Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 16

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 26, 2018 9 Mins Read
7 Comments

އެވްލީންއަށް އެތައް އިރެއް ވަންދެން ޗެރީ ގަހަށް ލެނގިލައިގެން ރޯން ހުރެވުނެވެ. ބުރަކަށީގައި އުފެދިފައިވާ ރިހުމުގެ ސަބަބުންވެސް އެރީތި ދެލޯ ފޫދުއްވާލަމުންދިޔަ ކަރުނަަތައް ވަނީ ގިނަވެފައެވެ. އެވްލީން ލޮލުން ފައިބަމުން ދިޔަ ކަރުނަ ތިކިތައް ފޮހެލީ އެދިމާއަށް ލުއި ފިޔަވަޅުތަކެއްގައި ހިނގާލާފައި އަންނަމުން ދިޔަ ޒަރާ ފެނުމާއެކުއެވެ. އެވްލީން ޗެރީ ގަހާ ދުރަށް ޖެހިލަމުން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް ހަށިގަނޑުގައި އަޅަމުންދިޔަ ވޭނެއްގެ ސަބަބުން އެވްލީންއަށް ކޮޅަށް ހުންނަންވެސް އުނދަގޫވިއެވެ. ޒަރާ އައިސް އެވްލީންއާއި ދާދި ގާތުގައި ހުއްޓުމާއެކު އެވްލީންގެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ.

” އެވްލީން… އަހަރެން ބޭނުން އެވްލީންއާއި ވާހަކަ ދައްކާލަން… ” ޒަރާގެ ޖުމްލައިން އެވްލީންގެ އަތް ފިނިވެގެން ދިޔައެވެ. އެދޮން މޫނަށް ޖަމާވަމުންދިޔަ ދާތިކިތަކުން އެވްލީން ބިރުގެންފައި ހުރިވަރާއި ހާސްވެފައި ހުރިވަރު ކިތަންމެހާވެސް ރީއްޗަށް ހާމަވަމުން ދިޔައެވެ.

” ރިލޭކްސް އެވްލީން… އަހަރެން ނޫޅެން މާބޮޑު ވާހަކައެއް ދައްކާކަށް… ކަމް ވިތް މީ …. ” ޒަރާއަށް އެވްލީން ހާސްވެފައިވާވަރު އަންދާޒާ ކޮށްލެވުމާއެކު ޒަރާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އޭނަ ބިލާލްގެ އެދުމުގެ މަތިން އެވްލީން ޤަބޫލުކުރަން ތައްޔާރު ވެފައިވާއިރުވެސް އެހިތުގައި އޮތް ބިރުވެރިކަން ޒަރާ ބޭނުންވީ ފިލުވާލާށެވެ. ޒަވީންއަށް ދެރައެއް ލިބެން އޭނަ އެއްގޮތަކަށްވެސް ބޭނުމެއްނޫނެވެ.

އެވްލީން ޒަރާގެ ފަހަތުންގޮސް ޕޫލް ކައިރީ ބަހައްޓާފައިވާ ސޯފާއެއްގައި އިށީނެވެ. އެވްލީން ދެއަތް ޖޯޑުކޮށްލައިގެން އިންއިރު އެވްލީން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

” އެވްލީން… ތެދަށް ބުނަންޏާ އަހަރެން ބޭނުމެއްނޫން އެވްލީންއަށް ޓްރަސްޓް ކުރާކަށް… އެކަމަކު ބިލާލްގެ އެދުމުގައި ކޮޅުފައިން ޖަހަން ބޭނުންނުވާތީ އަހަރެން މިހުރީ އެވްލީން ޤަބޫލުކުރަން ތައްޔާރަށް… ބަޓް އައިވިލް ކީޕް އޭން އައި އޮން ވަޓް ޔޫ ޑޫ…. ކިޔާއަށް ލިބުނު ކަހަލަ ދެރައެއް ޒޭވްއަށް ލިބެން އަހަރެން ބޭނުމެއްނޫން… ” ޒަރާގެ ޖުމްލައިން އެވްލީންގެ ދެލޯބޮޑުވެގެން ދިޔައެވެ. އޭނަ ދުވަހަކުވެސް އަކިޔަސްއަށް ދެރައެއް ނުދެއެވެ. އޭނަ އަކިޔަސްގެ އެހީއަށް އެންމެ ބޭނުންވި ދުވަހު އޭނަ ދޫކޮށްލާފައި ދިޔައީ އަކިޔަސްއެވެ. އޭނައެއް ނޫނެވެ. ދެން އެންމެން މިދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟.

” އަހަރެން ނެތިން ދުވަހަކުވެސް ޒޭވް ދޫކޮށްލާކަށް… އެއަށްވުރެ ބޮޑަށް އަހަރެން ޒޭވްދެކެ ލޯބިވޭ… ” މާހައުލަށް ވެރިވެގެންދިޔަ ހަމަހިމޭންކަން ފޫދުއްވާލީ އެވްލީންގެ އަޑުންނެވެ. ޒަރާ އެވްލިންއާއި ކުޑަ އިރުކޮޅެއް ވަންދެން ވާހަކަ ދައްކާލުމަށްފަހު އެތެރެއަށް ދާން ހިނގައިގަތެވެ. އޭރުވެސް ޒަރާ އެވްލީން ދެއްކި ވާހަކަތައް އެއްގޮތަކަށްވެސް ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. ދޮގުވެރިއަކު އޭނަގެ ފޮނި ބަސްތަކުން ހިތްތަކާއި ކުޅެލަން ކުޅަދާނަ ވާނެއެވެ. ޒަރާ ދިއުމާއެކު އެވްލީން ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ.

އެވްލީން ސިޑީގެ ހަރުފަތައް ގިރާކުރަމުން ދިޔައިރު އެމޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. އެލެވޭޓާގެ މެއިންޓެސެންސް ކުރާތީ އެވެސް ބޭނުން ކުރެވޭކަށް ނެތެވެ. ކޮޓަރިއާއި ހަމައަށް ދެވުނު އިރު އެވްލީންގެ ދޮން މޫނުގައި ދާތިކިތައް ވިދާ ބަބުޅަމުންދިޔައެވެ. އެވްލީން ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯތުމާއެކު ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ހުޅުވިގެންދިޔަ އަޑަށެވެ. އަވަސް އަވަހަށް އެވްލީން ކޮޓަރީގެ ދޮރާއި ދިމާއަށް ބަލައިލި ވަގުތު ޒަވީން ފެނުމާއެކު އެހިތަށް ފިނިކަން ލިއްބައިދިޔައެވެ.

” މާ ލަހުން ދޯ މިއާދެވުނީ… ” ޒަވީން ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު ގަމީހުގެ ގޮށްތައް ނައްޓަމުން އައިސް އެނދު ކައިރިއަށް ހުއްޓުނެވެ. ” ނޮޓް ސޯ ލޭޓް… ” އެވްލީން ހިނިތުންވުމަކާއެކު ބުނެލިއެވެ. ކޮޓަރިއަށް ފެތުރިފައިވާ ނިދާބޮކީގެ ފަނޑު އަލިކަމުގެ ތެރޭން ޒަވީން ފެންނަލެއް ހާދަ ފުރިހަމައެވެ. އެރީތި އަޅިކުލައިގެ ލޮލުގައިވާ ޖާދޫގެ އަސަރު ކުރިއަށްވުރެ ގަދަކަމަށް ދައްކައެވެ. ޒަވީން އޭނަ ލައިގެން ހުރި ހުދުކުލައިގެ ގަމީސް ބޭލުމަށްފަހު އެނދުމަތީގައި ބޭއްވިއެވެ. އެރީތި ކަސްރަތީ ހަށިގަނޑު ހާމަވެގެން ދިއުމާއެކު އެވްލީންއަށް ބަލަހައްޓައިގެން އޮވެވުނެވެ.

” ލީން… ކިހިނެއްވެފަތަ މިހުރީ ؟ ” އެވްލީން ލައިގެން ހުރި ނޫކުލައިގެ ތުނި ނައިޓީގެ ސަބަބުން އެވްލީންގެ ބުރަކަށިން ރަތްވެފައިވާ ތަންތަން ފެނުމާއެކު ޒަވީންއަށް އަހާލެވުނެވެ. ” ޒޭވް… އިޓްސް ނަތިންގް…. ގާޑެން ތެރެއަށް ވެއްޓުނީ…. ” ޒަވީން ދެރަވުމާއެކު އެވްލީންގެ ހިތަށް ހީވި ތޫނު ކަށްޓެއް ހަރާލިހެންނެވެ. އެވްލީން އޭނަ ޒަވީންއާއި ދައްކަން ގަސްތުކޮށްގެން ހުރި ވާހަކަވެސް ދައްކަން ފަސްޖެހެވުނެވެ. ޒަވީން ފަސްޓް އެއިޑް ބޮކްސް ހުޅުވާލުމަށްފު ވޮލިނީ ބޭސް އުރައެއް ނެގިއެވެ. ” ލީން… ލެޓްމީ އެޕްލައި ދިސް ފޯރ ޔޫ… އަހަރެން މަސާޖް ކޮށްލަ ދިނީމަ ޕެއިން ގޮސްދާނެ… އައިހޭވް މެޖިކް އިންމައި ހޭންޑްސް… ” ޒަވީން އެވްލީންގެ ބުރަކަށީގައި ބޭސްލުމަށްފަހު މަސާޖްކޮށްދޭން ފެށުމާއެކު އެވްލީންއަށް ދެލޯމަރާލެވުނެވެ. ޒަވީންގެ ފިރިހެންވަންތަ އަތްތިލަ ބީހިގެން ދިއުމާއެކު ހަށިގަނޑުގައި އަޅަމުންދިޔަ ހުރިހާ ވޭނަކަށް ލުޔެއް ލިބުނެވެ. އެވްލީންގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިފައިވާއިރު ދޭތެރެއަކުން ޒަވީންގެ ހޫނު ނޭވާތަށް އެކަނދުރާއަށް އެޅުމާއެކު އެވްލީންގެ ހަށިގަނޑުގައި ކަރަންޓް ރާޅުބާނީތަަކެއް ދުވެލައެވެ. ” ދެއާރ ޔޫ ގޯ ، ޕްރޮމިސްމީ ދެޓް ޔޫ ވިލް ޓޭކް ކެއާރ އޮފް ޔޯރ ސެލްފް… ” ޒަވީން އެވްލީން ގެނެސް އެބާރުދަގަ އަތުގެ ތެރެއަށް ލަމުން ބުނެލިއެވެ. ” ދެން ބަލައިގެން އުޅޭނީ… ” އެވްލީން ޒަވީންގެ ތަނަވަސް މޭމަތީގައި މޫނުފޮރުވާލިއެވެ.

” އޯލް މޯސްޓް ފޮގޮޓް… މާދަމާ ލީން ގޮވައިގެން ފާމްހައުސްއަށް ދާންކަމަށް މިވިސްނަނީ… އިޓް ވިލްބީ ރޮމޭންޓިކް… ” ޒަވީން އެވްލީންގެ ކަންފަތް ދޮށުގައި މަޑުމަޑުން ބުނެލިއެވެ. އެވަގުތު މަޑު ހީލިކެރުވުމެއް އެވްލީންގެ ހިތުގައި އުފެދިގެން ދިޔައެވެ. ޒަވީން އެވްލީން ކަނދުރާއަށް ބޮސްދިނުމާއެކު އެވްލީންގެ މުޅިހަށިގަނޑު ފިނިވެގެންދިޔައެވެ.

ޒަވީން އެވްލީން އެނދުގައި ބާއްވަމުން އެފިޔާތޮށި ކުލައިގެ ތުންފަތާ ލޯބިކޮށްލުމާއެކު އެވްލީންއަށް ޒަވީންގެ ކަނދުރާގައި އަތްއަޅުވާލެވުނެވެ. އެވްލީން ޒަވީންގެ ހުރިހާ ފިރުމުންތަކަށް އުފަލާއެކު ދައުވަތު ދިނެވެ.

* * *

އައުދުވަހަށް އިރުގެ ދަޅަތައް ފާއްދާލުމާއެކު ފަޒާ ގުގުމާލަމުން ދިޔައީ ދޫނިސޫފާސޫފީގެ ހިތްގައިމު އަޑުންނެވެ. އުޑުގައި އޮޅާލާފައިވާ ނޫކުލައިގެ ފަރުދާތަކުގެ ތެރޭން އޮރެންޖް ކުލައިގެ ކޮޅިތައް ފެންނައިރު ވަރަށް ރީއްޗެވެ. ހެނދުނުގެ ވަގުތަށް ވުމާއެކު ބަގީޗާގެ ގަސްތައް އެކިކަހަލަ ދޫނިތަކުން ފުރާލާފައިވާއިރު ހީވަނީ ފެންޓަސީ ފިލްމެއްގެ މަންޒަރުތަކެއް ހެންނެވެ. އެކިކުލަކުލައިގެ ކޮކާތައް ބަގީޗާގައި އުދުހެމުން ދިޔައިރު ހާދަ ފުރިހަމައެވެ. އެވްލީން ހެނދުނު ތެދުވެލައިގެން އެންމެ ފުރަތަމަ ކަމަކަށްވެސް އޭނައާއި ޒަވީންގެ ހެދުންތައް ޕެކްކޮށްލައިފިއެވެ. މެދުކެނޑުމެއްނެތި އިވެމުންދިޔަ ދޫނީގެ ރީތި މިޔުޒިކީ އަޑުގެ ސަބަބުން އެވްލީން ކޮޓަރީގެ ކުޑަދޮތުތައް ހުޅުވާލިއެވެ. އެއާއެކު ކުޑަދޮރު ކައިރިއަށް އައިސްފައިވާ އޯކް ގަހުގެ ގޮފިތައް ދޫނިތަކުން ފުރާލާފައިވުމާއެކު އެވްލީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެމަންޒަރު ހާދަ ހިތްގައިމެވެ. އެވްލީން ހިނިތުންވެލައިގެން ދޫނިތަކަށް ނަޒަރު ހުއްޓާލައިގެން ހުއްޓާ ޒަވީން އައިސް ފުރަގަހުން ބައްދާލުމާއެކު އެވްލީންގެ ތޫލި ހަޅޭކުގެ އަޑުން ދޫނިތައް ސިއްސުވާލައިފިއެވެ.

” އޯހް ޕުއާރ ބާޑްސް…. ލީން އެސޮރުމެންގެ ހާޓް ފެއިލް ކޮށްލައިފިއެއްނު… ގައިމު މަގޭ ކަންފަތްވެސް ފަޅައިގެން ދާހާ ބާރަށް ވިއްޔާ ހަޅެއްލަވައިގަތީ…. ” ޒަވީން އެވްލީންގެ ކޮނޑުގައި ދަތްދޮޅި ޖައްސާލަމުން ބުނެލިއެވެ. ” ޒޭވް ވެސް ކުރާ ކަންތަކުންނެއްނު… ” އެވްލީން ދޫނިތައް އުދުހެމުންދިޔަ މަންޒަރަށް ނަޒަރު ހިންގާލިއެވެ.

ހެނދުނުގެ ނާސްތާ އޮތީ ބަގީޗާގައެވެ. އައުޓް ޑޯރ ޑައިނިންގް ޓޭބަލް ކައިރީގައިވާ އާފަލު ގަސްތައް ހުދުކުލައިގެ މާތަކުން ބަރާވެފައިވާއިރު ބައެއް މާތަށް ބިންމައްޗަށް ވެރިފައިވެއެވެ. އޮރެންޖް ގަހުގައި ފަތައް ވުރެ ގިނައިން އޮރެންޖް އަޅާފައިވާއިރު އޮރެންޖްގެ ލުއި މީރުވަސް ފަޒާގެ ތެރެއަށް ފެތުރެމުން ދިޔައެވެ. އެވްލީން ޒަވީންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނުމާއެކު އޭނައާއި ދިމާއަށް ބަލަހައްޓައިގެން އިން އަކިޔަސް ފެނުމުން އެވްލީންގެ ހިތުގެ ތެޅުން މަޑުޖެހިލިއެވެ. އަކިޔަސްގެ ތޫނު ނަޒަރުގެ ސަބަބުން އެހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ރޭގެ ހާދިސާ ދުވަހަކުވެސް އޭނަގެ ހިތުން ފިލައިގެން ނުދާނެއެވެ.

” މޯމް… މިއަދު މިއުޅެނީ ލީން ގޮވައިގެން ތިން ދުވަހަށް ފާމްހައުސްއަށް ދާންކަމަށް…. ” ޒަވީން ކިވީ ޖޫސްތަށިން ކޯވަރެއް ބޮއިލަމުން ވާހަކަ ދެއްކިއެވެ. ” ދެޓްސް އަ ގުޑް އައިޑިއާރ…. ކިޔާއާ ރިނީވެސް ދާންވީއެއްނު ޒޭވްމެންނާއެކު…. ” ޒަރާގެ ޖުމްލައިން ރިހާނީއަށް ޒަވީންގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. ” ފައިން… ރިނީ ޕެކް ކުރަން ދޭއަވަހަށް…. ” އަކިޔަސް ވިހަ ހިނިތުންވުމަކާއެކު އެވްލީންއަށް ބަލައިލިއެވެ. މިއީ ބަދަލު ހިފަން ރަނުގެ ފުރުސަތެއް ކަމުގައި އަކިޔަސްއަށް ފެނުނެވެ.

” ލީން ޒޭވް ކައިރީ ނުވެސް ބުނަން ދޯ ރިނީ އަކީ ލީންގެ ކޮއްކޮ ވާހަކަަކަން ؟ ” އަކިޔަސް ދެލޯ ހަނިކޮށްލަމުން ބުނެލި ޖުމްލައިން އެވްލީންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެވަގުތު އަކިޔަސްއާއި ދިމާއަށް ހަޅޭއްލަވައި ގަންނަންވެސް އެވްލީން ބޭނުންވިއެވެ. ރިހާނީ އެވްލީންއާއި ދިމާއަށް ލޯއަޅާލުމަށްފަހު ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

’ ސީރިއަސްލީ ؟ ލީން ނުވެސް ބުނަމެއްނު…. ” ޒަވީން އޭނަ އަތުގައި އޮތް ކުކީސްތައް ތަށީގައި ބަހައްޓަމުން ބުނެލައިފިއެވެ. ” ބުނަންކަމަށް ހުރީ އެކަމަކު ހަނދާން ނެތުނީ…. ” އެވްލީން ހިތްހަމަ ނުޖެނުކަމުގައި ވީނަމަވެސް އެކަން ފާޅެއް ނުކުރިއެވެ.

ގަރާޖުން ޒަވީން އޭނަގެ ކަޅުކުލައިގެ ކާރު ނެރުމާއެކު އެކާރުގެ ރީތިކަމާއި ފުރިހަމަކަން ހާމަވަގެން ދިޔައެވެ. އޮފްކަމުން އެކާރު ހީވަނީ ދެންމެ ގަނެގެން އައި އެއްޗެއް ހެންނެވެ. އެވްލީން ކާރުގެ ކުރީ ސީޓަށް އެރުމާއެކު ޒަވީން ކާރު ސްޓާޓް ކޮށްލައިފިއެވެ.

” ރިނީމެން ނާންނަނީސްތަ ކާރު ދުއްވާލަނީ ؟ ” ޒަވީން ކާރު ދުއްވާލުމާއެކު އެވްލީން އަހާލައިފިއެވެ.

” ބްރޯ ގޭޓް ކައިރީގައި ވެއިޓް ކުރާތާ ކޮންއިރެއް…. ” ޒަވީން ކާރުގެ ސްޕީޑް ބާރުކޮށްލިއެވެ.

” ޒޭވް… ފަންސާފް ފަހަރު ގުޅިމަދޯ އާދެވޭވަރު ތިވީ…. ؟ ” އަކިޔަސް އާއި ރިހާނީ ތިބީ އެމީހުންގެ ކާރުގައެވެ. ” ސޮރީ ބްރޯ… ކާރުގެ ތަޅުދަނޑި ނުފެނިގެން ލަސްވީ…. ” ޒަވީން އަވަސް އަވަހަށް ބުނެލިއެވެ. ” ދެން ވާހަކަ ދައްކާނީ ފަހުން… ލެޓްސް ހޭވް އަ ރޭސް… ފުރަތަމަ ދެވޭ މީހަކަށް އޮތްނާނެ ސްޕެޝަލް ގިފްޓެއް… ” ރިހާނީ އުފާވެރި ހިނިތުންވުމަކާއެކު ބުނެލިއެވެ. ރޭސް ޖަހަން އުޅޭކަން އެނގުމުން އެވްލީންގެ މެޔަށް ފިނިވެގެން ދިޔައެވެ. ” ސްކެއާޑް މައި ބޭބީ ؟ ” ކާރު ސްޓާޓް ކޮށްލަމުން ޒަވީން އެހިއެވެ. އެވްލީން އާނ އެކޭ ބުނުމުގެ ގޮތުން ބޯޖަހާލައިފިއެވެ.

” ބޭބް…. އަހަރެން މިހުރީއެއްނު…….. ” ޒަވީން ކާރު ދުއްވާލުމާއެކު އެވްލީންއަށް ނޭވާ ހިފަހައްޓާލެވުނެވެ. ލަންޑަންގެ ރީތި ބޮޑެތި އިމާރާތްތައް ފެނުމުންވެސް އެވްލީންގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ޓަވާރ ބްރިޖްމަތިން ކާރު ދުއްވަމުން ދިޔައިރު އެބްރިޖް ކިތަންމެހާވެސް ބޮޑެވެ. އެވްލީން ބިރުން ހުރިކަމުގައި ވީނަމަވެސް ފެންނަމުންދިޔަ ގުދުރަތީ މަންޒަރުތަކުން އެހިތަށް ފިނިކަން ގެނެސްދެމުން ދިޔައެވެ. ލަންޑަން އައި ، ޓަވާރ އޮފް ލަންޑަން ، ޕެލެސް އޮފް ވެސްޓްމިންޓާރ އަދި ބޮޑެތި އުސް އިމާރާތްތައްވެސް ފެންނަމުންދިއެވެ.

” ލީން ފާސްޓް އެންޑް ފިއުރިއަސް ބެލިންތަ ؟ ” ޒަވީން ސްޕީޑު މަތިކުރަމުން އަހައިލިއެވެ. އެވްލީން ނޭވާ ހިފަހައްޓާލަމުން ނޫނެކޭ ބުނެލައިފިއެވެ.

” ރީތި ފިލްމް ސީރީސްއެކޭ ތިމިސް ކޮށްލަނީ…. ދެން އެކޮޅަށް ގޮއްސަ ދެމީހުން އެކީގަ އެފިލްމް ބަލާނީ… ” ޒަވީން ބުންޏެވެ.

ފާމްހައުސް ހުންނަނީ އުވެލްގައި ކަމަށްވުމާއެކު ތިން ގަޑިއިރުގެ ދިގު ދަތުރެއް ކުރަން ޖެހުނެވެ. ފާމްހައުސް ގޭޓް ކުރިމައްޗަށް ކާރު މަޑު ކޮށްލުމާއެކު ސެކިއުރިޓީ ގާޑަކު އައިސް ގޭޓު ހުޅުވާލަދިނެވެ. ގޭޓުން ފެށިގެން ފާމްހައުސްއާއި ޖެހެންދެން ޗެރީ ބްލޮސަމް ގަސްތައް ދެފަރާތުގައި އިންދާފައިވާއިރު އެގަސްތައްވަނީ މާތަކުން ބަރާވެފައެވެ. ފެހިކުލައިގެ ކާޕެޓް ގްރާސްގެ މައްޗަށް މާތައް ފައިބައިފައި ވާއިރު ހީވަނީ ފިޔާތޮށިކުލައިގެ ދޫލައެއް ފަތުރާލާފައި ވާހެންނެވެ. ބޮޑު ފޮރެސްޓެއް ފާމް ހައުސް ކައިރީގައި އޮތްނައިރު ބޮޑެތި ފަރުބަދަތައް ސްނޯއިން ހުދުކޮށްލާފައިވާ މަންޒަރު ފެންނަމުން ދިޔައެވެ. ޓެމްޕެރޭޗާރ ދަށަށް ގޮސްފައި ވުމުގެ ސަބަބުން ދުން ފިނީގެ އަސަރު ފާޅުވަމުންދިޔައެވެ.

” ވީ ވޮން… ” ކާރުގެ ދޮރުފަތް އުޅުވާލަމުން ޒަވީން ބުނެލިއެވެ.

” ޒޭވް ވަގު ހެދީ…. ” ރިހާނީ ކާރުން ފައިބަމުން އޭނަގެ އަތުގައި އޮތް ކޮޓަން ގްލޯވްސް އަތަށް އަރުވާލިއެވެ. ރިހާނީ ލައިގެން ހުރި ވިންޓާރ ހެދުންތަކުގެ ސަބަބުން ރިހާނީގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އެކަޅު ކުލައިގެ ބުޅި އިސްތަށިގަނޑުގެ ފުރިހަމަކަމާއި ވަރުގަދަކަމުން ރިހާނީގެ ރީތިކަން ބަޔާންކޮށްދެއެވެ.

” ދެން ލޫސްވީމަ އެކަން ޤަބޫލުކުރާކަށް ބޭނުންނުވާނެ… ” ކޮޓަޖެއްހެން ރާނާފައިވާ ބޮޑު ފާމްހައުސްގެ ދޮރުހުޅުވާލަމުން ޒަވީން ވާހަކަ ދެއްކިއެވެ. މާހައުލު ފިނިވުމުގެ ސަބަބުން އެވްލީން ހުރީ ގަނޑުވެފައެވެ.

” ލީން ހާދަ ވަރަކަށް ތިތަޅުވަނީ… އަވަހަށް ރޫމްއަށް ހިގާ ސޯ އައި ކޭން ވާމް ޔޫ އަޕް…. ” ޒަވީން އެވްލީންއާއި ކައިިރިއަށް ޖެހިލަމުން ވައި އަޑަކުން ބުނެލިއެވެ. ޒަވީންގެ ޖުމްލައިން އެވްލީންގެ މޫނު ރަތްވެގެން ދިޔައެވެ.

” ޒޭވް… ” އެވްލީންގެ ތުންފަތުގައި ރަކި ހިނިތުންވުމެއް ކުޅެލައިފިއެވެ.

* * *

މެންދުރުގެ ވަގުތު ކަމުގައި ވީނަމަވެސް ފަޒާ ވަރަށް ފިންޏެވެ. އެވްލީން ގޭގެ ބެކްޔާޑަށް ނުކުތީ ޒަވީންއާއި އަކިޔަސް ބަލަން ތިބި އެކްޝަން ފިލްމުގެ ސަބަބުން ފޫހިވެގެންނެވެ. ރިހާނީވެސް ނުލާހިކު ފޯރިއާއެކު އެފިލްމު ބަލަމުން ދިޔައިރު ދޭތެރެއަކުން ކޮންމެވެސް އެއްޗެކޭ ބުނެލައެވެ. އެވްލީން އެއްގޮތަކަށްވެސް އެކަލަހަ ފިލްމުތައް ބަލާހިތެއް ނުވެއެވެ. އެއަށްވުރެ ކޮމެޑީ ނުވަތަ ފެންޓަސީ ފިލްމުތައް މާރީއްޗެވެ.

ބޮޑެތި ރެޑް ވުޑް ގަސްތައް ބެކްޔާޑް ކައިރީގައި އޮތްނަ ފޮރެސްޓްގައި ހެދިފައިވާއިރު އެގަސްތައް ދިގުކަމުންގޮސް މުޅިތަން ވަނީ ފޮރުވާލާފައެވެ. ނޯރވޭއި ސްޕްރޫސް ، އޯކް އަދި ބޮސްނިއަން ޕައިން ގަސްތައްވެސް ހެދިފައިވާއިރު ހީވަނީ ހޮރޯ ފިލްމެއްގެ މަންޒަރުތަކެއް ބަލާލެވޭހެންނެވެ. ދުންފިނީގެ ސަބަބުން ބެކްޔާރޑް ވަނީ ހުދުކޮށްލާފައެވެ. މެދު ކެނޑުމެއްނެތި އިވެމުންދިޔަ ނޮދާން ކާޑިނަަލް ، މޮކިންގްބާޑް އަދި ސްޕެރޯގެ ހިތްގައިމު ރީތި މިޔުޒިކީއަޑުން ހިތްތަކަށް ފިނިކަން ލިއްބައިދޭނެކަން ޔަޤީނެވެ. އެވްލީން ލުއި ފިޔަވަޅު ތަކެއްގައި ފޮރެސްޓާއި ދިމާއަށް ހިނގައިގަތް އިރު އެހިތުގައި ޝައުގުވެރިކަމެއް އުފެދިފައިވެއެވެ. ދޭތެރެއަކުން ފެނިލާ ދޫނި ތަކުން އެވްލީންއަށް ދެލޯބޮޑުކޮށްލެވެއެވެ. ކެމެރާއެއް ހިފައިގެން އާދެވުނު ނަމަ ކިހާ ރަނގަޅު ހެއްޔެވެ ؟

ތަންކޮޅެއް ދުރަށް ދެވުނުތަނާހެން އެވްލީން ސިއްސައިގެން ދިޔައީ ފަހަތުން ފިޔަވަޅު ތަކެއްގެ އަޑުއިވުމުންވެ. އެވްލީން ފަސްއެނބުރި ބަލައިލިރު ޒަވީން ފެނުމާއެކު ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނޫކުލައިގެ ޓީޝާޓެއް ލައިގެން އޭގެމަތިން ޖެކެޓެއްވެސް ލާފައިވުމުގެ ސަބަބުން ޒަވީން ވަރަށް ސްމާޓެވެ. އިސްތަށިގަނޑުން ބައެއް އެމޫނަށް ފައިބައިފައިވުމުގެ ސަބަބުން އެވްލީންއަށް ޒަވީންގެ ރީތިކަމަށް ހިތާހިތުން ތައުރީފު ކޮށްލެވުނެވެ.

” ބޭބް ވުޑްތެރެއަށް ވަދެގެން އުޅެނިކޮށް ވެއާވުލްފެއެއް ފެނިދާނެ… ” ޒަވީން ޖިންސްގެ ޖީބަށް އަތްކޮށްފާލަމުން ލުއި ފިޔަވަޅު ތަކެއްގައި އައިސް އެވްލީން ކައިރިއަށް ހުއްޓުނެވެ. ” ޒޭވް… ވެއާވުލްފައަކީ ފިކްޝަނަލް އެއްޗެއް…. އެންޑް އަހަރެން ބިރެއް ނުގަނޭ…. ” ޒަވީން ވެއާވުލްފްއޭ ބުނުމުން ހަޤީޤަތުގައިވެސް އެހިތުގައި ބިރުވެރިކަމުގެ ރާޅުބާނީތަކެއް ދުވެލައިފިއެވެ. ” އެހެންތަ؟… އެނީވޭސް، މިތާ ކައިރީ އޮތްނާނެ ބޮޑު ކޯރެއް… ހިނގާ އެކޯރު ބަލާލަން ދާން…. ” ޒަވީން އެވްލީން ގެ އުނަގަނޑުގައި ހިފާ ކައިރިކޮށްލުމާއެކު އެވްލީން ޒަވީންގެ ބައިމަތި ފުޅާ ހަށިގަނޑުގައި ބައްދާލައިފިއެވެ.

އެއީ ފުދޭވަރެއްގެ ބޮޑު ކޯރެކެވެ. އެކިކުލަ ކުލައިގެ މާގަސްތައް ކޯރު ކައިރީގައި ހެދިފައިވާއިރު މާގަސްތަކުގެ ހިޔަނި ކޯރުގެ ފެންގަނޑު ތެރޭގައި ނަށަމުން ދިޔައިރު ވަރަށް ވެސް ފުރިހަމައެވެ. ވައިރޯޅިތަކާއެކު ގަސްތަކުގެ ގޮފިތައް ކޯރުގެ ސަތަހައިގެ ކޭއްތިލާއިރު ކުޑަ ބާނީތަކެއް އުދެފިގެންދެއެވެ. ފަޒާގެ ތެރޭގައި މާމެލާމެލީގެ މީރުވަހުން ވަނީ ހުވަނދު ލެވިފައެވެ. ސްވޭންތަކާއި ފްލެމިންގޯތައްވެސް ފެންނަމުން ދިޔައެވެ. ބްލޫ މޮރްޕޯ ކޮކާތައް އުދުހެމުން ދިޔައިރު ހީވަނީ ނޫކުލައިގެ ސައިލެއް ފަޒާގެ ތެރޭގައި ފަތުރާލެވިފައި ވާހެންނެވެ.

” ހާދަ ރީއްޗޭ … ” ކޯރު ކައިރީގައި ބަހައްޓާފައިވާ ބެންޗެއްގައި އިށީންމުން އެވްލީން ބުނެލިއެވެ. ފެންނަމުންދިޔަ ޤުދުރަތީ ރީތި މަންޒަރު ތަކުން އޭނަ އިނީ އަޖައިބު ވެފައެވެ. އަދި ހަމައެއާއެކު ދުރުދުރަށް ދާންދެން ފެންނަމުން ދިޔަ ބޮޑެތި ފަރުބަދަ ތަކުން އެމަންޒަރުތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.

” ލީންއަށް ވުރެ ރީއްޗެއް ނުވާނެ…. ” އެވްލީންގެ ކޯތާފަތުގައި ޒަވީންގެ ތުންތަފް ބީހިގެން ދިއުމާއެކު އެވްލީންގެ ހަށިގަނޑު ފިނިވެގެން ދިޔައެވެ. ” ޒޭވް… ” އެވްލީންއަށް ބުނެލެވުނެވެ. ” ޝްޝްޝް… ” ޒަވީން އެވްލީންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައިލިއެވެ. ޒަވީން އާއި އެވްލީންގެ މޫނު ނުހަނު ކައިރިވެފައި ވުމުގެ ސަބަބުން އެވްލީންގެ ހިތުގެ ތެޅުން އަވަސް ވެގެންދިޔައެވެ.

” ބޭބީއެއް ލިބިއްޖެނަމަ ޒޭވް ވައްތަރު ޖަހައިފިއްޔާ ވަރަށް ރީތި ވާނެ ދޯ… ” އެވްލީން ޒަވީންގެ ކޮނޑުގައި ބޯއަޅާލަމުން ހުވަފެނީ ގޮތަކަށް ބުނެލިއެވެ. ” ރިއަލީ ، އޭރުން ލީން ޖެލެސްވެގެން އުޅޭނީ… އެންމެ ރަނގަޅުވަނީ ދެމީހުން ވައްތަރު ޖެހިއްޔާ… ” އެވްލީންގެ ޖުމްލައިން ޒަވީން ހިނިގަނޑެއް ޖަހާލައިފިއެވެ.

ހަވީރު ޒަވީންއާއި އެވްލީން ދިޔައީ ފަރުބަދަ މަތީގައި ހިނގާލުމަށެވެ. އަކިޔަސް އާއި ރިހާނީވެސް އެމީހުންނާއެކު ދިޔައެވެ. ސްނޯއިން ފުރާލާފައިވާ ފަރުބަދަ މަތީގައި ހިނގަމުންދިޔައިރު ފިނިކަމުން އެވްލީން ހުރީ ޒަވީންގެ މުލައްދަނޑީގައި ބާރަކަށް ހިފަހައްޓާ ލައިގެންނެވެ. ފިޔާތޮށި ކުލައިގެ ސްވެޓާރ އަކާއި ނައިލޯން ޖެކެޓެއްގައި އެވްލީން ފެންނަމުން ދިޔައީ ހެދުން އިޝްތިހާރަކަށް ތައްޔާރު ވެލައިގެން ހުރި ކުއްޖެއް ހެންނެވެ. ވޫލް ހެޓަކުން އިސްތަށިގަނޑު ފޮރުވާލާފައިވާއިރު ސްނޯ ޕޭންޓް އެވްލީންއާއި ވަރަށް ގުޅެއެވެ. ” ވަރަށް ފިނި ދޯ… ” ދެއަތް ޖޯޑު ކޮށްލަމުން ރިހާނީ ބުންޏެވެ. ” ހިނގާ ދަމާ… މިއަދު ޓެމްޕެރޭޗާރ ދައްވެފައި ހުރީމަ މިހާ ފިނީ… ” އެވްލީން ހަށިގަނޑު ރޫރޫއަޅަމުން ދިއުމާއެކު ޒަވީން އެވްލީން ކުރިއަށްވުރެ އެހަށިގަނޑަ ކައިރިކޮށްލައިފިއެވެ. ” ހޫމްމްމް…. ދެން މާދަމާ އަންނާނީ… ” ރިހާނީވެސް ފިނިވެގެންގޮސް ތުރުތުރު އަޅަމުންދިޔައެވެ.

* * *

ރޭގަނޑުގެ ވަގުތެވެ. އުޑުގައި ތަރިތައް ވިދާބަބުޅާމުން ދިޔައިރު ވަރަށް ފުރިހަމައެވެ. ބަކަމޫނުގެ އަޑާއި ފަނިފަކުސައިގެ އަޑުން ފަޒާގެ ތެރޭގައި ގުގުމާލަމުން ދިޔައީ ނާމާން އަޑެކެވެ. އެވްލީން ކާކޮޓަރިއަށް ވަން އިރު ސަކަރާތް ޖެހުމުގެ އަޑުން ކާކޮޓަރިވަނީ ގުގުމާލާފައެވެ. ރިހާނީއާއި އަކިޔަސް އެކީގައި އުޅޭއިރު އެދެމެދުގައި ދުރުކަމެއް އޮތްނަހެންވެސް ހީނުވާނެއެވެ. މިހާރުވެސް އަތުގުޅުވާލައިގެން ތިބިއިރު ހީވަނީ ލޯބިން އުޅޭ ދެމަފިރިން ހެންނެވެ. އެއީ އަކިޔަސް އާއި ރިހާނީ މީހުންގެ ލޯމަތީގައި އަޅުވާލާ އަނދުނެވެ. ” ލީން… ” ރިހާނީގެ އަޑުން އެވްލީންއަށް ހައިރާންކަމެއް ލިބުނެވެ.

އެވްލީން ގޮސް މޭޒާއި އަރާހަމަވީތަނާ އަކިޔަސް އެވްލީންގެ ފައިގައި ދަތިއެޅުވުމާއެކު އެވްލީން ނުވެއްޓުނީ ހަމަ ކިރިޔާއެވެ. ޒަވީން އަވަސް އަވަހަށް ގޮނޑިން ތެދުވެލަމުން އެވްލީންގެ ގައިގައި ނުހިފެހެއްޓިނަމަ އެވްލީން ބިންމައްޗަށް ވެއްޓުނީހެވެ. ” ލީން… ބަލައިގެން އުޅެބަލަ… ” ރިހާނީ ގޮނޑިން ތެދުވެލިއެވެ. ރިހާނީ އެވްލީންއާއި ވާހަކަ ދައްކަމުން ދިޔައީ ވަރަށް މަޑުމައިތި ކޮށެވެ. އޭނައާއި އެވްލީންއާއި ދެމެދު ހަމަނުޖެހުމެއް ހިނގާފައި ވާކަން ޒަވީންއަށް އެނގެން އޭނަ ބޭނުމެއް ނޫނެވެ. އަކިޔަސް އެވްލީންއާއި ދިމާއަށް ބަލަހައްޓައިގެން ހުރިއިރު އެމޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ.

ރޭގަނޑުގެ ކެއުމަށްފަހު އެވްލީންއާއި ޒަވީން ދިޔައީ ހިނގާލާށެވެ. ރިހާނީ ކޮޓަރިއަށް ދިޔައިރު އަކިޔަސް ސިޓިންގް ރޫމްގައި ޓީވީން ދައްކަމުން ދިޔަ ފިލްމެއް ބަލަން އިނެވެ. ރިހާނީ ކޮޓަރިއަށް ވަންނަމުން އެންމެ ފުރަތަމަވެސް ކޮޓަރީގައި ބަހައްޓާފައިވާ އުށްބައްތިތައް ރޯކޮށްލައިފިއެވެ. މޮޅި ކޮޓަރިއަށް ނަޒަރު ހިންގާލުމަށްފަހު ރިހާނީ އަލަމާރި ހުޅުވާލާފައި ތުނި ނައިޓީއެއް ނެގިއެވެ. މިރޭ އަކިޔަސް އޭނަގެ ޖާދޫގައި ރަނގަޅަށްވެސް ޖައްސަން ރިހާނީ ބޭނުންވިއެވެ. އެވްލީންއާއި ޒަވީން އެކުގައި އުޅޭތަން ފެންނަ ކޮންމެ ފަހަރަކު އަކިޔަސްގެ ހިތަށް އަނިޔާ ލިބޭނެކަން ޔަޤީނެވެ. އަކިޔަސްގެ ހިތަށް ވާސިލުވުމަށް މިއީ ރަނުގެ ފުރުސަތެއް ކަމުގައި ރިހާނީއަށް ފެނުނެވެ. އަކިޔަސްގެ ހިތުން ޖާގައެއް ހޯދުމަށްފަހު އޭނަ އެވްލީން އެގެއިން ބޭރުކުރާނެއެވެ.

އުށްބައްތީގެ ފަނޑު އަލިކަމުގެ ތެރޭން ރިހާނީ ފެންނަމުން ދިޔައީ ޕަރީއެއް ފަދައިންނެވެ. ފިޔާތޮށި ކުލައިގެ ތުނި ނައިޓީން އެހަށިގަނޑުގެ ވަނާތައް ހާމަވަމުން ދިޔައެވެ. ޕެކޯ ރަބާނީ އަލްރޭޓެޑް ސެންޓްގެ ވަހުން ފަޒާގައި ވަނީ މީރުވަހެއް ހަރުލައްވާލާފައެވެ. ރިހާނީގެ ބުޅި އިސްތަށިގަނޑުން ނަންނުގަތި ތަކެއްހެން އިސްތަށިތައް މޫނަށް ފައިބައިފައި ވާއިރު ރިހާނީގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ރީތި ލަވައަކުން ކޮޓަރި ގުގުމާލަމުން ދިޔަ އިރު ރިހާނީ ލަވައިގެ ލިރިކްސްއާ އެއްވަރަށް އެލަވަ ކިޔަމުން ދިޔައެވެ. ކުއްލިޔަކަށް ހުޅުވިގެން ދިޔަ ދޮރާއި ދިމާއަށް ރިހާނީއަށް ބަލައިލެވުނެވެ. އަކިޔަސް ކޮޓަރިއަށް ނަޒަރު ހިންގާލުމާއެކު ހައިރާންކަމާއެކު ރިހާނީއަށް ބަލައިލައިފިއެވެ. ” ވަޓް އިސް އޯލް ދިސް ؟ ” ކޮޓަރީގެ ދޮރު ތަޅުލުމަށްފަހު އަކިޔަސް ދެބުމަ ގޮށްޖަހާލިއެވެ. ތުނި ނައިޓީގެ ސަބަބުން ފާޅުވަމުންދިޔަ ރިހާނީގެ ދޮން ހަށިގަނޑުގެ ވަނާތަކުން އަކިޔަސްގެ ހިއްސުތައް ހޭލައްވާލައިފި އެވެ. ނަމަވެސް އޭނަ އަމިއްލަ ނަފްސައް ވިސްނައިދެމުން ގޮސް އެނދުގައި އިށީނެވެ.

” ކިޔާ ޕްލީސް… ” ރިހާނީ އައިސް އަކިޔަސް ކައިރީގައި އިށީންނަމުން ، އަކިޔަސްގެ އަތުގައި ހިފަހައްޓާލިއެވެ. ” ރިނީ އައެމް ވެރީ ޓަޔާރޑް…. ” އަކިޔަސް ޓީޝާޓް ބޭލުމަށްފަހު ދާވަށިގަނޑަށް ލުމަށްފަހު އައިސް އެނދުގައި އޮށޯތެވެ. ރިހާނީ ބޮޑު ލޮލަށް ކަރުނަ ޖަމާވަގެން ދިޔަ އެވެ. ރިހާނީގެ ގިސްލުމުގެ އަޑު ކޮޓަރި ތެރެއަށް ފެތުރިގެން ދިއުމުން ވެސްް އަކިޔަސް ލޯހުޅުވައި ނުލިއެވެ. ރިހާނީ ބާރު ބާރަށް ހިނގާލާފައި ގޮސް ފާޚަނާއަށް ވަނެވެ. ދުވަހަކުވެސް ފިލައިގެން ނުދާނެ ފަދަ ޒަހަމްތަކެއް އަކިޔަސް އޭނަގެ ހިތަށް ދީފި އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެ ސިއްރު

Next

ހިތް އެދުނަސް… (13)

Next
October 26, 2018

ހިތް އެދުނަސް… (13)

Previews
October 26, 2018

އެ ސިއްރު

7 Comments!

  1. Mutha/ S.Hithadhoo says:
    October 26, 2018 at 12:29 pm

    Hope readers will enjoy this part as well. Story ga jumla inaani 40 parts, So now 24 parts remaining 🙂

  2. Nau says:
    October 26, 2018 at 12:38 pm

    Yeyyy!!?me first vvvvv reethi story .

  3. shiu says:
    October 26, 2018 at 1:03 pm

    ❤❤????Yayy..me first…vry nice..masha allah

  4. kitty says:
    October 26, 2018 at 1:16 pm

    pls v avahah dhn oii part up kohdheybs..v curious

  5. Anonymous says:
    October 26, 2018 at 2:30 pm

    Wow story hama varah reethi. Mm hei mutha i have a question. Beynun nooniyya answer nudhinas ok. Muthaa and vaahaka liyaa aisha aa thy relatives tha? Mihen mibuny dhekudhinge vaahaka thah varah eh goii. Plus names thah ves varah ehgoii. Ehenve hama ahaaly. Ure stories are awesome. Ma Sha Allah

  6. Sheyou says:
    October 26, 2018 at 5:04 pm

    Varah rythi ♥️

  7. Shusha says:
    October 26, 2018 at 11:40 pm

    Nice story ??

Comments are closed.

Next Episodeއެވްލީން… 17←


All Right Reserved!