އެވްލީން… 22
އެވްލީން ޖެޓީ ވަށާ ޖަހާފައިވާ ރެއިލިންގައި އަތް ވިއްދާލުމަށްފަހު މޫދަށް ނަޒަރު ހިންގާލުމުން އަކިޔަސް ވަޔާއެކު އެވްލީންގެ މޫނަށް ފައިބަމުން ދިޔަ އިސްތަށި ކޮޅުތައް އެއްފަރާތް ކޮށްލަ ދިނެވެ. ” ސަޗް އަ ބިއުޓިފުލް އޯޝަން… ލަންޑަން އިން ނުފެންނަހާ ރީތި ސީނެރީތަކެއް… ” އެވްލީން ހުވަފެނީ ގޮތަކަށް ބުންޏެވެ. ” ނޮޓް އީވެން ކްލޯޒް ޓު ޔޯރ ބިއުޓީ… ” އަކިޔަސް އެއްލޯ މަރައިލަމުން ހިނިތުންވެލިއެވެ.
ކާރުއައީ މެންދުރު އެކެއް ޖަހަން ކައިރިވެފައި ހުއްޓާކަމަށް ވުމުން ހަންކެޑެ ބަލައިލަން ދިއުމުގެ ޕްލޭން ޖެހުނީ ކެންސަލް ކުރާށެވެ. މެންދުރުގެ ގަދަ އަވީގައި އެތަން ބަލަން ދިއުމަށްވުރެ ހަވީރުގެ ހިތްފަސޭހަ ވަގުތުގައި ދިއުމުން މާރަނގަޅު ވާނެކަމަށް ހުރިހާ ކުދިންނަށް ވެސް ފެނުނެވެ. ދެކާރު ހިތަދޫއާ ދިމާއަށް މިސްރާބު ޖެހިއިރު އެވްލީން އިން ކާރުގައި ތިބީ ރިހާނީއާއި އަކިޔަސްގެ އިތުރުން ޔިވާން އެވެ. އެވްލީން ކާރުގެ ލޫވާއިން ބޭރަށް ނަޒަރު ހިންގާލައިގެން އިންއިރު ފެންނަމުންދިޔަ ފެހިކަންގަދަ ރީތި ތަސްވީރު ތަކުން އެހިތަށް ފިނިކަން ގެނެސްދިނެވެ. ބޮޑެތި އަނބު ގަސްތަކުގައި ފަތަށްވުރެ ގިނައިން އަނބު އަޅާފައި ވާއިރު މާތަށް ފޮޅެން ފަށާފައި ވެއެވެ.
ހިތަދޫ ބޮޑުމަގުން ކާރު ދުއްވަމުންގޮސް ކާރު މަޑުކޮށްލީ ފެންވަރަށް ހަދާފައިވާ ބޮޑުގެއެއްގެ ގޭޓް ކުރިމައްޗަށެވެ. މަޑު ފިޔާތޮށި އަދި ހުދުކުލައިގެ ދަވާދު ގޭޓްގައި ލާފައި ވާއިރު ފުރިހަމަ ޑިޒައިނެއް އޭގައި ވެއެވެ. ” މޭޕްލް ކޮޓެޖް ” ލިޔެފައިވާ ބޮޑު ނަން ބޯޑެއް ގޭގެ ފާރުގައި ހަރުކޮށްލާފައި ހުއްޓެވެ. ހުރިހާ ކުދިން އަވަސް އަވަހަށް ކާރުން ފައިބަމުން ފެންނަމުން ދިޔަ ގަނޑުވަރެއް ފަދަ މޭޕްލް ކޮޓެޖަށް ނަޒަރު ހިންގާލައިފިއެވެ.
” ޔިވާ ޔޯ ހައުސް އިސް ސޯ ނައިސް…. ” އިރުމް ގޭޓް ހުޅުވާލުމާއެކު މުރަނަ އަޑަކުން ފަޒާ ގުގުމާލައިފިއެވެ. ” ދިސް އިސް ނޮޓް މައި ހައުސް… އަންކަލް ކެނެޑާއަށް ބަދަލު ވުމުގެ ކުރިން ހަދާފަ ހުރި ގެއެއްމީ…. ހަތަރު އަހަރު ވެދާނެ މިގޭގައި ބަޔަކު ނޫޅޭތާ. އެކްސެޕްޓް ދަ މެއިޑްސް ވޯރކިންގް އިން ދިސް ހައުސް… ” ޔިވާން ބެކްޕެކް ކޮނޑުގައި އަޅުވާލަމުން ޖިންސް ޖީބަށް އަތްޖަހާލިއެވެ. ” ޖިންނިން ނުތިބޭނެތަ ؟ ހާދަ ބިޔަ ގަސްތަކޭ ގާރޑެންގަ ހެދިފަ މިހުރީ…… ” ޖެނާ އެގޭގެ ބަގީޗާއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު ކިފާހް ޖެނާގެ އުނަގަނޑުގައި ހިފައި ކައިރިކޮށްލަމުން ޖިންނި ނުތިބޭނެޔޭ ބުނެލީ ހިނިތުންވުމަކާއެކުއެވެ.
މޭޕްލް ކޮޓެޖް ގޭޓުން ފެށިގެން ގޭގެ ބޮޑު ފެންޑާއާ ހަމައަށް ދާން ހަނި މަގެއް އޮތްނައިރު އެމަގުގެ ދެފަރާތުގައި ވަނީ ކުލަކުލައިގެ ކުދި މާގަސް ތަކެކެވެ. ފިނިފެންމަލުގެ ބޮޑު ބަގީޗާއެއް ފެންޑާއާއި ޖެހިގެން އޮތްނައިރު ރަތް އަދި ނޫކުލައިގެ ފިނިފެންމަލުން އެބަގީޗާ ވަނީ ފުރާލާފައެވެ. ބިޔަކޮށް ހެދިފައިވާ ޖަންބު ގަސްތަކުން ބަގީޗާއަށް އިތުރު ފުރިހަމަކަމެއް ގެނެސް ދީފައި ވާއިރު ގަދަ ފިޔާތޮށި ކުލައަކަށްދާ މާތަކުން ޖަންބު ގަސް ވަނީ ފުރާލާފައެވެ. ޖަންބު މަލުން ފައިބާފައިވާ ނަރުކޮޅުތައް މުޅި ހިސާބު ފެހިކޮށްލާފައިވާ ކާރޕެޓް ގްރާސް މައްޗަށް ވެރިފައި ވުމުން ނުހަނު ރީއްޗެވެ. ހީވަނީ ގަދަ ފިޔާތޮށި ކުލައިގެ ސައިލެއް ފަތުލާލާފައި ވާހެންނެވެ. ކުދި އަމެތިސްޓް ކޮޅުތަކެއްހެން ޖަންބު މަލުގެ ނަރުކޮޅުތައް ފެންނަމުން ދިޔައިރު ވަރަށް ފުރިހަމައެވެ. ޤުދުރަތުގެ ރީތި ތަސްވީރެކެވެ.
ގެއާއި ތަންކޮޅެއް ދުރުގައި ބޮޑު ސްޓޯރ ރޫމެއް ހުންނައިރު އަނބު ގަސްތަކުން އެސަރަހައްދު ވަނީ ފުރާލާފައެވެ. ކަނދުވަލުދޫނީގެ ޖާދުވީ އަޑުން ފަޒާގެ ހިމޭންކަން ނަގާލަމުން ދާއިރު ގަސްތަކުގައި އަޅުވާލަމުން ދިޔަ ނާނާގެ އަޑު އެކުވެގެން އައިސްފައި ވުމުން އަޑު އަހަން ވަރަށް ހިތްގައިމެވެ.
އެވްލީންއާއި އަކިޔަސް ހުރިހާ ކުދިންނަށްވުރެ ފަހަތުން ހިނގާލާފައި އައިއިރު އަކިޔަސް ހުރީ އެވްލީންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ” ލީން… ހާދަ އުފާވެފަ… ” އަކިޔަސް އެވްލީންގެ މަޑު އަތް ތިލައަށް ފިތައިލުމުން އެވްލީން އަކިޔަސްގެ މޫނަށް ބަލައިލިއެވެ. އެވަގުތު ޖެހިލި ލުއި ވައިރޯޅި އަކާއެކު އަކިޔަސްގެ ފަން އިސްތަށިގަނޑުން ބައެއް އެނިތު މައްޗަށް ފައިބައިގެން ދިޔުމުން އެވްލީންއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހިތްތައް ފޫއަޅުވާލާނެހާ ރީތި ވިދުވަރުތައް އެއަޅި ކުލައިގެ ލޮލުގައި ނަށަމުން ދިޔުމުގެ ސަބަބުން އެވްލީންއަށް އަކިޔަސްއާއި ހަތުރު ކަޅި ހަމަކުރަން އުދަގޫވިއެވެ. ” އިޓް ވޯސް އަ ޑްރީމް އޮފްމީ ޓު ކަމް ހިޔާރ… އިނގޭ މުއްސަނދި މީހުން މިކަހަލަ ތަނަކަށް އަންނަން ބޭނުން ނުވާނެ ކަން ވެސް…. ބަޓް އައި ލަވް ދިސް ފްރެޝް އެއާރ އެންޑް ދަ ނޭޗާރ…. ” އެވްލީން ޖަންބު ގަހުން ތިރިއަށް ފައިބާފައިވާ ގޮފިތަކުގައި ފޮޅިވައިވާ މާތަކާ ކުޅެލިއެވެ. މީރުވަހެއް ނެތްކަމުގައި ވިޔަސް އެމާތައް ނުލާހިކު ރީއްޗެވެ. ” މައި އޭންޖެލް… ޔޫއާރ އަ ވެރި ސްޕެޝަލް ގާރލް… ” އަކިޔަސް އެވްލީންއާއި ކައިރިއަށް ޖެހިލަމުން މަޑުމަޑުން ބުނެލިއެވެ. އެވްލީންގެ ހިތުގެ ތެޅުން ކުއްލިޔަކަށް އަވަސްވެގެން ދިޔައެވެ. އަކިޔަސް އޭނައާއި ފޫޓެއްހާ ކައިރި ވިޔަސް ހަށިގަނޑުހެ ހުރިހާ ނާރުތަކަށް ވާންވެގެން ދެއެވެ.
” ކިޔާ… މީހަކަށް ފެނިދާނެޔޭ… ” އެވްލީންގެ އަތްތިލައަށް އަކިޔަސް ބޮސްދިނުމުން އެވްލީންގެ ހިތުގައި ހީލިކެރެވުމެއް އުފެދުނެވެ. ފޮނި ރާޅުބާނީތަކެއް މިޔުޒިކެއް ފަދައިން ހަށިގަނޑުގެ ނާރުތަކާ ކުޅެލި ހިނދު އެވްލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ” ދެން ނެތެއްނު މާކަގިނަ ދުވަހެއްވެސް…. ބަޓް ވީވިލް ކީޕްއަ ޑިސްޓެންސް ބިޓްވީން އަސް… ” އަކިޔަސް މޯޅިއަކަށް ދެމިލުމުން އެވްލީންއަށް ނޭވާ ހިފަހައްޓާލަން މަޖްބޫރުވިއެވެ.
ރެއިބަން އަވިއައިނުން އެއަޅި ކުލައިގެ ދެލޯ ފޮރުވާލަމުން އަކިޔަސް ކުރިއަށް ހިނގައިގަތުމާއެކު އެވްލީންވެސް ލުއި ފިޔަވަޅު ތަކެއްގައި އަކިޔަސްއާއި އަރާހަމަކުރިއެވެ. ރިހާނީ ފަސްއެނބުރި ބަލައިލުމުން ވާހަކަ ދައްކަމުން ފެންޑާއާއި ދިމާއަށް ހިނގާލާފައި އަންނަމުންދިޔަ އެވްލީން އަދި އަކިޔަސް ފެނުމުން ސާދަ ވިލޭރޭގެ ހަނދު ކަޅު ވިލާތަކުން ވަށާލެވުމުން ދުނިޔެ ބަނަވެގެން ދާ އުސޫލުން ރިހާނީގެ މޫނު ބަނަވާން ފެށި އެވެ. ނޭގުމުގެ ތެރެއިން އެހިތުގައި ރޯވެފައިވާ ރުޅިވެރިކަމުގެ އަލިފާންގަނޑު ކަނިލައި އިތުރަށް ބޮޑުވެގެން ދިޔަ އެވެ. މޫނު ކުނިކޮށްލައިގެން ރިހާނީ ތަނބެއްގައި ބުރަކަށި ޖައްސާލިއިރު އެވްލީންއާއި މެދު އެސިކުނޑީގައި އުފެދެމުންދިޔަ ޚިޔާލުތަކުން އޭނަ މޮޔަވާވަރު ވިއެވެ.
” ވަޓް އިސް ރޯންގް ވިތް މީ…. ” ބޮލުގައި ހިފަހައްޓާލަމުން ރިހާނީ އިސްދަށަށް ޖަހާލި ވަގުތު އެބުޅި އިސްތަށިގަނޑުން ބައެއް މޫނުމައްްޗަށް ވިހުރުނެވެ.
” ރިނީ ބޮލުގަ ރިއްސަނީތަ ؟ ” ބޮލުގައި ހިފަހައްޓާލައިގެން ހުރި ރިހާނީ ފެނުމުން އެވްލީން ދުވެލާފައި ގޮސް ރިހާނީ ކުރިމައްޗަށް ހުއްޓުނެވެ. ” ނޫން…. ވަރުބަލި ވެފަ ހުރީމަ ކުޑަކޮށް ފެއިންޓްވާ ގޮތްވީ… ނައު އައެމް ފައިން… ” ރިހާނީ އަވަސް އަވަހަށް ތަނބާއި ދުރަށް ޖެހިލަމުން ގަދަކަމުން އެތުންފަތަށް ހިނިތުންވުމެއް ވެރިކުރިވިއެވެ. ” ރިނީ ފިޔަވާ ދެން މިތިބީ ހުސް ކަޕްލްސް… ކޮން ދުވަހަކުތަ ރިނީ ބޯއިފްރެންޑެއް ނަގާނީ ؟ ” އިރުމް ފެންޑާގައި ބަހައްޓާފައި ހުރި ބޮޑު އުނދޯލީގައި އިށީނެވެ. ” އިރުމް ! …. ވީއާރ ޖަސްޓް ފެރެންޑްސް… ” އެވްލީން އަޅައިގަންނަމުން ބުނެލިއިރު އެވްލީންގެ އަޑުވަނީ ފިނިވެފައެވެ. އާއިލާ މީހުންނަށް ސަޕްރައިޒެއް ދޭން ޕްލޭން ކޮށްގެން ހުރިއިރު ސަޕްރައިޒް ހަރާބުވާކަށް އޭނަ ބޭނުމެއް ނޫނެވެ. މިމަންޒަރު ފެނުމުން އަކިޔަސް ހުނުން ކޮންޓްރޯލް ކުރަމުން ޖީބުން ފޯނު ނެގިއެވެ.
އެވްލީންގެ ޖުމްލައިން ރިހާނީއަށް ލިބުނު އުފާ ބަޔާން ކުރަންވެސް ދައްޗެވެ. ރިހާނީ އަކިޔަސްގެ ހިތާއި ހަމައަށް ވާސިލު ވުމަށް ވަގުތުން ވަގުތަށް މަސައްކަތް ފަށަން ނިންމިއެވެ. އެހެން ނޫންނަމަ އަކިޔަސް އެހެންމީހެއްގެ ހައްޤަކަށް ވެދާނެ ކަމުގެ ބިރުވެރިކަމުން އެހިތް ރޫރޫ އަޅުވާލައިފިއެވެ. ” އިރޫ…. މިހާރު ޤަބޫލު ކުރެވިއްޖެ ފުރަތަމަ ނަޒަރުން ލޯބިވެވޭކަން… ޔޫ ވިލް މީޓްމައި ބީއެފް ރިއަލީ ސޫން…. ” ސިއްރު ނަޒަރަކުން އަކިޔަސްއަށް ބަލައިލަމުން ރިހާނީ އުފާވެރި ރާގަކަށް ވާހަކަ ދެއްކިއެވެ. ” ރިނީ ޓެލް އަސް ، އެއީ ކާކުތަ ؟ ” ޖެނާ ބާރަކަށް ހަޅޭއްލަވައިގަތް އިރު ހީވީ އެހެންފަދަ ކަމެއް ހެންނެވެ. ” ޖޭން އެއީ ސަޕްރައިޒެއް… ” ރިހާނީ ސަޅިކަނޑާލިއެވެ.
ފެންޑާ ޒީނަތްތެރި ކުރަން އޯކިޑް މާތަކާއި ، އެސްޕެރެގެސް ފާރން އަދި އެމެރިލިސްގެ އިތުރުން އިންގްލިޝް އިވީ ގަސްތައް ޕޮޓްތަކުގައި ބަހައްޓާފައި ވާއިރު ވެޔޮ ގަސްތަކުން ތަނބުތަކާއި އުނދޯލިވަނީ ހިސޯރު ކޮށްފައެވެ. ވައިރޯޅި ތަކުގެ އެހީގައި ގަސްތަކުގައި ދޮންވެފައިވާ ފަތްތައް ޓޭންކުލައިގެ މާބްލްސް މައްޗަށް ވެރެވުމުން ދާއިރު ހީވަނީ ހަރީފު މޫސުން އައިސްގެން އުޅޭހެންނެވެ. ” މިތާތަ ދެން ތިބެނީ ؟ އެތެރެއަށް ވެސް ނުވަންނަނީތަ ؟ އަހަރެން ވަރަށް ހައިވެފަ މިހުރީ… ” ފޯނުގެ ޑިސްޕްލޭއާ ކުޅެލަމުން ގޮސް ޔިވާން ދޮރު ހުޅުވާލިއެވެ. ” ހޭއި އޯލް…. ކިޗެން އެންޑް ޑައިނިންގް ރޫމް ހުންނާނީ ވަރަށް އެކޮޅުގަ…. ” ޔިވާން ކުއްލިޔަކަށް ކަމެއް ހަނދާން ވާފަދަ ގޮތަކަށް ބުނެލުމަށްފަހު ގެއާއި ތަންކޮޅެއް ދުރުގައި ހުރި ކޮޓަޖެއް ކަހަލަ ތަނެއް ދައްކާލައިފިއެވެ. ހިތަދޫ ގޯތިތައް ބޮޑުވުމުގެ ސަބަބުން އެމީހަކު ބޭނުން ގޮތަކަށް ރީތިކޮށް ގެހަދާލުމުގެ ފުރުސަތު އޮވެއެވެ.
” މޭޕްލެ ކޮޓެޖް ” ސިޓިންގް ރޫމް ނުހަނު ތަނަވަސްވެފައި ރީއްޗެވެ. ހުރިހާ ތަނެއް ސާފުކޮށްފައި ވުމުން މެއިޑުންގެ މިންނެތް މަސައްކަތަށް ތައުރީފު ކުރާހާ ވެއެވެ. ސިލްވާރ ކްރިސްޓަލް ޗާންދެލިއާއެއް ސިޓިންގް ރޫމް ސީލިންގައި ހަރުކޮށްފައި ވާއިރު ކުޑަ އަލިމަސްކަށިތަކެއް ހެސް ކްރިސްޓަލް ކޮޅުތައް ވިދަމުން ދިޔައެވެ. ދަނބު ކުލައިގެ ސޯފާ ސެޓާއި ބޮޑު ޓީވީ ރެކުން ސިޓިންގް ރޫމްގެ ފަޅުކަން ފިލުވާލަ ދެއެވެ. ރީތި ޕެއިންޓިންތަކާއި ވޯލް ޑިކެރޭޓާސް ތަކުން ފާރުތައް ފުރާލާފައިވުުމުން ހިތް ދައިމައި ގަންނަގޮތެއް ވެސް ހުއްޓެވެ. ރަތް ރޫބީސްތަކުގެ ރެގްތަކެއް އޮފް ކަމުން ވިދަމުން ދިޔަ މާބްލްސް މައްޗަށް ފަތުރާލާފައި ވުމުން ހީވަނީ ޝާހީ ގެއެއް ހެންނެވެ.
ކޮރިޑޯއިން ލާފައި ކޮޓަރިތަކަށް ދެވޭގޮތަށް ހަދާފައި ހުންނައިރު ކޮރިޑޯވެސް ޒީނަތްތެރި ކޮށްފައިވަނީ މީހުންގެ ހިތްތައް އަތުލައިގަންނާނެހާ ފުރިހަމަ ކޮށެވެ. ޔިވާން މެއިޑަކަށް ގޮވާލުމުން އަންހެން ކުއްޖަކު އެވަގުތު ބާރަކަށް ހިނގާލާފައި އެތަނަށް އައެވެ. ” ބްރިންގް ދަ ކީސް… ” ޔިވާން ގެ ޖުމްލަ ނުނިމެނީސް އެއަންހެން ކުއްޖާ ތަންކޮޅެއް ދުރުގައި ހުރި ވޯލް ކީ ހޯލްޑާއިން ތަޅުދަނޑި ފައްޗެއް ނަގައިގެން އައިސް ދިނުމަށްފަހު ހިނގައްޖެއެވެ.
” ލީން ހާދަ ވަރަކަށް ބިރުގަތީ… އަދި ސީކްރެޓް ރިވީލް ކުރަންވެސް ޖެހޭނެދޯ…. ” އަކިޔަސް އެތެރެއަށް ވަންނަމުން ވާހަކަ ދެއްކީ އެވްލީންއަށް އިވޭވަރަށެވެ. ” އައި ވިލް ޕްރެކްޓިސް… ” ރަކި ހިނިތުންވުމަކާއެކު އެވްލީން ތުންފަތުގައި ދަތް އަޅާލިއެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފިޔާތޮށި ކުލައިގެ ތުންފަތް ރަތް ލޭކޮޅަކަށް ވެގެން ދިޔައިރު އެފިނިފެން މަލުގެ ފިޔަހާ އޮމާން ދޮންމޫނުގެ ސަބަބުން ފިރިހެން ކުދިން އާޝޯހުވާނެހާ އެވްލީން ރީއްޗެވެ. ވިލުނޫކުލައިގެ ލޯންގް ސްލީވް ޑްރެސްއަކާއި ކަޅު ކުލައިގެ ފަޔަށް ފިޓް ޖިންސެއްގައި އެވްލީން ހުރިއިރު ހީވަނީ ސްޓައިލިޝް ޑްރެސް މޮޑެލެއް ހެންނެވެ.
އަސްރު ނަމާދަށް ފަހު ކޯއްޓޭއަށް ދާން ތައްޔާރު ވެލައިގެން އެންމެން ބޭރަށް ނިކުތް އިރު ބޮޑު ޕިކަޕެއް ” މޭޕްލް ކޮޓެޖް ” ކުރިމަތީގައި ޕާކްކޮށްލާފައި އޮތެވެ. ” ވަޓް ދަ ހެކް… ވީރާނާވެފައި އޮތް ޕިކަޕެއް ނޫން އެއްޗެއް ނުލިބުނީތަ ؟ ” ރިހާނީ ތުންކޮޅު އޫކޮށްލަމުން ނޫކުލައިގެ ޕިކަޕަށް ބަލައިލިއެވެ. ގިނަ ދުވަސް ވުމުގެ ސަބަބުން އޭގައިވަނީ ދަބަރު ޖަހާފައެވެ. ” ރިނީ… ދެން ނުލިބުނީމައެއްނު ޔިވާން މެން މި ގެންނާނީ… ” ރިހާނީގެ އަތުގައި ހިފައިލަމުން އެވްލީން ވިސްނައިދޭން އުޅުނެވެ. ދަތުރަށް ބޭނުންވާ ތަކެތި ޕިކަޕަށް އަރުވާ ނިމުމާއެކު ހުރިހާ ކުދިން އަވަސް ވެގަތީ ޕިކަޕަށް އެރުމަށެވެ. އަކިޔަސް ޕިކަޕަށް އަރަމުން ހިންދެމިލުމަށްފަ އެވްލީންއަށް އަތް ދިއްކޮށްލައިފިއެވެ. އެވްލީން އެއަތުގައި ހިފަހައްޓާލަމުން އަކިޔަސްގެ އެހީގައި ޕިކަޕަށް އެރިއެވެ. ރިހާނީ ފާޑަކަށް އެވްލީންއާއި ދިމާއަށް ބަލައިލިއިރު އެދެލޮލުން ބުރަން ފަށާފައިވަނީ ނަފްރަތުގެ ކަނިކޮޅުތަކެވެ. ހިތުގައި އުފެދުނު ރިހުމުއްގެ ސަބަބުން ލޮލަށް ކަރުނަ ޖަމާވާން ފެށުމުން ރިހާނީ ކަރުނަތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ.
ޕިކަޕް ސްޓާޓް ކޮށްލުމުން އެވްލީންއަށް ބާރަކަށް ހިފާލެވުނީ އަކިޔަސްގެ މުލައްދަނޑީގައެވެ. އުމުރު ދުވަހުގައިވެސް އޭނަ އަރާފައިނުވާ އެއްޗަކަށް ވުމުން ކުޑަކޮށް އެވްލީން ބިރުގަންނަ ގޮތްވިއެވެ. އަކިޔަސް އޭނަ އަޅައިގެން ހުރި އަވިއައިނު ނަގަމުން އެވްލީންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެވްލީންއަށް އެވަގުތުވެސް އެދެލޮލުން ފެނިގެންދިއައީ ނިމުމެއް ނެތް ލޯތްބެވެ. އަޅާލުމެވެ. މަޑުމަޑުން އެވްލީން އެދަގަތް ޕާނުގެ ބާރު އެކުލެވިގެންވާ ދެލޮލުގެ ތެރެއަށް ގެނބިގެން ދިޔައިރު ހިމޭން ބަހުރުވައިން ދެޒުވާނުން އެތައް ވާހަކައެއް ހިއްސާކުރިއެވެ. އެވްލީންގެ ހިތުން ބިރުވެރިކަން ފިލައިގެން ދާން ނެގީ މަދު ވަގުތު ކޮޅެކެވެ. އަކިޔަސްއާއި އެހާ ގިނައިރު ވަންދެން ހަތަރުކަޅި ހަމަކުރެވުމުން އެވްލީން ހުރީ އަޖައިބު ވެފައެވެ.
ރިހާނީ ލޮލުން ފޭދެމުން ދިޔަ ކަރުނަތިކިތައް އަތުގެ ނުފުށުން ފޮހެލި އިރު އެހިތަށް ވަނީ އެތަށް ޒަހަމްތަކެއް ލިބިފައެވެ. އަކިޔަސްއަށް ޓަކާ އެހިތުގައި ލޯބި ނުވާނަމަ އެފަދަ އަސަރުތަކެއް ވެސް އެހިތަށް ނުކުރީހެވެ. ނޭވާލަން އުދަގޫވެ ރިހާނީއަށް ގިސްލެވެން އުޅޭހެން ހީވުމާއެކު އޭނަ ތުންފަތުގައި ބާރަކަށް ދަތް އަޅާލަމުން ދެލޯ ހަނިކޮށްލިއެވެ.
ހަނި މަގުތަކުން ޕިކަޕް ދުއްވަމުން ދިޔައިރު މަގުގެ ދެފަރާތުގައި ހެދިފައިވާ ކުރެދި ގަސްތަކުން ގިދުވެފައިވާ ގޮފިތަކުން ހީވަނީ ފްރެސްޓެއްގެ ތެރޭގައި ޕިކަޕް ދުއްވަމުން ދިޔަހެންނެވެ. ބައެއްފަހަރު ގޮފިގަނޑުތައް އެކަތި އަނެކެއްޗާ ކޭއްތިގެން ދާއިރު ފޫރޭތަތަކެއް ބާރަކަށް ހަޅޭއް ލަވައިގަންނަ ހެން ހީވެއެވެ. ހިނީގެ އުނދަގޫވެސް ބޮޑުވެފައި ވުމުން ބައެއް ކުދިން ތިބީ މިހާރުއްސުރެ ދަތުރު މަތިން ފޫހިވެފައެވެ. އެވްލީންއަށް ވެސް ތަފާތު އެކި އުދަގޫތަކެއް ވީނަމަވެސް އެވްލީން އިނީ ފެންނަމުންދިޔަ ޤުދުރަތީ ރީތި މަންޒަރުތަކަށް ބަލަަހައްޓައިގެން ގެއްލިފައެވެ.
ކޯއްޓޭ އެންޓެނާ ކައިރިއަށް ހުރިހާ ކުދިން ފޭބުމާއެކު ޕިކަޕް ނައްޓާލިއެވެ.
ސްނޯކްލިންގްއަށް ބޭނުންވާ ސާމާނުތައް ނެގުމަށްފަހު އެންމެން ހިގައިގަތީ މޫދާއި ދިމާއަށެވެ. ދުރުދުރަށް ދާންދެން ފެންނަން އޮތް މޫދުގެ ތެރޭން އައްޑޫ ފެންނަމުން ދިޔައީ މޮޅު ކުރެހުން ތެރިއެއްގެ ހުނަރު ފުރިހަމަ ކަމާއެކު ދައްކާލާފައިވާ ކުރެހުމެއް ހެންނެވެ. މަގޫގަސްތަކާއި ކުރެދި ގަސްތަކުން ދިގުވެފައިވާ ގޮފިތައް މޫދުގެ ސަތަހައިގެ މަތީގައި ވަޔާއެކު ކޫރުން އަޅުވާލާއިރު އޮމާންކޮށް އޮތް މޫދުގައި އެތަށް ބާނީތަކެއް އުފެދިގެން ދެއެވެ. ދިޔަވަރު ކުޑަ ވަގުތަކަށް ވުމުން ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގެ އަޑު ވަނީ ކެނޑިފައެވެ.
އެވްލީން އުސް ގަލެއްގެ މަތީގައި އިށީންނަމުން މުޅި ތަނަށް ނަޒަރު ހީންގާލިއިރު އެތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެފައި ވެއެވެ. ” ފަތަން ނޭގޭ ކުދިން އެއްގަމުގައި މަޑުކޮށްލަން ޖެހޭނީ… އެނީވަން ހޫ ޑޯންޓް ނޯ ހައުޓު ސްވިމް ؟ ” ޔިވާން މާސްކާއި ފިންސް ބިންމަތީގައި ބަހައްޓަމުން ބުނެލައިފިއެވެ. އެވްލީން ކިތަންމެ ވަރަކަށް މޫދުގެ ރީތިކަން ބަލާލަލް ބޭނުންވި ކަމުގައި ވީނަމަވެސް ފަތަށް ނޭގުމުގެ ސަބަބުން އެވްލީންއަށް އެނަސީބު ނުލިބުނެވެ.
” ސޯ ލީން ފިޔަވާ ހުރިހާ ކުދިންނަށް ފަތަން އިނގޭދޯ… ލީން އެކަނި ބަހައްޓާފަ ނުވެސް ދެވޭނެ ހޯންޓެޑް ތަނެއް ވިއްޔަ… ސަމްވަން ޝުޑް ސްޓޭއި ވިތް ހާރ… ” ކިފާހް ޓީޝާޓް ބޭލުމަށްފަހު ފިންސް ލައިގެން ، މާސްކް އަތުން ހިފައިގެން މޫދާއި ދިމާއަށް ހިނގައިގަތެވެ.
” އައި ވިލް ސްޓޭއި ވިތް ލީން… ” އަކިޔަސް އެވްލީން އިށީންދެލައިގެން އިން ގާމަތީގައި އިށީންއިރު ހީވީ ފޮޓޯއަކަށް ހުއްޓިލިހެންނެވެ. އޮލިވް ކުލައިގެ ގަޔަށް ދޫ ޓީޝާޓަކާއި ޓޭން ކުލައިގެ ސޯޓެއް ލައިގެން ހުރިއިރު އެއަޅި ކުލައިގެ ދެލޮލަށް އިރުގެ ދަޅަތައް އެޅިފައި ވުމުން އެވްލީންގެ ހިތުގެ ތެޅުން އަވަސް ވިއެވެ.
އެވްލީންއާއި އަކިޔަސް އެކަނި ވުމާއެކު ދެޒުވާނުން ދިޔައީ ހިނގާލުމަށެވެ. އެވްލީން މާލެއަށް ދެވުނުހާ އަވަހަކަށް ބައްޕަމެން ކައިރީގައި ހުރިހާ ވާހަކައެއް ދައްކަން ނިންމާފައިވާ ކަމަށް ބުންޏެވެ. އަކިޔަސް އެވްލީންގެ ވާހަކައާއި ބައިވެރި ވަމުން ބުނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވާ ކަމަށާއި އެވްލީން ”ޕްރިންސެސް ” އެއްހެން އެއަތުތެރޭގައި ގެންގުޅޭނެ ކަމަށެވެ. އަދި އެވްލީން ދެރަވާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން ދިނެވެ. އަކިޔަސްގެ ކޮންމެ ޖުމްލަ އަކާއެކު އެވްލީންގެ ހިތުގައި އޮތް ލޯބި އިތުރަށް ފުންވެގެން ދިޔައެވެ.
” ލީން… ޖަންގަލް ތެރެއަށް ވަދެގެން އުޅެނިކޮށް ގޯސްޓެއް ފެނިދާނެ… އެންޑް ކިފާހް ބުނިގޮތަށް މީ ހޯންޓެޑް ތަނެކޭ… ” އަކިޔަސް ބަރު އަޑަކުން ވާހަކަ ދެއްކުމުން އެވްލީންގެ ކަންފަތުގައި އެފިރިހެންވަންތަ އަޑު ގުގުމާލިއެވެ. ” ކިޔާ އާދެބަލަ…. ކިހާ ރީތިކޮށް އޮތް ތަނެއްމީ… ” އަކިޔަސްގެ އަތުގައި ހިފަމުން އެވްލީން ހިނގައިގަތީ މޫދަށް ދެވޭގޮތަށް އޮތް ދިގު މަގާއި ދިމާއަށެވެ. ” ނޯ ވެއިސް… ” އަކިޔަސް ދެލޯބޮޑު ކޮށްލަމުން މޫނަށް ހަދާލި ގޮތުން އެވްލީންގެ ހުނުމުގެ އަޑު މުޅި ހިސާބަށް ފެތުރިގެން ދިޔައެވެ. ” ސްކެއާރޑް ؟ ” އެވްލީން އަކިޔަސްއަށް ބަލައިލަމުން ހިނިގަނޑު އޮއްބާލައިފިއެވެ. ” ނޮޓް ސްކެއާޑް…. ބޭބީއަށް ކަމެއް ވެދާނެތީ… ” އެވްލީން އަކިޔަސްގެ އަތުގައި ހިފާ ލުއްކިއެއް ޖެހުމުން އެވްލީން ގޮސް ޖެހުނީ އަކިޔަސްގެ މޭމަތީގައެވެ.
ބާބެކިއު ހަދައިގެން ހުރިހާ ކުދިން ކާން އިށީނީ އެންޓެނާ ވަށާ ރާނާފައިވާ ފާރުމަތީގައެވެ. އޭރު އިރުގެ ޖާދުވީ ދަޅަތަކުން ފަތުރާލާފައިވާ އަލިފާން ކުލައާއި މަޑު އޮރެންޖް ކުލައިގެ ވިލާތައް ރީތި ޑިޒައިން ތަކެއްހެން ފެނެއެވެ. ” ރިނީ ކޮބާތަ ؟ ” ރިހާނީ ފެންނަން ނެތުމާއެކު އެވްލީން ފަހަރަކު ކުއްޖެއްގެ މޫނަށް ބަލައިލިއެވެ. ” ޝިޓް…. ރިނީ އުޅުނު ފުން ހިސާބައި ދިމާލުގައި…. މިހާރު އޮޔެވަރު ނުލާހިކު ގަދަވޭނެ…. ” ޔިވާންގެ ޖުމްލައިން އެވްލީންއަށް ހީވީ މޭގަނޑު އަނގަޔަށް އައިހެންނެވެ. ތަށި ބަހައްޓަމުން އެވްލީންއަށް ތެދުވެވުނީ ކުއްލިޔަކަށެވެ.
އެންމެނަށް ގޮނޑުދޮށާއި ދިމާއަށް ދުއްވައި ގަނެވުނީ ރިހާނީގެ ތޫލި ހަޅޭކުގެ ސަބަބުންނެވެ. ރިހާނީ އޮޔާއެކު ބޭރަށް ދަމަމުން ދިއަ މަންޒަރު ފެނުމުން އެވްލީންއަށް ހީވީ ހިތުގެ ތެޅުން ވެސް ހުއްޓުނު ހެންނެވެ. އެދެލޮލުގައި ބޮޑު ކަރުނަ ތިކިތައް ވިދަން ފެށިއިރު އެސްފިޔަތަކަށް ބަރުވުމުން ކަރުނަ ތިކިތަކައް އޭގެ މަޤާމް ދޫކޮށް ފައިބައިގަތެވެ. އެވްލީންގެ މޫނުމަތިން ފެންނަން ފެށި ހިތާމައިގެ އަސަރާއި ދެލޮލުގައި މޫތިތަކެއްހެން ވިދަމުން ދިޔަ ކަރުނަ ތިކިތަކުން އަކިޔަސްއަށް ނުބައި ގޮތެއް ވިއެވެ. އެވަގުތު އަކިޔަސް އަވަސް ވެގަތީ ރިހާނީ ސަލާމަތް ކުރުމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން އެހަޔާތް އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެކަން އަކިޔަސްއަށް ވިސްނާ ނުލެވުނެވެ. ހަޤީޤަތުގައި އެއީ ރިހާނީ ކުޅުނު އެކްޓެކެވެ. އޭނަ ބޭނުންވިގޮތަށް އަކިޔަސް އޭނަ ސަލާމަތް ކުރަން އައުމުން ރިހާނީގެ ހަށިގަނޑުގެ ހުރިހާ ނާރުތަކުގައި ދުވެލީ އުއްމީދުގެ ރާޅުބާނީ ތަކެކެވެ.
ރިހާނީ އަށްޓަ މަހެއްހެން އަކިޔަސްގެ ގައިގައި ތައްވެލައިގެން ހުރިއިރު އެދެމުދުގައި އެއްވެސް ދުރުކަމެއް ނެތެވެ. އަކިޔަސް ރިހާނީ ގެންގޮސް ބިންމަތީގައި އަޅާފައި އޮތް އޮރެންޖް ކުލައިގެ ކާރޕެޓް މަތީގައި ބޭއްވިއެވެ. ” ރިނީ… ” އެވްލީން އަތުގެ ނުފުށުން ކަރުނަތައް ފޮހެލުމަށްފަހު ރިހާނީ ކައިރީގައި އިށީނެވެ. ތެތްވެފައިވާ ބުޅި އިސްތަށިގަނޑާއި އެދޮން މޫނުގައި ހަރުލާފައިވާ ފެންތިކިތަކުން ރިހާނީގެ ރީތިކަން ހާމަވަމުން ދެއެވެ. އެވްލީން ވާހަކަ ދެއްކުމުން ރިހާނީ ވީފޫއްސެއްގެ ސަބަބުން މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ރިހާނީއަށް މިހާރު އެވްލީން ސިފަކުރެވެނީ އޭނަގެ އުފާތަކަށް ވިހަލާން ހުރި ނާގަ ހަރުފައެއްގެ ގޮތުގައެވެ.
ފުރަން އޮތް ދުވަހު މޫސުން ގޯސްވުމުން ހަންކެޑެ ބަލައިލަން ނުދެވުނެވެ. ބޯކޮށް ވާރޭ ވެހެމުން ދާއިރު ދޭތެރެއަކުން އިވިލާ ހޮނު ގުގުރީގެ ސަބަބުން ކަންފަތް ފަޅައިގެން ދާހާވެއެވެ. މިއަދު އާދަޔާ ހިލާފަށް ވައި ބާރުވުމުން ގަސްތަކުގައި އަޅުވާލަމުން ދިއައީ ބޫން އަޑެކެވެ. ހިކިފަތްތައް ވަޔާއެކު ސަމާސާކުރަމުން ވާރޭގެ ތެރޭގައި މިނިވަން ކަމާއެކު ހުދުހިލާ މަންޒަރު ކިތަންމެހާވެސް ރީއްޗެވެ. އެވްލީން ފެންޑާގައި ބަހައްޓާފައި ހުރި އުނދޯލީގައި އިށީންދެލައިން އިންއިރު ފިނި ވައިރޯޅި ތަކާއެކު ވާރޭ ތިކިތައް އެހަށިގަނޑުގައި ބޮސްދެމުން ދިޔައެވެ. އާވިއަރަމުން ދިޔަ ކޮފީތަށިން އެވްލީން ކޯވަރެއް ބޮއިލަމުން ދެލޯމަރާލިތަނާ މީހަކު އައިސް އުނދޯލީގައި އިށީނުމުން އެވްލީން ސިހޭގޮތްވިއެވެ. ” ކިޔާ ކޮންމެ ފަހަރު ބިރުން ހަލާކުވާވަރު ކޮށްލާނެ…. ދެންމެވެސް ކިރިޔާ މިނީ ހާޓް އެޓޭކެއް ނުޖެހުނީ… ” އަކިޔަސް ފަރުވާކުޑަ ގޮތަކަށް އުނދޯލީގައި އޮށޯތެވެ. ” ސޮރީ ބޭބް…. ލީން ހާދަ ޑަލްވެފަ ތިއިނީ… ” އެވްލީންގެ ދިގު އިސްތަށިގަނޑާ އަކިޔަސް ކުޅެލައިފިއެވެ. އެއިސްތަށިގަނޑުގައި ހަރުލާފައި ހުންނަ މީރުވަހުން ސިކުނޑި ތަޒާކޮށްލައެވެ. ” ޔާހ…. ރިނީ އައްޑޫއަށް އައިފަހުން ވަރަށް ބަދަލު ވެއްޖެ…. މިހާރު އެހާ ގިނައިން ވާހަކައެއްވެސް ނުދައްކާ… ލާސްޓް ނައިޓް ރިނީގެ ބީއެފްއާ ބެހޭ ގޮތުން ސުވާލު ކޮށްލީމަ ރުޅިއައިސްފަ ދިޔައީ…. ސަމް ތިންގް އިޒް ރޯންގް ވިތް ރިނީ… ” އެވްލީން ބުންޏެވެ.
” ލީން ހާދަ ވަރަކަށް ތި ވިސްނަނީ… ލެޓް އެވްރީ ތިންގް ގޯ…. މޭއި ބީ ޝީ ޑޯންޓް ވޯންޓު ޝެއާރ އެނީތިންގް… ” އަކިޔަސް ތެދުވެލަމުން އެވްލީންގެ މޫނުގައި އެބާރުދަގަ ދެއަތުން ހިފަހައްޓާލަމުން އޭނައާއި ދިމާއަށް އަނބުރާލިއެވެ. ” ކިޔާ… އަހަރެން ވަރަށް ހެޕީ ތިހާ ރަނގަޅު ލައިފް ޕާޓްނާއެއް ލިބެން އުޅެތީ…. އައި ލަވް ޔޫ… ” އެވްލީން އަކިޔަސްގެ ކޮންޑުގައި ބޯއަޅާލިއެވެ. ސިކުނޑީގެ ވާންކަން ކެނޑުމާއެކު އެވްލީންއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އެވްލީންގެ ޖުމްލަ އަޑުއިވުމާއެކު ބޭރަށް ނިކުތް ރިހާނީގެ ފިޔަވަޅުތައް ގަނޑުވެގެން ގޮސް ބާރުގަދަ ބޮމެއް ކަންފަތް ބުޑުގައި ގޮއްވާލެވުނުހެން ވެސް ހީވިއެވެ.
” ލީން ހާދަ ވަރަކަށް ތި ވިސްނަނީ… ލެޓް އެވްރީ ތިންގް ގޯ…. މޭއި ބީ ޝީ ޑޯންޓް ވޯންޓު ޝެއާރ އެނީތިންގް… ” އަކިޔަސް ތެދުވެލަމުން އެވްލީންގެ މޫނުގައި އެބާރުދަގަ ދެއަތުން ހިފަހައްޓާލަމުން އޭނައާއި ދިމާއަށް އަނބުރާލިއެވެ. ” ކިޔާ… އަހަރެން ވަރަށް ހެޕީ ތިހާ ރަނގަޅު ލައިފް ޕާޓްނާއެއް ލިބެން އުޅެތީ…. އައި ލަވް ޔޫ… ” އެވްލީން އަކިޔަސްގެ ކޮނޑުގައި ބޯއަޅާލިއެވެ. ސިކުނޑީގެ ވާންކަން ކެނޑުމާއެކު އެވްލީންއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އެވްލީންގެ ޖުމްލަ އަޑުއިވުމާއެކު ބޭރަށް ނިކުތް ރިހާނީގެ ފިޔަވަޅުތައް ގަނޑުވެގެން ގޮސް ބާރުގަދަ ބޮމެއް ކަންފަތް ބުޑުގައި ގޮއްވާލެވުނުހެން ވެސް ހީވިއެވެ.
ރިހާނީ އަވަސް އަވަހަށް ދޮރުގެ ފުރަގަށް ވަދެ ނިވައިވެލިއިރު ހިފަހެއްޓުމެއް ނެތި އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހިތުގައި އުފެދިގެންދިޔަ ތޫނު ރިހުމާއެކު ރިހާނީއަށް ނޭވާލާން ދަތިވިއެވެ. އޭނަ ފޮނި ހުވަފެންތަކާއެކު ބިނާކުރަމުންއައި ގަނޑުވަރު ކުދިކުދި އެތިކޮޅުތަކަށް ވެގެން ބިމާ ހަމަވެއްޖެއެވެ. އޭނައަށް ދެންމެ އިވުނު ލަފްޒުތަށް އަޑު އިވުމުގެ ކުރިން ކަންފަތް ބީރު ނުވީ ކީއްވެހެއްޔެވެ ؟ ދައްތަ އޭނަގެ އުފާތަކައް ޖައިގަތް އިރު އެހިތުގައި އޭނައަށްޓަކައި އެއްވެސް ލޯތްބެއް ނުވަނީ ބާވައެވެ. ތަޤްދީރު އޭނައާއި މިކުޅެލީ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެ ވަރުގެ ކަމެކެވެ. ވިހަގަދަ ތީރު ތަކުން އެހިތް ފޫއަޅާވާލިއިރު އެހަށިގނަޑުގެ އެންމެ ހިމަ ނާރުތަކާ ހަމައަށް އެވިހައިގެ އަސްރު ވަނީކޮށްފައެވެ. އޭނައަށް އަޑުއިވުނު ހަޤީޤަތް ގަބޫލުކުރެވޭނެ ހެއްޔެވެ ؟ ނޫނެކެވެ. އަކިޔަސް އެހެން މީހެއްގެ ހައްގަކަށް ވާތަން ދެކެން އޭނައަށް ކެތްނުކުރެވޭނެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނަ އަކިޔަސް ހާސިލު ކުރަން ބޭނުމެވެ. ނަމަވެސް ކިހިނެއް ހެއްޔެވެ ؟ އެދެހިތުގައި ބަނދެވިފައިވާ ގޮށް އޭނަ މޮހެލާނީ ކިހިނަކުން ބާވައެވެ ؟ އެވަގުތު ސިކުނޑި އެއްގޮތަކަށް ވެސް މަސައްކަތެއް ނުކުރިއެވެ. ހީވަނީ ހަށިގަނޑުގެ ހުރިހާ ގުނަވަންތަކެއް ޝަޓްޑައުން ވެފައިވާ ހެންނެވެ. ރިހާނީއަށް ގިސްލެވެން ހުޅޭހެން ހީވުމާއެކު އަޑު ބޭރުވިޔަ ނުދިނުމުގެ ގޮތުން ރިހާނީ އަނގަމަތީގައި އަތްއަޅާ ބާރުކޮށްލިއެވެ.
” ލީން… އަހަރެންވެސް ލީންދެކެ ލޯބިވޭ… މޯރ ދޭން އެނީތިންގް… ” އަކިޔަސް އެވްލީންއާއި ހަތުރަޅި ހަމަކޮށްލިއެވެ. އެވްލީންގެ ހިތް ބާރުބާރަށް ތެޅިލިއެވެ. ވައިރޯޅިތަކުގެ އެހީގައި ވާރޭތިކިތައް އަކިޔަސްގެ ފަން އިސްތަށިގަނޑުގައި ބޮސްދޭން ފެށިއިރު ދިގުވެފައިވާ ތުނބުޅީގެ ސަބަބުން އެވްލީންއަށް ހީވީ ވަށައިގެންވާހާ ތަކެތީގެ ޖާދުވީ ކުލަތައް ފަނޑުވެގެން ދިޔަހެންނެވެ. އެމޫނަށް އެތައް ހާސް ފަހަރު ބެލިކަމުގައި ވިޔަސް އޭނަ ފޫއްސެއް ނުވެއެވެ. ހިއުގޯ ބޮސް ސެންޓްގެ މީރުވަހުން އެވްލީންގެ ސިކުނޑިއާއި ކުޅެލި ހިނދު ދެލޯބިވެރިންގެ ހިތުގައި ދުވެލީ ތަފާތު ރާޅުބާނީ ތަކެކެވެ. އަކިޔަސް އެވްލީންގެ މޫނުގައި ވިދަމުން ދިޔަ ޝަބްނަމް ތިކިތައް ފޮހެލަމުން އެކޯފާތުގައި ހިފާލިއެވެ. ” ސޮފްޓް ކަމުން ހީވަނީ ސިލްކްހެން… ” އަކިޔަސް ގަނޑުފެންކޮޅެއްފަދަ އެވްލީންގެ އަތުގައި ހިފާލަމުން ދުވަހަކުވެސް މިއަތުން ދޫކޮށްނުލާނަމޭ ބުނެލިއެވެ. ރިހާނީ ތުންފިއްތާލައިގެން ހުރިއިރު ހިތަށް އިތުރު ޒަހަމްތަކެއް ލިބުން ނޫންކަމެއް ނުވިއެވެ. ރިހާނީ ކޯތާފަތުން ތިރިއަށް ފިރުކެމުންއައި ކަރުނަތިކިތައް ފޮލެލަމުން ، ބާރަކަށް ދުވެލާފައި ކޮރިޑޯ ހުރަސްކޮށްލުމަށްފަހު ކޮޓަރިއަކަށް ވަނެވެ.
އެވްލީން އުނދޯލިން ތެދުވެލަމުން ވާރޭގެ ތެރެއަށް އަތް ދިއްކޮށްލިއެވެ. އެއްވެސް ރަހުމެއްނެތި އެދޮން އަތްތިލައިގައި ވާރޭތިކިތައް ބޮސްދިނުމަށްފަހު ތިރިއަށް ފައިބައިގެން ދިޔައިރު ވައިރޯޅި ތަކާއެކު އެވްލީން ލައިގެން ހުރި ހެދުމުގެ ފަސްބައި ސައިލެއްހެން ވިހުރިލައެވެ. ކުރެހުން ތެރިން މޮޔަކޮށްލާހާ އެމަންޒަރު ރީއްޗެވެ. އަކިޔަސްއަށް ވެސް ބަލަހައްޓައިގެން ހުރެވުނީ ކުރިމަތިން ފެންމުން ދިޔަ ޙޫރު ޕަރީއަށެވެ. ” ކިޔާ އާދެބަލަ ރެއިން ތެރެއަށް ނިކުންނަން…. ވަރަށް މަޖާވާނެ…. ” އެވްލީން އަކިޔަސްއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ. ” ސްވީޓް ޕައި ރޯގާ ޖެހިދާނެޔޭ… ” އަކިޔަސް ފިރިހެންވަންތަ ހިނގުމެއްގައި އައިސް އެވްލީން ކުރިމައްޗަށް ހުއްޓުނެވެ. ” ދެން މިކަލަހަ ދުވަހެއް ނުވެސް އަންނާނެ… އިޓް ވިލް ބީ އޯސަމް… ” އެވްލީން އާދޭހުން ފުރިގެންވާ އަޑަކާއެކު ބުންޏެވެ. ” ލީން ހާދަ ބޭބިޝްއޭ… ” އަކިޔަސް އެވްލީންގެ އުނަގަނޑުގައި ހިފަހައްޓާލަމުން ބަގީޗާއަށް ނިކުތެވެ. އެވްލީންގެ ހިތަށް އަނިޔާއެއް ލިބިދާނެތީ އަކިޔަސް އުޅެނީ ވަރަށް ބަލައިގެންނެވެ. ބިއްލޫރި ކޮޅެއްފަދަ އެހިތުގައި ކޫރުމެއް އެޅެންވެސް އަކިޔަސް ބޭނުމެއް ނުވެއެވެ.
ބޯކޮށް ވެހެމުން ދިޔަ ވަރޭ ތެރޭގައި އަކިޔަސްއާއި އެވްލީން ހިނގަމުން ދިޔައިރު ފިނިބޮޑު ވުމުން އެވްލީން ތުރުތުރު އަޅާގޮތްވިއެވެ. ދުރުގައި އިންދާފައި ހުރި ކަޅުހުއްތުމޭވާ ގަސްތަކުގެ ފަތްތަކުގައި ވާރޭ ތިކިތައް ވިދަން ފެށިތަން ފެނުމުން އެވްލީން ދުއްވައިގަތީ އެގަސްތަކާއި ދިމާއަށެވެ. އެވްލީންއަށް ބަލައިލަމުން އަކިޔަސް ދެފަރާތަށް ބޯހުރާލިއެވެ. ޓީނޭޖް ކުއްޖަކުވެސް އެހެން އުޅޭނެ ހެނެއް ހިޔެއް ނުވެއެވެ. ” ލީން މިހާރުވެސް ފްރީޒް ތިވަނީ… ” އަކިޔަސް ބަދިގެ ކައިރީގައި ހުރި ބެންޗެއްގައި އިށީންއިރު ހުދުވެފައިވާ އެވްލީންގެ މޫނު ފެނުމާއެކު ބުނެލައިފިއެވެ. ” ނޫނޭ ، ފްރީޒްއެއް ނުވޭ… ” އެވްލީން ކަޅުހުއްތުމޭވާ ގަހުގެ ފަތްތަކުގައި ފިރުމާލިއެވެ. ފަތްތައް މަޑުވެފައި ނުހަނު އޮމާނެވެ.
އަކިޔަސް ބެންޗުން ތެދުވެލުމަށްފަހު އެވްލީންއާއި އަރާހަމަކުރަމުން ރޫރޫއަޅަމުންދިޔަ އެވްލީން ގެނެސް މޭގައި ޖައްސާލައިފިއެވެ. ގަނޑުވެފައިވާ އެވްލީންގެ ހަށިގަނޑު ހޫނުވުމާއެކު ބިޔަ ޖަންބުގަސް ކައިރީގައި ދެޒުވާނުން އިށީނެވެ. ” ބޭބް ހާދަ ސްޓަބާންއޭ… ކިހިނެއް ތިހާ ސްޓަބާންވީމަ ހޭންޑްލް ކުރާނީ ؟ ” ތެތްވެފައިވާ އެވްލީންގެ އިސްތަށިގަނޑުގައި އަކިޔަސް ފިރުމާލިއެވެ. އިސްތަށިގަނޑު ވޭވީވެފައި ވުމުން އެވްލީން ނުހަނު ރީއްޗެވެ. ” ސޮރީ ކިޔާ…. އަސްލު އަހަރެން ވަރަށް ބޭނުންވޭ ރޮމޭންޓިކް ރެއިން ވޯކްސްތަކަށް ދާން…. ” އެވްލީން ތުންފަތުގައި ދަތްއަޅާލުމުން ހީވީ ތުންފަތުން ލޭފައިބައިގަތް ހެންނެވެ. ” އެހެން ވިއްޔާ ލީން ބޭނުންގޮތަށް ލޯންގް ވޯކްއަކަށް ދާނީ…. ނުވެސް ދަންނަ ރަށެއްގެ ތެރެއަށް ނިކުމެެގެން އުޅެނިކޮށް މަގުވެސް އޮޅިދާނެ… ” އަކިޔަސް ހިނިިތުންވުމަކާއެކު ތެދުވެލަމުން ހިންދެމިލިއެވެ. ތެތްވެފައިވާ ޓީޝާޓް އެކަސްރަތީ ހަށިގަނޑަށް ހިފާފައިވުމުން ކުރިއަށްވުރެ ފިރިހެންވަންތަ ކަމަށް ދައްކައެވެ. ޖިންސް ޖީބަށް އަތްޖަހާލަމުން އަކިޔަސް އެވްލީންއާއެކު ކުރިއަށް ހިނގައިގަތެވެ.
ޖުނެއިނާ ކޮޓަރިއަށް ވަންއިރު މިފްޒާލް ސޯފާގައި އިށީންދެލައިގެން ފައިނަލް އެކައުންޓްތައް ބެލުމުގައި އަވަދިނެތި އުޅެއެވެ. ” ލީންމެން ނެތީމަ ގެ ހީވަނީ ހޯންޓެޑް ތަނެއްހެން… ” ޖުނެއިނާ ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. ” ރިނީ ގުޅާފަ ބުނި ދަންވަރު ރަށަށް އަންނަ ވާހަކަ… ” މިފްޒާލް އެކައުންޓްތައް ފައިލަކަށް ލަމުން ބުނެލިއެވެ. ” ގްރޭޓް ނިއުސް… އަދި ހަނދާން ނެތުނިއްޔޭ މިފްޒާލް ކައިރިން އަހާލަން… އަކިޔަސް އައީ ކިއްކުރަންތަ ؟ ” ޖުނެއިނާ ވަގުތުން އޭނަގެ މައުޟޫއަށް ދިޔައެވެ.
މިފްޒާލް ޖުނެއިނާގެ ސުވާލަށް ޖަވާބު ދެމުން ބުނީ އަކިޔަސްއައި ބޭނުމެއް އޭނައަށް ނޭގޭ ކަމަށާއި ބިލާލް މެންވެސް އޭނަ ކައިރީގައި އެވާހަކަ ދައްކާފައި ނުވާކަމަށެވެ. މިފްޒާލް ސައިޑް ޓޭބަލް މަތީގައި ފައިލް ބާއްވަމުން އެވްލީންއާއި އަކިޔަސް ނުހަނު ގުޅޭކަމަށް ބުނުމުން ޖުނެއިނާގެ ތަބީއަތު ގޯސްވާން ނެގީ މަދު ވަގުތު ކޮޅެކެވެ. އޭނަގެ ދަރިފުޅު އެހާ ރީތި އިރު މިފްޒާލް އަބަދުވެސް އިސްކަން ދެނީ އެވްލީން އަށެވެ. ދަރިން ތަފާތު ކުރިކިޔަސް އެއީ ބޮޑުވަރެވެ. ޖުނެއިނާ ފާޑަކަށް އިންއިރު އެނިތަށް ރޫތައް ޖަމާވެފައި ވެއެވެ. މިފްޒާލް ކޮޓަރިން ނިކުމެގެން ދިއުމުން ޖުނެއިނާ އެނދުގައި އިށީނެވެ. އެވަގުތު ސޯފާ ކުރިމަތީގައި ބަހައްޓާފައިވާ ބިއްލޫރި މޭޒު މަތީގައި ހުރި ގަނޑުތައް ވަޔާއެކު ބިންމައްޗަށް ވެއްޓުމުން ، ޖުނެއިނާ ކުދިކިޔަމުން ގޮސް އެގަނޑުތައް ހޮވަން ފެއްޓިއެވެ.
ގަނޑުތައް އަނބުރާ މޭޒުމަތީގައި ބަހައްޓަން އުޅުނު ވަގުތު ޖުނެއިނާއަށް ހީވީ އެތެރެއަށް ލާން އުޅުނު ނޭވާ އެތެރެހަށީގައި ތާށިވެގެން ދިޔަހެނެންވެ. ދެލޯ ބޮޑުކޮށްލަމުން ޖުނެއިނާ ގަނޑުތަކަށް ފުންނަޒަރެއް ހިންގާލިއެވެ. އެއީ ޕްރޮޕަޓީ ރެޖިސްޓްރޭޝަން ފައިލް ތަކެކެވެ. އަވަސް ވެފައިވާ ނޭވާތަކަކާއެކު ޖުނެއިނާ ހުރިހާ ގަނޑުތައް އުކަމުން ދިޔައިރު އެމޫނުގައި ދާތިކިތައް ވިދައެވެ. ” ވަޓް ދަ ހެލް… ” ޖުނެއިނާ ރުންކުރު ރާގަކަށް ބުނެލަމުން ދެ ބުމަގޮށްޖާލިއެވެ.
ދެތިން ތަނެއް ފިޔަވާ ދެން ހުރިހާ ތަނެއް އެވްލީންގެ މިލްކަކަށް ހަދާފައި ވުމުން ޖުނެއިނާއަށް ހީވީ ވިހަގަދަ އެއްޗެއް ބޮވުނު ހެންނެވެ. އަނގަޔަށް ނުބައި ވައްތަރެއް ޖައްސާލެވުނުއިރު ހުރިހާ އެއްޗަކީ އޭނަގެ ދަރިފުޅުގެ މިލްކެކޭ ބުނާފަދައެވެ. ރިހާނީއަށް ލިބެންވީ ހުރިހާއެއްޗެއް އެހަންޑި ގަނޑު ފޭރިގެންފިއެވެ. ޖުނެއިނާ ރުޅިއައިސް ރަތް ވެގެން ގޮސް އެމޫނު ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. ވަގުތު ފާއިތުވުމުގެ ކުރީން ކޮންމެ ގޮތެއް ހަދާފައިވެސް މިފްޒާލް ލޯޔަރެއްގެ އަތަށް އެފައިލްތައް ދިނުމުގެ ކުރިން ހުއްޓުވަން ޖެހޭނެއެވެ. ޖުނެއިނާ މޮޅު ޕްލޭނެއް ރާވާލިއިރު އެވްލީންއަށް މިފަހަރު އޭނަގެ ނުބައިފަޅި ދައްކާލާނަމޭ ޖުނެއިނާ ހިތާހިތުން ބުނެލިއެވެ. އެވްލީން އެގެއިން ނިކުމެގެންދާ ދުވަސް މިހާރު ވަރަށް ކައިރި ވެއްޖެއެވެ. ވިހަ ހިނިތުންވުމަކާއެކު ޖުނެއިނާ ރެޖިސްޓްރޭޝަން ފައިލްތައް ފޮރުވާލަމުން މިފްޒާލް ކައިރީގައި ހަދަން ވަރުގަދަ ދޮގެއް ހޯދައިފިއެވެ.
ޖުނެއިނާ އޭނަގެ އެކުވެރިޔަކާ ފޯނުން ވާހަކަ ދައްކަމުން ގޮސް ”ވުޑްލޭންޑް” ޕޯޓިކޯއަށް ނިކުތެވެ. ތިރީސް މިނެޓުގެ ދިގު ކޮންވަސޭޝަނަކަށްފަހު ފޯނު ބޭއްވިއިރު ޖުނެއިނާގެ މޫނުވަނީ އުޖާލާވެފައެވެ. މިއިން ދުވަހަކުވެސް ޖުނެއިނާ އެހާ އުފާވި ދުވަހެއް ނާދެއެވެ. ” އެވްލީން ، ޕުއާރ ގާރލް… ދެން މާކަ ގިނަ ދުވަހެއް ނެތް… ގެޓް ރެޑީ ޓު ފޭސް ހެލް… ” ޖުނެއިނާ އަމިއްލައަށް ވާހަކަ ދައްކަމުން ހިނިގަނޑެއް ޖަހާލައިފިއެވެ.
ތެތް ހެދުންތައް ބަދަލުކޮށްލައިގެން އެވްލީން އައިއިރު ހުރިހާ ކުދިން ސިޓިންގް ރޫމް ސޯފާތަކުގައި އިށީންދެލައިގެން ތިއްބެވެ. އެވްލީން އިސްތަށިގަނޑު ވޫލްކޮޅަކުން އައްސާލަމުން ސޯފާތަކާއި އަރާހަމަކުރިއެވެ. ސްޓްރައިޕްޑް އަތްދިގު ޓޮޕަކާއި މަޑު ނޫކުލައިގެ ސްކިނީ ޖިންސެއްގައި ހުރިއިރު އެދޮންމޫނު ތާޒާކަމުން ވިދައެވެ. ފިނިފެންމަލުގެ ފިޔަހާ އޮމާން މޫނަށް އިސްތަށިކޮޅުތައް ބޮސްދޭއިރު އަނދުނުގެ ސަބަބުން އެމުށިކުލައިގެ ދެލޮލުގެ ރީތިކަން އެތައް ގުނައަކަށް ދިތުރުކޮށްދީފައި ވެއެވެ. ފުރަތަމަ ފަހަރަށް އެވްލީންއަށް ލިބިފައިވާ ރީތިކަމާމެދު ރިހާނީގެ ހިތުގައި ހަސަދައިގެ އުސްރާޅުތައް ނަގާ ބިންދާލިއެވެ.
އިރުމް ތަބެއްގައި ހުރި ކޮފީތަށިން ތަށްޓެއްނަގައި އެވްލީންއަށް ދިއްކޮށްލައިފިއެވެ. އެވްލީން ހިނިތުންވުމަކާއެކު ތަށީގައި ހިފަހައްޓާލިއިރު އަކިޔަސް އޭނައަށް ބަލަމުން ދިޔަކަން ފާހަގަ ކުރެވުމުން އަތް ތުރުތުރުއަޅަން ފެށިއެވެ. ” ލީން.. ބީ ކެއާރ ފުލް… ކޮފީ ވެރިދާނެ ގަޔަށް… ” ޖެނާ ބާރަކަށް ބުނެލިއެވެ.
ވާރޭ ތިކިތައް ފުރާޅަށް ހަމަލާދެމުން ދިޔަ އަޑުން މުޅި ހިސާބު ވަނީ ގުގުމާލާފައެވެ. ތެތްފިނީގެ އަސަރު ފާޅުވަމުން ދިޔައިރު ކޮފީގެ މީރުވަހުން ސިޓިންގް ރޫމްގައި ވަނީ ހުވަނދު ލެވިފައެވެ. ހުރިހާ ކުދިން ތަފާތު ވާހަކަ ތަކެއްގައި ތިބިއިރު އެވްލީންއާއި އަކިޔަސް ހަތަރުކަޅި ހަމަކޮށްލައިގެން ހިމޭން ބަހުރުވައިން އެތައް ވާހަކައެއް ދެއްކިއެވެ.
ދަންވަރު ވީއިރުވެސް ވެހެމުންދިޔަ ވާރެއަށް ބަދަލެއް ނާދެއެވެ. ގަމަށް ދެވުނުއިރު ފުދޭވަރަކަށް ވާރޭ ތުނިކޮށްލާފައި ވިޔަސް އެއާރޕޯޓަށް ވަދެވުނުއިރު ހުރިހާ ކުދިން ތިބީ ހިސާބަކަށް ތެމިފައެވެ. ފްލެއިޓް ޑިލޭއި ވުމުގެ ސަބަބުން ބޯޑިންގްގައި އެތަށް އިރެއް ވަންދެން މަޑުކުރަން ޖެހުނެވެ. ބައެއް ފަތުރުވެރިން ރުޅިއައިސްގެން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ދުރުގައި ހުރި ބެންޗް ގޮނޑިބަރިއެއްގައި އެވްލީންމެން އިށީންދެލައިގެން ތިއްބެވެ.
” ލީން ތީކޮން ސްޓޯރީއެއްތަ ؟ ” ޖެނާއާއި އިރުމް އެކީއެއްފަހަރާ އަހާލިއެވެ. ” ބެޓް މީ… ” އެވްލީން އޭނަ ކިޔަމުން ދިޔަ ވާހައިގެ ކަވާރ ދައްކާލިއެވެ. ” ކޭން އައި ބޮރޯ އިޓް ؟ ” ކުދިދަތްތައް ފެންނަވަރަށް ހީލަމުން އިރުމް އަހާލައިފިއެވެ. ” ޔަޕް… އެކަމަކު ލާސްޓް ޗެޕްޓާރގަ މިއުޅޭނީ… ނިމުނީމަ ލިބޭނެ… ޔޫ ކޭން ކަމް ޓު މައި ހައުސް ޓު ޓޭކް އިޓް…. ” އެވްލީން ބުންޏެވެ.
” ރިނީ ކިހިނެއްވެފަ ” ރިހާނީ މާމަޑުން އިންނަން ފެށުމުން އެވްލީންއަށް ބުނެވުނެވެ. ” ކަމެއް ނުވޭ… ފްލެއިޓް ޑިލޭއިވީމަ ކަޓާފަ މިއިނީ… ” ރިހާނީ ފޫހި ރާގަކަށް ބުނެލައިފިއެވެ. އެވްލީންއަށް ރިހާނީގެ ބަނަވެފައިވާ މޫނާއި އެވާހަކަ ދެއްކުމުގެ ރާގު ވަގުތުން ނަގައިގަނެވުނެވެ. އެވްލީން އެއްޗެއް ބުނަން އުޅެފައިވެސް ނުބުނެ މަޑުކޮށްލައިފިއެވެ.
”ވުޑްލޭންޑް”އަށް އާދެވުމާއެކު ރިހާނީ އަވަސް އަވަހަށް ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. ޖުނެއިނާ މަތިއޮމާން ކޮށްލުމުގެ ބޭނުމުގައި އެވްލީންއާ ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދައްކާލުމަށްފަހު ރިހާނީގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ. އޭރު ދަރިފުޅަށް ކޮންމެވެސް ކަމެއް ވެއްޖެކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. މިފްޒާލް މީޓިންގްއަކަށް އޮފީހަށް ގޮސްފައިވާތީ އެވްލީން ނިންމީ ރޭގަނޑު ބައްޕައާއި ހުރިހާ ވާހަކައެއް ހިއްސާކުރުމަށެވެ. ދިރިއުޅުމުގެ އެހާ ބޮޑުކަމެއް ނިންމުމުގައި މައިންބަފައިންގެ ހިޔާލު އެވްލީން ބޭނުމެވެ.
” ރިހާނީ!! ” ކޮޓަރިއަށް ވަން ޖުނެއިނާއަށް ފެނުނު މަންޒަރަކާއެކު ބުނެލެވުނީ ބާރަކަށެވެ. ވިދާލި ވިދުވަރެއްހާ ބާރުމިނުގައި ގޮސް ރިހާނީ އަތުން ވަޅި ޖަހައިގަތް އިރު ޖުނެއިނާ ބިރުންގޮސް ހަލާކުވާވަރު ވިއެވެ. ބޮޑުކަމެއް ނުވަނީސް ރިހާނީ އަމިއްލަ ނަފްސަށް އަނިޔާއެއް ނުދޭނެކަން ވަގުތުން ޖުނެއިނާ ދެނެގެންފިޔެވެ. ” ރިނީ ކޮންމެވެސް ބޮޑު ކަމެއްވެއްޖެ… މަންމަ ކައިރީ ބުނެބަލަ ވެގެން އުޅޭގޮތެއް… މޭއި ބީ އައި ކޭން ލެޕް ޔޫ… ” ޖުނެއިނާ ވަޅި މާބްލްސް މައްޗަށް ހޫރައިލަމުން ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. ” މޯމްއަށް ހެލްޕެއް ނުވެވޭނެ… މާ ލަސްވެއްޖެ… ” ރިހާނީއަށް ގިސް ލެވުނެވެ. ރިހާނީގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތިކިތަކުން ޖުނެއިނާ ވަރަކަށް ތަޅުވާލިއެވެ. ” ރިނީ… މަންމައާއި ޝެއާރ ކުރީމައެއްނު މަންމައަށް އެހީވެވޭނީ ! ” ރިހާނީގެ ބޮލުގައި ނުހަނު ލޯތްބާއެކު ޖުނެއިނާ ފިރުމާލިއެވެ. ރިހާނީ ދޫހަރަކާތްކުރަން އުޅުނުމަކުގައި ވިޔަސް ދޫވަނީ ތަޅުލެވިފައެވެ. ރުއިން ނޫންކަމެއް ރިހާނީއަކަށް ނުކުރެވުނެވެ. ކަރުނައިގެ ސިފައިގައި އެހިތުގެ އުދާސްތައް ބޭރުކުރަން އޭނަ ބޭނުންވިއެވެ.
” އެވްލީންގެ ކަމެއްދޯތީ ؟ ” ޖުނެއިނާ ދެލޯހަނިކޮށްލިއެވެ.
” އާނ… މޯމް.. އޭނަ އަހަރެންގެ ލޯބި… ފޭރިގެންފި… ”
ރިހާނީ ހުއްޓަމުން ޖުމްލަ ފުރިހަމަކުރިއިރު ހީވީ ފިލްމުތަކުން ފެންނަ މަންޒަރެއް ބަލައިލެވުނު ހެންނެވެ.
” ރިނީ… ރުއިން ހުއްޓާލާފަ މަންމައަށް ހުރިހާއެއްޗެއް ކިޔާދީބަލަ… ވިތް ޑީޓެއިލް…. ” ޖުނެއިނާ ދަތްކުނޑި ވިކައިލިއެވެ. އެވްލީން އުޅެނީ ކީއްކުރަން ހެއްޔެވެ ؟ އޭނަގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކުރަން އުޅޭ ފުރޭތަ ގަނޑެކެވެ.
” މޯމް… އެ ބިޗް… ކިޔާ ސްނެޗްކުރަން އުޅެނީ… މާލެ އައިސް ޑޭޑް ކައިރީގަ ކިޔާއާ ކައިވެނި ކުރަން އުޅޭވާހަކަ ބުނަން ވެގެން އޭނަ އުޅެނީ… މޯމް ޑޫ އެނީތިންގް…. އެކައިވެނި ހުއްޓުވައިދީ… އަހަންނަށް ހެޔޮ އެ ބިޗްއަށް ކޮންމެގޮތެއް ހެދިޔަސް…. އަހަރެން ބޭނުމީ އަކިޔަސް…. އަކިޔަސްއާއި ނުލާ އަހަންނަށް ނޫޅެވޭނެ… ޕްލީސް މޯމް… ” ހިތް ކުދިކުދިވެފައިވާ ރާގެއްގައި ރިހާނީ ހުރިހާއެއްޗެއް ޖުނެއިނާއަށް ކިޔައިދީފިއެވެ. ޖުނެއިނާ ދެދަތްޕިލަ ދައްސާލާ ބާރުކޮށްލިއިރު ހީވީ ދަތްތައް ބިންދައިގެން ހިނގައިދާނެ ހެންނެވެ. އަކިޔަސް އެވްލީންއާއެކު މާލެ އައުމުގެ ފަހަތުގައި ވާސިއްރު މިއެނގުނީ އަދިކިރިޔާއެވެ. ” އައި ޕްރޮމިސް ރިނީ…. އަހަރެން އެކައިވެނި ވިޔަކަ ނުދޭނަން… އަނެއް ކޮޅުން އެވްލީންއަށް އޭނައާއި އަކިޔަސްއާ ދެމެދު ގުޅުމެއް އޮތްނަކަން ވެސް މިފްޒާލް ކައިރީގައި ބުމުގެ ފުރުސަތެއް މަންމަ ނުދޭނަން… އަކިޔަސް ވާނީ ދަރިފުޅުގެ މީހަކަށް…. ” ޖުނެއިނާގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
ޖުނެއިނާ އޭނަ ރާވާފައިވާ ޕްލޭން ރިހާނީއާއި ހިއްސާކުރުމުން ރިހާނީއަށް ކުޑަ ޝޮކެއް ލިބުނެވެ. އެކަމާއި ދެކޮޅު ހަދަން ހުރެފައި އެގޮތުންވިޔަސް އަކިޔަސް އޭނަގެ މިލްކަކަށް ވާނެނަމަ އޭނަ މިހުރީ ކޮންމެ ކަމަކަށް ތައްޔާރަށެވެ. ޖުނެއިނާގެ އެކުވެރިޔަކު ދަންނަ ވަރަށް މޮޅު ޑޮކްޓަރެއް ހުންނަކަމަށާއި އޭނަގެ އެހީގައި ޕްލޭން ކާމިޔާބު ވާނެކަމަށް ޖުނެއިނާ ބުނެލީ ފަތަހައިގެ ހިނިތުންވުމަކާ އެކުގައެވެ.
ރޭގަނޑު މިފްޒާލް ގެއަށް އައުމުން އެވްލީން އޭނައާއި އަކިޔަސްގެ ގުޅުމުގެ ވާހަކަ ދެއްކުމުން ޖުނެއިނާއަށް ހީވީ ބޮލުގައި ދަގަނޑު ބުރިއަކުން ވަރުގަދަ އެތިފަހަރެއް ވީއްލައިލެވުނު ހެންނެވެ. މިފްޒާލް ނުހަނު އުފަލާއެކު އެކަމަށް ތާއީދު ކުރުމުން ހުރިހާ ދޮރެއް ބަންދުވެގެންދިޔަ ފަދަ ނުބައި އިހްސާސްތަކެއް ޖުނެއިނާއަށް ކުރެވުނެވެ. އޭނައަށް ފަރުވާ ކުޑަކޮށްލެވުމުން ދިމާމިވީ ކޮންފަދަ ބޮޑު ކަންތައްގަނޑެއް ހެއްޔެވެ ؟ މިފްޒާލް ޒަރާ މެންނަށް ގުޅައިލުމަށްފަހު ފޯނުން ވާހަކަ ދައްކަމުން ބޭރަށް ހިނގައިގަތުމުން އެވްލީން އަކިޔަސްގެ އަތުގައި ހިފައިލަމުން ”ޔިޕީ” އޭ ބުނެލިއެވެ.
ޖެހިގެންއައި ދުވަހު ހެނދުނު ޖުނެއިނާ ފިޒާޔާއާ ބައްދަލުކުރަން މެންޓަލް އެސައިލަމްއަށް ދިޔައިރު އޭނައާއި ފައިސާ ހިފައިގެންނެވެ. މިޒަމާނުގައި ފައިސާ ހުރުމުން ނުވާނީ ކޮންކަމެއް ހެއްޔެވެ ؟ ޖުނެއިނާ ވީހާވެސް އަވަހަކަށް ހުރިހާ ކަމެއް ކޮށްދިނުމަށް ބުނެލިއިރު އަޑުގައި އަމުރުވެރި ގޮތެއްހުއްޓެވެ. ” އަހަންނަށް ލާރި ލިބެންޖެހޭނެ…. ” ވަތްގަނޑެއް ހާވައިލަމުން ފިޒާޔާ އިންޖެކްޝަނާއި ތިން ލިކުއިޑް ފުޅި ނެގިއެވެ. ” ނޯ ވޮރީސް… ބޭނުން ވަރަކަށް ފައިސާ ލިބޭނެ… ދެން އެވްލީން މޮޔަވީމަ ޑައިރެކްޓްލީ ގެންނާނީ މިތަނަށް… ” ޖުނެއިނާ ފިޒާޔާ ބޭނުންވާ ވަރަށް ފައިސާދިނެވެ. ” ހިޔާރ ޔޫ ގޯ… ޑެއިލީކޮށް މި ޑްރަގް ދޭތި… އޭރުން ބްރެއިންއަށް މީގެ އަސަރު ކުރާނީ… އެއްދުވަސް މިސް ވެއްޖެނަމަ ޕޭޝަންޓް ސީރިޔަސް ހާލަތަކަށް ހިނގައިދާނެ… ސޯ ބީ ކެއާރ ފުލް… ” ފިޒާޔާ އިންޖެކްޝަނާއި ލިކުއިޑް ފުޅި އަންޓްރާސްޕޭރެންޓް ކޮތަޅަކަށް އަޅާލަ ދިނެވެ.
މިފްޒާލް އޮފީސް ލޯޔާރ ވޯކްޝޮޕެއްގައި ފިންލޭންޑަށް ފުރުމުން ބައްޕަގެ އެދުމުގެ މަތީން އެވްލީންއަށް ޖެހުނީ ލޯޔަރެއްގެ ގޮތުގައި އޮފީހާއި ގުޅޭށެވެ. މިއަދު މަސައްކަތް ބުރަ ދުވަހަކަށް ވުމުން އެވްލީންއަށް ގެއަށް އާދެވުނީ އިރު އޮއްސުނު ފަހުންނެވެ. ދުނިޔެއަށް ފެތެރެން ފަށާފައިވާ އަނދިރިކަން އުޑުގައި ދައުރުކުރަމުން ދިޔަ ހަނދުގެ ރިހި ދޯދިތަކުން ވަނީ ފޫއަޅުވާލާފައެވެ. ޖެހެމުންދިޔަ ވައިރޯޅިތަކާއެކު ދުރުދުރަށް ދާންދެން ފަތުރާލެވިފައިވާ ހިޔަނި ތަކުގެ ދޫލަތައް ނަށަމުން ދިޔައެވެ. ފެހި އަދި އޮރެންޖް ކުލައިގެ ގާރޑެން ލައިޓްތައް ބަގީޗާގައި ދިއްލާފައިވުމުން އޭގެ ފަނޑުއަލި ފުރޭނިގެން އައިސް ވަނީ ބަގީޗާއަށް އެޅިފައި ވުމުން ނުހަނު ރީއްޗެވެ.
”ވުޑްލޭންޑް” ޕޯޓިކޯއަށް ކާރު މަޑުކޮށްލުމުން އެވްލީން ކާރުން ފޭބިއެވެ. މުޅި ހިސާބުގައި އަތްގަދަކޮށްފައިވާ މާމެލާމެލީގެ މީރު ވަހުން އެވްލީން އެތެރެއަށް ނޭފަތް ދަމާލިއެވެ. ބާރަކަށް ހިނގާލާފައި ގޮސް އެވްލީން އެތެރެއަށް ވަންއިރު ޖެހުނީ އޭނަ ނުވެސް ދަންނަ ޒުވާނެއްގެ ގައިގައެވެ. އަރިއަޅާލުމާއެކު އެވްލީންއަށް ހަޅޭއްލަވައި ގަނެވުނީ ކަރުފަޅައިގެން ދާހާ ބާރަށެވެ. އެޒުވާނާ ހުޝިޔާރަކަމާއެކު އެވްލީން ވެއްޓުނަނުދީ ސަލާމަތްކޮށްދިނެވެ. ތަގުޅިކޮށްލައިގެން ހުރި އެސްފިޔަތައް ތަޅުވައިލަމުން އެވްލީން ލޯހުޅުވާލައިފިއެވެ. ” ހޭއި ބިއުޓިފުލް… އައެމް ނައީފް ” އެޒުވާނާ އަމިއްލައަށް ތަޢާރަފް ވެލިއެވެ.
ސިޑީގެ ހަރުފަތަށް ގިރާކޮށްލުމަށްފަހު ތިރިއަށް ފޭބި އަކިޔަސްއަށް މިމަންޒަރު ރީތިކޮށް ފެނުނެވެ. އަކިޔަސް ބުމަ ގޮށްޖަހާލަމުން ދެލޯ ހަނިކޮށްލިއިރު ގޮށްމުށް ކަވާލެވުނެވެ. އެވްލީން އެޒުވާނާއި ދުރަށް ޖެހިލަން ކުރެވުނު އަވަސް ހަރަކާތްތަކާއެކު އެވްލީން އަނެއްކާވެސް އަރިއަޅާލިއެވެ. ” ކެއާރ ފުލް ލަވް… ” ނައީފްގެ ޖުމްލަ އެވްލީންގެ ކަންފަތުގައި ގުގުމާލީ ހޮނުގުގުރިއެއް ހެންނެވެ. ” ވަޓް… ” ނައީފް ”ލަވް” އޭކިޔުމުން އެވްލީންއަށް އުދަގޫވިއެވެ. ” އޫޕްސް ރޯންގް ގާރލް… ” ނައީފް އެހެން ބުނެލީ އެވްލީންއަށް އިވޭވަރަށެވެ. ” އިޓްސް އޯކޭ… ” އެވްލީންއަށް ބުނެވުނެވެ. އެވްލީން ހީކުރީ އެއީ ރިހާނީ ރަށްޓެހިވެގެން އުޅޭ ކުއްޖާކަމަށެވެ. ނައީފް އިރުކޮޅެއް ވަންދެން ހުރުމަށްފަހު ހިނގައިގަތެވެ.
” ކިޔާ!… ” އަކިޔަސް ބާރު ބާރަށް ހިނގާލާފައި ގޮސް އެވްލީން ކުރިމައްޗަށް ހުއްޓުމުން އެވްލީން ސިހޭގޮތްވިއެވެ. ” ހޫ ވޯސް ދެޓް ؟ ” އަކިޔަސް ރުންކުރު ގޮތަކަށް ބުނެލުމުން އެވްލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ” ކިޔާ ، ކާމް ޑައުން… އެއީ ފްރެންޑެއް… ” އެވްލީން ކަންބޮޑުވިވަރުން އަޑުވެސް ނުކުތީ އުދަގުލާ އެކުގައެވެ. މަޞްލަހަތައް ޓަކައި ދޮގެއް ހަދަން ޖެހުމުން އެވްލީން ދެރަވިއެވެ. ” އޯހް… ނަސީބެއްނު… ބޭބް ގެއްލިދާނެތީ ކިރިޔާ ހާޓް އެޓޭކެއް ނުޖެހުނީ… ” ހިނިތުންވުމަކާއެކު އަކިޔަސް އެވްލީންގެ އަތުގައި ހިފަހައްޓާލަމުން ބޮސްދިނެވެ.
* * *
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު އަކިޔަސް ކޮޓަރިއަށް ވަންއިރު އެނދުމަތީގައި ބާއްވާފައި އޮތް އެންވެލޯޕް ފެނުމުން ، އަކިޔަސް އެނދުކައިރިއަށް ހުއްޓިލަމުން އެންވެލޯޕް ނެގިއެވެ. އޭރު އެމޫނުގައިވަނީ ހައިރާންކަމުގެ ކުރަވަރު ތަކެކެވެ. އަކިޔަސް އެންވެލޯޕް ކަނޑައިލުމުން އެނދު މައްޗަށް ފޮޓޯތަކާއި ސިޓީތަކެއް ވެއްޓުނެވެ. އަކިޔަސް އެނދުގައި އިށީންނަމުން ފޮޓޯތައް ބަލައިލުމުން ހީވީ ވަރުގަދަ އެތިފަހަރެއް އެހިތަށް ވީއްލައިލެވުނު ހެންނެވެ. އެވްލީންއާއި ނައީފް ނުހަނު ކައިރީގައި ތިބި އެފޯޓޯތަކުން އަކިޔަސްގެ މޫނަށް ރުޅިވެރިކަން ވެރިވެެގެން ދާން ނެގީ މަދު ވަގުތު ކޮޅެކެވެ. އެނދުން ތެދުވެލަމުން އަކިޔަސް ހުރިހާ ފޮޓޯތަކެއް ކުދިކުދި ކޮށްލައިފިއެވެ. އެވްލީން އެކުވެރިކަން މާނަކުރީ މިގޮތަށް ހެއްޔެވެ ؟ އޭނަ ހީކުރިހާ ރަނގަޅު ކުއްޖަކަށް އެވްލީން ނުވިއެވެ. އަކިޔަސްގެ ހިތުގައި އުފެދުނު ރުޅިގަނޑުގެ ސަބަބުން އެހިތުގައި އޮތް ލޯބި ފަނޑުވާން ފެށިއެވެ. އަކިޔަސް ސިޓީތައް ކިޔާލުމުން ރުޅިގަނޑު ފަޅައިގެން ގޮސް އޭނަގެ ތަބީއަތު ގޯސްވިއެވެ. ސިޓީތައް އަތުގެ ތެރެއަށް ލުމަށްފަހު ބާރަކަށް މުށްކަވާލި ހިނދު އަކިޔަސްގެ ހިތުގައި އެތަށް ސުވާލެއް އުފެދުނެވެ. އޭނަ ވުގުތުން ވަގުތަށް ގޮސް އެވްލީންއާއި ސުވާލު ކުރަން ބޭނުންވިއެވެ. ނަމަވެސް ތަޤްދީރު އެކަމަށް ތަނެއް ނުދިނެވެ. ޖީބުގައި އޮތް ފޯނު ރިންގް ވާން ފެށުމުން އަކިޔަސް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ” ކި…ޔާ…. ޑޭޑް އެކްސިޑެންޓެއް ވެގެން މިއުޅޭނީ… ހީ އިސް އިން އަ ވެރީ ސީރިޔަސް ސިޓުއޭޝަން… ” ޒަރާ ރޮވިފައިވާ އަޑަކުން ބުނެލިއިރު އަކިޔަސް ހުރީ ހުއްޓުން އަރާފައެވެ. އަކިޔަސްގެ ސިކުނޑި މަސައްކަތް ކުރަން ފެށީ އިރުކޮޅެއް ފަހުންނެވެ. އަކިޔަސް ފޯނު ބާއްވަމުން ވީހާވެސް އަވަހަކަށް ލަންޑަނަށް އަންނާނެ ކަމަށް ބުނެލިއެވެ. ބޮޑުކަމެއް ދިމާވުމުން ސިކުނޑިން ބައެއް ކަންތައް ފޮހެވިގެންދާ ފަދައިން އަކިޔަސް ކުރަން އުޅުނު ކަންތައް މަތިން ހަނދާން ނެތުނެވެ. ސިކުނޑިއަށް ވާން ވެފައިވުމުން އަކިޔަސްގެ ބޮލުގައި ތޫނު ރިހުމެއްއުފެދުނެވެ. ބައްޕަ އެހާ ސީރިޔަސް ހާލަތެއްގައި އޮތުމުން އަކިޔަސް ނިންމީ އެމީހުންގެ ޕްރައިވެޓް ޖެޓުން ލަންޑަނަށް ދިއުމަށެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Alhe me first
Adhi nuves kiyan
Kiyaalaafa comment kollaanan
Yagynun ves hadi eh nuvaane ?
yeyyy me second dhwww vvvvvv reethi vaahaaka eh???
???vrh reethi story
To be honest, mutha mihaaru genesdei story mi story ah vureh maaa furihama, maybe because of the incredible progress and excellent improvement in your writing style, e story ga character thah genes fa inna gothaai feelings thah readers inah ves feel vei, plus mihaaru sifakurumah depend nuve characters ge feelings takah bondah barosaa vaathi e change varah salhi, i appreciate it a lot…. varah madhu writer ah tafaathu style ge vaahaka liyeveni, mutha thi ege thetei in writer eh, mutha ge vaahaka kiyaafa huri konme reader akah ves ingene mi tedheh kan… You are one of the best ???????????????????
Alhey varah rythi mibai ves
Emme ufaa vany adhi emme hiyhama jeheny muthaa vaahaka gennaleh furihama kamun ??
Hama eggothakah Vs mee mutha ge vaahakayakaa vaththareh noon. Mutha ge style mi vaahakayakaa nufeney. Maa beykaaru description enahuri meega. Vahthary aisa Naseem vaahakayakaa ekamaku muthage man inyma varah hivvaru koffin kiyeytho dhn nuvaane