Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާ ލޯބި އިނގޭ ނަމަ 7

Aami Level 210 Stories100 Comments
November 6, 2018 4 Mins Read
11 Comments

ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މި ކައިވެނި ކުރުވަން ޔާސިރާ ބޭނުންވެއެވެ. އޭރުން މި ސުންޕާ ކުއްޖާގެ ފަރާތުން މިންޖު ވެވޭނެއޭ ޔާސިރާގެ ހިތަށް އެރިއެވެ. އޭނާ އަވްލީން އާއި އެހާ ލޯބިން ވާހަކަ ދައްކާ ހެދީވެސް މި ބޭނުމުގައެވެ. ލޯބީގެ މަޅީގައި ޖައްސައިގެން އަވްލީން ރުއްސުމަކީ މާ ބޮޑު ކަމަކަށް ނުވާނެ ކަން ޔާސިރާއަށް ރަނގަޅަށް އިނގެއެވެ. އެހެންކަމުން ލޯބީގެ މަޅީގައި ޖައްސައިގެން އަވްލީން ލައްވާ އެ ކައިވެންޏަށް އާބަސް ބުނުވަން ކުރެވެން އޮތް ކަމެއް ވިއްޔާ ކުރަން ޔާސިރާ ހުރީ އަތުކުރި އޮޅާލައިގެންނެވެ.

“މައްސަލައެއްނެތް. ބައްޕަމެން ބޭނުން ވަންޏާ އަޅުގަނޑު އެ ކުއްޖާ އާއި ބައްދަލުކޮށްލާނަން.” އަވްލީން އެއްބަސް ވެލީ މިރުހާން އާއި ޔާސިރާގެ ހިތް ރުއްސުމަށެވެ.

ޔާސިރާ އާއި މިރުހާން އަވްލީންގެ ކޮޓަރިން ނުކުމެގެން ދިޔައީ ވަރަށް ހަމަޖެހިގެން ތިބެއެވެ.

ގަޑިން ރޭގަނޑު 7 ޖެހުމުން އަވްލީން ތައްޔާރުވާން ފެށިއެވެ. ކުޑަކޮށް ހިތްނުތަނަވަސް ވެފައި ހުރި ނަމަވެސް އަވްލީން ތައްޔާރުވިއެވެ. ލޯބިވާ މަންމަ އާއި ބައްޕަގެ އެދުމަށް މި ކައިވެނި ކުރަން ޖެހުނަސް ކުރާން އަވްލީން ނިންމިއެވެ. އެތައް ދުވަސް ތަކަކަށް ފަހު މަންމަ އާއި ބައްޕަގެ ލޯބި ލިބުމުން އެ ލޯބި އަނެއްކާވެސް ބީވެގެން ދާކަށް އަވްލީން ބޭނުމެއް ނޫނެވެ.

ބަރާބަރު 7:45 ވީއިރު އަވްލީން ހުރީ ތައްޔާރުވެގެންނެވެ. ޕީޗް ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމަކާއި އެކު އައިސް ބްލޫ ސްކިނީ ޖީންސްއެއްގައި ހުރި އިރު އަވްލީން ފެންނަލެއް ކިތެއްމެހާވެސް ފުރިހަމައެވެ. މޫނު މަތީގައި އެއްްްްްްވެސް މޭކަޕެއް ބޭނުން ކުރެވިފައި ނެތުމުން ފެންނަލެއް ކިތައްމެހާވެސް ސާދާއެވެ.

“ދަރިފުޅާ ރާދިން އަދިވެސް ތައްޔާރުވެ ނުނިމޭތަ؟ މިހާރު އެއޮތް ގަޑިޖެހެނީ” ރިޔާދު ރާދިންގެ ކޮޓަރީގައި ޓަކިޖަހައިލަމުން ބުނެލިއެވެ. އިރުކޮޅަކުން ރާދިން ދޮރު ހުޅުވައިލަމުން ބޭރަށް ނިކުތެވެ. ކަޅު ކުލައިގެ އަތް ދިގު ގާމީހަކާއި މުށިކުލައިގެ ސްކިނީއެއްގައި ހުރި ރާދިން ހީވަނީ ބޭރު މޮޑަލްއެއް ހެނެވެ. ގަމީހުގެ އަތް އުޅަބޮއްޓާއި ހަމައަށް އޮޅައިލައިފައި ހުރުމުން އެ ބާރުގަދަ މުލައްދަނޑި އޮތީ ފެންނާށެވެ.

“ހިނގާ ދަމާ. މިހާރުވެސް މާ ލަސްވެއްޖެ.” ރިޔާދު މިހެން ބުނެ ހިނގައިގަތުމުން ރާދިން ވެސް އޭނާގެ ބައްޕަގެ ފަހަތުން ހިނގައިގަތެވެ.

ރިޔާދުގެ ކާރު ގޮސް މަޑުކޮށްލީ އާދައިގެ ގެއެއްގެ ކުރި މައްޗަށެވެ. ކާރުން ފޭބި ރާދިން ފުންނޭވާއެއް ލުމަށް ފަހު ރިޔާދު އާއި ރައުދާއާ އެކު ގޮސް އެ ގެޔަށް ވަނެވެ.

ދޮރުގައި ޓަކިދިން އަޑަށް ޔާސިރާ ގޮސް ދޮރުހުޅުވައިލިއެވެ. ކުރިމަތިގައި ތިބި ރިޔާދުގެ އާއިލާއަށް އެތެރެއަށް އައުމަށް ބުނަމުން ޔާސިރާވެސް އެތެރެއަށް ވަނެވެ.

“އައްސަލާމް އަލައިކުމް. ރިޔާދު ކިހިނެއްތަ؟” މިރުހާން ރިޔާދު އާއި ސަލާމްކޮށްލިއެވެ.

“ވާލައިކުމުއްސަލާމް. އިންޝާﷲ ހާލުހަމަ ވަރަށް ބަރާބަރު. މީ އަހަރެންގެ އަންހެނުން ރައުދާ ދެން މިހުރީ އަހަރެންގެ ދަރިފުޅު ރާދިން.” ރިޔާދު އޭނާގެ ކުޑަކުޑަ އާއިލާ ތައާރަފްކޮށްދިނެވެ.

“ޔާސިރާ ދޭބަލަ އެ މަންޖެ ގޮވައިގެން އަންނަން” ސޯފާގައި އިށީންނަމުން މިރުހާން ޔާސިރާ ކައިރީގައި އަވްލީން ގޮވައިގެން އަންނަން އެދުނެވެ.

“ދަރިފުޅާ އަވްލީން ހިނގާ ދާން. އެމީހުން އެބަ ތިބި އައިސް” ޔާސިރާ އަވްލީން ގޮވައިގެން ސިޓިންގްރޫމްއަށް ދާން ހިނގައިގަތެވެ. އަވްލީން ހުރީ އިސްޖަހައިގެން ކަމުން ކުރުމަތީގައި އިން ރާދިން އެއް ނުފެނެއެވެ. ރާދިން ވެސް އިނީ އޭނާގެ ފޯނަށް ގެއްލިފައިކަމުން ކުރިމަތިން އައި އަވްލީން އެއް އޭނާގެ ލޮލުގައި އަޅައެއްނުގަތެވެ.

“މީ އަހަރެންގެ ދޮށީ ދަރިފުޅު އަވްލީން!” މިރުހާން އަވްލީންގެ ނަން ބުނެލުމުން ރާދިން އަށް ލިބުނީ ކުއްލި ސިހުމެކެވެ. ފޯނުން ނަޒަރު ވަކިކޮށްލަމުން ކުރިމައްޗަށް ބަލައިލި ރާދިން އިނީ ކުރިމަތިން ފެންނަ މަންޒަރު ޤަބޫލުކުރަން ދަތި ވެފައެވެ. މީ ކިހާ ރީތި އިއްތިފާޤެއް ހެއްޔެވެ. ރާދިން އެ ކުއްޖަކަށްޓަކައި ޖާނުން ފިދާވާން ތައްޔާރަށް ހުރި ކުއްޖާ މީނީ އޭނާގެ ކުރިމަތީގައެވެ. ވަގުތުން ރާދިންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަވްލީން އިނީ އަދިވެސް އިސްޖަހައިގެން ކަމުން އޭނާއަށް އަދިވެސް ރާދިން އެއް ނުފެނެއެވެ.

“މާޝާﷲ ދަރިފުޅު ވަރަށް ރީތި. މަންމަ ހީކުރަން ދަރިފުޅުމެން ދެކުދިން މަންމަމެން ބޭނުންވާ ގޮތަށް ކަންތައް ކުރާނެކަމަށް.” ރައުދާއަށް އަވްލީން ފެނުމުން އަވްލީންގެ ބޮލުގައި ފިރުމާލައި ވަރަށް ލޯބިން ވާހަަކަދެއްކިއެވެ. ކިތެއްމެ މުއްސަނދި ވިޔަސް އެއްވެސް ކަހަލަ ބޮޑާކަމަކާއި ކިބުރުވެރިކަމެއް ނެތޭ އަވްލީންގެ ހިތަށް އެރިއެވެ. ރައުދާ އެހާ ގާތްކޮށް ވާހަކަ ދެއްކުމުން އަވްލީން ހިތްހަމަޖެހުނެވެ. އަދި ދަރިފުޅު ކިޔައިފައި ވާހަކަދެެއްކުމުން ކުރެވުނީ ވަރަށް ވެސް ތަފާތު އިހުސާސެކެވެ. މީގެ ކުރިން މައެއްގެ ލޯބި ނުލިބި ހުރެފައި އެއްފަހަރާ ދެމީހުންގެ ފަރާތުން އެފަދަ ލޯތްބަކާއި އަޅައިލުން ލިބުމުން އަވްލީން ވަރަށް އުފާވިއެވެ. ނަމަވެސް ކައިވެނިކުރެވެން މިއުޅެނީ ކާކާ ކަމެއް ނޭނގޭތީ ހާސްކަމެއްވެސް ހިތުތެރޭގައިވިއެވެ. ހިތާ ހިތުން ހުރިހާކަމެއް ރަނގަޅަށް ވުމަށް އެދި މާތް ﷲ ގެ ހަޟްރަތަށް ދުޢާކޮށްލެވުނެވެ.

“މަންމާ މީ ކޮންބައެއްތަ؟” ގޭތެރެއަށް ވަދެގެން އައި މާޒިންއަށް ރިޔާދުމެން ފެނުމުން ޔާސިރާ އާއި ސުވާލުކޮށްލިއެވެ.

“މީ ދޮންތަ އާއި ބައްދަލުކޮށްލަން އައިސް ތިބި ބަޔެއް.” ޔާސިރާ މާޒިންއަށް އެއީ ކޮން ބައެއްކަން ކިޔާދިނެވެ.

“މީ އަހަރެންގެ ހަގު ފިރިހެން ދަރި މާޒިން” މިރުހާން ރިޔާދުމެންނަށް މާޒިން ތައާރަފްކޮށްދިނެވެ.

“ހައި އައި އޭމް ރާދިން.” ރާދިން މާޒިން އާއި ސަލާމްކޮށްލަމުން އަމިއްލަ ތައާރަފެއް ދިނީ ސުވާލުގެ ނަޒަރަކުން މާޒިން އޭނާ އާއި ދިމާއަށް ބަލަން އިނުމުންނެވެ.

ރާދިންގެ އަޑުޖެހުމުން އަވްލީންއަށް ކުއްލިއަކަށް އިސްއުފުލައިބައިލެވުނެވެ. ކުރިމަތީގައި ހެވިފައި އިން ރާދިން ފެނި އަވްލީން ކުޑަކޮށް ހިތްހަމަނުޖެހުނެވެ. އަވްލީން ރާދިން އާއި އިންނާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ހިތުގައި ރާދިންއަށް އެއްވެސް އިހުސާސެއްނުވެއެވެ. ނަމަވެސް ސީދާ މި ކައިވެންޏަށް އިންކާރުކޮށް ބައްޕަގެ އެދުން ބޮލުގައި ޖަހާކަށްވެސް އަވްލީންއަކަށް ނުކެރޭނެއެވެ. ޔަޤީނެވެ. މީ ރާދިން ބައްޕަނެމްގެ ބޮލަށް ވަދެންގެން ގަސްތުގައި ކުރިކަމެކެވެ. އަވްލީންގެ ހިތަށް އަރަމުން ދިޔައެވެ.

“ދެކުދިން ދާންވީ އެއްނު ވާހަކަދައްކާލަން. ކައިވެނިކުރެވެން އުޅޭ ދެކުދިން ވާނެ އެއްނު ވާހަކަދައްކާލާ އެކަކު އަނެކަކު އެނގިލަން.” ޔާސިރާގެ އެދުމުގެ މަތިން އަވްލީން އާއި ރާދިން އެ ގޭގެ ބޭރުގައި ހައްދާފައި އޮތް ކުޑަ ބަގީޗާ އާއި ދިމާލަށް މިސްރާބުޖެހިއެވެ.

“އަމް ހައި އަވްލީން. މިތަނަށް އައި އިރު ހިޔެއް ނުކުރަން އަވްލީންގެ ވާހަކަކަމެއް ބައްޕަ ދެއްކީ.” ދެމެދުގައި އޮތް ހަމަހިމޭންކަން ފޫއަޅުވައިލަމުން ރާދިން ވާހަކަދެއްކިއެވެ. އަވްލީން އެއްވެސް އެއްޗެކޭއެއް ނުބުނެއެވެ. އެކްޓް ކުރަން ވެސް ހާދަ މޮޅު މީހެކޭ އަވްލީންގެ ހިތަށް އެރިއެވެ.

“އަވްލީން ބޭނުންތަ އަނެއްކާ މި ކައިވެނި ކުރެވެން؟” ރާދިން އޭނާގެ ހިތުގައި އެންބުރެމުން ދިޔަ ސުވާލު އަވްލީން އާއި ކޮށްލިއެވެ.

“އަހަރެން މި ކައިވެނި މި ކުރަނީ ބައްޕަ އާއި މަންމަގެ އެދުމުގެ މަތިން.” އަވްލީންގެ ޖަވާބު ކުރުވެފައި ސާދާއެވެ.

“މަންމަމެން ބުންޏަސް އިންނަން ވާނީ ތިމާވެސް ބޭނުން މީހަކައެއްނު އެކަމް. އަހަރެން ބޭނުން އަވްލީން އާއި މެރީ ކުރަން. އެއީ ކޮންމެހެން ބައްޕަމެން މިކަމަށް އެދުމުންނެއް ނޫން. އަވްލީން އެންމެ ފުރަތަމަ ފެނިލުމުން ވެސް އަހަރެންނަށް އަވްލީން ކަމުދިޔަ.” ރާދިން އޭނާގެ ހިތުގައި ފޮރުފިފައިވާ ހަގީގަތް އަވްލީންއަށް އިއްވައިލިއެވެ. ނަމަވެސް އަވްލީން އެއްޗެކޭ ނުބުނެ ހުރުމުން ކުޑަކޮށް ހިތްނުތަނަވަސްވިއެވެ.

“އަނެއްކާ އަވްލީންއަށް ކަމުދާ އެހެން ކުއްޖެއް ހުރީތަ؟” ރާދިން އަހަން ނާހަން ހުރެފައިވެސް އަހައިލިއެވެ.

އަވްލީން ޖަވާބުގައި ބޯހޫރައިލުމުން ރާދިންއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަވްލީންގެ ރުހުމާއި ލޯބި ހޯދަން ރާދިން އަޒުމު ކަނޑައެޅިއެވެ.

ދެމީހުން އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށް ފަހު ގޭތެރެއަށް ދިޔައެވެ.

ރާދިން އާއި އަވްލީން އައިސް ސޯފާގައި އިށީނުމުން ރިޔާދު ރާދިން ކުރެން އެ ކައިވެނި ކުރަން އެއްބަސްތޯ އަހައިލިއެވެ.

“ލައްބަ ބައްޕާ. އަޅިގަނޑުމެން މި ކައިވެނިކުރަން އެއްބަސް.” ރާދިން ހިނިތުންވަމުން ޖަވާބު ދިން އިރު އަވްލީން އިނީ އިސްޖަހައިލައިގެންނެވެ.

“ބައްޕަމެން ވަރަށް އުފާވެއްޖެ ތި ދެކުދިން ބައްޕަމެންގެ އެދުމާއި އެއްގޮތަށް ކަންތައް ކުރަން އެއްބަސްވީމަ.” މިރުހާން ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.

(ނުމިނޭ).

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aami

Level 210 Stories100 Comments

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 27

Next

އުމުރަށް ތި ލޯބި އެދިގެން 1

Next
November 6, 2018

އުމުރަށް ތި ލޯބި އެދިގެން 1

Previews
November 6, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 27

11 Comments!

  1. Noor says:
    November 6, 2018 at 8:14 pm

    Keehvetha ehaa kurukoh mivaahakaige baithah genesdhenee varah reethi vaahaka keep it up dear

    1. Aami says:
      November 6, 2018 at 9:27 pm

      Sorry dear vrh busy koh ulheythi ehaa dhigukoh genesnudheveny but dhn huri part thah dhigukoh genesdheveythw try kuraaanan
      Nd vrh happy vejje mi part kamudhiyaaama ?

  2. Aami says:
    November 6, 2018 at 9:30 pm

    Assalamualaikum everyone
    First of all i would like to thank all the lovely readers who supports me. Your support is really important for me to continue with this story.
    Secondly as some of the readers are complaining that the story is too short, i have decided to upload the story in Sundays, Tuesdays and Thursdays, so that i can make it longer.
    Hope all will understand ??

  3. Noor says:
    November 6, 2018 at 10:18 pm

    Sorry, vaahaka reethi v ma kiyaalaahihvaathee ehen bunevunee

    1. Aami says:
      November 6, 2018 at 10:40 pm

      Its okey dear i can understand and relate to your situation as i have also been in the same situation.
      But im happy that you liked the story and you are always welcome to give suggestions and feedback. I really appreciate it ?

  4. nau says:
    November 7, 2018 at 10:26 am

    Its a amaizing story?…varah varah reethi❤when next par?t…miah vurah dhigukon genes dhehche varah kiyaa hihvey mi story…???

    1. Aami says:
      November 7, 2018 at 4:36 pm

      ? Thanks dear
      Next part tomorrow and yes next part dhigukollaaanan ??

  5. Hanaan says:
    November 8, 2018 at 3:54 pm

    Can’t wait for the next part!! ??

    1. Aami says:
      November 8, 2018 at 7:05 pm

      ? Glad you liked it
      Next part vrh avahah kiyaalan libeyne in sha allah

  6. Ashna says:
    November 8, 2018 at 8:57 pm

    Nice story waiting for the next ep ??❤?❣

    1. Aami says:
      November 17, 2018 at 4:22 pm

      ??❤️? Glad you like the story

Comments are closed.

Next Episodeވާ ލޯބި އިނގޭ ނަމަ 8←


All Right Reserved!