އެވްލީން… 25
” ރިނީ… ހާދަ ވަރަކަށް ބިރުގެންފަ ތިހުރީ… ” އަކިޔަސް އޭނަ އަޅައިގެން ހުރި ހެޑްސެޓް ނެގުމާއެކު ރިހާނީއަށް ފަޒާގެ ތެރެއަށް ފުން ނޭވާތަކެއް ދޫކޮށްލެވުނެވެ. ” ނަތިންގް… ” ރިހާނީ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދިވެސް އެހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ބައެއް ފަހަރު ހިތް ހުއްޓިދާނެހެން ވެސް ރިހާނީއަށް ހީވެއެވެ. އަކިޔަސް ހެޑްސެޓް އަޅައިގެން ހުރީ ނަސީބަކަށެވެ. އެހެން ނޫންނަމަ އޭނަގެ ހަޤީޤަތް މިއަދު ބޭޒާރު ވީހެވެ.
އަކިޔަސް އައިޕޮޑް އިން އަޑުއަހަން ހުރި ލަވައިގެ ސަބަބުން ރިހާނީއާއި ޢީރާގެ ވާހަކަ އެހާ ސާފުކޮށް އަޑު ނީވުނު ކަމުގައި ވިޔަސް ރިހާނީ އެންމެ ފަހުން ބުނި ޖުމްލަ ނުހަނު ސާފުކޮށް އަކިޔަސްއަށް އަޑު އިވުނެވެ. އަކިޔަސްގެ ބުމަ ގޮށްޖެހިފައި ވީނަމަވެސް އޭނަ މޫނުމަތިން ރުޅިވެރިކަން އެއްވެސް ގޮތަކަށް ހާމަ ވިޔަކަ ނުދިނެވެ. ރިހާނީ ކުރަން އުޅޭ ބޮޑުފާފަ ކޮންމެ ގޮތެއް ހަދާފައިވެސް ހުއްޓުވަން އަކިޔަސް ނިންމިއެވެ. އެވްލީން ބަނޑުގައި އަށަގަންނަމުން އެދަނީ ހަމައެކަނި އެވްލީންގެ ދަރިޔެއް ނޫނެވެ. އެއީ ޒަވީންގެ ލެޔެވެ. ކޮއްކޮއަށް އެހާ ބޮޑު އަނިޔާއެއް ދޭތަން ދެކެން އޭނައަށް ކެތްނުކުރެވޭނެއެވެ. އަކިޔަސް ރިހާނީ ދެކެ ވީ ފޫއްސެއްގެ ސަބަބުން އޭނަ ބޭނުންވީ އެތަނުން ވީހާވެސް އަވަހަކަށް ދާށެވެ. އެހެންނޫންމަ އޭނަ އަތުން ގޯހެއް ހެދިދާނެއެވެ. އަކިޔަސްއަށް ރިހާނީގެ ވާހަކަތައް މުޅިން އަޑު އިވުނުނަމަ މިރޭ އެކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް ވީއްލައިލެވުނީހެވެ. ރިހާނީގެ ނުބައި ރޭވުން ތަކުގެ ބޮޑުބައެއް އަކިޔަސްއަށް ވަނީ ސިއްރު ކުރެވިފައެވެ.
މަތި އޮމާންކޮށްލުމުގެ ބޭނުމުގައި އަކިޔަސް ސޯފާގައި އިށީންނަމުން ވާހަކަ ދައްކަން ފެއްޓިއެވެ. ދެނެހުރިކަމަކަށް ވެސް ނަހަދާ އެހާ ގާތްކޮށް އަކިޔަސް ވާހަކަ ދެއްކުމުން ރިހާނީގެ ހިތުގައި އުފެދުނު ޝައްކު އެހިތުން ފިލައިގެން ދާން ނެގީ މަދު ވަގުތު ކޮޅެކެވެ. ނަމަވެސް އެހިތުގައި ނޭގޭ ބިރުވެރި ކަމެއް ވަނީ އުފެދެން ފަށާފައެވެ. އަކިޔަސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުން އޭނަ ވަނީ ހިތުބިރު ގެންފައެވެ. އެވްލީން ވީހާވެސް އަވަހަކަށް ޒަވީންގެ ދިރިއުޅުމުން ބޭރުކޮށްލުމަށްފަހު މިގެއިން އެއްލާލަން އެބަޖެހެއެވެ. އެހެން ނޫންނަމަ އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ. އިރުކޮޅެއް ވަންދެން ރިހާނީ މެންނާއެކު ވާހަކަ ދައްކަން އިނުމަށްފަހު ފޯނެއް އައިސްގެންނޭ ކިޔާފައި އަކިޔަސް ހިނގައިގަތީ އެތެރެއަށެވެ.
އަކިޔަސް ލޮލުގެ ކޮޅަށްގޮސް ގެއްލުމާއެކު ރިހާނީ ކަންތައް ކުރަންވީ ގޮތް ޢީރާއަށް ކިޔައި ދޭން ފެއްޓިއެވެ.
” އަހަރެން މާދަމާ ފާރމަސީއަކަށް ގޮސް އެބޯޝަން ޕިލްސް ގަންނާން… އިޓް ވިލްބީ އީޒީ ޓު ގިވް ހާރ ދެޓް…. ” ރިހާނީ ދެފަރާތަށް ނަޒަރު ހިންގާލައިފިއެވެ. ކޮންމެ މިދާއަކުންވެސް މީހަކު އައިސްދާނެކަމަށް އޭނަގެ ހިތް ބުނަނީއެވެ. ” ތި ވޯކް ނުކޮށްފިއްޔާ ؟ އައި މީން އެކިޑް އެބޯޓް ނުވެއްޖެއްޔާ ވަޓް ވިލް ވީ ޑޫ ؟ ” ޢީރާ ކަންބޮޑުވެފައިވާ ރާގެއްގައި އަހާލައިފިއެވެ. ” ޢީރް ދިސް ވިލް ވޯކް… އައެމް ޝުއާރ އެބައުޓް ދެޓް… އެކަމަކު މަމް އެބިޗް އާއެކު ގިނަ ވަގުތު ހޭދަކުރާތީ ކުޑަކޮށް އުދަގޫ ވާނެ… އަހަރެން މަމް ހިތުގައި ޝައްކު އުފައްދަން އުޅުމުންވެސް އެފެއަރީ އޭނަ އަތުގައި އޮންނަ މެޖިކަލް ވޯންޑް އިން ހުރިހާ ކަމެއް ރަގަޅު އެބަކުރޭ… އަހަރެން ކުރީ ދުވަހު ޖެއްސި އެކްޓްގެ އެއްވެސް އަސަރެއް އެއްވެސް މީހަކަށް ކުރި ހަނެއް ހިޔެއް ނުވޭ… ، އެ ކިޑް އެބޯޓް ނުވެއްޖެއްޔާ އައި ހޭވް ވޭއިސް ޓު ބްރޭކް ދޯސް ލަވްބާޑްސް…. ” ރިހާނީ އަގަޔަށް ހަޑި ވައްތަރެއް ޖައްސާލިއެވެ. ރިހާނީގެ އެއަމަލުން ޢީރާ ގާތަށް ހިނިއައެވެ. ” ރިނީ ދެޓް މަޗް އެންގާރ އިސް ނޮޓް ގުޑް… ” ހިނިގަނޑު ކޮންޓްރޯލް ކުރަމުން ޢީރާ ބުނެލައިފިއެވެ.
ދެމީހުން ހީހީފައި އެތައް އިރެއް ވަންދެން ސައްލާކުރަން ތިބިއިރު ކުރަން މިއުޅެނީ ކިހާވަރެއްގެ ބޮޑު ފާފައެކަން ވެސް ދެމީހުންނަށް ރޭކާ ނުލިއެވެ. އިންސާނިއްޔަތު ވަންތަކަން ނެތް ހިތްތަކުގައި އަނެކަކު އުފުލާ ވޭނާއި ތަދު އިހްސާސް ނުކުރެވޭނެއެވެ. އެވްލީން އުޅޭ ހާލާމެދު ވިސްނާލި ނަމަވެސް އެހާ ބޮޑު އަނިޔާއެއް އެފަކީރަށް ދޭން ރިހާނީއާއި ޢީރާ ނުވިސްނީހެވެ.
ޒަވީން ހޮސްޕިޓަލުން އައިސް ޒަރާ ގާތު އެވްލީން ޕްރެގްނެންސީގައި ކޮމްޕްލިކޭޝަން ހުރި ވާހަކަ ބުނި އަޑު އިވުމުން ރިހާނީ ހެވި ދިއްލިގެން ދިޔައީ ސާދަ ވިލޭރޭގެ ހަނދު ފަދައިންނެވެ. އަނގައިގައި ވާހާ ދަތްތައް ދައްކާލައިގެން އޭނަ ޒަވީން ދެއްކި ހުރިހާ ވާހަކައެއް އަޑު އަހަން ހުރިއިރު އޭނަގެ ހިތަށް ބަޔާން ކުރަން ދަތި އުފަލެއް ވަނީ ލިބިފައެވެ.
” ދަރިފުޅާ އެހާ ބޮޑަށް ހާސްނުވާތި… އެހެންނޫނީ ބޭބީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ… އަހަރުމެން މިތިބީއެއްނު ދަރިފުޅު ކައިރީގަ… ﷲގެ އިރާދަފުޅާއެކު ހުރިހާކަމެއްވެސް ރަގަޅު ވާނެ… ” އެވްލީން މާޔޫސްވެފައި އިންތަން ފެނުމުން ޒަރާގެ ދެލޯ ފެންކަޅި ވިއެވެ. ޒަރާގެ އޯގާތެރި ބަސްތަކުން އެވްލީންއަށް ރޮވުނެވެ. ޖުނެއިނާގެ ފަރާތުން އެފަދަ އޯގާތެރި ބަހެއް ދުވަހަކުވެސް ލިބުނު ހަނދާނެއް ނުވެއެވެ. ޖުނެއިނާގެ ފަރާތުން އޭނައަށް އަބަދު ފެނިފައިވަނީ ހަރުކަށިކަމެވެ. މީގެ އަހަރުތަކެއް ކުރިން އޭނައަށް ފެނުނު ”އާންޓް” އަނބުރާ ލިބުމުން އެވްލީންއަށް އިތުރަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ.
ޒަވީން އެވްލީން ގެނެސް މޭގައި ޖައްސާލުމުން ނުރޯށޭ ބުނެލީ ނުހަނު ލޯތްބާއެކުއެވެ. އެވްލީން ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތަކުން ޒަވީންގެ ޓީޝާތް ދެމެން ފެށުމާއެކު ޒަވީން މެޔަށް ފިނިވާ ގޮތް ވިއެވެ. ” ލީން ސްޓޮޕް ކްރައިންގް… ” ޒަރާ އެވްލީން ބޮލުގައި ފިރުމާލަމުން ބުންޏެވެ. މިއަދު އަކިޔަސް އައިސް ކުރީ ދުވަހު ރިހާނީއަށް އޭނައާއި އެވްލީން ކޮޓަރިއެއްގެ ތެރޭގައި ތިއްބާ ފެނުނު މަންޒަރަކީ ރިހާނީއަށް ކުރެވުނު ކުށްހީއެއް ކަމަށް ބުނުމުން ޒަރާގެ ހިތްވަނީ އެވްލީންއަށް ސާފު ވެފައެވެ. ނަމަވެސް އެހިތުގައި ވާހާ ޝަކުވާތައް މުޅިން ފިލައިގެން ނުދެއެވެ.
އެވްލީން ރުއިން ހުއްޓާލުމަށްފަހު ކޯތާފަތުން ފިރުކެމުން ދިޔަ ކަރުނަ ތިކިތައް ފޮހެލިއެވެ. ” ލީން ދެން ކެއުން ބުއިމަށް އިތުރު ސަމާލުކަމެއް ބަހައްޓަން ޖެހޭނެ… ” ޒަރާ ތަބެއްގައި ހުރި ބިއްލޫރި ފެން ޖަގަކުން ތަށްޓަކަށް ފެން އަޅައިގެން އައިސް އެވްލީންއަށް ދިއްކޮށްލިއެވެ. އެވްލީން ފެންތަށި އެއްކޮށް ހުސްކޮށްލުމަށްފަހު ހުރިހާ ކަމަކަށްވެސް ފަރުވާ ބަހައްޓާނަމޭ ބުނެލީ ފަނޑު ހިނިތުންވުމަކާއެކުގަ އެވެ.
ރޭގަނޑު ކެއުން ނިންމާލުމަށްފަހު ދެމަފިރީން ކޮޓެޖަށް ދިޔައިރު އެވްލީން ހިތަށްވަނީ ފިނިކަން ގެނެސްދީފައެވެ. އެވްލީން ނިންމީ އެހާ ބޮޑަށް އެކަމާމެދު ނުވިސްނުމަށެވެ. ޒަވީންގެ ފަރާތުން ލިބެމުން އަންނަ ލޯބީގެ ސަބަބުންވެސް އޭނަގެ ހުރިހާ ބިރެއް ފިލައިގެން ދެއެވެ. ޒަވީން އެތެރެއަށް ވަންނަމުން އޭނަ ޓީޝާޓް މަތިން ލައިގެން ހުރި ޖެކެޓް ބޭލުމަށްފަހު ޑޯރ ހޭންގާރގައި އަޅުވާލިއެވެ.
ގަޔަށް ފިޓްކޮށް އޮތް ކަޅު ކުލައިގެ ވީ ނެކް ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ޒަވީން ހުރިއިރު ބަލާ ފޫހިނުވާހާ ރީއްޗެވެ. ކުޑަކޮށް ދިގުވެފައިވާ ތުނބުޅީގެ ސަބަބުން ޒަވީންގެ ފިރިހެންވަންތަކަމަށް އިތުރު ފުރިހަމަކެއް ގެންސްދީފައި ވާއިރު ، އަންހެން ކުދިންގެ ހިތްތައް ކަތިލުމުގެ ބާރު ޒަވީންގެ ކޮންމެ ހަރަކާތެއްގައި ވެސް ވެއެވެ.
” ޓަޔަޑް ބޭބް ؟ ” ލިވިންގް ރޫމަށް ވެރިވެފައިވާ އޮރެންޖް ކުލައިގެ ޖާދުވީ އަލިކަމުގެ ތެރޭން އެވްލީން ފެންނަމުން ދިޔައީ ޕަރީއެއް ފަދައިންނެވެ. ސްޓްރައިޕްޑް އަތް ދިގު ޓޮޕްކޮޅަކާއި ފަޔަށް ތިޓްކޮށް އޮތް ޖިންސެއްގައި އެވްލީން ހުރިހިރު ވަކިން ރީތިކަމަށް ދައްކައެވެ. އިސްތަށިގަނޑު ރީތި ޑިޒައިނަކަށް ކަހާލާފައި ވާއިރު ސިލްކްހާ އޮމާން އެދޮން މޫނަށް އިސްތަށިކޮޅުތައް ފައިބާފައި ވުމުން ޒަވީން އެއިސްތަށިކޮޅުތައް އެއްކައިރިކޮށްލަދިނެވެ. ޒަވީންގެ އިނގިލިތައް މޫނުގައި ބީހިގެން ދިއުމާއެކު އެވްލީން މޫނު ރަތްވެގެން ދިޔައެވެ.
އެވްލީންއާއި ޒަވީންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ވަގުތު އެވްލީން ހިތުގެ ތެޅުން ނުހަނު ބާރުވިއެވެ. އެއަޅި ކުލައިގެ ދެލޮލުގެ ތެރެއަށް ބޮކިތަކުގެ ފަނޑު އަލި އެޅިފައި ވުމުން ހިތްތަކުގައި ސިހުރު ޖައްސާލުމުގެ ބާރުވެސް ލިބިފައި ވިއެވެ.
އެވްލީން ތުންފަތުގައި ދަތް އަޅާލަމުން ޒަވީން މަޑުމަޑުން އެތުންފަތަށް ބޮސްދިނެވެ. ” ޒޭވް ނޮޓް ނައު… ” އެވްލީން ކުއްލިޔަކަށް ޒަވީންއާއި ދުރަށް ޖެހިލަމުން ބުނެލިއެވެ. އެހުރިހާކަމެއް ލިމިޓް ކްރޮސް ކޮށްލައިފިނަމަ ދަރިފުޅަށް ގެއްލުން ވެދާނެ ކަމުގެ ބިރުން އެހިތް ރޫރޫއަޅުވާލީއެވެ. ” ސޮރީ ލީން… ” ޒަވީން ޖިންސް ޖީބަށް އެއްއަތް ޖަހާލަމުން އަނެއް އަތުން އެވްލީން ކޯތާފަތުގައި ހިފާލިއެވެ. ޒަވީން އޭނައަށް ބޭނުންވެފައި ހުރި ވަގުތެއްގައި އެފަދަ އަމަލެއް ކުރެވުމުން އެވްލީން ހިތުގައި ޖެހުނެވެ.
” ލީން ނުރޮއިބަލަ… އެއީ އެވަރު ކަމެއް ނޫނޭ… ” އެވްލީން ލޮލުގައި ވިދަންފެށި ބޮޑެތި ކަރުނަ ތިކިތައް ޒަވީން ފޮހެލަދިނެވެ.
އެވްލީން ހިތްހަމަ ޖައްސާލަ ދިނުމުގެ ބޭނުމުގައި ޒަވީން އެވްލީން އަތްދަނޑި މައްޗަށް އުފުއްލައިލަމުން ހިނގައިގަތީ ކައިރީގައި އޮތް ޑެންޑިލަޔަން ބަގީޗާއާއި ދިމާއަށެވެ. އެތާ ކައިރީގައި ހުރި ބޮޑު ބެންޗްގައި އެވްލީން ބައިންދަމުން ޒަވީން ހިންދެމިލިއެވެ. ހަނދުގެ އަލިވަރު ގަސްތަކުގެ ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް އެހިސާބަށް އެޅިފައި ވުމުން ދުރުދުރަށް ދާންދެން ވަނީ ކޮކާ ހަނދުވަރުގެ ކުލަވަރު ތަކެވެ. ބެންޗް ކައިރީގައި ލައިނަކަށް ކްރެބްއެޕްލް ގަސްތައް އިންދާފައި ވުމުން ހީވަނީ ކުޑަ ”ފޮރެންސްޓް” އެއް ހެންނެވެ. މަޑު އަދި ގަދަ ފިޔާތޮށި ކުލައިގެ މާތައް ކްރެބްއެޕްލް ގަސްތަކުގައި ފޮޅިފައި ވުމުން މުޅި އެހިސާބިގަނޑު އެއްވަސް ކޮށްލާފައިވަނީ އެމާތަކުގެ މީރު ވަހުންނެވެ. ޑެންޑިލަޔަން ގައްތައްވެސް ބޮޑުކޮށް ހެދިފައި ވުމުން ދުނިޔެމަތީގެ ތަނެއްހެންވެސް ހިޔެއް ނުވެއެވެ. އެވްލީން ދެލޯބޮޑުކޮށްލައިގެން އިނދެ މުޅި ހިސާބަށް ނަޒަރު ހިންގާލިއެވެ.
” ވާއު… ޒޭވް އައި ލަވް ދިސް… ” އެވްލީން އެއްވެސް ޚިޔާލެއް ފިކުރެއްނެތި ހިކިފައިވާ ޑެންޑިލަޔަން މާތަކަށް ފުމެލުމުން ހިކިފައިވާ އޮށްތައް މަލުގެ ކަރުގަނޑާ ވަކިވެގެން ގޮސް ފަޒާ ތެރޭގައި އުދުހިލާ މަންޒަރު ނިކަން ފުރިހަމައެވެ. ” ލީން ބީ ކެއާރ ފުލް އެހެންނޫނީ ވެއްޓިދާނެ… ” ޒަވީން ކަންބޮޑުވެފައިވާ ރާގެއްގައި ބުނެލުމުން އެވްލީން ފިޔަވަޅުތައްވެސް އެޅީ ނުހަނު ބަލައިގެންނެވެ.
ޒަވީން ފުރަގަހުން އައިސް އެވްލީން ގައިގައި ބައްދާލުމުން އެވްލީން މުޅި ހަށިގަނޑު ފިނިވިއެވެ. އެބާރުގަދަ ދެއަތުގެ ތެރެއަށް އަބަދަށްޓަކައި ވިރެގެން ދާން އެވަގުތު އެވްލީން ބޭނުންވިއެވެ. ޒަވީން މިހާރު ބޭނުންކުރާ ކެލްވިން ކްލައިން – އޮބްސެޝަން ސެންޓް ވަހުން އެވްލީންއަށް އެތެރެއަށް ނޭފަތް ދަމާލެވުނެވެ. ދެމަފިރީން އެތަށް އިރެއް ވަންދެން އަމިއްލަ ޚިޔާލީ ދުނިޔެއެއްގައި އުޅުމަށްފަހު އެސްފިތަތަކަށް ބަރުވާން ފެށުމާއެކު ހިނގައިގަތީ ނިދާލުމަށެވެ. އެވްލީން ވަކިން ބޮޑަށް ވަރުބަލިވެފައި ހުރުމާއެކު އެނދުގައި ޖައްސާލުމާއެކު ނިދިއްޖެއެވެ. ޒަވީން އެވްލީން ނިތަށް ބޮސްދިނުމަށްފަހު ކުއިލްޓް ރަގަޅު ކޮށްލަމުން އެވްލީންއާއި ޖެހިގެން އޮށޯތެވެ.
ޖެހިގެން އައި ދުވަހު ޒަވީން ޑިއުޓީއަށް ދިއުމުން އެވްލީން ހުރީ ފޫހިވެފައެވެ. ޒަރާ އިރުކޮޅެއް ކުރިން ގެނައި ތަބަކުން ސްޓާފްރުޓްއެއް ނަގައިގެން އެވްލީން ކާން ފެށިތަނުން ލޫސީ އައިސް ކޮޓަރިއަށް ވަނެވެ. ލޫސީ ގެނައި ވެޖިޓަބަލް ސޫޕް ތަށި ފެނުމުން އެވްލީންއަށް ”ޔަކް” އޭ ބުނެލެވުނެވެ. އެވަގުތަކީ ޒަރާވެސް އައިސް ކޮޓަރިއަށް ވަން ވަގުތު ކަމުން އެވްލީން މޫނަށް ހަދާލައިގެން އިން ގޮތް ފެނުމުން ޒަރާ ގާތަށް ހިނިއައެވެ. ” ލީން… ، ދަރިފުޅު ހެދި ބޮޑުވާއިރު ރަގަޅު ކާނާ ބޭނުންވާނެ… ، ވެޖިޓަބަލް ސޫޕް އިސް ރިއަލީ ގުޑް.. ” ޒަރާ އެނދުގައި އިށީންނަމުން ސޫޕްތަށި އެވްލީންއަށް ދިއްކޮށްލައިފިއެވެ. އެވްލީންއަށް ބޮޑާހާކާނެ ހިތްވަރެއް ނުލިބުމުން ހިނިތުންވުމަކާއެކު ސޫޕްތަށި ހުސްކޮށްލިއިރު ކަރު ތެރޭގައި ހަރުލާފައިވަނީ ”ހަބަރު” ރަހައެވެ. އެވްލީން އޮރެންޖް ޖޫސް ބުއިމުންވެސް އެރަހަ ކަރުތެރެއިން ފިލައިގެން ދާގޮތެއް ނުވިއެވެ.
ރިހާނީ މެންދުރު ވާން ކައިރިވެފައި ވަނިކޮށް ބޭސްފިހާރައަށް ގޮސް އެބޯޝަން ޕިލްސް ގަންނަން އުޅުމުން ކެމިސްޓް އެނުވިއްކުމުން ރިހާނީއަށް ޖެހުނީ އެންމެފަހުން އެވަގަށް ނަގާށެވެ. ހަލުވިކަމާއެކު ހޭންޑްބޭގް ތެރެއަށް ބޭސް ކާޑުލުމަށްފަހު ރިހާނީ ބޭސްފިހާރައިން ނިކުންނަން ދިޔައިރު އެއްވެސް މީހަކަށް ޝައްކެއް ވެސް ނުކުރެވުނެވެ.
ރިހާނީ ބަދިގެއަށް ވަންއިރު އެއްވެސް މެއިޑަކު ފެންނަން ނެތުމުން އޭނަ އަތްމަތިއަވަސް ކޮށްލުމަށްފަހު ތަށްޓަކަށް ކިވީ ޖޫސް އަޅާލުމަށްފަހު ބޭސްގުޅައެއް އޭގެ ތެރެއަށް ވައްޓާލިއެވެ. ދާދި މަދު ވަގުތު ކޮޅެއްގެ ތެރޭގައި ބޭސްގުޅަ ޖޫސްތަށީގެ ތެރެއަށް ފަނާވެގެން ދިޔައެވެ. ރިހާނީ ފަތަހައިގެ ހިނިތުންވުމަކާއެކު މިސްރާބު ޖެހީ ކޮޓެޖާއި ދިމާއަށެވެ.
” އޯހް ޝިޓް… ” ރިހާނީ ކޮރިޑޯއިން ލާފައި ދަނިކޮށް އަކިޔަސްގެ ގައިގައި އަޅައިގަންނަމުން ޖޫސްތަށި ރަގް މައްޗަށް ވެއްޓުނެވެ. ތަށި ތަޅައިގެން ދިޔަ އަޑާއެކު ރިހާނީއަށް ފަހަތަށް ވިޔަވަޅުތަކެއް އަޅާލީ ބިއްލޫރި ކޮޅުތަކުން ފައި ސަލާމަތް ކުރުމަށެވެ. ރިހާނީ ހިންދިރުވައިލަމުން އަކިޔަސްއާއި ދިމާއަށް ބަލާލައިފިއެވެ. އަކިޔަސް ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓް ވަނީ ޖޫހުގެ ސަބަބުން ތެމިފައެވެ. ރިހާނީ ހިތާމައިން ފުރިފައިވާ ނަޒަރަކުން ތަޅައިގެން ގޮސްފައިވާ ޖޫސްތަށްޓަށް ބަލާލައިލިއެވެ. އޭނަގެ ހުރިހާ މަސައްކަތެއް އެދިޔައީ ފެނަށެވެ.
” ކިޔާ… އައެމް ސޯ ސޮރީ… އަހަންނަށް ބަލަންވާ ވަރަށް ނުބެލުނީމަ މިހެން މިވީ… ” ރިހާނީ ބުންޏެވެ. ” އިޓްސް އޯކޭ… ” އަކިޔަސް ހިނިތުންވުމަކާއެކު ބުނެލުމަށްފަހު ޓީޝާޓް ބަދަލު ކުރަން ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
އަކިޔަސް ލޮލުގެ ކޮޅަށްގޮސް ގެއްލުމާއެކު ރިހާނީ ބާރަށް މެއިޑަކަށް ގޮވާލުމަށްފަހު ތަޅައިގެން ގޮސްފައިވާ ބިއްލޫރި ކޮޅުތައް ސާފުކުރަން ބުނެލިއެވެ. ރިހާނީ އަނބުރާ ބަދިގެއާ ދިމާއަށް މިސްރާބު ޖެހިއިރު މެންދުރުގެ ކެއުން ތައްޔާރު ކުރަން މެއިޑުން އަވަދިނެތި އުޅެއެވެ. ”ޑަކް ފޭސް” ހަދާލަމުން ރިހާނީ ވައިރޯޅިއެއްހާ ބާރު މިނުގައި ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އޭރު ރުޅިއާއި އެއްވަރަށް ރިހާނީ ހުރީ ދެރަވެސް ވެފައެވެ. ދެން ފަހަރަކުން އެވްލީންއަށް އެބޯޝަން ޕިލްސް ދޭން ރިހާނީ އަޒުމް ކަނޑައެޅިއެވެ.
ކޮޓަރީގައި ގިނަ ވަގުތު ހޭދަން ކުރަން ޖެހުމުގެ ސަބަބުން އެވްލީން ފޫހިވެގެން ގޮސް މަރުވާވަރު ވިއެވެ. އަސުރު ނަމާދު ކޮށްލައިގެން އެވްލީން ބޭރަށް ނިކުމެލީ އެހެން ވެގެންނެވެ. ބަގީޗާ ތެރޭގައި ހިގާލުމުން ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ލިބިދާނެ ކަމުގެ އުއްމީދުގައެވެ. އިރުގެ ދޯދިތަކުގެ ހޫނުކަން ކެނޑިފައި ވުމުން ބޭރު އޮތީ ފުދޭ ވަރަކަށް ފިނިވެފައެވެ. ގަސްތަކުގައި އަޅުވާލަމުން ދިޔަ ނާނާގެ އަޑުވެސް ކުރިއަށްވުރެ ބާރުކޮށްލާފައި ވެއެވެ. އެވްލީންއަށް ތަންކޮޅަކަށް ހިނގާލެވުނުތަނާ މޫނުމައްޗަށް އަނދިރިވާގޮތް ވުމުން އޭނައަށް ހިފާލެވުނީ ކައިރީގައި ހުރީ އޮރެންޖް ގަހުގެ ގޮއްޕެއްގައެވެ. މުޅިތަން ”ބްލާރ” ވާން ފެށުމުން އެވްލީން ބިރުން ހަލާކުވާވަރު ވިއެވެ. އެހީއަކަށް އެދި ގޮވަސް ވެސް ބޭނުންވިއެވެ. ނަމަވެސް ބިރުގެންފައި ހުރިވަރުން ދޫހަރަކާތެއް ނުކުރިއެވެ.
އެވްލީން ކުރިއަށް ފިޔަވަޅެއް އެޅުމާއެކު އޭނަ އަރިއަޅާލައިފިއެވެ. އެވަގުތު ކަރު ފަޅައިގެން ދާހާ ބާރަށް އެވްލީންއަށް ހަޅޭއްލަވައި ގަނެވުނެވެ. ނަމަވެސް ފަޒާ ގުގުމާލަމުން ދިޔަ ނާނާގެ މުޔުޒިކީއަޑުގެ ތެރެއަށް އެވްލީންގެ ހަޅޭކުގެ އަޑު ގެނބިގެން ދިއުމުގެ ސަބަބުން އެހާ ދުރަށް އެއަޑު ނުދިޔައެވެ.
ބެކްޔާޑަށް ނިކުތް އަކިޔަސްއަށް އެވްލީން އަރިއަޅާލި މަންޒަރު ފެނުމާއެކު އިހްތިޔާރަކާ ނުލާ އެދިމާއަށް ދުއްވައިގަނެވުނެވެ. އަކިޔަސް ހުޝިޔާރުކަމާއެކު އެވްލީން ހަށިގަނޑުގައި ހިފަހައްޓާލުމާއެކު އެވްލީން ލުއިވަރު އަންދާޒާ ކޮށްލެވުނެވެ. ބަލިގޮތަކަށް އެވްލީން އެސްފިޔަ ތަޅުވާލުމުން އަކިޔަސް ފެނުމާއެކު އެމޫނަށް ކުދި ރޫތަށް ޖަމާވާން ނެގީ މަދު ވަގުތު ކޮޅެކެވެ.
އެވްލީން ކިތަންމެ ރުޅި އައި ކަމުގައި ވީނަމަވެސް އަކިޔަސް އެވްލީން އަތްދަނޑި މައްޗަށް އުފުއްލާލިއެވެ. އެވްލީން ގަދަ ހަދަން ބޭނުންވިކަމުގައި ވިޔަސް އިނގިއްޔެއް ވެސް ހަރަކާތް ކޮށްލާނެ ވަރެއް އެހަށިގަނޑުގައި ނުވެއެވެ.
އަކިޔަސް އެވްލީން އެނދު މަތީގައި ބާއްވަމުން ސައިޑް ޓޭބަލް މަތީގައި ހުރި ފެންތަށި ނަގައި ދިއްކޮށްލިއެވެ. އެވްލީން ފެންތަށީގައި ހިފަން އަތް ހަރަކާތް ނުކުރެވުމުން އަކިޔަސްއަށް ނަގައިގަނެވުނީ ކަންނޭގެއެވެ. އޭނަ ފެންތަށި އެވްލީން ތުންފަތުގައި ޖައްސާލުމުން އެވްލީން އެއްނޭވާއިން ފެންތަށި ހުސްކޮށްލިއެވެ. އަކިޔަސް އެވްލީންއަށް ބަލަހައްޓައިގެން އިންއިރު އެހިތުގައި ހަމްދަރުދީ އުފެދުނެވެ.
އަކިޔަސް ކުއްލިޔަކަށް އެވްލީންއާއި ދުރަށް ޖެހިލުމަށްފަހު ބުމަ ގޮށްޖަހާލިއެވެ. އެވްލީން އެހިތަށް ދިން ޒަހަމްތައް އަނެއްކާވެސް ހޭލައްވާލައިފިއެވެ. އަކިޔަސް ރުޅިވެރިކަމާއެކު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް ދޮރާއި އަރާހަމަވީތަނާ އަކިޔަސްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައީ ރިހާނީގެ ރޭވުންތައް އެވްލީންއަށް ކިޔަދިނުމަށް ސިކުނޑީގެ ކަނަކުން ތަކުރާރުކޮށް ބުނަން ފެށުމުންނެވެ.
އަކިޔަސް ފަސްއެނބުރި ބަލައިލި އިރު އެވްލީން އޮތީ ދޮރާއި ދިމާއަށް ބަލަހައްޓައިގެންނެވެ. މީގެ ކުޑައިރުކޮޅެއް ކުރިން ފެނުނު ވަރުބަލިކަން މިހާރު އެމޫނުމަތިން ފެންނާކަށް ނެތެވެ. އަކިޔަސް ކުރިއަށް ފިޔަވަޅުތައް އެޅުމާއެކު އެވްލީން އަތް ގަނޑުފެންކޮޅެއްހާ ފިނިވެގެން ދިޔައެވެ. ހާސްވެގެން ދިޔަވަރުން ނޭވާވެސް ކުރުވާހެން އެވްލީންއަށް އިހްސާސް ވިއެވެ.
” އެވްލީންއަށް އެނގެންޖެހޭ ބޮޑު ހަޤީޤަތެއް އެބައޮތް… ” އަކިޔަސް އެނދު ކައިރިއަށް ހުއްޓިލަމުން ޖިންސް ޖީބަށް އަތް ޖަހާލިއެވެ. ގަދަ ނޫކުލައިގެ ޓީޝާޓަކާއި ހުދު ކުލައިގެ ޖިންސެއްގައި އަކިޔަސް ހުރިއިރު ސްމާޓްގޮތެއް ހުއްޓެވެ. ” އަހަރެން ބޭނުމެއް ނޫން އަކިޔަސްއާ ވާހަކަ ދައްކާކަށް… އައެމް ތޭންކްފުލް ފޯރ ވަޓް ޔޫ ޑިޑް… ޔޫ ކޭން ލީވް ނައު… ” އެވްލީން މޫނު އަނެއްފަރާތަށް އަބުރައިލަމުން ފޫހި ރާގަކަށް ބުނެލިއެވެ. އެވްލީންގެ ޖުމްލައިން އަކިޔަސް ގާތަށް ރުޅިއައެވެ.
” އެވްލީން ޖެހޭނީ އަހަރެން މިދައްކާ ވާހަކަ އަޑު އަހަން…. ” ބާރަކަށް އެވްލީން ކޮނޑުގައި ހިފާ އެނދުން އުފުއްލައިލަމުން އަކިޔަސް ހަރުކަށިކަމާއެކު ބުންޏެވެ. ” ދޫކުރޭ… މި ބުނީނު ދޫކުރާށޭ ” ހަށިގަނޑުގައި ހުރި މަދު ބާރާއެކު އެވްލީން އަކިޔަސް ދުރަށް ކޮއްޕައިލަން މަސައްކަތް ކުރިއެވެ. ނަމަވެސް އަކިޔަސް އޭނައަށް ވުރެ ބާރުގަދަ ވުމުގެ ސަބަބުން އޭނައަށް އެކަމެއް ކާމިޔާބެއް ނުކުރެވުނެވެ.
” އައި ސެޑް ލީވް މީ… ” އެވްލީން އަކިޔަސް މޭގައި ބާރަކަށް ތަޅައިގަތެވެ. މީހަކަށް ފެނިދާނެތީވެސް އެވްލީން އިރުއިރުކޮޅާ ދޮރާއި ދިމާއަށް ބަލައިލައެވެ. ޒަވީން ޑިއުޓީ ނިންމާލާފައި ގެއަށް އަންނަ ވަގުތުވެސް ކައިރިވެފައި ވުމުން މިފަދަ މަންޒަރެއް ޒަވީންއަށް ފެންނަން އޭނަ ބޭނުމެއް ނުވެއެވެ. ” އަހަރެން ދައްކަން މިއުޅޭ ވާހަކަ ނިމުނީމަ ދޫކޮށްލާނަން… ” އަކިޔަސް ރުންކުރުރާގަކަށް ބުނެލިއެވެ. ” ކިތައްފަހަރު ބުނާނީ އަހަރެން ބޭނުމެއް ނޫނޭ އަކިޔަސް ދައްކާ ވާހަކައެއް އަޑުއަހާކަށް… އާ ޔޫ ޑެފް ؟ އަކިޔަސް ހެޔޮނުވާނެ އަހަރެންގެ ހާލަށް އަހަރެން ދޫކޮށްލާފަ މިތަނުން ދޭ… ޔޫ ހޭވެ ގިވެން ޓޫ މަޗް ޕެއިންޓު މައި ހާޓް…. ” ރޮވިދާނެތީ އެވްލީން ހުރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ.
ކުއްލިޔަކަށް އަކިޔަސް އެވްލީންއާއި ދުރަށް ޖެހިލުމާއެކު އެވްލީން ލޮލަށް ޖަމާވެފައިވާ ކަރުނަތިކިތައް އޭގެ މަގާމް ދޫކޮށް ފައިބައިގަތެވެ. އަކިޔަސް އެއްޗެއް ބުނަން އުޅެފައިވެސް ރުޅިވެރި ނަޒަރަކުން އެވްލީންއަށް ބަލައިލުމަށްފަހު ވައިރޯޅިއެއްހާ ބާރު މިނުގައި ގޮސް ކޮޓަރިން ނިކުތެވެ.
ރިހާނީ ކޮޓަރިއަށް އައިގޮތަށް އައިސް ޑްރެސިންގް ޓޭބަލް މަތީގައި އޮތް އޭނަގެ ހޭންޑް ބޭގްނަގައި ހުޅުވާލުމާއެކު ލިބުނީ ޝޮކެކެވެ. ދެލޯބޮޑުކޮށްލައިގެން ހުރެ އޭގައި ވާހާ ސާމާނެއް އެނދުމައްޗަށް އަޅާލުމާއެކު އެމޫނު ދާތިކިތަކުން ފެންވެރިގެން ދިޔައެވެ. ހާސްވެފައިވާވަރުން އޭނަގެ އަތުގައި މަޑު ތުރުތުރު ލުމެއް އުފެދިފައި ވެއެވެ. ” ކޮބާތަ އެބޭސް ކާޑު… ” ރިހާނީ ހުރިހާ އެއްޗެއް މާބްލްސް މައްޗަށް ހޫރާލަމުން މޫނުމައްޗަށް ފައިބާފައިވާ ބުޅި އިސްތަށިގަނޑު އެއްފަރާތް ކޮށްލިއެވެ. މޫނުގައި މޫތިތަކެއްހެން ވިދަމުން ދިޔަ ދާތިކިތައް އަތުގެ ނުފުށުން ފޮހެލަމުން ރިހާނީ އަލަމާރި ހާވަންވެސް ފަށައިފިއެވެ.
ކޮޓަރީގެ ހުރިހާ ތަނެއް ހޯދާ ނިމުނު އިރުވެސް ބޭސްކާޑު ފެންނަ ގޮތް ނުވުމުން ރުޅިއާއި އެއްވަރަށް ރިހާނީ ހުރީ ބިރުވެސް ގެންފައެވެ. ދަބަސް ތެރެއިން މީހަކު އެނުނަގަނީސް އެނުގެއްލޭނެކަން އޭނައަށް ރަގަޅަށް އެގެއެވެ. ނަމަވެސް އެނަގާނީ ކާކު ބާވައެވެ ؟ އަނެއްކާ އަކިޔަސްއަށް އެބޭސްކާޑު ފެނުނީ ހެއްޔެވެ ؟ ސިކުނޑި ވާންކުރަމުންދިޔަ ސުވާލުތަކުން އޭނަގެ ހިތް ބިރުން ތެޅިފޮޅޭހެންވެސް ރިހާނީއަށް އިހްސާސް ކުރެވުނެވެ. އަކިޔަސްއަށް ބޭސްކާޑު ފެނިއްޖެނަމަ ވާނެގޮތެއްވެސް ހިތަށް ގެންނަން ދައްޗެވެ. ގަނޑުފެންކޮޅެއްހެން ފިނިވެފައިފާ ދެއަތްޖޯޑު ކޮށްލަމުން ރިހާނީ ލުއި ފިޔަވަޅުތަކެއްގައި ގޮސް ޑްރެސިންގް ޓޭބަލް ކުރިމައްޗަށް ހުއްޓުމާއެކު ، މޫނުބަލާ ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައިގެ ސަބަބުން ރިހާނީ ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ.
ތުރުތުރު އަޅަމުން ދިޔަ އަތުން ރިހާނީ ޑްރެސިންގް ޓޭބަލްމަތީގައި ހުރި ސާމާންތައް އަތުންޖަހާ ބުރުއްސާލުމާއެކު ސެންޓްފުޅިތައް މާބްލްސް މަތީގައި ޖެހުނު އަޑުން ކޮޓަރީގެ ހީމެންކަން މުގުރާލައިފިއެވެ. ތަޅައިގެންދިޔަ ސެންޓްފުޅިތަކުގެ ވަސްގަނޑު ކޮޓަރީގެ ހަތަރު ފާރުތެރޭގައި އަތްގަދަ ކޮށްލުމާއެކު ސެންޓްގެ ބާރުގަދަ ވަހުން ރިހާނީ ބޮލަށް އެނބުރުން އެރިއެވެ.
ބާރަކަށް ހިނގާލާފައި ގޮސް ރިހާނީ ކޮޓަރީގެ ކުޑަދޮރުތައް ހުޅުވާލުމުން އެމޫނުގައި ބޮސްދޭންފެށި ފިނި ވައިރޯޅިތަކުން ރިހާނީއަށް ދެލޯމަރާލެވުނެވެ. ނަމަވެސް އެހިތުގައި އުފެދިފައިވާ ބިރުވެރިކަމާއި ރުޅިވެރިކަމުގެ އަލިފާންގަނޑަށް ނިމުން ގެންނަން ވައިރޯޅިތަކަށް ނުކުޅަދާނަވިއެވެ. އޭނަ އެހާވަރުން ވަގަށް ނަގައިގެންއައި ބޭސްކާޑަށް ވީގޮތެއް ނޭގި ގެއްލުމުގެ ސަބަބުން އުއްމީދުގެ ހުރިހާ ހުޅުކޮޅުތައް ނިވުނުފަދަ ނުބައި އިހްސާސްތަކެއް ކުރެވި އެހިތުގައި އަނދަން ފަށާފައިވާ ރުޅިވެރިކަމާއި ހަސަދައިގެ ހުޅުގަނޑު ވަނީ ކޮންޓްރޯލް ނުކުރެވޭ ހިސާބަށް ގޮސްފައެވެ.
އެވްލީން ”ވޯޓާރ ކްރިސްޓަލް” އަށް އައިފަހުން އޭނަގެ ހުރިހާ އުފާތަކެއް އަނދާ އަޅިއަށް ވެއްޖެއެވެ. ދެން އަނބުރާ އެއުފާތަށް ދުވަހަކުވެސް ލިބޭނެ ހެނެއް ހިޔެއްނުވެއެވެ. އޭނަ އުފާތަކުގައި އެވްލީން ހުޅުރޯކޮށްލުމުން އެވްލީންއަށް އުފަލުގައި އުޅުމުގެ ފުރުސަތު ދެވޭނެ ހެއްޔެވެ ؟ ނޫނެކެވެ. އެހިތުގައި އެހުރިހާ ކަމަކަށް ކެތްކުރުމުގެ ޤާބިލުކަން ލިބިފައެއް ނުވެއެވެ. އެވްލީން އައިފަހުން އަކިޔަސްގެ ފަރާތުން ފެންނަމުންދާ ތަފާތު ބަދަލުތަކުގެ ސަބަބުން އެހިތުގައި ހާދަ ވޭނެއް އަޅެއެވެ. ލޮލަށް ޖަމާވެގެން ދިޔަ ބޮޑެތި ކަރުނަ ތިކިތައް އެސްފިޔަތަކުގެ ތެރޭން ފުރޭނިގެން އައިސް ކޯތާފަތުގައި ބޮސްދޭން ފެށުމުން ރިހާނީ އަވަސް އަވަހަށް ކަރުނަތައް ފޮހެލައިފިއެވެ.
ކުއްލިޔަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ރިހާނީ ދިޔައީ ސިއްސައިގެންވެ. ތެޅިތެޅިއޮތް ހިތަކާއެކު ފަސްއެނބުރި ބަލައިލުމާއެކު މެޔަށް ފިނިފެން އެއްޗެއް އޮއްސައިލެވުނުހެންވެސް ރިހާނީއަށް އިހްސާސް ކުރެވުނެވެ. އަކިޔަސް ކޮޓަރިއަށް އެޅި ފިޔަވަޅު ފަހަތަށް އަޅާލެވުނީ ނޭފަތުގައި ޖެހުނު ސެންޓް ވަހުންނެވެ. ކޮޓަރީގައިވާހާ އެއްޗެއް ބިމާހަމަކޮށްލާފައި ވުމުން އަކިޔަސް ނުރުހުމުން ފުރިގެންވާ ނަޒަރަކުން ރިހާނީއަށް ބަލާލައިފިއެވެ. އަކިޔަސްގެ އެބަލައިލުމުން ރިހާނީއަށް ބިރުން ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. މީގެ އިރުކޮޅެއް ކުރިން އެހިތުގައި އުފެދުނު ބިރުވެރިކަން އަނެއްކާވެސް ހޭލައްވާލައިފިއެވެ.
” ރިނީ މީކޮންކަމެއް ؟ ކޮޓަރިއަށް ހަރިކޭންއެއް އަރާފަ ހެން ހީވަނީ… ” އަކިޔަސް ފިރިހެންވަންތަ ހިނގުމެއްގައި އައިސް ކުޑަދޮރުގައި އަތް ވިއްދާލުމުން ރިހާނީ ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައެވެ. ގަޔަށް ހިފާފައި އޮތް ޓީޝާޓްގެ ސަބަބުން އެބައިމަތި ފުޅާ ހަށިގަނޑުގެ ބައްޓަންތައް ހާމަވެފައި ވުމުން އަންހެން ކުދިންގެ ހިތްތައް މޮޔަކޮށްލާހާވެއެވެ. ވައިރޯޅިތައް އެފަސް އިސްތަށިގަނޑުގައި ބޮސްދިނުމާއެކު އެނިތު މައްޗައް ފައިބާ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލާއިރު ނިކަން ފުރިހަމައެވެ. ” އައި ވޯސް ސާރޗިންގް ފޯރ ސަމްތިންގް… ” ރިހާނީގެ އަޑު ވަނީ ފިނިވެފައެވެ. ” ކޯޗެއް ހޯދަން ކޮޓަރިއަށް މިހާވަރު ކޮށްފަ މިހުރީ… ރިނީއަށް ރަގަޅަށް އެގޭނެ އަހަރެން މިކަހަލަ ތަންތަން ދެކެ ފޫހިވާވަރު… ” އަކިޔަސް ސަމާސާ ރާގަކަށް ވާހަކަ ދެއްކުމުން ރިހާނީ ހިތަށް ފިނިކަން ގެނެސްދިނެވެ. އަކިޔަސްއަށް އޭނަގެ ދަބަސް ތެރޭން ބޭސްކާޑު ފެނުނުމަ އެރާގަށް ވާހަކަ ނުދެއްކީހެވެ. ރިހާނީ އަވަސް ނޭވާތަކަކާއެކު ހަމަޖެހިލިއިރު ހިތުގައި އުފެދުނު ބިރުވެރިކަން ވައިގެ ތެރެއަށް ބުރައިގެން ގޮސްފިއެވެ.
” މޭކަޕް ސެޓް ބޭއްވުނުތަން ހަދާން ނެތިގެން އެހޯދަން އުޅުމުން ކޮޓަރި ހަޑިވީ… އައެމް ސޯ ސޮރީ ފޯރ ދިސް މެސް… ” ރިހާނީ މާފަށް އެދުމަށްފަހު ކޮޓަރި ތަރުތީބުކުރަން ފެށިއެވެ. މެއިޑަކަށް ގޮވަން އުޅެފައިވެސް ރިހާނީ އަމިއްލައަށް ހުރިހާކަމެއް ކޮށްނިންމާލީ އަކިޔަސް ހިތުން ޖާގައެއް ލިބުމުގެ ފޮނި އުއްމީދުގައެވެ.
ތަޅައިގެން ގޮސްފައިވާ ބިއްލޫރިކޮޅުތައް ޑަސްޓްބިނަށް ލުމަށްފަހު ރިހާނީ ކޮޓަރިއަށް ނަޒަރު ހިންގާލިއިރު އަކިޔަސް ފެންނާކަށްވެސް ނެތެވެ. ރިހާނީ ތުންއޫކޮށްލަމުން އެނދުގައި އިށީންއިރު ކުރެވުނު ބޭކާރު މަސައްކަތާމެދު އޭނަ އިނީ ނުހަނު ދެރަވެފައެވެ.
ޒަވީން ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިއިރު އެވްލީން އޮތީ ލެޕްޓޮޕް ހުޅުވާލައިގެން ފިލްމެއް ބަލާށެވެ. ޒަވީން ޓައީއަށް ދޫކުރަމުން އައިސް އެނދުގެ މަގަތުގައި އިށީނުމުން އެވްލީން ފުޅާ ހިނިތުންވުމަކާއެކު ޒަވީންއަށް ބަލާލައިފިއެވެ. ” ޒޭވް އައި މިސްޑް ޔޫ ސޯ މަޗް… ” އެވްލީން ލެޕްޓޮމް އެނދުމަތީގައި ބަހައްޓަމުން ބާރަކަށް ޒަވީން ގައިގައި ބައްދާލިއެވެ. ” ލީން ހާދަ ބާރަކަށް ބައްދާލައިގެން ތިހުރީ… ރިޕްކޭޖް މިހާރު ޑަސްޓަށް ވެއްޖެ… ” ޒަވީން ލާނެއް ރާގަކަށް ބުނެލަމުން އެވްލީން ގެނެސް އުނގު ތެރެއަށް ލިއެވެ. ” މިސްވެގެންގޮސް ވާނީ މިވަރު… ޒޭވް ބްރޭކެއް ނަގަން ވީއެއްނު ؟ ޒޭވްއާއި ވަން މީޓާރ ދުރުގައި އުޅެންވެސް މިހާރު ކެތްނުކުރެވޭ… ޑޯންޓް ނޯ ވައި… ” ޒަވީން މޫނުގައި ބޮސްދިނުމަށްފަހު އެވްލީން ވާހަކަ ދެއްކިއެވެ. ” ޕެރެގްވީމަ ހުރިހާ ކަމެއްވެސް ޗޭންޖް ވާނެ.. ލީން ބުނީމަ ދެން ބްރޭކެއް ނަގަން ޖެހޭނެ… ވޯކްގަ ހުންނަ އިރުވެސް މިހާރު އަބަދު ވިސްނެނީ ލީންއާ މެދު… ” ޒަވީން އޭނަގެ އިނގިލިތައް އެވްލީން އަތުގެ އިނގިލިތަކާއެކު މަހާލިއެވެ.
” ޒޭވް އައި ވޯންޓު އީޓް އައިސް ކްރީމް އެންޑް ލޮޓްސް އޮފް ޗޮކްލެޓް… ” އަނގައިގައިވާ ހުދު ޕާރލްސް ދަތްތައް ފެންނަވަރުގެ ހިނިތުންވުމަކާއެކު އެވްލީން ބުންޏެވެ. އެވްލީންގެ ޖުމްލައާއެކު ޒަވީން ހީލައިފިއެވެ. ” ތިހާ ފޮނި ކާއެއްޗެހި ކައި އުޅެންޔާ ބޭބީ ވަނީ ފޮނި ކުއްޖަކަށް… ” ޒަވީން ހިނިތުންވުމަކާއެކު ބުނެލިއެވެ. ” ޒޭވް… ” އެވްލީން ހަށަން ބަދެލަމުން ތުންފިއްތާލިއެވެ. ” މައި އެޑޯރަބްލް ޑާލިންގް… ހާދަ ގިނަ އެކްސްޕްރެޝަން ދަސްކޮށްލައިގެން ތިއުޅޭނީ… އަންނާނަން ފެންވަރާލައިގެން… ލީންވެސް ތައްޔާރު ވެލާ އޭރުން ލީން ބޭނުންވާ ތަނަކަށް ޑިނާރ އަކަށް ގޮސްލާނީ… ” ޒަވީން އެވްލީން އެނދުގައި ބެއިންދުމަށްފަހު ހިނގައިގަތީ ފާޚަނާއާއި ދިމާއަށެވެ.
ޒަވީން ފާޚަނާއިން ނިކުންނަން ވާއިރަށް އެވްލީން އަރަމާރި ހުޅުވާލުމަށްފަހު ރަތް ކުލައިގެ ލޯންގް ސްލީވް ބަބުލް ޑްރެސްއަކާއި ހުދުކުލައިގެ ލެގިންސްއެއް ނެގިއެވެ. އެވްލީން އޭނަ އަލަމާރިން ނެގި ހެދުންތައް ލުމަށްފަހު ޑްރެސިންގް ޓޭބަލް ކައިރީގައި ބަހައްޓާފައި ހުރި އުސް ގޮނޑީގައި އިށީނެވެ.
ކުޑަކޮށް ރީތި ވެލުމަށްފަހު އެވްލީން ގޮނޑިން ތެދުވުނުއިރު ގަޔަށް ދޫކޮށް އޮތް ބަބުލް ޑްރެސް ފުއްޕާލާފައި ވާއިރު ފަޔަށް ހިފާފައި އޮތް ލެގިންސްގެ ސަބަބުން އެވްލީން ކުރިއަށްވުރެ ރީތިކަމަށް ދައްކައެވެ. ހީވަނީ ފެންޓަސީ ފިލްމު ތަކުން ފެންނަކަހަލަ ފެއަރީއެއް ހެންނެވެ.
އެވްލީން ކައިރީގައި ހުރި ރޮކިންގް ޗެއާރގައި އިށީންނަމުން އޭސީގެ ޓެމްޕެރޭޗާރ މަތިކޮށްލައިފިއެވެ. މިހާރަކަށް އައިސް ހޫނުވާވަރުން އޭނައަށް ރަގަޅީ ކޮޓަރި އެއްކޮށް ގަނޑުވެފައި އޮތިއްޔާއެވެ. ޒަވީން ފެންވަރާލައިގެން ފާޚަނާއިން ނިކުތްއިރު އެވްލީން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ” ލީން ހާދަ ވަރަކަށް ތި ވިސްނަނީ ؟ ” ޒަވީން އައިސް އެވްލީން ކުރިމައްޗަށް ހުއްޓުނެވެ. ޒަވީންގެ ފިރިހެންވަންތަ އަޑު ކަންފަތުގައި ހިތްގައިމު މިޔުޒިކެއްހެން ގުގުމާލުމުން އެވްލީން ކުޑަކޮށް ސިހުނެވެ.
” ޒޭވް އައެމް މިސިންގް މައި ޑޭޑް… މިއަދު ބައްޕައަށް ގުޅަން އުޅުނީމަ ބައްޕަ ފޯނަށް ނުގުޅުނު… ” އެވްލީންގެ ޖުމްލަ އަޑުއިވުމާއެކު ޒަވީން ކުޑަކަކޫޖަހައި އެވްލީން އަތުގައި ހިފަހައްޓާލިއެވެ. ” ލީން ތިހާ ވަރަށް ކަންކަމާމެދު ވިސްނާނަމަ ޑީޕްރެޝަންއަށްވެސް ހިނގައިދާނެ އެންޑް އައި ކާންޓް ބެއާ ދެޓް… މިރޭ ޑިނާރ އިން އައިސް ބައްޕައަށް ގުޅާނީ… ” ތެތްވެފައިވާ ޒަވީންގެ އިސްތަށިގަނޑުގެ ތެރެއަށް އެއްއަތް މަހައިލުމުން އެވްލީންއަށް އިނދެވުނީ ޒަވީންއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެ ބާރުގަދަ މުލައްދަނޑީގެ ބޮޑުބައެއް ހާމަވެފައިވާއިރު އެބިޔަ ހަށިގަނޑުގައި އެތައްހާސް ފެންތިކިތައް ހަރުލާފައިވުމުން ކިތަންމެ ފަހަރަކު ބެލިޔަސް ފޫހިނުވާނެކަން ގައިމެވެ. ކަޅުކަން ގަދަ އެސްފިޔަތައް ފެނުގެ ސަބަބުން ތެމިފައި ވުމުން އެއަޅިކުލައިގެ ދެލޯ ފެންނަމުން ދިޔައީ ތްރީޑީ އާރޓެއްގެ ސިފައިގައެވެ. އެހާ ފުރިހަމަވެފައި ރީއްޗެވެ. ޒަވީން އެވްލީން އަތްތިލައަށް ބޮސްދިނުމަށްފަހު އަލަމާރި ހުޅުވާލާފައި އައިސް ބްލޫކުލައިގެ ޖިންސަކާއި ގަމީހެއް ނެގިއެވެ.
” ލީން ޑިސައިޑް ކޮށްފިންތަ ދާތަނެއް… ” ޒަވީން ޖިންސްގެ ގޮތްތައް އަޅުވަމުން ސުވާލު ކުރިއެވެ. ” އާނ ޑިސައިޑް ކޮށްފިން…. މޮރޯ ރެސްޓޯރެސްޓް އިޒް ރިއަލީ ގުޑް … ” އެވްލީން ރޮކިންގް ޗެއާރ އިން ތެދުވެލުމަށްފަހު ކޮޓަރީގައި ހުރި ފައިވާން ހަރުގަނޑުން ހާލްފް ޝޫއެއް ނެގިއެވެ.
ޒަވީން ގަމީސް ލަމުން އޭގެ މަތިން ތިންގޮށް ނާޅުވާއި ދޫކޮށްލުމަށްފަހު ދެންހުރި ގޮތްތައް އަޅުވާލައިފިއެވެ. ” ހާދަ ދުރުގައި ހުންނަތަނެއް ތި ޗޫސްކުރީ… ” ޒަވީން ސެންޓް ބުރުއްސައިލަމުން ގަމީހުގެ އަތުކުރި އޮޅާލިއެވެ. ” އޭރުން ލޯންގް ޑްރައިވަކަށް ދެވޭނެއެއްނު… މިހާރު އަބަދު ކޮޓަރީގައި ގިނަ ވަގުތު ހޭދަކުރަން ޖެހުމުން ހާދަ ފޫއްސެއްވެޔޭ… ” ޒަވީން ވޯލްކީ ހޯލްޑާއިން ކާރުގެ ތަޅުދަނޑި ނެގުމާއެކު އެވްލީން ބުންޏެވެ. ” އޯހް… ތިވީގޮތުން މިޑްނައިޓް ވަންދެން ކާރު ދުއްވާލަން ދާނީ… ” ޒަވީން އެވްލީން އުނަގަނޑުގައި ހިފަހައްޓައިލަމުން މިސްރާބު ޖެހީ ޕޯޓިކޯއާއި ދިމާއަށެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ނާޝްތާއަށް ފަހު ހުރިހާ އެންމެން ލިވިންގް ރޫމް ސޯފާތަކުގައި އިށީންދެލައިގެން ތިބިއިރު އެވްލީން އިނީ ފާޑަކަށެވެ. ހެނދުނު ހޭލީއްސުރެ ބަނޑުކޮޅަށް ތަދުވާވަރުން ދަރިފުޅަށް ގެއްލުމެއް ވެދާނެ ހެންވެސް އެވްލީންއަށް ހީވާވަރުން އެވްލީން އިނީ ބިރުގެންފައެވެ. ޒަވީން ކައިރީގައި އެވާހަކަ ދެއްކުމުން ޒަވީން ބުނީ ފުރަތަމަ ކޮޅު އެހެންވާނެ ކަމަށާއި އެއީ އެހާވަރަށް ހާސްވާންޖެހޭ ވަރުގެ ކަމެއް ނޫންކަމެވެ.
ކުއްލިޔަކަށް ގޭގެ ބެލް ރިންގްވާ އަޑަށް މެއިޑަކު ގޮސް މައި ދޮރު ހުޅުވާލުމުން އެތެރެއަށް ވަދެގެން އައި އަންހެންމީހާ ފެނުމާއެކު ރިހާނީއަށް ހުރެވުނު ތަންވެސް ހަނދާން ނެތުނެވެ. ބާރަކަށް ދުވެލާފައި ގޮސް އެއަންހެން މީހާގައިގައި ރިހާނީ ބައްދާލިއެވެ. އެވަގުތު އުފަލުން ގޮސް އެލޮލުން ކަރުނަ ހިލުނެވެ. ދުވަހަކުވެސް ނުފެންނާނެ ކަމަށް ނިންމާލައިގެން ހުއްޓާ އެމީހާ ފެނުމުން ވާނީވެސް އެވަރު ނޫންހެއްޔެވެ ؟
” ޖުނެއިނާ… ” ޒަރާ ސޯފާއިން ތެދުވެލަމުން ޖުނެއިނާއާއި އަރާ ހަމަކުރިއެވެ. ޖުނެއިނާ ފެނުމާއެކު އެވްލީންއަށް ހިފާލެވުނީ ޒަވީންގެ އަތުގައެވެ. ކަންބޮޑުވެފައިވާ ނަޒަރަކުން އެވްލީން ޒަވީންއަށް ބަލައިލުމުން ޒަވީންގެ ހިތަށް ނުބައި ގޮތެއްވިއެވެ. ޖުނެއިނާ ފެނުމުންވެސް އޭނަ ވީ ފޫއްސެއްގެ ސަބަބުން އެވްލީން ގޮވައިގެން އެތަނުން ދާން ބޭނުންވިއެވެ.
” ޖޫން އެކަނިތަ އައީ ؟ ކޮބާ މިފްޒާލް ؟ ” ޒަރާ ބޭރަށް ނަޒަރު ހިންގާލައިފިއެވެ. ” އާނ މިފަހަރު އެކަނި މިއައީ… ކުޑަ ކަމެއް ދިމާވެގެން މިފްޒާލްއަށް ނާދެވުނު… ” ޖުނެއިނާ ނުހަނު ލޯތްބާއެކު ރިހާނީގެ ބޮލުގައި ފިރުމާލިއެވެ. ” ހާދަ އުފާވެއްޖެޔޭ އެހާ ގިނަ ދުވަސް ފަހުން ޖޫން ފެނުނީމަ… ބިލާލް އުޅުނޭ މިފްޒާލްއާ ޖުނެއިނާ ނައިސްގެން… ” ޒަރާ އުފާވެރި ރާގެއްގައި ބުންޏެވެ.
ހުރިހާ އެންމެންނާ ވާހަކަ ދައްކާލުމަށްފަހު ޖުނެއިނާ މިސްރާބު ޖެހީ އެވްލީންއާއި ދިމާއަށެވެ.
” އެވްލީން… ” ސޯފާގައި އިށީންދެލައިގެން އިން އެވްލީން ކައިރީގައި ޖުނެއިނާ އިށީނެވެ. އެވަގުތު ޒަވީން ޖުނެއިނާއާއި ދިމާއަށް ބަލައިލީ ރުޅިވެރި ނަޒަރަކުންނެވެ. ޖުނެއިނާ އެވްލީން އާއި ނުހަނު ލޯބިން ވާހަކަ ދެއްކުމުން ޒަވީންގެ ހިތުގައި އުފެދުނު ރުޅިވެރިކަމުގެ ހުޅުގަނޑު އިތުރަށް ބޮޑުވުން ނޫންކަމެއް ނުވިއެވެ. ޖުނެއިނާގެ ހަޤީޤަތް އޭނައަށް ރަގަޅަށް އެނގޭއިރު ޖުނެއިނާ ސާބިތުކޮށްދޭން އެއުޅޭނީ ކޮންކަމެއް ހެއްޔެވެ ؟ ވީ ފޫއްސެއްގެ ސަބަބުން ޒަވީން ޒަރާ ކައިރީގައި އެވްލީން ބަލިކަމަށް ބުނުމަށްފަހު އެވްލީން ގޮވައިގެން މިސްރާބު ޖެހީ ކޮޓެޖާއި ދިމާއަށެވެ.
” ރިނީ މަންމައަށް ގެސްޓް ރޫމް ދައްކާލާފަ…… ” ޒަރާގެ ޖުމްލަ ފުރިހަމަ ނުވަނީސް ރިހާނީ ޖުނެއިނާ ގޮވައިގެން ހިނގައިގަތީ ގެސްޓް ރޫމާއި ދިމާއަށެވެ. ގެސްޓް ރޫމް ހުންނަނީ ދެވަނަ ބުރީގައި ކަމަށް ވުމުން ތަންކޮޅެއް ދުރަށް ހިނގަން ޖެހުނެވެ.
” މޯމް… ކިހިނެއްތަ ޖަލުން ސަލާމަތްވީ ؟ އަހަންނަށް އަދިވެސް ޤަބޫލެއް ނުކުރެވޭ މީ ހަޤީޤަތެއް ކަމަށް… ” ރިހާނީ ގެސްޓް ރޫމަށް ވަންނަމުން ވާހަކަ ދެއްކިއެވެ. އެމޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމާއި ވާހަކަ ދެއްކުމުގެ ރާގުންވެސް ރިހާނީ އުފާވެފައި ވާވަރު ހާމަކޮށްދެއެވެ. ހީވަނީ ޒަމާނުއްސުރެ ގެއްލިފައިވާ އަގުބޮޑު އެއްޗެއް އަނބުރާ ލިބިގެން އުޅޭހެންނެވެ. ” މަނީ އިޒް އެވްރީތިންގް ޑާލިންގް… ” ކުރު ޖަވާބެއް ދިނުމަށްފަހު ޖުނެއިނާ ރޫމްގައި ހުރި ކިންގް ސައިޒް އެނދުގައި އިށީނެވެ. ” މޯމް ބުނެބަލަ ހައު ޑިޑް ޔޫ އެސްކޭޕް ؟ އަހަރެން ހާދަ ވަރަކަށް މަސައްކަތް ކުރީމޭ މޯމްއާ ކޮންޓެކްޓް ކުރަން… އެންމެފަހުން އެކުވެރިއެއްގެ ފަރާތުން އެނގުނީވެސް މޯމް ޖަލަށް ގެންދިޔަކަން…. ” ރިހާނީ އުފާވެފައި ހުރިވަރުން ވާހަކަ ދެއްކުމުގެ ރާގު މުޅިންހެން ވަނީ ބަދަލު ވެފައެވެ.
” އެ ނީނާއަށް ބޮޑު ލާރިގަނޑެއް ދިނީމަ އޭނަ ކޯޓުގަ ހެދީ ހުސް ދޮގު ސޯ ފްރޯޑް ކޭސް ސާބިތެއް ނުކުރެވުނު … އެންޑް އެ ވިލްޝާގެ މާޑާރ ކޭސްއަށް ބޭނުންވާ ވަރަށް ހެކި ނުލިބުނީމަ ދެއި ގޭވް މީ ބެއިލް… ” ޖުނެއިނާ ކިޔައިދިނެވެ. ” ތޭންކް ގޯޑް މޯމް އައިކަން… އެ ފެއަރީގެ މެޖިކަލް ސްޕެލްތަކުން އަހަރެން މޮޔަވާވަރު އެބަވޭ… މޯމް ހެލްޕް މީ ޓު ގެޓް ރިޑް އޮފް ހާރ… ކިޔާ ފަހަތުން އަޅުވާލި ގޮތަށް އަދިވެސް ނެއްޓެން ނޭގިގެން އޭނަ އުޅޭނީ… ޝީ އިސް އަ ބިޗް… ” ޖުނެއިނާ ކައިރީގައި އިށީންނަމުން ރިހާނީ ބުނެލައިފިއެވެ.
” ރިނީ މަންމަ މިއައީވެސް ބަދަލު ހިފަން… އެ ޒަވީންއަށް ވަރުގަދަ ލަނޑެއް ދީފަ ނޫނީ މަންއަށް ހަމަޖެހުމެއް ނުލިބޭނެ ، އެންޑް ދެޓް އެވްލީން… އައި ވޯންޓް ލީވް ހާރ… ދަރިފުޅުގެ ބައްޕައަށް މަންމަ ލަންޑަނަށް އައިކަން އެގުނުހާ އަވަހަކަށް އަންނާނެ ތެޅިފޮޅެމުން ، ވީހޭވް ޓު އެކްޓް ވެރީ ފާސްޓް !… މިހާރު މިފްޒާލްއަށް އެނގިފަ އޮތްނާނީ ޒަވީންއަކީ ބިލާލްގެ ކުއްޖެއްކަން… ” ރިހާނީ ދެދަތްޕިލަ ޖައްސާ ބާރުކޮށްލިއިރު އެލޮލުން އަލިފާން ކަނިތައް ބުރަމުން ދިޔައެވެ. ” މޯމް ޒޭވްއަށް ގެއްލުމެއް ނުވާހެން ހުރިހާކަމެއް ގެންދަން ޖެހޭނީ… އެހެންނޫނީ ޢީރާގެ ބޭނުމެއް ނުހިފޭނެ… ޝީޒް ދަ މެއިން ރޫޓް ފޯރ އެވްރީތިންގް…. ” ރިހާނީ ޖުނެއިނާއާއި ދިމާއަށް ބަލާލައިފިއެވެ.
” ރިނީ ކާމްޑައުން… އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ އެކްސެޕްޓް އެވްލީން… އަހަރެން ޖަލުގަ ހޭދަކުރަން ޖެހުނު ކޮންމެ ދުވަހެއްގެ ބަދަލު ހިފާފަ ނޫނީ އަހަރެން އެ އެވްލީން ދުލެއް ނުކުރާނަން… ” ޖުނެއިނާ ހިނިގަނޑެއް ޖަހައިލިއެވެ.
ރިހާނީގެ ވާހަކަތަކުން އެވްލީން ބަލިވެ އިންކަން އެނގުމާއެކު ޖުނެއިނާގެ ހިތުގައި ބަދަލު ހިފުމުގެ އާރޫހެއް އުފެދިގެން ދިޔައެވެ. ޖުނެއިނާ ވިހަ ހިނިތުންވުމަކާއެކު ރިހާނީއާއި ވާހަކަ ދައްކައިލަމުން ބުނީ އެންމެ ފުރަތަމަވެސް ޒަވީންއާއި އެވްލީންގެ ދަރިފުޅުގެ ވަސް މިދުނިޔެއިން ފޮހެލަން ޖެހޭނެކަމަށެވެ. އެއަށްފަހު ޢީރާ ބޭނުންކޮށްގެން އެދެމެދުގައި މައްސަލަ ޖެއްސޭނެކަމަށާއި ދާދި މަދު ދުވަސް ކޮޅެއްގެ ތެރޭގައި އެވްލީން ”ވޯޓާރ ކްރިސްޓަލް” އިން ބޭރުކޮށްލެވޭނެ ކަމަށް ޖުނެއިނާ ބުނެލިއިރު ރޫމް ތެރެ ގުގުމާލަމުން ދިޔައީ ޖުނެއިނާގެ ހުނުމުގެ އަޑުންނެވެ. މަންމަގެ ވާހަކަތަކުން ރިހާނީގެ ހިތަށް ފިނިކަން ގެނެސްދިނެވެ.
” ރިނީ ކޮންދުވަހަކު ކިޑެއް ހޯދަނީ ؟ ރިނީއަށް ކިޑެއް ލިބުނީމަ ހުރިހާ އެންމެންގެ ހިތުން ޖާގައެއް ލިބޭނެ… ތިންކް އެބައުޓް އިޓް ރިނީ… ” ރިހާނީގެ އަތުގައި ހިފަހައްޓަމުން ވިސްނައިދޭފަދަ ގޮތަކަށް ޖުނެއިނާ ބުނެލިއެވެ. ” މޯމް އަހަރެންވެސް ކިޑެއް ބޭނުން… ބަޓް ކިޔާ އަހަންނާ އެފަދަ ގޮތަކަށް ދުވަހަކުވެސް ކައިރިނުވޭ… ” ރިހާނީ ކުއްލިޔަކަށް ޖަޒުބާތީ ވުމުން އެދެލޮލުން ކަރުނަ އޮހޮރިގަތެވެ.
” ރިނީ ނުރޮއި ހުއްޓާލަބަ… މަންމަ ހުރިހާ ކަމެއްވެސް ރަގަޅު ކޮށްދޭނަން… ” ރިހާނީ ލޮލުން ފައިބަމުންދިޔަ ކަރުނަ ތިކިތަކުން ޖުނެއިނާ ދެރަވިއެވެ.
އެވްލީން ކޮޓަރިއަށް ވަންނަމުން އަވަސް އަވަހަށް ގޮސް ސޯފާގައި އިށީންއިރު ، ހިތުގެ ތެޅުން ނުހަނު އަވަސް ވެފައި ވުމުން އެވްލީންގެ ނޭވާވަނީ ކުރުވެފައެވެ.
ޒަވީން ކޮޓަރީގެ ދޮރު ލައްޕާލުމަށްފަހު އައިސް ސޯފާގައި އިށީންނަމުން އެވްލީންއަށް ކުޑަ ގޯނާއެއް ކޮށްލިއެވެ. އެވަގުތު އެވްލީންއަށް ބާރަކަށް ހީގަނެވުނުއިރު ހިތުގައި އުފެދިފައިވާ ބިރުވެރި ކަމުގެ ތޫފާން މަތިން އެއްކޮށް ހަނދާން ނެތުނެވެ. ” އައި ނޯ ލީން ބިރުގެންފަ ކަން ތިއިނީ.. ޓްރަސްޓް މީ ލަވް… އޭނައަށް އެއްވެސް ގެއްލުމެއް ނުދެވޭނެ… އަހަރެން މިހުރީއެއްނު… ސޯ ހުރިހާ ބިރެއް މަތިން ހަދާން ނައްތާލާ… އަހަރެން ލީން ޕްރޮޓެކްޓް ކުރާނަން ، އައި ޕްރޮމިސް… އޭނަ މިގެއަށް އެނބުރި އަންނާނީވެސް ކޮންމެވެސް ނުބައި ރޭވުމެއް ނިންމައިގެންކަން ޔަޤީން އެކަމަކު މިފަހަރު އޭނަގެ އެއްވެސް ރޭވުމެއް ކާމިޔާބެއް ނުކުރެވޭނެ… ” ޒަވީންގެ ވާހަކަ ދެއްކުމުގެ ރާގުން އޭނަ ޖުނެއިނާ ދެކެ ނަފްރަތު ކުރާވަރު ހާމަވަމުން ދިޔައެވެ. ” ޒޭވް އަހަރެން ބިރުގަންނަނީ މަންމަ ބޭބީއަށް ކަމެއް ކޮށްފާނެތީ… ޒޭވް ބޭބީއަށް އެއްވެސް ކަމެއް ވެއްޖެނަމަ އަހަރެން މަރުވެދާނެ… ” އެވްލީން ބަނޑުގައި އަތްޖައްސައިލަމުން ރޫރޫއަޅަމުންދިޔަ އަޑަކުން ބުނެލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




5 more parts remaining. I’ll upload one more episode around 00:00 hrs. (In Sha Allah)
Alhe plx plx up kohdhyba..
V v salhi mi story ??
Mutha you are the best writer in the world. varah reethi mipart ves .mutha liyaa konme vaahaka ehves varah furihama
Varah rythi mibaivesss. Mirey ge part maa avahah up vyma ufalun kiyaa nimmaali thanun love ge comment fenunyma eyahvure maa ugaavejje ?❤️????♥️?
Adi mihaa thanah ki Mutha ge hurihaa vaahakaeh ves varah furihama ?. V hihhama jehey konme duvahakuves 2part kiyan libeythi. Waiting for next part.
Eneh part vx avax koh up kohlaa dhyba.. plx plx plx
mi part ves v reethi
Wow?????
Good job for your hard work
Ohh..thnk u muthaa…??..waiting waiting..