ލައްވެލައިގެން އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެންނެވެ. އަދިވެސް ދާނިޔަލް ގެއަކަށް ނާދެއެވެ. އަނެއްކާ ގެއަށް ނައިސް ދާނިޔަލް ހޮސްޕިޓަލަށް ދިޔައީކީ ނޫން ބާވައެވެ؟ “އާން ތެދެކޭ ދޯ.. ކޮންމެސް އިވެންޓެއްގެ ވާހަކަ މިއަދު ކީ.. ވެދާނެ އެކަމަށް ރެޑީވާން ހޮސްޕިޓަލުގަ އުޅެނީ ކަމަށްވެސް.. ދެން އަންނާނެތާ ނިމުނީމަ ގެއަށް.. އެހެން ނޫނަސް އަހަރެން ކީއްކުރަން އޭނާ ގެއަސް ނައީމަ މިވަރަކުން އުޅެންވީ؟” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އާލާ އެ އިން ގޮތަށް އިނެވެ. އޭނާގެ ދެލޮލަށް ނިދި ސަވާރުވެ އެ ނިދީގެ ތެރެއަށް ގެނބުނީވެސް އެ އިންގޮތަށް އިންދައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ހިތް އެދުނަސް… (19)

Next

އިމްތިޙާން (8ވަނަ ބައި)

Next
November 13, 2018

އިމްތިޙާން (8ވަނަ ބައި)

Previews
November 12, 2018

ހިތް އެދުނަސް… (19)

59 Comments!

  1. nunnu says:
    November 12, 2018 at 10:50 pm

    v reethi

    1. aish noor says:
      November 12, 2018 at 10:52 pm

      jazakillah khairan dear… 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  2. aish noor says:
    November 12, 2018 at 10:51 pm

    assalaamu a’laikum my dear readers.. 🙂 al’hamdhulillaah miothy vaahakaigen 32 vana bai up vefa.. 🙂 ummeedhu kuran hurihaa kudhinnah mi part kamudhaane kamah.. hurihaa kudhin noor ah dhey support ah vrh vrh vrh bodah shukuriyyaa.. 🙂 jazakumullah khairan and LY all.. 🙂 <3<3<3

    1. aish noor says:
      November 12, 2018 at 10:55 pm

      adhi vrh muhimmu eh vaahaka handhaan nethigen nuhimanaa comment mi fonvaalevuny.. hehe.. next part noor ah vehjiyyaamu maadhamaa, in sha allah.. 🙂 jazakumullah khairan and LY all.. 🙂 <3<3<3

  3. shaha says:
    November 12, 2018 at 10:52 pm

    ??Vvvvvvvv reeethi mi story.Masha Allah ??

    1. aish noor says:
      November 12, 2018 at 10:53 pm

      jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi vaahaka kamudhaathyve.. 🙂

  4. RiY@ says:
    November 12, 2018 at 11:01 pm

    wow finally . alhey masha allah m bai ves varah varah reethi. dhen vaany kihineh i am really curious !!!!! waiting for next par ingey sis. and thank you sis bxy koh ulhemun ves story up kodhdheythee

    1. aish noor says:
      November 12, 2018 at 11:14 pm

      jazakillah khairan dear.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂 okay dear.. maadhamaa in sha allah up kohdheveytho mi balanee.. 🙂 marhabaa dear.. it’s ok aslu.. 🙂

  5. shaha says:
    November 12, 2018 at 11:23 pm

    Mi Bai ves hama furihama????

    1. aish noor says:
      November 12, 2018 at 11:33 pm

      Jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  6. neelee says:
    November 12, 2018 at 11:40 pm

    dhaniyal kidnap kuree dho e…… Noor sis plxxx save him.

    1. aish noor says:
      November 13, 2018 at 2:23 pm

      Balamaa dhw dhn vaagotheh.. 🙂 hehe.. jazakillah khairan dear.. 🙂

  7. Ahswa says:
    November 13, 2018 at 12:09 am

    Wow vvv reethi mi bai vx alhe dhaan ah dheragotheh nanahadhachchey Aal n dhaan gulhuva ba dhen v reethi vaane eyrun. Noor haadha molhey story liyan v reethi sifakohdhyfa hurileh. Story kiyamun dhaa iru hyvany reethi film eh balan indheveyhen hama Thanks mihaa loabi loabi story thakeh genesdheythy story ah ithuru furihama kameh genesdhey dheeny kan kamah iskan dheythy v kiyaahithun kiyany vv dheravey Aal namaadhu nukuraathy. Oh ma dhigu vejje dhw sorry. Baahjaveri reygandakah edhen good night lvu

    1. Snow says:
      November 13, 2018 at 8:59 am

      Yes.. Evaahaka snow ves mi bunny.. sifa kura a iru hyvany lolafenna hen manzaru tha dhw

    2. aish noor says:
      November 13, 2018 at 2:27 pm

      jazakillah khairan dear.. 🙂 dhn vaagotheh balamaa dhw dear? 🙂 life ga thafaathu kankamaa kurimathilaan jehey meehun ves ulheyehnu? ehn vanee kamah balamaa dhn.. 🙂 asluvestha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 aw. marhabaa dear.. 🙂 ehentha? vrh ufaavehje.. aan dhw.. adhi aalaa ah ves visneyne iraadhakurevviyyaa.. 🙂 ahaha.. it’s ok.. 🙂 aww.. <3<3<3<3<3

  8. Shaya says:
    November 13, 2018 at 12:16 am

    Nice????..keep it up..BTW i think something bad is going to happen..thatx why aalaa is feeling so restless..Thanx for today’s part as it really was a surprise to me

    1. aish noor says:
      November 13, 2018 at 2:29 pm

      jazakillah khairan dear.. 🙂 dhn vaagotheh balamaa dhw? 🙂 marhabaa Shaya dear.. 🙂

  9. Ibsha says:
    November 13, 2018 at 1:05 am

    Varah reethi ?

    1. aish noor says:
      November 13, 2018 at 2:31 pm

      jazakillah khairan dear.. vrh ufaavehje dear ah mi part kamudhiyaeema.. 🙂

  10. Nunama says:
    November 13, 2018 at 7:19 am

    Very nice Waiting for next part please upload fast by the way when part

    1. aish noor says:
      November 13, 2018 at 2:32 pm

      jazakillah khairan dear.. 🙂 in sha allah i’ll try.. miadhu 33rd bai up kohdheveytho eba balan, in sha allah.. 🙂

  11. Xaaan says:
    November 13, 2018 at 8:31 am

    Masha Allah mi partves vvvvvv reethi waiting next part

    1. aish noor says:
      November 13, 2018 at 2:33 pm

      jazakillah khairan dear.. 🙂 in sha allah miadhu 33 vana bai up kohdheveytho noor eba balan.. 🙂

  12. Mai shar says:
    November 13, 2018 at 9:33 am

    Alhey lwbi kan..masha allah keep up dear..?

    1. aish noor says:
      November 13, 2018 at 2:34 pm

      🙂 hehehe.. jazakillah khairan dear.. 🙂

  13. idiot says:
    November 13, 2018 at 10:28 am

    umm noor.. asslu aal furathama faharakah nunennu firimyhaa ey ebuny.. kurin dhuvahu ruka ge kaivenyah thayyaaru kurangos ves ruka kairy bunyennu thimannage firimyhaa ge faraathunney thimanayah enguny enme gaai ekuveriyaa kaiveni kuran ulhey kan ves.. so e vaany dhevana faharah dhw.
    btw story varah reethi ingey.. and this is my first comment for tthis story..

    1. aish noor says:
      November 13, 2018 at 2:37 pm

      yess dear.. aee aslu noor ah olhifa.. ekan handhaan nethigen ehen liyevifa e iny… sorry for that..
      jazakillah khairan dear.. 🙂 ehentha? congrats ingey.. 🙂

  14. Ishaan says:
    November 13, 2018 at 11:23 am

    maasha allah……mi part vx vrh hiyhama jehey….. dhen oii bayah inthixaaru kuramun midhanee….. noor kihineh mihaa reethi stry liyanee… mi stry mee ahannah fenunu emme reethi eh stry…btw i love to read n write stry…….

    1. Ishaan says:
      November 13, 2018 at 11:25 am

      hee nukurahchey mee boy eh kamah… im a girl n my real name is mamdhooha

    2. aish noor says:
      November 13, 2018 at 2:44 pm

      jazakillah khairan dear.. 🙂 vrh ufaavehje noor.. 🙂 alhey dear.. miee hama try kohlaa irah vaane kameh.. ginain story kieema ves dhas vaane hama story liyan.. noor dhaskuranee egothah.. story ginain kiyaigennaa hama liyegen.. hehe.. dear men ves alhe migothah try eh kohlabala.. in sha allah kaamiyaabu vaane.. 🙂 ehentha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 ehentha? mi site ah dear story nuliyantha? 🙂 ehn dhw? okay, ehnve noor ‘jazakillah khairan’ ey jahaafa e iny ingey.. mihaaru ingihje thiee girl eh kan.. 🙂

  15. Ishaan says:
    November 13, 2018 at 11:25 am

    hee nukurahchey mee boy eh kamah… im a girl n my real name is mamdhooha

  16. Nice says:
    November 13, 2018 at 11:42 am

    Maashallah ….. vvvv reethi .. vrh fahun noor ge vaahaka eiii mi kiyaalevunii hulhukolhahfahu… vvvvvvv inthixaaru kuran next part ah…

    1. aish noor says:
      November 13, 2018 at 2:46 pm

      jazakillah khairan dear.. 🙂 ehntha? vrh vrh vrh ufaavehje dear thihen bunelyma.. 🙂

  17. Reet says:
    November 13, 2018 at 11:50 am

    V reethi dhaaniyal ah dhera gotheh nulibi kaafa ge reyvun falha aruvala bala

    1. aish noor says:
      November 13, 2018 at 2:47 pm

      jazakillah khairan Reet dear.. hehe.. dhn vaagotheh balailamaa dhw.. 🙂

  18. Shadha says:
    November 13, 2018 at 12:16 pm

    Masha Allah ?? vv furihama mibaives,dhaanan ah dhera gotheh nahadhaathi. save,him

    1. aish noor says:
      November 15, 2018 at 10:54 pm

      jazakillah khairan dear.. vrh ufaavehje dear ah mi part kamudhiyaeema.. 🙂 ahaha.. balamaa dhw dhn vaagotheh.. 🙂

  19. Mal says:
    November 13, 2018 at 12:17 pm

    Oh my god….this part was like a surprise…..?????wow adhi kiriyaa mi inguny aalaa ah blush vaanves ingey kan…??????ehn faharu thakuga hunnany thunkolhu dhihkohgen viyya….?????alhe dhaan ah kihinehbaa evy!!!!?????noor sis plx don’t make dhaan to suffer anything bad…?????dhn avahah emyhun bust kohlaa….dhn aalaa v visnaane kanneynge dhaan nethiima….???????noor sis v bodah thanks ehaa bxy koh ulhemunves up kuraathy….????????☺☺sis sifakohfa hunna iru hyvany hama lolah fenna hen…i mean hyvany film eh balaaleveyhen….ehaaves furihama…❤❤❤❤❤❤specially dheeney kan kan v olhunfilaa sis ge vaahakathah keema…????thanks for that too….aslukohves sis vaahaka liyaaleh v nyc…????????????☺aslu kaaku inspire kohdhinii?????just asking ingey…??????plus adhi alakah noonehnu dhw aalaa firimeehaa ey bunii…kurin rukaa ge wedding ga ves bunyyehnu..,???☺????negative koh nunagahchey hama ethankolhu fenuniima bunelii…????lots of love ❤ ? ? ? ? ? ? ?

    1. aish noor says:
      November 13, 2018 at 2:54 pm

      jazakillah khairan dear.. 🙂 hehehe.. dear ge suvaalah kuriyah huri part thakun javaabu libeyne kamah noor mi balanee, in sha allah.. 🙂 kuriyah huri baithah kiyaaleema dhn vaagotheh ingigen dhaane, in sha allah.. ingey Mal. 🙂 hehe.. marhabaa dear.. ehentha? aslugaves vrh ufaavehje.. dear men thi dhey hiyyvarah noor ge faraathun varah bodah shukuriyyaa dear ashaa hurihaa kudhinnah ves… 🙂 anehkaa ves marhbaa ingey.. 🙂 jazakillah khairan dear.. 🙂 alhey.. hehe.. dear.. keekey bunaanee ves thi suvaalu ge javaabakah.. vaki khaassa meeheh noon.. stories ey buneveynee hama inspiration akee ves.. hehe.. noor kudairussure ves abadhuves vaahaka kiyaa vaahaka liyan.. aee noor ge hobby eh.. hehe.. dhn family supportive v ma noor ah ehaa faseyha ee.. al’hamdhulillaah.. 🙂 yeah, ethankolhu aee noor ah handhaan nethigen aslu.. ehn kurin liyevunu kan handhaan nethifa huryma alun ehn e liyevuny.. ekamahatakaa sorry ingey kudhinney.. alhey noor nunagamey ehves kuhjehge comment eh negative kosheh.. konme comment akee ves noor ah hama faidhaa vaa comment eh.. noor vrh ufaavey thikudhinge comment thah kiyaalaafa.. ithuru hiyyvareh libey.. al’ahmdhulillaah.. jazakumullah khairan everyone.. 🙂 vrh ufaavehje dear mn ethankolhu faahaga kohladhineema.. aww.. <3<3<3<3<3

  20. Kiyara says:
    November 13, 2018 at 1:09 pm

    Masha Allah sis. Mi part ves varah reeethi. Alhe dhen avah dhaan and aalaa gulhuvaba. I cant wait to see them together.

    1. aish noor says:
      November 15, 2018 at 10:55 pm

      jazakillah khairan dear.. 🙂 hehehe.. balamaa dhw dhn.. 🙂 keep waiting dear.. sabr is better.. 🙂

  21. Yameen says:
    November 13, 2018 at 1:56 pm

    Vaahaka liyaakah neyge meehi mee farah boli hilan dhiyayas maa ragalhu vaan3

    1. Anonymous says:
      November 13, 2018 at 2:20 pm

      Oh hello ehenvejeyaa thimyhaa dhaanvynu vaahaka liyan. Mi vaahaka akoo mi site ga mihaaru in enme reethi story. Thimyhaa ah mi stry hadiyya nukiyaany. Thihen writer aa dhmaa ah ehchihse nukiyeene??. Noor sis mi myhaa kiyaa ehchakah nubalaathi. Ure the best MSA. Dheeny vaahaka eh liyaathy hajam nuvegen e ulheny. Love ya noor sis♥️♥️♥️♥️????

    2. aish noor says:
      November 13, 2018 at 3:00 pm

      alhey dear.. noor ves qabool kuran noor akee story liyan emme molhu meehaa noon kan.. ehnve hama masahkaiyy kuranee mee improve kuran.. 🙂 jazakallah khair thi dhin hiyyvaruge bas kolhah.. hageegathuga noor ah hiyy varu libihje dear ge comment in.. 🙂 and yeah btw noor ah boli hilaakah ves neyngey.. ehn ma ekameh nukureveynennu.. 🙂 dear miee negative koh buni ehcheh noon ingey.. noor ah ekan kuran neyngeythy ehn mibunee.. 🙂 jazakallah khair Yameen.. 🙂 shukuriyyaa thi comment ah.. 🙂 maaiyy allah thibaa ah heyo rahmaiyy lavvaashi.. aameen.. adhi alhamen emmenge faafa fuhsavaa alhamennah heyo rahmaiyy lavvaashi.. aameen.. 🙂

  22. Noor fan says:
    November 13, 2018 at 2:32 pm

    Oh hello. Yameen akas ehen myhakas thikahal ehchihi nukiyeyne. Noor sis ah vaahaka liyan neygeyey thibuny kivvekan buneba enme first. Noor sis aky mi site ga huri emme molhu eh writer MSA thiulheny dheeny story eh liyaathy hajam nuvegen dhww. ???

    1. aish noor says:
      November 15, 2018 at 10:59 pm

      it’s ok dear.. eki kudhin dhekeynee eki gothakahnu dhw? khiyaalu thafaathu v ma ehn ves vaaneyey.. 🙂 vrh ufaavehje dear thi hury noor aa ekuga kan ingunyma… adhi dear thihaa supportive v ma vrh ufaavehje.. jazakillah khairan dear.. 🙂

  23. Beryl Stone says:
    November 13, 2018 at 3:52 pm

    Masha allah??vrh salhi mi bai???sis comment kuraa iru thi beynun kuraa sticker alhugandah fennaane gotheh bunevidhaane thr??LY sis ?????????

    1. Beryl Stone says:
      November 13, 2018 at 3:55 pm

      ok ingey dhn ?I mean I hav found the emoji

    2. aish noor says:
      November 15, 2018 at 11:00 pm

      jazakillah khairan dear.. vrh ufaavehje.. 🙂 ahaha.. ehn v ma okay dhw mihaaru? 🙂 awww.. <3<3<3<3<3

  24. ........... says:
    November 13, 2018 at 6:20 pm

    yameen furathama commment kollumuge kurin mi story ga story ga hunnan jehey bai thakin evves baeh madhu tho check kollumuge ithurah dhivehi bahuge gavaaidhuge evves baeh mahu tho elu mah fahu comment kollun edhen. hurihaa emmenakee furihama baeh noon. ehen veema mistakes thah ves hedheyne. ey ge maana eh noon e meeehaku ladhu gannaane fadha echchehi bunaashekey. so dhen faharaku comment kollumuge kurin visnaalun edhen

    1. aish noor says:
      November 15, 2018 at 11:02 pm

      aeekey massala eh noon ingey dear? 🙂 eki kudhinnah kamudhaanee eki story ehnu dhw? ehn ve kamah ves vedhaanennu.. ehn ves vaaneyey.. ehaa bodah alhaalaa ehcheh noon ekahala kan kamaa.. 🙂 btw vrh ufaavehje noor ah dear thi dhin support ah.. noor aa eky dear huri kan engunyma vrh ufaavehje.. jazakillah khairan.. 🙂 vrh vrh bodah.. 🙂

  25. mishy says:
    November 13, 2018 at 6:35 pm

    alheyyyy… noor vrh vrh bodah sry ngh…??? vrh dhuas vhje dhwh mishy ah cmnt eh s kh nulevey thr.. ahr ge fahu kolhu v ma tst thakr ehchis hurym vrh bx.. sry ngh..btw hurihr prt eh s regular kh kyn.. nd abadh s waitt kureveyy mi vhk ah.. noor ge sifa khdhinun s vrh salhi..???? ham hyvany film eh balr leveyhn.. mhr aal s dhaan like vrn feshy dhwh.. dhn e dhemhhun hulheyne irakh waitt kureveny.. ekm dhaan ah khnh hedhybaa e…??? nd e kn kurn ulhey myhaky shaziyyaa r manik knnge.. i guess ngh.. dhaan kidnap kury thr mhr? plx plx.. dhaan ah dhera gothh nuhadhhcheyy… mi vhk vrh vrh lwbi..????? maiyy allah noor ge mi masakkathuga barakaaiyy lavvrshi.. waitin for the next prt ngh.. nd vrh vrh vrh bodah sry cmnt nukh mihr gina dhuas v ma..☹☹☹. btw stry ham obi ngh..❤❤❤❤❤

    1. aish noor says:
      November 13, 2018 at 11:13 pm

      alhey dear it’s ok… al’hamdhulillaah, mihaaru dhima ves vehjeyehnu dhw? 🙂 ehn ves vaane.. noor ves break eh negymey edhuvaskolhu.. 🙂 jazakillah khairan mishy.. ehntha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 hehehe.. dhn balamaa dhw vaagotheh.. 🙂 maaiyy allah dear ge faafa fuhsavaa heyo rahmaiyy lavvaashi ..aameen.. 🙂

  26. Someone? says:
    November 13, 2018 at 7:18 pm

    Yessss. Last part ah comment nukurevunee sorry ingey. Kudakoh busy koh ulhefa free veleema dhe part ves ekkoh kiyaalaafa comment kollanee mi.?
    Alheyyy Dhaan ge patient ah dhehki vaahaka thah kiyaalaafa rovijjje. Someone ves beynunvanee in sha allah gina meehunnah help vedhevey kahala job akah dhaan.?
    Alhey kaaku tha miulhenee dhaan ge life ah vannan vegen. Ehnn nuhadhaane ey. Emeehaa ah kon kameh tha rangalhah libeyynee ekan kohgen? ekan kuran ulheyy meehaa ah visnadheebaa noor sis??
    Varahhh lwwwwwbi aalaa aa dhaaan aa mihaaru. Alheyy the kisss. I can imagine how it happened. Ehaa furihama sifa kurun thah. Ma Sha Allah.?
    Thi kuraa masahkathuga maaiy allah barakaaiy lahvaashi. Aameen?
    You are the best noor sis. Update as soon as possible. Ly?☺

    1. aish noor says:
      November 13, 2018 at 11:16 pm

      it’s okay dear.. hama ehves massala eh noon aeeky.. 🙂 ehn ves vaaney ingey.. ehntha? in sha allah dear ah ves hama veveyne ingey ekahala kuhjakah, in sha allah.. keehve nuveveyne v? kuda hiyyvareh kohlanikoh dear ah ves hama ekan kaamiyaabu vedhaane, in sha allah.. 🙂 maaiyy allah thibaa ah kaamiyaabee minvaru kohdhevvaashi.. aameen.. 🙂 ahaha.. kaakubaa dhw aee.. balamaa dhn.. 🙂 hehehehe.. jazakillah khairan dear.. 🙂 maaiyy allah thibaa ge faafa fuhsavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂 aww.. vrh vrh vrh ufaavehje dear thihen bunelyma.. 🙂 <3<3<3<3

  27. aaff says:
    November 13, 2018 at 10:16 pm

    Kobaa next part?
    Can’t waittttttt?
    Noor dear pls ?

    1. aish noor says:
      November 13, 2018 at 11:17 pm

      mihaaru up vefa innaane ingey dear.. 🙂 avahah kiyaalaa.. 🙂

  28. Gud❤ says:
    November 14, 2018 at 6:56 am

    Vvv nice mi part… maashallah… feshuniisure kiyaaliiima igunii miee vrh reethi vaahaka eii kn…

    1. aish noor says:
      November 15, 2018 at 11:03 pm

      jazakillah khairan dear.. 🙂 ehentha dear? vrh vrh vrh ufaavehje dear ah mi story kamudhiyaeema.. 🙂

Comments are closed.

Next Episodeދުޢާ 33←


All Right Reserved!