Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (19)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
November 12, 2018 7 Mins Read
7 Comments

“އަހަރެން މީ އީނާލް ގެ ބޭބެ… ބައްދަލުކޮށްލަން ބޭނުންވެގެން މިގުޅާނީ ވަގުތު ކޮޅެއް އެބަ އެއްތަ އަހަރެންނާ ބައްދަލުކުރަން” އެކޯޅުން ވާހަކަ ދެއްކި ގޮތުން ނާއި އެ އަޑުން އެކަނިވެސް ހިސާބެއްގެ ނުރުހުންވުމެއް ޒައިން އަށް ފާހަގަކުރެވުނެވެ. އެހެންކަމުން އެ ހިތަށް ހިސާބެއްޖެ ބިރުވެރިކަމެއް ވަނެވެ.

“ލައްބަ… ވަގުތު ކޮޅެއް ދެވިދާނެ” ޒައިން ޖަވާބުދިނެވެ.

‘އެހެންވީމަ އަތިރި މަތީ ހުންނަ ކެފޭއިން މިރޭ ބަރާބަރު އަށްގަޑި ބައިގައި އަހަރެން ދިމާކުރާނަން” އެހެން ބުނުމަށްފަހު އިތުރަށް އެއްވެސް ވާހަކައެއް ނުދައްކާ އެ ކޮޅުން ފޯން ކަނޑާލިއެވެ. ދެ ކޮނޑު އަރުވާލަމުން ފޯން ބޭއްވި ޒައިން ގެ ހިތުގައި ތަފާތު ޝުއޫރުތައް ދައުރުވާން ފެށިއެވެ. އަނެއްކާ އޭނާ އާއި އީނާލް އާއި ދެމެދު އޮތް ގުޅުން އީނާލް ގެ ބޭބެއަށް އެނގުނީހެއްޔެވެ؟ އެހެން ވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހުން ގަބޫލް ނުވެއްޖެނަމަ ޒައިން އަށް ވާނީ ކިނިނެއްހެއްޔެވެ؟ އީނާލް ދޫކޮށްފައި ދިޔުމުގެ ހިތްވަރު އޭނާގެ ގައިގައި ހުންނާނެ ހެއްޔެވެ؟.

ހަވީރު އައި ފޯން ކޯލަށް ފަހު ޒައިން ގެ ހިތުގެ ހަމަޖެހުން ވަނީ ނަގާލާފައެވެ. އީނާލް ގެ ބޭބެ އާއި ބައްދަލު ކުރާހިތުން ޒައިން ގެ ހިތް ތެޅި ފޮޅެމުން ދިޔަނަމަވެސް އޭނާގެ ހިތަށް ވެރިވެފައިވަނީ އާދަޔާ ހިލާފް ބިރުވެރިކަމެކެވެ. އީނާލް އާއި ވަކިވާން ޖެހެނީ އޭ ހިތަށް އަރަމުން ދިޔައީ ކީއްވެކަމެއްނޭނެގެއެވެ. ސިކުނޑީގައި އެނބުރެމުން ދިޔައީ އެފަދަ ވިހަކަން ގަދަ ހިޔާލްތަކެކެވެ.

ދެފަރާތަށް ބޯ ހޫރާލަމުން އެފަދަ ހިޔާލް ތަކާ ދުރަށް ދާން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތް ވަނީ ނުތަނަވަސްވެފައެވެ.

އަތްދިގު ކަޅު ކުލައިގެ ޓީޝާޓް އަކާއި އެކު ގަދަ ނޫ ކުލައަކަށް ދާ ޖީންސް އެއްގައި ލޯގަނޑު ކުރިމަތީގައި ބަލަހައްޓައިގެން ހުރި އިރު އޭނާގެ ހިޔާލް ތަށް އެނބުރެމުން ދިޔައީ އީނާލް އާއި ގުޅުވައިގެންނެވެ.

ގެއިން ބޭރަށް ނުކުތް ޒައިން މަގުގެ ދެފަރާތަށް ބަލާލުމަށްފަހު އަތިރި މައްޗާ ދިމާލަށް މިސްރާބުޖެހިއެވެ. އޭނާގެ ފިޔަވަޅުތައް ހުރީ އަތިރިމަތީގައި ހުންނަ ކެފޭއާދިމާލަށެވެ. ގަޑި އަށް ބަލާލަމުން ފިޔަވަޅުތަކަށް އަވަސްކޮށްލި ނަމަވެސް ކެފޭ އާ ހިސާބަށް ދެވުނު އިރު ހުރި އަށެއް ޖަހާ ފަހެއް ވެފައެވެ. އޭނާ ވަށައިން ބަލާލިއިރު ކަނެއްގެ މޭޒު ދޮށުގައި އިން ފިރިހެން މީހާ ޒައިން އަށް ހަނާއަޅާލިއެވެ.

“އައިމަން” ހިތުން ޒައިން އަށް ބުނެވުނެވެ. އޭނާ ހިތްއަވަސްވެ ހުރެ ގޮސް މޭޒު ދޮށަށް ހުއްޓުނެވެ. އައިމަން އިޝާރާތް ކޮށްލުމާއެކު ޒައިން އިށީނެވެ. އިރުކޮޅަކަށް އެ ދެމެދުގައި ހިމޭން ކަމެއް ވިއެވެ. “އަހަރެން ޒައިން އާއި ބައްދަލު ކުރަން މި ޖެހުނީ ވަރަށް ބޮޑު ކަމަކު… ”

“އަނެއްކާ ކޮން ކަމަކުބާ؟” އައިމަން އަށް ސަމާލް ކަން ހުއްޓާއިލައިގެން އިން ޒައިން އަހާލިއެވެ.

“އަހަރެންގެ ކޮއްކޮ އާއެކު ޒައިން ރައްޓެހިވެގެން އުޅޭތީ” އައިމަން ސީދާ މައުލޫއަށް ވާހަކަ ދެއްކިއެވެ.

އައިމަން ގެ އެ ވާހަކައިން ބުނާނެ އެއްޗެއް ނޭނގިފައި ޒައިން އަށް އިނދެވުނެވެ.

ރައްޓެއް ސަކަށް ގުޅައިގެން ފޯން ގައި ހުރެ އަޔާން ކެފޭއަށް ވަންނަން އައެވެ.

އޭނާގެ ލޮލުގައި ކަނުގައި ހުރި މޭޒުދޮށުގައި ތިބި އަޔާން އާއި ޒައިން އަޅައިގަތުމާއެކު ދެ ބުމަ ގޮށްޖެހުނެވެ. އައިމަން ގެ މަގްސަދަކީ ކޮބައިކަން އޭނާގެ ސިކުނޑިއަށް ނަގައިގަނެވުމާއެކު އޭނާ އަށް ދެއަތް މުށްކަވާލެވުނެވެ. އައިމަން އާ ދިމާލަށް ބާރު ބާރަށް ހިނގައިގަތް އަޔާން އޭނާ ރުޅިކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރިއެވެ.

“ޒައިން އަށް ވެސް އެނގޭނެ އީނާލް އަކީ ކިޔަވައިގެން ހުރި މޮޅު ކުއްޖެއްކަން… އަމިއްލަ އަށް ވިސްނާލީމަވެސް އެނގޭނެ ޒައިން އާއި އީނާލް އެކަށީގެން ނުވާކަން… އަހަރެން ބޭނުމެއް ނޫން ޒައިން އާއި އިނާލް އާއި އެފަދަ ގުޅުމެއ ބާއްވާކަށް…”

އެ މޭޒު ދޮށަށް އަޔާން ހުއްޓުމާއެކު ވާހަކަ ދައްކަން އިން އައިމަން އަށް ސިހިފައި ބަލާލެވުނެވެ. އޭނާގެ މޫނުމައްޗަށް ހައިރާންކަމުގެ ކުލަވަރުތައް ވެރިވުމާއެކު ނުތަނަވަސްކަމެއްވެސް ފެނިގެން ދިޔައެވެ. “ކީއްވެ ހުއްޓާލީ ތި ކިޔާ އެއްޗެއް އަހަރެންނަށް ވެސް އެނގޭ ގޮތަށް ކިޔާބަލަ” އަޔާން ހަމަޖެހިލާފައި ގޮނޑީގައި އިށީންނަމުން އަހާލިއެވެ. އޭނާ އެއްފައި މައްޗަށް އަނެއްފައި އަރުވާލަމުން ހަމަޖެހިލިއެވެ.

އައިމަން ރުޅި އެރުވެވެން އޮތް ކޮންމެ ގޮތަކަށް އެކަން ކުރުމަށް އަޔާން ހުރި ނިންމައިގެންނެވެ. އޭނާ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިކޮށްލުމާއެކު އައިމަން ރުޅިގަދަވިއެވެ. އޭނާ އަށް ބާރަށް އަޔާން އާ ދިމާލަށް ހަޅޭއްލަވައިގަނެވުނެވެ. “ކިހާ ދެރަ ކަމެއްތަ އަޔާން” އައިމަން ރުޅި އަންނަމުން ދިޔައީތީ އަޔާން އަށް ލިބުނީ އާދަޔާ ހިލާފް ހިންހަމަޖެހުމެކެވެ. އޭނާ މޫނުމައްޗަށް ވެރިކުރުވި ހިނތުންވުން ފުޅާކޮށްލައިފިއެވެ.

އައިމަން ގާތަށް ރުޅި އައުމާއެކު އޭނާ އިންތަނުން ތެދުވެ ބޭރު ދޮރާ ދިމާލަށް ހިނގައިގަނެފިއެވެ.

މި މަންޒަރު ބަލަން އިން އަޔާން ޒައިން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ވާނުވާ ނޭނގި އިން ޒައިން އިނީ ހިނިތުންވުންވެސް ވާން ނޭނގިއެވެ. “ހެއި އައެމް އަޔާން… އީން ގެ ކުޑަބެ” އައިމަން އާއި އަޔާން އާއި ދެމެދު ހިނގި ހަމަނުޖެހުމަށްފަހު ޒައިން ގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަނަވަސްކަމުގެ ސަބަބުން އަޔާން ބޭނުންވީ އެ އަސަރު ފިލުވާލާށެވެ. އެދެމެދުގައި އޮތް ދުރުކަން ނައްތާލާށެވެ. ވާހަކަ ދެއްކޭނީ ހަމަޖެހިގެންނެވެ. ދައްކަން ޖެހެނީ ކުޑަ ވާހަކަ އެއް ނޫނެވެ. ވާހަކައިގެ ބާވަތް އެއަށް ވުރެ މާ ބޮޑުވެފައި ނުރައްކާއެވެ.

“އަހަރެންނަށް އެނގޭ ދެންމެ ވީ ކަންތަކުން ތި އިނީ ވަރަށް ހާސް ވެފަކަން” އަޔާން ޒައިން އަށް ފުން ނަޒަރެއް ދިނެވެ. “ހިތަށް އަރާފާނެ މިހާރު އަސްލު އަހަރެން ޒައިން އާ ވާހަކަ މިހާ ރީއްޗަށް ވާހަކަ މި ދައްކަނީ ކީއްވެބާއޭ” އަޔާން ޒައިން އާ އަނެއްކާވެސް ވާހަކަ ދައްކާލިއެވެ.

ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ޒައިން އަކަށް ނުކުރެވުނެވެ.

“ޒައިން އަށް ނޭނގުނަސް ވަރަށް ބައިވަރު ކަންތައް ތައް ހިނގައިފި. އީން ގެ ކައިވެނި އެހެން މީހަކާ ކުރުވަން ބައްޕަ އާއި ދޮންބެ އެ ތިބީ ފައިކުރި އޮޅާލާފަ. އެމީހުންގެ މަގްސަދަކީ ތި ދެމީހުން ދުރުކުރަން… އެކަމަކު އީން ބޭނުމެއް ނުވޭ އޭނާ އާއި މެރީ ކުރާކަށް… ބޭނުމެއް ނުވޭ ޒައިން ނޫން މީހަކާ އިންނާކަށް… އަހަރެންނަށް އެނގޭ އީން ގެ އުފާތައް ގުޅިފައިވަނީ ޒައިން އާކަން… ” އަޔާން ވާހަކަ ދެއްކިއެވެ.

“ހަމަގައިމުވެސް އަހަރެން ތި ދެމީހުން ދުރެއް ނުކުރުވާނަން… ލޯބިވާ މީހަކާ ދުރަށް ދިޔުމަކީ ކޮންފަދަ ވޭން ހުރިކަމެއްކަން އެނގޭނީ ހުދު އަހަރެންނަށް ދޯ” އަޔާން ގެ ވާހަކަތަކުން ޒައިން ގެ މޫނުމަތިން ހައިރާން ކަން ފެނިގެން ދިޔައެވެ.

“އަދި ނޭނގެ ދޯ އަހަރެން މިކިޔާ އެއްޗެއްވެސް…” އަޔާން އަށް ޒައިން ގެ ނުތަނަވަސްކަން ފާހަގަ ވީ ކަންނޭގެއެވެ. އޭނާ ހީލަމުން ބޯ ކަހާލިއެވެ.

“މި ކިޔާދިނީ އިނގޭ… އަހަރެންގެ ދިރިއުޅުންވެސް ހަލާކު ކޮށްލީ އެ ދެމީހުން ރާވައިގެން… އަހަރެން ބޭނުމެއް ނޫން އެހެން އީންގެ ދިރިއުޅުމަށް ވާކަށް” އަޔާން ކުރު ގޮތަކަށް ކިޔާލަ ދިނެވެ.

ޒައިންގެ މޫނުމަތިން ނުތަނަވަސްކަމާއި ހާސްކަންފެންނަން ފެށުމާއެކު އަޔާން ދެން ގަސްތުކުރީ ޒައިން އެ ނުތަނަވަސްކަމުން ދުރު ކުރާށެވެ.

“ޑޯންޓް ވޮރީ… އަހަރެން ހުންނާނީ އަބަދުވެސް ތި ދެމީހުންނާ އެކު” އަޔާން ޔަގީންކަން ދިނެވެ. “އަހަރެން އަބަދުވެސް އެދެނީ ޒައިން އީން އާއެކު ވުމަށް” އަޔާން ޒައިން އަށް ފުން ނަޒަރެއްދިނެވެ. ޒައިން ބޯ ޖަހާލުމާއެކު އަޔާން ދެންވެސް ވާހަކަ ދައްކަން ފެށިއެވެ. “ހަޔާތުގައި އަޑި ގުޑަންތައް ދިމާވާނެ… އެކަމަކު އެކަކު އަނެކަކަށް ބޭނުންވާނީ އޯގާތެރިކަމާއި އެހީތެރިކަން… އިތުބާރާ ޔަގީންކަން” އަޔާން ގެ ވިސްނުން ހަރުދަނާކަން ޒައިން އަށް އެ ކުޑަ ވަގުތު ކޮޅުވެސް ވިސްނުނެވެ.

“އަހަރެން އަބަދުވެސް އީން އާއެކު ވާނަން އިންޝާ ﷲ… އެއްވެސް މީހަކަށް އަހަރެން ނާއި އީން އެއް ދުރެއް ނުކުރެވޭނެ…” ޒައިން ގެ އަޑުގައިވެސް ވަނީ ޔަގީންކަމެވެ.

ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު އަޔާން ޒައިން އާއި ވަކިވީ އޭނާގެ އެކުވެރިޔާ އައުމުންނެވެ. އޭނާ ޒައިން ގާތު ދަނީކަމުގައި ބުނެ ސަލާމް ކޮށްލުމަށްފަހު ފޯނެއްގައި ހުރެގެން އެ ދިމާލަށް އައި އޭނާގެ އެކުވެރިޔާ އާ ދިމާލަށް މިސްރާބުޖެހިއެވެ.

ޒަފާ އީނާލް އަށް ގުޅުމާއެކު އީނާލް ފޯން ނެގިއެވެ.

“ހޭ ޒަފް” އީނާލް އުފާވެފައި ބުނެލިއެވެ.

“އީން” ޒަފާގެ އަޑުގައި ޖެހިލުން ވުމެއް ވިއެވެ.

“ޒަފް… ވަޓް ހެޕެންޑް” އީނާލް ވެސް ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ. “އީން… އަހަރެން އަންނަ ހަފްތާގައި މާލެ ދަން” ޒަފާގެ އަޑުގައި ހުރި ޖެހިލުންވުމާއި ނުތަނަވަސްކަން އީނާލް އަށް ފާހަގަ ވާކަށް ގިނަ އިރެއް ނުނެގިއެވެ. އެހެން ބުނެލި އިރު ޒަފާގެ ގެ އަޑުގައި ހުރި ތުރު ތުރު އެޅުންވެސް އީނާލް އަށް ނަގައިގަނެވުނެވެ.

“ޒަފް… ހަމަ ތި ގޮތަކަށް ނިންމީތަ؟ ރާއްޖެ އަންނަނީތަ؟ މިރަށަށް ވެސް އަންނަނީތަ؟” އީނާލް އަށް އެއްފަހަރާ އެތަކެއް ސުވާލުތަކެއް ކޮށްލެވުނެވެ.

ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރި ޒަފާ ފޯނުން އީނާލް އާއި ވާހަކަ ދައްކަމުން ދިޔައިރު އެ މޫނުމަތިން އަދިވެސް ފެންނަމުން ދިޔައީ ހިތްދަތިކަމުގެ އަސަރުތަކެވެ. ތަގުދީރުގައި ލިޔެވިފައި ވަނީ ކީކޭކަން ނޭނގޭ ހާލު ޒަފާ އުންމީދު ކުރަނީ ހުރިހާ ކަމެއްވެސް އަމާން އޮމާން ކޮށް ދިޔުމަށެވެ.

ހަފްތާއެއް ފަސް…

==========

އެއާރޕޯޓުން ނުކުމެގެން އައި ޒަފާ ލާފައިވަނީ ގަދަ ފެހިލުލައިގެ ގަޔަށް ބާރު ޓޮޕަކާއި ޗޮކްލެޓް ކުލައިގެ ޖީންސްއެކެވެ. އަވިއައިނަކުން އޭނާގެ ލޯ ނިވާކޮށްލާފައި ވާއިރު އަރާފައިވަނީ އުސްފައިވާނަކަށެވެ. އެއްއަތުން ފޮށި ހިފައިގެން ނުކުމެގެން ދިޔަ އޭނާގެ މިސްރާބު ހުރީ ދުރުން ފެންނަން ހުރި އަންހެން ކުއްޖާއާ ދިމާލަށެވެ. އެކުވެރި އުޝާ ފެނުމުން އެއްއަތުން ހިފައިގެން ހުރި ފޮށި ބަހައްޓާ އޭނާ އަށް ބައްދާލެވުނެވެ. “ހައު އައި މިސްޑް ޔޫ ޑާރލިން” އުޝާ އުފާވެފައި ބުނެލިއެވެ.

ދެ އެކުވެރިން ސަލާމް ގަލާން ކޮށްލުމަށްފަހު ހިނގައިގަތީ މާލެދާ ބަހާ ދިމާލަށެވެ. ރާއްޖެ އަށް އައިސްފައިވާ ތަހުޒީބާ ތަރައްގީ ފެނި ޒަފާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާގެ ހަޔާތުގައ ރާއްޖެ އައިސްފައި ވަނީ އެއްމެ ފަހަރަކު ކަމަށް ވެފައި އެއީ މީގެ ހަތް އަހަރު ކުރިއަށް ވުމުން އޭރާއި މިހާރާ ވަރަށް ބޮޑެތި ތަފާތުތަކެއް މާލެއާއި ހުޅުލޭގެ އެކި ދިމަ ދިމާލުން ފެންނަމުން ދިޔައެވެ. ޒަފާ އުޝާ މެންގޭގައި ދެ ދުވަހަކު މަޑު ކޮށްލުމަށްފަހު އީނާލް މެން ރަށަށް ދާން ފުރީ ހަވީރުގެ ވަގުތެއްގައެވެ.

ޑިއުޓީ އިން އައި ގޮތަށް އީނާލް އަވަސް އަރުވާލާފައި ތައްޔާރުވަމުން ދިޔައީ ޒަފާ ބަލާ ދިޔުމަށެވެ.

އެވަގުތު ޒައިން ގުޅުމުން ވެސް އޭނާ އަށް ވާހަކަ ދެކެވުނީ ހިތް އަވަސްވެފައި ހުރެއެވެ. “ހޭ ޒައިން… މިއުޅެނީ އީން ގެ ސިސްޓަރ އެއް ކަހަލަ ޕްރެންޑެއް އަންނާތީ ރިސީވް ކުރަން ދާން…. ވަރަށް ވަރަށް ވަރަށް ބިޒީ… އޯކޭތަ ފަހުން ގުޅިޔަސް” އީނާލް އަށް ވާހަކަ ދެކެވުނެވެ.

“ހެހެ… ހާދަ އަވަސް އަރުވާލާފަ… އިޓްސް އޯކޭ… ޓޭކް ޔުއަރ ޓައިމް… ލަވް ޔޫ” ޒައިން ވެސް އީނާލް ހުރީ ލަސްވެފައި ހީވެ އެހާ ގިނަ ވާހަކަ ދައްކާކަށް ނުހެދިއެވެ. ފޯން ބާއްވަމުން ލޯބިވާ ވާހަކަ ހާމަ ކޮށްލިއެވެ.

އީނާލް އަލަމާރި ކައިރިއަށް ހުއްޓި ލާފައިވާ އަޅިކުލައިގެ ހެދުމާ ގުޅޭ ގޮތަށް ޕްލެއިން ޝޯލް އެއް ނެގިއެވެ. އެއަށްފަހު އަވަސް އަވަހަށް ޝޯލްއަޅައިގެން ތައްޔާރު ވެލީ ޒަފަ ބަލާ ދިޔުމަށެވެ. ބަނދަރުމަތީގައި މީހުން ގިނައެވެ. އެ ވަގުތަކީ ރަށު ފެރީވެސް ލެފި ވަގުތައް ވުމާއެކު ބަރޯ ތަކާއި ޕިކަޕް ތަކުގައި ސާމާނު ބަލާ ވެސް އެތަކެއް ބަޔަކު ގޮސް ތިއްބެވެ. ގަހެއްގެ ހިޔާ ދޮށުގައި މަޑު ކޮށްލައިގެން ހުރި އީނާލް ގެ ލޮލުގައި ރަށުގެ ފަޅުތެރެއަށް ވަތް ލޯންޗް އަޅައިގަތުމާއެކު އެ ދިމާލަށް ހިނގައިގަތެވެ.

ލާންޗުން މީހުންތައް ފޭބުމާއެކު އެ މީހުންނާ އެކު އެކީހެން ފޭބި ޒަފާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ޒަފާ އަށް ވެސް އީނާލް ފެނުމާއެކު ހިނިތުންވެލާ އަވަސް އަވަހަށް އެދިމާލަށް ހިނގައިގެނެވުނެވެ.

އަތިރި މަތީގައި ތިބި މީހުންތަކުގެ ތެރެއިން ގިނަ މީހުންގެ ނަޒަރު ހުއްޓިފައި ހުރީ ޒަފާ އަށެވެ. ޒަފާ އައި ގޮތަށް އީނާލް ގެ ގައިގައި ބައްދައިލިއެވެ. އެއަށްފަހު ދުރުވެލާ އޭނާ އީނާލް އަށް ރަނގަޅަށް ބަލާލިއެވެ. އީނާލް ވެސް ހިނިތުންވެލިއެވެ.

ގެނައި ދަބަސް ހިފައިގެން ހިނގައިގަތް ޒަފާގެ ނަޒަރު އެކި ދިމަ ދިމާލަށް ދަތުރު ކުރަން ފެށީ އޭނާ އަށް ފެންނަމުން ދިޔަ ތަފާތު މަންޒަރުތަކުންނެވެ. މާލެ ގޮސް ފޮށީގެ ބަދަލް ގައި ދަބަހަށް އެއްޗެހި ތައް އެޅީ ގެންނަން ފަސޭހައަކަށެވެ. މާލެ އާއި މާލެ ކައިރި ރަށް ތައް ފިޔަވާ އެހެން ރަށަކަށް ދެވިފައިވެސް ނެތުމާއެކު ޒަފާ ގެ މޫނުމަތިން ހައިރާން ކަން ފެންނަމުން ދިޔައެވެ. އެ އާ މަހާލުގެ ފުރިހަމަ ކަމާއި ރީތިކަމުން އޭނާ ހުރީ އެ މާހައުލު ތަޖުރިބާ ކޮށްލަން ނުހަނު ބޭނުންވެފައެވެ. ރާއްޖޭގެ ރަށެއްގެ ފުރިހަމަ ރީތިކަން ފެންނަނީ ރާއްޖެތޭރެގެ މިފަދަ ރީތި ރަށްތަކުން ކަން އޭނާ އަށް ގަބޫލް ކުރެވުނެވެ.

މެލޭޝިއާއާއި މާލެ އާ ހިލާފަށް ދުއްވާ އެއްޗެހި މަދެވެ. ކޮންމެ ދިމާލަކުންވެސް އެކުވެރިކަމާއެކި އެއްބައިވަންތަކަން ފެނިގެން ދެއެވެ. ހޮޅުއަށިތަކުގައާއި ޖޯއްޔާއި އުނދޯލި ތަކުގައި މީހުން އެކި އެކި ވާހަކައިގައި ތިބިއިރު ރާޒުވާ އާއި ތާސްބައި ފަދަ ކުޅިވަރިތައް ވެސް ފޯރިއާއެކު ކުޅެމުން ދިޔައެވެ.

ދިވެހިންނަކީ އެކުވެރި ބަޔެކޭ ބުނާ އަޑު އަބަދު އިވުނު ކަމުގައި ވިނަމަވެސް މަންޒަރު ހަމަ ލޮލަށް ފެނުމުން ކުރެވޭ އިހްސާސް ތަފާތެވެ. މި އެކުވެރިކަން ދަމަހައްޓަން ތިބޭނީވެސް ހުދު ދިވެހިންނެވެ. ކާބަފައިން ގެނެސްދިން ރިވެތި އާދަތައް އެ ގޮތުގައި ކުރިއަށް އަންނަން އޮތް ޖީލަށް ފޯރު ކޮށް ދިނުމަކީ އަހަރެމެން އެންމެންގެ ޒިންމާއެވެ.

އަވަށްތެރެއަށް ވަނުމާއެކު ވެސް ޒަފާގެ ލޮލުގައި އަޅައިގަތީ އެހާ ޝައުގުވެރިވާފަދަ މަންޒަރުތަކެވެ. ގޭގެ ދޮރުމަތީ ޖޯލިތަކުގައި ހަވީރުގެ ވަގުތު ގެ އުފާ ހާސިލް ކުރަމުން ދިޔަ އެންމެން ވެސް އެމީހުންގެ ކުޑަ ދަރިން މަގުމައްޗަށް ދޫކޮށްލާ މިނިވަންކަމަށް ފުރުސަތު ދިން އިރު އެއްވެސް ކަހަލަ ނުރައްކަލެއް ނެތެވެ. ޒަފާ އާ ދިމާލަށް ބަލާލާ ނުދަންނަ މީހުންވެސް ހިނިތުންވާތަން ފެނުމުން އޭނާ ގެ ހިތަށް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ވެރިވެގެން ދިޔައެވެ. މަގުތަކުގެ ދެފަރާތުގަޔާއި ގޭގޭގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތަކުން ރަށުތެރެވެސް ފެންނަނީ ނުހަނު ފެހި ކޮށެވެ.

މި ރަށުގައި މި ހޭދަކުރެވުނު ދިހަ ވަރަކަށް މިނިޓް ތެރޭގައިވެސް ޒަފާގެ ހިތުގައި ދިވެހިރާއްޖެއަށް އޮތް ލޯބި އިތުރުވެގެން ދިޔައެވެ. އެ ރަށާމެދު ވެސް އާދަޔާ ހިލާފް ލޯއްބެއް އޭނާގެ ހިތުގައި އުފެދުނެވެ.

އީނާލް އާއެކު ހިނގަމުން ދިޔައިރު އީނާލް ގެ ފަރާތުން އޭނާ އަށް އެރަށާ ބެހޭ ތަފާތު މައުލޫމާތި ލިބުނެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާ ބެހޭގޮތުންވެސް އެއްޗެހި އިނގިގެން ދިޔައެވެ.

“އީން… އެ ކީކުރާ މީހެއް” ހިކިފައިވާ ފަންތަކެއް ކައިރީގައި ބައިންދައިގެން ދަގަނޑު ގަނޑެއް ފަދަ އެއްޗަކުން އެއަށް އަމުނަމުން ދިޔަ މަންޒަރަށް ޒަފާ ޝައުގުވެރިވިއެވެ. އޭނާ އީނާލް އާ ސުވާލުކުރިއެވެ.

“އެއަށް ކިޔަނީ ފަންގި ވިނުން… ރިސޯޓް ތަކުގަ އެ ހުންނަނީ ނު ވޯޓަރ ވިލާސް ތަކުގެ މަތީގަ…. އެ މި” އީނާލް ޒަފާ އަށް އޮޅުން ފިލާނޭ ފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

ޒަފާ އަށް އީނާލް އެއާ ބެހޭގޮތުން އެތަކެއް ވާހަކަ އެއް ކިޔައިދިނެވެ. ކުރީގެ ދިވެހިންގެ ދިރިއުޅުމުގައި ފަންގި ގެ މުހިންމު ކަމާއި ދިވެހިން ދިރިއުޅުމަށް ގެދޮރު ބިނާ ކުރުމަށް ވެސް ފަން ވިނދެގެން ބޭނުން ކުރިކަން އޭނާ ކިޔައިދިނެވެ. މި ފަދަ ވާހަކަތަކުން ޒަފާގެ ގެ ހިތުގައި ދިވެހިންނާ ދިވެހިން ގެ އާދަ ކާދައާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަން ޝައުގުވެރިވިއެވެ.

ގެއާ ހިސާބަށް ދެވުނީ ވެސް އެ ގޮތަށް އެތައް ވާހަކަ އެއް ދައްކަމުން ދަނިކޮށެވެ. އީނާލް ޒަފާ އަށް އޭނާގެ ގެ ދައްކާލަމުން އެ ތެރެއަށް ވަންނަން ދޮރޯށި ހުޅުވާލަދިނެވެ.

ގޭގެ ދޮރު ހުޅުވާލާފައި ނުކުތް ނާޖިދު ދޮރޯށިން ވަތް ޒަފާ ގެ ލޮލުގައި އަޅައިގަތުމާއެކު ފިޔަވަޅުތައް ހުއްޓުނެވެ. ނާޖިދު ވެސް އެ ދިމާލަށް ބަލާލި އިރު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.

އެއާއެކު ޒަފާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ވާ ލޯބި އިނގޭ ނަމަ 9

Next

ދުޢާ 32

Next
November 12, 2018

ދުޢާ 32

Previews
November 12, 2018

ވާ ލޯބި އިނގޭ ނަމަ 9

7 Comments!

  1. Hi Mi says:
    November 12, 2018 at 10:26 pm

    Salaam. So heres the 19 part of the story. Mistakes v gina vaaanehen himi ah heevani. Proof read nukohlaa up mi kohli. In Sha Allah. Tomo vaguthu kolheh hoadhaigen edit kohlaanan hope u will all like this ep too.
    Jazakallah khairan.

  2. Naxy says:
    November 12, 2018 at 10:31 pm

    Vvvv reethi… kon dhuvahakun next part

  3. Naju says:
    November 12, 2018 at 10:54 pm

    Wow ??? v v v rythi mi partvx himi ???… Ya dear mistakes eba huri ???… Zafaage life v v v intresting vey eba ❤❤❤… Thankx ayaan aiman kairin zain salaamaaih koh dhinyma v v v bodah thankx ???… keep up the good work himi ???… curiously waiting for the next ???… much loves ❤❤❤

  4. Lotus says:
    November 13, 2018 at 7:16 am

    This is getting interesting.. ??? Wen nxt part.. Pls upload soon
    Keep up the good work

  5. Pinky shifoo says:
    November 13, 2018 at 1:20 pm

    Alhey what’s going to happen??? ???… I’m so curious ???… Day by day story is becoming more and more interesting ❤️❤️❤️???… Haadha reehchey mi story ❤️❤️❤️????????????… Hama superb ???… Keep going Hi Mi ❤️❤️❤️?????????… Eenaal ge dad aa zafaa aa knmes gulhumeh ovey ???… Maybe zafaa ge mom faraathuge family member eh kanneynge een ge dad akee ???… Maybe zafaa ge mom ge brother ???… Heheh… Pinky ge guess aee ???… N I’m so happy that ayaan een n zain ah support dheythy ???… Nasybehnu ayaan aikan café ah ???… Curiously waiting for the next ???… Lots of love Hi Mi ❤️❤️❤️???????????????…

  6. Aana says:
    November 13, 2018 at 3:08 pm

    Kn xafaah eh thah. Gaumu trailer gah neiii xafer geh vaahaka buhnefah eh vax..

  7. unique says:
    November 13, 2018 at 3:15 pm

    its sooooo interesting just love this
    cant wait for next part
    ly hi mi
    miss you loads

Comments are closed.

Next Episodeހިތް އެދުނަސް… (20)←


All Right Reserved!