Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟6

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 8, 2018 5 Mins Read
5 Comments

ރަހުވާގެ ނަޒަރުން:

ޝައުންއާ އެތައްއިރެއް ވަންދެކަށް ވާހަކަ ދައްކަން އިނުމަށްފަހު އަހަރެން ނިދަންވަންއިރު އެކެެއް ޖަހަނީއެވެ. ޝައުންގެ ވާހަކަ ތަކުން އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނެވެ. ހެދުން ބަދަލުކޮށްގެން އައިސް އެނދުގެ މަގަތުގައި ނިދާފައި އޮތް ޖީނާގެ ނިތައް ބޮސް ދިނުމަށްފަހު އަހަރެންވެސް ނިދޭތޯ ދެލޯ މަރާލީމެވެ.

******

އަޝްޖައުގެ ނަޒަރުން:

އޮފީހުގައި އިން އިރުވެސް އަހަންނަށް ވިސްނެމުން ދިޔައީ އަހަރެންގެ ސުވާލުން ރަހުވާގެ މޫނު މައްޗަައް އައި ބަދަލާއި ޝައުން ވާހަކަ އޮޅުވާލަން އުޅުނު ގޮތެވެ. ވިސްނާ ވަރަކަށް އަހަރެންގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެންމެ ފަހުން ސިކުނޑިއަށް ކެތްނުވުމުން އޮފީހަށް ސަލާންބުނެ އަހަރެން ޝައުންމެން ގެއަށްދާން ނުކުތީމެވެ.

*****

ރަހުވާގެ ނަޒަރުން:

ޖީނާ ގޭގައި އިންނަން ފޫހިވެގެން އުޅޭތީ ޝައުން ޖީނާ ގޮވައިގެން ސައިކަލު ދުއްވާލަން ދިޔައެވެ. ޝައުންއާއި ޖީނާ އަންނަން ވާއިރަށް ގޭތެރެ ކުޑަކޮށް ރީތިކޮށްލައި މެންދުރަށް ކެއްކުމަށް އަހަރެން އުޅުނީމެވެ.

ސިޓިންރޫމްގައި މޮޕްލާން ހުއްޓާ ބެލް ޖެހި އަޑުއިވުމުން ހަލުވި ހިނގުމެއްގައި ދޮރު ހުޅުވަަން އަހަރެން ދިޔައީމެވެ. ޝައުންއާ ޖީނާ ކަމަށް ހިތާ ހެވި ދިލިފައި ހުރެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުއްޓިލައިގެން ހުރީ އަޝްޖައުއެވެ. އަޝްޖައު ފެނުނުން އަހަރެންގެ ދެބުމަގޮށް ޖެހުނެވެ. “އަޝްޖައު؟” ވަރަށް ނޫން ގޮތަކަށް އަހަންނަށް އެހުނެވެ. “މްމް އޯކޭތަ އެތެރެއަށް ވަނަސް؟” ގޭތެރެއަށް އިޝާރަތް ކުރަމުން އަޝްޖައު އެހިއެވެ. އަހަރެން އޯ އޭ ކިޔާ އަޝްޖައު ވަންނަން ތަން ދެއްކީމެވެ. ބިންމަތީގައި ފެންފޮތި ލެވުނުކަން ހަނދާންނެތުމުގެ ސަބަބުން އަހަރެންނަށް ހިނގައިގަނެވުނީ ވަރަށް ބާރަށެވެ. ކައްސާލައިގެން ވެއްޓެން ހެދުމުން ތޫލި އަޑަކުން ހަޅޭއްލަވައި ގަނެވުނެވެ. އަދި ދެލޯ މަރާ ބާރުކޮށްލެވުނީ ވެއްޓުމުން ވާނެ ތަދު އިހްސާސްވުމުންނެވެ.

*****

އަޝްޖައުގެ ނަޒަރުން:

ރަހުވާ ކައްސައިލައިގެން ވެއްޓެން ދިއުމާއެކު އަހަންނަށް ރަހުވާގެ އަތުގައި ހިފުނެވެ. އެއާއެކު ޖެހި ކުއްލިއަކާއެކު ރަހުވާ އަހަރެންގެ އަތުގެ ތެރެއަށް ގެނައީމެވެ. ރަހުވާ އޮތީ ދެލޯ މަރާ ބާރުކޮށްގެންނެވެ. ރަހުވާގެ މޫނު އެހާ ކައިރިން ފެނުމުން އަހަރެންގެ ސިކުނޑީގަ ކަނަކުން އެއީ މީގެ ކުރިން އަހަންނަށް ފެނުނު މޫނެއްކަން ގޮވަަމުން ދިޔައެވެ. އެހެނަސް އެއީ ކޮންތާކުން ކަމެއް ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. ރަހުވާ ލަސްލަހުން އެރީތި ބޮޑު ދެލޯ ހުޅުވާލިއެވެ.

ރަހުވާގެ ނަޒަރުން:

އޮވެވުނީ އަޝްޖައުގެ އަތުތެރޭކަން އެނގުމާއެކު އަހަންނަށް ތެޅިގަނެވުނެވެ. އަޝްޖައު ރީތިކޮށް އަހަރެން ތެދުކޮށްފައި އަތުން ދޫކޮށްލިއެވެ. “ކޮބާ ޖީން؟” ސޯފާގައި އިށީންނަމުން ޖީނާ ކޮބައިތޯ އަޝްޖައު އެހިއެވެ. އެވަގުތު އަހަރެން ގާތަށް ވަރަށް ރުޅިއައެވެ. އެހެނަސް ރުޅި ކޮންޓްރޯލް ކުރަމުން ޝައުން ޖީނާ ގޮވައިގެން ސައިކަލު ދުއްވާލަން ދިޔައީކަމަށް ބުނީމެވެ.

“މްމް ރަހުވާ… އަހަރެން ބޭނުން ރަހުވާއާ ކުޑަ ވާހަކައެއް ދައްކާލަން” އަޝްޖައު އެހެން ބުނުމާއެކު ހައިރާންވެ ހުރެ އަޝްޖައުއާ ދިމާއަަަށް އަހަންނަށް ބަލާލެވުނެވެ. އަދި މަޑުމަޑުން ގޮސް ސޯފާގައި އިށީނީމެވެ.

“މީ އަނޭ… އަސްލު ކީއްވެ އިއްޔެ އަހަރެން ޖީނާ ބައްޕަގެ ވާހަކަ އެހީމަ މީ އަނޭ އެގޮތަށް ރުއި؟” އަހަރެންގެ ހިތުގައި ރޯވަމުން ދިޔަ އަލިފާންގަނޑު އިތުރަށް ބޮޑުވަމުން ދިޔައެވެ. އެހެނަސް އެއިން އެއްވެސް ކަމެއް އަޝްޖައުއަށް ނުދައްކަން ވެގެން ހިނިތުންވުމަށް ފަހު މޮޅު ވާހަކައެއް ހަދާލީމެވެ.

” ޖީނާ ބައްޕަގެ ވާހަކައަކީ ދައްކަން އެހާ ފަސޭހަ ވާހަކައެއް ނޫން. ހީ ބިޓްރޭޑް މީ. ލަންޑަނަން އަހަރެން އެކަނި ހާލަށް ދޫކޮށްފަ ފިލައިގެން ދިޔައީ. އެފިރިހެނާ ހޯދަން އަހަރެން ވަރަށް މަސައްކަތް ކުރިން އެކަމު އެއޮށްބޮޑު ލަންޑަނުން ކިހިނެއް ވަކި އަހަރެން އޭނަ ހޯދާނީ!.. އައި” ހިތްދަތިވީ ވަރުން އަހަންނަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އަރުތެރެ ބެދި ލޮލުން ކަރުނަ ފައިބަންފެށިއެވެ. “އޯ ރަހުވާ އައި އޭމް ސޯ ސޮރީ. ކޮންމެހެން ރަހުވާ ރޮއްވާކަށް ނޫން އެވާހަކަ ދެއްކީކީ. އައި އޭމް ސޯ ސޮރީ. އެކަމް އެމީހެއްގެ ނަން އަހަރެން ގާތު ބުނެވިދާނެތަ؟”

“ޖެކް” ސީދާ އަޝްޖައުގެ ލޮލަށް ބަލަންހުރެ އަހަރެން ބުނީމެވެ. އެވަގުތު އަޝްޖައު ދެލޯ ކުޑަކުޑަ ކުރަމުން ފާޑަކަށް އަހަންނާ ދިމާއަށް ބަލާލިއެވެ.

****

އަޝްޖައުގެ ނަޒަރުން:

ރަހުވާ ޖެކްއޭ ބުނި ވަގުތު ހީވީ އަހަރެން މޫނު މަތީގައި އެތިފަހަރެއް ވީއްލާލިހެންނެވެ. މޫނަށް ވައްތަރެއް ޖައްސަމުން ހައިރާންވެ ހުރެ އަހަންނަށް ރަހުވާއާއި ދިމާއަށް ބަލާލެވުނެވެ. “ޖެކް. އެއީ އަހަންނާއެއްކޮށް ހައި ސްކޫލްގަ އުޅުނު ލަންޑަން ކުއްޖެއް” ހިތި ހިނިތުންވުމަކާއެކު ރަހުވާ ޖެކްއަކީ ކާކުކަން އޮޅުންފިލުވަ ދިނެވެ. އެއާއެކު އަހަންނަށް ފުންނޭވައެއް ދޫކޮށްލެވުނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އަހަރެންގެ ހިތް ނުތަނަވަސްވީ ޖީނާގެ ބައްޕައަކީ ޝައުން ރަށު ކުއްޖެކޭ ޝައުން ބުނި ހަނދާންވުމުންނެވެ. ޝައުން އަހަންނަށް ދޮގު ހެދީ ކީއްވެބާއޭ އަހަރެންގެ ހިތަށް އެރިއެވެ. “އަހަރެން ވަރަށް ހާލުގަ އުޅެނިކޮށް ލަންޑަންއިން ރާއްޖޭ އެހެން ކުއްޖަކާ ދިމާވީ. އެ ކުއްޖާ ތްރޫކޮށް ޝައުންއާ ފްރެންޑްވީ. ދެން ޝައުންގެ ހެލްޕާ އެކު އަހަރެން މިކޮޅަށް އައީ. ފުރަތަމަ ވަރަށް އުނދަގޫވި ފިރިހެނަކަށްވިމަ ޓްރަސްޓް ކުރަން އެކަމް ޝައުންއާ އެކު ހޭދަވި މަދު ވަގުތުކޮޮޅު ތެރޭ އެނގިއްޖެ ޝައުންއަކީ އެހެން ފިރިހެނުން ކަހަލަ މީހެއް ނޫންކަން. އަދި ހުރިހާ ފިރިހެނުންނަކީވެސް އެއްކަހަލަ ބައެއް ނޫންކަން.” ރަހުވާ ޝައުންއަށް ތައުރީފުކުރުމާއެކު އަހަރެން ހަސަދަވެރިވިއެވެ. އެއީ ކީއްވެކަމެއް އަހަންނަކަށްވެސް ނޭންގެއެވެ. ރަހުވާ އަކީ މީހެއްގެ އަންބެއް ނޫންކަން އެނގުމާއެކު އުފާވެސްވިއެވެ.

***

ރަހުވާގެ ނަޒަރުން:

އަހަރެން ބެލީ ވީހާވެސް އަޝްޖައުގެ ހަމްދަރުދީ ލިބޭގޮތަށް ވާހަކަ ހެދޭތޯއެވެ. އަހަރެން ރާއްޖެ އައުމުގެ މަގްސަދު ހާސިލް ކުރެވޭނީ އަޝްޖައުގެ ހިތް އަހަންނަށް ލެންބުވިގެންނެވެ. އެކަން ކުރަން އަހަރެން ވަރަށް ހިތްވަރު ކުރަން ޖެހޭނެއެވެ. ކަށި ހިތްވަރު ނެރިގެންވިޔަސް އަހަރެންގެ މަގްސަދު ހާސިލްކުރަން އަހަރެން ބޭނުމެވެ.

“އަޝްޖައު މިހާރު ހިތަށް އަރާދޯ އަހަންނަކީ އެއްވެސް ގޮތެއް..” އަހަންނަށް އެހިސާބަށް ބުނެވުނު ތަނާ އަޝްޖައު އަހަރެންގެ ވާހަކަ ހުއްޓުވިއެވެ. ” ނޫން. އަހަރެން ހިތަކަށް އެއްވެސް އެއްޗެއް ނާރާ. އިޓްސް ނޮޓް ޔު އާ ފޯލްޓް ރަހުވާ. އެކަހަލަ މީހުން މަތިން ހަނދާންކޮށްފަ ރުއިމަކީ ބޭކާރު ކަމެއް. ރަހުވާ ދޫކޮށްފަ ދިއުމަކީ އޭނާގެ މޮޔަކަން. ސޯ ފްރެންޑްސް؟” އަހަންނާ ސަލާންކުރަން އަތް ދިއްކޮށްލަމުން އަޝްޖައު އަހާލިއެވެ. އަތް ތުރުތުރުލަމުން ދިޔަ ހާލު އަހަރެން އަޝްޖައުއާ ސަލާންކުރީމެވެ. “އޯކޭ. ނައު ވީ އާ ފްރެންޑްސް. ޝައުން ނޫޅޭ ގަޑީގަވެސް ކަމެއް ބޭނުންވެއްޖެޔާ މަށަށް އަންގާލަށްޗޭ. ޖީންގެ ކަމެއް ވިއަސް.” ހިނިތުންވަމުން އަޝްޖައު ބުނެލިއެވެ. އެއާއެކު އެކަމާ އެއްބަސް ވުމުގެ ގޮތުން އަހަރެން ބޯ ޖަހާލީމެވެ.

***

އަޝްޖައުގެ ނަޒަރުން:

ރަހުވާގެ ދެމައިންނަށް އެހީވެދޭން އަހަރެންގެ ހިތް އެދުނު އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. އެނގޭހާވެސް އެއްޗަކީ އެދެމައިންނާ މެދު އަހަރެންގެ ހިތުގައި އިހްސާސެއް އުފެދުނު ކަމެވެ. އަދި އެ ނުބައި ފިރިހެނާއަށް ޖެކް ކިޔާތީ އެމީހާދެކެ އިންތިހާއަށް ރުޅި އާދެވުނެވެ. އަދި ޝައުން އަހަންނަށް ދޮގު ހެދި ސަބަބު އޮޅުންފިލުވަން ބޭނުންވިއެވެ.

އަހަންނާއި ރަހުވާގެ ދެމެދަށްވެރިވެފައިވި ހިިމޭންކަން ނަގާލީ ޝައުންއާއި ޖީނާ ގެއަށް ވަނުމުންނެވެ. ޖީނާގެއަށް ވަން ގަޑީ އަހަރެން ފެނުމުން ދުވަމުން އައިސް އަހަރެންގެ އުނގުތެރެއަށް ވަނެވެ. “ޔޭޔޭ ޖެކް ބޭބެ. މިއަދުވެސް ތިއައީ ކޮއްކޮއާ އެއްކޮށް ކުޅެންތަ؟” “ލައްބަ. ހަމަ ކޮއްކޮ މިސްވާވަރުން ކޮއްކޮއާ އެކީ ކުޅެން މިއައީ” ޖީނާގެ މަޑު ކޮލުގައި ހިފާލަމުން އަހަރެން ބުނީމެވެ.

****

ރަހުވާގެ ނަޒަރުން:

އަޝްޖައުއާއި ޖީނާގެ ގާތްކަން ފެނި އަހަރެންގެ ހިތްބިރުގަތެވެ. ނަމަވެސް އެއީ މައްސަލައެއް ނޫންކަމަށް ހިތަށް ވިސްނައިދެމުން ހަމަޖެހެން އަހަރެން މަސައްކަތް ކުރީމެވެ.

ރާއްޖޭގައި ހަފްތާއެއް ހޭދަކުރެވުނު އިރުވެސް އަހަރެން ގެއިން ބޭރަކަށް ނުނިކުންނަމެވެ. ދޭތެރެއަކުން ޖީނާ ގޮވައިގެން އަޝްޖައު ނޫނީ ޝައުން ސައިކަލު ދުއްވާލަން ދެއެވެ. މިވީ އެއް ހަފްތާ ތެރޭގައި އަހަންނާއި އަޝްޖައުގެ ގުޅުންވެސް ވަނީ ރަނގަޅުވެފައެވެ.

ހުކުރު ދުވަހު އެރި އިރާއެއްކޮށް އަޝްޖައު ގެއަށް އައިސް ހުއްޓެވެ. އޮފީސް ވަގުތާއި ނިދާ ވަގުތު ފިޔަވައި އެހެން ހުރިހާ ގަޑިއެއް ގައި އަޝްޖައު އުޅެނީ އަހަރެމެން ގޭގައެވެ. ޖީނާވެސް އަޝްޖައުއާ ނިކަން ދޯޅުވާނެއެވެ.

*****

އަޝްޖައުގެ ނަޒަރުން:

އަހަރެންގެ ހިތް މަޑު މަޑުން ރަހުވާއަށް ލެނބެމުން ދިޔައެވެ. ހޭލާ ހުއްޓާވެސް ރަހުވާގެ ހުވަފެން ފެންނަން ފެށިއެވެ. ރަހުވާގެ ސޫރަ ނުފެނި ވޭތުވާ ކޮންމެ ސިކުންތަކު އަހަރެންގެ ހަމަޖެހުން ނަގާލައެވެ. އުމުރުން ތޭވިސް އަހަރުވީ ފަހުން ހަގީގީ ލޯބި ވެވިއްޖެއެވެ.

“ޖެކްބޭބެ. ކޮއްކޮ ބޭނުން މޫދަށް ދާން. މަންމި ގާތު ބުނެބަ ހިނގާށޭ މޫދަށް ދާން” ޖީނާގެ އެދުމުގެ މަތިން އަހަރެން ރަހުވާ ގާތު މޫދަށް ދާން އެދުނީމެވެ. އަނގައިގަ އެއްބައި އޮއްވައި ހެވި ދިލިފައި ހުރެ ރަހުވާ ޖަވާބު ދިނެވެ. “ޔޭސް! ހިނގާބަ މޫދަށް ދާން. ރަހުވާ ވަރަށް މޫދަށް އެރޭހިއްވޭ. އެކަމް ފަތާކަށް ނޭންގެ” ފަތަން ނޭންގޭ ވާހަކަ ބުނިއިރު ރަހުވާގެ މޫނު މަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ.

****

ރަހުވާގެ ނަޒަރުން:

އެންމެ ކުޑައިރުވެސް އަހަރެން ވަރަށް މޫދަށް އެރޭހިތްވެއެވެ. އެހެނަސް މޫދަށް އެރުމުގެ ނަސީބެއް އަހަންނަކަށް ނުލިބެއެވެ. އަޝްޖައު މޫދަށް ދާވާހަކަ ބުނުމުން އަހަންނަށް ކުޑަކޮށް ނަށާވެސް ލެވުނެވެ. “ފަތަން ނޭންގުނަަސް އެއީ މައްސަލައެއް ނޫން. ޖެކް ހުއްޓަކާ ރޯޒް ނުއެއް ގެނބޭނެ” އަހަންނަށް ފަތަން ނޭންގޭ ވާހަކަ ބުނުމާއެކު އަހަންނާ ދިމާއަށް އެއްލޯ މަރާލަމުން ޝައުން ބުންޏެވެ. ވަގުތުން ޝައުންއާ ދިމާއަަށް އަހަރެން ލޯ އަޅާލީމެވެ. “އަޅެ ޖެކް ދޮގެއްތަ މިބުނީ” ދެންވެސް ނިކަން ހިނި އައިސް ހުރެ ޝައުން ބުންޏެވެ. “އެއީ ތެދެއް” އަޝްޖައުވެސް ހެމުން ހެމުން އަހަންނާ ދިމާއަަށް އެއްލޯމަރީލިއެވެ.

އަޝްޖައުއާ ޝައުންގެ އިތުރަށް އަހަންނާ ޖީނާ މާލެ ޓްރެކއ ސަރަހައްދަށް މޫދަށް އެރެން ދިޔައީމެވެ. ކިތަންމެ އެރޭހިތުން ހުރިނަމަވެސް ފަތަން ނޭންގޭތީވެ މޫދަށް އެރޭކަށް އަހަންނަކަށް ނުކެރުނެވެ. ޖީނާގެ ކުޑަ ދަބަސް ހިފައިގެން އަހަރެން މޫދަށް ނޭރި ތޮށިގަނޑުމަތީ އިށީންދެގެން އިނީއެވެ. ޝައުންއާ އަޝްޖައުއާ އެއްކޮށް ވަރަށް މަޖާވެފައި ޖީނާ އުޅުނެވެ.

ޖީނާއަށްވުރެ ބޮޑަށް އަހަންނަށް ސަމާލުކަން ދެވެމުން ދިޔައީ ޝައުންއަަށެވެ. މޫދަށް އެރުމާއެކު އެފަން އިސްތަށިގަނޑު ވަނީ ނިއްކުރިމައްޗަށް ފައިބާފައެވެ. އާސެނަލް ޖާޒީ ގައިގައި ހިފާފާ ހުރުމުން ޝައުންގެ ފިރިހެންވަންތަކަށް ހާމަވެއެވެ. އެސްފިޔަވެސް ޖަހާ ނުލައި ޝައުންއާ ދިމާއަށް ބަލަހައްޓައިގެން އަހަންނަށް އިނދެވުނެވެ. ޝައުންކޮށްލާ ކިތަންމެ ކުޑަ ހަރަކާތަކުންވެސް އަހަންނަށް އިޚްތިޔާރަކާނުކައި ހެވެއެވެ.

****

އަޝްޖައުގެ ނަޒަރުން:

ތޮށިގަނޑުމަތީ ރަހުވާ އިށީންދެގެން އިންއިރު ހީވަނީ މޮޑެލްއެއް ހެންނެވެ. އިރުގެ އަލި އެދޮން މޫނަށް އެޅިފައި ހުރުމުން އިތުރަށް ދޮންހެން ހީވެއެވެ. މޫދުގައި އޮތްއިރު އަހަންނަށް ސަމާލުކަން ދެވެމުން ދިޔައީ ރަހުވާއަށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

މާފްކުރާށޭ ކަލާ 1

Next

އިމްތިޙާން (3ވަނަ ބައި)

Next
November 9, 2018

އިމްތިޙާން (3ވަނަ ބައި)

Previews
November 8, 2018

މާފްކުރާށޭ ކަލާ 1

5 Comments!

  1. Riyaa says:
    November 8, 2018 at 11:38 pm

    Masha Allah varah nice mi part? when is next part? Pls up next part soon????????
    Waiting…….
    ????????

  2. Nunnu says:
    November 8, 2018 at 11:49 pm

    Rahuwa akee Janna tha? Or janna ge sis tha

  3. Twinkle? says:
    November 9, 2018 at 10:00 am

    Wow mi part vs vvv salhi masha allah??????❤❤❤???whn nxt part???

  4. Leena says:
    November 9, 2018 at 10:11 am

    aee jannath dhw?but shaun aa jannath aa gulhu v ma hadi vaane plz kiyara save her from shaun??

  5. afuar says:
    November 9, 2018 at 9:50 pm

    varah salhi
    when is next part
    can’t wait

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟7←


All Right Reserved!