Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 33

hygge Level 510 Stories100 Comments100 Login500 Comments
November 13, 2018 6 Mins Read
31 Comments

ނަފްސާނީ ބައްޔާއި ގުޅޭގޮތުން އިން އާޓިކަލް އެއް ކިޔަން އާލާ އިނީ އެނދުގެ ހެޑްބޯޑުގައި ލައްވެލައިގެން އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެންނެވެ. އަދިވެސް ދާނިޔަލް ގެއަކަށް ނާދެއެވެ. އަނެއްކާ ގެއަށް ނައިސް ދާނިޔަލް ހޮސްޕިޓަލަށް ދިޔައީކީ ނޫން ބާވައެވެ؟ “އާން ތެދެކޭ ދޯ.. ކޮންމެސް އިވެންޓެއްގެ ވާހަކަ މިއަދު ކީ.. ވެދާނެ އެކަމަށް ރެޑީވާން ހޮސްޕިޓަލުގަ އުޅެނީ ކަމަށްވެސް.. ދެން އަންނާނެތާ ނިމުނީމަ ގެއަށް.. އެހެން ނޫނަސް އަހަރެން ކީއްކުރަން އޭނާ ގެއަސް ނައީމަ މިވަރަކުން އުޅެންވީ؟” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އާލާ އެ އިން ގޮތަށް އިނެވެ. އޭނާގެ ދެލޮލަށް ނިދި ސަވާރުވެ އެ ނިދީގެ ތެރެއަށް ގެނބުނީވެސް އެ އިންގޮތަށް އިންދައެވެ.

“އާހް…” ރޭގަނޑުގެ އެ އަނދިރި ވަގުތު އެއްވެސް އަލިކަމެއް ނުވާ ކޮޓަރިއެއްގެ ތެރޭގައި އިން ގޮނޑިއެއްގައި ދާނިޔަލް އިނީ އައްސައިފައެވެ. އޭނާއަށް ހޭވރިކަންވީ މީހަކު އައިސް މޫނުމައްޗަށް ފެން އެއްޗެއް ޖެހުމުންނެވެ. “ކާކު؟” ހިތްވަރު ކޮށްލައިފައި ދާނިޔަލް އަހާލިއެވެ. އޭނާ ދިޔައީ އެތަނުން ސަލާމަތް ވެވޭތޯ އިންތިހާއަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގޮނޑިއާއި އެކީ ދެއަތުގައި އައްސާފައިވާ ފަލަ ވާގަނޑުގެ ސަބަބުން އޭނާއަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

***5 ގަޑި އިރު ކުރި***

ޢަސުރު ނަމާދުން ފައިބައިގެން ދާނިޔަލް ހިނގާލައިފައި ދިޔައީ ގެޔަށް ދިޔުމަށެވެ. ނަމަވެސް ހަވީރުގެ ހިތްގައިމު ވަގުތަށް ވީތީ އެވަގުތުގެ އުފާ ހޯދުމައްޓަކައި ދާނިޔަލް އާޓިފިޝަލް ބީޗާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅިތަކުގެ ސަބަބުން އޭނާ ލައިގެން ހުރި ގަދަ އަޅިކުލައިގެ ޓީޝާޓު ހުރީ އެ ކަސްރަތީ ހަށިގަނޑުގައި ހިފާލައިފައެވެ.

އިރުކޮޅެއްގައި އެތާ މަޑުކޮށްލައިގެން ހުރުމަށްފަހު ގެއަށް ދިޔުމަށްޓަކައި ދާނިޔަލް މިސްރާބު ޖެހިއެވެ. ހަނި ގޯޅިއަކުން އަޅާލައިގެން ހިނގަމުން ދިޔަ ދާނިޔަލް ވަކި ހިސާބަކުން ހުއްޓިލުމަށްފަހު ފަހަތް ބަލައިލީ މީހަކު ފަހަތުން އަންނަކަހަލަ އިޙުސާސެއް ކުރެވިގެންނެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއްވެސް މަގުމަތިން ނުވެއެވެ. އެއީ އާނމުކޮށް މީހުން ހިނގާ ނޫޅޭ މަގަކަށް ވާތީ ކަމުގައިވެސް ވެދާނެއެވެ.

ކޮންމެޔަކަސް ދާނިޔަލް އަނެއްކާވެސް ކުރިޔަށް ހިނގައިގަތެވެ. ގޯޅިން ލަނބާލަން އުޅެނިކޮށް އޭނާގެ ފިޔަވަޅުތައް ބިމުގައި ހަރުލީ ބޮލުގައި ބާރު އެއްޗަކުން ޖެހުމުންނެވެ. އުނދަގުލުން ފަހަތް ބަލައިލި އިރު ފިރިހެނަކު ދަގަނޑު ބުރިއެއް ހިފައިގެން ހުއްޓެވެ. ދާނިޔަލްއަށް އެއީ ކާކު ކަމެއް ނޭނގުނެވެ. ބޮލުގައި އަތް އަލާލައިގެން ހުރި ދާނިޔަލްގެ ދެލޯ ފުސްވަމުން ގޮސް ބިންމައްޗަށް ޖެހުނު އިރު އޭނާގެ ގައިގައި ހެޔެއް ނެތެވެ.

***

ދާނިޔަލްއަށް ހޭލެވުނު އިރު އިނދެވުނު ތަނުގެ ސަބަބުން އޭނާ ފުން ނޭވާތަކެއް ލަމުން ވަށައިގެން ހޯދަން ފެށިއެވެ. “ކާކުހޭ..” ކުރިމަތީގައި މީހަކު ހުރިކަން އެނގުނު ނަމަވެސް އަނދިރިކަމުން ކާކުކަމެއް ނޭނގެއެވެ. އެމީހަކު ޖަވާބު ނުދިނުމުން ދާނިޔަލް ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. ދަތްކުނޑި ވިކާލައިފައި ހަޅޭތް ލަވައިގަތީ އެހެންވެއެވެ. ނަމަވެސް ވީކަމެއް ހަރާމެވެ. ބާރުބާރަށް ނުލަފާ ހިނިގަނޑެއް ޖަހާލުމަށްފަހު އައިސް އެމީހާ ދާނިޔަލް ގާތު ހުއްޓުނެވެ. ކިފުޅިގަނޑެއްހެން އޮތް އެމީހާގެ ބުޅި އަދި ހަޑި ހަޑި އިސްތަށިގަނޑު ކޮނޑާއި ހަމައަށް އޮތް އިރު ކަންފަތުގައި ބޮޅު ލައިފައި ހުއްޓެވެ.

ކަރުގައި އެކި ވަރު ވަރުގެ ޗޭނު ފަތިތަކެއް އަޅައިފައި ހުރި އިރު އަތްވެސް އޮތީ އެފަދަ ޙާލެއްގައެވެ. ބުމައާއި ނޭފަތުގައިވެސް ބޮޅު ލައްވާފައި ހުރި އިރު ލައިގެން ހުރީ ގޯންޏެއްހެން އޮތް ބޮޑު ބޮޑު ޓީޝާޓެކެވެ. އެޔާއި އެކު އޭނާ ތިރިން ލައިގެން ހުރި ޖީންސް ބޭލިފައި އޮތްލެއް ބޮޑުކަމުން ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެ ހެންނެވެ. މީހާ ހުރިލެއް މުޑުދާރުކަމުން ފަކުރުގަންނަހާ ވެއެވެ. މިއިން ދުވަހަކު އޭނާ ފެންވެރިކަމެއްވެސް ނޭނގެއެވެ. “މަ މީ ކާކު ކަމެއް ކަލެއަކަށް ނޭނގޭނެ.. ދެން ބުނުމުގެ ބޭނުމެއް ނެތެއްނު.. ބުންޏަސް އެނގޭނީކީ ނޫން..” އެމީހާގެ ބަރު އަޑުން ބުނެލި އިރު އަޑުގައި އެކުލެވިގެންވަނީ މަލާމާތެވެ.

“އަހަންނަށް ކަލޭ ނޭނގޭ އިރު ކަލޭ މަ މިތާ ބޭންދުމުގެ ބޭނުމެއް އެބޮތްތަ؟ ކީއްކުރަން މަ މިތަނަށް ގެނައީ؟ ދޫކޮށްލާ ހަމަ މިހާރު..” އެމީހާގެ އަޑުގައި ވީ މަލާމާތުން ދާނިޔަލްގެ ރުޅި ހައްތަހާ ގަދަވާ ގޮތް ވިއެވެ. “އޭތް.. ކަލޭގެ އަޑު މަޑުކުރޭ.. މަގޭ ކުރިމަތީގަ މާ އަޑު ހަރު މީހަކަށް ވެގެން އުޅޭނެ ކަމެއް ނެތް.. ކިތަންމެ ވަރަކަށް ހަޅޭތް ލެވިޔަސް ކަލޭ ސަލާމަތްކުރަން އަންނާނެ މީހަކު ނުވާނެ.. އެހެންވީމަ ރަނގަޅުވާނީ ކަރުން ހަން ނުދަނީސް މައިތިރި ވިއްޔާ..” އެމީހާގެ ބަރު އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައީ ބޮމެއް ގޮއްވާލާހާ ބާރަށެވެ.

އެއިރުވެސް ދާނިޔަލް ދިޔައީ ސަލާމަތްވެވޭތީ އެތަކެއް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ ވާގަނޑު އައްސާފައި ހުރީ އެޔަށްވުރެ މާ ބާރަށެވެ. “ގުޑް ނައިޓް.. ނިދާލާ ދެން.. ކަލޭ ކިތަންމެ ގެއަށް ދާން ބޭނުންވިޔަސް މިއަދު ފޮނުވާހިތެއް ނެތް.. އެހެން ވީމަ ހަޅޭތް ނުލަވާ މަޑުން އިނދޭ..” ދާނިޔަލްއާއި ދިމާލަށް ގުދުވެލުމަށްފަހު ދަތްކުނޑި ވިކާލައިފައި އެމީހާ ބުނެލިއެވެ. އެޔަށްފަހު ބާރުބާރަށް އެ ކުޑަ ކޮޓަރީގެ ދޮރު ޖަހައިފައި އެތަނުން ނިކުމެގެން ދިޔައެވެ.

ދާނިޔަލްގެ އަތް ގުޑުވި ވަރަކަށް އެ އަތުގައި އަޅަމުންދިޔަ ވޭން ބޮޑުވަމުން ދިޔައެވެ. ހަންގަނޑު ހަލާކުވެ އަތުންލޭ ހިލެމުން ދިޔައެވެ. ނަމަވެސް އޭނާގެ މަސައްކަތް ހުއްޓާލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. “އާހް..” އަޑުގެ ކޮޅަށް ހަޅޭތް ލަވައިގަތުމަށްފަހު ދާނިޔަލް މައިތިރިވީ ވަރުބަލިވެގެންގޮހެވެ. އެއިރު ބޮލުގައާއި އެއްވަރަށް އަތުގައިވެސް ވޭން އަޅަމުން ދިޔައެވެ.

“އާލާ..” ވަރުބަލިވެގެން ގޮނޑީގައި ބޯ އަޅާލައިގެން އޮތް ދާނިޔަލްއަށް ދެލޯ ބޮޑުކޮށްލުމަށްފަހު ހަށިގަނޑު ތެދުކޮށްލެވުނީ އާލާގެ ޚިޔާލު ސިކުނޑިއަށް ވެރިވުމުންނެވެ. އެ އަންހެން ކުއްޖާ އެކަނި އެޔޮށް ބޮޑު އެޕާޓްމެންޓް ތެރެއަށް ދޫކޮށްލައިފައި އައިސް އޭނާ އަށް އިންނަން މިޖެހުނީ ބައެއްގެ އަތްދަށުގައި ހައްޔަރުވެފައެވެ. އާލާއަށް ކަމެއް ވެއްޖެނަމަ އޭނާ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ އާލާއަކީ ހަމަ ގައިމުވެސް މިހާރު އޭނާގެ ބެލުމުގެ ދަށުގައި ހުރި އަންހެން ކުއްޖެކެވެ. ކޮންފަދަ އަނިޔާވެރި ދުނިޔެއެއް ހެއްޔެވެ؟

އޭނާއަށް މިޖެހުނީ ކިހާ ނިކަމެތި ޙާލެއް ހެއްޔެވެ؟ އަމިއްލަ މީހާގެ ނިކަމެތިކަމާހުރެ ދާނިޔަލްއަށް ހިތާހިތުން ޝަކުވާ ކޮށްލެވުނެވެ. ދެލޮލުން ކަރުނަ ހިލިގެން ދިޔަ ނަމަވެސް އެއީ އޭނާގެ ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން އައި ކަރުނައެއް ނޫނެވެ. އާލާގެ ހާލާމެދު ހަމްދަރުދީވެމުމުން އެހިތަށް ކުރި އަސަރު މާ ބޮޑެވެ. ހިތާހިތުން ދާނިޔަލް ދުޢާ ކޮށްލީ އާލާ ހެޔޮ ޙާލުގައި ލެހެއްޓެވުމަށް އެދިއެވެ. އަދި އޭނާ އަވަހަށް އެތަނުން ސަލާމަތްވުން އެދިއެވެ.

***

ހެނދުނުގެ ހިތްގައިމު ވަގުތެވެ. ދެލޯ އުނގުޅާލުމަށްފަހު އެނދުން ތެދުވެ އާލާ އާފުރިލިއެވެ. ނަމަވެސް ހައިރާންވީ ދާނިޔަލްގެ ހިލަމެއްވެސް ނުވުމުންނެވެ. މިއަދު އަނެއްކާ އޭނާ ދުވަން ދިޔައީ ބާވައެވެ؟ ކުއްލިއަކަށް އާލާގެ ހަނދާނަށް އައީ މިއަދު މީ ދާނިޔަލްގެ މެންދުރު ޑިއުޓީ އޮންނަ ދުވަސް ކަމެވެ. ރަނގަޅަށް ވިއްޔާ އޭނާ ދުވަން ދިޔައީ އެވެ. މޯޅިއަކަށް ދެމިލުމަށްފަހު އާލާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ރޭގައި އެ އިންގޮތަށް އިނދެ ނިދުމުން ކަރަށް ތަދުވަމުން ދިޔައެވެ. ތެފަރާތަށް ކުޑަކޮށް ބޯ އަރިކޮށްލާފައި ކަނދުރާގައި އަތް އަޅުވާލައިގެން ހުރެ އާލާ ފާޚާނާއާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ފެންވަރާލައިގެން ނިކުމެ އާލާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. މަދުމަދުން ބަދިގެއަށް ވަންނަން ފެށުމުން މިހާރު އޭނާ ކަންކަން ކުރާހިތްވެސް ވެއްޖެއެވެ. ކަޅުކުލައިގެ ދިގު ޓައިޓަކާއި އަޅިކުލައިގެ ހޫޑީއެއް ލައިގެން ހުރި އިރު އާލާގެ ފަންބޯ އިސްތަށިގަނޑު އިނީ ހަމައެކަނި އައްސާލައިފައެވެ. އެހެންކަމުން އޭނާގެ ދޮން ކަނދުރާ އޮތީ ހާމައަށެވެ. ފޯނުން އިންޓަރނެޓަށް ވަނުމަށްފަހު ހެނދުނު ސަޔަށް ތައްޔާރު ކުރާނެ އެއްޗެއް އޭނާ ސާޗްކޮށްލިއެވެ. އެޔަށްފަހު މަސައްކަތް ފަށައިގަތެވެ.

އެތަށް އިރެއް ފަހުން ނުހަނު ބުރަކޮށް އުޅެ އާލާ ހެނދުނުގެ ސައި ތައްޔާރުކޮށް ނިމުނު އިރު އޭނާގެ ނިތްކުރިން ވަނީ ދާހިތްލާލައިފައެވެ. އާލާ ގަޑިން ވީވަރެއް ބަލައިލުމަށްޓަކައި ފޯނު ހުޅުވާލިއެވެ. މިހާރު ހެނދުނު ނުވައެއް ޖަހަނީއެވެ. އަދިވެސް ދާނިޔަލް ގެއަށް ނާދެއެވެ. އާލާއަށް މިއަދު މާވަރަކަށް ދާނިޔަލްއަށް އިންތިޒާރު ކުރެވެނީ ކީއްވެހެއްޔެވެ؟ އާލާ ދެފަރާތަށް ބޯ ހުރުވާލިއެވެ. “އަހަރެން ދާނިޔަލްއަށް މި ގުޅަނީ ކޮންމެހެން އޭނާ ނައިސްގެން މާ ކަންބޮޑުވެގެނެއް ނޫން..” އަމިއްލަ ނަފްސަށް ވިސްނައިދެމުން އާލާ ދާނިޔަލްއަށް ގުލާލިއެވެ. ރިންގުވެގެންގޮސް ކެނޑުނު އިރުވެސް ދާނިޔަލް ފޯނެއް ނުނެގިއެވެ.

އާލާ ދެބުމަ ގޮށްޖަހާލަމުން އަނެއްކާވެސް ދާނިޔަލްއަށް ގުޅިއެވެ. ބަދަލެއް ނުފެނުނެވެ. ދާނިޔަލް ފޯނު ނުނެގުމުން އާލާ ރުޅިގަދަވާ ގޮތްވިއެވެ. “ދާނިޔަލް ފޯނު ނުނަގާ ކީއްތަ މިކުރަނީ؟” ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ އާލާ ދާނިޔަލްއާއި ދިމާލަށް ކުދިކިޔަމުން ދިޔައެވެ.

އޭނާ ކުރި މަސައްކަތަށް ކުރިއެރުމެއް ނުލިބުމުން އާލާ ފޯނު މޭޒުމަތީގައި ބާއްވާފައި އައިސް މޭޒުކައިރީގައި އިށީނދެ ސައިބޯން ފެށި އިރުވެސް އިނީ ތުންކޮޅު އޫކޮށްލައިގެންނެވެ. އެހާ ބުރަކޮށް ދާނިޔަލްއަށް ސައި ހަދައިދިނުމުން އޭނާ އާލާގެ އެންމެ ކޯލެއްވެސް ނުނެގިވިއްޔާއެވެ. “ދުވަހަކުވެސް ދެން ދާނިޔަލްއަށް ރަނގަޅަށް ކަމެއް ނުކޮށްދޭނަން.. އެވަރަށް ގުޅީމަ ފޯނު ނަގައިފަ ބިޒީ ވިއްޔާމު ބިޒީއޭ ބުނެލަންވެސް ރަނގަޅެއްނު.. ދެން ގެއަށް އައިއްސަ އަދި ކިޔާނެ ބޭބިޝް އާލް އޭ.. ހުއް.. ފޮނިބޮކި..” އާލާ ކުދިކިޔަމުން ސައިބޮމުން ދިޔައެވެ. ޤަބޫލު ކުރަން ބޭނުން ނުވިޔަސް އޭނާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ. އެ ނުތަނަވަސްކަމުގެ މައްޗަށް އާލާ އަމިއްލައަށް އެ އުޅެނީ ރުޅި އިސްކޮށްގެންނެވެ.

***

ދާނިޔަލް އުނދަގުލުން ލޯ ހުޅުވާލީ އޭނާގެ ފޯނު ރިންގުވާ އަޑު އިވިގެންނެވެ. ދާނިޔަލް ތެޅިގަތުމަށްފަހު އަވަސްވެ ގަތީ ފޯނު ނެގޭތޯއެވެ. ފޯނު ޖީބުގައި އޮތުމީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އަތް ނުފޯރި ނަމަވެސް އަތަށް ބާރު ކުރަމުން ދާނިޔަލް އޭނާގެ ޖީބާ ހަމައަށް އަތް ފޯރުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ފޯނު ރިންގުވެގެން ގޮސް ކެނޑުނު އިރުވެސް ދާނިޔަލްއަށް މަސައްކަތް ކާމިޔާބުވާގޮތެއް ނުވިއެވެ. ތިންވަރަކަށް ފަހަރު ގުޅުމުންވެސް ކަންތައް ވީ ހަމަ އެހެންނެވެ. ދާނިޔަލްއަށް މާޔޫސްކަން ވެރިވީ އެ ހުރިހާ ފަހަރު ގުޅުމުންވެސް އޭނާއަށް ފޯނު ނުނެގުމުންނެވެ. ކަރު އެލުވާލަމުން ދާނިޔަލް އިސް ޖަހާލި އިރު އާލާގެ ހަނދާންވެފައި ދެލޮލުން ވެއްޓުނު ކަރުނަ ތިކި ގޮސް އޭނާ ލައިގެން ހުރި ނޫކުލައިގެ ފަޓުލޫނަށް ފޭދުނެވެ.

އޭނާއަށް އެވަގުތު ލިބިފައިވީ ދެރައިގެ މައްޗަށް އިސްކުރެވުނީ ރުޅިއެވެ. ސަލާމަތްވާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ނަމަވެސް ބާރަށް ހަޅޭތް ލަވައިގަނެފައި ގޮނޑި ތަޅުވަމުން ދިޔައެވެ. ވަރުބަލިވެގެން ގޮސް ދާނިޔަލް ގޮނޑީގައި ބޯ އަޅާލުމަށްފަހު ދެލޯ މަރާލިއެވެ. ހަށިގަނޑުގައި އިންތިހާއަށް ވޭން އަޅަމުން ދިޔަ އިރު މަރާލައިފައި އޮތް ދެލޮލުގެ ކަނުން ކަރުނަ ތިއްކެއް ވެއްޓިގެން ދިޔައެވެ. ދާނިޔަލް އެހާ ހިތްބަލިވީ ކޮން އިރަކު ހެއްޔެވެ؟ އެހާ ފިނޑި މީހަކަށް ވެގެން އޭނާއަށް މިކަމުން ސަލާމަތް ވެވޭނެ ހެއްޔެވެ؟ ދާނިޔަލްގެ ހިތް އޭނާއަށް ބުނަމުން ދިޔައެވެ.

ކުއްލިޔަކަށް ދެލޯ ހުޅުވާލި އިރު އެ ދެލޮލުގައި ވަނީ މުޅިން އާ ދިރުމެކެވެ. ކޮންމެ ގޮތެއް ވިޔަސް ވަރިހަމައެވެ. އޭނާ އިޚްތިޔާރު ކުރާނީ ކެތްތެރިކަމެވެ. ﷲ ވޮޑިގެންވަނީ ކެތްތެރީންނާއިއެކުއެވެ. ކިތަންމެ ދުވަހެއްވިޔަސް ކެތްތެރިވާނެއެވެ. ﷲ އިރާދަފުޅުން އަދި އޭނާއަށް މިކަމުންވެސް ސަލާމަތް ވެވިދާނެއެވެ. ﷲމަތިން ހަނދުމަ ކޮށްލަމުން ފުން ވިސްނުމަކަށް ގެނބެމުން ދިޔަ ދާނިޔަލް ސިހުނީ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަތް ދެމީހުން ފެނިފައެވެ. ރޭގައި އައި ފިރިހެން މީހާއާއި އެކު އަދި އިތުރު މީހަކު މިއަދު އެބަހުއްޓެވެ. އެއީވެސް ހަމަ އަނެއް މީހާއެކޭ އެއްފަދައިން ބޯ ދިގުކޮށްފައި ޗޭނުފަތިތަކެއް އަލައިގެން ހުރި މީހެކެވެ.

“ބަނޑުހައިވެފަ ހުރެދާނެތީ ކާނދޭން މި އައީ..” ދާނިޔަލްގެ އުނގަށް ހެދިކާ ކޮތަޅެއް އެއްލަމުން އެމީހާ ބުނެލިއެވެ. ދާނިޔަލް ހައިރާންވީ އޭނާއަށް ކާއެއްޗެހި ގެނެސްދިނުމުންނެވެ. އޭނާ ހީކުރީ އޭނާ އެ ކުޑަ ކޮޓަރިގަނޑުގެ ތެރޭގައި އެމީހުން ގެންގުޅޭނީ ކާންވެސް ނުދީ ކަމަށެވެ. ނަމަވެސް އެވަރުންވެސް ފުއްދާލަމުން ދާނިޔަލް ހިތާހިތުން ﷲ އަށް ޙަމްދުކޮށްލިއެވެ. “ކާންދޭންތަ ތި އައީ ނޫނީ މަ ދަހިކުރަންތަ؟ ބަލަ މި ދެއަތް ނައްޓުވައިދިނީމައެއްނު މަށަށް އެއްޗެއް ކެވޭނީވެސް..” ދެލޯ އަޅާލުމަށްފަހު ދާނިޔަލް ހަރުކަށި ރާގަކަށް ބުނެލިއެވެ.

“ހަހަހަހަ.. މަ ބިރުގަންނާނެ ކަމަށްތަ މާ ރުޅި އައިސްގެން ތި ވާހަކަ ދައްކަނީ..  ޗިލް، ބްރޯ ޗިލް… ބްރޯ މަވެސް އެހާ މޮޔައެއް ނޫން އިނގޭ ހަމަ ކަލޭ ބުނެލާއިރަށް ދެއަތް މިނިވަން ކުރާކަށް.. ރިޒާ.. ދޭބަލަ އޭނާ އަނގަޔަށް އެއިން އެއްޗެއް ލަވައިދޭން..” “އޯކޭ ޝިޔާމް..” ޝިޔާމް އޭނާ ގާތުގައި ހުރި ރިޒާއަށް އަމުރުކޮށްލިއެވެ. އެހިނދު ރިޒާ ކުރިއަށް ޖެހިލަމުން ދާނިޔަލްގެ އުނގުގައި އޮތް ކޮތަޅު ނެގިއެވެ. އެޔަށްފަހު އެއިން އެއްޗެއް ނެގުމަށްފަހު ދާނިޔަލްގެ އަނގަޔަށް ގަދަކަމުން ކޮށްޕާލިއެވެ. ދެން އަނެއް އެތި ނެގުމަށްފަގު ސިކުންތެއްވެސް ދޫ ކުރުމެއްނެތި ދާނިޔަލްގެ އަނގަޔަށް ލާން އުޅުނެވެ. އޭނާ މޫނު އަނބުރާލުމުން ރިޒާ ހިފީ ދާނިޔަލްގެ ކޮލުގައެވެ.

ރިޒާ ކަންތައްކުރަމުން ދިޔަ ގޮތުން ދާނިޔަލް ކޮށި އަރާ ގޮތްވިއެވެ. “އަން..” ޝިޔާމް ރިޒާއަތަށް ފެންފުޅިއެއް އެއްލިއެވެ. އެހިނދު އޭގެ މަތި ނެގުމަށްފަހު އެ ފެންތައް ޖެހީ ދާނިޔަލްގެ މޫނު މައްޗަށެވެ. ދާނިޔަލްއާއި މެދު ކަންތައްކުރަމުންދިޔަ އިހާނެތި ގޮތް ފެނިފައި މަންޒަރު ބަލަން ހުރި މީހެއްގެ ހިތަށްވެސް އަސަރު ކުރާހާ ވެއެވެ.

“ހެޔޮނުވާނެ.. އަހަރެން މިހެން ބޭންދުމުން ކަލޭމެންނަށް ވަނީ ވަކި ކޮން ފައިދާއެއްތަ؟ އަހަންނަށް އިނގިގެން ހަމަ ގައިމުވެސް ތިއިން އެކަކަށްވެސް ނީންނާނެ ގެއްލުމެއް ދީފަ.. ނޭނގި ގެއްލުމެއް ދެވިފައި ވީނަމަވެސް އަހަރެން ނިހާޔަތަށް މަޢާފަށް އެދެން..” ދާނިޔަލް އާދޭހާއި އެކު ބުނެލި ނަމަވެސް އެއިން އެމީހުންނަށް އަސަރު ކުރާނެ ހެއްޔެވެ؟ ޝިޔާމް އާއި ރިޒާ އެކަކު އަނެކަކަށް ބަލައިލައިފައި ނުލަފަ ފާޑަކަށް ފެށީ ހޭށެވެ. އެޔަށްފަހު ދާނިޔަލް ގޮވަ ގޮވާ އޮއްވާ އެ ކޮޓަރިގަނޑުތެރެއަށް ދާނިޔަލް އެކަނި ދޫކޮށްލުމަށްފަހު ދެމީހުން ދިޔައީއެވެ.

“ބޮސް.. ހުރިހާ ކަމެއް ދަނީ ރަނގަޅަށް.. ޕޭމެންޓް ހަމަޖައިސައިދޭންވާނެ އެހެންވީމަ..” އެކޮޓަރިގަނޑުން ބޭރަށް ނިކުތުމަށްފަހު ޝިޔާމް ކޮންމެވެސް މީހަކަށް ގުޅާލައިފައި ބުނެލިއެވެ. އެޔަށްފަހު އޭނާ ފޯނު ކަންފަތާއި ދުރުކޮށްލުމަށްފަހު ރިޒާއަށް ބަލައިލަމުން ނުލަފާ ފާޑަކަށް ހިނިތުންވެލިއެވެ. “މީނާ ދޫވެސް ކުރާނެ ކަމެއް ނެތެއްނު.. އޭނާ ދޫނުކޮށް ބަހައްޓާ ކޮންމެ ވީކަކަށް އަހަރެމެންނަށް ލިބޭނެ ވާހަކަ އެބުނީ.. ރަނގަޅަށް ބަލަންވާނެ މީނާއަށް ނުފިލޭތޯ..” ހިނގައިގަންނަމުން ޝިޔާމް ބުނެލި އިރު އޭނާގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ.

***

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ސިޓިންގްރޫމު ސޯފާގައި އިން އާލާ އިނީ ނުތަނަވަސްވެފައެވެ. ދާނިޔަލް ގެއަށް އައުން ލަސްވީވަރަކަށް އޭނާގެ ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. ކިތަންމެ ނުވިސްނަން އުޅުނަސް އޭނާގެ ސިކުނޑީގައި ރަސްކަން ކުރަމުން ދިޔައީ ދާނިޔަލްގެ ޚިޔާލުތަކެވެ. މިހާރު އެތަށް ފަހަރެއް މަތިން ދާނިޔަލްއަށް ގުޅިއްޖެއެވެ. އަދިވެސް ޚަބަރެއް ނުވެއެވެ. އަނެއްކާ ދާނިޔަލްއަށް ބޮޑުކަމެއް ވީބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް މިއަދު އޭނާ ގައިގައި ހޮސްޕިޓަލަށް ދާނެހާ ހިތްވަރެއް ނެތެވެ. އެހެންކަމުން ހޮސްޕިޓަލަށް ގުޅުމަށްފަހު އޭނާ މިއަދު ނުދާނެކަމަށް ބުނަމުން އެޕޮއިންޓްމެންޓްތައް ކެންސަލް ކޮށްލިއެވެ.

ނުތަނަވަސްވެފައި އިން އާލާ ސިހިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށެވެ. އޭނާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވެގެން ދިޔައީ ބޭއިޚްތިޔާރުގައެވެ. ބާރުބާރަށް ހިނގާލައިފައި ގޮސް އާލާ ދޮރު ހުޅުވާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 12

Next

މާފްކުރާށޭ ކަލާ 6

Next
November 14, 2018

މާފްކުރާށޭ ކަލާ 6

Previews
November 13, 2018

ހޯދޭތޯ މަންޒިލެއް… 12

31 Comments!

  1. Wanderlust says:
    November 13, 2018 at 11:16 pm

    This is so Maasha Allah..
    when next part?

    1. aish noor says:
      November 13, 2018 at 11:21 pm

      jazakillah khairan dear.. 🙂 maadhamaa, in sha allah.. ekam aee noor free viyyaamu ingey dear.. 🙂

  2. aish noor says:
    November 13, 2018 at 11:20 pm

    assalaamu a’laikum my dear readers.. 🙂 miothee vaahakaige 33 vana bai.. las v kamashaa adhi mi part kuru v kamahtakaa nihaayathah ma’aafah edhen.. 🙁 ekam ves al’hamdhulillaah up kurevihje mi part.. ummeedhu kuran thikudhinnah mi part kamudhaane kamah.. 🙂 ham kuriekey ehgothah mi part in ves mistakes faahaga vaanama noor ah buneladhehchey ingey kudhinney.. 🙂 noor ah thikudhin thi dhey support ah vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv bodah shukuru dhannavan.. jazakumullah khairan and LY all.. 🙂 <3<3<3

  3. RiY@ says:
    November 13, 2018 at 11:20 pm

    alhey hama inthixaaruga hutta. masha allah varah varah reethi mibai ves. and sis liyaa vaahaka thah varah reethi masha allah. and i just want to thank you for bringing those beautiful imagination of yours to us in an useful way.thank you sis. and when is next part? insha allah i will wait for it

    1. aish noor says:
      November 13, 2018 at 11:24 pm

      asluvestha? hehehe.. jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear thihen bunelyma.. 🙂 marhabaa.. noor akah neynge ithurah bunaane ehcheh ves.. hageegathuga vrh vrh vrh ufaavey thikudhin noor ah thidhey support ah.. thikudhinge hama konme baskolhakee ves noor kuriyah dhaan elhey fiyavalheh.. al’hamdhulillaah.. vrh ufaavey thikahala kudhinkolheh noor ge readers ge gothuga libuneethee.. allah ah hamdhu kuran.. 🙂 maaiyy allah alhamenge faafa fuhsavaa alhamennah heyo rahmaiyy lavvaashi.. aameen.. 🙂 in sha allah, maadhamaa up kohla dheveytho try kuraanan ingey.. free viyyamu.. 🙂 jazakillah khairan dear. 🙂

  4. Blue baby?? says:
    November 13, 2018 at 11:21 pm

    Mi part v salhi… Dhn part kon irakun genes dheny?

    1. aish noor says:
      November 13, 2018 at 11:25 pm

      jazakillah khairan dear.. 🙂 in sha allah, maadhamaa.. 🙂 btw vrh ufaavehje dear ah mi part kamudhiyaeema.. 🙂

  5. Shaya says:
    November 13, 2018 at 11:30 pm

    Masha allah

  6. Inaan says:
    November 13, 2018 at 11:33 pm

    Haaadha dhera goii thakeh dhaaniyal ah mii wanii.. heyo nuvaaane ehn nahadha.. anehkkaa emyhun dhaainiyal maaraaliya nudhehche… Aaal vxx dhn avahah dhaaniyal ah rnglhah kanthah kuraa goii hadhaabala..

  7. Someone? says:
    November 14, 2018 at 12:38 am

    Ma Sha Allah. Mi part ves vrh reethi.?
    Dhennn nooooooo. Dhaan ah ehnneh nuhadhaane eyy. Dhen haadha goaahey. Ekanthah kohgen kon kamehtha emeehaa ah libeyyynee. Emeehaa ves balan jeheyynee emeehaa ge heyo amalu thah gina kureveyythww ehnu. Ehaa jealous vaakah nuwaane ey. Vrh goas kameh eii. Emeehaa ge visnun rangalhu kohdheeba?
    Alhey anehkaa kaaku e aiii aalaa kairiah. Pleaasee ithuru kameh nuwahchey meehakah. Soo curiousss. can’t waaiittt.?
    Update as soon as possible. Ly?

  8. shaha says:
    November 14, 2018 at 12:45 am

    ?????????????????

  9. Ishaan says:
    November 14, 2018 at 8:28 am

    wooo?….its great??..maasha allah?……waiting for the nxt part?

  10. Xaaan says:
    November 14, 2018 at 8:36 am

    Masha Allah mi baives vvvv reethi waitin next part

  11. Ibsha says:
    November 14, 2018 at 8:42 am

    ?varah reethi. Varah furihama

  12. Aimin says:
    November 14, 2018 at 9:52 am

    Vvvv v reeethi

  13. aish noor says:
    November 14, 2018 at 10:32 am

    assalaamu a’laikum my dear readers.. 🙂 furathamaves nihaayathah ma’aafah edhen.. noor miadhu bxy vegen hieh nuvey miadhu story up kohdheveyne henneh.. vrh bodah sorry kudhin.. 🙁 ehn v ma maadhamaa, in sha allah 34 vana bai up kohdheveytho try kuraanan.. 🙂 ummeedhu kuran thikudhin ebayah inthizaaru kuraane kamah adhi mi situation understand vaane kamah.. 🙂

  14. Nunnu says:
    November 14, 2018 at 11:09 am

    .its ok noor. Bt plzz save dhaan. Efakeeru nerebala ethanun… Im so sad

  15. Aloo says:
    November 14, 2018 at 11:29 am

    Masha Allah ♥♥<3

  16. Beryl Stone says:
    November 14, 2018 at 11:54 am

    Jazakhallah khairan noor sis ?..vrh vrh vrh happy vehje dear mi prt up kohladhinyma?..Alhey sis..dhaan ah gotheh nuhadhahchey plxx?..haadha goahey dhnnn?..furathama vx ahaalan beynun vany dear ge haalu kihineh hey????..heheheh?mi stry kiyamun dhaairu heevany flim eh balailevey hn..?thy alhugandah hama emme best?..feel kureveny thy alhugandu ge close friend eh gothah?MSA..Jazakumullah khairan and LY ?Insha allah will wait to see the nxt prt of the stry..?

  17. Ahswa says:
    November 14, 2018 at 12:28 pm

    Maasha Allah vvvvvv reethi ehaame furiham mi bai vx kiyaahithun inndhaa enimuny. Alheyyy keehvetha Emmen dhaan ah ehen hadhany heyonuvaane e fakeeru nerebala ethanun haadha goass myhun vx ulheyey dhw. Vvvvvvvvvvvvvvv dhera vejje dhaan hedhi gothun hyvany manzaru lolah fennahen. Noor pls pls pls pls dhaan salaamaiy kohdhybr

  18. Kokee says:
    November 14, 2018 at 12:49 pm

    maasha allah..v nyc mi part as usual..n who came to that apartment???eaii aalaa balaa dhw, hayyaru kuran?this is my guess..hehe..yeah sis,i understand ur situation..waiting for tmrw

  19. Mai shar says:
    November 14, 2018 at 3:13 pm

    wow mashaa allah…waitting waitting

  20. Mal says:
    November 14, 2018 at 6:32 pm

    Oh no!!!!!sis plx dhaan ah ehn nuhadhaaba…??????anehkaa aalaa ves gendhan tha e aii???!and its okay sis…i understand ur situation….ekam sis plx ehaa wait kuran nujahsahchey….?????????☺?☺mi vaahaka hama ehkoh kiyaalaa hiyy vany….??????sis dhn veenu vaahaka foiiy gothah hadhaafa vikkan…i think that will be good…..i am 100 percent sure that everyone will like ur stries…???????????☺??mal ah fenna gotheh ingey mee…aslu sis ah kithah years???sia plx save dhaan frm that people…?????☺???upload as soon as possible… Love yah…????❤❤❤❤❤

    1. aaff says:
      November 14, 2018 at 8:50 pm

      I agree with u??

  21. kala123 says:
    November 14, 2018 at 7:22 pm

    ވާހަކަ ހަމަ ރީތި.ލިޔުންތެރިޔާ އައިޝް ނޫރު ތިޔަ ކުރައްވާ ހިތްވަރަށްޓަކައި ފަށްފަށުން ޝުކުރާއި ތަހުނިޔާ ދަންނަވަން

  22. ކަލާ 123 says:
    November 14, 2018 at 7:43 pm

    އައިޝް ނޫރުގެ މިވާހަކައިގެ އެހެން ދެބައެއްގައި “ކަހަރުވަކު ދަނބު” މިބަސް ބޭނުންކުރަށްވާފައި އެބައޮވޭ. މީ ކޮން ރަށެއްގެ ބަޔަކު ބޭނުންކޮށް އުޅޭ ގޮތެއްތޯ. ސާފުކޮށްލަދެއްވުން އެދެން. ހަމައެކަނި މައުލޫމާތަށްޓަކައި.ޝުކުރިއްޔާ

  23. Aanyy says:
    November 14, 2018 at 9:18 pm

    V v v v v v v v v v v v v v v reeeeeethiiiiii

  24. Maya says:
    November 14, 2018 at 10:40 pm

    Waaaaaau noor sis after so long time
    Dhw maya ah mi comment eh kohlevuny.. No more words to say ehaaves reethi… ????❤️❤️❤️❤️❤️Masha Allah…. Dhaaniyal salamaih kurahchey…. Olevel nimuny ma mi vadhevuny ves… Luv u and missed u sis???❤️?❤️?❤️?❤️??❤️

  25. Anonymous says:
    November 15, 2018 at 5:49 pm

    Alhey avahah up kohldhee …v nice mi part ves..??

  26. Nia says:
    November 15, 2018 at 5:49 pm

    Alhey avahah up kohldhee …v nice mi part ves..??

  27. kiyuntheriyaa says:
    November 15, 2018 at 7:49 pm

    kon irakun tha up vaanee… avahah up kohdheebaa noor….n mi part vx hama habeys

Comments are closed.

Next Episodeދުޢާ 34←


All Right Reserved!