ހިތް އެދުނަސް… (17)
ކޯތާފަތުން ތިރިއަށް ކަރުނައިގެ ރޮނގެއް ފައިބަމުން ދިޔައެވެ. އެސްފިޔަތަކުގައިވަނީ ތެތްކަމެވެ. އަޅާފައިވާ އަނދުން ތައް ކަރުނައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޭޑް ވެފައި ވެއެވެ. ބައެއްފަހަރު ހިން ދިރުވާލާ ގޮތުން އެ ހުރީ ވަރަށް ދެރަވެ ހިތަށް އަސަރު ކޮށްފައި ކަން އެނގެއެވެ.
އެ އަންހެން ކުއްޖާގެ ވިސްނުން ދަތުރުކުރަމުން ދިޔައީ ކޮން ދިމާލަކަށް ކަން ލަފާ ކޮށްލާކަށް ނޭނގެއެވެ. މޫނު މަތީގައިވި އަސަރުތަކުން އެނގޭހާވެސް އެއްޗަކީ އެ ހިތުގައި ހިނގަމުން ދިޔައީ އާދައިގެ ހަނގުރާމައެއް ނޫންކަމެވެ. މޫނުމައްޗަށް ގެންނަ އަސަރުތަކުން އޭނާގެ ހިތުގެ ހަމަޖެހުން ނަގާލެވިފައިވި މިންވަރު ހާމަވަމުން ދިޔައެވެ.
“ޒަފާ” ކޯތާފަތަށް ވެއްޓުނު ކަރުނަތިކި ފޮހެލަމުން ޒަފާ ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު އޭނާގެ ފަހަތުގައި އެ އުމުރުގެ އެހެން ކުއްޖެއް މަޑު ކޮށްލައިގެން ހުއްޓެވެ.
“މާމަ ބުނީ ލަސްވަނިއްޔޯ… އަވަހަށް އަންނާށޯ” އެ ކުއްޖާ އިނގިރޭސިން ބުނެލިއެވެ.އެ ރާގު އާއްމުކޮށް ދިވެހިން ވާހަކަ ދައްކާ ރާގާ ތަފާތެވެ.
“އޯކޭ… މިދަނީ” ޒަފާވެސް ހަމަ އެ ރާގުގައި އިނގިރޭސިން ބުނެލިއެވެ.އަދި ބެލްކަނިން ލާފައި އޭނާގެ ކޮޓަރިތެރެއަށް ވަނެވެ. ކޮޓަރިތެރޭން ފެންނަނީ ޝާހީކަމާއި ފުރިހަމަ ކަމެވެ. ކޮންމެ ފަރުނީޗަރެއްގައި ވި ޑިޒައިންތަކުންވެސް އެ ކޮޓަރި އިތުރަށް ފުރިހަމަ ކޮށްދީފައި ވެއެވެ. ފާރުތަކުގައި ލާފައިވަނީ ނޫކުލައަކާއި ހުދުކުލައެވެ. ފަރުނީޗަރުތައްވެސް ހުރީ އެ ދެކުލައިންނެވެ. މުޅި ކޮޓަރި ތެރޭގައި އަޅާފައިވާ މަޑު ކާރޕެޓް ގައި ފައިޖެހުމުން ޒަފާ އަށް ކުރެވުނީ އަރާމް އިހްސާސްއެކެވެ. އޭނާ ޑްރެސިން ޓޭބަލް ގާތަށް ކައިރިވެލިއެވެ. މުޅި ޑްރެސިން ޓޭބަލް ފުރާލާފައިވަނީ ތަފާތު އެކު ބްރޭންޑް ތަކުގެ ރީތިވާ ސާމާނުންނެވެ. ސެންޓާއި މޭކަޕެވެ. އެކި ވައްތަރުގެ ކްރީމާއި ލިޕްސްޓިކެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލުމާއެކު ކަރުނައިގެ ސަބަބުން ހަޑިވެފައިވާ ދިމާ ޒަފާ ރީތިކޮށްލިއެވެ. އެއަށްފަހު ޑްރެސިން ޓޭބަލް އާ ދިމާ އެއްފަރާތުގައ ހުރި ފައިވާން ހަރުގަނޑު ގާތަށް ޒަފާ ޖެހިލިއެވެ. އޭގެން ރިހި ކުލައަކަށް ދާ ހައި ހީލް އެއް ނެގިއެވެ. ހުޅުވާފައިވާ ބެލްކަނީ ދޮރާ ދިމާލަށް ގޮސް އެ ދޮރު ލައްޕާލާ ތަންޑު އަޅުވާލުމަށް ފަހު ދެން ޒަފާ މިސްރާބުޖެހީ ކޮޓަރިން ބޭރަށް ދިޔުމަށެވެ.
ކޮޓަރީގެ ބޮޑު ދޮރުގައި ދެއަތުން ހިފާ އޭނާ ހުޅުވާލިއެވެ. އަދި އެއަށްފަހު ނުކުތެވެ. ނުކުމެވުނީ ބޮޑު ހޯލެއްފަދަ ތަނަކަށެވެ. ދޮރުލައްޕާލާ ޒަފާ ގެ މިސްރާބުހުރީ ހޯލް ނިމޭ ކޮޅުގައި ހުރި ސިޑިއާ ދިމާލަށެވެ.
ސިޑިން ފައިބައިގެން ޒަފާ ތިރިއަށް މިސްރާބުޖެހިއެވެ. ސިޑިމަތީގައި ވެސް އަޅާފައިވަނީ ރަތް ކުލައިގެ މަޑު ކާޕެޓެކެވެ. ހައިހީލް އަށް އަރައިގެން ފައިބަމުން ދިޔަ ނަމަވެސް އޭނާ ނުލާހިކު ފަރިތައެވެ. އެއް އަތުން ކްލައުޗް އެއް ހިފައިގެން ފޭބިއިރު ހިނގުމުގައި ވެސް ހުރީ ފަރި ގޮތެކެވެ.
“މިހާރު ގްރެޖުއޭޝަން ވެސް ފަށާފާނެ… އެހާ އަވަސް ވިއްޔަ؟” ކުރިންވެސް ޒަފާ އާ ވާހަކަ ދެއްކި ކުއްޖާ އިނގިރޭސިން ބުނެލިއެވެ.
ޒަފާ އެ ކުއްޖާ އާ ދިމާލަށް ލޯ އަޅާލިއެވެ.
“ޝަޓް އަޕް އަމްޝާ” ޒަފާ ބުނެލިއެވެ.
“ކޮބާ ދަރިފުޅާ ތައްޔާރު ވެއްޖެއިންތަ؟ ހިނގާ އަވަހަށް ދާން” އެވަގުތު އެތަނަށް އައިސް ހުއްޓިލި ފިރިހެންމީހާ ބުނެލިއެވެ. “ލައްބަ ބައްޕާ” ޒަފާ އަދަބު ވެރިކަމާއެކު ބުނެލިއެވެ.
މުޅިގޭތެރެއިން ވެސް ފެންނަނީ ޝާހީކަމެވެ. ބަހައްޓާފައި ވަނީ އެންމެ ޒަމާނީ ފަރުނީޗަރެވެ. ގޭގެ ލިވިންރޫމް ގެ ރީތިކަމާއި ބޮޑުކަމުން ހައިރާންވާހާ ވެއެވެ.
“ހިނގާ ދަމާ” ބަހީޖު ގާތަށް އައިސް މަޑުކޮށްލި މުސްކުޅި އަންހެން މީހާ ފެނުމާއެކު ބުނެލިއެވެ. “ހިނގާ… މިއަދު ވާނެ އެއްނު މަގޭ މާމަ ދަރީގެ ގްރެޖުއޭޝަން އަށް ދާން… މާޝާ ﷲ… މާސްޓަރސް ހެދީ…” ރަކީނާ ބުނެލިއެވެ. އަދި އުފަލުން ޒަފާ ގައިގައި ބައްދާލިއެވެ.
“މާމާ… ޒަފް ގެ މޭކަޕް ހަޑި ވެދާނެ… ދެން ހިނދާ ދަމާ” ރަކީނާ ގެ ކޮނޑުގައި އަތް ލާ އަމްޝާ ބުނެލިއެވެ. އެއާއެކު ރަކީނާ ޒަފާ އާ ދުރުވެލިއެވެ. އެ އާއިލާ އެކީގައި މިސްރާބުޖެހީ ޒަފާގެ ގްރެޖުއޭޝަން އޮންނަ ކޮލެޖަށް ދާށެވެ.
ހެނދުނު އެރި އިރާއެކު އީނާލް ތައްޔާރުވަމުން ދިޔައީ ޑިއުޓީއަށް ދާށެވެ. އެވަގުތު އޭނާގެ ފޯނަށް މެސެޖެއް އައުމާއެކު ބަލާލިއެވެ.
“އީން… ފައިނަލީ” މެސެޖް ކިޔާލުމާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. މެސެޖް އާއެކު އެޓޭޗް ކޮށްލާފައި ވާފޮޓޯ އަށް އީނާލ ރަނގަޅަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް ރިޕްލައި ކޮށްލިއެވެ. އީނާލް ދެން ޒައިން އަށް ގުޅާލިއެވެ. އެއަށްފަހު އިރު ކޮޅަކު ދެމީހުން ވާހަކަ ދައްކާލަން ތިއްބެވެ. މިކްޔަން ގެ އަމަލް ތައް ހުންނަ ގޮތުން ޒައިން ހިންހަމަ ނުޖެހޭކަން އީނާލް ގާތު ބުނެލިއެވެ. އީނާލް ވެސް އޭނާ އެކަމާ ވިސްނާކަން ހާމަ ކޮށްލަމުން ޒައިން ގާތު ވީ އެންމެ އަވަހަކަށް އެކަން ވަކި ކޮޅެއްގައި ޖައްސާނަން ކަމުގައި ބުނެ ވައުދުވިއެވެ.
އަޔާން ތެދުވެ އެންމެ ފުރަތަމަވެސް ފެންވަރާ ލިއެވެ. އެއަށްފަހު އޭނާ ބަދިގެ ފަރާތަށް ނުކުމެލީ ކޮފީއެއް ބޯލުމުގެ މަގްސަދުގައެވެ. ކޮފީއެއް ބޯލައިގެން އަނބުރާ ކޮޓަރިއަށް އައިސް އޭނާ އަނެއްކާވެސް އޮށޯވެލީއެވެ. މަލަކް އާއި ވާހަކަ ދައްކާފައި އޭނާ ނިންމީ މެންދުރު ނަމާދު ކޮށްގެން މަލަކް މެން ގެއަށް ދާށެވެ.
އެކެއް ޖަހާއިރު ޝާމިން ވެސް ސްކޫލުން އަންނާނެތީއެވެ. އެ ގަޑިއަކީ މަލަކް ވެސް ޑިއުޓީ ނިންމާފައި ގޭގައި އުޅޭނޭ ވަގުތަކަށް ވާތީއެވެ.
ވިސްނުމަލަށް ގެއްލިފައި އޮތް އަޔާން ސިހުނީ ފޯން ގެ ބީޕް އަޑުންނެވެ.
“އަޔާން… ގޭން ނެއްނޫން ދޯ ބައްދަލު ކުރާނީ… މަންމަ އުޅޭނެ ގޭގަ… އެހެންވީމަ މިރޭ ތުންޑީން ބައްދަލު ކުރާ ގޮތަކަށް ހަދަންވީނު” މަލަކް ދެންމެ ފޮނުވި މެސެޖް އަޔާން ކިޔާލިއެވެ.
“އޯކޭ” އަޔާން ބުނެލިއެވެ. އަދި ފޯން ބޭއްވުމަށްފަހު އޭނާ ގަސްތުކުރީ ނިދާލާށެވެ. އެހެންނަމަވެސް ސިކުނޑީގައި އެނބުރެމުން ދިޔަ ހިޔާލް ތަކުން އޭނާ އަށް ނިދޭ ގޮތެއް ނުވިއެވެ.
މަލަކް އާ މެދު ވިސްނެމުން ދިޔަ އަޔާން ގެ ހިތުގައި ތަފާތު ޝުއޫރުތައް ދައުރުވަމުން ދިޔައެވެ. އޭނާ އީނާލް އާއެކު ހުންނާނޭ ކަމުގައި ވި ވައުދު ފުއްދަ ދޭން ޖެހޭނެއެވެ. އީނާލް ގެ އުފާވެރިކަމުގެ ޒިންމާ އަޔާން ހުރީ އޭނާގެ ބޮލުގައި އަޅުވައިގެންނެވެ. އޭނާ ހުއްޓާ އައިމަން އަށް ވެސް އަދި އޭނާގެ ބައްޕައަށް ވެސް މިފަހަރު އީނާލް ގެ އުފާވެރިކަން ފޭރިގަންނާކަށް ނުކެރޭނެއެވެ. އައިމަން އާއި ކުރިމަތިލާން ޖެހުނަސް އޭނާ އެކަން ކުރާނީ ކެރި ހުރެއެވެ.
މަލަކް އާ މެދު ކަންތައް ހިނގާފައި އޮތް ގޮތް އެނގުމަށް ފަހު އައިމަން އާއި އަމިއްލަ ބައްޕަ އާ މެދު ދެކޭ ގޮތް ބަދަލް ވެއްޖެއެވެ. އެމީހުންގެ އަމިއްލަ އެދުމާހެދި ދަރިން ގެ އުފާތަކުން މަހުރޫމް އެކުރުވަނީ ހާދަ މަޖުބޫރީ ގޮތަކަށެވެ. ވިސްނަމުން ދިޔަ އަޔާން ގެ ސިކުނޑި ފަޅައިގެން ދާން އުޅޭހެން ހީވުމާއެކު އޭނާ ބާލީހެއް ނަގާ މޫނު ފޮރުވާލިއެވެ.
ޒައިން އާ ބައްދަލުކުރަން ބޭނުންވެފައި ހުންނަ އައިމަން އަށް ޒައިން އެކަނި ހުއްޓާ ފެންނަގޮތެއް ނުވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ ބޭނުންވަނީ އީނާލްގެ ހަޔާތުން ޒައިން ދުރުކުރާށެވެ. އެދުވަހުގެ މެންދުރުގެ ވަގުތުގައި ވެސް އޭނާ އަށް ޒައިން ފެނުނީ ބޮޑު ގްރޫޕަކާއެކީގައެވެ. އެހެންކަމުން އަޅާނުލީއެވެ.
ޑިއުޓީ ނިންމާފައި ހޮސްޕިޓަލުން އީނާލް ނުކުންނަން ދިޔައިރު މިކްޔަން އައިސް ވަންނަނީއެވެ. އީނާލް ގެ އަތުގައި މިކްޔަން ހިފުމާއެކު ސިހިފައި އީނާލް އަށް މިކްޔަން އަށް ބަލާލެވުނެވެ. އަދި ވަށައިގެން ހޯދާލެވުނީ އެ މަންޒަރު އެއްވެސް މީހަކަށް ފެނުނު ތޯއެވެ. އެވަގުތު އެތަނުގައި ތިބި ނަރުސްކުދިން ތަކެއްގެ ނަޒަރު އެ ދެމީހުންނަށް އަމާޒު ވެފައި ވާތަން ފެނުމާއެކު އީނާލް މިކްޔަން ގެ އަތުން އެ އަތް ދަމައިގަންނަން މަސައްކަތް ކުރިއެވެ.
“ދެން ތީ ކޮން ސަކަރާތެއްތަ؟” އީނާލް އަށް ބުނެވުނެވެ. އެހެންނަމަވެސް މިކްޔަން އީނާލް ގެ އަތުން ދޫ ކުރާ ހިޔާލެއް ނުކުރިއެވެ. އޭނާގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއް ވިއެވެ.
“ދޫކުރޭ މިކްޔަން” އީނާލް އަށް ތަންކޮޅެއް ބާރަށް ބުނެވުނީ މިކްޔަން އޭނާގެ އަތުން ދޫކޮށް ނުލުމުންނެވެ.
އީނާލް ގެ އަޑު ބާރު ވުމާއެކު މިކްޔަން އީނާލް ގެ އަތުން ދޫކޮށްލިއެވެ. އެވަގުތު އެތަނުގައި ތިބި ނަރުސްކުދިންތައް ހެމުން އެކަކު އަނެކަކުގެ ކަންފަތް ބުޑުގައި ސިއްރުން އެއްޗެއްބުނެލައިފިއެވެ. މިކްޔަން އައި ރުޅީގައި ހަލުވި ފިޔަވަޅުތަކުގައި ދުރަށް ހިނގައިގަތެވެ. އީނާލް ގެ ސަބަބުން ފުރަތަމަ ފަހަރަށް ބައެއްގެ ކުރިމަތީގައި އޭނާ ލަދު ގަންނަން ޖެހުނީއެވެ. މިއިން ދުވަހަކުވެސް އަންހެން ކުއްޖަކު އޭނާ އާ ވާހަކަ ނުދައްކާހާ ހަރުކަށިކޮށް އީނާލް އޭނާ އާ ވާހަކަ ދައްކައިފިއެވެ.
“ދެބުމަ ގޮށްޖެހިފައި ހުރި އީނާލް ގެ ފިޔަވަޅުތައް ވެސް އަވަހެވެ. ދެންމެ ވެގެން ދިޔަ ކަންތަކުން އޭނާ ހުރީ ރުޅިއައިސް މީހާ ހަލާކު ވާވަރު ވެފައެވެ. އެ ފިރިހެނާގެ އުނދަގުލުން އޭނާ ސަލާމަތް ވާނީ ކޮން އިރަކުން ބާއޭ ހިތަށް އަރާ ހާލު އީނާލް ހިނގަމުން ދިޔައެވެ.
ގެއަށް ގޮސް އެ ދިޔަ ހަލުވި މިނުގައި ކޮޓަރިއަށް ވަދެ އެނދުމައްޗަށް ދަބަސް ހޫރާލިއެވެ. އެވަރުންވެސް އައިސްފައި ހުރި ރުޅި ފިނި ވާގޮތެއް ނުވިއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ފޯނަށް ބަލާލީ އެ ވަގުތު ފޯން ރިންގް ވަމުން ދިޔައީތީއެވެ. ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން އީނާލް “ހެލޯ” އޭ ކިޔާލައިފިއެވެ.
އެކޮޅުން ވާހަކަ ދެއްކި އަޑު އިވުމާއެކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއާއެކު އައިސްފައި ހުރި ރުޅިވެސް އެއްކޮށް ފިލާދިޔައެވެ. އެކަމަކު އެކޮޅުން ވާހަކަ ދައްކަމުން ގޮސް އެންމެ ފަހުން ބުނެލި ވާހަކައިން އީނާލް ގެ ތުންފަތް މައްޗަށް ވެރިވި ހިނިތުންވުން ފަނޑު ކޮށްލައިފިއެވެ.
“ތީ އެންމެ ރަނގަޅު ގޮތްތަ ޒަފް” އީނާލް އަށް އަހާލެވުނެވެ.
“އީން… އައި ރިއަލީ ވޯންޓެޑް ޓް ޑޫ ދިސް… އެ ހަގީގަތް ފާޅު ނުކުރިޔަސް… އެޓްލީސްޓް އަހަރެން މި ގޮތަށް ކަންތައް ކުރުމުގެ ފުރުސަތު ދީ” ޒަފާ ގެ އަޑުގައި ވަނީ އާދޭހެވެ.
“ޒަފާގެ ޑޭޑް އެއްބަސް ވާނެތަ؟ ހީ ރިއަލީ ލަވްސް ޔޫ… ދުވަހަކުވެސް ޒަފް އަށް ދެރަ އެއް ވާކަށް ޒަފް ގެ ޑޭޑް ނޭދޭނެ” އީނާލް އަށް އެންމެ ފަހުން ބުނެވުނެވެ.
“ހާސްނުވޭ.. އީން… ޒަފް ގެ ޑޭޑް ޒަފް ބޭނުން ވާ ގޮތަށް ކަންތައް ތައް ކޮށްދޭނެ… ޒަފް އެއް ދުވަހަކުވެސް ޒަފް ގެ ޑޭޑް ދުލެއް ނުކުރާނަން… އެއަށް ވުރެ މާ ބޮޑަށް ޑޭޑް ދެކެ ލޯބިވޭ…” ޒަފާގެ އަޑުގައި ވަނީ ޔަގީން ކަމެވެ. ޒަފާ އަށް ފަރިތަކަމާއެކު ދިވެހިން ވާހަކަ ދައްކަން އެނގުމާއެކު ދެމީހުންގެ ދެމެދުގައިވެސް ވާހަކަ ދެކެވެމުން ދިޔައީ ދިވެހިންނެވެ. އީނާލް ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިޔަސް އެ ހިނިތުންވުމުގެ ފަހަތުގައި އޭނާ އެތަކެއް ޝުއޫރެއް ފޮރުވަމުން ދިޔައެވެ.
އިރުކޮޅަކު ޒަފާ އާއި ވާހަކަ ދައްކަލުމަށްފަހު އީނާލް ފޯން ބޭއްވިއެވެ. އޭރު އެ ހިތުގައި ވަރުގަދަ ހައިޖާނު ގަނޑެއް އެފެދިފައި ވެއެވެ. ކަންތައް ތައް ވަމުން މިދަނީ އޭނާ ފަހަރެއްގައިވެސް އުންމީދު ކޮށްގެން ހުރި ގޮތަކަށް ނޫނެވެ. ކަމަކަށް ފަހު ކަމެއް ލައިގަންނަމުން ދިޔައީތީ އޭނާގެ ބޯ ފަޅައިގެންދާހާ ވެއެވެ.
އެހެންނަމަވެސް ޒަފާ ކުރަން އުޅޭ އެއްވެސް ކަމަކަށް އޭނާ އަށް ދެކޮޅު ހެދޭކަށް ނެތެވެ. ޒަފާ ވެސް އެފަދަ ބޮޑު ފިޔަވަޅެއް ނަގާނީ ވަރަށް ވިސްނާފައެވެ. ހަމަގައިމުވެސް ޒަފާ ފަދަ ހަރުދަނާ ކިޔަވައިގެން ހުރި ކުއްޖަކު ކަތި ފިޔަވަޅެއް ނާޅާނޭކަން އީނާލް އަށް ޔަގީނެވެ. ހިތުގައި ބިރުވެރިކަން ވަނީ އެ ހަގީގަތް ފާޅުވާ ދުވަހު ކަންތައް ތައް ވާނޭ ގޮތެއް ނޭނގޭތީއެވެ. ކޮންމެ ސިއްރެއްވެސް ކޮންމެވެސް ދުވަހަކުން އެންމެންގެ ކުރިމައްޗަށް އަންނާނޭ ބުނާ އަޑު އެނާ އަހައެވެ. “އަނެއްކާ ޒަފާގެ އެ ހަގީގަތް ވެސް” އީނާލް އަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.
އެހަގީގަތް ފާޅުކޮށްފިނަމަ ދެން ކަންތައް ވާނީ ކިހިނެއްހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް ޒަފާ ވެސް ދެރަވާނެއެވެ. ހިތްދަތި ވާނެއެވެ. އޭނާ ވެސް އެވަރު ވިސްނަން ޖެހޭނެއެވެ.
މެލޭޝިއާގައި ޒަފާ އުޅެމުން ދަނީ ޒަފާގެ އާއިލާ އާއި އެކުގައިއެވެ.
އެރޭ އަޔާން ޝާމިން އާއި ބައްދަލުކުރިއެވެ.
އޭރު ގަޑީން ހަތެއްޖަހަނީއެވެ.
“ޝާމިން އަށް ހުރިހާ ވާހަކަ އެއް ކިޔައިދޭން ބޭނުންވާތީ ބައްދަލު ކުރަން އެދުނީ” އަޔާން ސަލާމަށް އަތް ދިއްކޮށްލިއެވެ. ޝާމިން ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އެ އަތުގައި ހިފިއެވެ.
“ދޮންތަވެސް ކުޑަކޮށް ކިޔައިދީފި ކަންތައް ތައް ވީ ގޮތް؟” ޝާމިން މަލަކް އަށް ބަލާލިއެވެ. މަލަކް ވެސް ޝާމިން އަށް ބަލާލުމަށްފަހު އަޔާން އަށް ނަޒަރު ހުއްޓާލިއެވެ. އޭރު އަޔާން ގެ ނަޒަރު ހުރީ މަލަކް އަށް ހުއްޓިފައެވެ. މަލަކް އަޔާން އާ ދިމާލަށް ބަލަން ހުރެ ބޯ ޖަހާލިއެވެ. އަޔާން އަތުން އިޝާރާތް ކޮށްލަމުން ބެސްޓް އޭ ބުނެލިއެވެ. އަދި ހިނިތުންވެލިއެވެ.
“އަހަރެން ބޭނުން އަހަރެންނާއި އަހަރެންގެ އާއިލާގެ ފަރާތުން މަލަކް އަށް ލިބުނު އަނިޔާތަކަށް މާފަށް އެދެން. ހަމަ ގައިމުވެސް މަލަކް އަށް އެއްވެސް ހާލަތެއްގައި ދެރައެއް ދިނުމަކީ އަހަރެން ބޭނުންވި ކަމެއް ނޫން… އެހެންނަމަވެސް އޭރުކަންތައް ވީ ގޮތް ދޯ އެއީ… ބައެއްގެ ރޭވުމުން… ހުދު އަހަރެންނަކަށް ވެސް ނޭނގެ ފަރުދާގެ ފުރަގަހުގައި ކުޅެވެމުން ދިޔަ ކުޅިވަރުތަކެއް… އެކަމަކު މާޒީގައި ކަން ހިނގި ގޮތަށް މިފަހަރު ކަންތައް ހިނގިޔަކަ އަހަރެންނެއް ނުދޭނަން.” އަޔާން ޔަގިންކަން ދިނެވެ. އޭރު އެ ހިތުގައި އީނާލް ގެ ހިޔާލް ތައް ވެސް ވިއެވެ.
ޝާމިން އަށް ވާހަކަ ތައް ކިޔައިދިނުމުން އެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްތަން ވެސް ހައްލުވިއެވެ. އެރޭ ތިން މީހުން ގެއަށް ދާން ދިޔައި ހިންހަމަ ޖެހިފައިވާ ހިތަކާއިގެންނެވެ. އެހެންނަމަވެސް އެ ހަމަޖެހުން ދެމި އޮތީ މަދު ސިކުންތުކޮޅަކަށެވެ. މަލަކް އަށް އައި ފޯން ކޯލާއެކު މަލަކް ގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.








Yeah me first dhw?.. Vaahaka hama habeys… ??
Thanks dear. V ufaavehjje. Much loves.
Assalaam alaikum. So heres the 17 ep of the story. The character zafaa has a secret with her which might change everyones life?. What do u think it will be?. Hope u enjoyed this ep too.
Ur feedbacks are always welcome.
Jazakallah Khairan.
just love the story
i guesss the call was again to make malak away from ayaan
i just hate their dad how could he do that anyways ly hi mi
misses
Hingaa balamaa dw dear. V ufaavehjje. Much loves. ???
Awesome ❤️❤️❤️??????????… Mi part vx haadha reehchey Maasha Allah ❤️❤️❤️???????????????… Hama superb ?????????… Day by day it’s becoming more and more interesting ???❤️❤️❤️… New character eh entry vee dhw ???… Pinky ah heevany zafaa akee eenaal kiyavan ulhunu iru Malaysia in dhimaavi friend eh henn ???… Secret dhw ???… Kn secret eh baa zafaa ah ingeny??? Alhey I’m curious to know that ???… Mikyan ulhey gothun haadha foohivey ???… I just hate him ???… Aiman vx ???… Zain ekani huhta fenihjihyaa Aiman anehkaa zain ah majubooru kuraane kanneynge ???… Malak ah e gulhy kaakubaa??? Anehkaa malak ge mom ah kameh veetha??? ???… Haadha curious kuruvaafa ey Hi Mi thi ninmaalee ???… Mihaaru vx next part kiyaalaahithun mihury ???… N zafaa ge mom kobaa baa??? I think zafaa Maldives ah annan eulheny ???… Anehkaa eenaal n zafaa ge family connection ovedhaane baa??? ???… Haadha heeveyey ekahala gotheh vx vedhaane henn ???… Heheh… Comment v dhigu vehje dhw Hi Mi ???… N so many guuess ???… Hehhe ???… Pinky bunelaany thigothuga kuriah dhaashey ??????❤️❤️❤️… U are really great ???❤️❤️❤️?????????… Thankyou so much for bringing such a wonderful story ❤️❤️❤️??????… Curiously waiting for the next part ???… Lots n lots of love pinky ge favourite Hi Mi ❤️❤️❤️??????????????????…
achiidi haadha dhigu commeny ekey..hi mi ves foohi vaane dho mihaa dhigu vy ma..boa halaaku..ahaha
Hey dear pinky. Haadha long comment ekey. V ufaavehjje. Thankyou for thr support. Muchbloves. Sorry for the short reply today. ???
Wonderful ??? Himi mi partvx v v v reethi n ehaame intresting ingey ?????????… I just love it ?????????… Alhey mikyan ulhey gothun haadha foohsehvey n zafaa anehkaa kaakubaa?? Mihaaruvx haadha curious kuruvaafiyeah ??????… U are a great ingey hama n keep up the good work Himi ?????????… curiously waiting for the next ?????????… much loves ??????????????????❤❤❤??????????????????
Hey dear. Thanks. Lets see what hons next. Much loves. ???
Himi ge fb id bunedheeba pls kihine gulheynee himi ge vahaka thah haadha reeche
Salaam lana. Himi ge fb id public ga haama kurumaki ehaa rangalhu kamakah vaanekamakah nufeney. If u wanna contact me u can contact me at [email protected]. thankyou dear. V ufaavehjje. Much loves. See yh. ???
Dear readers… Story up kurun lasvany Hi Mi ah net connection nulibigenn… Ekamah takaa adhi readers ge comment thakah reply nukureveythy Hi Mi hurihaa readers ge kibain maafah edhey… Net connection libunuhaa avahah Hi Mi story aaigenn kuriah dhaane… Hi Mi ge faraathun hurihaa readers ah dhey message eh… ???…
heheh thanks dear
will wait hi mi
ly, miss yuh n ur story
Thanks pinky and unique. ???