މަންޒިލް ތިއޭ މި ހިތް އެދޭ (11)
ގއ. ވިލިނގިލީގައި ހިނގި އަލިފާނުގެ ހާދިސާ ޚަބަރު ލިބުނުހާ އަވަހަކަ އެންމެ ހޫނުކަންމަތީ ހުރިހާ ޓީވީ ޗެނަލްތަކުންނާއި ރޭޑިއޯ ސްޓޭޝަންތަކުން ދިޔައީ ގެނެސްދެމުންނެވެ. މީސްމީޑިޔާތަކުގައިވެސް އެޚަބަރު ދައުރުވަމުންދިޔައީ ވަރަށް ހަލުވިކޮށެވެ. ބައެއް އޮންލައިން ނޫސްތަކުން އައިރާގެ ފޮޓޯއާއި އެކު އާންމު ކުރަމުންދިޔައެވެ. ކޮންމެ ނޫހެއްގަވެސް އެންމެ މީހުން ކިޔާ ހިތްވާ ކަހަލަ ގޮތަކަށް ޚަބަރުގެ ސުރުޚީ ލިޔަމުން ދިޔައެވެ.
***
އަރީނަށް ފޯނުގައި އަތްލެވޭ ވަރުވީ ހެނދުނު 10 ޖަހަނިކޮށެވެ. އޭރު ކުރިމަތީ އިން ޓީވީއިން އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ޚަބަރު ކިޔަމުންދިޔައެވެ. އަރީނަށް ޓީވީއަށް ސަމާލުކަން ދެވުނީ ހަބަރުގެ މެދުތެރެއިން ކަމުން މާބޮޑަކަށް ވާނުވާ ސާފްވާވަރެއް ނުވެއެވެ. އެހެންކަމުން ދެން ބަލާލީ އޮންލައިން ނޫހަކުން އެ ޚަބަރު ފެނޭތޯއެވެ. ބަލާލި އިރު ދުވަހުގެ ހުރިހާ ނޫހެއްގައި ވަނީ އެވާހަކައެވެ. ގއ.ވިލިނގިލީގައި ހިނގާފައިވާކަމެއް ކަމުން އިތުރަށް އޮޅުން ފިލުވަން ބޭނުންވެއްޖެއެވެ. ބިރުވެރިކަން ހިތައް ވެރިވެގެން ހިނގައްޖެއެވެ. މިގޮތައް އެކި ޚަބަރުތައްް ކިޔަމުން ދަނިކޮށް އޭނާ ހުއްޓުން އެރީ ” ނިކަމެތި އަންހެންކުއްޖެއްގެ ދިރިއުޅުން އަނދާ އަޅިއަށް” މި ސުރުހީ އާއިކު ލާފައިން އައިރާގެ ފޮޓޯ ފެނުމުންނެވެ. އަރީން ރަގަޅަށް އެލިޔުން ކިޔާލިއެެވެ. މުޅިމީހާ ތުރުތުރު އަޅައެވެ. ދެލޮލުން ކަރުނަތައް ހިފެހެއްޓުމެއްނެތި ފައިބަމުން ދެއެވެ. މިއީ އައިރާއަށް އެހީވާންވީ ވަގުތެވެ.
އެންމެ މިނިޓެއްްވެސް ނަގާ ނުލާ އަރީން އައިރާގެ ހާލުބަލަން މަސައްކަތް ކުރަންފަށައިފިއެވެ. އައިރާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ. ހޮސްޕިޓަލުގެ ވެރިންނާއި ކައުންސިލްގެވެރިންނާއި ވާހަކަ ދައްކައިގެން އައިރާާ މާލެ ގެނައުމުގެ ކަންކަން ނިންމާފިއެވެ.
އަރީންގެ މިނިންމުން މައިބަފައިންނާއި ހިއްސާކުރެވުނީ މާލެ ގެނައުމުގެ ހުރިހާކަމެއް ހަމަޖެހިނިމުމުންނެވެ. މަންމަމެން އެކަމާ ދެކޮޅު ހެދުމުގެ ބަދަލުގައި ވީ އުފަލެވެ. އެހީތެރިކަން ފޯރު ކޮށްދިނުމުގައި އިސްނެގީތީއެވެ.
***
އައިރާ ވައިގެ މަގުން މާލެ ގެނެވިއްޖެއެވެ. އެއަރ ޕޯޓަށް އައިރާ ބަލާ ދިޔައީވެސް އަރީނެވެ. ގެއަށް އައިރު މަންމަ ހުރީ ހުރިހާކަމެއް ތައްޔާރު ކޮށްފައެވެ. ނިދާނެ ކޮޓަރިއެވެ. ލާނެ އަންނައުނެވެ. އަދި އެތައް ވައްތަރެއްގެ ކާ އެއްޗެއްސެވެ. މަންމަ ހުރިހާ ކަމެއް ކުރީވެސް އަރީން ބުނާ ގޮތަށެެވެ. ކޮޓަރީގެ ބެޑްޝީޓަށް ދަންދެން ހުންނަން ޖެހޭނެ ގޮތް އަރީން ވަނީ ކިޔާދީފައެވެ. އެއީ އައިރާގެ ފަރުވާގެ ބަޔަކަށްވެސް ވެދާނެްެއެވެ. މަންމަ އަށް އެގޭހާވެސް އެއްޗަކީ އެ އަންހެންކުއްޖާ އަންނަންވާ އިރަށް އެއްވެސް ކަމެއް އުނިވެފައި ހުންނަން އަރީން ބޭނުން ނުވާ ކަމެވެ.
މަންމައަށްވެސް ހީވަނީ ދަރިޔަކު ދުރުގައި އުޅެފައި އަންނަން އުޅޭ ހެންނެވެ. ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކުރެވޭތޯބެލިއެވެ.
” މިއީ އަހަރެންގެ ގެ.. މިއީ މަންމަ” އަރީން ގެ އަށް ވަދެފައި ފުރަތަމަވެސް މަންމަ ތައާރަފް ކޮށްދިނެވެ.
މަންމަ އައިރާ ގެނެސް ސޯފާގައި ބޭންދިއެވެ. ހަނދެްެއް ފަދަ މި އަންހެންކުއްޖާއަށް ޖެހިފައި މިވާ ހާލު ފެނިފައި މަންމަގެ ހިތް ހަމްދަރުދީއިން ފުރުނެވެ.
“ނޫނޭ މިހާރު މިއީ އައިރާގެވެސް ގެ. މިއީ އައިރާގެވެސް މަންމަ”
މަންމަ އައިރާއަށް ޖޫސްތަޓެްްއް ދެމުން ބުންޏެވެ. މަންމަބުނާ ކޮންމެ ބަހެއް ވެސް އެހާ އޯގާތެރިއެވެ. މަންމަގެ ލޯތްބާއި އޯގާތެރިކަމުންވެސް އައިރާގެ ބައްޔަށް ޝިފާއެއް ލިބޭނެއެވެ.
މަންމަ ދިޔުމުން އައިރާ ގޮވައިގެން އަރީން އެރީ ގޭގެ ޓެރަސް މައްޗަށެވެ. މަންމަ ހައްދާފައިވާ މާ ގަސްތައް ދައްކަމުން، ވަކިވަކިން ކޮންމެ މަލެްްއްގެ ނަންވެސް ކިޔާދެމުން ދިޔައެވެ. އައިރާ ހުރީ އުފާވެފަްެްެްއެވެ. ދުވަހަކުވެސް ހިތާމައަކާއި ކުރިމަތި ލާފައި ނުވާ ކަހަލައެވެ. އައިރާގެ މޫނުމަތީގައިވާ ހިނިތުންވުން ފަޑު ނުވުމަށް އަރީން ހިތުން ދުއާ ކޮށްލެވުނެވެ. ނަމަވެސް ހުރިހާކަމެއް ހަނދާނަށް އަންނަ ދުވަހުން ވާނީ ކިހިނެތްބާއެވެ. ކޮންމެ ފަދަ ދަނޑިވަޅަކުވެސް މާޒީގެ ހަނދާންތައް އެބުރި އަތުވެދާނެްއެވެ. އޭރުން މިހާރު މިފެންނަށް އުފާވެރިކަން ނުފެންނާނެކަން ޔަގީނެވެ.
އަރީން އައިރާގޮވާގެން ސިޓިންގ ރޫމަށް އައި ވަގުތަކީ މީރާވެސް ގެއަށް ވަން ވަގުތެވެ. އަރީން އަންހެން ކުއްޖަކާއި އެކު ފެނުނުމީ ފުރަތަމަ ފަހަރެވެ. މީރާ އެތަނުގައި މަޑުވެސް ކޮށް ނުލާ ދިޔައީ މަންމަ ފެނޭތޯއެވެ.
“މަންމާ އެއީ ކޮން އަންހެން ކުއްޖެއް” މީރާގެ އަޑުގައިވާ ނުރުހުމުގެ އަސަރު މަންމަ ދެނެގަނެފިއެވެ.
” އެއީ އަލިފާނުގެ ހާދިސާގައި ގެދޮރާއި އާއިލާ ގެއްލިފައިވާ ނިކަމެތި އަންހެން ކުއްޖެްްއް” މަންމަ މީރާ އަށް އޮޅުން ފިލުވައިދިނެވެ.
“ދެން ކީއްވެ މި ގެޔަށް ގެންނަން ޖެހުނީ” މީރާ ސުވާލަކަށްފަހު ސުވާލެްްއް ކުރަމުން ދިޔައެވެ.
” އޭނަ ގެނައީ އިންސާނިޔަތައް ޓަކައި.. މީހުންނަށް އެހީތެވެދިނުމަކީ ވަރަށް މާތް ސިފައެްެއް.. މަންމަ މިއަދު ވަރަށް އުފާވެފަ މިހުރީ..”
މަންމަގެ އަޑުގައި ވަނީ އުފާވެރިކަމެވެ.
މީރާ ގޮވައިގެން މަންމަ ދިޔައީ އައިރާ ކައިރިޔަށެވެ.
” މިއީ މީރާ.. މިވެސް މި ގޭ ކުއްޖެއް” މަންމަ އައިރާ އަށް މީރާ ތައާރަފް ކޮށްދިނެވެ.
މީރާ ހީލަމުން އައިރާއާ ސަލާމް ކޮށްލިއެވެ. ނަމަވެސް ހިތުގައި ވަނީ ހަސަދަވެރިކަމެވެ. އައިރާގެ ރީތިކަން ފެނިފައެވެ. އަރީން އައިރާއާއި ދިމާއަށް ބަލާލަނީވެސް ތަފާތު ގޮތަކަށެވެ. އެ ގޮތައް އަހަރެންނާއި ދިމާއަށް ދުވަހަކުވެސް ނުބަލައެވެ. އޭނާގެ ސިކުނޑި ބުނެދެމުން ދިޔައީ އަރީންނާއި އައިރާއާ ދޭތެރޭ ހާއްސަކަމެއް ވާކަމަށެވެ. އެހެންނޫނީ އައިރާ މިގެޔަކަށް ނުގެންނާނެއެވެ.
” މިއީ އަހަރެންގެ ވާން އުޅޭ ފިރިމީހާ ދޯ މަންމާ” އަރީންގެ އަތުގައި ހިފަމުން މީރާބުންޏެވެ. އައިރާ އެދެމީހުންނަށް ބަލާލާފައި ހިނިތުން ވެލިއެވެ.
މީރާ ކަންތައް ކުރިގޮތުން އަރީން ވަރަށް ހިތްހަމަ ނުޖެހުނެވެ. މަންމަ ކައިރީގައި ހުރުމުން މޫނުމަތިންވެަްސް އެއްވެސް އަސަރެއް ނުދައްކާ ހުރީއެވެ.
މަންމަ އައިރާ ގޮވައިގެން ކޮޓަރިއަށް ގޮސްފިއެވެ. މީރާ ހުރީ މިކަހަލަ ދަނޑިވަޅަކަށް ބަލަބަލައެވެ.
” އެކުއްޖާ ރީތި ވީމަތަ މިގެއަށް ތިގެނައީ” މީރާ ފާޑެއްގެ ހިނިތުންވުމެއް މޫނުމައްޗަށް ގެންނަމުން ބުންޏެވެ.
އަރީން ގެ ‘ކެރުން’ އޭގެ ޖާގައިން ނުކުންނަން މަސައްކަތް ކުރަނީއެވެ.
” އެއީ މީރާ ބަލަން ޖެހޭ ކަމެްްއް ނޫން”
މީރާ ހުރީ އަނގަ ހުޅުވިފައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. އަރީންނަށް މިގޮތައް ބަސް ބުނުމުގެ ހިތްވަރު މި ލިބުނީ ކިހިނެތް ހެއްޔެވެ. މީރާ އަގައިންވެސް ނުބުނެ ނުކުމެގެން ދިޔައީއެވެ.
*****
ދުވަސްތައް ފާއިތު ވަމުންދެއެވެ. އަރީން ގެ އަޅާލުމާއި އޯގާތެރިކަން އައިރާ އަށް އިންތިހާއަށް ލިބެމުން ދެއެވެ. އައިރާގެ ހަދާންތައް އަލުން ގެނެވޭތޯ އަރީން ދިޔައީ މަސައްކަތް ކުރަމުންދެއެވެ. އެގޭތެރެއިން އައިރާއަށް އުނިވާނެ އެއްވެސް ކަމެއް ނެތެވެ. މަންމަވެސް އައިރާއާއި ދޭތެރޭ ދެކެނީ އަމިއްލަ ދަރިއެކޭ އެއްގޮތަށެވެ. އަރީންގެ ފަރާތުން ތަފާތު ކަންތައްތަކެއް ފެންނަކަން މަންމަވެސް ދިޔައީ ފާހަގަ ކުރަމުންނެވެ. އަރީން މީރާއާ ދޭތެރޭ ފަރުވާކުޑަކޮށް ކަންތައް ކުރިނަމެވެސް އައިރާއާއި ދޭތެރޭ އެގޮތަކަށް ކަންތައްތަކެއް ނުކުރެއެވެ. އޭގަ ސަބަބުތަކެްްއް ވާނެކަމަށް މަންމަގެ ސިކުނޑިއަށް ވެސް ވިސްނެމުން ދިޔައެވެ. ޔަގީނެވެ. އަރީންގެ ހިތުގައި މީރާއަށް އެއްވެސް ވެސް ޖާގައެއް ނެތީއެވެ. އެ ކައިވެނި ކުުރުވުން ހުއްޓުވުމަށް މަންމަ މަސައްކަތް ކުރާނެއެވެ. ނަމަވެސް ބައްޕަގެ ހިޔާލެއް އަދި ނޭގެއެވެ. ބައްޕައަކީ އެކުވެރިންނަށް ނުހަނު ގަދަރު ކުރާ ބައެކެވެ.
****
މީރާއަށް ތަފާތު ބަދަލުތަކެއް އަންނަ ދުވަސް ކޮޅެކެވެ. ކާހިތް ނުވުމާއި މޭނުބައި ކުރާ ދުވަސްކޮޅެކެވެ. މީރާއަށް މިއަންނަ ބަދަލުތަކާއި މެދު އޭނާ އަށް ވެސް ޝައްކެވެ. މިއީ އަދައިގެ ބަދަލެއް ނޫނެވެ. އޭނާގެ އެ ޝައްކު ފިލުވާލުމަށް ޓަކައި ގޭގައި ހެދި ޓެސްޓުންވެސް ޕޮޒިޓިވް ވެއްޖެއެވެ. އޭނާ އެއިނީ ބަލިވެްެއެވެ. މިކަން އެހެން މީހަކަށް އެގިއްޖެނަމަ އޭނާ މުޅި ރަށަށް ގިނަވާނެއެވެ. މީހުން ހާދަ މަލާމާތެއް ކުރާނެއެވެ. ދެން އަރީންގެ ދިރިއުޅުމުން ކައިވަތެއްހާ ހިސާބުވެސް ނުލިބޭނެއެވެ. އެދުވަސް އައުމުގެ ކުރިން މިކަމުން ސަލާމަތް ވާން ވެސް ޖެހޭނެއެވެ. ދެން ވިސްނީ މީހަކަށް ގުޅާށެވެ. އެކަމަކު ފުރަތަމަ ގުޅާނީވެސް ކާކަށް ހެއްޔެވެ. ބަލިވެއިނީ ކާކަށްކަމެއް ހުދު އޭނާ އަކަށް ވެސް ނޭގެއެވެ. އެކަމަކުވެސް ނަންބަރުތަކުގެ ތެރެއިން ކޮންމެވެސް ނަންބަރަކަށް ގުޅައިފިއެވެ.
” ހަލޯ ވަސީމް” މީރާގެ އަޑުގައި ހަގީގަތުގައިވެސް ކަންބޮޑުވުމުގެ އަސަރު އެބަހުއްޓެވެ.
“ހޫމްމް… ކިހިނެތްވީތަ” މީރާ ގުޅީ ވަސީމް ނިދާފައި އޮށްވަކަމުން ވަސީމް ހުރީ ވަރަށް ނުރުހިފައެވެ.
” އަހަރެން… އަހަރެން ބަނޑުބޮޑު” ވަސީމް ބުނާނެއެއްޗަކާއި ދޭތެރޭ ވިސްނަން ހުރެފައި ވަރަށް އުނދަގުލުން ބުންޏެވެ.
” ކީކޭ… މަގޭ ދަރިޔެކޭ… ނުވާނެ ތިހެނެްއް ” ވަސީމުގެ ނިދި އެއް ކޮށް ފިލައިފިއެވެ.
” ކީއްވެތަ އެހެން ނުވާނީ.. ” މީރާ ހާސްވާން ފަށައިފިއެވެ.
” މަށަށް ނުގުޅާތި ދެން.. މަށަށް ޔަގީން މަގޭ ދަރި އެއް ނޫން ކަން” ވަސީމް މިހެން ބުނެފައި ފޯނު ބޭއްވީއެވެ.
މީރާ އުއްމީދު ކަނޑާނުލާ އަނެއްކާވެސް ގުަޅާނެ ނަންބަރެްއް ހޯދާލިއެވެ.
ނޫނެކެވެ. ނުގުޅާނަމެވެ. ވަސީމު އެއީ އެންމެންގެ ތެރެއިންވެސް އެންމެ ބޮޑަށް އެއްބަސްވާނެހެން ހީވާ މީހާއެވެ. އެކަމަކުވެސް އޭނަވެސް އެ ދިޔައީ ދުރަށެވެ. ދެން އަދި އެހެން މީހަކަށް ގުޅައިފިނަމަ ވާނީ ކިހިނެއް ހެއްޔެވެ. އިތުރަށް ފަޟީހަތް ވުން ނޫން ކަމެއް ނުވާނެއެވެ. ނުގުޅާނަމެވެ. އެކަކަށްވެސް ދެން ނުގުޅާނަމެވެ..މީހަކަށް މިކަން ނާންގާހުރެވެން ވެސް އެބައޮތެވެ. މީރާ ހިތައް އަރަމުން ދިޔައެވެ. އަރީން އާއި މީރާގެ ކައިވެނި ކޮންމެ ގޮތަކުންވެސް އަވަސް ކުރެވޭތޯ އޭނާ ބަލާނެއެވެ. ހީލުންތެރި އެތައް ރޭވުންތަކެއް މީރާގެ ސިކުނޑިން ރާވަމުން ދިޔައެވެ.
****
މީރާ އަރީންގެޔަށް ވަން އިރު އަރީން އިނީ ސައިބޯށެެވެ. އައިރާވެސް އިނެވެ. އަރީން އިނީ އައިރާ އަށް މަޖާ ވާހަކަތަކެްްއް ދައްކާށެވެ. މީރާގާތަށް އައި ރުޅި ކޮންޓްރޯލް ކުރަމުން މޭޒުކައިރިޔަށް ދިޔައެވެ. އޭރު މަންމަ ފެންނާކަށްވެސް ނެތެވެ. އަރީނަށް މީރާ ފެނުމުން ވީ ފޫއްސެކެވެ. އަރީން މީރާ ބަލާލުމުން އަނެއް ފަރާތަށް އެބުރުނު މަންޒަރު ހަމަ ރަގަޅަށްވެސް ފެނުނެވެ. މީރާ މޭޒު ކައިރީގައި އިށީނުމުން އަރީން ދިޔައީއެވެ. ކުއްލިއަކަށް މީރާ ހިތުގަ ޖެހިޖެހިފަ ރޯން ފަށައިފިއެވެ. މަންމަ ކައިރީގަ ހުރިކަން އެގޭތީއެވެ.
” ކިހިނެްްތް ވީތަ؟ ތި ރޮނީ” މަންމަ އަށް ހުރީ ވާނުވާ ނޭގިފައެވެ.
މީރާ އެވަރަށް ރޯނީ ވަރަށް ބޮޑު ކަމެްްއް ވީމައެވެ.
” މިހާރު އެކަކަށް ވެސް އަހަރެން މުހިއްމެްްއް ނޫން” މިހެން ބުނެފައި މީރާ ރުޅިވެރިކަމާއެކު ބަލާލީ އައިރާއާއި ދިމާއަށެވެ.
މަންމަަށް އެމަންޒަރު ފެނުނެވެ. އިތުރަށް އެއްޗެކޭ ނުބުނެ ދިޔައީ އެހެންވެްއެވެ. އައިރާވެސް ހުރީ ކަންތައްތައް ވަނީ ކިޙިނެތްކަމެއް ނޭގިފައެވެ. މަންމަ ދިޔުމުން އައިރާވެސް ދިޔައީ ކޮޓަރިއަށެވެ. މީރާގެ ރުޅިގަނޑު ހައްތަހާ ދިޔައީ ގަދަވަމުންނެވެ.
އާއިލާ އެއްކޮށް އަދައިގެން ދިޔައިރު މި ކުއްޖާ ސަލާމަތްވީ ކީއްވެގެންހެްްއްޔެވެ. އައިރާއާ ދޭތެރޭ އޮންނަ ހަސަދަވެރިކަމާއި ރުޅިވެރިކަން އޭގެ އިންތިހާއަށް ހިނގައްޖެްއެވެ.
މީރާގެ ހަގީގަތް އަރީންގެ އާއިލާއަށް ސިއްރުކުރެވިފައި ބޭއްވިދާނެބާއެވެ.؟؟ މީރާ އާ އެދޭގޮތައް އެހާ އަވަހަށް ކައިވެނީގެ ކަންތައްތައް ހަމަޖެހިގެން ހިގައިދާނެބާއެވެ. ؟؟؟ ކައިވެނީގެ ކުރިން އައިރާގެ ހަދާންތައް އަނބުރާ ލިބޭނެބާއެވެ.؟؟؟ އައިރާ އަށް އެއީ އަރީން ކަން އެނގުމުން ދެންވާނީ ކިހިނެތްބާއެވެ.؟؟ މީރާ އާއި އަރީން ކައިވެނި ކުރަން ނިންމާފައި އޮތްކަން އެގިހުރެ އައިރާ އަރީން ބޭނުންވާނެބާއެވެ..؟؟؟ ހުސްވެސް ސުވާލުތަކެވެ. އެހެން ނޫންތޯއެވެ ؟؟؟
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.


Yaaayyyy me first… alheyh.. avhah e nubai meerage kanthah falhaaaruvaalaafa areen aa aira gulhuvaalabala.. vrh reethi maashallah????❤❤❤
❤️❤️❤️
Yaaaaaayyyyy i am first.. vrh reethi maashllah… e mira falhaaruvaalabala
Sali namaves varan kuru.Umeefukuran den oyy part diguvaanekaman.
Thi meeraa ganduge hageegaiy falhaa aruvaalaa,Atleast areen ge mammayah
Alhey vrh reethi mi story❤️
❤️
Alhey haadha salhiyey mi story abadhu kiyaahihvanee. Office kudhin kaareegaves mi story ge vaahaka dhehkeema ekudhinves mi story kiyamun dhanee ekudhinnahves mi story reethi kamun ulheni. Office hugaves mi story ge vaahaka komme dhuvahaku dhen kihineh mi story mathin handhaan netheynee ehaaves reethi veema. Hithah aranee dhen vaanee kihineh baayey. Heevanee story kiyamun dhaairu egeyga ulheveyhen. Ekamu meeraa dheke haadha foosekey mivanee eynayah varugadha gotheh hadhaalabala eyna bast kollaa eyrun salhivaanee. Mi story me 1vana story ehaaves reethi hama bunelan othi thikuraa bura masahkathah fahfashun saabahey. Pls pls pls pls adhi dhigu kolladhehchey an avaha up kolladhehchey kiyaahithun nuhureveni. Ehaaves salhi reethi obines to the max.
Alhe bunaane ehchehves neygifa mihuree..Ufalungos karunaves athuvehjje❤️❤️ ❤️ thank u and all ur office kudhin ??? abadhuves nashy aa eku thigothah hunnaanekamah ummeedhu kuran.. nashyves v masakkaiy kuran avahah up kohdheyn.. vaguthu veevarakun vaahak dhigukuran v masaikaiy kuraanan enge.. insha Allah.. ☺️
Aichydi! Varah dhuvas vehje esfiya balaa nuleveytha. Mihaaru kamudha vaahaka nuhunnaanthyve. Miadhu balailaafa mi reethi vaane hen heevegen mi kiyaaly.
Vaahaka liyumuge hama evves neiy! Evves reehchei nun!! Thankolheh rangalhah dhas kohlaigen alun liyan fashaane nama reethi vedhaane. Visnun eba huri
Reethi vaahakayaa hadi waahakayaa wakikuran neyngey kujjeh kanneyge mee ????
Thank you so much.. aslu nashy ah beynunvaakahala comment eh adhi thikury ☺️ vahaka liyan fashaaganna meehakah v muhimmu vaane mikahala comments.. faadu kiyumakee meehehge masakkathah libey kuri erumeh. alhugandu amilla ah 2 vana faharah vahaka kiyaali iruves ethah baivaru mistakes thakeh fenunu.. Iraadha kuriyyaa kuri ah oithaanga mihaaru hedhifa huri goasthakah v visnaigen vahaka liyaanee… Once again thank u for giving me so much support☺️ ❤️❤️❤️❤️
Nashy mifaharu haadha lassvani waahaka…
Anekkaa baleetha?