Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 25

Sh@_n@ Level 410 Stories100 Comments100 Login
October 25, 2018 6 Mins Read
14 Comments

” ނަޢު, ކިތަންމެ ރުޅި އަޔަސް ހެޔޮ، އަދި ސާރާއަކީ މީހެއްގެ ހައްގަކަށް ވިޔަސް އަހަރެންގެ މައްސަލައެއްނެތް, ސާރާއެއީ މީހެއްގެ ހައްގެއްކަމުން ލިބޭ ހިތާމަ އަހަރެން ބަރުދާސްތު ކޮއްފާނަން, އެކަމް ސާރާއަށް ގެއްލުމެއް ލިބޭ ތަން ދެކޭކަށް ކެތެއް ނުވާނެ, އަހަރެންގެ ހިތް ސާރާއާ ދޭތެރޭ ކޮންމެ ނަޒަރަކުން ދެކުނަސް ސާރާއަށް ގެއްލުމެއް ވިޔަކަ ނުދޭނަން، ނަޢުހާ ކޮންމެސް ގޮތަކުން އަހަރެންގެ ބާރުގެ ދަށަށް ގެންނަންވީ, އެހެންނޫނީ, އޭނަ ކޮންމެ ފަދަ ކަމެއް ވެސް ކޮއްފާނެ” ފަޒީލް ހިތާހިތުން ކިޔެމުން ދިޔައެވެ.

އުޑުމަތީގައި އެކި ގޮތްގޮތަށް އަތުރާލެވިފައިވާ ތަރިތަކަށް ބަލަން ގޭގެ ދޮށުގައި ބަހައްޓާފައިވާ ޖޯލިފަތީގައި އަރުޝް އޮތީ ފޫހިކަމެއް ނެތިއެވެ. އުޑުމަތީގައިވާ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އޮތް އިރު ފޯނު އޮތީ އަރުޝްގެ މޭމަތީގައި ބާއްވާލާފައެވެ. އަދި ފޯނަށް ޖަހާފައިވާ ހެޑްސެޓް ވަނީ ދެ ކަންފަތަށް ޖަހާފައެވެ. ބެެލެވޭ ގޮތުގައި އަރުޝް ވާހަކަ ދައްކަމުން ދަނީ ސާރާއާ އެވެ. އިރުކޮޅަކާ އަރުޝްގެ ހިތްގައިމު އަޑުން ޖާން އޭ ކިޔާ ގޮވާލައެވެ.

ހޭ ޖާން ލަވައެއް ކިޔާ ދީބަލަ, ހާދަ އަޑު އަހާހިތްވޭ, ތިޔަ ލޯބި ލޯބި އަޑު އިވުނަސް ގައިން ހީބިހި ނަގާ, ކެތްވާ ވަރުގެ ކަމެއް ނޫން މިހެން އުޅުމަކީ” އަރުޝް ދީވާނާ ވެފައިވާ މީހެއް ފަދައިން ބުންޏެވެެ.
” އަރޫ ތިޔަ އުޅެނީ އަހަރެން ލަދު ގަންނަވަން ދޯ, އެހެން ވީއިރު އަހަރެން ހަމަ ލަދުގަނެއްޖެ” ސާރާ މެދުގޭތެރޭގައި ހުރި އުނދޯލީގައި އޮށޯވެ ހަމަޖެހިލަމުން ބުނެލިއެވެ.

” ނޫނޭ ޖާން, ތިހެން ނުބުނޭ، އަރޫއެއް ސާރާއަަކަށް ދެރަގޮތެއް ނަހަދާނެ އެއްނު, ތީ މިހިތުގެ ހަމަޖެހުން, މިހިތުގެ އުފާ” އަރުޝް ހިތާ ދިމާލުގަ އަތް އަޅާލާ ވަރަށް ލޯތްބާއެކު ބުނެލިއެވެ. ދެމީހުންގެ ލޯބީގައި އެތަކެއް ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ވަކި ނުވާނެކަމަށް ބުނެ އެތަކެއް ވައުދާ ހުވާ އެ ލޯބީގެ ބަގީޗާގައި, އެތަކެއް މަލެއް ފޮޅުވަމުން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ މައްޗަށް އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އިތުބާރު ކުރަމުންދިޔައެވެ. ކައިވެނީގެ ގޮއް ވީ އެންމެ އަވަހަކަށް ޖެހުމަށް ދެމީހުން ފޮނި އުއްމީދުތަކެއް ދަނީ ކުރަމުންނެވެ.

އެހެންނަމަވެސް އަނެއް ކޮޅުން ނަޢުހާ އަދިވެސް މަސައްކަތް ކުރަމުންދަނީ ސާރާއަށް އަނިޔާއެއް ލިބޭނެކަމެއް ކުރެވޭތޯއެވެ. ފަޒީލް އެއްބަސް ނުވުމުން ނަޢުހާ ހުރީ ހިސާބަކަށް ފަޒީލްދެކެ ރުޅިއައިސައެވެ. މެންދަމުން ބާރަ ޖެހިއިރުވެސް ނަޢުހާ ނުނިދާ ދެކޮޅަށް ފުރޮޅި ފުރޮޅި އޮވެވުނެވެ. ދޮރުގައި ޓަކި ޖެހިއަޑަށް ނަޢުހާ ދިޔައީ ސިއްސައިގެންނެވެ. މިގަޑީގައި ފަޒީލް ނޫން އެހެން މީހަކު ނާންނާނޭ ނަޢުހާގެ ހިތް ބުނަމުންދިޔައެވެ. ނަޢުހާ ދޮރު ހުޅުވި އިރު ކުރިމަތީ ފަޒީލް ހުރުމުން ދޮރު ހުޅުވާލުމަށްފަހު ގޮސް އެނދުގައި އިށީނެވެ. ފަޒީލް ކޮޓަރިއަށް ވަދެ ދޮރު ތަޅުލާ މަޑު ހިނގުމެއްގައި ނަޢުހާގެ ކުރިމަތީ ހުއްޓުނެވެ.

” ހޫމް, ކިހިނެއްވީއޭ މިގަޑީގަ ތިއައީ” ނަޢުހާ ފަޒީލް އެއްޗެކޭ ބުނުމުގެ ކުރިން ތުން އަބުރާލުމަށްފަހު ބުނެލިއެވެ.
ނަޢުހާ އެހެން ބުނުމާއެކު ފަޒީލް ހޭންފެށީ އޭނަގެ މަގްސަދު ކާމިޔާބު ކުރެވޭނީ ވަރަށް މަސައްކަތުން ކަމަށް ވެފައި, ނަޢުހާއަށް ޝައްކުވިޔަ ނުދީ ނަޢުހާ ކައިރީ ވިއްދައިގެން އެއްބައިގައި ހުރުމުން ކަމަށް ވާތީއެވެ.

” ކިހިނެއްވީ ފާޑަކަށް ތި ހެނީ, އަހަރެން މިއިނީ ފަޒީލް ދެކެ ރުޅި އައިސަ” އަނެއްކާވެސް ނަޢުހާ ތުން އަނބުރާލަމުން ބުނެލިއެވެ. ނަޢުހާ އެހެން ބުނުމުން ހުނުން ހުއްޓާލުމަށްފަހު ފަޒީލް އައިސް ނަޢުހާ އާ ޖެހިގެން އިށީނެވެ. އަދި ވަރަށް މަޑު މައިތިރި ކަމާއެކު ބުނެލިއެވެ.
” ނަޢު, އަށް ނުވެސް އެނގޭ ރުޅި އަންނާކަށް, އަހަރެން ދެކެ އެހާ ރުޅި އައިސަ ހުރިނަމަ މިގަޑީގައި އަހަރެން އަޔަސް ކޮޓަރިއަށް ނުވައްދާނެ ދޯ, އެހެން ނޫނަސް އަހަރެން މިއައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން” ފަޒީލް އެހެން ބުނުމާއެކު ނަޢުހާ ފަޒީލްއާ ދިމާލަށް ބަލާލިއެވެ.

” އަހަރެން ނަޢުގެ ތިކަންތަށް ކޮއްދޭނަން, އެކަމަކު އަހަރެންގެ ޝަރުތެއް އެބަ އޮތް” ފަޒީލް އެހެންބުނުމާއެކު ނަޢުހާ ކޮން ޝަރުތެއްހޭ ބުނެލިއެވެ.
” ޝަރުތަކީ ނަޢު އެކަމާ އެއްވެސް ވާހަކައެއް ނުދެއްކުން, އަހަރެން ބަލާފަ އެެންމެ ރަނގަޅު ގަޑީގައި އެކަން ކުރަންދެން ނަޢު އެއްޗެކޭ ނުބުނެ ހުރުން, ބޮޑެތި ކަންތަށް ވާނީ ވަރަށް ވިސްނާފަ ކަން ނަޢުއަށް އެނގެންވާނެ, އަހަރެންވެސް ބޭނުމެއް ނުވާނެދޯ ބެދޭކަށް، ބުނެލާހާ ފަސޭހައިން ވާނެ ކަންތަކެއް ނޫން އެއީކީ, ނަޢު މިކަމަށް އެއްބަސް ނޫނިއްޔާ ކުރާނެކަމެއްނެތް” މިހެން ބުނެ ފަޒީލް އެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“އަހަރެން އެއްބަސް” ކޮޓަރިން ނުކުމެ ނުކުމެ ހުރި ފަޒީލްއަށް ނަޢުހާގެ އެ ބަސް އަޑު އިވުމުން ފަޒީލްގެ ތުންފަތުން ކާމިޔާބީގެ ހިނިތުންވުން ފެނުނެެވެ. އަދި ފަހަތަށް އެނބުރި ހިނިތުންވެލުމަށްފަހު ނުކުމެގެން ދިޔައެވެ. ނަޢުހާއަށް ނޭނގުނު ކަމަކީ އެ ހިނިތުންވުމުގެ މާނައެވެ. ފަޒީލްގެ ސިކުނޑީގައި އެނބުރެމުންދާ ކަންތަކުގެ ކުޑަވެސް ހިލަމެއް ނަޢުހާއަކަށް ރޭކާނުލައެވެ.

ދުވަހަކީ ހުކުރު ދުވަސްކަމަށް ވުމާއެކު މަގުމަތިން ފެންނަމުންދަނީ މަދު މީހެކެެވެ. މަގުމަތި ކުނިކަހަން އުޅޭ މެދު އުމުރުފުރައިގެ މީހުން މަދު މަދުން ފެންނަމުންދެއެވެ. ބެލެވޭ ގޮތުން ޗުއްޓީ ދުވަހަކަށް ވުމާއެކު ތަންކޮޅެއް ގިނައިރު ނިދާލުމުގެ ބޭނުމުގައި ތިބީއެވެ. ވަޒީފާތަކަށާއި ސްކޫލަށް ކިޔަވަންދާ ކުދިން ބުރަކޮއް މަސައްކަތް ކުރުމަށްފަހު ލިބޭ ޗުއްޓީ ދުވަހު އެއްވެސް ހާސްކަމެއް ނެތި ތިބުމުން މަގުމަތިން ނުހަނު ފަޅު ކަމަށް ދައްކައެވެ.

ފަޒީލް މަޑު ހިނގުމުގައި އަތިރި މައްޗާ ދިމާލަށް ހިނގަމުން ދިޔައީ ހިތަށް ލިބިފައިވާ ނުތަނަވަސްކަމާއި, ބޮލުގައި އަޅަމުންދާ ވޭނަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަމިއްލަ މީހާއަށް އުޅެވުނު ގޮތާ މެދު ވިސްނާލެވުނެވެ. އުޅެވުނީ ގޯސްކޮއްކަން އަމިއްލަ ސިކުނޑި މިއަދު ބުނެދެމުން ދާއިރު ފަޒީލްއަށް އެކަން ބަލައި ގަތުންވީ އުނދަގޫ ކަމަކަށެވެ. މަޑު ހިނގުމުގައި ހިނގަމުން ދިޔަ ފަޒީލްއަށް ހުއްޓެން މަޖުބޫރުވީ އަތިރިމަތީ ގަސް ގަޑެއްގެ މަތީގައި އިށީނދެގެން އިން ސާރާ ފެނިފައެވެ. ސާރާ އާ ޖެހިގެން އެހެން ކުއްޖެއްވެސް އެތާ އިނެވެ. އެކުއްޖާ އިރުކޮޅަކާ ކަރުނަ ފުހެލާތަން ފެނުމާއެކު ބޭ އިހްތިޔާރުގައި އެދިމާލަށް ދަގައްފާނު ދަގަނޑަށް ދަމާހެން ދެވުނެވެ.

“ރަޝްމީ, ޕްލީޒް، ދެން ނުރޮއެ, ކޮންމެ މީހަކަށްވެސް ކުށެއް ކުރެވިދާނެ, އެއްވެސް މީހަކީ ފުރިހަމަ ކުއްނުކުރާ މީހުންނެއް ނޫނެއްނު, އަހަރެމެންނަކީ އިންސާނުން, އަހަރެމެން އަބަދުވެސް ޖެހޭނީ އަހަރެމެންނަށް ކުރެވޭ އެންމެހާ ކުއްތަކަށް ތަޢުބާވާން, ތަަޢުބާ ވުމުގެ މާނައަކީ ކުރެވުނު ކުށުގެ މައްޗަށް ދެރަވެ, ދެވަނަ ފަހަރަށް ކުއް ތަކުރާރު ނުކުރުމަށް އަޒުމް ކަނޑައެޅުން, ބުނެ އެއްނު ކަނޑުގެ ފޮނުހާ ގިނަވިޔަސް ރަނގަޅު ތަޢުބާއަކުން ތަޢުބާ ވެއްޖެނަމަ އެ ފާފަ ފުއްސަވާ ދެއްވާނޭ, އެހެންވީމާ ކޮން ކަމަކާ އުއްމީދު ކަނޑާލާންވީ، ރަޝްމީއަށް ވިސްނުންކަން އެވެސް ހާދަ ބޮޑު ރަހްމަތެކޭ” ސާރާ ރަޝްމީގެ ބުރަކަށީގައި ފިރުމަމުން ނަސޭހަތް ދިން އިރު ހީވީ ކުޑަކުއްޖަކަށް ނަސޭހަތްދިންހެންނެވެ.

ރަޝްމީއަށް ވެފައި އިންވަރުން ސާރާގެ ލޯވެސް އޭރުވަނީ ފެންކަޅިވެފައެވެ. ހަމަ އެއާއެކު ސާރާގެ ކޮންމެ ލަފްޒެއް ދިޔައީ ފަޒީލްގެ ހިތަށް ހެރި މާޒީ ހަނދާން ކުރުވަމުންނެވެ. ފަޒީލްއަށް ހީވީ އެ ބަސްތަކަކީ ސީދާ އޭނައަށް ނިސްބަތްކޮށް ބުނެލި ބަސްތަކެއް ހެންނެވެ. އެހެންކަމުން އަމިއްލަ ނަފްސަށް މަަލާމާތް ކުރެވުނެވެ.

” އެކަމް ސާރާ ކީއްވެ، ކީއްވެ ސާރާ އަހަރެންނަށް އެހާ ރަނގަޅީ, އަހަރެން ސާރާއަށް ނުކުރަނީ ކޮން އުނދަގުލެއް, ނުކުރަނީ ކޮން މަލާމަތެއް, ކުލާހުގައިވެސް ކިހާ ޖެއްސުމެއް ކުރިން, ކުދިން ކުރާ ހުރިހާ ކަމެއް ސާރާ ބޮލުގަ އެޅުވިން, ސާރާ އެ ހަނދާން ހަމަ ނެތީތަ، އަހަރެންނަށް މާފް ކުރީތަ؟ ” ރަޝްމީ ރޮއެ ރޮއެފަ ބުނަމުންދިޔައެވެ. ރަޝްމީއަށް ގިސްލެވޭ ވަރުން ވާހަކަ ދެއްކެނީވެސް އުނދަގުލުންނެވެ. އިރުކޮޅަކާ ނޭފަތް އެތެރެއަށް ދަމާލަނީ ގިސްލެވޭ ވަރުންނެވެ.

” ތެދަށް ބުނަންޏާ ބުނެވޭނީ އެކަހަލަ ކޮންމެ ކަމެއް އަދިވެސް ހިތުގައި މިއަދު ވީ ކަމެއްހެން ހަނދާން އެބަހުރި, ރަޝްމީ ެެއެކަންޏެއް ނޫނޭ އަހަރެންނަށް ދިމާކުރަނީ, އަހަރެން ކިތަންމެހާ ވެސް ދެރަވެ, މަންމަ ކައިރީ އެތަކެއް ޝަކުވާއެއް ކުރަން, އަޅާލާނެ ހުރީ މަންމައެއް އެކަނި, ބައްޕަ އަހަރެން މި ދުނިޔެއަށް އުފަންވި ދުވަހު މި ދުނިޔެއާ ވަކިވީ, އަހަރެން ބަލާބޮޑުކުރީ އަހަރެންގެ މަންމަ އެކަނި ކުރި މަސައްކަތުން, އަހަރެން ވަރަށް ފަހުރުވެރިވަން އެކަނިމާ އެކަނި އަހަރެންގެ މަންމަ އެ އުފުލި ބުރަޔަށްޓަކައި, އެނގޭތަ އަހަރެން ޝަކުވާ ކުރާ ކޮންމެ ފަހަރަކު މަންމަ ބުނާ އެއްޗެއް،އެކުދިންނަށް ނުވިސްނެނީއޭ, އެކަމް މިއަދު ވަރަށް އުފާވެއްޖެ ރަޝްމީއަށް ރަޝްމީގެ ކުއް އިހްސާސް ކުރެވި އެވާހަކަ ބުނީމަ, މިހާރަކު އަހަރެން ހިތަކު ނެތް އެއްވެސް ޝަކުވާއެއް، ހިތުން ރުހުމުން މާފްވެސް ކޮއްފިން އަދި ވަގުތެއް ނުގެއްލޭ ރަޝްމީ, ” ސާރާގެ ލޮލުން ފައިބަމުންދާ ކަރުނަތަށް ފޮހެލަމުން ރަޝްމީގެ އަތުގާ ހިފާލަމުން ބުންޏެވެ.

” ތިބުނީ, އަހަރެންނަށް މާފް ކުރިއޭތަ” ރަޝްމީ ސާރާއަށް ބަލާލަމުން އެހެން އަހާލުމުން ސާރާ އާ އެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
” އެކަމް ދެން އަމިއްލައަށް މަރުވާ ކަހަލަ އެއްވެސް ކަމެއް ކުރަން ހިތަށްވެސް ނާރުވާތި, ވަރަށް ބޮޑު ފާފައެއް އެއީ, ނޭނގެ ކާކުގެ ނަސީބެއް ކަމެއް އަހަރެންނަށް, ރަޝްމީ ކަރުގައި ވާ އައްސަން ހުއްޓާ ފެނުން އެއީ، އުފާކުރޭ އޭނަގެ ހަގީގަތް ރަޝްމީއަށް އެނގުން ކަމަށްޓަކައި, ބުނަން ގެއަށް ގޮސް އެންމެ ފުރަތަމަ ވެސް ކުރެވުނު ކުއްތަކަށް ތަޢުބާ ވުމަށް އެދި ދުޢާ ކުރޭ, މައިންބަފައިންގެ ކިބައިންވެސް މާފަށް އެދީ, އަހަރެމެންނަށް ސުވަރުގެ ވަދެވޭނީ މަންމަގެ ފައިތިލަ ދަށުންނޭ ބުނާ އަޑު އަހަމެއްނު ދެން ދެރަނުވޭ, ހުރިހާ ކަމެއްވެސް ރަނގަޅުވާނެ, އެއްވެސް އެހީއެއް ބޭނުންނަމަ, ގެއަށް އަޔަސް އެއްވެސް މައްސަލައެއް ނެތް, އެހެންނޫނީ އަހަރެންނަށް ގުޅިޔަސް އެއްވެސް މައްސަލައެއް ނެތް” ސާރާ ރަޝްމީގެ ގައިގަ ކުޑަކޮއް ބައްދާލަމުން ބުނެލިއެވެ. އަދި ސާރާގެ ނަމްބަރ ކިޔައިދިނެވެ.

” ސާރާ ހާދަ ރަނގަޅޭ, އަހަރެންގެ ތިކަހަލަ ދައްތައެއް ހުރިނަމަ, އަހަރެންނަށް ނަސޭހަތް ދޭން އަބަދު ހުންނާނެދޯ, މަންމަމެން ކުރި އާދޭހުގައި ކޮޅުފައިން ޖަހާފަ އަހަރެންނަށް ވީ އެއްވެސް އުފަލެއްނެތް, އޭނަ އަހަރެން ބޭނުންކުރީ އޭނަ ފޫހިފިލުވާލަން ކުޅެން ގެންގުޅޭ ބުދެއްގެ ގޮތުގަ, އަހަރެންދެން ދުވަހަކުވެސް އިރާދަކުރެއްވިއްޔާ މަންމަމެންގެ ބަހަކާ ދެބަހެއް ނުވާނަން, މިއަދު އިހްސާސް ކުރެވިއްޖެ މަންމަ ވާނެ ދެރަ، ޕްލީޒް އަހަރެންނަށް މި ކުރެވެން އުޅުން އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް މީހެއްކައިރީ ނުބުނައްޗޭ” ރަޝްމީ އާދޭހާ އެކު ސާރާގެ ކިބައިން އެދުނެެވެ.

“ޔަގީން ކުރޭ, އެކަމަކީ އަހަރެމެން ދެމީހުންގެ ދެމެދުގައި އޮތް ކަމެއް ކަމަށް ބަލަމާ, ދެން ނުރޯތި އިނގޭ, ހިނގާ ގެއަށްދާން” ސާރާ ރަޝްމީގެ އަތުގައި ހިފައިގެން އެތަނުން ތެދުވެ އެއްގަމާ ދިމާލަށް ދިޔައެވެ.

ސާރާ އާއި ރަޝްމީގެ ވާހަކަތަށް އިވިފައި ފަޒީލްއަށް އިންތަނަަށް ތިރިވެވުނެވެ. އެއޮއް ބޮޑު ފިރިހެނާ ކުޑަކުއްޖެއް ފަދައިން ލޮލުން ކަރުނަ އަންނަން ފެށިއެވެ. ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތް މަހާލާ ކަކުލުގައި ބޯ އަޅާލިއެވެ. ސާރާގެ އެ ނަސޭހަތް ކަންފަތުގައި ގުގުމަމުން ދިޔައެވެ. ސާރާގެ ހިތްވަރަށް ތައުރީފު ކުރެވުނީ ސާރާގެ ހާލަތު ސާރާގެ ދުލުން އެ އަސަރާއެކު ކިޔައި ދިނުމުންނެެވެ.

އިރުކޮޅަަކު އެހެން އިނުމަށްފަހު ބޯ ހިއްލާލާ, ދެލޯ ފުހެލަމުން ކޮޅަށް ތެދުވިއެވެ. އަދި ފޯނު ނަގާ ނަމްބަރު ތަކަކަށް ފިތާލިއެވެ. އަދި ފޯނަށް ބަލަން ހުރުމަށްފަހު ފޯނު އެކޮޅުން ނެގި ކަމަށް ފޯނުން ދެއްކުމުން ހިތްވަރު ކޮއްލާފާ ފޯނު ކަންފަތުގައި ޖެހިއެވެ.

“ހަލޯ, ހަލޯ” އެކޮޅުން އެމީހަކު ދެތިން ފަހަރު ހަލޯ އޭ ބުނުމުންވެސް ފަޒީލްއަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. އެހެންކަމުން އިތުރަށް ކެތް ނުވުމުން ފޯނު ކަނޑާލިއެވެ. އިރުކޮޅެއް ނުވެ އެ ނަމްބަރ އިން ގުޅަންފެށިއެވެ. ފަޒީލް ހިތްވަރު ކޮއްލާފައި ފޯނު ނަގާ ކަންފަތުގެ ޖަހާލިއެވެ.

މަން, މަންމަ… މަންމާ… ފަޒީލްއަށް ވޭނީ އަޑަކުން މަންމާއޭ ކިޔާ ގޮވާލެވުނެވެ. އިރުކޮޅެއްނުވެ އެކޮޅުންވެސް އިވެންފެށީ ގިސްލުމުގެ އަޑެވެ. ފަޒީލްއަށް ދެލޯ މަރާލާ ބާރުކޮއްލެވުނެވެ.

“މަންމަގެ ފަޒީލް, ދަރިފުޅު ކިހިނެއްވެގެން ތި ރޮނީ, ތަނަކަށް ތަދުވަނީތަ” ފައުޒިއްޔާ ވަރަށް ލޯތްބާއެކު ވޭނީ އަޑަކުން ބުނެވުނެވެ.

“އާނ މަންމާ, ތަދުވަނީ ހިތަށް, މަންމަގެ ދަރިފުޅު މި ރޮނީ ފާއިތުވި ދުވަސްތަކުގައި އުޅެވުން ގޮތުން، ބަލާބޮޑުކުރި މައިމީހާގެ ހުރިހާ އުފަލަކާ ދެކުނު ހުވަފެންތަށް ވިއްސި ވިހާލި ކޮއްލުމަށްފަހު ދުނިޔެއަށް ގިނަވެ, ކުރެވުނުހާ ފާފަތަށް ގިނަކަމުން، މިއަދު މަންމަގެ މި ދަރިފުޅު މަންމަގެ ހެޔޮ ދުޢާ ބޭނުން, މުޖްތަމަޢުގަ ގަބޫލްކުރާ ރަނގަޅު މީހަކަށް ވާން ބޭނުން, މަންމާ،،, މަންމަގެ މި ދަރިފުޅަށް މާފްކޮއްދީ, ދެން ދުވަހަކުވެސް ތި މަންމަ ހިތުގަ ޖެހޭ ވަރުގެ ކަމެއް ނުކުރާނަން, މަންމާ މި ދަރިފުޅަށް މާފް ކޮއްދީ” ފަޒީލްގެ ހިތުގެ އުދާސްތަށް އެއްފަހަރާ ބޭރުކޮއްލިއެވެ. ރޮވޭވަރުން އަޑުވެސް ވަނީ ކުރެހިފައެވެެ. ފައުޒިއްޔާއަށް ގަބޫލް ނުކުރެވިފައި ފަޒީލްގެ ވާހަކަ އަޑުއަހަން ހުއްޓެވެ. އެ ދަރިފުޅުގެ ރުއިމުގެ އަޑު އިވުމުން ފައުޒިއްޔާއަށް ހީވީ އޭނާގެ ހިތް ތޮރުފާލިހެންނެވެ. އެތަށް ދުވަހަކަށްފަހު ފައުޒިއްޔާ ކުރި ދުޢާ އިޖާބަ ކުރެއްވުމުން ﷲ އަށް ހަމްދު ކުރެވުނެެވެ. ފައުޒިއްޔާ ހަމްދު ކުރި އަޑު އިވުމާއެކު ފަޒީލް ދައްކަން ފެށި ވާހަކަ ހުއްޓާލިއެވެ.

” ދަރިފުޅޫ, އެނގޭތަ, މަންމަ އެތަށް ދުވަހެއް ވަންދެން ކުރި ދުޢާ މާތް ﷲ އިޖާބަ ކުރައްވައިފި, މަންމަ ހާދަ ދުޢާ އެއްކުރީމޭ ދަރިފުޅަށް ތެދުމަގު ދައްކަވާތޯ, މަންމަ ވަރަށް އުފާވެއްޖެ, ދަރިފުޅު އަވަހަށް ތަޢުބާވޭ އިނގޭ, އަދި ބުނަން މި މަންމަ ހިތުގަ ދަރިފުޅާ ދޭތެރޭ އެއްވެސް ހިތް ބުރަކަމެއްނެތް, ދަރިފުޅު އަވަހަށް އާދޭ މަންމަކައިރިއަށް” ފައުޒިއްޔާ ވަރަށް ލޯތްބާއެކު ވާހަކަދައްކަމުން ބުނެލިއެވެ. ފައުޒިއްޔާގެ ކޮންމެ ބަހަކުން ފަޒީލްއަށް އެތަކެއް ހިތްވަރު ލިބުނެވެ.

” މަންމާ، އަހަރެންނަށް މިވަގުތު ދެވޭކަށް ނެތް, އެކަމް މަންމަގެ މި ދަރިފުޅު ވަރަށް އަވަހަށް ދާނަން, ވަރަށް އުފާވެއްޖެ މަންމަ އަހަރެންނަށްޓަކައި ތި ކުރި ހިތްވަރަށް, މަންމާ, އަަހަރެން ފަހުން ގުޅާލާނަން އިނގޭ” ފަޒީލް އެހެންބުނުމާއެކު ފައުޒިއްޔާ އެެެންމެ ރަނގަޅޭ ބުނެ ފޯނު ބޭއްވިއެވެ. ފަޒީލް ފޯނު ބާއްވާލުމަށްފަހު ފުން ނޭވާ އެއް ދޫކޮއްލިއެވެ. އަދި ހިނިތުންވެލީ އެތަށް ޒަމާންތަކަށްފަހު ހިތަށް ހަގީގީ އުފާވެރިކަން އިހްސާސް ކުރެވުމުންނެވެ.

މަންމަގެ ދުލުން ދަރިފުޅާއޭ ބުނެލާ ކޮންމެ ފަހަރަކު ފަޒީލްގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަން އިހްސާސް ކުރެވުނެވެ. އަމިއްލަ ނަފްސަށް ވަޢުދުވީ ދެން ދުވަހަކުވެސް މަގު އޮޅި ނުދިއުމަށެވެ. ލޮލުން ފައިބާފައިވާ ކަރުނަތަށް ފުހެލުމަށްފަހު ދެކޮޅު ބަލާލާ ގެއާ ދިމާލަށް މިސްރާބު ޖެހިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ލޯތްބަކީ 21

Next

ފަޅުގެ…[ޓްރެއިލާ]

Next
October 26, 2018

ފަޅުގެ…[ޓްރެއިލާ]

Previews
October 25, 2018

ލޯތްބަކީ 21

14 Comments!

  1. Sh@_n@ says:
    October 26, 2018 at 12:11 am

    Hii hurihaa kudhin. Kudhinge haalu ragalhutha. Shana heekury v lahun kamah up vaany, ekm miadhu varah avahah naseebakun vehje. Uhmeedhu kuran mi partves kamudhaane kamah. Story kiyaalaafa comment kohlahchey hurihaa kudhin vess, miss u all

  2. Sh@_n@ says:
    October 26, 2018 at 12:14 am

    Insha Allah shana buni dhuvas thakuga up kohdhey nan, mi haaruvess dhevana faharah up mi kohdhiny, uhmeedhu kuran hurihaa kudhin vess balaigan naane kamah, shana ah v varakun kohdhey nan?❤?❤

  3. Hana says:
    October 26, 2018 at 12:51 am

    Arush aw saaraa avahah marry kuruvaba.

  4. Sima says:
    October 26, 2018 at 6:41 am

    V v v v loabi mi part ves?? kiyaa hithun indha ea nimunee?? keep it up❤??

  5. Sh@_n@ says:
    October 26, 2018 at 7:02 am

    Thank you so much sima?❤??

  6. Nia says:
    October 26, 2018 at 10:02 am

    ?Wow haadha reechey..hama heevanee mi kiyamun dhaairu kurimathin sifa vaahen..keep it up.?

  7. Sh@_n@ says:
    October 26, 2018 at 10:24 am

    Heheh. Thank you so much nia dear?❤❤?

  8. Queen Dandelion says:
    October 26, 2018 at 12:56 pm

    Masha allah..mi part varah reethi..ekm mind nukurangna cvr pic badhalu kohladhnfaananthr☺☺ly??????❤❤

  9. Gud❤ says:
    October 26, 2018 at 2:21 pm

    Mi part vx vrh reethi.. maashallah.. dn vaanee kihineiibaa…. luv this story..❤

  10. Sh@_n@ says:
    October 26, 2018 at 3:12 pm

    Thank you so much dear??❤

  11. Sh@_n@ says:
    October 26, 2018 at 5:15 pm

    Queen dandelion thank you so much ??❤??love u 2???ufalaa eku husha elhi kanthah balaigan nan?❤❤????

  12. Naju says:
    October 26, 2018 at 9:01 pm

    V rythi mi partvx ???

  13. Sh@_n@ says:
    October 27, 2018 at 12:57 am

    Thank you so much naju?❤??

  14. sheen says:
    October 30, 2018 at 10:08 pm

    Dhn kon dhuvahakuntha 26th vana part kiyaalan libeynee

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 26←


All Right Reserved!