Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ދެގަޑި ތިރީސް – 06

naina Level 110 Stories
November 5, 2018 4 Mins Read
17 Comments

އަދްނާނު އަނެއްކާވެސް ކެއްސަން ފެށިއެވެ. ޒާހިޔާ ފެންތަށި ދިއްކޮށްލަން އުޅުމުން އަތުގެ އިށާރާތުން ނޫނެކޭ ބުންޏެވެ.

“ދަރިފުޅާ، އެއީ ބިރުވެރި ރެއެއް. ކާފަޔާ އާދަނާ ދޮންމުހައްމަދު ތިބީ މިކޮޓަރިތެރޭ. އެއީ ޖިންނި އަންދާލިރޭ. އަހަރުމެން ތިބީ ކާމިޔާބީގެ އުފާފާޅުކުރަން. ކުއްލިއަކަށް މުޅިކޮޓަރިން ކަރަންޓް ކެނޑިގެން ދިޔަ. އާދަޔާ ޚިލާފް އަނދިރިކަމެއް މުޅިތަނަށްވެރިވި. އެއްވެސް އެއްޗެއް ވަކިވާވަރުނުވޭ. ކާފަ އާދަނަށް ގޮވާލާފަ އަލަމާރިތެރެއިން އުއްބަތިއެއް ނަގައިގެން އަންނަން ބުނިން. އެކަމު އެއްވެސް ޖަވާބެއް ނުލިބޭ. ރަނގަޅަށް ވިސްނާލުމުން އެކޮޓަރިތެރެއިން އެއްވެސް އަޑެއް ނީވޭކަން އިނގުނު. އެހިސާބުން ކާފަހިތުގަ ކޮންމެވެސް ވަރެއްގެ ނުތަވަސްކަމެއް އުފެދުނު. މިވަނީ ރަނގަޅުކަމެއްނޫން ކަން އިހްސާސްވި. ކާފަ ތެދުވަން މަސައްކަތް ކުރަން އުޅުމުން ނުތެދުވެވުނު. ހީވީ ބަރު އެއްޗެއް ކާފަގައިމަތީގަ އޮތްހެން. ހަޅޭއްލަވަން އަނގަހުޅުވާލިއަސް އަޑެއް ނުނިކުތް. ހިތުން ހެޔޮއެއްޗެހި ކިޔަން ފެށިން. މަޑުމަޑުން ހަށިގަނޑަށް ލުޔެއް ލިބުނުހެން ހީވި. ދެން ސިއްސައިގެން ދިޔައީ އަންހެނަކު ރޯއަޑު އިވެންފެށުމުން. އަނދިރިކަމުން ތަނެއް ނުފެނުނަސް ރޯއަޑު އަންނަނީ ކުޑަދޮރާދިމާއިންކަން ކާފަ އަށް އިނގުނު. ކާފަ ހީކުރީ އާދަނު އަމާކަމަށް. އެކަމު ދެތިންފަހަރު ކާކުހޭ ކިޔާ ގޮވާލީމަވެސް ޖަވާބެއް ނުދިން.  އެނދުން ތެދުވަން އުޅެނިކޮށް މުޅިތަނަށް އަލިވެގެން ދިޔަ. ކާފަ ހީކުރީ ކަރަންޓު އައީ ކަމަށް. އެކަމު އަސްލު އަލި އައީ ކުޑަދޮރު ކައިރިން. އެއަލި މުޅިކޮޓަރިއަށް ފެތުރުނު. ކާފަ ކޮޓަރިތެރެ ވަށައިގެން ބަލާލީމަ ލިބުނީ ހައިރާންކަން. ކޮޓަރީގަ އާދަނެއްވެސް ދޮންމުހައްމަދެއްވެސް ނެތް. އެމީހުން ދިޔަދިމާލެއްވެސް ކާފައަކަށް ނޭންގުނު. ކޮޓަރިތެރެއަށްވަން އަލި ގަނޑު ފަނޑުވާންފެށި. ފަނޑުވަމުން ދިޔަވަރަކަށް ދޮރިކައިރީ މީހެއްގެ ސޫރަ ފެންނަން ފެށި. ފަނޑުއަލިކަމުގަ ކާކުކަމެއް ކާފައަކަށް ނޭންގެ. އިނގެނީ އަންހެނެއްކަން.

އަލިއެއްކޮށްފަނޑުވެ ކޮޓަރިއަށް އަނެއްކާވެސް އަނދިރިކަން ވެރިވެގެން ދިޔުމާއެއްކޮށް ކާފައަށް ފުރަތަމަވެސް ފެނުނީ ސޫރަ ހުރި ދިމާލުން ރަތް ދެލޯ ދިއްލުނުތަން. އަނދިރިގަނޑުތެރެއިން އެދެލޯ ކާފަޔާ ދިމާލަށް އަންނަތަން ފެނުނު. ކާފަ އިންތަނަށް ތިރިވެ ކިޔަވަން ފެށިން. އެހިސާބުން އެދެލޯހުއްޓުނު. އަނެއްކާވެސް ކޮޓަރިއަށް ފަނޑުއަލިކަމެއް އަންނަން ފެށި. ކާފައަށް އެއަންހެންމީހާ ފެންނަންފެށި. އެއީ ރީތި އަންހެނެއް. ހަމުގެ ކުލަ އަލި ފުންނާބައިހަމައަށް އަންނަ ދިގު ހުދު އިސްތަށިގަނޑެއް. ލައިގެން ހުރީ ދިގު ކަޅު ހެދުމެއް. އޭނަގެ ދިއްލiފައިވާ ރަތް ދެލޮލާ ތޫނު ނިޔަފަތި ތައް ނެތްނަމަ އޭނައަކީ ޖިންނިއެއްކަން އެއްވެސް މީހަކަށް ނޭންގުނީސް. އޭނަގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ނަފްރަތު. އޭނަ އަނގަހުޅުވާލާފައި އޭނާގެ ދޫނެރުނު. އެދޫ ދިގުވަމުން ގޮސް ކާފަޔާ ހަމައަށް އައި. އެކަމު ކާފަގެ ކިޔެވެލީގެ ސަބަބުން އޭއްޗަކަށް ކާފާޔާ ގާތެއް ނުވެވުނު. އޭތި ދެންފެށީ ހަޅޭއްލަވަން.

ކާފަގެ ރައްކަލަށް ކިޔަވާ ނިންމާފަ އެޖިންނިއާ ކުރިމަތިލިން. އަހަރެމެންނާ ދިމާކުރަނީ ކީއްވެތޯ ސުވާލުކުރިން. އޭތި ފުރަތަމަ އުޅުނީ ޖަވާބުނުދީ ދާން. އެކަމު ކާފަގެ ކިޔެވެލީގެ ސަބަބުން އޭތި ހުރީ ހައްޔަރުވެފަ. ކާފަ އަނެއްކާވެސް ސުވާލުކުރިން. ދެތިންފަހަރަކު އެހީމަ އޭތި ވާހަކަ ދައްކަން ފެށީ. އެޖިންނިއަށް ކިޔަނީ ޒަކޯއީ. އޭނައަކީ ކާފަމެން އަންދާލި ޖިންނީގެ އަންހެނުން. އޭނަ އައީ އަހަރުމެން ކައިރިން ބަދަލު ހިފަން. މަރަށް މަރު. އޭނަ ބޭނުންވީ އާދަނުގެ ފުރާނަ.”

ޒާހިޔާ ސިހިގެންދިއައެވެ. އޭނަ ވާހަކަ ދައްކަން އަނގަހުޅުވާލި ތަނުން އަދްނާން އަނެއްކާވެސް އޭނަ ހުއްޓުވިއެވެ.

“ކާފަގެ ވާހަކަ ނިމެންދެން މަޑުކުރޭ. އެހެންނޫނީ މިވާހަކަ ނިންމުމުގެ ހިތްވަރެއް ކާފައަކަށް ނުލިބޭނެ.” ޒާހިޔާ ބޯޖަހާލުމުން އަދްނާން އަނެއްކާވެސް ވާހަކަ ފެށިއެވެ.

“ކާފަ އެޖިންނިއާ ވަރަށް ވާހަކަ ދެއްކިން. ވަރަށް ނަސޭހަތްތެރިވިން. އެކަމު އޭނަ ހުރީ ގޮތް ދޫކުރާ ގޮތެއްގައެއް ނޫން. އޭނައަށް އިންޒާރުވެސް ދިނިން. އަންދާލާނެ ކަމަށް ބުނިން. އެކަމު އޭގެ ޖަވާބަކަށް އޭނަ ބުނީ އޭނަ މަރުވިކަމުގައިވިޔަސް އާއިލާގެ ދެންތިބި ޖިންނިންތައްވެސް ދިމާކުރާނެކަމަށް. ކާފަމެންނަށް ހަމަޖެހިގެން ނޫޅެވޭނެކަމަށް ބުނި. ކާފައަށް ގޮތްހުސްވި. ކާފައަށް އިނގޭ ﷲގެ އިރާދަފުޅުން ކާފައަށް ޖިންނީންނާ ކުރިމަތިލެވޭނެކަން. އެކަމު އަބަދު އެމަސައްކަތް ކުރާނެ ހިތްވަރެއް ކާފަގެ ނެތް. އާދަނުމެންވެސް އަބަދު ފަންޑިތައިގެ ކަންކަމުގައި ނިމިގެން ދާކަށް ކާފަ ބޭނުންނުވީ. ދަރިފުޅާ، ކާފައަށް މާފުކުރާތި. ކާފައަށް އިތުރުގޮތެއް ނެތިގެން އެގޮތަށް ކަންތައްކުރީ.”

“ކޮންގޮތަކަށް؟” ހިތްބިރުގެންފައި ހުރި ޒާހިޔާ އަހާލިއެވެ. އަދްނާން ލޯމަރާލިއެވެ. އޭނަގެ ލޮލުގައި ފޮރުވިފައިވާ ކަރުނަތައް މޫނުމައްޗަށް ފޭބިއެވެ.

“ކާފަ އެޖިންނިއަށް އާދަނު ހިބަކޮށްދިނީ.”

ޒާހިޔާ ހިތްހުޓުނުކަހަލައެވެ. ގައިން ހީބިހިނަގައިގެން ދިޔައެވެ. ބޮލަށް ބަރުވެ އެނބުރުން އެރިއެވެ. އޭނަގެ ހިތަށް އެކިކަހަލަ ޖަޒްބާތުތައް އަރާ ފައިބަމުން ދިޔައެވެ. ބިރުވެރިކަން، ރުޅިވެރިކަން، އަދި ކާފަގެ ފަހުއެދުން ހަނދާންވުމުން، ހިތާމަވެރިކަމެވެ. ޒާހިޔާއަށް އެއްވެސް ވާހަކައެއް ނުދެއްކި އަދްނާންއާއި ދިމާލަށް ބަލަހައްޓައިގެން ގަބުވެފައި އިނދެވުނީއެވެ. ޒާހިޔާގެ މޫނުމައްޗަށް އަރާ ފައިބަމުންދާ ކުލަވަރުތައް ފެނި އަދްނާނު އަނެއްކާވެސް ވާހަކަ ފެށިއެވެ.

“ދަރިފުޅާ، އާދަނުގެ ބައްޕަ ނިމިގެން ދިޔަގޮތަށް އާދަނު ދާކަށް ކާފަބޭނުން ނުވީ. އާދަނަށް ކަމެއްވެއްޖެނަމަ އޭނަގަ އަމާ ދުނިޔެއިން މޮޔަވީސް. އެވަގުތު ކާފައަށް ވިސްނުނު އެންމެ ރަނގަޅުގޮތް އެއީ. ފަހުން ވެދާނެކަމަކަށް އެއްވެސް ވަރަކަށް ވިސްނައެއްނުލަން. އާދަނު ހިބަކޮށްދިނުމުން ޒަކޯއީ ހިތްހަމަޖެހުނު. އޭނައަށް ފިރިއެއްގެ ބަދަލަށް ފިރިއެއް ލިބުނީކަމަށް ނިންމި. އެކަމު އެވަރަކުން ކާފަ އޭނަ ދުލެއް ނުކުރަން. ކާފަ ކިތައްމެ ނިކަމެއްޗަސް އެކަން އޭނަކުރިމަތީ ނުދައްކަން. ކާފަ ބެލީ އޭނަ މުސްލިމް ޖިންނިއަކަށް ހެދޭތޯ. އެކި ގޮތްގޮތުން އޭނަޔާ ވާހަކަ ދެއްކިން. ޝައިޠޯނާ އަކީ ކާކުކަމާއި، އަޅުކަންކުރަންވީ ހައްޤު އިލާހަކީ ކޮންފަރާތެއްކަން ޤުރުއާނުގެ ހެކިތަކާއި އެކު އޭނައަށް ކިޔައިދިނިން. އާދަނު ނަމާދުކޮށް އަޅުކަންކުރާހާ ހިނދަކު ޒަކޯއީ އަށް އޭނަޔާ ކައިރި ނުވެވޭނެކަންވެސް ވިސްނައިދިނިން. އެހެން ކާފަރު ޖިންނިތައް ފަދައިން އެންމެ ފުރަތަމަ ޒަކޯއީވެސް ބޮޑާވެ ދެކޮޅުހެދީ. އެކަމު ކާފަ ދުލެއްނުކުރަން. ކާފައަށް އިނގޭ ޒަކޯއީއަކީ ބާރުގަދަ ޖިންނިއެއް ނޫންކަން. ބާރުގަދަނަމަ ކާފަ އެހުރިހާ އަނގައެއް ތަޅުވަންދެން އޭނަ ނުހުރީސް. ކާފަ މަރާލީސް. އެންމެ ފަހުން ﷲގެ އިރާދަފުޅުން އޭނަ އިސްލާމްވި. އޭނަގެ މުޅި ސޫރަ ބަދަލުވިކަހަލަ. ލައިގެން ހުރިހެދުން ހުދުކުލަޔަށް ބަދަލުވި. މޫނުމަތި ދިއްލިގެން ދިޔަ. ހީވަނީ ﷲގެ ނޫރެއްލެވުނުހެން. އޭނަ ވަގުތުން ސަޖިދަޔަށް ތިރިވި. އަދި ރޮއެ ދުޢާ ކުރަންފެށި.

ކާފަގެ ކިޔެވެލި ނިންމާލާފަ އޭނައިން ހައްޔަރުން އޭނަ ދޫކޮށްލިން. އަދި އޭނައަށް ކިޔައިދިނިން އިންސީންނާއި ޖިންނީންނަކީ އެކީ އުޅެވޭނެ ބައެއްނޫންކަން. އޭނަ އެކަން ޤަބޫލް ކުރި. އެކަމު އޭނަ ބުނިގޮތުގައި ކާފަ އާދަނު އޭނައަށް ހިބަކޮށްދިން ހިސާބުން އާދަނަކީ އޭނަގެ ފިރިމީހާކަމަށް ހިތުން ޤަބޫލު ކުރާކަމަށް. އަދި ޖިންނީންގެ ދުނިޔޭގައި ހިބަކޮށްދެވުމަކީ ކައިވެނި ކުރެވުމާއި އެއްފަދަކަމެއްކަމަށް.”

ޒާހިޔާގެ ގިސްލުމުގެ އަޑުއިވުމުން އަދުނާން ވާހަކަ މެދުކަނޑާލާފައި ޒާހިޔާ ދިމާލަށް ބަލާލިއެވެ. އޭނަ އިނީ ދެއަތުން މޫނުފޮރުވައިގެން ރޯށެވެ.

“ދަރިފުޅާ،” ޒާހިޔާގެ އަތުގައި ހިފާފަ އަދުނާން ގޮވާލިއެވެ. ޒާހިޔާ އަދުނާންގެ އަތްފޮޅުވާލާފައި ކޮޓަރިން ދުއްވައިގަތެވެ. އަދި އޭނަގެ ކޮޓަރިއަށްވަދެ ދޮރުތަޅުލައި ދޮރުކައިރިއަށް ތިރިވެ އަޑުން އަޑު ނަގާ ރޯން ފެށިއެވެ. އޭނަ ދުނިޔެމަތިންވެސް އެންމެ ލޯބިވި މީހާއަކީ އޭނައަށް ވުރެ ކުރިން އެހެންމީހެއްގެ ހައްޤެއްކަން އިނގުމުން ކެތްނުކުރެވުނީއެވެ. އާދަނު އޭނައަށް އެހާ ބޮޑު ލަނޑެއްދޭނެކަމަށް އޭނަހިތް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެއެވެ. އާދަނު ކީއްކުރަން، އާދަނުގެ ކާފަވެސް އެހެން ހަދާފާނެކަމަށް ޒާހިޔާއަށް ޤަބޫލެއް ނުކުރެވެއެވެ. އޭނަގެ ހިތުގަ އާދަނާއި ދޭތެރޭ ޝަކުވާބޮޑުވެ ނަފްރަތު އުފެދެން ފެށުނެވެ.

ޒާހިޔާ ރުއިން ހުއްޓާލާފަ މޫނަމަތިން ކަރުނަތައް ފުހެލިއެވެ. އޭނަގެ ސިކުނޑީގަ މިހާރު އިނީ އެންމެ ކަމެކެވެ. އޭނަ އިންތަނުން ތެދުވެ އަލަމާރިކައިރިއަށް ގޮސް އަލަމާރީގަ ހުރި އޭނަގެ ހެދުންތައް ނަގަން ފެށިއެވެ. ހުރިހާ ހެދުމެއް ނެގުމުން އަލަމާރިމަތީ އިން ފޮށިނަގާ އެއަށް ހެދުންތައް އަޅަން ފެށިއެވެ. އޭނަ ބޭނުންވީ ވީހާވެސް އަވަހަކަށް އެގެއިން ނިކުންނާށެވެ. އާދަނުގެ ކާފަޔާ މަންމަޔާ ދޭތެރޭވެސް ވިސްނާކަށް އޭނަ ބޭނުމެއް ނުވިއެވެ. އޭނަގެ ސިކުނޑި ވަނީ ސުމަކަށްގޮސްފައެވެ. ފޮށްޓަށް އެއްޗެހި އަޅާ ނިންމާފައި ފޮށިހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭނާއަށް ދެވުނީ ވަކި ހިސާބަކެށެވެ. ހިވީ ފައިގަ މީހަކު ހިފެހެއްޓިހެންނެވެ. އޭނައަށް އެންމެ ފިޔަވަޅެއްވެސް ކުރިޔަށް ނޭޅުނެވެ. ކޮޓަރިތެރެވެސް އާދަޔާ ޚިލާފަށް ފިނިވެއްޖެކަން އޭނައަށް އިހްސާސްވިއެވެ. ވެގެން އުޅެނީ ކީއްކަމެއް އޭނައަކަށް ނުވިސްނުނެވެ. ގައިގަ ހުރިބާރެއްލާފަ ފައި ހިއްލާލެވޭތޯ އޭނަ މަސައްކަތް ކުރިއެވެ. އެކަމު ކާމިޔާބެއް ނުވިއެވެ. ކުއްލިއަކަށް އޭނަގެ ފަހަތުން އަޑެއް އިވުނެވެ. ނޭވާލާ އަޑެވެ. ކޮޓަރިތެރެ ހަމަހިމޭންކަން އޭނައަށް އިހްސާސްވީ ދެނެވެ. ގަޑީގެ ކަށި އެނބުރޭ އަޑުވެސް ނީވެއެވެ. އޭނަގެ ފަހަތުގައި މީހެއްހުރިކަން އޭނައަށް އިނގެއެވެ. އޭނާ މަޑުމަޑުން ފަހަތަށް ހަށިގަނޑު އަނބުރާލިއެވެ. ކުރިމަތިން ފެނުނު މަންޒަރުން އޭނަގެ ދެލޯބޮޑުވެ ހެޔަށްގޮތްވިއެވެ. އަދި ހުރިތަނަށް ވެއްޓުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

ވާ ލޯބި އިނގޭ ނަމަ 6

Next

މަންޒިލް ތިއޭ މި ހިތް އެދޭ (10)

Next
November 5, 2018

މަންޒިލް ތިއޭ މި ހިތް އެދޭ (10)

Previews
November 5, 2018

ވާ ލޯބި އިނގޭ ނަމަ 6

17 Comments!

  1. JINNI says:
    November 5, 2018 at 2:59 am

    WOW.. hama habeys varah reethi vaahaka ????❤

    1. naina says:
      November 6, 2018 at 1:05 am

      Thank you

  2. Ibsha says:
    November 5, 2018 at 8:43 am

    Reethi

    1. naina says:
      November 6, 2018 at 1:05 am

      Thanks

  3. AANOD says:
    November 5, 2018 at 9:39 am

    Thanks

  4. Selean says:
    November 5, 2018 at 2:35 pm

    V nice story……..❤ when next part..??

    1. naina says:
      November 6, 2018 at 1:06 am

      Insha Allah Tuesday night up kohladheynan

  5. Monster says:
    November 5, 2018 at 5:02 pm

    Zakoi fenuneee. ???

  6. unique says:
    November 5, 2018 at 6:14 pm

    woww nice hoping to see the next part soon just love it

    1. naina says:
      November 6, 2018 at 1:06 am

      Thank you

  7. NISHA says:
    November 6, 2018 at 10:04 am

    masha Allah mivaahaka v reethi v furihama…. next part up kohladhee ahvahah kiyaalaa hithun kehmadhu vefa meedhee

  8. yoonmin says:
    November 6, 2018 at 2:02 pm

    Cool story

  9. Mai self says:
    November 6, 2018 at 2:55 pm

    So scary..

  10. Eyesh says:
    November 7, 2018 at 4:18 pm

    Koba tha next part Naina :’) story reethi v ma abadhu wait kureveny next ah <3

  11. JINNI says:
    November 9, 2018 at 1:49 am

    Naaaina ah varah salaam vaahaka reethi veema inge❤❤❤❤??

  12. suhaaa says:
    November 10, 2018 at 7:55 am

    kobaatha next part…… mihaaru next part ah wait vx nukurevigen miolhanyy v haa vx avahah next part neredhehchii mi vaahaka vvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi???????????

  13. nuxuu says:
    July 16, 2019 at 9:25 pm

    nice story

Comments are closed.

Next Episodeދެގަޑި ތިރީސް – 07←


All Right Reserved!